ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/230
ލެޝަރ ފްރަންޓިއަރސް ޕްރައިވެޓް ލިމިޓެޑް ވ. އަހްމަދު އުސާމް ނަލަމަލަ، 2022/HC-A/230
Leshar Frantiars Private Limited v. Ahmed Usaam Nalamala 2022/HC-A/230 (2022/HC-A/230, High Court of the Maldives, 9 February 2025)
ލެޝަރ ފްރަންޓިއަރސް ޕްރައިވެޓް ލިމިޓެޑް ވ. އަހްމަދު އުސާމް ނަލަމަލަ
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކިކުރުމަކީ އަންފެއަރ ޑިސްމިސަލެއް ކަމަށް ކަނޑައަޅައި، ވަޒީފާއަށް ރުޖޫޢަކޮށް، ވަކިކުރި ތާރީޚުން ފެށިގެން މުސާރައާއި ޢިނާޔަތާއި ނޯޕޭ މުއްދަތުގެ ފައިސާ ނަގައިދިނުމަށް ނިންމިއެވެ.
ރިސޯޓެއްގެ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން އައު ނުކޮށް ވަކިކުރުމުން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. ވަކިކުރުމުގެ ކުރިން 2021 ޖޫނުން އޮކްޓޫބަރާ ހަމައަށް އޭނާ ނޯޕޭ ލީވުގައި ހުރިއެވެ.
ކުންފުނިން ބުނީ މުވައްޒަފު އެހެން ތަންތަނުގައި ވަޒީފާ އަދާކުރިކަމަށާއި ބަދަލަކީ ބޭއިންސާފު މުއްސަނދިކަމެއް ކަމަށެވެ. މުވައްޒަފު ބުނީ ހަވާލާދިން ޤަޟިއްޔާތަކުގެ ޙާލަތު ތަފާތުކަމަށާއި، އާމްދަނީގެ މިންވަރު ކުންފުންޏަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.
މައިގަނޑު ސުވާލު
ނުޙައްޤުން ވަޒީފާއިން ވަކިކުރި މުވައްޒަފު ވަޒީފާއަށް ރުޖޫޢަކުރުމުގައި ވަކިކުރި ތާރީޚުން ފެށިގެން މުސާރައާއި ޢިނާޔަތް ނަގައިދިނުމުގައި، އެ މުއްދަތުގައި އެހެން ވަޒީފާއަކުން ނުވަތަ މަސައްކަތަކުން ލިބުނު އާމްދަނީ އުނިކުރަންޖެހޭތޯ، އަދި އެ އާމްދަނީ ސާބިތުކުރުމުގެ ބުރަ އޮތީ ކާކުގެ މައްޗަށްތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ބަދަލުން އެހެން އާމްދަނީ އުނިކުރަން ނިންމި؛ ނޯޕޭ މުއްދަތުގެ ފައިސާ ޤާއިމް)
ސުޕްރީމް ކޯޓުގެ އަސްފާޤް ވަހީދު ޤަޟިއްޔާއަށް ތަބާވެ، ދެ އާމްދަނީ ލިބުމުގެ ބޭއިންޞާފު ކުޑަކުރުމަށް އެހެން އާމްދަނީ އުނިކުރަންޖެހޭ ކަމަށާއި، އެ އާމްދަނީ ސާފުކުރުމުގެ ބުރަ އޮތީ ބަދަލު ލިބޭ ފަރާތުގެ މައްޗަށް ކަމަށް ކަނޑައަޅައި، ނޯޕޭ މުއްދަތުގެ ފައިސާ ދިނުން ދެމެހެއްޓިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޓްރައިބިއުނަލް ނުވަތަ ކޯޓުން މުވައްޒަފަކު ވަޒީފާއަށް ރުޖޫޢަކުރަން އަމުރުކުރާއިރު ގެއްލިފައިވާ މުސާރައާއި ޢިނާޔަތް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަމެއް ނަމަވެސް، މުޅި މުއްދަތުގެ އެންމެހާ މުސާރައާއި ޢިނާޔަތް ނަގައިދިނުން ކޮންމެހެން ލާޒިމެއް ނޫނެވެ؛ އެހެން ތަނެއްގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ އެކަމަށް ރިޢާޔަތްކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15، ސުޕްރީމް ކޯޓުގެ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/maldives_airports_company_limitedu_v_asfaaqu_waheed_2019_SC_A_36/"><bdi class="salj-latin" dir="ltr">2019/SC-A/36</bdi></a> އަށް ތަބާވެ)
- ބަދަލު ލިބޭ ފަރާތުން އަދާކުރި ވަޒީފާތަކާއި މަސައްކަތްތަކުން ލިބުނު އާމްދަނީ އެނގޭނީ އެ ފަރާތަށް ކަމަށްވާތީ، އެ އާމްދަނީ އެކަށީގެންވާ ގޮތެއްގައި ސާފުކުރަންޖެހޭނީ ބަދަލު ލިބޭ ފަރާތުގެ ކިބައިންނެވެ؛ އެ އާމްދަނީ ސާބިތުކުރުމުގެ ބުރަ ބަދަލު ދޭންޖެހޭ ފަރާތުގެ މައްޗަށް އެޅުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- އެއް މުއްދަތަކަށް ދެ މުސާރައެއް ނުވަތަ ދެ އާމްދަނީއެއް ނަގައިދިނުމުން ލިބޭ ބޭއިންޞާފު ކުޑަކުރުމަށްޓަކައި، ބަދަލު ލިބެންޖެހޭ މީހާ އެ މުއްދަތުގައި ލިބުނު އާމްދަނީ ބަޔާންކޮށް ނުދޭނަމަ، އެފަދަ ވަޒީފާއަކުން ނުވަތަ މަސައްކަތަކުން ލިބޭނެކަމަށް ޤަބޫލުކުރެވޭ މިންވަރެއް ނަގައިދެވޭ ބަދަލުން އުނިކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާގެ ކަންކަން އަލުން ހަމަޖެހޭ ދުވަހާ ހަމައަށް މުސާރައާއި ޢިނާޔަތް ނަގައިދޭންޖެހޭނީ، އެ މުއްދަތުގައި އެހެން ވަޒީފާތަކުން ނުވަތަ އާމްދަނީ ލިބޭ މަސައްކަތްތަކުން ލިބުނު މިންވަރު އުނިކޮށްފައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 19)
- ވަޒީފާގައި ހުރިއިރު ނޯޕޭ ލީވަށް ފޮނުވާލާފައިވާ މުއްދަތަށް ލިބެންޖެހޭ ފައިސާ ނަގައިދިނުމަކީ ރަނގަޅު ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
މުޙައްމަދު ތާޢީދު ކުރެއެވެ . މައްސަލައިގެ ތަޢާރަފު:
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 22VTR/20/38 މައްސަލަ އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤނނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ލެޝަރ ފްރޮންޓިއަރސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ލެޝަރ ފްރޮންޓިއަރސ" ނުވަތަ "އިސްތިއުނާފުކުރާ")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ލ.ހިތަދޫ / ނަލަމަލަ / އަޙްމަދު އުސާމް (މީގެ ފަހުން "އަޙްމަދު އުސާމް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2އަޙްމަދު އުސާމަކީ 15 އޮކްޓޫބަރު 2019 އިން ފެށިގެން ލެޝަރ ފްރޮންޓިއަރސް އިން ހިންގާ ރިސޯޓެއްކަމަށްވާ ސިކްސް ސެންސަސ ލާމް ރިސޯޓުގެ ޕަބްލިކް އޭރިއާ ކްލީނަރއެއްގެ މަޤާމުގައި ވަޒީފާއަދާކުރަމުންދިޔަ ފަރާތެކެވެ. އޭނާގެ ވަޒީފާގެ މުއްދަތަކީ 10 (އެކެއް) އަހަރު ދުވަސްކަމަށް ދެފަރާތް ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 3.1 ގައި ބަޔާންކޮށްފައިވެއެވެ.
3އޭގެ ފަހުން އަޙްމަދު އުސާމުގެ ވަޒީފާ ހައުސްކީޕަރ ރަނަރ އަކަށް ބަދަލުކުރެވިފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އަދި ވަޒީފާގެ މުއްދަތު 15 އޮކްޓޫބަރު 2020 ގައި ހަމަވުމުން، ވަޒީފާގެ މުއްދަތު އިތުރު 01 (އެކެއް) އަހަރު ދުވަހަށް އިތުރުކުރެވިފައިވާކަމަށް ބުނެއެވެ. ރަޖިސްޓްރޭޝަން ނަންބަރު: 0495/2013-C އައި.ޑީ ކާރޑް ނަންބަރު: ލެޓަރ އޮފް އެޕޮއިންޓްމަންޓް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގެ ޖަވާބު ފޯމުގެ 24. ވަނަ ނުކުތާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގެ ޖަވާބު ފޯމުގެ 4.3 ވަނަ ނުކުތާ
4އެގޮތުން 15 އޮކްޓ ބަރު 2020 ގައި އިތުރުކުރެވުނު 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތު ހަމަވުމުން އަޙްމަދު އުސާމުގ ވަޒީފާގެ އެއްބަސްވުން އައު ނުކުރުމަށް ނިންމާ އަޙްމަދު އުސާމު 21 އޮކްޓޫބަރު 2021 ގައި ވަޒީފާއިން ވަކިކުރިއެވެ.
5އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާއިން އަޙްމަދު އުސާމު ވަކިކޮށްފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާއި، އަދި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް، ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތައް ފުރިހަމަނުކޮށް ކަމަށްވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ގަވާއިދާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އެއްވެސް ޙާލެއްގައި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލަ ނިމުމާ ހަމައަށް ޙައްޤުވާ މުސާރައާއި އެހެނިހެން އިނާޔަތްތައް އެކީ އެއްފަހަރާ ނަގައިދިނުމަށާއި، އަދި ވަޒީފާއާބެހޭ ޤާނ ނ ޚިލާފަށާ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އިތުރު 01 (އެކެއް) މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް އެދި އަޙްމަދު އުސާމު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. މިމައްސަލަ ޓްރައިބިއުނަލުން ބަލާފައިވަނީ، އޓްރައިބިއުނަލްގެ ނަންބަރު:2VTR/202/38 މައްސަލައިންނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް:
6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:38/VTR/2022 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލަ ނިންމާފައިވަނީ؛ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ބެލިއިރު، އަޙްމަދު އުސާމް (ނަލަމަލަ ) (ދިވެހި ރައްޔިތެއްކަން އަންގައިދޭ 15 އޮކްޓޫބަރު 2019 އިން ފެށިގެން ލެޝަރ ފްރޮންޓިއަރސ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުންދާ ސިކްސް ސެންސަސ ލާމް ރިސޯޓުގައި "ހައުސްކީޕިންގ ރަނަރ" މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، އަޙްމަދު އަޙްމަދު އުސާމު ވަޒީފާއިން ވަކިކުރުމަށް ނިންމި ސިޓީ (21 އޮކް ޓބަރު 2021) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ހުށަހަޅާ ފޯމް (އެންޓްރީ ނަންބަރ: 2202/406) އުސާމ ވަޒީފާއިން ވަކިކޮށްފައިވަނީ ދެފަރާތް ދެމެދުގައި ވެފައިވާ އެއްބަސްވުމާއި، ޤާނ ނ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤަނޫނު) އާ ޚިލާފަށްކަމަށްވާތީ، އަޙްމަދު އުސާމ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމެއްނެތިކަމަށް ކަނޑައަޅުއްވާދެއްވުމަށާއި، އަޙްމަދު އުސާމްއަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އަޙްމަދު އުސާމަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، އަޙްމަދު އުސާމަށ މައްސަލް ނިމުމާއި ހަމައަށް ވޭތުވެދިޔަ ދުވަސްތަކަށް ދޭންޖެހޭ މުސާރައާއި ދައުވާ ފޯމުގެ 7.5 ގައި ބަޔާންކޮށްފައިވާ މުސާރައާއެކު އިނާޔަތްތައް އެކީ އެއްފަހަރާ ދިނުމަށާއި، އަޙްމަދު އުސާމ ވަޒީފާއާބެހް ޤާނ ނ ޚިލާފަށާ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެފަރާތަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އިތުރު 01 (އެކެއް) މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށްއެދި އަޙްމަދު އުސާމްގެ ފަރާތުން ލެއިޝަރ ފްރޮންޓިއަރސ ޕްރައިވެޓް ލިމިޓެޑަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގައި، އަހްމަދު އުސާމ އާއް ލެއިޝަރ ފްރޮންޓިއަރސ ޕްރައިވެޓް ލިމިޓެޑް ދެމެދާ ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ ޤާނ ނ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާފަދަ، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްކަމުގައި ބުރަވެވޭހިނދު، އަޙްމަދު އުސާމ ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟ ޢީ ޢަދުލުވެރިކަން (substantive fairness) އަދި އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރެވިފައިނުވާކަމަށް ކަނޑައަޅައި، ލެއިޝަރ ފްރޮންޓިއަރސ ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން އަޙްމަދު އުސާމް ވަކިކުރި ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއްނެތް، ޤާނ ނ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފު، އަންފެއަރ ޑިސްމިސަލް (unfair Dismissal) އެއްގެ ގޮތުގައި ކަނޑައަޅައި، ޤާނ ނ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން އަޙްމަދު އުސާމް އަދާކުރަމުންދިޔަ މަޤާމަށް އެފަރާތް އަނބުރާ ރުޖ ޢަކުރުމަށާއި، އަޙްމަދު އުސާމަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، އަޙްމަދު އުސާމް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، އަޙްމަދު އުސާމް ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރައާއި ޢިނާޔަތތަކާއް 2021 ވަނަ އަހަރު ޖޫން، ޖުލައި، އޮގަސްޓު، ސެޕްޓެންބަރު އަދި އޮކްޓޫބަރު މަހުގެ ނޯޕޭގައި ހުރިކަމަށް މައްސަލަ ރައްދުވި ފަރާތުންބުނާ މުއްދަތަށް އަޙްމަދު އުސާމަށް އުޖރައިގ ގޮތުގައެ ލިބެންޖެހި ފައިސާއެކީ އެއްފަހަރާ ނަގައިދިނުމަށް ކަނޑައަޅައި، އިސްވެބަޔާންކުރެވުނު އެންމެހައި ކަންކަން މިއަދު (16 ޖ ން 2022) އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޛުކުރުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ލެއިޝަރ ފްރޮންޓިއަރސް ޕްރައިވެޓް ލިމިޓެޑަށް އަންގާ އަމުރުކޮށް، މިމައްސަލަ ނިންމައިފީމެވެ ". މިފަދައިންނެވެ. މިމައްސަލައިގއަ އަޙްމަދު އުސާމަށް ގެއްލުމުގެ ބަދަލު ނަގާދީފައިވަނީ އޭނާއަށް ނުޙައްޤު މުއްސަނދިކަމެއް ލިބޭ ގޮތަށްކަމަށް ބަޔާންކޮށް ލެޝަރ ފްރޮންޓިއަރސްގެ ފަރާތުން އެމައްސަލައިގެ އެބައި ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އިސްތިއުނާފީ ނުކުތާ:
7ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2VTR/202/38 މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ލެޝަރ ފްރޮންޓިއަރގެ ފަރާތުން ތިރީ ގައިވާ ނުކުތާ ހުށަހަޅާ އެނުކތު އާ އާ ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކު ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާއާ ކ:
1.7.ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފުރައްދުވާ ފަރާތާއި އެއްކޮޅަށް ނަގާދީފައިވާ ގެއްލުމުގެ ބަދަލަކީ ސުޕްރީމް ކޯޓު ނަންބަރު 2019/SC-A/67 (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ) އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަހީދު) ގައި ކަނޑައަޅާފައިވާ އުސލުތަކާއި ޚިލާފަށް، އިސްތިއުނާފުރައްދުވާ ފަރާތަށް ބޭއިންސާފު މުއްސަނދިކަމެއްލިބޭ ގޮތަށް ނަގާދީފައިވާ ބަދަލެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
8އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާ ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތއާ އާ ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.8.އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާ ތަފްސީލްކުރަމުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-A/36 (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަހީދު) އާއި ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-A/27 (ޢަލީ ވަހީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2A/2-2019/SC (ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން) އަށް ރިޢާޔަތްކޮށް، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރަންވީ ކަންކަން ސުޕްރީމް ކޯޓު ނަންބަރު A/67-CS2019/ (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ) ގައި ޖުމްލަގޮތެއްގައި ބަޔާންކޮށްފައިވާކަމަށެވެ. މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، އިސްތިއުނާފު ރައްދުވާ ފަރާތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގެއްލުމުގެ ބަދަލު ނަގާދި ނުމުގައ އިސްތިއުނާފި ރައްދުވާ ފަރާތުން ވަޒީފާއިން ވަކިކުރުމުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން ނުވަތަ ނޫންކަން އަދި ވަޒީފާ ވަކިކުރުމަށް ފަހުގައި ހިނގާ ދިޔަ މުއްދަތުގެ ތެރޭގައި، ވަޒީފާ އަދާކުރާ ފަރާތުން އާމްދަނީ ހޯދުމުގެ ގޮތުން ވަޒީފާއެއް އަދާކޮށްފައިވާކަން ނުވަތަ މަސައްކަތެއް ކޮށްފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަށަވަރުކޮށްފައިނުވާކަމަށެވެ.
2.8.އިސްތިއުނާފު ކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އީމެއިލްއިންވެސް ޖ ން 2021 އިން އޮކްޓޫބަރު 2021 ގެ ނިޔަލަށް ހިނގާދިޔަ މުއްދަތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެހެން ވަޒީފާއެއް އަދާކޮށްފައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި މި މުއްދަތުގެ މުސާރައާއި އިނާޔަތް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަގާދީފައިވަނީ ރަނގަޅަށްނ ންކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތް އެހެން ވަޒީފާއެއް އަދާކުރަމުންދާތީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއަށް ރުޖޫޢަކުރުމާއި ހަމައަށް ގެއްލުމުގެ ބަދަލު ނަގާދީފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
9އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2VTR/202/38 މައްސަލއިގައަ އިސްތިއުނާފި ރައްދުވާފަރާތަށް ގެއްލުމުގެ ބަދަލު ނަގާދީފައިވަނީ ސުޕްރީމް ކޯޓު ނަންބަރު 2019/SC-A/67 (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ) ޤަޟިއްޔާ އަދި ސުޕްރީމް ކޯޓުގެ ނަންބަރު: 2019/SC-A/36 (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަހީދު) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލްތަކާއި ޚިލާފަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭ ގޮތަށްކަމަށް ކަނޑައަޅައިދީ، އިސްތިއުނާފު ރައްދުވާ ފަރާތަށް ގެއްލުމުގެ ބަދަލު ދޭންނުޖެހޭކަމަށް ކަނޑައަޅައިދީ ޙުކުމެއް ކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
10އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ޖަވާބު ތަފްޞީލްކޮށް އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފޞް ލްކޮށީ ވާހަކަ ދައްކާފައިވެއެވެ. މިތަފޞް ލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚލު ޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.10.އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތަށް ނަގާދީފައިވާ ބަދަލަކީ ނުޙައްޤު މުއްސަނދި ކަމެއްކަމަށް ބަޔާންކޮށްފައިވީނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ނުހައްޤު މުއްސަނދިކަމެއް ނަގައިދިނުން މާނަކޮށްފައިވާ ހާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރެވޭ ދުވަހާއި ދެމެދުގައި ހިނގާ މުއްދަތުކަމަށާއި، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ޙާލަތަކީ އިސްތިއުނާފުކުރ ފަރާތުން ފާހަގަކޮށްފައިވާ ސުޕްރީމް ކޯޓުގާ ޤަޟިއްޔާތަކުގައި ފާހަގަކޮށްފައިވާ ޙާލަތާއި ތަފާތު ޙާލަތެއްކަމަށެވެ.
2.10.އިސްތިއުނާފު ރައްދުވާ ފަރާތަކީ ޖޫން 2021 އިން ފެށިގެން އޮކްޓ ބަރު 2021 ގެ ނިޔަލަށް އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާގައި ދެމިހުރި މީހެއްކަމަށާއި، މި ޙާލަތަކީ ހަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ފާހަގަކޮށްފައިވާ ހާލަތު ނ ންކަމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަގާދީފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 50 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތަށް ހައްޤުވާ މުސާރަކަނ ސާފުކޮށް އެނގެން އޮންނަކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާ އަދާކުރިކަމަށް ބަޔާންކޮށް ހުށަހެޅި އީމެއިލްއަކީ އޭގެ ރަސްމީ ލިޔުމެއް އެނގެން ނެތް ފަރުދުންގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 11.1 އަށް ބެލުމުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބުނު އާމްދަނީގެ މިންވަރު އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައިނުވާކަން ފާހަގަކުރާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
11އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2VTR/202/38 ނިންމުން ނިންމާފައިވަނީ ރަނގަޅަށްކަމަށާއި، ނިންމު ން ބާޠިލްކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅާދެއްވައި އަމުރުކޮށްދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް :
12މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2VTR/202/38 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ލެޝަރ ފްރޮންޓިއަރގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައަ ދައްކާފައިވާ ވާހަކަތކަ ށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
13މިމައްސަލަ އިސްތިއުނާފު ކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އިސްވެ ބަޔާންކުރެވުނު ނުކުތާ އެކަންޏެވެ. މިގޮތުން އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފު ރައްދުވާ ފަރާތަށް ބަދަލު ނަގާދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 9 8 2019/SC-A/67 އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލްތަކާއި ޚިލާފަށް، ބޭއިންސާފު މުއްސަނދިކަމެއް ލިބޭގޮތަށްކަމަށެވެ.
14މިގޮތަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ މައިގަނޑު ސަބަބަކީ އިސްތިއުނާފު ރައްދުވާ ފަރާތުން 03 ޖުލައި 2021 އިން 05 ސެޕްޓެނބަރް 2021 ގެ ނިޔަލަށް "ކޮކޯ ޕާމް ދުނިކޮޅު" ރިސޯޓުގައި ބޯޓް ކެޕްޓަނެއްގެ މަޤާމުގައި މަސައްކަތް ކުރިކަމަށާއި 09 ސެޕްޓެންބަރު 2021 އިން ފެށިގެން "ޑަބްލިއު މޯލްޑިވްސް" ގެ ޖނިއަރ ބޯޓު ކެޕްޓަނެއްގެ މަޤާމުގައި މަސައްކަތްކޮށްފައިވާކަމުގެ މައުލމާތ އިސްތިއުނާފުކުރު ފަރާތަށް ލިބިފައިވާތީކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އެހެންކަމުން، ޖޫން 2021 އިން އޮކްޓޫބަރު 2021 ގެ ނިޔަލަށް ހިނގާދިޔަ މުއްދަތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެހެން ވަޒީފާއެއް އަދާކޮށްފައިވާތީ، އިސްތިއުނާފުކުރާ ފަރާތަށް ގެއްލުމުގެ ބަދަލު ނަގައި ދިނުމުގައި މި މުއްދަތުގެ މުސާރައާއި އިނާޔަތް ނަގާދީފައިވަނީ ރަނގަޅަށް ނ ންކަމަށެވެ.
15ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤް ވަހީދު ޤަޟިއްޔާގައި ވަޒީފާއަށް އަނބުރާ ރުޖއަކުރުމަށ ޓްރައިބިއުނަލުން ނުވަތް ކޯޓުނަ އަމުރުކުރާއިރު އެމުވައްޒަފަކަށް އެމުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި ޢިނާޔަތްތައް ދޭން އަމުރުކުރުމަކީ ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް އެމުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށާއި ނަމަވެސް މުޅި މުއްދަތުގެ އެންމެހާ މުސާރަ އާއި އިނާޔަތްތައް އެކުގައި ނަގައި ދިނުން ކޮންމެހެން ލާޒިމު ނ ންކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ލިބޭ ގެއްލުން ކުޑަކުރުމުގެ މަސްއ ލިއްޔަތަކީ ކޮންޓްރެކްޓާ ޚިލާފުވި ފަރާތްނނ އަނެއް ފަރާތުގެ މަސްއ ލިއްޔަތެއްކަމަށާއި، މުވައްޒަފަށް ދެވޭ ބަދަލު ކަނޑައެޅުމުގައި ބޭއިންސާފު މުއްސަނދިކަމެއް ލިބޭ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤް ވަހީދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާ (ޢަލީ ވަހީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ)) ގޮތަށް އަމުރުކުރުމަކީ އިންސާފުވެރިގޮތެއް ނޫންކަމަށާއި، މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި އެހެން ތަނެއްގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ އެކަމަށް ރިޢާޔަތްކުރަންވާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
16ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލައިގައި ބަދަލު ނަގާދީފައިވާ ގޮތަށް ބަލާއިރު، ޖ ން 2021 އިން ފެށިގެން އޮކްޓޫބަރު 2021 ގެ ނިޔަލަށްވާ މުސާރަ ނަގާދީފައިވަނީ، އެމުއްދަތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ނޯޕޭ ލީވްއަށް ފޮނުވާލާފައިވާކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅި ލިޔުންތަކުން އެނގެން އޮތުމުގެ އިތުރުން، މި މުއްދަތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އާމްދަނީ ހޯދުމުގެ ގޮތުން މަސްވެރިކަން ކޮށްފައިވާކަމަށް ދެފަރާތުގެ ބަހުން އެނގެން އޮތްނަމަވެސް، މަސްވެރިކަނ ކޮށްގެން ހޯދާފައިވާ އާމްދަނީގެ މިންވަރަކީ ކޮބައިކަން އިސްތއުނާފި ކުރު ފަރާތަށް ސާބިތުކޮށްދެވިފައިނުވާތކަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 11.1 އަށް ބެލުމުން އެނގެން އޮވެއެވެ.
17ޕްރިސިޑެންސް 2ޕްރިސިޑެންސް 3ޙަވާލާދެވުނު ސުޕްރީމު ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤް ވަހީދު ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ ގޮތަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި އެހެން ތަނެއްގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ އެކަމަށް ރިޢާޔަތް ކުރުމުގައި، މުސާރަ އާއި އިނާޔަތްތައް ނުވަތަ ބަދަލު ނަގައިދެވޭ ފަރާތުގެ ކިބައިން އެކަންކަން އެކަށީގެންވާ ގޮތެއްގައި ސާފުކުރަންޖެހޭނެކަމަށް ދެކެމެވެ. އެހެނީ، ބަދަލު ލިބޭ ފަރާތުން އަދާކުރި ވަޒީފާތަކާއ ކުރި މަސައްކަތްތަކުން ލިބުނު އާމްދަނީއަކީ ކޮބައިކަން އެނގޭނީ އެފަރާތަށެވެ. ބޭނުމަކީ އެއްމުއްދަތަކަށް ދެ މުސާރައެއް ނުވަތަ ދެ އާމްދަނީއެއް ނަގައިދެވުމުނ އަނެއް ފަރާތަށް ލިބޭ ބޭއިންޞާފު ކުޑަކުރުމެވެ. ބަދަލު ލިބެންޖެހޭ މީހާ އެމުއްދަތުގެ ތެރޭގައި އެހެން ވަޒީފާއެއް އަދާކުރިކަން ނުވަތަ އާމްދަނީ ލިބޭ އެހެން މަސައްކަތްތަކެއ ކުރިކަން، ބަދަލު ދޭންޖެހޭމީހާ ބަޔާންކޮށްދިނުމުގެ، އެއަދާކުރް ވަޒީފާއިން ނުވަތަ އެކުރި މަސައްކަތުން ލިބުނު މުސާރައެއް ނުވަތަ އާމްދަނީއެއް ސާބިތުކޮށްދިނުމުގެ ބުރަ އޮތީ ބަދަލު ދޭންޖެހޭ ފަރާތުގެ ކިބައިގއަކަމަށްވާނަމަ، އެކަމަކީ ހަމަޖެހޭކަމެއްކަމަށް ނުފެނެވެ. އެޙާލަތުގައި،
11 .މި މައްސަލައިގައި ޙުކުމް އިއްވި އިރު، މި ނުކުތާގައި "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމު ގައި ބަޔާންކުރެވިފައިވަނީ ލިޔުމުގެ ކުށެއްގެ ސަބަބުންނެވެ. ރަނގަޅު ގޮތަކީ އިންތިއުނާފުކުރާ ފަރާތެވެ. އެއާދާކުރި ވަޒީފާއަކުން ނުވަތަ ކުރިމަސައްކަތަކުނ ލިބުން މުސާރައެއް ނުވަތަ އާމްދަނީއެއް ބަދަލު ލިބެންޖެހޭ މީހާ ބަޔާންކޮށް ނުދޭނަމަ، އެފަދަ ވަޒީފާއެއް އަދާކޮށްގެނ ލިބޭނެކަމަށް ޤަބ ލުކުރެވޭ އަދި އެފަދަ މަސައްކަތެއް ކޮށްގެން ލިބޭނެކަމަށް ޤަބޫލުކުރެވޭ މިންވަރެއް ނަގައިދެވޭ ބަދަލުން އުނިކުރަންޖެހޭކަމަށް ދެމެވެ.
18ޕްރިސިޑެންސް 4ވީމާ، އިސްތިއުނާފު ރައްދުވާ ފަރާތް، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އަނބުރާ ވަޒީފާގެ ކަންކަން ހަމަޖެހޭ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތައް ނަގައިދޭންޖެހޭނީ، އެމުއްދަތުގައި އޭނާ އަދާކުރި އެހެން ވަޒީފާތަކުން ނ ނ އޭނާ އާމްދަނީ ލިބޭގޮތަށް ކުރި މަސައްކަތްތަކުން ލިބުނު މިންވަރެއް ބަލައި އެމިންވަރެއް އުނިކޮށްފައެވެ.
19ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުން އެނގޭކަމަކީ، ވަޒީފާއިން ވަކިކުރި މުއްދަތުގައި އަޙްމަދު އުސާމް މަސްވެރިކަނ ކޮށްފައިވާކަން ދެ ފަރާތުގެ ބަހުން އެނގޭކަމެވެ. މިކަން ސާފުކޮށް އެނގެން އޮތްއިރު، އިސްތިއުނާފު ރައްދުވާ ފަރާތް، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އަނބުރާ ވަޒީފާގެ ކަންކަން ހަމަޖެހޭ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތައް ނަގައިދޭންޖެހޭނީ، އެމުއްދަތުގައި އޭނާ އަދާކުރި އެހެން ވަޒީފާތަކުން ނ ނ އޭނާ އާމްދަނީ ލިބޭގޮތަށް ކުރި މަސައްކަތްތަކުން ލިބުނު މިންވަރެއް ބަލައި އެމިންވަރެއް އުނިކޮށްފައެވެ.
20ޕްރިސިޑެންސް 5ނަމަވެސް، މިމައްސަލައިގައި ބަޔާންކުރާ ޖޫން 2021 އިން ފެށިގެން އޮކްޓޫބަރު 2021 ގެ ނިޔަލަށް އިސްތިއުނާފު ރައްދުވާ ފަރާތް ނޯޕޭލީވްގައ ހުރި މުއްދަތަށް ލިބެންޖެހޭ ފައިސާ ނަގައިދިނުމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށް ދެކެމެވެ.
21ބަޔާންވެދިޔަ ސަބަ ބުތައ އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2VTR/202/38 މައްސަލަ އިސްތިއުނާފުކުރުމަށް ލެޝަރ ފްރޮންޓިއަރސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް އެނިންމުން ބާޠިލު ކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމާއި، ނަމަވެސް މުސާރަ އާއި އިނާޔަތްތައް ނަގައިދެވޭ މުއްދަތުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް އެހެން ވަޒީފާތަކުނ ނުވަތް އޭނަ އާމްދަނީ ލިބޭ ގޮތަށް ކުރި މަސައްކަތްތަކުން ލިބުނު މިންވަރެއް ބަލައި އުނިކުރަންޖެހޭ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:38/VTR/2022 މައްސަލައިގެ އެބަޔަށް ބަދަލުގެންނަން ޖެހެއެވެ.
22މިމައްސަލައިގއަ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
23މިމައްސަލައިގއަ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
24މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (އ) (ޓްރައިބިއުނަލުގެ ނިންމުމުގައި)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤް ވަހީދު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 (ޢަލީ ވަހީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ))
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/67 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (އިސްތިއުނާފުގެ މުއްދަތު)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް