ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/021
އިބްރާހީމް ޝަރީފް ވ. ޢަބްދުއްރަޝީދު، 2019/HC-A/021
Ibrahim Shareef v. Abdhurasheedhu 2019/HC-A/021 (2019/HC-A/021, High Court of the Maldives, 17 March 2021)
އިބްރާހީމް ޝަރީފް ވ. ޢަބްދުއްރަޝީދު
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ގަންނަ ފަރާތުގެ އިލްތިޒާމްތައް ފުރިހަމަކޮށްފައިވާކަން ސާބިތުނުވާތީ، އެއްބަސްވުން ނިންމާލި ނޯޓިސް ބާޠިލެއްނޫންކަމަށާއި، އެދިފައިވާ ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ޙުކުމްކުރިއެވެ.
އެޗް.ޑީ.ސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އިސްތިއުނާފު ރައްދުވި ފަރާތަށް ލިބިފައިވާ ހުޅުމާލޭ ރޯހައުސް، 800,000 ރުފިޔާ ދައްކައި އަދި އެޗް.ޑީ.ސީއަށް ބާކީ ފައިސާ 4 އަހަރު ތެރޭ ދައްކައިގެން ގަތުމަށް 2012 ގައި ދެފަރާތް އެއްބަސްވިއެވެ. އެޗް.ޑީ.ސީއަށް ފައިސާ ނުދައްކާތީ ނޯޓިސް ދިނުމުން، ވިއްކާ ފަރާތުން 2017 ގައި އެއްބަސްވުން ނިންމާލިއެވެ.
އިސްތިއުނާފުކުރި ފަރާތް ބުނީ ދައްކާފައިވާ 800,000 ރުފިޔާ އަނބުރާ ނުދިނުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނާއި ޝަރީޢަތާ ޚިލާފު ކަމަށާއި، އެއްބަސްވުމުގެ 7 ވަނަ މާއްދާއަށް ރިޢާޔަތްނުކުރި ކަމަށެވެ. ރައްދުވި ފަރާތް ބުނީ ދަށު ކޯޓުގެ ޙުކުމް ރަނގަޅު ކަމަށެވެ.
މައިގަނޑު ސުވާލު
ރޯހައުސް ވިއްކުމުގެ އެއްބަސްވުމަށް ގަންނަ ފަރާތް ޚިލާފުވެ، ވިއްކާ ފަރާތުން އެއްބަސްވުން ނިންމާލުމުން، އެއްބަސްވުމުގެ 7 ވަނަ މާއްދާގައިވާ ބަދަލާއި ދައްކާފައިވާ ފައިސާ ގަންނަ ފަރާތަށް ހޯދައިދެވޭތޯ.
ނިންމި ގޮތް
ނިންމުމުގެ ބައި ލިޔުމުގައި ނެތް (ޕެރ. 16 އާ ހަމައަށް ތަޙުލީލުގައި އިސްތިއުނާފުކުރި ފަރާތުގެ ނުކުތާ ބަލައިނުގަނެ)
ގަންނަ ފަރާތް ޚިލާފުވިކަމުގެ ކަނޑައެޅުމާ އިސްތިއުނާފުގައި ސުވާލުނުކުރެއެވެ. ފަރާތްތަކުގެ ދެމެދު 10 ޖުލައި 2012 ގައި ވެފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ފަހު ޖުމްލައިން ޚިލާފުވާ ޙާލަތް އިސްތިސްނާކުރާތީ، ޚިލާފުވި ގަންނަ ފަރާތަށް އެ މާއްދާގެ ދަށުން ބަދަލު ނަގައިނުދެވޭނެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދެވޭނީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ލިބޭ ގެއްލުމުގެ ބަދަލެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14، 16)
- އިސްތިއުނާފުކުރާ ފަރާތް އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމަކީ ރަނގަޅުނޫން ކަމެއް ނުވަތަ ޤާނޫނާ ޚިލާފު ކަމެއް ކަމަށް އިސްތިއުނާފުގައި ފާހަގަނުކޮށްފިނަމަ، އެ ކަނޑައެޅުމަށް ބަދަލު ގެނެވޭނެ ބިންގަލެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- އެއްބަސްވުމެއްގެ މާއްދާއެއްގައި ބަދަލުދޭނެ ގޮތް ބަޔާންކުރުމަށްފަހު، ފަރާތަކުން އެއްބަސްވުމާ ޚިލާފުވެގެން ދިމާވާ މައްސަލަ އޭގައި ނުހިމެނޭނެކަމަށް ބަޔާންކޮށްފައިވާނަމަ، އެއީ އިސްތިސްނާއެއް ކަމުން، އެއްބަސްވުމާ ޚިލާފުވި ފަރާތަށް އެ މާއްދާގެ ދަށުން ބަދަލު ނަގައިނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
1މިއީ ސިވިލް ކޯޓުގެ ނަންބަރު 159/Cv-C-HD/2017 ޤަޟިއްޔާގައި ނިންމާފައިވަނީޝަރުޢުއަދ ޤާނޫނީ އާޞްލުތަކްޚިލާފަށ ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް،ހއ.ކެލާ/ރަތްކެޔޮގެ އިބްރާހީމެ ޝަރީފްގްގާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުނާބަލފައިވާ ޤަޟިއްޔިއެކެވެ.މ ޤަޟިއްޔާގައ އިސްތިއުނާފުރައްދުވާ ފަރާތަކީ،[…] / ޢަބްދުއްރަޝީދު އޮވެ.
2ހުޅުމާލެ ލޮޓް ނަންބަރު 10248 (ސަންގު 8) ރޯހައުސްވިއްކުމަށްޓަކައި، ހުޅުމާލެ ޑިވެލްޕްމަންޓ ކޯޕަރޭޝަނ ލިމިޓެޑް (އެޗް.ޑީ.ސީ.) އާއި […] /ޢަބްދުއްރަޝީދު ދެމެދާ އެއްބަސްވުމެއވެފައ ވެއެވެ. މި އެއްބަސްވުމުގެ ދަށުން އެރޯހައުސް ވިއްކާ އަގަކީ، 1127400ރ (އެއްމިލިއަން ސަތޭކ ހަތާވީސ ހާސް ހަތަރުސަތޭކަ ރުފިޔާ) އެވެ.
3އިސްވެބުނެވުނު ހުޅުމާލެ ލޮޓް ނަންބަރު 10248 (ސަންގު 8)، ދަފްތަރު ނަންބަރު 3773/ އިބްރާހީމު ޝަރީފަށް ވިއްކުމަށްޓަކައި މިދެފަރާތުގެ ދެމެދު 10 ޖުލައި 2012 ވަނަ ދުވަހު އެއްބަސްވުމެއް ވެފައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު HDC/RHS/07/048 "ހުޅުމާލޭން އިންފާރުން ގުޅިފައި ހުންނަ ގެ (ރޯހައުސް) ވިއްކުމުގެ އެއްބަސްވުން" ވެއެވެ.މި އެއްބަސްވުމަށްފަހު ޢަބްދުއްރަޝީދުގެ ފަރާތުން އެޗްޑިސީއަށް ދައްކަންޖެހޭ ފައިސާ ދައްކާނާ އިބްރާހީމް ޝަރީފްކަން އެނގެއެވެ.
4ރޯހައުސް ގަތުމަށް ޢަބްދުއްރަޝީދާއި އެޗްޑީސީއ ދެމެދާ ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން އެޗްޑީސީއަށ ފައިސް ނުދައްކާތީ ފައިސާ ދެއްކުމަށް 08 ފެބުރުވަރީ 2017 (ފުރަތަމަ ނޯޓިސް) އާއި 30 ޖުލައި 2017 (ދެވަނަ ނޯޓިސް) ގައި އެޗްޑީސީން ޢަބްދުއްރަސީދަށް ދީފައިވެއެވެ. އެދެނޯޓިހުގައިވެސް ފައިސާ ދެއްކުމަށް ދީފައިވަނީ 30 (ތިރީސް) ދުވަހުގެ މުއްދަތެއް ކަމާއި ފުރަތަމަ ދެވުނު ނޯޓިހާ އެއްގޮތަށް ފައިސާ ދައްކާފައިނުވާކަން ދެވަނަ ނޯޓިހުގައި ފާހަގަ ކޮށްފައިވާކަން އެނގެއެވެ.
5މާދެފަރާތާގު ދެމެދުގައި ވެފައިވްއެއްބަސްވުމާއިބްރާހީމް ޝަރީފްޚިލާފުވެފައިވްކަމަށަ ބަޔާންކޮށް އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށާއި ރޯހައުސް 5 ދުވަހުގެ ތެރޭގައި ޢަބްދުއްރަޝީދްހަވާލުކުރުމަށ އިބްރާހީމް ޝަރީފަށް އަންގައި 16 ޖުލައި 2017 ގައި ސިޓީއެއް ފޮނުވާފައި ވެއެވެ.މިސިޓީއަށް ބަލާއިރު އާބްރާހީމ ޝަރީފް އެއްބަސްވުމާޚިލް ފުވެފައިވީ ގޮތް ބަޔާންކޮށްފައިވަނ؛ "...އެއްބަސްވުމުގެ ދަށުން އެއްބަސްވުން ޤާއިމްކުރެވުނު ތާރީޚުން ފެށިގެން އެއްބަސްވުމާއި އެއްގޮތަށް ތިޔަފަރާތާއި ރޯހައުސްހަވާލުކުރެވިފައާ ވީއިރު، އަދި ރޯހައުސްއިން ލިބޭނެ އާމްދަނީއަކީވެސް ތިޔަފަރާތަށް ސީދާ ގޮތުން ލިބެމުންދިޔަ އާމްދަނީއެއް ނަމަވެސް، އެއްބަސްވުމުގ 4 (ހަތަރެއް) ވަނަ މާއްދާގެ ދަށުން އެމާއްދާގައި ބަޔާންކުރާ މުއްދަތުގައި ތިޔަ ފަރާތުން ފުރިހަމްކުރަންޖެހޭ ޒިންމާއާއި ކަމަށްވާ، ރޯހައުސްގެ ބާކީ ފައިސ "ހުޅުމާލެ ރޯހައުސް ސަންގު 8 (އަށެއް) ވިއްކާލުމުގެ އެއްބަސްވުން" -އެއްބަސވުމާއެއްގޮތަށ ފައިސް ދައްކަމުން ނުދާތީ، ފައިސާ ދެއްކުމަށް އަންގާ ދެވޭ ފުރަތަމަ ޕޭމަންޓް އެޑްވައިސް (ނަންބަރ -HDC(161) F/NOTICE/2017/44 (08 ފެބުރުވަރީ 2017) - އުއްބަސްވުމާއެއްގޮތަށ ފައިސް ދައްކަމުން ނުދާތީ، ފައިސާ ދެއްކުމަށް އަންގާ ދެވޭ ދެވަނަ ނޯޓިސް (ނަންބަރ F/NOTICE/2017/215-HDC(161) (30 ޖުލައި 2017) 16 ޖުލައި 2017 ވަނަ ދުވަހު […] / ޢަބްދުއްރަޝީދުގެ ފަރާތުން، އިބްރާހީމް ޝަރީފްއަށް ފޮނުވާފައިވާ ސިޓީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަށް ދައްކާ ޚަލާސް ކޮށްފައިނުވާކަމާއި، އަދި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް ދައްކަންޖެހޭ މަހުފުވެސ ބަރާބަރަށް ދައްކާފައިނުވާތީ އަދި މުއްދަތު ފަހަނައަޅައި ދިޔައިރް ވެސް ފައިސާ ދައްކާ ޚަލާސ ކުރުމަށް ވާހަކަ ދެއްކެވޭ ކޮންމެ ފަހަރަކުވެސ ވީހާވެސް އަވަހަކަށް ދައްކާ ޚަލާސް ކުރާންކަމަށ ބުނިނަމަވެސް އެގޮތުގެ މަތިން ފުރުޞަތު އިތުރުކުރެވޭތާ އަހަރަކަށްވުރެ ގިނަދުވަސް ވީއިރުވެސް ފައިސާދައްކާ ޚަލާސްކޮށްފައިނުވްކަމާއި އެހެނަކަމުން މިކަމަކީ އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައިވާ މާއްދާއަކާއި ކަނޑައެޅިގެން ޚިލާފުވުންކަން ފާހަގަކުރަމެވެ. ވުމާއިއެކު އެއްބަސްވުމުގެ ދަށުނ ތިޔަފަރާތަށ އަދާކޮށް ފުރިހަމީކުރަންޖެހޭ ޒިންމާ އެއްބަސްވުމުގެ ދަށުން އަދާކޮށް ފުރިހަމާކޮށްފައިނުވާތިއާއ އަދި އެއްބަސްވުމާ ތިޔަ ފަރާތުން ޚިލާފުވެފައިވާތާއާއި، އަދި އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތު ހަމަވެފައިވާތީ، ފައިސ ދެއްކުމަށް އިތުރު ފުރުޞަތެއް ނުދިނުމަށް ނިންމަމެވެ." މިފަދައިންނެވެ.
6ބުނެވިދިޔަ ސިޓީގެ ޖަވާބުގައި 23 ޖުލައި 2017 ގައިޢަބްދުއްރަޝީދަށާއިބްރާހީމް ޝަރީފްގެ ފަރާތުނ ފޮނުވާފައިވީނޯޓިސްގައި ފާހަގަ ކޮށްފައިވަނީ 16 ޖުލައި 2017 ގައި ޢަބްދުއްރަޝީދުގެ ފަރާތުން ސިޓީ ފޮނުވުމަހަމައަށުރޯހައުސް ވިއްކާލުމުގެ އެއްބު ސްވަން ދެމެހެއްޓެމަށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި،ރްހައުސްއަށ ދައްކަންޖެހޭ ފައިސާގެ ބޮޑުބައެއް ދައްކައި ނިންމާފައިވާނެ ކަމަށާއި،އެއްބަސްވުމުގައިވާ ގޯތި ވިއްކުމުގެ އެއްބަސްވުމާއި އެއްގޮތަށް ފުރިހަމަ ކުރުމަށް ޤާނޫނީ ގޮތުނ ޢަބްދުއްރަޝީދުގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތަކެއް ވާކަން ހަދާންކޮށްދީ އެކަންނިންމައާއަންގތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ނުދެއްކި ބާކީވާ ފައިސާ ދައްކައިނިންމަން ބޭނުންވާ ކަމަށާއި، މިކަންކަން ފުރިހަމްކުރުމަށ ތަކުރާރުކޮށް ދަންނަވަމުނ ދަނިކޮށް، 16 ޖުލއަ 2017 ގައި ފައިސާ ނުދައްކާ ކަމަށްބުނިތަން ހަވާލުކުރަންއަންގާފައިވާތީ ހައިރާންކަން ލިބފައިވާކަމަށާއި، މިކަންކަން 7 -ޢަބްދުއްރަޝީދުއާއި ޢަބްދުއްރަޝީދުގެ އަނބިދަރީން މި މުޢާމަލާތާމެދު އިއުތިރާޟު ނުކުރާކަމާއެ އެފަރާތްތަކަށް ދިރިއުޅުވޭނޭ ބޯހިޔާވަހިކަމެއް ހަމަޖެހިފައިވުމާއި، ފައިސާ ދެއްކުމުން ރޯހައުސްގެ މިލްކުވެރިކަން ބަދަލުކުރުމަށް ޤާނޫނީ ގޮތުން ހުރަހެއް ދިމާނުވާނޭކަމުގ ޔަގީންކަން ދިނުން ހިމެނޭކަމަށް ދުވަހުގެ ތެރޭގައި ނިންމުމަށާއި އަދި އެމުއްދަތުގެ ތެރޭގައި އެކަންކަން ނުނިންމައިފިނަމަޝަރީޢަތަށ މައްސަލަ ހުށަހަޅާނެ ކަމަށާއި ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށީއިބްރާހީމް ޝަރީފްގެ ފަރާތުނ ޚަރަދުވެފައިވާ ފައިސާއަށް ޢަބްދުއްރަޝދުގެ ފަރާތުން ޒިންމާ އުފުލަންޖޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
7އިސްވެ ބުނެވުނުނޯޓިހުގައި އިބްރާހީމް ޝަރީފުގެ ފަރާތުންއޭނާގެ ވަކީލްމުޙައްމަދ ނިޔާޒު ޢަބްދުއްރަޙްމާނެފާހަގ ކޮށްފައިވަ ކަންކަމަކީ ޙަޤީޤަތާ ޚިލާފިކަންތައްތަކެއް ކަމަށާއި އަދި އެއްބަސްވުމުގ މުއްދަތު ހަމަވިފަހުން އިތުރު ޝަރުޠުތައް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ލިބިގެން ނުވާކަމަށާއި އެނޯޓިހަށ އިންކާރުކޮށް އިބްރާހީމާ ޝަރީފްގްހެޔޮނިޔަތާމެދ ސުވާލު އުފެދިފައިވްކަމަށ ބަޔާންކޮށް މައްސަލަ ޝަރީޢަތަށްހުށަހަޅައިގެންހައްލު ހޯދުމަށް ނިންމާފައިވާ ކަމަށު އިބްރާހީމް ޝަރީފަށް ޢަބްދުއްރަޝީދު 24 ޖުލައި 2017 ގައި އަންގައި ސިޓީ ފޮނުވާފައިވާކަން އެނގެއެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ:
8ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ބިންމަތީގެ ޢަބްދުއްރަޝީދަށް ވިއްކުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝްން ލިމިޓެޑާއި ޢަބްދުއްރަޝީދުއ ދެމެދާ ވެފައިވާ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރ HDC/RHS/07/048 (04 ފެބްރުއަރީ 2007) އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހުޅުމާލެ ލޮޓް ނަންބަރ 10248 (ސަންގު 8) ނަމަކަށްކިޔާ ރޯހައުސް އިމާރާތް ހއ.ކެލާ/ރަތްކެޔޮގެ، އިބްރާހީމު ޝަރީފަށް ވިއްކުމަށް ޢަބްދުއް ރަޝީދުއާއި އިބްރާހީމް ޝަރީފާ ދެމެދު 10 ޖުލައި 2012 މިތާރީހުގައި ވެފައވި އެއާބަސްވުމާއި އެއްގޮތަށް ރޯހައުސް ވިއްކުމުގެ މުޢާމަލާތް ފުރިހަމަކޮށް އެއްބަސްވުމުގައިވާ ގޮތުގެމަތިން އިބްރާހީމް ޝަރީފަށް މިލްކުވެރިކަން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމަށް ޢަބްދުއްރަޝީދު ދެކޮޅުހަދައި އެއްބަސްވުން ބާޠިލްވެފައިވާކަމަށް ފޮނުވާފައަވ ނޯޓިހޯކީ ބާޠިލެންޓިހާއްކަމަށާއި އެއްބަސްވމު އެއްގޮތަށް އިބްރާހީމް ޝަރީފަށް އެރޯހައުސްގެ މިލްކުވެރިކަން ބަދަލުކުރުމަށް ޢަބްދެއްރަޝީދަށް އެންގުމަށާއި އަދި އެކަމަށް އިންކާރުކުރާ ނަމަ އެއްބަސްވުމުގ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން 4,074,543/04 (ހަތަރުމިލިޔަން ހަތްދިހަހަތަރުހާސް ފަސްސަތޭކަ ސާޅީސްތިނ ރުފިޔާ ހަތަރިލާރި) ޢަބްދުއްރަޝީދުގެ އަތުން އިބްރާހީމް ޝަރީފަށް ދިނިމަށް އަންގައްދިނުމަށް އެދްއިބްރާހީމ ޝަރީފްގެ ފަރާތުން ޢަބްދުއްރަޝީދުގެ މައްޗަށި ސިވިލް ކޯޓް (ހުޅުމާލެ ޑިވިޜަން)އަށް މައސަލް ހުށަހެޅަ އެވެ. އެ މައްސަލަ ސިވިލް ކޯޓުން ނިންމިގޮތް:
9އެމައްސަލަ ސިވިލް ކޯޓުގެ ނަންބަރު 159/Cv-C-HD/2017 ޤަޟިއްޔާގައި ބަލައި ނިންމާފައިވަނީ؛ "ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން […] ޢަބްދުއްރަޝީދުއަށް ވްއްކުމަށް ހުޅުމާލެ ޑިވެލޮޕްމަންޓްކޯޕަރޭޝަން ލިމިޓެޑާއި ޢަބްދުއްރަޝީދުއާއ ދެމެދި ވެފައިވާ ހުޅުމާލުޑިވެލޮޕްމަންޓ ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރ HDC/RHS/07/048: (04 ފެބްރުއަރީ 2007) އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހުޅުމާލެ ލޮޓް ނަންބަރ 10248 (ސަންގު 8) ނަމަކަށްކިޔާ ރޯހައުސް ޢިމާރް ތ ހއ. ކެލާ ރަތްކެޔޮގެ އިބްރާހް މ ޝަރީފަށް ވިއްކުމަށް ޢަބްދުއުރަޝީދުއާއި އިބްރާހީމް ޝަރީފްއާ ދެމެދު 10 ޖުލައި 2012 މިތާރީޙުގައި ވެފައިވާ އެއްބަސްވުމާ އއްގޮތަށެ އިބްރާހީމް ޝަރީފް އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށް ފުރިހަމީކޮށްފައް ވާކަން ޝަރީޢަތަށް ސާބިތުނުވާތ ހުޅުމާލެ ލޮޓް ނަންބަރ 10248 (ސަންގު 8) ނަމަކަށްކިޔާ ރޯހައުސް އިމާރާތާއި ބެހޭގޮތުން ޢަބްދުއްރަޝީދުއާއި އިބްރާހީމް ޝަރީފްއްދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށުގެނެސ ރޯހައުސް ޢަބްދުއްރަޝީދާއި ޙަވާލު ކުރުމަށް އިބްރާހީމެ ޝަރީފަށް އަންގާ ޢަބްދުއްރަޝީދު ފޮނުވާފައިވާ ނޯޓިސްއަކީ ބާޠިލު ނޯޓިހީއ ކަމަށް އަދި އިބްރާހީމް ޝަރީފްގެ ފަރާތުން ޢަބްދުއްރަޝީދުގެ އަތުން ލިބިދިނުމަށް އެދިފައިވާ ފައިސާއަކީ ޢަބްދުއްރަޝީދުގެ އަތުން އިބްރާހީމް ޝަރީފަށް ލިބިދޭންޖެހޭ ފައިސާއެއްކަމަށް ޝަރީޢަތުންކަނޑައަޅާންތަނެއ ނެތްކަމަށް އަންގައޮޙުކުމ ކޮށްފީމެވެ. މިފަދައިންނެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާ:
10ސިވިލް ކޯޓުގެ ނަންބަރު 159/Cv-C-HD/2017 ޤަޟިއްޔާދިވެހިރާއްޖޭގެ ހައިކޯޓުގައްއިސްތިއުނާފ ކުރުމަށް އިބްރާހީމެ ޝަރީފްގިފަރާތުނާއަންނަނިވްނުކުތާތައާހުށަހަޅައި އެނުކުތެތަކ ގުޅޭ ގޮތުން މިކޯޓުގ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
10.1 އިބްރާހީމް ޝަރީފްއާއި ޢަބްދުއްރަޝީދު ދެމެދު ހުޅުމާލެ ލޮޓް ނަންބަރ 10248 (ސަންގު 8) ނަމަކަށް ކިޔާ ރޯހައުސް ވިއްކުމަށް 10 ޖުލައި 2012 ގައި ސޮއި ކޮށްފައިވާ އެގްރީމެންޓްގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާގެ ދަށުން އެތަންގަތުމަށްޓަކައި ޢަބްދުއްރަޝީދަށި އިބްރާހީމް ޝަރީފާދައްކާފައވ 800,000/- (އށަ ލައްކަ) ރުފިޔާއަކީ އަނބުރާ ދައްކަންޖެހޭނެ ފައިސާއެއްނޫނެކަމަށިއިސްތިއުނާފުކުރެވިފައިމިވ ދަށާ ކޯޓުގު ޤަޟިއްޔާގައީނިންމާފައިވާ ނިންމަމަކީ ކޮންޓްރެކްޓާބެހޭ ގާނޫނުތަކާއި، އިސްލާމީ ޝަރާޢާތ ޚިލާފަށާ ނިންމފައިވ ނިންމުމެކެވެ.
10.2 ސިވިލް ކޯޓުގެ ނަންބަރު 159/Cv-C-HD/2017 ޤަޟިއްޔާ ނިންމާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގ 7 ވަނަ މާއްދާއަށް ރިޢާޔަތް ނުކޮށް ކަމުގައިވުމެވެ.
11މ މައްސަލައިގައި އިބްރާހީމް ޝަރީފްގެ ފަރާތުން އެދިފި އިވަނީ، ދަށު ކޯޓުގެ ޤަޟިއްޔާގަޙުކުމް ބާޠުލ ކޮށްދިނުމަށާއި، އިބްރާހީމް ޝަރީފްއާއި ޢަބްދުއްރަޝީދު ދެމެދާ ހުޅުމާލެ ލޮޓް ނަންބަރ 10248 (ސަންގު 8) ކިޔާ ރޯހައުސް ވިއްކުމަށް 10 ޖުލައި 2012 ގައި ސޮއި ކޮށްފައިވާ އެގްރީންޓުގެ 1 ވަނަ މާއްދާއާއި 2 ވަން މާއްދާގަ ދަށުން އެތަން ގަތުމަށްޓަކައި ޢަބްދުއްރަޝީދަށްއިބްރާހީމ ޝަރީފް ދައްކާފައިވާ 800,000/- (އަށް ލައްކަ ރުފިޔާ) އާއި އެޗް.ޑީ.ސީ.އަށް އިބްރާހީމް ޝަރީފް ދައްކާފައިވާ ފައިސާއާއި އެގްރިމެންޓުގެ 7 ވަނަ މާއްދާގައި ބުނެފައިވާ ފައިސާއަކީ ޢަބްދުއްރަޝީދުގެ ފަރާތުން އިބްރާހީމް ޝަރީފަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި ދިނުމަށެވެ.
12މި މައްސަލައިގައި ޢަބްދުއްރަޝީދު އެދިފައިވަނީ ދަށު ކޯޓުގެ ޤަޟިއްޔާއަކީދެފަރާތުގެ ދެމެދުގައި ރޯހައުސް ގަތުމަށް ކުރެވިފައިވާ އެއްބަސްވުމާ ކަނޑައެޅިގެނިއިބްރާހީމް ޝަރީފެޚިލާފުވ ޚިލާފުވުންތަކެއްގެމައްޗަށާއެއ މައްސަލައިގެ ވަށައިގެންވާ އ ންމެހައި ކަންތައްތަކަށް ބެލުމަށްފަހު އެކޯޓުނާނިންމފައިވާ ޤަޟިއްޔާއެއް ކަމަށް ޤަބޫލުކުރާކަމަށާއި،އާ ޤަޟިއްޔާގައި ޙައްޤު ލިބެންވާ ފަރާތށަ ޙައްޤް ލިބިދޭ ގޮތަށް ނިންމުފައިވ ކަމަށާއި އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއްނެތ ކަމަށް ކަނޑައަޅައިދީ މި މައްސަލަ ނިންމައި ދިނުމަށެވެ. އިބްރާހީ މ ޝަރީފްއި ޢަބްދުއްރަޝީދު ދެމެދު ވެވުނު އެއްބަސްވުނ:
1310 ޖުލައި 2012 ވަނަ ދުވަހު، އިބްރާޙީމް ޝަރީފްއާއި ޢަބްދުއްރަޝީދުއ ދެމެދާ ވެފައިވާ އެއްބަސްވުމަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
13.1 ވުއްކާފަރާތައް ދިގުމުއްދަތުން އަގިއަދާކުރްގޮތަށް ހުޅުމާލެ ހައުސުންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާން ލިބިފައިވާ ރުހައުސް ވިއްކެފަރާތުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާއެކު ވިއްކުމަށް އެއްބަސްވިއެވެ.
13.2 އިސްވެބުވުނު ޝަރުޠުތަކަކީ:
13.2.1އެގްރީމެންޓްގައ ސޮއި ކުރި ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައިގަންނ ފަރާތުން ވިއްކާފަރާތަށް 300,000ރ (ތިންލައްކަ ރުފިޔާ) ހަވާލު ކުރުމާއި،އެގްރީމެންޓްގައި ސޮއި ކުރާ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ގަންނަ ފަރާތުން ވިއްކާފަރާތަށް 500,000ރ (ފަސްލައްކަ ރުފިޔާ) ހަވާލުކުރުމާއި،އެފައިސާ ޙަވާލުކުރުމުން ޢިމާރާތް ގަންނަ ފަރާތް ޙަވާލުކުރުމާއި، ޢިމާރާތް މިލްކްވަންދެން ތަނަނ ގެއްލުމެއް ނުދީ ބެލެހެއްޓުމާއި މަހު ފީއަށްވ ފައިސާ ބަރާބަރަށް އެޗް.ޑީ.ސީއަށް ގަންނަފަރާތުން ދެއްކުމެވެ.
13.2.2ރޯހައުސް މިލްކުކުރުމަށްޓަކައްއެޗްޑީސީއަށި ބާކީ ދައްކަންޖެހޭ ފައިސާ އެގްރީމެންޓްގައ ސޮއިކުރާ ދުވަހުން ފެށިގެން 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތުގައި ގަންނަ ފރާތުނަ ދައްކަންޖެހެއެވެ.
13.2.3ދެފަރާތުގެ ދެމެދުގައި އުފެދޭ މައްސަލަތައް ޙައްލުކުރުމަށް އެއްބަސްވެފައިވާ ގޮތް އެއްބަސްވުމުގ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "އެގްރީމެންޓްގެ އެއްވެސް ހިސާބަކުން މައްސަލަޖެހި އެގްރީމެންޓް ކުރިޔަށް ނުގެންދެވޭނަކަމަށ ފެނިއްޖެނަމަ އެއްފަރާތުން އަނެއްފުރާތަށް ވާހަކްދައްކައިގެން ވީ އެންމެ މަސްލަހަތު ރަގަޅުގޮތަކަށ އެކަމެއް ހައްލެކުރާނި އެވޮ. މ ގޮތުން ހައްލު ނުވެއްޖެނަމަ އިތުރު ފަރާތެއް މެދުވެރިކްށްގެނ ގޮތެއް ނިންމާނީއެވެ. މިގޮތުންވެސިހައްލަ ނުވެއްޖެނަމަ، ގަންނަ ފަރާތުން ވިއްކާ ފަރާތާއި ހަވާލުކޮށްފައުވާ ޖުމްލަ ފައިސަ އާއާ އަދި ހުޅުމާލޭ ހައާސިނ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާށް އެދުވަހު ހަމައަށް ދެއްކިފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދް ފައިސާއާއ އަދި ތަނުގަ އިތުރު މަރާމާތެއ ކުރުމަށް ޚަރަދެއަކުރެވިފައިވުނަމަ އެފައިސާ އެކުޖުމްލ ޢަދަދުގެ އިތުރަށް އަހަރަކު 20% (ވިހި ޕަސަންޓް) ގެ ޢަދަދަށްވ ފައިސާ ގަންނަ ފަރާތަށްއެއްފަހަރ ދޭން އެއްބަސާވެއެވެ. މިގޮތުން ގަންނަފަރާތ ނުވަތް ވިއްކާފަރާތް މިއެގްރީމަންޓާ ޚިލާފުވެގެން ދިމާވާ މައްސަލައެއް ނުވަތަ މައްސަލަތަކެއް ނުހިމެނެއެވެ." މިފަދައިންނެވެ. އިސްވ ބަޔާންވެ ދިޔަ ކަންތައްތަކުގެ މައްޗަށް ބަލާއިރު، ރޯހައުސް ގަތުމަށްޓަކައި އިބްރާހީމް ޝަރީފް ޢަބްދުއްރަޝީދަށް ދެފަހަރެއްގެ މަތިން އެކުޖުމްލ -/800،000 ރ (އައްލައްކަ ރުފިޔާ) ދޭންޖެހޭ ކަމާއި އެފައިސާ ދެއްކުމުން ރޯހައުސް އިބްރާހީމް ޝަރީފާ ޙަވާލުކުރެވޭނެ ކަމާއި އަދި އެއަށްފަހު އެތްނ މަރާމާތުކޮށް ބެލެހެއްޓުމާއި ޢަބްދުއްރަޝީދުގެ ފަރާތުން އެޗީ.ޑޭ.ސީއަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަކީ އިބްރާހީމް ޝަރީފްގެ މައްޗަށް އޮތް ޒިންމާއެއްކަން އެނގާކަމާއ އަދި އެޗް.ޑީ.ސީއަށް ދައްކަންޖެހޭ ފައިސ 04 (ހަތަރެއް) އަހަރުދުވަހުގެ ތެރޭގައިދައްކައި ނިންމަންވާނެ ކަން އެނގޭއިރު، އިބްރާހީމް ޝަރީފާ އެތަން ޙަވާލުކުރިފަހުން ވޭތުވެދިޔަ މުއްދަތުގައި އެޗީ.ޑީ.ސީއަށް ފައިސް ދައްކާފައިވަނީ އެކުޖުމްލ 04 ފަހަރެއްގެ މަތިން ކަމާއި، އެއްބަސްވުންބާޠިލްކުރިކަމަށް ޢަބްދުއްރަޝީދު،އިބްރާހީމް ޝަރީފަށް އަންގާފައިވަނީ އެއްބަސްވުމާ އެއްގޮތަށް ޢަބްދުއްރަޝީދުގެ ފަރާތުން އެޗީ.ޑް.ސީއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އެފައިސާ ދެއްކުމަށް އެޗީ.ޑް.ސީން ޢަބްދުއްރަޝީދަށ ނޯޓިސް ދިންފަހުން ކަމާއި،ރޯހައުސް ވިއީ ކމަށ ވެފައިވް އެއްބަސްވުމުގައި ދެފަރާތުން ސޮއި ކޮށްފައިވަނީ 10 ޖުލައި 2012 ގައި ކަމަށްވާއިރު،ރޯހައުސް މިލްކް ކުރުމަށްޓަކައ އެޗީ.ޑާ.ސީއަށް ދައްކަންޖެހޭ ފައިސ ދެއްކުމަށް ދީފައިވާ 4 (ހަތަރެއް) އަހަރުގެ ދުވަހުގެ މުއްދަތު 10 ޖުލައި 2016 އަށްހަމ ވްއެވެ. އެމުއްދަތު ހަމަވިއިރު، އެފައިސާ އެޗީ.ޑީ.ސީއަށް ދައްކާފައެއް ނުވެއެވެ. ފާހަގަ ކުރެވުނު ކަންތައްތައް:
14ޕްރިސިޑެންސް 1ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: 23 (ހ) ކޮންޓްރެކްޓެއްގެ ބައިވެރިއަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެ ޢަމަލުކުރި މީހަކު، ބަދަލުދޭން ޖެހޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުން ބަދަލުދޭން ޖެހޭނެ ގެއްލުމަކީ: (1) ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުން. (2) އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން.
15ޕްރިސިޑެންސް 2ޢަބްދުއްރަޝީދުއާއި އިބްރާހީމް ޝަރީފިދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އިބްރާހީމް ޝަރީފް އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށްފައިނުވާކަމަށޯއިސްތިއުނާފުކުރެވިފައިމިވ ދަށާ ކ ޓުގެ ޤަޟިއްޔާގައ ކަނޑައަޅާފައާވާއިރު، މި މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލްކޮށިދިނުމަށް އެޤަޟިއްޔ އިސްތިއުނާފުކުރަމުނ އިބްރާހީމް ޝަރީފްގެ ފަރާތުން މިކޯޓުގައ އެދިފައެވީނަމަވެސް، މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އޭނާ ޚިލްފުވެފައިވެކަމަށިއްޤަޟިއްޔާގައު ކަނޑައަޅާފައިވާ ކަނޑައެޅުމަށް ރަނގަޅުނޫން ކަމަށް ނުވަތް ޤާނޫނަ ޚިލާފު ކަމަކަށް އިބްރާހީމް ޝަރީފްގެ ފަރާތުން ފާހަގަ ކޮށްފައިނވާކަނ އެނގެއެވެ.
16ޕްރިސިޑެންސް 3ރޯހައުސް ވިއްކުމާގުޅޭ ގެތުން މޮދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއިގެނ ކުރިއަށް ދެވެން ނެތް ޙާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވަނީ އެއެއްބަސްވުމުގެ 7 ވަނަ މާއްދާގައި ކަމާއި، އެގޮތުން ދެފަރާތުގެ ދެމެދުގައި މައްސަލަޖެހި އެއްބަސްވުން ކުރިއަށް ނުގެންދެވޭންކިމަށް ފެނިއްޖެ ހާލަތެއްގައި ބަދަލުދޭން ގޮތާއި ކަންތައްތައިބަޔާންކުރުމަށްފަހު، އެމާއްދާ ނިންމާލަމުން ފަހު ޖުމްލައިގައ "ގަންނަފަރާތ ނުވަތަވިއްކާފަރާތް މިއެގްރީމެންޓާ ޚިލާފްވެގެން ދިމާވާ މައްސަލައެއް ނުވަތަ މައްސަލްތަކެއ ނުހިމެނެއެވެ." މިގޮތަށް ބަޔާންކޮށްފައިވުމުން އެއީ އޭގެ ކުރިން ބަޔާންވެދިޔަ ކަންތައްތަކަށް އޮތ އިސްތިސްނާ ޙާލަތެއް ކަމުގައި ޤަބޫލުކުރެވޭ ކަމާއި،އެހެންކަމުން، އެއެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން ގަންނަފަރާތުނ ނުވަތް ވިއްކާފަރާތުން އެއްބަސްވުމާ ޚިލާފުވެގެން އެއެއްބަސްވުން ބާޠާލް ކުރަންޖެހީޙިލަތަކ އެމާއްދާގައި ބުނެފައިވާ ގޮތުގެމަތިން ބަދަލު ނަގައިދެވޭނެ ޙާލަތެއާނޫންކަމަށ ސާފުކޮށް ބަޔާންކޮށްފައި ވެއިރު، ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 23 ވެނ މާއްދާގަ ދަށުން އެކޮންޓްރެކްޓުގެ ބައިވެރިންނަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އެކޮންޓްރކްޓާ ޚިލާފުވުމުގެ ސަބަބުން އެކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ލިބޭ ގެއްލުމުގެ ބަދަލުކަން އެނގޭއިރު،މ މައްސަލައިގައި ހިމެނި އެއްބަސްވުމާއެއްގޮތަށް އެޗް.ޑީ.ސީ.އަށް ދައްކަންޖެހޭ ފައިސީނުދައްކައި އެއްބަސްވުމާ ޚިލާފުވެފައިވަނައިބްރާހީމް ޝަރު ފްގެ ފްރާތްނކަނ އެނގެއެވެ. ދަށު ކޯޓުގެ ޤަޟިއްޔާގައި މިދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގ 7 ވެނަމާއްދާގައިވާ ޙާލަތަކީ ގަންނަފަރާތުން ނުވަތަ ވިއްކާފަރާތުން އެއެއްބަސްވުމ ޚިލާފުވާ ޙާލަތުގައި ތަޠްބީޤު ކުރެވޭނެ މާއްދާއެއް ނޫންކަމުގައި ބަޔާންކޮށްފައި ވެއެވެ.ރޯހައުސް މިލްކް ކުރުމަށްއެޗް.ޑީ.ސީ.އާއި ޢަބްދުއްރަޝީދު ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުންދައްކަންޖެހޭ ފައިސ އެޗީ.ޑް.ސީއަށް ނުދެއްކުމުގެ ސަބަބުނ އްފައިސާ ދެއްކުމަށްތަކުރާރުކޮށ ޢަބްދުއްރަޝީދަށް އެޗީ.ޑި.ސީން އަންގާފައިވާކަން އެނގާއެވެ. އަދ އެފައިސ އެޗީ.ޑް.ސީއަށް ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ބޮޑު ޢަދަދެއްދައްކަނެޖެހިފައިވާކަނ ފާހަގަ ކުރެވއެވެ.އެހެންކަމުން،މ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގ 7 ވަނި މާއްދާގައި ބަޔާންކޮށްފައަވާ ގޮތުގެމަތިން ނަގައި ދިނުމަށިއެދިފައިވ ބަދަލަކާ ޝަރީޢަތުން ނަގައް ދެވޭނެ ބަދް ލެއނޫނ - ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 3 ނަންބަރުގެ 31 ވަނަ ކަން.
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ފަރާތްތަކުގެ ދެމެދު 10 ޖުލައި 2012 ގައި ވެފައިވާ އެއްބަސްވުމުގެ 1، 2، 3، 4 އަދި 7 ވަނަ މާއްދާ
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް