ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/260
ޖަޢުފަރު ރަޝީދު ވ. ޢަލީ ޢަބްދުއްރަޙީމް، 2017/HC-A/260
Jaufaru Rasheed v. Ali Abdul Raheem 2017/HC-A/260 (2017/HC-A/260, High Court of the Maldives, 25 April 2019)
ޖަޢުފަރު ރަޝީދު ވ. ޢަލީ ޢަބްދުއްރަޙީމް
މައްސަލައިގެ ޚުލާޞާ
ތަން ޙަވާލުކުރުމަށްފަހު ކުލި ހިނގުމަކީ ކުލީގެ ޢާއްމު އުޞޫލެއް ނޫންކަމާއި، އެޑްވާންސް ފައިސާއިން ކުލި، ޔުޓިލިޓީ ބިލު އަދި މަރާމާތުގެ ޚަރަދު ކެނޑުނު ގޮތް ޘާބިތުކޮށްދިނުމަކީ ޖަޢުފަރު ރަޝީދުގެ ޒިންމާއެއްކަމަށާއި، އެ ފައިސާއަކީ އަނބުރާ ދޭންޖެހޭ ފައިސާއެއް ނޫންކަން ޘާބިތުކޮށްދެވިފައި ނުވާތީ ދަޢުވާގައި އެދިފައިވާ ގޮތަށް ސިވިލް ކޯޓުން ޙުކުމްކުރި ކަމަށް ޙުކުމުގެ ބައިން ފެނެއެވެ.
ޢަލީ ޢަބްދުއްރަޙީމްގެ ފަރާތުން ޖަޢުފަރު ރަޝީދަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގެ ދަށުން އެޑްވާންސް ފައިސާގެ ގޮތުގައި ފައިސާ ދީފައިވާކަން ދެފަރާތުގެ ބަހުންނާއި އެއްބަސްވުމުން އެނގެން އޮތެވެ.
މައިގަނޑު ސުވާލު
ބިމާއި އިމާރާތް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގެ ދަށުން އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާ އަނބުރާ ދޭންޖެހޭތޯ ބެލި މައްސަލައެއް ކަމަށް ދަށުކޯޓުގެ ޙުކުމުގެ ބައިން ފެނެއެވެ. ހައިކޯޓުން ނިންމަންޖެހުނު ސުވާލުތައް ލިޔުމުން ކިޔައިނުލެވެއެވެ.
- ޚިލާފު ރައުޔު
- ނެތް