ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/142
ޢަލީ މޫސާ ވ. މުޙައްމަދު ފާރޫޤު، 2016/HC-A/142
Ali Moosa v. Mohamed Faarooqu 2016/HC-A/142 (2016/HC-A/142, High Court of the Maldives, 21 November 2018)
ޢަލީ މޫސާ ވ. މުޙައްމަދު ފާރޫޤު
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ދަޢުވާ ލިބޭ ފަރާތުގެ އިޢުތިރާފުން ދިވެހިން ލިޔެފައިވާ 8 ޗެކުގެ 306,350 ރުފިޔާ ދައްކަންޖެހޭކަން ޘާބިތުވާކަމަށާއި، އިތުރު ތަސަލްސުލް ޤަރީނާ ނެތުމުން ބާކީ 25 ޗެކުގެ ފައިސާ ނަގައިދެވެން ނެތްކަމަށް ޙުކުމްކުރި.
ވިޔަފާރި ހިންގުމަށް ފައިސާ ބޭނުންވާ ކަމަށް ބުނެ ޗެކުތައް ދީ އެކި ފަހަރު މަތިން ނެގި 1,653,265 ރުފިޔާ ދައްކާތީ، ދީފައިވާ 33 ޗެކު ބައުންސްވުމުން، ފައިސާ ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރެވުނެވެ. ދަޢުވާ ލިބޭ ފަރާތުން ބުނީ ދިވެހިން ލިޔެފައިވާ ޗެކުތައް ފިޔަވައި އެހެން ޗެކުތަކަކީ ގެއްލިފައިވާ ޗެކުތައް ކަމަށެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 އަދި 2 ވަނަ ނަންބަރުގައިވާ ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރެވިފައި ނުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ބައުންސްވި 33 ޗެކުގެ ފައިސާ ހޯދުމުގެ ދަޢުވާގައި 8 ޗެކުގެ ފައިސާ ދައްކަން ސިވިލް ކޯޓުން ކުރި ޙުކުމް ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފުވޭތޯ، އަދި ހަމަ އެ ޙުކުމާ ގުޅިގެން ހައިކޯޓުގެ އެހެން ޤަޟިއްޔާއެއްގައި ނިންމުމަށްފަހު މި އިސްތިއުނާފުގައި އިތުރު ގޮތެއް ކަނޑައެޅެން އޮތްތޯ.
ނިންމި ގޮތް
އިތުރު ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް (ހައިކޯޓުގެ 2016/HC-A/130 ގައި ފުރިހަމަ ދަޢުވާ ޘާބިތުކޮށް ނިންމާފައިވާތީ)
ޤާނޫނީ ޝަކުލިއްޔާތު ފުރިހަމަވާ 33 ޗެކަކީ 1,653,265 ރުފިޔާ ދައްކަންޖެހޭކަން ދަލާލާތުކޮށްދޭ ހަރުދަނާ ހެއްކެއްކަމަށް ބަލައި، މުޅި ފައިސާ ދެއްކުމަށް 2016/HC-A/130 ގައި ހައިކޯޓުން ޙުކުމްކޮށްފައިވާތީ، މި ޤަޟިއްޔާގައި އިތުރު ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް.
ކަނޑައެޅުނު އުޞޫލު
- ހަމަ އެ ދަށު ކޯޓުގެ ޙުކުމް އިސްތިއުނާފުކޮށް ހުށަހެޅުނު ހައިކޯޓުގެ އެހެން ޤަޟިއްޔާއެއްގައި (2016/HC-A/130)، ދަޢުވާކުރި ފަރާތް ހޯދުމަށް އެދުނު ހުރިހާ ފައިސާއެއް ލިބިދިނުމަށް ޙުކުމްކޮށްފައިވާތީ، ދަޢުވާ ލިބޭ ފަރާތުން ކުރި އިސްތިއުނާފުގައި އިތުރު ގޮތެއް ކަނޑައަޅާނެ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 އަދި 2 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔެކިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ އާއި 29 ވަނަ މާއްދާގެ (ހ)
- 2016/HC-A/130
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ރިޔާސަތު
- ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް