ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/101,102
އިބްރާހީމް ޢަބްދުއްލަޠީފު ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް، 2021/HC-A/101,102
Ibrahim Abdhulateefu v. Oanas Private Limited 2021/HC-A/101,102 (2021/HC-A/101,102, High Court of the Maldives, 6 October 2021)
އިބްރާހީމް ޢަބްދުއްލަޠީފު ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް [2021] SC 18 ގައި ބާޠިލުކުރަންޖެހޭ ކަމަށް ކަނޑައެޅި ސިވިލް ކޯޓުގެ ދެ ތަންފީޛީ ޤަޟިއްޔާ، އިޖުރާއަތު ފުރިހަމަކުރުމުގެ ގޮތުން ހައިކޯޓުން ބާޠިލުކުރަންވީތޯއާއި، އިސްތިއުނާފުކުރި ފަރާތަށް ގެއްލުމުގެ ބަދަލާއި ލީގަލް ކޮސްޓް ނަގައިދެވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު (ސިވިލް ކޯޓުގެ ދެ ތަންފީޛީ ޙުކުމް ބާޠިލު)؛ ގެއްލުމުގެ ބަދަލާއި ލީގަލް ކޮސްޓަށް އެދުން ނުބަލައި
ކަނޑައެޅުނު އުޞޫލުތައް
- ސުޕްރީމް ކޯޓުން ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ބެލި މައްސަލައެއްގައި ދަށުކޯޓުގެ ޙުކުމްތައް ބާޠިލުކުރަންޖެހޭ ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ދަށުކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނީ ހައިކޯޓަށް ކަމުން އިޖުރާއަތު ފުރިހަމަކުރުމަށް ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުއްދަ ދީފިނަމަ، ހައިކޯޓުން ގޮތެއް ކަނޑައަޅަނީ އެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން ލިބިދީފައިވާ އިސްތިއުނާފީ އުޞޫލުގެ ތެރެއިން، އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށެވެ.
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤުން މަޙްރޫމްކޮށް، ދަރަނި ސާބިތުވާ ޝަރީޢަތެއް ނުކޮށް، ބާޠިލު އިޖުރާއަތުތަކެއްގެ މައްޗަށް ބިނާވެގެން ކޮށްފައިވާ ނިންމުމެއްގެ ސަބަބުން އުފެދުނު ޙުކުމް ތަންފީޛުކުރުމުގެ ޤަޟިއްޔާތަކަކީ ޤާނޫނީ ހައިސިއްޔަތެއް ނެތް، ބާޠިލުކުރަންޖެހޭ ޤަޟިއްޔާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ، ސިވިލް ކޯޓުގެ ދެ ތަންފީޛީ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމްތަކަކީ ބާޠިލު ޙުކުމްތަކެއް ކަމަށް ހައިކޯޓުން ކަނޑައެޅެންޖެހެއެވެ.
- ދަށުކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު ދެކެވިފައިނުވާ، ސުޕްރީމް ކޯޓުގައިވެސް ވާހަކަ ދެކެވިފައިނުވާ، އަދި އިސްތިއުނާފީ ފޯމުގައިވެސް ޤާނޫނީ ސަބަބު ނުވަތަ ޤާނޫނީ ބަޙުޘު ސާފުކޮށް ބަޔާންކޮށްފައިނުވާ ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދިނުމަށް އެދޭ އެދުމަކީ، އިޖުރާއަތު ފުރިހަމަކުރުމަށް ހުއްދަ ދީފައިވާ މިފަދަ އިސްތިއުނާފެއްގައި ކަނޑައެޅޭނެ ކަމެއް ނޫނެވެ.
ފައިޞަލް ތާއީދުކުރެއެވެ.
3މިއީ ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ޤަޟިއްޔާ އާއި އެކޯޓުގެ ނަންބަރު C/2015-/Cv910 ޤަޟިއްޔާ އެއްކޮށް އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ހައިކޯޓަށް އިބްރާހީމް ޢަބްދުއްލަޠީފުގެ ފަރާތުން ހުށަހަޅައިފިނަމަ އެމައްސަލަ ހައިކޯޓުން ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވުމުން، އެގޮތުގެ މަތިން […] އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން އެމައްސަލަ ތައް އިސްތިއުނާފކޮށު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާ ތަކެކެވެ. މިޤަޟިއްޔ ތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އޯނަސް ޕްރައިވެޓް ލިމިޓެޑެވެ. ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ
3. ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔގާ އ ބުނެވިދިޔަ ސިވިލް ކޯޓުގެ މައްސަލަ ތަކުގެ ފެށުމާއ ކަނި ހިނގާފައިވާ ގޮތް ތަފް ޞ ލުކޮށް ބަޔާންކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ޤަޟިއްޔާއާއި އެކޯޓުގެ ނަންބަރު C/2015-/Cv910 ޤަޟިއްޔާ
2ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ޙުކުމްގައިވަނީ އަނން ނިވި ފަދައިންނެވެ. "އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރ 553/Cv-C/2015 ޤަޟިއްޔާއާއި އެކޯޓުގެ ނަންބަރު 910/Cv-C/2015 ޤަޟިއްޔާއަކީ […] އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާއާ ޚިލާފަށް، އިންސާފުވެރި ޝަރީޢަތެއް ކުރުމެއް ނެތި، ޙުކުމް ތަންފީޒުކުރަންކަމަށ ބުން ޙުކުމްކޮށްފައިވާ ދެ މައްސަލަކަމުން، މި ދެ މައްސަލައަކީވެސް ބާޠިލްކުރަންޖެހޭ ދެ މައްސަލަކަމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންނަށް ފެނުނު ހިނދު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުނ ދަށް ކޯޓުތަކުނަ ނިންމާ ނިންމުންތައް އިސްތިއުނާފު ކުރެވޭނީ ހައިކޯޓަށްކަމުން، ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަ ކުރުމަށްޓަކައ މިއަދު (35 ފެބުރުވަރީ 3233) އިން ފެށިގެން 32 (ދިހައެއް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ޤަޟިއްޔާއާއި އެކޯޓުގެ ނަންބަރު 910/Cv-C/2015 ޤަޟިއްޔާ އެއްކޮށް އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ހައިކޯޓަށް އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ހުށަހަޅައިފިނަމަ، މިޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން، މި ދެ މައްސަލައިގައިވެސް ދިވެހިރާއްޖޭގެ ހައިކޯޓުން އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށް އަންގައި، މި މައްސަލަ ނިންމީއެވެ". ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ
1. ބުނެވިދިޔަ ސުޕްރީމް ކޯޓުގެ ޙުކުމާ ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ޤަޟިއްޔާއާއި އެކޯޓުގެ ނަންބަރު 910/Cv-C/2015 ޤަޟިއްޔާ އިބްރާހީމް ޢަބްދުއްލަޠީފު ގެ ފަރާތުން ދިވެހިރާއްޖޭގެ [2021] SC 18 ޤަޟިއްޔާގެ ނިންމުން ޞ 13 ހައިކޯޓުގައި އިސްތިއުނާފު ކުރަމުން އަންނަނިވި ނުކުތާހުށަހަޅ އާ ނުކުތް އެގުޅޭގޮތުނ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
1.3. ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ޤަޟިއްޔއާއާ އެކޯޓުގެ ނަންބަރު 910/Cv-C/2015 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ޙުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ހިންގާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގެ ދަށުން ލިބިދޭ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤުން އެފަރާތް މަޙްރޫމްކުރެވިގެނ ކަމުގައް ބުނި ހުށަހެޅި ނުކުތާއެވެ.
1.3.3. މިނުކުތާގެ ތަފްޞީލުގައި އިސްތިއުނާފްކުރާ ފަރާތުން ބަޔާންކޮށްފައިވަނީ އިބްރާހީމް ޢަބްދުލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް (2021) މައްސަލައިގައި ސިވިލް ކޯޓުގެ ތަންފީޒީ ޤަޟިއްޔާތައް ހިންގާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގެ ދަށުން ލިބިދޭ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤުން އިބްރާހީމް ޢަބްދުއްލަޠީފް މަޙްރޫމްކުރެވި ގެން ކަމަށް ކަނޑައަޅާފައިވާކަމަށެވެ. މިގޮތުން އޯނަސް ޕްރައިވެޓް ލިމިޓެޑް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގައި އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ދަރަ ނޏެއް އޮތްކަމަށް ކަނޑައަޅާފައިވަނީ އޭނަގެ މައްޗަށް ނުކުރާ ދައުވާއެއްގެ މައްޗަށްކަމަށްވުމުންނާއި އޯނަސް ޕްރައިވެޓ ލިމިޓެޑް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) މައްސަލައަކީ އިބްރާހީމް ޢަބްދުއްލަޠީފް މައްޗަށް ދަރަންޏެއް ސާބިތުވާ މޭރުމުން ކޮށްފައިވާ ފައިޞަލާކުރަނިވި ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ޤާނޫނީ ހަމައެއްނެތުމުންނާއި ސިވިލް ކޯޓުގެ ތަންފީޒީ ޤަޟިއްޔާތަކަކީ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) މައްސަލައިގެ ނިންމެވުމުގެ ސަބަބުން އުފަންވެ ދީ ޤަޟިއްޔާއެއްކަމުން، މި ދެ ޤަޟިއްޔާ ގ ޤާނޫނި ހ އސިއްޔަތެއ ނެތް ކަމަށް ކަނޑައަޅާފައިވާކަމަށެވެ.
1.3.3. އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ޤަޟިއްޔާއާއި އެކޯޓުގެ ނަންބަރު 910/Cv-C/2015 ޤަޟިއްޔާތަކަކީ ބާޠިލްކުރަންޖެހޭ ދެޤަޟިއްޔާ ކަމުގައި ކަނޑައަޅުއްވާފައިވާތީ އެގޮތުގެ މަތިން އެދެމައްސަލައަކީ ބާޠިލް ދެޤަޟިއްޔާކަމުގައި ކަނޑައަޅާދިނުމަށެވެ.
5ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ޤަޟިއްޔާތަކާ ގުޅޭގޮތުން ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒިއްޔާގެ ދަށުން އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ޙުކުމް ތަންފީޒުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގެ ދަށުން ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤުން އިބްރާހީމް ޢަބްދުއްލަޠީފް މަޙުރޫމްކުރެވިގެންނެވެ. އިބްރާހީމް ޢަބްދުއްލަޠީފް އޯނަސް ޕްރައިވެޓް ލިމިޓެޑަށް ފައިސާތަކެއް ދައްކަން އޮތްނަމަ، އެކަމާބެހޭ ޝަރީޢަތެއް ނުކޮށެވެ. ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒއްޔި އާ މި ދާ ގަޒިއްޔާވެސް ބިނާވަނީ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (3232) ގަޒިއްޔާގެ މައްޗަށެވެ. އިބްރާހީމް ޢަބްދުއްލަޠީފުގެ ފަރާތުން އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (3232) ގަޒިއްޔާ މުރާޖައާކޮށްދިނުމަށް އެދިފައިވަނީ ސުޕްރީމް ކޯޓުން އެ އިޞްލާޙު ގެނެސް އަލުން މައްސަލަ ހުށަހަޅާ ފޯމެއް ހުށަހަޅަން އިބްރާހީމް ޢަބްދުއްލަޠީފަށް އެންގުމުންނެވެ. މި މައްސަލައިގައި 62 ވަނަ ޕެރެގްރާފުން 65 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައިވާ ފަދައިން، އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (3232) ގަޒއްޔާއަށި ޖުޑީޝަލް ޕްރެސިޑެންޓުގެ މައިގަނޑު މަފްހޫމްތަކާއި، ރެސް ޖުޑިކާޓާގެ މައިގަނޑު މަފްހޫމްތައް ތަޠުބީޤުކުރުމުން، އެ މައްސަލައަކީ އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ދަރަންޏެއް ސާބިތުވާ މޭރުމުން ކޮށްފައިވާ ޤާނޫނީ ގޮތުން ބަނދެވޭ ފައިޞަލާކުރަނިވި ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސ ޤާނޫނީ ހަމައެއް ނެތެވެ. އެހެންގޮތަކަށް ބުނާނަމަ، އެ މައްސަލައަކީ، އިބްރާހީމް ޢަބްދުއްލަޠީފްގެ ދަރަންޏެއް އޮތްކަމާމެދު އެ މައްސަލަ ބެލި ފަނޑިޔާރުން މުޅި މައްސަލައިގެ މައުޟޫޢުއިނ ބޭރުން ފައުޅުކޮށްފައިވާ ޚިޔާލެކެވެ. އެ ނިންމުމުގެ މައްޗަށް ޤާނޫނީ ހަމަތަކުގެ މަތިން ޢަމަލުކުރުން ލާޒިމު ނިންމުމެއް ނޫނެވެ. އަދި ޢަމަލުކުރުމަށް ބާރު އަޅާނިންމުމެއްވެސް ނޫނެވެ. އެހެންކަމުން، އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (3232) ގަޒިއްޔާ މުރަޖައާކޮށް، ބާޠިލުކަމަށް ކަނޑަނޭޅި ކަމުގައިވީނަމަވެސް، މި ގަޒިއްޔާގައި ފާހަގަކޮށްފައިވާ ޤާނޫނީ ހަމަތަކުގެ މަތިން، އެ ނިންމުމުގެ (އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 3232) ސަބަބުން، އިބްރާހީމް ޢަބްދުއްލަޠީފް އޯނަސް ޕްރައިވެޓް ލިމިޓެޑަށް ފައިސާތަކެއް ދައްކަންޖެހޭނަމަ، އެކަމެއް ސާބިތުކުރުމަށްޓަކައި ކަމާބެހޭ ދަށު ކޯޓުގައި އެ މައުޟޫޢުއާމެދު ޝަރީޢަތްކުރުމުގެ އެއްވެސް ހުރަހެއްނެތެވެ. ދެން އުފެދޭ ސުވާލަކީ ސިވިލް ކޯޓުގެ ނަންބަރ 553/Cv-C/2015 ގަޒއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒި އްޔާއ މެދާ ޢަމަލުކުރަންވީގޮތެވެ. މި ދެ ގަޒއްޔާއަކި އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (3232) ގަޒިއްޔާގެ ސަބަބުން އުފަންވާ ދީ ގަޒިއްޔާއެވެ. އަދި މި ދެ ގަޒއްޔި ވުޖޫދުވެފައިވަނީ ބާޠިލު އިޖުރާއަތްތަކެއްގެ މައްޗަށް ބިނާވެގެން ކޮށްފައިވާ ޙުކުމެއްގެ ސަބަބުން ކަމުގައިވާތީ، އަދި އެ ދެ މައްސަލަ ގަޒިއްޔާކުރެވި ހިންގާފައިވަނީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އިޖުރާއަތުތަކެއްގެ ތެރެއިން ކަމުގައިވާތީ، ޤާނޫނީ އުޞޫލުތަކުގެ އަލީގައި މި ދެ ގަޒިއްޔާގެ ޤާނޫނީ ހައިސިއްޔަތެއް އޮތްކަމަކަށް ނުދެކެމެވެ. މިއީ ފާޅުކަން ބޮޑު ގޮތެއްގައި ބޭއިންސާފުން، އަސާސީ ޙައްޤުތަކުން އިބްރާހީމް ޢަބްދުއްލަޠީފް މަޙްރޫމްކޮށް، ކޯޓުތަކުގެ އިސްނެގުމަކަށް ކޮށްފައިވާ ކަމެއްކަމުން، ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއާއި އެ ކޯޓުގެ ނަންބަރ 910/Cv-C/2015 ގަޒިއްޔާއަކީ ބާޠިލުކުރަންޖެހޭ ދެ ގަޒިއްޔާއެވެ.
6އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއިން ކަނޑައަޅާފައިވާފަދައިން ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ޤަ ޟިއްޔާގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމްތަކަކީ ބާޠިލް ޙުކުމްތަކެއްކަމުގައި މިކޯޓުން ކަނޑައެޅެންޖެހޭ ކަމުގައި ދެކެމެވެ.
3އިބްރާހީމް ޢަބްދުއްލަޠީފް ގެ ފަރާތުން މިމައްސަލައިގައި އެދޭ ގޮތުގައި ސިވިލް ކޯޓުގެ ޤަޟިއްޔާތަކުގައި އަޅާފައިވާ ފިޔަވަޅެއްގެ ސަބަބުން، އިސްތިއުނާފުކުރާ ފަރާތަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، އެގެއްލުމަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާ ކުރުމުގެ ފުރިހަމަ ހައްޤު އިސްތިއުނާފު ކުރާ ފަރާތަށް އޮންނާނެކަމަށް ކަނޑައަޅާދިނުމަށާއި ސިވިލް ކޯޓުގެ ތަންފީޒީ ޤަޟިއްޔާއާ ގުޅިގެން ލީގަލް ކޮސްޓްގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުގެ އަތުން މިއަދާ ހަމައަށް ހިނގާފައިވާ ހޭދައާއި، މައްސަލައިގައި ނިހާއީ ޙުކުމެއް ކުރެވުމާ ހަމައަށް ހިނގާ އެންމެހައި ޚަރަދަކީ އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިބްރާހީމް ޢަބްދުއްލަޠީފަށް ދޭންޖެހޭ އެއްޗެއްކަމަށް ކަނޑައަޅާ ޙުކުމްކޮށްދެއްވުން އެދިފައިވެއެވެ.
2. ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ މިދެމައްސަލައަކީ މައުޟޫޢީގޮތުން ކުރިއަށް ގެންދާ މައްސަލަ ތަކެއް ނޫންކަމަށްވުމުން މިމައްސަލައިގެ ތެރޭގައި ގެއްލުމުގެ ވާހަކަ ނުދެއްކޭނެކަމަށާއި އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްވެސް އިރެއްގައި ތަންފީޛީ އެއްވެސް މައްސަލައެއް ކޯޓަށް ހުށަހަޅާފައިނުވާ ނެކަމަށާއި މިއީ ލީގަލް ކޮސްޓް ނަގައިދެވޭނެ ޙާލަތްތައްކަމަށް ކަނޑައެޅިފައިވާ އުޞޫ ލުތަކާ އެއްގޮތް ޙާ ލަތެއްނޫންކަމަށާއި އެހެންކަމުން މިމައްސަލައިގައި އެފަދަ ބަދަލެއް ނަގައިދެވިދާނެ ކަމަށް ނުދެކޭކަމަށެވެ.
3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ޤޟިއްޔަ މިކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދަ ދެވިފައިވަނީ އެޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޙުކުމެއް ކުރު މަށެވެ. އަދި އެއީ މައްސަލައިގެ ކަންހިނގާފައިވާ ގޮތުންނާއި ޤާނޫނީ އުޞޫލުތައް އޮތް ގޮތުން ސިވިލް ކޯޓުގް ތަންފީޛީ ދެޤަޟިއްޔާ ބާޠިލްކުރުމުގެ ޤާނޫނީ ބާރު އެކޯޓަށް ލިބިފައިނުވާތީއެވެ. އެގޮތުން ސުޕްރީމް ކޯޓުނ ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. އެހެންނަމަވެސް މި ދެ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް އިސްތިއުނާފ ކުރުމަށް ހުށަހަޅާފައިވާ ދެ މައްސަލައެއް ނޫނެވެ. އަދި އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން އެންމެ ފުރަތަމަ ސުޕްރީމް ކޯޓަށް ހުށަހެޅި ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ހުށަހެޅި ޝަކުވާގެ ދަށުންވެސް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިވިލް ކޯޓުގެ ދެ ގަޒިއްޔާއަކީ ސީދާ ސުޕްރީމް ކޯޓަށް ބާޠިލުކަމަށް ކަނޑައެޅެން އޮތް ދެ ގަޒިއްޔާ ކަމުގައިނުވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، މި ދެ ގަޒިއްޔާއަކީވެސް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރަން ހުށަހެޅިއްޖެނަމަ، އެ ކޯޓުން ބަލައިގަނެ، މި ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޙުކުމެއް ކުރަންޖެހޭ ދެ މައްސަލައެވެ.
32އެހެންކަމުން، މިމައްސަލައިގައި މިކޯޓަށް ގޮތެއް ކަނޑައެޅޭނީ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އިން މިކޯޓަށް ލިބިދީފައިވާ އިސްތިއުނާފީ އޞު ލުގޫ ޠަރަ ޙައިގެ ތެރެއިންނެވެ. އިސްތިއުނާފު ކުރާ ފަރާ ތުން އެދިފައިވާ ގެއްލުމުގެ ބަދަލާއި ވަކީލުފީގެ ވާހަކައަކީ އިސްތިއުނާފު ކުރެވިފައިވާ ދެމައްސަލަ ދަށު ކޯޓުގައި ހިނގަމުންދިޔައިރު ދެކެވިފައިވާ ވާހަކަތަކެއް ކަމުގައިނުވާއިރު ސުޕްރީމް ކޯޓުގައިވެސް މިމއަޟޫ ޢުގައި ވާހަކަދެކެވިފައިނުވާކަމާއި ހަމަ އެހެންމެ މިމައްސަލައިގެ އިސްތިއުނާފީ ފޯމުގައިވެސް އެފަރާތުން އެދިފައިވާ ފަދައިން ގެއްލުމުގެ ބަދަލާއި ވަކީލުފީ ނަގައިދޭންޖެހޭ ޤާނޫނީ ސަބަބު ނުވަތަ ޤާނޫނީ ބޙަ ޘު ސާފުކޮށް އެނގެން ނެތެވެ.
33ބުނެވިދިޔަ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފު ކުރާ ފަރާތުން އެދޭ ފަދައިން އެފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްޤު އޮތްކަމށަ އަދި ދެމައްސަލައާ ގުޅި ގެން ހިނގާފައިވާ ލީގަލް ކޮސްޓް [2021] SC 18 ޕެރެގްރާފް 321، ޞ 16
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ (ލިޔުމުގައި ނަންބަރު '13' ކަމަށް ފެންނަނީ ނަންބަރު ބަދަލުވެފައި)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު
- ސުޕްރީމް ކޯޓު: އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް [2021] SC 18
- ސުޕްރީމް ކޯޓު: އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013)، 2012/SC-A/22
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ހާތިފް ޙިލްމީ، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް