ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/340
ދ. މީދޫ ކައުންސިލް އިދާރާ ވ. އަޙްމަދު ޢަލީ، 2022/HC-A/340
Dh. Meedhoo Council Office v. Ahmed Ali 2022/HC-A/340 (2022/HC-A/340, High Court of the Maldives, 23 October 2025)
ދ. މީދޫ ކައުންސިލް އިދާރާ ވ. އަޙްމަދު ޢަލީ
މައިގަނޑު ސުވާލު
ކައުންސިލުން ހިންގާ ތެޔޮ ވިއްކާ ފިހާރައަކަށް ކައުންސިލުން ވަޒީފާ ދިން މީހަކީ ކައުންސިލުގެ މުވައްޒަފެއްތޯ، އަދި މުސާރަ ނުދީ ހިފެހެއްޓުމުން ޓްރައިބިއުނަލުން މުސާރަ ނަގައިދިނުމަށް ކުރި އަމުރު ރަނގަޅުތޯ؛ ހެކިވެރިޔާއާ ސުވާލުކުރުމުގެ ފުރުޞަތު ހަނިކުރިތޯ އަދި ހެކިބަހަށް ރިޢާޔަތްކުރިތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާ ދޭ ފަރާތުގެ އަމިއްލަ ލިޔުންތަކުން (ވަޒީފާގެ ބަޔާނާއި ފޮނުވި ސިޓީ) މީހަކު ވަޒީފާއަށް ނަގައި މަސައްކަތް ކުރިކަން ފެންނަން އޮތްއިރު، އެ ފަރާތް މުވައްޒަފެއްކަމުގެ އެއްވެސް ރެކޯޑެއް ނެތްކަމަށް ބުނެ މައްސަލައިގެ އަސްލަށް އިންކާރުކުރުމަކީ ފެންނަން ހުރި ޙަޤީޤަތާ އެއްގޮތް ވާހަކައެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13-17)
- ކައުންސިލެއްގެ ބެލުމުގެ ދަށުން ހިންގާ ވިޔަފާރިއެއްގައި މަސައްކަތްކުރަން ކައުންސިލުން ޙަވާލުކުރާ މީހުންނަކީ ކޮންމެހެން ކައުންސިލް އިދާރާގެ މުވައްޒަފުން ނޫނެވެ؛ ނަމަވެސް އެ މަސައްކަތް "ވަޒީފާއެއް" ގެ ގޮތުގައި ޙަވާލުކޮށްފިނަމަ، އެމީހަކީ އެ ވިޔަފާރީގައި ވަޒީފާ އަދާކުރާ މީހެއް ނޫންކަމަށް ކަނޑައެއް ނޭޅޭނެއެވެ؛ ވަޒީފާ ދިނީ އެ ވިޔަފާރި ޤާނޫނީ ގޮތުން ބަލަހައްޓާ ކައުންސިލުން ކަމަށްވާނަމަ، އޭގެ ޤާނޫނީ ނަތީޖާތަކާ ކުރިމަތިލާންޖެހޭނީ ކައުންސިލުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-22)
- އެއް ފަރާތުން ހުށަހަޅާ ހެކިވެރިޔާއާ އަނެއް ފަރާތުން ކުރާ ސުވާލުތަކަކީ މައުޟޫޢުން ބޭރުން ކުރާ ސުވާލުތަކެއްނަމަ ހެކި ހުށަހެޅި ފަރާތަށް އިޢުތިރާޟް ކުރެވޭނެއެވެ؛ އެ އިޢުތިރާޟް ބަލައިގަތުމާއި ނުގަތުމަކީ މައްސަލަ ބަލާ ފަރާތުގެ އިޚްތިޔާރެއް ކަމަށްވާއިރު، އެ އިޚްތިޔާރު ބޭނުންކުރާނީ ހެކި ހުށަހެޅުނު ބޭނުމާއި ހެކިބަސް ޠަޢުނުކުރުމާ ގުޅުން ހުރި ގޮތަށް ބަލައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-27)
- ލިޔުމުން ފެންނަން ހުރި ހެކިތައް (އިޢުލާނު، އިންޓަވިއު ރެކޯޑު، ސޮއިކުރި ވަޒީފާގެ ބަޔާން) ނަފީ ކުރެވޭނެ ބުރަދަނެއް، މީހަކީ މުވައްޒަފެއްކަން އެނގޭނެ ރެކޯޑެއް ނެތްކަމަށް ބުނާ ޝަފަހީ ހެކިބަހަކަށް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-30)
- ކައުންސިލެއްގެ ޒިންމާގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުމާއި ޙާޟިރީގެ އިންތިޒާމު ބެލެހެއްޓުމަކީ ވަޒީފާ ދޭ ކައުންސިލުގެ ޒިންމާއެވެ، އެއީ ވަޒީފާއަށް ހޮވޭ ފަރާތުގެ ޒިންމާއެއް ނޫނެވެ؛ އެ ޒިންމާ އަދާނުކުރުމުގެ ނަތީޖާ އުފުލަންޖެހޭނީ ކައުންސިލުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32، 37)
- ކުރީގެ ކައުންސިލުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފައިވާނަމަ ޤާނޫނީ އިޖުރާއަތުގެ ތެރެއިން ޒިންމާ ކުރުވަންވީ ނަމަވެސް، މުވައްޒަފަކު މުސާރައާއި ޢިނާޔަތްތަކަށް ދަޢުވާ ކުރުމުން، ކުރީގެ ކައުންސިލުން ވަޒީފާ ދިނީ ނާޖާއިޒު ފައިދާ ހޯދައިދިނުމަށްކަމަށް ބުނުމަކުން އެ ދިފާޢު ފުރިހަމަ ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33)
- ވަޒީފާގެ ގުޅުން ލިޔުންތަކުން ސާފުކޮށް ސާބިތުވާ ޙާލަތުގައި، ވަޒީފާގެ އެއްބަސްވުމެއް ނެތް ޙާލަތަށް 2012/HC-A/271 ޤަޟިއްޔާގައި ބަޔާންކުރާ މިންގަނޑު ތަޠުބީޤުކޮށް ވަޒީފާގެ ގުޅުން ވުޖޫދުވޭތޯ ބަލަންޖެހޭ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36)
ޖަމީލް މޫސާ ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 12VTR/20/159 މައްސަލަ އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނާ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ނިލަންދެ އަތޮޅުދެކުނުބުރީ މީދޫ ކައުންސިލް (މީގެ ފަހުން "މީދޫ ކައުންސިލް " ނުވަތަ "އިސްތިއުނާފކުރު " )ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ދ.މީދޫ، ހުދުވެލި / އަޙްމަދު ޢަލީ (މީގެ ފަހުން "އަޙްމަދު ޢަލީ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2އަޙްމަދު ޢަލީ އަކީ ދ.މީދޫ ކައުންސިލްގެ ފަރާތުން ދ.މީދޫގައި ހިންގާ ތެޔޮ ވިއްކާ ފިހާރައެއްކަމަށްވާ "ދ.މީދޫ، ހަކަތަ" ގައި 17 މާރިޗް 2020 އިން ފެށިގެން ސޭލްސްމަނެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ފަރާތެކެވެ. އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކައުންސިލުން އަންގާ އުސޫލެއްގެ ތެރެއިން ތެޔޮ ހުސްވިޔަނުދީ ޓޭންކްތަކަށް ތެޔޮއެޅުމުގެ މަސައްކަތް ކުރުމާއި، ތެޔޮ ވިއްކުމާއި، އިމާރާތާއި މީޓަރާއި އަދި އެހެނިހެން ސާމާނުތައ ސާފުކޮށް ބެލެހެއްޓުމާއި، ޢިމާރާތު ވަށައިގެން 9 ފޫޓު ސާފުކޮށް ބެލެހެއްޓުމާއި، ތެލާބެހޭ ވިޔަފާރީގެ ލިޔެކިޔުންތައް ބެލެހެއްޓުމުގެ އިތުރުން ފައިސާގެ ތަފްސީލް ހަދައި ދުވަހުން ދުވަހަށް ކައުންސިލްގެ އިދާރާއަށް ޖަމާކުރުނ ހިމެނޭކަމަށް ވަޒީފާގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ. އައި.ޑީ ކާރޑް ނަންބަރު: ވަޒީފާގެ ބަޔާން
3ދ.މީދޫ ހަކަތަ ތެޔޮ ވިއްކާ ފިހާރާގައި އަޙްމަދު ޢަލީ ވަޒީފާ އަދާކުރަމުން ދިޔަނަމަވެސް، އޭނާއަށް އެއްވެސް މަހެއްގައި މުސާރަ ދީފައިނުވާކަމަށް އަޙްމަދު ޢަލީ ބުނެއެވެ. މިގޮތުން، އެންމެ ފުރަތަމަވެސް އޭނާއަށް މުސާރަ ދީފައިވަނީ 21 އޮކްޓޫބަރު 2020 ގައި ކަމަށާއި އޭގެ ފަހުން އެއްވެސް މަހެއްގައި މުސާރަ ދީފައިނުވާތީ، އެކަމާއި ގުޅިގެން އަޙްމަދު ޢަލީ ދ.މީދޫ ކައުންސިލް އިދާރާއިގައި ތަކުރާރުކޮށް ޝަކުވާކޮށްފައިވާނެކަމަށ އަޙްމަދް ޢަލީ ބުނެއެވެ.
4މުސާރަ ނުލިބޭތީ ޖޫން 2021 ގައި ކައުންސިލްއާއި ބައްދަލުކޮށް މިކަމާއި ގުޅިގެން މަޝްވަރާކުރފަހުނި، 13 ޖޫން 2021 ގައި އަޙްމަދު ޢަލ އަށީ ދ.މީދޫ ކައުންސިލްގެ އިދާރާއިން ސިޓީއެއް ފޮނުވިއެވެ. މިސިޓީގައި އަޙްމަދު ޢަލީއަށް މުސާރަ ނުދީ ހިފަހައްޓާފައިވަނީ އޭނާގެ ޙާޟިރީގައި މައްސަލަތަކެއް ހުރުމުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އަޙްމަދު ޢަލީ ވަޒީފާއަށް ނަގާފައިވަނީ އިޖުރާއަތާއި ޚިލާފަށްކަމަށް ފާހަގަކުރެވޭކަމަށާއި، ދ.މީދޫ ހަކަތަ މިހާރު ބަންދުކޮށްފައި ހުރުމުންނާއި، އަޙްމަދު ޢަލީ ވަޒީފާއަށް ނިކުތްކަން އެނގޭނެ ލިޔެކިޔުމެއް ފެންނަންނެތި ގިނަ ދުވަސްތަކެއް ވެފައިވާތީ އާއި ވަޒީފާ ދިނުމަށްފަހު ވަޒީފާއާއިބެހޭ ޤާނޫނާއި އަދި ގަވާއިދުތަކުގައިވާ އެކަށީގެންވާ ހަމަތަކާއި އުސޫލުތަކެއްގެ މަތިން ކައުންސިލުން އަމަލުކޮށްފައިނުވާތީ އަޙްމަދު ޢަލީ ވަޒީފާގައި ބެހެއްޓޭނެ ސަބަބުތަކެއް އޮތްކަމަށް ނުދޭކަމަށް މި ސިޓީގައި އިތުރަށް ބަޔާންކޮށްފައިވެއެވެ.
5ބުނެވުނު ސިޓީގައި އަޙްމަދު ޢަލީއަށް މުސާރަ ދީފައިނުވާކަމަށް އެއްބަސްވެ އޭނާއަކީ އެކައުންސިލްގެ ވަޒީފާގައި ހުރި ފަރާތެއްކަމަށް ބަޔާންކޮށްފައިވާތީ، އޭނާއަކީ ކައުންސިލުން ކަނޑައަޅާފައިވާ ވަޒީފާއެއްގައި 17 މާރިޗް 2020 އިން ފެށިގެން ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފެއްކަމަށް ކަނޑައަޅައިދިނުމަށާއި، ކައުންސިލްގެ ޒިންމާ އަދާނުކޮށްގެން އެކަމުގެ ޒިންމާ އަޙްމަދު ޢަލީ އުފުލަން ނުޖެހޭނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ހުށަހަޅާ ފޯމް(އެންޓްރީ ނަންބަރ: 2021/3580) ގެ 7.1 ވަނަ ނުކުތާ އބމ ގެ 7.3 ވަނަ ނުކުތާ އަދި 7.4 ވަނަ ނުކުތާ ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގެ ނަންބަރު 375/INDIV/2021/56 ސިޓީ ކަނޑައަޅާދިނުމަށާއި، 21 އޮކްޓޫބަރު 2020 އިން ފެށިގެން ނުދީވާ ހުރިހާ ދުވަސްތަކެއްގެ މުސާރައާއި އިނާޔަތްތައް އެކުގައި އެއްފަހަރާ ނަގައިދިނުމަށާއި، 21 އޮކްޓބަރޫ 2020 އިން ފެށިގެން މުސާރަ ލިބިފައިނުވާތީ، ދިރިއުޅުމުގެ އެކިއެކި ކަންކަމަށް ޚަރަދުކުރުމަށް ދަތިވެފައިވާތީ މުސާރަ ލިބިފައިނުވަނީ ކައުންސިލްގެ އިހުމާލުންކަމަށް ކަނޑައަޅައިދިނުމަށާއި، ވަކީލު ފީ ނަގައިދިނމަށު އެދް އަޙްމަދު ޢަލީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. މިމައްސަލަ ޓްރައިބިއުނަލުން ބަލާފައިވަނީ، އޓްރައިބިއުނަލްގެ ނަންބަރު:1VTR/202/159 މައްސަލައިންނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް:
6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:1VTR/202/159 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލަ ނިންމާފައިވަނީ؛ "ދެންފަހެ، ދ.މީދޫ ހުދުވެލި، އަޙްމަދު ޢަލީ ގެ ފަރާތުންނާއި މައްސަލަ ރައްދުވި ނިލަންދެއޮތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލައިގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހެކިވެރިންގެ ހެކިބަހަށާއި، ދީފައިވާ ބަޔާންތަކަށް ރިޢާޔަތްކޮށް ބެލިއިރު، އަޙްމަދު ޢަލީއަކީ ދ.މީދޫ ހަކަތައިގެ ސޭލްސްމަނެއްގެ މަޤާމުގައި 17 މާރިޗް 2020 އިން ފެށިގެން ވަޒީފާއަދާކުރަމުން ގޮސްފައިވާ ފަރާތެއްކަމަށާއި، ނަމަވެސް އެއްވެސް މަހެއްގައި މަސް ނިމުމުން އެފަރާތަށް މުސާރަދީފައިނުވާތީއާއި، އެންމެ ފުރަތަމަވެސް މުސާރަދީފައިވަނީ 21 އޮކްޓޫބަރު 2020 ގައި ކަމަށްވާއިރު، އޭގެ ފަހުން އެއްވެސް މުސާރައެއްދީފައިނުވާކަމަށާއި، ކައުންސިލުން އަޙްމަދު ޢަލީއަށް މުސާރަދީފައިނުވާކަމަށ އެފަރާތުން ދީފައިވާ ސިޓީގައި އެއްބަސްވެފައިވާކަމަށާއި، އަދި އެސިޓީގައި އަޙްމަދު ޢަލީއަކީ ވަޒީފާގައި ހުރި ފަރާތެއްކަމުގައި ބަޔާންކޮށްފައިވާތީ، މައްސަލަ ހުށަހެޅި ފަރާތަކީ ކައުންސިލުން ކަނޑައަޅާފައިވާ ވަޒީފާއެއް 17 މާރިޗު 2020 އިން ފެށިގެން އަދާކުރަމުން އަންނަ މުވައްޒަފެއްކަމަށް ކަނޑައަޅަދިނުމަށާއި، ކައުންސިލްގެ ޒިންމާ އަދާނުކޮށްގެން އެކަމުގެ ޒިންމާ އުފުލަން ނުޖެހޭކަމަށް ކަނޑައަޅައިދިނުމަށާއި، 21 އޮކްޓޫބަރު 2020 އިން ފެށިގެން ނުދީވާ ހުރިހާ ދުވަސްތަކެއްގެ މުސާރައާއި އިނާޔަތްތައް އެކުގައި އެއްފަހަރާ ނަގައިދިނުމަށާއި، 21 އޮކްޓޫބަރު 2020 އިން ފެށިގެން މުސާރަލިބިފައިނުވަނީ ކައުންސިލްގެ އިހުމާލުންކަން ކަނޑައަޅައިދީ އެކަށީގެންވާ ބަދަލެއް ނަގައިދިނުމަށާއި ވަކީލު ފީ ނަގައިދިނުމަށް އެދި ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާއަށް ރައްދުވާގޮތަށް 08 ޖުލައި 2021 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މިމައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއަދާކުރިކަމުގެ ކިތާބީ ހެއްކެއް ނެތްކަމަށާއި، އަދާނުކުރާ ވަޒީފާއަކަށް ނުވަތަ ނުކުރާ މަސައްކަތަކަށް އުޖޫރަ ދެވޭނެ ޤާނޫނީ ހަމައެއްއޮތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ހުށަހަޅާ ފޯމް (އެންޓްރީ ނަންބަރ: 2021/3580) ނުދެކޭކަމަށާއި، މައްސަލަ ހުށަހެޅި ފަރާތަކީ މިއަދާ ހަމައަށްވެސް އަދި މީގެ ކުރިންވެސް މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއެއް އަދާކުރި ފަރާތެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ރެކޯޑެއް ނެތްކަމަށް ބަޔާންކޮށް މައްސަލަ ރައްދުވި ފަރާތުން ޖަވާބުދާރީވެފައިވާއިރު، މައްސަލަ ހުށަހެޅި ފަރާތަކީ 17 މާރިޗް 2020 އިން ފެށިގެން 13 ޖޫން 2021 ގެ ނިޔަލަށް ނިލަންދެއޮތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގައި ސޭލްސްމަނެއްގެ ވަޒީފާއަދާކޮށްފައިވާ ފަރާތެއްކަމަށް ބުރަވެވޭތީއާއި، 22 އޮކްޓޫބަރު 2020 އިން ފެށިގެން އެފަރާތަށް އެއްވެސް މުސާރައެއް ދީފައިވާކަމަށް ބުރަވެނުވެވޭތީ، މައްސަލަ ހުށަހެޅި ފަރާތަށް މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 7000.00ރ. (ހަތްހާސް ރުފިޔާ) ގެ ނިސްބަތުން 22 އޮކްޓޫބަރު 2020 އިން ފެށިގެން 13 ޖޫން 2021 ގެ ނިޔަލަށް މައްސަލަ ހުށަހެޅި ފަރާތަށް މުސާރައިގެ ގޮތުގައި ޙައްޤވު 193.55،54ރ. (ފަންސާސ ހަތަރުހާސް އެއްސަތޭކަ ނުވަދިހަ ތިނެއް ރުފިޔާ ފަންސާސް ފަހެއް ލާރި) މައްސަލަ ރައްދުވި ފަރާތުން މައްސަލަ ހުށަހެޅި ފަރާތަށް ދޭންޖެހޭކަމަށް ކަނޑައަޅައި، މިފައިސާ މިއަދު (20 ޖޫން 2022) އިން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި އަޙްމަދު ޢަލީއަށް އެކީ އެއްފަހަރާ ދިނުމަށްފަހު އެކަން، ހަމަޖެހޭތާ 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާއަށް އަންގާ އަމުރުކޮށް، މިމައްސަލަ ނިންމައިފީމެވެ." މިފަދައިންނެވެ. މިމިއްސަލ ނިންމަ ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އިސްތިއުނާފީ ނުކުތާ:
7ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:1VTR/202/159 މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނާ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ ފަރާތުން ތިރީގައިވާ ނުކުތތައާ ހުށަހަޅާ އެނުކތު ތަކާ އާ ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މގޮތުނި ހުށަހަޅާފައިވާ ނުކުތާތަކާ ކ:
1.7.މައްސަލަ ނިންމަ ގޮތުގެ ރިޕޯޓުގެ 6 ވަނަ ނަންބަރުގެ 5 ވަނަ ފޮޅުވަތުގައ މައްސަލި ބެލި މެންބަރު ބަޔާންކޮށްފައިވާ "މައްސަލައިގައި ޖަވާބުދާރީވުމަށް މައްސަލަ ރައްދުވި ފަރާތުން އިންކާރުކޮށްފައިވާތ" މިފަދައިން ބަޔާންކޮށްފައިވަނީ މައްސަލައިގެ ކަންހިނގިގޮތް ބެލުމެއްނެތި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ގަވާއިދު ނަންބަރު 14-2022/R (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު) ގެ 2 ވަނަ މާއްދާގައިވާ ގޮތާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
1.1.7. މަތީގައި ބަޔާންކުރި ނުކުތާ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށް 03 ފެބުރުވރަ 2024 ގައި އޮތް އިސްތިއުނާފީ އަޑުއެހުމުގައި އިސްތިއުނާފު ކުރާ ފަރާތުގެ ވަކީލުން ބުނެފައިވެއެވެ. އަދި މިނުކުތާ އަބުރާ ނެގުމަށް، 04 ނޮވެންބަރު 2024 ގައި ސިޓީފޮނުވާފައިވެއެވެ.
2.7. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފަރާތުން ޝަފަހީ ހެކީންގެ ގޮތުގައި ހުށަހެޅި ފަރާތްތަކުގެ ހެކިބަސްނެގ މަޖިލީހުގައި ހެކި ޙާޟިރުކޮށްފައިވާ ދާއިރާއިން މައްސަލަ ރައްދުވި ފަރާތުން ސުވާލުކުރުމުގެ ފުރުސަތު އެކަށީގެންވާގޮތަށް ނުދީވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި
(ށ) އަދި ގަވާއިދު ނަންބަރު 14-2022/R (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު) ގެ 2 ވަނަ މާއްދާއާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ،
3.7.ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ޝަފަހީ ހެކީންގެ ހކިބަސެ ނެގިފައިވީނަމަވެސް އެހެކިބަސްތަކަށ ފުރިހަމައަށް ރިޢާޔަތްކުރުމަކާއ ނުލައި މައްސަލި ނިންމާފައިވަނީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި ގަވާއިދު ނަންބަރު 14-2022/R (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު) ގެ 2 ވަނަ މާއްދާގައިވާ ގޮތާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
4.7.ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފަރާތް ހުރީ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ރައްދުވި ފަރާތުގެ މުވައްޒަފެއްގެ ގޮތުގައި ކަމަށް ބަޔާންކޮށް މުސާރަ ނަގައިދިނުމަށް އަންގާ އަމުރުކޮށްފައިވީ ހިނދު، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ރައްދުވި ފަރާތް މަސައްކަތަށް ނިކުމެފައިނުވާކަމާއި، މުވައްޒަފެއްގެ ގޮތަށް ކަނޑައަޅައި މަސައްކަތަށް ނުނިކުންނަ ދުވަސްތަކަކަށް މުސާރަ ދީފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 1A/27-2012/HC ޤަޟިއްޔާގެ 3 ވަނަ ނުކުތާގެ (ބ) ގައި ބަޔާންކޮށްފައިވާ އުސޫލާއި ޤާނޫނު އެޑްވޮގާޑޯގެ ނަންބަރު 2024/ADV/LTR/059 ސިޓީ އަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި ގަވާއިދު ނަންބަރު 14-2022/R (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު) ގެ 2 ވަނަ މާއްދާގައިވާ ގޮތާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
5.7. ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފަރާތް އެދިފައިވާ ގޮތުން އެފަރާތަށް 21 އޮކްޓޫބަރު 2020 އިން ފެށިގެން ނުދީވާ ހުރިހާ ދުވަސްތަކަށް ފައިސާ ހޯދުމަށް އެދިފައިވީނަމަވެސް، އެފަރާތް މުވައްޒަފެއްގެ ގޮތަށް ކަނޑައަޅައި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފަރާތުން މަސައްކަތް ކޮށްފައިވާކަމަށް ބަޔާންކުރާ މުއްދަތުގެ ތެރެއިން 5 މަސް ދުވަހުގެ މުސާރައިގެ ވާހަކަ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފަރާތް އަދި ޓްރައިބިއުނަލުން މައްސަލަ ބެއްލެވި ފަރާތްވެސް މިކަމަށް ބަލާފައިނެތުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 271/A-2012/HC ޤަޟިއްޔާގައިވާ އުސޫލުތަކާއި ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި ގވާއިދަ ނަންބަރު 14-2022/R (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު) ގެ 2 ވަނަ މާއްދާގައިވާ ގޮތާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
8އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާ ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތއާ އާ ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.8.އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާ ތަފްސީލްކުރަމުން ބުނެފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފަރާތުން ޝަފަހީ ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތައް ކަމުގައިވާ އިޔާސ އިސްމާޢީލް ލަތީފް މައްސަލް ހުށަހެޅަ ފަރާތުން ހުށަހަޅާފައިވާ އިމުގެ ތެރެއިން މައްސަލަ ރައްދުވާ ފަރާތުން ސުވާލުކުރަން މަސައްކަތްކުރުމުން އެކަން ހުއްޓުވާ ސުވާލުކުރުމުގެ ފުރުސަތުވަނ މައްސަލީ ބެއްލެވި މެންބަރު ހަނިކޮށްފައިކަމަށއި، މިގޮތުން އިޔާސ އިސްމާޢީލް ލަތީފްއާއާ އިސްތިއުނާފު ރައްދުވާ ފަރާތުން ކުރި ސުވާލުތަކާއި އެފަރާތުގެ ޖަވާބު ބިނާވަނީ އެފަރާތުން އޭރު އަދާކުރި ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އަދާކުރި ޒިންމާއާއި އެނގިފައިހުރި ކަންކަމާއި، ގުޅިގެންކަމަށް ވީނަމަވެސް، މިދާއިރާއިން އިސްތިއުނާފުކުރާ ފަރާތުން ސުވާލުކުރުމުންވަނީ ސުވާލު ހުއްޓުވާ އަދި ދޭ ޖަވާބުތައް ހުއްޓުވައި އަދި އެކަންކަމަށް ރިޢާޔަތް ނުކުރެވޭނެކަމަށް މައްސަލަ ބެއްލެވި މެންބަރުވެސް ހެއްކާއި ސުވާލުކުރެވުނު މަޖިލީހުގައި ބުނެފައިކަމަށެވެ. އަދި ސުވާލުތަކަށް ޖަވާބު ނުލިބޭކަމަށް ފާހަގަކޮށް އަލުން ބައެއް ސުވާލު ތަކުރާރުކުރުމުންވެސް ހުއްޓުވައި އެސުވާލަށް ޖަވާބު ލިބިވާކަމަށްބުނެ ހުއްޓުވާފައިވާކަމަށެވެ.
2.8. އިސްތިއުނާފީ ތިންވަނަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ޝަފަހީ ހެކިން ކަމުގައިވާ ރީޝާ އިބްރާހީމް އަދި ޝާދިއާ އާދަމްގެ ހެކިބަހުން މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ވަޒީފާ ބަޔާނަކީ މައްސަލަ ހުށަހެޅި ފަރާތަށް ފައިސާތަކެއް ދިނުމަށް އޭރު މައްސަލަ ރައްދުވާ ފަރާތުގައި އިސްކޮށް މަސައްކަތްކުރި ފަރާތްތަކާއި ގުޅިގެން ނުޙައްޤު މަންފާއެއް ހޯދުމަށް ކޮށްފައިވާ މަސައްކަތެއްކަމަށް ސާބިތުވާން އޮތްކަމަށާއި އަދި އިތުރަށް ކަންހިނގިގޮތ ތަފްސީލްކޮށް ބަޔާންކޮށްފައިވީނަމަވެސް މިކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
3.8.އިސްތިއުނާފީ ހަތަރުވަނަ އަދި ފަސްވަނަ ނުކުތާ ތަފްސީލްކުރަމުން ބުނެފައިވަނީ އަޙްމަދު ޢަލީ ހުރީ ކައުންސިލްގެ މުވައްޒަފެއްގެ ގޮތުގައި ކަމަށް ބަޔާންކޮށް މުސާރަ ނަގައިދިނުމަށް އަންގާ އަމުރުކޮށްފައިވާއިރު، އަޙްމަދު ޢަލީ މަސައްކަތަށް ނިކުމެފައި ނުވާކަމަށާއި، މަސައްކަތަށް ނުނިކުންނަ ދުވަސްތަކަކަށް މުސާރަ ދެވެން ނުޖެހޭނެކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/271 ޤަޟިއްޔާގައި ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ދެމެދުގައި ވަޒީފގާ އެއްބަސްވުމެއް ނެތް ޙާލަތުގައި މުވައްޒަފެއްކަމަށް ބަޔާންކުރާ ފަރާތާއި މެދު ވަޒީފާދިން ފަރާތްކަމަށް ބަޔާންކުރާ ފަރާތް އަމަލުކޮށްފައިވާ ގޮތަށް ބަލައި އެއީ މުވައްޒަފެއްކަމަށް ކަނޑައެޅިދާނެކަމަށް މިޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށާއި، ނަމަވެސް އިސްތިއުނާފުކުރެވޭ މައްސަލައިގައި އަޙްމަދު ޢަލީ އާއި އިސްތިއުނާފުކުރާ ފަރާތާއި ދެމެދު މިފަދަ ގޮތަކަށް ކަންހިނގާފައި ނުވާކަމަށެވެ. އެހެންކަމުން މިއީ ބުނެވުނު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
9އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:1VTR/202/159 މައްސަލއިގަ ނިންމުމަށް ބަދަލުގެންނަންޖެހޭކަމަށް ކަނޑައަޅުއްވައިދީ އެނިންމުން ބާޠިލް ކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
10އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ޖަވާބު ތަފްޞީލްކޮށް އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފޞް ލްކޮށީ ވާހަކަ ދައްކާފައިވެއެވެ. މިތަފޞް ލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚލު ޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.10.އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ހެކިވެރިޔާއާ ސުވާލުކުރުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާކަމަށާއި، އަދި ހެކިވެރިންނާ ސުވާލުކުރިއިރު، ސާބިތުކުރުމަށް ބޭނުންވާ ކަންކަމުގެ ދާއިރާގައި ހެކިވެރިންނާ ސުވާލުކުރުމުގެ ފުރުސަތު ދީފައިވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ހެކިވެރިޔާ އިޔާސ އިސްމާޢީލް ލަޠީފްއާ އެކަށީގެންވާ ގޮތެއްގައި ސުވާލުކުރުމުގެ ފުރުސަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާކަމަށާއި، އެހެންނަމަވެސް ހެކިވެރިޔާކުރ ސުވާލާ ގުޅިގެނާ ހެކިވެރިޔާއަށް ޖަވާބު ނުދެ ވެންޏ ހެކާ ހުށަހެޅި ފަރާތަށްވެސް އަދި ޓްރައިބިއުނަލްގެ މެންބަރަށްވެސް ކުރެވޭނެ ކަމެއް ނޯންނާނެކަމަށެވެ.
2.10.އިސްތިއުނާފީ ތިންވަނަ ނުކުތާ ގެ ޖަވާބުގައި ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 159/VTR/2021 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 7.8 ވަނަ ނުކުތާއިން ފެށިގެން 7.12 ގެ ނިޔަލަށް މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ޝަފަހީ ހެކިންނަށް ރިޢާޔަތްކޮށްފައިވާކަމަށާއި، އަދި އެހެކިންގެ ހެކިބަހާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާއާއި ނަންބަރު 2013/SC-A/23 ޤަޟިއްޔާގައި ކަނޑައަޅާފައިވަ އުސޫލުތައް ތަޠުބީޤުކޮށްފައިވާކަމަށެވެ.
3.10. އިސްތިއުނާފީ ހަތަރުވަނަ ނުކުތގާ ޖަވާބުގައި ބުނެފައިވަނީ މުވައްޒަފެއްގެ ގޮތަށް ކަނޑައަޅައި މަސައްކަތައް ނުނިކުންނަ ދުވަސްތަކަށް މުސާރަ ނަގާދީފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/271 ޤަޟިއްޔާއަށް ރިޢާޔަތްކުރުމަށްފަހުކަމަށާއި، ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން މިމައްސަލައިގައި ތަޠުބީޤުކޮށްފައިނުވަނީ ކޮންކަމެއްކަން އިސްތިއުނާފު ފޯމުގައި ތަފްސީލުކޮށްދީފައިނުވާކަމަށެވެ.
4.10.އިސްތިއުނާފީ ފަސްވަނަ ނުކުތާގެ ޖަވާބުގައި ބުނެފައިވަނީ، 21 އޮކްޓޫބަރު 2020 އިން ފެށިގެން ނުދީހުރި އެންމެހައި ދުވަސްތަކެއްގެ މުސާރައާއި އިނާޔަތްތައް އެކުގައި ނަގައިދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފަވާނެކަމަށާއި މިގޮތުން 13 ޖޫން 2021 ގެ ނިޔަލަށް އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާގައި ހުރިކަން ސާބިތުވާކަމަށެވެ. މިނުކުތާ އިސްތިއުނާފުކުރުމަށް ހުށަހެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައިވާ އުސޫލުތަކާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 2 ވަނަ މާއްދާގައިވާ ގޮތާއި ޚިލާފވާގޮތެއު ސާފުކޮށް ދީފައިނުވާކަމަށާއި، އެހެންކަމުން މިނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވިފައިނުވާ ނުކުތާއެއްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
11އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:1VTR/202/159 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުސޫލެއް ނެތްކަމަށް ކަނޑައޅަދެއްވމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
12އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަ ކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލާއި މި ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ. މައްސަލައިގެ އަސްލަށް އިންކާރުކޮށްފައިވުން:
13ޕްރިސިޑެންސް 1ވަޒީފާއާބެހޭ ޓްރައިބއި ނަލަށު ހުށަހެޅް މި މައްސަލައިގެ އަސްލަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިވެއެވެ. އެކަން އެނގެނީ، މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، 13 ސެޕްޓނެ ބަރް 2021 ގައި، އިސްތިއުނާފުކުރާ، ދ.މީދޫ ކައުންސިލނު ވަޒީފާއާބެހް ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބުގެ 4.1.4 ގައި، "...އަދ މައްސަލި ހުށަހެޅަ ފަރާތަކީ މިއަދާހަމައަށްވެސް އަދި މީގެކުރިންވެސް މައްސަލަ ރައްދުވާ ފަރާތުގެ ވަޒީފާއެއް އަދާކުރި ފަރާތެއްގޮތުގައި ބެލެވޭނެ އެއްވެސް ރެކޯޑެއް ނެތްކަމުގައި ދަންނަވަމެވެ." މި ފަދައިން ބުނެފައިވާތީއެވެ.
14އިސްތިއުނާފުކުރާ ދ.މީދޫ ކައުންސިލުން ބުނަން ބޭނުންވެގެން އުޅެނީ ކޮންވާހަކައެއ ކަމެއް ސާފެއް ނުވެއެވެ. އެހެނީ، މިދެންނެވި ޖަވާބު ހުށަހެޅުމުގައި، އިސްތިއުނާފު ރައްދުވާ އަޙްމަދު ޢަލީއަކީ، އިސްތިއުނާފުކުރާ ދ.މީދޫ ކައުންސލުނި 18 ފެބުރވު ރ 2020 ގައި ކޮށްފައިވާ ނަންބަރު: (IUL)/375/375/2020/11 އިޢުލާނަށް ކުރިމަތިލާ އަދި އިންޓަވިއުއަށް ޙާޞިރުވި ފަރާތެއްކަމަށް ދ.މީދޫ ކައުންސިލގް ރެކޯޑުތަކުން ދައްކާކަމަށް ބުނެފައިވެއެވެ.
15ހަމައެހެންމެ، ދ.މީދޫ ކައުންސިލްގެ ސިއްކަ ޖަހާފައިވާ "ވަޒީފާގެ ބަޔާން" މިމައްސަލަ ޓްރަބިއުނަލަށް ހުށަހެޅިއިރު އިސްތިއުނާފު ރައްދުވާ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. ހަމައެއާކު، ދ.މީދޫ ކައުންސިލްގެ ނަންބަރު:2021/56/IV375/IND (13 ޖޫން 2021) ސިޓީ ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ.
16މިދެންނެވި ސިޓީގައި، "ދ.މީދޫ ކައުންސިލުން، 2020 މާރިޗު 17 ވަނަ ދުވަހުން ފެށިގެން ދ.މީދޫ ހަކަތައިގެ ސޭލްސްމަނެއްގެ ވަޒީފާއަށް އަޙްމަދު ޢަލީ ނަގާފައިވާކަން ވަޒީފާ ބަޔާނުން ފެންނަން އޮތް ނަމަވެސް..." މިހެން ބަޔާންކުރެއެވެ. ވީމާ، އިސްތިއުނާފު ރައްދުވާ ފަރާތަކީ، ދ.މީދޫ ކައުންސިލްގެ ފަރާތުން، ދ.މީދޫ ހަކަތައިގެ ސޭލްމަނެއްގ ގޮތުގައެ ވަޒީފާއަށް ނެގި ފަރާތެއްކަން އެނގެއެވެ. ހަމަ މިދެންނެވި ސިޓީގައި، ވަޒީފާއަށް ނިކުމެ މަސައްކަތްކުރި ދުވަސްތައްކަމަށް ހޟާރީ ހަދާފައިވާ ދުވަސްތަކަށް 2020 އޮކްޓޯބަރު 21 ވަނަ ދުވަހު މުސާރަ ދީފައިވާކަމަށް ބަޔާންކުރެއެވެ. ވީމާ، އިސްތިއުނާފު ރައްދުވާ އަޙްމަދު ޢަލީއަކީ ދ.މީދޫ ކައުންސިލްގެ ފަރާތުން ދ.މީދޫ ހަކަތައިގެ ސޭލްމަނެއްގ ގޮތުގައެ ވަޒީފާއެއް ޙަވާލުކޮށް އެވަޒީފާއަށް ނިކުމެ މަސައްކަތްކުރި މީހެއްކަން ދ.މީދޫ ކައުންސިލް އިދާރާގެ ލިޔުންތަކުން ފެންނާން އެބަހުއްޓެވެ.
17މިޙާލަތުގައި "...އަދ މައްސަލި ހުށަހެޅަ ފަރާތަކީ މިއަދާ ހަމައަށްވެސް އަދި މީގެކުރިންވެސް މައްސަލަ ރައްދުވާ ފަރާތުގެ ވަޒީފާއެއް އަދާކުރި ފަރާތެއްގޮތުގައި ބެލެވޭނެ އެއްވެސް ރެކޯޑެއް ނެތްކަމުގައި..." ދ.މީދި ކައުންސިލްގެ ފަރާތުން މިކަމުގެ އަސްލަށް އިންކާރު ކުރާ ބީދައިން ވާހަކަ ދެއްކުމަކީ، ފެންނާން ހުރި ޙަޤީޤަތާއި އެއްގޮތަށް ދައްކާ ވާހަކަތަކެއް ނޫނެވެ. ދ.މީދޫ ކައުންސިލް އިދާރއިނާ އިސްތިއުނާފު ރައްދުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމުގެ 4.1.1 ވަނަ ނުކުތާ އަޙްމަދު ޢަލީ ދ.މީދޫ ހަކަތައިގެ ސޭލްމަނެއްގެ ވޒީފާއަށަ ނެގިގޮތާއި، އޭނާ އެވަޒީފ އަދާކުރާ ގޮތާއި މިކަންކަމާއި ގުޅިގެން، ދ.މީދޫ ކައުންސިލނު "މިހާރު" ސުވާލު އުފައްދާނަމަ، އެސުވާލުތަކަކީ، ތަފާތު ސުވާލެކެވެ. އެއީ، މިކަމުގެ އަސްލަށް އިންކާރު ކުރެވޭނެ ސުވާލުތަކެއް ނޫނެވެ. ޢަޙްމަދު ޢަލީ އަކީ ދ.މީދޫ ކައުންސިލް އިދާރާގެ މުވައްޒަފެއްތޯ؟
18ދ.މީދޫ ކައުންސިލް އިދާރާގެ ފަރާތުން، މި މައްސަލައަށް ޓްރައިބިއުނަލްގައި ޖަވާބުދާރީވިއިރު، އަދި އިސްތިއުނާފީ ނުކުތާތަކާއި އެނުކުތާތަކާއި ގުޅިގެން މިކޯޓުގައި ދެއކް ވާހަކަތަކުން ފާހަގަކުރެވޭ ކަމަކީ، އަޙްމަދު ޢަލީއަކީ ކޮން އިދާރާއެއްގެ ވަޒީފާގައި ހުރި މީހެއްކަން ޚުދު ދ.މީދޫ ކައުންސިލް އިދާރއަށްވެސާ ސާފުވެފައި ނެތްކަމެވެ.
19ޕްރިސިޑެންސް 2ދ.މީދޫ ކައުންސިލގް އިދާރާއަކީ ދައުލަތުގެ އިދާރާއެވެ. ދ.މީދޫ ހަކަތައަކ ހުށަހެޅުނީ ލިޔުންތަކުންނާއި ހެކިބަސްދިން ހެކިންގެ ބަހުން އެނގޭ ގޮތުން ދ.މީދޫ ރައްޔިތުންގެ ވިޔަފާރިއެކެވެ. އެއީ ތެލުގެ ވިޔަފާރި ކުރި ތަނެކެވެ. ނަމަވެސް އެތަން ބަލަހައްޓައި އިދާރީގޮތުން އިންތިޒާމު ކުރަންޖެހޭ ކަންކަން ކުރަމުންދިޔައީ، ދ.މީދޫ ކައުންސިލްގެ ފަރާތުންނެވެ. އެކަމުގެ އެއްސަބަބަކީ، ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 136 ވަނަ މާއްދާގައި ބަޔާންކުރާގޮތަށް ދ.މީދޫ ރައްޔިތުން ކުރަމުންދިޔަ ވިޔަފާރިއެއް ދ.މީދޫ ކައުންސިލްގެ ދަށަށް ބަދަލުވުމެވެ. އަނެއް ގޮތަކީ، ކައުންސިލްތަކަށް ވިޔަފާރި ކުރުމުގެ އިޚްތިޔާރު އޮތުމުން ނޫނީ އާމްދަނީ ހޯދުމުގެ ވަސީލަތްތައް ޤާއިމު ކުރުމުގެ އިޚްތިޔާރު އޮތުމުން، ކުރާ ކަމެއްގެ ތެރެއިން ހިންގާ ތަނެއް ކަމުގައި ވުމެވެ. މިދެގޮތުންވެސް، އެތަނުގައި މަސައްކަތް ކުރުމަށް ނަގާ މީހަކަށް މަސައްކަތް ޙަވާލުކޮށް ވަޒީފާދޭ ފަރާތެއްކަމުގައި ދ.މީދޫ ކައުންސިލް ވެދާނެއެވެ. ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 70 ވަނަ މާއްދާ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 76 ވަނަ މާއްދާ
20ދ.މީދޫ ކައުންސިލް އިދާރާގެ ލެޓަރހެޑްގައި ލިޔެ، އެއިދާރާގެ ސިއްކަޖަހައި، "މަސައްކަތް ޙަވާލުކުރި ފަރާތުން" މިހެން ބަޔާންކޮށް ދ.މީދޫ ކައުންސިލްގެ ރައީސް އިޔާސ އިސްމާޢީލް ލަޠީފް އާއު "މަސައްކަތް ޙަވާލުވި މުވައްޒަފު" މިހެން ބަޔާންކޮށް އަޙްމަދު ޢަލީ އާ ދެމީހުން 17 މާރޗި 2020 ގައި ސއިކޮށްފައިވޮ ވަޒީފާގެ ބަޔާނަށް ބަލާއިރު، "ވަޒީފާގެ މަޢުލޫމާތު" ހިމަނާފައިވާ ބައިގައި މަޤާމުގެ ނަންބަރެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތީ 08/2020 އެވެ. މަޤާމުގެ ނަމާއި ރޭންކުގެ ގޮތުގައި ބަޔާންކޮށްފައި އޮތީ "ސޭލްސްމަން" މިހެންނެވެ. ވަޒީފާގެ ބޭނުމަކީ، މީދޫ ހަކަތައަށް ތެޔޮ އެޅުމާއި ތެޔޮ ވިއްކުމެވެ. ވަޒީފާ އަދާކުރަންޖެހެނީ، ދ.މީދޫ ހަކަތައިގައެވެ. އެއްބަސްވުމުގެ މުއްދަތަކަށް އޮތީ، 17 މާރިޗު 2020 އިން ފެށިގެން، ވަޒީފާގެ ބާވަތުގެ ގޮތުގައި "ދާއިމީ" މިހެން އޮތް ގޮޅީގައި ހެޔޮ ފާހަގައެއް ލައި، މުއްދަތެއް ނެތް ގޮތަށެވެ. މުވައްޒަފު ރިޕޯޓްކުރާ ފަރާތެއްގެ ގޮތުން އޮތީ، ކައުންސިލްގެ ނާއިބް ރައީސް، ޝުރައިފު އިބްރާހިމް ރަޝީދެވެ. މީގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި މަސައްކަތް ކުރަންޖެހޭ ރަސްމީ ގަޑިއާއި އިސްލާޙީ ފިޔަވަޅުގެ ގޮތުގައި އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައި އެބައޮތެއެވެ. މިދެންނެވި ވަޒީފާގެ ބަޔާނުގެ 8 ވަނަ ނަންބަރުގައި "ވަޒީފާ ދޭފަރާތުގެ މަޢުލޫމާތު" ގެ ގޮތުގައި ލިޔެފައި އޮތީ، "ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ" މިހެންނެވެ.
21ކައުންސިލެއްގެ ބެލުމުގެ ދަށުން ހިންގަމުންދާ ވިޔާފރިއެއާ ނުވަތް ކައުންސިލުން ދެމުންދާ އެނޫންވެސް ވިޔާފާރީގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކައުންސިލުން މަސައްކަތް ޙަވާލުކުރާ ފަރާތްތަކަކީ، "ކައުންސިލް އިދާރާގެ" މުވައްޒަފުންކަމުގައި ބެލިގެނެއް ނުދާނެއެވެ. އަދި ހަމައެހެންމެ، މިފަދަ ވިޔާފާރިއެއް ނުވަތަ ވިޔާފާރި ޚިދުމަތަކާއ ގުޅިގެނި އެކަން ކުރުމަށް ކައުންސިލނު މަސައްކަތް ޙަވާލުކުރާ މީހުންނަން "ވަޒީފާއެއް"ގ ގޮތުގައެ އެކަނި ޙަވާލުކޮށްފިނަމަ، އެމީހަކީ އެވިޔަފާރިއެއްގައ ނުވަތި ދެމުންދާ ވިޔަފާރި ޚިދުމަތެއްގައި ވަޒީފާއަދާ ކުރާ މީހެއް ނޫންކަމަށް ޤާނޫނީ ގޮތުން ކަނޑައެއް ނޭޅޭނެއެވެ.
22ވީމާ، ދ.މީދޫ ހަކަތައިގައި މަސައްކަތް ކުރުމަށް މީހަކަށް ވަޒީފާ ދިނީ އެވިޔަފާރ ބެލެހެއްޓުމާއި ޤާނޫނީ ގޮތުން ޙަވާލުވެތިބި ދ.މީދޫ ކައުންސިލުން ކަމަށްވާ ޙާލަތުގައި އެކަމުގެ ޤާނޫނީ ނަތީޖާތަކާއި ކުރިމަތިލާންޖެހޭނީ ދ.މީދޫ ކައުންސިލުންނެވެ.
23އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޝަފަހީ ހެކިންގެ ތެރެއިން އިޔާސ އިސްމާޢީލް ލަތީފާއި ސުވާލު ކުރުމުގެ ފުރުސަތު ޓްރައިބިއުނަލްގެ މެންބަރުން ހަނިކޮށްފައިވުމެވެ. މިގޮތުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން މި ހެކިވެރިޔާއާ ކުރި ސުވާލުތަކަށް ޖަވާބު ދިނުން ޓްރައިބިއުނަލްގެ މެންބަރު ހުއްޓުވާފައިވާކަމަށެވެ.
24އިޔާސ އިސްމާޢީލް ލަޠީފަކީ، އިސްތިއުނާފު ރައްދުވާ އަޙްމަދު ޢަލީގެ ފަރާތުން، ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ، އޭނާއަކީ ދ.މީދޫ ހަކަތައިގައ ވަޒީފި އަދާކުރާ މުވައްޒަފެއްކަން ސާބިތުކުރަން އޭނާ ހުށަހެޅި ހެއްކެކެވެ. އިޔާސ އިސްމާޢީލް ލަޠީފަކީ، އިސްތިއުނާފު ރައްދުވާ އަޙްމަދު ޢަލީއަށް ދ.މީދޫ ހަކަތައިން ވަޒީފާ ހަމަޖެއްސިއިރު، ދ.މީދޫ ކައުންސިލްގެ ރައީސްއެވެ. އިޔާސ އިސްމާޢީލް ލަޠީފް ހެކިބަސް ދިންއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ދ.މީދޫ ހަކަތައިގެ މުވައްޒަފަކަށް ނެގިކަމަށް ބުނެފައިވެއެވެ. އެއީ ދ.މީދޫ ކައުންސިލުން ކުރި އިޢުލާނާއި ގުޅިގެން ކުރިމަތިލީ ތިން މީހުންގެ ތެރެއިން އެނމް މަތިން މާރކްސް ލިބިގެންކަމަށްވެސް ބުނެފައިވެއެވެ. ހަމައެހެންމެ، އިންޓަވިއު ކުރުމުގައި ކައުންސިލްގެ ބައެއް މެންބަރުންގެ އިތުރުން އޭރު ދ.މީދޫ ކައުންސިލް އިދާރާގެ އިދާރީ ގޮތުން އެންމެ އިސްކޮށް ވަގުތީ ގޮތުން ޙަވާލުވެރި ފަރާތް ބައިވެރިވިކަމަށްބުނެ ހެކިބަސް ދީފައިވެއެވެ.
25މިހެކިވެރިޔާ ކޮރޮސް -އެގްޒަމިން ކުރުމަށްޓަކައި ދ.މީދޫ ކައުންސިލް އިދާރާ ތަމްޘީލު ކުރި ފަރާތުން، ސުވާލު އަމާޒުކުރި އެއީ ދ.މީދޫ ކައުންސިލްގެ ކުރީގެ ރައީސް ކަމަށްވާތީ، އެހެން މިސްރާބަކަށެވެ. އެކަން އަޙްމަދު ޢަލީގެ ވަކީލުގެ ފަރާތުން ފހަގަކޮށާ އިޢުތިރާޟް ކުރުމުން، ޓްރައިބިއުނަލުން މައްސަލަ ބެލި ފަރާތުން އަންގަމުން ދިޔައީ ހެކިންނާއި ސުވާލު ކުރުމުގައި ހެކި ހުށަހެޅުނު ދާއިރާގެ ތެރެއިން ސުވާލު ކުރުމަށެވެ. ވީމާ އެކަމުގައި އޮތް ޤާނޫނީ ގޯހަކީ ކޮބއަ ކަމެއް ސާފެއް ނުވެއެވެ.
26ޕްރިސިޑެންސް 3އެއްފަރާތުން ހުށަހަޅް ހެކިން ނާއި އަނެއް ފަރާތުން ކުރިމަތިކުރާ ސުވާލުތަކަކީ މައުޟޫއިން ބޭރުންކުރާ ސުވާލުތަކެއްނަމަ، ހެކި ހުށަހެޅި ފަރާތަށް އިޢުތިރާޟް ކުރެވޭނެއެވެ. އަދި އެއިޢުތިރާޟް ބަލައި ގަތުމާއި ބަލައި ނުގަތުމަކ މައްސަލީ ބަލަ ފަރާތަށް އޮތް އިޚްތިޔާރެކެވެ. އެއިޚްތިޔާރުގެ ބޭނުން ކުރާނީ، ހެކި ހުށަހެޅުނު ބޭނުމާއި ހެކިބަސް ދިން ހެކިވެރިޔާގެ ހެކިބަސް ޠައުނު ކުރުމާއި ގުޅުން ހުރި ގޮތެއް ބެލެވިގެންނެވެ.
27ވީމާ، އިސްތިއުނާފުކުރާ ފަރާތުން ހެކިންނާ ސުވާލު ކުރުމަށް ފުރުޞަތު ނުލިބޭ ގޮތަށް ހުއްޓުވި ކަމަށް ބުންޏަސް، އިޔާސ އިސްމާޢީލް ލަތީފްގެ ހެކިބަހަށް ބަލާއިރު، މައްސަލަ ބެއްލެވި މެންބަރު އިސްތިއުނާފުކުރާ ފަރާތުގެ ސުވާލުތަކަށް ހެކިވެރިޔާގެ ފަރާތުން ޖަވާބު ނުލިބޭކަމަށް ބުނުމުން ތަކުރާރުކޮށް ހެކިވެރިޔާއާ ސުވާލުކުރުމުގެ ފުރުސަތު ދީފައިވާކަން އެނގެއެވެ. އަދި ހެކިވެރިޔާއަށްވެސ ހެކިވެރިޔާއަށް އެނގޭ މިންވަރަކުން ޖަވާބު ދިނުމަށް އިރުޝާދު ދީފައިވާކަން އެނގެއެވެ. މީގެ އިތުރުން އެއް ސުވާލެއް ތަކުރާރުކޮށް ކޮށްފައިވުމުން، ޓްރައިބިއުނަލްގެ މެންބަރު އެކަން ހުއްޓުވައި، ހެކިވެރިޔާ އެ ސުވާލަށް ޖަވާބާ ދީފައިވާކަމަށް ބުރެވޭވޭކަމަށް ބުނެފައިވެއެވެ. އަދި އިތުރު ސުވާލެއް އޮތްނަމަ ކުރުމަށް ފުރުސަތު ދީފައިވެއެވެ. މީގެ އިތުރުންވެސް، އިސްތިއުނާފުކުރާ ފަރާތުން ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ހުރަސް އެޅިކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ މައިގަނޑު ސަބަބެއްކަމަށް ޤަބޫލުކުރެވެނީ އިސްތިއުނާފުކުރާ ފަރާތުން ކުރި ސުވާލާކާއި ގުޅިގެން، މިހެކިވެރިޔާ ޖަވާބުދިނުމަށް އިއުތިރާޒްކުރާކަމަށބުން އިތުރު ސުވާލެއްކުރުމަށް ބުނުމުންނެވެ. އެހެންކަމުން، މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނާ ގޮތަށް ކަންހިނގާފައިވާކަމަކަށް ޤަބޫލެއްނުކުރެވެއެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ:
28އިސްތިއުނާފީ ތިންވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ޝަފަހީ ހެކީންގެ ހެކިބަހަށް ރިޢާޔަތްކުރުމަކާނުލައި މައްސަލަ ނިންމާފައިވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން މިފަދައިން ބުނާ މައިގަނޑު ސަބަބަކީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ޝަފަހީ ހެކިންގެ ހެކިބަހުން އަޙްމަދު ޢަލީ ހުށަހަޅާފައިވާ ވަޒީފާގެ ބަޔާނަކީ އަޙްމަދު ޢަލީއަށް ފައިސާތަކެއް ދިނުމަށް އޭރު މީދޫ ކައުންސިލްގައި އިސްކޮށް މަސައްކަތްކުރި ފަރާތްތަކާއި ގުޅިގެން ނުޙައްޤު މަނފާއެއ ހޯދުމަށް ކޮށްފައިވް މަސައްކަތެއްކަމަށް ސާބިތުވާން އޮތްނަމަވެސް އެކަންކަމަށް ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވތާ ކަމަށް ބުނެއެވެ.
29ޕްރިސިޑެންސް 4އިސްތިއުނާފުކުރާ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ހެކިން ކަމުގައިވާ ޝާހިދާ އާދަމް އާއި ރީޝާ އަޙްމަދުގެ ހެކިބަހަކީ އަޙްމަދު ޢަލީގެ ދަޢުވާ ނަފީ ކުރެވޭނެ ބުރަދަން ހުރި ހެކިބަސްތަކެއް ނޫނެވެ. ސަބަބަކީ، އިސްތިއުނާފުކުރާ ދ.މީދޫ ކައުންސިލް އިދާރާގެ ބަހުން، އަޙްމަދު ޢަލީ ކުރިމަތިލި ވަޒީފާއަށް އިޢުލާން ކުރިކަމާއި އެއިޢުލާނާއ ގުޅިގެނި އަޙްމަދް ޢަލީ އެވަޒފާއަށީ ކުރިމަތިލީ ކަމާއި އަދި އޭނާއާ އިނޓަވިއް ކުރިކަމަށް ބުނާ ބުނމު ގެ ރެކޯޑްތައް ހުރިކަމަށް ދ.މީދޫ ކައުންސިލްގެ ފަރާތުން ބުނާތީ، އެއީ ކިތާބީ ހެކިތަކެއް ކަމުގައިވެފައި، އެހެކިތަކުގެ މައްޗަށް އިތުރަށް ބާރުދޭ ދ.މީދޫ ކައުންސިލް އިދާރާ އާއި އަޙްމަދު ޢަލީ އާ ދެމެދު ސޮއިކޮށްފައިވާ ވަޒީފާގެ ބަޔާން ފެންނާން އޮތުމެވެ. ވީމާ، ޝަފަހީ ގޮތުން ބަޔަކު އައިސް އަޙްމަދު ޢަލީ އަކީ ދ.މީދޫ ކައުންސިލްގެ މުވައްޒަފެއްކަން އެނގޭނެ ރެކޯޑެއް ނެތްކަމަށް ބުނާ ބުނުމަކީ ލިޔުމުން ފެންނާން ހުރި ހެކިތައް ނަފީ ކުރެވޭނެ ހެކި ބަހެއް ނޫނެވެ.
30މީގެ އިތުރުން މި ހެކިން ހެކިބަސް ދިންއިރު، އަޙްމަދު ޢަލީ އަކީ ދ.މީދޫ ކައުންސިލް އިދާރާގެ މުވައްޒަފެއްތޯ ނުވަތަ ދ.މީދޫ ހަކަތައިގެ މުވައްޒަފެއްތޯ ހެކިންނަށްވެސް ސާފުވެފައިވާކަމާމެދ ސުވާލު އުފެދެއެވެ. ދ.މީދޫ ކައުންސިލް އިދާރާގެ އިޢުތިރާފުން އނެ ގެން އޮތް ކަމަކީ، އަޙްމަދު ޢަލީ ކުރިމަތިލި ވަޒީފާއަށް އިޢުލާނު ކުރިކަމެވެ. އެވަޒީފާއަށ އަޙްމަދް ޢަލީ ކުރިމަތި ލީކަމެވެ. އަދި އިންޓަވިއުކުރި ކަމެވެ. އޭގެ ފަހުން، އަޙްމަދު ޢަލީ އާއި ކައުންސިލް އިދާރާ އާ ދެމެދު ވަޒީފާގެ ބަޔާނެއް ލިޔެފައި އެބައޮތެވެ. އަޙްމަދު ޢަލީ ދ.މދީ ހަކަތައިގައ ވަޒީފި އަދާކުރިކަމަށް ހެކިންގެ ހެކިބަސް ލިބެއެވެ. މިޙާލަތުގައި، ޢަޙްމަދު ޢަލީ އަކީ އިސްތިއުނާފުކުރާ ފަރާތުގެ މުވައްޒަފެއްކަން އެނގޭނެ އެއްވެސް ރެކޯޑެއް ނެތޭ ބުނެ ހެކިބަސް ދޭ މީހާ އެ ހެކިބަސް ދެނީ އޭނާއަށް އަޙްމަދު ޢަލީ އަކީ އިސްތިއުނާފުކުރާ ދ.މީދޫ ކައުންސިލް އިދާރާގެ މުވައްޒަފެއްގެ މާނައިގަތޯ ނޫނީ އެއީ އިސްތިއުނާފުކުރާ ދ.މީދޫ ކައުންސިލުން ހިންގާ ދ.މީދޫ ހަކތައިގެ މުވައްޒަފެއްގަ ގޮތުގައިތޯ ސާފުވެފައި އޮންނާނޖެހެއެވެ.
31މި މައްސަލައިގައި، ހެކިބަސްދިން އިޔާސ އިސްމާޢީލް ލަޠީފް ހެކިބަސްދިން އިރު، އަޙްމަދު ޢަލީގެ އިތުރުން ދ.މީދޫ ހަކަތައަށް އޭގެ ކުރިންވެސް މުވައްޒަފުން ނަގައިގެން އުޅުނުކަމަށް ބަޔާންކުރެއެވެ. އަދި އަޙްމަދު ޢަލީއަށް ވަޒީފާ ހަމަޖެއްސިފަހުން، ކޮވިޑް- 19 އާއި ގުޅިގެން، ކައުންސިލް އިދާރާ ބަންދު ކޮށްފައި ހުންނަން ޖެހުމުގެ ސަބަބުން، ކައު ންސިލ އިދާރާއަށް ޙާޟިރުވެ ސޮއިނުކުރެވޭނެކަމަށް ބުނެއެވެ. އަދި ރަމަޟާން މަހުގެ ޑިއުޓީވެސް ހެދުނު 8:00 ގައި ފެށޭގޮތަށ އޮންން ސަބަބު ބަޔާންކުރެއެވެ. ނަމަވެސް ދ.މީދޫ ކައުންސިލްގެ ފަރާތުން މިމައްސަލައިގައި ވާހަކަ ދައްކާފައިވަނީ އަޙްމަދު ޢަލީއަކީ ދ.މީދޫ ކައުންސިލް އިދާރާގެ މުވައްޒަފެއްކަމަށް ދެކިގެން ރަމަޟާން މަހު އޮފީސް ހުޅުވާ ގަޑިއަކީ އަޙްމަދު ޢަލީވެސް ޙާޟިރުވާނެ ގަޑިކަމަށް ބަލައިގެންނެވެ. މިއާޚިލާފަށް، ހެކިބަސްދިން އިޔާސ އިސްމާޢީލް ލަޠީފުގެ ހެކިބަހުގައި ހަކަތައިގެ މުވައްޒަފު ސޮއިކުރަން ވަކި ޝީޓެއ ތައްޔާރުކޮށް ޙަވާލު ކުރެވުނުކަމަށް ބުނެއެވެ.
32ޕްރިސިޑެންސް 5ކައުންސިލެއްގެ ޒިންމާގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުމެއް ބެލެހެއްޓުމަކީ، އެ ކައުންސިލްގެ ޒިންމާއެކެވެ. ދ.މީދޫ ހަކަތައަށ މުވައްޒަފުން ނަގަން ދ.މީދޫ ކައުންސިލްގެ ފަރާތުން ކަމަށްވާ ޙާލަތުގައި އެކަމާގުޅޭ ލިޔެކިޔުންތައް ބަލަހައްޓާނ ގޮތެއްގެ އިންތިޒާމު ހަމަޖެއްސުމަކީވެސް އެކައުންސިލްގެ ޒިންމާއެކެވެ. އެއީ ވަޒީފާއަށް ހޮވޭ ފަރާތުގެ ޒިންމާއެއް ނޫނެވެ. ވީމާ، ދ.މީދޫ ކައުންސިލްގެ ފަރާތުން ކުރަންޖެހޭ ކަމެއް ނުކޮށް އޮތީ އެކައުންސިލްގެ ފަރުވާކުޑަކަމުން ނޫނީ އެނޫންވެސް އެހެން ސަބަބަކާހުރެ ކަމަށްވާނަމަ، އެކަމުގެ ޒިންމާ ދެންވެސް ނަގަންޖެހޭނީ ދ.މީދޫ ކައުންސިލުންނެވެ.
33ޕްރިސިޑެންސް 6ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުމުގެ މާނައިގެ ތެރޭގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމެއްކޮށްފައި އޮތްކަމަށް ފެންނަ ޙާލަތުގައި އެކަންކަން ޤާނޫނުގައި އޮންނަ އިޖުރާއަތުގެ ތެރެއިން ބަލައި ޒިންމާ ކުރަންޖެހޭ ފަރާތްތައް ޒިންމާ ކުރުވުންވެސް ހިމެނޭނެއެވެ. ނަމަވެސް ވަޒީފާއެއްގައި ހުރި މީހަކު، އޭނާއަށް އެވަޒީފާއިން ލިބެންޖެހޭ މުސާރަ އާއި ޢިނާޔަތްތައް ނުލިބިގެން އެ މުސާރަ އާއި ޢިނާޔަތްތައް ހޯދުމަށް ދަޢުވާ ކުރުމުން، އެ މުސާރަ އާއި ޢިނާޔަތްތައް ނުދިނުމުގެ ދިފާޢެއްގެ ގޮތުގައި، ކުރީގެ ކައުންސިލުން އެމީހަކަށް ވަޒީފާދިނީ އުޞޫލުން ބޭރުން ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށްކަމަށް ބުނާ ބުނުމަކުން އެދިފާޢު ފުރިހަމަވީ ކަމަކަށް ނުނިންމޭނެއެވެ.
34ބުނެވުނު ކަންކަމުގެ އަލީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ 7.8 އިން ފެށިގެން 7.14 އާ ހަމައަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި ހެކިންގެ ހެކިބަހަށް ވަކިވަކިން ބަލައި ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ. ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 22 ވަނަ މާއްދާގެ (ދ) އިސްތިއުނާފީ ހަތަރުވަނަ ނުކުތާ އަދި ފަސްވަނަ ނުކުތާ
35އިސްތިއުނާފީ ހަތަރުވަނަ އަދި ފަސްވަނަ ނުކުތާގައި މައިގަނޑު ގޮތެއްގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އަޙްމަދު ޢަލީ އަކީ ކައުންސިލްގެ މުވައްޒަފެއްނޫންކަމަށެވެ. އަދި އަޙްމަދު އަލީ މަސައްކަތަށް ނިކުމެފައިނުވާއިރު ނުނިކުންނަ ދުވަސްތަކަށް މުސާރަ ނަގައިދެވިގެން ނުވާނެކަމަށެވެ. އަދި ޓްރައިބިއުނަލްގެ ނިންމުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/271 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.
36ޕްރިސިޑެންސް 7މި މައްސަލައާއި ގުޅިގެން ސާބިތުވާ ވާޤިއާތަކަށް ބެލުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙަވާލާދެވޭ ޤަޟިއްޔާގައި ބަޔާންކުރާ މިންގަނޑުން ވަޒީފާގެ ގުޅުން ވުޖޫދުވޭތޯ ނުވަތަ ނޫންތޯ ބަލާންޖެހޭ ތަނެއް ނެތެވެ. އަޙްމަދު ޢަލީ އަކީ ދ.މީދޫ ކައުންސިލުން ހިންގި ދ.މީދޫ ހަކަތައިގެ މުވައްޒަފެއްކަން އެއަށްވުރެ ސާފުކޮށް ފެންނާން އެބައޮތެއެވެ.
37ދެން އޮތް ސުވާލަކީ، ޙާޟިރީގެ ކަންކަމެވެ. އަޙްމަދު ޢަލީގެ ވަޒީފާއާ ގުޅިގެން ޙާޟިރީގެ ކަންކަން އިންތިޒާމު ކުރިގޮތް އނެ ގެންޖެހޭނީ ދ.މީދޫ ކައުންސިލަށެވެ. އެކަންކަން އިންތިޒާމު ކުރެވުނު ގޮތް ފެންނަން ނެތުމަކަ ދ.މީދޫ ކައުންސިލުން އަދާކުރަންޖެހޭ ޒިންމާއެއް އެގޮތުގައި އަދާނުކުރުމުގެ ސަބަބުން ނިކުތް ނަތީޖާއެކެވެ. ހަމައެއާއެކު، އަޙްމަދު ޢަލީ ވަޒީފާ އަދާކުރި މުއްދަތުގައި ކުރިމަތިވި ކޮވިޑް- 19 ގެ ހާދިޘާ އާއިގުޅިގެން ޙާޟިރީގެ ކަންކމަ ށ އެއްވެސް ބަދަލެއް ގެނެސްފައިވާނަމަ، އެކަމަކީވެސް ދ.މީދޫ ކައުންސިލނު ސާފުވާންޖެހޭނެ ކަންކަމެވެ. އަޙްމަދު ޢަލީ ހާޟިރީގެ އެއްވެސް ރެކޯޑެއް ނެތްކަމަށް ބުނާ ބުނުމަކީ ޒިންމާދާރު ބުނުމެއް ނޫނެވެ.
38ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:1VTR/202/159 މައްސަލަ އިސްތިއުނާފުކުރުމަށް ދ.މީދޫ ކައުންސިލގް ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް އަހުރެންނަށް ބުރަވެވެއެވެ.
39މިމައްސަލައިގއަ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
40މިމައްސަލައިގއަ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
41މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމށަ ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 136 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 70 ވަނަ މާއްދާ، 76 ވަނަ މާއްދާ އަދި 22 ވަނަ މާއްދާގެ (ދ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (އިސްތިއުނާފުގެ އިޖުރާއަތު)
- ހައިކޯޓުގެ 2012/HC-A/271 (ތަފާތުކުރި)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަޙްމަދު ޝަފީޢު، އެޑްވޮގާޑޯ ލޯ ފަރމް، އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ޢަލީ، އަޙްމަދު ޝަފީޢު
- ބެންޗު
- މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، ޢަބްދުﷲ ޖަމީލް މޫސާ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޢަބްދުﷲ ޖަމީލް މޫސާ
- ޚިލާފު ރައުޔު
- ނެތް