ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-S-A/005
އާދަމް ޙަލީމް ވ. ގއ. ވިލިނގިލި ކައުންސިލް އިދާރާ، 2020/HC-S-A/005
Adam Haleem v. GA. Vilingili Council Office 2020/HC-S-A/005 (2020/HC-S-A/005, High Court of the Maldives, 4 March 2021)
އާދަމް ޙަލީމް ވ. ގއ. ވިލިނގިލި ކައުންސިލް އިދާރާ
މައްސަލައިގެ ޚުލާޞާ
މެޖިސްޓްރޭޓް ކޯޓުން ނިންމީ ދަޢުވާކުރާ ފަރާތުން އައިޑީކާޑުގައިވާ ތާރީޚް އަޞްލު ތާރީޚް ނޫންކަމަށް ހެއްކެއް ހުށަނާޅާތީ، ދަޢުވާއަކީ ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫން ކަމަށެވެ.
އައިޑީކާޑުގައިވާ އުފަން ތާރީޚް ރަނގަޅު ނޫންކަމަށް ބުނެ، ތާރީޚް ކަނޑައަޅައިދިނުމަށް އެދި ވިލިނގިލީ ކައުންސިލަށް ރައްދުވާގޮތަށް މެޖިސްޓްރޭޓް ކޯޓަށް ދަޢުވާ ހުށަހެޅުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދީ މައްސަލަ ނިންމި ކަމަށާއި، ވަކީލު ބަޔާނެއް ދިންކަމަށް ރިޕޯޓުގައި ބުނި ނަމަވެސް އެފަދަ ބަޔާނެއް ނުދޭ ކަމަށެވެ.
މައިގަނޑު ސުވާލު
އައިޑީކާޑުގައިވާ އުފަން ތާރީޚް ޞައްޙަކުރުމަށް ހުށަހެޅި ދަޢުވާ، ދަޢުވާ ރައްދުވާ ފަރާތުގެ ޖަވާބު ނުހޯދާ، ޝަރީޢަތުގައި ބަޔާނެއް ނުނަގާ، ކޯޓަށް ފޮނުވި ސިޓީއެއް ބަޔާނެއްގެ ގޮތުގައި ބަލައިގެން ނިންމި މެޖިސްޓްރޭޓް ކޯޓުގެ އިޖުރާއަތު ޞައްޙަތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ފޮނުވި
ދަށުކޯޓުގެ ފައިލުގައި ޚަސްމެއްގެ ބަޔާނެއް ނެތް ކަމާއި، ކައުންސިލް ޙާޟިރުވެ ޖަވާބުދާރީވެފައި ނުވާކަމާއި، ސިޓީއެއް ބަޔާނެއްގެ ގޮތުގައި ބަލައިގެން ނިންމާފައިވާތީ އިޖުރާއަތު ޞައްޙަ ނޫންކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އެކި ކަންކަމުގައި ކޯޓަށް ފޮނުވާ ސިޓީ ފަދަ ލިޔުންތައް ޚަސްމުން ޝަރީޢަތުގެ މަޖިލީހަށް ދޭ ބަޔާނެއްގެ ގޮތުގައި ބަލައިގަތުމަކީ ބަޔާން ދިނުމުގައި ޢަމަލުކުރެވޭ ގޮތެއް ނޫނެވެ. ޝަރީޢަތުން ޙުކުމެއް ކުރަންވާނީ ޝަރީޢަތުގެ މަޖިލީހުގައި ދެއްކޭ ވާހަކަތަކާއި ހުށަހެޅޭ ބަޔާންތަކަށް ރިޢާޔަތްކުރުމަށްފަހުއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ދަޢުވާ ރައްދުވާ ފަރާތުގެ ޖަވާބެއް ނުހޯދާ، ޚަސްމުންގެ ބަޔާން ޝަރީޢަތުގައި ނުނަގާ ކުރާ ޙުކުމެއްގެ އިޖުރާއަތު ޞައްޙަކަމުގައި ނުބެލެވޭނެ ކަމަށާއި، އެފަދަ ޙާލަތެއްގައި ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް، ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ އަލުން ބެލުމަށް ތަޙްވީލުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7-12)
- ދަޢުވާ ރައްދުވާ ފަރާތަކީ ދަޢުވާގެ މައުޟޫޢާ ގުޅުން ހުރި ފަރާތެއްތޯ (ބަދަލުކުރަން އެދޭ ލިޔުން ދޫކުރި ފަރާތްތޯ) އާއި މައްސަލަ ބެލުމުގެ އިޚްތިޞާޞް ކޯޓަށް ލިބިއޮތްތޯ، ކޯޓުގެ އަމިއްލަ އިސްނެގުމުން ބަލައި ކަނޑައަޅަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13-14)
1[…] އާދަމް ޙަލީމްގެ އައިޑީކާޑުގައިވާ އުފަން ދުވަހަކީ، ރަނގަޅު ތާރީޚެއް ނޫންކަމަށާއި އޭނާގެ އުފަން ދުވަހަކީ 28 ޑިސެމްބަރު 1968 ކަމަށް ކަނޑައަޅައިދިނުމަށަ އެދި […] އާދަމް ޙަލީމްގެ ފަރާތުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ އަށް ރައްދުވާ ގޮތަށް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަ ށ މައްސަލް ހުށަހެޅިއެވެ.
2އާދަމް ޙަލީމްގެ ފަރާތުން ހުށަހެޅި މައްސަލަ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓނު ބަލައިގަނެ އެ މައްސަލައަށް އެ ކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ، 201/P2C/2018 އެވެ.
3ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 201/P2C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، އާދަމް ޙަލީމެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާއެވެ. ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނިންމިގޮތް
4ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 201/P2C/2018 ޤަޟިއްޔާ ގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތައް އެހެން ހުރުމާއިއެކު، ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2010/SC-A/02 ޤަޟިއްޔާގައި ދަފްޢު ސާބިތު ކުރުމަކީ އެ ދަފްޢެއް ކުރާ ފަރާތުން އުފުލަންޖެހޭ ޒިންމާއެއްކަމަށް އޮތުމުންނާއި، ދަޢުވާ ކުރާ ފަރާތުން އެފަރާތުގެ އުފަން ތާރީ ޚް އަންގައިދޭ ލިޔުމަކަށް ހުށަހަޅާފައިވާ ހަމައެކަނި ލިޔުމަކީ އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކަމާއި، އަދި އެ ލިޔުމުގައިވާ އުފަން ތާރީޚަކީ އަޞްލު ޢުމުރު ނޫންކަމަށް ސަލާމަތް ބުއްދިއަށް ޤަބޫލު ކުރެވޭފަދަ އެއްވެސް ހެއްކެއް ޝަރީޢަތުގެ ކުރިމަތީގައި ދަޢުވާ ކުރާފަރާތައް ދެއްކިފައި ނުވާތީއާއި، ދަޢުވާ ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއަކަށްވެފައި އެމިންވަރަށް މިޤަޟިއްޔާގައި ހެކި ހުށަހަޅާފައިނުވާތީ، މިދަޢުވާއަކީ މިހާރު އޮތްގޮތަށް ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
5ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 201/P2C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުނއެދް އާދަމް ޙަލީމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ؛
5.1 ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ގައި ބަޔާންކޮށްފައިވާ ކަންކަމަށް އެންމެ ފުރިހަމަ ގޮތުގައި ރިޢާޔަތްކޮށްފައި ނެތުމާއި އާދަމް ޙަލީމަށް ލިބެންޖެހޭ ފުރުސަތު ނުދީ މައްސަލަ ނިންމިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މައްސަލަ ހިންގުމުގައި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޢަމަލުކުރިގޮތްކަމަށް ބުނާގޮތު
6އާދަމް ޙަލީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި އޭނާގެ ފަރާތުން ފާހަގަކުރި މައިގަނޑު ޝަކުވާއަކީ، މި މައްސަލަ ހިނގާދިޔައިރު އާދަމް ޙަލީމްގެ ފަރާތުން ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދުމުން އެ ފުރުސަތު ހުވަދުއަތޮޅު އުތުރުބުރީ ވިލނި ގިލީ މެޖިސްޓްރޭޓު ކޯޓުން އާދަމް ޙަލީމް އަށް ނުދީ މައްސަލަ ނިންމާފައިވުމާއި، އާދަމް ޙަލީމްގެ ފަރާތުން އޭނާގެ ބަދަލުގައި ދަށު ކޯޓަށް ޙާޟިރުވުމަށް ޢައްޔަންކުރި ގއ.ވިލނި ގިލި/ ޒިއުރިކްވިލާ ޙަސަން ތައުފީޤު ބަޔާނެއް ދިންކަމަށް މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައި ވީނަމަވެސް، އެފަދަ ބަޔާނެއް ޙަސަން ތައުފީޤު ދީފައިނުވާކަމަށާއި އަދި އެ ފުރުސަތުވެސް ޙަސަން ތައުފީޤަށް ކޯޓުން ދީފައިނުވާކަމަށް ބުނެފައިވާ ބުނުމެވެ.
7ޕްރިސިޑެންސް 2އާދަމް ޙަލީމްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޙުކުމް ކުރެއްވުމަށްފަހު ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓު ކޯޓުން ދޫކުރައްވާފައި ވ ޝަރީޢަތާ ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، މި ރިޕޯޓުގެ 2 ވަނަ ނަންބަރުގައި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށްފައިވާކަމަށް ބުނެފައިވީނަމަވެސް، ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދެއްކީ ކޮންވާހަކަތަކެއްކަނ އެއްވެސް މިންވަރަކަށް ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓުގައި ފާހަގަކުރައްވާފައެއްނުވެއެވެ. އަދި ބުނެވުނު ރިޕޯޓާއި އެކު ދޫކުރެވުނު ލިޔުންތަކުގައިވެސް ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތައް މަޙުޟަރުކުރެވިފައިވާ ބަޔާނެއް ހިމަނާފައެއްނުވެއެވެ.
8ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް މި މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން ދީފައިވާ އެއްވެސް މަޙްޟަރު ބަޔާނެއް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއެކު ފެންނަންނެތުމުނ އެފަދް ބަޔާނެއް އޮތްނަމަ ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވައިދިނުމަށާއި ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 02 ވަނަ ނަންބަރުގައި ބުނާ ބަޔާނަކީ ކޮބައިކަން އަންގައިދިނުމަށާއި މައްސަލައިގެ އަޑުއެހުންތައް ހިނގާދިޔަ ގޮތް ސާފުކޮށްދިނުމަށް އެދް މި ކޯޓުން، ހުވަދުއަތޮޅު އުތުރުބުރީވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި އެދުމުން އ ކޯޓުން ޖަވާބު ދެއްވާފައިވަނީ އަންނަނިވި ގޮތުގެ މަތިންނެވެ. " މައްސަލައިގެ ދަޢުވާ ފޯމް ކޯޓަށް ހުށަހަޅާފައިވަނީ، 16 ސެޕްޓެމްބަރ 2018 ގައިކަމަށއާ މައްސަލައަށް ޤަޟިއްޔާ ނަންބަރެއދެވް ކޯޓުގައި މައްސަލަ ރަޖިސްޓްރީ ކުރެވުނީ 19 ސެޕްޓެމްބަރ 2018 ގައިކަމަށއާ މައްސަލި ބޭއްވުމަށްޓަކައި 06 އަޑުއެހުމަކަށް ތާވަލުކުރެވުނުކަމަށއާ މިގޮތުން 17 އޮކްޓބަރޯ 2018 ގައި މައްސަލަ ބާއްވަން ތވަލުކުރުވާނު އަޑުއެހުން ބޭއްވިފައިނުވާކަމަށއާ އެހެންނަމަވެސް 23 އޮކްޓބަރޯ 2018 ގައި މައްސަލައިގެ އަޑުއެހުމެއް ބޭއްވުނުކަމަށާއި، އެ ދުވަހު ވާހަކަދައްކަން ފުރުސަތު ދެވުނީ ހަމައެކަނި ދަޢުވާކުރާ ފަރާތަށްކަމަށާއި، އެހެންނަމަވެސް ދަޢުވާކުރާ ފަރާތަށް އެކަށީގެންވާވަރަށް ދަޢުވާ ސާފުކޮށްދެވިފައިނުވާތީ އިތުރު މައުލޫމާތު ހޯދައިގެން ތައްޔާރުވެގެން އައުމަށް ބުނެ ފުރުސަތުދެވުނުކަމަށާ ދެން މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރެވުނީ 10 މާރިޗް 2019 ގައި ކަމަށާއި ގއ.ވިލިނގިލީ ކައުންސިލްގެ އިދާރާގެ ފަރާތުން ޝަރީޢަތުގައި އެދުވަހު ޖަވާބު ދާރީވެވެނ ނެތްކަމަށް ބުން އިތުރު ފުރުސަތަކަށް އެދުމުން އެ ފުރުސަތު ކައުންސިލަށް ދެވުނުކަމަށއާ ދެން އަޑުއެހުން ތާވަލުކުރެވުނީ 28 އޮގަސްޓް 2019 އަށްކަމަށާއި، އެ ދުވަހުގެ އަޑުއެހުމުގައި ދަޢުވާއަކީ ކޮބައިކަމާއި، ދަޢުވާކުރާ ސަބަބު ބަޔާނެއްގެ ސިފައިގައި ހުށހެޅުމަށަ 5 ދުވަހުގެ ފުރުސަތެއް ދިންކަމަށާއި އެއަށްފަހު 17 ސެޕްޓެމްބަރ 2019 ގައި އަޑުއެހުމެއްބާއްވ ދަޢުވާކުރާ ފަރާތަށް ދެވުނު ފުރުސަތުގައި ހުށަހަޅާފައިވަނީ ސިޓީއެއްކަމަށާއި، މި ސިޓީ ފިޔަވައި އިތުރު ސިޓީއެއް ހުށަހަޅާފައިނުވާތީ އެ ދުވަހު މައްސަލައިގެ ޙުކުމްކުރީކަމަށް." ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓު ކޯޓުން ބުނެފައިވެއެވެ. އަދި "މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު 2 ވަނަ ނަންބަރުގައި އާދަމް ޙަލީމްގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންކަމަށް ބުނެފައި އެވަނީ، 01 ސެޕްޓެމްބަރ 2019 ގައި އާދަމް ޙަލީމްގެ ފަރާތުން ފޮނުވާފައިވާ ސިޓީއަށް ޙަވާލާދީ" ކަމަށް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓި ކޯޓުން ބުނެފައިވެއެވެ.
9މައްސަލަ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓި ކޯޓުގައި ހިނގާދިޔަ ގޮތް ތަފްސީލުކޮށްދެމުން، އެކޯޓުން ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވާފައިވާ ސިޓީގައި، މި މައްސަލަ ދަށު ކޯޓުގައި ހިންގުމުގެ ތެރޭގައި 13 ޖެނުއަރީ 2019 މި ތާރީޚުގައި ވަގުތީ އަމުރެއް ނެރެފައިވާކަމަށް ބުނެފައި އެބައޮތެވެ. އެހެންނަމަވެސް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 95/2021/02-B1/HCS-P2C (24 ފެބްރުއަރީ 2021) ސިޓީ. ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 95/2021/01-B1/HCS-P2C (17 ފެބްރުއަރީ 2021) ސިޓީ. ބުނެވުނު ވަގުތު އަމުރު ނެރެވުނ މައްސަލީ އާއަ ގުޅިގެނި ވަގުތީ އަމުރަށް އެދި އާދަމް ޙަލީމްގެ ފަރާތުނ ހުށަހަޅައިގެންކަން އެނގޭފަދަ ލިޔުމެއް މި މައްސަލައިގެ ދަށުކޯޓުގެ ފައިލުން ފެންނާކަށްނެތެވެ. ބުނެވުނު ވަގުތީ އަމުރުން ކަނޑައަޅާފައިވަނީ، ހުވަދުއަތޮޅު އުތުރުބުރީ ވެލި ނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 201/P2C/2018 ޤަޟިއްޔާއާމެދު ވަކިގޮތަކަށް ޙުކުމް ކުރުމުގެ ކުރިން އާދަމް ޙަލީމް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރާ ވަޒީފާއިން ރިޓަޔަރކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށެވެ. އަމުރު ރައްދުވާ ފަރާތަކަށް އޮތީ މޯލްޑިވްސް ޕޮލިސް ސަރވިސްއެވެ. މައްސަލައިގައި ހިމެނޭ އެއްވެސްޚަސްމެއްގްބަޔާނެއަދަށުކޯޓުން ންގާފައިވާކަނ އެނގޭކަށްނެތ
10އާދަމް ޙަލީމް ދަށުކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާގެ ބަދަލުގައި ޝަރީޢަތަށް ޙާޟިރުވުމަށް ހަމަ ޖައްސާފައިވާކަނ އެނގެން އޮތް ފަރާތަކީ، ގއ.ވިލނި ގިލި/ޒިޔުރިކްވިލާ ޙަސަން ތައުފީޤުއެވެ. މި މައްސަލައިގެ ޝަރީޢަތަށް ޙަސަން ތައުފީޤު ޙާޟިރުކޮށް އޭނާގެ ބަޔާނެއް ދަށު ކޯޓުން ނަގާފައިވާކަން އެނގޭ އެއްވެސް ލިޔުމެއް ފެންނާކަށްނެތެވެ. ހަމަ އެގޮތަށް މި މައްސަލަ ރައްދުވާކަމަށް ދަޢުވާފމުގައޯ އޮތް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާގެ ފަރާތުން މި މައްސަލައިގެ އަޑުއެހުމަށް ޙާޟިރުވެ މައްސަލައަށް ޖަވާބުދާރީވެފައި ނެތްކަން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވާފައިވާ ސިޓީގައިވާ ކަންކަމުގެ މައްޗަށް ބެލުމުން އެނގެން އޮވެއެވެ.
11ޕްރިސިޑެންސް 1ހުވަދުއަތޮޅު އތުރުބުރު ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމެވުމުގައި ފާހަގަކުރައވާފައިވް ނުކުތާތަކަށް ބެލުމުން، މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 2 ވަނަ ނަންބަރުގައި، މައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ރިޢޔަތްކުރިކަމަށް ބުނެފައާ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު B/2019/01-P2C ވަގުތީ ކޯޓު އަމުރު 27 ޑިސެމްބަރު 2018 ގައި އާދަމް ޙަލީމްގެ ފަރާތުން ބަދަލު ހަމަޖެއްސުމަށް ފޮނުވި ސިޓީ. އެވަނީ، އާދަމް ޙަލީމްގެ ފަރާތުނ 01 ސެޕްޓެމްބަރ 2019 ގައި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާ ސިޓއަށީ ކަމަށް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މަޢުލޫމާތު ދެއްވައެވެ. އެހެންނަމަވެސް އެކި ކަންކަމުގައި ކޯޓަށް ފޮނުވާ ސިޓީ ފަދަ ލިޔުންތައް އެއީ ޝަރީޢަތުގެ މަޖިލީހަށް ޚަސްމުންގެ ފަރާތުން ދޭ ބަޔާނެއްގެ ގޮތުގައި ބަލައިގަތުމަކީ، ޝަރީޢަތުގެ މަޖިލީހަށް ޚަސްމުންގެ ފަރާތުން ބަޔާން ދިނުމުގައި ޢަމަލުކުރެވޭ ގޮތެއް ނޫނެވެ. ޝަރީޢަތުން ޙުކުމެއް ކުރަންވާނީ ޝަރީޢަތުގެ މަޖިލީހުގައި ދެއްކޭ ވާހަކަތަކާއި ހުށަހެޅޭ ބަޔާންތަކަށް ރިޢާޔަތްކުރުމަށްފަހުއެވެ. ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން މި މައްސަލައިގައި ޢަމަލުކޮށްފައިވަނީ އެ ގޮތައްކަނ މައްސަލައިގް ޝަރީޢަ ތ ނިމުން ގޮތުގު ރިޕޯޓުންވެސް އަދި އެ ރިޕޯޓާއި އެކު ދޫކޮށްފައިވާ ލިޔުންތަކަށް ބެލުމުންވެސް އެނގޭކަށްނެތެވެ.
12މިހެންކަމުން، 01 ސެޕްޓެމްބަރ 2019 ގައި އާދަމް ޙަލީމްގެ ފަރާތުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ފޮނުވި ސިޓީއަކަށް ރިޢާޔަތްކޮށް އެއީ އާދަމް ޙަލީމްގެ ފަރާތުން ޝަރީޢަތަށް ދިން ބަޔާނެއްގެ ގޮތުގައި ބަލައި،މ މައްސަލައިގައި ދަޢުވި ރައްދުވާ ފަރާތުގާ ޖަވާބެއް ހޯދުމެއްނެތި މި މައްސަލައިގައި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކުރައްވާފައިވާ އިޖުރާއާތުތައް ސައްޙަކަމުގައި ބެލެވޭކަށްނެތެވެ. ދަށު ކޯޓުން މައްސަލަ ހިންގި ގޮތުގެ އިޖުރާއާތުތައް ސައްޙަނޫންކަމުން މި މައްސަލައިގައި އަހުރެން ދެކެނީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 201/P2C/2018 ޤަޟިއްޔާ ގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް މި މައްސަލަ އަލުން ބެލުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/22) ގެ 46 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް މި މައްސަލަ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ތަޙްވީލުކުރަންޖެހޭކަމުގައެވެ. މައްސަލް ބެލުމުގެ އިޚްތިޞިޞާ ހުވަދުއަތޮޅު އުތުރުބުރީ ވިލްނގިލީ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާކަން ކަށަވަރުކުރުން
13ޕްރިސިޑެންސް 3އާދަމް ޙަލީމްގެ ފަރާތުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގެ މައުޟޫއުއަކީ، އޭނާއަށް ހައްދާދެވިފައިވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މަޢުލޫމާތެއް ބަދަލު ކުރަންކަން އެނގޭއިރު، ބުނެވުނު ކާޑުގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބެލުމުން އާދަމް ޙަލީމްގެ އެޑްރެހަކީ […] ލޫލައިންކަން އެނގެއެވެ. އެހެންކަމުން އާދަމް ޙަލީމް އަކީ، ގއ.ވިލނި ގިއްޔަށް ނިސްބަތްވާ ފަރާތެއްކަން އޭނާއަށް ހައްދާދީފައިވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމުން އެނގޭކަށްނެތެވެ.
14އާދަމް ޙަލީމްގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ދަޢުވާގައި ދަޢުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ އެވެ. އެހެންނަމަވެސް އާދަމް ޙަލީމްގެ އެޑްރެހަކަށ އޮތް މާލޭގެ އެޑްރެހެއްކަމުގައިވާއިރު، އަދި މަޢުލޫމާތު ސައްޙަ ނޫންކަމަށް ބުނެ އެ ލިޔުމެއްގައި ހިމެނޭ މަޢުލޫމާތު ބަދަލު ކުރަން އެދޭ ލިޔުމަކީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާގެ ފަރާތުން ހައްދާދީފައިވާ ލިޔުމެއްކަން އެނގެން ނެތްއިރު، މި މައްސަލަ މި ކޯޓުން ތަޙްވީލުކުރުމުން މައްސަލަ ދަށުކޯޓުން އަލުން ބަލާ ބެލުމުގައި، މި މައްސަލައަކީ ޙަޤީޤަތުގއިވެސަ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާއަށް ރައްދުވާގޮތަށް ހުށަހަޅައިގެން ބެލިދާނެ މައްސަލައެއްތޯ އާއި އަދި މި މައްސަލަ އާދަމް ޙަލީމް ހުށަހެޅި ގޮތަށް ބެލުމުގެ އިޚްތޞާޞި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓި ށ ލިބިއޮތްތޯ ކޯޓުގެ އަމިއްލަ އިސްނެގުމަށް ބަލައި އެކަމުގައި ގޮތެއް ކަނޑައަޅަންޖެހޭނެކަމަށް ދެކެމެވެ.
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 (އިސްތިއުނާފީ ނުކުތާގައި)
- ސުޕްރީމްކޯޓުގެ ނަންބަރު 2010/SC-A/02 (ދަށުކޯޓުގެ ޙުކުމުގައި)
- ބެންޗު
- ޢަލީ ސަމީރު، ފާޠިމަތު ފަރްހީޒާ، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް