ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/230
ޙުސައިން އަފީފް ވ. މުޙައްމަދު ޢާމިރު، 2017/HC-A/230
Hussain Afeef v. Mohamed Aamir 2017/HC-A/230 (2017/HC-A/230, High Court of the Maldives, 21 March 2021)
ޙުސައިން އަފީފް ވ. މުޙައްމަދު ޢާމިރު
މައްސަލައިގެ ޚުލާޞާ
މެޖިސްޓްރޭޓް ކޯޓުން ލިޔުމަކީ ބައްޕަގެ އިޢުތިރާފެއްކަމަށް ބަލައި ފިހާރައިގެ މުދަލާއި ފައިސާ އެއްމެދު މުދަލެއްކަމަށް ކަނޑައަޅައި، އަގުކޮށް ދެބައިކޮށް ބައްޕައަށް ލިބެންޖެހޭ ބައި ތަރިކައިގެ މައްސަލައެއްގެ ގޮތުގައި ބެލުމަށްފަހު މުދާ ދަރިފުޅަށް މިލްކުވާނެކަމަށް ޙުކުމްކުރިއެވެ.
މަރުޙޫމެއްގެ ނަމުގައިވާ ފިހާރައިގެ މުދަލާއި ފައިސާއަކީ ބައްޕައާއި ދަރިފުޅުގެ އެއްމެދު މުދަލެއްކަމަށް 2006 ގައި ބައްޕަ ދެ ހެކިންގެ ޙާޟިރުގައި ސޮއިކުރި ލިޔުމެއްގެ މައްޗަށް، ދަރިފުޅު އެ މުދާ ވަކިކުރަން ދަޢުވާކުރިއެވެ. ފިހާރަ ފުޅާކުރުމަށް ދަރިފުޅުގެ ނަމުގައި ލޯނުތައް ނަގާފައިވެއެވެ.
އިސްތިއުނާފުކުރި ވާރިޘު ބުނީ ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގެ މުއްދަތު ފަހަނައަޅައި ދަޢުވާކުރި ކަމަށާއި، ލިޔުމަކީ ރަޖިސްޓްރީ ނުވަތަ އެޓެސްޓް ނުކުރާ، ވާރިޘުންނާ ސުވާލު ނުކުރާ ލިޔުމެއް ކަމަށާއި، ލޯނާބެހޭ ގޮތުން ރަހުނާބެހޭ ޤާނޫނަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށެވެ.
މައިގަނޑު ސުވާލު
މަރުޙޫމު ބައްޕައާއި ދަރިފުޅުގެ އެއްމެދު މުދަލެއްކަމަށް ބައްޕަ ސޮއިކޮށް ހެކިން ހެކިވި ލިޔުމެއްގެ މައްޗަށް ފިހާރައިގެ މުދާ އެއްމެދު މުދަލެއްކަމަށް ކަނޑައެޅުމަކީ ޞައްޙަ ނިންމުމެއްތޯ، އަދި ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގެ މުއްދަތު މި ދަޢުވާއަށް ތަޠުބީޤުވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ހައިކޯޓުން ކަނޑައެޅީ މިއީ ދަރަނި ނުވަތަ ވަޞިއްޔަތުގެ ދަޢުވާއެއް ނޫންކަމާއި، މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގައިވާ ޢުންޞުރުތައް ލިޔުމުގައި ފުރިހަމަވާކަމާއި، ރަޖިސްޓްރީ ނުވަތަ ތަޞްދީޤު ލާޒިމެއް ނޫންކަމާއި، ވާރިޘުންނަށް ފުރުޞަތު ދީފައިވާކަމާއި، ދަށުކޯޓުން ހުރިހާ ނުކުތާއަކަށް ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ކަމެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރެވޭނީ ޙުކުމް ޤާނޫނާ ޚިލާފަށް ބިނާކޮށްފައިވުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދުން، ނުވަތަ ޙުކުމަށް އަސަރުކުރި ބާޠިލު އިޖުރާއަތެއް އޮތުމުގެ ޙާލަތުގައެވެ؛ ހަމައެކަނި ޤާނޫނީ ގޯހެއް، ހެކި ނުވަތަ ވާހަކަ ނުބެލުން، ޙައްޤު ގެއްލުން ނުވަތަ އިންޞާފަށް ހުރަސްއެޅުން ފަދަ ކަމެއް ބުނުމަކުން ނުފުދޭނެއެވެ؛ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނެދޭންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6.1-6.2)
- ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގެ މުއްދަތު ހިނގަނީ މަރުވި މީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ފަދަ ކަމެއްގެ ދަޢުވާއަށެވެ؛ އެއްމެދު މުދާ ވަކިކުރުމުގެ ދަޢުވާއަކަށް އެ ޤާނޫނު ތަޠުބީޤު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7)
- އުފުލޭ މުދަލާ ގުޅޭ ލިޔުމެއް ޞައްޙަވުމަށް ޝަރުޢީ ކޯޓެއްގައި ރަޖިސްޓްރީކުރުން، އެޓެސްޓްކުރުން، އިނގިލީގެ ނިޝާން ޖެހުން ނުވަތަ ކޮންމެ ވާރިޘަކާ ސުވާލުކޮށް ބަޔާން ނެގުން ލާޒިމެއް ނޫނެވެ؛ ވާރިޘުންނަށް ވާހަކަދެއްކުމާއި އިންކާރުކުރުމުގެ ފުރުޞަތު ދަށުކޯޓުގައި ދީފައިވުން ފުދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8)
- ކިތާބީ ހެއްކެއް ބަލައިގަތުމުގައި ހެއްކާބެހޭ ޤާނޫނުގެ އިޖުރާއަތެއް ފުރިހަމަނުކުރިކަމަށް ނުކުތާއެއް ހުށަނާޅާނަމަ، އެ ލިޔުމުގެ ޞައްޙަކަމާމެދު އިތުރު ސުވާލެއް އުފައްދަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ދިނުމަކުން، ހިބައަކުން ނުވަތަ ވިއްކުމަކުން މިލްކު ބަދަލުކުރުން ސާބިތުކުރަން ހުށަހަޅަންވާނީ ދެފަރާތުން އެއްބަސްވެ ސޮއިކޮށް، ޙާޟިރުވި ހެކިންގެ ސޮއިއާއެކު ލިޔުމެކެވެ؛ ރަޖިސްޓްރީ ނުކުރާ، ވިޔަފާރީގައި ދައުރުވާ އުފުލޭ މުދަލުގެ ލިޔުމެއް ކޯޓުގައި ރަޖިސްޓްރީކުރުމާއި ތަޞްދީޤުކުރުމާއި ފިންގަރޕްރިންޓް ޖެހުމަކީ ޤާނޫނު ލާޒިމުކުރާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ފިހާރައިން ދަރަނީގެ ގޮތުގައި ގެންގޮސްފައިވާ މުދަލުގެ އަގަކީ ފިހާރައަށް ލިބެންހުރި އަރަނި ފައިސާ ކަމުން، އެއީ ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައިވާ ދަރަންޏެއް ނުވަތަ ވަޞިއްޔަތެއްގެ މާނައިގެ ތެރެއަށް ނުވަދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
1މިއީ، މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2014-30/E16 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސލުތަކ ޚިލާފަށާ ކަމަށް ބުން ރ.މީދޫ ބަހާރުގެ، ޙުސައިން ޢަފީފް (އައިޑީ ގެ ފަރާތުން (މީގެފަހުން "ޙުސައިން ޢަފީފް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތް) ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ރ.މީދޫ ބަހާރުގެ، މުޙައްމަދު ޢާމިރު (އައިޑީ (މީގެފަހުން "މުޙައްމަދު ޢާމިރު" ނުވަތަ "އިސްތިއުނާފުރައްދުވާ ފަރާތް" ކަމަށް ބުނެފައިވް ފަރާތް) އެވެ. މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރެވުނު ދަޢުވާ
2މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު C/2014-30/E16 ޤަޟިއްޔާގައި ކުރެވުނު ދަޢުވާއަކީ، ރ.މީދޫ ބަހާރުގެ އަލްމަރްޙމ އިބްރާހީމް ޢަފީފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބަހާރީސްޓޯރ ކިޔާ ފިހާރައިގައިވާ އެންމެހައި މުދަލާއި ފައިސާއަކީ ރ.މީދޫ ބަހާރުގެ އަލްމަރްޙމ އިބްރާހީމް ޢަފީފާއި އޭނާގެ ފިރިހެން ދަރިފުޅު ރ.މީދޫ ބަހާރުގެ މުޙައްމަދު ޢާމިރާއި ދެ ބަފައިންގެ އެއްމެދު މުދަލުގެ ގޮތުގައި ހޯދާފައިވާ މުދާކަމަށޮ ބުން ދެފަރާތުގެ ދެމެދުގައި އެމުދާ ބަހައި ވަކިކުރުން އެދި މުޙައްމަދު ޢާމިރުގެ ފަރާތުން ހުށަހެޅި ދަޢުވާއެއްކަން އެނގެއެވެ. މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި މައްސަލަ ރައްދުވާފަރާތްތަކުގެ ގޮތުގައި މުޙައްމަދު ޢާމިރގެ ބައްޕު ރ.މީދޫ ބަހާރުގެ، އަލްމަރްޙ މ އިބްރާހީމް ޢަފީފްގެ ވާރސިންކުރެ ފިރިހެންދަރި ރ.މީދޫ ބަހާރުގެ، ޙުސައިން ޢަފީފާއި ހަތަރު އަންހެން ދަރިން ކަމަށްވާރ.މީދޫ ބަހާރުގެ، ޒުލްފާ ޢަފީފް އާއި، ޙަފްޞާ ޢަފީފް އާއި، ޢާމިރު ޢަފީފް އާއި، ނިޢުމާ ޢަފީފް އާއި، އެ މަރުހ މުގެ ހުވަފަތް އަނބްރ.މީދޫ ބަހާރުގެ،އާމިނަތު އަޙްމަދުގެ ނަން ހިމަނާފައިވާކަން އެނގެއެވެ. މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް
3މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓގު ނަންބަރު C/2014-30/E16 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅުމުގައި ރިޢާޔަތްކޮށްފައިވާ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
3.1. ފުރަތަމަ ކަމަކީ: ރ.މީދޫ ބަހާރުގެ އަލްމަރްޙ މ އިބްރާހީމް ޢަފީފްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ބަހާރީސްޓޯރުގައިވާ އެންމެހައި މުދަލެއްގެ ދެބައިކުޅަ އެއްބައި އޭނާގެ ފިރިހެން ދަރިފުޅު ރ.މީދޫ ބަހާރުގެ މުޙައްމަދު ޢާ މިރަށް ހަމަޖައްސައި، ބަހާރީސްޓޯރުގައިވާ އެންމެހައި މުދަލާއި ފައިސާއަކީ އިބްރާހީމް ޢަފީފާއި، މުޙައްމަދު ޢާމިރާއި ދެބަފައިންގެ އެއްމެދު މުދަލެއްގެ ގޮތުގައި ހަމަޖައްސައި، ލިޔުމެއް ތައްޔާރުކޮށް އެލިޔުމުގައި އަލްމަރްޙމ އިބްރާހީމް ޢަފީފް ސޮއިކުރީ ރ.މީދޫ ފެހިގެ މުޙައްމަދު ޒަކީއާއި، ކުކުންގެ (ދެވިނަ) އަޙްމަދު އިބްރާހީމާއި ދެމީހުންގެ ޙާޟިރުގައި އަމިއްލަ އިޚުތިޔާރުގައިކަމަށް ބުނެ މިދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާތީ، އެލިޔުމަކީ މުދަލުގެ މައްޗަށް އިބްރާހީމް ޢަފީފް ވެފައިވާ އިޢުތިރާފެއްކަމަށް ބެލެވޭކަން.
3.2. ދެވަނަ ކަމަކީ: ބަހާރީސްޓޯރުއިތުރަށް ފުޅައު ކުރުމަށްޓަކައި މުޙައްމަދު ޢާމިރުގެ ނަމުގައި ތިންފަހަރެއްގެމަތީނ ލޯން ނަގާފައިވާކަމަށ މުޙައްމަދް ޢާމިރު ބުނާބުނުމަށް އަލްމަރްޙ މ އިބްރާހީމް ޢަފީފްގެ އެއްވެސް ވާރިޘަކު އިންކާރުކޮށްފައި ނުވާކަމާއި، އެ ލޯނު ނެގުމަށްޓަކައި ރަހުނު ކޮށްފައިވަނީ އިބްރާހީމް ޢަފީފްގެ މުދާކަމަށްވެފައި، ލޯނަށް ގެރެންޓީ ދީފައިވަނީ އިބްރާހީމް ޢަފީފް ކަމަށްވާތައެ ލޯނުތަކުގެ ފައިސާއަކީ މުޙައްމަދު ޢާމިރުގެ ފައިސާކަމަށް ޤަބޫލު ނުކުރާކަމަށް އިބްރާހީމް ޢަފީފްގެ ވާރިޘުން ބުނިނަމަވެސް، މުޙައްމަދު ޢާމިރުގެ ނަމުގައި ނަގާފައިވާ ލޯނެއްގެ ފައިސާ ޤަވާއިދުން ދައްކަމުން ދާހައި ހިނދަކު، އަދި ރަހުނު ވިއްކާލުން ނުވަތަ ގެރެންޓާ ޒިންމާވާން ޖެހޭފަދަ ޙާލަތެއް މެދުވެރިވުންފަދަ ކަމެއް ކުރިމަތިނުވާހާ ހިނދަކު ލޯނުގެ ގޮތުގައި ނަގާފައިސާއަކީ އެ ލޯނުނެގި ފަރާތުގެ މިލްކެއްކަނ ޝަރީޢަތަށް ފާހަގަ ކުރެވޭކަމާއި، މުޙައްމަދު ޢާމިރުގެ މި ފައިސާ ހޭދަކޮށްފައިވި ނ ބަހާރީސްޓޯރު ފުޅާކޮށް ތަރައްޤީ ކުރުމަށްކަން މުޙައްމަދް ޢާމިރުގެ ބަހުންނާއި އިބްރާހީމް ޢަފީފްގެ އަމިއްލަ އިޚުތިޔާރުގައ ތައްޔާރުކޮށްފައިވާ ލިޔުމުން ޝަރީޢަތަށް ސާބިތުވާކަން.
3.3. ތިންވަނަ ކަމަކީ: ބަހާރީސްޓޯރުގައިވާ އެންމެހައި މުދަލާއި ފައިސާއަކީ މުޙައްމަދު ޢާމރާއި އޭނާގި ބައްޕަ އަލްމަރްޙ މ އިބްރާހީމް ޢަފީފްގެ އެއްމެދު މުދަލެއް ކަމުގައި ޝަރީޢަތަށް ސާބިތުވެއްޖެނަމަ އެއްމެދު މުދާވަކިކުރަން ބޭނުންވަނީ ބަހާރީސްޓޯރުގައިވާ އެންމެހައި މުދަލެއް އަގުކޮށް އެ އަގަށްވާ ފައިސާއިންކަމަށް އަލްމަރްޙމ އިބްރާހީމް ޢަފީފްގެ ވާރސި ންކުރެ ފިރިހެންދަރު ޙުސައިން ޢަފީފާއި ހަތަރު އަންހެން ދަރިން ކަމަށްވާ ޒުލްފާ ޢަފީފާއި، ޙަފްޞާ ޢަފީފާއި، ޢާމިރާ ޢަފީފާއި، ނިޢުމާ ޢަފީފް ބުނާބުނުމަށް މުޙައްމަދު ޢާމިރު އިންކާރުކޮށް މުދާ އޭގެ ޒާތުން ބަހައި ވަކިކުރަން ބޭނުންކަމަށް މުޙައްމަދު ޢާމިރު ބުނިނަމަވެސް އަގުކޮށްގެން އެ އަގަށްވާ ފައިސާ ދެބައިކޮށް ވަކިކުރުމަށްޓަކައި އެފަރާތްތަކުން އެދޭ ސަބަބަށް ރިޢާޔަތް ކުރާއިރު އެންމެ މަޞްލަޙަތު ހުރީ ބަހާރިސްޓޯރުގައިވާ އެންމެހައި މުދަލެއް އަގުކޮށް އެ އަގަށްވާ ފައިސާ ދެބައިކޮށްލުންކަމަށ ޝަރީޢަތަށް ފާހަގަ ކުރެވޭކަން.
3.4. ހަތަރުވަނަ ކަމަކީ: ބަހާރީސްޓޯރުނ އެކް ދުވަސްތަކުގެމަތީން ދަރަނީގެ ގޮތުގައި ގެންގޮސްފައިވާ ތަކެތީގެ އަގަށްވާ 22/349،204 (ތިންލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ހަތަރު ރުފިޔާ ބާވީސް ލާރި) ލިބެންޖެހި ނުލިބިވާކަން ބަހާރިސްޓޯރުގައިވާ ލިޔެކިޔުންތަކުން ދައްކާއިރު މީގެތެރޭގައި އެތައްދުވަހެއްގ ކުރީގެ މުޢާމަލާތުތަކާއި، އޭގެ ތަފްޞީލު ފެންނަން ނެތުމުން އަނބުރާ ހޯދޭނެ ގޮތެއްނެތް ކަމަށް ފެންނަ މުޢާމަލާތުތައް ހުރުމާއިއެކު އެފައިސާ ވަކިފަރާތަކާއި ޖާމިނު ކުރުމަކީ އެންމެ މަޞްލަޙަތު ހުރިގޮތްކަމަށް ނުފެނުނު ނަމަވެސް އިބްރާހީމް ޢަފީފު ނިޔާވިފަހުން ބަހާރީސްޓޯރުގެ އެންމެހައި މުޢާމަލާތުތަކެއް ބަލަހައްޓާނީ މުޙައްމަދު ޢާމިރުކަން ހުރިހާ ފަރާތްތަކެއްގެ ވާހަކަތަކުން ފާހަގަ ކުރެވޭތޯ މިފައިސާ ހޯދުމަށް މަސައްކަތް ކުރުމަކީވެސް މުޙައްމަދު ޢާމިރުގެ ޒިންމާއެއްކަމާއި، މިފައިސާގެ ތެރެއިން ލިބުނީ މިންވަރަކާއ އަދި ނުލިބިވާމިންވަރަކާމެދ ގޮތެއު ކަނޑައެޅުމުގައި އެންމެ މަޞްލަޙަތު ހުރިގޮތަކ ބަހާރީސްޓޯރުގައިވެ އެންމެހައި މުދަލާއި ފައިސާގެ ތެރެއިން އަލްމަރުޙޫމ އިބްރާހީމް ޢަފީފަށ ކަނޑައެޅިފައިވާ ބަޔާއިމެދު ގޮތެއްކަނޑައެޅުމަށް ހިންގޭ އަލްމަރްޙމ އިބްރާހީމް ޢަފީފުގ ތަރިކައިގެ މައްސަލައިގެ ތެރޭގައި ކަމާއި، ކޮންމެ ގޮތަކަށް ކަނޑައެޅުނު ކަމުގައިވިޔަސް މި ފައިސއަކާ ވެސް އޭގެ ގެއްލުމާއި ފައިދާ އަލްމަރްޙމ އިބްރާހީމް ޢަފީފާއި މުޙައްމަދު ޢާމިރާއި ދެބަފައިނ ހަމަހަމައަށް ޙިއްޞާވާ އެއްޗެކަނ ޝަރީޢަތަށް ފާހަގަ ކުރެވޭކަން.
3.5. ފަސްވަނަ ކަމަކީ: ބަހާރީސްޓޯރުގައިވާ އެންމެހައި މުދަލާއި ފައިސާއަކީ އަލްމަރުޙޫމް އިބްރާހީމް ޢަފީފާއި، އެނާގެ ފިރިހެން ދަރިފުޅު މުޙައްމަދު ޢާމިރާއި ދެބަފައިންގެ އެއްމެދު މުދަލުގެ ގޮތުގައި ކަނޑައަޅައި އިބްރާހީމް ޢަފީފް ތައްޔާރު ކޮށްފައިވު ލިޔުމަށް ބަލާއިރު، އެއްމެދު މުދަލުގެ ގޮތުގައި ކަނޑައަޅާފައިވަނީ ވިޔަފާރީގެ މުޢާމަލާތުގެ ގޮތުގައި ބޭނުންކުރާ އެންމެހައި މެދު ކަމަށާ ބެލެވޭތީ، ބަހާރީސްޓޯރުގައިވާ ވިޔަފާރީގެ މުޢާމަލާތު ހިންގުމަށް ބޭނުންކުރާ ޢިމާރާތާއި، ފަރުނީޗަރުފަދަ ތަކެއްޗަކީ މުޙައްމަދު ޢާމިރާއި، އިބްރާހީމް ޢަފީފާއި ދެބަފައިންގެ އެއްމެދު މުދަލުގެ ގޮތުގައި ހިމެނޭ ތަކެތި ނންކަމަށ ޝަރީޢަތަށް ފާހަގަ ކުރެވޭކަން. މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް
4މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2014-30/E16 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ؛ "ދެންފަހެ، ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ރ.މީދޫ ބަހާރުގެ އަލްމަރުޙ މ އިބްރާހީމް ޢަފީފުގ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ބަހާރީސްޓޯރ ކިޔާ ފިހާރައިގައިވާ އެންމެހައި މުދަލާއި ފައިސާއަކީ ރ.މީދޫ ބަހާރުގެ އަލްމަރުޙ މ އިބްރާހީމް ޢަފީފާއި އޭނާގެ ފިރިހެން ދަރިފުޅު ރ.މީދޫ ބަހާރުގެ މުޙައްމަދު ޢާމިރާއި ދ ބަފައިންގެ އެއްމާދު މުދަލުގެ ގޮތުގައި ހޯދާފައިވާ މުދާ ކަމަށްވާތީ ދެފަރާތުގެ ދެމެދުގައި މިމުދާ ބަހައި ވަކިކުރަން އެދް މުޙައްމަދު ޢާމިރު ހުށަހަޅާ މި މައްސަލުގައި، ބަހާރީސްޓޯރުގައިވާ އެންމެހައި މުދަލާއި ފައިސާއަކީ އިބްރާހީމް ޢަފީފާއި މުޙައްމަދު ޢާމިރާއި ދެބަފައިންގެ އެއްމެދު މުދަލެއްގެ ގޮތުގައި ހަމަޖައްސައި ލިޔުމެއް ތައްޔާރުކޮށް އ ލިޔުމުގައި އަލްމަރުޙޫމ އިބްރާހީމް ޢަފީފް ސޮއިކުރީ ރ.މީދޫ ފެހިގެ މުޙައްމަދު ޒަކީއާއި ކުކުންގޭ (ދެވިނަ) އަޙްމަދ އިބްރާހީމާއި ދެމީހުންގެ ޙާޟިރުގައި އަމިއްލަ އިޚުތިޔާރުގައ ކަމަށި ބުން މިދެފަރާތުން ޝީ ރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާތީ، އެލިޔުމަކީ މުދަލުގެ މައްޗަށް އިބްރާހީމް ޢަފީފް ވެފައިވާ އިޢުތިރާފެއް ކަމަށާއި، މއ އަލްމަރުޙ މ އިބްރާހީމް ޢަފީފް ތައްޔާރު ކޮށްފައިވާ ލިޔުމެއްކަމަށް އިންކާރުކޮށުއެކަންޘާބިތްކޮށްދިނުމަށ އަލްމަރުޙ މ އިބްރާހީމް ޢަފީފްގެ އެއްވެސް ވާރިޘެއްގެ ފަރާތުން ހުށަހަޅާފައި ނުވާތީ އެގޮތުގެމަތީން ރ.މީދޫ ބަހާރުގެ އިބްރާހީމް ޢަފީފްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ބަހާރީސްޓޯރުގައިވާ އެންމެހައި މުދަލާއި ފައިސާއަކީ އަލްމަރުޙ މ އިބްރާހީމް ޢަފީފާއި އޭނާގެ ފިރިހެން ދަރިފުޅު ރ.މީދޫ ބ ހާރުގެ މުޙައްމަދު ޢާމިރާއި ދެބަފައިންގ އެއްމެދު މުދަލެއްކަން ޝަރީޢަތަށަޘާބިތވެއްޖެކަމށް ކަނޑައަޅައި، ބަހާރީސްޓޯރުގައިވާ އެންމެހައި މުދަލާއި ފައިސާއަކީ މުޙައްމަދު ޢާމިރާއި އޭނާގެ ބައްޕަ އަލްމަރުޙ މ އިބްރާހީމް ޢަފީފުގެ އެއްމެދު މުދަލެއް ކަމުގައި ޝަރީޢަތށަ ޘާބިތްވެއްޖެނަމް އެއްމެދު މުދާވަކިކުރަނ ބޭނުންވަނީ ބަހާރީސްޓޯރުގައިވާ އެންމެހައި މުދަލެއް އަގުކޮށް އެ އަގަށްވާ ފައިސާއިން ކަމަށް އަލްމަރުޙޫމ އިބްރާހީމް ޢަފީފްގްވާރިޘުނާ ކުރެ ފިރިހެންދަރި ޙުސައިން ޢަފީފާއި ހަތަރު އަންހެން ދަރިން ކަމަށި ވާ ޛުލްފާ ޢަފީފާއި، ޙަފްޞ ޢަފީފާއި، ޢާމިރާ ޢަފީފާއި، ނިޢުމާ ޢަފީފު ބުނާބުނުމަށް މުޙައްމަދު ޢާމިރު އިންކާރުކޮށް މުދާ އޭގެ ޒާތުން ބަހައި ވަކިކުރަނީ ބޭނުންކަމަށް ބުނިނަމަވެސް އަގުކޮށްގެން އެ އަގަށްވާ ފައިސާ ދެބައިކޮށް ވަކިކުރުމަށްޓަކައި އަލްމަރުޙޫމ އިބްރާހްމް ޢަފީފްގާވާރިޘުނ އެދު ސަބަބަށް ރިޢާޔަތް ކުރާއިރު އެންމެ މަޞްލަޙަތު ހުރީ ބަހާރީސްޓޯރުގައިވ އެންމެހައި މުދަލެއް އަގުކޮށް އެ އަގަށްވާ ފައިސާ ދެބައިކޮށްލުނ ކަމަށް ޝަރީޢަތަށް ފާހަގަ ކުރެވުނު ހިނދު އެގޮތުގެމަތީން ބަހާރީސްޓޯރުގައިވާ އެންމެހައި މުދަލާއި ނަގުދު ފައިސާގެ ޝަރުޢީ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ 660,125/63 (ހަލައްކަ ފަސްދޮޅަސްހާސް އެއްސަތޭކަ ފަންސަވީސް ރުފިޔާ ތޭހައްޓި ލާރި) ގެ ދެބައިކުޅަ އެއްބަޔަށްވާ 330,062/82 (ތިންލައްކަ ތިރީސްހާސް ބާހައްޓި ރުފިޔާ ބަޔާހިލާރި) އާއި، -1,160/ (އެގާރަސަތޭކަ ފަސްދޮޅަސް) އެމެރިކާ ޑޮލަރުގެ ދެބައިކުޅަ އެއްބަޔަށްވާ -/580 (ފަސްސަތޭކަ އަށްޑިހަ) އެމެރިކާ ޑޮލަރަކީ މުޙައްމަދު ޢާމިރުގެ ފަރާތުން އޭނާގެ ބައްޕަ އަލްމަރްޙ މ އިބްރާހީމް ޢަފީފަށް ލިބެންޖެހޭ ފައިސާކަމަށާއި، މި ފައިސާއާއި، ބަހާރީސްޓޯރުން ދަރަނީގެ ގޮތުގައި އެކިފަރާތްތަކުން ގެންގޮސްފައިވާ ތަކެތީގެ އަގަށްވާ 349,204/22 (ތިންލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ހަތަރު ރުފިޔާ ބާވީސް ލާރި) އާއިމެދު ވަކި ޤަޟިއްޔާއެއްގެ ގޮތުގައި ހުށަހަޅައި އަލްމަރްޙ މ އިބްރާހީމް ޢަފީފްގެ ވާރިޘުންގެ މެދުން ގޮތެއް ކަނޑައެޅުމުން ރ.މީދޫ ބަހާރީސްޓޯރު ގައިވާ އެންމެހައި މުދަލާއި ފައިސާއެއް ރ.މީދޫ ބަހާރުގެ މުޙައްމަދު ޢާމިރަށް މިލްކުވާނެކަމަށ ކަނޑައަޅައް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ". މިފަދައިންނެވެ.
5މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު C/2014-30/E16 ޤަޟިއްޔާ ނިމިފައވަނި ޝަރު ޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޙުސައިން ޢަފީފގެ ފަރާތުން 05 (ފަހެއް) ނުކުތާ ހުށަހަޅައި، އެ ނުކުތާ ތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅާފައިވާ ނުކުތާތައް ތިރީގައި މިވަނީއެވެ.
5.1. ފުރަތަމަ ނުކުތާ އަކީ: މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2014-30/E16 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 1 ގައި، މިއީ ރ.މީދޫ ބަހާރުގެ އަލްމަރްޙމ އިބްރާހީމް ޢަފީފް އާއި އޭނާގެ ފިރިހެންދަރިފުޅު ރ.މީދޫ ބަހާރުގެ މުޙައްމަދު ޢާމިރު އާއި ދެބަފައިންގެ އެއްމެދު މުދަލެއްގެ ގޮތުގައި ހޯދާފައިވާ މުދާ ކަމަށްވާތީ، ދެފަރާތުގެ ދެމެދުގައި މިމުދާ ބަހައި ވަކިކުރަން އެދި މުޙައްމަދު ޢާމިރު ބެލުމުން ހުށަހެޅި މ އްސަލައެކެވެ.މ ދަޢުވި ރައްދުވަނީ ރ.މީދޫ / ބަހާރުގެ އަލްމަރްޙމ އިބްރާހީމް ޢަފީފަށްކަނ އެނގެން އޮތްއިރު، އަލްމަރްޙމ އިބްރާހީމް ޢަފީފް 16 ރަޖަބް 1434 / 26 މެއި 2013 ގައި ނިޔާވެފައިވާކަމާއި، އަލްމަރްޙމ އިބްރާހީމް ޢަފީފް ނިޔާވިތާ (1) އަހަރަށްވުރެ ފަހުން މި ދަޢުވާ ކޮށްފައިވާތީ، މިއީ ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢވާގު ޤަނޫނު) އަށް ރިޢާޔަތް ކުރެވިގެން ނިންމާފައިވާ މައްސަލައެއްކަމުގައި ނުވާތީކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
5.2. ދެވަނަ ނުކުތާ އަކީ: ރ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2014-30/E16 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 14 ވަނަ ނަންބަރުގެ (ހ) ގައި ވަނީ ރ.މީދޫ ބަހާރުގެ އަލްމަރުޙޫމް އިބްރާހިމް ޢަފީފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބަހާރީ ސްޓޯރުގައިވާ އެންމެހާ މުދަލެއްގެ ދެބައިކުޅަ އެއްބައި އޭނާގެ ފިރިހެންދަރިފުޅު ރ.މީދޫ ބަހާރުގެ މުޙައްމަދު ޢާމިރއަށު ހަމަޖައްސައި ބަހާރީ ސްޓޯރުގައިވ އެންމެހާ މުދަލާއި ފައިސާއަކީ އިބްރާހީމް ޢަފީފް އާއި މުޙައްމަދު ޢާމިރު އާއި ދެބަފައިންގެ އެއްމެދު މުދަލެއްގެ ގޮތުގައި ހަމަޖައްސައި ލިޔުމެއް ތައްޔާރުކޮށް އެލިޔުމުގައި އަލްމަރްޙ މ އިބްރާހީމް ޢަފީފް ސޮއިކުރީ ރ.މީދޫ ފެހިގެ މުޙައްމަދު ޒަކީ އާއި ރ.މީދޫ ކުކުންގެ (ދެވިނަ) އަޙްމަދު އިބްރާހީމް އާއި ދެމީހުންގެ ޙާޟިރުގައި އަމިއްލަ އ ޚުތިޔާރުގައި ކަމަށްބުނެ މިދެފަރާތުން ޝަރީޢަތުގައި ހެކިބަސްދީފައިވާތ އެލިޔުމަކީ މުދަލުގެ މައްޗަށް އިބްރާހީމް ޢަފީފް ވެފައިވާ އިޢުތިރާފެއްކަމަށް ބެލެވޭކަމަށް ޝަރީޢަތުން ފާހަގަ ކުރައްވާފައިވާއިރު، އެލިޔުމަކީ ޝަރުޢީ ކޯޓެއްގައި ރަޖިސްޓްރީވެފައި ނުވާ، އަދި އެޓެސްޓް ކުރެވިފައިވާ ލިޔުމަކަށް ނުވުމާއި އެލިޔުމުގައި އިބް ރާހީމ ޢަފީފް ގެ އިނގިލީގެ ނިޝާން ޖަހާފައި ނުވާއިރު، އަލްމަރުޙޫމ އިބްރާހީމް ޢަފީފް ގެ ކޮންމެ ވާރި ޘަކާއ ސުވާލުކުރެވި އެލިޔުމާއި މެދު އެވާރިޘުން ގެ ބަޔާނެއް ޝަރީޢަތުގައި ހިމެނިފައި ނެތުމަކީ އިންޞާފުވެރިކަމާއި ހަމަހަމަކަމާއެކު ޤާނޫނު އަސާސީގައިވާ ގޮތަށް މައްސަލަ ބިނާކުރުން ނޫންކަމަށް ފެންނާތީ މިނުކުތާ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގެ ދަށުން ފާހަގަ ކުރެވެން އޮންނަ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
5.3. ތިންވަނަ ނުކުތާ އަކީ: ރ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2014-30/E16 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 14 ވަނަ ނަންބަރުގެ (ށ) ގައިވަނީ ބަހާރީ ސްޓޯރ އިތުރަށް ފުޅާކުރުމަށްޓަކާ މުޙައްމަދު ޢާމިރުގެ ނަމުގައި ތިންފަހަރެއްގެ މަތިން ލޯނު ނަގާފައިވާކަމަށ މުޙައްމަދް ޢާމިރު ބުނާ ބުނުމަށް އަލްމަރުޙޫމ އިބްރާހީމް ޢަފީފްގެ އެއްވެސް ވާރިޘަކު އިންކާރުކޮށްފައި ނުވާކަމާއި އެލޯނު ނެގުމަށްޓަކައި ރަހުނު ކޮށްފައިވަނީ އިބްރާހީމް ޢަފީފްގެ މުދައު ކަމަށްވެފައި ލޯނަށް ގެރެންޓީދީފައިވަނީ އިބްރާހީމް ޢަފީފް ކަމަށްވާތީ އެލޯނުތަކުގެ ފައިސާއަކީ މުޙައްމަދު ޢާމިރުގެ ފައިސާކަމަށް ޤަބޫލު ނުކުރާކަމަށް އިބްރާހީމް ޢފީފްގަ ވާރިޘުން ބުނިނަމަވެސް މުޙައްމަދު ޢާމިރުގެ ނަމުގައި ނަގާފައިވާ ލޯނެއްގެ ފައިސާ ޤަވާއިދުން ދައްކަމުންދާހާ ހިނދަކު، އަދި ރަހުނު ވިއްކާލުން ނުވަތަ ގެރެންޓަރ ޒިންމާވާންޖެހޭފަދަ ޙާލަތެއް މެދުވެރިވުންފަދަ ކަމެއް ކުރިމަތިނުވާހާ ހިނދަކު، ލޯނުގެ ގޮތުގައި ނަގާފައިވާ ފައިސާ އެލޯނު ނެގިފަރާތުގެ މިލްކެއްކަނ ޝަރީޢަތަށް ފާހަގަ ކުރެވޭކަމާއި، މުޙައްމަދު ޢާމިރު މިފައިސާ ހޭދަކޮށްފައިވަނީ ބަހާރީ ސްޓޯރ ފުޅާކޮށް ތަރައްޤީ ކުރުމަށްކަން މުޙައްމަދު ޢާމިރުގެ ބަހުންނާއި އިބްރާހީމް ޢަފީފްގެ އަމިއްލަ އިޚްތިޔާރުގައި ތައްޔާރުކޮށްފައިވ ލޔުމުނި ޝަރީޢަތަށް ސބިތާ ވާކަނު ޝަރީޢަތުން ބަޔާންކޮށްފައިވާއިރު، އެ ޤަޟިއްޔާގައި ފާހަގަ ކުރެވުނު ނުކުތާތަކުގެ، 14 ވަނަ ނަންބަރުގެ (ށ) ގައި، ރ.މީދޫ/ ބަހާރީ ސްޓޯރުގައ ހުރި މުދަލަކީ އިބްރާހީމް ޢަފީފް ދުނިޔޭގައި ހުރި ޙާލަތުގައި ފިހާރާގައި ހުރި މުދާ ރަހުނުކޮށްގެނ ބޭންކަށް ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކެއްގެ ފައިސާއަކަށް ހޯދާފައިވާ މުދައު ކަމަށް އިބްރާހީމް ޢަފީފް ގެ ހުރިހާ ވާރިޘުން ވެސް އެއްބަސްވެފައިވާކަމާއި، އެފިހާރާގައ ހުރި މުދަލަކީ މުޙައްމަދު ޢާމިރުގެ މުދައު ކަމަށް ޤަބޫލު ނުކުރާ ކަމަށް ހުރިހާ ވާރިޘުން ޝަރީޢަތުގައި ބަޔާންދީފައިވާކަމަށާއި، މުޙައްމަދު ޢާމިރު ޤަވާއިދުން ލޯނަށް ފައިސާ ދައްކަމުން ދާހިނދު ރަހުނު ވިއްކާލުން ނުވަތަ ގެރެންޓަރ ޒިންމާވާން ޖެހޭފަދަ ޙާލަތެއް މެދުވެރިވުންފަދަ ކަމެއް ކުރިމަތިނުވާހާހިނދަކު ލޯނުގެ ގޮތުގައި ނަގާފައިވާ ފައިސާއަކީ އެލޯނު ނެގި ފަރާތުގެ މިލްކެއް ކަމަށް ބަޔާންކޮށްފައިވެއެވެ. ބޭންކު ލޯން ނެގުމުގެ ކަންކަން ހިނގާފައިވާ ގޮތެއް ނުވަތަ މިހާރު ލޯނުގެ ޙާލަތު އޮތްގޮތެއ ބޭންކުން ބެއްލެވުމެއްނެތި ޙުކުމް ކުރައްވާފައިވުމުން، އެއީ ޤާނޫނު ނަންބަރު: 93/9 (ރަހުނާއި ބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ އާއި 7 ވަނަ މާއްދާ އާއި 8 ވަނަ މާއްދާއަށް ބެއްލެވުމެއްނެތި ކުރައްވާފައިވާ ޙުކުމެއް ކަމަށް ބެލެވެން އޮތުމާއި މިގޮތަށް ޙުކުމް ކުރައްވާފައި އޮންނާތީ، ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ށ) ދަށުން ފާހަގަކުރި ނުކުތާއެވެ.
5.4. ހަތަރުވަނަ ނުކުތާ އަކީ: ރ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2014-30/E16 ޤަޟިއްޔާގައި ފާހަގަ ކުރެވުނު ނުކުތާތަކުގެ 14 ވަނަ ނަންބަރުގެ (ރ) ގައިވަނީ ބަހާރީ ސްޓޯރުނ އެކް ދުވަސްތަކުގެ މަތިން ދަރަނީގެ ގޮތުގައި ގެންގޮސްފައިވާ ތަކެތީގެ އަގަށްވާ 22/349204 (ތިންލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ހަތަރު ރުފިޔާ ބާވީސް ލާރި) ލިބެންޖެހި ނުލިބިވާކަން ބަހާރީ ސްޓޯރުގައިވާ ލިޔެކިޔުންތަކުން ދައްކާއިރު މީގެތެރޭގައި އެތައް ދުވަހެއްގެ ކުރީގެ މުޢާމަލާތްތަކާއި އޭގެ ތަފްޞީލް ފެންނަން ނެތުމުން އަނބުރާ ހޯދޭނެ ގޮތެއް ނެތްކަމަށް ފެންނަ މުޢާމަލާތްތައް ހުރުމާއި އެފައިސާ ވަކިފަރާތަކާއި ޖާމިނުކުރުމަކީ އެންމެ މަޞްލަޙަތު ހުރިގޮތްކަމަށް ނުފެނުނު ނަމަވެސް އިބްރާހީމް ޢަފީފް ނިޔައުވިފަހުން ބަހާރީ ސްޓޯރުގެ އެންމެހާ މުޢާމަލާތުތަކެއް ބަލަހައްޓަމުންދަނީ މުޙައްމަދު ޢާމިރު ކަން ހުރިހާ ފަރާތެއްގެ ވާހަކަތަކުން ފާހަގަކުރެވޭތީ، މިފައިސާ ހޯދަން މަސައްކަތް ކުރުމަކީ ވެސް މުޙައްމދަ ޢާމިރުގެ ޒިންމާއެއް ކަމާއި މިފައިސާގެ ތެރެއިން ލިބުނު މިނަވަރަކާއ އަދި ނުލިބިވާ މިންވަރަކާއި މެދު ގޮތެއް ކަނޑައެޅުމުގައި އެންމެ މަޞްލަޙަތު ހުރި ގޮތަކީ ބަހާރީ ސްޓޯރުގައިވ އެންމެހާ މުދަލާއި ފައިސާގެ ތެރެއިން އަލްމަރްޙމ އިބްރާހީމް ޢަފީފް އަށް ކަނޑައެޅިފައިވާ ބަޔާއިމެދ ގޮތެއު ކަނޑައެޅުމަށް ހިންގޭ އަލްމަރްޙމ އިބްރާހީމް ޢަފީފްގ ތަރިކައިގެ މައްސަލާގެ ތެރޭގައި ކަމާއި، ކޮންމެ ގޮތަކަށް ކަނޑައެޅުނު ކަމުގައި ވިޔަސް މިފައިސާއަކީވެސް އޭގެ ގެއްލުމާއި ފައިދާ އަލްމަރްޙމ އިބްރާހީމް ޢަފީފް އާއް މުޙައްމަދު ޢާމިރު އާއި ދެބަފައިން ހަމަހަމައަށް ޙިއްޞާވާ އެއްޗެއްކަން ޝަރީޢަތުން ފާހަގަ ކޮށްފައި ވާއިރު، ޤާނޫނު ނަންބަރު: 75/25 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ފަދައިނު 60 ދުވަހުގެ ކަމާބެހޭ ކޯޓަކަށް ހުށަހަޅަން ވާނެކަމާއި މިމުއްދަތުގެ ތެރޭގައި ހުށަނާޅައި ފިނަމަ ބެލެވޭނީ އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދަޢުވާއެއް ކުރާ މީހަކު ނެތީކަމަށެވެ. މިގޮތަށް ބަޔާންވެފައި އޮތްއިރު، ޤާނޫނު ނަންބަރު: 75/25 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) އަށް ރިޢާޔަތް ކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައި އޮތުމުން، މިޤާނނާއި ޚިލާފްވާކަމަށ ބެލެވެން އޮތް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
5.5. ފަސްވަނަ ނުކުތާ އަކީ: ރ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2014-30/E16 ޤަޟިއްޔާގެ ޙުކުމްގައި ރ.މީދޫ ބަހާރުގެ އަލްމަރްޙމ އިބްރާހީމް ޢަފީފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބަހާރީ ސްޓޯރުގައިވ އެންމެހާ މުދަލާއި ފައިސާއަކީ އަލްމަރްޙ މ އިބްރާހީމް ޢަފީފް އާއް މުޙައްމަދު ޢާމިރު އާއި ދެބަފައިންގެ އެއްމެދު މުދަލެއްކަން ޝަރީޢަތަށް ސބިތާ ވ އްޖެ ކަމަށެ ކަނޑައަޅާފައިވާއިރު، މިގޮތަށް ކަނޑައެޅުމަށް އެންމެ ބުރަދަންހުރި ސަބަބެއްކަމަށް ޝަރީޢަތުން ބުރަވެފައިވަނީ މުޙައްމަދު ޢާމިރުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުމެއްގެ މައްޗަށް ކަމަށްވާއިރު، އެލިޔުން އަލްމަރްޙ މ އިބްރާހީމް ޢަފީފްގެ ވާރިޘުން ކުރެ ކޮންމެ މީހަކަށް ދައްކައި އެ ވާރިޘުން މިލިޔުމާއި މެދު ބުނަނީ ކީކޭތޯ ބެއްލެވުމެއްނެތި، އަދި ވާރިޘުން ކޮށްފައިވާ ސޮޔެއް ފިންގަރޕްރިންޓެއް، ލިޔުމެއްނެތި އެއްމެދު މުދަލެއް ކަމަށް ޙުކުމް ކޮށްފައިވާއިރު، ރ.މީދޫ ބަހާރީ ސްޓޯރުގައި މަރްޙޫމް އިބްރާހީމް ޢަފީފް ނިޔައުވިއިރު ހުރި މުދަލަކީ މުޙައްމަދު ޢާމިރު އާއި ދެމީހުންގެ އެއްމެދު މުދާކަމަށް ކަނޑައަޅާފައި ވަނީ ޝަރީޢަތް ކުރުމާއި ބެހޭ ގޮތުން ހެދިފައިވާ ޤަވާއިދުގެ 120 ވަނަ ނަންބަރުގެ 2 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
6ޕްރިސިޑެންސް 1ޙުސައިން ޢަފީފްގެ ފަރާތުން މުޙައްމަދު ޢާމިރު އަށް އިސްތިއުނާފު ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަލާގައި ދަށުކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2014-30/E16 ޤަޟިއްޔާގައި ކުރެވުނު ދަޢުވާއަކީ، ރ.މީދޫ ބަހާރުގެ އަލްމަރްޙޫމް އިބްރާހީމް ޢަފީފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބަހާރީސްޓޯރ ކިޔާ ފިހާރައިގައިވާ އެންމެހައި މުދަލާއި ފައިސާއަކީ ރ.މީދޫ ބަހާރުގެ އަލްމަރްޙމ އިބްރާހީމް ޢަފީފާއި އޭނާގެ ފިރިހެން ދަރިފުޅު ރ.މީދޫ ބަހާރުގެ މުޙައްމަދު ޢާމިރު އާއި ދެ ބަފައިންގެ އެއްމެދު މުދަލުގެ ގޮތުގައި ހޯދާފައިވާ މުދާކަމަށްބުނެ އެމުދާ ބަހައި ވަކިކުރުން އެދި މުޙައްމަދު ޢާމިރުގެ ފަރާތުން ހުށަހެޅި ދަޢުވާއެއްކަމާއި، އަލްމަރްޙ މ އިބްރާހީމް ޢަފީފް އެއިރު ނިޔާވެފައިވާ ހިނދު، މައްސަލަ ރައްދުވާފަރާތްތަކުގެ ގޮތުގައި މުޙައްމަދު ޢާމިރުގެ ބައްޕަ ރ.މީދޫ ބަހާރުގެ، އަލްމަރްޙ މ އިބްރާހީމް ޢަފީފްގެ ވާރިޘުންކުރެ ފިރިހެންދަރި ރ.މީދޫ ބަހާރުގެ، ޙުސައިން ޢަފީފް އާއި ހަތަރު އަންހެން ދަރިން ކަމަށްވާ ރ.މީދޫ ބަހާރުގެ، ޒުލްފާ ޢަފީފް އާއި، ޙަފްޞާ ޢަފީފް އާއި، ޢާމިރާ ޢަފީފް އާއި، ނިޢުމާ ޢަފީފް އާއި، އެ މަރުޙޫމުގެ ހުވަފަތް އަނބި ރ.މީދޫ ބަހާރުގެ، އާމިނަތު އަޙްމަދުގެ ނަން ހިމަނާފައިވާކަން މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އަލްމަރްޙޫމް އިބްރާހީމް ޢަފީފްގެ ވާރިޘުނކުރް ހަމައެކަނި ޙުސައިން ޢަފީފް ކަމަށްވެފައި މި މައްސަލާގައި އަލްމަރްޙ މ އިބްރާހީމް ޢަފީފްގެ ދެންތިބި ވާރިޘުންގެ މަޞްލަޙަތު އޮތަތީވެ އެފަރާތްތަކަށް މި މައްސަލައަށް ތަދައްޚުލުވުމުގެ ފުރުޞަތު އޮތްކަނު ލިއުމުން މި ކޯޓުން އެންގުނުކަމާއި، ނަމަވެސް އެފަރާތްތަކުން މި މައްސަލައަށް ތަދައްޚުލުވެފައިނުވތާ އެ ފަރާތްތަކުގެ ބަހެއް މިކޯޓަށް ލިބިފައިނުވެއެވެ. މި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ހައިސިއްޔަތުން ޙުސައިން ޢަފީފް އާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ހައިސިއްޔަތުން މުޙައްމަދު ޢާމިރުގެ ބަސް އެކަނި ލިބިގެންނެވެ. ދިވެހިރާއްޖޭގު ހައިކޯޓަށް ހުށަހަޅާ އިސްތިއުނާފީ ނުކުތާތަކުގައި ހުންނަންޖެހޭ ސިފަތަކަށް ބަލާއިރު އަންނަނިވިކަންކަން ފާހަގަކުރެވެއެވެ.
6.1. ދަށުކޯޓުން ނިންމާ މައްސަލައެއް ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލައެއް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅޭނެ ހާލަތްތައް ބަޔާންކޮށްފައިވަނީ ދިވެހިރައްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގައެވެ. އެ މާއްދާ ބުނާގޮތުން ދަށުކޯޓުން ނިންމާ މައްސަލަތައް ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރެވޭނީ މައިގަނޑު ދެހާލަތެއް މެދުވެރިވެފައި އޮތްނަމައެވެ. އގޮތުނެ ފުރަތަމަ ޙާލަތަކީ، އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤަނނާ ޚިލާފަށް ކަމަށް ޤަބ ލުކުރެވޭ ސަބަބުތަކެއް ހުރުން ނުވަތަ ޤަނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަ ބ ލުކުރެވޭ ސަބަބުތަކެއް ހުރުމެވެ. ދެވަނަ ޙާލަތަކީ ޙުކުމް ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމނުނެ ޤަނނުގައި ބަޔާންކޮށްފައިވާ އައިބެއްގެ ސަބަބުން ޙުކުމަށް ނުވަތަ ނިންމުމަށް އަސަރުފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލތައަ ބިނާވާންޖެހެނީ އެފަދަ ޤާނޫނީ ނުކުތާތަކުގެ މައްޗަށް ކަނަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43 އަދި 45 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 27 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ.
6.2. ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމުގެ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ ނުވަތަ ޙައްޤުތައް ގެއްލިފައިވާ ކަމަށް ބުނާބުނުމުގެ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށްދޭންޖެހޭނެކަމަށާއި، ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ތިމަންނަގެ . ޤާނ ނ ނަންބަރު 22/2010 ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ހައްޤުތައް ގެއްލިފައިވާ ކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ޤް ނނ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ސާފުކޮށް ބުނެދޭންވާނެކަމަށ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-L/91 'މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓް' ގައި ފާހަގަކޮށްފައިވެއެވެ.
7ޕްރިސިޑެންސް 2އިސްތިއުނާފީ ފުރަތަމަ ނުކުތާގއަ ޙުސައިން ޢަފީފް ގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، މި މައްސަލާގައި އަލްމަ ރްޙމ އިބްރާހީމް ޢަފީފުގެ ވަރިޘުންނަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދަށުކޯޓުން ލިބިދީފައިވަނީ ރަނގަޅަށް ކަމުގައި ބެލެވެއެވެ. މި މައްސަލާގައި ދަށުކޯޓަށް ހުށަހެޅުނު މައްސަލައަކީ އެއްމެދު މުދަލެއް ވަކިކުރުމުގެ މައްސަލައެކެވެ. މި މައްސަލަ ދަށުކޯޓަށް ހުށަހެޅުމުގެ އެތަށް އަހަރެއް ކުރިން އަލްމަރްޙމ އިބްރާހީމް ޢަފީފް ނިޔާވެފައިވީކަމުގައި ވިއަސް، އެ މައްސަލައަކީ އަލްމަރްޙޫމް އިބްރާހީމް ޢަފީފްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ފަދަ ކަމެއް އޮވެގެން ކޮށްފައިވާ ދަޢުވާއަކަށް ނުވާތީ ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢްވާގެ ޤަނޫނު) މި މައްސަލައަށް ތަޠުބީޤުކުރެވޭނެ ހަމައެއް ނެތެވެ.
8ޕްރިސިޑެންސް 3އިސްތިއުނާފީ ދެވަނަ ނުކުތާގައި ޙުސައިން ޢަފީފްގެ ފަރާތުން ފާހަގަކޮށްފައިވަނީ "ބަހާރީ ސްޓޯރ" ގައިވާ އެންމެހާ މުދަލާއި ފައިސާއަކީ އިބްރާހީމް ޢަފީފް އާއި މުޙައްމަދު ޢާމިރު އާއި ދެބަފައިންގެ އެއްމެދު މުދަލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ލިޔުމުގެ ޞައްޙަކަމާމެދު ސުވާލު އުފައްދައި ފާހަގަކޮށްފައިވާ ނުކުތާއެކެވެ. އެގޮތުން އެލިޔުމަކީ ޝަރުޢީ ކޯޓެއްގައި ރަޖިސްޓްރީވެފައި ނުވާ، އަދި އެޓެސްޓް ކުރެވިފައިވާ ލިޔުމަކަށް ނުވުމާއި އެލިއު މުގައި އިބްރާހީމް ޢަފީފް ގެ އިނގިލީގެ ނިޝާން ޖަހާފައި ނުވާއިރު، އަލްމަރުޙޫމް އިބްރާހީމް ޢަފީފް ގެ ކޮންމެ ވާރިޘަކާއ ސުވާލުކުރެވި އެލިޔުމއި މެދާ އެވާރިޘުނގެ ބަޔާނެއް ޝަރީޢަތުގައި ހިމެނިފައް ނެތުމަކީ އިންޞާފުވެރިކަމާއި ހަމަހަމަކަމާއެކު ޤާނޫނު އަސާސީގައިވ ގޮތަށާ މައްސަލް ބިނާކުރުން ނޫންކަމަށް ބުނެ ދިވެހިރާއްޖޭގެ ޤާނޫނުއަސާސގ 20 ވަނަ މާއްދާއާ ހަވާލާދީ މި ނުކުތާ ފާހަގަކޮށްފައި ވެއެވެ. އފުލު މުދަލާގުޅޭ އެފަދަ ލިޔުމެއް ޞައްޙަވުމަށްޓަކައި ޝަރުޢީ ކޯޓެއްގައި އެ ލ ޔި ން ރަޖިސްޓްރީކުރާކަށް ނުޖެހެއެވެ. އަދި އެފަދަ ލިއުމެއް ޞައްޙަވުމަށްޓަކައި އެޓެސްޓްކުރާކަށްވެސް ނުޖެހެއެވެ. އަދި އިބްރާހީމް ޢަފީފް ގެ އިނގިލީގެ ނިޝާން ޖަހާކަށްވެސް ނުޖެހެއެވެ. އެ ލިޔުމުގައި އެއިންކަމެއް ކުރަންޖެހޭކަމަކަށް ނެތެވެ. އަދި އެ ލިއުން ޞައްޙަވުމަށްޓަކައި އަލްމަރުޙޫމ އިބްރާހީމް ޢަފީފް ގެ ކޮންމެ ވާރިޘކާއަ ދަށުކޯޓުގެ ޝަރީޢަތުގައި ސުވާލުކުރެވި އެލިޔުމާއި މެދު އެވާރިޘުން ގެ ބަޔާނެއް ޝަރީޢަތުގައި ހިމެނިފައި އޮންނާކަށް ނުޖެހެއެވެ. ވާރިސުންނަށް ވާހަކަދެއްކުމުގެ ފުރުޞަތު ދެވިފައިވާކަން ދަށުކޯޓުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ. އިންކާތުކުރަން ބޭނުންނަމަ އެފުރުޞަތު ދަށުކޯޓުގައި ލިބިދީފައިވާކަމުގައި ބެލެވެއެވެ. ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެރިޕޯޓުގެ 14 ވަނަ ނަންބަރ ގ (ހ) ގައި ބަޔާންކޮށްފައިވަނީ "ރ. މީދޫ، ބަހާރުގެ، އަލްމަރުޙ މ އިބްރާހިމް ޢަފީފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބަހާރީ ސްޓޯރުގައިވ އެންމެހާ މުދަލެއްގެ ދެބައިކުޅަ އެއްބައި އޭނާގެ ފިރިހެންދަރިފުޅު ރ.މީދޫ ބަހާރުގެ މުޙައްމަދު ޢާމިރުއަށް ހަމަޖައްސައި ބަހާރީ ސްޓޯރުގައިވ އެންމެހާ މުދަލާއި ފައިސާއަކީ އިބްރާހީމް ޢަފީފް އާއި މުޙައްމަދު ޢާމިރު އާއި ދެބަފައިންގެ އެއްމެދު މުދަލެއްގެ ގޮތުގައި ހަމަޖައްސައި ލިޔުމެއް ތައްޔާރުކޮށް އެލިޔުމުގައި އަލްމަރްޙ މ އިބްރާހީމް ޢަފީފް ސޮއިކުރީ ރ.މީދޫ ފެހިގެ މުޙައްމަދު ޒަކީ އާއި ރ.މީދޫ ކުކުންގެ (ދެވިނަ) އަޙްމަދު އިބްރާހީމް އާއި ދެމީހުންގެ ޙާޟިރުގައި އަމިއްލަ އިޙްތިޔާރުގައި ކަމަށްބުނެ މިދެފަރާތުން ޝަރީޢަތުގައި ހެކިބަސްދީފައިވާތ އެލިޔުމަކީ މުދަލުގެ މައްޗަށް އިބްރާހީމް ޢަފީފް ވެފައިވާ އިޢުތިރާފެއްކަމަށް ބެލެވޭކަން." މިފަދައިން ކަމުން "ބަހާރީ ސްޓޯރ" ގައިވާ އެންމެދު މުދަލާއި ފައިސާއާ ބެހޭގޮތުން ދަށުކޯޓުން ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ކަމުގައި ދެކެމެވެ.
9ޕްރިސިޑެންސް 4މިދަޢުވާގައި ބަޔާން ކުރާ ލިޔުމަކީ އެދަޢުވާ ސާބިތު ކުރުމަށް ހުށަހެޅި ހެއްކެކެވެ. ޤާނޫނު ނަންބަރު: 76/24 (ހެއްކާބެހޭ ޤާނޫނު) ގައި ކިތާބީ ހެއްކާބެހޭ ގޮތުން ބަލަންޖެހޭ އިޖުރާއަތު ބަޔާން ކޮށްފައވި އެވެ. އިސްތިއުނާފު ކުރާ ފަރާތުން ކިތާބީ ހެކި ބަލައި ގަތުމުގައި ޢަމަލު ކުރަން ޤާނނުގައ ބަޔާނި ކުރް އެއްވެސް އިޖުރާއަތެއް ފުރިހަމަކޮށްފައި ނުވާކަމަށް ބުނެ ނުކުތާއެއް ހުށަހަޅާފައެއްނެތެވެ. އެހެ ންކަމުން އެލިޔުމުގެ ޞައްޙަކަމާމެދު މިހާރު އިތުރު ސުވާލެއް އުފަންދަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.
10ޕްރިސިޑެންސް 5ޤާނޫނު ނަންބަރު: 68/9 ( މިލްކުވެރިކަން ބަދަލު ކުރުމުގެ ޤާނޫނު) ގައި ދިނުމަކުން، ހިބައަކުން، ވިއްކުމަކުން މިލްކެއް އެހެން ފަރާތަކަށް ބަދަލު ކުރެވޭނެ ގޮތްތަކެއް ބަޔާން ކޮށްފައިވެއެވެ. މި ޤާނޫނަށް ބަލާއިރު، މީސްމީހުންގެ އަމިއްލަ ބިމާއި އެބިމުގައި ހުންނަ އިމާރާތްތައް ފިޔަވައި، ރަޖިސްޓަރީއެއް ކުރެވިފައިވާ އެއްޗެއް ނުވަތަ ތަނެއްގެ މިލްކުވެރިކަން ބަދަލުކުރަނީ ނަމަ ރަޖިސްޓަރީ ދިން ފަރާތުގެ އިޢްތިރާޟް އެކަމަށް ނެތްކަމުގެ ރަސްމީ ލިޔުމެއް އޮންނަންޖެހެއެވެ. ޤާނޫނުނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެދަށުން ބަންޑާރަ ބިން ހިމެނިގެން ކުރެވޭ މުޢާމަލާތްތަކުން ބަޔާންވެދިޔަ ޤާނޫނުގެ 1 ވަނަ މާއްދާގެ (ކ) އިސްތިސްނާކޮށްފައިވެއެވެ. މިލްކުވެރިކަން ބަދަލު ކުރުމުގެ ޤާނޫނު ގެ 2 ވަނަ މާއްދާގައި އޮންނަނީ؛ " ދިނުމަކުން، ހިބައަކުން، ވިއްކުމަކުން މިލްކެއް ބަދަލު ކުރުމަށްފަހު އެކަންކުރި ދެފަރާތުންކުރެ ފަރާތަކުން އެކަން ޝަރީޢަތަށް ހުށަހަޅައިގެން ސާބިތުކުރަންވެއްޖެނަމަ އެކަމުގެ މައްޗަށް އެދެފަރތުން އެއްބަސްވެ ސޮއިކޮށްފައިވާ ލިޔުމެއް އެލިޔުމުގައި ސޮއިކުރިއިރު ޙާޟިރުވެތިބި ހެކީންގެ ސޮޔާއެކު ޝަރީޢަތަށް ހުށަހަޅަންވާނެއެވެ." މިފަދައިންނެވެ. އެހެންކަމުން، އިސްތިއުނާފް ކުރެވިފައިވާ ދަޢުވާގައި ބަޔާން ކުރާ ލިޔުމަކީ މިފަދަ ލިޔުމެއްކަން ދަށު ކޯޓަށް ވަނީ ސ ބިތުވެއެވެ. މިފަދަ ލިޔުމެއް، ކޯޓުގައި ރަޖިސްޓްރީ ކުރުމާއި، ތަޞްދީޤު ކުރުމާއި ފިންގަރ ޕްރިންޓް ޖެހުމާއެމިކަންކަމަކީ ކުރުން ޤާނނ ލާޒިމު ކުރު ކަންތައްތަކެއް ނޫނެވެ. ޤާނނ ބަޔާނު ކުރަން އެއީ މިމައްސަލައިގައި ވާ ފަދައިން ދިނުމެއްނަމަ، ދެފަރާތުން އެއްބަސްވި ސޮއިކޮށްފައިވާ ލިޔުމަކާއ ޤާނ ނ ނަންބަރު: 68/9 ( މިލްކުވެރިކަން ބަދަލު ކުރުމުގެ ޤާނޫނު) 1 ވަނަ މާއްދާގެ (ކ). ޤާނ ނ ނަންބަރު: 2002/1 (ބިމާބެހޭ ޤާނ ނ)ގެ 43 ވަނަ މާއްދާ. (ނޯޓް: ބިމާބެހޭ ޤާނ ނަށް ގެނެވުނު އިޞްލާޙުތަކާއ ގުޅިގެނި މާއްދާގެ ސުމާރު ނަންބަރު ބަދަލުވެފައި އޮވެދާނެތީ، އަޞްލު ޤާނޫނުގެ 43 ވަނަ މާއްދާއާއި މިހާތަނަށް ގެނެވުނު އިޞްލާޙުތަކާއ އެކި މާއްދު ތަރުތީބާ ކޮށްގެން ކިޔުން މުހިންމެވެ. ހުރިހާ އިޞްލާޙުތަކެއ ހިމަނައިގެން އަލުން ޝާއިޢުކޮށްފައިވާ ބިމާބެހޭ ޤާނޫނުގެ ނައްޞެއް ފެންނާކަށްނެތެވެ.) އެލިޔުމުގައި ސޮއިކުރިއިރު ޙާޟިރުވެތިބި ހެކީންގެ ސޮޔާއެކު ޝަރީޢަތަށް ހުށަހެޅުމެވެ. މިނޫން އިތުރު ކަމެއް ކުރާކަށް ނެތެވެ. މިމައްސަލައިގައި ހިމެނިފައިވަނީ ބަހާރީ ސްޓޯރުގައި ހުރިނަމަ ހުރިމުދަލަކާއި ހުރިނަމަ ހުރި ނަގުދު ފައިސާއެކެވެ. އެއީ ވިޔަފާރީގައި ހިމެނޭ ދައުރުވަމުންދ އުފުލާ މުދަލެވެ. އެމުދަލަކ ރަޖިސްޓްރީ އެއީ ކުރެވިފައިވާ މުދަލުގެ ތެރޭގައި ހިމެނޭ މުދަލެއްނނެވެ. ބަޔާންވެދިޔަ ލިމުގައި އޮންނަނީ؛ c މިވިޔަފާރިއަކީ، އަޅުގަޑު (ބަހާރުގެ އިބްރާހިމް ޢަފީފު)ގ މައިންބަފައިންގެ ފަރާތުން ލިބުނު ބާ، ޢިމާރާތަކާއި، ކުޑަމުދާކޮޅަކާއި، އެކިއެކިފަރާތ ތަކުން އަންނަން އޮތް ދަރަނިތަކާއ އެކި ޖުމްލަ =/000،14(ސާދަހާސް ރުފިޔާ) ގެ މައްޗަށް އެކުލެވޭ ކުޑަވިޔަފާރިއެވެ. މިފަދަ ބާއިމާރާތެއްގައި ކުޑަމުދާކޮޅެއްގައި އަޅުގަޑު އަމިއްލައަށް މިޒަމާނުގައި ވިޔަފާރި ކުރެވިދާނެކަމަށް ނުފެންނާތީ، އަޅުގަނޑުއެދުމުގެމަތީން އަޅުގަޑުގެ ދަރިފުޅު (ބަހާރުގެ މުޙައްމަދު ޢާމިރު)ގެ އަމިއްލަނަމުގައ ލޯނުނަގާ، އެއަދާކުރުމުނ އަނެއްކާވެސް ބޮޑެތިލޯނު ނަގާ މިހާރު މިވަނީ މިޒަމާނުގެ ފެންވަރަށް އިމާރާތް ހދ އެކަށީގެންވާ ވަރަށް ވިޔަފާރިފުޅ ކުރެވިފައެވެ. މިހެންވެ، މިފިހާރައާއި، ހުރިހާމުދަލަކާއި، ހުރިނަމަހުރި ނަގްދު ފައިސާއަކީ އަޅުގަޑު (ބަހާރުގެ އިބްރާހިމް ޢަފީފު) އާއި އަޅުގަޑުގެ ދަރިފުޅު (ބަހާރުގެ މުޙައްމަދު ޢާމިރު)ގެ އެއްމެދު (ދެމީހުންގެ ހަމަހަމަ) ތަކެތިކަމުގައި މިރަށު ފެހިގެ މުޙައްމަދު ޒަކީ އާއި، މިރަށު ކުކުންގެ އަޙްމަދު އިބްރާޙިމް، ހެކިކޮށް ހަމަޖައްސައިފީމެވެ. (ސޮއިކޮށްފައި) އިބްރާހިމް ޢަފީފު ބަހާރުގެ މަޖުބ ރ ކުރުވީ އ ޅުގަޑުގެ އެހެންކުދިން ކުރާމަސައްކަތާއި، ލިބޭ ފައިސާއަކީ އެކުދިންގެ އަމިއްލަ ތަކެތި ކަމުގައި ބަލައިގެން ވަކިދިރިއުޅުމެއްގ ގޮތުގައެ ދިރިއުޅެމުންދާތީ ޢާމިރު ކުރާ މަސައްކަތްވެސް ޢާމިރުއަށ ލިބޭގޮތަށް އޮތުމަކީ އެންމެ އިންސާފުވެރިގޮތްކަމުގައި ފެންނާތީއެވެ. ރ.މ ދ ބަހާރުގެ އިބްރާހިމް ޢަފީފުއާއި، އޭނާގެދަރިފުޅު ރ.މީދު ބަހާރުގެ މުޙައްމަދު ޢާމިރު ކުރާ ވިޔަފާރީގެ އެގްރިމެންޓް ލިޔެ އެދެބަފައިންގ ވިޔަފާރިއެއްގެ ގޮތުގައެ ހަމަޖެއްސި އަޅުގަނޑުމެންގެ ދެމީހުންގެ ޙާޟިރުގައި އަޅުގަޑުމެނ ދެމީހުން ހެކިކޮށެވެ. (ސޮއިކޮށްފައި) (ސޮއިކޮށްފައި) މުޙައްމަދު ޒަކީ ފެހިގެ. އަޙްމަދު އިބްރާހިމް ކުކުންގެ. އަޅުގަނޑުގެ ބައްޕަ (ބަހަރުގެ އިބްރާހިމް ޢަފީފު) އަޅުގަޑު (ބަހާރުގެ މުޙައްމަދު ޢާމިރު) ކުރާ މަސައްކަތް ވަޒަންކުރައްވާ އަޅުގަޑުމެންކުރާ ވިޔަފާރީގެ ދެބައިކުޅައެއްބައ ލިބި ގޮތަށް ހަމަޖައްސަވައި ދެއްވި ކަމަށްޓަކާ، ޝުކުރުވެރިކަމާއެކު އެދެއްވި ދެއްވުން ޤަބ ލ ކުރަމެވެ. (ސޮއިކޮށްފައި) މުޙައްމަދ ޢާމިރު ބަހާރުގެ 27/6/2006 މިލިޔުމަށް ބަލާއިރު، ޤާނޫނީ ގޮތުން އިތުރު ސުވާލެއް އުފައްދާނެ ޖާގައެއް ނެތެވެ. މިލިޔުން ލިޔުނު ސަބަބުވެސް މިލިޔުމުގައި ބަޔާން ކޮށްފައި އެއޮތީއެވެ. އަދި ޤާނނުގައ ބަޔާނި ކުރް އުންސުރުތައް މިލިޔުމުގައި ފުރިހަމަވެއެވެ.
11އިސްތިއުނާފީ ތިންވަނަ ނުކުތާގައި ޙުސައިން ޢަފީފްގެ ފަރާތުން ފާހަގަކޮށްފައވަނި މުޙައްމަދު ޢާމިރު ބޭންކުން ލޯނު ނަގާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެކެވެ. މުޙައްމަދު ޢާމިރު ނެގި ލޯނުގެ ފައިސާ އާމެދު ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 14 ވަނަ ނަންބަރުގެ (ށ) ގައި ރިޢަޔަތްކޮށްފައިވަނީ ޤާނޫނު ނަންބަރު: 93/9 (ރަހުނާއި ބެހި ޤާނޫނު) ގެ 2 ވަނަ މާއްދާ އާއި 7 ވަނަ މާއްދާ އާއި 8 ވަނަ މާއްދާޤާނ ނ އަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމުގައި ބެލެވެން ނެތްކަމެވެ.
12ޕްރިސިޑެންސް 6އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ގޮތާ ގައި ޙުސައިން ޢަފީފްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަކީ އެކި ދުވަސްތަކުގެ މަތިން ދަރަނީގެ ގޮތުގައި އެކިފަރާތްތަކުން "ބަހާރީ ސްޓޯރ" އިން ގެންގޮސްފައިވާ ތަކެތީގެ އަގަށްވާ 22/349204 (ތިންލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ހަތަރު ރުފިޔާ ބާވީސް ލާރި) "ބަހާރީ ސްޓޯރ" އަށް ލިބެންޖެހި ނުލިބިވާކަން ބަހާރީ ސްޓޯރުގައިވާ ލިޔެކިޔުންތަކުން ދައްކާއިރު މި ފައިސާއާމެދު ދަށުކޯޓުން ނިންމާފައިވަނީ ޤާނޫނު ނަންބަރު: 75/25 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) އަށް ރިޢާޔަތް ކުރެއްވުމެއްނެތި ކަމަށެވެ. އެކިފަރާތްތަކުން ދަރަނީގެ ގޮތުގައި އެފިހާރައިން ގެންގޮސްފައި ހުންނަ މުދަލަކޮ ފިހާރައަށް ލިބެންހުރި އަރަނ ފައިސި ނުވަތާ މުދަލެވެ. އެއީ ފިހާރައިން އެހެންފަރާތްތަކަށް ދޭންހުރި ދަރަންޏެއް ނޫންކަމުން އެއީ ޤާނޫނު ނަންބަރު: 75/25 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގައިވާ ދަރަންޏެއް ނުވަތް ވަޞި އްޔަތެއްފަދަ ކަމެއްގެ މާނައިގެ ތެރޭގައި މާނަކުވިދާނެ އެއްޗެއް ނޫނެވެ. މި ނުކުތާއާ ގުޅިގެނ ދަށުކޯޓުގެ ޤަޟިއްޔާގައި ފާހަގަ ކުރެވުނު ނުކުތާތަކުގެ 14 ވަނަ ނަންބަރުގެ (ރ) ގައިވަނީ "ބަހާރީ ސްޓޯރުން އެކި ދުވަސްތަކުގެ މަތިން ދަރަނީގެ ގޮތުގައި ގެންގޮސްފައިވާ ތަކެތީގެ އަގަށްވ 22/349204 (ތިންލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ހަތަރު ރުފިޔާ ބާވީސް ލާރި) ލިބެންޖެހި ނުލިބިވާކަން ބަހާރީ ސްޓޯރުގައިވާ ލިޔެކިޔުންތަކުން ދައްކާއިރު މީގެތެރޭގައި އެތައް ދުވަހެއްގެ ކުރީގެ މުޢާމަލާތްތަކާއި އޭގެ ތަފްޞީލް ފެންނަން ނެތުމުން އަނބުރާ ހޯދޭނެ ގޮތެއް ނެތަކަމަށް ފެންނަ މުޢާމަލާތްތައް ހުރުމާއި އެފައިސާ ވަކިފަރާތަކާއި ޖާމިނުކުރުމަކީ އެންމެ މަޞްލަޙަތު ހުރިގޮތްކަމަށް ނުފެނުނު ނަމަވެސް އިބްރާހީމް ޢަފީފް ނިޔައުވިފަހުން ބަހާރީ ސްޓޯރުގެ އެންމެހާ މުޢާމަލާތުތަކެއް ބަލަހައްޓަމުންދަނީ މުޙައްމަދު ޢާމިރު ކަން ހުރިހާ ފަރާތެއްގެ ވާހަކަތަކުން ފާހަގަކުރެވޭތީ، މިފައިސާ ހޯދަން މަސައްކަތް ކުރުމަކީ ވެސް މުޙައްމަދު ޢާމިރުގެ ޒިންމާއެއް ކަމާއި މިފައިސާގެ ތެރެއިން ލިބުނު މިނަވަރަކާއ އަދި ނުލިބިވާ މިންވަރަކާއި މެދު ގޮތެއް ކަނޑައެޅުމުގައި އެންމެ މަޞްލަޙަތު ހުރި ގޮތަކީ ބަހާރީ ސްޓޯރުގައިވ އެންމެހާ މުދަލާއި ފައިސާގެ ތެރެއިން އަލްމަރްޙ މ އިބްރާހީމް ޢަފީފް އަށު ކަނޑައެޅީފައިވާ ބަޔާއިމެދ ގޮތެއު ކަނޑައެޅުމަށް ހިންގޭ އަލްމަރްޙ މ އިބްރާހީމް ޢަފީފްގ ތަރިކައިގެ މައްސަލާގެ ތެރޭގައި ކަމާއި، ކޮންމެ ގޮތަކަށް ކަނޑައެޅުނު ކަމުގައި ވިޔަސް މިފައިސާއަކީވެސް އޭގެ ގެއްލުމާއި ފައިދާ އަލްމަރްޙ މ އިބްރާހީމް ޢަފީފް އާއް މުޙައްމަދު ޢާމިރު އާއި ދެބަފައިނ ހަމަހަމައަށް ޙިއްޞާވާ އެއްޗެއްކަން ޝަރީޢަތަށް ފާހަގަ ކުރެވޭކަން." މިފަދައިނނެވެ. އެހެންކަމުން އެނުކުތާއާމެދު ދަށުކޯޓުން ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށްކަމުގައި ދެކެމެވެ.
13އިސްތިއުނާފީ ފަސްވަނަ ނުކުތާގެ ގޮތުގައި ޙުސައިން ޢަފީފްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަކީ "ބަހާރީ ސްޓޯރ" ގައިވާ އެންމެހާ މުދަލާއި ފައިސާއަކީ އިބްރާހީމް ޢަފީފް އާއި މުޙައްމަދު ޢާމިރު އާއި ދެބަފައިންގެ އެއްމެދު މުދަލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ލިޔުމުގެ ޞައްޙަކަމާމެދު ސުވާލު އުފައްދައި ފާހަގަކޮށްފައިވާ ނުކުތާއެކެވެ. މިނުކުތާއަކީ ތަކުރާރުވާގޮތަށް އިސްތިއުނާފީ ދެވަނަ ނުކުތާގެ ގޮތުގައި ހުށަހަޅާފައިވާ ނުކުތާއެވެ. އަދި މި ނުކުތާއަށް ޝަރީޢަތުން ރިޢަޔަތްކުރެވުނުގޮތް މަތީގައި ބަޔާންކުރެވިފައި އެވަނީއެވެ. ވީމާ، މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ C/2014-30/E16 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ރ.މީދޫ ބަހާރުގެ، ޙުސައިން ޢަފީފް (އައިޑީ ގެ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 އަދި 45 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު)
- ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 68/9 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ކ) އަދި 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 93/9 (ރަހުނާބެހޭ ޤާނޫނު) ގެ 2، 7، 8 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އަދި 42 ވަނަ މާއްދާގެ (ށ) (އިސްތިއުނާފީ ނުކުތާތަކުގައި)
- 2019/SC-L/91
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް