ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/63
ހިލްސައިޑްވިލާ ޕްރައިވެޓް ލިމިޓެޑް ވ. ޙަސަން ޒަރީރު، 2020/HC-A/63
Hilsaidvilaa Private Limited v. Hassan Zareeru 2020/HC-A/63 (2020/HC-A/63, High Court of the Maldives, 8 July 2024)
ހިލްސައިޑްވިލާ ޕްރައިވެޓް ލިމިޓެޑް ވ. ޙަސަން ޒަރީރު
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހިލްސައިޑް ވިލާގެ އިޖުރާއީ އިޢުތިރާޟު ރައްދުކޮށް، ވަޒީފާގެ އެއްބަސްވުމަކީ ޟިމްނީ ގޮތުން އާވެފައިވާ ވަކި މުއްދަތެއް ނެތް އެއްބަސްވުމެއް ކަމަށާއި ވަކިކުރުމަކީ އަންފެއަރ ޑިސްމިސަލެއް ކަމަށް ކަނޑައަޅައި، ވަޒީފާ އިޢާދަނުކޮށް 08 މަސްދުވަހުގެ އުޖޫރަ ބަދަލުގެ ގޮތުގައި ދިނުމަށާއި، ސޮނޭވާ ގްރޫޕުގެ ރިސޯޓުތަކުގެ މެދުގައި ސަރވިސްޗާޖު ހަމަހަމަކުރުމުން އުނިވި ޢަދަދު ދިނުމަށް ނިންމިއެވެ؛ ބަންދު ދުވަސްތަކުގެ އެލަވަންސްގެ ދަޢުވާ ރައްދުކުރިއެވެ.
ނ. މެދުފަރުގައި ހިންގާ ސޮނޭވާ ޖާނީ ރިސޯޓުގެ ހައުސްކީޕިންގް އެޓެންޑެންޓެއްގެ ގޮތުގައި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑާ އެކު ވަޒީފާގެ އެއްބަސްވުމެއް ހަދައިގެން ވަޒީފާ އަދާކުރި މުވައްޒަފު 07 ސެޕްޓެންބަރު 2018 ގައި ނޯޓިހަކާނުލައި ވަޒީފާއިން ވަކިކުރިއެވެ. 01 ފެބްރުވަރީ 2018 އިން ފެށިގެން ރިޒޯޓުގެ މެނޭޖްމަންޓް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހުއްދައާއެކު ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑަށް ބަދަލުކޮށް، މުވައްޒަފުންގެ އެއްބަސްވުންތައް އެ ކުންފުންޏަށް ނަޤުލުވާނެކަން 27 އޮކްޓޫބަރު 2017 ގައި މުވައްޒަފުންނަށް އަންގާފައިވިއެވެ.
ހިލްސައިޑް ވިލާ ބުނީ މެނޭޖްމަންޓް ބަދަލުވުމާއެކު ވަޒީފާއާބެހޭ ޤާނޫނުގެ 17 (ށ) ގެ ދަށުން މުވައްޒަފުގެ އެއްބަސްވުން ސޮނޭވާ މެނޭޖްމަންޓަށް ނަޤުލުވީ ކަމަށާއި، ދަޢުވާ ރައްދުވާނީ އެ ކުންފުންޏަށް ކަމަށެވެ. މުވައްޒަފު ބުނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ޤާނޫނާ އެއްގޮތަށް ހޯދާފައިނުވާތީ ނަޤުލުވުމެއް ނުވާ ކަމަށާއި، ޓްރައިބިއުނަލުން ވަޒީފާ އިޢާދަކޮށްނުދީ ބަދަލު ކަނޑައެޅުމަކީ 29 (ށ) އާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
ރިޒޯޓުގެ މެނޭޖްމަންޓް އެހެން ކުންފުންޏަކަށް ބަދަލުވުމުން ވަޒީފާއާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން މުވައްޒަފުގެ ވަޒީފާގެ އެއްބަސްވުން އެ ކުންފުންޏަށް ނަޤުލުވީތޯ، އަދި ވަކިކުރެވުނުއިރު މުވައްޒަފުގެ ވަޒީފާދޭ ފަރާތަކީ ކާކުކަމާއި، ކުރީގެ ވަޒީފާދޭ ފަރާތަށް ދަޢުވާ ރައްދުވާނެތޯ. މީގެ އިތުރުން ނާޖާއިޒް ވަކިކުރުމާއި ސަރވިސްޗާޖާ ބެހޭ ނުކުތާތައް.
ނިންމި ގޮތް
އިސްތިއުނާފު ބަލައިގަނެ، ދަށުކޯޓުގެ (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ) އިޖުރާއީ ނިންމުމާއި ޙުކުމް ބާޠިލު
މެނޭޖްމަންޓް ބަދަލުކުރުމުގެ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމަށް އަންގައި ހުއްދަ ލިބިފައިވާތީ، 01 ފެބްރުވަރީ 2018 އިން ފެށިގެން ވަޒީފާގެ އެއްބަސްވުން 17 (ށ) ގެ ދަށުން ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑަށް ނަޤުލުވެ، މުވައްޒަފުގެ ވަޒީފާދޭ ފަރާތަކީ އެ ކުންފުނި ކަމަށް ވީއިރު، ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ އުޞޫލުން ހިލްސައިޑް ވިލާއަށް ދަޢުވާ ރައްދުވުމުގެ ހައިސިއްޔަތެއް ނެތެވެ. އެހެންކަމުން ޓްރައިބިއުނަލްގެ އިޖުރާއީ ނިންމުމާއި މައުޟޫޢީ ނިންމުން ބާޠިލުކޮށް، މުވައްޒަފުގެ އިސްތިއުނާފު ކުރިއަށް ގެންދާކަށް ނުޖެހޭ ކަމަށް ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެއް ނިންމުމަކަށް ދެ ފަރާތުން ވަކިވަކިން އިސްތިއުނާފުކޮށްފައިވާނަމަ، ސުޕްރީމް ކޯޓުގެ 2018/SC-A/31 ގައި ކަނޑައަޅާފައިވާ އުޞޫލަށާއި ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލަށް ރިޢާޔަތްކޮށް، ދެ ޤަޟިއްޔާ ފަނޑިޔާރުންގެ އެއް ބެންޗަކުން އެކުގައި ބަލައި އެއް ނިންމުމެއްގެ ގޮތުގައި ލިޔެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4)
- ވަޒީފާއާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން، ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ވިއްކާލުމުން، ކުއްޔަށް ދޫކުރުމުން، ނަޤުލުކުރުމުން ނުވަތަ އެހެން ގޮތަކުން ދޫކޮށްލުމުން، އެވަގުތު ތިބި މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތަކާއި އެއިން އުފެދޭ ޙައްޤުތަކާއި ވާޖިބުތައް، ވިޔަފާރި ބަދަލުވެގެންދިޔަ ފަރާތަށް ނަޤުލުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-27، 38)
- ޓޫރިސްޓް ރިޒޯޓެއްގެ ހިންގުން މެނޭޖްމަންޓް އެގްރީމަންޓެއްގެ ދަށުން ބަދަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ކުރިން ހޯދަންޖެހޭނަމަވެސް (ޤަވާއިދު 2010/R-14 ގެ 35 ވަނަ މާއްދާ)، ގަވާއިދު 2017/R-61 ގެ 39 ވަނަ މާއްދާއަކީ ހުއްދަ ހޯދުމަކާނުލައި ސޮއިކުރެވިފައިވާ މެނޭޖްމަންޓް އެގްރީމަންޓް ޝަރުޠުތަކެއްގެ މަތިން ރަޖިސްޓްރީކުރުމުގެ ފުރުޞަތު ދޭ އިސްތިސްނާއެކެވެ؛ އަދި އެ މާއްދާއިން ވަކި މުއްދަތެއް ކަނޑައަޅައި ގައިދުކޮށްފައެއް ނުވެއެވެ. މެނޭޖްމަންޓް ބަދަލުކުރުމުގެ ކުރިން މިނިސްޓްރީއަށް އަންގައި މިނިސްޓްރީން ހުއްދަ ދީފައިވާ ޙާލަތުގައި، ބަދަލު ޤާނޫނާ ޚިލާފު ކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31-34)
- ވަޒީފާގެ މައްސަލަތަކުގައި ވަޒީފާއާބެހޭ ޤާނޫނުގެ އިތުރުން، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދުގެ ގުޅުމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ޢާއްމު އުޞޫލުތައް ހިނގާނެއެވެ؛ އަދި ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ އުޞޫލުން، އެއްބަސްވުމަކުން އުފެދޭ ޙައްޤުތަކާއި އިލްތިޒާމުތައް ލިބިގެންވަނީ އެ އެއްބަސްވުމުގެ ބައިވެރިންނަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35)
- ވަޒީފާގެ އެއްބަސްވުން އެހެން ފަރާތަކަށް ނަޤުލުވެ، މުވައްޒަފުގެ އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އެ ފަރާތަށް ވުމުން، ކުރީގެ ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު ޤާނޫނީގޮތުން ބަނދެވޭ ގުޅުމެއް ނެތުމުން، ނަޤުލުވި ތާރީޚަށް ފަހު ކުރީގެ ވަޒީފާދޭ ފަރާތުން މުވައްޒަފަށް އަދާކުރަންޖެހޭ ޙައްޤެއް ނުވަތަ އިލްތިޒާމެއް ނެތެވެ؛ އެހެންކަމުން، އެ ފަރާތުގެ މައްޗަށް ދަޢުވާ ރައްދުކުރުމުގެ ހައިސިއްޔަތު ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36-39)
- އިސްތިއުނާފީ ނުކުތާއެއްގައި ކަނޑައަޅާ ނިންމުމުން، އެހެން ނުކުތާތައް ބިނާވެފައިވާ އަސާސް ގެއްލިދާނަމަ، އެ ނުކުތާތަކާ މެދު ވަކިން ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40-41)
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 8201/VTR/198 މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑް ގެ (މީގެ ފަހުން [ހިލްސައިޑް ވިލާ] ކަމަށް ބުނެފައިވާ) ފަރާތުންނާއ އަދި ނ. ހޮޅުދޫ، ރީޓާ، ޙަސަން ޒަރީރު (މީގެފަހުން "ޙަސަން ޒަރީރު" ކަމަށް ބުނެފައިވާ)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ މައްސަލަތަކެކެވެ.
2އެގޮތުން، ވަޒީފާއާބެހޭ ޓްރައިބއުނަލްގި ނަންބަރު 198/VTR/2018 މައްސަލަ ހިލްސައިޑް ވިލާއިން އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/63 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ޙަސަން ޒަރީރަށެވެ. އަދި ވަޒީފާއާބެހޭ ޓްރައިބއުނަލްގި ނަންބަރު 198/VTR/2018 މައްސަލަ ޙަސަން ޒަރީރުގެ ފަރާތުން އިސްތިއުނާފު ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/663 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ހިލްސައިޑް ވިލާއަށެވެ.
3ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 198/VTR/2018 މައްސަލަ އެޓްރައިބިއުނަލއިން ނިންމާފައިވަނީ، 2019 ނޮވެނބަރް 13 ގައެވެ. އެ ނިންމުން އިސްތިއުނާފުކުރުމަށް ހިލްސައިޑް ވިލާގެ ފަރާތުން 2019 ޑިސެމްބަރު 01 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުގެ ނަންބަރު 2020/HC-A/63 ޤަޟިއްޔާގެ ދަށުން މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ، 27 ފެބްރުވރަ 2020 ގައެވެ. އަދި ޙަސަން ޒަރީރުގެ ފަރާތުން 2019 ޑިސެނބަރް 19 ވަނަ ދުވަހު އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ހައިކޯޓުގެ ނަންބަރު 2019/HC-A/663 ޤަޟިއްޔާގެ ދަށުން މި ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވަނަ 2019 ޑިސެނބަރް 31 ވަނަ ދުވަހުއެވެ.
1. ރަޖިސްޓްރީ ނަންބަރު 0391/2011-C
2. ދ.ރ.
4ޕްރިސިޑެންސް 1މަތީގައި ބަޔާންކޮށްފައިވާ ދެ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 198/VTR/2018 މައްސަލައިގެ ދެ އިސްތިއުނާފު ކަމަށްވެފައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު' އަށް ރިޢާޔަތްކޮށް މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއް ބެންޗަކުން މި 2 (ދޭއް) ޤަޟިއްޔާ އެކުއެކީގައި ކަމަށްވުމާއެކު "ޝަރީޢަތް ނިމުނުގޮތް" އެއް ނިންމުމެއްގެ ގޮތުގައި ލިޔުން ބޭނުންތެރިކަމަށް ފެންނާތީ އެގޮތުގެމަތިން މި ނިންމުން ލިޔެފައިވަނީއެވެ.
5ބުނެވިދިޔަ ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، މި ނިންމުމުގައި ފުރަތަމަ ގޮތެއްކަނޑައަޅާފައިވާނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/63 ޤަޟިއްޔާއާ ގުޅޭގޮތުންނެވެ. އަދި އެއަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 36A/6-HC/1920 ޤަޟިއްޔާ ކުރިއަށް ގެންދިޔުމާމެދު ގޮތެއް ކަނޑައަޅާފައިވާނެއެވެ. މައްސަލައިގައި ކަންހިނގާފައިވާގޮތް:
6ނ. މެދުފަރުގައި ހިންގަމުން ގޮސްފައިވާ [ސޮނޭވާ ޖާނީ ރިސޯޓު] ގެ ހައުސްކީޕިންގް އެޓެންޑެންޓްއެއްގެ މަޤާމުގައި ނ. ހޮޅުދޫ / ރީޓާ، ޙަސަން ޒަރީރު، ވަޒީފާ އަދާކުރަމުން ދަނިކޮށް، 07 ސެޕްޓެންބަރު 2018 ގައި އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރިއެވެ.
7ޙަސަން ޒަރީރު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް ކަމަށް ކަނޑައަޅާދިނުމަށާއި، ޙަސަން ޒަރީރު ވަޒީފާއިން ވަކިކުރެވުނު އިރު އަދާކުރަމުން ދިޔަ މަޤާމު
3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާ
4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނުކުތާ
5. ފަނޑިޔާރުންގެ ޢާންމުމަޖިލީހުގެ ނަންބަރު 02/FAM/2021 (27 ޖަނަވަރީ 2021) ނުވަތަ އެމަޤާމާ އެއްފެންވަރެއްގެ އެހެން މަޤާމަކަށް ވަޒީފާ އިޢާދަކޮށްދިނުމަށާއި، ޙަސަން ޒަރީރުއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، ޙަސަން ޒަރީރު ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން ވަޒީފާއަށް އަލުން އަނބުރާ އިޢާދަކުރެވޭ ތާރީޚުގެ ނިޔަލަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށާއި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާއި ޚިލާފަށް ވަޒީފާއިން ވަކިކުރުމުން ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުން ޙަސަން ޒަރީރު އަދާކުރަމުން ދިޔަ ވަޒީފާގެ 01 (އެކެއް) މަސްދުވަހުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާ ނަގައިދިނުމަށާއި، 2018 ވަނަ އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްއިން ސަރވިސް ޗާޖު ބަހަމުން ގެންގޮސްފައިވާ އުޞޫލުގެ ސަބަބުން ޙަސަން ޒަރީރުއަށް ޙައްޤުވާ ސަރވިސް ޗާޖުން އުނިވެފައިވާ ޢަދަދު ނަގައިދިނުމަށާއި، ޙަސަން ޒަރީރު ލައްވާ ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުވި ނަމަވެސް، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ބަޔާންކުރާ އެލަވަންސް ޙަސަން ޒަރީރުއަށް ލިބިދެވިފައިނުވާތީ، އިސްވެބަޔާންކުރެވިފައިވާ އެލަވަންސް ނަގައިދިނުމަށް އެދި ހިލްސައިޑް ވިލާ ޕްރައިވެޓު ލިމިޓެޑްއަށް ރައްދުވާގޮތަށް 14 އޮކްޓޫބަރު 2018 ގައި ޙަސަން ޒަރީރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މައްސަލަ ނިންމިގޮތް:
8އިސްތިއުނާފު ކުރެވިފައިމިވ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 8VTR/201/198 މައްސަލގައާ ނިންމާފައވަނި އަންނަނިވި ފަދައިންނެވެ. [ދެންފަހެ، މައްސަލަ ހުށަހެޅި ޙަސަން ޒަރީރު (ރީޓާ) (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުނަންބަރު: ) ގެ ފަރާތުންނާއި މައްސަލަ ރައްދުވި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: 0291/2011-C) ގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، މައްސަލައިގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް ބެލިއިރު، ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނ. މެދުފަރުގައި ހިންގަމުން ގޮސްފައިވާ [ސޮނޭވާ ޖާނީ ރިސޯޓު] ގެ ހައުސްކީޕިންގް އެޓެންޑެންޓްއެއްގެ މަޤާމުގައި ޙަސަން ޒަރީރު ވަޒީފާ އަދާކުރަމުން ދަނިކޮށް، 07 ސެޕްޓެންބަރު 2018 ގައި އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ، ޙަސަން ޒަރީރު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، ޙަސަން ޒަރީރު ވަޒީފާއިން ވަކިކުރެވުނު އިރު އަދާކުރަމުން ދިޔަ މަޤާމު ނުވަތަ އެ މަޤާމާ އެއްފެންވަރެއްގެ އެހެން މަޤާމަކަށް ވަޒީފާ އިޢާދަކޮށްދިނުމަށާއި، ޙަސަން ޒަރީރަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، ޙަސަން ޒަރީރު ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން ވަޒީފާއަށް އަލުން އަނބުރާ އިޢާދަކުރެވޭ ތާރީޚުގެ ނިޔަލަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށާއި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުން ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުން ޙަސަން ޒަރީރު އަދާކުރަމުން ދިޔަ ވަޒީފާގެ މަޤާމުގެ 01 (އެކެއް) މަސްދުވަހުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާ ނަގައިދިނުމަށާއި، 01 ފެބުރުވަރީ 2018 އިން ފެށިގެން ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްއިން ސަރވިސްޗާޖު ބަހަމުން ގެންގޮސްފައިވާ އުޞޫލުގެ ސަބަބުން ޙަސަން ޒަރީރުއަށް ޙައްޤުވާ ސަރވިސްޗާޖުން އުނިވެފައިވާ ޢަދަދު ނަގައިދިނުމަށާއި، ޙަސަން ޒަރީރު ލައްވައި ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުވިނަމަވެސް، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ބަޔާންކުރާ އެލަވަންސް ޙަސަން ޒަރީރުއަށް ލިބިދެވިފައިނުވާތީ، އިސްވެބަޔާންކުރެވިފައިވާ އެލަވަންސް ނަގައިދިނުމަށް އެދި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްއަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މި މައްސަލައިގައި، ޙަސަން ޒަރީރު އަދި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްއާދެމެދު 01 ސެޕްޓެންބަރު 2016 ގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ 01 (އެކެއް) އަހަރު މުއްދަތަށް ވެފައިވާ ވަޒީފާގެ އެއްބަސްވުމެއްކަމަށާއި، ވަޒީފާގެ އެއްބަސްވުމުގެ 1.3 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ވަޒީފާގެ އެއްބަސްވުން އިތުރު 01 (އެކެއް) އަހަރުދުވަހުގެ މުއްދަތައް އައުކުރުމަށް ޙަސަން ޒަރީރު އަދި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްއާދެމެދު އެއްބަސްވުމަކަށް ވާޞިލުވެވިފައިވާކަމަށާއި، އިސްވެބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ 13.2 ވަނަ މާއްދާގެ ދށުނަ 18 ޖުލައި 2018 ގައި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަސަން ޒަރީރަށް ނޯޓިސް ދީފައިވާކަމަށާއި، އިސްވެބަޔާންކޮށްފައިވާ ނޯޓިސްގައި ޙަސަން ޒަރީރުގެ ވަޒީފާގެ އެއްބަސްވުން 30 އޮގަސްޓު 2018 ގައި ނިމުމަކަށް އަންނާނޭކަން ބަޔާންކޮށްފައިވާނޭ ކަމަށާއި، އިސްވެބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްކަމަށާއި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާ (ބ) ގައި ބަޔާންކުރާފަދަ ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް އެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވާ ތާރީޚުގައި އިތުރު ނޯޓިހެއް ދިނުމަކާނުލައި ނިމުމަކަށް އަންނާނޭކަމަށާއި، އިސްވެބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތަކީ ޖުމުލަ 02 (ދެއެއް) އަހަރުދުވަސްކަމަށާއި، އެހެންކަމުން އިސްވެބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުމަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ޤާނޫނު ނަންބަރު 2008/14 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ގެނެވުނު އިޞްލާޙުތަކަށްފަހު، އެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއްގެ ގޮތުގައި ނުބެލެވޭނޭކަމަށާއި، 01 ސެޕްޓެންބަރު 2018 އިން 07 ސެޕްޓެންބަރު 2018 ގެ ނިޔަލަށް ޙަސަން ޒަރީރު ވަޒީފާގެ މަސައްކަތް ކޮށްފައިވަނީ އެ މަސައްކަތަށް ލިބެންޖެހޭ އުޖޫރަ ލިބިގެންކަމުގައިވެފައި، އިސްވެބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތުގެ އިތުރުން 07 (ހަތެއް) ދުވަހު ޙަސަން ޒަރީރު ވަޒީފާއަދާކުރިނަމަވެސް އެ ޢަމަލަކީ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ގޮތުން ކޮށްފައިވާ ޢަމަލެއްގެ ގޮތުގައި ނުބެލެވޭނޭކަމަށާއި، ޙަސަން ޒަރީރު ވަޒީފާއިން ވަކިކުރެވިފައިވަނީ އިސްވެބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތް ހަމަވުމުގެ ސަބަބުން ޤާނޫނާ އެއްގޮތްވާގޮތުގެ މަތީންކަމަށް ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނިނަމަ ވެސް، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، އިސްވެބަޔާންކޮށްފައިވާ ނ. މެދުފަރު ގައި ހިންގާ ޓޫރިސްޓް ރިސޯޓް ހިންގުމުގެ ހުއްދަ ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑް އަށް ދޫކުރެވިފައިވަނީ 26 މާރިޗު 2019 ގައިކަން އެނގެން އޮންނާތީ، އިސްވެބަޔާންކޮށްފައިވާ ތާރީޚުގެ ކުރިން ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑްގެ ފަރާތުން ނ. މެދުފަރުގައި ހިންގާ ޓޫރިސްޓް ރިސޯޓް ހިންގުމުގައި ބައިވެރިވެފައިވާނަމަ، އެއީ ޤާނޫނާ އެއްގޮތަށް ބައިވެރިވެފައިވާ ބައިވެރިވުމެއްކަމުގައި ބަލާނޭ ޤާނޫނީ އަސާސެއް ނެތަތީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 51 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ޙަސަން ޒަރީރަށް ޙައްޤުވާ ސަރވިސްޗާޖުގެ ފައިސާ އެ ފަރާތަށް ދިނުމުގައި ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑްގެ ދަށުން ހިންގާ ރިސޯޓުތަކުގެ އެންމެހައި މުވައްޒަފުންގެ މެދުގައި ހަމަހަމަ ކުރުމަށްފަހު ސަރވިސްޗާޖުގެ ފައިސާ ބެހުން ހުއްދަކުރާ ޤާނޫނީ އަސާސެއް ނެތްކަމުގައި ކަނޑައަޅައި، 01 ފެބްރުވަރީ 2018 އިން ފެށިގެން ޙަސަން ޒަރީރު މަސައްކަތްކުރި އެންމެ ފަހު ދުވަސްކަމަށްވާ 07 ސެޕްޓެންބަރު 2018 ގެ ނިޔަލަށް، ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނ. މެދުފަރުގައި ހިންގަމުން ގެންގޮސްފައިވާ [ސޮނޭވާ ޖާނީ ރިސޯޓު] އަށް ލިބިފައިވާ ސަރވިސްޗާޖުގެ ފައިސާ، ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންގެ މެދުގައި ބެހުމަށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 51 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ބެހުމުން، އިސްވެބަޔާންކޮށްފައިވާ މުއްދަތުގައި ޙަސަން ޒަރީރަށް ޙައްޤުވާ ސަރވިސްޗާޖުގެ ފައިސާއިން އެއްވެސް މިންވަރެއް އުނިވެފައިވާނަމަ، އެ ޢަދަދަކީ ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަސަން ޒަރީރަށް ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، އިސްވެބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ 1.3. ވަނަ މާއްދާގައި ބަޔާންކުރާފަދައިން ލިޔުމުން އައު އެއްބަސްވުމެއް އެކުލަވާލުވުމުގެ ބަދަލުގައި ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިފައިވަނީ ދެ ފަރާތުގެ ޢަމަލުތައް ބެހެއްޓިގޮތުން [ޟިމްނީ] ގޮތުނި (impliedly) ކަމުގައިވުމުންނާއި، ޙަސަން ޒަރީރު ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާ އަދާކޮށްފައިވަނީ 31 އޮގަސްޓު 2016 އިން ފެށިގެން 07 ސެޕްޓެންބަރު 2018 ގެ ނިޔަލަށްކަމަށްވުމުން، އެ ސަބަބުތަކަށްޓަކައި، ޙަސަން ޒަރީރުގެ ވަޒީފާގެ އެއްބަސްވުމަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ޤާނޫނު ނަންބަރު 2008/14 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ގެނެވުނު އިޞްލާޙުތަކަށްފަހު، އެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރުރާ ފަދަ، ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްކަމުގައި ކަނޑައަޅައި، ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ނިމުމަކަށް ނެގެވޭނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުންކަމަށްވެފައި، އަދި ޙަސަން ޒަރީރު ވަޒީފާއިން ވަކިކޮށްފައިވަނީ އިސްވެބަޔާންކޮށްފައިވާ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާނުލައިކަމަށްވުމުން، މި ޙާލަތުގައި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން s)sen(substantive fair އަދި އިޖުރާއީ ޢަދުލުވެރިކަން )fairness ural(proced ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާއިމުކޮށްފައިވޭތޯ ބަލާއިރު، ޙަސަން ޒަރީރު ވަޒީފާއިން ވަކިކުރެވިފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންކަމުގައި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނިނަމަވެސް، އިސްވެބަޔާންކޮށްފައިވާ ފަދައިން ޙަސަން ޒަރީރުގެ ވަޒީފާގެ އެއްބަސްވުމަކީ ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްކަމުގައި ބުރަވެވޭހިނދު، އެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ސަބަބުގެ ބިނާކޮށް ޙަސަން ޒަރީރު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްއަށް ޤާއިމުކުރެވިފައިވާ ކަމުގައި ބުރަނުވެވޭތީއާއި، ޙަސަން ޒަރީރު ވަޒީފާއިން ވަކިކުރުމުގައި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާއިމު ކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން fairness) (procedural ޤާއިމުކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ މަޤްޞަދުގައި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނެތަތީ، ޙަސަން ޒަރީރު ވަޒީފާއިން ވަކިކުރުމުގައި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިޖުރާއީ ޢަދުލުވެރިކަން fairness (rocedural އެއްވެސް މިންވަރަކަށް ޤާއިމުކުރެވިފައިވާކަމުގައި ބުރަނުވެވޭތީ، ޙަސަން ޒަރީރު އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރިކުރުމަކީ އަންފެއަރ ޑިސްމިސަލް (unfair dismissal) އެއްގެ ގޮތުގައި ކަނޑައަޅައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙަސަން ޒަރީރު އަލުން އަނބުރާ ވަޒީފާއަށް ރުޖޫޢަކުރުމުގެ ގޮތުން އިސްވެބަޔާންކޮށްފައިވާ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ނުކުތާތަކަށް ރިޢާޔަތްކުރުމަށްފަހު، އަދި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ 25 އެޕްރީލް 2018 ގެ ލިޔުމާއި 11 ޖޫން 2018 ގެ އެންމެ ފަހުގެ އިންޒާރު ދިނުމުގެ ލިޔުމުން ޙަސަން ޒަރީރުގެ މަސައްކަތުގެ އަޚުލާޤު އެންމެ އެދެވޭގޮތެއްގައި ބަހައްޓާފައިނުވާކަން އެނގެން އޮތަތީ، އިސްވެބަޔާންކޮށްފައިވާ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާފަދަ ޢަދުލުވެރި ބަދަލެއް ނަގައިދިނުމަކީ ޙަސަން ޒަރީރު އަދި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ މަޞްލަޙަތަށް ރިޢާޔަތްކޮށް އެންމެ ޢަދުލުވެރި ނިންމުންކަމުގައި ބުރަވެވޭތީ، އިސްވެބަޔާންކޮށްފައިވާ ފަދައިން ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖު ބެހުމަށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 51 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ބެހުމުން، ޙަސަން ޒަރީރު ވަޒީފާ އަދާކުރި އެންމެ ފަހު 06 (ހައެއް) މަސްދުވަހުގެ ސަރވިސްޗާޖުގެ ގޮތުގައި ޙަސަން ޒަރީރަށް ޙައްޤުވާ ސަރވިސް ޗާޖުގެ އެވްރެޖް (average) ހިސާބުކުރުމުން، ޙަސަން ޒަރީރަށް މަހެއްގެ މައްޗަށް ޙައްޤުވާ އެވްރެޖް (average) ސަރވިސް ޗާޖުއަށްވާ ޢަދަދާއި ޙަސަން ޒަރީރަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެމުން ދިޔަ 404 USD (ހަތަރުސަތޭކަ ހަތަރު އެމެރިކާ ޑޮލަރު) އެއްކުރުމުން ޖެހޭ ޖުމުލަ ޢަދަދުގެ ނިސްބަތުން 08 (އަށެއް) މަސްދުވަހުގެ އުޖޫރައަކީ ޙަސަން ޒަރީރަށް އެކަށީގެންވާޢަދުލުވެރި ބަދަލެއްކަމުގައި ކަނޑައަޅައި، ޙަސަން ޒަރީރު، 01 ސެޕްޓެންބަރު 2016 އިން ފެށިގެން ވަޒީފާއިން ވަކިކުރުމާ ހަމައަށް، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ބަޔާންކުރާ ރަސްމީ ބަންދު ދުވަސްތަކުގައި ވަޒީފާގެ މަސައްކަތް ކޮށްފައިވާކަމުގައި ބުނިނަމަވެސް، އެފަދައިން ޙަސަން ޒަރީރު މަސައކަތްކޮށްފައިވަނީ ކޮން ތާރީޚުތަކެއްގައިކަން ޙަސަން ޒަރީރަށް ބުނެދެވިފައިނުވާތީއާއި، އިސްވެބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ 9.2.1. ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ޙަސަން ޒަރީރަށް ޤާނޫނީގޮތުން ލިބިދެވިފައިވާ ޙައްޤު ނަފީވެގެން ނުދާކަމުގައި ބުރަވެވޭތީއާއި، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމަށްފަހު އެ ދުވަސްތަކުގެ ބަދަލުގައި ލިބޭ ދުވަސްތައް އެކުއެކީގައި ނެގުމުގެ އިޚްތިޔާރު ޙަސަން ޒަރީރަށް ލިބިގެންވާކަން އެނގެން އޮތަތީ، އެއީ ޙަސަން ޒަރީރަށް ޤާނޫނީގޮތުން ލިބިދެވިފައިވާ ޙައްޤަށް އުނިކަމެއް ލިބިދިނުމުގެ ބަދަލުގައި އިތުރު މަންފާއެއް ލިބިގެންދާފަދަ އިންތިޒާމެއްކަމުގައި ބުރަވެވޭ ސަބަބަށްޓަކައި، ޙަސަން ޒަރީރު އެދިފައިވާ އެލަވަންސްތަކާގުޅޭ ޝަކުވާ ސާބިތުނުވާކަމަށާއި، އެފަދަ އެއްވެސް ފައިސާއެއް ނަގައިދިނުމަށް ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރުކުރނާ ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައި، އިސްވެބަޔާންކޮށްފައިވާ އެންމެހައި ފައިސާ، މިއަދު (13 ނޮވެންބަރު 2019) ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހިލްސައިޑް ވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަސަން ޒަރީރުއަށް ދައްކައި ޚަލާޞްކުރުމަށް އަމުރުކޮށް، އިސްވެބަޔާންކުރެވިފައިވާ އެންމެހައި ކަންކަން ފުރިހަމައަށް ތަންފީޛުކުރުމަށްފަހު، ރަސްމީ ބަންދުނޫން 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްއަށް އަންގާ އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ.] ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/663 ޤަޟިއްޔާގައި ޙަސަން ޒަރީރު ހުށަހެޅާ އިސްތިއުނާފީ ނުކުތާތައް:
9ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 8VTR/201/198 މައްސަލަ، އެ ޓްރައިބިއުނަލްއިން ނިންމަވާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޙަސަން ޒަރީރުގެ ފަރާތުން އަންނަނިވި ނުކުތާތައް އިސްތިއުނާފަށް ހުށަހަޅާފައިވެއެވެ.
1.9. ޙަސަން ޒަރީރުގެ ވަޒީފާގެ އެއްބަސްވުމަކީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)އަށް ޤާނޫނު ނަންބަރު 2008/14 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެދަށުން ގެނެވުނު އިޞްލާޙަށްފަހު، އެ ޤާނޫނުގެ 13 ވަނަ މާއްދާގެ
(ކ)ގައި ބަޔާންކުރާފަދަ، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ، ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ކަނޑައަޅައި، ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ސަބަބުގެ މައްޗަށް ބިނާކޮށް ޙަސަން ޒަރީރު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން (Substantive fairness) ހިލްސައިޑްވިލާ އަށަ ޤާއިމުކުރެވިފައިވާކމުގައި ބުރަނުވެވޭތީއާއި، ޙަސަން ޒަރީރު ވަޒީފާއިން ވަކިކުރުމުގައި ހިލްސައިޑީ ވިލާގެ ފަރާތުން ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލވެރިކަނު fairness) (Procedural ޤާއިމުކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ މަޤްޞަދުގައި ހިލްސައިޑް ވިލާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ، ޙަސަން ޒަރީރު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލްވެރިކަން fairness) (Procedural އެއްވެސް މިންވަރަކަށް ޤާއިމުކުރެވިފައިވާކަމަށް ބުރަނުވެވޭތީ، ޙަސަން ޒަރީރު އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރި ކުރުމަކީ އަންފެއަރ ޑިސްމިސަލް (unfair dismissal) އެއްގެގޮތުގައި
6. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 198/VTR/2018 މައްސަލަ ނިމުނުގޮތުގެ ރިޕޯޓް . ކަނޑައެޅުމަށްފަހު ވަޒީފާ އަނބުރާ އިޢާދަކޮށް ނުދިނުމަށް ނިންމާފައިވާ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ)އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވުން.
2.9. އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން fairness) (Substantive އާއި، އިޖުރާއީ ޢަދުލްވެރިކަން fairness) (Procedural ޤާއިމުކުރުމެއް ނެތިކަން އެނގެން އޮންނާތީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރީ އަންފެއަރ ޑިސްމިސަލް dismissal) (unfair އެއްގެގޮތުގައި ކަނޑައެޅުމަށްފަހު، އަދި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރިތާ 13 (ތޭރަ) މަސްދުވަސް ފަހުން، މައްސަލަ ނިންމިއިރު، 08 (އަށެއް) މަސްދުވަހުގެ ނިސްބަތުން ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްކަން އެނގެން ނެތުން. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/663 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
10މި މައްސަލަ އިސްތިއުނާފުކުރާ ޙަސަން ޒަރީރުގެ ފަރާތުން އެދިފައިވަނީ؛
1.10 އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާ އަނބުރާ އިއާދަކޮށްދިނުމުގެ ބަދަލުގައި އިސްތިއުނާފުކުރާ ފަރާތަށް ބަދަލު ނަގައިދިނުމަށް ނިންމަވާފައިވާ ނިންމުން ބާޠިލްކޮށްދެއްވައި، އިސްތިއުނާފކުރު ފަރާތް ވަޒީފާއިން ވަކިކުރެވުނުއިރު އަދާކުރަމުންދިޔަ މަޤާމް ނުވަތަ އެ މަޤާމާ އެއްފެންވަރުގެ އެހެން މަޤާމަކަށް ވަޒީފާ އިޢާދަކޮށްދިނުމަށާއި، އިސްތިއުނާފުކުރާ ފަރާތަކީ އެއްވެސް ޙާލަތެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، އިސްތިޢުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން ވަޒީފާއަށް އަލުން އަނބުރާ އިޢާދަކުރެވޭ ތާރީޚުގެ ނިޔަލަށް އިސްތިއުނާފުކުރާ ފަރާތަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް އެކީ އެއްފަހަރާ އިސްތިއުނާފުކުރާ ފަރާތަށް ދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އަންގައި އަމުރުކޮށްދެއްވުން.
11މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ހިލްސައިޑްވިލާގެ ފަރާތުން އެދިފައިވަނީ، މި މައްސަލައަކީ ޙަސަން ޒަރީރުގެ ފަރާތުން ހިލްސައިޑް ވިލާގެ މައްޗަށް އިސްތިއުނާފު ރައްދުވާގޮތަށް ހުށަހެޅޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/63 ޤަޟިއްޔާގައި ފުރަތަމަ ގޮތެއްނިންމައި ދިނުމަށް އެދޭކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/63-HC/2020 ޤަޟިއްޔާގއަ ހިލްސައިޑް ވިލާއިން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް:
12ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 198/VTR/2018 މައްސަލަ، އެ ޓްރައިބިއުނަލނު ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ހިލްސައިޑް ވިލގާ ފަރާތުން އަންނަނިވި ނުކުތާތައް އިސްތިއުނާފަށް ހުށަހަޅާފައިވެއެވެ.
1.12 އިސްތިއުނާފު ކުރެވިފައިމިވާ މައްސަލަ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ރައްދުވާނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
2.12 އިސްތިއުނާފު ރައްދުވާ ޙަސަން ޒަރީރު އިސްތިއުނާފުކުރާ ހިލްސައިޑް ވިލާގެ ވަޒީފާގައި އުޅެފައިވާ މުއްދަތު ކަނޑައަޅާފައިވަނީ ހުށަހެޅިފައިވާ ހެކިތަކާއި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
3.12 ހިލްސައިޑް ވިލާގެ މެނޭޖްމަންޓުގެ ދަށުގައިވާ ތަންތަނުގެ ސާރވިސް ޗާރޖް އެކުންފުންޏަށް އެކުންފުނީގެ މުވައްޒަފުންނަށް ނުބެހޭނެކަމަށް ކަނޑައަޅާފައިވަނީ ހުށަހެޅިފައިވާ ހެކިތަކާއި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ދެފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާޞާ:
13އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅޭ: [އިސްތިއުނާފު ކުރެވިފައިމިވާ މައްސަލަ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ރައްދުވާނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނީ] ފާހަގަކުރި ނުކުތާގައި ޓްރައިބިއުނަލްގެ ނިންމުމަކީ، ވަޒީފާއާބެހޭ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް އިސްތިއުނާފުކުރާ ހިލްސައިޑް ވިލާ ގެ ފަރާތުން ދެކޭ ސަބަބަކީ، އިސްތިއުނާފުކުރާ ހިލްސައިޑް ވިލގާ ފަރާތުން ހިންގަމުންއައި ރިޒޯޓުގެ މެނޭޖްމަންޓް ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑަށް ބަދުލުކުރުމުން، ވަޒީފާއާބެހޭ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވިޔަފާރިއެއް ނުވަތަ ވިޔަފާރީގެ އުސޫލުން ކުރާ މަސައްކަތެއް، ނުވަތަ އެވިޔަފާރީގެ ނުވަތަ އެމަސައްކަތެއްގެ ބައެއް، ވިއްކާލުމުން، ނުވަތަ ކުއްޔަށް ދޫކުރުމުން ނުވަތަ ނަޤުލުކުރުމުން، ނުވަތަ އެހެންވެސް ގޮތަކުން ދޫކޮށްލުމުން، އެވިޔަފާރިއަކާ ނުވަތަ އެމަސައްކަތަކާ ގުޅޭގޮތުން، އެވަގުތު މުވައްޒަފުންގެ ގޮތުގައިތިބި މީހުންގެ ވަޒީފާގެ އެއްބަސްވުންތައް، އެވިޔަފާރިއެއް ނުވަތަ އެމަސައްކަތެއް ބަދަލުވެގެންދޔި ފަރާތަށް، ނަގުލުވާނކަމަށާއި، 27 އޮކްޓޫބަރު 2017 ގައި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގަމުންއައި [ސޮނޭވާ ޖާނީ] ގެ މެނޭޖްމަންޓް ބަދަލުވާނެކަން ކުންފުނީގެ ދަށުން މަސައްކަތް ކުރަމުންދިޔަ ހުރިހާ މުވައްޒަފުންނަށް އަންގާފައިވާނެކަމާއި، އެހެންކަމުން، މެނޭޖްމަންޓް ބަދަލުވާހިސާބުން މުވައްޒަފުންވެސް ބަދަލުވެގެން ދާނެތީ، އެސަބަބުގެ މައްޗަށް ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާއެއްކަން އެނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
14އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ޙަސަން ޒަރީރުގެ ފަރާތުން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ހިލްސައިޑް ވިލާ އެއާ ސޮނެވާ މެނޭޖްމަންޓް (ބީ.ވީ.އައި)
7. ޤާނޫނު ނަންބަރު 2008/2
8. ޤާނޫނު ނަންބަރު 2008/2
9. ޤާނޫނު ނަންބަރު 2008/2 އާ ދެމެދު ސޮއިކުރެވިފައިވާ [މެނޭޖްމަންޓް އެގްރިމެންޓް] ގެ ދަށުން ނ.މެދުފަރު ގައި ހިންގަމުން ދިޔަ ރިޒޯޓުގެ ހިންގުން 01 ފެބްރުވރަ 2018 އިން ފެށިގެން ސޮނެވާ މެނޭޖްމަންޓް (ބީ.ވީ.އައި) އަށް ބަދަލުވެފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، މެނޭޖްމަންޓް އެގްރީމަންޓެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ހިންގުން، އެއްވެސް ފަރާތަކަށް ޙަވާލުކުރަންވާނީ އެކަމަށްޓަކައި ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދައިގެންކަން، ޤަވާއިދު ނަންބަރު 14-2010/R (ޓޫރިސްޓް ރިޒޓުތަކާގުޅޯ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދު) ގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ އެއްބަސްވުން މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީކޮށް ރިޒޯޓު ގެ ހިންގުން (އޮޕަރޭޓިންގ ލައިސަންސް) ބަދަލު ކުރުމައްޓަކައި ވަކި ކަންތައްތަކެއް ފުރިހަމަކުރުމަށްފަހު މިނިސްޓްރީ އޮފް ޓޫރިޒަމް އަށް ހުށަހެޅުމަށް އިސްތިއުނާފުކުރާ ފަރާތަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން އަންގާފައިވާއިރު، އެކަންކަން (ޝަކްލިޔާތުތައް) ފުރިހަމަކޮށް، ބުނެވިދިޔަ އެއްބަސްވުން މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީކޮށް، ރޒި ޓުގެ ހިންގުން (އޮޕަރޭޓިންގ ލައިސަންސް) އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ ސޮނެވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑްއަށް ޤާނޫނާއި އެއްގޮތްވާގޮތުގެމަތިން ބަދަލުކޮށްފއަ ނުވާކަމަށާއި، އހެންކަމުނެ އެޙާލަތުގައި ރިޒޯޓުގެ ހިންގުން (އޮޕަރޭޓިންގ ލައިސަންސް) ޤާނޫނީ ގޮތުން ލިބިފައި ނުވަނީސް ރިޒޯޓގު މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ސޮނެވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑްއަށް ނަގުލުކުރެވޭނެ ޤާނޫނީ ހަމެއްނެތަތީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާ އަދާކުރަމުންދިޔަ ފަރާތުގެ ގޮތުގައި ޤާނޫނީ ގޮތުން ބަލަ ންޖެހޭ ފަރާތަކީ އިސްތިއުނާފުކުރާ ހިލްސައިޑް ވިލާ ކަމަށެވެ.
15އިސްތިއުނާފީ ދެވަނަ ނުކުތާއާގުޅޭ: [އިސްތިއުނާފު ރައްދުވާ ޙަސަން ޒަރީރު އިސްތިއުނާފުކުރާ ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާގައި އުޅެފައިވާ މުއްދަތު ކަނޑައަޅާފައިވަނީ ހުށަހެޅިފައިވާ ހެކިތަކާއި ވަޒީފާއާބެހޭ ޤާނޫނު ޚިލާފަށް ކަމަށް ބުނެ] ފާހަގަކުރި ނުކުތާގައި އެ ނިންމުން ޤާނޫނާ ޚލާފި ކަމަށް ހިލްސައިޑް ވިލާގެ ފަރާތުން ދެކޭ ސަބަބަކީ، ވަޒީފާއާބެހޭ ޤާނޫނު ގެ 17ވަނަ މާއްދާގެ (ށ) ގައި
10. ޤާނޫނު ނަންބަރު 2008/2
11. ޤާނޫނު ނަންބަރު 2008/2 ބަޔާންކޮށްފައިވާ ގޮތުގެ މަތިން، [ސޮނޭވާ ޖާނީ] ރިޒޯޓުގެ މެނޭޖްމަންޓް 01 ފެބްރުއަރީ 2018 އިން ފެށިގެން، ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލޓޑއަށް ބަދަލު ކުރުމަށް އިސްތިއުނާފުކުރާ ހިލްސައިޑް ވިލާ އެއާ ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލޓޑ އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މުވައްޒަފުން ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލޓޑގެ ދަށަށް ބަދލުވާނެތީއާއި، އެހެންކަމުން، އެތާރީޚުގަ ފަހަށް އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާގައި އުޅުނު މުއްދަތަކީ [ބީ.ވީ.އައި] ގައި ވަޒީފާ އަދާކުރި މުއްދަތެއްކަމުގައި ބަލަންޖެހޭތީއާއި ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިއިރު، ރިޒޯޓުގެ މެނޭޖްމަންޓް ބަދަލުވި ތާރީޚުގެ (01 ފެބްރުވރަ 2018) ފަހުން ހިނގި މުއްދަތަކީވެސް އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާގައި އުޅުނު މުއްދަތެއްކަމުގައި ބަލާފައިވާތީ، އެސަބަބުގެ މައްޗަށް ފާހަގަކުރި އިސްތިއުނާފީ ނުކުތާއެއްކަން އެނުކުތާގެ ތަފްޞީލުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
16ބުނެވިދިޔަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ޙަސަން ޒަރީރުގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ، އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައިވެސް ފާހަގަކޮށްފައިވާފަދައިން، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާ އަދާކުރަމުން ދިޔައީ އިސްތއި ނާފު ކުރު ފަރާތުން ހިންގަމުން ދިޔަ ރޒި ޓޯ އްގައެ ކަމާއި، އަދި އެ ރިޒޯޓުގެ ހިންގުން ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން އިތުރު ފަރާތަކަށް (އިސްތިއުނާފުކުރާ ފަރާތުން ބުނާގޮތަށް ސޮނެވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑް އަށް) ބަދަލުކޮށްފއަ ނުވާކަމަށާއި، އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމާއި ހަމައަށްވެސް އިސްތިއުނާފު ރައްދުވާ ޙަސަން ޒަރީރު ވަޒީފާ އަދާކޮށްފައި ވާނީ އިސްތިއުނާފުކުރާ ހިލްސައިޑް ވިލގާ މުވައްޒަފެއްގެ ގޮތުގައި ކަމަށެވެ.
17އިސްތިއުނާފީ ތިންވަނަ ނުކުތާއާގުޅޭ: [ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖްމަންޓުގެ ދަށުގައިވާ ތަންތަނުގެ ސާރވިސް ޗާރޖް އެކުންފުންޏަށް އެކުންފުނީގެ މުވައްޒަފުންނަށް ނުބެހޭނެކަމަށް ކަނޑައަޅާފައިވަނީ ހުށަހެޅިފައިވާ ހެކިތަކާއި، ވަޒީފާއާބެހޭ ޤާނޫނު ގެ 52 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ބުނެ] ހިލްސައިޑް ވިލާގެ ފަރާތުން ފާހަގަކުރި ނުކުތާގައި އެގޮތަށް ދެކޭ ސަބަބަކީ، [ސޮނޭވާ ޖާނީ] ރިޒޯޓުގެ މެނޭޖްމަންޓް ބަދަލުކުރުމަށް، ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑާއި ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލޓޑއާ ދެމެދު ސޮއިކުރެވުނު މެނޭޖްމަންޓް އެއްބަސްވުމުގެ ދަށުން، 01 ފެބްރުއަރީ 2018 އިން ފެށިގެން[ސޮނޭވާ ޖާނީ] ރިޒޯޓު މެނޭޖްކުރަމުން ނުވަތަ އޮޕަރޭޓް ކުރަމުން އައިސްފައިވަނީ ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލޓޑ ކަމާއި، އެތާރީޚުގެ ފަހުން މުވައްޒަފުންގެ މުސާރައާއި އަދި ރިޒޯޓު އޮޕަރޭޓިންއާ ގުޅިގެން ދައުލަތާއި އަދި އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދައްކަމުން އައިސްފައިވަނީ ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލޓޑގެ ފަރާތުން ކަމަށްވާތީ، އެ އުޞޫލުގެ ދަށުން، ޙަވާލާދޭ ތާރީޚުގަ ފަހަށް ރިޒޯޓުގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުންގެ ސާރވިސް ޗާޖް އެކުންފުނީގެ މުވައްޒަފުންގެ މެދުގައި ނުބެހޭންވީ ސަބަބެއް އޮތްކަމަށް އެކުންފުނިން ނުދެކޭތީ، އެސަބަބުގެ މައްޗަށް ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާއެއްކަން އެނުކުތާގެ ތަފްޞީލުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
18ބުނެވިދިޔަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ޙަސަން ޒަރީރުގެ ފަރާތުން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ހިލްސައިޑް ވިލާ އާއި، ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑް ނުވަތަ (SML) އަކީ ޤާނޫނީ ވަކި 02 ސަޚުޞެއްކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމާއި ހަމައަށްވެސް، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއަދާކުރަމުން ދިޔަ ނ. މެދުފަރު ގައި ހިންގަމުންދާ ސޮނޭވާ ޖާނީ ރޒި ޓޯ ކ އިސްތިއުނާފުކުރާ ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްއަށް އޮޕަރޭޓިންގ ލައިސަންސް ދޫކޮށްފައިވާ، އެކުންފުނިން ހިންގަމުން ދިޔަ ރ ޒި ޓޯ އްކަމަށާއި، އަދި ބ. އަތޮޅު ކުންފުނަދޫގައި ހިންގަމުން ދިޔަ ސޮނޭވާ ފުށި ރޒި ޓޯ ކ [ބަނީ ހޯލްޑިންގސ] ކިޔާ ކުންފުންޏަކަށް އޮޕަރޭޓިންގ ލައިސަންސް ދޫކޮށްފައިވާ، އެ ކުންފުނިން އޮޕަރޭޓްކުރަމުން ދިޔަ ރޒިޓއްކަމަށާއި، ތަފާތު 02 ކުންފުންޏަކަށް އޮޕަރޭޓިންގ ލައިސަންސް ދޫކޮށްފައިވާ 02 ރޒި ޓޯ އްގެ ހިންގުން އެއްކޮށްލެވޭނެ ޤާނޫނީ
12. ޤާނޫނު ނަންބަރު 2008/2 ހަމައެއް ނެތްކަމަށާއި، އެހެންކަމުން، އިސްތިއުނާފުކުރާ ހިލްސައިޑް ވިލާ އިން ހިންގާ ރޒޯޓަކިން ފޯރުކޮށްދޭ ޚިދުމަތަށް ނަގާ ސާރވިސް ޗާރޖް އާއި، ބަނީ ހޯލްޑިންގްސް ކިޔާ ކުންފުންޏަކުން ހިންގާ ރިޒޯޓް އަކުން ފޯރުކޮށްދޭ ޚިދުމަތަށް ނަގާ ސަރވިސް ޗާރޖް އެއްކޮށްލައި އެ ދެ ކުންފުނީގެ މުވައްޒަފުން ހިމެނޭހެން ސަރވިސް ޗާރޖް ބެހޭނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ. ހައިކޯޓުގެ ނަންބަރު A/63-HC/2020 ޤަޟިއްޔގައާ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
19އިސްތިއުނާފު ކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 198/VTR/2018 މައްސަލާގައި، އިސްތިއުނާފުކުރާ ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވަނީ،
1.19 އިސްތިއުނާފު ރައްދުވާ ޙަސަން ޒަރީރު ވަޒީފާއިން ވަކިވެފައިވަނީ 30 އޮގަސްޓް 2018 ވަނަ ދުވަހު ކަމަށާއި؛
2.19 ޙަސަން ޒަރީރު ވަޒީފާއިން ވަކިވެފައިވަނީ ވަޒީފާގެ މުއްދަތު ހަމަވެގެން ކަމަށާއި އަދި؛
3.19 އަދި އެކަން ހިނގާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި އެއްގޮތަށް ކަމަށާއި، އަދި؛
4.19 މުސާރަ ނުވަތަ އެހެނިހެން އެއްވެސް ޢިނާޔަތެއް ނުވަތަ ސަރވިސް ޗަރޖްގެ ގޮތުގައިވެސް ހިލްސައިޑް ވިލާގެ އިން ޙަސަން ޒަރީރަށް ދައްކަންޖެހި ނުދައްކާވާ ފައިސާއެއް ނެތްކަމަށް ކަނޑައަޅައިދީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 198/VTR/2018 މައްސަލަ ނިންމައި ދިނުމަށެވެ.
20މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ޙަސަން ޒަރީރުގެ ފަރާތުން އެދިފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 198/VTR/2018 މައްސަލާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތައް:
21ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 198/VTR/2018 މައްސަލަ އެ ޓްރައިބިއުނަލްއިން ނިންމަވާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ހިލްސައިޑް ވިލގާ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ރިއާޔަތްކޮށް ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
22[އިސްތިއުނާފު ކުރެވިފައިމިވާ މައްސަލަ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ރައްދުވާނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނެ] ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 198/VTR/2018 މައްސަލަ އިސްތިއުނާފު ކުރަމުން ހިލްސައިޑް ވިލާ ގެ ފަރާތުން ފާހަގަކޮށްފައިވާ މިނުކުތާއަކީ، ޙަސަން ޒަރީރުގެ ފަރާތުން ހިލްސައިޑް ވިލާ އަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލާގައި، މައްސަލަ ރައްދުވާ ހިލްސައިޑް ވިލާ ގެ ފަރާތުން ހިންގާ ރިޒޯޓުގެ މެނޭޖްމަންޓް އެހެން ފަރާތަކަށް ބަދަލުކުރެވޭނެކަމާއި، އެ ބަދަލާއި ގުޅިގެން މައްސަލަ ހުށަހެޅި ފަރާތް ހިމެނޭގޮތަށް މައްސަލަ ރައްދުވާ ފަރާތުގެ އެންމެހާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ރިޒޯޓުގެ މެނޭޖްމަންޓް ޙަވާލވު ކުންފުނި ކަމުގައިވާ ސޮނޭވާ މެނޭޖްމަންޓް (ބީ.ވީއައި) ލިމިޓެޑަށް ނަޤުލުކުރެވޭނެކަން 27 އޮކްޓޫބަރު 2017 ވަނަ ދުވަހު ހުރިހާ މުވައްޒަފުންނަށް އެންގިފައިވާކަމަށާއި، މައްސަލަ ރައްދުވާ ފަރާތާއި އިސްވެ ބުނުވުނު ސޮނޭވާ މެނޭޖްމަންޓް (ބީ.ވީއައި) ލިމިޓެޑް ކުންފުންޏާއި ދެމެދު ރިޒޯޓުގެ މެނޭޖްމަންޓް ޙައްޤުތައް ނަޤުލުކޮށް ޢައްޔަންކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައިވާކަމަށާއި އެ އެއްބަސްވުންތަކުގެ ދަށުންނާއި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން، އިސްވެ ބުނެވުނު ސޮނޭވާ މެނޭޖްމަންޓް (ބީ.ވީއައި) ލިމިޓެޑް ކުންފުންޏަށް މައްސަލަ ރައްދުވާ ފަރާތުގެ ހުރިހާ މުވައްޒަފުންގެ ވަޒީފާގެ
13. ޤާނޫނު ނަންބަރު 2008/2 އެއްބަސްވުންތައް ނަޤުލުކުރެވިފައިވާކަމާއި، އެ އެއްބަސްވުންތަކަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން އިޢުތިރާޒުނުކުރާކަމާއި، އެހެންކަމުން، އެ މައްސަލައަކީ ހިލްސައިޑް ވިލާގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އިތުރަށް ބެލޭނެ މައްސަލައެއްނޫން ކަމަށް ނިންމައި، އެ މައްސަލަ ބާޠިލުކޮށްދިނުމަށް ހިލްސައިޑް ވިލާ ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އިޖުރާއީ ނުކުތާއާ ގުޅިގެން، އެ ޓްރައިބިއުނަލްއިން ނިންމި ނިންމުމާ ގުޅިގެން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއެއްކަން
23އިސްތިއުނާފުކުރާ ހިލްސައިޑް ވިލާގެ ފަރާތުން ހުށަހެޅި އިސްވެ ބަޔާންކުރެވުނު އިޖުރާއީ ނުކުތާއާ ގުޅިގެނު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، މައްސަލަ ރައްދުވާ ފަރާތުން އެދިފައިވާ މޭރުމުން އެ މައްސަލައަކީ، މައްސަލަ ރައްދުވާ ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑަށް ރައްދުވާ ގޮތަށް ހުށަހަޅައި އިތުރަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ނިންމާނެ ހަމައެއް ނެތަތީ، އެ މައްސަލަ ބާޠިލުކުރެވެން ނެތްކަމަށް ކަނޑައަޅައި، މައްސަލައިގެ މައުޟޫޢުގައި ޖަވާބުދާރީވުމަށް އަންގައި އެގޮތުގެ މަތިންނެވެ.
24ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އިޖުރާއީ ނުކުތާ ބަލައިނުގަތުމަށް ވަޒީފާއާބެހޭ ޓްރައިބުއުނަލުން ނިންމާފައިވަނީ، އެ މައްސަލަ ހުށަހެޅި ޙަސަން ޒަރީރު ވަޒީފާ އަދާކުރި ތަނަކީ ޓޫރިސްޓް ރިޒޯޓެއް ކަމަށް ވެފައި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގައި [ރިޒޯޓެއް ހެދުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ބިމެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލެވޭނީ، ނުވަތަ ސަރުކާރާއި ރަށް ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތުގެ ދމެދުގައެ ކޮށްފައިވާ އެގްރީމެންޓްގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ޙައްޤުތައް އެހެން ފަރާތަކަށް ވިއްކައިލެވޭނީ، ނުވަތަ ބަދަލުކުރެވޭނީ، ނުވަތަ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރެވޭނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހު، އެ މިނިސްޓްރީން ކަނޑައަޅާ ޝަރުޠުތަކެއްގެ މަތިންނެވެ.] މިފަދައިން ބަޔާންކޮށްފައިވާތީއާއި، މެނޭޖްމަންޓު އެއްބަސްވުމުގެ
14. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/IJ/2019/02-200 އިޖުރާއީގޮތުން ނިންމި ގޮތް. (03 ފެބްރުވަރީ 2019) ދަށުން ޓޫރިސްޓް ރިޒޯޓެއްގެ ހިންގުން އެއްވެސް ފަރާތަކާ ޙަވާލުކުރަންވާނީ އެކަމަށްޓަކައިމިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހު ކަމުގައި ގވާއިދަ ނަންބަރު 14-2010/R (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދު) ގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައި ވީނަމަވެސް، ހިލްސައިޑް ވިލާ އެއާ ސޮނޭވާ މެނޭޖްމަންޓް (ބީ.ވީއައި) ލިމިޓެޑް ކުންފުންޏާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުންތަކަކީ ކުރިއާލާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހުއްދަ ހޯދުމެއްނެތި އެކުލަވާލެވި ސޮއިކުރެވިފައިވާ އެއްބަސްވުންތަކެއްކަން އެނގެން އޮތުމާއި، އަދި އެފަދައިން މިނިސްޓްރީގެ ހުއްދަ ކުރިން ހޯދުމަކާއިނުލައި، މެނޭޖްމަންޓް ބަދަލކު ރ ވިފައިވާ ރިޒޯޓުތަކެން، ގަވާއިދު ނަންބަރު 61-R/7201 (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދަށް 3 ވަނަ އިޞްލާޙުގެނައުމުގެ ގަވާއިދު) ދަށުން މެނޭޖުމަންޓް އެއްބަސްވުން ބަދަލުކުރެވޭނެ ކަމަށް އޮތްނަމަ ވެސް، މައްސަލަ ހުށަހެޅި ޙަސަން ޒަރީރު ވަޒީފާއިން ވަކިކުރުމާ ހަމައަށްވެސް މެނޭޖުމަންޓް ބަދަލުކޮށްފައިނުވާތީ އެސަބަބުތަކުގެ މައްޗަށް ނިންމާފައިވާ ނިންމުމެއްކަން
25އިސްވެ ފާހަގަކުރި އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، މި ނުކުތާގައި ޝަރީޢަތުގެ ކުރިމަތީއޮތް ފުރަތަމަ ސުވާލަކީ، އިސްތިއުނާފު ރައްދުވާ ޙަސަން ޒަރީރު ނ. މެދުފަރުގައި ހިންގަމުނދް [ސޮނޭވާ ޖާނީ ރިސޯޓު] ގެ ހައުސްކީޕިންގް އެޓންޑެންޓްއެއްގެ ވަޒީފާއިން، 07 ސެޕްޓެންބަރު 2018 ގައި ވަކިކުރިއިރު، ޙަސަން ޒަރީރުގެ އެމްޕްލޯޔަރ އަކީ، އިސްތިއުނާފުކުރާ ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްތޯ ނުވަތަ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ފަދައިން އިސްތިއުނާފު ރައްދުވާފަރާތުގެ އެމްޕްލޯޔަރ އަކީ، ސޮނޭވާ މެނޭޖްމަންޓް (ބީ.ވީއައި) ލިމިޓެޑް ކުންފުނިތއާ މެދު އޮތް ސުވާލެވެ.
26ޕްރިސިޑެންސް 2ވަޒީފާއާބެހޭ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ށ) ގައި ވިޔަފާރިއެއް ނުވަތަ ވިޔަފާރީގެ އުސޫލުން ކުރާ މަސައްކަތެއް، ނުވަތަ އެވިޔަފާރީގެ ނުވަތަ އެމަސައްކަތެއްގެ ބައެއް، ވިއްކާލުމުން، ނުވަތަ ކުއްޔަށް ދޫކުރުމުން ނުވަތަ ނަޤު ލުކުރުމުން، ނުވަތަ އެހެންވެސް ގޮތަކުން ދޫކޮށްލުމުން، އެވިޔަފާރިއަކާ ނުވަތަ
15. ޤާނޫނު ނަންބަރު 2008/2 އެމަސައްކަތަކާ ގުޅޭގޮތުން، އެވަގުތު މުވައްޒަފުންގެ ގޮތުގައިތިބި މީހުންގެ ވަޒީފާގެ އެއްބަސްވުންތކާމެދަ ޢަމަލުކުރެވޭނެގޮތް ބަޔާންކޮށްފައިވެއެވެ.
27ވަޒީފާއާ ބެހޭ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. [ވިޔަފާރިއެއް ނވަތު ވިޔަފާރީގެ އުސޫލުން ކުރާ މަސައްކަތެއް، ނުވަތަ އެވިޔަފާރީގެ ނުވަތަ އެމަސައްކަތެއްގެ ބައެއް، ވިއްކާލުމުން، ނުވަތަ ކުއްޔަށް ދޫކުރުމުން ނުވަތަ ނ ޤު ލުކުރުމުން، ނުވަތަ އެހެންވެސް ގޮތަކުން ދޫކޮށްލުމުން، އެވިޔަފާރިއަކާ ނުވަތަ އެމަސައްކަތަކާ ގުޅޭގޮތުން، އެވަގުތު މުވައްޒަފުންގެ ގޮތުގައިތިބި މީހުންގެ ވަޒީފާގެ އެއްބަސްވުންތައް، އެވިޔަފާރިއެއް ނުވަތަ އެމަސައްކަތެއް ބަދަލުވެގެންދިޔަ ފަރާތަށް، ނަޤުލުވާނެއެވެ. މިގޮތުން، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކާ ދެމެދު އުފެދިގެންވާ ޙަ އޤް ތަކާއ ވާޖިބުތައް، އެވިޔަފާރިއެއް ނުވަތަ މަސައްކަތެއް ބަދަލުވެގެންދިޔަ ފަރާތާއި ވަޒީފާގައި ތިބި ފަރާތްތަކަށް ބަދަލުވެގެން ދާނެއެވެ. އަދި ބަދަލުވުމުގެ ކުރިން، ވަޒީފާއަދާކުރާ ފަރާތްތަކާއި ވިޔަފާރި ނުވަތަ މަސައްކަތް ބަދަލުކުރި ފަރާތާދެމެދު ހިނގާފައިވާ ކޮންމެ މުޢާމަލާތެއްވެސް، ބެލެވޭނީ ވަޒީފާގައި ތިބި ފަރާތްތަކާއި ވިޔަފާރި ނުވަތަ މަސައްކަތް ބަދަލުވެގެންދިޔަ ފަރާތާ ދެމެދު ހިނގާފައިވާ ކަމެއް ކަމަށެވެ .]
28އިސްތިއުނާފުކުރާ ހިލްސައިޑް ވިލާ އެއާ ސޮނޭވާ މެނޭޖްމަންޓް (ބީ.ވީއައި) ލިމިޓެޑް ކުންފުންޏާއި ދެމެދު ވެވުނު އެއްބަސްވުންތަކެއްގެ ދަށުން، ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނ. މެދުފަރުގައި ހިންގަމުނދިޔް [ސޮނޭވާ ޖާނީ ރޒި ޓު] ގެ މެނޭޖްމަންޓް، 01 ފެބްރުވރަ 2018 އިން ފެށިގެން ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑަށް ބަދުލުކުރެވުނެވެ. އަދި އެބަދަލު އަންނަކަން އިސްތިއުނާފު ރައްދުވާ ޙަސަން ޒަރީރުވެސް ހިމެނޭގޮތުން، ދުރާލާ ހިލްސައިޑް ވިލާގެ ދަށުން ވަޒީފާއަދާކުރަމުން ދިޔަ ހުރިހާ މުވައްޒަފުންނަށް އެންގުނެވެ.
16. ޤާނޫނު ނަންބަރު 2008/2
17. 07 އޮކްޓޫބަރު 2016 ދުވަހުގެ މެނޭޖްމަންޓް އެގްރީމަންޓާއި، 18 ޖަނަވަރީ 2018 ދުވަހު މެނޭޖްމަންޓް އެގްރީމަންޓަށް ގެނެވުނު 1 ވަނަ އިޞްލާޙުގެ ދަށުން ވެވުނު އެއްބަސްވުމާއި، މިނިސްޓްރީ އޮފް ޓޫރިޒަމުން އެ އެއްބަސްވުން ކުރިއަށް ގެންދިޔުމަށް ހުއްދަ ދިންކަން ބަޔާންކޮށް، ހިސްލައިޑްވިލާ ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު LS/PRIV/2018/195-No. 99 (25 ޖަނަވަރީ 2018) ސިޓީ.
18. ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާއަދާކުރި ފަރާތްތަކަށް މެނޭޖްމަންޓް ބަދަލުވާކަން 27 އޮކްޓޯބަރު 2017 ގައި އެންގުނެވެ. އެ އެންގުމުގެ [d] ގައި ވަނީ، Once all employment contracts are transferred, the Soneva Management Company will be the ‘employer’ of all Soneva hosts working in Maldives
29ދިވެހިރާއްޖޭގައި ޓޫރިސްޓަ ރިޒޯޓު ހިންގަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީކޮށް، ޓޫރިސްޓް ރިޒޯޓް ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދޫކުރާ ހުއްދަ ހޯދުމަށްފަހުގައިކަން، ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ޤާނޫނު ގެ 16 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ. އެގޮތުން، އިޝާރާތްކުރެވުނު މާއްދާގެ (ހ) ގައިވަނީ، [މި ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ލިބޭ ރަށެއްގައި ނުވަތަ ބިމެއްގައި ހަދާ އެއްވެސް ރިޒޯޓެއް ހިންގަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީކޮށް، ޓޫރިސްޓް ރިޒޯޓް ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ހުއްދަ ހޯދުމަށްފަހުގައެވެ.] މިފަދައިންނެވެ. އަދި ބުނެވިދިޔަ މާއްދާގެ (ށ) ގައިވަނީ، [ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ހުއްދަދޭނީ، ތިރީގައި ބުނެފައިވާ ޝަރުޠުތައް ފުހިހަމަވާ ތަންތަނަށެވެ. (1) މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިމާރާތްކޮށްފައިވުން. (2) އެފަދަ ތަނަކުން ލިބެންޖެހޭނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ޚިދުމަތްތައް، އެތަނަކުން ލިބެން ހުރުން.] މިފަދައިންނެވެ.
30ނ. މެދުފަރު ގައި ހިންގަމުން ދިޔަ [ސޮނޭވާ ޖާރނީ] ރިޒޯޓަކީ، ކުރިން އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ޤާނޫނު ގެ 16 ވަނަ މާއްދާ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީކޮށް، ޓޫރިސްޓް ރިޒޯޓް ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ހުއްދަ ހޯދައިގެން، އިސްތިއުނާފުކުރާ ހިލްސައިޑް ވިލާ އނި ހިންގަމުން ދިޔަ ޓޫރިސްޓް ރިޒޯޓެކެވެ.
31ޕްރިސިޑެންސް 3އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން ޤާނޫނުގައި ބަޔާންކުރާ އިޖަ ރާއަތު ފުރިހަމަކޮށްގެން ހިންގާ ޓޫރިސްޓު ރިޒޯޓެއްގެ ހިންގުން، މެނޭޖްމަންޓް އެގްރީމަންޓެއްގެ ދަށުން އެއްވެސް ފަރާތަކަށް ބަދަލކުރަންވާނު އެކަމަށްޓަކައި ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދައިގެންކަން، ޤަވާއިދު ނަންބަރު 14-2010/R (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދު) ގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
19. ޤާނޫނު ނަންބަރު 99/2
20. ޤާނޫނު ނަންބަރު 99/2
32ޤަ ވާއިދު ނަންބަރު 14-2010/R (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދު) ގެ 35 ވަނަ މާއްދާގައި، ބަޔާންކޮށްފައިވާ ހުއްދަ މިނިސްޓްރީން ހޯދުމަކާނުލައި މެނޭޖްމަންޓް އެގްރިމެންޓެއްގައި ސޮއިކޮށްފައިވާނަމަ، މިނިސްޓްރީން ކަނޑައަޅާ ޝަރުޠުތަކެއްގެ މަތިން، އެ މެނޭޖްމަންޓް އެގްރީމަންޓް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިދާނެކަން، ގަވާއިދު ނަންބަރު 61-2017/R (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދަށް 3 ވަނަ އިޞްލާޙުގެނައުމުގެ ގަވާއިދު) ގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އިޝާރާތްކުރެވުނު މާއްދާގައިވަނީ، [މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގަވާއިދުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ މިނިސްޓްރީން ހޯދުމަކާނުލައި މެނޭޖްމަންޓް އެގްރިމެންޓެއްގައި ސޮއިކޮށްފައިވާނަމަ، އަންނަނިވި ޝަރުޠުތަކުގެ މަތިން، އެ މެނޭޖްމަންޓް އެގްރީމަންޓް މި މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިދާނެއެވެ.
(ހ) އެ މެނޭޖްމަންޓް އެގްރީމަންޓްގައި ސޮއިކުރި ތާރީޚުން ފެށިގެން މި މިނިސްޓްރީގައި ރަޖިސްޓްރީކުރާ ތާރީޚާ ހަމައަށް، އެ މެނޭޖްމަންޓް އެގްރީމަންޓާގުޅޭ ހުރިހާ ޒިންމާއެއް އުފުލުމަށް ވެވޭ އެއްބަސްވުމެއްގައި މި މިނިސްޓްރީއާއެކު ސޮއިކުރުން؛ އަދި
(ށ) ޖޫރިމަނާގެ ގޮތުގައި 4000 (ހަތަރު ހާސް) އެމެރިކާ ޑޮލަރު މިނިސްޓްރީން ކަނޑައަޅާ އިންތިޒާމެއްގެ ދަށުން ދައުލަތަށް ދެއްކުން؛ އަދި
(ނ) އެ މެނޭޖްމަންޓް އެގްރީމަންޓަކީ، މި ގަވާއިދުގެ 36، 37 އަދި 38 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ޝަރުޠުތަކާ އެއްގޮތްވާގޮތުގެ މަތިން ސޮއިކުރެވިފައިވާ އެގްރީމެންޓަކަށްވުން؛ ނުވަތަ
(ރ) އެ މެނޭޖްމަންޓް އެގްރީމަންޓަކީ، މި ގަވާއިދުގެ 36، 37 އަދި 38 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠެއް ފުރިހަމަނުކޮށް ސޮއިކޮށްފައިވާ އެގްރީމެންޓެއްނަމަ، މި މާއްދާގެ ދަށުން އެ މެނޭޖްމަންޓް އެގްރީމަންޓް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، މި ބުނެވުނު ޝަރުޠުތައް ފުރިހަމަ ކުރެވިފައިވާ އެގްރީމެންޓަކަށްވުން.] މިފަދައިންނެވެ.
33ގަވާއިދު ނަންބަރު 61-2017/R (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދަށް 3 ވަނަ އިޞްލާޙުގެނައުމުގެ ގަވާއިދު) ގެ 39 ވަނަ މާއްދާއަށް ބެލުމުން، އެ މާއްދާއަކީ، ގަވާއިދު ނަންބަރު 14-2010/R (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދު) ގެ 35 ވަނަ މާއްދއަށާ ގެނެސްފައިވާ އިސްތިސްނާއެއްކަން ސާފުކޮށް އެނގެއެވެ. އަދި ގަވާއިދު ނަންބަރ 14-2010/R (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދު) ގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ މިނިސްޓްރީން ހޯދުމަކާނުލައި މެނޭޖްމަންޓް އެގްރިމެންޓެއްގައި ސޮއިކޮށްފައި ވާނަމަ، އެފަދަ އެގްރީމަންޓެއް ބަދަލުކުރުމަށް 39 ވަނަ މާއްދާއިން ވަކި މުއްދަތެއް ކަނޑައަޅައި ގައިދުކޮށްފައިވާކަންވެސް އެނގެން ނެތެވެ.
34ހިލްސައިޑް ވިލާ އިން ހިނގަމުންދިޔަ [ސޮނޭވާ ޖާނީ ރިސޯޓު]ގެ މެނޭޖްމަންޓް، 01 ފެބްރުވރަ 2018 އިން ފެށިގެން ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑަށް ބަދަލުކުރުމުގެ ކުރިން އެކަން، 18 ޖަނަވަރީ 2018 ގައި މިނިސްޓްރީ އޮފް ޓޫރިޒަމަށް އަންގާފައިވާކަމާއި އެކަމަށް އެ މިނިސްޓްރީން ހުއްދަ ދީފައިވާކަން، އެ މިނިސްޓްރީގެ ނަންބަރު 195LS/PRIV/2018/-No:88 (25 ޖަނަވަރި 2018) ސިޓީން އެނގޭނެ އޮވެއެވެ. އަދި އިޝާރާތްކުރެވުނު ޓޫރިޒަމް މިނިސްޓްރީގެ ސިޓީގައި ގަވާއިދު ނަންބަރު 14-2010/R (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދު) ގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާއެކު މެނޭޖްމަންޓް އެގްރީމަންޓް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިދާނެކަން އަންގާފައިވާކަން
35ޕްރިސިޑެންސް 4ވަޒީފާގެ މައްސަލަތަކުގައި، ވަޒީފާއާބެހޭ ޤާނޫނުގެ އިތުރުން، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ދެމެދުގެ ގުޅުންތަކުގެ މައްޗަށް، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ ޢާއްމު އުޞޫލުތައް ހިގާނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ދެފަރާތުގެ ދެމެދުގައި ޤާނޫނީގޮތުން ބަނދެވޭ
21. ޤާނޫނު ނަންބަރު 99/2
22. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/41 ޤަޟިއްޔާ ގުޅުމެއްގެ ތެރެއިން އެއްބަސްވުމެއް ވުޖޫދުވު މާއި، ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަފްހޫމްގެ ޤާނޫނީ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި، އެއްބަސްވުމަކާ ގުޅިގެން އުފަންވާ އެންމެހައި ޙައްޤުތަކާ އިލްތިޒާމުތަކެއް ލިބިގެންވާނީ އެއްބަސްވުމުގައި ހިމެނޭ ބައިވެރިންނަށްކަމަށް ބަޔާންކޮށްފައިވެއެވެ.
36ޕްރިސިޑެންސް 5ބުނެވިދިޔަ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަފްހޫމްތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، ނ. މެދުފަރުގައި ހިނގަމުންދިޔަ "ސޮނޭވާ ޖާނީ ރިޒޯޓު"ގައި ޙަސަން ޒަރީރު ވަޒީފާ އަދާކުރުމުންދިޔައީ އެއްބަސްވުންތަކެއްގެ މައްޗަށް ބިނާކޮށެވެ. އެގޮތުން، 01 ސެޕްޓެނބަރް 2016 ގައި، ޙަސަން ޒަރީރުއާއި ހިލްސައިޑް ވިލާއާ ދެމެދު އެއްބަސްވުމެއް ވެފައިވާކަން އެނގެއެވެ. އަދި ހަމައެއާއެކުއެކީގައި، ޙސަނަ ޒަރރީ ހިލްސައިޑް ވިލާއާއެކު ވެވުނު އެއްބަސްވުމުގެ އިލްތިޒާމުތަކާއި ޙައްޤުތައް، ހިލްސައިޑް ވިލާ އާއި ސޮނޭވާ މެނޭޖްމަންޓް (ބީވީއައި) ލިމިޓެދާމެދު ވެވުނު އެއްބަސްވުމުގެ ދަށުން، 15 ޖަނަވަރީ 2018 އިން ފެށިގެން، ސޮނޭވާ މެނޭޖްމަންޓް (ބީވީއައި) ލިމިޓެޑްގެ މައްޗަށް ބަދަލުވެފައިވެއެވެ. އަދި ހިލްސައިޑް ވިލާގެ މުވައްޒަފުންގެ ގޮތުގައި، ނ. މެދުފަރުގައި ހިނގަމުންދިޔަ ރިޒޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފުންނަކީ، ސޮނޭވާ މެނޭޖްމަންޓް (ބީވީއައި) ލިމިޓެޑްގެ މުވައްޒަފުންގެ ގޮތުގައި އެއްބަސްވުމުގެ ދަށުން ހަމަޖައްސާފައިވެއެވެ.
37އެހެންކަމުން، 15 ޖަނަވަރީ 2018 ގައި ވެވެނު އެއްބަސްވުމގައިވާ ގޮތުގެމަތިނު 01 ފެބްރުވރަ 2018 އިންފެށިގެން، ނ. މެދުފަރުގައި ހިންގާ ރިޒޯޓުގެ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމުގެ ދަށުން، ޤާނޫނީގޮތުން ގުޅުމެއް އުފެދިފައިވާ އަދި މުވައްޒަފުގެ އެއްބަސްވުމުގެ އަނެއް ބައިވެރިޔަކީ ސޮނޭވާ މެނޭޖްމަންޓް (ބީވީއައި) ލިމިޓެޑެވެ. އަދި ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަފްހޫމަށް ރިޢާޔަތްކުރުމުން، މި ޙާލަތުގައި ޙަސަން ޒަރރީ އ ހިލްސައިޑާ ވިލާއާއެކު ޤާނޫނީގޮތުން ބަނދެވޭފަދަ ގުޅުމެއް ނެތުމުގެ ސަބަބުން، 01 ފެބްރުވރަ 2018 ދުވަހަށްފަހު، ވަޒީފާގެ އެއްބަސްވުމއެ ގެ ދަށުން، ޙަސަން ޒަރީރުއަށް ހިލްސައިޑް ވިލާގެ ފަރާތުން އަދާކުރަންޖެހޭ ޙައްޤެއް ނުވަތަ އިލްތިޒާމެއް އޮތްކަމަށް ޤާނޫނީގޮތުން ބެލެވޭނެ ހަމައެއް ނެތެވެ.
38ހިލްސައިޑް ވިލާ އިން ހިނގަމުންދިޔަ [ސޮނޭވާ ޖާނީ ރޒި ޓު] ގެ މެނޭޖްމަންޓް، 01 ފެބްރުވރަ 2018 އިން ފެށިގެން ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑަށް ބަދަލުވުމާއެކު، ވަޒީފާއާބެހޭ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އިސްތިއުނާފު ރައްދުވާ ޙަސަން ޒަރީރު ހިމެނޭ ގޮތުން [ސޮނޭވާ ޖާނީ ރޒި ޓު] ގައި ވަޒީފާއަދާކުރަމުން ގެންދިޔަ އެންމެހާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް، ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑަށް ބަދަލުވެގެން ގޮސްފައިވާކަމާއި، ވީމާ، ޙަސަން ޒަރީރުގެ [އެމްޕްލޯޔަރ] އެއްގެ ގޮތުގައި ޤާނޫނީ ގޮތުގެ ބެލެވޭނެ ފަރާތަކީ، ސޮނޭވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑް ކަން އެނގެއެވެ.
39އެހެންކަމުން، ބުނެވިދިޔަ ކަންކަމަށް ރިޢާޔަތްކުރާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ޙަސަން ޒަރީރުގެ ފަރާތުންކުޅަ ދަޢުވާ ރައްދުކޮށްފައިވާ ހިލްސައިޑް ވިލާގެ މައްޗަށް ދަޢުވާ ރައްދުކުރުމުގެ ހައިސިޔަތުއޮތްކަމަށް ޤާނޫނީގޮތުން ނުބެލެވޭއިރު، ހިލްސައިޑް ވިލާގެ ފަރާތުން ދަޢުވާއަށް ޖަވާބުދާރީ ވާންޖެހޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ އުޞޫލުތަކާ ޚިލާފަށެވެ.
40ޕްރިސިޑެންސް 6އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ 2 (ދޭއް) ވަނަ ނުކުތާއާއި އަދި 3 (ތިނެއް) ވަނަ ނުކުތގައާ ފާހަގަކޮށްފައިވާ ކަންކަމަކީ، އިސްތިއުނާފު ރައްދުވާ ޙަސަން ޒަރީރުއަކީ، އިސްތިއުނާފުކުރާ ފަރާތުގެ މުވައްޒަފެއްކަމަށް ބަލައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ތަކެއްގެ މައްޗަށް ބިނާވާ އިސްތިއުނާފީ ނުކުތާތަކެއް ކަމުގައިވާތީ، އިސްތިއުނާފެ ފުރަތަމަ ނުކުތާއާއި ގުޅިގެން އިސްތިއުނާފު ރައްދުވާ ޙަސަން ޒަރީރުގެ [އެމްޕްލޯޔަރ[ އާ ގުޅޭގޮތުން ނިންމި ނިންމުމާ ގުޅިގެން، އިސްތިއުނާފީ 2 ވަނަ ނުކުތާއާއި 3 ވަނަ ނުކުތާއާއި ގުޅޭގޮތުން ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ނުދެކެމެވެ.
41މީގެއިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/663 ޤަޟިއްޔާއަކީ ޙަސަން ޒަރީރުގެ ފަރާތުން ހިލްސައިޑް ވިލާގެ މައްޗަށް އިސްތިއުނާފު ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު، ބުނެވިދިޔަ ސަބަބުތަކަށްޓަކައި ހިލްސައިޑް ވިލާއަކީ ޙަސަން ޒަރީރުގެ ފަރާތުންކުރާ ދަޢުވާ ރައްދުކުރުމުގެ
23. ޤާނޫނު ނަންބަރު 2008/2 ހައިސިއްޔަތު ޤާނޫނީގޮތުން ލިބިފައިވާ ފަރާތަކަށްނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/63-HC/2020 ޤަޟިއްޔާއާ ގުޅިގެން މި ނިންމުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/663 ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދަންޖެހޭ ޤާނޫނީ ސަބަބެއްނެތެވެ. މައްސަލަ ނިންމަން ފެންނަގޮތް:
42އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށް ނަޒަރުކޮށް؛
1.42. ހައިކޯޓުގެ ނަންބަރު 2020/HC-A/63 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ޙަސަން ޒަރީރަކީ، މި މައްސަލައިގައި އިސްތިއުނާފުކުރާ ހިލްސައިޑް ވިލާގެ މުވައްޒަފެއްކަމަށް ކަނޑައަޅައި، އިސްތިއުނާފު ކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 198/VTR/2018 މައްސަލާގައި ނިންމި އިޖުރާއީ ނިންމުން ބާޠިލުކޮށް؛
2.42. އަދި އެނިންމުމާ ގުޅިގެން ޙަސަން ޒަރީރަކީ، ހިލްސައިޑް ވިލގާ މުވައްޒަފެއްކަމަށް ބަލައިގެން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 198/VTR/2018 މައްސަލައިގައި ނިންމި ނިންމުން ބާޠިލު ކަމަށް ކަނޑައަޅައި؛
3.42. ބުނެވިދިޔަ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/663 ޤަޟިއްޔާ އިތުރަށް ކުރިއަންގެންދާނެ ތަނެއްނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
43މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް ތާއިދުކުރަމެވެ.
44މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް ތާއިދުކުރަމެވެ. އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން:
45މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރވުނެ ސަބަބުތަކަށް ނަޒަރުކޮށް،
1. އިސްތިއުނާފު ކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 198/VTR/2018 މައްސަލައިގައި، ނ. ހޮޅުދޫ، ރީޓާ، ޙަސަން ޒަރީރަކީ، ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފެއްކަމަށް ކަނޑައަޅައި، އެ މައްސަލާގައި ނިންމި އިޖުރާއީ ނިންމުން ބާޠިލުކޮށް،
2. އަދި އެނިންމުމާ ގުޅިގެން ޙަސަން ޒަރީރަކީ، ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފެއްކަމަށް ބަލައިގެން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 198/VTR/2018 މައްސަލައިގައި ނިންމި ނިންމުންބާޠިލު ކަމަށް ކަނޑައަޅައި؛ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ޤާނޫނު) ގެ 12 ވަނަ މާއްދާ (ޓްރައިބިއުނަލްގެ ނިންމުމުގައި)
- ޤަވާއިދު ނަންބަރު 2010/R-14 (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދު) ގެ 35 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2017/R-61 (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދަށް 3 ވަނަ އިޞްލާޙުގެނައުމުގެ ގަވާއިދު) ގެ 39 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ ޢާއްމު އުޞޫލުތައް
- ފަނޑިޔާރުންގެ ޢާންމު މަޖިލީހުގެ ނަންބަރު FAM/2021/02 (މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް)
- 2021/SC-A/41 (އޭޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ސަލީމް، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް