ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-S-A/01
މުޙައްމަދު ނަޞީރު އިބްރާހީމް ވ. ފުވައްމުލަކު ސިޓީ ކައުންސިލް، 2019/HC-S-A/01
Mohamed Naseer Ibrahim v. Fuvamulaku Sitee Council 2019/HC-S-A/01 (2019/HC-S-A/01, High Court of the Maldives, 19 August 2021)
މުޙައްމަދު ނަޞީރު އިބްރާހީމް ވ. ފުވައްމުލަކު ސިޓީ ކައުންސިލް
މައިގަނޑު ސުވާލު
ޢާއްމު މަގު ފުޅާކުރުމަށް 'ފެނާތުރު' ގޯތިން އުނިކުރެވުނު ބިމަށް ޢަދުލުވެރި ބަދަލު ދިނުމާ ގުޅޭގޮތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމަކީ ދަޢުވާއަށް ފައިޞަލާކުރަނިވި، ތަންފީޛުކުރެވޭނެ ޙުކުމެއްތޯ؛ އަދި ޢާއްމު ބޭނުމަށް މީހުންގެ ބިން ނެގުމުގައި ޢަދުލުވެރި ބަދަލު ދޭންޖެހޭ ގޮތް.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ކަނޑައެޅުނު އުޞޫލުތައް
- މީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ އެއްޗެއް ނޫނެވެ؛ ޢާއްމުވެގެންވާ މަންފާއަކަށްޓަކައި ޤާނޫނުގައިވާ ގޮތުގެ މަތިން ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް ރުހުމެއް ނެތި ދައުލަތަށް ނުނެގޭނެ ކަމާއި، ނަގަންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް ވެރިފަރާތަށް ދިނުމަށްފަހުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ޤާނޫނު ނަންބަރު 68/4ޖ (ޢާއްމު ޤާނޫނުތައް) ގެ 7 ވަނަ މާއްދާގެ ދަށުން ޢާއްމު ފައިދާއަށްޓަކައި މީހުންގެ ބިމާއި މުދާ ނެގޭނީ ބަދަލު ނުވަތަ އަގު ދިނުމަށްފަހު ކަމާއި، ބިމެއް ނަމަ ހުސްކޮށްދިނުމަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ؛ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލަށް ބިން ނެގުމުގެ ބާރު ލިބިދީފައިވިޔަސް، ދޭ ބަދަލަކީ ޢަދުލުވެރި ބަދަލަކަށް ވާންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ޢާއްމު ބޭނުމަށް ބިން ނެގީ ވެރިފަރާތުގެ ރުހުމާއެކު ނުވަތަ ޢަދުލުވެރި ބަދަލު ދިނުމަށްފަހު ކަން ސާބިތުކޮށްދޭން ޖެހޭނީ ދައުލަތުންނެވެ؛ އެކަން ސާބިތުނުކުރެވޭނަމަ ޢަދުލުވެރި ބަދަލެއް ނުދީ ނެގުމަކީ 1979 ގައި ޢަމަލުކުރި އުޞޫލުތަކާއި މިހާރުގެ ޤާނޫނުތަކުގެ ދަށުން ހުއްދަ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- 2012/HC-A/241 ގައިވާ ގޮތުން، ބިމުގެ ބަދަލުގައި ބިމެއް ދޭނަމަ، ދެވޭ ބިން އޮންނާނެ ތަނާއި ހިސާބު ވެރިފަރާތަށް އަންގައި، އޭނާގެ ބަސް ހޯދައި ދެފަރާތުން ވާހަކަ ދައްކައިގެން ޙައްލުކުރެވޭތޯ ކޯޓުން ބަލަންޖެހޭނެއެވެ؛ ނެގުނު އެއްޗާ އެއްފަދަ ނުވަތަ އެއަށްވުރެ ރަނގަޅު ފެންވަރުގެ އެއްޗެއް ނުލިބޭނަމަ އެއީ ޢަދުލުވެރި ބަދަލަކަށް ނުވާނެއެވެ؛ އުނިކުރެވުނު ބިމުގައި ޢިމާރާތެއް ނުވަތަ ނުއުފުލޭ މުދަލެއް ނެތްނަމަ، އެފަދަ އެއްޗަކަށް އަގުކޮށް ބަދަލު ދެވޭނެ ގޮތެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10، 13، 17)
- ދަޢުވާގައި އެދިފައިވާ ކަންކަމަށް ފައިޞަލާކުރަނިވި ޙައްލެއް ނުދީ، އުނިވި ބިން ހަމަޖައްސާނެ ތަނާއި ހިސާބުވެސް ބަޔާންނުކޮށް ކޮށްފައިވާ ޙުކުމަކީ ތަންފީޛުކުރެވޭނެ ގޮތެއް ނެތް، ޙައްލު ލިބިނުދޭ ޙުކުމަކަށް ވާތީ ބާޠިލުކުރަންޖެހޭ ޙުކުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- (ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ) ދަޢުވާ ހުށަހެޅިއިރު ދަޢުވާގެ ސީޣާގައި ހިމަނާފައިނުވާ، ހައިކޯޓުގެ އެންމެ ފަހު އަޑުއެހުމުގައި ފުރަތަމަ ފާހަގަކުރާ، އަނެއް ފަރާތުން އިޢުތިރާޟުކުރާ ކަމަކީ އެ ޤަޟިއްޔާގެ ތެރެއިން ގޮތެއް ކަނޑައަޅަންޖެހޭ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- (ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ޚިލާފު ރައުޔު) މުޖްތަމަޢުގެ ޢާއްމު މަޞްލަޙަތާ ގުޅިފައިވާ މައްސަލަތަކުގައި ދައުލަތާއި އަނެއް ޚަޞްމު އެއްބަސްވުމަކީ ހުށަހެޅިފައިވާ ހެކި ޤަރީނާތަކަށް ކޯޓުން ލޯމަރާލާނެ ސަބަބެއް ނޫނެވެ؛ ރުހުމާއެކު ނަގާ މުދަލަށް ބަދަލު ބަލަންވާނީ އޭރު ޢަމަލުކުރި ގޮތުގެ މައްޗަށް ކަމާއި، ޢަދުލުވެރި ބަދަލަކީ ހަމައެކަނި އެހެން ބިމަކުން ބަދަލު ދިނުން ކަމަށް ބަލާނެ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27، 29)
114 އޮކްޓބަރޯ 1979 ގައި ޏ.ފުވައްމުލައް/ ފެނާތުރު މުޙައްމަދު ނަޞީރު އިބްރާހަ މްގެ ނަމުގައި "ފެނާތުރު" ގޯތީގެ ރަޖިސްޓްރީ ހަދާދެވިފައިވާކަމަށާއި، ބުނެވުނު ރަޖިސްޓްރީ އަށް ބަލާއިރު، އެ ގޯތީގެ ބޮޑު މިނުގައި 18550 (އަށާރަ ހާސް ފަސްސަތޭކަ ފަންސާސް) އަކަފޫޓު ހުރިކަން އެނގެން އޮންނަކަމަށާއި، އެ ގޯތީގެ ރަޖިސްޓްރީ ގެއްލިގެން އަލުން ރަޖިސްޓްރީ ހެއްދުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްޓަކައ އެގޯތީގެ ސާރވޭ ކުރިއިރު އެ ގޯތީގެ މިހާރުގެ ބޮޑު މިނަކީ 17323 (ސަތާރަ ހާސް ތިންސަތޭކަ ތޭވީސް) އަކަފޫޓުކަމަށް ފުވައްމުލަކު މާލެގަން ކައުންސިލްގެ އިދާރާގެ ފަރާތުން ބުނާކަމަށް ބުނެ، ޏ.ފުވައްމުލައް/ ފެނާތުރު އެވެ ކިޔާ ބަންޑާރަ ގޯތީގެ ބޮޑު ބައެއް އެ ގޯއްޗާއި އިންވެގެން އޮތް ދެވިނަ ގޯޅީގައި ހިމެނޭކަމަށް ދެކިގެން، ދެވިނަ ގޯޅީގައި ހިމެނޭ 9 (ނުވައެއް) ފޫޓަކީ ފެނާތުރު ގޯތީގެ ބައެއްކަމަށް ކަނޑައަޅައި ދިނުމަށާއި، ދެވިނަ ގޯޅިއަކީ 12 (ބާރަ) ފޫޓްގެ މަގެއްކަމަށް ކަނޑައަޅުއްވައި ދިނުމަށާއި، އަދި ފެނާތުރު ގޯތިން އެއްވެސް ބައެއް އުނިވާނަމަ އުނިވާ ބަޔަށް އަދުލުވެރި ބަދަލެއްގެ ގޮތުން އެ ގޯތީގެ ބތި ދޮށުނ އޮތް ބިމުން އެ ގޯއްޗަށް ބިން އިތުރު ކޮށްދިނުމަށާއި، ދެވިނަ ގޯޅިއަކީ 15 ފޫޓް މަގެއްގ ގޮތުގައެ ދެކި، އެގޮތަށް ނިންމާ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އާއި 40 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދި ޏ.ފުވައްމުލައް / މާލެގަން ފެނާތުރު، މުޙައްމަދު ނަޞީރު އިބްރާހީމް (އައިޑީ ގެ ފަރާތުން ފުވައްމުލައް މާލެގަން ކައުންސިލްގެ އިދާރާގެ މައްޗަށް މައްސަލަ ހުށަހެޅިއެވެ.
2ބުނެވުނު މައްސަލަ ބެލިފައިވަނީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1/2016-33/RIC ޤަޟިއްޔާ އިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި ބެލެވުނު މައްސަލައަކީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1/2016-33/RIC ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޏ.ފުވައްމުލައް/ ފެނާތުރު މުޙައްމަދު ނަޞީރު އިބްރާހީމގް ފރާތުނަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލަ އެވެ. މިޤަޟިއްޔާގައ އިސްތިއުނާފި ރައްދުވާ ފަރާތްތަކަކީ، ދައުލަތުގެ އެޓަރނީ ޖެނެރަލްގެ އޮފީހާއި ފުވައްމުލކަ ސިޓީ ކައުންސިލްގެ އިދާރާއެވެ. ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން މައްސަލަ ނިންމި ގޮތް:
3ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 1/2016-33/RIC ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު؛
3.1 ފެނާތުރު ގޯއްޗަށް 14 އޮކްޓބަރޯ 1979 ގައި ހަދާދެވުނު ނަންބަރު 47/7 "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" ގައި އެ ގޯތީގެ ބޮޑު މިނުގައި 50518 އަކަފޫޓު ހުރިކަމަށް އޮންނކަމަށާއަ ފުވައްމުލަކު މާލެގަން ކައުންސިލްގެ އިދާރާގައިވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ފޮތުގައިވާ މިންތަކާއި ފެނާތުރު ގޯއްޗަށް ހަދާދެވިފައިވާ ނަންބަރު 47/7 " ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" މިންތަކާއި ދިމާވާކަމަށް މި ދަޢުވާއަށް ޖަވާބުދާރީވަމުން ފުވައްމުލަކު މާލެގަން ކައުންސިލްގެ އިދާރާގެ ފަރާތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ބުނެފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ.
3.2 ފެނާތުރު ގޯއްޗަށް ހަދާދެވިފައިވާ ރަޖިސްޓްރީ ގެއްލިގެން ރަޖިސްޓްރީ އަލުން ހައްދައިދިނުމަށް އެ ގޯތި ސާވޭ ކުރިއިރު، އެ ގޯތީގެ މިހާރުގެ ބޮޑުމިނަކަށް އޮތީ 17323 އަކަފޫޓު ކަމަށް ފުވައްމުލަކު މާލެގަން ކައުންސިލްގެ އިދާރް ގ ފަރާތުންފުވައްމުލަކ މެޖިސްޓްރޭޓު ކޯޓުގައި ބުނާކަމަށްވެސް ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
3.3 ބުނެވުނު ދެ ކަންތަކަކީ، މައްސަލަ ހުށަހެޅި މުޙައްމަދު ނަޞީރު އިބްރާހީމް އާއި މި މައްސަލައިގައި ދަށުކޯޓުގައި ޖަވާބުދާރީވަމުން، ދަޢުވާއަށް ޖަވާބުދާރީވި ފަރާތްތަކުން ދަށުކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި ޚިލާފު އުފައްދާފައިވާ ކަންކަމެއް ނޫނެވެ. އަދި ހައިކޯޓުގެ މި މަރުޙަލާގައިވެސް ބުނެވުނު 2 ކަންތަކުގެ މައްޗަށް މި މައްސަލައިގައި ހިމެނޭ ޚަޞްމުންގެ މެދުގައި އެއްވެސް ޚިލާފެއް ނެތްކަން އެނގެއެވެ.
3.4 މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން ހުށަހެޅި ދަޢުވާއަށް ޖަވާބުދާރީވަމުން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ، ފެނާތުރު ގޯތީގެ ރަޖިސްޓްރީން އުނިވާ ބަޔަކީ، އޭގެ 20 ވަރަކަށް އަހަރުކުރިނ ދައުލަތުން ޢާއްމު ވެގެންވާ މަންފާއަކަށްޓަކައި އެ ގޯއްޗާއި އިންވެގެންވާ ދެވިނަ ގޯޅިއާއި ދަނބުގަސް މަގު ފުޅާކުރުމަށްޓަކައި މުޙައްމަދު ނަޞީރު އިބްރާހީމގް ރުހުމއާއެކު އުނިކޮށް މަގަށް އިތުރުކޮށްފައިވާ ބައެއްކަމަށެވެ. މި ބުނުމުގެ ރައްދުގައި މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ، ފެނާތުރު ގތޯ ނ ބައެއް އުނިކުރެވިފައިވަނީ މުޙައްމަދު ނަޞީރު އިބްރާހީމް ރުހުމުގައި ނޫންކަމަށާއި އެގޮތަށް ގޯތިން ބައެއް އުނިކުރާނަމަވެސ އެކަން ކުރަންޖެހޭނީ އޭރު ޢަމަލު ކުރަމުންދިޔަ ޤާނޫނު ނަންބަރު 68/4 (ޢާއްމު ޤާނޫނުތަކުގެ ޤާނޫނު) ގެ 07 ވަނަ ނަންބަރުގައި ބުނާގޮތަށް ކަމަށެވެ. ޤާނޫނުގައި ބުނަނީ، ޢާއްމުވެގެންވާ ފައިދާއަކަށް ޓަކައި މީހުންގެ މިލްކު ރުށްގަސް،ދަނޑުބިން،ގޯތި ގެދޮރު، އަދި މި ނޫންވެސް އެއްޗެ އ ދައުލަތަށް ބޭނުންވެއްޖެނަމަ އެއެއްޗެއް ހިފޭނީ، އެއެއްޗަކަށް މިނިސްޓްރީ އޮފް ޖަސްޓިސްގެ ފަރާތުން ނުވަތަ ހައިކޯޓުގެ ފަރާތުން އެ އެއްޗެއްގެ ބަދަލު ދިނުމަށްފަހު، ނުވަތަ އަގެއް ކިޔުއްވައި އަގު ނެގުމަށްފަހުގައި ކަމަށެވެ.
3.5 ފަހުން މި ބުނެވުނު ނުކުތާގައި ދެފަރާތުން ދެއްކިވާހަކަތަކާއި ފެންނަން ހުރި ލިޔުންތަކުގެ އަލީގައި އަދި ކަމާގުޅުންހުރި ޤާނޫނުތަކުގެ މައްޗަށް ރިޢާޔަތްކޮށް،ފުވައްމުލަކު މެޖިސްޓްރޭޓު ކޓުނޯ ކަނޑައަޅާފައިވަނީ، ފެނާތުރު ގޯތީގެ ރަޖިސްޓްރީ ހެދިފައިވަނީ 9791 ވަނަ އަހަރުކަމަށްވާއިރު، 1979 ވަނަ އަހަރަށްފަހު ދައުލަތުގެ އެއްވެސް ބޭނުމަކަށް އެ ގޯތީގެ އެއްވެސް ބައެއް ޤާނޫނުގައި ބުނާ އުޞޫލުތަކަށް ރިޢާޔަތްކޮށް ގޯތިން ބައެއް އުނިކުރިކަމުގެ އެއްވެސް ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނުވާކަމަށެވެ. އަދި ޢާއްމުވެގެންވާ މަންފާއަކަށް ފެނާތުރު ގޯތީގެ ބިން ދައުލަތުގެ ބޭނުމަށް ނެގޭނީ ޢަދުލުވެރި ބަދަލެއް ދިނުމަށް ފަހުގައި ކަމަށެވެ.
3.6 ބުނެވުނު ކަންކަން ފާހަގަކުރުމަށްފަހު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ،ޏ.ފުވައްމުލައް / މާލެގަން ފެނާތުރު، މުޙައްމަދު ނަޞީރު އިބްރާހީމް (އައީ.ޑީ. ގެ ފަރާތުން ފުވައްމުލައް މާލެގަން ކައުންސިލްގެ އިދާރާގެ މައްޗަށް ހުށަހަޅާފައިވާ މި މައްސަލަ ޝަރީޢަތުން ބެލިއިރު، ޏ.ފުވައްމުލައް ދެވިނަ ގޯޅި އާއި ޏ.ފުވައްމުލައް ދަނބުގަސްމަގު ފުޅާކުރުމަށްޓަކައި "ފެނާތުރު" ގޯތިން 9 (ނުވައެއް) ފޫޓް އުނިކޮށް، އެ 9 ފޫޓް (ނުވައެއް) ފޫޓް ދަނބުގަސްމަގަށް ލ ވިފައިވަނީ، ދަޢުވާކުރާ ފަރާތުގެ ރުހުމާއި އެކުގައި ކަމަށް ދައުލަތުން ބުނިކަމުގައި ވިޔަސް އެކަން ދައުލަތަށް ސާބިތު ކޮށްދެވިފައިނުވާތީ، ޏ.ފުވައްމުލައް މާލެގަން ފެނާތުރު ގޯތިން އުނިކުރެވިފައިވާ 09 (ނުވައެއް) ފޫޓް އުނިކުރެވިފައިވަނީ އަދުލު އިންސާފުގެ ހަމަތަކާއި ޚިލާފަށްކަމަށް ކަނޑައަޅައި، ފެނާތުރު ގޯތިން އުނިކުރެވިފައިވާ 09 (ނުވައެއް) ފޫޓަކީ އެއްވެސް ޝަރުތަކާއ ނުލައި އަނބުރާ އިއާދަ ކޮށްދޭންޖެހޭ 09 (ނުވައެއް) ފޫޓަށް ވާއިރު، މި 09 (ނުވައެއް) ފޫޓް ފެނާތުރު ގޯއްޗަށް އިތުރުކޮށް މި އިތުރު ކުރެވުނު 09 (ނުވައެއް) ފޫޓް ހިމެނޭގޮތަށް އެ ގޯތީގެ ބޮޑުމިން އަކަފޫޓުން ބަލާއިރު، 18550 (އަށާރަ ހާސް ފައްސަތޭކަ ފަންސާސް) އަކަފޫޓަށްވުރެ ބޮޑުނުވާނެ ގޮތެއްގެމަތިން ރަޖިސްޓްރީ ހަދައި ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ މައްޗަށް އަމުރުކޮށް މިގޮތުގެމަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް:
4ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 1/2016-33/RIC ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ފެނާތުރު ނަޞީރު އިބްރާހީމް ގެ ފަރާތުން އަންނަނިވި ތިން ނުކުތާ ހުށަހަޅާ އެނުކުތތަކާއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާ ތަކަކީ؛
4.1 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-RU/01 ރޫލިންގައި ކަނޑައަޅުއްވާފައިވާ ގޮތާއި ޚިލާފަށް އޮޅުން ނުފިލާ ގޮތަށް އަދި ހުށަހެޅިފައިވާ މައްސަލައަށް ފައިޞަލާކުރަނިވި ޙައްލެއް ހޯދައި ނުދީ އިތުރު ސުވާލުތައް އުފެދޭގޮތަށް ކޮށްފައިވާ ޙުކުމަކީ ބާރުހުރި (ރެސްޖުޑިކޓަރ) ޙުކުމެއްކަމުގައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4.2 ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 1/2016-33/RIC ޤަޟިއްޔާ ގެ ޙުކުމް ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި ޚިލާފަށް ގޯތިކުޑަކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ޖާގަދ މައްސަލީ ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
4.3 ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ޚިލާފަށް މައްސަލާގައި ހުށަހެޅިފައިވާ ބަޔާންތަކާއި، ހެއްކާއި ޤަރީނާއަށް ބަލަންވާ ވަރަށް ނުބަލައި، މައްސަލައިގެ ޙުކުމް ކުރައްވާފައިވުމުންނާއި، މިއީ ލިޔުމުގެ ކުށެއްކަމަށް ކޯޓުގެ ސަމާލުކަމަށް ގެނައުމުންވެސް މިކަން އިޞްލާޙްކޮށްފައި ނުވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
5މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލުގައި އޭނާގެ ފަރާތުން ފާހަގަކުރި މައިގަނޑު ކަމަކީ، މުޙައްމަދު ނަޞީރު އިބްރާހީމް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅީ، މުޙައްމަދު ނޞަ ރީ އިބްރާހީމްގެ ނަމުގައި އޮތް "ފެނާތުރު" ގޯތީގެ ރަޖިސްޓްރީގައި އެ ގޯތީގެ ބޮޑު މިނަކީ 18550 (އަށާރަ ހާސް ފަސްސަތޭކަ ފަންސާސް) އަކަ ފޫޓު ކަމަށް ލިޔެވިފައިވާއިރު އެ ގޯތީގެ މިހާރުގެ ބޮޑުމިނަކީ 73231 (ސަތާރަ ހާސް ތިންސަތޭކަ ތޭވީސް) އަކަފޫޓުކަމަށް ފުވައްމުލަކު މާލެގަން ކައުންސިލްގެ އިދާރާގެ ފަރާތުން ބުނާތީ، ރަޖިސްޓްރީގައި ބުނާ މިންވަރު ހަމަކުރެވޭ ގޮތެއްގެ މައްޗަށް ޢަދުލުވެރި ބަދަލެއް ހޯދުމަށް ކަމަށްވީ ނަމަވެސް، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ކުރަ އްވާފައިވާ ޙުކުމުގައި، ފެނާތުރު ގޯތިން އުނިކުރެވިފައިވަނީ ހަމައެކަނި 09 (ނުވައެއް) ފޫޓް ކަމަށް ބުނެފައި އޮންނަ އޮތުމާއި މި 09 (ނުވައެއް) ފޫޓް ފެނާތުރު ގޯއްޗަށް އިތުރުކޮށް މި އިތުރު ކުރެވުނު 09 (ނުވައެއް) ފޫޓް ހިމެނޭގޮތަށް އެ ގޯތީގެ ބޮޑުމިން އަކަފޫޓުން ބަލާއިރު، 18550 (އަށާރަހާސް ފައްސަތޭކަ ފަންސާސް) އަކަފޫޓަށްވުރެ ބޮޑުނުވާނެ ގޮތެއްގެމަތިން ރަޖިސްޓްރީ ހަދައި ދިނުމަށް ޙުކުމް ކޮށްފައި އޮތުމުން 18550 (އަށާރަހާސް ފައްސަތޭކަ ފަންސާ ސ) އަކަފޫޓަށްވުރެ ކުޑަކޮށްގެންވެސް ރަޖިސްޓްރީ ހަދާ ދިނުމުގެ ފުރުޞަތުވެސް އޮންނަ ގޮތަށް ދޭހަވާން އޮތުމުން، މި މައްސަލައިގައި މުޙައްމަދު ނަޞީރު އިބްރާހީމގް ފަރާތުން ކޯޓުން ހޯދުމަށް އެދި ހުށަހެޅި ފަރުވާ ލިބިފައިނެތްކަމަށާއ އަދި އެ ސަބަބަށްޓަކައި މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން ހުށަހެޅި މައްސަލައަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ފައިޞަލާ ކުރަނިވި ޙައްލެއް ލިބިފައި ނެތްކަމަށް ފާހަގަކުރާ ކުރުމެވެ.
6މި މައްސަލަ މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއިރު، ދަޢުވާ ރައްދުވަނީ ފުވައްމުލައް މާލެގަން ކައުންސިލްގެ އިދާރާއަށެވެ. އެހެންނަމަވެސް މި މައްސަލަ އެ ކޯޓުގައި ހިނގަމުންދަނިކޮށް 03 ޖޫން 2017 ގައި ފުވައްމުލަކު ސިޓީ ކައުންސިލް އުފެދުމާއއެކު މާލެގަން ކައުންސިލްގި އިދާރާ އުވިގެން ގޮސްފައިވެއެވެ. އެހެންނަމަވެސް ފުވައްމުލަކު ސިޓީ ކައުންސިލގް ބާރުގެ ތެރޭގައި މި ދަޢުވާގައި ބަޔާންކުރާ ބިމާ ގުޅޭ މައްސަލައެއްގައި ގޮތް ކިއުމުގެ ބާރު ލިބިފައި ނެތްކަމަށް ބަލައި ފުވައްމުލަކގު ބިމާބެހޭ މައްސަލަތަކާއި ގުޅިގެން ހުށަހެޅޭ ދަޢުވާއެއްގައި އޭރު ޢަމަލުކުރަމުންދިޔަ އުޞޫލުތަކުގައި ބުނާ ގޮތުން ދަޢުވާއށަ ޖަވާބުދާރީވާންޖެހޭނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް ދެކި އެ މިނިސްޓްރނީ މި ކަމުގައި ދެކޭގޮތެއް ބެލުމުގެ ގޮތުން ދަޢުވާލިބޭ ފަރާތެއްގެ ގޮތުން މި މައްސަލައިގައި ޖަވާބުދާރީވުމަށް ދައުލަތަށް ފުރުޞަތު ދެވިފައިވެއެވެ. އަދި މި މައްސަލަ އިސްތިއުނާފު ކުރުމުގެ މި މަރުޙަލާގައި ވަނިކޮށް ޤާނޫނަށް ގެނެވުނު ބަދަލެއްގެ ސަބަބުން ފުވައްމުލަކުގެ ބިމާ ގުޅުން ހުރިކަންކަމުގައި ގޮތެއް ނިންމުމުގެ ބާރަކީ ފުވައްމުލަކު ސިޓީ ކައުންސިލްއަށް ލިބޭ ބާރަކަށްވާތީ، މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން ހުށހެޅަ މައްސަލައިގައި ޖަވާބުދާރީވުމަކީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ޒިންމާއެއްކަމަށް ދައުލަތުގެ ފަރާތުން ބުނެ މި މައްސަލައިގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކަންޖެހޭ އިތުރު ވާހަކައެއް ނެތްކަމަށް ބުނެފައިވާތީ އިސްތިއުނާފީ މި ދަޢުވާއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ފުވައްމުލަކު ސިޓީ ކައުންސިލަށް ދެވުނެއެވެ. އަދި މި މައްސަލައަކީ ދައުލަތުގެ ޢާއްމު މަސްލަޙަތު ހިމެނޭ ބާވަތުގެ މައްސަލައެއްކަމަށް ދެކިގެން މި މައްސަލައިގެ ތެރެއިން ދައުލަތުން ކަމެއް ފާހަގަ ކުރަން އޮތްނަމަ އެ ފުރުސަތު ދިނުމުގެ ގޮތުން ދައުލަތަށްވެސް މި މައްސަލައިގެ ތެރޭގައި ބަހެއް ބުނުމުގެ ފުރުޞަތު ދެވިފައިވާނެއެވެ.
7މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ، މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން އެ ފާހަގަކުރާ ގޮތަށް "ފެނާތުރު" ގޯތީގެ ރަޖިސްޓްރީގައި އެ ގޯތީގެ ބޮޑު މިނުގައި 18550 (އަށާރަ ހާސް ފަސްސަތޭކަ ފަންސާސް) އަކަފޫޓު ހުރިކަން އެނގެން އޮވެފައި އެ ގޯތީގެ މިހާރުގެ ބޮޑުމިނަކީ 17323 (ސަތާރަ ހސާ ތިންސަތޭކަ ތޭވީސް) އަކަފޫޓު ކަން އެނގުމުން އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުމަށް ކައުންސިލުންވެސް ބޭނުންވިކަމަށާއި، މި ގޮތުން އެ ގޯތީގެ ބތި ދޮށުން މީސްމީހުންގެ ރުކާއި އަލަގަސް ނާރާ ގޮތަށް މިހާރުވެސް ފެނާތުރު ގޯތީގެ ރަޖިސްޓްރީގައިވާ މިންތަކަށް ރަޖިސްޓްރީ ބަދަލުކުރެވިދާނެކަމަށް މުޙައްމަދު ނަޞީރު އިބްރާހީމްއަށް އެންގުނުކަމަށާއި، އެހެންނަމަވެސް މުޙައްމަދު ނަޞީރު އިބްރާހީމް އެގޮތް ޤަބޫލުނުކުރީކަމަށާއި މުޙައްމަދު ނަޞީރު އިބްރާހީމް ބޭނުންވީ ދެވިނަގޯޅީ ގެ ތެރެއިން އެ މިންވަރު ހަމަކޮށް ރަޖިސްޓްރީ ހެއްދުމަށްކަމަށއާ ދެވިނަ ގޯޅިއަކީ ޢާއްމުވެގެންވާ މަންފާއަކަށްޓަކައި ބޭނުންކުރާ ގޯޅިއަކަށްވާތީ މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން ބުނާގޮތަށް ރަޖިސްޓްރީ ހެއްދިފައި ނުވަނީ ކަމަށެވެ. އަދި މި މައްސަލައިގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަލާއިރު ފުވައްމުލަކު ސިޓީ ކައުންސިލަށްވެސް ސާފުނުވާ ކަންކަން އެބަ ހުރިކަމަށާއި މިގޮތުން ފެނާތުރު ގޯތީގެ އަކަ ފޫޓު ހަމަކުރަންވީ އެ ގޯތީގެ ބތިދޮށުންކަމެއ ނުވަތް ދެވިނަގޯޅި ހިމަނައިގެންކަން ސާފުވާންނެތްކަމަށެވެ.
8މި މައްސަލައިގައި މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން ސީދާ ދޭނެ ޖަވާބެއް ނެތްކަމަށާއި، އެހެންނަމަވެސް ފެނާތުރު ގޯތިން އުނިކުރި ބައި އިތުރުކުރަންވީ ކޮންތަނަކުންކަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ޙުކުމުގައި ބުނެފައި ނުވާކަމަށާއި، ޢާއްމުވެގެންވާ މަންފާއަކަށްޓަކައި ނަގާފައިވާ ގޯޅިއަކުން އުނިވާގޮތް ވުމަކީ އެކަމުގެ ސަބަބުން ޖަމާޢީ ޙައްޤަށް އުނިކަން ލިބޭނެކަމެއްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ. އަދި މި މައްސަލައިގައި ދައުލަތުގެ ފަރާތުންވެސް އެދެނީ ފެނާތުރު ގޯތީގެ ބިންއިތުރަކޮށްދޭންޖެހޭނ ގޯޅިއަށް އެބައި ނާރާގޮތިށް ފެނާތުރު ގޯތީގެ ބ ތދޮށުނ އޮތް ބިމުން ބަދަލު ހަމަޖައްސައި ދޭ ގޮތެއްގެ މައްޗަށް ކަމަށް ބުނެފައިވެއެވެ. ފެނާތުރު ގޯއްޗާއި އެ ގޯތީގެ ވަށައިގެންވާ މަގުތައް ހުރި ގޮތުގެ ޗާޓު ޢަދުލުވެރި ބަދަލުދިނުން
9ޕްރިސިޑެންސް 1މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވިގެންވާނެ ތަކެއްޗެއް ނޫންކަމަށާއި، ޢާއްމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެންނުވާނެކަމަށާއި، އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގަންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައިކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނެފައި އެބައޮތެވެ.
10ޕްރިސިޑެންސް 2ޕްރިސިޑެންސް 4އަދި ޤާނޫނު ނަންބަރު 68/4ޖ. (ޢާންމު ޤާނޫނުތަކެއް) ގެ 7 ވަނަ މާއްދާއަށް ބަލާއިރުވެސް، ދއުލަތަށަ ނުވަތަ ރައްޔިތަށް ޢާއްމުވެގެންވާ ފައިދާއަށްޓަކައި މީހުންގެ ރުއްގަސް، ދަނޑުބިން، ގޮވަތިގެދޮރު އަދި މިނޫންވެސް އެއްޗެއް ނެގޭނީ އެ އެއްޗެއްގެ ބަދަލު ނުވަތަ އަގު ދިނުމަށްފަހުގައިކަމާއި، އަދި އެ ބޭނުންވި އެއްޗަކީ ބިމެއްކަމުގައިވާނަމަ، އެ ބިން ހުސްކޮށްދިނުމަށް އެކަށީގެންވާ މުއްދަތެއް ދޭންވނެކަންވެސް އެނގެއެވެ. އަދ ސިޓީ ކައުންސިލްގެ ބާރުތަކަށް ބަލާއިރު، މީހުންގެ އަމިއްލަ ބިންތަކާއި މުދާ ޢާއްމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެނަމަ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ނެގުމުގެ ބާރު ލިބިދީފައިވާއިރު، އެފަދައިން ނެގޭ ބިމަށް ނުވަތަ މުދަލަށް ދެވޭ ބަދަލަކީ ޢަދުލުވެރި ބަދަލަކަށް ވާންޖެހޭކަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒި އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) އަށް ބެލުމުންވެސް އެނގެން އޮވެއެވެ. ކޯޓު މެދުވެރިވެގެން ޢަދުލުވެރި ބަދަލު ދިނުމުގައި ޝަރުޢީ ނިޒާމުގެ ތެރެއިން ޢަމަލު ކުރެވެމުން އައިސްފައިވާ ގޮތް ބަޔާންކޮށްދެމުން މި ކޯޓުގެ ނަންބަރު 2012/HC-A/241 ޤަޟިއްޔާގައި ބުނެފައިވަނީ "މީހަކު ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ޢާއްމު ވެގެންވާ މަންފާއަކަށްޓަކައި ނަގާއިރު، އެ ގޯއްޗެއްގައި ހުންނަ އެމީހެއް/އެބައެއްގެ މިލްކު ޤާނޫނު އަސާސީގެ 40 ގެ (ށ) ޤާނޫނުގެ 41 ވަނަ މާއްދާގެ (ލ) އެންމެހައި ތަކެއްޗަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން އަގުކޮށް އެއަގު އެމީހަކަށް އންގައިދަ، އަދި އެމީހެއް/ އެބައެއްގެ ކިބައިން ވަކިކުރެވުނު ބިމުގެ ބަދަލުގައި ބިމެއްދިނުމަށް ނިންމައި، އެ ބިމެއް ދެވޭތަނަކާއި އެތަން އޮތް ހިސާބެއްވެސް އަންގައިދީ އެކަމާބެހޭގޮތުން އެމީހެއް/ އެބައެއްގެ ބަހެއް ހޯދައި ދެފަރާތުން ވާހަކަ ދައްކައިގެން އެކަމެއް ޙައްލުކުރެވޭތޯ ބަލަންޖެހޭކަމާއި އަދި މީގެ އިތުރުން އަލަށް އެމީހަކަށް ދެވޭ ބިމުގައި، ކުރީގެ ބިމުގައި ކޮށްފައިވާ ފެންވަރަށްވުރެ ދަށްނުވާ ފެންވަރެއްގައި ޢިމާރާތެއް ކުރުމަށް ދެފަރާތުން އެއްބަސްވެވޭ މިންވަރަކީ ކޮބައިތޯ ބަލައި އެވަރެއްވެސް ބަދަލުގެ ފައިސާގެ ތެރޭގައި ހިމެނޭކަމާއި، މީހެއްގެ ކިބައިން އެއްޗެއް ނިގުޅައިގަނެވޭއިރު، އެފަދަ ނުވަތަ އެއަށްވުރެ ރަނގަޅު ފެންވަރުގެ އެއްޗެއް އޭނާއަށް ނުލިބޭނަމަ އެބަދަލަކީ ޢަދުލުވެރި ބަދަލެއްގެ ގޮތުގައި ސިފަވެގެންނުދާނެ" ކަމަށެވެ.
11ޕްރިސިޑެންސް 3ދަށުކޯޓުގައި ދައުލަތުގެ ފަރާތުން މި މައްސަލައަށް ޖަވާބުދާރީވަމުން ދައްކާފައިވާ ވާހަކަތަކުގައި، ފެނާތުރު ގޯތީގެ ބިމުން ބައެއް ދައުލަތުގެ ޢާއްމުވެގެންވާ މަންފާއަކަށްޓަކައި ނެގިކަމަށް ބުނެފައި އެބައޮތެވެ. އެހެންނމަވެސަ އެފަދައިން ކަންކުރީ ފެނާތުރު ގޯތީގެ ވެރިފަރާތަށް ޢަދުލުވެރި ބަދަލެއް ދިނުމަށްފަހުގައިކަން ނުވަތަ ނޫންކަން އަދި އެގޮތަށް ބިން ނެގުނީ ފެނާތުރު ގޯތީގެ ވެރިފަރާތުގެ ރުހުން ދީގެންކަނ ނުވަތް ނޫންކަން ދައުލަތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ. 1979 ގައި ޢަމަލުކުރަމުންދިޔަ އުޞޫލުތަކުގައި ބުނާ ގޮތުންވެސް އަދި މިހާރު ޢަމަލުކުރާ ޤާނޫނުތަކުގައި ބުނާ ގޮތުންވެސް ޢަދުލުވެރި ބަދަލެއް ގޯތީގެ ވެރިފަރާތަށް ދިނުމަށްފަހުގައި މެނުވީ ގޯތީގެ ބިމުން ބައެއް ދައުލަތުގެ ޢާއްމުވެގެންވާ މަންފާއަކަށް ޓަކައި ނެގުން ހުއްދަވެގެން ނުވާކަން އެނގެއެވެ.
12"ފެނާތުރު" ގޯތީގެ ރަޖިސްޓްރީގައި އެ ގޯތީގެ ބޮޑު މިނުގައި 18550 (އަށާރަ ހާސް ފަސްސަތޭކަ ފަންސާސް) އަކަފޫޓު ހުރިކަން އެނގެން އޮވެފައި އެ ގޯތީގެ މިހާރުގެ ބޮޑުމިނަކީ 17323 (ސަތާރަހާ ސ ތިންސަތޭކަ ތޭވީސް) އަކަފޫޓުކަން އެނގެން އޮތުމުން ފެނާތުރު ގޯތިން އުނިވާ މިންވަރު ކަމަށްވާ 1227 އަކަފޫޓގު ބިމަކީ އެ މިންވަރުގެ މައްޗަށް މުޙައްމަދު ނަޞީރު އިބްރާހީމްއަށް ޢަދުލުވެރި ބަދަލެއް ޙައްޤުވާ މިންވަރުކަން މި މައްސަލައިގައި ފެންނަން ހުރި ކަންތައްތަކަށާއި މައްސަލައިގައި ހިމެނުނު ފަރާތްތަކުން ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެއެވެ.
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/241 ޤަޟިއްޔާގައި ބުނެފައިވާ ގޮތަށާއި އަދި މިފަދަ މައްސަލަތަކުގައި ޢަދުލުވެރި ބަދަލު ދިނުމާއި ގުޅޭ ގޮތުން ފާހަގަކުރެވެން ހުރެ ކަންކަމުގެ މައްޗަށް ބަލާއިރު، ފެނާތުރު ގޯތީގެ ބިން އެ ގޯތިން އުނިކުރެވުނުއިރު އުނިކުރެވުނު ބިމުގައި މުޙައްމަދު ނަޞީރު އިބްރާހީމގް ޢިމާރާތެއް ނުވަތަ ނުއުފުލޭ މުދަލެއް ހުރިކަން އެނގެން ނެތުމުން ޢަދުލުވެރި ބަދަލު ކަނޑައެޅުމުގައި އެ ފަދަ ކަމެއްގެ މައްޗަށް އަގުމަގު ކޮށް ބަދަލު ދެވޭނެ ގޮތެއް ނެތެވެ. މިހެންކަމުން މި ކަމުގައި ދެން އޮތީ ފެނާތުރު ގޯތިން އުނިވި ބިމުގެ ބަދަލުގައި ބިމެއް ދެވެން އޮތްކަން ނުވަތަ ނޫންކަން ބެލުމެވެ. ވަކިކުރެވުނު ބިމުގެ ބަދަލުގައި ބިމެއް ދިނުމަށް ނިންމާނަމަ އެ ބިމެއް ދެވޭނެ ތަނަކާއި އެތަން އޮތް ހިސާބެއްވެސް އަންގައިދީ އެކަމާބެހޭގޮތުން އެމީހެއް/ އެބައެއްގެ ބަހެއް ހޯދައި ދެފަރާތުން ވާހަކަ ދައްކައިގެން އެކަން ޙައްލުކުރެވޭތޯ ކޯޓުން ބަލަންޖެހެއެވެ.
14ޕްރިސިޑެންސް 5އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، މުޙައްމަދު ނަޞީރު އިބްރާހީ މްގެ ފަރާތުން ހުށަހެޅި ދަޢުވާގައި އެދިފައިވާ ކަންކަމާއި މެދު ފައިޞަލާ ކުރަނިވި ޙައްލެއް ދެވިފައިވާތީ އެއް ނުފެނެއެވެ. މީގެ އިތުރުން ފެނާތުރު ގޯތިން އުނިވި ބައި ހަމަޖައްސާއިރު އުނިވި ބިން ހަމަޖައްސާނެ ތަނަކާއިމެދު ދެފަރާތާއި ވާހަކަ ދެކެވި އުނިވި ބިން ހަމަޖެއްސުމުން އެ ބިން އޮންނާނެ ތަނަކާއި އޮތް ހިސާބެއްވެސް ޙުކުމްގައި ބުނެދީފއިނެތްކަމުނަ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ކުރައްވާފައިވާ ޙުކުމަކީ އެ ޙުކުމް ތަންފީޛު ކުރެވޭނެ ގޮތެއް ނެތް އަދި ޙައްލު ލިބިދެވްނީގޮތެއޭނެތް ޙުކުމަކަށްވާތީ ބާޠިލުކުރަން ޖެހޭ ގޮތަށް އޮތް ޙުކުމެކެވެ.
15މި މައްސަލައިގެ ތެރޭގައި މައްސަލައިގައި ހިމެނޭ ދެފަރާތުންމެ ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ބަލާއިރު، މި ދެފަރާތުގެ ދެމެދުގައި އޮތް ޚުޞޫމާތަކީ ފެނާތުރު ގޯތިން އުނިވި ބިމުން ބިމެއް ދޭންޖެހޭކަން ނުވަތަ ނޫންކަމާއި މެދުގައި އޮތް ޚުޞޫމާތެއް ނޫންކަމާއި މި ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވަނީ ފެނާތުރު ގޯތިން އުނިވި ބިނާ ހަމަޖައްސާއިރު އެ ބިން އޮންނާނެ ތަނަކާއި މެދުގައި އޮތް ޚިލާފުކަން އެނގެއެވެ. މިހެންކަމުން މި މައްސަލައިގެ ތެރެއިން މި ކޯޓުން ވާނީ އެ ފަރާތަކުން ބޭނުންވާ ގޮތެއްގެ ޗާޓެއް ކުރެހުމަށްފަހު އުނިވާ ބިން ހަމަޖައްސަން ކޮންމެ ފަރާތަކުންވެސ އެދޭގޮތް ޝަރީޢަތާއި ޙިއްސާ ކުރުމުގެ ފުރުސަތު ދީފައެވެ. މި ގޮތުން ދެވުނު ފުރުޞަތުގައި މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން އެދޭގޮތުގެ ލީ ޔުނ މުޙައްމަދް ނަޞީރި އިބްރާހމީ ޝަރީޢަތާއި ޙިއްސާކޮށްފައިވެއެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލުން ބިން ހަމަޖައްސަން އެދޭ ގޮތުގެ ލިޔުންވެސް ޝަރީޢަތާއި ޙިއްސާ ކޮށްފައިވެއެވެ. އަދި ދެ ފަރާތުން ހުށަހެޅި ޗާޓު ހިމެނޭ ލިޔުން ދެފަރާތާއި ޙިއްސާކުރުމަށްފަހު އެ ޗާޓުތަކާއި މެދު ދެކޭގޮތެއ ބެލުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ، ފެނާތުރު ގޯތިން އުނިވި ބިން ހަމަޖެއްސުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހުށަހެޅި ޗާޓުގައި ބުނާ ގޮތާއި އެއްބަސްވާކަމަށެވެ. ތިރީގައި މިވަނީ، ފުވައްމުލަކު ސިޓީ ކައުންސިލުން ހުށަހަޅާ އަދި އެ ޗާޓާއި މެދު މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން އެއްބަސްވެފައިވާ ޗާޓެވެ. ޏ.ފުވައްމުލައް/ ފެނާތުރު މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ޗާޓު ފެނާތުރު ގޯތި އޮންނަން ބޭނުންވާ ގޮތްކަމަށް ގޯތީގެ ވެރިފަރާތުން ދެއްކިގޮތ ބަޔާންކޮށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ހުށަހެޅި ޗާޓު
16ބުނެވުނު ޗާޓަށް އެއްބަސްވުމަށްފަހު މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން އިތުރަށް ބުނެފައިވަނީ، ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ހަމަޖެއްސި ބިމަކީ ޗަކ އޮތަ ބިމެއްކަމަށާއި، އެ ބިން ހިއްކުމުގައި ތކަލީފުތަކެއް އޮންނާނެކަމަށެވެ. މިހެންކަމުން މި ޗަކަ ބިން ހިއްކުމަށް ބޭނުންވާ ވެލި ހޯދުމުގައި ފުވައްމުލަކު ސިޓީ ކައުންސލި ގެ އެހީތެރިކަން ބޭނުންވާނެކަމަށެވެ. އެ ނުކުތާގައި ސިޓީ ކައުންސިލްގެ ފަރާތުން ބުނެފައިވަނީ އެއީ އެ ކައުންސިލުން ޢާއްމގޮތެއްގައު ކޮށް އުޅޭ ކަމެއް ނޫންކަމަށެވެ.
17ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/241 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން މީހެއްގެ އެއްޗެއް ދައުލަތުގެ ބޭނުމަށް ނެގޭއިރު އެފަދަ ނުވަތަ އެއަށްވުރެ ރަނގަޅު ފެންވަރުގެ އެއްޗެއް އޭނާއަށް ނުލިބޭނަމަ އެބަދަލަކީ ޢަދުލުވެރި ބަދަލެއްގެ ގޮތުގައި ސިފަވެގެންނުދެއެވެ. މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން ފުވައްމުލަކު ސިޓީ ކައުންސިލުން ބިން ދޭން ހުށަހެޅި ގޮތާއި މެދު އެއްބަސްވެ، އޭނާގެ ފަރާތު ން އިތުރަށް ހުށަހެޅި ހަމައެކަނި ކަމަކީ، އޭނާއަށް ލިބޭ ބިމަކީ ޗަކަ ބިމަކަށްވާތީ އެ ބިން ހިއްކުމުގައ ވެލި ހޯދުމުގެ އެހީތެރިކަން ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ހޯދުން ކަން އެނގެއެވެ. މުޙައްމަދު ނަޞީރު އިބްރާހީމގް ފަރާތުން އެ ހުށަހަޅާ ކަންތަކާއި މިންވަރަކީ ޢަދުލުވެރި ބަދަލަކަށް އެ ބަދަލު ސިފަވުމުގައި މުހިއްމު ކަމެއް އޮތްކަމެއްކަމަށް ފެންނާތީ، މުޙައްމަދު ނަޞީރު އިބްރާހީމްއަށ ފެނާތުރު ގޯތިން އުނިވި ބައިގެ ބިން ހަމަޖައްސާއިރް އަލަށް ހަމަޖައްސާބައިގައ ހިމެނި ޗަކަބިން ހިއްކުމުގައި މުޙައްމަދު ނަޞީރު އިބްރާހީމް އެ ބުނާފަދަ އެހީތެރިކަމެއް ބޭނުންނަމަ އެފަދަ އެހީތެރިކަމެއް ފުވައްމުލަކު ސިޓީ ކައުންސިލުން ފޯރުކޮށްދިނުމަކީ، ޢަދުލުވެރި ގޮތެއްކަމަށް އަހުރެން ދެކެމެވެ.
18ޕްރިސިޑެންސް 6މ މައްސަލައިގައި ފަނޑިޔާރި ޢަލީ ސަމީރު ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ ތެރެއިން 17 ވަނަ ނަންބަރުގައި ހިމެނޭ ނުކުތާގައި ބަޔާންކުރާ ކަންކަން ފިޔަވައި ދެން ފާހަގަކޮށްފައި ހުރި ކަންކަމަށް އަހުރެން ތާއީދު ކުރަމެވެ. 17 ވަނަ ނަންބަރުގައި ބުނާ، ފެނާތުރު ގޯތިން އުނިވި ބައިގެ ބިން ހަމަ ޖައްސާއިރު އަލަށް ހަމަޖައްސާ ބައިގައި ހިމެނޭ ޗަކަ ބިން ހިއްކުމަށް މުޙައްމަދު ނަޞީރު އިބްރާހީމް އެ ބުނާފަދަ އެހީތެރިކަމެއް ބޭނުންވާކަމަށް އޭނާ ފާހަގަކޮށްފައިވަނީ، ހައިކޯޓުގައި މި މައްސަލައިގެ ޝަރީޢަތް ބޭއްވުނު އެންމެ ފަހުގެ އަޑުއެހުމުގައި ކަމަށްވެފައި އެއީ މި ދަޢުވާ ހުށަހެ ޅިއިރ މުޙައްމަދު ނަޞީރު އިބްރާހީމްގެ ފަރާތުން ދަޢުވާގެ ސީޣާގައި ހިމަނާފައިވާ ކަމެއް ކަމުގައި ނުވާތީ އާއި އެކަމަށް ސިޓީ ކައުންސިލުންވެސ އިޢުތިރާޟް ކުރާތީ އެކަމަކީ މި ޤަޟިއްޔާގެ ތެރެއިން ގޮތެއް ކަނޑައަޅަންޖެހޭކަމެއ ކަމުގައް އަހުރެން ނުދެކެމެވެ.
19ޏ.ފުވައްމުލައް/ ފެނާތުރު ގޯތީގެ ރަޖީސްޓްރީ ގެއްލިގެން އަލުން ހަ ދއިދިނަ މަށު ފުވައްމުލަކު މާލާ ގަން ކައުންސިލެ އިދާރާއަށް 23 ޖުލައި 2015 ގައި އިސްތިއުނާފު ކުރާ މުޙައްމަދު ނަޞީރު އިބްރާހީމް ހުށަހެޅިއެވެ. ފުވައްމުލަކު މާލެގަން ކައުންސިލް އިދާރާއިން އެގޯތީގެ ރަޖިސްޓްރީ އަލުން ހެއްދުމަށްޓަކައި، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމުގެ ގޮތުން، ފެނާތުރު ގޯތީގެ ސާރވޭ ކޮށް ބެލިއިރު އެގޯތީގެ ބޮޑުމިނުގ ގޮތުގައެ އޮތީ، 17323 (ސަތާރަހާސް ތިންސަތޭކަ ތޭވީސް) އަކަފޫޓުކަމަ ށ ވެއެވެ. ނަމަވެސް، ގޯތީގެ ވެރިފަރާތެނ ބަޔާން ކުރް ގޮތުން ފެނާތުރުއެވެ ކިޔާ ގޯތީގެ ބޮޑުމިނަކީ 18550 (އަށާރަހާސް ފަސްސަތޭކަ ފަންސާސް) އަކަފޫޓެވެ. އެކަން ފނާތުރެ އެވެ ކިޔާ ގޯއްޗަށް 14 އޮކްޓބަރޯ 1979 ގައި ހަދައިދީފައިވާ ނަންބަރު: 47/7 (ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ) އިން ސާބިތު ވާނެ ކަމަށެވެ.
20އެހެންވެ، މިގޯތީގެ ދެފަރާތުގައ އޮތި ދެމަގު ކަމުގައިވާ ދަނބުގަސްމަގާއި ދެވިނަ ގޯޅަ ފުޅާކުރުމަށް ފެނާތުރު ގޯތީގެ ބައެއް ގޯތީގެ ވެރިފަރާތުގެ ރުހުމާ ނުލައި ދައުލަތުން ނަގައިފައިވާކަމަށް ބުނެ، ދެވިނަ ގޯޅީގައި ހިމެނޭ 9 (ނުވައެއް) ފޫޓަކީ ފެނާތުރު ގޯތީގެ ބައެއްކަމަށާއި، ފެނާތުރު ގޯތިން އެއްވެސް ބައެއް އުނިވާނަމަ އުނިވާ ބަޔަށް ޢަދުލުވެރި ބަދަލެއްގެ ގޮތުން އެގޯތީގެ ބިތްދޮށުނ އޮތް ހުސް ބިމުން އެގޯއްޗަށް ބިން އިތުރުކޮށްދިނުމަށާއި، އަދި ދެވިނަ ގޯޅިއަކީ 15 ފޫޓްގެ މަގެއް ގޮތުގައި ދެކި، އެގތަށ ނިންމް ނިންމުމަކާ ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އާއި 40 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދި އިސްތިއުނާފު ކުރާ މުޙައްމަދު ނަޞީރު އިބްރާހީމް ދަށު ކޯޓުގައި އެދިފައިވެއެވެ.
21އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ދަޢުވާއަށް ދައުލަތުން އިންކާރު ކޮށްފައިވެއެވެ. އަދި ފެނާތުރު ކިޔާ ގޯތިން އުނިވި ބަޔަކާ ޢާއްމުވެގެންވާ މަންފާއަކަށްޓަކައި ދަޢުވާކުރާ ފަރާތުގެ ރުހުމާއެކު އެގޯއްޗާއި އިންވެގެންވާ ދެމަގުކަމަށްވާ ދެވިނަ ގޯޅި އާއި ދަނބުގަސްމަގު ފުޅާކުރުމަށްޓަކައި ވިއްސަކަށް އަހަރު ކުރިން އުނިކުރެވިފައިވާ ބައެއްކަމަށް ބުނެފައިވެއެވެ. އެހެންވެ އިސްތިއުނާފު ކުރާ ފަރާތުން އެދޭ ގޮތަށް ފެނާތުރު ގޯއްޗަށް ބިން އިތުރު ކޮށްދޭންޖެހޭ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމަށް ދައުލަތުން ބުނެފައިވެއެވެ. މިކަން ސާބތި ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކި ޤަރީނާ ތަކަކީ؛
21.1. ފެނާތުރު އެވެ ކިޔާ ގޯތީގެ ތިން ފަރާތުންކުރެ ބަހާރު މަގާއިވީ ފަރާތުގައި އިންފާރު ރާނާފައިވަނީ މީގެ އަހަރުތަކެއް ކުރިން އިސްތިއުނާފު ކުރާ ފަރާތުންކަން.
21.2. ބަހާރުމަގާއި ވީ ފަރާތުގައި އިން ފާރު ރޭނިއިރު އަނެއް ދެފަރާތުގައިވާ ދެމަގަށްވ ގޮތަށާ އިން ވަކިކުރުމަށްޓަކައި އަބަދުވެސް ބަގީޗާ ގަސް ހައްދާފައިވާކަން ފާހަގަ ކުރެވޭކަން.
21.3. ދެވިނަ ގޯޅި އާއި ދަނބުގަސްމަގ ފުޅު ކުރުމަށް ފެނާތުރު ގޯތިން ބިން އުނިކުރއެ ވުމަށްފަހް އެބަދަލުތަކާއި އެއްގޮތަށް ރަޖިސްޓްރީ އިޞްލާޙު ކުރުމަށް އަންގާފައިވާ ކަމަށް ފުވައްމުލަކުގ ކުރީގެ ބޮޑުކަތީބު މުނީރު ޙަސަން އާއި އަތޮޅުވެރިޔާގެ އެހީތެރިޔާ އަޙްމަދު މުޙައްމަދު މަޢުލޫމާތު ދޭކަން. އެހެންވެ މިފަރާތްތައް ހެކިންގެ ގޮތުގައި ހުށަހަޅާކަން.
21.4. ފެނާތުރު އެވެ ކިޔާ ގޯތިން މަގު ފުޅާ ކުރުމަށް ބިން އުނިކުރި މުޢާމަލާތުގެ އެއްވެސް ލިޔުމެއް ކައުންސިލް އިދާރާއިން ފެންނަން ނެތްކަން. ނަމަވެސް އިސްތިއުނާފު ކުރާ ފަރާތުން ގޯތީގައި މިހާރު ހުރި މިންތަކާއި އެއްގޮތަށް ކަންމުޑި ޖަހާފައިވުމާއި އެކަންމުޑި ޖަހާފައިވާ މ ންތަކާއިއެއްގޮތަށް އިސްތިއުނާފަ ކުރާ ފަރާތުނ ގތީގޯ އިނެ ވަކިކުރުމަށްޓަކައި ގޯތީގެ ބަހާރުމގާއި ވީފަރާތުގެ އިންފާރު ރާނާ، އެއިންފާރު ރޭނިއިރު ދެވިނަ ގޯޅިއާއި ދަނބުގަސްމަގަށ ވާގޮތަށް އިންފާރުގ ކަނެ ވަށްކޮށް، ގޯތީގެ އިން ވަކިވާ ގޮތަށް ބަގީޗާ ގަސް ހައްދާފައިވާތީ އެކަންކަމަކީ ދަޢުވާ ކުރާ ފަރާތުގެ ރުހުމާއި އެކު އެކަންކަން އެގޮތަށް ހިނގާފައިވާކަމުގެ ހަރުދަނާ ޤަރީނާއެއްކަން.
22ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އެ މައްސަލައި ބަލައި ނިންމާފައިވަނީ؛ " ދެންފަހެ، ޏ.ފުވައްމުލައް / މާލެގަން ފެނާތުރު، މުޙައްމަދު ނަޞީރު އިބްރު ހީމް (އައިޑީ ކާޑް ނަންބަރ ) ގެ ފަރާތުން ފުވައްމުލަކު މާލެގަން ކައުންސިލްގެ އިދާރާގެ މަށްޗަށް ހުށަހަޅާފައިވާ މި މައްސަލަ ޝަރީޢަތުން ބެލިއިރު، ޏ.ފުވައްމުލައް ދެވިނަ ގޯޅި އާއި ޏ.ފުވައްމުލައް ދަނބުގަސްމަގު ފުޅާކުރުމަށްޓަކައި "ފެނާތުރު" ގޯތިން 9 (ނުވައެއް) ފޫޓް އުނިކޮށް، އ 9 (ނުވައެއް) ފޫޓް ދަނބުގަސްމަގަށް ލ ވިފައިވަނީ، ދަޢުވާކުރާ ފަރާތުގެ ރުހުމާއި އެކުގައި ކަމަށް ދައުލަތުން ބުނިކަމުގައި ވިޔަސް އެކަން ދައުލަތަށް ސާބިތު ކޮށްދެވިފައިނުވާތީ، ޏ.ފުވައްމުލައް މާލެގަން ފެނާތުރު ގޯތިން އުނިކުރެވިފައިވާ 09 (ނުވައެއް) ފޫޓް އުނިކުރެވިފައިވަނީ އަދުލު އިންސާފުގެ ހަމަތަކާއި ޚިލާފަށްކަމަށް ކަނޑައަޅައި، ފެނާތުރު ގޯތިން އުނިކުރެވިފައިވާ 09 (ނުވައެއް) ފޫޓަކީ އެއްވެސް ޝަރުތަކާއ ނުލައި އަނބުރާ އިއާދަ ކޮށްދޭންޖެހޭ 09 ފޫޓަށް ވާއިރު، މި 09 (ނުވައެއް) ފޫޓް ފެނާތުރު ގޯއްޗަށް އިތުރުކޮށް މި އިތުރު ކުރެވުނު 09 (ނުވައެއް) ފޫޓް ހިމެނޭގޮތަށް އެ ގޯތީގެ ބޮޑުމިން އަކަފޫޓުން ބަލާއިރު، 18550 (އަށާރަ ހާސް ފައްސަތޭކަ ފަންސާސް) އަކަފޫޓަށްވުރެ ބޮޑުނުވާނެ ގޮތެއްގެމަތިން ރަޖިސްޓްރީ ހަދައި ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ މައްޗަށް އަމުރުކޮށް މިގޮތުގެމަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
23އިސްތިއުނާފ ކުރް ފަރާތުން ޙަވާލާދޭ ރަޖިސްޓްރީ އަށް ބަލާއިރު، ގޭގެ ނަމގު ގޮތުގއަ އޮތި "ފނާތުރެ" މިހެންނެވެ. ނަމަވެސް ކުރަހާފައިވާ ކުރެހުމުގައި "ޢިމާރާތް" ކަމަށް ބެލެވޭ ތަނުގައި އޮތީ "ފެނާތުރު" މިހެންނެވެ. އެޑްރެސް ކަމުގައި ބަޔާން ކޮށްފައިވަނީ "މާލެގަން" ކަމަށެވެ. ގޭގެ ނަމާއި އެޑްރެސް ކަމުގައި ބަޔާން ކޮށްފައިވަނީ "ފެނާތުރެ، މާލެގަން ޏ.މުލަށް" މިހެންނެވެ. ގޯތީގެ ބާވަތަކީ ބަންޑާރަ އެވެ. ގޯތި އޮތް ކޮށީ ނަންބަރަކީ 189 އެކެވެ. އަދި މިރަޖިސްޓްރީގެ ނަންބަރަކީ 47/7 އެވެ. ރަޖިސްޓްރީގެ ތާރީޚަކީ 14 އޮކްޓބަރޯ 1979 އެކެވެ. މިރަޖިސްޓްރީން އެގެން އޮތް ގޮތުގައި ގޯތި ޙަވާލުކުރެވުނު ފަރާތާއި ޢިމާރާތުގެ ވެރިފަރާތަކީ "މުޙައްމަދު" އެވެ. ފުރިހަމަ ނަމަކީވެސް "މުޙައްމަދު" އެވެ. މިރަޖިސްޓްރީގެ އިތުރު ބަޔާނގައ ލިޔެފައި އޮވެއެވެ؛ މިއީ ކުރީގެ ގޯއްޗެކެވެ. ގެއާއި ގޯތި މި މުޙައްމަދުގެ ނަމުގައި ރެޖިސްޓްރީކުރީ އޭނާގެ ގެއެއްކަމަށް (މުޙައްމަދު) ބުނުމާއެކު މިހާތަނަށް މިގެ ތީގައި ދިރިއުޅެމުން އަންނަނީ މ މުޙައްމަދާއި އޭނާގް މަންމައާއި ދެމައިންކަމަށް ވާތައެވެ. ފަސްހާސް އަކަފޫޓް ވަކިކުރިގޮތް ޑޭޝ ތކކުން ފާހަގަ ކޮށްފައި އެވަނީއެވެ. (14-10-1979) (ސޮއިކޮށްފައި. ޏ.މުލަކު ކަތީބު ޢަލީ މުސާދީދީ) މިފަދައިންނެވެ.
24ޚުޞޫމާތު އުފެދިފައިވާ މައްސަލައާމެދު ފައިޞަލާއެއް ކުރުމުގެ ކުރިން ޝަރީޢަތަށް ސާފުވާންޖެހޭ އެންމެ މުހިންމު ނުކުތާއަކީ "ގޯތީގެ ފަސްހާސް އަކަފޫޓް ވަކިކުރިގޮތް ޑޭޝް ތކަކުން ފާހަގަ ކޮށްފައި އެވަނީ އެވެ." މިހެން އެރަޖިސްޓްރީ ގައި އޮންނަ އޮތުމެވެ. ސަބަބަކީ، ދަޢުވާ ކުރާ ފަރާތުން ދަޢުވާ ސާބިތު ކުރަން ހުށަހަޅާ ހެއްކަކީ މިދެންނެވި ރަޖިސްޓްރީ އެވެ. އެރަޖިސްޓްރީގެ އެއްވެސް ތަނެއްގައި އެގޯތީގެ ބޮޑުމިނަކީ 18550 އަކަފޫޓް ކަމަށް ބަޔާން ކޮށްފައެއް ނެތެވެ. ނަމަވެސް ކުރީގެ ގޯތީގެ މިންތައް ވަކިވަކިން ބަލައި އަކަ ކުރުމުން ކުރީގެ ގޯތީގައި އެމިންވަރު ހުރުން އެކަށީގެންވެއެވެ. ނަމަވެސް އެމިނާއި ޚިލާފަށް އެރަޖިސްޓްރީގައި "ފެނާތުރު" އެވެ ކިޔާ ގެ ހުރި ބިމުގެ ސަރަޙައްދު 5000 އަކަފޫޓް އެނގޭގޮތަށް އިނ ވަކިން އެނގޭ ގޮތަށް ބަޔާން ކޮށްފައި އޮތުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އެއީ ރަމްޒީ ކަމެއްހެއްޔެވެ؟ ފެނާތުރު ގޯތީގެ ރަޖިސްޓްރީ އޮތް ކުރެހުން ތިރީގައި އެވަނީ އެވެ.
25ރަޖި ސްޓްރީއެއްގައި ދެމުން ދެނެގަނި ވ ގޮތަށް އިން ވަކިކޮށްފައި އޮތުމުން، އެތަނުން އެއްމިނަކީ ރަގަޅު މިން ކަމަށް އަދި އަނެއް މިނަކީ ގޯސް މިނެއް ކަމަށް ބަލާނެ ގޮތެއް ނެތެވެ. އެއީ ސާބިތުކޮށް ދޭންޖެހޭ ކަމެކެވެ. އެހެންކަމުން، ފެނާތުރެ ގޯއްޗަށް 14 އޮކްޓބަރޯ 1979 ގައި ހަދައިދީފައިވާ ރަޖިސްޓްރީ ހެއްދި ދުވަސްވަރު ދިރިއުޅުމަށް ބަންޑާރަ ގްތ ދޫކުރި ބޮޑުމިނަކީ ކޮބައިކަން ދައުލަތުން ސާފުކޮށްދޭންޖެހެވެ. އަދި ރަޖިސްޓްރީގައި 5000 އަކަފޫޓު ވަކިކޮށްފައި އޮތީ ކޮން ބޭނުމެއްގައި ކަމާއި 5000 އަކަފޫޓަށްވުރެ ބޮޑުވާ ގޯތީގެ ބިމާމެދު އޭރު ދައުލަތުން ޢަމަލުކުރަމުންދިޔަ ގޮތެއް ސާފުކޮށްގެނ ނޫން މިމައްސަލަ ކުރިއަށް ގެންދެވޭނެ ހަމައެއް ނެތެވެ. ސަބަބަކީ، މިގޯއްޗަށް ރަޖިސްޓްރީ ހެއްދިއިރުވެސް 5000 އަކަފޫޓަށްވުރެ ބޮޑެތި ގޯތި ތަކަށް އެބޮޑުވާ މިން ރަޖިސްޓްރީގެ ބައެއްގެ ގޮތުގައި ހިމަނައިގެން ރަޖިސްޓްރީ ކޮށް ނުދޭކަން މިރަޖިސްޓްރީން ދަލީލު ކުރާތީ އެވެ. އެހެންނޫންނަމަ، ފެނާތުރެ ކުރީގޯތީގެ އަކަމިން ކަމަށް ބުނާ ޢަދަދު 18550 (އަށާރަހާސް ފަސްސަތޭކަފަންސާސް) އަކަފޫޓް، އެރަޖިސްޓްރީގައި 5000 (ފަސްހާސް) އަކަފޫޓް ޖެހި ގޮތަށް ރަޖިސްޓްރީ ހެއްދި ފަރާތަށް ޖެހުނީ ހެވެ. ނަމަވެސް ހަމައެކަނި 5000 އަކަފޫޓު ޖަހައި އަކަމިން ފާހަގަކޮށް ކުރީގެ ގޯތީގެ އިންތަކުގެ މިން އެގޭގޮތަށް ބަޔާން ކޮށް ދޫކޮށްލާފައި ވުމަކީ ބަލަންޖެހޭ ކަމެކެވެ.
26ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރާ ބިމާބެހޭ ޤާނޫނުގެ ދަށުން 4000 އަކަފޫޓަށވުރް ބޮޑު ގޯއްޗެއް ދޫނުކުރެވެއެވެ. އިސްތިއުނާފް ކުރާ ފަރާތުން ހުއްޖަތު ޤާއިމްކުރާ ރަޖި ސްޓްރ ހެއްދީ އިރު 5000 އަކަފޫޓަށް ވުރެ ދިރިއުޅުމަށް ރަޖިސްޓްރީ ކޮށްދޭ ގޯތި ބޮޑު ނުވާނެކަން ދަލީލު ކުރެއެވެ. ވީމާ، ފެނާތުރު ކުރީގެ ގޯތި ރަޖިސްޓްރީ ކުރިއިރު، 5000 އަކަފޫޓުގެ ބިން ރަޖިސްޓްރީގައި ހިމަނައި، ދެން އިތުރުވި ބިމާބެހޭ ގޮތުން ޝަރީޢަތުން ގޮތެއް ކަނޑއެޅޭނ ރަޖިސްޓްރީ ހެއްދިއިރު، ބަންޑާރަ ގޯތި ދޫކުރަމުންދިޔަ ބޮޑުމިނާއި އަދި ކުރީގަ ގޯތިތަކުން 5000 އަކަފޫޓަށްވުރެ ބޮޑުވާ ބަންޑާރަ ބިމާމެދު ދަޢުލަތުން ޢަމަލު ކުރަމުން އޭރު ދޔި ގޮތަ ސާފުވެގެންނެވެ.
27ޕްރިސިޑެންސް 7ދިވެހިރާއްޖެއަކީ ބިން ވަރަށް ދަތި ޤައުމެކެވެ. އެހެންކަމުން، އާދަޔާޚިލާފ ބޮޑު ގޯއްޗެއް ވަކި ބަޔަކަށް ޝަރީޢަތުން ރަޖިސްޓްރީ ކޮށްދިނުމަށް ނިންމަންޖެހޭނީ ޝަރީޢަތުން ބަލަންޖެހޭ ހުރިހާ ބެލުންތަކެއް ބެލުމަށްފަހު ގައެވެ. މޅު މުޖްތަމަޢުގެ ޢާންމު މަޞްލަޙަތާއި ގުޅިފައިވާ މައްސަލަތަކުގައި ދައުލަތާއި އަނެއް ޚަޞްމު ވަކިގޮތަކަށް އެއްބަސްވުމަކީ ޚުޞޫމާތްތެރ ދަޢުވާތަކާއި ގުޅިގެނި ހުށަހެޅިފައިވާ ހެކި ޤަރީނާތަކުގެ މައްޗަށް ޝަރީޢަތުން ލޯމަރާލަންޖެހޭ ސަބަބެއް ނޫނެވެ. ކޯޓުތަކއާ ފަނޑިޔާރުންގެ ދައުރަކީ އިންސާފު ޤާއިމު ކުރިނު ކަމަށްވާތީ، މުޖްތަމަޢުގެ ޢާއްމު މަސްލަޙަތާއި ގުޅިފައިވާ ނުވަތަ މުޅި ރައްޔިތުންގެ ޙައްޤު އެކަމުގައި ޝާމިލުވާ ކަންކަމުގައި، ދެޚަޞްމުން އެއްބަސްވާ ގޮތަކަށް، އެއީ ދައުލަތް ހިންގަން ތިބޭ މީހުން ކަމަށްވިޔަސް، ކައުންސިލެއް ކަމަށްވިޔަސް، މައްސަލަތައް ނނި މުމަކީ ފަނޑިޔާރުންގެ ދައުރު ކަމަށް ބުރައެއް ނުވް ވެއެވެ.
28ވީމާ، މިމައްސަލައިގައި، ފެނާތުރެ ގޯއްޗަކީ ކުރީގެ ގޯއްޗެއްކަމާއި، ކުރީގެ ގޯއްޗެކޭ ބުނެވެނީ ކީއްވެގެން ކަމާއި، ދިރިއުޅުމަށް ބަންޑާރަ ގޯތި ދިނުމުގެ ވަކި ޤަވާޢިދުތަކެއް ހެދި ޢަމަލު ކުރަން ފެށުމުގެ ކުރީން މީހުން ދިރިއުޅެމުން އައިގޯތިތަކަށް ރަޖިސްޓްރީ ހައްދަން ފެށުނު ގޮތާއި، އެފަދަ ގޯތިތައް ރަޖިސްޓްރީ ކުރުމުގައި 5000 އަކަފޫޓަށް ވުރެ ބޮޑެތި ގޯތި ތަކުގެ ބިން ރަޖިސްޓްރީ ގައި ހިމަނާފައިވަނީ 5000 އަކަފޫޓް ރަޖިސްޓްރީއިން ވަކިވާގޮތަށް ވަކިން ބަޔާންކޮށްގެންކަމާއި، އެގޮތަށް 5000 އަކަފޫޓް ރަޖިސްޓްރީގައި ވަކނި ފާހަގަކޮށްފައިވނީ ކީއްވެގެންކަނަ ސާފުކޮށް، ރަޖިސްޓްރީން އެގެން އޮތް މިންތަކުން، ޝަރީޢަތަށް ޤަބޫލު ކުރަންޖެހޭ މިނަކީ 5000 އަކަފޫޓުގެ ބިންތޯ ނުވަތަ ރަޖިސްޓްރީގެ ކުރިން ގޯތީގައި އުޅެމުންދިޔަ މީހުން ބނު 18550 (އަށާރަހާސް ފައް ސަތޭކަ ފަންސާސް) އަކަފޫޓުތޯ އޭރު ޢަމަލު ކުރަމުން ދިޔަ ޤާނޫނީ އުޞޫލުގެ މައްޗަށް ބުރަވެ ހުރެ ބަލަންޖެހޭ ކަމެވެ.
29މީގެ އިތުރުން، 18550 އަކަފޫޓުގެ ތެރެއިން 17323 އަކަފޫޓު ކަމަށް ފުވައްމުލަކު މާލެގަން ކައުންސިލުން ބުނާ ސަބަބަކީ، ގޯތީގެ ވެރިފަރާތުގެ ރުހުމުގައި މަގު ފުޅާކުރުމަށް ފެނާތުރު ކުރީގެ ގޯތީގެ ބިމުން އުނިކުރި ބިންކަމަށ ދޭހަވާން އޮތުމުން، ޤާނޫނުއަސާސީގައި ބަޔާންކުރާ ޢަދުލުވެރި ބަދަލު ދިނުމުގެ މަފްހޫމަކީ "ބިމާއި ގުޅިފައިވާ ފަރުދުންގެ ޙައްޤު އެފަރާތުގެ ރުހުންނެތި ޢާއްމު މަންފާއަށް ނެގުން" (compulsory acquisition) ކަމާއި، އެހެންކަމުން، ރުހުން އޮވެގެން ކުރާ ކަމެއްގައި ބަދަލު ދޭން ނުޖެހި ހިގައިދާނެ ކަމާއި، މިސާލަކަށް؛ ބަދަލު ދޭންހުރި ނުއުފުލޭ މުދަލާއި އެކު ދައުލަތަށް ދޫކޮށްލާ ޙާލަތުގައި ބަދަލެއް ދިނުން ވާނީ ކޮށްދޭ ހެޔޮކަމެއްގެ ގޮތުގައި ކަމާއި، އެޙާލަތުގައި ބަދަލު ނުދިނުމަކީ ދަޢުވާ ކުރެވޭނެ ކަމެއް ނޫން ކަމެވެ. ހަމައެހެންމެ، ރުހުމުގައެ މުދާ ނަގާއިރު، ދައުލަތުން ބަދަލު ދިނުމަށް ހަމަޖައްސާފައިވާ ޤަވާއިދުގައި އޮންނަ ގޮތުން އެތަނުގައި ހުރި ތަކެއްޗަކީ ބަދަލު ނުދެވޭނެ ތަކެތިކަމަށް ވާނަމަ، އެތަކެއްޗަކަށ ބަދަލެއް ނުދީ އޮވެދާނެ ކަމެވެ. މިސާލަކަށް: އިސްތިއުނާފު ކުރެ ފރާތުނ ހުށަހެޅް ރަޖިސްޓްރީ ގައި ބަޔާން ކުރާ "އެންގުންތަކެއް" ގ 7، 8 އަދި 9 ވަނަ ނަންބަރުގައި ޝަރީޢަތުން ބަދަލު ދޭންޖެހޭ ގޮތް ބަޔާން ކޮށްފައިވަނީ؛
29.1. (7) މީހުން ދިރިއުޅުމަށް ޙަވާލު ކުރެވިފައިވާ ބަންޑާރަގޯތީގައި ހުންނަ ނުވަތަ ހައްދާ ރުއްގަހަކ ގޯތީ އެފަރާތުން ވަކި ކުރާއިރު އަގުދޭގޮތަށް ހަމަޖެހިފައިވާ ތަކެއްޗެއް ނޫނެވެ. އުފުރައިގެން ގެންދެވޭ ކަހަލަ ރުއްގަސް ގެއްދިއުމަކީ ހުއްދަ ކަމެކެވެ.
29.2. (8) މިގޮތަށް ވަކިކުރެވޭ ގޯއްޗެއްގައި ބިންގަލެއް އަޅާ، ނުވަތަ ތަންކޮޅެއްރާނާ، ނުވަތަ ފަނާ ދަނޑިންނަމަވެސް ގެއެއްއަޅާ ތަނެއްހަދާ ވަޅެއްބަހައްޓާފައިވާނަމަ، ޤާނޫނުގައިވާ ގޮތުގެމަތީން ޝަރީޢަތް މެދުވެރިކޮށް ބަދަލު ދޭނީއެވެ.
29.3. (9) ވަކިކުރެވޭ ގޯތީގެ ވަށައިގެން ރާނާފައިވާ މަގުމަތީ ފާރުކަމަށް ހިމެނޭ ފާރަކަށް ބަދަލު ދިނުމެއް ނޯވެއެވެ. އެއީ އާދަކާދައިގ ގޮތުނެ ޒަމާނުއްސުރެ ހިގަމުން އަންނަ ގޮތެވެ. ގޯތީގެ އިމުގައި ހުންނަ (އިންވެގެން އޮންނަ ގޯއްޗާއި ދެމެދުގެ) މެދުފާރަކ ގޯތީ ވަކުކުރެވޭ ފަރާތުގެ އަމިއްލަ ފާރެއްކަމުގައިވާނަމަ 8 ވަނަ ނަންބަރުގައި ވާގޮތަށް ބަދަލު ދޭނީއެވެ. އެހެންކަމުން، ޢާންމު މަންފާއަކަށް ދައުލަތަށް ނަގާ ތަކެއްޗަށް ބަދަލު ދިނުމާއިމެދު ބަލަންޖެހެނީ އޭރަކު ޢަމަލު ކުރަމުން ދިޔަ ގޮތެއްގެ މައްޗަށެވެ. އަދި ދައުލަތުގެ ބޭނުމަށް ޢާއެމުވެގެންވާ މަންފާއަކަށްޓަކައި ބިން ނަގާއިރު، ހަމައެކަނި ޢަދުލުވެރި ބަދަލަކީ އެހެން ބިމަކުނ ބަދަލް ދިނުންކަމުގައި ބަލަންޖެހޭ ހަމައެއްވެސް ނެތެވެ. ބަޔާންވެދިޔަ ކަންކަނަ އެހެން ހުރުމުން، މިމައްސަލައަކީ ޙުކުމް ބާޠިލުކޮށް އެ ލުން ބެލުމަށްޓަކައި ދަށު ކޯޓަށް ތަހުވީލު ކުރަންޖެހޭ މައްސަލައެއްކަމުގައި އަހުރެން ދެކެމވެ.
- ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 68/4ޖ (ޢާއްމު ޤާނޫނުތައް) ގެ 7 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ލ)
- ބިމާބެހޭ ޤާނޫނު (ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި)
- ހައިކޯޓުގެ 2012/HC-A/241
- ބެންޗު
- ޢަލީ ސަމީރު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު
- ޚިލާފު ރައުޔު
- އެބައޮތް
- ވަކި ރައުޔު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒް