ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/319
އިބްރާހީމް ޢަލީ ވ. މުޙައްމަދު ޢަލީ، 2023/HC-A/319
Ibrahim Ali v. Mohamed Ali 2023/HC-A/319 (2023/HC-A/319, High Court of the Maldives, 11 September 2025)
އިބްރާހީމް ޢަލީ ވ. މުޙައްމަދު ޢަލީ
މައިގަނޑު ސުވާލު
ދަޢުވާ ހުށަހެޅުމަށްފަހު ދަޢުވާލިބޭ ފަރާތުން އެއްބަސްވުން ބާޠިލުކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37(ރ) ގެ ދަށުން ކޯޓުން ހުއްޓުވަންޖެހޭ ޢަމަލެއްތޯ، އަދި އެއްބަސްވުން ބާޠިލުވުމާއި ފައިސާ ހޯދުން ފިޔަވައި އެހެން ދަޢުވާއެއް ނުކުރުމަށް އެއްބަސްވުމުގައިވާ މާއްދާއަކީ ކޯޓުގެ އިޚްތިޞާޞާ މެދު އިޢުތިރާޟުގެ މަރުޙަލާގައި މައްސަލަ ނުބެލޭނެ ޙާލަތެއްތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި: 37(ރ) ތަޠުބީޤުކުރި ބައި ބާޠިލު، އިޚްތިޞާޞް ލިބިގެންވާކަމަށް ކުރި ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37(ރ) އަކީ ޝަރީޢަތުގެ މަރުޙަލާ ކުރިއަށްދާއިރު އެއް ޚަޞްމަކު އަނެއް ޚަޞްމުގެ މަޞްލަޙަތަށް އުނިކަމެއް އަންނަފަދަ ޢަމަލެއް ބަހުން، ލިޔުމުން ނުވަތަ ޢަމަލުން ކުރުން މަނާކޮށް، އެފަދަ ކަމެއް ހިނގައިފިނަމަ ފަނޑިޔާރު ވަގުތުން ހުއްޓުވަންޖެހޭ މާއްދާއެކެވެ؛ މިއީ ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41، 46)
- ޚަޞްމަކު ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ތަރަހައިގެ ތެރެއިން އަޅާ ފިޔަވަޅަކަށް (މިސާލަކަށް، އެއްބަސްވުމުގެ މާއްދާއަކަށް ޙަވާލާދީ އެއްބަސްވުން ބާޠިލުކުރުން) 37(ރ) ތަޠުބީޤުކުރުމުގެ ކުރިން، އެ ފިޔަވަޅު އަޅާފައިވަނީ ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިންތޯ ނުވަތަ އެއްބަސްވުން ތަންދޭ ގޮތާއި އެއްބަސްވުމުގެ އިޖުރާއަތާ އެއްގޮތަށްތޯ ކޯޓުން ބަލަންވާނެއެވެ؛ އެންމެ ކުޑަމިނުން އެކަން ފާހަގަކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ދޭންވާނެއެވެ؛ ބަސްބުނުމުގެ ފުރުޞަތު ނުދީ ހަމައެކަނި އިޖުރާއީ ނަޒަރަކުން އެ ޢަމަލު 37(ރ) އާ ޚިލާފުކަމަށް ނުކަނޑައެޅޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44-47)
- މައްސަލަ ހުށަހެޅިއިރު ވުޖޫދުގައި އޮތް އެއްބަސްވުމެއް ފަހުން ބާޠިލުކުރިކަމަށް ބުނުމަކީ، އިޚްތިޞާޞާ މެދު އިޢުތިރާޟުގެ މަރުޙަލާގައި މައްސަލަ ނުބެލޭނެ ޙާލަތަކަށް ނުވާނެއެވެ؛ އެ ނުކުތާއާ ގުޅޭ ބަހުސް މައުޟޫޢުގައި ކުރުމުގެ ފުރުޞަތު އޮންނާނެއެވެ؛ ބާޠިލުކުރިކަމާ މެދު ކޯޓުން ގޮތެއް ނުނިންމާހާ ހިނދަކު އެއީ ހުޅުވިފައިވާ ބަހުސެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 48، 49)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 20 ވަނަ މާއްދާއާއި 110(ހ) ގެ ދަށުން ކޯޓުގެ އިޚްތިޞާޞާ މެދު ސުވާލު އުފެއްދޭނީ ދެ ޙާލަތެއްގައެވެ: (1) ދަޢުވާއާ މެދު ގޮތެއް ނިންމުމުގެ އިޚްތިޞާޞް ކޯޓަށް ލިބިގެންނުވުން، (2) އާންމު އުޞޫލުން އިޚްތިޞާޞް ލިބިފައިވިޔަސް މެދުވެރިވާ ޙާލަތެއްގެ ސަބަބުން މައްސަލަ ބަލައިގެން ނުވާނެ ޙާލަތެއް ވުޖޫދުވުން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 54، 55)
- އިޚްތިޞާޞާ މެދު އިޢުތިރާޟަކީ މައްސަލަ މައުޟޫޢީ ގޮތުން ބެލުމުގެ ކުރިން އިޖުރާއީ ނަޒަރަކުން (prima facie) ގޮތެއް ކަނޑައަޅަންޖެހޭ މަރުޙަލާއެކެވެ؛ މި މަރުޙަލާގައި ބަލަންވާނީ އެހިނދު ފެންނަން ހުރި ކަންކަމުގެ މައްޗަށް މައްސަލަ ބަލައިގެންނުވާނެ ޙާލަތެއް ވުޖޫދުގައިވޭތޯއެވެ؛ ޤާނޫނީ ބަހުސެއް ހިމެނޭނަމަ އަދި މައުޟޫޢުގައި ބެލުމުގެ ފުރުޞަތު އޮތްނަމަ، އެކަން މައުޟޫޢުގައި ބެލުމަށް ނިންމުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 56، 57)
- ފައިސާ ހޯދުން ފިޔަވައި އިތުރު ދަޢުވާއެއް ނުކުރުމަށް އެއްބަސްވުމުގައިވާ މާއްދާއަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47(ޅ)، 54 ވަނަ މާއްދާ ނުވަތަ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18(ނ) ގައިވާ ޙާލަތެއް ނުވަތަ ޤާނޫނަކުން، ގަވާއިދަކުން ނުވަތަ ޝަރުޢީ ނިންމުމަކުން މަނާކުރާ ޙާލަތެއް ނޫންނަމަ، އިޚްތިޞާޞާ މެދު އިޢުތިރާޟުގެ މަރުޙަލާގައި މައްސަލަ ނުބެލޭނެ ޙާލަތަކަށް ނުވާނެ ކަމަށާއި، އެއީ މައުޟޫޢުގައި ބަލަންވީ ކަމެކެވެ؛ މިފަދައިން ނިންމުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 57، 59-63، 65)
1މިއީ ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤްޟިއްޔާއ ގުޅިގެނާ ނިންމާފައިވާސިވިލ ކޯޓުގ ނަންބަރު 144-B5/IN/2023/01 ) 18 ޖުލައި 2023( "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އ ނިންމުނީއިސްތިއުނާފުކުރުމަށް އެދިއދ. ފެންފުށި، ފްލޮރިޑާ، އިބްރާހީމް ޢަލ)ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިބްރާހީމް ޢަލީ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް"( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީ އދ. ފެންފުށި، މޯނިންގވާދީ، މުޙައްމަދު ޢަލީ )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "މުޙައްމަދު ޢަލީ" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތެ "( ގ މައްޗަށެވެ.
3މުޙައްމަދު ޢަލީ އާއި އިބްރާހީމް ޢަލީއާ ދެމެދު "މުޙައްމަދު ޢަލީ ކުރަމުންދިޔަ އޮޑިދޯނި ފަހަރު ގެންގުޅުމުގެ ވިޔަފާރިން ބައެއް އިބްރާހީމް ޢަލީއަށް ދިނުމަށްޓަކައި ވެފައިވާ އެއްބަސްވުން" ވެ، މ އެއްބަސްވުމުގައ 12 ފެބުރުއަރީ 2022 ގައި ދެ ފަރާތުން ސޮއިކޮށްފައިވެއެވެ.
4މުޙައްމަދު ޢަލީ އާއި އިބްރާހީމް ޢަލީއާ ދެމެދު 12 ފެބުރުއަރީ 2022 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިބްރާހީމް ޢަލީގެ ފަރާތުން ޢަމަލުކުރަމުންނުދ ކަމަށާ ބުނެ، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށާއި، އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކިފައިވާ "ހާބަރ ކްއީނ-2" އެވެކިޔާ ދޯނީގެ ރަޖިސްޓްރީ މުޙައްމަދު ޢަލީގެ ނަން މައްޗަށް ބަދަލުކުރުމަށް އިބްރާހީމަ ޢަލީގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މުޙައްމަދު ޢަލީގެ ފަރާތުން ދަޢުވާ ހުށަހެޅިއެވެ. 14 ޖޫން 2023 ގައި އެ ކޯޓުގައި ރަޖިސްޓު ރީވެފައިވާ މި ދަޢުވާ ބަލަމުންދިޔައީ އ ކޯޓުގެ ނަންބަރ 1964-CVC-2023 ޤަޟިއްޔާގެ ގޮތުގައެވެ.
5ކޯޓުގެ ލިޔެކިޔުންތައް 21 ޖޫން 2023 ގައި އިބްރާހީމް ޢަލީއަށް ސިވިލް ކޯޓުނ ރައްދުކޮށްފައިވެއެވެ. 02 ޖުލައި 2023 ގައި އިބްރާހީމް ޢަލީގެ ފަރާތުން ދަޢުވާފޯމާ ޙަވާލުވީކަން އަންގާ ލިޔުންއ ކޯޓަށް ހުށަހަޅައި، ކޯޓުގެ އިޚްތިޞާޞާމެދު އެ ފަރާތުން ސުވާލު އުފެއްދުމަށް ބޭނުންވާކަން އ ކޯޓަށް އަންގައި، 17 ޖުލައި 2023 ގައި ކޯޓުގެ އިޚްތިޞާޞާމެދު އިބްރާހީމް ޢަލީގެ ފަރާތުން ސުވާލު އުފައްދާ "އިޚްތިޞާޞާމެދު އިޢުތިރާޟުކުރާ ފޯމް" ސިވިލް ކޯޓަށް ހުށަހެޅިއެވެ.
6މުޙައްމަދު ޢަލީގެ ފަރާތުން ކުޅަ ދަޢުވއާއާ ގުޅިގެން އިބްރާހީމް ޢަލީގެ ފަރާތުން ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( )މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު"( ގެ 110 ވަނަ މާއްދާގެ )ކ( ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އެ ދަޢުވާއަކީސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައިދީ ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އިބްރާހީމް ޢަލީގ ފަރާތުން އެދިފައިވެއެވެ.
7އިޚްތިޞާޞާމެދ އިބްރާހީމު ޢަލީގެ ފަރާތުން އިޢުތިރާޟުކޮށްފައިވަނީއަންނަނިވެ ނުކުތތަކުގ މައްޗަށް ބިނާކޮށެވެ.
7.1. މުޙައްމަދު ޢަލީގެ މި ދަޢުވާއަކީ ދެ ފަރާތް ދެމެދު 12 ފެބުރުއަރީ 2022 ގައި ވެފައިވާ އެއްބަސްވުމުގެ މައްޗަށަބިނާކޮށު ހުށަހެޅި މައްސަލައަކަށްވާއިރު، މި އެއްބަސްވުން މިހާރު ސިވިލް ކޯޓަށް މުޙައްމަދު ޢަލީގެ ފަރާތުން ހުށަހަޅާފައިވާ "އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު" އަދި އެ ކޯޓުގެ ނަންބަރ 144-B5/IN/2023/01 )18 ޖުލައި 2023( "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" ގެ 1 ވަނަ ނަންބަރު އިބްރާހީމް ޢަލީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ކޯޓުގެ އިޚްތިޞާޞާމެދު އިޢުތިރާޟުކުރާ ފޯމު" )އެގްޒިބިޓް 3( ބާޠިލުވެފައިވާތީ، އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށާއި، ދޯނި ޙަވާލުކުރުމަށް މި ޙާލަތުގައި ޝަރީޢަތުން ޢަމަލުކުރެވޭނެކަމަށ އިބްރާހީމް ޢަލީގެ ފަރާތުން ނުދެކުނ
7.2. އެއްބަސްވުމުގެ ތަރުތީބަށް ބަލާއިރު، ފައިސާ ދައްކަންޖެހޭ ފުރަތަމަ އުޅަނދަކީ ހާބަރ ކްއނ-5 އެވެކިޔާ ދޯނިކަމަށްވާތީ، މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރުވެސް، މި ދޯންޏަށް ދެބައިކުޅަ އެއްބައިގެ ފައިސާ ދެއްކިފައިވާކަނ ލިޔެކިޔުންތަކުން އެނގެނީނެތްއިރު، ދަޢުވާގައި ހާބަރ ކްއް ނ-2 އެވެކިޔާ ދޯނީގެ ރަޖިސްޓްރީ ބަދަލުކޮށްދޭނަ އަމުރުކޮށްދިނުމަށް އެދިފައިވީނަމަވެސް، އެފަދައިން ކަނޑައެޅޭނެ ހަމައެއް އޮތްކަމަށް ނުދެކުނ
7.3. އެއްބަސްވުމުގެ 4.70 ވަނަ މާއްދާއަށް ބަލާއިރު މ..." އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ހޯދުން ފިޔަވައި،އިތުރު އެއްވެސް މައްސަލައެއް ކޯޓަކަށް ހުށަނޭޅުމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި އެދިފައިވާފަދަ "ވަކިގޮތަކަށް ޢަމަލުކުރުމުގެ އަމުރު" order) performace (specific އަކަށް އެދެވޭނެކަމކަށ ނުދެކުން
8މި އިޢުތިރާޟުގެ ޖަވާބުގައި މުޙައްމަދު ޢަލީގެ ފަރާތުން ބުނެފައިވަނީ، މި އިޢުތިރާޟަކީ މި މައްސަލަ ކުރިއަށް ގެންދްއމަށް ހުރަހަކަށްވާ އިޢުތިރާޟެއްނޫންކަމަށާއި، އަދި މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމުގައެވެ.
9މިފަދައިން އެދޭ އެދުމުގައި މުޙައްމަދު ޢަލީގެ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
9.1. މުޙައްމަދަ ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، އެ ފަރާތުގެ މައުޟޫޢީ ޙައްޤެއް ނުވަތުޤާނޫނ މަރުކަޒެއް ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަން އެނގެން އޮންނަކަން އިޢުތިރާޟާގުޅިގެނ މުޙައްމަދް ޢަލީގެ ފަރާތުންސިވިލ ކޯޓަށް ހުށަހެޅ "ދަޢުވާކުރާ ފަރާތުގާ ޖަވާބު"
9.2. އެއްބަސްވުން ބާޠިލުކުރުމުގެ ނޯޓިސް އިބްރާހީމް ޢަލީގެ ފަރާތުން ފޮނުވާފައިވަނީ މުޙައްމަދު ޢަލީގެ ފަރާތުން ޝަރީޢަތަށް މައްސަލަ ހުށަހެޅިފަހުން ކަމުގައިވާތީ، އެ ފަރާތުން އެ ނޯޓިސް ފޮނުވިކަމުގައިވީނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަން މާއްދާގަ )ހ( ގެ ދަ ށުނ މައްސަލަ ބެލުމުގައި ހުރަހެއްނެތްކަނ
9.3. ކޯޓުގެ އިޚްތިޞާޞް ކަނޑައަޅާފައިވާ މާއްދާތައް ޤާނޫނު ނަންބަރު 2010/22) ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު( )މީގެ ފަހުން "ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު"( ގައި ބަޔާންކޮށްފައިވާއިރު، އިބްރާހީމަ ޢަލީގެ ފަރާތުން އުފައްދާ އިޢުތިރާޟް އެއިން އެއްވެސް މާއްދާއަކަށް ނުވަންނަކަމށާއ އަދި އެ ސުވާލު އުފައްދާފައިނުވާކަން
9.4. އެއްބަސްވުމުގެ 4.70 ވަނަ މާއްދާއަކީ އިބްރާހީމް ޢަލީގެ ފަރާތުން ޢަމަލުކުރުމަށް ހިމަނާފައިވާ މާއްދާއެއްކަމށާއި، އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަމުންދިޔައީ މުޙައްމަދު ޢަލީކަމަށާއި، އެއްބަސްވުމުގެ ދަށުން ފައިސާ ނުލިބިގެން އިބްރާހީމް ޢަލީގެ ފަރާތުން ކޯޓަށް ހުށަހެޅޭނީ ފައިސ ހޯދަންކަމަށާއި، އެއީ އެއްވެސް ޙާލެއްގައި އުފެދޭ ޤާނޫނީ ޚުޞޫމާތުތައ ޙައްލުކުރުމަށް އޮތް މާއްދާއެއްނޫންކަނ އިޚްތިޞާޞާމެދު ކޯޓުނ ނިންމިގޮތް
10އ މައްސަލައަކީ ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ މައްސަލައެއްކަމުގައި އެ ކޯޓުގެ ނަންބަރ 144-B5/IN/2023/01 އިޚްތިޞާޞާމެދު ނިންމިގޮތުގައި ކަނޑައަޅާފައިވެއެވެ. މި ނިންމުމަށް ވާސީލުވުމުގައ އަންނަނިވި ކަންކަން ފާހަގަކޮށް، ކަނޑާއަޅާފައިވެއެވެ.
10.1. މި މައްސަލައިގައި އިބްރާހީމް ޢަލީގެ ފަރާތުން ކޯޓުގެ އިޚްތިޞާޞާމެދު އިޢުތިރާޟުކޮށް ހުށަހެޅި
03 )ތިނެއް( ނުކުތާއަށް ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ )ހ( ގައި ބަޔާންވެގެންވާ 02 )ދޭއް( ޙާލަތުގެ ތެރެއިން، ފުރަތަމަ ޙާލަތު، އެއީ ސިވިލް ކޯޓުގެ މަދަނީ އިޚްތިޞާޞާއި، ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް އޮތްގޮތުން މި މައްސަލަ ބެލުމުގައި ސިވިލް ކޯޓަށް ލިބިފައިވާ ޤާނޫނީ ބާރުގެ ދާއިރާ (jurisdiction) އާމެދު، އިބްރާހީމް ޢަލީގެ ފަރާތުން ދެކޮޅު ނުހަދާކަމަށާއި، އިބްރާހީމް ޢަލީގެ ފަރާތުން އިޢުތިރާޟުކުރަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގަ )ހ( ގައި ބަޔާންވެގެންވާ ދެވަނަ ޙާލަތުކަމުގައިވާ، ކޯޓުން މައްސަލް ބަލައިގެންނުވާނެ ޙާލަތެއް ވުޖޫދުގައިވާކަމށ އިބްރާހީމް ޢަލީއަށްފެންނާތީކަން އިބްރާހީމް ޢަލީގެ ފަރާތުން ކޯޓުގެ އިޚްތިޞާޞާ މެދު އިޢުތިރާޟުކޮށް ހުށަހެޅި ނުކުތާތަކުން އެނގޭކަމުގައެވެ.
10.2. ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކުރީ 13 ޖުލައި 2023 ގައި އިބްރާހީމް ޢަލީގެ ފަރާތުނ މުޙައްމަދް ޢަލީއަށް ފޮނުވި ނޯޓިހުންކަމަށާއި، އަދި މިހާރު އެ އެއްބަސްވުން ބާޠިލުވެފައ އޮތުމުގެ ސަބަބުން، އެއީ މިހާރު މި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ޙާލަތއްކަމަށ އިބްރާހީމް ޢަލީގެ ފަރާތުން ބުނާއިރު، އިބްރާހީމް ޢަލީގެ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާ ބަލައި، ކޯޓުގެ އިޚްތިޞާޞާމެދު ސުވާލު އުފައްދަން ބޭނުންވާކަމަށް 02 ޖުލައި 2023 ގައި ކޯޓަށް އެންގިއިރު، ވުޖޫދުވި ނެތް ޙާލަތެއް 13 ޖުލައި 2023 ގައި ވުޖޫދުކޮށް، ނުވަތަ މައްސަލަ ބެލުމުގެ އިޚްތިޞާޞް ގެއްލުވާލުމަށް މަގުކޮށި ނަމަވެސް، އެމަގަކ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގަ )ރ( ގެ ދަށުން ބަންދުކުރަންޖެހޭ މަގެއްކަމަށާއި، ސަބަބަކީ މި މައްސަލަ ސިވިލ ކޯޓަށް ހުށްހެޅުނުއިރާއި، އިބްރާހީމް ޢަލީގެ ފަރާތުން ކޯޓުގެ އިޚްތިޞާޞާމެދު ސުވާލު އުފައްދަނީ ބޭނުންވާކަމަށް ކޯޓަށް އެންގިއިރުވެސް ވުޖޫދުގައި އޮތްކަމަކަށް ނުވާތީ، އެމައްޗަށް ބިނާކޮށް އިބްރާހީމް ޢަލީގެ ފަރާތުން ބުނާ ފަދައިން އެކަން ކޯޓުން ޤަބޫލުކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވެނ މާއްދާގަ )ރ( އާ ޚިލާފުވާނެކަމެއްކަނ ސާފުކޮށް ފެންނަން އޮތްކަމުގައެވެ. އެހެންކަމުން، އެއްބަސްވުން ބާޠިލުކޮށްފައިވާކަމަށ ބުން ހުށަހެޅި ނުކުތާގެ މައްޗަށް ބިނާކޮށް، އެ މައްސަލަ ނުބެލޭނެ ޙާލަތެއް އޮތްކަމަށް ކަނޑައެޅނ ނެތްކަމުގައެވެ.
10.3. ފައިސާ ދައްކާފައިވާ ގޮތާ ގުޅޭގޮތުން އިބްރާހީމް ޢަލީގެ ފަރާތުން ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބިނާކޮށް މި މައްސަލަ ސިވިލް ކޯޓުގައި ނުބެލޭނެ ޙާލަތެއް އޮތްކަމަށް ކަނޑައެޅެން ނެތްކަމަށެވެ.
10.4. ވަކި ގޮތަކަށް ޢަމަލުކުރުމުގެ އަމުރާ ގުޅޭގޮތުން އިބްރާހީމް ޢަލީގެ ފަރާތުން އެ ނުކުތާ ފާހަގަކުރީ އެއްބަސްވުމާ ޙަވާލާދީކަމށާއި،އެއްބަސްވުމަށް ބިނާކޮށް، މައުޟޢަށޫނުގޮސް، ކޯޓުގެ އިޚްތިޞާޞާމެދ ސުވާލު އުފެއްދުމުގެ މަރުޙަލާގައި މެދުވެރިވެ އޮންނަ ޙާލަތެއްގެ ސަބަބުނ މައްސަލަ ކޯޓށ ނުބެލޭނެކަމަށް ކަނޑައެޅިދާނެ ޙާލަތްތައް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ޅ( އާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 54 ވަނަ މާއްދާއާއި، އަދި ޤާނޫނު ނަންބަރ 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( )މީގެ ފަހުން "ކޮންޓްރެކްޓާބެހޭ ޤާނެނު"( ގ 18 ވަނަ މާއްދާގެ )ނ( ގާއިވާއިރު، ވަކި ގޮތަކަށް ޢަމަލުކުރުމުގެ އަމުރާ ގުޅޭ ގޮތުން އިބްރާހީމް ޢަލީގެ ފަރާތުން ފާހަގަކުރި ނުކުތގައްކޯޓުގެ އިޚްތިޞާޞާމެދު ސުވާލު އުފެއްދުމުގެ މި މަރުޙަލާގައި ޤާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ ޝަރުޢީ ނިންމުމަކުން އެކަނ މަނާކުރާކަމެއްކަނ އިބްރާހީމް ޢަލީގެ ފަރާތުން ބުނެދފައިނުވާތީ، އިބްރާހީމް ޢަލީގެ ފަރާތުނ ސިވިލް ކޯޓުގެ ނަންބަރު B5/IN/2023/01-144) 18 ޖުލައި 2023( "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް"ގެ 8 ވަނަ ނަންބަރުން 11 ވަނަ ނަންބަރުގެ ނިޔަލަށް ސިވިލް ކޯޓުގެ ނަންބަރު B5/IN/2023/01-144 )18 ޖުލައި 2023( "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް"ގެ 12 ވަނަ ނަންބަރާއި 13 ވަނަ ނަންބަރު ފާހަގަކުރާކަމަކ އިޖުރާއީ ނުކުތާ ނުވަތަ procedural law އާ ޚިލާފުކަމެއްކަމުގައި ބެލެވެން ނެތް، މައުޟޢގައި ބެލިދާނެކަމެއްކަމަށެވެ.
11ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާގެ ތެރެއިން، އެ ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމާފައިވާ އެ ކޯޓުގެ ނަންބަރ 144-B5/IN/2023/01 )18 ޖުލައި 2023( ނިންމުމަކީ ޝރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާ ނިންމުމެއްކަމަށްބުނ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދް އިބްރާހީމް ޢަލީގެ ފަރާތުނ ހުށަހަޅާފައިވަނީ އަންނަނިވި 02 )ދޭއް( ނެކުތްއީ ވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
11.1. ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔ އަކާ އެކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް ކަމަށް ސިވިލް ކޯޓުގެ ނަންބަރ 144-B5/IN/2023/01 "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" ގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވުނ މާއްދާގަ )ރ( ތަޠްބީޤުކޮށް މާނަކޮށްފައިވަނީ ރަނގަޅަށްކަމުގައި ނުދެކޭކަމަށ ބުނެ ހުށަހެޅި ނުކުތާ އާއި،
11.2. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ
04.7 ވަނަ މާއްދާގެ ދަށުން ވަކި ގޮތަކަށް ޢަމަލުކުރުމުގެ (Specific Performance) އަމުރަކަށް ނޭދެވޭނކަމަށ ދެފަރާތުން އެއްބަސްވެފައިވީނަމަވެސް، އެކަމަކެ މްއުޟަޢީ ގޮތުނ މައްސަލަ ބެލުމަށް އޮތް ހުރަހެއް ނޫން ކަމަށް ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤނޫނުގ 20 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވުމާއި، މި ނުކުތާ އާ ގުޅިގެން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ސިވިލް ކޯޓުގެ ނަންބަރު B5/IN/2023/01-144 )18 ޖުލައި 2023( "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް"ގެ 14 ވަން ނަންބަރުން ފެށިގެން 16 ވަނަ ނަންބަރުގެ ނިޔަލަށް 47 ވަނަ މާއްދާގެ )ޅ( އާއި 54 ވަނަ މާއްދާ އާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ )ނ( ތަޠްބީޤުކޮށްފައިވަނ ރަނގަޅަށްކަމުގައި ނުދެކޭކަމަށ ބުނެ ހުށަހެޅި ނުކުތާއެވެ.
12ފުރަތަމަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން އިބްރާހީމް ޢަލީގެ ފަރާތުންބުނެފައިވަނީސިވިލ ކޯޓުގު ނަންބަރ 1964-CVC-2023 ޤަޟިއްޔ އާ ކޯޓަށެ ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމަށ ބަޔާންކޮށް އިބްރާހީމް ޢަލީގެ ފަރާތުން ހުށަހެޅި އެއް ނުކުތާއަކީ، ދެ ފަރާތުގެ ދެމެދުގައި 12 ފެބުރުއަރީ 2022 ގައި ސޮއިކޮށްފައިވާ އެއްބަސްވުން 13 ޖުލައި 2023 ގައި ބާޠިލުކޮށްފައިވާތީ، މި މައްސަލައަކީ ސިވިލް ކޯޓުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްނޫންކަމުގައެވެ. މިފަދައިން އެދުނީ ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުވެފައިވާ ޙާލަތުގައި، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އެންގުމަކީ ކުރެވޭނެ ކަމެއް ކަމުގައި ނުވާތީ ކަމުގައެވެ.
13އެހެނަސް، މި ނުކުތާއާ ގުޅިގެން ސިވިލް ކޯޓުން ނިންމި ނިންމުމަށް ޖުމްލަ ގޮތެއްގައި ބަލާއިރު، އިބްރާހީމް ޢަލީގެ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުމަށ ބޭނުންވާކަމަށް ކޯޓަށް އެންގުމަށްފަހު ކަމުގައިވާތީ، އެކަމަކީ ކ ރީގައި ވުޖޫދުވެފައިވާ ޙާލަތެއް ކަމުގައިނުވާތީ ކޯޓުން އެކަން ޤަބޫލުކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ )ރ( އާ ޚިލާފުކަމެއް ކަމުގައެވެ.
14ޝަރީޢަތުގެ މި ނިންމުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނި މާއްދާގަ )ރ( އާ ޚިލާފުކަމަށް ބަޔާންކޮށްފައިވީނަމަވެސް، ޝަރީޢަތުން އެފަދައިން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކޭކަމަށާއި، އެއީ މި މާއްދާއަކީ ޝަރީޢަތުގެ މަރުޙަލާގައި ކުރެވޭ ކަންކަމުގެ މްއްޗަށް ހިނގި މާއްދާއަކަށްވާތީކަމަށާއި، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަނެއް ފަރާތަށް ލިބިގެންވާ ޙައްޤެއް ބޭނުންކުރުމަކީ ނުވަތަ އެ ޙައްޤު ބޭނުންކުރީ ޝަރީޢަތުގެ މަރުޙަލާ ހިނގަމުންދާ ޙާލަތެއްގައި ކަމަށްވީނަމަވެސް މި މާއްދާ އެފަދަ ޙާލަތަކަށެތަޠުބީޤނުކުރެވޭނ ކަމުގައެވެ.
15އެއްބަސްވުން ބާޠިލުކުރި ސަބަބަކީ، އެއްބަސްވުމާއި އެއްގޮތަށް މުޙައްމަދު ޢަލީގެ ފަރާތުން ފައިސާ ނުދައްކާތީކަމަށާއި، އެހެންކަމުން، އެއްބަސްވުމުގެ ދަށުން އެއް ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާނުކުރުމުގެ ސަބަބުން އަނެއް ފަރާތަށް އަންގާ އެންގުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ )ރ( އާ ޚިލާފު ކަމެއް ގޮތުގައި މާނަކުރެވޭ ހަމެއެއްނެތްކަމުގައެވެ.
16ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން ބާޠިލުވެފައިވާ ޙާލަތުގައި، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށާއި، ދޯނި ޙަވާލުކުރުމަށް ޝަރީޢަތަށް އަމުރުކުރެވޭނެކަމަށ ނުދެކޭކަމުގައެވެ.
17އެއްބަސްވުނ ބާޠިލުކުރުމަށް ފޮނުވާފައިވާ ނޯޓިސްއަކީ ފިޔަވަޅެއް ނޫންކަމަށް ބަލައި، އެ ފިޔަވަޅު ބާޠިލުކުރުމަކީވެސ މަދަން އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ )ރ( ގެ ދަށުން ޝަރީޢަތަށް ކުރެވޭނެކަމެއް ނޫންކަމުގައެވެ.
18ދެވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުނ އިބްރާހީމް ޢަލީގެ ފަރާތުން އެއްބަސްވުމުގ 04.7 ވަނަ މާއްދާއާ ޙަވާލާދީ ބުނެފައިވަނީ، ފައިސާ ހޯދުން ފިޔަވައި އިތުރު ދަޢުވާނުކުރާގޮތަށް ދެ ފަރާތުން އޭރު އެއްބަސްވެފައިވަނީ އެއްބަނޑު ދެ ބެއިން ކަމުގައިވާތީކަމަށާއި، މި ނުކުތާއާ ގުޅޭ ގޮތުން ސިވިލް ކޯޓުން ނިންމް ނިންމުނި ޖުމްލަ ގޮތެއްގައި ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނާއި ކޮންޓްރެކްޓާބެހޭ ޤާނޫނުން މައްސަލައެއް ނުބެލޭނެކަމަށަ ކަނޑައެޅޭނެ ޙާލަތްތައް ސާފުކޮށް އެނގެން އޮންނަކަމަށާއި، ޤާނޫނަކުން ދަޢުވާއެއް އުފުލުމުގެ ކުރިން ވަކި އިޖުރާއަތެއް ފުރިހަމަކުރީނަ ލާޒިމުނުކުރާނަމަ އެކަމެއް ހިމެނޭކަމަށާއި، ޤާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ ޝަރުޢީ ނިންމުމަކުން ދަޢުވާކުރިއަށް ގންދިއުމަށ މަނާކުރާ ކަމެއްކަން ބުނެދީފައިނުވާތީ މި ދަޢުވާ ކުރިއަށް ގެންދެވޭނެކަމުގައެވެ.
19އެ ނިންމުން ނިންމުމުގައި އެ ކޯޓުން ޙަވާލާދީފައިވާ މާއްދާތަކަކީ އިބްރާހީމް ޢަލީގެ ފަރާތުން ފާހަގަކުރި ނުކުތާއާ އެއްވެސް ވަރެއްގެ ގުޅުމެއްހުރި މާއްދާތަކެއްނޫންކަމަށާއި، އޭގެ ބަދަލުގައި އިބްރާހީމް ޢަލީގެ ފަރާތުން ފާހަގަކުރި ނުކުތާއަކީ އެއްބަސްވުމުގ 4.7 ވަނަ މާއްދާއަށްބަލާއިރު، މުޙައްމަދު ޢަލީގެ ފަރާތުނ specific performance ގެ އަމުރަކަށް އެދުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާއެއް ކަމުގައެވެ.
20މި ނުކުތާ ގުޅިގެންދަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާކަމަށާއި، އެ މާއްދާގައި ބަޔާންކުރަނީ ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އ ކޮންޓްރެކްޓްގެ ޝަރުޠުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި، ދެ ފަރާތް ދެމިދު އެއްބަސްވުމުގައ ސޮއިކުރިއިރު ދެ ފަރާތުން އެއްބަސްވެފައިވަނީ ދެ ފަރާތުގެ ދެމެދުގައެޚުޞޫމާތެއް އުފެދުނު ކަމުގައިވިޔަސް ފައިސް ހޯދުމަށް ދަޢުވާކުރުން ފިޔަވައި އިތުރު ދަޢުވާއެއް އެކެއް އަނެކެއްގެ މައްޗަށ ނުކުރުމަށް ކަމުގައެވެ.
21މިކަމީ މައުޟޢޫގޮތުނ މައްސަލް ބެލުމަށް އޮތް ހުރަހެއްނޫންކަމަށ ނިންމާފައިވަން ކޮންޓްރެކްޓާބެހޭ ޤާނޫނެ ޚިލާފަށާ ކަމުގައް ދެކި ކަމުގައެވެ. އަދި މި ނުކުތާއާ ގުޅިގެން ޝަރީޢަތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ޅ( އާއި، 54 ވަނަ މާއްދާއާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ )ނ( ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްކަމަށް ނުދެކޭކަމުގައެވެ.
22އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީސިވިލް ކޯޓުގެ ނަންބަރ 144-B5/IN/2023/01 "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" ބާޠިލުކޮށް، ސިވިލް ކޯޓުގ ނަންބަރ 1964-CVC-2023 ޤަޟިއްޔާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ )ކ(ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، މައުޟޫޢީގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްނޫންކަމަށް ކަނޑައަޅައި، ދަޢުވާ ފޯމް ބާޠިލުކޮށްދިނުމަށެވެ.
23މ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ބުނެވިދިޔަ ފަދައިން އިސްތިއުނާފު ފޯމުގައި އެދުނުނަމަވެސް، މި މައްސަލަ އޮތް ޙާލަތަށް ބަލައި، އެހެނީ މިހާރު މި މައްސަލައިގައި ދަށު ކޯޓުންޙުކުމްކޮށްފައިވާތީ، އިސްތިއުނާފުކުރާ ފަރާތުން މިހާރު އެދެނީ )އިސްތިއުނާފުގައި ބަޔާންކޮށްފައިވާ( މާއްދާތަކަށް ޙަވާލާދީ، ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި ކަނޑައަޅައިދިނުމަށް ކަމުގައެވެ.
24އިބްރާހީމް ޢަލީގެ ފަރާތުން އިސްތިއުނާފުކޮށްފައިވ މައްސަލާ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމާއި ގުޅިގެން، މަދަނީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން މި މައްސަލަ އިސްތިއުނާފުކޮށްފައިވާކަނ މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ މުޙައްމަދު ޢަލީއްށް އެންގުމުން، މުޙައްމަދު ޢަލީގެ ފަރާތުނ އިޖުރާއީ އިޢުތިރާޟެއް ހުށަހެޅިއެވެ. މި އިޖުރާއީ އިޢުތިރާޟުގައި މުޙައްމަދު ޢަލީގެ ފަރާތުނ އެދިފައިވަނީ އިސްތިއުނާފުގެ ފޯމު ބާޠިލުކުރުމަށެވެ.
25މި ހުށަހެޅުމުގެ މައްޗަށް ކަމާގުޅޭ ޤާނޫނީ ނައްސުތައް ތަޠުބީޤުކޮށް، މުޙައްމަދު ޢަލީގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ އިޢުތިރާޟުގައިވާ ކަންކަމުގެ އަލީގައީ، އިސްތިއުނާފު ފޯމު ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ.
26މިފަދައިން ނިންމުމާއި ގުޅިގެން، އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި، މުޙައްމަދު ޢަލީގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ. މި ކޯޓުގައި 13 ޖުލައި 2025 ގައި ބޭއްވުނު އަޑުއެހުމުގައި މިފަދައިން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. މި ނިންމުމަށް ވާސިލުވި ސަބަބުތައް މި ކޯޓުގެ ނަންބަރު 2023/HC-A/319 ޤަޟިއްޔާގެ "އިޖުރާއީ އިޢުތިރާޟާމެދު ނިންމި ގޮތް" )14 ޑިސެންބަރު 2023( ގައި ތަފްޞީލުކުރެވިފައިވާނެއެވެ.
27ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ރައްދުގައިމުޙައްމަދު ޢަލީގެ ފަރާތުން ބުނެފައިވަނީ އިބްރާހީމް ޢަލީގެ ފަރާތުން ސިވިލް ކޯޓުގެ އިޚްތިޞާޞާމެދު އިޢުތިރާޟުކޮށްފައިވަނ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވުނ މާއްދާގަ )ހ( އާ ޙަވާލާދީ ކަމުގައިވާއިރު، އެ ފަރާތުން އިޢުތިރާޟުކޮށްފައިވަނީ، ކޯޓުގެ އިޚްތިޞާޞާމެދު އިޢުތިރާޟުކުރަން ބޭނުންވާކަން 02 ޖުލައި 2023 ގައި ސިވިލް ކޯޓަށް އެންގުމަށްފަހު، 13 ޖުލައި 2023 ގައާ އެއްބަސްވުން ބާޠިލުކޮށް، އެއްބަސްވުން ބާޠިލުކުރުމުގެ ނޯޓިސް ފޮނުވީތީ، އެއްބަސްވުމުގެ ޞައްޙަކަމާމެދު ގޮތެއް ނުނިންމީސިވިލް ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ ނުނިންމޭނެކަމަށ ބުން ކަމުގައެވެ. މި ނުކުތާގައި ސިވިލް ކޯޓުން ނިންމާފައިވަނީ، އެއް މައްސަލަ ހުށަހެޅުނުއިރު ވުޖޫދުގައި އޮތް ޙާލަތްކަށެނުވާތީ، އެ މައްޗަށް ބިނާކޮށް، ކޯޓުން އެކަނ ޤަބޫލުކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ )ރ( އާ ޚިލާފުވާނެކަމެއް ކަމުގައެވެ.
28މިފަދައިން ވުޖޫދުގައި ނެތް ޙާލަތެއްގެ މައްޗަށް ބިނާކޮށް، ކޯޓުގެ އިޚްތިޞާޞާމެދު ސުވާލު އުފެއްދޭނެ ޤާނޫނީ ހަމައެއްނެތްކަމަށާއި، އަދި އެފަދަ ޤާނޫނީ ހަމައެއް އޮތްކަމުގައި އިބްރާހީމް ޢަލީގެ ފަރާތުނ ބުނެދީފައިނުވާކަމުގައެވެ.
29ކޯޓުނ ނިންމް މި ނިންމުމުގައި އެއްބަސްވުމުގި ދަށުން އެ ފަރާތަށް ލިބިދޭ ޙައްޤު ބޭނުންކުރުމާއި ނުވަތަ ނުކުރުމާއި ގުޅޭ ގޮތުން ގޮތެއް ކަނޑައަޅާފައިނުވާކަމާއ އަދި އެއްބަސްވުމުގި ދަށުން ލިބިދޭ ޙައްޤެއް އެއްވެސް މަރުޙަލާގައި ބޭނުންނުކުރެވޭނެކަމަށް މި ނިންމުމުގައި ބަޔާންކޮށްފައިނުވާކަމުގައެވެ.
30އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިބްރާހީމް ޢަލީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ، އެ ކޯޓުގައި ކުރިއަށްދާ މައްސަލައިގައި ނުވަތަ ރައްދު ދަޢުވާއެއްގެ ގޮތުގައި ކޯޓަށް ހުށަހަޅައިގެން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 101 ވަނަ މާއްދާގެ )ހ( ގެ 4 ވަނަ ނަންބަރުގެ ދަށުން ހުށަހެޅުމުގެ ފުރުޞަތު އޮތްކަމެއް ކަމުން، އިސްތިއުނާފުކުރެވޭ ނިންމުން ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކީ ޚިލާފުކަމަށް ބަލާނީ ތަނެއް އޮތްކަމަށް ނުދެކޭކަމުގައެވެ.
31ދެވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި މުޙައްމަދު ޢަލީގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ
04.7 ވަނަ ނަންބަރުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ހޯދުން ފިޔަވައި އިތުރު އެއްވެސް މައްސަލއެއަ ކޯޓަކަށް ހުށަނޭޅުމަށް ދެ ފަރާތުން އެއްބަސްވެފައިވާކަމަށް ބަޔާންކޮށްފައިވާތީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ )ކ(ގެ 1 ވަނަ ނަންބަރާއި ޙަވާލާދީ، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ކަނޑައަޅައިދިނުމަށް އިބްރާހީމް ޢަލީގެ ފަރާތުން އެދިފައިވާއިރު، މި ނުކުތާގައި ސިވިލް ކޯޓުން ނިންމާފައިވަނީ،އެއްބަސްވުމަކަށް ބިނާކޮށް، އެއްބަސްވުމުގެ މައުޟަޢިށ ނުގޮސް ކޯޓުގް އިޚްތިޞާޞާމެދު ސުވާލު އުފައްދާ މަރުޙަލާގައި މެދުވެރިވެ އޮންނަ ޙާލަތެއްގެ ސަބަބުން މައްސަލަ ކޯޓަށް ނުބެލޭނީ ކޮންކޮން ޙާލަތެއްގައިކަން ޤާނޫނުތަކުގައި ކަނޑާއަޅާފައިވާކަމުގައެވެ.
32ސިވިލް ކޯޓުން މިފަދައިން ނިންމުމުގައި ޙަވާލާދީފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ޅ( އާއި، 54 ވަނަ މާއްދާއަށާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވާނަ މާއްދާގަ )ނ( އާއެވެ. މި ނިންމުން ޤާނޫނއާ ޚިލާފުވި ސަބަބެއް އިސްތިއުނާފުގައި އިބްރާހީމް ޢަލީގެ ފަރާތުނ ބަޔާންކޮށްދެވިފައިނުވާކަމުގައެވެ.
33އިބްރާހީމް ޢަލީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އިޢުތިރާޟުގައި ބުނެފައިވާ ޙާލަތަކީ ސިވިލް ކޯޓަށެ މައަސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވުމުގެ ސަބަބުން އެ ކޯޓަށް މައްސަލަ ނުބެލޭނަފެދ ޙާލަތެއްތޯ ނުވަތަ ނޫންތޯ ނިންމުމަށްޓަކައި ޤާނޫނުތަކުންނާއި ޝަރުޢީ ނިންމުންތަކުގެ އަލީގައި އ ކޯޓުން ގޮތް ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި މުޙައްމަދު ޢަލީގެ ފަރާތުން ދެކޭ ކަމުގައެވެ.
34އިސްތިއުނާފު ރައްދުވު ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 1964-CVC-2023 ޤަޟިއްޔާއަކީ، ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް ކަމުގައި "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" ނަންބަރު 144-B5/IN/2023/01 އިން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
35އިބްރާހީމް ޢަލީގެ ފަރާތުން ކުޅަ މި އިސްތިއުނާފަކީ، ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާ އެ ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަމުގައި އެ ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމުގައި،
35.1. އިބްރާހީމް ޢަލީގެ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޟުކޮށް، އެއްބަސްވުން ބާޠިލުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މައްދާގެ )ރ( ތަޠުބީޤުކޮށް މާނަކޮށްފައިވަނީ ރަނގަޅަށްނޫންކަމުގައ ބުނި ބުނުމާއި،
35.2. އިބްރާހީމް ޢަލީގެ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޟުކޮށް، ވަކިގޮތަކަށް ޢަމަލުކުރުމުގ އަމުރެ ގުޅޭގޮތުން ހުށަހެޅި ނުކުތާގައި، އެކމަކ މައުޟޫޢީ ގޮތުން ބެލުމަށް އޮތް ހުރަހެއްނޫންކަމަށް ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށްކަމާއި، އަދި އެ ހުށަހެޅުމާއި ގުޅިގެން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ޅ( އާއި، 54 ވަނަ މާއްދާއާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ )ނ( ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްނޫންކަމަށް ބުނާ ބުނުމުގެ މައްޗަށް ބިނާވާ އިސްތިއުނާފެކެވެ.
36މިއީ މި އިސްތިއުނާފުގައި ޝަރީޢަތުން ޖަވާބުދޭންޖެހޭ ދެ ސުވާލުވެސްމެއެވެ. އިބްރާހީމް ޢަލީގެ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޟުކޮށް، އެއްބަސްވުން ބާޠިލުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މައްދާގެ )ރ( ތަޠުބީޤުކޮށް މާނަކޮށްފައިވަނީ ރަނގަޅަށްނޫންކަމުގައ ބުނި ބުނުން
37މ މައްސަލައިގައި ކަނި ވެފައިވް ގޮތަށާ ބަލާއިރު،މުޙައްމަދު ޢަލީގެ ފަރާތުން ސިވިލް ކޯޓުގައި ކުޅަ ދަޢުވާ 14 ޖޫން 2023 ގައި ރަޖިސްޓަރީކޮށް، އެ ކޯޓުން ދަޢުވާގެ ލިޔެކްޔުންތައް ދަޢުވާލިބޭ އިބްރާހީމް ޢަލީއަށް ރައްދުކޮށްފައިވެއެވެ. 02 ޖުލައި 2023 ގައި އިބްރާހީމް ޢަލީގެ ފަރާތުން ދަޢުވާ ފޯމާއި ޙަވާލުވިކަން އަންގާ ލިޔުން ކޯޓަށް ހުށަހަޅައި، އިޚްތިޞާޞްއާމެދު ސުވާލު އުފައްދަނީ ބޭނުންވާކަމަށް ބުނެ، 17 ޖުލައި 2023 ގައި ކޯޓުގެ އިޚްތިޞާޞާމެދު އިޢުތިރާޟުކުރާކަން ބަޔާންކޮށް، "ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޟުކުރާ ފޯމު" ހުށަހަޅާފައިވެއެވެ.
38ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޟކޮށ އިބްރާހީމް ޢަލީގެ ފަރާތުން ހުށަހަޅާފައިވުސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ، ދެ ފަރާތް ދެމެދު 12 ފެބުރުއަރީ 2022 ގައި ވެފައިވާ އެއްބަސްވުން 13 ޖުލައި 2023 ގައި ބާޠިލުކޮށް، އެކަމުގެ ނޯޓިސް މުޙައްމަދު ޢަލީއަށް އަންގާފައިވާތީ، މި ދަޢުވާއަކީ މުޙައްމަދު ޢަލީގެ ފަރާތުން އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ދަޢުވާއަކަށްވާއިރު، އެ އެއްބަސްވުން މިހާރު ބާޠިލުވެފައިވް ތ، އެއްބަސްވުމަށް ޢަމަލުކުރުމަށް ޝަރީޢަތުން އަމުރުނުކުރެވޭނެކަމުގައެވެ.
39މ ހުށަހެޅުމާއިމެދުކޯޓުނ ނިންމާފައިވަން ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދަނީ ބޭނުންވާކަމަށް އިބްރާހީމް ޢަލީގެ ފަރާތުނ 02 ޖުލައި 2023 ގައް ކޯޓަށި އެންގިއިރު، ވުޖޫދުވެނެތް ޙާލަތެއް 13 ޖުލައި 2023 ގައި ވުޖޫދުކޮށް، ނުވަތަ މައްސަލަ ބެލުމުގެ އިޚްތިޞާޞް ގެއްލުވާލުމަށް މަގުކޮށިނަމަވެސް، އެ މަގަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މައްދާގެ )ރ( ގެ ދަށުން ބަންދުކުރަންޖެހޭ މަގެއްކަމށާއި، ސަބަބަކީ އެއީ މައްސަލަ ކޯޓަށް ހުށަހެޅިއިރާއި، އިބްރާހީމް ޢަލީގެ ފަރާތުން ކޯޓުގް އިޚްތިޞާޞްއާމެދު ސުވާލު އުފައްދަން ބޭނުންވާކަން ކޯޓަށް އެންގިއިރުވެސް ވުޖޫދުގައި އޮތްކަމަކަށްނުވާތީ، އެ މައްޗަށް ބިނާކޮށް އިބްރާހީމް ޢަލީގެ ފަރާތުން އެ ބުނާ ފަދައިން ކޯޓުން ޤަބޫލުކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ )ރ( އާ ޚިލާފުވާނެކަމެއްކަން ސާފުކޮށް ފެންނަން އޮތުމުން ކަމުގައެވެ.
40އިސްތިއުނާފުގެ ފުރަތަމަ ނުކުތާގައި އިބްރާހީމް ޢަލީގެ ފަރާތުން ބުނެފައިވަނީ މި ޙާލަތަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ )ރ( ތަޠުބީޤުކޮށް މާނަކޮށްފައިވަނީ ރަނގަޅަށްނޫންކަމުގައެވެ.
41ޕްރިސިޑެންސް 1މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާއަކީޝަރީޢަތްކުރުމުގެ ހަމަތަކާއި ކޯޓުގެ ޢާންމު ވާޖިބުތަކާއި ބާރުތަކުގެ ބާބުގެ ތެރޭގައި ހިމެނޭ މާއްދާއަކަށްވާއިރު، މިއީ ޒިންމާދާރުކަމާއެކ މަސައްކަތްކުރުމަށް ބާރުއެޅުމަށް އެކުލަވާލެވިފައިވާ މާއްދާއެއްކަން މި މާއްދާގެ ސުރުހީއިން އެނގެއެވެ. މި މާއްދާގެ )ރ( ގައިވްނީ މައްސަލައެއްގެ ޝަރީޢަތުގެ މަރުޙަލާތައް ކުރިއަށްދާއިރު، އ މައްސަލައިގައި ހިމެނޭ ޚަޞްމަކު، އެ މައްސަލައިގައި ހިމެނޭ އަނެއް ޚަޞްމުގެ މަޞްލަޙަތަށް އުނިކަމެއް އަންނާނެފަދަ ޢަމަލެއް، ބަހުން ނުވަތަ ލިޔުމުން ނުވަތަ ޢަމަލުންވިޔަސ ކުރިޔަދީގެންނުވާނެކަމށާއި، އެފަދަ ކަމެއް ހިނގައިފިނަމަ، އެކަން ވަގުތުން ފަނޑިޔާރު ހުއްޓުވަންވާނެކަމުގައެވެ.
42މ ނުކުތާގައި އިބްރާހީމް ޢަލީގެ ފަރާތުން އުފައްދާ ޖަދަލަކީ، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެއް ފަރާތަށް ލިބިގެންވާ ޙައްޤެއް ބޭނުންކުރުމަކީ، ނުވަތަ އެ ޙައްޤު ބޭނުންކުރީ ޝަރީޢަތުގެ މަރުޙަލާ ހިނގަމުންދާ ޙާލަތެއްގައިކަމަށްވީނަމަވެސް، އެ މާއްދާ އެފަދަ ޙާލަތެއްގައި ތަޠުބީޤުނުކުރެވޭނެކަމަށެވެ.
43މި މައްސަލައިގައި ފާޅުވާ އެއްޙަޤީޤަތަކީ، ދަޢުވާ ހުށަހެޅުނުއިރު، އަދި ދަޢުވާއާ ގުޅޭ ލިޔެކިޔުންތައް ރައްދުކުރެވުނުއިރު، އަދި ދަޢުވި ފޯމާ ޙަވާލުވުކަނި އަންގާ ލިޔުން ކޯޓަށް ހުށަހަޅައި އިޚްތިޞާޞްއާމެދު އިބްރާހީމް ޢަލީގްފަރާތުން ސުވާލު އުފައްދަން ބޭނުންވާކަން ކޯޓަށް އެންގިއިރުވެސް، އެއްބަސްވުން ވުޖޫދުގައި އޮތްކަމެވެ. އަދި އޭގެ ފަހުނުއިބްރާހީމް ޢަލީގެ ފަރާތުނ އެއްބަސްވުން ބާޠިލުކރިކަމުގެ ނޯޓިހެއް ފޮނުވައި، އެ އެއްބަސްވުމަކުވުޖޫދުގައިނެތް އެއްބަސްވުމެއްކަމަށް ބުނެ، ކޯޓުގެ އިޚްތިޞާޞްއާމެދާއިބްރާހީމް ޢަލ ސުވާލު އުފައްދާފައިވާކަމެވެ.
44ޕްރިސިޑެންސް 2އުސްތިއުނާފުކުރެވިފައިވ ނިންމުނާ ނިންމާފައިވާ ހިނދުގައި، ފެންނަން ހުރި ޙަޤީޤަތްތަކަށް ބަލާއިރު، ފާޅުވަނީ މުޙައްމަދު ޢަލީ ސިވިލް ކޯޓަށް މި ދަޢުވާ ހުށަހެޅި ފަހުން، އިބްރާހީމް ޢަލީ އާއި މުޙައްމަދ ޢަލއީ ދެމެދާ ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް މުޙައްމަދު ޢަލީ ޢަމަލުނުކުރާކަމަށ ބުން އެ އެއްބަސްވުން އިބްރާހީމް ޢަލީގެ ފަރާތުން ބާޠިލުކޮށްފައިވާކަމެވެ.އަދި އެއްބަސްވުން ބާޠިލުކުރިކަން އަންގާ ފޮނުވާފައިވާ ލިޔުމަށެބަލާއިރު، އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގައިވާ މާއްދާއަކާ ޙަވާލާދީކަމެވެ. އެއްބަސްވުމުގެ ދަށުން އެޅެނ އޮތް ފިޔަވަޅެއް ނުވަތް އެއްބަސްވުމުގަ ދަށުން ދެވެންއޮތ ފަރުވާއެއް ލިބިދެވޭ ޙާލަތުގައި، އެކަމާމެދު ސުވާލު އުފެދޭ މަޙައްލެއްގައި، އެކަނ މައުޟޫޢުގައި ބެލުމެއްނެތި، އެ ފިޔަވަޅަކީ ނުވަތަ ފަރުވާއަކީ، އިޖުރާއަތު ތަންނުދޭ ފިޔަވަޅެއް ނުވަތަ ފަރުވާއެއް ކަމުގައި ބުނެވިދާނެ ކަމުގައި ނުދެކެމެވެ.
45ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމެއްގެތަރަހައިގެ ތެރެއިން އަޅާ ފިޔަވަޅެއްގެ މައްޗަށް ބިނާކޮށް، އެކަމުގައި އިޖުރާއަތު ނަހަމަގޮތެއްގައި ބޭނުންކޮށްފައިވާކަމުގެ، ނުވަތަ ޚަޞްމެއްގެ މަޞްލަޙަތަށް އުނިކަން އަންނަ ފަދައަކުން ޢަމަލުކޮށްފައިވާކަމުގެ ބަހުސެއް ނުވަތަ ޝައްކެއް އުފަންވާނަމަ،އެކަމާ ގުޅޭ ގޮތުން ބަހުސްކުރުމުގެ ފުރުޞަތު ދިނުމަކާނުލައި، އަދި ޚާއްޞަކޮށް މަދަނީ އިޖުރާއަތުގެ އިބްރާހީމް ޢަލީގެ ފަރާތުން މުޙައްމަދު ޢަލީއަށް 23 ޖުލައި 2023 ގައި ފޮނުވާފައިވާ ސިޓީ ޤާނޫނުގެ 37 ވަން މާއްދާގަ )ރ( ތަޠުބީޤުކުރާ ޙާލަތުގައި، އެ މާއްދާ ތަޠުބީޤުކުރުމުގެ ޙާލަތެއް ވުޖދގައިވޭތޯ ބެލުމަށްޓަކައި، އެކަމާގުޅޭ ގޮތުން ބަސް ބުނުމުގެ ދޮރު ހުޅުވާނުލައި، އަދިއެކަން ތޢ ނުކުރުމުގެ ފުރުޞަތުނުދީ، ޝަރީޢަތުގެ މަރުޙަލާގައި އެއް ޚަޞްމު އަނެއް ޚަޞްމުގެ މަޞްލަޙަތަށް އުނިކަން ލިބޭފަދައަކުނ ޢަމަލުކޮށްފައިވާކަމަށް ކަނޑައެޅިދާނެކަމަކަށް ނުދެކެމެވެ.
46ތެދެކެވެ. މައްސަލައެއްގެ ޝަރީޢަތުގެ މަރުޙަލާ ކުރިއަށްދާއިރު، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމުގެ މަސް އުލިއްޔަތު ޚަޞްމުންގެ މައްޗަށްވެސް އުފަންވާހިނދު، ޚަޞްމެއްގެ މަޞްލަޙަތަށް އުނިކަމެއް އަންނަ ފަދަ ޢަމަލެއް )ބަހުން، ލިޔުމުން ނުވަތަ ޢަމަލުންވިޔަސް( ކުރުމަށް އޮތް މަގު ބަންދުކުރަންޖެހެއެވެ. އެފަދަ ކަމެއް ކޮށްފި ޙާލަތުގައި، އެއީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ކަމުގައި ބަލައި، ފިޔަވަޅު އެޅުމަށްވެސ އިޖުރާއަތް ތަންދެއެވެ. އެހެނަސް، ޝަރީޢަތުގެ މަރުޙަލާ ކުރިއަށްދާހިނދު، ޚަޞްމަކު އަޅާ ފިޔަވަޅެއްގެ ސަބަބުން އަނެއް ޚަޞްމުގެ މަޞްލޙަތަށ އުނިކަން ލިބިފައިވާކަމަށް ދެކި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ )ރ( ތަޠުބީޤުކުރުމުގެ ކުރިން،އެފަދަ ފިޔަވަޅެއް އަޅާފައިވަނީ ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިންތޯ، ނުވަތިއެއްބަސްވުމަކ ގުޅާ ޚުޞޫމާތެއްނަމްއެއްބަސްވުން ތަންދޭގޮތުގެ މަތިން، އަދ އެއްބަސްވުމުގައިވާ އިޖުރާއަތާއި އެއްގޮތަށްތޯ ކޯޓުންމަތިމަތިންބަލަންވާނެއެވެ. އެންމެ ކުޑަމިނުން ކޯޓުން އެކަނ ފާހަގަކޮށް، އެކަމާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ދޭންވާނެއެވެ.
47މިކަންކަން މި ޙާލަތަށް ތަޠުބީޤުކުރާއިރު، އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށް މުޙައްމަދު ޢަލުޢަމަލުނުކުރުމުގެ ސަބަބުން، އެއްބަސްވުމުގެ ދަށުން އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤް އިބްރާހީމް ޢަލީއަށްލިބިދޭތީކަމުގައި އިބްރާހީމަޢަލީގެ ފަރާތުން ބުނާ ޙާލަތުގައި، އެކަމާމެދު ބހެއް ބުނުމުގެ ފުރުޞަތު ދިނުމަކާނުލައި،އެއްބަސްވުނ ބާޠިލުވެފައިވާކަމަށް ބުނެ އިބްރާހީމިޢަލީގެ ފަރާތުން ހުށަހެޅި އޢުތިރާޟ ކޯޓުނު ޤަބޫލުކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާ ގ )ރ( އާ ޚިލާފުވާނެކަމެއްކަމަށްސިވިލ ކޯޓުން ނިންމް ނިންމުމުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މައްދާގެ )ރ( އެ ޙާލަތަށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްކަމުގައި ނުދެކެމެވެ.
48ޕްރިސިޑެންސް 3އެހެނަސް، އެއްބަސްވުން ބާޠިލުވެފައިވާކަމަށް އިބްރާހީމް ޢަލީގެ ފަރާތުން ހުށަހެޅި އިޢުތިރާޟާއި ގުޅިގެން،މައްސަލަ ކޯޓުގައި ނުބެލޭނެ ޙާލަތެއް އޮތްކަމަށް ކަނޑައެޅެންނެތްކަމަށް ނިންމި ނިންމުމުގައި ޤާނޫނީ ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ. އެހެން،އެކަމުގެ މައްޗަށް އިޖުރާއީ ނަޒަރަކުން ބަލައި، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަކީ މައްސަލަ ހުށަހެޅިއިރު ވުޖޫދުގައި އޮތ އެއްބަސްވުމެއްކަމުގައިވާތީއާއި، އެ ނުކުތާއާ ގުޅޭ ގޮތުން މައްސަލައިގެ މައުޟޫޢުގައި ބަހުސްކުރުމުގެ ފުރުޞަތު އޮތަތީއެވެ.އަދި ހަމައެއާއެކު، ސިވިލް ކެޓަށ މުޙައްމަދް ޢަލީގެ ފަރާތުން ކުޅަ ދަޢުވާގައޯ އެދިފައިވާ ފަރުވާއަކީ، އެއްބަސްވުން ބާޠިލުވެފައިވާތީ، ނަގައިދެވޭނެ ފަރުވާއެއްނޫންކަމަށ ބުން އިޢުތިރާޟުގައި އިބްރާހީމް ޢަލީގެ ފަރާތުން އުފައްދާ ބަހުސަކީވެސް، އެކަނުމައުޟޫ ޢގައ ބެލުމެއްނެތި، ހަމައެކަނި އިޖުރާއީ ނަޒަރަކުން ބަލައި ގޮތެއް ނިންމިދާނެ ފަދަ ބަހުސެއްކަމަށްވެސް ނުދެކޭތީއެވެ.
49އެއްބަސްވުނ ބާޠިލުކުރުމަށް ފޮނުވާފައިވާ ނޯޓިސްއަކީ ފިޔަވަޅެއް ނޫންކަމަށް ބަލައި، އެ ފިޔަވަޅު ބާޠިލުކުރުމަކީވެސ މަދަން އިޖުރާއަތުގެ ޤާނޫނުގެ 37 ވެނ މާއްދާގަ )ރ( ގެ ދަށުން ޝަރީޢަތަށް ކުރެވޭނެކަމެއް ނޫންކަމުގައި މި އިސްތިއުނާފީ ނުކުތާގައި އިބްރާހީމް ޢަލީގިފަރާތުން ބުނިނަމަވެސް، މި މައްސަލައިގައްދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުނުއިބްރާހީމް ޢަލީގެ ފަރާތުން ބާޠިލކުރިކުރުމާމެދ ކޯޓުން ގޮތެއް ކަނޑައަޅާފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، އެއާމެދު ކޯޓުން ގޮތެއް ކަނޑައަޅާފައިނުވާކަމަށ އިބްރާހީމް ޢަލީގެ ފަރާތުން ބުނެފައިވެއެވެ.އިޚްތިޞާޞާމެދު ނންމާފައިވާ ނިންމުމަށް ބަލާއިރުވެސު،އެއްބަސްވުން ބާޠިލުކުރިކުރުމާގުޅޭ ގޮތުން ނިންމުމެއް ނިންމާފައިވާކަން ފާޅުނުވާހިނދ، އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ )ރ( ގެ ދަށުން އެކަން ބާޠިލުކޮށްފައިވާކަންވެސް ފެންނަންނެތްހިނދު، މި ޙާލަތުގައި މިއީ ހުޅުވިފައި އޮތް ބަހުސެއްކަމަށް ބަލަންޖެހެއެވެ. އިބްރާހީމް ޢަލީގެ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޟުކޮށް، ވަކިގޮތަކަށް ޢަމަލުކުރުމުގެ އަމުރާ ގުޅޭގޮތުން ހުށަހެޅި ނުކުތާގައި، އެކަމީ މައުޟޫޢީ ގޮތުން ބެލުމަށް އޮތް ހުރަހެއްނޫންކަމަށް ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށްކަމާއި، އަދި އެ ހުށަހެޅުމާއި ގުޅިގެން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ޅ( އާއި، 54 ވަނަ މާއްދާއާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވާނަ މާއްދާގަ )ނ( ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްނޫންކަމަށް ބނު ބުނުން
50މި ނުކުތާ ބިނާވަނީ، ދެ ފަރާތް ދެމެދު ވެފައިވާއއްބަސްވުމުގެ 04.7 ވަނަ މާއްދާއާ ޙަވާލާދީ، އިބްރާހީމް ޢަލީގެ ފަރާތުން ހުށަހަޅާފައިވާ އިޢުތިރާޟުގެ މައްޗަށެވެ.
51މުއިޢުތިރާޟާއ ގުޅިގެނި ސިވިލް ކޯޓނ ނިންމާފައިވާނިންމުމަކީ، މި އިޢުތިރާޟުގައި އިބްރާހީމް ޢަލީގެ ފަރާތުން ފާހަގަކުރި ކަމަކީ،ކޯޓުގެ އިޚްތިޞާޞާމެދު ސުވާލު އުފެއްދުމުގެ މި މަރުޙަލާގައި ޤާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ ޝަރުޢީ ނިންމުމަކުން އެކަން މަނާކުރާކަމެއްކަނ އިބްރާހީމް ޢަލީގެ ފަރާތުން ބުނެދެވިފައިނުވާތީ، އިޖުރާއީ ނުކުތާ )procedural law އ ޚިލާފުކަމެއް( ކަމުގައި ބެލެވެންނެތް، މައުޟޢޫ ގައި ބެލިދާނެކަމެއް ކަމުގައެވެ.
52މި ނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފުކަމަށް މި އިސްތިއުނާފުގައި އިބްރާހީމް ޢަލީގެ ފަރާތުން ބުނެއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައިވަނީ، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި، މިއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެނަމ ކަމުގައެވެ.
53މިކަން ފާހަގަކޮށް އިބްރާހީމް ޢަލީގެ ފަރާތުން އިސްތިއުނާފުގައި ބުނެފައިވަނީ ދެ ފަރާތް ދެމެދު އެއްބަސްވުމުގައި ސޮއިކުރިއިރު ދެ ފަރާތުން އެއްބަސްވި ގޮތަކީ ދެ ފަރާތުގެ ދެމެދުގައި ޚުޞޫމާތެއް އުފެދުނު ކަމުގައިވިޔަސް ފައިސާ ހޯދުމަށް ދަޢުވާކުރުން ފިޔަވައި އިތުރު ދޢުވާއެއ އެކެއް އަނެކެއްގެ މައްޗަށް ނުކުރުންކަމުގައެވެ. އެހެންކަމުން، performance specific ގ އަމުރަކަށް ނޭދެވޭނެކަމަށް ދެ ފަރާތުން އެއްބަސްވެފައިވީނަމަވެސް، އެކަމާ މައުޟޫޢީ ގޮތުން މައްސަލަ ބެލުމަށް އޮތް ހުރަހެއް ނޫންކަމަށް ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށްކަމުގައެވެ.
54ޕްރިސިޑެންސް 4ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދޭ 02 )ދޭއް( ޙާލަތެއްވާކަނ މަދަން އިޖުރާއަތުގެ ޤާނޫނުގެ 20 ވަނަ މާއްދާއާއި، މި ޤާނޫނުގެ 110 ވަނަ މައްދާގެ )ހ( އިން އެނގެއެވެ. އެއީ،
54.1. ދަޢުވާއާމެދު ގޮތެއް ނިންމުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވާކަމަށް ފެނުމާއި،
54.2. އާންމު އުޞޫލުން ކޯޓަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިވީނަމަވެސް، މައްސަލައިގައި މެދުވެރިވާ ޙާލަތުން މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަނ ފެނުމެވެ.
55މ މައްސަލައަށް ބަލާއިރު،މއ ދަޢުވާއާމެދު ގޮތެއް ނިންމުމުގެ އިޚްތިޞާޞް ކޯޓަށް ލިބިދީފައިނުވާކަމަށ ބުން ކޮށްފައިވެ އިޢުތިރާޟެއްނޫނެވެ. މިއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ނުވަތަ ދަޢުވާއާމެދު ގޮތެއް ނިންމުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިދީފައިވާހިނދު، މެދުވެރިވެފައިވާ ޙާލަތެއްގެ ސަބަބުން އެ ކޯޓުން އެ މައްސަލަ ބަލައިގެންނުވާނެ ޙާލަތެއް ވުޖޫދުވެފައިވާކމަށ ފެނިގެން އިބްރާހީމް ޢަލީގެ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދައި ހުށަހަޅާފައިވާ އިޢުތިރާޟެއްކަން އެނގެއެވެ.
56ޕްރިސިޑެންސް 5މިފަދަ އިޢުތިރާޟުތައް ހުށެހެޅޭ މަރުޙަލާއަކީ، މައްސަލަމައުޟޫޢީގޮތުންބެލުމުގެ ކުރިން، އަދި މައްސަލައިގެ މައުޟޫޢުގައި ވާހަކަދައްކައި ބަހުސްކުރުމުގެ ކުރިން، އިޖުރާއީ ނަޒަރަކުން އިޢުތިރާޟުގައި ހުށަހަޅި ހުށަހެޅުމުގެ މައްޗަށް ގޮތެއް ކަނޑައަޅަންޖެހޭ މަރުޙަލާއެކެވެ.މ މަރުޙަލާގައި ގޮތެއް ކަނޑައަޅަންޖެހެނީ އިޢުތިރާޟާ ގުޅިގެން ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކުގެ މައްޗަށ މައްސަލައިގެ މައުޟޫޢުގައި މައްސަލަ ބެލުމުގެ ކުރިންކަމުގައިވާތީ،މ މަރުޙަލާގައި ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކާއި ގުޅޭ ގޮތުން ޝެރީޢަތުން ބަލަންވާނެ މިންގަނޑަކުއިޖުރާއީ ނަޒަރަކުން އ ހިނދަފްންނަނ ހުރް ކަންކޯމުގެ މައްޗަށ މައްސަލަ ބަލައިގެންނުވާނެފަދަ ޙާލަތެއް ވުޖޫދުގައިވޭތޯ ނުވަތަ ނޫންތޯއެވެ.
57ޕްރިސިޑެންސް 6މިކަމުގ ޤާނޫނެ ބަހުސެއް ހިމެނޭނަމަ، އެކަން މައްސަލައިގެ މައުޟްޢޫގައ ބަލައި ގޮތެއް ކަނޑައެޅުމުގެ ފުރުޞަތު އޮތްހިނދު، އިޖުރާއީ ގޮތުނ މިކަނީ ބެލުމުގެ ބަދަލުގައި،މިކަމ މައުޟެޢ ގައި ބެލިދާނެކަމެއް ކަމުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށްކަމުގައި ނުދެކެމެވެ.
58އިބްރާހީމް ޢަލީގެ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޟުކޮށް، ވަކިގޮތަކަށް ޢަމަލުކުރުމުގެ އަމުރާ ގުޅޭގޮތުން ހުށަހެޅި ނުކުތާއާއި ގުޅިގެން، ސިވިލް ކޯޓުގެ ނިންމުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ޅ( އާއި، 54 ވަނަ މާއްދާއާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގާ 18 ވަނަ މާއްދާގެ )ނ( ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްނޫންކަމަށް އިބްރާހީމް ޢަލީގެ ފަރާތުން ބުނެއެވެ.
59މއ ގުޅިގެނާ ސިވިލް ކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ޚުޞޫމާތުގައި އެއްބަސްވުމެއް ޝާމިލުވާހިނދު، ދަޢުވާގެ މައުޟެޢށް ނުގޮސް، ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުމުގެ މަރުޙެލާގައި، މެދުވެރިވާ ޙާލަތެއްގެ ސަބަބުން މައްސަލަ ކޯޓަށް ނުބެލޭނެކަމަށް ކަނޑައެޅިދާނެ ޙާލަތްތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ޅ( އާއި، މި ޤާނޫނުގެ 54 ވަނަ މާއްދާގެ އިތުރުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނި މާއްދާގަ )ނ( ގައި ބަޔާންކުރާ ކމުގައަ ސިވިލ ކޯޓުން ފާހަގަކޮށް، އިބްރާހީމް ޢަލީގެ ފަރާތުން އިޢުތިރާޟުގައި ފާހަގަކުރާ ނުކުތާއަކީ، ކޯޓުގ އިޚްތިޞާޞާމެދ ސުވާލު އުފެއްދުމުގެ މަރުޙަލާގައި ޤާނޫނަކުން، ނުވަތަ ގަވާއިދަކުން ނުވަތަ ޝަރުޢީ ނިންމުމަކުންވިޔަސ އެކަން މަނާކުރާކަމެއްކަން އިބްރާހމީ ޢަލީއަށް ބުނެދެވިފައިނުވާކަމުގައ ފާހަގަކޮށްފައިވެއެވެ.
60މި މައްދާތަކަށް ޙަވާލާދީ، ސިވިލް ކޯޓުންއިސްވ ބަޔާންކޮށްފައިވެ ކަންކަނާ ފާހަގަކޮށްފައިވަނީ، ވަކިގޮތަކަށް ޢަމަލުކުރުމުގެ އަމުރާއި ގުޅޭ ގޮތުން އިބްރާހީމް ޢަލީގެ ފަރާތުން ހުށަހެޅި ނުކުތާ ސީދާ ގުޅެނ ދީ ފަރާތެ ދެމެދް ވެފައިވާ އެއްބަސްވުމާ ކަމުގައިވާތީއެވެ. ބަޔާންކުރަނިވ ޤާނޫނ ނައްސުތަކުގައި،ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެދުމުގެ މަރުޙަލާގައި، އެ މައްސަލަ ކޯޓުން ނުބެލޭނެ ޙާލަތްތައް ބަޔާންކުރާއިރު، މައްސަލަ ބެލުމަށް ހުރަސްއަޅާފަދަ މިއިން ޙާލަތެއް މ އިޢުތިރާޟުގައި ހިމެނޭކަން އިބްރާހީމް ޢަލީގެ ފަރާތުނެބުނދެވިފައިނުވާކަނ ސިވިލް ކޯޓުގް ނިންމުމުން ސާފެވެ.
61މީގެ އިތުރުން،އެ މަރުޙަލާގައި މައްސަލަ ބެލުމަށް ހުރަސްއަޅާފަދާބަޔާންކުރަނިވ އެއްވެސް ޙލަތެއ އިބްރާހީމް ޢަލީއަށް ބުނެދެވިފައިނުވާއިރު،އެހެނ ޤާނޫނަކުން ނުވަތް ގަވާއިދަކުން ނުވަތަ ކޯޓުގެ ނިންމުމަކުންވިޔަސް، އެ މަރުޙަލާގައި އެކަން މަނާކުރާފަދަ ޙާލަތެއް ވުޖޫދުވެފައިވާކަން އިބްރާހީމް ޢަލީއަށް ބުނެދެވިފައިނުވކަން، ވަކިގޮތަކަށް ޢަމަލުކުރުމުގެ އަމުރާއި ގުޅޭ ގޮތުން އިބްރާހީމް ޢަލީގ ފަރާތުން ހުށަހެޅި ނުކުތާއާ ގުޅޭ ގޮތުން ނިންމި ނިންމުމަށް ވާސިލުވުމުގައި ބަޔާންކޮށްފައިވެއެވެ.
62މިއީ ޖާއިޒު ފާހަގަކުރުމެއް ކަމުގައި ދެކެމެވެ. އެހެނެ،އެއްބަސްވުމާއި ގުޅިގެނި ނަގާ ޖަދަލެއްގައި، ކޯޓުގެ އިޚްތިޞާޞާމެދު ސުވާލު އުފެއްދުމުގެ މަރުޙަލާގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ޅ( ގައިވާ ޙާލަތު މެދުވެރިވާނަމަ، ނުވަތަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 54 ވަނަ މާއްދާގައިވާ ޙާލަތު މެދުވެރިވާނަމަ، ނުވަތަ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނި މާއްދާގަ )ނ( ގައިވ ޙާލަތާ މެދުވެރވާނަމަ، އެ މައްސަލަ ކޯޓުން ނުބެލޭނެކަމަށް ކަނޑައެޅިދާނެކަން މި މާއްދާތަކުން އެނގެންއޮތަތީއެވެ.
63އިބްރާހީމް ޢަލީ ކުޅަ އިޢުތިރާޟުގައިވާ ޙާލަތުގެ މައްޗަށް،ބަޔާންކުރަނިވި މާއްދާތައް ތަޠުބީޤުކޮށްފައިވަނީ، އިބްރާހީމް ޢަލީގެ ފަރާތުނ ކުޅަ އިޢުތިރާޟު ގުޅެނީ ސީދާ ދެ ފަރާތް ދެމެދު ވެފައވި އެއްބަސްވުމާ ކަމުގައިވާތީއެވެ. އެހެންކަމުން،ސިވިލ ކޯޓުން ނިންމުމަށް ވާސިލުވުމުގައި ބަޔަންކުރަނިވި މާއްދާތަކަށް ޙަވާލާދީ، އެ މާއްދާތައް މި މައްސަލައިގެ ޙަޤީޤަތްތަކަށް ތަޠުބީޤުކޮށްފައިވ ގޮތުގައި ޤާނޫނީ ގޯހެއް އޮތްކަމަކަށް ނުދެކެމެވެ.
64ބަޔާންކުރަނިވި ކަންކަމުގެ އަލީގައި،އިބްރާހީމް ޢަލީގެ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޟުކޮށް، އެއްބަސްވުން ބާޠިލުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 37 ވަނަ މައްދާގެ )ރ( ތަޠުބީޤުކޮށް މާނަކޮށްފައިވަނީ ރަނގަޅަށްކަމުގައި ނުދެކޭހިނދު، ސިވިލް ކޯޓުނ މި މާއްދާ ތަޠުބީޤުކުރި ކުރުން ބާޠިލުކުރަންޖެހޭ ކަމުގައި ދެކެމެވެ. އެހެނަސް، އެއްބަސްވުން ބާޠިލުވެފައިވާކަމަށް ބުން އިބްރާހީމެ ޢަލީގެ ފަރާތުން ހުށަހެޅި އިޢުތިރާޟާއި ގުޅިގެން، ސިވިލް ކޯޓުގައި މައްސަލަ ނުބެލޭނެ ޙާލަތެއް އޮތްކަމަށް ކަނޑައެޅެންނެތްކަމަށ ނިންމް ނިނމުމަކ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފު ނިންމުމެއް ކަމުގައި ނުދެކެމެވެ.
65އިބްރާހީމް ޢަލީގެ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޟުކޮށް، ވަކިގޮތަކަށް ޢަމަލުކުރުމުގެ އަމުރެ ގުޅޭގޮތުން ހުށަހެޅި ނުކުތާއާ ގުޅޭ ގޮތުން، ސިވިލް ކޯޓުން ނިންމި ނިންމުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމުގައި ނުދެކެމެވެ. އަދި އެ ހުށަހެޅުމާއި ގުޅިގެނެ ނިންމި ނިންމުމަށް ވާސިލުވުމުގައި ސިވިލް ކޯޓުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ޅ( އާއި، 54 ވަނަ މާއްދާއާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ )ނ( ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްނޫންކަމުގައި ބެލެވޭނެ ޤާނޫނީ އަސާސެއް އޮތްކަމަކަށް ނުދެކެމެވެ.
66މިކަންކަމުގެ އަލީގައި، ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަމުގައި ކަނޑައަޅައި، އެ ކޯޓުގެ ނަންބަރ 144-B5/IN/2023/01 "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" ބާޠިލުކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅަންޖެހޭކަމުގައި ދެކެމެވެ.
67ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
68ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
69މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނާދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުނަ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފްއ އޮނނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ރ)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 20 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ (ކ) ގެ (1)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 54 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 101 ވަނަ މާއްދާގެ (ހ) ގެ (4)
- ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ނ)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަލީ ސަޢީދު
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙުސައިން މަޒީދު، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް