ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/475
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ވ. އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑް، 2022/HC-A/475
Maldives Broadkaasting Commission v. Island Netvoark Private Limited 2022/HC-A/475 (2022/HC-A/475, High Court of the Maldives, 30 January 2024)
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ވ. އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ރީބްރޯޑްކާސްޓްކުރުމުގެ އުޞޫލުތަކާ ޚިލާފުވާ ފަރާތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރަންޖެހެނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ އިޖުރާއަތަށްތޯ ނުވަތަ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖޫރިމަނާގެ ތާވަލަށްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައި "ބްރޯޑްކާސްޓިންގ" މާނަކޮށްފައިވަނީ ބްރޯޑްކާސްޓްކުރުމަށާއި ރީބްރޯޑްކާސްޓްކުރުމަށް ވެސް އިޝާރާތްކޮށް ކަމުން، ރީބްރޯޑްކާސްޓްކުރުމުގެ އުޞޫލުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ވެސް އެ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ އިޖުރާއަތަށް ރުޖޫޢަވާންޖެހޭނެކަން ޤާނޫނު އެއްރޮއްޖަކުން ކިޔުމުން ދޭހަވެއެވެ.
- ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމުގެ ބާރު ކޮމިޝަނަށް ލިބިފައިވުމަކީ، އެ އުޞޫލުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އާ ނުވަތަ ޚާއްޞަ އުޞޫލުތައް ކަނޑައެޅުމުގެ ބާރު ލިބިފައިވުމެއް ނޫނެވެ؛ މިއީ ތަފާތު ދެ ކަމެކެވެ. އެހެންކަމުން، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާއާ ޚިލާފުވާ ގޮތަކަށް ފިޔަވަޅު އެޅުމާ ގުޅޭ ގަވާއިދެއް ނުވަތަ އުޞޫލެއް ހެދިގެން ނުވާނެއެވެ.
- ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ފިޔަވަޅުތައް ނާޅައި، އަދި (ށ) ގައިވާ ފަދައިން ލައިސަންސްގެ ޝަރުޠުތަކާ ތަކުރާރުކޮށް ޚިލާފުވުމެއް ނެތި ކޮމިޝަނުން ކޮށްފައިވާ ޖޫރިމަނާއަކީ ޤާނޫނާ ޚިލާފު ފިޔަވަޅެއް ކަމުން، އެ ޖޫރިމަނާގެ ފައިސާ ކޯޓުން ނަގައިނުދެވޭނެއެވެ.
- ޖޫރިމަނާކުރިއިރު ޢަމަލުކުރަމުން ނުދިޔަ، ފަހުން ޢަމަލުކުރަން ފެށި ގަވާއިދަކަށް ބިނާކޮށް، އަދި ދަށުކޯޓުގައި ހަވާލާ ނުދީ، ޤާނޫނީ ބަހުޘެއް ބަޔާން ނުކޮށް ހުށަހަޅާ އިސްތިއުނާފީ ނުކުތާއެއްގެ މައްޗަށް ހައިކޯޓުން ގޮތެއް ކަނޑައަޅަން ނުޖެހެއެވެ.
- ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ)
- ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ މާނަކުރުމުގެ މާއްދާ ("ބްރޯޑްކާސްޓްކުރުން" - ސައިޓުގެ ކީވޯޑުގައި 44 ވަނަ މާއްދާ)
- ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ (ގަވާއިދު ހެދުން)
- ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާ (ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް)
- ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު)، ޖަދުވަލު 3
- ގަވާއިދު ނަންބަރު 2019/R-179 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 32 ވަނަ މާއްދާގެ (ނ) (ޖޫރިމަނާކުރިއިރު ޢަމަލުނުކުރާ ގަވާއިދެއްކަމަށް ކަނޑައެޅި)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް