ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/333
ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑް ވ. އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ، 2025/HC-A/333
Deeesjee Shiping Inkoapareyted v. Oashan Eeeksel Menaa Efzedsee 2025/HC-A/333 (2025/HC-A/333, High Court of the Maldives, 2 December 2025)
ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑް ވ. އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ
މައިގަނޑު ސުވާލު
ބައިނަލްއަޤްވާމީ އާބިޓްރޭޝަނަކާ ގުޅިގެން ހައިކޯޓުން (2025/HC-A/17) ނެރުނު ވަގުތީ ފިޔަވަޅުގެ އަމުރު، ފަރާތްތަކުގެ މެދުގައި ސެޓްލްމަންޓް އެއްބަސްވުމެއް ވެފައިވާތީ ނިމުމަކަށް ގެނެވޭތޯ.
ނިންމި ގޮތް
ވަގުތީ އަމުރު ނިމުމަކަށް ގެނައި
ކަނޑައެޅުނު އުޞޫލުތައް
- އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން، އާބިޓްރަލް ޓްރައިބިއުނަލަށް ވަގުތީ ފިޔަވަޅުގެ އަމުރު ނެރުމުގެ ބާރު ލިބިދޭ ނިސްބަތަށް، އާބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން ކޯޓަށްވެސް އެފަދަ އަމުރު ނެރުމުގެ ބާރު ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ބައިނަލްއަޤްވާމީ އާބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ވަގުތީ ފިޔަވަޅު އެޅުމުގެ ބާރާއި، އެފަދަ އަމުރު ބާޠިލުކުރުމުގެ އިޚްތިޞާޞް ލިބިދީފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13، 15)
- ފަރާތްތަކުގެ މެދުގައި ޚުޞޫމާތް ޙައްލުކުރުމަށް ސެޓްލްމަންޓް އެއްބަސްވުމެއް ވެ، އަމުރު ނިމުމަކަށް ގެނައުމަށް އަނެއް ފަރާތުގެ އިޢުތިރާޟެއް ނެތްނަމަ، ވަގުތީ ފިޔަވަޅުގެ އަމުރު ދެމެހެއްޓުމުގެ މަޞްލަޙަތެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17–19)
1މާއީލަންޑަނ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލައަކައި ގުޅިގެންއޯޝނުއީއެކްސްއެލް މެނާ އެފްޒެޑްސީ )ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރ 21987( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މި ކޯޓުގެ ނަންބަރު 2025/HC-A/17 އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސވީ. ޑީއެސްޖީ ޝިޕިންގ އިންކޯޕެރޭޓެޑް އަދި އިތުރު 3 ފަރާތްޤަޟިއު ޔާ )މީގް ފަހުން "ނަންބަރ 2025/HC-A/17 ޤަޟިއްޔާ"( އިނ ކޮށްފައިވް އަމުރާ ނިމުމަކަށް ގެނައުމަށް އެދި ޑީއެސްޖީ ޝިޕިންގ އިންކޯޕަރޓެޑު)ރިޕަބްލިކ އޮފް މަރޝަލް އައިލަންޑްސްގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރ 117783( ގ ފަރާތުންވަގުތެއަމުރަކަށ އެދް ދިވެހިރާއްޖޭގ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މޭ ޤަޟިއްޔާގައި އަމުރަށް އެދޭ ފަރާތަކީ ޑީއެސްޖީ ޝިޕިންގ އިންކޯޕަރޓެޑ )މީގެ ފަހުން "ޑީއެސްޖީ ޝިޕިންގ"( ކަމުގައިވާއިރު، މި އަމުރު ރައްދުވަނީ އޯޝނެއީއެކްސްއެލް މެނާ އެފްޒެޑްސީ )މީގެ ފަހުން "އޯޝަން އީއެކްސްއެލް"( ގެ މައްޗަށެވެ.
3ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާއަކީ، އޯޝަން އީއެކްސްއެލްއާއ އަލްފާ އެނަރޖީ އެފްޒެޑްސީއ ދެމެދާ 27 ސެޕްޓެންބަރު 2024 ގައީ ސޮއިކުރި ސޭލް އެންޑް ޕަރޗޭސް އެގްރިމެންޓްގެ ދަށުން އަލްފާ އެނަރޖީ އެފްޒެޑްސީއަށް ވިއްކާ 3,500 )ތިންހާސް ފަސްސަތޭކަ( މެޓްރިކް ޓަނުގެ ފިއުލް އޮއިލް އާއި، 857 )އަށްސަތޭކަ ފަންސާސް ހަތެއް( މްޓްރިކ ޓަނުގެ މެރިން ގޭސ އޮއިލް އުފުލުމަށުއޯޝަނ އީއެކްސްއެލް އާއި ޑީއެސްޖީ ޝިޕިންގއ ދެމެދާ 13 އޮގަސްޓް 2024 ގައި ސޮއިކޮށްފައިވާ ޗާޓަރޕާޓީގެ ދަށުން އެމްޓީ ޑީއެސްޖީ / MT DSG ނަމަކަށް ކިޔާ ބޯޓު )އައި.އެމް.އޯ ނަންބަރު: 9555216( އަށް ލޯޑުކުރި ކާގޯ ނުވަތަ އެ ކާގޯއިން މިވަގުތު ބާކީ ހުރި މިންވަރެއް އޯޝަން އީއެކްސްއެލްއަށާހަވާލުކުރުމަށާއި، ކާގޯ އެކީއެކުގައި ހަވާލު ނުކުރެވޭނަމަ، ބޯޓުގައި ބާކީ ހުރި ކާގޯ ހަވާލުކުރުމާއެކު، ހަވާލު ނުކުރެވި ހުރި ކާގޯގެ އަގަށްވ ފައިސާ، 17 ޑިސެންބަރު 2024 ގައި އޯޝަން އީއެކްސްއެލްއިނ ލަންޑަން އާބިޓްރޭޝަނަށް ހުށަހަޅާފައިވި މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ސެކިއުރިޓީއެއްގ ގޮތުގައެ ބެހެއްޓުމަށް ބޯޓުގެ ވެރިފަރާތަށް ޑީއެސްޖީ ޝިޕިންގއަށާއި، އޮޕަރޭޓަރ ކެންޑުއަރ ޓޭންކަރޒްއަށް އަންގައި އަމުރު ކުރުމަށް ނުވަތީ އޯޝަން އީއެކްސްއެލުއާއި ޑީއެސްޖީ ޝިޕިންގއ ދެމެދާ 13 އޮގަސްޓް 2024 ގައު ސޮއިކޮށްފައިވާ ޗާޓަރޕާޓީގެ ދަށުން އުފެދިފައިވާ ޚުޞޫމާތެ ހައްލު ކުރުމަށްޓަކައި އޯޝަން އީއެކްސްއެލްގ ފަރާތުން 17 ޑިސންބަރެ 2024 ގައި ލަންޑަނ އާބިޓްރޭޝަނަށް ހުށަހަޅާފައިވް މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން، ނުވަތަ މިކޯޓުން އެނޫން ގޮތަކަށް އަމުރުކުރަންދެން އެމްޓީ ޑީއެސްޖީ / MT DSG ނާމަކަށ ކިޔް ބޯޓު ދިވެހިރާއްޖެއިނ ފުރައިގެން ނުދިއުމަށާއި، ބޯޓަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، އަދި ބޯޓު ގުޅިގެން ތިންވަނަ ފަރާތެއްގްޙެއިޤެއް އުފަންވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ބޯޓުގެ ވެރި ފަރާތް ޑީއެސްޖީ ޝިޕިންގއަށާއި، އޮޕަރޭޓަރ ކެންޑުއަރ ޓޭންކަރޒްއަށް އަދި ލޯކަލް އެޖެންޓް ރާއްޖެ ޝިޕިންގ ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރު ކުރުމަށް އެދި، އޯޝަން އީއެކްސްއެލްގެ ފަރާތުނ ހުށަހެޅި ޤަޟިއްޔާއެކެވެ.
4މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ އެއް ކަމަކީ، އިނގިރޭސިވިލާތުގައި އޯޝަން އީއެކްސްއެލް ތަމްސީލުކުރާ "ނޯޓިކާ ލޯ"އިން، 17 ޑިސެންބަރު 2024 ގައި ބޯޓުގެ ވެރިފަރާތަށް "ނޯޓިސް އޮފް އާބިޓްރޭޝަން" ފޮނުވާފައިވާކަން އެނގެން އޮތުމުން، އާބިޓްރޭޝަންގެ މަރު ޙ ލާތައް މިހާރު ފެށުނީކަމުގައި ބަލަން ޖެހޭކަމާއި، އާބިޓްރޭޝަންގައ މައްސަލި ހިނގަން ފެށީކަމަށް ބަލަން ޖެހޭކަމުގައެވެ.
5މިގޮތުން، މި ނިންމުމުގައި ޤާނޫނު ނަންބަރު 2013/10 )އާބިޓްރޭޝަނގ ޤާނޫނ( )މީގެ ފަހުން "އާބިޓްރޭޝަނުގެ ޤާނޫނު"(ގ 45 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބައިނަލްއަޤުވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ޢަމަލުކުރާ އުޞޫލުގެ 3 ވަނި މާއްދެއަށާއި، ވަގުތީ އަމުރު ނެރުމުގައާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2012/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރުޠުތަކަށް ރިޢާޔަތްކޮށްފައިވެއެވެ.
6މ ކޯޓުގެ ނަންބަރ 2025/HC-A/17 ޤަޟިއްޔާގެ ނިންމުމުގައިވަނީ،އޯޝަން އީއެކްސްއެލް އާއް ޑީއެސްޖީ ޝިޕިންގއ ދެމެދާ 13 އޮގަސްޓް 2024 ގައި ސޮއިކޮށްފައިވާ ޓައިމް ޗާޓަރާޕާޓީގެ ދަށުން އުފެދިފައިވާ ޚުޞޫމާތް ގުޅިގެން،އޯޝަން އީއެކްސްއެލްގ ފަރާތުނ 17 ޑިސެންބަރު 2024 ގައި ލަންޑަން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން، ނުވަތަ މްކޯޓުން އެހެނ ގޮތަކަށް އަމުރުކުރަންދެން، އެމްޓީ ޑީއެސްޖީ / MT DSG ނަމަކަށް ކިޔާ ބޯޓު ދިވެހިރާއްޖެއިނ ފުރައިގެން ނުދިއުމަށާއި، ބޯޓަށް އެއްވެސް ބަދަލެއް ނުގިނައުމަށާއި، އަދި ބޯޓއ ގުޅިގެން ތިންވަނަ ފަރާތެއްގެޙައްޤއް އުފަންވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް،ބޯޓުގެ ވެރި ފަރާތަ،ޑީއެސްޖީ ޝިޕިންގއްށާއި،ކޮމާޝަލްއޮޕަރޭޓަރ ކެންޑުއަރ ޓޭންކަރޒްއަށް އަދި ލޯކަލް އެޖެންޓް،ރާއްޖެ ޝިޕިންގ ޕްރައިވެޓް ލިމިޓެޑަށާއި، ކަމާބެހޭ އެންމެހައި ފަރާތްތަކަށާ އަންގައި، އަމުރުކޮށެވެ.
7މިހާރު ހުށަހެޅިފައިވާ މި ޤަޟިއްޔާގައި ޑް އެސްޖީ ޝިޕިންގގެ ފަރާތުން އަމުރަކަށް އެދިފައިވަނީ، ބަޔާނަވެދޔ އަމުރު ނިމުމަކަށް ގެނެސް، އެމްޓީ ޑީއެސްޖީ / MT DSG ނަމަކަށް ކިޔާ ބޯޓު ފުރައިގެން ދިޔުމަށް އޮތް ހުރަސް ނައްތާލުމަށެވެ.
8ޑީއެސްޖީ ޝިޕިންގގެ ފަރާތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2025/HC-A/17 ޤަޟިއްޔއިނާ ކޮށްފައިވް އަމުރަކާ ބާޠިލު އަމުރެއްކަމަށް ކަނޑައަޅައި، އެމްޓީ ޑީއެސްޖީ / DSG MT ނަމަކަށް ކިޔާ ބޯޓުދިވެހިރާއްޖެއިނ ފުރައިގެން ދިޔުމަށް އެދުމުން އެކަމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށާއި، އެކަމަށް ބޭނުންވާ ހުއްދަ ދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކުރުމަށެވެ.
9މިފަދައިން އެދޭ އެދުމުގައި، އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
9.1. ދެވެހިރާއްޖޭގެހައިކޯޓުގ ނަންބަރ 2025/HC-A/17 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ އޯޝަލް އީއެކްސެލްގްތެޔޮ ހިމާޔަތްކުރުން ކަމަށްވެފައި، އެ ޙުކުމުގައި އެ ޙުކުމުގެ ބާރު ދެމި އޮންނާނީ، ޙުކުމުގައި ބަޔާންކޮށްފައިވާ ކަމަކުން ކުރެ ކަމެއް ފުރިހަމަ ވަންދެންކަނ ސާފުކޮށް އެ ޙުކުމުގައި ބަޔާންކޮށްފައިވާއިރު، ފުރަތަމަ ކަމަކީ ލަންޑަން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައާ ވަކި ގޮތެއް ކަނޑައަޅަންދެންކަމްށއި، ދެވަނަ ކަމަކީ ހައިކޯޓުން އެހެން ގޮތަކަށް އަމުރުކުރަންދެންކަމެވެ.
9.2. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2025/HC-A/17 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޚުޞޫމާތު އެއްކޮށް ޙައްލުވެފައިވާކަމަށއި، މިގޮތުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެނެސްފައިވާކަމިށައި، އަދި ދިވެހިރާއްޖޭގެ ސިވިލް ކޯޓަށާއި އަދ ދިވެހިރާއްޖޭގ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް އަނބުރާ ގެނެސްފައިވާކަމުގައެވެ.
9.3. މީގެ އިތުރުން، އެމްޓީ ޑީއެސްޖީ / MT DSG ބޯޓު ދިވެހިރާއްޖެއިން ފުރައިގެން ދިޔުމަށް އެއްވެސް އިޢުތިރާޟެއް ނެތްކަމަށް ބަޔާންކޮށް މޯލްޑިވްސް ކަސްޓަމްސްއަށްއޯޝަނ އީއެކްސްއެލާގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާކަމްށްއި، އަދި ހަމައެއާއެކު، ބޯޓު ރާއްޖެއިން ފުރައިގެން ދިޔުމަށް އެއްވެސް އިޢުތިރާޟެއްނެތްކަމަށ ބަޔާންކޮށް 18 ނޮވުނެ ބަރް 2025 ގައި އޯޝަން އީއެކްސްއެލގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށްވެސ ސިޓީއެއް ފޮނުވާފައިވާކަމުގައެވެ.
9.4. ބޯޓު ރާއްޖެއިން ފުރައިގެން ދިޔުމަށް މޯލްޑިވްސް ކަސްޓަމްސްއިން ހުއްދަ ދެވޭނީ މި ކޯޓުން ވަކި ގޮތެއް ލިޔުމުން ނިންމުމުންކަމަށް އަންގާފައިވާކަމުގައެވެ.
10މި އަމުރު ރައްދުވާ،އޯޝަން އީއެކްސްއެލުގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2025/HC-A/17 ޤަޟިއްޔާއިން ކޮށްފައިވްވަގުތީ އަމުރުނިމުމަކަށ ގެނައުމަށް ޑީއެސްޖީ ޝިޕިންގގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށް އޯޝަން އީއެކްސްއެލްގެ ފަރާތުނ އިޢުތިރާޟުނުކުރާކަމުގައެވެ. އަދި މިކަމުގައި ދެ ފަރާތުގެ ޚުޞޫމާތު މިހާރު ޙައްލުވެފައިވާކަމުގައެވެ.
11މިފަދައިން އެދޭ އެދުމުގައި، އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
11.1. މ ކޯޓުގެ ނަންބަރ 2025/HC-A/17 ޤަޟިއްޔާއިން އަމުރުކޮށްފައިވަނީ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން، ނުވަތަ ކޯޓުން އެހެން ގޮތަކަށް އަމުރުކުރަންދެނ އެމްޓީ ޑީއެސްޖީ / DSG MT ބޯޓު ރާއްޖެއިން ފުރައިގެން ނުދިޔުމަށްކަމަށްވާއިރު، ޕާޝަލް އެވޯޑްތައް ތަންފީޒުނުވެ ދިވެހިރާއްޖޭގެ ކޯޓުތަކުގައި މައްސަލަތައް ހިނގަމުން ދަނިކޮށް، ދެ ފަރާތުން ކޯޓުން ބޭރުގައި ވަކި ގޮތަކަށް ލިޔުމުން އެއްބަސްވެ، ދެ ފަރާތުގެ ދެމެދުގައި އޮތް ޚުޞޫމާތަށް ނިމުން ގެނެސްފައިވާކަމުގައެވެ.
11.2. އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2025/HC-A/17 ޤަޟިއްޔު އިން ކޮށްފައިވާ އަމުރު ނިމުމަކަށް ގެނެސް، ބޯޓު ފުރަން ހުއްދަ ދިނުމާމެދު އިޢުތިރާޟުނުކުރާކަމުގައެވެ.
12ޕްރިސިޑެންސް 1އާބިޓްރޭޝަނެގު ޤާނޫނގ 45 ވަނަ މާއްދާގައި، އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކއާ ގުޅޭ ގޮތުން، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު އެ މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލަށް ލިބިދޭ ޙާލަތުތަކުގައި، އެ ބާރު އެ ޓްރައިބިއުނަލަށް ލިބިދެވޭ ނިސްބަތަށް، އާބިޓްރޭޝަނުގައި ހިނގަމުންދާ އެ މައްސަލައާ ގުޅޭގޮތުން، ކޯޓުގެ އަމިއްލަ އިސްނެގުމުގައި،އެފަދަ އަމުރު ނެރުމުގެ ބާރު ކޯޓަށްވެސް ހަމަ އެ ނިސްބަތަށް ލިބިގެންވކަމުގައި ބަޔާންކުރެއެވެ.
13ޕްރިސިޑެންސް 2މ މާއްދާގެ ދަށުން ބާރުލިބިދޭދިވެހިރާއްޖޭގ ހައިކޯޓުގެ "ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުނ ޢަމަލުކުރާ އުޞޫލު" ގެ ދަށުން، ބައިނަލްއަޤްވާމީ އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާއި ގުޅިގެން ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު ލިބިދެނީ، ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.
14މިފަދައިން މި ކޯޓަށް ލިބިދޭ އިޚްތިޞާޞްގެ ދަށުން، މި ކޯޓުގެ ނަންބަރ 2025/HC-A/17 ޤަޟިއްޔާއިން ވަގުތީ ފިޔަވަޅުގެ އަމުރެއް ނެރެފައިވާކަން އެނގެއެވެ.
15އާބިޓްރޭޝަނުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ބާރުލިބިދޭ، "އާބިޓްރޭޝަންގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމާބެހޭ ގަވާއިދު" ގައި، އާބިޓްރޭޝަނގު ޤާނޫނުގެ ދަށުން ހައިކޯޓަށް ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ޢަމަލުކުރާ އުޞޫލުގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާ މައްސަލަ ހުށަހެޅުމާއި، ބަލައިގަތުމާއި، ހިންގުމާއި، ނިންމުންތައް ނިންމުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް އެކަށައަޅާފައިވާއިރު، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ބާޠިލުކުރުމުގެ އިޚްތިޞާޞްވެސ ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިދީފައިވެއެވެ.
16މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާއިން ނެރެފައިވާ އަމުރު ބާޠިލުކުރުމަށް ޑީއެސްޖީ ޝިޕިންގގެ ފަރާތުން އެދޭ އެދުމަކީ، އެ އަމުރު ނިމުމަކަށް އައިސްފައިވާކަމަށް ކަނޑައެޅުން ކަމުގައް ޝަރީޢަތުގެ މަޖިލީހުގައި ޑީއެސްޖީ ޝިޕިންގގެ ފަރާތުނ ބުނެފައިވެއެވެ.
17ޕްރިސިޑެންސް 3މ މައްސަލައިގައި ޝަރީޢަތުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދެ ފަރާތް ދެމެދު އުފެދުން ޚުޞޫމާތު ޙައްލުކުރުމުގެ ބޭނުމުގައި ސެލްޓްމަންޓ އެއްބަސްވުމެއް ވެފައިވާކަމާއި، އަދި އ ސެލްޓްމަންޓ އެއްބަސްވުމުގް ދަށުން، އެކަމާ ގުޅޭ ގޮތުން ކޯޓުތަކަށަހުށަހަޅާފައިވާ މައްސަލަތައް އަނބުރާ ގެނެސްފައިވާކަމަށް ދެ ފަރާތުންވެސް ބުނެއެވެ. އަދި އާބިޓްރޭޝަނަށް ހުށަހެޅުނު މައްސަލަ ބާޠިލުކުރުމުގެ މަރުޙަލާ ކުރިއަށްދާކަމުގައ އޯޝަން އީއެކްސްއެލގެ ފަރާތުން ބުނެފައިވެއެވެ.
18މި މައްސަލައިގައި ދެ ފަރާތުގެ ހުށަހެޅުމަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާއިން ކޮށްފައިވާ އަމުރު ނިމުމަކަށް ގެނައުމަށްޑީއެސްޖީ ޝިޕިންގގެ ފަރާތުން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން، މި ކޯޓުގެ ނަންބަރ 2025/HC-A/17 ޤަޟިއްޔާއިން ކޮށްފައިވިއަމުރު ނިމުމަކަށް ގެނައުމުގައި އޯޝަން އީއެކްސްއެލްގެ އިޢުތިރާޟެއްނެތްކަން އެނގެއެވެ.
19މ ހުށަހެޅު ންތަކުގ އަލީގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާއިން ކޮށްފައިވާ އަމުރު ދެމެހެއްޓުމުގެ މަޞްލަޙަތެއް އޮތްކަމުގައި ނުދެކެމެވެ. މި ގަވާއިދުގެ 2 ވަނަ މާއްދާގެ )ށ( 2 ޑްސެ ނބަރ 2025 ގެ އަޑުއެހުން 2 ޑްސެ ނބަރ 2025 ގެ އަޑުއެހުން މައްސަލަ ނިންމަން ފެންނަގޮތް
20ބަޔާނވެދިޔް ކަންކަމުގެ އަލީގައި،ޑީއެސްޖީ ޝިޕިންގގެ ފަރާތުން އެދިފައިވާ ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރު 2025/HC-A/17 ޤަޟިއްޔާއިން ކޮށްފައިވް އަމުރު ނިމުމަކަށް ގެނައުމަށް ފެނެއެވެ.
21ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
22ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
- އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާ
- އާބިޓްރޭޝަނުގެ ޤާނޫނުގެ 87 ވަނަ މާއްދާ
- އާބިޓްރޭޝަންގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމާބެހޭ ގަވާއިދު (2 ވަނަ މާއްދާގެ (ށ))
- ހައިކޯޓަށް ބައިނަލްއަޤްވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ޢަމަލުކުރާ އުޞޫލުގެ 1 އަދި 2 ވަނަ މާއްދާ
- ހައިކޯޓުގެ ނަންބަރު 2025/HC-A/17
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙުސައިން މަޒީދު، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް