ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/54
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު އައިދު ސަޢީދު، 2024/HC-B12/54
Prosecutor General v. Mohamed Aidhu Saeed 2024/HC-B12/54 (2024/HC-B12/54, High Court of the Maldives, 4 November 2024)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު އައިދު ސަޢީދު
މައިގަނޑު ސުވާލު
ދަށުކޯޓުން މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުމާމެދު، އިސްތިއުނާފުގެ 10 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ އިޖުރާއަތު ނުފުރިހަމަކޮށް ޢާންމު އިސްތިއުނާފެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި އިސްތިއުނާފު ހައިކޯޓަށް ބަލައިގަނެވޭނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ފޯމުތައް ބާޠިލު (އިސްތިއުނާފު މުއްދަތު ފާއިތުވުމަށްފަހު ހުށަހެޅި)
ކަނޑައެޅުނު އުޞޫލުތައް
- އެއް ނިންމުމަކުން ނިންމާފައިވާ، ޤާނޫނީ އެއް ނުކުތާއެއްގެ މައްޗަށް އިސްތިއުނާފުކުރެވިފައިވާ ގިނަ ޤަޟިއްޔާތައް، ސުޕްރީމް ކޯޓުގެ 2018/SC-A/31 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު' އަށް ރިޢާޔަތްކޮށް، ފަނޑިޔާރުންގެ އެއް ބެންޗަކުން އެކުއެކީގައި ބަލައި، އެއް ޝަރީޢަތްނިމުނުގޮތެއްގެ ރިޕޯޓެއް ލިޔެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3)
- މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމާ ނިންމުމެއް އިސްތިއުނާފުކުރުމުގެ މުއްދަތަކީ ނިންމުން ނިންމާތާ 10 ދުވަސް ކަމާއި، މުއްދަތު ހަމަވެފައިވާ މައްސަލަތައް އިސްތިއުނާފުކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ އިޖުރާއަތުކަން ދެފަރާތުން އެއްބަސްވާ ކަމެއްގެ ގޮތުގައި ކޯޓުން ބަލައިގެންފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޤާނޫނަކުން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާ ގަވާއިދަކުން ވަކި ބާވަތެއްގެ މައްސަލައެއް އިސްތިއުނާފުކުރުމަށް މުއްދަތެއް ކަނޑައަޅާފައިވާނަމަ، އެ މައްސަލަތަކުގައި އިސްތިއުނާފުގެ މުއްދަތަކީ އެ ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ކަނޑައެޅިފައިވާ މުއްދަތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާއި (ރ) ގައިވާ އިޖުރާއަތަކީ އިސްތިއުނާފުގެ މުއްދަތު ފާއިތުވިފަހުން އިސްތިއުނާފުކުރަން އެދޭނަމަ ހުށަހެޅޭނެ މައި ދޮރެވެ. މުއްދަތުގައި ހުށަނޭޅުނީ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބަކާހުރެކަން ހުށަހަޅާ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ މިންވަރަށް ސާބިތުކޮށްދީފިނަމަ، އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- މުއްދަތު ފާއިތުވިފަހުން އިސްތިއުނާފު ހުށަހެޅި މަޤްބޫލު ސަބަބެއް އޮތްތޯ ބެލުމަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ފަނޑިޔާރުން ވަޒަންކުރަންޖެހޭ ކަމެކެވެ. އެ މާއްދާގެ ދަށުން އެފަދަ ހުށަހެޅުމެއް ނުހުށަހަޅާ، އިޖުރާއަތު ދޫކޮށް ޢާންމު އިސްތިއުނާފެއްގެ ގޮތުގައި ހުށަހަޅާ މައްސަލައެއްގައި އެފަދަ ސަބަބެއް ވުޖޫދުގައިވާކަން ވަޒަންކުރެވިދާނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 26)
- ހައިކޯޓުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް ހުށަހެޅުމަކީ 29 ވަނަ މާއްދާގެ ދަށުން މަޤްބޫލު ސަބަބެއް ހުށަހެޅުމުގެ ބަދަލެއް ނޫނެވެ. ދަށުކޯޓުގެ މަޙްޟަރު ލިބުން ލަސްވުން ފަދަ ސަބަބުތަކަކީ ރަޖިސްޓްރާރ ވަޒަންކުރާނެ ކަމެއް ނޫނެވެ. އަދި 'އިދާރީ އޮޅުމެއް' ގެ ސަބަބުން މުއްދަތުގައި އިސްތިއުނާފު ހުށަނޭޅުމަކީ ކޯޓުން ދިފާޢުކޮށްދޭނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24–27)
- ހައިކޯޓުގެ ގަވާއިދު 2011 ގެ 29 ވަނަ މާއްދާ (ށ)، (ނ)، (ރ)
- ހައިކޯޓުގެ ގަވާއިދު 2011 ގެ 17 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 156 ވަނަ މާއްދާ (ހައިކޯޓުގެ ގަވާއިދު ހަދާފައިވާ ބާރު)
- ސުޕްރީމް ކޯޓުގެ 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތައް ވ. ފުރަނަ ހޯލްޑިންގްސް) ޤަޟިއްޔާ
- ފަނޑިޔާރުންގެ ޢާންމު މަޖިލީހުގެ FAM/2021/02 (27 ޖަނަވަރީ 2021) އުޞޫލު (މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު)
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އިބްރާހީމް ޝަމީލް
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، އިސްފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް