ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/72
ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ވ. ކ. ހުރާ ކައުންސިލް އިދާރާ، 2018/HC-A/72
Abdhushukooru Abdhurasheedhu v. K. Huraa Council Office 2018/HC-A/72 (2018/HC-A/72, High Court of the Maldives, 8 July 2021)
ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ވ. ކ. ހުރާ ކައުންސިލް އިދާރާ
މައިގަނޑު ސުވާލު
ބިޑް ޑޮކިއުމަންޓުގައިވާ ކުލި އިތުރުކުރުމުގެ ޝަރުޠާ (ފަހަރަކަށް 15% އަށްވުރެ ބޮޑުނުކުރުން) ޚިލާފަށް ހުށަހެޅި އެންމެ މަތީ އަގުގެ ބިޑް ބާޠިލުކުރުމަކީ ޤާނޫނީ ނިންމުމެއްތޯ، އަދި ދަށުކޯޓުގެ ޙުކުމަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާއާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފު ޙުކުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ދައުލަތުގެ ބީލަމުގެ ކަންތައްތައް ވާދަވެރި ގޮތެއްގައި ގެންދިޔުމަށްޓަކައި ޤާބިލު ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ދޭންވާނެއެވެ. އަދި ބީލަމުގެ ކަންތައްތައް ކުރިއަށް ގެންދަންވާނީ އެއް އުޞޫލަކުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ބީލަންތައް އިވެލުއޭޓްކުރުމުގައި ބަލަންވާނީ ބީލަން ފޮތުގައި ނުވަތަ މަޢުލޫމާތު ދިން ކަރުދާހުގައި ނުވަތަ އިޢުލާނުގައި ބުނެފައިވާ ގޮތާއި ކްރައިޓީރިއާއާ އެއްގޮތަށެވެ؛ އެނޫން ގޮތެއް ނުވަތަ ކްރައިޓީރިއާއެއް ބޭނުންކޮށްގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ބިޑް ހުށަހެޅުމަށް ދައުވަތުދޭ ޑޮކިއުމަންޓުތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށް ޢަމަލުކުރުން ދެފަރާތުގެ މައްޗަށް ލާޒިމްވެއެވެ. ހުށަހެޅުން ހުށަހަޅަންޖެހޭނީ ވަކިގޮތަކަށްކަމަށް ދައުވަތުގައި ޞަރީޙަ އިބާރާތުން ބުނެފައިވާނަމަ، އިޖާބަދޭ ފަރާތުގެ ހުށަހެޅުން އޮންނަންޖެހޭނީ ދައުވަތުދިން ފަރާތުން ކަނޑައަޅާފައިވާ ގޮތާ މުޅިން އެއްގޮތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20–22)
- ބިޑް ޑޮކިއުމަންޓުގައި ވަކި ޝަރުޠެއް އޮތުމުން ބީލަންވެރިންގެ އަމާޒަކަށްވާނީ ޝަރުޠު ހަމަވާގޮތަށް ބިޑް ހުށަހެޅުމެވެ. ޝަރުޠާ ޚިލާފަށް ހުށަހެޅި ބޮޑު ކުލީގެ މައްޗަށް ބިޑް ކާމިޔާބުކޮށްދިނުމަކީ ބީލަންވެރިންގެ މެދުގައި ހަމަހަމަކަން ގެއްލޭނެ ކަމެއް ކަމުން، ޝަރުޠު ފުރިހަމަނުވާ ބިޑަކީ ޞައްޙަ ނޫން ބާޠިލް ބިޑެއްކަމަށް ނިންމުމަކީ ބީލަމާ ގުޅޭ ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26، 31)
- ބިޑް ޑޮކިއުމަންޓުގައިވާ ޝަރުޠަކީ ޚިލާފުނުވެ ކޮންމެ މީހަކަށްވެސް ބިޑް ކުރެވިދާނެ ޢާންމު ޝަރުޠެއްކަމަށްވެ، ޝަރުޠާ ޚިލާފުނުވެ ބިޑް ހުށަހެޅުމަށް ޚާއްޞަ ހުރަހެއް ނެތް ނަމަ، އަދި ވަކި މީހަކަށް އަމާޒުކޮށްފައިވާ ޝަރުޠެއްނަމަ އެކަން ސަމާލުކަމަށް ގެނައުމުގެ ފުރުޞަތު ބިޑް ޑޮކިއުމަންޓުން ދީފައިވާނަމަ، އެ ޝަރުޠަށް ބިނާކޮށް ކުރި ނިންމުމަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ މަޤްޞަދާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29، 31)
- ދަށުކޯޓުގައި ނުދައްކާ ވާހަކައަކަށް އަދި ނޭދޭ ފަރުވާއަކަށް އިސްތިއުނާފީ މަރުޙަލާގައި ރިޢާޔަތް ނުކުރެވޭނެއެވެ؛ ބިޑް ފޯމުގެ މާއްދާއެއް ޣައިރު ޤާނޫނީކަމަށް ކަނޑައެޅުމަށް ފުރަތަމަ އެދުނީ އިސްތިއުނާފީ މަރުޙަލާގައި ނަމަ، އެ ފަރުވާ ދެވޭނެ ޤާނޫނީ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
ހަސަން ޝަފީޢު ތާއީދުކުރައްވައެވެ.
1މިއީ، މާލެ އަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު : H5C/2017/25 ޤަޟިއްޔާ އެކޯޓުން ނިނމާފް އިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަތަކާ ޚިލާފަށްކަމަށް ބުނެ ކ.ހުރާ / ދުންތަރި، ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުނަ ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މިޤަޟިއްޔާގައ އިސްތިއުނާފި ރައްދުވު ފަރާތަކާ މާލީ އަތޮޅު ހުރާ ކައުންސިލްގެ އިދާރާ އެ ވެ.
3ކ. ހުރާ ހުޅަނގު ފަރާތު ބަނދަރުން 4748.1 އަކަފޫޓުގެ ބިން (އެބިމުގައިވާ ޢިމާރާތާއެކު) ރެސްޓޯރެންޓެއް ހިންގުމަށް ކުއްޔަށްދޫކުރުމަށް މާލެ އަތޮޅު ހުރާ ކައުންސިލުން 24 ނޮވެންބަރު 2016 ގައި އިޢުލާންކޮށްފައިވެއެވެ .
4އިސްތިއުނާފުކުރާ ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު މި އިޢުލާނަށް އިޖާބަދީ ބިޑް ހުށަހަޅާފައިވެއެވެ.
5ބުނެވިދިޔަ އިޢުލާނުގެ ދަށުން ހުށަހެޅި ބިޑްތަކަށް މާކްސް ދިނުމަށްޓަކައި 21 ފެބްރުއަރީ 2017 ގައި ހުރާ ކައުންސިލްގެ ބިޑް ކޮމިޓީގެ މެންބަރުންނާއި އަތޮޅު ކައުންސިލްގެ ބޑި ކޮމިޓީގެ މެންބަރުން ބައިވެރިވިއެވެ. (IUL)334/334/2016/67 އިޢުލާން މާލެ އަތޮޅު ހުރާ ކޯޓަށް ދައުވާފޯމާއެކު އެގްޒިބިޓް -2 ގޮތު ގައި ހުށަހަޅާފައި ވާ ބިޑް ފޯމް. މާލެ އަތޮޅު ހުރާ ކޯޓަށް ދައުލަތުގެ ޖަވާބު ފޯމާއެކު އެގްޒިބިޓް -1 ގޮތުގައި ހުށަހަޅާފައިވާ ބިޑް އިވެލުއޭޝަން ކޮމިޓގީ ބައްދަލުވުމުގެ ޔައުމިއްޔާ
6އެ ބައްދަލވު މުގައ ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ހުށަހެޅި ބިޑަކީ ބާޠިލް ބިޑެއ ކަމަށް ފާސްކުރެވުނި ވެ. އެގޮތުން، ފާހަގަކޮށްފައިވަނީ ބިޑް ޑޮކިއުމަންޓްގެ އެއްވަނަ ބައިގެ 3 ވަނަ ނަންބަރުގެ (ބ) ގައި، ކުލި ބޮޑުކުރާ ކޮންމެ ފަހަރަކު ބިމުކުލި އިތުރުކުރެވޭނީ %15 އަށް ވުރެ އިތުރު ނުވާ ގޮތެއްގެ މަތިން ކަމަށް ބަޔާންކޮށްފައިވާއިރު، ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ހުށަހެޅި ބިޑްގައި އެ ވޭރިއޭޝަނަށްވުރެ އިތުރުން ކުލި ހުށަހަޅާފައިވާތި ކޮމިޓީގައި ބައިވެރިވި 08 މެންބަރުންގެ އިއްޠިފާޤުނ ފާސްކޮށް ބިޑް ބާޠިލްކުރާ ކަމަށެވެ. އަދި، ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ފިޔަވައި ބިޑް ހުށަހެޅި ފަރާތަށް ބިޑް ކާމިޔާބުވީކަމަށް ނިންމިއެވެ.
7ބިޑް ކޮމިޓީން ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދުގެ ބިޑް ބާޠިލްކަމަށް ނިންމާފައިވާކަން، 27 ފެބްރުއަރީ 2017 ގައި، ލިޔުމުން ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދއަށް އެންގިއެވެ.
8ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދުގެ ފަރާތުން ހުށަހެޅި ބިޑަކީ އެންމެ މަތީން އަގު ހުށަހަޅާފައިވަ ބިޑް ކަމުގައިވާއިރު ވެސް އެކަމަށް ރިޢާޔަތްކުރުމެއްނެތ ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ހުށަހެޅި ބިޑް ބާޠިލްކުރިކަމަށް އެންގި ކައުންސިލްގެ ސިޓީ އާއި ބިޑަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ކުޑަ ކުއްޔެއް ހުށަހެޅި ފަރާތަށް އެ ބިޑް ދިނުމަށް ނިންމި ނިންމމަކު ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅުއްވައި ދެއްވާ، އެ ބިޑް ހަވާލުކުރަންޖެހޭ ފަރާތަކީ ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ކަމުގައި ކަނޑައަޅުއްވައި ދިނުމަށް އެދި މާލެ އަތޮޅު ހުރާ ކއުންސިލްގަ މައްޗަށް ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ދައުވާކޮށްފައިވެއެވެ. އެއީ އިސްތިއުނާފުކުރެވިފައިވާ މާލެ އަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: H5C/2017/25 ޤަޟިއްޔާއެވެ. 21 ފެބުރުވަރީ 2017 ގައި ބޭއްވުނު ބިޑް ކޮމިޓގީ ބައްދަލުވުމުގެ ޔައުމިއްޔާ މާލެ އަތޮޅު ހުރާ ކައުންސިލްގެ ފަރާތުން ފޮނުވާފައިވާ ނަންބަރު INDIV/2017/13/334 (27 ފެބްރުއަރީ 2017) ސިޓީ މާލެ އަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓު ގައި އުފުލުނު ދއަ ވ އާއާ ނިންމުން
9މާލެ އަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައި ހުރީ އަންނަނިވި ކަންތައްތަކެވެ.
1.9. ޕްރޮޕަޓީގެ ކުލި ހުށަހަޅަންޖެހެނީ ވަކި މުއްދަތުތަކުން ކޮންމެ ފަހަރަކަށް ވަކި ވަރެއް އިތުރު ވާނެ ގޮތަކަށް ކަމަށް ބިޑް ފޯމުގައި ލާޒިމްކޮށްފައިނުވާތ ކުލީ ހުށަހެޅުމުގައި ވަކި މުއްދަތަކުނ އިތުރުވާގޮތަށް ކުލި ހުށަހެޅުމަކީ ބިޑް ހުށަހަޅާ ފަރާތްތަކަށް ފުރިހަމަ އިޚްތިޔާރު އޮތް ކަމެއް ކަމަށް ؛
2.9. ބިޑް ފޯމުގެ 3 ވަނަ ނަންބަރުގެ (ބ) ގައި ކުލި އިތުރު ކުރެވޭނީ ފަހަރަކަށް ހުށަހަޅާފައިވާ ކުލީގެ %15 (ފަނަރަ އިންސައްތަ ) އަށްވުރެ އިތުރު ނުވާގޮތަށްކަމަށ އޮންން މާއްދާއަކީ ބިޑް ހުށަހަޅާ ފަރާތުގެ ހިމާޔަތުގައި މާލެ އަތޮޅު ހުރާ ކައުންސިލްގެ މައްޗަށް ތަންފީޛުކުރަންޖެހޭ މާއްދާއެއްކަމުގައި ބަލަންޖެހޭ ކަމަށް ؛
3.9. އެހެންކަމުން މި ސަބަބުގެ މައްޗަށް ބިނާކޮށް ބިޑް ބާޠިލްކުރުމީ unreasonable ނުވަތަ irrational ނިންމުމެއް ކަމަށް ؛
4.9. މާލެ އަތޮޅު ހުރާ ކައުންސިލަކީ ދައުލަތުގެ އިދާރާއެއްކަމަށްވާއިރު، ދައުލަތަށް މަންފާ ވާން އޮތް ކަމެއްގައި، ދައުލަތުގެ މަސްލަޙަތު އިސްކުރުން ކައުންސިލަށް ލާޒިމްވާއިރު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ 10 9 ޤާނޫނު ގެ 13 ވަނަ މާއްދާގެ ދަށުން މިއީ ޖިނާއީ ކުށެއްކަމަށް ފާހަގަކުރާކަމަށް؛ ދައުވާ ފޯމުގެ މައްސަލައިގެ ޚުލާސާގައި
5.9. ދައުލަތުން ހުށަހެޅި ޖަވާބުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައި ހުރީ މާލެ އަތޮޅު ހުރާ ކައުންސިލްގެ ގޯސް ނިންމުމެއް ދިފާޢުކުރުމަށް ދައްކާފައިވާ ވާހަކަތަކެއްކަމާއި، ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ޕްރޮޕޯސަލް ހުށަހެޅީ ރައްޔިތުންނަށާއި ދައުލަތަށް ބޮޑު ފައިދާއެއް ލިބޭނެގޮތަށ ކަން އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ ސިޓީއިން ވެސް އެނގޭކަމަށާއި، އެޓަރނީ ޖެނެރަލްގެ ލަފާ ހޯދުމަށް އެންޓި- ކޮރަޕްޝަން ކޮމިޝަނުން އެދިފައިވާއިރު އެކަން ކޮށްފައިނުވާތީ މިއީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 13 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް؛
10ދައުވާއާ ގުޅިގެން ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންތައްތަކެވެ.
1.10. ބިޑް ފޯމުގެ 3 ވަނަ ނަންބަރުގައި ވަކި މުއްދަތަކުން ކުލި އިތުރުކުރެވޭ ގޮތަށް ބިޑް ހުށަހެޅުން ލާޒިމް ނުކުރިނަމަވެސް، އެފަދައިން ކުލި ހުށަހެޅޭ ހާލަތެއްގައި ޢަމަލުކުރަންޖެހޭ ވަކި ޝަރުޠެއްގައި އެމާއްދާގައި ހިމެނިފައިވާކަމަށް އަދި ބިޑް ޑޮކިއުމަންޓްގެ 18 ވަނަ މާއްދާގެ ދަށުން އެފަދަ ޝަރުޠަކާ ޚިލާފު ބިޑްތައ ބާޠިލްކުރުމަށް ދައުލަތަށް ލާޒިމްކަމަށް؛
2.10. އެ މާއްދާގެ މަޤްސަދަކީ މަހުން މަހަށް ނުވަތަ އަހަރުން އަހަރަށް ކުލި އިތުރުވާ ގޮތަށް ބިޑް ހުށަހަޅާ ފަރާތްތަކުން ބިޑް ހުށަހެޅިނަމަވެސް ބިން ކުއްޔަށްދޭ ފުރަތަމަ އަހަރުން ފެށިގެން ކުއްޔަށްދޭ މުއްދަތު ނިމުމާ ހަމައަށް ދައުލަތަށް ގެއްލުން ނުވާނެގޮތަކަށް ކުލި ހުށަހެޅުމަށާއި ވަކި އުސޫލެއްގެ ދަށުން ބިޑް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ބިމުގެ ކުލި ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން ކަމަށް؛ 08 އޮގަސްޓް 2017 ގައި ދައުވާ ކުރާ ފަރާތުން ހުށަހަޅާ ބަޔާން. 18 ޖުލައި 2017 ދުވަހު ދައުލަތުން ހުށަހެޅި ޖަވާބުގެފޯމު 7.13.1 ނުކުތާ
3.10. ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ބިޑް ހުށަހެޅިއިރު ޕްރޮޕަޓީ ކުލި ހުށަހަޅާފައިވަނީ މި މާއްދާއާ ޚިލާފަށްކަމަށް؛
4.10. ދެވަނަ އަށް ބިޑް ހުށަހެޅިފައިވާ ފަރާތާ ތަން ޙަވާލުކުރެވިފައިވަނީ އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ ލަފައާއެކުގައިކަމަށް؛
5.10. ބިޑް ޑޮކިއުމަންޓްގައި ހިމެނޭ ކަމަކާ ގުޅިގެން، އެ ޑޮކިއުމަންޓްގެ 6 ވަނަ މާއްދާ އަދި 7 ވަނަ މާއްދާގައިވާ ފަދައިން މަޢުލޫމާތު ސާފުކޮށް ޝަކުވާއެއް ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ހުށަހަޅާފައިނުވާކަމަށް؛
6.10. ބިން މިހާރު ތިންވަނަ ފަރާތަކާ ހަވާލުކުރެވިފައިވާކަމަށް، އޭގެ ކުރިން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދުއަށ އޮތް އިރު އެފަދައިން މައްސަލަ ހުށަހަޅާފައިނުވާކަމަށް؛
11މާލެ އަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓގު ނަންބަރު : H5C/2017/25 ޤަޟިއްޔާ ނިންމާފައިވަނީ އނަ ނަނިވް ފަދައިންނެވެ. " ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ކ.ހުރާ ހުޅަނގު ފަރާތު ބަނދަރުން ރެސްޓޯރެންޓެއް ހިންގުމަށް އިޢުލާންކުރި 4748.1 އަކަފޫޓުގެ ބިން ކުއްޔށަ ހިފުމަށް މާލެ އަތޮޅު ހުރާ ކައުންސިލްގެ ނަންބަރު (IUL)334/334/2016/67 އިޢުލާނާ އެއްގޮތަށް ބިޑް ހުށަހަޅާފައިވަނިކޮށް، ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ހުށަހެޅި ބިޑް ޑޮކިއުމެންޓް ހުށަހަޅާފައިވަނީ ބިޑް ފޯމުގެ އެއްވަނަ ބައިގެ 3 ވަނަ ނަންބަރުގެ (ބ) ގައި ޕްރޮޕަޓީގެ ކުލި ހިމެނުމަށް ބުނެފައިވާ ގޮތާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި، އެ ބިޑަކީ އެންމެ މަތިން އަގު ހުށަހަޅާފައިވާ ބިޑް ކަމުގައިވާއިރުވެސް، އެކަމަށް ރިޢާޔަތްކުރުމެއްނެތި ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ހުށަހެޅި ބިޑް ބާޠިލްކަމަށް ކަނޑައަޅުއްވައި މާލެއަތޮޅު ހުރާ ކައުންސިލްއިން ފޮނުވާފައިވާ ނަންބަރު INDIV/2017/13/334 ސިޓީއާއި، ކ.ހުރާ ހުޅަނގު ފަރާތު ބަދަނރުން ރެސްޓޯރެންޓެއ ހިންގުމަށް އިޢުލާންކުރި 4748.1 އަކަފޫޓުގެ ބިން، ކައުންސިލްއަށް ކުޑަ ކުއްޔެއް ދެއްކުމަށް ހުށަހެޅި ފަރާތަކަށް ދިނުމަށް ނިންމާފައިވާ ނިންމުމަކީ ބާޠިލް 18 ޖުލައި 2017 ދުވަހު ދައުލަތުން ހުށަހެޅި ޖަވާބުގެ 7.12.4 18 ޖުލައި 2017 ދުވަހު ދައުލަތުން ހުށަހެޅި ޖަވާބުގެ 7.12.4 ނިންމުމެއްކަމަށް ކަނޑައަޅުއްވައި، ކ.ހުރާ ހުޅަނގު ފަރާތުގެ ބަނދަރުން ރެސްޓޯރެންޓެއް ހިންގުމަށް އިޢުލާންކުރި 4748.1 އަކަފޫޓުގެ ބިން ކުއްޔަށްހިފުމަށ އެދް ހުށަހަޅާފައިވި ޕްރޮ ޕޯސަލްތަކަށް ރިޢާޔަތްކުރާއިރު، އެ ރެސްޓޯރެންޓް ހިންގުން ޙަވާލުކުރަންޖެހޭ ފަރތަކާޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ކަމުގައި ކަނޑައަޅުއްވައި ދެއްވުންއެދި ހުށަހަޅާފައިވާ މިމައްސަލާގައި، ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ހުށަހަޅާފައިވާ ދައުވާ ރައްދުވާ ފަރާތުން (ދައުލަތުން ) ދައުވާއަށް އިންކާރުކުރައްވާފައިވާކަމާއި މިމައްސަލައިގައި މަބްދައުއަށް ޝަރީޢަތުން ނަޒަރު ހިންގާއިރު މާލެ އަތޮޅު ހުރާ ކައުންސިލްގެ އިދާރާގެ ނަންބަރ (IUL)334/334/2016/67 އިޢުލާނަކީ ބިޑް ހުށަހެޅުމަށް ދެވިފައިވާ ދައުވަތެއްކަމާއި މިފަދަ ދައުވަތައް އިޖާބަދިނުމުގައި ބަލަންޖެހޭނީ ދައުވަތު ދޭފަރާތުން އެކަމަށް ކަނޑައަޅާފައިވާ އުޞޫލާއެއްގޮތަށްކަމާއި މިދައުވާއަށް އެހެން ފަރުދަކު އިޖާބަދީފައިވާކަމާއި ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ހުށަހެޅި ބިޑު ހުށަހަޅާފައިވަނީ އިޢުލާނާ އެއްގޮތަށްކަމަށް ބުނެފައިވާއިރު، ބިޑް ފޯމުގެ އެއްވަނަ ބައިގެ 3 ވަނަ ނަންބަރުގެ (ބ) ގައި ޕްރޮޕަޓީގެ ކުލި ހިމެނުމަށް ކަނޑައަޅާފައިވާގޮތާއި ޚިލާފުވެފައިވާކަން ދެފަރާތުގެ ބަހުން އެގެން އޮތުމާއި، ބިޑް ފޯމުގެ 01 ވަނަ ބައިގެ 03 ވަނަ ނަންބަރުގެ (ބ) ގައި ކުލި އިތުރު ކުރެވޭނީ ފަހަރަކަށް ހުށަހަޅާފައިވާ ކުލީގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ އިތުރު ނުވާގޮތަށްކަމާއި، ޕްރޮޕަޓީގެ ކުލި މިނޫންގޮތަކަށް ހުށަހަޅާފައިވާނަމަ އެއީ ޞައްޙަ ބިޑެއްކަމުގައި ބަލައިނުގަނެވޭނެކަމަށް ޞަރީކޮށްބަޔާންކޮށްފައިވާކަމާއި، މިގޮތަށް ބިޑް ޑޮކިއުމެންޓުގައި އޮތުމުން ބިޑް ހުށހަޅަ އެހެން ފަރާތްތަކުގެ އަމާޒަކަށްވާނީ ޝަރުޠުހަމަވާގޮތށަ ބިޑް ހުށަހެޅުންކަމާއި، ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ބިޑު ކާމިޔާބު ކުރުމުގެ މަޤްސަދުގައި ބިޑް ޑޮކިއުމެންޓުގެ ޝަރުޠާ ޚިލާފަށް ކުލި ބޮޑުކޮށް ބިޑް ހުށަހެޅުމުން ޝަރުޠާ ޚިލާފަށް ހުށަހެޅި ބޮޑުކުލީގެ މައްޗަށް ބިޑްކާމިޔާބުކޮށް ދިނުމަކީ އިޖްތިމާޢީ އަދާލަތާއި ޚިލާފު މުޖްތަމަޢުގެ މަޞްލަހަތު ފުށުއަރާކަމެއްކަމުގައިވާކަމާއި ބޑި ޑޮކިއުމެންޓުގައި ކަނޑައެޅިފައިވާ ޝަރުޠާ އެއްގޮތަށް ބިޑް ހުށަހަޅާފައިވާ ފަރާތަށް ބިޑް ކާމިޔާބުވެގެން ދިއުމަކީ ރީޒަނަބަލް މިންގަނޑުކަމުގައި ބެލެވޭކަމާއި ބިޑް ފޯމުގެ 01 ވަނަ ބައިގެ 03 ވަނަ ނަންބަރުގެ (ބ) ގައި ދައުލަތުން ކަނޑައަޅުއްވާފައިވާ ޝަރުޠު ދައުވާ ކުރާފަރާތުން ހުށަހަޅާފައިވާ ބިޑުގައި ފުރިހަމަނުވާތީ އެމާއްދާގައިވާ ގޮތުގެ މަތީން އެއީ ޞައްޙަބިޑެއްނޫންކަމަށާއި އެބިޑަކީ ބާޠިލް ބިޑެއްކަ މަށ އިވެލުއޭޝަން ކޮމިޓީގެ 08 މެމްބަރުންގެ އިއްތިފާޤުން ނިންމާފައިވާކަން މާލެ އަތޮޅު ހުރާ ކައުންސިލްގެ ނަންބަރު INDIV/2017/13/334 (27 ފެބުރުވަރީ 2017) ސިޓީން ދައުވާ ކުރާފަރާތަށް އަންގަވާފައިވާކަމާއި، ބިޑް ހުށަހެޅި ދެވަނަ ފަރާތްކަމުގައިވާ ކ.ހުރާ ފުސްފަރ މުޙައްމަދު ނިޒާމު ޙަސަން -/300000.1 (އެކެއް ޕޮއިންޓް ތިން މިލިއަން) ރުފިޔާ ޚަރަދުކޮށް އަލު ން ޢިމާރާތްކޮށްފައިވާކަމަށް ޝަރޢަތުގައީ ބުނެފައިވާއިރުއެކަމަށ އެއްވެސް ފަރާތަކުން އިންކާރުކޮށްފައިނުވާކަމާއ ދައުވާކުރި ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު، މާލެއަތޮޅު ހުރާ ކައުންސިލްގެ ނަންބަރު INDIV/2017/13/334 ސިޓީ އާއި، ކ.ހުރާ ހުޅަނގު ފަރާތު ބަދަނރުން ރެސްޓޯރެންޓެއް ހިންގުމަސް އިޢުލާންކުރި 4748.1 އަކަފޫޓުގެ ބިން، ކައުންސިލަށް ކުޑަ ކުއްޔަށް ދެއްކުމަށް ހުށަހެޅި ފަރާތަކަށް ދިނުމަށް ނިންމާފައިވާ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅުއްވައި، ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ރިޢާޔަތްކުރާއިރު، އެ ރެސްޓޯރެންޓް ހިންގުން ޙަވާލުކުރަންޖެހޭ ފަރާތަކީ ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ކަމުގައި ކަނޑައަޅައި ދިނުމަށް އެދި މިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާއާއި މުޙައްމަދު ނިޒާމް ޙަސަން އާއި ދެމެދު އިސްވެ ބަޔާންވެދިޔަ ކޮންޓްރެކްޓުގައި ސޮއިކޮށް އެފަރާތަށް ތަން ޙަވާލުކުރެވިފައިވާ ތާރީޚަށްވުރެ މާފަހުގެ ތާރީޚެއްކަމަށްވާ 08 ޖޫން 2017 ގައިކަމަށްވުމާއި މާލެ އަތޮޅު ހުރާ ކައުންސިލްގެ އިދާރާއާއި ކ.ހުރާ ފުސްފަރު މުޙައްމަދު ނިޒާމް ޙަސަންއާއި ދެމެދުވެފައިވާ އެއްބަސްވުން ބާޠިލްނުވެ ދެމިއޮތްކަމާއި މިސަބަބުތައް މިގޮތަށްހުރުމުން ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ދައުވާގެ ޙުލާސާގައި އެދިފައިވާގޮތަށް މާލެ އަތޮޅު ހުރާ ކައުންސިލްގެ ނަންބަރު INDIV/2017/13/334 ސިޓީއާއި 334/2016/67(IUL)334/ އިޢުލާން ބާޠިލްކށޮ ރެސްޓޯރެންޓް ހިންގަން ޙަވާލުކުރަންޖެހޭ ފަރާތަކީ ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ކަމުގައި ކަނޑައަޅާނެ ތަނެއް ނުވަތަ ރެސްޓޯރެންޓް ހިންގާނެ އެހެން ބަޔަކު ހޯދުމަށް އަލުން އިޢުލާން ކުރުމަށް މާލެ އަތޮޅު ހުރާ ކައުންސިލްގެ އިދާރާގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތްކަން ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދަށް އަންގައި ޙުކުމްކޮށް މިގޮތުގެ މަތީން މިޤަޟިއްޔާ ނިންމީއެވެ"
12ބުނެވިދިޔަ ނިންމުމަށް ވާސިލުވި ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
1.12. ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ބިޑް ހުށަހަޅާފައިވަނީ ބިޑް ޑޮކިއުމަންޓާ އެއްގޮތަށްކަމަށް އެފަރާތުން ބުނެފައިވީކަމުގައިވީނަމަވެސް، ބިޑް ހުށަހަޅާފައިވަނީ ބޑި ފޯމުގެ އެއްވަނަ ބައިގެ 3 ވަނަ ނަންބަރުގެ (ބ) އާ ޚިލާފަށް ކަމުގައިވުން؛
2.12. ތިންވަނަ ފަރާތަކަށް ތަން މިހާރު ޙަވާލުކުރެވިފައިވުން؛
3.12. ތިންވަނަ ފަރާތާއެކު ވެވުނު އެއްބަސްވުންއޮތްވައި ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދުގެ ފަރާތުން އެދިފައިވާ ފަދައިން ބިޑް ބާޠިލްކޮށް އަލުން އިޢުލާނުކރުމަށް އަންގާނެ ތަނެއް ނެތު ން. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކތު
13މާލެ އަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު : H5C/2017/25 ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން ކ.ހުރާ / ދުންތަރި، ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދގު ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރމުނަ ފާހަގަކޮށްފައިވަނީ އެންމެ ނުކުތާއެކެވެ. މިގޮތުން ހުށަހެޅި ނުކުތާއަކީ، ބީލަން ބާޠިލްކުރާނެ ހަމައެއް ނެތްކަމަށް ކޯޓުން ޙުކުމް ކުރައްވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ 19 18 ޤާނޫނު ގެ 13 ވަނަ މާއްދާގެ (ހ) އާއި، ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިޢާޔަތް ކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.13. މިނުކތާގު ތަފްސީލުގައި ފާހަގަކޮށްފައިވަނީ މިމައްސަލައާ ގުޅިގެން ފުރަތަމަ ކުރި އިޢުލާނާ ގުޅިގެންވެސް ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ބިޑަށް ކުރިމަތިލީކަމަށާއި އެ ބިޑް ބާޠިލުކުރުމުގެ ސ ބަބެއަ ބަޔާންކޮށްފައިނުވާކަމަށެވެ.
2.13. ދެވަނަ ފަހަރަށް އިޢުލާނުކުރިއިރ މަޢުލޫމާތު ސެޝަންގައ ބުނެފައިވަނި އެކަށީގެންވާ މިންވަރަށް ކުރިމަތިލާފައިނުވާތީ ހުޅުވާލީކަމަށާއި ބިޑް ޑޮކިއުމަންޓަށް އައު މާއްދާއެއް ހިމެނިފައި ވާ ކަމަށް އަންގާފައިނުވާކަމަށާއި ބިޑް ފޯމަށް އިތުރު ކުރެވުނީ ހަމައެކަނި އެންމެ އިސްލާޙެއްކަމާއ އެއި ވަކި ފަރާތަކަށް ތަން ދިނުމުގެ މަޤްސަދުގައި ހިމެނިފައިވާ މާއްދާއެއްކަމަށާއި މިއީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 13 ވަނަ މާއްދާގެ (ހ) އާ ޚިލާފުކަމެއްކަމަށެވެ.
3.13. ޢަބްދުއްޝުކޫ ރ ޢަބްދުއްރަޝީދުގެ ފަރާތުން އެދިފައިވަނީ މާލެ އަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު : H5C/2017/25 ޤަޟިއްޔާގައި ޙުކުމް ބާޠިލްކޮށްދިނުމަށެވެ. އަދި ބިޑް ޑޮކިއުމެންޓް ގެ 3 ވަނަ ނަންބަރުގެ (ބ) ގައިވާ ގޮތުން، ބޮޑު އަގު، ހުށަހެޅި ފަރާތުގެ ބީލަން ބާޠިލްކުރުން ލޒިމްކުރާނަމަ، ބިޑް ފޯމުގެ އެ މާއްދަކ ޤާނޫނީ ޚިލާފަށާ އޮތް މއްދާއެއ ކަމަށް ކަނޑައަޅައާ މުޅި ބަލަން ބާޠިލްކީ ށްދިނުމަށޮ އެދިފައިވެއެވެ.
14އިސްތިއުނާފު ރައްދުވާ މާލެ އަތޮޅު ހުރާ ކައުންސިލްގެ ފަރާތުން ފާހަގަކޮށްފައިވަނީ އަނން ނިވި ކަންތައްތަކެވެ.
1.14. ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ހުށަހެޅި ބިޑް ބާޠިލްކޮށްފައިވަނީ ބިޑް ޑޮކިއުމަންޓްގެ 3 ވަނަ ނަންބަރުގެ (ބ) އާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއާ 18 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިންކަމަށް ވާތީ މާލެ އަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު H5C/2017/25 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
2.14. އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ބީލަން ބާޠިލްކުރުން ލާޒިމްވާ ޙާލަތުގައި ބިޑް ފޯމުގެ އެއްވަނޯ ބައިގެ 3 ވަނަ ނަންބަރުގެ (ބ) އަކީ ޤާނޫނާ ޚިލާފު މާއްދާއެއްކަމަށް ކަނޑައަޅުއްވައި މުޅި ބީލަން ބާޠިލްކުރުމަށް މިކޯޓުގައި އެދިފައިވާއިރު، ބިޑް ޑޮކިއުމެންޓުގެ އެއްވަނަ ބައގި 3 ވަނަ ނަންބަރުގެ (ބ) އަކީ ޤާނޫނާ ޚިލާފު މާއްދާއެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އިސްތިއުނާފްކުރާ ފަރާތުން މާލެ އަތޮޅު ހުރާ މެޖިސްޓރް ޓޭ ކޯޓުގައި އެދިފައިނުވާކަމަށެވެ. އަދި ބިޑް ޑޮކިއުމެންޓުގެ ދެވަނަ ބާބުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ބިޑް ޑޮކިއުމެންޓުގައި ކަނޑައަޅާފައިވާ ޝަރުޠަކާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ޝަކުވާއެއް ވެސް ހުށަހަޅާފައިނުވުމކަ އެފަރާތުން ބިޑް ޑޮކިއުމެންޓގައިވު ޝަރުޠުތައް ރަނގަޅކަމަށު ބަލައިގަނެފައިވާކަން ދަލީލުކޮށްދޭ ކަމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
15މަސައްކަތެއް ކުރުމަށް ނުވަތަ އެއްޗެއް ގަތުމަށް ނުވަތަ ތަނެއް ކުއްޔަށް ހިފުމަށް ނުވަތަ މިނޫންވެސް މިފަދަކަމެއ ކުރުމަށް އަގު ހުށަހެޅުމުގެ ކަންތައްތައް ކިޔައި އުޅެނީ ބީލަންކިޔުން ނުވަތަ ޓެންޑަރކުރުމެވެ. ބީލަމަށް ހުޅުވާލުމަކީ (tender Invitation to) ބީލަމުގައި އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލމެވެ.
16ދިވެހިރާއްޖޭގައި، ދައުލަތުގެ މާލީ ނިޒާމުގެ އުސޫލުތަކާއި ގަވާއިދުތައް ބަޔާންކުރާ އެންމެ އަސާސީ ލިޔުމަކީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދެވެ. ދައުލަތުގެ ތަންތަނަށް ތަކެތި ގަތުމާއި، ޚދުމަތި ހޯދުމާއި، މަސައްކަތްކުރުވުމުގައި ހާމަކަނ ބޮޑް ޒިންމާދާރު ގޮތެއްގައި ހުރިހާ ފަރާތެއްގެ މަޞްލަޙތަށަ ބަލައި ވަޒަންކޮށްގެން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާދަވެރި މާހައުލެއްގައި ކަންތައްތައަ ތަންފީޒކުރުމަކު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމެއްގެ ބޭނުންކަމުގައި ދައުލަތުގެ މާލިއްޔަތގު ގަވާއިދު 01 ވަނަ ބާބުގައި ބަޔާންކުރެއެވެ.
17ޕްރިސިޑެންސް 1ޕްރޮކިއުމަންޓް އުސޫލުތައް ބަޔާންކުރުމުން އެ ގަވާއިދުގެ 10.2 (ނ) ގައި ބީލަމުގެ ކަންތައް ތައް ވާދަވެރި ގޮތެއްގައި ގެންދިޔުމަށްޓަކައި އެކަމަށް ޤާބިލު ފަރާތްތަކަށް ހަމަހަމަ ފުރުޞަތުދޭންވާނެ ކަމަށް ބަޔާންކުރެއެވެ. އަދި (ރ) ގައި ބީލަމުގެ ކަންތައްތައް ކުރިއަށް ގެންދަންވާނީ އެއް އުސޫލަކުންކަމަށް ބަޔާންކުރެއެވެ.
18ދައުލަތުގެ މާލިއްޔަތގު ގަވާއިދު 10.36 ގައި ޕްރޮކިއުކުރުމުގައި، ގަންނަން ބޭނުންވާ ތ ކެތި، ނުވަތަ ކުރަން ބޭނުންވާ މަސައްކަތް ނުވަތަ ހޯދަން ބޭނުންވާ ޚިދުމަތުގެ ފުރިހަމަ ތަފުސީލް ހިމެނގޮތަށޭ ލޔުމެއި ތައްޔާރުކުރަންވާނެކަމަށާއި މިގޮތުން ތައްޔާރުކުރާއިރު ސްޕެސިފިކޭޝަން، ކުރެހުން، ބިލްސް އޮފް ކުއަންޓިޓީސް، ޑެލިވަރީ ނުވަތަ މަސައްކަތް ނިންމަންޖެހޭ ޝެޑިއުލް، ޓަރމްސް އޮފް ރިފަރެންސް ހިމަނަންވާނކަމަށެ ބަޔާންކޮށްފައިވެއެވެ.
19ޕްރިސިޑެންސް 2ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު 10.45 ގައި ބަޔާންކޮށްފައިވަނީ ބީލަންތައް އިވެލުއޭޓްކުރުމުގައި ބަލަންވާނީ، ބީލަން ފޮތުގައި ނުވަތަ މަޢުލޫމާތު ދިން ކަރުދާހުގައި ނުވަތަ އިޢުލާނުގައި އެ ބީލަމެއް އ ވެލުއޭޓްކުރުމަށް ބުނެފައިވާ ގޮތާއި ކްރައިޓީރިއާ އެއްގޮތަށެވެ. އެނޫން ގޮތެއް ނުވަތަ ކްރައިޓީރިއާއެއް ބީލަންތައް އިވެލުއޭޓްކުރުމުގައި ބޭނުންކޮށްގެންނުވާނެއެވެ. އަދި 10.46 ގައި ޢާންމުކޮށް ހުޅުވާލެވޭ ބލަންތަކާއީ ވަކިފަރާތްތަކަށް ހުޅުވާލެވޭ ބީލަންތައް އިވެލުއޭޓްކުރާނެގޮތ ބަޔާންކުރަމުން ފާހަގަކޮށްފައިވަން ހުށަހެޅިފައިވާ ބީލަންތައް، އެ ބީލަމުގައި ދެވިފައިވާ ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓާ އެއްގޮތްވާގޮތުގެ މަތިން ބެލުމަށް އަޅެ ކިޔަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
20ޕްރިސިޑެންސް 3މަސައްކަތެއް ނުވަތަ ޕްރޮޖެކްޓެއ ހިންގުމަށް އެންމެ އެކަށޭނަ ރަނގަޅު އަގެއް ހޯދުމަށް ނުވަތަ އެ ޕްރޮޖެކްޓް ހިންގުމަށް އެންމެ ރަނގަޅު ފަރާތެއް ހޯދުމަށްޓަކައި، ކުރިން އެނގިފައިވާ މަޢުލޫމާތާއި އިރުޝާދުތަކާ އއްގޮތެ ވ ގޮތުގެމަތިން، ހުށަހަޅާ ބިޑް އިވެލުއޭޓްކުރުމާއި، ބޑި ކާމިޔާބުކުރާ ފަރާތް ކަނޑައެޅުމާއި އެފަރާތާ ކޮންޓްރެކްޓް ހަވާލުކުރެވޭނޭ ގޮތާއި ބިޑްކުރި ފަރާތެއްގެ ޝަރުޠު ފުރިހަމަނުވާކަމަށް ކަނޑައަޅައި ބިޑެއް ބަލައި ނުގަތުމުގެ އުސޫލުތައް ބިޑިންގ ޑޮކިއުމަންޓުތކުގައ ބަޔާންކޮށްފައި ހުނަނަކަމަށް ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން ޤަޟިއްޔާގައި ބަޔާންކޮށްފައި ވެއެވެ.
21ބިޑް ހުށަހެޅުމަށް ދއަ ވަތުދޭ ޑޮކިއުމަންޓުތަކުގައު ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް ޢަމަލުކުރުން ދެފަރާތުގެ މައްޗަށް ލާޒިމްވެގެންވާކަން އެނގޭކަމށަ ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކްސް ޑިވެލޮޕްމަންޓް) ވ ސައިރިކްސް ކޮމްޕިއުޓަރ ޓްރެއިނިންގ ސެންޓަރ ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިޤަޟިއްޔާ ގެ ފާހަގަކުރެވުނު ނުކުތާގެ (ރ) ގައި ހުށަހެޅުމެއް ހުށަހެޅުމަށް ދައުވަތުދޭ ފަރާތުން ހުށަހެޅުމަށް ދޭ ދއުވަތުގައަ އެ ހުށަހެޅުމެއް ހުށަހަޅަންޖެހޭނީ ވަކިގތަކަށޮ ކަމަށް ކަނޑައެޅިގެން ޞަރީޙަ އިބާރާތުން ބުނެފައިވާނަމަ، އެދައުވަތަށް އިޖާބަދީ ދިން ފަރާތުގެ ހުށަހެޅުން އޮންނަން ޖެހޭނީ، ހުށަހެޅުމަށް ދައުވަތު ދިން ފަރާތުން ކަނޑައަޅާފައިވާގޮތާއި މުޅިން އެއްގޮތްވާގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވެއެވެ.
22މިއުޞޫލުތައް މިމައްސަލައަށް ތަޠުބީޤުކުރުމަށް ބަލާއިރު މާލެ އަތޮޅު ހުރާ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)334/334/2016/67 އިޢުލާނަކީ ބިޑް ހުށަހެޅުމަށް ދެވިފައިވާ ދއަ ވަތެއްކަމާއު، ޢަބްދުއޝުކޫރް ޢަބްދުއްރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ބިޑް ފޯމަކީ އެދއަވަތަށް އިޖާބަދީ ހުށަހެޅިފައިވާ ހުށަހެޅުމެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/139-HC/2005 ޤަޟިއްޔާ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/285-HC/2011 ޤަޟިއްޔާ. A/139-HC/2005 ޤަޟިއްޔާ.
23ބިޑް ފޯމުގެ 01 ވަނަ ބައިގެ 03 ވަނަ ނަންބަރުގެ (ބ) ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ކުލި އިތުރު ކުރެވޭނީ ފަހަރަކަށް ހުށަހަޅާފައިވާ ކުލީގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ އިތުރު ނުވާގޮތަށެވެ. ޕްރޮޕަޓީގެ ކުލި މިނޫންގޮތަކަށް ހުށަހަޅާފައިވާނަމަ އެއީ ޞައްޙަ ބިޑެއްކަމުގައި ބަލައިނުގަނެވޭނެއެވެ."
24ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ހުށަހެޅި ބިޑުގައ ކުލި ހުށަހެޅިފައިވަނީ އަންނނަ ވި ފަދއިންނަ ވެ. ފުރަތަމަ އަހަރުން ފެށިގެން 5 ވަނަ އަހަރުގެ ނިޔަލަށް މަހު ކުލީގެ ޖުމްލަ 000،30 ( ތިރީސް ހާސް) ރުފިޔާއެވެ. ހަވަނަ އަހަރުން ފެށިގެން 10 ވަނަ އަހަރުގެ ނިޔަލަށް މަހު ކުލީގެ ޖުމްލަ 000،35 ( ތިރީސްފަސް ހާސް) ރުފިޔާއެވެ . 11 ވަނަ އަހަރުން ފެށިގެން 14 ވަނަ އަހަރުގެ ނިޔަލަށް މަހު ކުލީގެ ޖުމްލަ 000،40 ( ސާޅީސް ހާސް) ރުފިޔާއެވެ. 15 ވަނަ އަހަރުގެ މަހުކުލީގެ ޖުމުލަ 000،65 ( ފަސްދޮޅަސް ފަސްހާސް) ރުފިޔާއެވެ.
25ބިޑް ހުށަހެޅިއިރު، ބިމުގެ ކުލި ހުށަހަ ޅާފައިވަނީ، އެންމެ ފަހު މުއްދަތުގެ ކުލި އޭގެ ކުރީ ގެ މުއްދަތުގެ ކުއްޔަށްވުރެ %15 (ފަނަރަ އިންސައްތަ) އަށް ވުރެ ބޮޑު ކޮށކަން އެނގެއެވެ. އަދ ބިޑް ފޯމގު އެއްވަނަ ބައިގެ 3 ވަނަ ނަންބަރުގެ (ބ) ގައި ޕްރޮޕަޓީގެ ކުލި ހިމެނުމަށް ކަނޑައަޅާފައިވާގޮތާއި ޚިލފުވެފައިވާކާ މާމެދަ ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ސުވާލެއް ނުއުފުއްދައެވެ.
26ޕްރިސިޑެންސް 4ދަށުކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ފަދައިން، ވަކި ޝަރުޠެއް ބިޑް ޑޮކިއު މެންޓުގައި އޮތުމުން ބީލަންވެރިންގެ އ މާޒަކަށްވާނީ ޝަރުޠުހަމަވާގޮތަށް ބިޑް ހުށަހެޅުމެވެ. ބިޑް ޑޮކިއުމެންޓުގެ ޝަރުޠާ ޚިލާފަށް ކުލީގެ މުއްދަތުގެ ފަހުކޮޅަށ ބޮޑް ކުލިއެއް ޖަހައި ބިޑް ހުށަހެޅުމުން، ޝަރުޠާ ޚިލާފު އެ ބޮޑު ކުލީގެ މައްޗަށް ބިޑް ކާމިޔާބުކޮށް ދިނުމަކީ ބިޑަށް ކުރިމަތިލީ މީހުންގެ މެދުގައި ހަމަހަމަކަން ގެއްލޭނެކަމެކެވެ. އެހެންކަމުން 27 ނޮވެމްބަރު 2016 ގެ ބިޑް ޑޮކިއުމެންޓުގެ ކޮޕީ. ބިޑް ޑޮ ކިއުމެންޓުގައި ކަނޑައެޅި ފައިވާ ޝަރުޠު ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ހުށަހަޅާފައިވާ ބިޑުގައި ފުރި ހަމަނުވާތީ އެ މާއްދާގައިވާ ގޮތުގެ މަތީން އެއީ ޞައްޙަ ނޫން ބާޠިލް ބިޑެއްކަމަށް އިވެލުއޭޝަން ކޮމިޓީން ނިންމާފައިވަނީ ބުނެވިދިޔަ ޤާނޫނީ އުސޫލުތަ ކ އެއްގޮތްވާގޮތުގެ މަތިން ކަމުގައި ބަލަންޖެހެއެވެ.
27މިމައްސަލައިގައި ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދގު ފަރާތުން، މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވަނީ ބިޑް ފޯމުގެ 3 ވަނަ ނަންބަރުގެ (ބ) ގައި ވަނީ ޤާނޫނާ ޚިލާފު ޝަރުޠެއްކަމަށެވެ. ސަބަބެއް ކަމުގައި ފާހަގަކޮށްފައިވަނީ ބޮޑު އަގަކަށް ދައުލަތުގެ ތަނެއް ކުއްޔަށްދޫކުރެވެނ އޮތް ޙާލަތެއްގައި ދައުލަތުގެ މަސްލަޙަތު އިސްކުރުން ކައުންސިލަށް ލާޒިމްވާނެކަމަށާއ އެއި ޚިލާފު ޝަރުޠެއް ހިމެނުމީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 13 ވަނަ މާއްދާގެ ދަށުން ޖިނާއީ ކުށެއްކަމުގައިވާތީ، މިފަދައިން ޖިނާއީ ކުށަކަށް މަގުފަހިވާގޮތަށް އެޝަރުޠު އޮތުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 17 ވަނަ މާއްދާއާ ޚލާފުކަމެއްކަމުގައިވުމެވެ.
28ބިޑް ޑޮކިއުމަންޓްގައި މިފަދަ ޝަރުޠެއް ހިމެނުމުގެ މަޤްސަދު ދައުލަތުން ފުރަތަމަ މަރުޙލާގަ ކޯޓުގައާއި މިކޯޓުގެ ޝަރީޢަތުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން ބަޔާންކޮށްފައިވަނީ، އެ ޝަރުޠުގެ މަޤްސަދަކީ، ބިން ކުއްޔަށް ދޭ ދުވަހުން ފެށިގެން ކުއްޔަށް ދޭ މުއްދަތު ނިމުމާއި ހަމައަށް، ދައުލަތަށް ގެއްލުން ނުވާނެ ގޮތަކަށް، ކަނޑައެޅޭ ވަކި ހަމައެއްގައި ކުލި ހިފެހެއްޓުން ލާޒިމުކުރުންކަމުގައެވެ. އެގޮތުން، ބައެއް ފަހަރު، މަހުން މަހަށް ނުވަތަ އަހަރުން އަހަރަށް ކުލި އިތުރުވާގޮތަށް ކުލި ހުށަހަޅާ ހާލަތްތަކުގައި، ކުލީގެ ފުރަތަމަ ކޮޅުގައި ކުޑަ ކުއްޔެއް ހުށަހެޅުމަށްފަހު ފަހުގެ އަހަރުތަކަށް ކުލި ބޮޑުވާގޮތަށް އޮތުމުން، ދައުލަތަށް ގެއްލުންވާ ޙާލަތްތައް އަންނަކަމާއި އެހެންކަމުން، މި މާއްދާއަކީ ވަކި މަޤްސަދެއް ޙާސިލްކުރުމަށ ބިޑް ޑޮކިއުމަންޓްގައި ހިމެނިފައިވާ ޝަރުޠެއްކަމުގައި ތަކުރާރުކޮށްފައިވެއެވެ.
29ޕްރިސިޑެންސް 5މި މައްސަލައާ ގުޅިގެން ދައުލަތުން ޢާންމުކުރި ޓަރމްސް އޮފް ރިކުއެސްޓް ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދއަށު ވެސް ލިބިފައިވާކަމަށް އެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ. ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދުގެ ފަރާތުން ފާހަގަކުރާ ފަދައިން ވަކި މީހަކަށް އަމާޒުކޮށްގެން ހިމެނިފައިވާ ޝަރުޠެއްކަމަށް ފާހަގަވާނަމަ އެކަން ކައުންސިލުގެ ސަމާލުކަމަށް ގެނައުމުގެ ފުރުސަތު ވެސް ބިޑް ޑޮކިއުމެންޓުން ދީފައިވެއެވެ. އަދި، ސުވާލު އުފެދިފައިވާ ޝަރުޠަކީ އެޝަރުޠާ ޚިލާފު ނުވެ ކޮންމެ މީހަކަށި ވެސް ބިޑކުރެވިދާނެ ފަދް ޢާންމު ޝަރުޠެއްކަމަށް ފާހަގަކުރެވޭއިރު ޝަރުޠާ ޚިލާފުނުވެ ބިޑް ހުށހެޅުމަށަ ވަކް ޚާއްސަ ހުރަހެއް އޮތްކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ.
30ޕްރިސިޑެންސް 6ބިޑް ފޯމުގެ އެއްވަނަ ބައިގެ 3 ވަނަ ނަންބަރުގެ (ބ) އަކީ ޣައިރު ޤާނޫނީ މާއްދާއެއް ކަމަށް ކަނޑައަޅައިދިނުމަށް މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު އެދިފައިވާއިރު އެފަދައިން ދަށު ކޯޓުގައި އެދިފައިނުވެއެވެ. އެ މަރު ޙލާގައި ސުވަ ލ އުފައްދާފައިވަނީ، ކުލި ހުށަހަޅންޖެހެނަ ވަކި މުއްދަތުތަކަކުން ކޮންމެ ފަހަރަކަށް ވަކިވަރެއް އިތުރު ވާނޭ ގޮތަކަށް ކަމަށް ބިޑް ފޯމުގައި ލާޒިމްކޮށްފައިނުވާތ ކުލީ ހުށަހެޅުމުގައި ވަކި މުއްދަތަކުނ އިތުރުވާގޮތަށް ކުލި ހުށަހެޅުމަކީ ބިޑް ހުށަހަޅާ ފަރާތްތަކަށް ފުރިހަމަ އިޚްތޔާރި އޮތު ކަމެއް ކަމަ ށާއި ބިޑް ފޯމުގެ އެއްވަނަ ބައިގެ 3 ވަނަ ނަންބަރުގެ (ބ) ގައި ކުލި އިތުރު ކުރެވޭނީ ފަހަރަކަށް ހުށަހަޅާފައިވާ ކުލީގެ %15 (ފަނަރަ އިންސައްތަ ) އަށްވުރެ އިތުރު ނުވާގޮތަށްކަމަށ އޮންން މާއްދާއަކީ ބިޑް ހުށަހަޅާ ފަރާތުގެ ހިމާޔަތުގައި ކައުންސިލްގެ މައްޗަށް ބިޑް ޑޮކިއުމެންޓް 6 އަދި 7 ގައި. ދައުވާ ފޯމުގެ މައްސަލައިގެ ޚުލާސާގައި ތަންފީޛުކުރަންޖެހޭ މާއްދާއެއްކަމުގައި ބަލަންޖެހޭ ކަމަށް ވާތީ އެފަރާތުގެ ބިޑް ބާޠިލްކުރިކުރުން ނިންމުމަކަށް ގެނެސް ބިޑް އެފަރާތަށް އެވޯޑްކޮށްދިނުމަށެވެ. ޤާނޫނީ އުސޫލަކީ ދަށު ކޯޓުގައި ނުދައްކާ ވާހަކައަކަށް އަދި ނޭދޭ ފަރުވާއެއް އިސްތިއުނާފު މަރުޙލާގައަ ރިޢާޔަތްނުކުރުން ކަމުގައިވާއިރު އެފަރާތުން އެދިފައިވާ ފަދައިން މިނުކުތާއާ މެދު މިކޯޓުން ގޮތެއް ކަނޑައަޅާނަމަ މުޅިން އައު ޤާނޫނީ ވާހަކަތަކާއި ބަހުޘެއް އުފަންވާކަމާއި އެހެންކަމުން އެ ފަރުވާ މިހިނދުން ދެވޭނެ ޤާނޫނީ ހަމައެއް އޮތް ކަމުގައި ނުދެކެމެވެ.
31ބުނެވިދިޔަ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދުގެ ފަރާތުން ހުށަހެޅީ ޞައްޙަ ނޫން ބާޠިލް ބިޑެއްކަމަށ އިވެލުއޭޝަން ކޮމިޓީން ނިންމާފައިވަނީ ބުނެވިދިޔަ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމުގައިވާތީއާއި ބިޑް ޓަރމްސް ގައި ހިމެނޭ ސުވާލު އުފައްދާ ޝަރުޠަކީ ވަކި މަޤްސަދެއްގައި ހިމެނިފައިވާ ޝަރުޠެއް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރާއިރު އެއީ އެޝަރުޠާ ޚިލާފު ނުވެ ކޮންމެ މީހަކަށް ވެސް ބިޑްކުރެވިދާނެ ފަދަ ޢާންމު ޝަރުޠެއްކަމަށް ފާހަގަކުރެވތީއާއޭ ޝަރުޠާ ޚިލާފުނުވެ ބިޑް ހުށަހެޅުމަށް ވަކި ޚާއްސަ ހުރަހެއް އޮތްކަން އެނގެން ނތުމުނެ އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ފަދައިން ދަށުކޯޓުގެ ޙުކުމަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 13 ވަނަ މާއްދާގެ މަޤްސަދއާ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފު ޙުކުމެއް ކަމަށް ބެލެވެންނެތް ކަމުގައި ދެކެމެވެ. ސުޕްރީމް ކޯޓުގެ މޫސާ ނަޞީރު ވ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، A/41-HC/2014 ޤަޟިއް ޔާ.
- ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާ
- ދައުލަތުގެ މާލިއްޔަތު ޤާނޫނު
- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 1 ވަނަ ބާބު
- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.2 (ނ) އަދި (ރ)
- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.36
- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.45 އަދި 10.46
- ހައިކޯޓުގެ ނަންބަރު 2005/HC-A/139 ޤަޟިއްޔާ (ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން)
- ހައިކޯޓުގެ ނަންބަރު 2011/HC-A/285 ޤަޟިއްޔާ (ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ވ ސައިރިކްސް ކޮމްޕިއުޓަރ ޓްރެއިނިންގ ސެންޓަރ)
- ސުޕްރީމް ކޯޓުގެ މޫސާ ނަޞީރު ވ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާ (ފުޓްނޯޓުގައި ލިޔެފައިވަނީ '2014/HC-A/41')
- ހުސްނުއްސުޢޫދު، "ޤާނޫނީ ރަދީފު" (ފުޓްނޯޓު)
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ނެތް