ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/197
މުޙައްމަދު ޢަބްދުއްރައްޒާޤު ވ. ޙަސަން އިބްރާހީމް، 2020/HC-A/197
Mohamed Abdhurazaaqu v. Hassan Ibrahim 2020/HC-A/197 (2020/HC-A/197, High Court of the Maldives, 21 July 2024)
މުޙައްމަދު ޢަބްދުއްރައްޒާޤު ވ. ޙަސަން އިބްރާހީމް
މައިގަނޑު ސުވާލު
ބިމާއި ޢިމާރާތް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި، އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާ ގޭގެ ވެރިފަރާތެއްގެ އެންގުމަށް ބަރޯސާވެ ކުއްޔަށް ހިފި ފަރާތް ތަން ދޫކޮށްލުމުން، އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތެއްކަމާއި، ކުއްޔަށް ހިފި ފަރާތް ތަނުގައި އުޅުނު މުއްދަތު ސާބިތުކުރުމުގެ ބުރަ އޮތީ ކާކުގެ މައްޗަށްކަމާއި، ޚިލާފުވި ފަރާތް ކަނޑައަޅާ ނުލައި ސިވިލް ކޯޓުން ފައިސާ އަނބުރާ ދިނުމަށް ކުރި ޙުކުމް ޤާއިމުވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، ޚިލާފުވި ފަރާތާއި ބަދަލުގެ މިންވަރު އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރި
ކަނޑައެޅުނު އުޞޫލުތައް
- ދެ ފަރާތުން ވަކިވަކިން އިސްތިއުނާފުކުރި، އެއް ދަށުކޯޓު ޤަޟިއްޔާއެއްގެ އިސްތިއުނާފުތައް، މައުޟޫޢު އެއްގޮތްވާނަމަ، ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޤަޟިއްޔާގެ އުޞޫލާއި ހައިކޯޓުގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލަށް ރިޢާޔަތްކޮށް، އެއް ބެންޗަކުން އެކުއެކީ ބަލައި، އެއް ނިންމުމެއްގެ ގޮތުގައި ލިޔެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4)
- ކޮންޓްރެކްޓަކީ ދެމީހެއްގެ ނުވަތަ ދެމީހަކަށްވުރެ ގިނަ ބައެއްގެ މެދުގައި ވާ އެއްބަސްވުމެއް ކަމުން، އެއްބަސްވުމަކާ ގުޅިގެން އުފަންވާ އެންމެހައި ޙައްޤުތަކާއި އިލްތިޒާމުތައް ލިބިގެންވަނީ އެ އެއްބަސްވުމުގެ ބައިވެރިންނަށެވެ (ޕްރިވިޓީ އޮފް ކޮންޓްރެކްޓް). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 46-47)
- ކުއްޔަށް ދިން ފަރާތުން އެއްބަސްވުން ބާޠިލުވިކަމަށް ނުވަތަ ތަނުން ނުކުތުމަށް ކުއްޔަށް ހިފި ފަރާތަށް ނާންގާހައި ހިނދަކު، އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާ ތިންވަނަ ފަރާތެއް (ގޭގެ ވެރިފަރާތް) އާއި އެހެން ފަރާތެއްގެ ދެމެދު ކުރެވުނު މުޢާމަލާތަކާ ގުޅިގެން، ބައިވެރިންގެ ދެމެދުގައިވާ އެއްބަސްވުން ބާޠިލުވިކަމަށް ބަލަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ. އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާ ފަރާތެއްގެ ބުނުމަށް ބަރޯސާވެ، ކޮންޓްރެކްޓުތަކާމެދު ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލުތަކާ ޚިލާފަށް ބައިވެރިއަކު ކުރާ ޢަމަލެއްގެ ނަތީޖާއަށް ޒިންމާވާންޖެހޭނީ އެ ބައިވެރިޔާއެވެ، އެއީ އޭނާއަށް ލިބުނު ގެއްލުމެއް ކަމުގައި ވީނަމަވެސް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49-50، 52)
- އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާ ކުންފުންޏަކުން ކުއްޔަށް ދިން ތަން މެނޭޖްކުރިއަސް ނުކުރިއަސް، އެކަމުގެ ސަބަބުން ބައިވެރިންގެ ދެމެދުގައިވާ އެއްބަސްވުމަށް އަސަރުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 53)
- ކުއްޔަށް ހިފި ތަނުން ނުކުތްކަން ނުވަތަ އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރަން ނިންމިކަން ކުއްޔަށް ދިން ފަރާތަށް އެންގުމުގެ ޤާނޫނީ ޒިންމާ އޮތީ ކުއްޔަށް ހިފި ފަރާތުގެ މައްޗަށެވެ. ތަން ދޫކުރިކަން އަންގައި ތަޅުދަނޑި ޙަވާލުނުކުރާހާ ހިނދަކު، ތަން ދޫކުރިކަމަށް ނުވަތަ އެއްބަސްވުން ނިމުނުކަމަށް ކުއްޔަށް ދިން ފަރާތް ބަލަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ. ތަނުގައި އުޅުނީ ކޮންމެވެސް ކުރު މުއްދަތަކަށްކަން ސާބިތުކުރުމަކީ، ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގެ އުޞޫލުގެ ދަށުން، އެކަން ބުނާ ފަރާތުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 55)
- އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާ ފަރާތަކަށް ކުލި ދެއްކުމާއި ތަޅުދަނޑި ޙަވާލުކުރުމުގެ މައްޗަށް ބިނާކޮށް، ކުއްޔަށް ހިފި ފަރާތް ތަނުގައި އުޅުނީ ހަމައެކަނި އެ މުއްދަތަށްކަމަށް ބަލަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 56)
- ކުއްޔަށް ހިފި ފަރާތް ތަން ދޫކޮށްލީ އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާ، އަދި އޭނާގެ މައްޗަށް ޙައްޤެއް ތަންފީޒުކުރުމުގެ ޤާނޫނީ ބާރެއް ނެތް ފަރާތެއްގެ ބަހުގެ މައްޗަށް ކަމަށްވާނަމަ، ކުއްޔަށް ދިން ފަރާތް ތަން ބޭނުންކުރުމަށް ހުރަސްއެޅިކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 61)
- އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ކަނޑައަޅާއިރު، އެ ނިންމުމަށް ބިނާކުރި ލިޔުމާއި، ހެއްކާއި، ޤާނޫނީ އަސާސާއި، ވާޞިލުވި ސަބަބުތައް، ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގެ އުޞޫލާ އެއްގޮތަށް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 58)
- ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ކުރިން، އަސާސީ ކަމެއްގެ ގޮތުގައި ކޮންޓްރެކްޓުގެ ބައިވެރިންގެ ތެރެއިން ޚިލާފުވީ ކޮން ފަރާތެއްކަމާއި ޚިލާފުވީ ކޮންއިރަކުކަން ކަނޑައަޅަންޖެހޭނެއެވެ؛ އެކަން ކަނޑައަޅާ ނުލައި ބަދަލާ ގުޅޭ ނުކުތާއަކާމެދު އިންޞާފުވެރިކަމާއެކު ގޮތެއް ކަނޑައެޅޭނެ ނޫނެވެ. ދަށުކޯޓުން އެކަން ކަނޑައަޅާފައި ނުވާނަމަ، ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ތަޙުވީލުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 59-60، 65-67)
މުޙައްމަދު ތާއީދު ކުރައްވައެވެ.) މައްސަލައިގެ ތަޢާރަފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ހުށަހެޅުމުން ބަލާފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/197 އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/213 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތެވެ.
2ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ގއ. ކޮލަމާފުށި، މާފަރު، މުޙައްމަދު ޢަބްދުއްރައްޒާޤު ގެ (މީގެ ފަހުން "މުޙައްމަދު ޢަބްދުއްރައްޒާޤު"ކަމަށް ބުނެފައިވާ ) ފަރާތުން، ގއ. ގެމަނަފުށި، […] ޙަސަން އިބްރާހީމް ގެ (މީގެ ފަހުން "ޙަސަން އިބްރާހީމް"ކަމަށް ބުނެފައިވާ ) މައްޗަށް އިސްތިއުނާފު ރައްދުވާގޮތަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/197 ޤަޟިއްޔާއިންނެވެ.
3އަދި ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި، ގއ. ގެމަނަފުށި، […] ޙަސަން އިބްރާހީމްގެ ފަރާތުން، ގއ. ކޮލަމާފުށި، މާފަރު، މުޙައްމަދު ޢަބްދުއްރައްޒާޤުގެ މައްޗަށް އިސްތިއުނާފު ރައްދުވާގޮތަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/213 ޤަޟިއްޔާއިންނެވެ.
4ޕްރިސިޑެންސް 1މަތީގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގެ ދެ އިސްތިއުނާފު ކަމަށް ވެފައި، އެ ޤަޟިއްޔާތަކުގެ މައުޟޫޢު އެއްގޮތްވުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ "މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު" އަށް ރިޢާޔަތްކޮށް، މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއްބެންޗަކުން މި 2 (ދޭއް) ޤަޟިއްޔާ އެކުއެކީގައި ކަމަށްވުމާއެކު، "ޝަރީޢަތް ނިމުނުގޮތް" އެއްނިންމުމެއްގ ގޮތުގައެ ލިޔުން ބޭނުންތެރިކަމަށް ފެންނާތީ އެގޮތުގެމަތިން މި ނިންމުން ލިޔެފައިވަނީއެވެ.
5[…] މުޙައްމަދު ރިޔާޒއަކީ […] އެވެ ކިޔާ ގޯތީގެ ވެރިފަރާތަށް ވާހިނދު، […] ގެ 8 (އަށެއް) ވަނަ ފަންގިފިލާގެ 3 (ތިނެއް) ކޮޓަރީގެ އެޕާރޓްމަންޓ، […] ޙުސައިން 7 6 ޢަލީއަށ 20 ފެބްރުއަރީ 2015 އިން ފެށިގެން 2 (ދޭއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދީފައިވެއެވެ.
6[…] ކިޔާ ގތީގޯ 8 (އަށެއް) ވަނަ ފަންގިފިލާގައި ހަދާފައިވާ 3 (ތިނެއް) ކޮޓަރި އަދި ސިޓިންގ ރޫމް ހިމެނޭ އެޕާރޓްމަންޓ […] މާފަރު، މުޙައްމަދު ޢަބްދުއްރައްޒާޤުއަށ ކުއްޔަށް ދިނުމަށް މުޙައްމަދު ޢަބްދުއްރައްޒާޤުއާއި، […] ޙުސައިން ޢަލީއާ ދެމެދު 15 މާރިޗް 2016 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނުކުތާ. ފަނޑިޔާރުންގެ ޢާންމުމަޖިލިހުގެ ނަންބަރު 02/FAM/2021 (27 ޖަނަވަރީ 2021) އުޞޫލު. ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގައި ހިމެނޭ ލިޔެކިޔުންތަކަށް ބަލާއިރު، މުޙައްމަދު ރިޔާޒްއާއި ޙުސައިން ޢަލީއާ ދެމެދު 20 ފެބްރުއަރީ 2015 ދުވަހު ވެފައިވާ Agreement” “Lease ހުށަހަޅާފައިވެއެވެ. އަދި މިކަން ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު" ގެ 4 ވަނަ ނުކުތާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. ދުވަހު އެއްބަސްވުމެއް ވެފައިވެއެވެ. އެ އެއްބަސްވުމުގެ މުއްދަތަކީ އެ ތާރީޚުން ފެށިގެން މީލާދީ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތުކަން އެނގެއެވެ.
7އެއަށްފަހު، […] ކިޔާގޭގެ 08 (އަށްވަނަ ) ފަންގިފިލާގައި ހަދާފައިވާ 03 (ތިނެއް) ކޮޓަރި އަދި ސިޓިންގރޫމް ހިމެނޭބައި ކުއްޔަށް ދިނުމަށް ގއ. ކޮލަމާފުށި، މާފަރު، މުޙައްމަދު ޢަބްދުއްރައްޒާޤު އާއި ގއ. ގެމަނަފުށި، […] ޙަސަން އިބްރާހީމްއާ ދެމެދު 01 މެއި 2016 ގައި އެއްބަސްވުމެއް ވެފައިވެއެވެ. އެ އެއްބަސްވުމުގެ މުއްދަތަކީ 01 މެއި 2016 އިން ފެށިގެން 03 (ތިނެއް) އަހަރު ދުވަހެވެ. އެ އެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ އިމާރާތުގެ 03 (ތިނެއް) އަހަރު ދުވަހުގެ ޖުމްލަ ކުއްޔަކީ -450,000/ރ. (ހަތަރުލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ ) ކަމަށާއި، އަދި އެ ތަނަށް ވަންނައިރު އެޑްވާންސްކޮށް -450,000/ރ. (ހަތަރުލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ) ދިނުމުން 03 (ތިނެއް) އަހަރު ދުވަހުގެތެރޭ އެއްވެސް ކުއްޔެއް ދޭންނުޖެހޭކަމުގައި އެއްބަސްވުމުގައި ބަޔާންކުރެއެވެ.
8މުޙައްމަދު ޢަބްދުއްރައްޒާޤުއާއި ޙަސަން އިބްރާހީމްއާ ދެމެދު 01 މެއި 2016 ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ޙަސަން އިބްރާހީމް، މުޙައްމަދު ޢަބްދުއްރައްޒާޤުއަށް 14 މެއި 2016 ދުވަހު ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގައި ޙަސަން އިބްރާހީމް ހުށަހަޅާފައިވާ މައްސަލަ ހުށަހަޅާ ފޯމުގައި، އެގްޒެބިޓް 3 ގެ ގޮތުގައި ޙުސައިން ޢަލީއާއި މުޙައްމަދު ޢަބްދުއްރައްޒާޤުއާ ދެމެދު 15 މާރިޗް 2016 ދުވަހު ވެފައިވާ "މ. ބޯއްޑޫ ކިޔާ ގޯތީގައި ހަދާފައިވާ އިމާރާތުގެ 8 ވަނަބުރީގެ 3 ކޮޓަރި އެޕާރޓްމަންޓް ކުއްޔަށް ދިނުމާބެހޭ އެއްބަސްވުން" ހިމަނާފައިވެއެވެ. އަދި މިކަން ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު" ގެ 4 ވަނަ ނުކުތާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގައި ޙަސަން އިބްރާހީމް ހުށަހަޅާފައިވާ މައްސަލަ ހުށަހަޅާ ފޯމުގައި އެގްޒެބިޓް 1 ގެ ގޮތުގައި މުޙައްމަދު ޢަބްދުއްރައްޒާޤުއާއި ޙަސަން އިބްރާހީމްއާ ދެމެދު 01 މެއި 2016 ވެފައިވާ "މ. ބޯއްޑޫ 8 ވަނަބުރީގައި ހަދާފައިވާ 3 ކޮޓަރިއާ ސިޓިންގރޫމް ކުއްޔަށްދިނުމުގެ އެގްރިމެންޓް" ހިމަނާފައިވެއެވެ. އަދި މިކަން ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު" ގެ 4 ވަނަ ނުކުތާގެ (ހ) އަދި (ށ) ގައި ބަޔާންކުރެއެވެ. މުޙައްމަދު ޢަބްދުއްރައްޒާޤުއާއި ޙަސަން އިބްރާހީމްއާ ދެމެދު 01 މެއި 2016 ވެފައިވާ "މ. ބޯއްޑޫ 8 ވަނަބުރީގައި ހަދާފައިވާ 3 ކޮޓަރިއާ ސިޓިންގރޫމް ކުއްޔަށްދިނުމުގެ އެގްރިމެންޓް"ގެ 1 ވަނަ މާއްދާގެ (ހ) މުޙައްމަދު ޢަބްދުއްރައްޒާޤުއާއި ޙަސަން އިބްރާހީމްއާ ދެމެދު 01 މެއި 2016 ވެފައިވާ "މ. ބޯއްޑޫ 8 ވަނަބުރީގައި ހަދާފައިވާ 3 ކޮޓަރިއާ ސިޓިންގރޫމް ކުއްޔަށްދިނުމުގެ އެގްރިމެންޓް" ގެ 3 ވަނަ މާއްދާގެ (ހ) .00225,000ރ (ދެލައްކަ ފަންސަވީސްހާސް ދިވެހި ރުފިޔާ) ދީފައިވެއެވެ. އަދި އެޕާޓްމަންޓު ގެ ޖުމްލަ ކުއްޔަކީ .00450,000ރ (ހަތަރުލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ) ކަމަށާއި، ބާކީ .00225,000ރ (ދެލައްކަ ފަންސަވީސްހާސް ދިވެހި ރުފިޔާ) މެއި މަހުގެ ނިޔަލަށް ދައްކާނެކަމުގައި "ޕޭމަންޓް ވައުޗަރ"ގައިލިޔެ ޙަސަން އިބްރާހީމް ސޮއިކޮށްފައިވެއެވެ.
9[…] ކިޔާ ގޭގެ 8 (އަށެއް) ވަނަ ފަންގިފިލާގައި ހަދާފައިވާ 3 (ތިނެއް) ކޮޓަރިއާއި ސިޓިންގރޫމް ހިމެނޭ ބައި ކުއްޔަށްދިނުމާގުޅޭ ގޮތުން 01 މެއި 2016 ދުވަހު ޙަސަން އިބްރާހީމްއާއި މުޙައްމަދު ޢަބްދުއްރައްޒާޤު އާ ދެމެދު ވެވުނު އެއްބަސްވުމާ މުޙައްމަދު ޢަބްދުއްރައްޒާޤު ޚިލާފު ވެފައިވާކަމަށްބުނެ، އެއްބަސްވުމުގެ ދަށުން ޙަސަން އިބްރާހީމް ދައްކާފައިވާ ފައިސާއާއި، މުޙައްމަދު ޢަބްދުއްރައްޒާޤު ޢަމަލުކުރިގޮތުގެ ސަބަބުން ޙަސަން އިބްރާހީމްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްއެދި ޙަސަން އިބްރާހީމް، މުޙައްމަދު ޢަބްދުއްރައްޒާޤުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އެ މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގެ ގޮތުގައެވެ.
10އެ ދަޢުވާގައި ޙަސަން އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ، ޙަސަން އިބްރާހީމްއާއި މުޙައްމަދު ޢަބްދުއްރައްޒާޤުއާ ދެމެދު […] ކިޔާ ގޭގެ 8 (އަށެއް ) ވަނަ ފަންގިފިލާގައި ހަދާފައިވާ 3 (ތިނެއް) ކޮޓަރިއާއި ސިޓިންގރޫމް ހިމެނޭބައި ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޙަސަން އިބްރާހީމް ތަނާއި ޙަވާލުވެ، އެތަން ސާފުކުރަމުން ދަނިކޮށް، އޭރު ޢިމާރާތް ދިގުމުއްދަތަކަށް ކުއްޔަށްދީފައިވާ […] މުޙައްމަދު ރިޔާޒްގެ ފަރާތުން އައިސް، އެ ފަރާތާއި މުޙައްމަދު ޢަބްދުއްރައްޒާޤުއ ދެމެދާ ވެފައިވާ އެއްބަސްވުން ބާޠިލުކުރުމަށް ނޯޓިސް ދީފައިވާކަމަށާއި، އެހެންކަމުން، މިހާރު އެތަނުގައި ތިބުމުގެ ޙައްޤު ޙަސަން އިބްރާހީމްގެ ކިބައިގައި ނެތްކަމަށްބުނެ، އެތަނުން ނުކުތުމަށް ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގައި ޙަސަން އިބްރާހީމް ހުށަހަޅާފައިވާ މައްސަލަ ހުށަހަޅާ ފޯމުގައި އެގްޒެބިޓް 2 ގެ ގޮތުގައި “Payment Voucher” ހިމަނާފައިވެއެވެ. މިކަން ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު" ގެ 4 ވަނަ ނުކުތާގެ (ނ) ގައި ބަޔާންކުރެއެވެ. ޙަސަން އިބްރާހީމްއަށް އެންގި ކަމަށާއި، އެ ކަމާ ގުޅިގެން މުޙައްމަދު ޢަބްދުއްރައްޒާޤުއަށް ގުޅިނަމަވެސް އެއްވެސް ޙައްލެއް ލިބިފައިނުވާކަމަށާއި، ޙަސަން އިބްރާހީމް އެތަނުން ނުކުންނަނ ޖެހުމުން އެހެންތަނެއް ކުއްޔަށްހިފި ކަމުގައި ޙަސަން އިބްރާހީމް ބުނެފައިވެއެވެ.
11ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ޙަސަން އިބްރާހީމް އެދިފައިވަނީ، އެހެން ތަނެއް ކުއްޔަށް ނަގަން ޖެހުމުގެ ސަބަބުން އެކަމުގެ ބަދަލެއްގެ ގޮތުގައި .00900,000ރ (ނުވަލައްކަ ދިވެހި ރުފިޔާ)އާއި، އެއްބަސްވުމުގެ ދަށުން މުޙައްމަދު ޢަބްދުއްރައްޒާޤުއާ ޙަވާލުކޮށްފައިވާ .00225,000ރ (ދެލައްކަ ފަންސަވީސްހާސް ދިވެހި ރުފިޔާ)އާއެކު، ޖުމްލަ .001,125,000ރ (އެއްމިލިއަން އެއްލައްކަ ފަންސަވީސްހާސް ދިވެހި ރުފިޔާ) ހޯދުމަށެވެ.
12އެ މައްސަލައަށް ޖަވާބުދާރީވަމުން މުޙައްމަދު ޢަބްދުއްރައްޒާޤު ބުނެފައިވަނީ، ޙަސަން އިބްރާހީމް ހުށަހަޅާފައިވާ ދަޢުވާގައިވަނީ ކަންހިނގާފައިވާގޮތ ޚިލާފަށް ބަޔާންކޮށްފައިވާ ކަންކަންކަމަށާއި، އެއްބަސްވުމުގައި .00450,000ރ (ހަތަރުލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ) ދެއްކުމަށް އެއްބަސްވިނަމަވެސް، ދައްކާފައިވަނީ އޭގެ ދެބައިކުޅަ އެއްބައިކަމަށާއި، ބާކީ ފައިސާ ލިބިފައިނުވާކަމަށާއި، އެ ޢމާރާތި ޙަސަން އިބްރާހީމްއާ ޙަވާލުކޮށް، އިތުރު އެއްވެސް ފައިސާއެއްނުދީ އަހަރަކަށްވުރެ ގިނަދުވަސް ވަންދެން އެތަން ޙަސަން އިބްރާހީމް ބޭނުންކުރިކަމަށާއި، އެއްބަސްވުމާ ޚިލާފުވެފައިވަނީ ޙަސަން އިބްރާހީމްކަމަށާއި، ޙަސަން އިބްރާހީމް ހޯދުމަށް އެދިފައިވާ ފައިސާއަކީ މަކަރާއި ޙީލަތުން ހޯދުމަށް އެދިފައިވާ ފައިސާއެއް ކަމުގައިވާތީ، އެ ފައިސާ ނަގައިދޭންޖެހޭ ހަމައެއް ނެތްކަމުގައެ ވެ.
13ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އަންނަނިވި ކަންކަމެވެ.
1.13. […] އެވެކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ 8 (އަށެއް) ވަނަ ފަންގިފިލާގައި ހަދާފައިވާ 3 (ތިނެއް) ކޮޓަރިއާއި ސިޓިންގ ރޫމް ހިމެނޭބައި (އެޕާޓްމަންޓު) ކުއްޔަށް ދިނުމާ ގުޅޭގޮތުން 01 މެއި 2016 ދުވަހު މުޙައްމަދު ޢަބްދުއްރައްޒާޤުއާއި ޙަސަން އިބްރާހީމްއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، ޙަސަން އިބްރާހީމްގެ ފަރާތުން ކުއްޔަށްހިފި ޢިމާރާތް ޙަސަން އިބްރާހީމް ބޭނުންކުރުމަށްޓަކައި، އެއްބަސްވުމުގެ ދަށުން ޙަސަން އިބްރާހީމްއާ ޙަވާލު ކޮށްފައިވާކަން ޙަސަން އިބްރާހީމްގެ އިޢުތިރާފުން އެނގެން އޮންނަކަން.
2.13. އެއްބަސްވުމުގެ ދަށުން ކުއްޔަށްދިން ޢިމާރާތް ޙަސަން އިބްރާހީމް ބޭނުންކުރުމަށް ހުރަސްއެޅޭފަދަ އެއްވެސްކަމެއް މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ކޮށްފައިވާކަން އެނގެން ނެތުމާއެކު، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ މުޙައްމަދު ޢަބްދުއްރައްޒާޤު ޚިލާފު ވެފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީހެއްކެއ ޙަސަން އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިނުވާކަން.
3.13. މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ޢަމަލުކުރިގޮތުގެ ސަބަބުން ޙަސަން އިބްރާހީމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ޝަރީޢަތުން ނަގައިދެވޭނެ ތަނެއް ނެތްކަން.
4.13. ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ޙަސަން އިބްރާހީމއް ޙަވާލު ކުރެވިފައިވާ ޢިމާރާތް އެއްބަސްވުމުގެ މުއްދަތުގައި ޙަސަން އިބްރާހީމް ދޫކޮށްލައި، ޢިމާރާތުން ނުކުމެފައިވާއިރު އެ ޢިމާރާތް ނުވަތަ އެ ޢިމާރާތުގެ ތަޅުދަނޑި މުޙައްމަދު ޢަބްދުއްރައްޒާޤުއާ ޙަވާލު ކޮށްފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން ނެތްކަން.
5.13. ޙަސަން އިބްރާހީމްގެ ފަރާތުން އެ ޢިމާރާތް ބޭނުން ކޮށްފައިވާކަމަށް މުޙައްމަދު ޢަބްދުއްރައްޒާޤު އަށް ކަށަވަރުވެފައިވާ މުއްދަތަކީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތުކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަން.
6.13. ޙަސަން އިބްރާހީމްގެ ފަރާތުން މުޙައްމަދު ޢަބްދުއްރައްޒާޤއަށު އެޑްވާންސްކޮށް ޢިމާރާތުގެ ކުލީގެގޮތުގައި ދީފައިވާ .00225,000ރ (ދެލައްކަ ފަންސަވީސްހާސް ދިވެހި ރުފިޔާ) ގެ ތެރެއިން، ޙަސަން އިބްރާހީމްގެ ފަރާތުން އެ ޢިމާރާތް ބޭނުންކުރިކަން ނުވަތަ ޙަސަން އިބްރާހީމްގެ ބެލުމުގެ ދަށުގައި ހުރިކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާ 1 (އެކެއް) އަހަރުގެ ދުވަހު ކުއްޔަށްވާ .00150,000ރ (އެއްލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ) އުނިކުރުމުން ބާކީވާ .0075,000ރ (ހަތްދިހަ ފަސްހާސް ދިވެހި ރުފިޔާ)އަކީ މުޙައްމަދު ޢަބްދުއްރައްޒާޤު ގެ ފަރާތުން ޙަސަން އިބްރާހީމް އަށް ދޭންޖެހޭ ފައިސާއެއްކަން.
7.13. ބުނެވިދިޔަ ފައިސާ 25 ޖޫން 2020 އިން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުންގޮސް، މީލާދީ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި .0075,000ރ. (ހަތްދިހަ ފަސްހާސް ދިވެހި ރުފިޔާ) ދައްކާ ޚަލާޞްކުރުމަށް މުޙައްމަދު ޢަބްދުއްރައްޒާޤު އަށް އަންގައިފައިވާކަން. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/197 ޤަޟިއްޔާ
14ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ، އެ ނިންމުން އިސްތިއުނާފު ކުރުމަށްއެދި މުޙައްމަދު ޢަބްދުއްރައްޒާޤު ހުށަހަޅާފައިވަނީ އަންނަނިވި 2 (ދޭއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
1.14. ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
2.14. ދެފަރާތުގެ ދެމެދު […] ކިޔާ ގޭގެ 8 (އަށެއް) ވަނަ ފަންގިފިލާގައި ހަދާފައިވާ 3 (ތިނެއް) ކޮޓަރިއާއި ސިޓިންގ ރޫމް ހިމެނޭބއި (އެޕާޓްމަންޓަ ) އެއްބަސްވުމާ ޚިލާފަށް އެ އެއްބަސްވުމުގެ މައްޗަށް ފުރިހަމައަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
15ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފުޞީލުކުރަމުން މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ބުނެފައިވަނީ ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށްވާއިރު، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޙަސަން އިބްރާހީމް ޢަމަލު ކޮށްފައިނުވުމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާގޮތާ ޙަސަން އިބްރާހީމް ޚިލާފުވުންކަމުގައި ދެކޭކަމުގައެވެ. ނަމަވެސް، މި މައްސަލަ ނިންމުމުގައި އެ ކަމަށް ރިޢާޔަތްކޮށްފައި ނުވާކަމުގައެވެ.
16އެގޮތުން، މުޙައްމަދު ޢަބްދުއްރައްޒާޤުގެ އަތުން އެތަން ކުއްޔަށް ހިފުމަށް ޙަސަން އިބްރާހީމް އެއްބަސްވެފައިވަނީ، .00450,000ރ (ހަތަރުލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ) އެއްފަހަރާ ދެއްކުމުން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތުގެ ކުއްޔަކީ މަހަކަށް .0012,500ރ (ބާރަހާސް ފަސްސަތޭކަ ދިވެހި ރުފިޔާ) ކަމަށާއި، ނަމަވެސް ޙަސަން އިބްރާހީމް ދައްކާފައިވަނީ އޭގެތެރެއިން ދެބައިކުޅައެއްބައި ކަމަށްވާއިރު، އެ ކަމުގެ މައްޗަށް ރިޢާޔަތްކޮށްފައި ނުވާކަމުގައެވެ.
17ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ބުނެފައިވަނީ، ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ މައްޗަށް ރިޢާޔަތްކޮށް، އެއްބަސްވުމުގެ ދަށުން ޙަސަން އިބްރާހީމް ކުއްޔަށް ހިފާފައިވާ އިމާރާތް، ޙަސަން އިބްރާހީމް ބޭނުންކޮށްފައިވަނީ 1 (އެކެއް) އަހަރުގެ މީގެފަހުން "ކޮންޓްރެކްޓާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ. މުއްދަތަށްކަން ސާބިތުވާކަމަށާއި، ޙަސަން އިބްރާހީމް އެތަނުން ނ ކުމެފައިވަނީ މުޙައްމަދު ޢަބްދުއްރައްޒާޤުގެ އެއްވެސް އެންގުމަކަށކްމުގައި ނުވާއިރު، އެތަނުގެ ތަޅުދަނޑިވެސް ޙަވާލުކޮށްފައި ނުވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ތަން ބޭނުންކޮށްފައިވާ މުއްދަތަށް .0012,500ރ (ބާރަހާސް ފަސްސަތޭކަ ދިވެހި ރުފިޔާ) ގެ ރޭޓުން އަގު ކަނޑައަޅައި ބާކީފައިސާ ދެއްކުމަށް ޙުކުމް ކޮށްފައް ވާކަމުގައެވެ.
1.17. އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވަނީ "ކުއްޔަށް ދީފައިވާ ތަން އެއްވެސް ސަބަބަކާހުރެ އަތުލާނަމ ނުވަތަ އެގްރީމެންޓުގައިވ މުއްދަތާ ހަމަވުމުގެ ކުރިން ތަން ހުސްކުރަން ކުއްޔަށް ދިން ފަރާތުން އަންގާ ނޯޓިސްދޭ ޙާލަތުގައި ކުއްޔަށް ދީފައިވާ ތަނާއި އެއްފެންވަރުގެ ތަނެއް އިތުރު އަގަކާނުލައި ދިނުމަށް ނުވަތަ ބާކީ މުއްދަތުގެ ފައިސާ .0012,500ރ (ބާރަހާސް ފަސްސަތޭކަ ދިވެހި ރުފިޔާ) ގެ ރޭޓުން ދިނުމަށް ކުއްޔަށް ދޭ ފަރާތުން އެއްބަސްވާ"ކަމުގައި ކަމަށާއި، ޙަސަން އިބްރާހީމް ތަން ދޫކޮށްފައިވަނީ މުޙައްމަދު ޢަބްދުއްރައްޒާޤު އަންގައިގެން ނޫންކަމަށް ޝަރީޢަތުން ކަނޑައެޅިކަމަށާއި، އެހެންކަމުން އަމިއްލައަށް ތަން ދޫކޮށްލާ ޙާލަތުގައި އެފަދަ ބަދަލެއް ނަގައިދޭންޖެހޭ އެއްވެސްހަމައެއް، ދެ ފަރާތްދެމެދު ވެފައިވާ އެއްބަސްވުމަށް ބަލާއިރު ނެތްކަމުގައެވެ.
2.17. އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ބާކީފައިސާ ޙަސަން އިބްރާހީމް ދައްކާފައިނުވާކަން ކަށަވަރުވާއިރު، އެއްބަސްވުމުގައި އެއްބަސްވެފައިވާ އަގާއި ދައްކާފައިވާއަގު ތަފާތުވުމުން، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ .0012,500ރ (ބާރަހާސް ފަސްސަތޭކަ ދިވެހި ރުފިޔާ) ގެ މައްޗަށް ޝަރީޢަތުން ބަލާފައިވަނީ ކޮންހަމައަކުންކަން އެނގެން ނެތުމަކީ، އެއްބަސްވުމާ ޚިލާފަށް މި މައްސަލަ ނިންމާފައިކަން ދޭހަކުރެވޭ ކަމެއްކަމުގައެވެ.
18މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނއާ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އަދި މައްސަލަ ބަލަންޖެހޭ މިންވަރަށް ނުބަލައިކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް ކަމުގައި އިސްތިއުނާފުކުރުމަށް އެދި މުޙައްމަދު ޢަބްދުއްރައްޒާޤު ހުށަހެޅި ފޯމުގައި ބުނެފައިވެއެވެ. އެހެންނަމަވެސް، މި މައްސަލައާ ގުޅިގެން ބޭއްވުނު އަޑުއެހުމުގައި މުޙައްމަދު ޢަބްދުއްރައްޒާޤު އެދޭގޮތް ކަމުގައި މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ބުނެފައިވަނީ އެ ފަރާތުގެ އަސްލު މަޤްޞަދަކީ ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގައި ފައިސާ ދެއްކުމަށް މުޙައްމަދު ޢަބްދުއްރައްޒާޤުގެ މައްޗަށް ކަނޑައަޅާފައިވާ ކަނޑައެޅުން ބާޠިލުކުރުމަށް ކަމުގައެވެ.
19ފުރަތަމަ އިސްތިއުނާފީ ނުކުތާ ގެ ޖަވާބުގައި ޙަސަން އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ، މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ފާހަގަކުރާކަމެއް ސާފުނުވާކަމަށެވެ. ސަބަބަކީ، ސިވިލް ކޯޓުގެ ނިންމުމުގައި ޙަސަން އިބްރާހީމްގެ ފަރާތުން ކޮންޓްރެކްޓާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަމަށް ބަޔާންކޮށް، ޙަސަން އިބްރާހީމް ދެއްކި ފައިސާއިން 1 (އެކެއް) އަހަރުދުވަހަށްވ ފައިސާ އުނިކޮށް، ބާކީފައިސާ ނަގައިދީފައިވާތީ ކަމުގައެވެ.
20ޙަސަން އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފު ކޮށް ބުނެފައިވާ ފަދައިން، 01 މެއި 2016 އިން ފެށިގެން މުޙައްމަދު ޢަބްދުއްރައްޒާޤުއަށް މިފަދައިން މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުގައި 23 ސެޕްޓެންބަރު 2021 ދުވަހު ބޭއްވުނު އަޑުއެހުމުގަ އެވެ. ޙަސަން އިބްރާހީމްގެ ފަރާތުން ޖަވާބު ހުށަހަޅާފައިވަނީ 06 އޮކްޓޫބަރު 2021 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި އަނގަބަހުންނެވެ. […] ކިޔާގެ 8 (އަށެއް) ވަނަ ފަންގިފިލާގައި ހަދާފައިވާ 3 (ތިނެއް) ކޮޓަރިއާއި ސިޓިންގ ރޫމް ހިމެނޭބައި (އެޕާޓްމަންޓް) ކުއްޔަށް ދޫކުރުމުގެ ޙައްޤެއް އަދި ހައިސިއްޔަތެއް ނެތްކަމުގައެވެ.
21ދެވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ޙަސަން އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ، އެތަން ކުއްޔަށް ދިނުމުގެ ހައިސިއްޔަތު މުޙައްމަދު ޢަބްދުއްރައްޒާޤުގެ ކިބައިން ގެއްލުމުން އެކަން މުޙައްމަދު ޢަބްދުއްރައްޒާޤުއަށް އެންގިކަމަށާއި، އެ ފަރާތަށް ކޮށްފައިވާ އީމެއިލްތައ ސިވިލް ކޯޓަށް ހުށަހެޅިކަމަށާއި، ޙަސަން އިބްރާހީމް ދީފައިވާ ފައިސާ އަނބުރާ ދެއްކުމަށް ދެ ފަރާތުން އެއްބަސްވިކަމަށާއި، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކޮށް، ޙަސަން އިބްރާހީމް ދެއްކި .00250,000ރ (ދެލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ) އަނބުރާ ދިނުމަށް ސެޓްލްމންޓަ އެގްރީމެންޓެއް ތައްޔާރުކުރެވުނު ނަމަވެސް، މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން އެއްބާރުލުން ނުލިބުމުން، އެ އެއްބަސްވުމުގައި ސޮއިކުރެވިފައި ނުވާކަމުގައެވެ.
22އޭގެފަހުން އެ ފަރާތަށް ސިޓީއެއް ފޮނުވާފައިވާނެކަމަށާއި، ނަމަވެސް، އެ ސިޓީއަށްވެސް މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ޖަވާބެއް ލިބިފައިނުވާކަމަށެ ވެ. އޭގެފަހުން، މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން މުޢާމަލާތްކުރުން ހުއްޓާލީކަމުގައެވެ. އެހެންކަމުން، އެކަން މުޙައްމަދު ޢަބްދުއްރައްޒާޤުއަށް ނޭނގި ވީކަމެއްކަމުގައި އެ ފަރާތަށް ނުބުނެވޭނެކަމަށާއި، ޙަސަން އިބްރާހީމްގެ ފަރާތުން ދައްކަންޖެހޭކަމަށް މުޙައްމަދު ޢަބްދުއްރައްޒާޤުދެކޭ ފައިސާ ނުލިބިގެންވެސ މުޙައްމަދް ޢަބްދުއްރައްޒާޤުގެ ފަރާތުން ސިޓީ ފޮނުވާފައި ނުވާކަމަށާއި، އެ ފައިސާ ހޯދަން މަސައްކަތް ކުރިކަމުގެ އެއްވެސް ހެއްކެއްވެސް އެ ފަރާތުން ހުށަހަޅާފައި ނުވާކަމުގައެވެ.
23ދެ ފަރާތް ދެމެދު ކަންހިނގާފައިވާގޮތަށް ބަލާއިރު، މުޙައްމަދު ޢަބްދުއްރައްޒާޤުއަށ ލިބެންޖެހޭކަމަށް އެ ފަރާތުން ޤަބޫލުކުރާ ފައިސާ ހޯދުމަށް އެ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ، ކަންހިނގާދިޔައީ ޙަސަން އިބްރާހީމް ބުނާގޮތަށްކަން އެނގޭކަމަށެވެ. އެހެނީ، މުޙައްމަދު ޢަބްދުއްރައްޒާޤުއަށް […] ކިޔާގެ 8 (އަށެއް) ވަނަ ފަންގިފިލާގައި ހަދާފައިވާ 3 (ތިނެއް) ކޮޓަރިއާއި ސިޓިންގ ރޫމް ހިމެނޭބައި (އެޕާޓްމަންޓް) ކުއްޔަށް ދިނުމުގެ ހައިސިއްޔަތެއް ނެތްކަން ބޮޑަށް ބުރަވެވޭ މިންގަނޑުން އެނގޭކަމުގައެވެ.
24ޙަސަން އިބްރާހީމްގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާ ޙަސަން އިބްރާހީމްގެ ފަރާތުން އިސްތިއުނާފުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/213 ޤަޟިއްޔާއާއި، މި ޤަޟިއްޔާއަކީ އެކުއެކީގައި ހިންގާ ޤަޟިއްޔާތައް ކަމަށްވުމުން، މި ކޯޓުގެ ނަންބަރު 2020/HC-A/213 ޤަޟިއްޔާގައި ޙަސަން އިބްރާހީމްގެ ފަރާތުން އެދިފައިވާ ފަދައިން ގޮތެއް ކަނޑައެޅުމަށެވެ.
25މި ކޯޓުގެ ނަންބަރު 2020/HC-A/213 ޤަޟިއްޔާގައި ޙަސަން އިބްރާހީމްގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރުމަށާއި، ދެ ފަރާތް ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދައްކާފައިވާ ފައިސާއާއި މުޙައްމަދު ޢަބްދުއްރައްޒާޤު އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުދޭންޖެހޭކަމަށް ކަނޑައެޅުމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/213 ޤަޟިއްޔާ
26ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ، އެ ނިންމުން އިސްތިއުނާފު ކުރުމަށްއެދި ޙަސަން އިބްރާހީމް ހުށަހަޅާފައިވަނީ އަންނަނިވި 5 (ފަހެއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
1.26. ދަޢުވާގައިވާ އެޕާޓްމަންޓަކީ […] މުޙައްމަދު ރިޔާޒް، […] ޙުސައިން ޢަލީއަށް ކުއްޔަށް ދީފައިވާތަނެއް ކަމުގައިވާއިރު، އެ އެއްބަސްވުން ބާޠިލުކޮށްފައި ވާކަމަށްބުނެ ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޙަސަން އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް" ގައި މައްސަލައިގައި އެދޭ ގޮތް ކަމުގައި ޙަސަން އިބްރާހީމް މިފަދައިން ބަޔާންކޮށްފައިވެއެވެ. މުޙައްމަދު ރިޔާޒް، ޙުސައިން ޢަލީއަށް ފޮނުވާފައިވާ ސިޓީއަކީ، އެ އެއްބަސްވުން ބާޠިލު ވެފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ޙުއްޖަތެއް ޤާއިމުވާ ލިޔުމެއް ނޫންކަމަށް ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫންކަ މަށެވެ.
2.26. ކުއްޔަށް ދީފައިވާތަނ ބަލަހައްޓަމުން ދިޔައީ ނުވަތަ މެނޭޖް ކުރަމުންދިޔައީ މުޙައްމަދު ރިޔާޒްގެ ފަރާތުން ލެޓްސްގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކަމުގައި ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަމުގައިވާތީ، އެ ކަނޑައެޅުއްވުން ރަނގަޅު ނޫންކަމަށެވެ.
3.26. ޙަސަން އިބްރާހީމްގެ ފަރާތުން ތަން 1 (އެކެއް) އަހަރު ދުވަހަށް ބޭނުންކުރިކަމަށް ޝަރީޢަތުން ކަނޑައެޅުއްވި ކަނޑައެޅުއްވުން ބިނާކޮށްފައިވަނީ ހަމައެކަނި މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތނު ބުނާބުނުމުގެ މައްޗަށް އެކަނިކަމަ ށާއި، އެކަމަށް އެއްވެސް ހެއްކެއް މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ހުށަހަޅާފައިނުވާއިރު، އެފަދައިން އެއްވެސް ހެއްކެއްނެތި ކަނޑައެޅުއްވި ކަނޑައެޅުއްވުން ރަނގަޅު ނޫންކަމަށެވެ.
4.26. ޙަސަން އިބްރާހީމްގެ ފަރާތުން ތަން ބޭނުންކުރުމަށް ހުރަސްއެޅޭފަދަ އެއްވެސްކަމެއް މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ކޮށްފައިނުވާކަމަށް ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީ، ޙަސަން އިބްރާހީމްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތް ކުރެއްވުމެއް ނެތިކަ މަށެވެ. އަދި
5.26. ޙަސަން އިބްރާހީމްގެ ފަރާތުން ތަނުގައި ތިބި މުއްދަތުގައި ތިބީ ކުއްޔަށްކަން ސާބިތުކުރުމަށް ކުލި ދެއްކި ލިޔުމެއް ހުށަހެޅިއިރު، 1 (އެކެއް) އަހަރު ދުވަހުގެ ކުލި ޙަސަން އިބްރާހީމްގެ ފަރާތުން ދެއްކި ފައިސާއިން އުނިކޮށްފައިވަނީ މި ލިޔުމަށް ރިޢާޔަތް ކުރެއްވުމެއް ނެތިކަމަށެވެ.
27ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފުޞީލުކުރަމުން، ޙަސަން އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ، ދަޢުވާގައިވާ އެޕާޓްމަންޓަކީ […] މުޙައްމަދު ރިޔާޒް […] ޙުސައިން ޢަލީއަށް ކުއްޔަށް ދީފައިވާ ތަނެއް ކަމުގައިވާއިރު، އެ އެއްބަސްވުން ބާޠިލު ކޮށްފައިވާކަމަށްބުނެ މުޙައްމަދު ރިޔާޒް ޙުސައިން ޢަލީއަށް ފޮނުވާފައިވާ ސިޓީއަކީ، އެ އެއްބަސްވުން ބާޠިލު ވެފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ޙުއްޖަތެއް ޤާއިމުވާ ލިޔުމެއް ނޫންކަމަށް ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
28އެގޮތުން، 12 އޭޕްރިލް 2016 ދުވަހު މުޙައްމަދު ރޔާޒި ގެ ފަރާތުން ޙުސައިން ޢަލީއަށް ފޮނުވާފައިވާ ސިޓީއިން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލު ކޮށްފައިވާކަން އެނގޭއިރު، އެ ސިޓީގެ މައްޗަށް ބިނާކޮށް ޙުސައިން ޢަލީއަށް ކުއްޔަށްދީފައިވާތަން ހުސްކުރަންޖެހޭތީ، 01 މެއި 2016 ދުވަހުން ފެށިގެން ޙުސައިން ޢަލީގެ ޤާނޫނީ ހައިސިއްޔަތު ގެއްލިފައިވާކަމަށެވެ. އެހެންކަމުން، މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން އެއްބަސްވުމަށް ވަނުމުގެ ޤާނޫނީ ހައްސިއްޔަތު ނެތްކަން އެނގޭތީ، މުޙައްމަދު ޢަބްދުއްރައްޒާޤުއާއި ޙަސަން އިބްރާހީމްއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ، އޭގެ އަސްލުންވެސް ބާޠިލުވެފައިވާ އެއްބަސްވުމެއްކަމަށެވެ.
29ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ޙަސަން އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ، ކުއްޔަށް ދީފައިވާ ތަނުގެ ޤާނޫނީ ހައިސިއްޔަތު އުފަންވަނީ މުޙައްމަދު ރިޔާޒް ގެ ކިބައިން ކަމަށްވާއިރު، ކުއްޔަށްދޭތަން މެނޭޖްކުރުން ލެޓްސްގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްފައިވާކަމަށް ސިވިލް ކޯޓުން ނިންމުމަށް ބާރުލިބިދޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ނެތްކަމަށެވެ. އެހެންކަމުން، ކުއްޔަށްދޭތަނާ ގުޅޭގޮތުން މުޙައްމަދު ރިޔާޒް ގެ ފަރާތުން މުޢާމަލާތްކުރުމުގެ ކަންކަން ޙަވާލު ކޮށްފައިވަނީ ލެޓްސްގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއކަމަށާ، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަމުގެ 4 ވަނަ ނުކުތާގެ (ރ)ގައި ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
30ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ޙަސަން އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ، ކުއްޔަށްދިންތަނ ޙަސަން އިބްރާހީމްގެ ފަރާތުން 1 (އެކެއް) އަހަރު ދުވަހަށް ބޭނުން ކޮށްފައިވާކަމަށް ކަނޑާއަޅާފައިވަނީ ހަމައެކަނި މުޙައްމަދު ޢަބްދުއްރައްޒާޤުގެ ބުނުމަކަށެވެ. އަދި އެކަމަށް ބާރުދޭ ޝަފަހީ ނުވަތަ ކިތާބީ ހެއްކެއްވެސް މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށެވެ.
31ހަތަރުވަނަ އިސްތިއުނާފީ ނުކުތާ ތަފޞީލުކުރަމުނު ޙަސަން އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ، މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ޙަސަން އިބްރާހީމްއަށް ތަންކުޔަށްދީފައިވަނީ، އެތަން ކުއްޔަށްދިނުމުގެ ޤާނޫނީ ހައިސިއްޔަތު މުޙައްމަދު ޢަބްދުއްރައްޒާޤުގެ ކިބައިގައި ނެތިކަމަށެވެ. އަދި އެފަދަ ޤާނޫނީ ހައިސިއްޔަތެއް ނެތުމަކީ ކުއްޔަށްހިފާތަން ބޭނުންކުރުމަށް ހުރަސްއެޅޭ ޖައުހަރީ ސަބަބަކަށްވާއިރު، އެކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.
32ފަސްވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ޙަސަން އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ، ދަޢުވާފޯމާއެކު ހުށަހަޅާފައިވާ "ޑޮކިއުމަންޓް-7"އަށް ރިޢާޔަތްކުރުމުން، ކުއްޔަށްހިފި ތަނުގައި ޙަސަން އިބްރާހީމް ހުރީ ކުލިދީގެންކަން އެނގޭކަމަށެވެ. އެހެންނަމަވެސް، ޙަސަން އިބްރާހީމް ދައްކާފައިވާ ފައިސާއިން 1 (އެކެއް) އަހަރު ދުވަހުގެކުލި އުނިކޮށްފައިވަނީ އެ ލިޔުމަށް ރިޢާޔަތް ކުރުމެއްނެތިކަމަށެވެ.
33ޙަސަން އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިހުރި ކަންކަމަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅައި، ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ދައްކާފައިވާ ފައިސާއާއި މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ދޭންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށެވެ.
34މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިނުވެއެވެ. އަދި ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
35މުޙައްމަދު ރިޔާޒއަކް ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހެއްކަމަށެވެ. އެއްބަސްވުން ބާޠިލު ކުރިކަމަށްބުނެ 12 އެޕްރީލް 2016 ދުވަހު ފޮނުވާފައިވާ ސިޓީއާ ގުޅިގެން ލެޓްސްގޯ މޯލްޑިވްސްއާއި މުޙައްމަދު ރިޔާޒއާވެސް މުޙައްމަދް ޢަބްދުއްރައްޒާޤު ބައްދަލުކޮށް، ފޯނުން ގުޅައި، މުޢާމަލާތް ކޮށްފައިވާކަމަށާއި، ލެޓްސްގޯ މޯލްޑިވްސްގެ ފަރާތުން އެ ލިޔުން ދިނުމުގެ ކުރިން، އެފަދަ ލިޔުމެއް ނުދޭކަމަށް މުޙައްމަދު ރިޔާޒްގެ ފަރާތުން މުޙައްމަދު ޢަބްދުއްރައްޒާޤު ގާތުގައި ބުނެފައިވާކަމަށެވެ. އަދި ޙަސަން އިބްރާހީމްއާއި ލެޓްސްގޯ މޯލްޑިވްސްއާ ދެމެދު ކުރެވުނު މުޢާމަލާތުގެ މައްޗަށް ބިނާކޮށް، ކުއްޔަށްހިފި ތަނުގައި ޙަސަން އިބްރާހީމް ހުރުމަށް މުޙައްމަދު ރިޔާޒް ހުރަސްއަޅާފައި ނުވާކަން އެނގޭކަމަށެވެ.
36ލެޓްސްގޯ މޯލްޑިވްސްއަކީ މުޢާމަލާތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ނެތްފަރާތެއްކަމަށް ޙަސަން އިބްރާހީމް ބުނެފައިވާއިރު، ޙަސަން އިބްރާހީމްގެ ފަރާތުން ކުލދައްކައި މުޢާމަލާތް ކޮށްފައިވަނީ ލެޓްސްގޯ މޯލްޑިވްސްއާ ކަމަށެވެ. އެހެންކަމުން، ހައިސިއްޔަތު ނެތްބައެއްކަން ކަނޑައެޅި އެނގިހުރެ، އެފަދަ ބަޔަކަށް ޙަސަން އިބްރާހީމް ފައިސާ ދައްކާފައިވާ ސަބަބު ސާފުނުވާކަމަށެވެ.
37މުޙައްމަދު ޢަބްދުއްރައްޒާޤުއާއި ޙަސަން އިބްރާހީމްއާ ދެމެދު ވެފައިވާ އެއްބަސްވމު ގައި، ކުއްޔަށްދޭ ތަނުގައި ވަކިމުއްދަތަކަށް ތިބެވޭނީ، ކަނޑައެޅިފައިވާ މުއްދަތަކަށް ވަކިޢަދަދަކަށް ފައިސާ ދައްކައިގެން ކަމަށެވެ. ޙަސަން އިބްރާހީމްގެ ފަރާތުން ފުރަތަމަ ދައްކާފައިވަނީ ކުލީގެ ދެބައިކުޅަ އެއްބައި ކަމަށްވާއިރު، އެއްމަސްދުވަހުގެ ތެރޭގައި ބާކީފައިސާ ޙަސަން އިބްރާހީމްގެ ފަރާތުން ދައްކަންޖެހޭނެއެވެ. އަދި ބާކީފައިސާ ދައްކާނެކަމަށް ބުނިނަމަވެސް، އެ ފައިސާ ދައްކާފައި ނުވާތީ، ޙަސަން އިބްރާހީމްގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައި ވާކަމަށް މުޙައްމަދު ޢަބްދުއްރައްޒާޤު ދެކޭކަމަށެވެ. ޝަރީޢަތުންކުރި ސުވާލުގެ ޖަވާބުގައި ދެފަރާތުން ދެއްކި ވާހަކަތަކުން ފާހަގަކުރެވޭ ކަންކަން
38ޙަސަން އިބްރާހީމްގެ ފަރާތުން ލެޓްސްގޯ މޯލްޑިވްސްއަށް ފައިސާ ދައްކާފައިވަނީ މުޙައްމަދު ރިޔާޒް ގެ ބުނުމުގެ މައްޗަށްކަމަށާއި، ކުއްޔަށްދީފައިވާ ޢިމާރާތަކީ ލެޓްސްގޯ މޯލްޑިވްސްއާ ގުޅުންއޮތް ޢިމާރާތެއްކަމަށް ބެލެވޭއިރު، މުޙައްމަދު ރިޔާޒް އަކީ ލެޓްސްގޯ މޯލްޑިވްސްގެ ޙިއްޞާދާރެއްކަމަށް ޙަސަން އިބްރާހީމްއަށް ޤަބޫލު ކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް އެ މައްޗަށް ބިނާކޮށް، އެއްބަސްވުމުގެ ދަށުން ލެޓްސްގޯ މޯލްޑިވްސްގެ ޤާނޫނީ ހައިސިއްޔަތު އޮތްކަމަށް ނުބެލެވޭނެކަމަށް ޙަސަން އިބްރާހީމް ދެކޭކަމަށެވެ.
39ޙަސަން އިބްރާހީމްގެ މައިގަނޑު ހުށަހެޅުމަކީ، މުޙައްމަދު ރިޔާޒް އެއްބަސްވުން ބާޠިލު ކޮށްފައިވުން ކަމަށްވާއިރު، މުޙައްމަދު ރިޔާޒް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވޭތޯ ޝަރީޢަތުން ސުވާލު ކުރުމުން، މުޙައްމަދު ރިޔާޒް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނުވާކަމަށާއި، ސަބަބަކީ މުޙައްމަދު ރިޔާޒް ދިރިއުޅެނީ ބޭރުގައި ކަމަށްވެފައި މުޙައްމަދު ރިޔާޒއް މުޢާމަލާތާ ނުކުރެވޭކަމަށް ޙަސަން އިބްރާހީމް ބުނެފައިވެއެވެ.
40މުޙައްމަދު ރިޔާޒްގެ ފަރާތުން އެއްބަސްވުމާ ގުޅޭގޮތުން ޙުސައިން ޢަލީއަށް އެންގި އެންގުމަކަށް ޙަސަން އިބްރާހީމް ޢަމަލުކޮށްފައިވާ ސަބަބާއި، މުޙައްމަދު ޢަބްދުއްރައްޒާޤު ގެ ފަރާތުން ޙަސަން އިބްރާހީމް ތަންހުސްކުރަން އެންގިތޯ ޝަރީޢަތުން ސުވާލު ކުރުމުން، މުޙައްމަދު ޢަބްދުއްރައްޒާޤު ގެ ފަރާތުން ތަންހުސްކުރުމަށް އަންގާފައި ނުވާކަމަށް ޙަސަން އިބްރާހީމްގެ ފަރާތުން ބުނެފައިވެއެވެ.
41ކުލީގެ ގުޅުންނެތް ފަރާތަކަށް، އެބަހީ ލެޓްސްގޯ މޯލްޑިވްސްއަށް، ޙަސަން އިބްރާހީމް ކުލިދެއްކީ ކީއްވެގެންތޯއާއި ގުޅުންއޮތީ މުޙައްމަދު ޢަބްދުއްރައްޒާޤާއެކު ކަމަށްވާއިރު، މުޙައްމަދު ޢަބްދުއްރައްޒާޤުއާ މުޢާމަލާތް ކުރަން މަސައްކަތްކުރިތޯ ޝަރީޢަތުން ސުވާލުކުރުމުން، މުޙައްމަދު ޢަބްދުއްރައްޒާޤއު ގުޅަން މަސައްކަތްކޮށް މުޢާމަލާތް ކުރެވިފައި ނުވާކަމަށް ޙަސަން އިބްރާހީމް ބުނެފައިވެއެވެ.
42މުޙައްމަދު ޢަބްދުއްރައްޒާޤުއއާ ޙަސަން އިބްރާހީމް އާ ދެމެދުވެފައިވާ އެއްބަސްވުމުގައި، އެއްވެސް ސަބަބަކާހުރެ ކުއްޔަށްހިފާތަނ ދޫކޮށްލައިގެން ދާއިރު ޢަމަލުކުރަންއޮތީ ކޮންގޮތަކަށްތޯ އާއި، ތަނުގައިތިބި މުއްދަތު ދެނެގަތުމުގެ ބޭނުމަށް ތަޅުދަނޑި ޙަވާލުކުރިންތޯ ޝަރީޢަތުން ސުވާލުކުރުމުން، ޙަވާލުކުރީ މުޙައްމަދު ރިޔާޒް ގެ މީހުންނާކަމަށާއި، ޙަވާލުކުރީ ލިޔުމުން ނޫންކަމަށާއި، އެއްބަސްވުމުގައި ތަންދޫކުރާއިރު ޢަމަލު ކުރާނެގޮތެއް ބަޔާންކޮށްފައި ނެތްކަމަށް ޙަސަން އިބްރާހީމްގެ ފަރާތުން ޖަވާބުދީފައިވެއެވެ.
43ޙަސަން އިބްރާހީމްގެ ފަރާތުން ތަނުގައިތިބީ ކިހައި މުއްދަތަކަށްތޯ މުޙައްމަދު ޢަބްދުއްރައްޒާޤުގެ ކިބައިން ޝަރީޢަތުން ސުވާލުކުރުމުން، ކަންހިނގާފައިވަނީ ޙަސަން އިބްރާހީމް ބުނާގޮތަށް ނޫންކަމަށާއި، ޙަސަން އިބްރާހީމް ތަންދޫކުރިކަނ މުޙައްމަދް ޢަބްދުއްރައްޒާޤަށް ނާންގާކަމަށާއި، ތަންހުރީ ތަޅުލާފައިކަމަށާއި، ގާތްގަނޑަކަށް ދޮޅުއަހަރެއްހާ ދުވަސް ފަހުން ލެޓްސްގޯ މޯލްޑިވްސްއާ މުޙައްމަދު ޢަބްދުއްރައްޒާޤު ވާހަކަދައްކައި ބެލިބެލުމުން، ތަންހުރީ ހުހަށްކަން އެނގުނުކަމަށާއި، މިކަންކަން ދަށު ކޯޓުގައި ފާހަގަކޮށްފައިވާކަމަށް މުޙައްމަދު ޢަބްދުއްރައްޒާޤު ޖަވާބުދީފައިވެއެވެ.
442016 ވަނަ އަހަރު ވެފައިވާ އެއްބަސްވުމަކާ ގުޅިގެން ޚުޞޫމާތު އުފައްދައި 2019 ވަނަ އަހަރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، މައްސަލަ ހުށަހެޅުން ލަސްވެފައިވަނީ ކީއްވެގެންތޯ ޝަރީޢަތުން ސުވާލުކުރުމުން، ދެފަރާތުން ވާހަކަ ދައްކައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރެވުނުކަމަށާއި، އ- މެއިލްގެ ޒަރިއްޔާއިން ސެޓްލްމަންޓް އެގްރީމަންޓަކާ ގުޅޭގޮތުން މުޢާމަލާތް ކޮށްފައި ވީނަމަވެސް، މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ސެޓްލްމަންޓް އެގްރީމަންޓްގައި ސޮއިކުރުމަށް އިންކާރު ކޮށްފައިވާކަމަށް ޙަސަން އިބްރާހީމްގެ ފަރާތުން ބުނެފައިވެއެވެ.
45މުޙައްމަދު ޢަބްދުއްރައްޒާޤއު އާ ޙަސަން އިބްރާހީމްއާ ދެމެދު، 2016 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު މުޢާމަލާތް ކުރެވިފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، ޙަސަން އިބްރާހީމް ތަން ދޫކޮށްލިކަން އެނގުނީ ދޮޅުއަހަރު ދުވަސް ފަހުންކަމަށާއި، ޙަސަން އިބްރާހީމް ބުނާ މުޢާމަލާތްތަކުގެ މަޢުލޫމާތު ލިބިފައިނުވާކަމަށް މުޙައްމަދު ޢަބްދުއްރައްޒާޤު ބުނެފައިވެއެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/213 ޤަޟިއްޔާގެ އިސްތިއުނާފީ ނުކުތާތަކާގުޅޭ
46ޕްރިސިޑެންސް 2ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި، ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަބައެއްގެ މެދުގައި، އެއްބަސްވެވޭ އެއްބަސްވުމެއްކަމަށް ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ދެފަރާތުގެ ދެމެދުގައި ޤާނޫނީގޮތުން ބަނދެވޭ ގުޅުމެއްގެ ތެރެއިން އެއްބަސްވުމެއް ވުޖޫދުވުމާއި، ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަފްހޫމްގެ ޤާނޫނީ އުޞޫލުތައް ކަނޑައަޅާފައިވެއެވެ. އަދި އެ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި، އެއްބަސްވުމަކާ ގުޅިގެން އުފަންވާ އެންމެހައި ޙައްޤުތަކާ އިލްތިޒާމުތަކެއް ލިބިގެންވާނީ އެއްބަސްވުމުގައި ހިމެނޭ ބައިވެރިންނަށްކަމަށް ބަޔާންކޮށްފައިވެއެވެ.
47މި މައްސަލައިގައި ތަން ކުއްޔަށްދިނުމުގެ އެއްބަސްވުން ވެފައިވަނީ މުޙައްމަދު ޢަބްދުއްރައްޒާޤުއާއި ޙަސަން އިބްރާހީމްއާ ދެމެދުކަމަށް ދެފަރާތުގެ ދެމެދުގައި ޚިލާފެއްނެތެވެ. އެހެންކަމުން، ސިވިލް ކޯޓަށް ހުށަހެޅި އެއްބަސްވުމާ ޚިލާފުވުމުގެ ދަޢުވާގެ މައުޟޫޢުގައިވާ އެއްބަސްވުމުގެ ދާއިރާއަކީ މުޙައްމަދު ޢަބްދުއްރައްޒާޤުއާއި ޙަސަން އިބްރާހީމްގެ ދެމެދުގައިވާ ޙައްޤުތަކާއި އިލްތިޒާމުތަކެވެ.
48ޙަސަން އިބްރާހީމްގެ ފުރަތަމަ އިސްތިއުނާފު ނުކުތާގައިވަނީ، މުޙައްމަދު ރިޔާޒްއާއި ޙުސައިން ޢަލީއާ ދެމެދުވެފައިވާ އެއްބަސްވުން ބާޠިލު ކޮށްފައިވާކަމަށެވެ. އަދި އެކަން އެނގޭ ސިޓީއެއް އޮތްނަމަވެސް، އެ ސިޓީއިން އެއްބަސްވުން ބާޠިލުވިކަނ ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
49ޕްރިސިޑެންސް 3ޙަސަން އިބްރާހީމް ކުއްޔަށްދިނުމުގެ އެއްބަސްވުމެއް ވެފައިވަނީ މުޙައްމަދު ޢަބްދުއްރައްޒާޤުއާއެކުއެވެ. އެ އެއްބަސްވުން ބާޠިލު ވެފައިވާކަމަށް މުޙައްމަދު ޢަބްދުއްރައްޒާޤު ޙަސަން އިބްރާހީމްއަށް އަންގާފައިނުވެއެވެ. ޙަސަން އިބްރާހީމްއާއި މުޙައްމަދު ރިޔާޒްއާ ދެމެދު، ނުވަތަ ޙަސަން އިބްރާހީމްއާއި ޙުސައިން ޢަލީއާ ދެމެދު، އިލްތިޒާމެއް ނުވަތަ ޙައްޤެއް އުފަންވާފަދަ ޤާނޫނީގޮތުން ބަނދެވޭ ގުޅުމެއް އުފެދިފައިނުވެއެވެ. ޙަސަން އިބްރާހީމްއާއެކ ޤާނޫނު ގުޅުމެއް އުފެދިފައިނުވާ މުޙައްމަދު ރިޔާޒއާއް ޙަސަން އިބްރާހީމްއާ ދެމެދު ކުރެވިފައިވާ މުޢާމަލާތެއްގެ މައްޗަށް ބިނާކޮށް، ޙަސަން އިބްރާހީމްއާއި މުޙައްމަދު ޢަބްދުއްރައްޒާޤުއާ ދެމެދުއޮތް އެއްބަސްވުމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ޤާނޫނީ ސަބަބެއްނެތެވެ.
50ޙަސަން އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކީ، ޙަސަން އިބްރާހީމްއާއި މުޙައްމަދު ޢަބްދުއްރައްޒާޤުއާ ދެމެދުއޮތް އެއްބަސްވުމާ މުޙައްމަދު ޢަބްދުއްރައްޒާޤު ޚިލާފުވި މައްސަލައަކަށްވާއިރު، މުޙައްމަދު ޢަބްދުއްރައްޒާޤު އެއްބަސްވުން ބާޠިލުވިކަމަށް ނުވަތަ ކުއްޔަށް ދިންތަނުނ ނުކުތުމަށް ޙަސަން އިބްރާހީމްއަށް ނާންގާހައި ހިނދަކު، މުޙައްމަދު ރިޔާޒއާއް ޙުސައިން ޢަލީއާ ދެމެދު ކުރެވުނު މުޢާމަލާތަކާ ގުޅިގެން ޙަސަން އިބްރާހީމްއާއި މުޙައްމަދު ޢަބްދުއްރައްޒާޤުއާ ދެމެދުއޮތް އެއްބަސްވުން ބާޠިލުވިކަމަށް ބަލަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ. މީގެއިތުރުން، އެއްބަސްވުމުގެ ބައިވެރިއަކަށްނުވާ މުޙައްމަދު ރިޔާޒްގެ ބުނުމެއް ނުވަތަ ޢަމަލެއްގެ މައްޗަށް ބިނާކޮށް، ކޮންޓްރެކްޓާބެހޭ ޤާނޫނުގައި އެއްބަސްވުންތަކާމެދު ޢަމަލުކުރަންޖެހޭ ޤާނޫނީ ޢާންމު އުޞޫލުތަކާ ޚިލާފަށް، ޙަސަން އިބްރާހީމް ކުޅައެންމެހައި ޢަމަލެއްގެ ނަތީޖާއަށް ޒިންމާވާންޖެހޭނީ ޙަސަން އިބްރާހީމްއެވެ. އެއީ ޙަސަން އިބްރާހީމްއަށް ލިބުނު ގެއްލުމެއްކަމުގައި ވީނަމަވހެ އެވެ.
51ޙަސަން އިބްރާހީމްގެ ދެވަނަ އިސްތިއުނާފީ ނުކުތާއަކީ، ކުއްޔަށް ދީފައިވާތަން ބަލަހައްޓަމުންދިޔައީ ލެޓްސްގޯ މޯލްޑިވްސްއިންކަމަށ ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ކުއްޔަށްހިފިތަނާ ގުޅޭގޮތުން ޙަސަން އިބްރާހީމްގެ ފަރާތުން ލެޓްސްގޯ މޯލްޑިވްސްއާ މުޢާމަލާތް ކޮށްފައިވަނީ މުޙައްމަދު ރިޔާޒްގެ ބުނުމުގެ މައްޗަށެވެ. ޙަސަން އިބްރާހީމްއާއި މުޙައްމަދު ރިޔާޒްއާ ދެމެދު ޤާނޫނީ ގުޅުމެއްނެތެވެ. އަދި ޙަސަން އިބްރާހީމްއާއި ލެޓްސްގޯ މޯލްޑިވްސްއާ ދެމެދުވެސ ޤާނޫން ގުޅުމެއް އޮތްކަން އެނގޭކަށްނެތެވެ.
52ޙަސަން އިބްރާހީމް ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޙަސަން އިބްރާހީމްގެ ޢަމަލުތައް ބިނާވެފައިވަނީ ޙަސަން އިބްރާހީމްއާއެކު އެއްބަސްވުމުގެ ގުޅުމެއްގެ ދަށުން އިލްތިޒާމެއް އުފަންވެފައިނުވާ މުޙައްމަދު ރިޔާޒުގެ ބަހުގެ މައްޗަށެވެ. އަދި މި މައްސަލައިގައި، ލެޓްސްގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަކީ ޙަސަން އިބްރާހީމް ކުއްޔަށްހިފިތަން މެނޭޖްކުރާ ފަރާތްކަމަށް ބަލާފައިވަނީ ޚުދު ޙަސަން އިބްރާހީމްގެ އަމިއްލަ އިސްނެގުމުގެ މައްޗށަ ކަމާއި، އަދި މުޙައްމަދު ޢަބްދުއްރައްޒާޤުގެ ބުނުމަކަށް ނޫންކަން އެނގެއެވެ. އެއްބަސްވުމުގެ ބައިވެރިއަކަށްނުވާ މުޙައްމަދު ރިޔާޒް އާ ލެޓްސްގޯ މޯލްޑިވްސްގެ ފަރާތުން އަންގާގޮތަށް ޢަމަލުކުރަންޖެހޭ ޤާނޫނީ ސަބަބެއްނެތި، އެ އެންގުންތަކަށް ޢަމަލުކުރުމަށް އިޚްތިޔާރުކުރީ ޙަސަން އިބްރާހީމް އަމިއްލައަށެވެ.
53ޕްރިސިޑެންސް 4އެހެންކަމުން، ޙަސަން އިބްރާހީމް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައިވާ އެއްބަސްވުމުގެ ބައިވެރިއަކަށް ލެޓްސްގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނުވާއިރު، ކުއްޔަށްދޭތަން އެ ކުންފުނިން މެނޭޖްކުރިއަސް އަދި ނުކުރިއަސް، އެކަމުގެ ސަބަބުން ޙަސަން އިބްރާހީމްއާއި މުޙައްމަދު ޢަބްދުއްރައްޒާޤުއ ދެމެދުވެފައިވާ އެއްބަސްވުމަށް އަސަރުކުރަންޖެހޭ ޤާނޫނީ ސަބަބެއްނެތެވެ. މިކަން 23 އޮކްޓޫބަރު 2023 ގައި ބޭއްވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގެ އަޑުއެހުމުގައި ޙަސަން އިބްރާހީމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. އެގޮތުން، ކުލި ދައްކަނީ ކޮންފަރާތެއް ބުނެގެންތޯ ޝަރީޢަތުންކުރި ސުވާލުގެ ޖަވާބުގައި، ޙަސަން އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ ގޭގެ ވެރިފަރާތުން (މުޙައްމަދު ރިޔާޒް) ތަން ކުއްޔަށް ދީފައިވަނީ ޙުސައިން ޢަލީއަށްކަމަށާއި، ޙުސައިން ޢަލީގެ ފަރާތުން ތަން ކުއްޔަށް ދީފައިވަނީ މުޙައްމަދު ޢަބްދުއްރައްޒާޤަށްކަމަށާއި، އެއަށްފަހު މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ޙަސަން އިބްރާހީމްއަށް ކުއްޔަށްދިންކަމަށާއި، ޙަސަން އިބްރާހީމް އެތަނަށް ވަނުމުން ގޭގެ ވެރިފަރާތާއި ޙުސައިން ޢަލީއާ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކޮށްފައިވާ ނޯޓިސްއެއް ގޭގެ ވެރިފަރާތުން ގެނެސް، އޭޕްރިލް މަހަށް ތަން ހުސްކުރަން އަންގާފައި ވާނެކަމަށާއި، އެހެންކަމުން 01 މެއި އިން ފެށިގެން ތަންކުއްޔަށް ދިނުމުގެ ހައިސިއްޔަތު ޙުސައިން ޢަލީއަށް އަދި މުޙައްމަދު ޢަބްދުއްރައްޒާޤަށްވެސް ލިބިގެންނުވާކަމަށް، ގޭގެ ވެރިފަރާތުން ޙަސަން އިބްރާހީމްގާތު ބުނެފައިވާކަމަށާއި، އެއްމަހުގެ ކުލިދެއްކީ ގޭގެ ވެރިފަރާތުން އެންގިގޮތަށް ތިރީގައި ހުންނަ އޮފީހަށްކަމުގައި ޙަސަން އިބްރާހީމް ބުނެފައިވެއެވެ.
54ޙަސަން އިބްރާހީމްގެ ތިންވަނަ އަދި ފަސްވަނަ އިސްތިއުނާފީ ނުކުތާގައި، ކުއްޔަށްހިފިތަން 1 (އެކެއް) އަހަރު ދުވަހަށް ޙަސަން އިބްރާހީމް ބޭނުން ކޮށްފައިވާކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށާ އ، ތަނުގައިހުރީ 1 (އެކެއް) މަސްދުވަހަށް ކުލި ދައްކައިގެންކަމަށް އެނގޭނެ ލިޔުމަށް ރިޢާޔަތް ކޮށްފައިނުވާކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ކުއްޔަށްހިފިތަން ދޫކޮށްލުމާމެދ މުޙައްމަދު ޢަބްދުއްރައްޒާޤާއި ޙަސަން އިބްރާހީމްއާ ދެމެދުވެވުނު އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތްކަމާއި، ކުއްޔަށްހިފި ތަނުން ނުކުތުމަށް ޙަސަން އިބްރާހީމްއަށް މުޙައްމަދު ޢަބްދުއްރައްޒާޤު އަންގާފައި ނުވާކަމާއި، ޙަސަން އިބްރާހީމް ތަޅުދަނޑި ޙަވާލުކުރީ މުޙައްމަދު ޢަބްދުއްރައްޒާޤުއާއި ޙަސަން އިބްރާހީމްގެ ދެމެދުއޮތް އެއްބަސްވުމުގެ ބައިވެރިއަކަށްނުވާ ލެޓްސްގޯ މޯލްޑިވްސްއާ ކަމާމެދު ދެފަރާތުގެ ދެމެދުގައި ޚިލާފެއްނެތެވެ. އަދި ޙަސަން އިބްރާހީމް 1 (އެކެއް) މަސްދުވަހަށް ކުލި ދައްކާފައިވަނީ، އެއްބަސްވުމުގެ ބައިވެރިއަކަށްނުވާ ލެޓްސްގޯ މޯލްޑިވްސްއަށް ކަމާމެދު ވެސް ޚިލާފެއްނެތެވެ.
55ޕްރިސިޑެންސް 5މި މައްސަލައިގެ ލިޔުންތަކާއި ދެފަރާތުގެ ހުށަހެޅުމަށް ބަލާއިރު، ޙަސަން އިބްރާހީމް ކުއްޔަށްހިފި ތަނުގައި ނޫޅޭކަނ މުޙައްމަދް ޢަބްދުއްރައްޒާޤަށ އެނގުން ދޮޅުއަހަރު ފަހުންކަމަށް ބުނެފައިވެއެވެ. ޙަސަން އިބްރާހީމް ތަންދޫކުރިކަނ މުޙައްމަދް ޢަބްދުއްރައްޒާޤަށް އަންގައި ތަޅުދަނޑި ޙަވާލުކޮށްފައި ނުވާއިރު، ޙަސަން އިބްރާހީމް ތަންދޫކުރިކަމަށ ނުވަތް ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުން ނިމުމަކަށް އައިކަމަށް މުޙައްމަދު ޢަބްދުއްރައްޒާޤު ބަލަންޖެހޭފަދަ ޤާނޫނީ ސަބަބެއްނެތެވެ. އަދި އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފިތަނުން ނުކުތްކަން ނުވަތަ އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރުމަށް ނިންމިކަން މުޙައްމަދު ޢަބްދުއްރައްޒާޤަށް އެންގުމުގެ ޤާނޫނީ ޒިންމާ އޮތީ ޙަސަން އިބްރާހީމްގެ މައްޗަށްކަމަށްވެފައި، ކުއްޔަށްހިފި ތަނުގައިހުރީ އެއްމަސްދުވަހުކަން ސާބިތުކޮށްދިނުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޓުގޯ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުގެ ދަށުން، ޙަސަން އިބްރާހީމްގެ ޒިންމާ އެކެވެ.
56ޕްރިސިޑެންސް 6ޙަސަން އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން، އެއްބަސްވުމުގެ ބައިވެރިއަކަށްނުވާ މުޙައްމަދު ރިޔާޒްގެ ބުނުމަކަށް ބަރޯސާވެ، މުޙައްމަދު ޢަބްދުއްރައްޒާޤާއެކު ވެފައިވާ އެއްބަސްވުން ބާޠިލުވިކަމަށް ޙަސަން އިބްރާހީމް ބަލައި، އެއްބަސްވުމުގެ ބައިވެރިއަކަށްނުވާ ލެޓްސްގޯ މޯލްޑިވްސްއަށް އެއްމަސްވުދުވަހުގެ ކުލިދައްކައ ތަޅުދަނޑި ޙަވާލުކުރުމުގެ މައްޗަށް ބިނާކޮށް، ކުއްޔަށްހިފި ތަނުގައި ޙަސަން އިބްރާހީމް އުޅުނީ އެއްމަހުކަމަށް ބަލަންޖެހޭ ޤާނޫނީ ސަބަބެއްނެތެވެ.
57ޙަސަން އިބްރާހީމް ކުއްޔަށްހިފިތަނުން ނުކުތުމަށް މުޙައްމަދު ޢަބްދުއްރައްޒާޤު އަންގާފައި ނުވާކަމާއި، ޙަސަން އިބްރާހީމް ތަނުގައި ނޫޅޭކަނ މުޙައްމަދް ޢަބްދުއްރައްޒާޤަށ އެނގުން ދޮޅުއަހަރު ފަހުންކަމަށް ބުނެފައިވާއިރު، ޙަސަން އިބްރާހީމް ކުއްޔަށްހިފިތަނުގައި 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އުޅުނުކަމަށްބަލައި ޙަސަން އިބްރާހީމްގެ ފަރާތުން މުޙައްމަދު ޢަބްދުއްރައްޒާޤަށ އެޑްވާންސްކޮށް އިމާރާތުގެ ކުލީގެ ގޮތުގައި ދީފައިވާ ފައިސާގެ ތެރެއިން، ޙަސަން އިބްރާހީމްގެ ބެލުމުގެ ދަށުގައި ހުރިކަން މަދަނީ މިންގަނޑުން ސާބިތުވާ 1 (އެކެއް) އަހަރު ދުވަހުގެކުލި ދަށު ކޯޓުން އުނި ކޮށްފައިވެއެވެ.
58ޕްރިސިޑެންސް 8އެގޮތުން، ދަށު ކޯޓުގެ ނިންމުމުގައި "ދަޢުވާކުރާ ފަރާތުން މި ޢިމާރާތް ބޭނުންކޮށްފައިވާ މުއްދަތުކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާބިތުވާ 01 އަހަރުދުވަހުގެ މުއްދަތަށް" މިފަދައިން ބަޔާންކުރިނަމަވެސް، ދަށުކޯޓުން ޙަވާލާދޭ ލިޔުމަކީ ކޮންލިޔުމެއްކަން އެނގޭކަށްނެތެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބޭގެއްލުމުގ ބަދަލުގެ މިންވަރު ބަޔާންކުރި ލިޔުމެއް، ހެއްކެއް، ޤާނޫނީ އަސާސެއް ނުވަތަ އެ ނިންމުމަށް ވާސިލުވި ސަބަބެއް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައިވާ އުޞޫލާ އެއްގޮތަށް، މި މައްސަލައިގެ ޝަރީޢަތް ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" ގެ ނިންމުމުގެ 4 ވަނަ ނުކުތާގެ (އ). ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި ނުވެއެވެ. އަދި އެފަދަ ނިންމުމަކަށް ވާސިލުވާންޖެހޭ ސަބަބެއް މައްސަލައިގެ އެހެނިހެން ލިޔުންތަކުންވެސް ސާފުވާކަށްނެތެވެ.
59ޕްރިސިޑެންސް 9ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (ދައުލަތް) ޤަޟިއްޔާއާއި، އެ ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ ޤަޟިއްޔާގައި، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ނަގައިދޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ކުރިން އަސާސީ ކަމެއްގެގޮތުގައި ކޮންޓްރެކްޓުގެ ބައިވެރިންގެ ތެރެއިން ޚިލާފުވީ ކޮންފަރާތެއްކަން ދެނެގަންނަން ޖެހޭކަމަށް ބަޔާންކޮށްފައިވުމަށް ޙަވާލާ ދެއްވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. ޓްރޮޕިކ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، އެއްބަސްވުމާ ޚިލާފުވީ ކޮންފަރާތެއްކަން ކަނޑައެޅުމަކާނުލައި، އެއްބަސްވުމަކާ ޚިލާފުވެގެން ލިބިފައިވާ ގެއްލުމުގެ ބަދަލަކާ ގުޅިފައިވާ ނުކުތާއަކާމެދު އިންޞާފުވެރިކަމާއެކު ގޮތެއްކަނޑަ ނޭޅޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
60އެހެންކަމުން، މި މައްސަލައިގައި ޙަސަން އިބްރާހީމްގެ ދަޢުވާގައިވާ އެއްބަސްވުމާ ޚިލާފުވެފައިވަނީ ކާކުކަމާއި، އެއްބަސްވުމާ ޚިލާފުވީ ކޮންއިރަކުކަމާމެދު ގޮތެއްނިންމަ ން ޖެހޭކަމަށާއި، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭ މިންވަރު ކަނޑައެޅުމަށްޓަކައި، ފުރަތަމަ މަރުޙަލާގެ ކޯޓަކަށް ހެކިން ޙާޟިރުކޮށް، ކުއްޔަށްދިންތަން ޙަވާލުކުރީ ކިހައިދުވަހަކުންކަން އަލުންބަލައި، އެވާޤިޢާ ކަށަވަރު ކުރަންޖެހޭކަމަށް ދެކެމެވެ.
61ޕްރިސިޑެންސް 7ޙަސަން އިބްރާހީމްގެ ހަތަރުވަނަ އިސްތިއުނާފީ ނުކުތާގައި، ކުއްޔަށްހިފިތަން ބޭނުންކުރުމަށް ހުރަސްއެޅޭފަދަކަމެއ މުޙައްމަދް ޢަބްދުއްރައްޒާޤު ކޮށްފައިނުވާކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ގޯސްކޮށްކަމަށް ބުނެފައިވެއެވެ. ކުއްޔަށްހިފިތަނުން ނުކުންނަން މުޙައްމަދު ޢަބްދުއްރައްޒާޤު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/38 ޤަޟިއްޔާ. އަންގާފައިނުވާކަން ޚުދު ޙަސަން އިބްރާހީމްގެ ބަހުން އެނގެއެވެ. އަދި ކުއްޔަށްހިފި ތަނުން ނުކުތުމަށް ޙަސަން އިބްރާހީމް ނިންމާފައިވަނީ އެއްބަސްވުމުގެ ބައިވެރިއަކަށްނުވާ، އަދި ޙަސަން އިބްރާހީމްގެ މައްޗަށް އިލްތިޒާމެއް ނުވަތަ ޙައްޤެއް ތަންފީޒުކުރުމުގެ ޤާނޫނީބާރު ނެތްފަރާތެއްގ ބަހުގެ މައްޗަށެވެ. އެހެންކަމުން، ކުއްޔަށްހިފި ތަނުގައި ޙަސަން އިބްރާހީމް އުޅުމަށް މުޙައްމަދު ޢަބްދުއްރައްޒާޤު ހުރަސްއެޅިކަމަށް ޤާނޫނީގޮތުން ބަލަންޖެހޭ ސަބަބެއްނެތެވެ.
62ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/213 ޤަޟިއްޔާގައި، ޙަސަން އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ، ދެވަނަ، އަދި ހަތަރުވަނަ އިސްތިއުނާފީ ނުކުތާތަކަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ މި ކޯޓު ން ވަގުތު ހޭދަކުރަންޖެހޭފަދ ޤާނޫނަ ބަހުސެއްއޮތް ހަރުދަނާ އިސްތިއުނާފީ ނުކުތާތަކެއްނޫނެވެ. އެހެންނަމަވެސް، ޙަސަން އިބްރާހީމްގެ އިސްތިއުނާފު ފޯމުގެ ތިންވަނަ އަދި ފަސްވަނަ އިސްތިއުނާފީ ނުކުތާގައި ޤާނޫނީ ބަހުސެއް އޮތްކަމަށް ދެކެމެވެ.
63އެހެންކަމުން، ޙަސަން އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައިވާ މުޙައްމަދު ޢަބްދުއްރައްޒާޤުއާއި ޙަސަން އިބްރާހީމްއާ ދެމެދު ވެވުނު އެއްބަސްވުމާ ޚިލާފުވެފައިވަނީ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން ކާކުކަމާއި، އެއްބަސްވުމާ ޚިލާފުވީ ކޮންއިރަކުކަމާމެދު ގޮތެއް ނިންމުމަށްޓަކައި، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން އެއްބަސްވުމުގެ ދަށުން ބަދަލެއް ނަގައިދޭންޖެހޭތޯއާއި، ނަގައިދޭންޖެހޭނަމަ ނަގައިދޭންޖެހޭ މިންވަރު ކަނޑައެޅުމަށްޓަކައި، ފުރަތަމަ މަރުޙަލާގެ ކޯޓަކުން މި ނިންމުމުގައި ބަޔާންކޮށްފައިވާ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް، ކުއްޔަށްދިންތަން ޙަވާލުކުރީ ކިހައިދުވަހަކުންކަން އަލުންބަލައި، އެވާޤިޢާ ކަށަވަރުކޮށް ގޮތްތަކެއް ނިންމަންޖެހޭކަމަށް ދެކެމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/197 ޤަޟިއްޔާގެ އިސްތިއުނާފީ ނުކުތާތަކާގުޅޭ
64މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގައިވާ މައިގަނޑު ބަހުސަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޙަސަން އިބްރާހީމް ޚިލާފުވެފައިވާއިރު، މައްސަލަ ނިންމެވުމުގައި އެކަމަށް ރިޢާޔަތް ކޮށްފައި ނުވާކަމުގައެވެ. އަދި މުޙައްމަދު ޢަބްދުއްރައްޒާޤުގެ ދެވަނަ އިސްތިއުނާފީ ނުކުތާގައިވާ މައިގަނޑު ޝަކުވާއަކީ، އެއްބަސްވުމުގެ ދަށުން ޙަސަން އިބްރާހީމް ކުއްޔަށްހިފިތަން ދޫކޮށްފައިވާ މުއްދަތާގުޅޭގޮތުން ދަށު ކޯޓުގެ ނިންމެވުމަށް ވާސިލުވި ސަބަބު ސާފުނުވާކަމަށާއި، އެ ނިންމެވުން ރަނގަޅު ނޫންކަމަށެވެ.
65ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔާއަކީ، މުޙައްމަދު ޢަބްދުއްރައްޒާޤާއި ޙަސަން އިބްރާހީމްއާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޙައްމަދު ޢަބްދުއްރައްޒާޤު ޚިލާފުވެފައިވާތީ، އެ ޚިލާފުވުމުގެ ސަބަބުން ޙަސަން އިބްރާހީމްއަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ޙަސަން އިބްރާހީމް ހުށަހެޅި ދަޢުވާއާގުޅޭ މައްސަލައެވެ. މުޙައްމަދު ޢަބްދުއްރައްޒާޤުގެ ފަރާތުން ދަޢުވާއަށް ޖަވާބުދާރީވަމުން، އެއްބަސްވުމާ ޚިލާފުވެފައިވަނީ ޙަސަން އިބްރާހީމްކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާގައިވާ އެއްބަސްވުމާ ޚިލާފުވެފައިވަނީ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން މުޙައްމަދު ޢަބްދުއްރައްޒާޤުކަނ ނުވަތް ޙަސަން އިބްރާހީމްކަން ސިވިލް ކޯޓުން ކަނޑައަޅުއްވާފައިނުވެއެވެ.
66މި ނިންމުމުގެ 46 ވަނަ ނުކުތާއިން 63 ނުކުތާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމަށާއި، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތްކަމަށް މި ނިންމުމުގެ 5 ވަނަ ނުކުތއިނާ 12 ވަނަ ނުކުތާގެ ނިޔަލަށް ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، މި މައްސަލައިގެ ދަޢުވާގައިވާ އެއްބަސްވުމާ ޚިލާފުވެފައިވާ ފަރާތަކާއި، އެ ޚިލާފުވުމުގެ ސަބަބުންނާއި ކުއްޔަށްހިފިތަން ޙަވާލުނުކޮށް ހުރިކަމަށް ކޯޓުން ކަނޑައަޅާ މުއްދަތކަ ށ ރިޢާޔަތްކޮށް، ދަށު ކޯޓުން އަލުންބަލައި އެއްބަސްވުމުގެ ދަށުން ބަދަލެއް ދޭންޖެހޭނަމަ، ބަދަލުގެ މިންވަރު އަލުން ކަނޑައަޅަން ޖެހޭކަމަށް ދެކެމެވެ.
67ބުނެވިދިޔަ ސަބަބުތަކަށްޓަކައި، ތިރީގައިވާ ގޮތުގެމަތިން ނިންމަންފެނެއެވެ.
1.67. މި މައްސަލައިގެ މައިގަނޑު ޚުޞޫމަތަކީ ޙަސަން އިބްރާހީމްއާއި މުޙައްމަދު ޢަބްދުއްރައްޒާޤުއާ ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށް ދެ ފަރާތުންވެސް އުފައްދާ ޚުޞޫމަތު ކަމަށްވެފައި، އެ ޚުޞޫމަތާމެދ ދަށު ކޯޓުނު ގޮތެއް ކަނޑައަޅުއްވާފައިނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 1175/Cv-C/2019 ޤަޟިއްޔއިނާ ނިންމަވާފައިވާ ނިންމެވުން ބާޠިލުކުރުމަށާއި؛ އަދި
2.67. މި މައްސަލައިގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލުތަކުގެ އަލީގައި، ޙަސަން އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައިވާ އެއްބަސްވުމާ ޚިލާފުވެފައިވަނީ އެއްބަސްވުމުގެ ކޮންބައިވެރިއެއް ކޮންއިރަކުކަމާއި، ދެފަރާތުގެ ދެމެދުގައިވި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން އެއްބަސްވުމުގެ ދަށުން ބަދަލެއް ނަގައިދޭންޖެހޭތޯއާއި، ބަލަދެއް ނަގައިދޭނަމަ ބަދަލު ނަގައިދޭންޖެހޭ ފަރާތާއި މިންވަރު އަލުން ބައްލަވައި ގޮތެއް ނިންމެވުމަށްޓަކައި، މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލު ކުރުމަށް ނިންމަން ފެނެއެވެ.
68ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދު ކުރަމެވެ.
69ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދު ކުރަމެވެ.
70މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ). މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ). މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ). 2A20 I t rC- A! t97 . 2020t t rc-Ai2 I 3 w4 oD 2y.€ ,.o. cl? O (?2rz_OrD O aerXC Oar.a a CrO./. CO c/ o c J.o?.r 3eY ,r- rc2ttol., .rloeeP zlsli.rib t2.t aa / -aa a '/J:l 20201HC-N197 :a97' :?:.3r;r 'i;;cS 3il j.3.i*1 Lt75/Cv-Ctz}ts arao2 "ii 3ii.9;.?-3 t - i.3.3,- i 202OtHC-N2r3 .z rii 3 ; ?rt it.r-? r.ta o cx ,.o. czo o O C C a ar a ar-? J a2e t)5 .33,- i llTllCv-Cl2}lg ,e7? Jev ..?rrr? J.r/J.rP 2tP,a a / c.aoa. a, a/ rrra, c >z lO c4o.. a \ r/t.rz .rS 1O -tl.xrJ -t vrpev .s ltttzgJ ) 2212010 .lrii ii.! ,.iE1;iiini 2 t >? t a4o.. a o.rr, ,. ot? o .. o. 2e 2 -rJ eY..ra. t e.r//t, ,F2rYrt/.? .FeY )rtP 2/.r2 aaa-a a a. aa oxoD op.. o aor.. . 't21.rY2Yz 2tJr.r1 3.2/.n.2rJ or, ,a Oa . ?i 2y1 Jrra ,J.P J2 o aa a/24,/ $y'Ile-"d ,/r.2rJ ., . ,/ 6t37) www.lrighcourt.gov.mv,A-:-i; [email protected] j-.i.
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ) (އިސްތިއުނާފުކުރުމުގެ އިޖުރާއަތު)
- ހައިކޯޓުގެ "މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު" (ފަނޑިޔާރުންގެ ޢާންމު މަޖިލީހުގެ ނަންބަރު FAM/2021/02، 27 ޖަނަވަރީ 2021)
- ސުޕްރީމް ކޯޓު 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް) - 13 ވަނަ ނުކުތާ
- ސުޕްރީމް ކޯޓު 2021/SC-A/41 (އޭޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) - 15 ވަނަ ޕެރެގްރާފް
- ސުޕްރީމް ކޯޓު 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ)
- ސުޕްރީމް ކޯޓު 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- ސުޕްރީމް ކޯޓު 2019/SC-A/59 (ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)
- ސުޕްރީމް ކޯޓު 2019/SC-A/85 (ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ)
- ސުޕްރީމް ކޯޓު 2020/SC-A/38 (ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް)
- ބެންޗު
- ފަނޑިޔާރު ދީބާނާޒް ފަހުމީ، ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް