ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/331
2016/HC-A/331، 2016/HC-A/331
2016/HC-A/331 (2016/HC-A/331, High Court of the Maldives, 30 July 2017)
2016/HC-A/331
މައްސަލައިގެ ޚުލާޞާ
އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓުން ސެޓްލްމެންޓް އެގްރީމަންޓަކީ މުއްދަތު ހަމަވުމުން ބާޠިލްވެފައިވާ އެއްބަސްވުމެއް ކަމަށާއި، ބާޠިލްވެފައިވާ އެއްބަސްވުމެއް ބާޠިލްކުރުމަށް އަމުރެއް ނުކުރަން ޖެހޭކަމަށް ކަނޑައަޅައި، ސައިޓާއި މުދާ 3 ދުވަހުގެ ތެރޭގައި ޙަވާލުކުރުމަށް އަމުރުކުރިއެވެ.
ޖީ.އާރު.ޕީ ބޯޓް ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއި ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވި އެއްބަސްވުމާއި ސެޓްލްމެންޓް އެގްރީމަންޓާ ޚިލާފަށް ޢަމަލުކުރި ކަމަށްބުނެ، އެއްބަސްވުން ބާޠިލްކޮށް ޙަވާލުގައި ހުރި ތަކެތި އަދި ސައިޓް ޙަވާލުކުރުމަށް އެދި ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 (ހ) އަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމި ކަމަށާއި، ކޯޓަށް މީހުން ޙާޟިރުކުރުމުގެ ޤަވާއިދުގެ އިޖުރާއާތު ފުރިހަމަނުކޮށް މައްސަލަ ނިންމި ކަމަށެވެ.
މައިގަނޑު ސުވާލު
ޖަވާބުދާރީވުމަށްފަހު ޙާޟިރުނުވާ ދަޢުވާލިބޭ ފަރާތެއްގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމުމަކީ ކޯޓަށް މީހުން ޙާޟިރުކުރުމުގެ ޤަވާއިދާ ޚިލާފު ކަމެއްތޯއާއި، މުއްދަތު ހަމަވެގެން ބާޠިލްވެފައިވާ އެއްބަސްވުމެއްގެ ދަށުން ޙަވާލުގައި ހުރި ސައިޓާއި މުދާ ޙަވާލުކުރުމަށް ނިންމުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 (ހ) އާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އިސްތިއުނާފުކުރި ފަރާތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާއިރު ފަހުން ޙާޟިރުނުވުމުން ޣައިރު ޙާޟިރުގައި ނިންމުމަކީ ޤަވާއިދާ ޚިލާފު ކަމެއް ނޫނެވެ. އެއްބަސްވުން މުއްދަތު ހަމަވެގެން ބާޠިލްވެފައިވާކަމަށް އިސްތިއުނާފުކުރި ފަރާތުން ވެސް ބުނާތީ ޚުޞޫމަތެއް ނެތުމާއެކު، ޙަވާލުކުރުމަށް ނިންމި ނިންމުމަކީ 20 (ހ) އާ ޚިލާފު ނިންމުމެއްކަން ދައްކާނެ ސަބަބެއް ބުނެދެވިފައި ނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާލިބޭ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދީ، އެފަރާތުން ޖަވާބުދާރީވުމަށްފަހު ބޭއްވުނު އަޑުއެހުންތަކަށް ޙާޟިރުނުވުމުން، ޙާޟިރުނުވެއްޖެނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި ނިންމާނެކަން އިޢުލާނުން އެންގިފައިވާއިރު އެ ތާރީޚާއި ގަޑީގައި ޙާޟިރުވާކަން އެނގެން ނެތުމުން، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާއިދު 6.1 ގައި ބަޔާންކޮށްފައިވާ "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގައި ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ނޫންކަމުގައި ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ހ))
- އެއްބަސްވުމަކީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ސަބަބުން ބާޠިލުވެފައިވާ އެއްބަސްވުމެއްކަން ދަޢުވާލިބޭ ފަރާތުން ދަށުކޯޓުގައި ބުނެފައިވާނަމަ، އެއްބަސްވުން ބާޠިލުކުރުމާމެދު ދެފަރާތުގެ ދެމެދުގައި ޚުޞޫމަތެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ދެފަރާތުން ވެފައިވާ އެއްބަސްވުންތައް ބާޠިލްވެފައިވުމުން ފަރާތެއްގެ އެއްވެސް މިލްކެއް އެފަރާތުގެ ބާރު ނުހިނގާ ގޮތަށް ހުންނަންޖެހޭނީ ޤާނޫނީ ހަމަތަކުގެ މަތީން ކަމަށް ކަނޑައަޅައި، ޙަވާލުގައި ހުރި ސައިޓާއި މުދާ ޙަވާލުކުރުމަށް ނިންމި ނިންމުމަކީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނިންމި ނިންމުމަކަށް ވާންޖެހޭ ސަބަބެއް އިސްތިއުނާފުކުރި ފަރާތަށް ބުނެދެވިފައިނުވާ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާއިދު 6.1 ގައި ބަޔާންކޮށްފައިވާ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް