ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/224
ޢައްޒާ ޙަމީދު ވ. މުޙައްމަދު ޢަރީފް އަދި ޢަބްދުﷲ މާނިޢު، 2023/HC-A/224
Azaa Hameed v. Mohamed Areef and Abdhuﷲ Maaniu 2023/HC-A/224 (2023/HC-A/224, High Court of the Maldives, 27 August 2026)
ޢައްޒާ ޙަމީދު ވ. މުޙައްމަދު ޢަރީފް އަދި ޢަބްދުﷲ މާނިޢު
މައިގަނޑު ސުވާލު
ހިބަ ދިން މީހާގެ 18 އަހަރު ނުފުރޭ ދަރިއަކު ހުއްޓައި، ބަންޑާރަ ގޯތީގެ ބައެއް އަނެއް ދަރިއަށް ހިބައިން ލިބިދިނުމަށް ދަށުކޯޓުން ކަނޑައެޅުމަކީ ބިމާބެހޭ ޤާނޫނާއި ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ގަވާއިދާ އެއްގޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ކަނޑައެޅުނު އުޞޫލުތައް
- ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިބައިން ދެވޭނީ އަނބިމީހާ ނުވަތަ ފިރިމީހާ، ދަރިން، މަންމަ، ބައްޕަ، މަރުވެފައިވާ ދަރިއެއްގެ އުފަންދަރިންނަށެވެ؛ (ށ) ގެ ދަށުން ދޭ މީހާއާއި އޭނާ ބަލަންޖެހޭ މީހުން ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވުން ޝަރުޠެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން 2 (ހ) ގައިވާ ފަރާތްތަކުން ވަކި ފަރާތަކަށް ހިބައިން ދެވޭނީ ދެން ތިބި ފަރާތްތަކުން އިޢުތިރާޟުނުކުރާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން 2 (ހ) ގައިވާ ފަރާތްތަކުގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކު ނުވަތަ ބުއްދީގެ ތަޞައްރުފު ނުފުދޭ ފަރާތެއް ހުރެ، އެ ފަރާތަކީ 7 (ހ) ގައިވާ ފަދައިން ބިމުގެ ތަނަވަސްކަން ހުރި ފަރާތެއް ނޫންނަމަ، އެ ފަރާތް ހިބައަށް އިޢުތިރާޟުކުރާކަމަށް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- އެހެންކަމުން، ބިމުގެ ތަނަވަސްކަން ނެތް 18 އަހަރު ނުފުރޭ ދަރިއަކު ހުއްޓައި، އޭނާގެ ބިމުގެ ތަނަވަސްކަމަށް ރިޢާޔަތްނުކޮށް އަނެއް ދަރިއަށް ހިބައިން ބިން ލިބިދިނުމަށް ކަނޑައެޅުން ރަނގަޅެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ހިބަ ދޭ މީހާ ގޯތީގެ ބައެއް އަނެއް ދަރިއަށް ދިނުމުގެ މަޤްޞަދުގައި ބާއްވާކަމަށް ބުނުމަކުން އެކަނި، އެ ބައަކީ އެ ދަރިއަށް ލިބިފައިވާ ނުވަތަ ލިބޭނެ ބައެއްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
1މިއީ، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-E10C-CIV-2 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނ ނ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޢައްޒާ ޙަމީދު، މާލެ (އައިޑީ. (މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް" ނުވަތަ " ޢައްޒާ ޙަމީދު)" ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތް ތަކަކީ، ރ.ރަސްމާދޫ / ނަރުގިސްވިލާ، މުޙައްމަދު ޢަރީފް (އައި.ޑީ.ކާޑު ނަންބަރު […]( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "މުޙައްމަދު ޢަރީފް)" އާއި ރ.ރަސްމާދޫ / ނަރުގިސްވިލާ، ޢަބްދުﷲ މާނިއު (އައި.ޑީ. (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ " ޢަބްދު ﷲ މާނިއު)" އެވެ. މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދަޢުވާ
3ރ.ރަސްމާދޫ، ގަގުނަސްއެވެ ކިޔާ 4902.075 (ހަތަރުހާސް ނުވަސަތޭކަ ދޭއް ޕޮއިންޓް ސުމެއް ހަތެއް ފަހެއް) އަކަފ ޓުގެ ބަންޑާރަ ގޯއްޗަކީ ރ.ރަސްމާދޫ / ނަރުގިސްވިލާ، ޢާރިފާ ޢަލީ އަށް ދިރިއުޅުމަށް ގެދޮރު އެޅުމަށްޓަކައި 10 މެއި 1986 ގައި ރަސްމާދގެ ބިމުން ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ކަން ބަޔާންކޮށްފައިވެއެވެ.
4އިސްވެ ބުނެވުނު ގޯތީގެ ރަޖިސްޓަރީ ބަދަލުކުރުމަށް އެދި ޢާރިފާ ޢަލީގެ ފަރާތުން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ އޮފީހަށް ހުށަހެޅުމުން 01 ނޮވެމްބަރު 2004 ގައި ޢާރިފާ ޢަލީގެ ދަރއެއި ކަމަށްވާ މުޙައްމަދު ރަޖިސްޓްރީ ނަންބަރު 1/2005/42-R ގޯތި ރަޖިސްޓްރީ ނަންބަރު 1/2005/42-R ގޯތި (މި ގޯތީގެ އިތުރު ބަޔާނުގައި ބަޔާންކޮށްފައިވަނީ "މި ރަޖިސްޓަރީ ހަދާދިނުމާއ ގުޅިގެނި ކުރިން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު އޮފީހުން ހަދާދީފައިވާ ނަންބަރު I/2005/42-R()18-10-2005) ގެ ގޯތީގެ ރަޖިސްޓަރީ ބާޠިލްކޮށްފީމެވެ"). މިފަދައިން ބަޔާންކޮށްފައިވެއެވެ ޢަރީފުގެ ނަންމައްޗަށް ގޯތީގެ ރަޖިސްޓްރީ ބަދަލުކޮށްފައިވެއެވެ.
5މުޙައްމަދު ޢަރީފުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ރ.ރަސްމާދޫ ގަގުނަސްއެވެ ކިޔާ 4902.075 (ހަތަރުހާސް ނުވަސަތޭކަ ދޭއް. ޕޮއިންޓް ސުމެއް. ހަތެއް. ފަހެއް) (ރަޖިސްޓްރީ ނަންބަރު 2/2024/05-E10/R) ގޯތި އޭނަގެ ދަރި ރ.ރަސްމާދޫ / ނަރުގިސްވިލާ، ޢަބްދުﷲ މާނިޢު އަށް ހިބައިން ދިނުމަށް އެދި މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ގޮތް
6މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-E10C-CIV-2 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ؛ "(1). ދެންފަހެ، އިސްވެ ބުނެވުނުކަންތައް އެގޮތުގައި ހުރުމުން، ރ.ރަސްމާދޫ ނަރުގިސްވިލާ މުޙައްމަދު ޢަރީފް (ދ.ރ.އ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ (ރަޖިސްޓްރީ ނަންބަރު 2/2014/05-E10/R) ރަސްމާދޫ "ގަގުނަސް" އެވެ ކިޔާ 4902.075 (ހަތަރުހާސް ނުވަސަތޭކަ ދޭއް ޕޮއިންޓް ސުމެއް.ހަތެއް.ފަހެއް) އަކަފ ޓުގެ ބަންޑާރަ ގޯތިން 600 (ހަސަތޭކަ) އަކަފ ޓް ކަނޑާ ބާކީ އޮންނަ 4302.075 (ހަތަރުހާސް ނުވަސަތޭކަ.ދޭއް.ޕޮއިންޓް.ސުމެއް.ހަތެއް.ފަހެއް) އަކަފ ޓުގެ ބައި މުޙައްމަދު ޢަރީފްގެ އުފަން ދެ ދަރިންގެ ތެރެއިން ފ.ދަރި ޢަބްދުﷲ މާނިއުއަށް ހިބަ އިން ދިނުމުގައި ފުރިހަމަވާންޖެހޭ ޝަރުޢީ އަދި ޤާނ ނ އެންމެހައި ރުކުންތައް ފުރިހަމަ ވެފައިވާކަމަށް ކަނޑައަޅައި، (2.) މި ހިބައިގެ ސަބަބުން، ރ. ރަސްމާދޫ ނަރުގިސްވިލާ މުޙައްމަދު ޢަރީފު ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ (ރަޖިސްޓްރީ ނަންބަރު 2/2014/05-E10/R) ރަސްމާދޫ "ގަގުނަސް" އެވެ ކިޔާ 4902.075 (ހަތަރުހާސް ނުވަސަތޭކަ ދޭއް.ޕޮއިންޓް.ސުމެއް.ހަތެއް.ފަހެއް) އަކަފ ޓުގެ ބަންޑާރަ ގޯތީގެ ބިމުން، 600 (ހަސަތޭކަ) އަކަފޓ ބައެއް ކަނޑާ ބާކީ އޮންނަ 4302.075 (ހަތަރުހާސް ނުވަސަތޭކަ ދެއް.ޕޮއިންޓް.ސުމެއް.ހަތެއް.ފަހެއް) އަކަފޫޓުގެ ބައިގައިވާ އެންމެހާ ތަންތަނާއި ތަކެއްޗާއި ނުއުފުލޭ މުދަލާއިއެކު ރ.ރަސްމާދޫ ނަރުގިސްވިލާ ޢަބްދުﷲ މާނިޢުއަށް މިލްކުވެއްޖެކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ". މިފަދައިންނެވެ. ރަޖިސްޓްރީ ނަންބަރު 1/2005/42-R ގޯތި ބާޠިލްކުރުމަށްފަހު ގަގުނަސް ގޯތީގެ ފަހުގެ ރަޖިސްޓްރީ ނަންބަރަކީ 2/2014/05-E10/R އެވެ.
7މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓގު ނަންބަރު 2023-E10C-CIV-2 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ކ.މާލެ، ޢައްޒާ ހަމީދު ގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ.
1.7 ދިވެހިރާއްޖޭގެބިމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ (ރ)، (ބ) އަދި ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ގަވާއިދުގެ 6 ވަނަ މާއްދާ އާއި އެގަވާއިދުގެ 15 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުން :
8އިސްތިއުނާފުކުރާ ޢައްޒާ ޙަމީދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ފޯމުގައިވާ ވާހަކަތަކާއި މައްސަލައިގެ ޝަރީޢަތުގެ މަޖްލީހުގައި އެފަރާތުން ދައްކާފައިވާ ވާހަކަތަކުން އަންނނަ ވި ކަންކަނި ފާހަގަވެއެވެ.
1.8 މި މައްސަލަ ހުށަހަޅާފައި ވަނީ އޭނަގެ 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖާގެ މަޞްލަޙަތގައެވެ. އެގޮތުން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމަވާފައިވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، އިސްތިއުނާފު ރައްދުވާ މުޙައްމަދު އަރީފުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރ. ރަސްމާދގައި އޮންނަ 'ގަގުނަސް' ކިޔާ ގޯތިން 4902.075 (ހަތަރުހާސް ނުވަސަތޭކަ ދޭއް. ޕޮއިންޓް ސުމެއް.ހަތެއް.ފަހެއް) އަކަފ ޓުގެ ބަންޑާރަ ގޯތީގެ ބިމުން، 600 (ހަސަތޭކަ) އަކަފ ޓުގެ ބިން މުޙައްމަދު ޢަރީފްގެ 18 އަހަރު ނުފުރޭ ދަރިފުޅަށް ބޭއްވުމަށްފަހު އެ ގޯތީގެ ބިމުން ބާކީ އޮންނަ 4302.075 )ހަތަރު ހާސް ތިން ސަތޭކަ ދޭއް. ޕޮއިންޓް.ސުމެއް.ހަތެއް.ފަހެއް) އަކަފ ޓުގެ ބައި މުޙައްމަދު ޢަރީފުގެ ފިރިހެން ދަރި ޢަބްދުﷲ މާނިޢުއަށް މިލްކުވެއްޖެކަމަށް ކަނޑައަޅުއްވައ މައްސަލި ނިންމަވާފައިވާކަމަށެވެ.
2.8 އެ މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި އެ ފަރާތުން ބަޔާންކޮށްފައިވަނީ މި އިސްތިއުނާފު ރައްދުވާ ދެވަނަ ފަރާތް ޢަބްދުﷲ މާނިއު، އެ މައްސަލައިގެ ޕާޓީއެއްގެ ގޮތުގައި ހިމަނާފައި އަދި މުޙައްމަދު ޢަރީފުގެ 18 އަހަރުން ދަށުގެ ދަރިފުޅުގެ ނަމެއް ހިމަނާފައި ނުވާކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ ހުށަހަޅަމުން މުޙައްމަދު ޢަރީފް ބުނެ ފައިވަނީ އޭނަގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ 'ގަގުނަސް' ކިޔާ ގޯއްޗަކީ 4902.075 (ހަތަރުހާސް ނުވަސަތޭކަ ދޭއް. ޕޮއިންޓް ސުމެއް.ހަތެއް.ފަހެއް) އަކަފޫޓުގެ ގޯއްޗެއް ކަމަށާއި، އެ ގޯތިން 600 އަކަފ ޓު މުޙައްމަދު ޢަރީފުގެ 18 އަހަރުން ދަށުގެ ދަރިފުޅަށް ބެއްވުމަށްފަހު، ބާކީ އޮންނަ 4302.075 )ހަތަރުހާސް ތިނު ސަތޭކަ ދޭއް.ޕޮއިންޓް.ސުމެއް.ހަތެއް.ފަހެއް) އަކަފ ޓު ޢަބްދުﷲ މާނިޢު އަށް ހިބައިން ދީފައިވާކަމަށެވެ.
3.8 މުޙައްމަދު ޢަރީފުގެ 18 އަހަރުން ދަށުގެ ދަރިފުޅުގެ ނަމުގައި ރާއްޖޭގެ އެއްވެސް ތާކުން ބޯހިޔާވަހިކަމެއް ނެތްއިރު، އެ ދަރިފުޅު މި ހިބައިގައި ހިމެނިފައިނުވއެވެ. ބިމާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ރ) ގެ ދަށުން ހިބައިން ދޭއިރު ދެ ކަމަކަށް ބަލަންޖެހޭނެކަމާއި، އެގޮތުން ހިބާގައި ނުހިމެނޭ ދަރިފުޅުގެ ބިމުގެ ތަނަވަސްކަމެއ ހުރް ތޯ ނުވަތަ ނެތްތޯ ބަލަންޖެހޭނެކަމަށާއި، އަނެއް ކަމެއްގެ ގޮތުގައި ހިބާގައި ނުހިމެނޭ ދަރިފުޅު ބިމުގެ ތަނަވަސްކަމެއ ނެތް ނަމަ އޭނަ އިއުތިރާޒް ކުރޭތޯ ނުކުރޭތޯ ބަލަންޖެހޭނެކަމަށެވެ. ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހެ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން 18 އަހަރު ނުފުރޭ ކުއްޖެއް ނަމަ އެ ކުއްޖާ އިއުތިރާޒު ކުރާކަމުގައި ބަލަންޖެހޭކަމަށާއި، އެހެންނަމަވެސް މުޙައްމަދު ޢަރީފުގެ ހުށަހެޅމު އެއްގޮތަށް މައްސަލަ ނިންމަވާފައިވާ ކަމަށެވެ.
4.8 މި މައްސަލަ ދަށު ކޯޓުން ނިންމުމުގައި ހިބައިން ދިނުމުގެ ބައިގައި މުޙައްމަދު ޢަރީފުގެ 18 އަހަރުން ދަށުގެ ދަރިފުޅުގެ ނަން ހިމެނިފައިނުވާކަމށާއި، ނަމަވެސް މައްސަލައިގެ ރިޕޯޓުގައި ވަނީ މުޙައްމަދު ޢަރީފުގެ 18 އަހަރުން ދަށުގެ ދަރިފުޅަށް ބައެއް ބޭއްވުމަށްފަހު ގޯތިން ބައެއް ހިބައިން ޢަބްދުﷲ މާނިއު ދީފައިވާކަމަށެވެ. ނަމަވެސް ބައެއް ބޭއްވުމަށްފަހު ދިނުމުގެ ނަތީޖާއަކީ ހިބައިން ދިނުމުގައި މުޙައްމަދު ޢަރީފުގެ 18 އަހަރުން ދަށުގެ ދަރިފުޅު ނުހިމެނޭތީ، 600 އަކަފ ޓު ލިބުމެއް ނންކަމަށއި، ދަށު ކޯޓުން މާނަ ކުރައްވާފައިވަނީ މުޙައްމަދު ޢަރީފް ހުށަހެޅުއްވީ "ގަގުނަސް" ގޯތިން މުޙައްމަދު ޢަރީފުގެ 18 އަހަރުން ދަށުގެ ދަރިފުޅަށް 600 އަކަފޓ ބޭއްވުމަށްފަހު ބާކީ އޮތް ބައި ދނުންކަމަށެވި. ނަމަވެސް އެގޮތަށް ބޭއްވޭނީ ކިހިނެތްކަމެއ އެއް ޤާނ ނުދަންނަ ކަމެއް ނޫންކަމަށެވެ.
5.8 މައިގަނޑު ގޮތެއްގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ކަމަކީ "ގަގުނަސް" ގޯތިން ބައެއް ބޭއްވުމަށްފަހު ހިބައިން ދީފައިވާއިރު، ހިބައިންދީފައ ނުވި ބައި އެއީ އަދިވެސް ހަމަ މުޙައްމަދު ޢަރީފްގެ ނަންމަތީގައި އޮތް ތަނެއްކަމަށާއި، އެހެންކަމުން ދށުކޯޓުނަ މައްސަލް ނިންމާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
9އިސްތި އުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ ފޯމުގައި އެފަރާތުން އެދޭގޮތްކަމުގައި ބަޔާންކޮށްފައި ވަނީ "މައްސަލަ ނިންމާފައިވަނީ ބިމާބެހޭ ޤާނޫނާއި ޚިލާފަށް ކަމަށްވާތީ، މުޙައްމަދު ޢަރީފުގެ ނަމުގައިވާ ގަގުނަސް އެވެ ކިޔާ ގޯތީގެ 4902.075 އަކަފ ޓުގެ ތެރެއިން ހިބާގައ ނުހިމެނި ގޮތަށް ބާއްވާފައިވާ 600 އަކަފ ޓުގެ ބަޔަކީ މަރްޔަމް ޢުޒުމާ ޢަރީފް އަށު ހިބައިން ލިބުން ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، މައްސަލަ ހިންގި ކޯޓަށް މައްސަލަ ތަހުވީލުކޮށްދެއްވުމަށެވެ.
10އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފު ފޯމުގައި، ދަށުކޯޓަށް މައްސަލަ ތަހުވީލުކޮށްދިނުމަށް އެދިފައި ވީނަމަވެސް، މިމައްސަލައިގެ ޝަރީޢަތު ގެ މަޖްލީހުގައި، އެފަރާތުން މިހާރު އެދޭގޮތަކީ، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓގު ނަންބަރު 2023-E10C-CIV-2 ޤަޟިއްޔާ 16 އޭޕްރީލް 2026 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި. އަކީ ޤާނޫނާއި އެއްގޮތަށް ކޮށްފައިވާ ޙުކުމަކަށް ނުވާތީ އެޙުކުމް ބާޠިލްކޮށް ދެއްވނ ކަމަށް ތަކުރާރުކޮށު ބުނެފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ ތަކުގެ ޚުލާސާ:
11އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ މުޙައްމަދު ޢަރީފުގެ ފަރާތުން ބުނެފައިވަނީ، މުޙައްމަދު ޢަރީފުގެ ފަރާތުން ހިބައިން ދިނުމުގެ މައްސަލަ ދަށު ކޯޓަށް ހުށަހެޅީ އޭނާގެ ނަމުގައި އޮތް ގޯތިން ބައެއް ދޮށީ ދަރިފުޅު ޢަބްދުﷲ މާނިޢު އަށް ހިބައިން ދިނުމަށް ކަމަށާއި، ގޯތިން ބައެއް ބާއްވާފައި ދޮށީ ދަރިފުޅަށް ދިނީ ބާކީބައި ހަގު ދަރިފުޅު މަރްޔަމް ޢުޒުމ އަށާ ހިބައިން ދިނުމުގެ މަޤްޞަދުގައި ކަމަށެވެ. އެ މައްސަލާގައި ހަގުދަރިފުޅަށ ހިބައިން ބައެއް ދީފައި ނުވި ނަމަވެސް އޭނާގެ މަޤްޞަދަކީ ދޮށީ ދަރިފުޅަށް ނުދީ ބޭއްވިބައި ހަގުދަރިފުޅަށ ދިނުން ކަމަށެވެ. ނަމަވެސް މި މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތަށް ދަށުކޯޓުގެ ނިންމުން ބާޠިލުކުރުމަށް މުޙައްމަދު ޢަރީފު އެއްބަސްވާކަމަށެވެ.
12އިސްތިއުނާފު ރައްދުވާ ދެވަނަ ފަރާތް ކަމުގައި ޢަބްދުﷲ މާނިޢު ޝަރީޢަތުގެ މަޖްލީހުގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތަށް ދަށު ކޯޓުގެ ޙުކުމް ބާޠިލުކުރުމަށް އެއްބަސްވާ ކަމުގައެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން:
13ދަށު ކޯޓުގެ ނިންމުމަށް ބަލާއިރު މުޙައްމަދު ޢަރީފްގެ ފަރާތުން އެދިފައިވަނީ، ރ.ރަސްމާދޫ ނަރުގިސްވިލާ މުޙައްމަދު ޢަރީފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު 2/2014/05-E10/R ރަސްމާދޫ "ގަގުނަސް" އެވެ ކިޔާ 4902.075 (ހަތަރުހާސް ނުވަސަތޭކަ ދޭއް. ޕޮއިންޓް ސުމެއް.ހަތެއް.ފަހެއް) އަކަފ ޓުގެ ބަންޑާރަ ގޯތިން މުޙައްމަދު ޢަރީފު 18 އަހަރު ނުފުރޭ ދަރިފުޅަށް 600 (ހަސަތޭކަ) އަކަފޫޓު ބޭއްވުމަށްފަހު، ބާކީ އޮންނަ 4302.075 (ހަތަރު ހަތަރުހާސ ތިން ސަތޭކަ.ދޭއް.ޕޮއިންޓް.ސުމެއް.ހަތެއް.ފަހެއް) އަކަފ ޓުގެ ބައި މުޙައްމަދު ޢަރީފްގެ އުފަން ދެ ދަރިންގެ ތެރެއިން ފ.ދަރި ޢަބްދުﷲ މާނިއުއަށް ހިބަ އިން ދިނުމަށްފަހު، އެ ހިބަ ރަޖިސްޓްރީ ކޮށްދިނުމަށެވެ.
14މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓގު ނަންބަރު 2023-E10C-CIV-2 ޤަޟިއްޔާ ނިންމާފައިވާ ގޮތަށް ބަލާއިރު އެ ޤަޟިއްޔާ ނިންމަވާފައިވަނީ ރ.ރަސްމާދޫ ނަރުގިސްވިލާ މުޙައްމަދު ޢަރީފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު 2/2014/05-E10/R ރަސްމާދޫ "ގަގުނަސް" އެވެ ކިޔާ 4902.075 (ހަތަރުހާސް ނުވަސަތޭކަ ދޭއް. ޕޮއިންޓް ސުމެއް.ހަތެއް.ފަހެއް) އަކަފޫޓުގެ ބަންޑާރަ ގޯތިން މުޙައްމަދު ޢަރީފު 18 އަހަރު ނުފުރޭ ދަރިފުޅަށް 600 (ހަސަތޭކަ) އަކަފ ޓު ބޭއްވުމަށްފަހު، ބާކީ އޮންނަ 4302.075 (ހަތަރުހާސ ތިން ސަތޭކަ.ދޭއް.ޕޮއިންޓް.ސުމެއް.ހަތެއް.ފަހެއް) އަކަފޫޓުގެ ބައި މުޙައްމަދު ޢަރީފްގެ އުފަން ދެ ދަރިންގެ ތެރެއިން ފ.ދަރި ޢަބްދުﷲ މާނިއުއަށް ހިބަ އިން ދިނުމަށްފަހު، އެބައިގައި ހިމެނޭ އެންމެހާ ތަންތަނާއި ތަކެއްޗާއި ނުއުފުލޭ މުދަލާއިއެކު ރ.ރަސްމާދޫ / ނަރުގިސްވިލާ، ޢަބްދުﷲ މާނިޢުއަށ މިލްކުވެއްޖެކަމަށް ކަނޑައަޅައް އެ ޤަޟިއްޔާ ނިންމާފައިވެއެވެ.
15ޕްރިސިޑެންސް 1ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ގަވާއިދުގެ 2 ވަނަ މާއްދާގައި ހިބައިން ދިނުމާގުޅޭ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ ހިބައިން ދެވޭނީ "އަނބިމީހާ ނުވަތާ ފިރިމީހާ، ދަރިން މަންމަ، ބައްޕަ މަރުވެފައިވާ ދަރިއެއްގެ އުފަންދަރިން" ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ވަނީ "ހިބައިން ނުވަތް ވަޞިއްޔަތުން ދޭމީހާއާއި، އެމީހަކު ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވުން" އެއީ ވެސް ހިބައިން ދިނުމުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން އެ ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރަނީ " މިގަވާއިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބުނެފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް، ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ، ހިބައިން ނުވަތަ މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ މުޙައްމަދު ޢަރީފް ފަރާތުން ހުށަހެޅި "ހިބައާއި ވަޞިއްޔަތުން ދިނުމުގެ މައްސަލަތައް ހުށަހަޅާ ފޯމް" ވަޞިއްޔަތުން ލިބޭ ފަރާތް ނުވަތަ ފަރާތްތައް ފިޔަވައި އެ ނަންބަރުގައި ބުނެފައިވާ އެހެން ފަރާތްތަކުން އިޢުތިރާޟްނުކުރާނަމައެވެ." މިފަދައިންނެވެ.
16ޕްރިސިޑެންސް 3ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކުރަނާ "މިގަވާއިދުގެ 6 ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތުގައި، މިގަވާއިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބުނެފައިވާ ފަރާތްތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ނުފުރޭ ކުދިން ނުވަތަ ބުއްދީގެ ތަސައްރަފު ނުފުދޭ ފަރާތެއް ހުރެފައި، އެފަރާތަކީ، މިގަވާއިދުގެ 7 ވަނަ ނަންބަރުގެ
(ހ) ގައި ބުނެފައިވާ ފަދައިން ބިމުގެ ތަނަވަސްކަން ހުރި ފަރާތެއްކަމުގައި ނުވާނަމަ، މިގަވާއިދުގެ ބޭނުމަށްޓަކައި ބަލާނީ އެފަރާތްތަކުން، ހިބައިން ނުވަތަ ވަސިއްޔަތުނ ދިނުމަށް އިއުތިރާޒްކުރާ ކަމަށެވެ." މިފަދައިންނެވެ.
17ޕްރިސިޑެންސް 4އިސްތިއުނާފުކުރާ ފަރާތުންނާއި އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، ރ.ރަސްމާދޫ ނަރުގިސްވިލާ މުޙައްމަދު ޢަރީފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު 2/2014/05-E10/R ރަސްމާދޫ "ގަގުނަސް" އެވެ ކިޔާ 4902.075 (ހަތަރުހާސް ނުވަސަތޭކަ ދޭއް ޕޮއިންޓް ސުމެއް.ހަތެއް.ފަހެއް) އަކަފ ޓުގެ ބަންޑާރަ ގޯތިން 600 (ހަސަތޭކަ) އަކަފ ޓް ކަނޑާ ބާކީ އޮންނަ 4302.075 (ހަތަރުހާސ ތިން ސަތޭކަ.ދޭއް.ޕޮއިންޓް.ސުމެއް.ހަތެއް.ފަހެއް) އަކަފޫޓުގެ ބައި މުޙައްމަދު ޢަރީފްގެ އުފަން ދެ ދަރިންގެ ތެރެއިން ފ.ދަރި ޢަބްދުﷲ މާނިއުއަށް ހިބައިން ދިން އިރު، މުޙައްމަދު ޢަރީފުގެ ހަގުދަރި އަކީ ޢުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްކަން އެނގެއެވެ. ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވަނީ ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމާބެހޭ ގަވާއިދުގެ 6 ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތުގައި، މިގަވާއިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބުނެފައިވާ ފަރާތްތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ނުފުރޭ ކުދިން ނުވަތަ ބުއްދީގެ ތަސައްރަފު ނުފުދޭ ފަރާތެއް ހުރެފައި، އެފަރާތަކީ، މިގަވާއިދުގެ 7 ވަނަ ނަންބަރުގެ (ހ) ގައި ބުނެފައިވާ ފަދައިން ބިމުގެ ތަނަވަސްކަން ހުރި ފަރާތެއްކަމުގައި ނުވާނަމަ، މިގަވާއިދުގެ ބޭނުމަށްޓަކައި ބަލާނީ އެފަރާތްތަކުން، ހިބައިން ނުވަތަ ވަސިއްޔަތުނ ދިނުމަށް އިއުތިރާޒކުރު ފަރާތެއްގެ ގޮތުގައިކަން އެނގެން އޮތްއިރު، އެހާލަތުގައި މަރްޔަމޮ ޢުޒުމާގ ބިމުގެ ތަނަވަސްކަން އޮތްގޮތުގެ މައްޗަށް ރިޢާޔަތްކުރުމެއް ނެތި، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުން ރ.ރަސްމާދޫ ނަރުގިސްވިލާ މުޙައްމަދު ޢަރީފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު 2/2014/05-E10/R ރަސްމާދޫ "ގަގުނަސް" އެވެ ކިޔާ 4902.075 (ހަތަރުހާސް ނުވަސަތޭކަ ދޭއް ޕޮއިންޓް ސުމެއް.ހަތެއް.ފަހެއް) އަކަފ ޓުގެ ބަންޑާރަ ގޯތިން 600 (ހަސަތޭކަ) އަކަފ ޓް ކަނޑާ ބާކީ އޮންނަ 4302.075 (ހަތަރުހާސް ތިންސަތޭކަ.ދޭއް.ޕޮއިންޓް.ސުމެއް.ހަތެއް.ފަހެއް) އަކަފ ޓުގެ ބައި މުޙައްމަދު ޢަރީފްގެ އުފަން ދެ ދަރިންގެ ތެރެއިން ފ.ދަރި ޢަބްދުﷲ މާނިއުއަށް ހިބައިން ލިބިދީފައިވާ ކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްކަމަށް ނުދެކެމެވެ.
18ޕްރިސިޑެންސް 5އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ނިންމުމަށް ބަލާއިރު، އެނިންމުމުގެ ސީދާ ނަތީޖާއެއްގެ ގޮތުން، މުޙައްމަދު ޢަރީފުގ ދެކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ޢަބްދުﷲ މާނިޢު އަށް، މުޙައްމަދު ޢަރީފުގެ ނަމުގައި އޮތް ގޯތިން ބައެއް ހިބައިން ލިބިފައިވާކަން އެނގެއެވެ. އެގޯތިނ ބައެއް ހިބައިން ދިންއިރު، ގޯތިން އެއްބައި ބާއްވާފައި ހިބައިންދިނީ އެބައި މުޙައްމަދު ޢަރީފުގެ ހަގުދަރިފުޅު މަރްޔަމް ޢުޒުމާއަށ ހިބައިން ދިނުމުގެ މަޤްޞަދުގައިކަމަށ މުޙައްމަދް ޢަރީފު ބުނެފައި ވީނަމަވެސް، ހަމައެކަނި އެމަޤްޞަދު އޮތްއޮތުމުގެ މައްޗަށް ބިނާކޮށް، އެއީ މަރްޔަމް ޢުޒުމާއަށް ލިބިފައިވާ ނުވަތަ އެފަރާތަށް ލިބޭނެ ބައެއްކަމަށް ބެލޭނެ ހަމައެއް ނެތެވެ. އެސަބަބަށްޓަކައި، އިސްތިއުނާފުކރު ފަރާތުން ފުރަތަމަ އެދިފައިވަނީ، އެބައި މަރްޔަމް ޢުޒުމާއަށް ލިބިދިނުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަހުވީލުކޮށްދިނުމަށެވެ. ނަމަވެސް ޝަރީޢަތުގެ މަޖްލީހުގައި އެފަރާތުން އެދޭގޮތް ބަދަލުކޮށް، އެދިފައިވަނީ، ދަށުކޯޓުގެ ނިންމުން ބާޠިލުކޮށް މިމައްސަލަ ނިންމުމަށެވެ. އެގޮތަށް ޢަމަލުކުރުމަށް އިސްތިއުނާފު ރައްދުވާ ދެފަރާތުން ވެސް ޝަރީޢަތުގެ މަޖްލީހުގައި އެއްބަސްވެފައިވެއެވެ. ހައިކޯޓުން ނިންމުމަށް އެދޭ ގޮތުގައި ދެފަރާތުގެ މެދުގައި ޚިލާފެއް ނެތް
19މި މައްސަލައިގެ އިސްތިއުނާފުގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް އެދިފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-E10C-CIV-2 ޤަޟިއްޔާގައި، ރ.ރަސްމާދޫ ނަރުގިސްވިލާ މުޙައްމަދު ޢަރީފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު 2/2014/05-E10/R ރަސްމާދޫ "ގަގުނަސް" އެވެ ކިޔާ 4902.075 (ހަތަރުހާސް ނުވަސަތޭކަ ދޭއް ޕޮއިންޓް ސުމެއް.ހަތެއް.ފަހެއް) އަކަފ ޓުގެ ބަންޑާރަ ގޯތިން 600 (ހަސަތޭކަ) އަކަފ ޓް ކަނޑާ ބާކީ އޮންނަ 4302.075 (ހަތަރުހާސ ތިންސަތޭކަ.ދޭއް.ޕޮއިންޓް.ސުމެއް.ހަތެއް.ފަހެއް) އަކަފ ޓުގެ ބައި މުޙައްމަދު ޢަރީފްގެ އުފަން ދެ ދަރިންގެ ތެރެއިން ފ.ދަރި ޢަބްދުﷲ މާނިއުއަށް ހިބަ އިން ލިބިފައިވާ ކަމަށް ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށެވެ.
20އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ފޯމުގައި، އެދޭގޮތް ބަޔާކޮށްފައިވ ގޮތާ ޚިލާފަށް، މައްސަލަ ބާޠިލުކުރުމަށް އެފަރާތުން އެދޭ އެދުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވެ، ދަށު ކޯޓުގެ ނިންމުން ބާޠިލުކުރުމާ މެދު އިޢުތިރާޟެއް ނެތްކަމަށް އިސްތިއުނާފު ރައްދުވާ ދެފަރާތުން ބުނުމުން، ދަށުކޯޓުގެ ޙުކުމް ބާޠިލުކުރުމުގެ ނަތީޖާ އަކީ ކޮބައިކަން އެނގޭތޯ ޝަރީޢަތުން އެފަރާތްތަކާ ސުވާލުކުރުމުން، ނަތީޖާ ސާފުވާ ކަމަށާއި، ނަތީޖާއަކަށް ވާނީ، ހިބައިން ދިން ދިނުން ބާޠިލުވެ، އެގޯތި އަނބުރާ މުޙައްމަދު ޢަރީފުގެ ތަނެއްގެ ގޮތުގައި އޮތުން ކަމަށް އެފަރާތްތަކުން ޝަރީޢަތުގެ މަޖްލީހުގައި ބުނެފައިވެއެވެ.
21މަތީގައި ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް، އިސްތިއުނާފުކުރެވިފައިމިވާ މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-E10C-CIV-2 ޤަޟިއްޔާގެ ނިންމުން ބާޠިލްކަމަށް ކަނޑއަޅަނަ ފެނެއެވެ.
22މި މައްސަލާގައި، ފަނޑިޔާރު އިބްރާހީމް މާހިރުގެ ރއަ ޔަށް އަހުރެން ތ އާދު ކުރަމެވެ.
23މި މައްސަލާގައި، ފަނޑިޔާރު އިބްރާހީމް މާހިރުގެ ރއަ ޔަށް އަހުރެން ތ އާދު ކުރަމެވެ.
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ އަދި 17 ވަނަ މާއްދާގެ (ރ)، (ބ) (އިސްތިއުނާފުކުރި ފަރާތުން ހަވާލާދިން)
- ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) އަދި (ށ)، 6 ވަނަ މާއްދާ، 7 ވަނަ މާއްދާގެ (ހ)، 15 ވަނަ މާއްދާ
- ބެންޗު
- އިބްރާހީމް މާހިރު، ފާޠިމަތު ފަރްހީޒާ، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- އިބްރާހީމް މާހިރު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް