ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/398
2015/HC-A/398، 2015/HC-A/398
2015/HC-A/398 (2015/HC-A/398, High Court of the Maldives, 28 February 2017)
2015/HC-A/398
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކަނޑައެޅީ ދަޢުވާލިބުނު ފަރާތްތަކުން މުސާރައިގެ ގޮތުގައި 575,200 ރުފިޔާ 3 މަސްދުވަހުގެ ތެރޭގައި ދައްކަންޖެހޭނެ ކަމަށެވެ.
ވާލީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްގެ މާކެޓިންގ އަދި ސޭލްސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި މުޙައްމަދު ލަޠީފް، ނުލިބި ހުރި މުސާރަ ހޯދުމަށް، އެ ކުންފުނީގެ މުދާ ބަހައިގެން ލިބުނު އަލްމަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންގެ މައްޗަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ ކުންފުންޏަކީ ވަކި ޤާނޫނީ ޝަޚްޞަކަށްވާތީ ދަޢުވާކުރަންވާނީ ކުންފުނީގެ މައްޗަށް ކަމަށާއި، މޫސާ ފަހީމް ނިޔާވިތާ ގިނަ އަހަރު ފަހުން ދަޢުވާކުރުމުގެ ޙައްޤު ނުލިބޭނެ ކަމަށެވެ.
މައިގަނޑު ސުވާލު
ކުންފުންޏެއްގެ މުދާ ޙިއްޞާދާރުންނަށް ބަހައިލުމުގެ ކުރިން ހިނގި ވަޒީފާއެއްގެ ނުދައްކާ ހުރި މުސާރައަށް، އެ މުދާ ލިބުނު ފަރާތްތައް ޒިންމާވާންޖެހޭތޯ، އަދި ލިބެންޖެހޭ މުސާރައިގެ މިންވަރު ސާބިތުވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކުންފުނީގެ މުދާ ބެހުމުގެ ކުރިން ހިނގި މުޢާމަލާތްތަކުގެ ޒިންމާއިން މުދާ ލިބުނު ފަރާތްތައް ބަރީޢަ ނުވާކަމާއި، މުސާރައިގެ މިންވަރު ބޯޑް ރިޒޮލިއުޝަނާއި އިންޓަރނަލް މެމޯއިން ސާބިތުވާކަމާއި، ފައިސާ ދީ ޚަލާޞްކުރިކަމުގެ ހެއްކެއް ނެތުމުން ޙުކުމް ޤާއިމުކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުންފުންޏެއްގެ މުދާ ވަކިކޮށް ބެހުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތެއް ސާބިތުވާން އޮތްނަމަ، އެކަމެއްގެ ސަބަބުން އުފެދޭ އިލްތިޒާމްތަކަކީ އެކަންކަން ރައްދުވާ ފަރާތަކުން އުފުލަންޖެހޭ އިލްތިޒާމްތަކެއްކަމާއި، ކުންފުނީގެ މުދަލާއި ތަކެތި ބައިކޮށްދިނުމަކީ އެ ބެހުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތްތަކާ ގުޅިގެން އުފުލަންޖެހޭ ޒިންމާތަކާއި އިލްތިޒާމްތަކުން އެކުންފުނީގެ މުދާ ބަހައިގެން ލިބުނު ފަރާތްތައް ބަރީޢަވާނެ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- މުވައްޒަފަކު ވަޒީފާ އަދާކުރިކަމާމެދު އެއްވެސް ފަރާތަކުން އިންކާރުކޮށްފައި ނުވާއިރު، އެ މުވައްޒަފަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ އެންމެހައި ފައިސާއެއް ދީ ޚަލާޞްކޮށްފައިވާ ކަމުގެ މައްޗަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާނަމަ، އެ ފައިސާ ދައްކަން އަންގާ ކުރާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ
- މަދަނީ ކޯޓުގެ ނަންބަރު 680/MC/2002 ޤަޟިއްޔާ
- ސިވިލް ކޯޓުގެ ނަންބަރު C/2011-1399/Cv ޤަޟިއްޔާ
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް