ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/338
ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. ފާޠިމަތު ސަންހާ، 2018/HC-A/338
Judicial Service Commission v. Fathimath Sanhaa 2018/HC-A/338 (2018/HC-A/338, High Court of the Maldives, 21 January 2020)
ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. ފާޠިމަތު ސަންހާ
މައްސަލައިގެ ޚުލާޞާ
ބަދަލަކީ އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން ގެނައި ބަދަލެއް ކަމުން ޤަވާއިދާ އެއްގޮތަށް ކުރި ބަދަލެއް ނޫންކަމަށް ކަނޑައަޅައި، 15 ދުވަހުގެ ތެރޭގައި ބަދަލު އިޢާދަކޮށް މުސާރައާއި ޢިނާޔަތްތައް ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކުރިއެވެ.
ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އޮފިސަރަކު، މަޝްވަރާއާއި ރުހުމެއްނެތި ލ.މާވަށު މެޖިސްޓްރޭޓް ކޯޓަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބަދަލުކުރިއެވެ. ބަދަލުކުރީ އޭނާގެ އަޚްލާޤީ މައްސަލަތަކާ ގުޅިގެން ކޯޓުން ފިޔަވަޅަކަށް އެދުމުން، ވަޒީފާއިން ވަކިކުރެވެން ނެތުމުންނެވެ. ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ކުރިން 18 ޖުލައި 2016 ގައި އޭނާ ވަޒީފާއިން ވަކިކުރިއެވެ.
ދައުލަތުން ބުނީ ޓްރައިބިއުނަލުން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 74 ވަނަ މާއްދާގެ (ށ) މާނަކޮށް ތަޠްބީޤުކުރީ ރަނގަޅަށް ނޫން ކަމަށާއި، އިޞްލާޙީ ފިޔަވަޅާބެހޭ އުޞޫލާ ޚިލާފަށް ނިންމި ކަމަށާއި، ވަޒީފާއިން ވަކިކުރެވި ޙާލަތު ބަދަލުވެފައިވާއިރު އެކަމަށް ރިޢާޔަތްނުކޮށް ވަޒީފާ އިޢާދަކުރަން އެންގުމަކީ A/2014-52/SC އާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
ޝަރުޢީ ދާއިރާގެ މުވައްޒަފަކު އަޚްލާޤީ މައްސަލަތަކާ ގުޅުވައި އެހެން ކޯޓަކަށް ބަދަލުކުރުމަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 74 ވަނަ މާއްދާގެ ދަށުން ކުރެވޭނެ ކަމެއްތޯ، އަދި ބަދަލުކުރުމަށްފަހު ވަޒީފާއިން ވަކިކުރެވިފައިވާއިރު ކުރީގެ މަޤާމަށް އިޢާދަކުރަން އަމުރުކުރެވޭނެތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި؛ ބަދަލުކުރުން ޤަވާއިދާ ޚިލާފުކަމަށް ނިންމި ބައި ޤާއިމް، އިޢާދަކުރުމުގެ އަމުރު ބާޠިލުކޮށް ވަކިކުރުމާމެދު ބެލުމަށް ޓްރައިބިއުނަލަށް ތަޙްވީލުކުރި
ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 74 ވަނަ މާއްދާއަކީ ހިންގުން ހަރުދަނާކުރުމަށް ބަދަލުކުރުމުގެ މާއްދާއެއް ކަމުން އަޚްލާޤީ މައްސަލައަކަށް ފިޔަވަޅެއްގެ ގޮތުން ބަދަލުކުރުން ޤަވާއިދާ އެއްގޮތެއް ނޫނެވެ. ނަމަވެސް މައްސަލަ ހުށަހެޅުމުގެ ކުރިން ވަކިކުރެވިފައިވާތީ، ވަކިކުރުމަށް ނުބަލައި އިޢާދަކުރަން އެންގުމަކީ އިންސާފުވެރި ނަތީޖާއެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 74 ވަނަ މާއްދާގެ މާނަ ކުރެވޭނީ މުޅި މާއްދާ އެކުއެކީ ކިޔުމުން ކަމާއި، އޭގެ މަޤްޞަދަކީ އިދާރީ ގޮތުން ކޯޓެއްގެ ހިންގުން ހަރުދަނާކުރުމަށް މުވައްޒަފުން ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 74 ވަނަ މާއްދާއަކީ މުވައްޒަފެއްގެ އަޚްލާޤީ މައްސަލަތަކެއް ހުރެގެން ފިޔަވަޅެއްގެ ގޮތުން އެހެން ކޯޓަކަށް ނުވަތަ އިދާރާއަކަށް ބަދަލުކުރުމުގެ ހުއްދަ ދޭ މާއްދާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ވަޒީފާއިން ވަކިކުރެވެން ނެތުމުން އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން މުވައްޒަފަކު އެހެން ކޯޓަކަށް ބަދަލުކުރުމަކީ ޤަވާއިދުގެ 74 ވަނަ މާއްދާއާ އެއްގޮތަށް ކުރި ބަދަލެއް ކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ވަޒީފާއިން ވަކިކުރުމާއި އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުކުރުމަކީ ވަކި ދެ މައުޟޫޢެއްގެ ދަށުން ބެލެންޖެހޭ ކަންކަން ކަމުން، މައްސަލަ ހުށަހެޅުމުގެ ކުރިން މުވައްޒަފު ވަޒީފާއިން ވަކިކުރެވިފައިވާނަމަ، އެ ވަކިކުރުމަށް ބެލުމެއްނެތި ވަޒީފާ އަނބުރާ ދިނުމަށް އަމުރުކުރުމަކީ އިންސާފުވެރި ނޫން ނަތީޖާއެއް ނިކުމެދާނެ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- އިސްތިއުނާފުކުރާ މުއްދަތު ހަމަވުމަށްފަހު މަޤްބޫލު ސަބަބެއް މެދުވެރިވެގެން ހުށަހަޅާފައިވާކަމަށް ސުޕްރީމް ކޯޓުން ނިންމައިފިނަމަ، ހައިކޯޓުން އެ އިސްތިއުނާފު ބަލައިގަނެ ކުރިއަށް ގެންދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ހ))
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 73 ވަނަ މާއްދާ އަދި 74 ވަނަ މާއްދާ (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ސުޕްރީމް ކޯޓުގެ ނަންބަރު A/2014-52/SC
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް