ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/41
ޢައްޒާމް އަޙްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2024/HC-B12/41
Azaam Ahmed v. Prosecutor General 2024/HC-B12/41 (2024/HC-B12/41, High Court of the Maldives, 14 October 2024)
ޢައްޒާމް އަޙްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައިގަނޑު ސުވާލު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ބަންދުގައި ހުރި މީހަކު، ތުހުމަތުކުރި ޤާނޫނާއި މާއްދާއާއި ހެކީގެ ބާވަތަށް ބަލައި ބަންދުން ދޫކޮށްލި މެޖިސްޓްރޭޓް ކޯޓުގެ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ އެއްގޮތަށް ނިންމި އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ 5 ދުވަހުގެ ތެރޭގައި ދައުލަތުން ހުށަހަޅައިފިނަމަ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަން އެންގި
ކަނޑައެޅުނު އުޞޫލުތައް
- ބަންދާމެދު ގޮތެއް ނިންމާއިރު، ވަކި ޤާނޫނެއްގެ ދަށުން ތުހުމަތުކޮށްފައި ނެތްކަމަށް ބުނެ ބަންދުގައި ހުންނަންޖެހޭ މީހަކު ދޫކޮށެއް ނުލެވޭނެއެވެ؛ ވަކި މާއްދާއަކުން ތުހުމަތުކުރަނީ ބަންދު ދަމަހައްޓަން ކަމަށް ފަނޑިޔާރުގެ އަމިއްލަ ވިސްނުމަށް އިފްތިރާޟެއް ނުކުރެވޭނެއެވެ؛ ހެކީގެ ބާވަތަށް ބަލައި ބަންދުގައި ހުންނަންޖެހޭ މީހަކު ދޫކޮށްލުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. ބަލަންޖެހޭ އަސާސީ ކަމަކީ ތުހުމަތުކުރެވޭ ޢަމަލާއި އެކަމާ ގުޅުވައި އެވަގުތު ލިބިފައިވާ ހެކި ޤަރީނާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު (12/2009) ގެ ދަށުން ތުހުމަތު ނުކުރުމަކީ ތުހުމަތުކުރެވޭ ޢަމަލާއި މުއްތަހަމު ދުރުކޮށްދޭ ސަބަބެއް ނޫނެވެ؛ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ތުހުމަތުކުރުމަކީ ބަންދުން ވީއްލުމަށް ދެއްކޭނެ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ބަންދުގައި ބެހެއްޓުމާމެދު ނިންމުމުގައި ފަނޑިޔާރު ޖަވާބު ހޯދަންޖެހޭ ދެ ސުވާލަކީ: ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިތޯ، އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތްތަކުން ޙާލަތެއް ވުޖޫދުވޭތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަން ދަށުކޯޓުގެ ފަނޑިޔާރަށްވެސް ޤަބޫލުކުރެވިފައިވާނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ފުރަތަމަ ޝަރުޠު ފުރިހަމަވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބަލައި ކުރިން ބަންދުކުރުމަށް އަމުރުކޮށްފައިވާ ޙާލަތު ބަދަލުވީ ގޮތެއް ބަޔާންނުކޮށް ބަންދުން ދޫކޮށްލުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާއި މަތީ މަރުޙަލާގެ ކޯޓުތަކުގެ އުޞޫލުތަކާ ޚިލާފު ކަމެކެވެ؛ ޙާލަތު ބަދަލުނުވެ އޮތްނަމަ ބަންދުން ވީއްލަންޖެހޭ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-22)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގެ 17 އަދި 20 ވަނަ ޕެރެގްރާފް
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް