ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/265
ޢަބްދުއްސައްތާރު ޢަލީ ވ. ޢަބްދުއްލަޠީފު، 2019/HC-A/265
Abdhusathaaru Ali v. Abdhulateefu 2019/HC-A/265 (2019/HC-A/265, High Court of the Maldives, 29 April 2021)
ޢަބްދުއްސައްތާރު ޢަލީ ވ. ޢަބްދުއްލަޠީފު
މައްސަލައިގެ ޚުލާޞާ
67 މަހުގެ ކުލީގެ ގޮތުގައި 100,500 ރުފިޔާ 7 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައި، އެއްބަސްވުމާ ޚިލާފުވިކަން ސާބިތުނުވާތީ އެއްބަސްވުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށާއި، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ގ. ޝާލިޔާމަންޒިލްގެ 4 ވަނަ ފަންގިފިލާ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދީފައިވާއިރު، ކުލި ނުދައްކާތީ ގެއްލުމުގެ ބަދަލާއި ނުލިބިވާ ކުލި ހޯދުމަށާއި އެއްބަސްވުން ބާޠިލުކުރުމަށް ކުއްޔަށް ދިން ފަރާތުން ދަޢުވާކުރިއެވެ. ކުއްޔަށް ހިފި ފަރާތުން 2013 ގައި ކުލި ދައްކަން ފޮނުވުމުން އަނބުރާ ފޮނުވާލި ކަމަށާއި ކުލި ދެއްކޭނެ ގޮތެއް ހައްދަވައިދިނުމަށް ސިޓީ ފޮނުވި ކަމަށް ބުނެއެވެ.
އިސްތިއުނާފުކުރާ ފަރާތުން ބުނީ ފަނޑިޔާރުންގެ ޤާނޫނުގެ 5(ށ) އާއި ސުޕްރީމް ކޯޓުގެ އުޞޫލަށް ރިޢާޔަތްނުކޮށް ޚިލާފުވިކަން ސާބިތުނުވާ ކަމަށް ނިންމި ކަމަށާއި، ޖައުހަރީ މާއްދާއަކާ ޚިލާފުވުމަކީ 2017/HC-A/283 ގައިވާ ގޮތުން އެއްބަސްވުން ބާޠިލުކުރެވޭނެ ސަބަބެއް ކަމަށެވެ.
މައިގަނޑު ސުވާލު
ކުލި ނުދައްކާތީ ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާޠިލުކުރުމަށް ކުރި ދަޢުވާގައި، ކުއްޔަށް ހިފި ފަރާތް އެއްބަސްވުމާ ޚިލާފުވިކަން ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ނިންމީ ފަނޑިޔާރުންގެ ޤާނޫނުގެ 5(ށ) އާއި ސާބިތުކުރުމުގެ ބުރައާ ބެހޭ އުޞޫލުތަކާ ޚިލާފަށްތޯ؛ އަދި ކުލި ނުދެއްކުމަކީ ޖައުހަރީ މާއްދާއަކާ ޚިލާފުވުމެއްގެ ގޮތުގައި އެއްބަސްވުން ބާޠިލުކުރެވޭނެ ސަބަބެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކުއްޔަށް ހިފި ފަރާތުން ކުލި ދައްކަން މަސައްކަތްކޮށް، ކުލި ނުދެއްކިވަނީ ކުއްޔަށް ދިން ފަރާތުން ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިނުދިނުމުންކަމަށް ބުނުމުން އެކަމަށް އިންކާރުނުކުރާތީއާއި، ޙުކުމުގައިވާ ގޮތަށް ފައިސާ އެއްފަހަރާ ދައްކާފައިވާތީ، ދަށުކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބަލަންޖެހޭ ސަބަބެއް ނުފެނުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ސުޕްރީމް ކޯޓުގެ 2010/SC-A/02 ޤަޟިއްޔާގައިވާ ގޮތުން، މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ؛ ދިފާޢީ ދަޢުވާއެއް ނުވަތަ 'ދަފްޢު' ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެ ދަފްޢު ކުރާ ފަރާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6)
- ޚަޞްމުން ހުށަހަޅާ ހެކިތަކާއި ދަލީލުތައް ވަޒަންކޮށް އޭގެ ޞައްޙަކަން ތަޤްދީރުކުރުމަކީ ކޯޓުގެ ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6)
- ކުލި ނުދެއްކިފައިވަނީ ކުއްޔަށް ދިން ފަރާތުން ކުލި ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިނުދީ، ދައްކަން ފޮނުވި ކުލި އަނބުރާ ފޮނުވާލުމުންކަމަށް ކުއްޔަށް ހިފި ފަރާތުން ބުނުމުން، ކުއްޔަށް ދިން ފަރާތުން އެކަމަށް އިންކާރުނުކުރާނަމަ، ކުއްޔަށް ހިފި ފަރާތް އެއްބަސްވުމާ ޚިލާފުވިކަން ސާބިތުނުވާކަމަށް ކަނޑައެޅުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި 2010/SC-A/02 ގެ އުޞޫލާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7)
- 2017/HC-A/283 ޤަޟިއްޔާގައިވާ ގޮތުން އެއްބަސްވުމުގެ މުޤާބިލުގައި ދައްކަންޖެހޭ ފައިސާއާ ގުޅޭ އިލްތިޒާމުތަކަކީ ޖައުހަރީ މާއްދާތަކެއް ކަމާއި، ޖައުހަރީ މާއްދާއަކާ ޚިލާފުވުމަކީ އެއްބަސްވުން ބާޠިލުކުރެވޭނެ ސަބަބެއް ކަމަށް ކޯޓުން ފާހަގަކޮށް، މި މައްސަލައިގައި ކުލި ނުދެއްކިފައިވަނީ ކުއްޔަށް ދިން ފަރާތުން ކުލި ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިނުދިނުމުން ކަމާއި، ކުލި އެއްފަހަރާ ދައްކާފައިވާކަން ފާހަގަކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 3435/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޢަބްދުއްސައްތާރު ޢަލީގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި ޤަޟިއްޔުގައ އިސްތިއުނާފި ރައްދުވު ފަރާތަކާ ދަފްތަރު ނަންބަރ 3407، ޢަބްދުއްލަޠީފު އެވެ.
2އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 3435/Cv-C/2018 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، […] / މާލެ ޢަބްދުއްސައްތާރު ޢަލީ […] އެވެކިޔާ އިމާރާތުގެ 4 ވަނަ ފަންގިފިލާ ދަފްތަރު 3407/ މާލެ ޢަބްދުއްލަތީފަށް އެއްބަސްވުމެއްގެ ދަށުން ދިނުމުން، އެ އެއްބަސްވުމާއެއްގޮތަށް ކުލި ދައްކަމުން ނުދާތީ، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ދަޢުވާކުރާ ޢަބްދުއްސައްތާރު ޢަލީއަށް ވެފައިވާ ގެއްލުމުގެ ބަދަލާއި، ނުލިބިވާ ކުއްޔާއެކު -/90،500ރ (ނުވަދިހަހާސް ފަސްސަތޭކަ ރުފިޔާ) ހޯދުމަށް ދަޢުވާލިބޭ ޢަބްދުއްލަޠީފުގެ މައްޗަށް ދަޢުވާކުރުމުން ބެލުނު ޤަޟިއްޔާއެ ކެވެ.
3އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، " ދެންފަހެ، ބުނެވިދޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ދަޢުވާކުރާ ޢަބްދުއްސައްތާރު ޢަލީ އާއި ދަޢުވާލިބޭ ޢަބްދުއްލަޠީފުގެ ބަހުން 67 މަސްދުވަހުގެ ކުލީގެ ގޮތުގައި ދަޢުވާކުރާ ޢަބްދުއްސައްތާރު ޢަލީއަށް -/100،500ރ. (އެއްލައްކަ ފަސްސަތޭކަ ރުފިޔާ) ނުލިބި އޮތްކަން އެނގެން އޮންނާތީ، އެ ފައިސާ ދަޢުވާކުރާ ޢަބްދުއްސައްތާރު ޢަލީއަށް ލިބި ދިނުމުގެ ގޮތުން 01 އެޕްރީލް 2019 އިން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދެއްކުމަށް ދަޢުވާލިބުނު ޢާބްދުއްލަޠީފްއަށް އަންގައި، ދަޢުވާލިބޭ ޢަބްދުއްލަޠީފު އެއްބަސްވުމާއި ޚިލާފުވެފައިވާކަން ދަޢުވާކުރާ ޢަބްދުއްސައްތާރު ޢަލީއަށް ޝަރީޢަތަށުޘެބިތަކޮށްދެވިފައި ނުވާތީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކުރުމަށް ޝަރީޢަތުން ކަނޑައަޅާނެ ތަނެއް އަދި ނެތްކަމަށާއި، ދެ ފަރާތުގެ އެއްބަސްވުމަށް އިޙްތިރާމުކުރުމަށާއި، އެއްބަސްވމާއެއްގޮތަށ ޢަމަލުކުރުމަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށްފީމެވެ." މިފަދައިން ޙުކުމްކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
4ސިވިލް ކޯޓުގެ ނަންބަރު 3435/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކުރުމާ ގުޅިގެން […] ޢަބްދުއްސައްތާރު ޢަލީގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެދި 02 (ދޭއް) ނުކުތާ ހުށަހަޅައި އެ ނުކުތާ ތަކާ މެދު ދިވެހިރާ އްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެ ނުކުތާތަކަކީ؛
4.1. ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) 5 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2010/SC-C/02 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް ފުރިހަމައަށް ރިޢާޔަތް ނުކުރައްވާ، އެއްބަސްވުމާ ޚިލާފުވެފައިވާކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ކަނޑައަޅުއްވާ ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4.2. އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ އެއްބަސްވުމުގެ ބައިވެރިއަކު ޚިލާފުވުމަކީ އެއްބަސްވުން ބާޠިލްކުރެވޭނެ ސަބަބެއްކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ޢާންމު އުޞޫލުތަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/283 ޤަޟިއްޔާ ފަދަ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމަވާފައިވާ ނިންމެވުންތަކުގައި ބަލައިގަނެ، ޤާއިމުކޮށް ދެއްވާފައިވާ އުޞޫލުތަކުން އެނގޭއިރު، އެ ކަންކަމަށް ރިޢާޔަތް ނުކުރައްވައި އެއްބަސްވުން ބާޠިލް ކުރުމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާ ޙުކުމް ކުރައްވާފައިވުނ ކަމަށް ބުން ހުށަހެޅި ނުކުތާއެވެ.
5ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 3435/Cv-C/2018 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް […] ޢަބްދުއްސައްތާރު ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާ ތަކާ ގުޅިގެން ދެ ފަރާތުން ދިވެހިރާއްޖޭ ގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތކަ ށާއި، މައްސަލައާ ގުޅުންހުރި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
6ޕްރިސިޑެންސް 1ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ށ) ގައި "މި މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވ ކަންކަމަށް ރިޢާޔަތްކުރަންވާނެވެ." ބަޔާންކޮށްފައިވެއެވެ. އަދި އެ އަކުރުގެ (1) ގައި "މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާ ޤާރީނާ" ބަޔާންކޮށްފައިވެއެވެ. އަދި ސްޕްރީމް ކޯޓުގެ ނަންބަރ 2010/SC-A/02 ޤަޟިއްޔގާ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި "ޢެ ނމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމާތްތަކުގައި، ޘާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތު ކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢު' ކުރާ ފަރާތްކަން އެނގެން އޮތުމެވެ." ބަޔާންކޮށްފައިވެއެވެ. އަދި އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ރ) ގައި "މަދަނީ ޚުޞޫމާތްތަކުގައި ޚަޞްމުންގެ ދައުރަކީ އިޖާބީ ދައުރެއްކަމާއި، މި ގޮތުން ޘާބިތުކުރުމުގެ ޙައްޤު އަބަދަށްވެސ ޚަޞްމުންނަށް ލިބިގެންވާކަމާއި، ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ އެއްމެހައ ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމަށް ފުރުޞަތު ކޯޓުން ޚަޞްމުންނަށް ފަހިކޮށްދޭންވާނެކަމާއި، އަދި ހަމަ އެ މޭރުމުން އެއް ޚަޞްމު ހުށަހަޅާ ހެކި ނުވަތަ ދަލީލު ނަޤުޟުކޮށް އިނދިކޮޅު ޘާބިތުކުރުމުގެ ޙައްޤު އަނެއް ޚަޞްމަށް ލިބިގެންވާކަމާއި، ބުނެވި ދިޔަ ފަދައިން މި މާއްދާގަ (ހ) ގައިވާގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެވެ. ޙައްޤަކުން ޚަޞްމަކު މަޙްރޫމުކުރުމަކީ ސްޕް ރީމްކޯޓުގައ މައްސަލި ނަޤިޟުކުރުވިދާނ ޤާނޫނީ ސަބަބެއްކަމާއ، އެހެންނަމަވެސް ދަޢުވާ ޚައްޞްމުން ހުށަހަޅާ ހެކިތަކާއި ދަލީލުތައް ވަޒަންކޮށް އޭގެ ޞައްޙަކަން ތަޤްދީރުކުރުމަކީ ކޮންމެ ކޯޓެއްގެވެސް ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭ ސްޕީމ ކޯޓުގް ރަޤާބާއިން ބޭރުގައި ވާކަމެއްކަން ދުނިޔޭގެ ތަފާތު ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ ޘާބިތުކުރުމުގެ އުޞޫލުތަކަށާއި މަދަނީ އިޖުރާޢަތުގެ އުޞޫލުތަކަށް ބެލުމުން އެނގެއެވެ." ބަޔާންކޮށްފައިވެއެވެ.
7ޕްރިސިޑެންސް 3ބަޔާންވެދިޔަ ޤާނޫނީ ނައްޞުތައް މ މައްސަލައަށް ތަޠުބީޤު ކުރާއިރު، އިސްތިއުނާފު ކުރާ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރަމުން ފާހަގަކޮށްފައިވަނީ ކުލި ބޮޑުކުރުމަށް ފޮނުވި ޑިމާންޑް ސިޓީއަކީ 25 މެއި 2014 ގައި ފޮނުވާފައިވާ ސިޓީއެއްކަމަ ށ ވެ. އެ ސިޓީ ޢަބްދުއްސައްތާރު ޢަލީ ފޮނުވުމުގެ ކުރިން 2013ވަނަ އަހަރުން ފެށިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ކުލި ދައްކަމުން ނުދކަމުގައެވެ. ނަމަވެސް މި މައްސާ ލައިގެ ރިޕޯޓުގައި ހިމެނޭ ލިޔުންތަކަށް ބަލާއިރު ދަޢުވާކުރާ ފަރާތުން 2013 އޮގަސްޓް މަހުގެ ކުލި ދެއްކުމަށް މީހަކު ފޮނުވުމުން އެ ފައިސާގައި ނުހިފާ އަނބުރާ ފޮނުވާލުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން ކުލި ދެއްކޭނެގޮތެއް ހައްދަވާ ދެއްވުން އެދި 16 ސެޕްޓެންބަރު 2013 ގައި އިސްތިއުނާފުކުރާ ޢަބްދުއްސައްތާރު ޢަލީއަށް ސިޓީއެއް ފޮނުވާފައިވާކަން އެނގެއެވެ. އަދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށް ދެފަރާތު ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުލި ދެއްކޭނެ ގޮތެއް އިސްތިއުނާފކު ރ ފަރާތުން ހަމަޖައްސައިދީ ފައި ނުވާކަން އެނގެއެވެ. ހަމަ އެހެންމެ އިސްތިއުނާފު ރައްދުވާ ފަރާތުން 01 އޮގަސްޓް 2018 ގައި ޝަރީޢަތަށް ހުށަހެޅި ބަޔާނުގައި ބަޔާންވެދިޔަ ސިޓީއާ ޙަވާލާ ދީ ވާހަކަ ދައްކާފައިވެއެވެ. ކުލީގައި ޢަބްދުއްސައްތާރު ޢަލީ ހިފާފައިނުވާކަމަށް ބުނެ އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓުގައި ފާހަގަކުރުމުން އެކަމަށް އިސްތިއުނާފު ކުރާ ފަރާތުން އިންކާރުކޮށްފައި ނުވާކަން އެނގެއެވެ. އެހެންކަމުނ، ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާއާއި، ސްޕްރީމް ކޯޓުގެ ނަންބަރު : 2010/SC-A/02 ޤަޟިއްޔާގެ ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު: 3435/Cv-C/2018 ޤަޟިއްޔާ ނިންމަވާފައިވާކަމަށް ބަލަން ޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަން އެނގެއެވެ.
8ޕްރިސިޑެންސް 4ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2017/HC-A/283 ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގެ 3ވަނަ ނަންބަރުގެ (ރ) ގައި އެއްބަސްވުމުގެ މުޤާބިލުގައި ދައްކަންޖެހޭ ފައިސާއާ ގުޅޭ އިލްތިޒާމުތައް ބަޔާންކުރާ މާއްދާތަކަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާތަކެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވުމަކީ އެއްބަސްވުން ބާޠިލްކުރެވޭނެ ސަބަބެއްކަމުގައި އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. މި ރިޕޯޓުގެ 7ވަނަ ނަންބަރުގައިވާފަދައިން އިސްތިއުނާފު ރައްދުވާ ފަރާތުން ކުލި ދެއްކުމަށް މަސައްކަތް ކޮށްފައިވާކަމާއި، ކުލި ނދެއްކިވަނު އިސްތިއުނާފުކުރާ ފަރާތުން އެ ކުލި ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާ ނުދިނުމުންކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ކަމަށް ސިވިލް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައި ނުވެއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވިފައިވަނިކޮށް އިސްތިއުނާފު ކުރެވިފައިވާ މައްސަލާގެ ސިވިލް ކޯޓުގެ ޙުކުމުގައިވާގޮތަށ އެކް އެއްފަހަރާ އެފައިސާ ދައްކަފައިވާކަން އިސްތިއުނާފުކުރާ ފަރާތުންނާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2017/HC-A/283 ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ރ) "... އަދި މި ޢިލްތިމާޒުތަކަކީ އެއްބަސްވުމުގެ މުޤަބިލު ނުވަތަ cosideration ގެ ގޮތުގައި ބިޒްނާސް މޯލްޑިވްސްގެ ފަރާތުން ދައްކަންޖެހޭ ފައިސާއާއި ގުޅޭ އިލްތިޒާމުތަކާ ކަމަށެ ވީހިނދު އިސްވެ ބަޔާންކުރެވުނު މާއްދާތަކަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާތަކެއްކަނ އެނގެން އޮންނަކަމާއި އެއްބަސްވުމެއް ފުރިހަމަ ވުމަށްޓަކައި އެއްބަސްވުމުގެ މުޤާބިލެއްގެ ގޮތުން ދޭން އެއްބަސްވާ ފައިސާއެއް ނުވަތަ އެނޫންވެސް އެއްޗެއް އެއްބަސްވުމާއި އެއްގޮތަށް ދީފަ އ ނުވި ޙާލަތުގައި އެފަދަ އެއްބަސްވުމެއް ފުރިހަމަ ނުވާނެކަން އެނގެން އޮންނައިރު އެ އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާއި ޚިލާފުވުމަކީ އެއްބަސްވުން ބާޠިލް ކުރެވޭނެ ސަބަބެއްކަން ކޮޓްރެކްޓާބެހޭ ޤާނޫނު ޢައްމު އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ"
- ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/283 ޤަޟިއްޔާ
- ބެންޗު
- ފަނޑިޔާރު ޙުސައިން ޝަހީދު، އިސްފަނޑިޔާރު ހާތިފް ޙިލްމީ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް