ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/184
ޢަލީ ނަޝީދު ވ. ޙަސަން ފިރާޤު، 2020/HC-A/184
Ali Nasheedhu v. Hassan Firaaqu 2020/HC-A/184 (2020/HC-A/184, High Court of the Maldives, 13 June 2021)
ޢަލީ ނަޝީދު ވ. ޙަސަން ފިރާޤު
މައިގަނޑު ސުވާލު
ކުންފުންޏެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފިހާރައަކަށް ބިލްކޮށްފައިވާ އިންވޮއިސްތަކުގެ މުދަލުގެ އަގު ހޯދުމަށް، އެ ކުންފުނީގެ ހިއްސާދާރެއްގެ މައްޗަށް ފަރުދީގޮތުން ދަޢުވާ ކުރެވޭތޯއާއި، ދަޢުވާ ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލް ކޯޓުން ނިންމުން ރަނގަޅުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް (އަޣުލަބިއްޔަތުން)
ކަނޑައެޅުނު އުޞޫލުތައް
- ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ތަބާވުން ލާޒިމުކުރާ ކޯޓުތަކުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ވިޔަސް، ދަށުކޯޓުން ޤަޟިއްޔާ ނިންމިފަހުން ސުޕްރީމް ކޯޓުން ނިންމި ޤަޟިއްޔާއެއް އެ ދަށުކޯޓުގެ ނިންމުމަށް ތަޠްބީޤުކުރުމުގެ އިޙްތިމާލެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.3.1–4.3.3)
- ޤާނޫނުއަސާސީގެ މާއްދާތަކާ ޚިލާފުވިކަމަށް ބުނާ އިސްތިއުނާފީ ނުކުތާއެއްގައި، އެ މާއްދާތަކާ ޚިލާފަށް ދަށުކޯޓުން ނިންމި ނިންމުމެއް ނުވަތަ ކުރި ކަމެއް ފާހަގަކޮށްފައި ނުވާނަމަ، އެއީ ޝަރީޢަތުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.4.2)
- ހެކި ވަޒަންކޮށް ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް (balance of probabilities) މައްސަލަ ނިންމުމަކީ މަދަނީ މުޢާމަލާތް ސާބިތުކުރުމުގައި ބަލާ މިންގަނޑެވެ؛ ނަމަވެސް ދަށުކޯޓުން މައުޟޫޢީގޮތުން ނިންމާފައިނުވާ، އިޖުރާއީ ނުކުތާއަކާ ގުޅިގެން ނިންމި މައްސަލައެއްގައި އެ މިންގަނޑަށް ރިޢާޔަތްނުކުރިކަމުގެ ސުވާލު ނާރާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.5.1–4.5.2)
- އިންވޮއިސްތަކުގައި ބިލްކޮށްފައިވަނީ ކުންފުންޏެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފިހާރައަކަށްނަމަ، އެ މުދަލަކީ ހަމައެކަނި ދަޢުވާ ލިބޭ ފަރުދުގެ ބޭނުމަށް ފޮނުވި މުދަލެއްކަމުގައި ނުބެލެވޭނެއެވެ؛ އަދި މުދާ ފޮނުވެނީ ކޮން ފަރާތަކަށްކަން ވިއްކާ ފަރާތަށް އެނގިފައިވާކަމަށް ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.5.5–4.5.7)
- ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޞެއް ކަމުން، ކުންފުނީގެ ފިހާރައަކާ ކުރި މުޢާމަލާތަކާ ގުޅިގެން އެ ކުންފުނީގެ ހިއްސާދާރެއްގެ މައްޗަށް ފަރުދީގޮތުން ދަޢުވާ ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.5.8)
ދަޢުވާގެ ޚުލާޞާ : 1- މިއީ، ހދ.މަކުނުދޫ/ އެންދެރިމާގެ ޢަލީ ނަޝީދު މާލޭގައި ހިންގި، ]ފްރޭން ޓްރޭޑާރސް [ އެވެކިޔާ ހޯލްސޭލް ފިހާރައިން ސ.މަރަދޫ / ހުވަނދުމާ ގ، ޙަސަން ފިރާޤު 2016ވަނަ އަހަރު އެކި ފަހަރުމަތިން ގިނަ ޢަދަދެއްގެ މުދާ ނަގައި މުދަލުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ 396,504/47ރ) .ތިންލައްކަ ނުވަދިހަ ހަހާސް ފަސްސަތޭކަ ހަތަރުރުފިޔާ ސަތާޅީސްލާރި ( ގެ ތެރެއިން 2 )ދޭއް ( ފަހަރު މަތިން 24,000/-ރ. )ސައުވީސްހާސްރުފިޔާ( ދެއްކުމަށްފަހު ބާކީ ދައްކަންޖެހޭ 372,504/47ރ. )ތިންލައްކަ ހަތްދިހަ ދެހާސް ފަސްސަތޭކަ ހަތަރުރުފިޔާ ސަތާޅީސްލާރި ( ނުދައްކަ އިވާތީ، އެ ފައިސާ ހޯދުމަށް އެދި ޢަލީ ނަޝީދުގެ ފަރާތުން ޙަސަން ފިރާޤގެ މައްޗަށް ދަޢުވާކށޮ ހުށަހެޅި، ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާ ނިންމަވާފައިވަނީޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނީ، ޢަލީ ނަޝީދުގެ ފަރާތުން އެޤަޟިއްޔާދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތް ތަކ ޙަސަން ފިރާޤެވެ . ސިވިލް ކޯޓު ނ މައްސަލަ ނިންމިގޮތް : 2- ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނ، ]ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، އެންދެރިމާގެ، ޢަލީ ނަޝީދު ގެ ފަރާތުން ހުވަނދު މާ ގެ، ޙަސަން ފިރާޤު ގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މި މައްސަލަ އަކީ މިހާރު ހުށަހެޅިފައިވާ ގޮތަށް މިކޯޓުގައި ބަލައި ކުރިއަށް ގެންދެވިދާނޭ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި، މިގޮތުގެ މަތީން ޙުކުމްކޮށްފީމެވެ[. މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ . އިސްތިއުނާފީ ނުކުތާ ތައު: 3- ސިވިލް ކޯޓު ގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޢަލީ ނަޝީދުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅައި އެ ނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެ ގޮތުން ހުށަހަޅާފައިވާ : ފުރަތަމަ ނުކުތާއަކީ : ސިވިލް ކޯޓު ގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާ ނިންމެވުމުގައި ޤާނޫނު ނަންބަރު 2010/22 )ކޯޓުތަކާބެހޭ ޤާނޫނު ( ގެ 20ވަނަ މާއްދާގެ )ހ( އާއި )ށ( އާ ޚިލާފުވެފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ދެވަނަ ނުކުތާއަކީ : ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާ ނިންމެވުމުގައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ށ( އާއި 142ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ތިންވަނަ ނުކުތާއަކީ : ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާއަކީ ދެ ފަރާތެއްގެ ދެމެދުގައި ހިނގާފައިވާ ވިޔަފާރީގެ މުޢާމަލާތަކަށްވެފައި މަދަނީ މިފަދަ މުޢާމަލާތްތަކުގައި ބަލަންޖެހޭނީ ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ކަމަށްވީނަމަވެސް މި މައްސަލަ ސިވިލް ކޯޓުން ނިންމެވުމުގައި މި އުޞޫލަށް ރިޢާޔަތްކުރައްވާފައި ނުވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ފާހަގަކުރެވުނު ނުކުތާތައް : 4- ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަލީ ނަޝީދު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކަށާ އ، އެނުކުތާތަކާ ގުޅިގެން ދެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ .
4.1- ހދ. މަކުނުދޫ / އެންދެރިމާގެ، ޢަލީ ނަޝީދު މާލޭގައި ހިންގި، ]ފްރޭން ޓްރޭޑާރސް [ އެވެކިޔާ ހޯލްސޭލް ފިހާރައިން، ސ. މަރަދޫ / ހުވަނދުމާގެ، ޙަސަން ފިރާޤު 2016ވަނަ އަހަރު އެކިފަހަރު މަތިން ގިނަ ޢަދަދެއްގެ މުދާ ނަގައި، މުދަލުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ 396,504/47ރ) .ތިންލައްކަ ނުވަދިހަ ހަހާސް ފަސްސަތޭކަ ހަތަރެއް ރުފިޔާ ސާޅީސް ހަތްލާރި( ގެ ތެރެއިން 02 )ދޭއް ( ފަހަރު މަތީން 24,000/-ރ. )ސައުވީސްހާސް ރުފިޔާ ( ދެއްކުމަށްފަހު، ބާކީ ދައްކަންޖެހޭ 372,504/47ރ. )ތިންލައްކަ ހަތްދިހަދެހާސް ފަސްސަތޭކަ ހަތަރު ރުފިޔާ ސާޅީސް ހަތްލާރި ( ނުދައްކައި ވާތީ، އެފައިސާ ހޯދުމަށް އެދި ޢަލީ ނަޝީދުގެ ފަރާތުން ޙަސަން ފިރާޤުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މައްސަލައަކީ ހުށަހެޅިފައިވާ ގޮތަށް ސިވިލް ކޯޓުގައި ބަލައި ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާގައި ޙުކުމްކު ރައްވާ ފައިވެއެވެ .
4.2- އިސްވެ ބަޔާންވެދިޔަ ގޮތުގެ މަތިން އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، ޢަލީ ނަޝީދުގެ ފަރާތުން ދަށުކޯޓުގައި ކުރި ދަޢުވާއަށް ޙަސަން ފިރާޤު އިންކާރުކޮށް، ހުށަހެޅިފައިވާ ދަޢުވާއަކީ، ދަޢުވާކުރާ ފަރާތުން ހިންގި ފިހާރައަކުން ދަޢުވާލިބޭ ފަރާތުން ނަގާފައިވާ މުދަލެއްގެ އަގު ހޯދުމަށް އެދި ކުރާ ދަޢުވާއެއްކަމުގައި ދަޢުވާ ފޯމުގައި ބަޔާންވެގެންވާއިރު، ދަޢުވާ ފޯމާއެކު ހުށަހެޅި އިންވޮއިސްތަކުން މުދާ ދޫކޮށްފައިވަނީ ދަޢުވާ ލިބޭ ފަރާތަށް ނޫންކަމަށާއި ؛ އިންވޮއިސްތަކުގައި މުދާ ދޫކޮށްފައިވަނީ ]ވައިމިއާ މާރޓް [ އެވެކިޔާ ފިހާރައަކަށް ކަމަށް ބަޔާންވެގެންވާއިރު، ]ވައިމިއާ މާރޓް [ އެވެކިޔާ ފިހާރައަކީ ވައި މިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑު ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއްކަމަށާ އ؛ ވައިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑަކީ ދަޢުވާލިބޭ ފަރާތުގެ ޙިއްސާ ހިމެނޭގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމުގައި ވީނަމަވެސް، ޤާނޫނު ނަންބަރު 96/10 )ދިވެރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ( ގެ 15ވަނަ މާއްދާގެ )ހ( ގެ ދަށުން ކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީގޮތުން އަމިއްލަ ޝަޚްޞެއް ކަމުގައިވާތީ، ]ވައިމިއާ މާރޓް [ އާއެކު ކުރި މުޢާމަލާތާ ގުޅިގެން ފަރުދީގޮތުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ދަޢުވާނުކުރެވޭނެ ކަމަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ދަޢުވާއަކީ، ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމުގައި ބުނީ، ސިވިލް ކޯޓުގައި ޙަސަން ފިރާޤު ގެ ފަރާތުން ނެގި އިޖުރާއީ ނުކުތާ އަކާ ގުޅިގެންނެވެ .
4.3- ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާ ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ( ގެ 20ވަނަ މާއްދާގެ )ހ( އާއި )ށ( އާއި ޚިލާފަށް ކަމަށް ޢަލީ ނަޝީދު ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ .
4.3.1- ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ( ގެ 20ވަނަ މާއްދާގެ )ހ( ގައި ވަނީ، ]މައްސަލައެއްގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ ދިވެހިރާއްޖޭގެ އެހެން ހުރިހާ ކޯޓަކުން ތަބާވުން ލާޒިމު ނިންމުމެކެވެ .[ މިފަދައިންނެވެ . އަދި ބުނެވިދިޔަ މާއްދާގެ )ށ( ވަނީ، ]މައްސަލައެއްގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިނގާ ފަރާތު ންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިން ޞާ ފ ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަ ޤި އްލު މ ޤާ މުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަގާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި، ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހައި ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމު ނިންމުމެކެވެ.[ މިފަދައިންނެވެ .
4.3.2- ބަޔާންވެދިޔަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ، 2020 އޮގަސްޓް 31ވަނަ ދުވަހުއެވެ . އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާ ނިމިފައިވަނީ، 2020 ފެބްރުއަރީ 16ވަނަ ދުވަހުއެވެ .
4.3.3- އެހެންކަމުން، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާ ނިންމެވިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާގެ ޙުކުމް ވުޖޫދުވެފައިނުވާނެތީ، ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގެ ޙުކުމަކީ އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގެ މައްޗަށް ތަޠްބީޤްކުރުމުގެ އެއްވެސް އިޙްތިމާލެއް އޮތް ޤަޟިއްޔާއެއްނޫންކަން އެނގެ އެވެ .
4.4- ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާ ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ށ( އާއި 142ވަނަ މާއްދާއާ ޚިލާފަށް ކަމަށް ޢަލީ ނަޝީދު ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ .
4.4.1- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ށ( ގައި ވަނީ، ]ދިވެ ހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ .[ މިފަދައިންނެވެ . އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142ވަނަ މާއްދާގަ އިވަނީ، ]ފަނޑިޔާރުންނަކީ މުސްތަ ޤި އްލު ބައެކެވެ . ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީ އާއި ޤާނޫނަށެވެ . ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރާންވާނެއެވެ . ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީ އާއި ޤާ ނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެއެވެ.[ މިފަދައިންނެވެ .
4.4.2- އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ށ( އާއި، 142ވަނަ މާއްދާއާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ނުވަތަ ކޮށްފައިވާ ކަމެއް، އިސްވެ ބަޔާންވެދިޔަ އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަ ކޮށްފައިނުވެއެވެ . އެހެންކަމުން އެ ނުކުތާއަކީ ޝަރީޢަތުން ބަލައިގަނެ އެ މައްޗަށް ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމަކަށް ނުފެނެއެވެ .
4.5- ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާއަކީ، ދެ ފަރާތެއްގެ ދެމެދުގައި ހިނގާފައިވާ ވިޔަފާރީގެ މުއާމަލާތަކަށްވެފައި މަދަނީ މިފަދަ މުއާމަލާތްތަކުގައި ބަލަންޖެހޭނީ ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ކަމަށް ވީނަމަވެސް މި މައްސަލަ ސިވިލް ކޯޓުން ނިންމެވުމުގައި މި އުސޫލަށް ރިއާޔަތްކުރައްވާފައި ނުވާކަމަށް ޢަލީ ނަޝީދު ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ .
4.5.1- ހުށަހެޅިފައިވާ ހެކި ޤަރީނާތައް ވަޒަންކޮށް ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް (Balance of probablities) މައްސަލަ ނިންމުމަކީ، މަދަނީ މުޢާމަލާތުތައް ސާބިތުކރުމުގައު ބަލާ މިންގަނޑެވެ . އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާގައި މައުޟޫ ޢީ ގޮތުން މައްސަލަބަލައި ފައިޞަލާކުރަނިވި ޙުކުމެއް އެ ކޯޓުން ކޮށްފައިނުވެއެވެ . އެ މައްސަލައިގައި އެކޯޓުން ނިންމާފައިވަނީ ޢަލީ ނަޝީދުގެ ފަރާތުން ޙަސަން ފިރާޤުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި އެ މައްސަލައަކީ ހުށަހެޅިފައިވާ ގޮތަށް އެ ކޯޓުގައި ބަލައި ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމަށެވެ .
4.5.2- ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާ ހުށަހެޅިފައިވާ ގޮތަށް އެ ކޯޓުގައި ބަލައި ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމަށް އެކޯޓުން ނިންމާފައިވަނީ، އެ މައްސަލައިގައި ދަޢުވާ ރައްދުވި ޙަސަން ފިރާޤު ގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި އިޖުރާއީ ނުކުތާއަކާ ގުޅިގެންނެވެ .
4.5.3- ޙަސަން ފިރާޤުގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއަކީ، ދަޢުވާކުރާ ފަރާތު ން ހުށަހެޅި އިންވޮއިސްތަކަށް ބެލުމުން ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ]ވައިމިއާ މާރޓް [ ކިޔާ ފިހާރައަކަށް ފޯރުކޮށްދީފައިވާ މުދަލާގުޅޭ އަގު ހޯދުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަ މުގައި ވާއިރު، ]ވައިމިއާ މާރޓް [ އަކީ ދަޢުވާލިބޭ ފަރާތް )ޙަސަން ފިރާޤު ( ހިމެނޭ ގޮތުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ފޯރުކޮށްދިން މުދާތަކެއްކަމުގައި ވުމުން، ދަޢުވާލިބޭ ފަރާތުގެ މައްޗަށް ޝަޚްސީގޮތުން އެ ދަޢުވާ ނުއުފު ލޭނެ ކަމަށް ބުނެ ފާހަގަކުރި އިޖުރާއީ ނުކުތާއެކެވެ .
4.5.4- އިސްތިއުނާފުކުރާ ޢަލީ ނަޝީދު މާލޭގައި ހިންގި، ]ފްރޭން ޓްރޭޑާރސް [ އެވެކިޔާ ހޯލްސޭލް ފިހާރައިން، ނަގާފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް އެދި ޢަލީ ނަޝީދުގެ ފަރާތުން ޙަސަން ފިރާޤުގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދަޢުވާގެ އަސާސް ބިނާކޮށްފައިވަނީ، އިންވޮއިސްތަކެއްގެ މައްޗަށެވެ .
4.5.5- އިންވޮއިސްތަކަށް ބަލާއިރު، އެ އިންވޮއިސްތަކުގައި )Bill to މިފަދައިން ބަޔާންކޮށް ( ބިލް )ޓެކްސް އިންވޮއިސް ( ކޮށްފައިވަނީ ]ވައިމިއާ މާރޓް[ އެވެކިޔާ ފިހާރައެކެވެ . ބިލް ކޮށްފައިވަނީ މައްސަލައިގައި ދަޢުވާ ރައްދުވާ ޙަސަން ފިރާޤަ ށ ނޫންކަން އެ އިންވޮއިސްތަކަށް ބެލުމުން އެނގެން އޮވެއެވެ . އިންވޮއިސްތަކުގައި މުދާ ދޫކޮށްފައިވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނ ]ވައިމިއާ މާރޓް [ އެވެކިޔާ ފިހާރަ އެވެ. ]ވައިމިއާ މާރޓް [ އެވެކިޔާ ފިހާރައަކީ ]ވ އިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް [ އެވެކިޔާ ކުންފުންޏެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަނެ ކެވެ .
4.5.6- ޢަލީ ނަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި އިންވޮއިސްތަކުގައި ]ވައިމިއާ މާރޓް [ ބޭނުންކޮށްފައިވަނީ މުދާ ގެންދަންޖެހޭ ތަން ދެނެގަތުގެ ގޮތުންކަމަށާއި، ދަޢުވާގައި ޙަވާލާދޭ މުޢާމަލާތް ކޮށްފައިވަނީ ވައިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާނޫންކަމަށއި، އިސްތިއުނާފުކުރާ ޢަލީ ނަޝީދު އާއި ވައިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާ ދެމެދު މުޢާމަލާތްކޮށްފައިވާ ކަން ދަލާލަތުކޮށްދޭ އެއްވެސް ލިޔެކިޔުމެއްނެތްކަމަށާ އ، ދަޢުވާކުރާ ފަރާތުން ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއާގުޅޭ މުދާ ދޫކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ޙަސަން ފިރާޤަ ށ ކަމަށް ބުނެފައިވާއިރު، އިންވޮއިސްތަކުގައި ]ވައިމިއާ މާރޓް [ އަށް ބިލްކޮށް އޭގެ ތިރީގައި C/O )ކެއަރ އޮފް of care( އިބްރާހީމް ޝާފިޢު އަދި ޙަސަން ފިރާޤުގެ ނަން ލިޔެފައިވެއެވެ . އިބްރާހީމް ޝާފިޢުއަކީ ވައިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ގެ ޙި އ ޞާދާރެކެވެ.
4.5.7- ވުމާއެކު، އިސްތިއުނާފުކުރާ ޢަލީ ނަޝީދު ގެ ފަރާތުން ބުނާގޮތަށް ދަޢުވާގައި ބަޔާންކޮށްފައިވާ މުދަލަކީ އިސްތިއުނާފު ރައްދުވާ ޙަސަން ފިރާޤު ގެ ބޭނުމަށް ހަމައެކަނި އެފަރާތުގެ ބޭނުމަށް ފޮނުވި މުދަ ލެއްކަމުގައި ބެލެވެންނެތެވެ . ބުނެވިދިޔަ ގޮތުގެ މަތިން އިންވޮއިސްތައް ތައްޔާރުކޮށްފައިވާތީ، މުދާ ފޮނުވުމުގެ ކުރިންވެސް މުދާ ފޮނުވެނީ ކޮންފަރާތަކަށްކަން އިސްތިއުނާފުކުރާ ޢަލީ ނަޝީދަ ށ އެނގިފައިވާކަމަށް ބަލަންޖެހެއެވެ .
4.5.8- އެހެން ކ މުން، ވައިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑަކީ ދަޢުވާލިބުނު ޙަސަން ފިރާޤު ޙިއްޞާ ހިމެނޭގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމުގައި ވީނަމަވެސް، ޤާނޫނު ނަންބަރު 96/10 )ދިވެހި ރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ( ގެ 15 ވަނަ މާއްދާގެ )ހ( ގެ ދަށުން ކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީގޮތުން އަމިއްލަ ޝަޚް ޞެ އ ކަމުގައިވާތީ، ]ވައިމިއާ މާރޓް [ އާއެކު ކުރި މުޢާމަލާތާ ގުޅިގެން ފަރުދީގޮތުން އިސްތިއުނާފު ރައްދުވާ ޙަސަން ފިރާޤު ގެ މައްޗަށް އަދި ދަޢުވާ ކުރެވިދާނެ ކަމަކަށް ނުފެނެއެވެ .
4.6- ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރު މަށް ޢަލީ ނަޝީދު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތްތަކު ގެ މައްޗަށް ރިއާޔަތްކޮށ، އެ ޤަޟިއްޔާ ގައި ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ .
5ތިރީގައި ބަޔާން މިކުރާ ސަބަބުތަކަށްޓަކައި، އިސްތިއުނާފް ކުރެވިފައިވާ މައްސަލައަކީ ދަށު ކޯޓަށް ތަހުވީލުކޮށް އެކޯޓުން އެ މައްސަލަ މައުޟޫޢީގޮތުން ބަލައި ނިންމަންޖެހޭނެ މައްސަލައެއްކަމަށް އަހުރެންނަށް ބުރަވެއެވެ .
6އިސްތިއުނާފް ކުރާ ޢަލީ ނަޝީދު ) ޢަލީ ނަޝީދު( މާލޭގައި ހިންގި، "ފްރޭން ޓްރޭޑާރސް " އެވެ ކިޔާ ހޯލްސޭލް ފިހާރައިން މުދައު ގެންދިޔަ ކަން ސާފުކޮށް އެނގެއެވެ .
7ސުވާ ލަކީ، މިމުދަލުގެ މުޢާމަލާތު ކުރެވުނީ ޢަލީ ނަޝީދުއާ ވައިމިއާ ޓްރޭޓް ޕްރައިވެޓް ލިމިޓެޑް (Waimea Trade Pvt Ltd (C-0590/2015)) އާ ދެމެދުގައި ތޯ ނުވަތަ ޢަލީ ނ ޝީ ދުއާ ވައިމިއާ މާރޓް (Waimea Mart (BN-2619/2015)) އާ ދެމެދުގައިތޯ ނޫނީ ޢަލީ ނަޝީދުއާ އިސްތިއުނާފް ރައްދުވާ ޙަސަން ފިރާޤް )ޙަސަން ފިރާޤް ( އާ ދެމެދުގައި ތޯއެވެ؟
8ޢަލީ ނަޝީދުގެ ފަރާތުން ބުނެފައިވަނީ، މި މުޢާމަލާތު ކުރެވިފައިވަނީ، ޢަލީ ނަޝީދު އާއި ޙަސަން ފިރާޤްއާ ދެމެދުގައި ކަމަށެވެ . އެކަން ސާބިތުކުރުމުގެ ގޮތުން، ޢަލީ ނަޝީދުގެ ފިހާރައިން ޙަސަން ފިރާޤްއަށް، 47/504،396ރ )ތިންލައްކަ ނުވަދިހަ ހަހާސް ފަސްސަތޭކަ ހަތަރު ރުފިޔާ /ސާޅިސް ހަތްލާރި ( ގެ މުދާ ދޫކޮށްފައިވާ ކަމާއި އެމުދަލުގެ އަގުގެ ތެރެއިން 02 ފަހަރެއްގެ މަތިން 24,000/-ރ. )ސައުވީސްހާސް ރުފިޔާ ( ދައްކާފައިވާކަމަށް ޢަލީ ނަޝީދު ބުނެފައިވެއެވެ . މީގެ އިތުރުން، ޙަސަން ފިރާޤް މުދައު ގެންދިޔަކަން އެނގޭނެ އިންވޮއިސް ތަކަކާއި އަދި އެކަން ސާބިތު ކުރުމަށް ޝަފަހީ ހެކިން ހުށަހަޅާފައިވެއެވެ .
9މި މައްސަލައަކީ މިހާރު ހުށަހެޅި ގޮތަށް ކުރިއަށް ގެންދެވިދާނޭ މައްސަލައެއް ނޫންކަމަށް ޙަސަން ފިރާޤު އިޖުރާއީ ދިފާޢެއް ނަގާފައިވެއެވެ . މި ދިފާޢު ހުށަހަޅަމުން ބުނެފައިވަނީ، މި މުދަލުގެ މުޢާމަލާތުގައި، މުދާ ދޫކޮށްފައިވަނީ ޙަސަން ފިރާޤަކަށް ނޫނެވެ . އެކަން އެނގެނީ، ދޫކޮށްފައިވާ އިންވޮއިސްތަކުގައި މުދާ ދޫކޮށްފައިވަނީ "ވައިމިއާ މާރޓް " އެވެކިޔާ ފިހާރައަކަށް ކަމަށް ބަޔާން ވެފައިވާތީ ކަމަށެވެ . އަދި "ވައިމީއާ މާރޓް" އެވެކިޔާ ފިހާރައަކީ ވ އިމިއާ ޓްރޭޑް ޕްއިވެޓް ލިމިޓެޑުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފިހާރައެއް ކަމަށެވެ. ވައިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑަކީ ދަޢުވާލިބޭ ފަރާތުގެ ޙިއްޞާ ހިމެނޭގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމުގައި ވީނަމަވެސް، ޤާނޫނު ނަންބަރު 96/10 )ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ( ގެ 15ވަނަ މާއްދާގެ )ހ( ގެ ދަށުން ކުންފުންޏަކީ މެންބަރު ންނާއި ވަކިން އުފެދިފައިވާ، ޤާނޫނީގޮތުން އަމިއްލަ ޝަޚް ޞެ އ ކަމުގައިވާތީ، "ވައިމިއާ މާ ރިޓް" އާއެކު ކުރި މުޢާމަލާތާ ގުޅިގެން ފަރުދީގޮތުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ދަޢުވާނުކުރެވޭނެ ކަމަށެވެ .
10ޙަސަން ފިރާޤު ހުށަހެޅި މި ނުކުތާއަށް ރައްދު ދެމުން ޢަލީ ނަޝީދު ބުނެފައިވަނީ ވައިމިއާ މާ ރޓަ ކ ވިޔަފާރި ނަމެއްކަމަށެވެ . އެއީ ޤާނޫނީ ޝަޚްސެއް ނޫންކަމަށެވެ . އިންވޮއިސް ތަކުގައި "ވައިމިއާ މާރޓް ބޭނުންކޮށްފައިވަނީ މުދާ ގެންދަންޖެހޭ ތަން ދަނެގަތުމުގެ ގޮތުން ކަމަށެވެ. މި މުޢާމަލާތު ކޮށްފައިވަނީ ވައިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާ ނޫން ކަމަށެވެ .
11ޢާންމު އުސޫލެއްގެ ގޮތުން މަދަނީ ޚު ޞޫ މަތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ، ދަޢުވާކުރާ ފަރާތެވެ . މި މާނައިގައި ދަޢުވާކުރާ ފަރާތަކީ، ހަމައެކަނި ކޯޓުގައި ދަޢުވާ އުފުލާ ފަރާތެއް ނޫނެވެ . ދަޢުވާ ރައްދުވާ ފަރާތުގެ ދިފާޢުގައި ހުށަހަޅާ ދިފާޢު ސާބިތު ކޮށްދިނުމުގެ ބުރައަކީ، އެ ދިފާޢެއް ކުރިމަތި ކުރާ ފަރާތަކުން އުފުލާންޖެހޭނެ މަސްއޫލިއްޔަތެކެވެ .
12އިސްތިއުނާފް ކުރެވިފައިވާ މައްސަލައިގައި، ޢަލީ ނަޝީދުގެ ފަރާތުން ހުށަހެޅި ދަޢުވާގެ ދިފާޢުގައި ޙަސަން ފިރާޤު ހުށަހެޅި އިޖުރާއީ ދިފާޢަކީ، މި މުޢާމަލާތު ކުރެވުނީ، ވައިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި ޢަލީ ނަޝީދުއާ ދެ މެދު ކަމަށް ބުނެ ހުށަހެޅި ދިފާޢެ ވެ . ވައިމިއާ މާރޓްއަކީ ވައިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ފިހާރައެއް ކަމަށެވެ . ޙަސަން ފިރާޤު ހުށަހެޅި ދިފާޢުސާބިތު ކުރުމުގެ ގޮތުން ވައިމިއާ މާރޓްއަކީ ވައިމިއާ ޓްރޭޓް ޕްރައިވެޓ ލިމިޓެޑްގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ފިހާރައެއްކަން ސާބިތު ކޮށްދިނުމުން ޙަސަން ފިރާޤު ހުށަހެޅި ދިފާޢު ސާބިތެއް ނުކޮށް ދެވެއެވެ . ޙަސަން ފިރާޤު ހުށަހެޅި ދިފާޢު ސާބިތުކުރުމުގެ ގޮތުން، ޙަ ސަން ފިރާޤު ޢަލީ ނަޝީދާއެކު މުޢާމަލާތު ކުރީ ވައި މިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑު ގެ ނިންމުމެއްގެ ދަށުން ނުވަތަ އެޖެންޓެއްގެ ގޮތުގައި ކަން ސާބިތު ކޮށްދޭން ޖެހެއެވެ .
13އެހެނީ، ކުންފުންޏަކުން ކޮންޓްރެކްޓަށް ވަދެވިދާނެ ދެގޮތެއް އޮވެއެވެ . ފުރަތަމަ ގޮތަކީ، ސީދާ އެ ކުންފުނިން ކޮންޓްރެކްޓަށް ވަނުމެވެ . ދެވަނަ ގޮތަކީ، ކުންފުނީގެ ފަރާތުން އެޖެންޓެއް މެދުވެރިކޮށް ކޮންޓްރެކްޓަކަށް ވަނުމެވެ . ކުންފުނީގެ ފަރާތުން، ސީދާ ކޮންޓްރެކްޓަކަށް ވަންނަނަމަ، އެކޮންޓްރެކްޓަކަށް ވަނުމަށް ކުންފުނީގެ ބޯޑުގެ ނިންމުމެއްޢާ ންމު އުޞޫލުން އޮންނާނެއެވެ . އަދި ކުންފުނީގެ ރަސްމީ ސިއްކަ އެ ލިޔުމެއްގައި ބޭނުން ކުރެވޭނެއެވެ . ހުށަހެޅިފައިވާ މައްސަލައިގައި، ޢަލީ ނަޝީދު އާއި ވައިމިއާ ޓްރޭޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްވެސް މުޢާމަލާތެއް ކުރިކަމުގެ ލިޔުމެއް ޙަސަން ފިރާޤު ހުށަހަޅާފައެއް ނެތެވެ . އަދި ހަމައެ ހެންމެ، ޢަލީ ފިރާޤް މ މުޢާމަލާތުގައި ޙަ ރަކާތްތެރިވީ ވައި މިއާ ޓްރޭޓް ޕްރައިވެޓް ލިމިޓެޑު ގެ އެޖެންޓެއްގެ ގޮތުގައިކަންވެސް ޢަލީ ފިރާޤަށް ސާބިތުކޮށްދެވިފައެއް ނެތެވެ .
14މިޙާލަތުގައި، ޢަލީ ނަޝީދު އާއި ޙަސަން ފިރާޤުއާ ދެމެދު ކުރެވުނު މުޢާމަލާތުގެ ދަށުން މުދާ ފޮނުވީ ނުވަތަ މުދަލަށް ދައްކަންޖެހޭ ފައިސާ ދައްކާނީ ވައިމިއާ މާރޓްއިން ކަމަށް ބަޔާން ކޮށްފައި އޮތުމަކީ، ވައިމިއާ ޓްރޭޓް ޕްރައިވެޓް ލިމިޓެޑުގެ ޤާނޫނީ ޝަޚްސިއްޔަތު ބޭނުން ކޮށްގެން ޢަލީ ފިރާޤަށް މި މުޢާމަލާތުން އެއްފަރާތް ވެވޭނެ ސަބަބެއް ނޫނެވެ. މި މުޢާމަލާތުގެ ތެރެއަށް ވައިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ވައްދަންޖެހޭނަމަ، ޙަސަން ފިރާޤްއާ ވައިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކުރެވުނު މުޢާމަލާތުގެ ތަފްޞީލާއެކު ހުށަހަޅައި އެކަން ސާބިތުކޮށްދޭންޖެހޭނީ އެދިފާޢު ނެގި ޙަސަން ފިރާޤެވެ . އަދި ކުރިން 02 ފަހަރު ދެއްކި ފައިސާއަކީ ޙަސަން ފިރާޤު ދެއްކި ފައިސާ ނޫންކަމާއި އެއީ ވައިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެއްކި ފައިސާކަންވެސް ސާބިތު ކޮށްދޭން ޖެހެއެވެ .
15ކުންފުނީގެ ޤާނޫނީ ޝަޚްޞަކީ، ކުންފުނިން ކުރާ މުޢާމަލާތުތަކާ ގުޅިގެން، ކުންފުނީގެ ޙިއްޞާދާރުންނަށް ރައްކާތެރިކަން ޤާނޫނުގައި ބަޔާން ކުރާ ގޮތަށް ލިބިދިނުމަށް އެކަށައެޅިފައިވާ މަފްހޫމެކެވެ . ކުންފުންޏަކީ، ވިޔަފާރީގެ ބޭނުމަށް، ޤާނޫނީ ގޮތުން ދިރުން (life) ހުރި މީހެއް ނަމަވެސް، އަޞްލަކީ އެއީ ދިރުންނެތް ޖާމިދު (inanimate) އެއްޗެކެވެ. ޤާނޫނުގައި ބަޔާންކުރާ ދިރުން ކުންފުންޏަށް ގެނެސްދެނީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އަދި އެނޫންވެސް ޤާނޫނުގައި ބަޔާންކުރާ ކުންފުނި "ހިންގާ" މީހުންނެވެ . ކުންފުނި ހިންގުމުގައި ޤާނޫނު ޤަބޫލު ކުރާ ހަމަތަކެއް ވެއެވެ . ހަމަ ހުރެފަ، ކުންފުންޏަކަށް މުޢާމަލާތެއްގެ ތެރެއަކަށް ނުވަދެވޭނެއެވެ . މުޢާމަލާތެއްގެ ތެރެއަށް ކުންފުނި ވަންނާނީ ޤާނޫނާއި ޤަވާއިދާއި އަދި އެކުންފުންޏެއްގެ ދުސްތޫރާއި ހިންގާ ގަވާއިދާއި އަދި އެކުންފުނީން ކަނޑައަޅާފައިވާނަމަ، އެއޮންނަ އިޖުރާއަތެއްގެ މަތިން، ކުންފުނީގެ "ސިކުޑި " ކަމުގައިވާ ޑިރެކްޓަރުންގެ ބޯޑުން ނިންމާ ނިންމުންތަކެއްގެ މައްޗަށް ބިނާކޮށެވެ . ވީމާ، ވައިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑުގައި ޙަސަން ފިރާޤުގެ %5 ޙިއްޞާ އޮތުމަކީ، އަދި ވައިމިއާ ޓްރޭޓް ޕްރައިވެޓް ލިމިޓެޑުގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ވައިމިއާ މާރޓަށް ބިލްކު ރ ގޮތަށް ޙަސަން ފިރާޤު ކުރާ މުޢާމަލާތްތަކަކީ ވައިމިއާ ޓްރޭޓް ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ޝަޚްޞިއްޔަތުގެ ނިވަލަށް ވަދެވޭނެ ސަބަބެއް ނޫނެވެ . އެ ރައްކާތެރިކަން ޙަސަން ފިރާޤަށް ލިބިދެވެން ޖެހޭނީ، ކުރިން ބަޔާންކުރިހެން، ޙަސަން ފިރާޤް، ޢަލީ ނަޝީދާއެކު މުޢާމަލާ ތުކުރީ ވައިމިއާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންކަން ޙަސަން ފިރާޤަ ށ ސާބިތު ކޮށްދެވިގެންނެވެ . DX::I :I D.; .; SOJr..>r SO--:'~,..::.... 2020/HC-A/ 184 ~ "' I 4 0 :1 ~ :10/ ~ ' .r'.?~ Y.J0,/1~~ "' ,, ~ >., u.c.t:~,...oc.::~,., o,.:~o ~ ;~o o>t? ~ .., ~ 0 , ./"./" .s ~~ ~ ./e./"./"./" .S./_r Q/1 ./'.?.?./"./" .J> A ..J .?./"./" ./" f!! Y A '.A .s ./'.A,_;..; .s 2902/Cv-C/ 20 19 ~ ~ .... "' "' "' 0:1/0 /O; ./".JO ./'.A ....?,;, .A .? ./'.?"""""' y .JO./" A"""'""'"" t»~ "' "' ' ' ox 0 , , , .; ,; ,; •.1' .?..J ./' Y .? Y ./. ' A .J-A t../" Y ~ :JO:J:J .;.; ~0 .; ~V,?V.,;; .A_?• ..I".A,_:-:J .? * ~ ~ ~ > ,, ,~ ,; ""A~~ ~,/1 t../".,J "' "' 33 1647 1 www -hi ghco u rt-gov- mv :; -;: :....- :; info@hi ghco ur t·gov -m v :J-;: i>-:
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާއި (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 142 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓު 2016/SC-A/18 (މި މައްސަލައަށް ތަޠްބީޤު ނުކުރެވޭކަމަށް ކަނޑައެޅި)
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- މުޙައްމަދު ނިޔާޒު