ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/417
ޢަލީ ޝަހީމް ވ. ކ. މާފުށި ކައުންސިލްގެ އިދާރާ، 2019/HC-A/417
Ali Shaheem v. K. Maafushi Council Office 2019/HC-A/417 (2019/HC-A/417, High Court of the Maldives, 24 May 2021)
ޢަލީ ޝަހީމް ވ. ކ. މާފުށި ކައުންސިލްގެ އިދާރާ
މައްސަލައިގެ ޚުލާޞާ
ބިމާބެހޭ ޤާނޫނާއި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ ދަށުން ގޯއްޗަކަށް އެދިފައިވާކަން ސާބިތުނުވާތީއާއި ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބިމެއް ދިނުމަށް ކަނޑައަޅާފައި ނުވާތީ، ގޯއްޗެއް ދިނުމަށް ކައުންސިލަށް އަންގާނެ ތަނެއް ނެތްކަމަށާއި، ޤާނޫނުގައިވާ ގޮތުން ބިން ލިބިގަތުމުގެ ޙައްޤު ލިބިގެންވާކަމަށް ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރިއެވެ.
އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބުލްބުލާގެ ގޯތި، ބައްޕަގެ ތަރިކައިގެ ގޮތުގައި ވާރިޘުންނަށް ބަހާފައިވާ ޙުކުމަކަށް ސުޕްރީމް ކޯޓުން ތާއީދުކުރުމުން އެ ރަޖިސްޓްރީ ބާޠިލުވިއެވެ. އޭގެ ބަދަލުގައި ކ. މާފުށިން ގޯއްޗެއް ހޯދުމަށް އެދި ކައުންސިލްގެ މައްޗަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރާ ފަރާތުން ބުނީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ ސަބަބުން ބަދަލު ގޯއްޗެއް ލިބެންޖެހޭނެ ކަމަށާއި، ނުދިނުމަކީ ތަފާތުކުރުން ކަމަށާއި، ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު ތަޠުބީޤުނުކުރެވޭނެ ކަމަށެވެ. ކައުންސިލުން ބުނީ ގޯއްޗަކަށް ނޭދެނީސް ގޯއްޗެއް ދެވޭނެ އުޞޫލެއް ނެތް ކަމަށެވެ.
މައިގަނޑު ސުވާލު
ސުޕްރީމް ކޯޓުގެ 2013/SC-A/33 ޤަޟިއްޔާގައި، ތަރިކަ ބެހުމުގެ ސަބަބުން ވާރިޘަކަށް ގޯއްޗެއް ލިބުމުގެ ފުރުޞަތު ބަންދުނުވާނެ ކަމަށް ބަޔާންކޮށްފައިވުމުން، ތަރިކައިގެ ގޯތީގެ ބަދަލުގައި އިސްތިއުނާފުކުރާ ފަރާތަށް ގޯއްޗެއް ދިނުމަށް ކައުންސިލަށް އެންގުން ލާޒިމުވޭތޯ؛ އަދި ދަށުކޯޓުގެ ޙުކުމް ޤާނޫނުއަސާސީއާއި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދާ ޚިލާފުވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބަދަލު ގޯއްޗެއް ދިނުމަށް ކަނޑައަޅާފައި ނުވާކަމާއި، ގޯތި ތަރިކައިގެ ގޮތުގައި ބަހާފައިވާތީ އެއީ ހަމައެކަނި އިސްތިއުނާފުކުރާ ފަރާތުގެ ގޯއްޗެއް ނޫންކަމާއި، ޤާނޫނުއަސާސީއާއި ޤަވާޢިދާ ޚިލާފުވީ ކޮން ގޮތަކުން ކަން ފާހަގަކޮށްފައި ނުވާތީ، ދަށުކޯޓުގެ ނިންމުން ރަނގަޅު ކަމަށް ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ތަރިކަ ބެހުމުގެ ސަބަބުން ވާރިޘަކަށް ގޯއްޗެއް ލިބުމުގެ ފުރުޞަތު ބަންދުނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ 2013/SC-A/33 ޤަޟިއްޔާގައި ބަޔާންކޮށްފައިވުމަކީ، ތަރިކައިގެ ގޯތީގެ ބަދަލުގައި ވަކި ވާރިޘަކަށް ގޯއްޗެއް ދިނުމަށް ކަނޑައެޅުމެއް ނޫން؛ އެ ބުނެފައިވަނީ ހަމައެކަނި ތަރިކަ މައްސަލައިގެ ސަބަބުން ގޯއްޗެއް ލިބުމުގެ ފުރުޞަތު ބަންދުނުވާ ވާހަކައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ދަށުކޯޓުގެ ޙުކުމް ޤާނޫނުއަސާސީގެ މާއްދާތަކާއި ޤަވާޢިދުގެ މާއްދާތަކާ ޚިލާފު ކަމަށް ބުނާއިރު، އެ މާއްދާތަކާ ޚިލާފުވެފައިވަނީ ކޮން ގޮތަކުން ކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައި ނުވާނަމަ، އެ ނުކުތާތަކަށް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭނެ ކަމުގައި ނުދެކެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ގޯތީގެ ރަޖިސްޓްރީ ހަދާފައިވާ ބިނާ ކުރެވިފައިވާ ޙުކުމް މަތީ ކޯޓަކުން ބާޠިލްކޮށް، އެ ގޯތި ތަރިކައިގެ ގޮތުގައި ވާރިޘުންނަށް ބަހާފައިވާ ޙުކުމަކަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވާނަމަ، އެ ގޯއްޗަކީ ހަމައެކަނި އެ ވާރިޘުގެ ޙައްޤު އޮތް ގޯއްޗެއް ނޫނެވެ؛ އަދި އެ ގޯތީގެ ބަދަލުގައި ގޯއްޗެއް ދިނުމަށް ކަނޑައަޅާފައި ނުވާއިރު، ބަދަލު ގޯއްޗެއް ދިނުމަށް ކައުންސިލަށް އަންގާނެ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
1އައަށްފަހު އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކައިގެ މައްސަލަ ދެވަނަ ފަހަރަށް ކ. މާފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނެވެ. އެ މައްސަލަ އެ ކޯޓުގެ ނަންބަރު C/2010-12-32/H ޤަޟިއްޔާއިން ބަލައި މުޙައްމަދު އިބްރާހީމްގެ ތަރިކަ ބަހައި ނިންމާފައިވެއެވެ. އަދި އެ މައްސަލައިގެ ތެރެއިން ކ. މާފުށި، "ބުލްބުލާގެ" ހުރި ގޯތި ވެސް ވާރިސުންގެ މެދުގައި ބަހާ ފައިވެއެވެ. އެ މައްސަލަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނެވެ.
5އެ މައްސަލަ މިކޯޓުގެ ނަންބަރު 2012/HC-A/87 ޤަޟިއްޔާއިން ބަލައި، ދަށު ކޯޓުގެ ޙުކުމުގައި އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކައިގައި ހިމެނޭ (ގޯތީގެ ބިންފިޔަވައި) އެހެނިހެން ތަކެތި އަގުމަގު ކުރައްވާފައިވާ ބައި ބާޠިލްކޮށް، ދެންހުރި ބައިތަކަށް ތާއީދުކޮށް ޙުކުމްކޮށްފައިވެއެވެ. އަދި އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނެވެ.
6އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/33 ޤަޟިއްޔާއިން ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/87 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2010-12-32/H ޤަޟިއްޔާ ގެ މުޅި ޙުކުމަކީ ސައްޙަ ޙުކުމެއްކަމުގައި ކަނޑައަޅުއްވާފައިވެއެވެ.
3އަދި ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގެ (ނަންބަރު 2013/SC-A/33 ޤަޟިއްޔާގެ) ފާހަގަކުރެވުނު ނުކުތާތަކުގެ 3 ގެ (ރ) ގައި ކ.މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2010-12-32/H ޤަޟިއްޔާގައި މުޙައްމަދު . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/87 ޤަޟިއްޔާގެ ޙުކުމް . ކ. މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2010-12-32/H ޤަޟިއްޔާ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/87 ޤަޟިއްޔާގެ ޙުކުމް . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/33 ޤަޟިއްޔާ އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތިބި ތިން ވާރިޘުންގެ މެދުގައި ކ.މާފުށި ބުލްބުލާގެ އެވެކިޔާ ބަންޑާރަ ގޯތީގެ ބިން ބައިކުރުމަށް ކަނޑައަޅާފައިވުމަކީ، ޢަލީ ޝަހީމް ނުވަތު މިމައްސަލާގާއ ހިމެނި އެއްވެސް ވާރިޘަކަށް ގޯއްޗެއް ލިބުމަށް އޮންން ފުރުޞަތު ބަންދުވް ންޖެހޭ ސަބަބެއިނޫނކަމަށް ބަޔާންކޮށްފައވެއެވެ.
2. ކ. މާފުށީ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު C/2017-12-05/H ޤަޟިއްޔާ ގައި ކުރެވުނު ދަޢުވާއަކީ، އަލްމަރުޙޫމ މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތަރިކައިގެ މައްސަލަ 32 މާރިޗް 3323 ގައި ޙުކުމްކޮށް ކ.މާފުށި އޮފީހުން ކ.މާފުށި ބުލްބުލާގެ ޢަލީ ޝަހީމުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކ.މާފުށި ބުލްބުލާގެއެވެ ބަންޑާރަ ގޯތީގެ ނަންބަރު 12/94/17-H "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ " ބާޠިލްކޮށްފައިވާތީއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/33 ޤަޟިއްޔާއިން ކ.މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2010-12-32/H ޤަޟިއްޔާގައި، މުޙައްމަދު އިބްރާހީމް (ގުޖަޑު ދޮންމަނިކު) ގެ ތިބި ތިން ވާރިޘުންގެ މެދުގއަ ކ.މާފުށި ބުލްބުލާގެ އެވެކިޔާ ބަންޑާރަ ގޯތީގެ ބިން ބައިކުރުމަށް ކަނޑައަޅާފައިވުމަކީ، ޢަލީ ޝަހީމު ނުވަތަ މިމައްސަލާގައި ހިމެނޭ އެއްވެސް ވާރިޘަކަށް ގޯއްޗެއް ލިބުމަށް އޮންނަ ފުރުޞަތު ބަންދުވނާ ޖެހޭ ސަބަބެއް ނޫނަކަމަށް ކަނޑައަޅުއްވާފައިވާތީ، ޢަލީ ޝަހީމުގެ އަމިއްލަ ނަމުގައި އޮތް ކ.މާފުށި ބުލްބުލާގެ އެވެކިޔާބަންޑާރަ ގޯތީގެ ބަދަލުގައި ކ.މާފުށިން އެކަށީގެންވާ ބިމަކުނ ގޯއްޗެއް ހޯދުމަށް އެދި ކައުންސިލްގެ އިދާރާ މައްޗަށް ކުރި ދަޢުވާއެވެ.
3. އެޤަޟިއްޔާގެ ޙުކުމް މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ. . ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2017-12-05/H ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް. . ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2017-12-05/H ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް.
3.3. ޤާނޫނު ނަންބަރު 3223/3 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކ.މާފުށިން ގޯއްޗެއް ހޯދުމަށް ޢަލީ ޝަހީމު އެދިފައިވާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޝަރީޢަތަށް ސާބިތުވެފައިނވުން.
3.3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/33 ޤަޟިއްޔާގައި އެއްވެސް ފަރާތަކަށް ބިމެއް ދިނުމަށް ކަނޑައަޅާފައި ނުވުން، މިއެވެ.
32ކ.މާފުށީ މެޖިސްޓްރޭޓް ކޯޓގު ނަންބަރު C/2017-12-05/H ޤަޟިއްޔާގައި ޙުކުމުގައިވަނީ، ކ.މާފުށި ބުލްބުލާގެ ޢަލީ ޝަހީމް އެދިފައިވު ފަދައިން ޢަލީ ޝަހީމުއަށ ގޯއްޗެއް ދިނުމަށް ކ.މާފުށީ ކައުންސިލްގެ މައްޗަށް ނުވަތަ އެފަދަ އެހެންވެސް އިދާރާއަކަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދަޢުވާކުރާ ޢަލީ ޝަހީމަށް ޤާނޫނުގައިވާ ގޮތުގެ މަތިން ބިން ލިބިގަތުމުގެ ޙައްޤު ލިބިގެންވާކަން ޢަލީ ޝަހީމް އަށު އަންގާ މިގޮތުގެ މަތިން ޙުކުމްކުރާ ކަމަށެވެ.
33ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2017-12-05/H ޤަޟިއްޔާ ނިމިފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޢަލީ ޝަހީމްގެ ފަރާތުން 22 (ތިނެއް) ނުކުތާ ހުށަހަޅައި އެ ނުކުތާ ތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތައް ތިރީގައި މިވަނީއެވެ. . ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2017-12-05/H ޤަޟިއްޔާގެ ޙުކުމް. ފުރަތަމަ ނުކުތާ އަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/33 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 3 ގެ (ރ) ގައި ޢަލީ ޝަހީމް ނުވަތު މި މައްސަލާގައި ހިމެނޭ އެއްވެސް ވާރިޘަކަށް ގޯއްޗެއް ލިބު މަށް އޮންނަ ފުރުޞަތު ބަންދުވާންޖެހޭ ސަބަބެއް ނޫންކަމުގައި ފާހަގަކޮށްފައިވާއިރު، ޢަލީ ޝަހީމުގެ ފަރާތުން އެދިފައިވާ ފަރުވާއަށް ޙައްލެއް ހޯދައިދިނުމެއްނެތި ޢަލީ ޝަޙީމުގެ ޙައްޤުތައް ގެއްލޭގޮތަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާ އަކީ: މި މައްސަލަ ނިންމުމުގައި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33، 32 އަދި 12 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ތިންވަނަ ނުކުތާ އަކީ: ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ 32 އަދި 31 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދައްކާފައިވާ މައިގަނޑު ވާހަކތައަ
33. އިސްތިއުނާފު ކުރެވިފައިވާ މައްސަލައާ ގުޅިގެން ޢަލީ ޝަހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/33 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 3 ގެ (ރ) ގައި ޢަލީ ޝަހީމް ނުވަތު މި މައްސަލާގައި ހިމެނޭ އެއްވެސް ވާރިޘަކަށް ގޯއްޗެއް ލިބުމަށް އޮންނަ ފުރުޞަތު ބަންދުވާންޖެހޭ ސަބަބެއް ނޫންކަމުގައި ބަޔާންކޮށްފައި އޮތުމުން ބުލްބުލާގެ ގޯތީގެ ބަދަލުގައި ކ. މާފުށިން ޢަލީ ޝަހީމް އަށް ގޯއްޗެއް ލިބެން ޖެހޭނެ ކަމަށާއި، އެނޫން ގޮތަކަށް ޢަމަލުކުރުމަކީ ތަފާތުކުރުން ކަމަށެވެ. އަދި ޢަލީ ޝަހީމްގެ ބައްޕަ މަރްޙޫމް މުޙައްމަދު އިބްރާހީމްގެ ތަރިކަ މައްސަލަ 3323 ނިމިފައިވާތީ، އޭރުގައި ވުޖޫގައިވެސް ނެތް ޤަވާޢިދެއްކަމަށްވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު މި މައްސަލައަށް ތަޠުބީޤުނުކުރެވޭނެ ކަމަށެވެ. ޖަވާބުގައި ކ. މާފުށި ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ޤަބޫލުކުރާކަމަށާއި، ގޯއްޗަކަށް ނޭދެނީސް ގޯއްޗެއް ދެވޭނެ އުސޫލެއް ނެތް ކަމަށެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް
32. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/33 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 3 ގެ
(ރ) ގައި ޢަލީ ޝަހީމް ނުވަތު މި މައްސަލާގައި ހިމެނޭ އެއްވެސް ވާރިޘަކަށް ގޯއްޗެއް ލިބުމަށް އޮންނަ ފުރުޞަތު ބަންދުވާންޖެހޭ ސަބަބެއް ނޫންކަމުގައި ބަޔާންކޮށްފައި އޮތުމަކީ ޢަލީ ޝަހީމްގެ ފަރާތުން އެދިފައިވާ ފަރުވާއަށް ޙައްލެއް ހޯދައިދިނުމެއްނެތި ޢަލީ ޝހަ މުގެ ޙައްޤުތައް ގެއްލޭގޮތަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު، ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގައި ކަނޑައެޅިގެން ޢަލީ ޝަހީމްއަށް ކ. މާފުށި ބުލްބުލާގެ އެވެ ކިޔާ ގޯތީގެ ބަދަލުގައި ގޯއްޗެއް ދިނުމަށް ކަނޑައަޅާފައިނުވާކަމާއި އެ ޤަޟިއްޔާގައި ބަޔާންކުރައްވާފައިވަނީ އެ މައްސަލައިގައި ހިމެނޭ އެއްވެސް ވާރިޘަކަށް ގޯއްޗެއް ލިބުމަށް އަންނަ ފުރުޞަތު، އ ތަރިކަ މައްސަލައިގެ ސަބަބުން ބަންދުވާންނުޖެހޭ ވާހަކަ ކަން އެނގެއެވެ.
31. މައްސަލަ ނިންމުމުގައި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33، 32 އަދި 12 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާ އާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ 32 އަދި 31 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާ އަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު، މައްސަލަ ނިންމުމުގައި އެ މާއްދާތަކާ ދަށު ކޯޓުން ޚިލާފު ވެފައިވަނީ ކޮން ގޮތަކުން ކަން ޢަލީ ޝަހީމްގެ ފަރާތުން ފާހަގަކޮށްފައިނުވެއެވެ. އެހެންކަމުން މި ނުކުތތަކާށ ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭނެ ކަމުގައި ނުދެކެމެވެ.
35ޢަލީ ޝަހީމްގެ ނަމުގައި ކ. މާފުށި ބުލުބުލާގ އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީ ހަދާފައިވަނީ ކ. މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/81-12-17/H ޤަޟިއްޔާއަށް ބިނާކޮށް ކަމަށްވާއިރު، އެ ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/122 ޤަޟިއްޔާއިން ބާޠިލްކޮށްފައިވުމާއި، އެ ގޯތި، ތަރިކައިގެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމިގޮތުގެ ރިޕޯޓު" އުސޫލުނ މުޙައްމަދް އިބްރާހީމްގެ ވާރިސުންނަށް ބަހާފައިވާ ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ C/2010-12-32/H ޤަޟިއްޔާގެ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓގު ނަންބަރު 2013/SC-A/33 ޤަޟިއްޔާއިން ތާއީދުކޮށްފައިވުމުން، އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކ. މާފުށި ބުލް ބުލާގ އެވެ ކިޔާ ގޯއްޗަކީ ހަމައެކަނި ޢަލީ ޝަހީމްގެ ޙައްޤުއޮތް ގޯއްޗެއް ނޫންކަމާމެދު ޝައްކެއް ނެތެވެ. އަދި ބުނެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ޢަލީ ޝިހާމް އަށް ކ. މާފުށި ބުލުބުލާގ އެވެ ކިޔާ ގޯތީގެ ބަދަލުގައި ގޯއްޗެއް ދިނުމަށް ކަނޑައަޅާފައި ނުވާކަން އެ ޤަޟިއްޔާއިން ވަރަށް ސާފުކޮށް އެނގެއެވެ. އެހެންކަމުން ދަށު ކޯޓުން މި މައްސަލައިގައި ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ކަމުގައި ދެކެމެވެ. ވީމާ، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2017-12-05/H ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަލީ ޝަހީމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައި ނިނމާފައިވް ނިންމުން ބަދަލު ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތް ކަމަކަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ. ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2017-12-05/H ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، ކ. މާފުށި، […] ޢަލީ ޝަހީމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ޙުކުމް
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/33 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/122 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/87 ޤަޟިއްޔާ
- ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2010-12-32/H ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 (މައްސަލަ ބަލައިގަތުމާމެދު ނިންމިގޮތުގެ ރިޕޯޓު)
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް