ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/188
އަޙްމަދު ސިޔާމް މުޙައްމަދު ވ. މުޙައްމަދު ޒާހިރު، 2024/HC-A/188
Ahmed Siyam Mohamed v. Mohamed Zahir 2024/HC-A/188 (2024/HC-A/188, High Court of the Maldives, 5 November 2024)
އަޙްމަދު ސިޔާމް މުޙައްމަދު ވ. މުޙައްމަދު ޒާހިރު
މައިގަނޑު ސުވާލު
ދެ ހިއްސާދާރުންގެ ކުންފުންޏެއްގެ އެއް ހިއްސާދާރާއި ޑިރެކްޓަރު ނިޔާވުމުން ހިންގާ ގަވާއިދުގައި ލާޒިމްކުރާ 2 ޑިރެކްޓަރުން ހަމަނުވާ ހާލަތުގައި، ކުންފުނީގެ ޤާނޫނުގެ (7/2023) 127 ވަނަ މާއްދާގެ ދަށުން ކޯޓުން ޑިރެކްޓަރަކު އައްޔަންކުރެވޭތޯ؛ އަދި ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާ 243 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާޠިލުވެފައިވާ ކަމަށް ސިވިލް ކޯޓުން އަމިއްލައަށް ކަނޑައެޅުން ރަނގަޅުތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު؛ ކޯޓުން ޑިރެކްޓަރަކު ވަގުތީގޮތުން އައްޔަންކުރި
ކަނޑައެޅުނު އުޞޫލުތައް
- ކޮންމެ ޤާނޫނެއް ކިޔަންވާނީ އެއް ރޮއްޖަކުން އެކަތި ގަނޑެއްގެ ގޮތުގައި، މުޅި ޤާނޫނުގެ ސިޔާސަތާއި މަޤްޞަދުގެ ފުޅާ އިމުގެ ތެރޭގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ކުންފުނީގެ ޤާނޫނުގެ 113 ވަނަ މާއްދާގެ (ހ) ގައި ޕްރައިވެޓް ކުންފުންޏެއްގައި "މަދުވެގެން" 1 ޑިރެކްޓަރަކު ހުންނަންވާނެ ކަމަށް ބުނަނީ ލާޒިމީ އެންމެ ކުޑަ އަދަދެވެ؛ އެއަށްވުރެ ގިނަ ޑިރެކްޓަރުން ތިބުން އެ މާއްދާއިން މަނާނުކުރާތީ، ޤާނޫނު ނަންބަރު 10/96 ގެ ދަށުން އުފެދި 2 ޑިރެކްޓަރުން ތިބުން ލާޒިމްކުރާ ހިންގާ ގަވާއިދުގެ މާއްދާއަކީ 243 ވަނަ މާއްދާގެ (ށ) ގެ ދަށުން ޤާނޫނާ ޚިލާފުވެގެން ބާޠިލުވާ މާއްދާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21، 26-27)
- ކުންފުންޏެއްގެ ހިންގާ ގަވާއިދުގެ މާއްދާއެއް ބާޠިލުކުރުމަށް ކޯޓަށް ހުށަހަޅަންވާނީ ކުންފުނީގެ ޤާނޫނުގެ 61 ވަނަ މާއްދާގެ ދަށުންނެވެ؛ އެފަދަ އަމުރެއް ނެރެވޭނީ 63 ވަނަ މާއްދާގެ ދަށުންނެވެ. ހިންގާ ގަވާއިދަށް ބަދަލު ގެނެވޭނީ މެންބަރުންގެ ޚާއްޞަ ޤަރާރަކުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 28)
- ޝަރީޢަތަށް ހުށަހެޅޭ ޚުޞޫމާތެއްގައި ކޯޓުން ދެވޭ ފަރުވާއަކީ ޚަސްމަކު އެދި ހުށަހަޅާފައިވާ ފަރުވާއަކަށް ވާންޖެހެއެވެ (މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާ، 2010/HC-A/47)؛ އެއްވެސް ޚަސްމަކު ނާއްދާ ކަމެއް (ހިންގާ ގަވާއިދުގެ މާއްދާއެއް ބާޠިލުކުރުން) ކޯޓުން އަމިއްލަ އިސްނެގުމުން ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިފައިވާ ތަޤްދީރީ ބާރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29)
- ހިއްސާދާރުންގެ އެއްބަސްވުމުގައި ކުންފުނީގެ ދުސްތޫރީ ލިޔުންތައް އެ އެއްބަސްވުމާ ޚިލާފުނުވާނެ ގޮތަށް ހުންނަންވާނެ ކަމަށާއި ފުށުއަރާނަމަ އެއްބަސްވުން އިސްވާނެ ކަމަށް ބުނާނަމަ، ދެބަސްވުމެއް ނެތް އެ އެއްބަސްވުމުގެ ދަށުން އަނެއް ހިއްސާދާރުގެ ވާރިސުންނަށް ލިބިގެންވާ ޑިރެކްޓަރަކު ތަމްސީލުކުރުމުގެ ޙައްޤު ނަފީވާގޮތަށް ދެވަނަ ޑިރެކްޓަރުގެ މަޤާމު ނެތް މަޤާމަކަށް ހެދުމުގެ ބާރެއް ކޯޓަކަށް ނުލިބެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-34)
- ކުންފުނީގެ ޑިރެކްޓަރުން ޒިންމާ އަދާކުރަންޖެހެނީ ކުންފުންޏަށެވެ؛ ވަކި ހިއްސާދާރަކަށް ނުވަތަ ހިއްސާދާރަކަށް ވުމުގެ އިޙްތިމާލު އޮތް ފަރާތަކަށް ނޫނެވެ (ކުންފުނީގެ ޤާނޫނުގެ 130 ވަނަ މާއްދާ). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36-37)
- ހިންގާ ގަވާއިދުގައި ލާޒިމްކުރާ ޑިރެކްޓަރުންގެ އަދަދު ޤާނޫނުން ބާޠިލު ނުވާއިރު، އެ އަދަދަށް ޑިރެކްޓަރުން ނެތި ދުސްތޫރާއި ޤާނޫނާ އެއްގޮތަށް އައްޔަން ނުކުރެވޭ ހާލަތަކީ ކުންފުނީގެ ޤާނޫނުގެ 127 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން ޑިރެކްޓަރަކު އައްޔަންކޮށްދިނުމަށް އެދެވޭނެ ހާލަތެކެވެ؛ ކުންފުނީގެ މަޞްލަޙަތު ހިމާޔަތްކުރުމަށް ކޯޓުން ޑިރެކްޓަރަކު ވަގުތީގޮތުން އައްޔަންކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 39-41)
- ގިނަ ފަރާތްތަކެއްގެ މަޞްލަޙަތު ހިމެނޭ މުދަލަކާ ގުޅޭ ކަމެއްގައި، އެންމެހާ ފަރާތްތަކަށް މަޢުލޫމާތު ދީ ބަސްބުނުމުގެ ފުރުޞަތު ދީގެން ގިނަ ފަރާތްތަކެއް ރުހޭ ގޮތަކަށް ކަންކުރުމުގެ އުޞޫލު (2019/HC-A/25) ގެ ދަށުން، ވާރިސުންގެ ދަފްޢު އުފުލި ފަރާތްތަކުގެ ގިނަ ބަޔަކު ހުށަހަޅާ ފަރާތެއް ތަރިކައިގެ މައްސަލަ ނިމެންދެން ޑިރެކްޓަރުކަމަށް ވަގުތީގޮތުން އައްޔަންކުރުމަކީ އަދުލުވެރި ގޮތެވެ؛ އެ ފަރާތަކީ އެންމެހާ ވާރިސުންގެ ޙައްޤު ރައްކާތެރިކޮށް، އެމީހުންނަށް ކަންކަން އެނގޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ފަރާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44-46)
1ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު 0058/2005-C) އަކީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ލިމިޓެޑް ލައަބިލިޓީ ކުންފުންޏެކެވެ. ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީކުރެވިފައިވަނީ 01 ފެބުރުވަރީ 2005 ގައިކަން އެތާރީހުގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީސް ދޫކޮށްފައިވާ ކުންފުނީގެ ރަޖިސްޓްރީއަށް ނަޒަރުކުރުމުން ސާފުވެއެވެ.
2ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކުރެވިފައިވަނީ އަލްމަރްޙޫމް ޒާހިރު އާދަމް (ދަފްތަރު ނަންބަރު ރސ 1578) (ދ.ރ.އ.ކ. ނަންބަރު ) އަދި އަޙްމަދު ސިޔާމް މުޙައްމަދު ([…] ) (ދ.ރ.އ.ކ. ނަންބަރު ) ކަން އެކުންފުނީގެ ދުސްތޫރީ ލިޔުންތަކުން ސާފުވެއެވެ. ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް އިން ދޫކޮށްފައިވާ 2،000 (ދެހާސް) ހިއްސާ ބެހިފައިވަނީ ހަމަހަމަ ނިސްބަތުންނެވެ. އެގޮތުން، އަލްމަރުހޫމް ޒާހިރު އާދަމްގެ ނަމުގައި 1،000 (އެއްހާސް) ހިއްސާ ރަޖިސްޓްރީކުރެވިފައިވެއެވެ. އަދި އަޙްމަދު ސިޔާމް މުޙައްމަދުގެ ނަމުގައި 1،000 (އެއްހާސް) ހިއްސާ ރަޖިސްޓްރީކުރެވިފައިވެއެވެ.
3ހޮޓެލް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންގެ ހައިސިއްޔަތުން އަޙްމަދު ސިޔާމް މުޙައްމަދު އާއި އަލްމަރްޙޫމް ޒާހިރު އާދަމް އާދެމެދު 12 މޭ 2005 ގައި ސޮއިކޮށްފައިވާ "ހިއްސާދާރުންގެ އެއްބަސްވުން" ގައި އެ ކުންފުނި ހިންގުމުގައި ޢަމަލު ކުރާނޭ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅާފައިވެއެވެ. އެގޮތުން، ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ކޮންމެ %50 (ފަންސާސް އިންސައްތަ) ހިއްސާއެއް ތަމްސީލުކުރުމަށް 01 (އެކެއް) ޑިރެކްޓަރު ހުންނަންވާނޭކަމާއި، ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ގެ ހިއްސާދާރުންގެ ގޮތުގައި އަލްމަރުހޫމް ޒާހިރު އާދަމް އަދި އަޙްމަދު ސިޔާމް މުޙައްމަދު ތިބިހާ ހިނދަކު، ޑިރެކްޓަރުންގެ ގޮތުގައި ތިބޭނީވެސް އަލް މަރުހޫމް ޒާހިރު އާދަމް އަދި އަޙްމަދު ސިޔާމް މުޙައްމަދު ކަމުގައި އެއްބަސްވެފައިވެއެވެ.
4އިސްވެ ބަޔާންކުރެވުނު "ޙިއްސާދާރުންގެ އެއްބަސްވުން" އާއި އެއްގޮތަށް ޢަމަލުކުރަމުން ދަނިކޮށް 17 މޭ 2021 ގައި ޒާހިރު އާދަމް ނިޔާވުމުން، ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގައިވާ އަލްމަރުޙޫމް ޒާހިރު އާދަމްގެ ޙިއްސާ، އެމަރުޙޫމުގެ ތަރިކައަށް ބަދަލުވިއެވެ. އަދި ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އަލްމަރުހޫމް ޒާހިރު އާދަމް ފުރަމުންދިޔަ މަގާމު ހުސްވިއެވެ. ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑގް ދުސްތޫރީ ލިޔުންތަކާއި ހިއްސާދާރުންގް އެއްބަސްވުން ނިޔާކުރާގޮތުން، އަބަދުވެސް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި 02 (ދއް) މެންބަރުން ތިބުނޭ ލާޒިމެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޤާނޫނީ އަދަދުކަމުގައިވާ، 02 (ދޭއް) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ހަމަކުރުން މުސްތަހީލުވެގެންދިޔައެވެ.
5ޙިއްސާދާރުންގެ އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އެއްބަސްވުމަށް އިޙްތިރާމްކޮށް އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އަލްމަރުހޫމް ޒާހިރު އާދަމްގެ ވާރިސުންނަށް އަންގައި ދިނުމަށް އެދި އަޙްމަދު ސިޔާމްގެ ފަރާތުން މައްސަލަ ހުށަހަޅައި، އެ މައްސަލައިގެ ތެރެއިން ކޯޓު އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅިއެވެ.
6އެގޮތުން އަޙްމަދު ސިޔާމްގެ ފަރާތުން ނެރެދިނުމަށް އެދި ހުށަހެޅީ، އަލްމަރުޙޫމް ޒާހިރު އާދަމްގެ ވާރިސުން ސާބިތުކޮށް، ހޮޓެލްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގައި އޮންނަ އެ މަރުހޫމުގެ ހިއްސާއާމެދު އެ މަރުހޫމުގެ ތަރިކައިގެ މައްސަލައިގެ ތެރެއިން ގޮތެއް ކަނޑައެޅެންދެން ކުންފުނީގެ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ)ގެ ދަށުން ހޮޓެލް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްއަށް ޑިރެކްޓަރަކު އައްޔަންކުރުމަށް ކޯޓުން ކުރާ އަމުރަކަށެވެ.
7ނަމަވެސް ސިވިލް ކޯޓުން ނިންމީ، އަލްމަރުޙޫމ ޒާހިރު އާދަމްގެ ވާރިސުން ސާބިތުކޮށް، ހޮޓެލް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ގައް އޮންނަ އެމަރުހޫމުގެ ހިއްސާއާމެދު އެމަރުހޫމުގ ތަރިކައިގެ މައްސަލައިގެ ތެރެއިން ގޮތެއް ނިމެންދެން، ކުންފުނީގެ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ)ގެ ދަށުން ޑިރެކްޓަރެއްގެ ގޮތުގައި މުޙައްމަދު ޒާހިރު އައްޔަންކުރާނެ ތަނެއްނެތްކަމަށް އެކޯޓުގެ ނަންބަރު B11/CA/2024/154-144 "ކޯޓު އަމުރާމެދު ނިންމިގޮތް" އިން ނިންމިއެވެ. ސިވިލް ކޯޓުގެ ނިންމުން ބިނާކުރި ސަބަބުތައް:
8އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ސިވިލް ކޯޓުން ވަކި އަޑުއެހުމެއް ބާއްވާފައިނުވާކަން ރިޕޯޓުގެ 23 ވަނަ ނަންބަރަށް ބެލުމުން އެނގެއެވެ. އަދި ކޯޓު އަމުރު ނެރެދެވެން ނެތްކަމަށް ނިންމާފައިވާ ނިންމުން ބިނާކޮށްފައިވާ ސަބަބުތަކަށް ބަލާއިރު މައިގަނޑު ކަންތައްތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ؛
1.8- ކުންފުނީގެ ޑިރެކްޓަރުން އައްޔަންކޮށް ނުވަތަ އިންތިޚާބުކުރާނީ ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެންބަރުންގެ ނިންމުމަކުން ކަމަށް ކުންފުނީގެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، މި މާއްދާގެ (ނ) ގައި، އެގޮތުން ޑިރެކްޓަރުން އައްޔަންކުރާނީ ކުންފުނީގެ މެންބަރުންގެ ޖަލްސާއަކުން ނުވަތަ މެންބަރުންގެ ޚާއްސަ ގަރާރަކުންކަމަށް ބަޔާންކޮށްފައި އޮތުމުން، ކުންފުނީގެ ޤާނޫނުގެ 127 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓު މެދުވެރިކޮށް ކުންފުނީގެ ޑިރެކްޓަރަކު އައްޔަންކޮށްދިނުމަށް އެދި ކޓަށޯ ހުށަހެޅިދާނެކަމަށް ބުނެފައިވާ ބުނުމާމެދ ޤާނޫނު މާނަކުރާ ގޮތް ބަލަންޖެހޭ ކަމާއި، ކޯޓު މެދުވެރިކޮށް ކުންފުނީގެ ޑިރެކްޓަރުން އައްޔަންކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެކަމަށް ހުއްދަކުރަނީ އެ ޤާނޫނުގެ 113 ވަނަ މާއްދާގައި ބުނާފަދައިން ކުންފުނީގެ އެއްވެސް ޑިރެކްޓަރެއް ނުހުންނަ ޙާލަތުގައިކަން.
2.8- ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 243 ވަނަ މާއްދާގެ (ށ) ހޮޓެލް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑގް ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާގެ މައްޗަށް ތަޠުބީޤުކުރާއިރު، މިހާރު ހޮޓެލް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާ ވުޖޫދުގައި ނެތުން.
3.8- ކުންފުނީގެ ދުސްތޫރަށ ބަދަލް ގެނައުމަށް ކުންފުނީގެ ޤާނޫނުގެ އަދި ކުންފުނީގެ ދުސްތޫރުގައި ބަޔާންކުރާ އުޞޫލުތަކުގެ ތެރެއިން ބަދަލެއް ގެނެވެން ނެތްނަމަ، ކުންފުނީގެ ދުސްތޫރަށް ބަދަލެއް ގެނައުމަށް އެދި، ކުންފުނީގެ މެންބަރަކަށް ނުވަތަ ޑިރެކްޓަރަކަށް ކޯޓަށް ހުށަހެޅޭކަމާއި، އެފަދައިން ހުށަހަޅާ ހުށަހެޅުމެއްގައި، ކުންފުނީގެ ދުސްތޫރަށ ބަދަލް ގެނައުމުގެ އަމުރެއް ކޯޓުން ފެންނަ ގޮތަކަށް ނުވަތަ ފެންނަ ޝަރުޠުތަކެއްގެ މަތިން ނެރެވިދާނެކަމަށާއި ނަމަވެސް މި މައްސަލައިގައި ކުންފުނީގެ ޤާނޫނުގެ 113 ވަނަ މާއްދާ މި ޙާލަތަށް ތަޠުބީގު ނުކުރެވުން.
4.8- ކޯޓު އަމުރަކަށް ދަޢުވާކުރާ ފަރާތުން އެދެނީ ކުންފުނީގެ އެއް ހިއްސާދާރު ނިޔާވި ފަހުން އަހަރީ އާންމު ޖަލްސާ ބޭއްވުމަށާއި ޑިރެކްޓަރުންގެ ބޯޑުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި ދަތިވާކަމަށް ބުނެކަމަށާއި، ނަމަވެސް ދަޢުވާކުރާ ފަރާތުން ނިންމަން ބޭނުންވެ ނިމފައިނުވާ މުހިންމި ނިންމުމެއް އޮތްކަން ސާބިތުކުރުމަށްޓަކައި އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމާއި، އެންމެ ޑިރެކްޓަރަކު ހުރެގެންވެސް ކުންފުނީގެ ހިންގުމަށް ބުރޫ ނާރާނެކަން ކުންފުނީގެ ޤާނޫނުގެ 113 ވަނަ މާއްދާ އިން އެނގޭކަން. މިކަންކަމެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު މައްސަލަ އަދި އިތުރު އިސްތިއުނާފުގެ މައްސަލަ
9ސިވިލްކޯޓުގެ މި ނިންމުން އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުނު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބަލަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/188 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާ ރައްދުވަނީ ކ. މާލެ، މުޙައްމަދު ޒާހިރުއަށާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް (ދައުލަތް) އަށެވެ.
10އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ޤަޟިއްޔާގެ ތެރެއިން މުޙައްމަދު ޒާހިރުގެ ފަރާތުން އިތުރު އިސްތިއުނާފެއް ހުށަހެޅިއެވެ. އެ އިތުރު އިސްތިއުނާފު ބަލަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/196 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ […] / އަޙްމަދު ސިޔާމް މުޙައްމަދު އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް (ދައުލަތް) އެވެ.
11ސިވިލް ކޯޓުގެ ނަންބަރު B11/CA/2024/154-144 ނިންމުން، އަޙްމަދު ސިޔާމް މުޙައްމަދު އަދި މުޙައްމަދު ޒާހިރުގެ ފަރާތުންވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް (ދައުލަތް) ހިމަނާފައިވާތީ އެކަމާ ގުޅިގެން ދައުލަތުން އިއުތިރާޒުކުރިއެވެ. ދައުލަތުން ނެގި މި އިއުތިރާޒާއި ގުޅިގެން 31 އޮކްޓޫބަރު 2024 ދުވަހު ނިންމި "އިޖުރާއީ ނިންމުން" އިން މި މައްސަލައިގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް (ދައުލަތް) އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި ނުހިމެނުމަށް ނިންމާފައެވެ. އިސްތިއުނާފީ ނުކުތާތައް 2024/HC-A/188 ޤަޟިއްޔާގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކާއި ތަފްޞީލުގައި ދެއްކި ވާހަކަ
12އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާއި އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލުގައި ދެއްކި ވާހަކަތައް ތިރީގައި އެވަނީއެވެ.
1.12- ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2023) ގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޯޓު މެދުވެރިކޮށް ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (ރެޖިސްޓްރީ ނަންބަރު 0058/2005-C) އަށް ޑިރެކްޓަރަކު އައްޔަންކޮށްދެވެނ ނެތްކަމަށް އިސްތިއުނާފުކުރެވޭ ނިންމުމުގައި ކަނޑައަޅާފައިވަނީ ކުންފުނީގެ ޤާނޫނުގެ 127 ވަނަ މާއްދާއާއި. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު މިނިސްޓްރީ އޮފް ޓޫރިޒަމް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ޤާނޫނު މާނަކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނާ ނުކުތާ؛
1.1.12- މި ނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ، ކުންފުނީގެ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކޯޓު މެދުވެރިކޮށް ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރަކު އައްޔަން ކުރުމަށް މައިގަނޑު ދެ ޝަރުޠެއް ފުރިހަމަވާންޖެހޭކަމަށް އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމާއި، އެއީ (1) ކުންފުނީގެ 113 ވަނަ މާއްދާގައި ބުނާ އަދަދަށް ކުންފުނީގެ ޑިރެކްޓަރުން ނެތުން، އަދި (2) ކުންފުނީގެ ޤާނޫނާއި، އެ ކުންފުންޏެއްގެ ދުސްތޫރާ އެއްގޮތަށް ޑިރެކްޓަރުން އައްޔަންކުރެވެން ނެތުން މިއީ ކަމާއި، މި ޝަރުތު ފުރިހަމަ ނުވާނަމަ، ކުންފުނީގެ ބޯޑަށް ޑިރެކްޓަރަކު އައްޔަނު ކޮށްދިނުމަށް އެދި ކުންފުނީގެ ހިއްސާދާރަކަށް ނުވަތަ ޑިރެކޓަރަކަށްވެސް ކޯޓަށް މައްސަލަ ހުށަހެޅިދާނެކަމަށް ކުންފުނީގެ ޤާނޫނުގައި ބަޔާންކުރާ ކަމަށެވެ.
2.1.12- ކުންފުނީގެ ޤާނޫނުގެ 113 ވަނަ މާއްދާ ލިޔެފައިވާ ގޮތުން، 01 ޖަނަވަރީ 2024 ގައި ވުޖޫދުވި ކުންފުނީގެ ޤާނޫނުގެ ކުރިން އުފައްދާފައި ހުރި ކުންފުނިތަކަށް ދިމާވާ މި ބާވަތުގެ މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމަށް ދޭހަވެދާނެކަމާއި، ސަބަބަކީ ކުންފުނީގެ ޤާނޫނުގެ 113 ވަނަ މާއްދާގައި ބުނާ އަދަދަށް ޑިރެކްޓަރުން ނެތް ނަމަ، ޕްރައިވެޓް ކުންފުންޏަކުން މި ބާވަތުގެ އަމުރަކަށް އެދި ކޯޓަށް ހުށަހަޅާއިރު އެ ކުންފުނީގައި އެއްވެސް ޑިރެކްޓަރަކު ނުހުންނާނެ ކަމަށެވެ. ނަމަވެސް ކުންފުނީގެ ޤާނޫނު ވުޖޫދު ވުމުގެ ކުރިން އަމަލުކުރި ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައި ހުރި ކުންފުނިތަކަށްވެސް މި ޙާލަތު ޤިޔާސް ކުރެވެންވާނެކަމަށެވެ.
3.1.12- ސިވިލް ކޯޓުގެ ނިންމުމުގައި ސުޕްރީމް ކޯޓުގެ އަތަމާ މެރިން ޤަޟިއްޔާއަށް ޙަވާލާދީފައިވީނަމަވެސް، އެ ނިންމުމަށް ވާސިލްވުމުގައި އެ ޤަޟިއްޔާގައި ބުނާ އުސޫލު ޤާނޫނުގެ ވަށައިގެންވާ ސިޔާސަތާއި، މަޤުސަދުގެ ފުޅާ އިމުގެ ތެރޭގައި އެ މާނަކުރުން ނެރެފައިވާ ގޮތެއް ބުނެދެވިފައނުވާކަމަށެވެ.
4.1.12- ކޮންމެ ކުންފުންޏަކީވެސް ނުހުއްޓި ހިނގަހިނގައި ހުންނަ ކުންފުނިތަކެއްކަން ކަށަވަރު ކުރުމަކީ ކުންފުނީގެ ޤާނޫނުން ކަނޑައަޅާފައިވާ އާންމު ސިޔާސަތެއްކަމާއި، ވަކި ޙާލަތްތަކެއްގައި ކުންފުންޏަކީ ހަރަކާތްތެރިނުވާ ކުންފުނިތަކެއް ކަމަށް ކަނޑައެޅުމުގެ ބާރު ކުންފުނީގެ ޤނޫނުގާ 208 ވަނަ މާއްދާއިން ރެޖިސްޓްރާރ އަށް ލިބިދީފައިވުމާއި، އެފަދަ ކުންފުނިތައް އުވާލުމުގެ ބާރުވެސް ރެޖިސްޓްރާރއަށް ލިބިދީފައިވުމުންވެސް ކުންފުނީގެ ޤާނޫނު ތަސައްވަރުކުރާ އާންމު ސިޔާސަތަކީ ކުންފުނި ހިނގަހިނގައި އޮތުންކަން އެނގޭކަމަށެވެ.
5.1.12- ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑުގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާއަކީ ކުންފުނީގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގެ ދަށުން މިހާރު ބާޠިލް މާއްދާއެއްކަމަށް އިސްތިއުނާފު ކުރެވޭ ނިންމުމުގައި ކަނޑައަޅާފައިވަނީ ކުންފުނީގެ ޤާނޫނުގެ 243 ވަނަ މާއްދާއާ ޚިލާފަށް، އަދި ކޯޓަށް ހުށަހެޅުނު ހެކިތަކުން ނުރަނގަޅު ދޭހައެއް ނެރެގެން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6.1.12- މި ނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ، ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑަށް ޑިރެކްޓަރަކު އައްޔަންކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ސިވިލް ކޯޓުން ނިންމި ނިންމުމަކީ އިސްތިއުނާފު ކުރާ ފަރާތުން ނުވެސް އެދޭ ކަމަކަށް ބ ނާކޮށްގެނ ނިންމް ނިންމުމެއް ކަމަށާއި، އެ ނިންމުމުގައި ބުނެފައިވަނީ ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާއަކީ ބާޠިލް މާއްދާއެއްކަމަށެވެ. ނަމަވެސް މިއީ ކޯޓި އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމުގައި އިސްތިއުނާފު ކުރާ ފަރާތާ ން އެދިފައިވާ ކަމެއު ނޫން ކަމަށެވެ.
7.1.12- ކުންފުނީގެ ޤާނޫނުގެ 113 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި، ހުރިހާ ވަގުތަކުވެސް މަދުވެގެން 01 ޑިރެކްޓަރަކު ހުންނަންވާނެކަމަށެވެ. އެހެންކަމުން އެއަށްވުރެ ގިނަ އަދަދަކަށް ޑިރެކްޓަރުން ތިބުމަށް އެ މާއްދާ ހުރަސް ނާޅާ ކަމަށާއި، ކުންފުނީގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގައި ބުނަނީ ކުންފުންޏެއްގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއެއް، ކުންފުނީގެ ޤާނޫނާ ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ޚިލާފުވާނަމަ، ހިންގާ ގަވާއިދުގެ އެ މާއްދާއެއް އެ ނިސްބަތަށް ބޠާލްވާނެކަމަށެވެ. ކުންފުނީގެ ޤާނޫނުގެ 113 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެ މާއްދާގައި ލާޒިމްކޮށްފައިވާ ކަމަކާއި، ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާ ޚިލާފު ނޫންކަން އެނގޭކަމަށެވެ.
8.1.12- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުލްރަޙްމާން ޤަޟިއްޔާގައި ވަކި ޙާލަތެއް މެދުވެރިވެފައިވާނަމަ ދަށު ކޯޓަށް ހުށަހެޅުނު ހެކި އަލުން ވަޒަންކުރުމުގެ ބާރު އިސްތިއުނާފީ ކޯޓަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމާއި، އެ ޤަޟިއްޔާގައި ބުނާ ޙާލަތްތައް މި މައްސަލައަށް ތަތުބީޤުކުރެވޭނެ ކަމަށް ދެކޭކަމަށެވެ.
13އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން އެދޭ ގޮތް ކަމަށް ބަޔާންކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު B11/CA/2024/154-144 "ކޯޓު އަމުރާމެދު ނިންމު ގޮތް" ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި، 11 ޖުލައި 2024 ގައި އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން ކޯޓު އަމުރަށް އެދޭ ފޯމަކުން ސިވިލް ކޯޓުގައި އެދިފައިވާގޮތަށް ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2023)ގެ 127 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްގެ ގޮތުގައި […] މުޙައްމަދު ޒހާ ރ އައްޔަނުކުރުމަށް އެ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން އަމުރެއް ނެރެދިނުމަށެވެ.
14އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް މުޙައްމަދު ޒާހިރުގެ ފަރާތުން އިންކާރުކޮށްފައިނުވެއެވެ. އަދި އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައު ބަޔާންކުރަނީ މުޙައްމަދު ޒާހިރުގެ ފަރާތުން 15 ޖުލައި 2024 ގައި ސިވިލް ކޯޓަށް ހުށަހެޅި ބަޔާނުގައިވެސް ފާހަގަކޮށްފައިވާ ކަންކަން ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑް ގެ ހިންގާ ގަވާއިދުގައި ބަޔާންކުރާ ފަދައިން، ކޮންމެ ހިނދެއްގައިވެސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި 02 (ދޭއް) މެންބަރުން ތިބުން ލާޒިމުކުރާހިނދު، އެއަދަދަށް މިހިނދުގައި ޑިރެކްޓަރުން ނެތަތީ، މިހާލަތުގައި ކުންފުނީގެ ހިންގުން މަރުތަޅު އެޅުވި ހުއްޓިފައިވާކަމާމެދު ދެބަސްވުމެއް ނެތްކަމަށް ފާހަގަކުރިއެވެ. އަދި އަޙްމަދު ސިޔާމް މުޙައްމަދު ގެ ފަރާތުން 10 ޖުލައި 2024 ގައި ސިވިލް ކޯޓަށް ހުށަހެޅި ހުށަހެޅުމަކީ ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ މަސްލަހަތުގައި ހުށަހަޅާފައިވާ ހުށަހެޅުމެއްކަމަށް ގަބޫލުކުރެވޭ ކަމަށާއި، އަލްމަރުހޫމް ޒާހިރު އާދަމްގެ ވާރިސުންގެ ގޮތުގައި ކަނޑައެޅިގެންދ އެންމެހާ ފަރާތްތަކުގެ މަސްލަހަތުގައި އަދި ތަދާރުކު ނުކުރެވޭ ގެއްލުމަކުން ސަލާމަތްކުރުމުގެ ބޭނުމަށްވެސް، އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް އަމުރެއް ނެރެދޭންޖެހޭކަމަށް ސިވިލް ކޯޓަށް ލިޔުމުން ހުށަހަޅާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. މުޙައްމަދު ޒާހިރުގެ ފަރާތުން އެދިފައިވަނީ އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން އެދިފައިވާ ފަދައިން، ނުވަތަ އިތުރު އިސްތިއުނާފްގައި މުޙައްމަދު ޒާހިރު އެދިފައިވާ ފަދައިން އަމުރެއް ނެރެދިނުމަށެވެ. 2024/HC-A/196 ޤަޟިއްޔާގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކާއި ތަފްޞީލުގައި ދެއްކި ވާހަކަ
15މުޙައްމަދު ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާއި އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލުގައި ދެއްކި ވާހަކަތައް ތިރީގައި އެވަނީއެވެ.
1.15- ޤާނޫނު ނަންބަރު 5/2010 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) އަދި ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތު ޤާނޫނު) އަދި "މަބްދައު ސުލްތާނުލް އިރާދާ" ނުވަތަ “freedom of contract” ގެ މަބްދައުއާއި ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު B11/CA/2024/154-144 ކޯޓު އަމުރާމެދު ނިންމި ނިންމުމުގައި ގޮތް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ،
1.1.15- މި ނުކުތާގެ ތަފްސީލުގައި ޖުމްލަގޮތެއްގައި އެފަރާތުން ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހެޅި ހިއްސާދާރުންގެ އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއްކަމުގެ ދަފްޢު އިސްތިއުނާފު ކުރާ ފަރާތުންވެސް އަދި އަލްމަރްޙޫމް ޒާހިރު އާދަމްގެ ވާރިސުކަމުގެ ދަފްޢު އުފުލި އެއްވެސް ފަރާތަކުން އުފުލާފައިނުވާކަމަށާއި، އެފަދަ ދަފްއެއް ހުށަހެޅިފައިނުވާއިރު، އެފަދަ ދަފްޢުއެއް އޮތްކަމަށް ޝަރީޢަތުގެ އަމިއްލަ އިސްނެގުމުގެ މައްޗަށް ބެލުމަކީ ކުރެވިދާނެއްކަމެއް ނޫންކަމަށެވެ.
2.15- ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޯޓު މެދުވެރިކޮށް ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0058/2005-C) އަށް ޑިރެކްޓަރަކު އައްޔަންކޮށްދެވެނ ނެތްކަމަށް ސިވިލް ކޯޓުގް ނަންބަރު B11/CA/2024/154-144 ކޯޓު އަމުރާމެދު ނިންމި ނިންމުމުގައި ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ޤަޟިއްޔާ (މިނިސްޓްރީ އޮފް ޓޫރިޒަމް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް) ގައި ޤާނޫނު މާނަކުރުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ،
1.2.15- މި ނުކުތާގެ ތަފްސީލުގައި އެފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 113 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އިބާރާތުގެ މާނައަކީ، ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައިވެސ އަބަދުވެސް ހުރެވޭނީ 01 ޑިރެކްޓަރަކަށް ކަމުގައިވަނީނަމަ އެކަމުގެ ސަބަބުން ނުކުންނަ ނަތީޖާއަށް ނަޒަރުކުރުމަކީވެސް މުހިންމުކަމެއ ކަމަށް ދެކޭ ކަމަށާއި، އެހެނީ އެ މާއްދާގައި ބަޔާންކުރާ 2 ޝަރުޠު ފުރިހަމަވާ ހާލަތުގައި، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އެއްވެސް މެންބަރަކު ނުހުންނާނެ ކަމަށެވެ.
2.2.15- ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ވުޖޫދުވުމުގެ ކުރިން އޮތް ޙާލަތަށް ބަލާއިރު، އެ ޤާނޫނުގެ 241 ވަނަ މާއްދާ، 242 ވަނަ މާއްދާ އަދި 243 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން ކުރީގެ ޤާނޫނު އުވުނުކަމުގައިވީނަމަވެސް، އެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް ދެމިއޮންނާނެ ކަމާއި، އެ ކުންފުނިތައް ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) އަށް އަމަލުކުރަން ފެށުމަށްފަހު ފުރިހަމަކުރަންޖެހޭ ކަންކަމާއި އިލްތިޒާމުތައް ފުރިހަމަކުރުމަށް، 01 އަހަރު ލިބޭކަމާއި، އެ މުއްދަތު އަދި މި މައްސަލައިގައި ހަމަނުވާކަމަށެވެ.
3.2.15- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން، ކޮންމެ ކުންފުންޏެއްގައިވެސް މަދުވެގެން 02 ޑިރެކްޓަރުން ތިބެން ޖެހޭ ކަމާއި، އެފަދަ ހުރިހާ ކުންފުންޏެއްވެސް އޭރު އުފައްދާފައި ހުންނާނީ އަބަދުވެސް 02 ޑިރެކްޓަރުން ތިބެންޖެހޭކަމަށް ބަލައިގެންކަމާއި އެފަދަ ކުންފުނިތަކުގެ އަސާސީ ގަވާއިދުތަކާއި، ހިންގާ ގަވާއިދުތައްވެސް ފަރުމާ ކޮށްފައި ހުންނާނީ އެ މޭރުމުންކަމަށާއި، މި އަދަދަށް ޑިރެކްޓަރުން ތިބުމަކީ ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު)ގެ 113 ވަނަ މާއްދާގެ ދަށުން މަނާކޮށްފައިވާ ކަމަކަށް ނުވާހިނދު، މިއީ މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ލިބޭ 01 އަހަރު ދުވަހުގެ އިންތިޤާލީ މުއްދަތުގައި ބަދަލުކުރަންޖެހޭ ފަދަ ކެމެއްވެސް ނޫންކަމަށެވެ.
3.15- ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާއަކީ ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 243 ވަނަ މާއްދާގެ (ށ) ގެ ދަށުން މިހާރު ބާޠިލް މާއްދާއެއްކަމަށް ސިވިލް ކޯޓުގެ ނަންބަރު B11/CA/2024/154-144 ކޯޓު އަމުރާމެދު ނިންމިގޮތުގައި ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 243 ވަނަ މާއްދާއާ ޚިލާފަށް، އަދި ކޯޓަށް ހުށަހެޅުނު ހެކިތަކުން ނުރަނގަޅު ދޭހައެއް ނެރެގެން އަދި ހިއްސާދާރުންގެ އެއްބަސްވުމާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. 1-3.15. މި ނުކުތާގެ ތަފްސީލުގައި އެފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ، ކުންފުނީގެ ދުސްތޫރީ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އައްޔަންކުރުމުގެ ފުރުސަތު އޮތްތޯ ނުވަތަ ނެތްތޯ ބަލާއިރު، ކުންފުނީގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާގައި، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މަދުވެގެން 02 ޑިރެކްޓަރުން ތިބެންވާނޭކަމަށް ބަޔާންކޮށްފައިވާކަމާއި، ކުންފުނީގެ އެއް ހިއްސާދާރަކު އަދި އެއް ޑިރެކްޓަރު ނިޔައުވުމާއެކު، ޑިރެކްޓަރުންގެ ބޯޑުގެ އަދަދު ހަމަނުވާކަމުން އާންމު ޖަލްސާއެއްގެ ޤާނޫނީ އަދަދުވެސް ހަމަނުވާކަމަށެވެ. އެހެންކަމުން މި ހާލަތުގައި އުފަންވެފައިވާ ހުސޫމާތަށް ކުންފުނީގެ ދުސްތޫރީ ގަވާއިދެއްގެ ދަށުން ނުވަތަ ހިއްސާދާރުންގެ އެއްބަސްވުމުންވެސް ހައްލު ފޯރުކޮށްދީފައިނުވާކަމަށެވެ. 2-3.15. ކުންފުނީގެ ހިއްސާދާރުންގެ އެއްބަސްވުމަށް ބެލުމުން، ކުންފުނީގެ ދުސްތޫރީ ގަވާއިދެއް ބަދަލުކުރުމުގެ އިޚްތިޔާރު ނުވަތަ ހައްޤު އިސްތިއުނާފު ރައްދުވާ ފަރާތަށް އެކަނި ލިބިގެން ނުވާކަމާއި، މިއީ ޝަރީޢަތަށް އެފަދައިން ހުށަހެޅުމެއްނެތި، ޝަރީޢަތުން އެ ޙައްޤު ނުވަތަ އިޙްތިޔާރު ލިބިގެންވާކަމަށް ކަނޑައެޅުމުގެ ފުރުސަތުވެސް އޮތްކަމެއް ނޫންކަމާއި، މިއީ އެއްވެސް ފަރާތަކުން ހޯދުމަށް އެދުނު ފަރުވާއެއްނޫންކަމަށެވެ. އަދި މިއީ ޝަރީޢަތުން އަމިއްލައަށް އިސްނަގައިގެން ގޮތެއް ކަނޑައެޅި ނުކުތާއެއް ކަމަށާއި، މިފަދައިން ގޮތް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުސޫލާއި ސީދާގޮތުން ޚިލާފަށް ޝަރީޢަތުން ނިންމާފައިވާ ނިންމުމެއްކަމަށާއި، މިއީ ޤާނޫނީ ގޮތުން ހަމަޖެހޭ އަދި ހުއްދަކުރާފަދަ ނިންމުމެއް ނޫންކަމަށް ދެކޭ ކަމަށެވެ.
16މުޙައްމަދު ޒާހިރުގެ ފަރާތުން އެދޭ ގޮތް ކަމަށް ބަޔާންކޮށްފައިވަނީ،
1.16- ސިވިލް ކޯޓުގެ ނަންބަރު B11/CA/2024/154-144 ކޯޓު އަމުރާމެދު ނިންމިގޮތް އަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށާއި އެނިންމުމަކީ ބޠާ ލ ނިންމުމެއްކަމުގައި ކަނޑައަޅައި،
2.16- ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިނ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާއަކީ ބާޠިލް އަދި ޤާނޫނާއި ފުށުއަރާ މާއްދާއެއްކަމުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށްކަމަށާއި، ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާއަކީ ދިރިދެމިއޮތް މާއްދާއެއްކަމުގައި ކަނޑައަ ޅައި،
3.16- ޖުލައި 2024 ގައި އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކޯޓު އަމުރަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ފަދައިން އަމުރެއް ނެރެދިނުން ނުވަތަ
4.16- ސިވިލް ކޯޓުގެ ނަންބަރު 465/Cv-C/2022 ޤަޟިއްޔާގައި، އަލްމަރްޙޫމް ޒާހިރު އާދަމްގެ ވާރިސުކަމުގައި ދަފްއު އުފުލާފައިވާ އެންމެހާ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް، އަޣުލަބިއްޔަތު ނުވަތަ އިއްތިފާޤުވެވޭ ފަރާތެއް ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިނ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން، އަޙްމަދު ސިޔާމް މުޙައްމަދުގެ އިތުރުން ހިމެނޭ 2 ވަނަ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުގެ ގޮތުގައި ވަގުތީގޮތުން އައްޔަންކުރުމުގެ އިޚްތިޔާރާއި ބާރު އެފަރާތްތަކަށް ލިބިގެންވާކަމަށް ކަނޑައަޅައި،
5.16- އެފަދައިން ސިވިލް ކޯޓުގެ ނަންބަރު 465/Cv-C/2022 ޤަޟިއްޔާގައި، އަލްމަރްޙޫމް ޒާހިރު އާދަމްގެ ވާރިސުކަމުގެ ދަފްޢު އުފުލާފައިވާ އެންމެހާ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް، އަޣުލަބިއްޔަތުން ނުވަތަ އިއްތިފާޤުވެވޭ ފަރާތް، ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން އަޙްމަދު ސިޔާމް މުޙައްމަދުގެ އިތުރުން ހިމެނޭ 2 ވަނަ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުގެ ގޮތުގައި ވަގުތީގޮތުން އައްޔަންކުރުމަށާއި، ރަޖިސްޓްރީކުރުމަށް، ރަޖިސްޓްރާރ އޮފް ކޮމްޕެނީސްގެ މައްޗަށް އަމުރުކޮށްދީ މައްސަލަ ނިންމައިދނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން ސިވިލްކޯޓުގެ ނިންމުމުގައި ޙަވާލާދީފައިވާ ޤާނޫނީ ނައްސުތައް
17ފުރަތަމަ ކަމަކަށް ސިވިލް ކޯޓުގެ ނިންމުމުގައި ޙަވާލާދީފައިވާ ޤާނޫނީ ނައްސުތައް ބަޔާންކޮށްލާނަމެވެ. އެގޮތުން،
1.17- ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 113 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ: "ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި، ހުރިހާ ވަގުތެއްގައިވެސް، މަދުވެގެން 1 (އެކެއް) ޑިރެކްޓަރަކު ހުންނަންވާނެއެވެ". މިފަދައިންނެވެ.
2.17- އަދި އެ ޤާނޫނުގެ 120 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛
(ހ) ކުންފުނީގެ ޑިރެކްޓަރުން ޢައްޔަންކޮށް ނުވަތަ އިންތިޚާބުކުރާނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން، ކުންފުނީގެ މެންބަރުންގެ ނިންމުމަކުންނެވެ.
(ށ) ކުންފުނި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ހުށަހެޅުމުގައި، ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކަކީ ކުންފުނި ރަޖިސްޓަރީކުރެވޭ ހިނދުން ފެށިގެން އެ ފަރާތެއް ޢައްޔަންކުރާ މުއްދަތު ހަމަވަންދެން، ނުވަތަ ޑިރެކްޓަރުކަމުން ވަކިކުރެވެންދެން ނުވަތަ ވަކިވަންދެން، ކުންފުނީގެ ޞައްޙަ ޑިރެކްޓަރުންގެ ގޮތުގައި ބެލެވޭނެއެވެ.
(ނ) ކުންފުނި ރަޖިސްޓަރީކުރުމަށްފަހު ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި އެއްވެސް މީހަކު ޢައްޔަންކުރަންވާނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ކުންފުނީގެ މެންބަރުންގެ ޖަލްސާއަކުން ނުވަތަ މެންބަރުންގެ ޤަރާރަކުން ނިންމާ ނިންމުމަކުންނެވެ.
(ރ) ކުންފުނީގެ ހިންގާ ގަވާއިދުގައި ކަނޑައަޅައި ބަޔާންކޮށް، ކުންފުނީގެ ވަކި މެންބަރެއްގެ ފަރާތުން ޑިރެކްޓަރެއް ނުވަތަ ޑިރެކްޓަރުންތަކެއް ޢައްޔަންކުރުމަށް އެ މެންބަރަކަށް އިޚްތިޔާރު ދީފައިވާނަމަ، އެ މެންބަރެއްގެ ނިންމުމަކުން ކުންފުނީގެ ޑިރެކްޓަރަކު ޢައްޔަންކުރެވިދާނެއެވެ. މިފަދައިންނެވެ.
17.3- އެ ޤާނޫނުގެ 127 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ :
(ހ) އެއްވެސް ކުންފުންޏެއްގައި، މި ޤާނޫނުގެ 113 ވަނަ މާއްދާގައި ބަޔާންކުރާ ޢަދަދަށް ޑިރެކްޓަރުން ނެތްނަމަ، އަދި މި ޤާނޫނާއި ކުންފުނީގެ ދުސްތޫރާ އެއްގޮތަށް ޑިރެކްޓަރުން ޢައްޔަންކުރެވެން ނެތްނަމަ، ކުންފުނީގެ ކޮންމެ މެންބަރަކަށް، ނުވަތަ ޑިރެކްޓަރަކަށް، ކުންފުނީގެ ޑިރެކްޓަރަކު ޢައްޔަންކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތްތަކުގައި، ކުންފުނީގެ މެންބަރަކު ނުވަތަ ޑިރެކްޓަރަކު، ކޯޓަށް ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެކަމަކީ ކުންފުނީގެ މަޞްލަޙަތުގައިވާ ކަމެއްކަމަށް ކޯޓަށް ފެނިއްޖެނަމަ، އެ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ކުންފުންޏަށް ޑިރެކްޓަރަކު ޢައްޔަންކޮށްދިނުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އެގޮތުން ކޯޓުން ކުންފުންޏަށް ޑިރެކްޓަރަކު ޢައްޔަންކުރާއިރު، ކޯޓުން ކަނޑައަޅާ މުއްދަތަކަށް، ނުވަތަ ޝަރުޠުތަކަކާއެކު ޑިރެކްޓަރަކު ޢައްޔަންކުރުމުގެ އިޚްތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
18ޕްރިސިޑެންސް 7މި ޤާނޫނީ ނައްސުތަކަށ ބެލުމުން ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި އަބަދުވެސް މަދުވެގެން 01 ޑިރެކްޓަރަކު ހުންނަންވާނެ ކަމާއި، ޢަދަދަށް ޑިރެކްޓަރުން ނެތްނަމަ، އަދި މި ޤާނޫނާއި ކުންފުނީގެ ދުސްތޫރާ އެއްގޮތަށް ޑިރެކްޓަރުން ޢައްޔަންކުރެވެން ނެތްނަމަ، ކުންފުނީގެ ކޮންމެ މެންބަރަކަށް، ނުވަތަ ޑިރެކްޓަރަކަށް، ކުންފުނީގެ ޑިރެކްޓަރަކު ޢައްޔަންކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެކަން އެނގެއެވެ. އަދި އެފަދައިން ހުށަހަޅާ ހުށަހެޅުމަކީ ކުންފުނީގެ މަޞްލަޙަތުގައިވާ ކަމެއްކަމަށް ކޯޓަށް ފެނިއްޖެނަމަ، އެ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ކުންފުންޏަށް ޑިރެކްޓަރަކު ޢައްޔަންކޮށްދިނުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
19ސިވިލް ކޯޓުގެ ނިންމުމުގައި މި ޤާނޫނީ ނައްސުތައް މާނަކޮށް ނެރެފައިވާ ނަތީޖާއަށް ބަލާއިރު، އެ ނިންމުމުގައި ބުނެފައިވަނީ ކޯޓު މެދުވެރިކޮށް ކުންފުނީގެ ޑިރެކްޓަރުން އައްޔަންކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެކަމަށް ހުއްދަކުރަނީ އެ ޤާނޫނުގެ 113 ވަނަ މާއްދާގައި ބުނާފަދައިން ކުންފުނީގެ އެއްވެސް ޑިރެކްޓަރެއް ނުހުންނަ ޙާލަތުގައިކަމަށާއި، ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 243 ވަނަ މާއްދާގެ (ށ) ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާގެ މައްޗަށް ތަޠުބީޤުކުރާއިރު، މިހާރު ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާ ވުޖޫދުގައި ނެތްކަމަށާއި، ކުންފުނީގެ ދުސްތޫރަށ ބަދަލް ގެނައުމަށް ކުންފުނީގެ ޤާނޫނުގެ އަދި ކުންފުނީގެ ދުސްތޫރުގައ ބަޔާންކުރި އުޞޫލުތަކުގެ ތެރެއިން ބަދަލެއް ގެނެވެން ނެތްނަމަ، ކުންފުނީގެ ދުސްތޫރަށ ބަދަލެއް ގެނައުމަށް އެދި، ކުންފުނީގެ މެންބަރަކަށް ނުވަތަ ޑިރެކްޓަރަކަށް ކޯޓަށް ހުށަހޅޭކަމާއި، އެފަދައިން ހުށަހަޅާ ހުށަހެޅުމެއްގައި، ކުންފުނީގެ ދުސްތޫރަށ ބަދަލް ގެނައުމުގެ އަމުރެއް ކޯޓުން ފެންނަ ގޮތަކަށް ނުވަތަ ފެންނަ ޝަރުޠުތަކެއްގެ މަތިން ނެރެވިދާނެކަމަށާއި ނަމަވެސް މި މައްސަލައިގައި ކުންފުނީގެ ޤާނޫނުގެ 113 ވަނަ މާއްދާ މި ޙާލަތަށް ތަޠުބީގު ނުކުރެވޭނެކަމަށެވެ.
20ޕްރިސިޑެންސް 2ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ވުޖޫދު ވުމުގެ ކުރިން ޢަމަލުކުރަމުން ގެންދިޔަ ޤާނޫނަކީ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އެވެ. އެ ޤާނޫނުގެ ދަށުން ކޮންމެ ކުންފުންޏެއްގައިވެސް ތިބެންޖެހެނީ މަދުވެގެން 2 ޑިރެކްޓަރުންނެވެ. ނަތީޖާއަކީ އޭރު އުފައްދާފައިވާ ހުރިހާ ކުންފުންޏެއްގައި ޑިރެކްޓަރުންގެ ގޮތުގައި މަދުވެގެން 2 ޑިރެކްޓަރުން ތިބެމެ، ކުންފުނިތަކުގެ އަސާސީ ގަވާއިދުތަކާއި ހިންގާ ޤަވާއިދުތައް ފަރުމާ ކޮށްފައި ހުންނާނީ އެމޭރުމުން ކަމާމެދު ޝައްކެއްނެތެވެ.
21ޕްރިސިޑެންސް 1ކޮންމެ ޤާނޫނެއްވެސް ކިޔަންވާނީ އެއް ރޮއްޖަކުން އެކަތި ގަނޑެއްގެ ގޮތުގައި ކަމާއި، ޤާނޫނުގައި ހިމެނޭ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ޤާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަޤުސަދުގެ ފުޅާ އިމުގެ ތެރޭގައި ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެގޮތުން ބަލާއިރު، ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 113 ވަނަ މާއްދާގެ (ހ) އިބާރާތުގައި "ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި، ހުރިހާ ވަގުތެއްގައިވެސް، މަދުވެގެން 01 (އެކެއް) ޑިރެކްޓަރަކު ހުންނަންވާނެއެވެ" ކަމަށް އޮންނަ އޮތުމުން އެ ކުންފުންޏެއްގައި 01 ޑިރެކްޓަރުންނަށް ވުރެ އިތުރަށް ޑިރެކްޓަރުން ތިބުމަކުން މި މާއްދާ ހުރަހެއް ނާޅާކަން އެނގެންއޮވެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގައި، އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާނަމަ، އެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 113 ވަނަ މާއްދާގެ (ހ) ގައި އަމިއްލަ ކުންފުންޏެއްގައި އަބަދުވެސް މަދުވެގެން 01 (އެކެއް) ޑިރެކްޓަރު ހުންނަންވާނޭކަމަށް ބަޔާންކުރުމުގެ އިތުރަށް، އިތުރު އަދަދަކަށް ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކުރުން މަނާކޮށްފައިނުވެއެވެ. ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 113 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްގައި އަބަދުވެސް މަދުވެގެން 01 (އެކެއް) ޑިރެކްޓަރު ހުންނަންވާނޭކަމަށެވެ. މިއީ ލާޒިމީ އަދަދެކެވެ. އެންމެ މަދުވެގެން އަބަދުވެސް ހުންނަންޖެހޭނޭ އަދަދެވެ. އޭގެ އިދިކޮޅު ބަލާނަމަ، އެއަދަދަށްވުރެ ގިނަވާގޮތަށް ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކރުން އެމާއްދާ މަނާކޮށްފައިނުވެއެވެ. ދިވެހިރާއްޖޭގު ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގައި، އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާނަމަ، އެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށް ބަޔާންކށްފައިވާއިރު، ޤާނޫނު ނަންބަރ 2023/7 (ކުންފުނީގެ ޤާނޫނު) ގެ 113 ވަނަ މާއްދާގެ (ހ) ގައި އަމިއްލަ ކުންފުންޏެއްގައި އަބަދުވެސް މަދުވެގެން 01 (އެކެއް) ޑިރެކްޓަރު ހުންނަންވާނޭކަމަށް ބަޔާންކުރުމުގެ އިތުރަށް، އިތުރު އަދަދަކަށް ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކުރުން މަނާކޮށްފައިނުވެއެވެ. އެހެންކަމުން، އެމާއްދާ އެހާ ހަނިކޮށް ނުކިޔޭނެއެވެ. އެފަދައިން އެމާއްދާ ކިޔައިފިނަމަ، އެޤާނޫނުގެ އެންމެހާ މާއްދާތައް އެއް ރޮއްޖަކުން ކިޔާއިރު ހަމަޖެހޭނެތޯ ސުވާލު އުފެދެއެވެ. އެޤާނޫނުގެ 44 ވަނަ މާއްދާގައި ކުންފުނީގެ ހިންގާ ގަވާއިދުގައި ހިމަނަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި ކުންފުނީގެ މެންބަރުންގެ އަދަދު 50 (ފަންސާސް) އަށްވުރެ އިތުރުނުވާނޭކަމަށް ބަޔާންކޮށްފައިވާއިރު، އެ 50 (ފަންސާސް) ހިއްސާދާރުން ނުވަތަ މެންބަރުން ތަމްސީލުކުރުމަށް އައްޔަނުކުރެވެނީ 01 (އެކެއް) ޑިރެކްޓަރުކަމަށް ބަލަންޖެހުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ. އަދި އެހިންގާ ގަވާއިދުތަކުގައި "ޑިރެކްޓަރުން" މިފަދައިން ތަކުރާރުކޮށް ބަޔާންކޮށްފައިވާއިރު، އެއީ އެންމެ ޑިރެކްޓަރަކު ހުރުން ލާޒިމުކުރާ ހާލަތުގައި، ހަމަޖެހޭ ކަމެއް ނޫނެވެ.
22ޕްރިސިޑެންސް 3އަދި އެ ޤާނޫނުގެ 38 ވަނަ މާއްދާގައި ކުންފުނީގެ ދުސްތޫރަކީ އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ކަމަށް ބަޔާންކޮށް، އެފަހުން އަންނަ މާއްދާތަކުގައި އަސާސީ ޤަވާއިދަށާއ ހިންގި ގަވާއިދަށް ބަދަލު ގެނެވޭނީ ކުންފުނީގެ މެންބަރުންގެ ޚާއްޞަ ޤަރާރަކުން ކަން އެނގެއެވެ.
23ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު)ގެ 127 ވަނަ މާއްދާގެ (ށ) ބުނާގޮތުން، ކޯޓު މެދުވެރިކޮށް ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރެވޭނީ މައިގަނޑު 2 ޝަރުޠެއް ފުރިހަމަވާނަމައެވެ. އެއީ؛ ކުންފުނީގެ ޤާނޫނުގެ 113 ވަނަ މާއްދާގައި ބުނާ އަދަދަށް ކުންފުނީގައި ޑިރެކްޓަރުން ނެތުން، އަދި ކުންފުނީގެ ޤާނޫނާއި، އެ ކުންފުންޏެއްގެ ދުސްތޫރާ އެއްގޮތަށް ޑިރެކްޓަރުން އައްޔަންކުރެވެން ނެތްނަމައެވެ.
24ކުރިންވެސް ފާހަގަކުރި ފަދައިން ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ވުޖޫދުވުމުގެ ކުރިން ޢަމަލުކުރަމުން ގެންދިޔަ ޤާނޫނުން ކޮންމެ ކުންފުންޏެއްގައި 02 ޑިރެކްޓަރުން ތިބުން ލާޒިމްކުރާއިރު، އެ ކުންފުނިތަކުގެ ދުސްތޫރުވެސް ބިނާވެފައިވާނީ މައިގަނޑު 02 ޑިރެކްޓަރުންގެ މައްޗަށެވެ.
25މި މައްސަލައަށް ބަލާއިރު ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ގޮތުގައި ތިބީ އަޙްމަދު ސިޔާމް މުޙައްމަދާއި، އަލްމަރުޙޫމް ޒާހިރު އާދަމް އެވެ. އަދި ކުންފުނީގެ ހިންގާ ގަވާއިދުގެ 13 އަދި 15 ވަނަ މާއްދާ ބުނެފައިވަނީ ކުންފުނީގައި އަބަދުވެސް އެންމެ މަދުވެގެން 02 ޑިރކްޓެ ރނަ ތިބެންވާނެކަމަށާއި، ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން މީހަކު ޑިރެކްޓަރެއްގެ ގޮތުގައި އައްޔަން ކުރުމުގެ ބާރު ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާކަމަށެވެ. އެހެންނަމަވެސް ޒާހިރު އާދަމް ނިޔާވުމާ ގުޅިގެން، އެ ކުންފުނީގެ އާންމު ގަވާއިދުގައި ބުނާ އަދަދަށް ހަމަވާ ޑިރެކްޓަރުންގެ ބޯޑެއް ނެތެވެ. ނަތީޖާއަކީ ބޯޑަށް މީހުން އައްޔަން ނުކުރެވުމާއ ކުންފުންޏާއި ގުޅި އެއްވެސް ނިންމުމެއް ނިންމުމެން ނެތުމެވެ.
26ސިވިލް ކޯޓުގެ ނިންމުމުގައި ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާއަކީ ބާޠިލް މާއްދާއެއް ކަމަށް ކަނޑައަޅާފައިވާ ސަބަބު ކަމަށް ބަޔާންކޮށްފައިވަނ ޤާނޫނީ ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 243 ވަނަ މާއްދާގެ (ށ) ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާގެ މައްޗަށް ތަޠުބީޤުކުރާއިރު، މިހާރު ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑގް ހިންގާ ގަވާއިދުގް 13 ވަނަ މާއްދާ ވުޖޫދުގައި ނޯންނާނެ ކަމަށެވެ. ބުނެވުނު 324 ވަނަ މާއްދާގެ ނައްސަށް ބަލާއިރު އެ މާއްދާގައި ބުނެފައިވަނީ:
(ހ) މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތައް، މި ޤާނޫނުގެ ދަށުން އެއްވެސް އާ އިލްތިޒާމެއް ފުރިހަމަކުރަންޖެހޭނަމަ، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 01 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެކަމެއް ފުރިހަމަކޮށް ނިންމަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ކުންފުނީގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއެއް، މި ޤާނޫނާ ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ޚިލާފުވާނަމަ، ހިންގާ ގަވާއިދުގެ އެ މާއްދާއެއް އެ ނިސްބަތަކަށް ބާޠިލުވީއެވެ. އަދި ކުންފުނީގެ ހިންގާ ގަވާއިދުގެ ދެންހުރި މާއްދާތަކުގެ މައްޗަށް މި ޤާނޫނުގެ މާއްދާތައް ހިނގާނެއެވެ. މިފަދައިންނެވެ.
27މި މާއްދާއަށް ރިޢާޔަތްކޮށް ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާއަކީ ބާޠިލް އަދި ވުޖޫދުގައި ނެތް މާއްދާއެއްކަމަށް ކަނޑައެޅި ޤާނޫނީ އަސާސެއް އަހުރެންނަކަށް ނުވިސްނެއެވެ. ފަހަރުގައި ކުންފުނީގެ ޤާނޫނުގެ 113 ވަނަ މާއްދާގެ ދަށުން ކޮންމެ ކުންފުންޏެއްގައިވެސް މަދުވެގެން 1 ޑިރެކްޓަރަކު ހުންނަންވާނެކަމަށް ބުނާ ބުނުން ތަޠުބީޤު ކޮށްގނެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާއަކީ ބާޠިލް މާއްދާއެއް ކަމަށް ކަނޑައެޅީ ކަމަށް ބަލާނަމަ، އެ މާއްދާގެ އިބާރާތުގައި "މަދުވެގެން" މިފަދައިން އޮތުމަކުން 1 ޑިރެކްޓަރުންނަށް ވުރެ ގިނައިން ޑިރެކްޓަރުން ތިބުމަކަށ ޤާނޫން ހުރެހެއް ނާޅާކަން އެނގެއެވެ.
28ސިވިލް ކޯޓުގެ ނަންބަރު B11/CA/2024/154-144 ކޯޓު އަމުރާމެދު ނިންމިގޮތް (28 ޖުލައި 2024) ގައި، ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާ ބާޠިލުކޮށްފައިވަނީ، އެފަދައިން އެމާއްދާ ބާޠިލުކޮށްދިނުމަށް އެއްވެސް ޚަސްމަކު ހުށަހަޅާފައި ނެތް ހާލަތުގައެވެ. އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުންވެސް އެދެނީ ޑިރެކްޓަރަކު އައްޔަނުކުރުމަށެވެ. މުޙައްމަދު ޒާހިރުގެ ފަރާތުންވެސް އެދެނީ އެފަދައިންނެވެ. ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދު ބަދަލުކުރެވޭނޭ ގޮތްތައް ކުންފުނީގެ ޤާނޫނުގައާއި އެކުންފުނީގެ ދުސްތޫރީ ލިޔުންތަކުގައި ބަޔާންކޮށްފައިވެއެވެ. ހިންގާ ގަވާއިދުގެ މާއްދާއެއް ބާޠި ލުކުރުމަށ ކޯޓަށް ހުށަހަޅާނަމަ، އެފަދަ ހުށަހެޅުމެއް ހުށަހަޅަންޖެހެނީ ކުންފުނީގެ ޤާނޫނުގެ 61 ވަނަ މާއްދާގެ ދަށުންނެވެ. އަދި އެފަދަ އަމުރެއް ނެރެދެވޭނީ އެޤާނޫނުގެ 63 ވަނަ މާއްދާގެ ދަށުންނެވެ. މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިނުވެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު B11/CA/2024/154-144 ކޯޓު އަމުރާމެދު ނިންމިގޮތް (28 ޖުލައި 2024) ގައި، ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާ ބާޠިލުކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ އިޖުރާއަތާވެސް ޚިލާފަށް ކަމުގައި އަހުރެންނަށް ބުރަވެވެއެވެ.
29ޕްރިސިޑެންސް 4އަދި މީގެއިތުރުން ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއް ނުވަތަ ޚުސޫމާތެއްގައި، ޝަރީއަތުން ނަގައިދެވޭ ފަރުވާއަކީ ޚަސްމަކު އެދި ހުށަހަޅާފައިވާ ފަރުވާއަކަށް ވާންޖެހެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/47 ގޟައްޔާގައ ކަނޑައަޅާފައިވި ޤާނޫނާ އުސޫލަކީވެސް މިއެވެ. މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުވެސްމެއެވެ. ކަންމިހެން އޮތްނަމަވެސް، އެއްވެސް ޚަސްމަކު ހުށަހަޅާފައި ނެތްނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު B11/CA/2024/154-144 ކޯޓު އަމުރާމެދު ނިންމިގޮތް (28 ޖުލައި 2024) ގައި، ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގް 13 ވަނަ މާއްދާ ބާޠިލުކުރި ކުރުމަކީ ޤާނޫނީ ހަމަތަކުގެ މަތީން، އަދި ޤާނޫނު ހުއްދަކުރާފަދަ މޭރުމަކުން ނިންމި ނިންމުމެއްކަމުގައި އަހުރެން ނުދެކެމެވެ. އަދި އެއީ ފަނޑިޔާރަށް ލިބިފައިވާ ތަޤްދީރީ ބާރެއްކަމަށްވެސް އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީޝަރީއަތުގެ އަމިއްލަ އިސްނެގުމުގެ މަތީން މައްސަލަތަކުގެ ތެރެއަށް ވަދެ، ޚަސްމުން ހުށަހަޅާފައިނުވާ ކަންކަމަށް ޝަރީއަތް ހިންގަންވެއްޖެނަމަ، ޝަރީއަތަކ އިދާރީ ހިންގުމުގެ ވަސީލަތަކަށް ބަދަލުވެގެންދާނެއެވެ. އެކަމުގެ ސަބަބުން ޝަރީއަތުގެ ނިޒާމު ގަޑުބަޑުވެ އޮޅޭ ގޮތްވާނެއެވެ. އެމަގަށް ނުކުތުމަކަށ މަދަން އިޖުރާއަތުގެ ޤާނޫނު ހުއްދަ ނުކުރެއެވެ.
30ޕްރިސިޑެންސް 5ސިވިލް ކޯޓުގެ ނަންބަރު B11/CA/2024/154-144 ކޯޓު އަމުރާމެދު ނިންމިގޮތް (28 ޖުލައި 2024) ގައި، ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑގް ދުސްތޫރީ ލިޔުންތަކަށް ބަދަލު ގެނައުމަށް އަޙްމަދު ސިޔާމް މުޙައްމަދު އަށް ކޯޓަށް ހުށަހެޅިދާނޭކަމަށް ކަނޑައަޅާފައިވެއެވެ. މިއީ އަޙްމަދު ސިޔާމް މުޙައްމަދު އަށް މިހާލަތުގައި ކުރެވިދާނޭ ކަމެއްކަމަށް އަހުރެން ނުދެކެމެވެ. އެހެނީ ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ދުސްތޫރީ ލިޔުންތަކުގެ އިތުރުން ހިއްސާދާރުންގެ އެއްބަސްވުމެއްވެއެވެ. މިއެއްބަސްވުމަކީ ސިވިލް ކޯޓުގެ ނަންބަރު 2739/Cv-C/2021 ގަޒިއްޔާގައި ބަލަމުންދާ މައްސަލަ ހުށަހެޅިއިރު، އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުމެކެވެ. އެއެއްބަސްވުމުގެ ދަށުން އަޙްމަދު ސިޔާމް މުޙައްމަދުގެ މައްޗަށް ތޢަގުދީ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްގެ އިތުރުން، ގައިދުތަކެއް ކަނޑައަޅާފައިވެއެވެ. އެއެއްބަސްވުން ނެގެހެއްޓުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި ފަރާތުން، އެއެއްބަސްވުމާއި ޚލާފަށި ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ދުސްތޫރީ ލިޔުންތަކަށް ބަދަލު ގެނައުމަށް ހުށަހެޅުމަކީ މަންޠިޤީ ގޮތުންވެސް ހަމަޖެހޭ ކަމެއް ނޫނެވެ. އެފުރުސަތު ޝަރީއަތުން އަޙްމަދު ސިޔާމް މުޙައްމަދު އަށް ލިބިގެންވާކަމަށް ކަނޑައެޅުމަކީ އުފަންވެފައިނުވާ އެތައް މައްސަލަތަކެއް ކުރިމަގުގައި އުފަންވެގެންދާނޭ ކަމެކެވެ. ދެބަސްވުމެއް ނެތް އެއްބަސްވުމެއްގެ ދަށުން އަލްމަރުހޫމް ޒާހިރު އާދަމްގެ ވާރިސުންގެ ހައްގުތަކަށް އަރައިގަނެވޭފަދަ މޭރުމަކުން އަމަލުކުރެވިދާނޭކަމަށ ޝަރީއަތުން ނިންމް ނިންމުމަކީ ޤާނޫނީގޮތުން ބަލައިގަނެވޭފަދަ ނިންމުމެއްވެސް ނޫނެވެ.
31އަލް މަރުހޫމް ޒާހިރު އާދަމް އަދި އަޙްމަދު ސިޔާމް މުޙައްމަދު އާއި ދެމެދު ސޮއިކޮށްފައިވާ ހިއްސާދާރުންގެ އެއްބަސްވުމުގެ ސައްހަކަމާމެދު ބަހުސެއް ނެތެވެ. އެފަދަ ދަފްއުއެއް އުފުލާފައިވެސް ނުވެއެވެ. ހިއްސާދާރުންގެ އެއްބަސްވުމުގެ ބާރަކީ ކޮބައިތޯ ނަޒަރުކުރާއިރު، މިސުވާލުގެ ޖަވާބުވެސް ހިއްސާދާރުންގެ އެއްބަސްވުމުން ސާފުވެއެވެ. އެގޮތުން ހިއްސާދާރުންގެ އެއްބަސްވުމަކީ، ކުންފުނީގެ ދުސްތޫރީ ގަވާއިދުތައް އެކުލަވާލާންވާނީ ހިއްސާދާރުންގެ އެއްބަސްވުމާއި ހިލާފުނުވާ ނޭގޮތަށްކަމަށް ސަރީހަ ނައްސުން ބަޔާންކޮށްފައިވެއެވެ. އަދި ކުންފުނީގެ ދުސްތޫރީ އެއްވެސް ގަވާއިދެއް ހިއްސާދާރުންގެ އެއްބަސްވުމާއި ހިލާފުވާނަމަ، ބަދަލުކުރަންޖެހޭނު ކުންފުނީގެ ދުސްތޫރީ ގަވާއިދުކަމާއި، ކުންފުނީގެ ދުސްތޫރީ ގަވާއިދުތަކާއި ހިއްސާދާރުންގެ އެއްބަސްވުމާއި ފުށުއަރާ ހާލަތުގައި، އިސްކުރަންޖެހޭނީވެސް ހިއްސާދާރުންގެ އެއްބަސްވުންކަން އިސްވެބަޔާންކޮށްފައިވާ މާއްދާގައި ސަރީހަ ނައްސުން ބަޔާންކޮށްފައިވެއެވެ.
32ހިއްސާދާރުންގެ އެއްބަސްވުމުގައި، އެއެއްބަސްވުން އިސްލާހުކުރާނޭ ނުވަތަ ބަދަލު ގެންނާނޭ ގޮތުގެ އިޖުރާއަތު ބަޔާންކޮށްފައިވެއެވެ. އެއީ ހިއްސާދާރުންގެ އެއްބަސްވުމުގެ ބައިވެރިން އިއްތިފާގުން ފާސްކޮށް، ހިއްސާދާރުން ތަމްސީލުކުރާ ފަރާތްތަކުގެ ސޮއި އޮތް ލިޔުމަކުންނެ ވެ. އަދި ހަމައެހެންމެ، ހިއްސާދާރުންގެ އެއްބަސްވުމުގައި އެއްބަސްވުން ތަބާވާނީ ދިވެހިރާއްޖޭގެ ޤާނޫނަށްކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އެއެއްބަސްވުމުގެ ބޭރުން، ކުންފުނީގެ ޤާނޫނުގެ ދަށުން އެއެއްބަސްވުން ބަދަލުކުރުމަށް ހުށަހެޅުމުގެ ހައްގު އަޙްމަދު ސޔާމި މުޙައްމަދު އަށް ލިބިގެންވާކަމާމެދ ސުވާލު އުފެދެއެވެ.
33ސިވިލް ކޯޓުގެ ނަންބަރު 2739/Cv-C/2021 ގަޒިއްޔާގައި އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން އެދި ހުށަހަޅާފައިވަނީ އަލް މަރުހޫމް ޒާހިރު އާދަމްގެ ވާރިސުންވެސް އެއެއްބަސްވުމާއި އެއްގޮތަށް އަމަލުކޮށް، އެއެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތަންޖެހޭކަމަށ ކަނޑައަޅް ދިނުމަށެވެ. އެއެއްބަސްވުން ރޫޅާލާކަށެއް ނޫނެވެ. ސިވިލް ކޯޓުގެ ނަންބަރު B11/CA/2024/154-144 ކޯޓު އަމުރާމެދު ނިންމިގޮތް (28 ޖުލައި 2024) ގެ 38 ވަނަ ޕެރެގްރާފުގައި، ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 243 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، ކުންފުނީގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާއަކީ ބާޠިލު މާއްދާއެއްކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/2739 ގަޒިއްޔާގައި އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން އެދި ހުށަހެޅި ހުށަހެޅުން ރައްދުވާ އަލްމަރުހޫމް ޒާހިރު އާދަމްގެ ވާރިސުންގެ ހައްގުތަކެއް ގެއްލިގެން ދިއުމެވެ.
34ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްގެ ދުސްތޫރީ ލިޔުންތަކާއި ހިއްސާދާރުންގެ އެއްބަސްވުމުން ސާފުވާ ފަދައިން، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބޭނީ 02 (ދޭއ) ޑިރެކްޓަރުންނެވެ. އެއީ އަޙްމަދު ސިޔާމް މުޙައްމަދުގެ ނަމުގައިވާ % 50 (ފަންސާސް އިންސައްތަ) ހިއްސާ ތަމްސީލުކުރާ 01 (އެކެއް) ޑިރެކްޓަރާއި، އަލް މަރުހޫމް ޒާހިރު އާދަމްގެ ނަމުގައިވާ %50 (ފަންސާސް އިންސައްތަ) ހިއްސާ ތަމްސީލުކުރާ 01 (އެކެއް) ޑިރެކްޓަރެވެ. އަލްމަރުހޫމް ޒާހިރު އާދަމްގެ ވާރިސުން ކަނޑައެޅިފައިނުވަނީސް، އެފަރާތްތަކަށް އައްޔަނުކުރުމުގެ ބާރު ލިބިދެވޭ ޑިރެކްޓަރު އައްޔަނުކުރުން މުސްތަހީލުވާގޮތަށް، އެފަރާތްތަކަށް ލިބިގެންވާ ހައްގު ނަފީވާގޮތަށް، ހަސްމަކު ހުށަހަޅާފައިނުވަނީސް، ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގް ޕްރައިވެޓް ލިމިޓޑެ ގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ދެވަނަ ޑިރެކްޓަރުގެ މަގާމަކ ނެތީ މަގާމަކަށް ހެދުމުގެ ބާރު ކޯޓަކަށް ލިބިގެންނުވެއެވެ. އެފަދައިން ސިވިލް ކޯޓުން ނިންމި ނިންމުމަކީ ޤާނޫނީ ހަމަތަކުގެ މަތީން ނިންމާފައިވާ ނިންމުމެއް ނޫނެވެ.
35އަލް މަރުޙޫމް ޒާހިރު އާދަމް ނިޔޫ އުވުމުގެ ސަބަބުނަ ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑގް ޑިރެކްޓަރުންގެ ބޯޑުގައި މިވަގުތު ހުންނާނެ ހަމައެކަނި ފަރާތަކީ އަޙްމަދު ސިޔާމް މުޙައްމަދު އެވެ. ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ދުސްތޫރީ ލިޔުންތަކާއި ހިއްސާދާރުންގެ އެއްބަސްވުން ނިޔާކުރާގޮތަށް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި 02 (ދޭއް) މެންބަރުން އަބަދުވެސް ތިބުން ލާޒިމުވި ނަމަވެސް، އެމިންވަރަށް ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުނނެއް ނެތެވެ. ހިއްސާދާރުންގެ އެއްބަސްވުމުގެ
2.8 ވަނަ މާއްދާގައި، ޑިރެކްޓަރުންގެ ބޯޑުގެ އިއްތިފާގުން ނިންމަންޖެހޭ ނިންމުންތައް ނިންމޭނޭ ހާލަތެއް ނެތުމުގެ އިތުރުން، ޤާނޫނީގޮތުން ކުންފުނީގެ ފަރާތުން ކުރަންޖެހޭ ކަންކަމާއި، އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދި ހުށަހަޅަންޖެހޭ ލިޔުންތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަކީ މުސްތަހީލު ކަމެކެވެ. މިހާލަތުގައި ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ޤާނޫނާއި ޚިލާފުވުމަކީ ނުވުމަށްވުރެ ވުން ކައިރި ކަމެކެވެ.
36ޕްރިސިޑެންސް 6ކުންފުންޏެއްގެ ޑިރެކްޓަރަކު ޒިންމާ އަދާކުރަންޖެހޭ ގޮތާމެދު މިމައްސަލާގައި ޚލާފުތަކެއި ވެއެވެ. ސިވިލް ކޯޓުގައި ހުށަހެޅިފައިވާ ބަޔާންތަކުން ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑގް ޑިރެކްޓަރުންގެ ބޯޑަށް މުޙައްމަދު ޒާހިރު އައްޔަނުކުރުމަށް އަގުލަބިއްޔަތު ލިބެއެވެ. އިއުތިރާޒުކުރަނީ އެންމެ ފަރާތަކުންނެވެ. އެފަރާތުގެ މަސްލަހަތައ މުޙައްމަދް ޒާހިރު އިޙްތިރާމް ނުކުރާނޭކަމަށް ބަޔާންކުރި ނަމަވެސް، އެދަފްއުއަށް ބާރުލިބޭނޭ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވެއެވެ. ޤާނޫނީގޮތުން މިނުކުތާއަށް ނަޒަރުކުރާއިރު، ކޮންމެ ކުންފުންޏެއްގެވެސް ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޒިންމާ އަދާކުރަންޖެހެނީ އެކުންފުންޏަކަށެވެ. ހިއްސާދާރުންނަކަށް ނޫނެވެ. ހިއްސާދާރަކަށްވުމުގެ އިހުތިމާލު އޮތް ފަރާތަކަށްވެސް ނޫނެވެ.
37ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 130 ވަނަ މާއްދާގެ (ހ) ގައި "ކުންފުނީގެ ޑިރެކްޓަރުން އެ މީހުންގެ ބާރުތަކާއި ޒިންމާތައް އަދާކުރަންވާނީ، އެއާ އެއްފަދަ ޙާލަތްތަކުގައި ސަބަބުވެރި އިންސާނަކު އެފަދަ މަސްއޫލިއްޔަތު އަދާކުރުމުގައި ބޭނުންކުރާނެފަދަ ހުނަރާއި ފަރުވާތެރިކަން ބަހައްޓައިގެންނެވެ. " މިފަދައިން ބަޔާންކޮށްފައިވީހިނދު، އަދި ކޮންމެ ކުންފުންޏެއްގެ ކޮންމެ ޑިރެކްޓަރަކުވެސް އެފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ޖުމްލަކޮށް ކުންފުނީގެ އެންމެހައި މެންބަރުންގެ ލާބަޔާއި މަންފާއަށްޓަކައި، ހެޔޮ ނިޔަތާއެކު، ކުންފުންޏަށް އެންމެ ފައިދާހުރި ގޮތުގައި ކުންފުނި ކުރިއެރުވުމަށް މަސައްކަތްކުރުމާއި؛ އެއްވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެހުރެ މުސްތަޤިއްލުކަމާއެކު ނިންމުންތައް ނިންމުމާއި؛ ކުންފުނީގެ ފަރާތުން ކުރީ އެއްވެސް މުޢާމަލާތެއްގައި އަމިއްލަ މަޞްލަޙަތެއްވާނަމަ އެކަން ހާމަކުރުން ލާޒިމުކޮށްފައިވީހިނދު، މަތީގައި ބަޔާންކޮށްފައިވާ ފަދައިން މިހާލަތުގައި މުޙައްމަދު ޒާހިރުވެސް އަމަލުކުރަންޖެހޭނީ ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ މަސްލަހަތުގައެވެ. ވަކި ހިއްސާދާރެއް ނުވަތަ ހިއްސާދާރަކަށްވުމުގެ އިހުތިމާލު އޮތް ފަރާތެއްގެ މަސްލަހަތަށް އިހްތިރާމް ނުކުރާނޭކަމަށް ބުނުމަކީ، ޤާނޫނީގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ.
38ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ގެ މަސްލަހަތަށް ނަޒަރުކުރާނަމަ، މިހާލަތުގައި އެކުންފުނީގެ ވިޔާފަރި ހަރަކާތްތަކާއި، އެކުންފުނީގެ ފަރާތުން ޤާނޫނާއި އެއްގޮތަށް އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރެވޭނޭ ގޮތެއް ނެތުމަކީ އެކުންފުންޏަށް ގެއްލުމާއި ކުރިމަތިލާންޖެހޭނޭ ކަމެއްކަން މަންތިގީ ހަމަތަކުން ވިސްނާލުމުންވެސް ސާފުވެއެވެ. ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑް ގެ ދުސްތޫރީ ލިޔުންތަކުގައި ބަޔާންކުރާ މިންވަރަށް ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނެއް ނެތެވެ. އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ އަދަދު ހަމަވާނޭ ގޮތެއް ނެތެވެ. އެކުންފުނީގެ މަސްލަހަތުގައި ދައުވާއެއް ކުރަންޖެހިއްޖެ ހާލަތުގައި، އެކުންފުނި ތަމްސީލުކުރާނޭ ފަރާތެއް ކަނޑައެޅޭނޭ ގޮތެއްވެސް ނެތެވެ. އެކުންފުނީގެ މައްޗަށް ދައުވާއެއް ކުރެވިއްޖެނަމަވެސް، އެކުންފުނި ތަމްސީލުކުރާނޭ ފަރާތެއް ކަނޑައެޅޭނޭ ގޮތެއްވެސް ނެތެވެ. އެފަދަ ހާލަތެއްގައި، ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ކަނޑައަޅާފައިވާ ގޮތުންނަމަ، އެކުންފުނި ޖަވާބުދާރީ ނުވީކަމުގައި ބަލައި ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. މިއީ އިންސާފުކަމަކަށް އަހުރެންނަކަށް ނުފެނެއެވެ.
39ބުނެވުނު ކަންކަން މި މައްސަލައަށް ތަޠުބީޤުކުރާއިރު، ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ކުންފުނީގައި އަބަދުވެސް 2 ޑިރެކްޓަރުން ތިބެންވާނެކަމަށ އޮތް އޮތުން ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) އިން ބާޠިލް ނުވާއިރު، ހިންގާ ގަވާއިދުގައި ލާޒިމްކުރާ ކަމެއްގެ ސަބަބުން ކުންފުންޏަށް ޑިރެކްޓަރުން އައްޔަންނުވ އޮތެ އޮތުމަކީ ކުންފުނީގެ ޤާނޫނުގެ 127 ވަނަ މާއްދާގެ (ހ) ދަށުން ކޯޓަށް ހުށަހަޅައިގެން ޑިރެކްޓަރުން އައްޔަންކުރުމަށް އެދެވިދާނެ ޙާލަތެއް ކަމުގައި އަހުރެން ދެކެމެވެ. އަދި އެ ޙާލަތު މި މައްސަލައިގައި ވުޖޫދުވެފައިވާކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
40އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވަނީ ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑގ ޑިރެކްޓަރުންގެ ބޯޑުގައި ތިބުން ލާޒިމުކުރް 02 (ދޭއް) ޑިރެކްޓަރުން ހަމަކުރެވެނ އޮތް ހަމައެކަނި މަގުން ހައްލު ހޯދުމަށްކަން ސާފުވެއެވެ. ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ދުސްތޫރީ ލިޔުންތަކުން އެހައްލު ލިބެން ނެތްކަން ސާފުވެއެވެ. ކުންފުނީގެ ޤާނޫނުން އެހައްގު ލިބެން ނެތްކަން ސާފުވެއެވެ. އެހެންކަމުން މިހާލަތުގައި އޮތީ ޝަރުއީ ކޯޓަކުން އެހައްލު ހޯދައިދިނުމެވެ.
41އަޙްމަދު ސިޔާމް މުޙައްމަދގު ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްގެ ހިންގުން މަރުތަޅު އެޅުވިފައިވާ ހާލަތުން ނެއްޓުމަށް އަދި އެކުންފުނި ހިންގޭނޭ ގޮތެއް ހޯދުމުގެ ބޭނުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް މުޙައްމަދު ޒާހިރު އެއްބަސްވެއެވެ. މިހުށަހެޅުންތަކާ އެއްގޮތަށް އަހުރެންނަށްވެސް ބުރަވެވެއެވެ. ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ހިންގުން މަތިކުރެވިފައިވާ ޑިރެކްޓަރުންގެ ބޯޑުގައި އެބޯޑުގ ޤާނޫނެ އަދަދު ހަމަވާ މިންވަރަށް ޑިރެކްޓަރުން ނެތްކަމުގައިވާނަމަ، އެކުންފުނި ހިންގާނޭ ގޮތެއް ނޯންނާނެއެވެ. އެކުންފުންޏަށް ކުރިމތިވާނަ ގެއްލުންތައް އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުންނާއި މުޙައްމަދު ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާއިރު، އަދި ހުށަހެޅިފައިވާ ލިޔެކިޔުންތަކުންވެސ ސާފުވާން އޮތްއިރު، އެކުންފުނި މިހާރު އޮތީ ވާގިނެތިފައިވާ ހާލަތެއްގައެވެ. އެހާލަތުގައި އެކުންފުނި ދެމިއޮތުމަށް ދޫކޮށްލުމަކީ އަދުލުވެރިކަމެއ ކަމުގައް އަހުރެން ނުދެކެމެވެ.
42މިހާލަތުގައި ދެން އުފެދޭ ސުވާލަކީ، އަޙްމަދު ސިޔާމް މުޙައްމަދގު އިތުރުން ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާނޭ ފަރާތަކީ ކޮބައިތޯއެވެ. އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވަނީ މުޙައްމަދު ޒާހިރުގެ ނަމެވެ. މުޙައްމަދު ޒާހިރުގެ ފަރާތުން ހުށަހަޅާފައިވަނީ 02 (ދޭއް) ގޮތަކަށެވެ. އެއީ އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ގޮތް ނުވަތަ އަލްމަރުހޫމް ޒާހިރު އާދަމްގެ ވާރިސުންގެ ދަފްއު އުފުލާފައިވާ ފަރާތްތަކުގެ ބަހެއް ހޯދުމާއެކު އެފަރާތްތަކުން އިހްތިޔާރ ކުރު ފަރާތެއް އައްޔަނުކުރުމެވެ. އަލްމަރުހޫމް ޒާހިރު އާދަމްގެ ވާރިސުންގެ ދަފްއު އުފުލާފައިވާ ފަރާތްތަކުގެ ބަހެއް މީގެ ކުރީންވެސ ސިވިލް ކޯޓުން ހޯދާފައިވެއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު B11/VN/2023/05-144 (12 ޑިސެންބަރު 2023) ކޯޓު އަމުރާމެދު ނިންމި ގޮތުގެ ކުރިއަށް ހިންގުނު އިޖުރާއަތުތަކުގައެވެ. އަލްމަރުހޫމް ޒާހިރު އާދަމްގެ ވާރިސުންގެ ދަފްއު އުފުލާފައިވަނީ 08 (އަށެއް) ފަރާތުންނެވެ. އެއިގެ ތެރެއިން އެއް ފަރާތުގެ ދަފްއުއާމެދު ބަހުސެއް އޮތްނަމަވެސް، ދެން ތިބި 07 (ހަތެއް) ފަރާތުގެ ދަފްއުއާމެދު ބަހުސެއް ނެތެވެ. މި 07 (ހަތެއް) ފަރާތް އެމަރުހަލާގައިވެސ ސިވިލް ކޯޓަށް ބަޔާންދީފައިވަނީ ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރުމަށް އެ 07 (ހަތެއް) ފަރާތުން ހުށަހަޅަނީ މުޙައްމަދު ޒާހިރު ކަމަށެވެ.
43އަދި ހަމައެހެންމެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/17 ގަޒިއްޔާގައިވެސް، އަލމަރުހޫމް ޒާހިރު އާދަމްގެ ވާރިސުންގެ ދަފްއު އުފުލާފައިވާ 08 (އަށެއް) ފަރާތުގެ ތެރެއިން 07 (ހަތެއް) ފަރާތުން ބަޔާންދީފައިވަނީ ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރުމަށް އެ 07 (ހަތެއް) ފަރާތުން ހުށަހަޅަނީ މުޙައްމަދު ޒާހިރު ކަމަށެވެ. ބާކީއަށްވާ ހަމައެކަނި ފަރާތުގެ ބަހުސަކީ މުޙައްމަދު ޒާހިރު އެފަރާތުގެ މަސްލަހަތާ "ފުށުއަރާ" ކަމެއްކަމަށެވެ. މަތީގައި ބަޔާންކޮށްފައިވާ ފަދައިން، ޑިރެކްޓަރެއްގެ ހައިސިއްޔަތުން މުޙައްމަދު ޒާހިރު ރައްކާތެރިކުރަންޖެހޭނީ ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ މަސްލަހަތެވެ. އެނޫންގޮތަކަށް މުޙައްމަދު ޒާހިރު އަމަލުކުރާނަމަ، ކުންފުނީގެ ޤާނޫނުގެ ދަށުން ޑިރެކްޓަރެއްގެ މަގާމުގައ ހުރި މުޙައްމަދު ޒާހިރު އަދާކުރަންޖެހި ޒިންމާއާއި މުޙައްމަދު ޒާހިރު ހިލާފުވާނެއެވެ. އެފަދަ ހާލަތެއްގައި މުޙައްމަދު ޒާހިރު ވަކިކުރުމަށް ހުށަހެޅުން ކުންފުނީގެ ޤާނޫނު ހުއްދަކުރެއެވެ.
44ޕްރިސިޑެންސް 8އަލްމަރުހޫމް ޒާހިރު އާދަމްގެ ތަރިކައިގެ މައްސަލަ ނިމުމާއި ހަމައަށް ވަގުތީ ގޮތުން މުޙައްމަދު ޒާހިރު ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަން ކުރެވުނު ކަމުގައިވީނަމަވެސް، އެޙާލަތުގައި ވަގުތީ ގޮތުން ޢައްޔަން ކުރެވޭ މުޙައްމަދު ޒާހިރު ތަމްޘީލު ކުރަން ދެންތިބި އެހެންހުރިހާ ވާރިޘުންގެ ޙައްގުތައް ކަމުގައިވާތީ، މި ޙާލަތުގައި ވާރިޘުންގެ ޙައްގުތައް ރައްކާތެރި ކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ދެންތިބި ވާރިޘުންނަށް ކަންކަން ހިނގާނުހިނގ ގޮތާ އެނގޭނެ ގޮތަށް ކަންކަން ރާވައި އިންތިޒާމު ކުރުމަކީ ޚުދު ވަގުތީގޮތުން ޢައްޔަން ކުރެވޭ މުޙައްމަދު ޒާހިރުގެ މަސްއޫލިއްޔަތެކެވެ. އަދި އެއްވެސް ވާރިސެއްގެ ޙައްޤަކަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
45މުޙައްމަދު ޒާހިރުގެ ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/25 ގަޒިއްޔާ (މަޢާނާ މުޙައްމަދު ވ. އިބްރާހީމް މުޢިއްޒު، އަޙްމަދު މުޢާޒު، އިސްމާޢީލް މަޒްހަމް، މަޢޫނ މުޙައްމަދާ އަދި މުޢީނާ މުޙައްމަދު) ގެ ޝަރީއަތް ނިމުނުގޮތުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ ރައުޔުގެ 3.5 ވަނަ ނުކުތާގައި ބަޔާންކުރާ ޤާނޫނީ އުސޫލުގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމެއްކަމަށް މުޙައްމަދު ޒާހިރު ބުނެއެވެ. އެޤާނޫނީ އުސޫލަކީ ގިނަ ފަރާތްތަކެއްގެ މަސްލަހަތު ހިމެނޭ މުދަލެއް ނުވަތަ ކަމަކާއި ގުޅޭގޮތުން މުއާމަލާތު ކުރުމުގައި، އެފަދަ މުދަލަކުން ކުރުމަށް އެދޭ މުއާމަލާތަކާއިގުޅޭ ނުވަތަ ކަމަކާ ގުޅޭ މައުލޫމާތު އެމުދަލުގެ ނުވަތަ ކަމެއްގެ މައްޗަށް އެފަރާތެއްގެ މަސްލަހަތު ގާއިމުވެފައިވާ އެންމެހާ ފަރާތްތަކަށް އަންގަންވާނޭކަމަށް ކަނޑައަޅާފައިވާކަމާއި، އެންމެހާ ފަރާތްތަކުގެ މަސްލަހަތު ހަމަހަމަކޮށް އަދި ރައްކާތެރިކުރުމުގެ ބޭނުމަށް އަދި އެއްވެސް ފަރާތެއްގެ ހައްގަކަށ ނުވަތް މަސްލަހަތަށް އުނިކަން ނުލިބޭނޭ ފަދައަކުން އަމަލުކުރުމުގެ ބޭނުމުގައާއި މަގުސަދުގައި، ކޮންމެ ފަރާތަކަށްވެސް ބަސްބުނުމުގެ ފުރުސަތު ދިނުމާއެކު، ގިނަ ފަރާތްތަކުން ރުހި ގަބޫލުވާ މުއާމަލާތްތައ ނުވަތް ކަންކަނަ ކުރުމަށް ހުއްދަކުރާ ޤާނޫނީ އުސޫލެވެ.
46އެޤާނޫނީ އުސޫލުގެ އަލީގައި، މިހާލަތުގައި އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް، އަދި މުޙައްމަދު ޒާހިރުވެސް ހުށަހަޅާފައިވާގޮތަށް، އަލް މަރުހޫމް ޒާހިރު އާދަމްގެ ވާރިސުންގެ ދަފްއު އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން 07 (ހަތެއް) ފަރާތުން ސިވިލް ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/17 ގަޒިއްޔާގައި ބަޔާންދީފައިވަނީ ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑް ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރުމަށް އެ 07 (ހަތެއް) ފަރާތުން ހުށަހަޅަނީ މުޙައްމަދު ޒާހިރު ކަމަށެވެ. އހެންކަމުނެ ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑގް ޑިރެކްޓަރުންގެ ބޯޑަށް މުޙައްމަދު ޒާހިރު އައްޔަނުކޮށް އެކުންފުނީގެ ހިންގުމަށް ދިރުން ދިނުމަކީ އެންމެ އަދުލުވެރި ގޮތްކަމުގައި އަހުރެން ދެކެމެވެ.
47އިސްވެބަޔާންކޮށްފައިވާ ކަންކަން އެގޮތުގެ މަތީން ހުރުމުން، މިމައްސަލާގައި އަންނަނިވި ފަދައިން ހުކުމްކޮށް މައްސަލަ ނިންމުމަށް އަހުރެންނަށް ބުރަވެވެއެވެ.
48ސިވިލް ކޯޓުގެ ނަންބަރު B11/CA/2024/154-144 ކޯޓު އަމުރާމެދު ނިންމިގޮތކަ (28 ޖުލައި 2024) ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ހިލާފު ނިންމުމެއްކަމުގައި ކަނޑައެޅުން؛
49ސިވިލް ކޯޓުގެ ނަންބަރު B11/CA/2024/154-144 ކޯޓު އަމުރާމެދު ނިންމިގޮތގައު (28 ޖުލައި 2024) ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާ ބާޠިލުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ހިލާފު ނިންމުމެއްކަމުގައި ކަނޑައެޅުން؛
50ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން، އަޙްމަދު ސިޔާމް މުޙައްމަދުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނަ 02 ވަނަ މެންބަރެއްގެ ގޮތުގައި، އަލް މަރުހޫމް ޒާހިރު އާދަމްގެ ތަރިކައިގެ މައްސަލަ ނިމި އައު މެންބަރެއް އައްޔަނުކުރުމުގެ ނިޔަލަށް، މުޙައްމަދު ޒާހިރު ([…] ) އައްޔަނުކުރުމަށް؛
51ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން، އަޙްމަދު ސިޔާމް މުޙައްމަދުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނަ 02 ވަނަ މެންބަރެއްގެ ގޮތުގައި، އަލްމަރުހޫމް ޒާހިރު އާދަމްގެ ތަރިކައިގެ މައްސަލަ ނިމި އައު މެންބަރެއް އައްޔަނުކުރުމުގެ ނިޔަލަށް، މުޙައްމަދު ޒާހިރު ([…] ) އައްޔަނުކުރި ކުރުން، ރަޖިސްޓްރީކޮށް ދަފްތަރުކުރުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީސްއަށް އެންގުމަށް؛ އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު
52ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
53ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން 1- ސިވިލް ކޯޓުގެ ނަންބަރު B11/CA/2024/154-144 ނިންމުން އެއީ ބާޠިލް ނިންމުމެއް ކަމަށް ކަނޑައަޅައި، 2- ސިވިލް ކޯޓުގެ ނަންބަރު B11/CA/2024/154-144 ކޯޓު އަމުރާމެދު ނިންމިގޮތް (28 ޖުލައި 2024) ގައި ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާ ބާޠިލުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ހިލާފަށް ކަމަށް ކަނޑައަޅައި؛ 2A24lr1C-Afi 88,196 aa,oa, aalaa>.aaaao aoc oc / o oo oA o oC2 oo c o oc- 2 72 13 irrr.ltsaa 3./,/ s Le22 et.rJ<J srz;r./ Pe€, 2.v/, -5^ 'Jt/r aaa- -re-. :.2tii ,, (:5) 02 :zg itl?ij,. Sjii :;t,rt3 3.37;3:t ,ili oa/oa ,/ / a ol L o/ la ,aa orrr/ ol / r* ,, e72 2,f 2P.t2 3 2/P" //c 24.rt 22r, (.r 3tc a a , aa/ 2 62rrt/Ol /Caa I /z la \ , a- raOa> OaOaerraCa iettazrv /2ry.r.rr,, \22.y i )4j .az) i..i ;t;2t ,7j.Z.i.ii.i5.r., :3:3 ,t 13 :;,31 3i, : ii:t E;it; stig t?g: ii: e;8, _4 ,i (.r5) 02 ,i- :19 :i.16ij., .Lji. :;t:r3 33- ;r:t ,ili OCaoc 'ra aa oa a 2 a aoaa. , /a orrrao/ /r- araoa /r.ro72 .r-, 2.r 2-.r2a2 s.,trg/ -;Z,tt ;zi tri>r, ,a_ti? .iib.n-z / a a Or, ,raOa /caa l aa 22 \ , a. ,aOu, Oaa crrrr/o2 ?/v ,vzlrrtr, \22.n I a4rt .n2) t-,a j-zi2j ,;ii: jjji.LSnn ro.2, ,rz /zo, olo cox o* ..oo / o/rrr.oa o* oo . '..r2ry r.2t s.?., zrrprjtV j) tiE>ei ;t;;;i;; .ZltE?et a / O r?. o a, / corla u c z z? z C4O/. C // Ol '221 2Y 2Y., /rtr'rtft flJftttt 3./2e2 s.r5r/|rJ 2e ,rseY.t./ sctrr2l 2 /22 a/u 2P.1 2 itv , zY.lor, .lro.. ao t. o ,aP 2 ,/ lr2a/ z.rj P/ao ,a / r, a, \ Q.*a1,) z-, !5-A ^1 b/h<-{
- ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 113 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 120 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 127 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 243 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 38، 44، 61، 63 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 130 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) (2 ޑިރެކްޓަރުން ލާޒިމްކުރުން)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 39 ވަނަ މާއްދާ
- ހޮޓެލްސް އެންޑް ރިޒޯޓްސް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 13 އަދި 15 ވަނަ މާއްދާ؛ ހިއްސާދާރުންގެ އެއްބަސްވުން (12 މޭ 2005)
- ސުޕްރީމް ކޯޓުގެ 2020/SC-A/46 (މިނިސްޓްރީ އޮފް ޓޫރިޒަމް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- ހައިކޯޓުގެ 2010/HC-A/47
- ހައިކޯޓުގެ 2019/HC-A/25 (މަޢާނާ މުޙައްމަދު ވ. އިބްރާހީމް މުޢިއްޒު އަދި އެހެނިހެން)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް، އިސް ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް