ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/318
މުޙައްމަދު ފިރާޝް ވ. ޢާދިލް ރަޝީދު، 2021/HC-A/318
Mohamed Firaash v. Aadhil Rasheed 2021/HC-A/318 (2021/HC-A/318, High Court of the Maldives, 21 July 2024)
މުޙައްމަދު ފިރާޝް ވ. ޢާދިލް ރަޝީދު
މައްސަލައިގެ ޚުލާޞާ
ޓްރައިބިއުނަލުން ނިންމީ ވަކިކުރީ 01 ފެބްރުއަރީ 2021 ގައިކަމަށާއި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ 3 މަހުގެ މުއްދަތު ފާއިތުވުމަށްފަހު ހުށަހެޅި މައްސަލައަކަށްވާތީ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ޑެޕިއުޓީ ސީ.އީ.އޯއަށް 01 ފެބްރުއަރީ 2021 ގައި 1 މަހުގެ ނޯޓިސް ދީ ގޭގައި ހުރުމަށް SMS އަކުން އެންގުމަށްފަހު، 08 ފެބްރުއަރީ 2021 ގައި 01 ފެބްރުއަރީ އިން ފެށިގެން ވަކިކުރިކަމަށާއި ނޯޓިސް މުއްދަތަށް މުސާރަ ދޭނެކަމަށް ސިޓީ ފޮނުވިއެވެ. މުވައްޒަފު 04 މެއި 2021 ގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
މުވައްޒަފު ބުނީ SMS އަކީ ވަކިކުރުމެއް ނޫން، ނޯޓިހެއްކަމަށާއި ވަކިކުރި ތާރީޚަކީ 08 ފެބްރުއަރީ ކަމަށެވެ. ވަޒީފާދޭ ފަރާތުން ބުނީ SMS އަކީ ވަކިކުރުމުގެ އެންގުން ކަމަށާއި ސިޓީއަކީ އޭގެ ތަކުރާރު ކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއިން ވަކިކުރުމުގެ ޝަކުވާ ހުށަހަޅަން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައިވާ 3 މަހުގެ މުއްދަތު ގުނަން ފަށާނީ ވަޒީފާއިން ވަކިކުރި ކޮން ތާރީޚަކުންތޯ؛ 1 މަހުގެ ނޯޓިސް ދިން SMS ގެ ތާރީޚުންތޯ ނުވަތަ ފަހުން ފޮނުވި ވަކިކުރުމުގެ ސިޓީގެ ތާރީޚުންތޯ.
ނިންމި ގޮތް
ޓްރައިބިއުނަލްގެ އިޖުރާއީ ނިންމުން ބަދަލުކުރި (ވަކިކުރި ތާރީޚަކީ 08 ފެބްރުއަރީ 2021)
SMS ގެ ޢިބާރާތުން ދޭހަވަނީ ނޯޓިސް ދިންކަން ކަމަށާއި، ނޯޓިސް ދިނުމާއި ނޯޓިހުގެ ބަދަލުގައި ފައިސާ ދީ ވަކިކުރުން ތަފާތު ކަމަށާއި، ވަކިކުރި ތާރީޚަކީ ނޯޓިހުގެ ބަދަލުގައި ފައިސާ ދޭން ނިންމި 08 ފެބްރުއަރީ 2021 ކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއިން ވަކިކުރުމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅޭނީ ވަޒީފާއިން ވަކިކުރި ތާރީޚުން (effective date) ފެށިގެން 3 މަހުގެ ތެރޭގައެވެ؛ ނޯޓިސް ދީގެން ވަކިކުރާނަމަ ނޯޓިސް ލިބުނު ތާރީޚުން ފެށިގެން ވެސް ޝަކުވާ ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-17)
- ވަކި ޤާނޫނެއްގައި މުއްދަތު ގުނާނެ ގޮތެއް ބަޔާންނުކުރާނަމަ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް، ދެކަމެއް ހިނގާ ދެ ދުވަސް ނުހިމަނައި، ބަންދު ދުވަސްތައް ހިމަނައިގެން މުއްދަތު ގުނަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19)
- ނޯޓިސް ދޭ ތާރީޚަކީ ވަޒީފާއިން ވަކިވާ ތާރީޚެއް ނޫނެވެ؛ ނޯޓިސް ދީފިނަމަ ވަޒީފާއިން ވަކިވާނީ ނޯޓިހުގެ މުއްދަތު ހަމަވުމުންނެވެ. ނޯޓިސް ދިނުމާއި ނޯޓިހުގެ ބަދަލުގައި ފައިސާ ދީ ވަކިކުރުމަކީ ތަފާތު ދެކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-25)
- "with immediate effect" ގެ ގޮތުގައި 1 މަހުގެ ނޯޓިސް ދީ، ރަސްމީ ސިޓީ ފޮނުވާނެކަމަށާއި ނޯޓިސް މުއްދަތުގައި ގޭގައި ހުރުމަށް އަންގާ SMS އަކީ ވަޒީފާއިން ވަކިކުރިކަން އަންގާ އެންގުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 26)
- ވަކިކުރުމުގެ ސިޓީއަކުން މާޒީގެ ތާރީޚެއް ވަކިކުރި ތާރީޚަކަށް ކަނޑައަޅައި ނޯޓިހުގެ ބަދަލުގައި ފައިސާ ދޭ ގޮތަށް ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ؛ ނޯޓިސް ނުދީ ފައިސާ ދޭނަމަ ފުރަތަމަ ފެށުމުން އެކަން ބަޔާންކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-29)
- ވަޒީފާއިން ވަކިކުރި ތާރީޚާ ބެހޭ އޮޅުންތައް ސާފުކުރާއިރު، ޤާނޫނާއި ވާޤިޢާތައް ކިޔަންވާނީ މުވައްޒަފުގެ ޝަކުވާ ހުށަހެޅުމުގެ ޙައްޤަށް ގެއްލުން ނުލިބޭ ގޮތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29)
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރVTR/IJ/2021/27: -200 "އިޖުރާއީގޮތުން ނިންމި ގޮތް" އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤނނީ ހަމަތަކާއި ޚިލާފަށްކަމަށާ ބުނެ، ހއ.އިހަވަންދޫ / އާޒާދީބަހާރު، މުޙައްމަދު ފިރާޟް (މީގެ ފަހުން "މުޙައްމަދު ފިރާޟް" ނުވަތަ "އިސްތިއުނާފުކުރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ / ހުޅުމާލެ ފްލެޓްނަންބަރު 01-1-119، ޢާދިލް ރަޝީދު (މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް / އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިއުކޭޝަން) (މީގެ ފަހުން "މެރިޓައިމް އެކަޑަމީ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.
2މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް (ރަޖިސްޓްރީ ނަންބަރު: 1/2010/48-DHE/A-166) މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށުން ކިޔަވައިދޭ ތަނެއްގެ ގޮތުގައި ޢާދިލް ރަޝީދުގެ މަސްޢލުވެރިކަމުގެ ދަށުން ރަޖިސްޓްރީ ކޮށްދީފައިވަނީ 11 އޭޕްރީލް 2010 ގައެވެ. އޭގެ ފަހުން، 2019 ވަނަ އަހަރު މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ސޯލް ޕްރޮޕްރިއޭޓަރޝިޕްއެއްގެ ގޮތުގައި (ރަޖިސްޓްރީ ނަންބަރު:) 23 އޭޕްރީލް 2019 ގައި ރަޖިސްޓްރީކޮށްފައިވެއެވެ. އެއަށްފަހު، 18 ސެޕްޓެންބަރު 2202 ގައި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ނަން އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިއުކޭޝަން (ރަޖިސްޓްރޭޝަން ނަންބަރު PP/A/2022/32-475) ގެ ނަމަށް ވަނީ ބަދަލުކުރެވިފައެވެ. މިމައްސަލަ އިސްތިއުނާފަށް ހުށަހެޅުނު އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި ލިޔެފައިވަނީ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއެވެ.
3މިއީ ސޯލް ޕްރޮޕްރިއޭޓަރޝިޕްއެއްކަމުގައިވާތީ، ދަޢުވާ ރައްދުކޮށް ދަޢުވާ ލިބިގަންނަ ހައިޞިއްޔަތާއި ގުޅޭ ގޮތުން ޝަރީޢަތުން ސާފުކުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތެއްގައި ގޮތުގައި އިސްތިއުނާފު ފޯމުގައި ހިމަނަންޖެހޭނީ މިތާގެ މަސްޢލުވެރިފަރާތް ކަމުގައިވާ ޢާދިލް ރަޝީދުކަމަށް ދެފަރާތަށްވެސްވަނީ އެއްބަސްވެވިފައެވެ. އެހެންކަމުން، މިމައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް/އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިއުކޭޝަންކަމަށް ޙަވާލާދެވެނީ މިތާގެ މަސްޢލުވެރި ފަރާތް ޢާދިލް ރަޝީދުއަށް ނިސްބަތްވާ ގޮތަށެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
4މުޙައްމަދު ފިރާޟްއަކީ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގައި ޑިރެކްޓަރ އެކަޑަމިކްސްގެ މަޤާމުގައި 16 ސެޕްޓެންބަރު 2017 އިން ފެށިގެން ވަޒީފާ އަދާކުރަމުން ދިޔަ ފަރާތެކެވެ. އޭގެ ފަހުން، 29 ނޮވެންބަރު 2020 އިން ފެށިގެން ޑެޕިއުޓީ ސީ.އީ.އޯގެ މަޤާމަށް މުޙައްމަދު ފިރާޟް ޕްރޮމޯޓް ކޮށްފައިވެއެވެ.
5އޭގެ ފަހުން، މުޙައްމަދު ފިރާޟް 01 ފެބްރުވަރީ 2021 އިން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވާކަމަށް SMS އަކުން އެންގިއެވެ. އަދި 08 ފެބްރުވަރީ 2021 ގައި އެ SMS އަށް ހަވާލާދީ 01 ފެބްރުވަރީ 2021 އިން ފެށިގެން މުޙައްމަދު ފިރާޟް ވަޒީފާއިން ވަކިކޮށްފައިވާކަމުގެ ލިޔުން ދީފައިވެއެވެ. އެމް.އޭ.އެމް ބިޒިނަސް ސްކލްގެ ނަންބަރު MAMBS/PVT/2018/219 (20 ޖ ން 2018) ސިޓީ ޕްރޮމޯޝަން އެނައުންސްމަންޓް ނޯޓިސް ނަންބަރު:MAMBS/PVT/2020/398 (29 ނޮވެންބަރު 2020) ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެފް ނަންބަރު: AZ/PVT/2021/041 (08 ފެބްރުއަރީ 2021)
6މުޙައްމަދު ފިރާޟް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާ ނުލައި ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައިދީ، އަލުން ވަޒީފާ އަނބުރާ ލިބިދިނުމަށާއި، މި މުއްދަތުގައި ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށް އެދި 04 މެއި 2021 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއެވެ. މުޙައްމަދު ފިރާޟް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގައި ބަޔާންކުރާ 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ފާއިތުވީފަހުން ކަމަށްވާތީ، މިމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ފަރާތުން 30 ޖޫން 2021 ގައި އިޖުރާއީ ނުކުތާއެއް ނެގިއެވެ.
7މިނުކުތާއާއި ގުޅިގެން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ މުޙައްމަދު ފިރާޟްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަ 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ފާއިތުވީ ފަހުން ކަމަށްވާތީ، މިމައްސަލަ ޓްރައިބިއުނަލްގައި ކުރިއަށް ނުގެންދެވޭނެކަމށަވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިގޮތް:
8ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު:VTR/IJ/2021/27-200 "އިޖުރާއީގޮތުން ނިންމި ގޮތް" އަށް ބެލިއިރު، އެނިންމުން ނިންމާފައިވަނީ؛ "..... މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ނަންބަރު AZ/PVT/2021/041 (08 ފެބްރުވަރީ 2021) Termination of Employment ސިޓީއިން 01 ފެބްރުވަރީ 2021 އިން ފެށިގެން މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިކުރެވިފައިވާކަމަށާއި، މައްސަލަ ހުށަހެޅި ފަރާތަށް ނޯޓިސްގެ ބަދަލުގައި 1 (އެކެއް) މަސް ދުވަހުގެ މުސާރަ ދެވޭނެކަމުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭއިރު، މިލިޔުން ތައްޔާރުކޮށްފައިވަނީ 08 ފެބްރުވަރީ 2021 ގައިކަން މިލިޔުމަށް ބެލުމުން އެނގެން އޮތްކަމުގައި ވީނަމަވެސް، މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ މައްސަލަ ހުށަހެޅި ފަރާތާ މައްސަލަ ރައްދުވި ފަރާތާ ދެމެދު އެސް.އެމް.އެސްގެ ޛަރިއްޢާއިން ކުރެވިފައިވާ މުޢާމަލާތްތަކުގެ ސްކްރީންޝޮޓްތަކަށް ބެލުމުން، 01 ފެބްރުއަރީ 2021 ގައި 01 (އެކެއް) މަހުގެ ނޯޓިސް ދިނުމަށްފަހު މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރެވިފައިވާކަމާއި، އެ ދުވަހުން ފެށިގެން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއަށް ޙާޟިރުވާންނުޖެހޭނެކަން މައްސަލަ ހުށަހެޅި ފަރާތަށް މައްސަލަ ރައްދުވި ފަރާތުން އަންގާފައިވާކަމަށް އެނގެން އޮންނާތީ، މައްސަލަ ހުށަހެޅި ފަރާތް 01 ފެބްރުއަރީ 1202 ގައި ވަޒީފާއިން ވަކިކޮށް އެކަން އެދުވަހު އެ ފަރާތަށް އެދުވަހު އަންގާފައިވާކަން ބުރަވެވޭހިނދު، މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް އޭނާއަށް ޤަބޫލުކުރެވޭނަމަ އެކަމުގެ ޝަކުވާ ހުށަހެޅޭނީ ވަޒީފާއިން ވަކިކުރެވޭ ތާރީޚުން ފެށިގެން 03 (ތިނެއް) މަސްދުވަސް ކުރިންކަން ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތަކުގައި 3 (ތިނެއް) މަސްދުވަސް ގުނާނެ އުޞ ލެއް އެ ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަމާއި، އެހެންނަމަވެސް ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގައި މުއްދަތު ގުނުމުގައި ޢަމަލުކުރަންޖެހޭ އުޞޫލު ބަޔާންކޮށްފައި ވާކަމާއި، ވަގުތު ނުވަތަ މުއްދަތު ވަކި ޤާނޫނެއްގެ ބޭނުމަށްޓަކައި، ބަލަންޖެހިއްޖެ ހިނދެއްގައި އެޤާނޫނު ގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ ދެކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތްކޮށްފައިވާނަމަ، އެމުއްދަތު ގުނަންވާނީ އެ ދެކަމެއް ހިނގާ ދެ ދުވަސް ނުހިމަނައިކަމަށް އެމާއްދާގައި ބަޔާންކޮށްފައިވާތީއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/19 އާއި 2013/HC-A/236 ޤަޟިއްޔާގައި މި އުޞ ލ ދަމަހައްޓާފައިވާތީ، މިއުޞ ލ މިމައްސަލައަށް ތަޠުބީޤުކުރާއިރު، އިސްވެބަޔާންކުރެވުނު ފަދައިން، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން 01 ފެބްރުވަރީ 2021 ގައި ވަޒީފާއިން ވަކިކޮށް އެކަން އެދުވަހު މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައިވާކަމަށް ބުރަވެވޭތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ތާރީޚުކަމުގައިވާ 04 މޭ 2021 އަށް ރިޢާޔަތްކޮށް ބެލުމުން، މި މައްސަލައަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތު ފާއިތުވިފަހުން ހުށަހަޅާފައިވާ މައްސަލައަކަށްވާތީ، މިމައްސަލައަކީ މި ޓްރައިބިއުނަލުން ކުރިއަށް ގެންދެވޭނަ މައްސަލައެއް ނ ންކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމައިފީމެވެ." އިސްތިއުނާފީ ނުކުތާ
9ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު:VTR/IJ/2021/27-200 "އިޖުރާއީގޮތުން ނިންމި ގޮތް" ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ، މުޙައްމަދު ފިރާޟްގެ ފަރާތުން ތިރީގައިވާ ނުކުތާތަށް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
1.9. އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނުގައި ބުނާ މުއްދަތުގައި ނ ންކަމަށް ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއާއި އެޤާނޫނުގެ 22 ވަނަ މާއްދާއަށް ރިޢާޔަތްކުރުމެއްނެތިކަމަށްބުނެ ހުށަހެޅި ނުކުތާ،
2.9. އިޖުރާއީ ގޮތުން ނިންމާފައިވާ ނިންމުން ނިންމާފައިވަނީ މައްސަލައިގައި ހުށަހެޅި ލިޔެކިޔުމުގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކުރުމަކާ ނުލައިކަމަށްބުނެ ހުށަހެޅި ނުކުތާ.
10އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތތަކާ އާ ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.10. އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާގައި މައިގަނޑު ގޮތެއްގައި ދައްކާފައިވަނީ އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރި ތާރީޚާއި ގުޅޭ ގޮތުންނެވެ. މިގޮތުން މިނުކުތާ ތަފްސީލް ކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ފޮނުވާފައިވާ އެސް.އެމް.އެސްއަކީ އޭނާ ވަޒީފާއިން ވަކިކުރުމަށް ފޮނުވާފައިވާ އެސް.އެމް.އެސް ނޫންކަން ސާފުކޮށް ފެންނަން އޮތްކަމަށެވެ. އިޝާރާތްކުރެވުނު އެސް.އެމް.އެސްގައި ވަނީ 01 ފެބްރުއަރީ އިން ފެށިގެނަ 1 މަސްދުވަހުގެ ނޯޓިސް ދޭ ވާހަކައާއި އޮފީހަށް ނުނިކުމެ މަޑުކޮށްލުމަށް ބުނެފައިވާ ވާހަކަ ކަމަށެވެ. ވަޒީފާއިން ވަކިކުރާ ޙާލަތުގައި ދެން ޢަމަލުކުރަންވާނެ ގޮތާއި އެކަންކަން ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރާކަމަށާއި، އެޤާނޫނުގެ 22 ވަނަ މާއްދާގެ މައްޗަށް ނޒަ ރުކުރާއިރު ވަޒީފާއިން ވކަ ކުރިކަނި އަންގާ ލިޔުން ޙަވާލުކޮށްފައިވާ ތާރީޚަކީ 8 ފެބްރުވަރީ ކަމަށެވެ. އެހެންކަމުން މުޙައްމަދު ފިރާޟް ވަޒީފާއިން ވަކިކުރި ތާރީޚަކީ 8 ފެބްރުވަރީކަން ސާފުކަމަށެވެ. މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތަށް ފޮނުވާފައިވާ އެސް.އެމް.އެސް ފޮނުވާފައިވަނީ އިސްތިއުނާފުކުރާ ފަރާތް އެއްވެސް އިރެއްގައި މަސައްކަތްކޮށްފައިވާ ފަރާތެއް ނންކަމަށއާ، އިސްތިއުނާފުކުރާ ފަރާތއަ ވަޒީފާއިން ރަސްމީކޮށް އަންގާ ނޯޓިސް ދީފައިވަނީ 08 ފެބްރުއަރީ 2021 ގައި ފޮނުވާފައިވާ termination of employment ލިޔުމުންކަމަށެވެ. އެހެންކަމުން ވަޒީފާއިން ވަކިކުރެވޭ ތާރީޚު ފެށިގެންދާނީ 08 ފެބްރުއަރީ 2021 ވަނަ ދުވަހުން ފެށިގެންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
11އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު VTR/IJ/2021/27-200 "އިޖރާއީގޮތުނު ނިންމި ގޮތް" ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި ދެއްވައި މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ބަލައިގަނެ އަލުން ބަލައި ކުރިއަށްގެންދަން ޖެހޭ މައްސަލައެއްކަމުގައި ކަނޑައަޅުއްވައިދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
12މިއިސްތިއުނާފުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ މިމައްސަލައިގައި ހުޞ މާތު އުފެދިފައިވަނީ ވަޒީފާއިން ވަކިކުރެވިފައިވާ ތާރީޚާއި ގުޅޭގޮތުންކަމަށެވެ. މުވައްޒަފަކު ވަޒީފާއިން ވަކިކުރާތާ 3 މަސް ދުވަސް ތެރޭގައި އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭނެކަމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ވަޒީފާއިން ވަކިކުރި ތާރީޚަކީ 01 ފެބްރުއަރީ 2021 ކަމަށް ބަލާފައިވަނީ ރަނގަޅަށްކަމަށެވެ. މިގޮތުން 01 ފެބްރުއަރީ 2021 ގައި ފޮނުވި އެސް.އެމް.އެސް އަކީ ވަޒީފާއިން ވަކިކުރި އެސް.އެމް.އެސްއެއް ކަމަށާއި، އޭގެ ފަހުން 08 ފެބްރުއަރީ 2021 ގައި ފޮނުވާފައިވާ ސިޓީއަކީ އެ އެސް.އެމް.އެސްއަށް ހަވާލާދީ ފޮނުވި ސިޓީއެއްކަމަށެވެ. އެހެންކަމުން ވަޒީފާއިން ވަކިކުރި ތާރީޚަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގެން އޮންނަކަމަށެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޖރާއު ނިންމުން އެކަން ވަރަށް ސާފުކޮށް އެނގެން އޮންނަކަމަށެވެ. އެހެންކަމުން އެނިންމުން ރަނގަޅުކަމަށް ދެކޭކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
13އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/IJ/2021/27-200 "އިޖުރާއީގޮތުން ނިންމި ގޮތް" އަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
14މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/IJ/2021/27-200 "އިޖުރާއީގޮތުން ނިންމި ގޮތް" އަށާއި، އެ ނިންމުން އިސްތިއުނާފު ކުރުމަށް މުޙައްމަދު ފިރާޟް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތތަކާއާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
15ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:VTR/IJ/2021/27-200 "އިޖުރާއީގޮތުން ނިންމި ގޮތް" ނިންމުން އިސްތިއުނާފުކުރަމުން މުޙައްމަދު ފިރާޟް ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، ހުޞމާތް އުފެދިގެން މިއުޅެނީ މުޙައްމަދު ފިރާޟް ވަޒީފާއިން ވަކިކުރި ތާރީޚް (effective date) އަކީ ކޮބާ ކަމާއި މެދުގައެވެ. އެހެންކަމުން، މިޤަޟިއްޔާގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނީ މުޙައްމަދު ފިރާޟް ވަޒީފާއިން ވަކިކުރީ 01 ފެބްރުއަރީ 2021 ގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފޮނުވި އެސް.އެމް.އެސް ގައި އިން ތާރީޚު ތޯ ނުވަތަ 08 ފެބްރުއަރީ 2021 ގައި ފޮނުވި ސިޓގައީ އިން ތާރީޚު ތޯއެވެ.
16ޕްރިސިޑެންސް 1މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެކަމުގެ ޝަކުވާ ހުށަހަޅަން ލިބޭ މުއްދަތަކީ ވަޒީފާއިން ވަކި ކުރި ތާރީޚުން ފެށިގެން 03 (ތިނެއް) މަސް ދުވަހުގެ މުއްދަތެވެ. މުވައްޒަފަކު، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި، ނުވަތަ މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ނެތިކަމަށް ޤަބޫލު ކުރެވިގެން ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ޙައްޤުގެ ބޭނުން ކުރެވޭނީ ވަޒީފާއިން ވަކިކުރި ތާރީޚް ސާފުކޮށް އެނގިގެންނެވެ. ޤާނޫނު ނަންބަރު: 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައި އޮތީ؛ ވަޒީފާއިން ވަކިކުރުމާ ވިދިގެން 28. (ހ) ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާ ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެވަޒީފާއިން އޭނާ ވަކިކުރީ ޝަކުވާ އުފުލުން އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށް ގަބލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ، ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ. ވަޒީފާ އަދާކުރި މީހާއަށް ނޯޓިސް ލިބުނު ތާރީޚުން ފެށިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ .
17ވީމާ، ނޯޓިސް ދިނަސް ނުވަތަ ނޯޓިސް ނުދިނަސް ވަޒީފާއިން ވަކިކޮށްފިނަމަ، ޝަކުވާ ހުށަހެޅުމަށް ލިބިދޭ މުއްދަތަކީ ވަޒީފާއިން ވަކި ކުރި ތާރީޚުން ފެށިގެން (effective date) 03 މަސް ދުވަހެވެ. ވަޒީފާއިން ވަކިކުރީ ނޯޓިސް ދީގެންނަމަ، އެނޯޓިސް މުވައްޒަފަށް ލިބުނު ތާރީޚަކުން ފެށިގެން 03 މަސް ދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިކުރުމުގެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
18ޕްރިސިޑެންސް 2ދެން ސުވާލަކީ، ތިންމަސް ހަމަ ކުރާން މުއްދަތު ހިސާބު ކުރާނީ ކިހިނެތް ހެއްޔެވެ؟ ޙަވާލާދެވޭ ވަކި ޤާނޫނެއްގައި މުއްދަތު ގުނަންޖެހޭ ވަކި ގޮތެއް ބަޔާން ނުކުރާނަމަ، ދެން ރުޖޫޢަވާންޖެހެނީ މާނަކުރުމުގެ ހަމަތައް ބަޔާން ކުރާ ޤާނޫނަށެވެ. އެޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައާ 07 ދުވަހަށްވުރެ ދިގުވާ މުއްދަތު ގުނާނެ ގޮތް ބަޔާން ކޮށްފައި ވެއެވެ. މުއްދަތު ބަލާނެގޮތް 35. (ހ) ވަގުތު ނުވަތަ މުއްދަތު ވަކި ޤާނޫނެއްގެ ބޭނުމަށްޓަކައި ބަލަންޖެހިއްޖެހިނދެއްގައި، އެ ޤާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާނަމަ، ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތްކޮށްފައިވާނަމަ، އެ މުއްދަތު ގުނަންވާނީ އެ ދެ ކަމެއް ހިނގާ ދެ ދުވަސް ނުހިމަނައެވެ.
19ވީމާ، ވަޒީފާއިން ވަކިކޮށްގެން ޝަކުވާ ހުށަހަޅާނަމަ، 03 މަސް ގުނާނީ، ވަޒީފާއިން ވަކި ކުރި ތާރީޚާއި 03 (މަސް) ހަމަވާ ތާރީޚު ނުހިމަނައި އެދެމެދުގައި ހިނގާ 30 ދުވަހަށެވެ. އެއީ ބަންދު ދުވަސްތައް ޤާނޫނު ނަންބަރު:2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ވެސް ހިމަނަގައިގެންކަން، މިކޯޓުގެ ނަންބަރު 2013/HC-A/236 ޤަޟިއްޔާގައި މީގެ ކުރިން ބަޔާންކޮށްފައިވެއެވެ. މުޙައްމަދު ފިރާޟް ވަޒީފާއިން ވަކި ކުރި ތާރީޚް:
20މުޙައްމަދު ފިރާޟް ޤަބޫލުކުރާ ގޮތުން، އޭނާއަށް އެސް.އެމް.އެސް ފޮނުވި ތާރީޙަކީ އޭނާ ވަޒީފާއިން ވަކި ކުރި ތާރީޚެއް ނޫނެވެ. އޭނާ ވަޒީފާއިން ވަކި ކުރިތާރީޚަކީ އޭނާ ވަޒީފާއިން ވަކިކުރިކަން ރަސްމީކޮށް އޭނާއަށް އެންގި ތާރީޚެވެ. ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާން ކުރަނީ، މުޙައްމަދު ފިރާޟްއަށް ފޮނުވި އެސް.އެމް.އެސް ގައި ސާފުކޮށް އޭނާ ވަޒީފާއިން ވަކި ކުރިކަން ބަޔާން ކޮށްފައި ވާނެ ކަމަ ށާއި، އެކަން ރަސްމީކޮށް ސިޓީއަކުން އަންގާނެ ކަމަށް ބުނެފައިވާނެ ކަމަށެވެ.
21މުޙައްމަދު ފިރާޟްއަށް އިސްތިއުނާފު ރައްދުވާ ފަރާތުން 01 ފެބުރުއަރީ 2021 ގައި ފޮނުވި އެސް.އެމް.އެސް ގައި ބަޔާން ކުރަނީ ތިރީގައިވާ ޢިބާރާތުންނެވެ. Dear: Firaz, Thanks for your msg to the CEO Mr.Adhil. With immediate effect we are giving you 1 month notice, pls note that an official letter of termination will be sent to you tomorrow during the official working hours. Kindly stay at home until furthr notice. During your notice period, we will be in touch with you to come to office for the hand over. Thank you, Acting CEO ދިވެހިރާއްޖޭގެ ހައިކޯޓުގެ ޑޭންޕޯލް ސްޓްރިބެޓިއު ވ. ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ނ)
22ޕްރިސިޑެންސް 4މަތީގައިވާ އެސް.އެމް.އެސް ގައި ބަޔާން ކުރާ ޢިބާރާތަށް ބެލުމުން، އެސް.އެމް.އެސް ކުރި ވަގުތުން ފެށިގެން އެކަމެއްވާނެ ކަމަށް (with immediate effect) ބަޔާން ކުރަނީ 01 މަސް ދުވަހުގެ ނޯޓިސް ދިނުމެވެ. ވަޒީފާއިން ވަކި ކުރުމެއް ނޫނެވެ.
23ޕްރިސިޑެންސް 3ވަޒީފާއާބެހޭ ޤާނޫނު ގެ 22 ވަނަ މާއްދާގެ (ހ) އާއި 25 ވަނަ މާއްދާއަށް ބަލާއިރު، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭ ފަރާތަށް ބާޠިލުކުރެވޭނީ ނޯޓިސް ދޭންޖެހޭ މުއްދަތަށް ނޯޓިސް ދިނުމަށް ފަހު ނުވަތަ ނޯޓިހުގެ މުއްދަތަށް ފައިސާ ދިނުމަށް ފަހުގައެވެ. މުޙައްމަދު ފިރާޟް ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެންމެ މަދވެގެނު 01 (އެކެއް) މަސްދުވަހުގެ ނޯޓިސް ދޭންޖެހޭނެ ކަމަށް ވަޒީފާއާބެހޭ ޤާނޫނު ގެ 22 ވަނަ މައްދާގެ (ހ) ގެ (2) ނަންބަރަށް ރިޢާޔަތްކޮށް އޭނާ ވަޒީފާ އަދާކޮށްފައިވާ މުއްދަތަށް ބެލުމުން ދެނެގަނެވެއެވެ.
24ނޯޓިސް ދޭ ތާރީޚަކީ ވަޒީފާއިން ވަކިވާ ތާރީޚެއް ނޫނެވެ. ވަޒީފާއިން ވަކިވާނީ ނޯޓިހުގެ މުއްދަތު ހަމަވާ ތާރީޚުންނެވެ. މަތީގައިވާ އެސް.އެމް.އެސްގައި އޮތީ 01 (އެކެއް) މަސްދުވަހުގެ ނޯޓިސް ދިން ކަމަށެވެ. ވީމާ، ވަޒީފާއިން ވަކިވާނީ، 01 ފެބުރުއަރީ 2021 ފޮނުވި އެސް.އެމް.އެސްގައި ބަޔާން ކުރާ 01 (އެކެއް) މަސް ފަހުންނެވެ.
25ހަމައެހެންމެ، ނޯޓިސް ދިނުމާއި ނޯޓިސް ދޭންޖެހޭ މުއްދަތަށް ފައިސާ ދިނުމަށްފަހު ވަޒީފާއިން ވަކި ކުރުމާއި މިއީވެސް ތަފާތު ދެކަމެވެ. ނޯޓިސް ދޭންޖެހޭ މުއްދަތަށް ފައިސާ ދީފިނަމަ، ނޯޓިހުގެ މުއްދަތެއް ޤާނޫނު ނަންބަރު 2008/2 އބމ ގުނާކަށް ނުޖެހޭނެއެވެ. މަތީގައިވާ އެސް.އެމް.އެސް ގައި 01 (އެކެއް) މަސްދުވަހުގެ ނޯޓިހަށްވާ ފައިސާ ދިނުމަށްފަހު ވަޒީފާއިން ވަކި ކުރިކަމަކަށް ބަޔާނެއް ނުކުރެއެވެ.
26މިއާޚިލާފަށް، އެ އެސް.އެމް.އެސް އިން ބާރުލިބެނީ، އެއީ ވަޒީފާއިން ވަކިކުރުމުގެ ކުރިން 01 މަސް ދުވަހުގެ ނޯޓިސް ދިނުމަށް ފޮނުވި އެސް.އެމް.އެސް އެއް ކަމަށެވެ. އެ އެސް.އެމް.އެސްގެ ޢިބާރާތުގައި، ވަޒީފާއިން ވަކި ކުރިކަމުގެ ރަސްމީ ސިޓީއެއް ފޮނުވާނެ ކަމަށް (will be sent) އެބަ އޮތެވެ. މާނައަކެ އަދި ވަޒީފާއިން ވަތްކެއް ނުކުރެއެވެ. އަދި އިތުރު ނޯޓިހެއް ލިބެންދެން (until further notice) ގޭގައި މަޑުކޮށްގެން ހުރުމަށް އަންގާފައިވެއެވެ. ވަޒީފާއިން ވަކިކުރިނަމަ، ގޭގައި މަޑުކުރަން އަންގަންޖެހާ ޤާނޫނީ ސަބަބެއް ބަޔާން ކޮށްދީފައެއް ނެތެވެ. އަދި ނޯޓިހުގެ މުއްދަތުގެ ތެރޭގައި (during your notice period) މަސައްކަތްތައް ޙަވާލު ކުރުމަށް އޮފީހަށަ އަންނަންޖެހި ދާނެކަން އެނގެން އޮވެއެވެ. ވަޒީފާއިން ވަކިކުރިނަމަ، ނޯޓިހުގެ މުއްދަތުގެ ތެރގައޭ ބަޔާން ކުރާންޖެހޭ ސަބަބެއް ނެތެވެ. މިހުރިހާ ކަމަކުން ދަލީލު ކުރަނީ މި އެސް.އެމް.އެސް އަކީ ފިރާޟް ގޭގައި މަޑުކުރުމަށް ދިން ނޯޓިހެއް ކަމެވެ. ވަޒީފާއިން ވަކި ކުރިކަން އެންގި އެންގުމެއް ނޫން ކަމެވެ. ވީމާ، 01 ފެބުރުއަރީ 2021 ގައި ފޮނުވި އެސް.އެމް.އެސް އަކީ ވަޒީފާއިން ވަކި ކުރި ނޯޓިސް ކަމަށް ބަލަންޖެހޭ ސަބަބެއް ނެތެވެ. ވަޒީފާއިން ވަކި ކުރިކަން އެންގި ސިޓީ:
27ޕްރިސިޑެންސް 5އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަންބަރު:AZ/PVT/2021/041 (08 ފެބުރުއަރީ 2021) ސިޓީއަކީ މުޙައްމަދު ފިރާޟް ވަޒީފާއިން ވަކިކުރކަނި އަންގާ ފޮނުވި (Termination of Employment) ސިޓީއެވެ. މިސިޓީގެ ޢިބާރާތް ފަށާފައިވަނީ އަންނަނިވި ޢިބާރާތުންނެވެ. “Further to the SMS message sent on 01 February 2021, we are writing to confirm you that your employment with Maritime Academy of Maldives is st terminated effect immediately from 1 February 2020 onwards,” މިސިޓީގައި، އޮތް 1 ފެބުރުއަރީ 2020 އެއީ ލިޔުމުގެ ކުށެއް ކަމަށް ފެނެއެވެ. މިސިޓީ ފަށާފައިވަނީ 01 ފެބުރުއަރީ 2021 ގައި ފޮނުވި އެސް.އެމް.އެސް އަށް ޙަވާލާދީ ފައެވެ. 01 ފެބުރުއަރީ 2021 ގެ އެސް.އެމް.އެސް އަކީ 01 (އެކެއް) މަސް ދުވަހުގެ ނޯޓިސް ދިންކަމަށް ބަޔާން ކުރާ ލިޔުމެކެވެ. ނަމަވެސް 08 ފެބުރުއަރީ 2021 ގައި ފޮނުވި މިސިޓީގައި ބަޔާން ކުރަނީ، 01 ފެބުރުއަރީ 202(1) އަކީ ވަޒީފާއިން ވަކިކުރި “effective date” ކަމަށެވެ. ވަޒީފާއިން ވަކިކުރި ތާރީޚް ކަމަށް ބަޔާން މިކުރަނީ މާޒީގެ ތާރީޚެކެވެ.
28ނަމަވެސް، އެއީ އެކަން ކުރެވޭނެ ގޮތެއް ނޫނެވެ. ސަބަބަކީ، ޤާނޫނީ ގޮތުން އެންމެ މަދުވެގެން ނޯޓިސް ދޭންޖެހޭ މުއްދަތެއް އޮއްވައި، އެމުއްދަތަށް ނޯޓިސް ދިނީކަން މުވައްޒަފަށް ޤަބޫލު ކުރެވޭ ގޮތަށް ފުރަތަމަ ފޮނުވި އެސް.އެމް.އެސްގައި ބަޔާން ކުރުމަށްފަހު، ފަހުން ފޮނުވި ސިޓީއަކުން ނޯޓިހުގެ މުއްދަތަށި ފައިސާ ދޭ ގޮތަށް ބަޔާން ކޮށްފައި އޮތުމުން، 01 ފެބުރުއަރީ 2021 އިން ފެށިގެން 08 ފެބުރުއަރީ 2021 ގެ ނިޔަލަށް މުވައްޒަފު އެހުރި ޙާލު މުވައްޒަފަކަށް ސާފެއް ނުވެއެވެ. މިދެންނެވި ސިޓީގެ ފަހު ޕެރެގްރާފްގައި ބަޔާން ކުރަނީ؛ “Kindly note that you are entitled to one-month salary for your notice period (30 days). During your notice period you are not required to come to office on regular basis. However, the office will be in touch you to come to office for official handover. Please coordinate and coorperate with the relevant departments during handover and returen any company property that you may th have before 28 February 2021.” މިފަދައިންނެވެ. މިޢިބާރާތުން، ސާފުކޮށް އެގޭ އެއްކަމަކީ، 30 ދުވަހުގެ ނޯޓިހުގެ މުއްދަތަށް ފައިސާ ދޭން ނިންމިކަމެވެ.
29ޕްރިސިޑެންސް 6ވަޒީފާއިން ވަކިކުރުމުގެ ކުރިން އިލްޒާމީ ގޮތުން ދޭންޖެހޭ ނޯޓިސް ދޭނަމަ، ނޯޓިހުގެ މުއްދަތު ހަމަ ކުރަން ޖެހެއެވެ. ނޯޓިސް ނުދީ ނޯޓިހުގެ މުއްދަތަށް ފައިސާ ދޭނަމަ، ނޯޓިސް ނުދީ ފައިސާ ދެނީކަން ފުރަތަމަވެސް ބަޔާން ކުރަންޖެހެއެވެ. މިދެކަންތައް މަސްހުނި ކޮށްގެން ނުވާނެއެވެ. ފުރަތަމަ ދިނީ ނޯޓިހެއްކަން ދާ ހ ވ ގޮތަށް އޮވެފައި ފަހުން އަނެއްކާ އެ ނޯޓިސް ފެށުނު ތާރީޚުން ފެށިގެން ނޯޓިހުގެ މުއްދަތަށް ފައިސާ ދޭ ގޮތަށް ނިންމުމުން، ވަޒީފާއިން ވަކިކުރި ތާރީޚް މުވައްޒަފަކަށް ސާފެއް ނުވާނެއެވެ. މުވައްޒަފަކު ވަޒީފާއިން ވަކި ކުރިތާރީ ޚަކީ ޤާނޫނުގެ ބޭނުމަށްޓަކައި މުހިންމު ތާރީޚެއް ކަމަށްވާއިރު، އެތާރީޚް ވާނުވާގޮތް ނޭނގޭ ގޮތަށް އޮތުމަކީ ޤާނޫނުން މުވައްޒަފަށް ލިބިދޭ ޝަކުވާ ހުށަހެޅުމުގެ ޙައްޤަށް އުނިކަން އަންނާނެ ކަމެކެވެ. މިފަދަ އޮޅުންތައް ސާފުކުރާއިރު، ޤާނޫނާއި ހުށަހެޅި ވާޤިއާތައް ކިޔަންޖެހޭނީ އެއޮޅުންތަކުގެ ސަބަބުން މުވައްޒަފަށް ގެއްލުން ނުލިބޭ ގޮތަށެވެ.
30އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، އިސްތިއުނާފުކުރާ މުޙައްމަދު ފިރާޟް ވަޒީފާއިން ވަކި ކުރި ތާރީޚަކީ، އޭނާއަށް އެސް.އެމް.އެސް ފޮނުވި ތާރީޚެއް ނޫނެވެ. އޭނާ ވަޒީފާއިން ވަކިކުރި ތާރީޚަކީ، އޭނާ ވަޒީފާއިން ވަކި ކުރުމުގެ ކުރިން އެންމެ މަދުވެގެން ނޯޓިސް ދިނުމަށް ޤާނޫނުން ލާޒިމު ކުރާ މުއްދަތުގެ ބަދަލުގައި ފައިސާ ދިނުމަށް ނިންމި ތާރީޚެވެ. އެއީ، 08 ފެބުރުއަރީ 2021 ގެ ތާރީޚެވެ. ވީމާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: VTR/IJ/2021/27-200 "އިޖރާއީގޮތުނު ނިންމި ގޮތް" އަށް ބަދަލު ގެންނަންޖެހެއެވެ. އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު؛
31ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
32ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
33މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) :;: ,:::: u C') 'T CII\ '''\ "'.\ al "°' ~i:. "\ "~ "\"°' "~ ,,, "\ II\ "\ "°' II\ \ "\ \8 "\ )( "'\ ""I II\ \~ II) "8 ~, ""I II ''\ II\ ,, II\ \ "\ "'IJ ll 8 ----- ~ ..... ll"'I > N 0 ~ N f--. :: °' .... \J~ &J "'I '\ \ I ,,,., \\~ ~, ,'1 ~°' ''II \ 11,... "I\ II\)(,, "I\ \\ ;~ ...
0) \~ 'h ~i I\ "' I\ , I\\ \, ''\ ''\ "~ 11, " ·\ "~ ,,,, ":\ II\ ,,~' ", ",, II) \,, "\ 11, ",, ~~ "I\ \ ,,--.-, ",, ..... al '-"' -L \i 'i II) "II ", ~, ,l "\ \ ll&J ~~ '\ "\ \\ "" ,l ~~ \ '!\ '\ \ I\\ ~ °' \Ji :\\ &J ~i\ ~~\ ", "\ "\ ~-1 ll'i 'II ''\ "'IJII\ ~, \,, "\ II\ ,,, 11, 11\ ,l \II ""I ~ 11, \ "&J "8 ,,., \ '\i !\ !\ -L ~, '\ 'IJ '\ \\ '''\ ""'I ",, II\ "'\ II\ "°' II'\ h :\i .. 11, ,=-, CII\ l, I\\ ,,!-. \j al ,l \\ 'i \J \i ~~\ ., !~ ~:"\ -~ .,~ "" o, ' \J '" ' \\ -~ -~' •l o~' (") N (") 'D lf) (") ~ (") .> :' \J ... ' ' " 'I .:: @) .c ..c 0 ~ d2 'l :.c: "'51) 5 .'I 1:0 > 0 ~ > (J t: f\ c,: ~ 0 > \ . ::, tll) (J
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގެ (2)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- 2013/HC-A/236
- 2011/HC-A/19
- ޑޭންޕޯލް ޑިސްޓްރިބިއުޓަރސް ވ. ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (ހައިކޯޓު)
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު، ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް