ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/317
ޢަބްދުﷲ ރަފީޤު ވ. އައްޑޫ ސިޓީ ކައުންސިލް، 2022/HC-A/317
Abdhuﷲ Rafeequ v. Addu Sitee Council 2022/HC-A/317 (2022/HC-A/317, High Court of the Maldives, 7 March 2023)
ޢަބްދުﷲ ރަފީޤު ވ. އައްޑޫ ސިޓީ ކައުންސިލް
މައިގަނޑު ސުވާލު
ދަރަނި އަދާކުރުމަށް ވިއްކި ބަންޑާރަ ގޯއްޗެއް ގަތް ފަރާތުގެ ނަމަށް ކައުންސިލުން ރަޖިސްޓްރީކުރިއިރު، ކުރީގެ ރަޖިސްޓްރީގައިވާ އަކަފޫޓަށްވުރެ ކުޑަކޮށް (ވަށައިގެން ހުރި މިންތައް އެއްގޮތަށް) ރަޖިސްޓްރީކުރުމުން ޙުކުމް ތަންފީޛުވެފައިވާކަމަށް މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅުން ރަނގަޅުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ތަންފީޛުކުރަން އެދޭ ޙުކުމުގައި ގޯތީގެ ބޮޑުމިން އަކަފޫޓުން ބަޔާންކޮށްފައި ނުވާނަމަ، ގޯތީގެ ބޮޑުމިން ހޯދުމަށް ރުޖޫޢަވާންޖެހޭނީ އެ ގޯއްޗާބެހޭ ގޮތުން ކުރިން ނިންމި ޤަޟިއްޔާތަކަށާއި އެ ގޯއްޗަށް ހެދިފައިވާ ރަޖިސްޓްރީތަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- ގޯއްޗެއްގެ ބައެއް ހިބައިން ދީގެން އުފެދޭ ގޯއްޗެއް އެއްވެސް ޙާލަތެއްގައި އަޞްލު ގޯތީގެ ޖުމްލަ އަކަފޫޓަށްވުރެ ބޮޑުވެގެން ނުދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ދަރަނި އަދާކުރުމަށް ވިއްކި ގޯއްޗެއް ގަތުމަށް ދެއްކި އަގަކީ ދަރަނީގެ ޖުމްލަ ޢަދަދުކަމުގައިވާނަމަ، އެއީ ގޯތީގެ އަކަފޫޓާ ގުޅުވޭނެ އަގެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- މީހަކަށް ބިމުން އަނެކަކަށް ވިއްކޭނީ ނުވަތަ ދެވޭނީ އޭނާއަށް މިލްކުވާ މިންވަރަށްވުރެ އިތުރުނުވާ ގޮތަށް؛ ބިމެއްގެ ރަޖިސްޓްރީގައި ކުށަކުން ކަމެއް ބަޔާންކުރެވިފައިވާނަމަ، އެ ރަޖިސްޓްރީ ނަގުލުވާ ފަރާތަށް ނަގުލުވާނީ އެ ކުށް އިޞްލާޙު ނުކުރާހާ ހިނދަކު އެ ކުށާއެކުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37)
- ރަޖިސްޓްރީގައި ކުށަކުން ބަޔާންކުރެވިފައިވާ މިންވަރަށް ބިން ބޮޑުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫން؛ ރަޖިސްޓްރީގައި އޮތީ ކުށެއްކަން ސާބިތުވާނަމަ ބަދަލުކޮށް އިޞްލާޙުކުރަންޖެހޭނީ ރަޖިސްޓްރީއެވެ. ވަށައިގެން ހުރި މިންތައް ރަނގަޅަށް ޖެހިފައިވާއިރު އަކަފޫޓު ނުބައިކޮށް ޖެހިފައިވަނީ ހިސާބުގެ ކުށަކުން ކަމަށް ބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36، 38)
- ޙުކުމާ އެއްގޮތަށް ގޯތީގެ ވަށައިގެން ހުރި މިންތަކާއެކު ގަތް ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާނަމަ ޙުކުމް ތަންފީޛުވެފައިވާކަމަށް ބެލެވޭނެ؛ ރަޖިސްޓްރީގެ ހިސާބުގައިވާ އޮޅުން ސާފުކޮށްދިނުމަށް ތަންފީޛުގެ މައްސަލައިގައި ކައުންސިލުން ހުށަހެޅުމަކީ އަލުން މައުޟޫޢަށް ވާހަކަދެއްކުމެއް ކަމަށް ބަލައެއް ނުގަނެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39.3)
- ގޯއްޗަށް ކިޔާނެ ނަމާބެހޭ ނުކުތާއަކީ ދަށުކޯޓުގައި ހުށަހެޅި ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގެ މައުޟޫޢެއް ނޫންކަމުން، އެ ނުކުތާ އިސްތިއުނާފުގައި ނުބެލޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8.2، 39.2)
1މިއީ، އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 183/S4C/2021 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، ސ.ފޭދޫ، […] / ޢަބްދުﷲ ރަފީޤް (މީގެ ފަހުން "ޢަބްދުﷲ ރަފީޤް" ނުވަތަ "އިސްތިއުނާފުކުރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފު ކުރި ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ (މީގެ ފަހުން "އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ" ނުވަތަ "އިސްތިއުނާފު ރައްދުވާފަރާތް") އެވެ.
2ހައިކޯޓުގެ ދެކުނު ގޮފީގެ ނަންބަރު: A/06-S-HC/2202 ޤަޟިއްޔާގެ ގޮތުގައި 20 އޭޕްރީލް 2022 ގައި މިޤަޟިއްޔާ ރަޖިސްޓްރީކޮށްފައި ވަނިކޮށް، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) އަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، ހައިކޯޓުގެ އުތުރާއި ދެކުނުގައި ޤާއިމްކޮށްފައިވާ ހައިކޯޓުގެ ގޮފިތައް 71 ޖުލައި 2022 ދުވަހު އުވާލުމުން، އެދެ ގޮތްޕަށް ހުށަހެޅި ރަޖިސްޓްރީކޮށް ހިންގަމުން ގެންގޮސްފައިވާ އެންމެހާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ޤާނޫނީ ގޮތުން ބަދަލުވިއެވެ. މިޤަޟިއްޔާއަށް މިހާރު މިކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ A/06)-S-(2022/HC 2022/HC-A/317 އެވެ. ޤާނ ނ ނަންބަރު 2022/9 (ޤާނޫނު ނަންބަރު 2010/22 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނ ނ) އަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު މައްސަލައިގެ ހުލާސާ:
3އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 229/S4C/2016 ޤަޟިއްޔާއިން، މުޙައްމަދު ފިރާޤް ގެ މުދާ ވިއްކައިގެން ދަރަނި އަދާކުރުމަށް މުޙައްމަދު ފިރާޤުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސ.ފޭދޫ "ޒމް" އެވެ ކިޔާ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ވިއްކުމުގެ ހުއްދަ ޝަރީޢަތުން ދިނެވެ.
4މިހުއްދައާއި ގުޅިގެން، ސ.ފޭދޫ "ޒމް" އެވެ ކިޔާ ގޯއްޗާއި އެގޯތީގައިވާ ނުއުފުލޭ މުދާ ސިޓީލާ ނީލަމުގައި ވިއްކުމަށް ދެފަހަރެއްގެ މަތިން އިޢުލާނު ކުރިއެވެ. ނަމަވެސް ހުށަހެޅި އަގުތަކާއި ދަރަންޏާ ނުބައްދަލުވާތީ، އެނީލަންތައް ބާޠިލުކޮށް، އެގޯތި ގަންނާނެ މީހަކު ހޯދުމަށް މުޙައްމަދު ފިރާޤަށް ފުރުޞަތު ދިނެވެ. އެގޮތުން، ސ.ފޭދޫ، […] / ޢަބްދުﷲ ރަފީޤު، މުޙައްމަދު ފިރާޤު އަދާކުރަންޖެހޭ ސާބިތު ދަރަނީގެ ޖުމްލަ އަދަދުކަމުގައިވާ -/1،080،994.00ރ. (އެއްމިލިއަނ އަށްޑިހަހާސް ނުވަސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ)، ދައްކައި އެގޯތި ގަތުމަށް އެއްބަސްވާކަމަށް ބުނެ، މުޙައްމަދު ފިރާޤުގެ ފަރާތުން، ޢަބްދުﷲ ރަފީޤުގެ ނަން ހުށަހެޅިއެވެ.
5މިފައިސާ ޢަބްދުﷲ ރަފީޤް ދައްކާފައިވާތީ، ސ.ފޭދޫ "ޒމް" އެވެ ކިޔާ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ރުއްގަސް ސ.ފޭދޫ ރަންކޮކާގެ ޢަބްދުﷲ ރަފީޤްއަށް މިލްކުވެގެންވާ ކަމަށް އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 229/S4C/2016 ޤަޟިއްޔާއިން ކަނޑައެޅިއެވެ.
6އެހެންނަމަވެސް، އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ސ.ފޭދޫ، "ޒމް" ކިޔުނު ގޯތި ޢަބްދުﷲ ރަފީޤްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްދިނުމަށް އެދި 26 ސެޕްޓެންބަރު 2021 ގައި "ގޯތި/ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށް އެދޭ ފޯމް" އައްޑޫ ސިޓީ ކައުންސިލްއަށް ހުށަހަޅާފައިވީނަމަވެސް، ސ.ފޭދޫ، "ޒމް" އެވެ ރަޖިސްޓްރީ ނަންބަރު 824 ކިޔުނު 7542.25 (ހަތްހާސް ފައްސަތޭކަ ސާޅީސް ދޭއް ޕޮއިންޓް ދޭއް ފަހެއް) އަކަފ ޓު ކަމަށްބުނާ ގޯތި ޢަބްދުﷲ ރަފީޤްގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްދީފައިނުވާތީ، އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 229/S4C/2016 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ތަންފީޛުކުރުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށާއި، ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކުގެ މައްޗަށް އަންގައި އަމުރުކޮށް ދެއްވއަ، ކޯޓުގެ އަމުރެއް ނެރެދެއްވުމަށ އެދް އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މިމައްސަލަ ބަލާފައިވަނީ އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 183/S4C/2021 ޤަޟިއްޔާއިންނެވެ. އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތް:
7އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 183/S4C/2021ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެދިޔަ ނުކުތާތައް އެގޮތުގެ މަތިން ހުރުމުން، އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 229/S4C/2016 ޤަޟިއްޔާއިން، މުޙައްމަދު ފިރާޤް (އައި.ޑީ. ގެ މުދާ ވިއްކައިގެން ދަރަނި އަދާކުރުމަށް މުޙައްމަދު ފިރާޤުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ، ސ.ފޭދޫ، "ޒި މ" (ރަޖިސްޓްރީ ނަންބަރު:824) އެވެ ކިޔާ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ވިއްކުމުގެ ހުއްދަ ޝަރީޢަތުން ދިނުމުން، އެބިން ގަތުމަށްޓަކައި ސ.ފޭދޫ ރަންކޮކާގެ ޢަބްދުﷲ ރަފީޤް (އައި.ޑީ.، މުޙައްމަދު ފިރާޤު އަދާކުރަންޖެހޭ ސާބިތު ދަރަނީގެ ޖުމްލަ އަދަދުކަމުގައިވާ - /0809941 (އެއްމިލިއަނ އަށްޑިހަހާސް ނުވަސަތޭކަ ނުވަދިހަ ހަތަރެއް) ރުފިޔާ، އެފަރާތުން ދައްކާފައިވާތީ، ސ.ފޭދޫ "ޒި މ" އެވެ ކިޔާ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ރުއްގަސް ސ.ފޭދޫ ރަންކޮކާގެ ޢަބްދު ﷲ ރަފީޤްއަށ މިލްކުވެގެންވާކަމަށް ކަނޑައަޅުއްވާފައިވ ހިނދު، މިޙުކުމާއި އެއްގޮތަށް ސ.ދޭދޭ 'ޒި މ' (ރަޖިސްޓްރީ ނަންބަރު:824) އެވެ ކިޔުނު ގޯތި ޢަބްދުﷲ ރަފީޤްގު ނަން މައްޗަށް ރަޖިސްޓްރީކޮށްދިނުމަށް އެދި 26 ސެޕްޓެންބަރު 2021 ވަނަ ދުވަހު "ގޯތި / ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށް އެދޭ ފޯމް" އެއް އައްޑޫ ސިޓީ ކައުންސިލަށް ހުށަހަޅާފައިވީނަމަވެސް، އިސްވެ ހަވާލާދެވިފައިވާ ޤަޟިއްޔާގެ ޙުކުމަށް ތަބަޢުވުމެއްނެތި، ސ.ފޭދޫ، 'ޒި މ' އެވެ ކިޔުނު 7542.25 (ހަތްހާސް ފައްސަތޭކަ ސާޅީސް ދޭއް ޕޮއިންޓް ދޭއް ފަހެއް) އަކަފ ޓީ ގެ ގޯތި ޢަބްދުﷲ ރަފީޤްގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްފައިނުވާތީ، އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 229/S4C/2016 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ތަންފީޛުކުރުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށާއި، ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކުގެ މައްޗަށް އަންގައި އަމުރުކޮށްދެއްވައި، ކޯޓުގެ އަމުރެއް ނުރެދެއްވުމަށް، ސ.ފޭދޫ، […] ޢަބްދު ﷲ ރަފީޤް ހުށަހެޅި މިދަޢުވާގައި، ސ.ފޭދޫ، 'ޒި މ' (ރަޖިސްޓްރީ ނަންބަރު:824) އެވެ ކިޔާ ގޯތި، 06 ޖަނަވަރީ 2022 ވަނަ ދުވަހުގެ ކުރިން، ސ.ފޭދޫ ރަންކޮކާގެ ޢަބްދުﷲ ރަފީޤްގެ ނަމުގައި ރަޖިސްޓްރީކޮށްދިނުމަށް މިކޯޓުގެ ނަންބަރު S4C/2021/82 ކޯޓު އަމުރުން އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް އެންގުނުކަމާއި، 05 ޖަނަވަރީ 2022 ދުވަހު ސ.ފޭދޫ 'ޒި މ' (ރަޖިސްޓްރީ ނަންބަރު:824) އެވެ ކިޔާ ގޯތި، ސ.ފޭދޫ ރަންކޮކާގެ ޢަބްދުﷲ ރަފީޤް (އައި.ޑީ. ގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާކަން، އެނގެން އޮތަތީއާއި ސ.ފޭދޫ 'ޒި މ' (ރަޖިސްޓްރީ ނަންބަރު:824) އެވެ ކިޔާ ގޯތީގެ މިލްކުވެރިކަން ނަގުލުވުމުގައި ފުރިހަމަވާންޖެހޭ އިޖުރާއާތުތައް ފުރިހަމަވެފައިވާތީ، މިމައްސަލަ އިތުރަށް ކުރިއަށް ގެންދާނެތަނެއ ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވ". މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އަބްދު ﷲ ރަފީޤްގެ ފަރާތުން އިސްތިއުނާފުކޮށްފައިމިވަނީ މިޤަޟިއްޔާއެވެ. އިސްތިއުނާފީ ނުކުތާތައް:
8ޕްރިސިޑެންސް 7އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 183/S4C/2021 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ޢަބްދުﷲ ރަފީޤގު ފަރާތުން ތިރގައިވީ ނުކުތތަށާ ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މގޮތުނި ހުށަހަޅާފައިވާ ނުކުތާތަކާ ކ:
1.8 ފުރަތަމަ ނުކުތާއަކީ: އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 229/S4C/2016 ޤަޟިއްޔާއިން ސ.ފޭދޫ، […] / ޢަބްދުﷲ ރަފީޤަށް މިލްކުވި، ސ.ފޭދޫ، ޒި މ އެވެ ކިޔާ އަމިއްލަ ގޯތީގެ ބޮޑު މިނަކީ ކަނޑައެޅިގެން 7542.25 (ހަތްހާސް ފައްސަތޭކަ ސާޅީސް ދޭއް ޕޮއިންޓް ދޭއް ފަހެއް) އަކަފ ޓު ކަމުގައި ކަނޑައަޅުއްވާފައިވީނަމަވެސް، މިގޯއްޗަށް އައްޑޫ ސިޓީ ކައުންސިލްއިން ހައްދަވާދެއްވާފައިވާ ރަޖިސްޓްރީގައި އެބޮޑު މިން ނެތްކަން ކަނޑައެޅިގެން އެނގެން އޮތްއިރު، އެކަމަށް ރިޢާޔަތްކުރެއްވުމެއްނެތި، ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 229/S4C/2016 ޤަޟިއްޔާގެ ޙުކުމް ތަންފީޛްކުރެވިފައިވ ކަމަށާ ނިންމަވާފައިވާ ނިންމެވުމަކީ، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާއި، ޤާނ ނ ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއެއް ކަމުގައިވާ 'ޢަބްދުﷲ ޢަލީ ވ. އިތުރު 8 ފަރާތެއް' 2012/HC-A/254 ގއ ކަނޑައަޅުއްވާފައިވާ އުސޫލާއި ޚިލާފު ނިންމެވުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.8 ދެވަނަ ނުކުތާއަކީ: ސ.ފޭދޫ، ޒމް (ރަޖިސްޓްރީ ނަންބަރު: 824) އެވެ ކިޔުނު ގޯތި ރަޖިސްޓްރީކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން އައްޑޫ ސިޓީ ކައުންސިލަށް 'ގޯތި/ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށް އެދޭ ފޯމް' ހުށަހެޅިއިރުގައި، ފޯމުގައި ގޯއްޗަށް ކިޔުމަށް ބޭނުންވާ ނަމުގެ ގޮތުގައި 'ހެޕީނަސްއާގެ' ޖަހާފައިވާއިރު، އިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ ތެރެއިން ކުރެއްވި އަމުރާއި ގުޅިގެން، އައްޑޫ ސިޓީ ކައުންސިލް އިން ގޯތީގެ ރަޖިސްޓްރީއެއް ހައްދަވާފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ނަމުގައި ގޯތި ރަޖިސްޓްރީ ކޮށް ނުދެއްވައި، އައްޑޫ ސިޓީ ކައުންސިލުން އަމިއްލައަށް އިޚްތިޔާރުކުރެއްވި ނަމެއް ދެއްވާފައިވާއިރު، މިކަމަށް ރިޢާޔަތްކުރެއްވުމެއްނެތި، ނިންމާފައިވާ ނިންމެވުމަކީ ބަންޑާރަ ގޯއްޗާއި އިމާރާތް ރަޖިސްޓްރީކުރުމާއި ބެހޭ ގަވާއިދުގެ، 7 ވަނަ މާއްދާގެ (ހ) އާއި ޚިލާފް ނިންމެވުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. މިނުކުތާއަކީ މިއިސްތިއުނާފާގުޅޭ ނުކުތާއެއް ނ ންކަމަށް 02 ނޮވެންބަރު 2022 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގައި މައްސަލަވާ ބެންޗުން ފާހަގަކުރެއްވި. އެހެންކަމުން އެނުކުތާގައި އިތުރު ވާހަކައެއް ނުދެއްކޭނެކަމަށާއި، ހުކުމް ތަންފީޛްކުރުމުގެ މައްސަލަގާއި އެނުކުތާ އިތުރުކަށް ނުބެލޭނެކަމަށާއި އެހެންކަމުން އެނުކުތާ އުނިކޮށްލުމަށް އިސްތިއުނާފުކުރާ ފަރާތަށް އެންގި.
3.8 ތިންވަނަ ނުކުތާއަކީ: ޤަޟިއްޔާއެއްގައި ކުރެވޭ ޙުކުމެއް ތަންފީޛުކުރުމުގެ މަރުޙަލާއަކީ، ތަންފީޛުކުރުމަށް އެދި ހުށަހަޅައި ނިމިފައިވާ ޤަޟިއްޔާ އާއި ގުޅިގެން މައުޟޫޢީގޮތުން ބަހުޘްކުރެވި، ބަޔާންތަކާއި އައު ހެކި ހުށަހެޅުމުގެ ފުރުސަތު ދެވޭ މަރުހަލާއަކަށް ނުވާއިރު، އިސްތިއުނާފުކުރެވޭ މިމައްސަލައާއި ގުޅިގެން އާ ބަޔާންތަކާއި ހެކި ހުށަހެޅުމުގެ ފުރުޞަތު އިސްތިއުނާފު ރައްދުވާ ފަރާތަށް ދެއްވައި، މިމައްސަލައިގައި ގޮތެއް ނިންމެވުމުގައި އެކަންކަމަށް ރިޢާޔަތްކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތައް ކަމުގައިވާ 'މަޢުރޫފާ އަބޫބަކުރު ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (ދައުލަތް)' {2021 SC 48} 2019/SC-A/07 އާއި 'އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ސިޔާމް A/32 {2021 SC 74}-2019/SC އާއި 'ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ވ. އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ތިން ފަރާތެއް) A/48 {2022 SC 08}-2021/SC ކަނޑައަޅުއްވާފައިވާ އުޟލުތަކާއި ޚިލާފު ނިންމެވުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
9އިސްތިއުނާފު ކުރާ ފަރާތުގެ އިސްތިއުނާފީ ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ކުރާ ޝަކުވާއަކީ 05 ޖަނަވަރީ 2022 ވަނަ ދުވަހު ސ.ފޭދޫ، 'ޒި މ' (ރަޖިސްޓްރީ ނަންބަރު:824) އެވެ ކިޔާ ގޯތި، އިސްތިއުނާފުކުރާ ފަރާތުގެ ނަންމަތީގައި ރަޖިސްޓްރީކޮށްދެއްވާފައިވާއިރު، ގޯތީގެ ޖުމްލަ އަކަފ ޓަށް ބަދަލުތަކެއް އައިސްފައިވާތީ އެކަމާއި ގުޅޭ ގޮތުންނާއި އިސްތިއުނާފުކުރާ ފަރާތުން ގޯއްޗަށް ކިޔަން އެދިފައިވާ ނަން ނނ އެހެން ނަމެއްގެ މަތީ ގޯތީގެ ރަޖިސްޓްރީ ހަދާދީފައިވާތީވެ އެކަމާއި މެދުއެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ޢަބްދުﷲ ރަފޤްގެ އަށީ 05 ޖަނަވަރީ 2022 ގައި ހައްދަވާދެއްވާފައިވާ ރަޖިސްޓްރީގައި 'ޒި މ' ކިޔުނު ބިމުން އެތަކެއްހާސް އަކަފޓ އުނިވާނޭ ފަދައިން ރަޖިސްޓްރީކޮށްދެއްވާފައިވާކަމަށެވެ. މިގޮތުން، 30 އޮސްޓް 2021 ގައި 'ޒި މ' ގޯއްޗަށް ހަދާދީފައިވާ ރަޖިސްޓްރީގައި 'ޒި މ' ގޯތީގެ ބޮޑު މިނެއްކަމުގައި ބަޔާންކޮށްފައިވަނީ 7542.25 އަކަ ފ ޓު ކަމަށެވެ. އަދި އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 229/S4C/2016 ޤަޟިއްޔާގައިވެސް އިސްތިއުނާފުކުރާ ފަރާތަށް މިލްކުވެގެންވާކަމަށް ކަނޑައަޅާފައިވާ ބިމުގެ ބޮޑު މިނަކީވެސް ހަމަ 7542.25 ކަން ވަރަށް ސާފުކޮށް އެނގޭކަމަށެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތަށް މިލްކުވެގެންވާނީ އެވަރު ކަމަށެވެ. 5975.62 އަކަފ ޓެއް ނޫންކަމަށެވެ. އެހެންކަމުން، އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގައި އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 229/S4C/2016 ޤަޟިއްޔާއާ އެއްގޮތަށް ޙުކުމް ތަންފީޛުވެފައިވާކަމަށް ކަނޑައަޅުއްވާފައިވަނީ ރަނގަޅަކަށް ނޫންކަމަށެވެ.
10އިސްތިއުނާފުކުރާ ޢަބްދުﷲ ރަފީޤުގެ ފަރާތުން މިމައްސަލާގައި އެދިފައިވަނީ އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 183/S4C/2021 ޤަޟިއްޔާ އެކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ހުކުމް ތަންފީޛުކުރެވޭ މައްސަލަތަކާއި ގުޅިގެން ކަނޑައަޅުއްވާފައިވާ އުސލުތަކާއި އެފަދަ މައްސަލަތަކުގެ ދާއިރާއިން ބޭރުގައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދއާއާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 183/S4C/2021 ޤަޟިއްޔާގައި ކުރައްވާފައިވާ އެކޯޓުގެ ނަންބަރު S4C/2021/82 އަމުރާއި އެއްގޮތްވާގޮތުގެ މަތިން އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލުކޮށްފައިނުވާކަމަށް ކ ނޑައަޅުއްވާދެއްވައި، އެއަމުރާއ ގުޅިގެނި އިސްތިއުނާފު ރައްދުވާ ފަރާތުން 05 ޖަނަވަރީ 2022 ވަނަ ދުވަހު ސ.ފޭދޫ، ޒި މ (ރަޖިސްޓްރީ ނަންބަރު 824) އެވެ ކިޔުނު ގޯއްޗަށް ހަދާދީފައިވާ ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއްކަމުގައި ކަނޑައަޅުއްވާދެއްވުމަށާއި، އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 229/S4C/2016 ޤަޟިއްޔާގެ ހުކުމާއި އެއްގޮތްވާގޮތުގެ މަތިން، ސ.ފޭދޫ ޒމް (ރަޖިސްޓްރީ ނަންބަރު 824) އެވެ ކިޔުނު ގޯތީގެ ރަޖިސްޓްރީއެއް އިސްތިއުނާފުކުރާ ފަރާތުގެ ނަން މަތީގައި ހަދާދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އަމުރުކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތު ން ދެއްކި ވާހަކަތައް.
11އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ނުކުތާތަކުގެ ރައްދުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާއިން ޙުކުމް ތަންފީޛުކޮށްދިނުމަށް އެދި ހުށަހެޅުމގު ކުރިން އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 229/S4C/2016 ޤަޟިއްޔާގައިވާ ގޯތި ރަޖިސްޓްރީ ކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ރަޖިސްޓްރީކޮށްދިނުމަށް އެދި ހުށަހެޅުމުން، އެގޯތީގެ އަކަފ ޓް އެގޯއްޗަށް ކުރިން ހަދައިދެމުން އައިސްފައިވާ ރަޖިސްޓްރީތަކުގައި 7542.25 ކަމަށް ޖެހިފައިވަނ އިދާރީ އޮޅުމަކުންކަނ ކައުންސިލަށް ފާހަގަކުރެވުނުކަމަށެވެ. އަދި ކައުންސިލަށް އެކަން އެނގުނު ހިސާބުން އިސްތިއުނާފުކުރާ ފަރާތާއި އެކަން ހިއްސާކޮށްފައިވާނެކަމަށެވެ.
12އިސްތިއުނާފުކުރާ ފަރާތުން އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޓ ކޯޓުގް ނަންބަރ 229/S4C/2016 ޤަޟިއްޔއިނާ އިސްތިއުނާފުކުރާ ފަރާތަށް މިލްކުވި ގޯތީގެ ބޮޑުމިނަކީ 7542.25 ކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމަށް ބުނެފައިވީނަމަވެސް، އެޤަޟިއްޔާގައި ގޯތީގެ ބޮޑު މިން ބަޔާންކޮށްފައިނުވާކަމަށެވެ.
13މީގެ އިތުރުން މިމިއްސަ ލައިގެ ޝަރުޢީ ލިޔުންތަކަށް ބެލުމުން ޒި މ ކިޔުން ގޯއްޗށަ ކުރިން ހަދާފައިވާ ރަޖިސްޓްރީގެ ހަތަރު ފަރާތު މިން އެއްގޮތްވިކަމުގައި ވީނަމަވެސް ގޯތީގެ ބޮޑުމިން އެގޯތިން ނުލިބޭކަމަށެވެ. އެހެންކަމުން ކުރިންވެސް އެގޯތިން ނުލިބޭ ބޮޑުމިނެއް ކުރީގެ ރަޖިސްޓްރީތަކުގައި ލިޔެފައި އޮތުމުގެ ސަބަބުން ރަޖިސްޓްރީ އައުކުރާއިރުވެސް ކުރީގެ ރަޖިސްޓްރީގެ މައްޗަށް ބިނާކޮށް ގޯތީގެ ބޮޑުމިން ލިޔެފައި ވަނީ އެގޯތިން ލިބެން ނެތް ބޮޑުމިނަކަށްކަމަށެވެ. ނަމަވެސް ހުރިހާ ރަޖިސްޓްރީގައިވެސް ވާ ގޯތީގެ ހަތަރު ފަރާތުގެ މިން އެއްގޮތްކަމަށެވެ.
14މިގޮތުން ކައުންސިލް އިދާރާގެ ލިޔެކިޔުންތަކުން އެނގެން އޮތް ގޮތުގަ ޒި މ ގޯތީގެ ބޮޑުމިންކަމށަ 7542.25 އަކަ ފ ޓް ކަމަށް ފުރަތަމަ ލިޔެފައިވަނީ އައްޑޫ އަތޮޅު ފޭދޫ ކޯޓުގެ 28/s4c/2012 ޤަޟިއްޔާގައިކަމަށެވެ. އެއަށްފަހު އެގޯތީގެ ބޮޑުމިންކަމަށ ދެން ހެދުން ހުރިހާ ރަޖިސްޓްރީތަކުގައި ލިޔުނީ މިރިޕޯޓަށް ބަލައިގެންކަމަށާއި، އެއީ ކައުންސިލްގެ އިދާރާއިން ގަސްދުގައި އޮޅުވާލުމުގެ ގޮތުން ގެނެސްފައިވާ ބަދަލެއް ނ ންކަމަށެވެ. ސ.ފޭދޫ ޒި މ އެވެ ކިޔުނު ގޯތި ސަރވޭކޮށ ބެލިބެލުމުން އެގޯތީގައި ހުރިކަމަށް ދައްކަނީ 5975.62 އަކަފ ޓުކަމަށެވެ. އެހެންކަމުން، މިގޯތީގެ ބޮޑުމިކަނަށ ބަދަލް އައިސްފައިވަނީ އިދާރީ އޮޅުމެއްގެ ތެރެއިން ކަމަށާއި، އެގޯތިން މިހާރުވެސް ހަތަރު ފަރާތު މިންތައް ކުރިން ހެދިފައިވާ ރަޖިސްޓްރީތަކުނ ވެސް ދައްކުވައިދޭ ގޮތަށް ލިބޭތީ، އެބަދަލަކީ އެކަށީގެންވާ ސަބަބަކާއި ލައިގެން އައިސްފައިވާ ބަދަލެއްކަން އެނގެ ން އޮންނާތީ، އެގޯތީގެ ހަތަރު ފަރާތުގެ މިންތަކުގެ ތެރެއިން ލިބެން ނެތް އަކަފޓެއް ނުލިބުމަކީ ޙުކުމް ތަންފީޛުކުރުން ނުކުރެވުންކަން ބެލެވެން ނެތްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
15މިމައްސަލައިގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން އެދިފައިވަނީ އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 183/S4C/2021 ޤަޟިއްޔާގެ ޙުކުމް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ އަދި ޝަރުޢީ ސަބަބެއްނެތްކަމަށް ކަނޑައަޅުއްވައިދ މައްސަލީ ނިންމާވާ ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
16މިމައްސަލައާއި ގުޅިގެން އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 183/S4C/2021 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ޢަބްދުﷲ ރަފީޤގް ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. ޒި މ ގޯތި އުފެދިގެން ދިޔަ ގޮތް:
17އައްޑުއަތޮޅު ފެދ "ޒި މ" އެވެ ކިޔާ ގޯއްޗަކީ، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 28/S4C/2012 ޤަޟިއްޔާއިން ހިންގުނު ސ.ފޭދޫ، ގްރައިވިލ އެވާ ކިޔާ ގޯތިން ބައެއް ސ.ފޭދޫ ރަނައުރާގެ މުޙައްމަދު ފިރާޤުއަށ ހިބައިން ދިނުމުގެ ޤަޟިއްޔާއާއި ގުޅިގެން އުފެދުނު ގޯއްޗަށް މިހާރު ކިޔާ ނަމެވެ. ވީމާ، ޒި މ ކިޔް ގޯތީގެ އަޞްލަކީ، އައްޑުއަތޮޅު ފޭދޫ ގްރައިވިލާ އެވެ ކިޔާ ގޯއްޗެވެ. ގްރެއިވިލ ކިޔާ ގޯއްޗަށް ހަދައިދީފައިވާ އެންމެ ދުވަސްވީ ރަޖިސްޓްރީއަކަށް، ހުށަހެޅި ލިޔުންތަކުން ފެންނަން އޮތީ، ރަޖިސްޓްރީ ނަންބަރު: 304 އެވެ. އެއީ 1977 ވަނަ އަހަރުގެ ޑިސެމްބަރު 27 ގައި ހަދައިދީފައިވާ ރަޖިސްޓްރީއެކެވެ. އެރަޖިސްޓްރީގައި އެ ބިމުން ދިރިއުޅުމަށްޓަކައި ދޫކުރެވުނު ބިމުގެ ބޮޑުމިނަކީ 5000 އަކަފޓްކަމަށް ބަޔާން ކުރެއެވެ. އަދި ގަސްހައްދާބިމުގެ ބޮޑުމިނަކީ 5456 އަކަފ ޓްކަމަށ ބަޔާން ކުރެއެވެ. އެ ރަޖިސްޓްރީގައި ހިމަނާފައިވާ ޗާޓްގެ ނަކަލެއް ތިރީގައި އެވަނީއެވެ. މިރަޖިސްޓްރީގައި ތާރީޚު އިންގޮތުން، ބޮޑަށް ބުރަވެވެނީ ޑިސެމްބަރު ކަމަށެވެ. ނަމަވެސް ނޮވެމްބަރު ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަންބަރު ފަވާފައި ހުރުމުގެ ސަބަބުން ވަކިގޮތެއް ކަނޑައެޅުމަށްދައްޗެކެވެ.ނަމަވެސް އެއީ 1977 ވަނަ އަހަރުގެ ނޮވެމްބަރު ނޫނީ ޑިސެމްބަރު މަހުގެ 27 ދުވަސްކަން ސާފެވެ. މިރަޖިސްޓްރއީކީ، ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:28/S4C/2012 ޤަޟިއްޔާއާއެކުވެސް ހުށަހެޅިފައިވާ ރަޖިސްޓްރީ އެކެވެ.
18ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު :28/S4C/2012 ޤަޟިއްޔާގެ ޚުލާޞާގައި ބަޔާން ކުރަނީ؛ " މިއީ ސ.ފޭދޫ ގްރައިވިލާ ފާޠިމަތު އިބްރާހިމްގެ ނަމުގައި ދައުލަތުން ރަޖިސްޓްރީ ކޮށްދެއްވާފައިވާ ސ.ފޭދޫ ގްރައިވިލ ކިޔާ ބަންޑާރަ ގޯތިން (ހުށަހަޅާފައިވާ ޗާޓްގައިވާ ގޮތަށް) ބައެއް ފާޠިމަތު އިބްރާހިމް އޭނާގެ އެއްބަޑުއެއްބަފާ ކޮއްކޮ ސ.ފޭދޫ ރަނައުރާގެ ޙަސަން ޝަކީބްގެ ފ.ދަރި ސ.ފޭދޫ ރަނައުރާގެ މުޙައްމަދު ފިރާޤްއަށ ހިބައިން ދިނުމަށް އެދި ފާޠިމަތު އިބްރާހިމް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ." މިފަދައިންނެވެ. މި ޙުލާޞާއިން ސާބިތުވާކަމަކީ، ހިބައިގެ ދަށުން، ސ.ފޭދޫ ގްރައިވިލާއެވެ ކިޔާ ގޯތިން މުޙައްމަދު ފިރާޤްއަށް ލިބިގެން ދިޔައީ ގްރައިވިލ އެވާ ކިޔާ މުޅި ގޯތި ނ ންކަމާއި އެގޯތީގެ ބައެއް ކަމެކެވެ. އަދި އެކަން މި ޤަޟިއްޔާގެ ޙުކުމުނވެސް އެނގެއެވެ.
19ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:28/S4C/2012 ޤަޟިއްޔާ ގެ ޙުކުމުބައ ބަޔާނި ކުރަނީ؛ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު ސ.ފޭދޫ ގްރައިވިލާ ފާޠިމަތު އިބްރާހިމްގެ މިލްކުގައިވާ ސ.ފޭދޫ ގްރެއިވިލާ ގެއިން ( ހުށަހަޅާފައިވާ ޗާޓްގައިވާ ގޮތަށް) ބައެއް އޭނާގެ އެއްބަޑު އެއްބަފާ ކޮއްކޮ ސ.ފޭދޫ ރަނައުރާގެ ޙަސަން ޝަކީބްގެ ފ.ދަރި ސ.ފޭދޫ ރަނައުރާގެ މުޙައްމަދު ފިރާޤް އަށް މި ފާޠިމަތު އިބްރާހިމްގެ މިލްކުން ކަނޑައަޅައި ހިބައިން ދިނުމުން މުޙައްމަދު ފިރާޤް ޝަރީޢަތުގެ މަޖިލިސްގައިހުރެ ހިބަ ޤަބލުކޮށްފައިވާތީ، ޝަރުޢީ އަދި ޤާނ ނ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު މިހިބައިގެ އިޖާބާއި ޤަބޫލު ޝަރީޢަތުގެ މަގުން ހިނގާ ނިމިފައިވާތީ މިހިބައަކީ ޞައްޙަ ހިބައެއްކަމަށ ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ. ސ.ފޭދޫ ގްރައިވިލާއެވެ ކިޔާ ގޯތިން މުޙައްމަދު ފިރާޤްއަށ ލިބުން "ހުށަހަޅާފައިވާ ޗާޓްގައިވާ ގޮތަށް" ބައެކެ ވެ. ޗާޓުގައި އޮތީ ގޯތި ދެބައި ކޮށްފައެވެ. އެއްބަޔަށ ބޮޑް ކޮށެވެ. އަނެއް ބަޔަށް ވަރަށް ކުޑަކޮށެވެ. މުޙައްމަދު ފިރާޤަށ ހިބައިން ލިބިދިން ބަޔަކީ ގްރައިވިލާއެވެ ކިޔާ ގޯތީގެ ބޮޑު ބައެވެ. ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:28/S4C/2012 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓްގައި ދެ ޗާޓެއް ހިމަނާފައިވެއެވެ.
20ފުރަތަމަ ޗާޓަކީ، "ސ.ފޭދޫ ގުރެއިވިލ ކިޔާ ގޯތި ހިމެނޭ ކޮށީގެ ޗާޓް" އެވެ. މިޗާޓުގައި ގްރައިވިލ އެވާ ކިޔާ ގޯތީގެ ވަށައިގެން ހުރި މިންތަނ ބަޔާން ކޮށްފައިވެއެވެ. އެއީ އުތުރުން 75 ފޫޓް، ހުޅަނގުން 108 ފ ޓް ދެކުނުން 68 ފ ޓް އިރުން 95 ފ ޓް އެވެ. އެޗާޓގެ ނަކަލެއު ތިރީގައި ހިމަނާ ފައި އެވަނީ އެވެ.
21ޕްރިސިޑެންސް 2މިއިން އަންގައިދެނީ، ގްރއެވިލާއެވެ ކިޔާ ގޯތިން ބައެއް ހިބައިން ދީގެން އުފެދުނު "ޒމް" އެވެ ކިޔާ ގޯތި އެއްވެސް ޙާލަތެއްގައި ގްރައިވިލާއެވެ ކިޔާ ގޯތީގެ ޖުމްލަ އަކަފ ޓަށްވުރެ ބޮޑުވެގެން ނުދާނެ ކަމެކެވެ. އަދި "ޒމް" އެވެ ކިޔާ ގޯއްޗަކީ، ގުރައިވިލ އެވާ ކިޔާ ގޯތިން ބައެއް ކަމަށްވާއިރު، "ޒމް" އެވެ ކިޔާ ގޯތީގައި މުޅި ގުރައިވިލާއެވ ގޯތީގެ ޖުމްލަ އަކަފ ޓާ އެއްވަރުގެ ބައެއް ހިމެނެންޖެހޭ ކަމަށްބުނެ ބަހުޘެއް ނުކުރެވޭނެކަމެވެ.
22ދެވަނަ ޗާޓަކީ، ސ.ފޭދޫ ގުރައިވިލ ކިޔާ ގޯތި 2 ބައި ކުރެވިފައިވާ ގޮތުގެ ޗާޓެވެ. އެޗާޓުގައި ގްރައިވިލާ ގޯތި ބައި ކުރެވުނު ގޮތާއި ބައިކުރެވުނު ބަޔަށް ވަދެނިކުމެވާނެ ގޯޅިގަނޑގު މިންތަކާއިއެކ ފާހަގު ކޮށްފައިވެއެވެ. ގްރެއިވިލާ ދެބައި ކުރިއިރު ބޮޑުބައިގ މިންތަކުގެ ގޮތުގައެ ފާހަގަ ކޮށްފައިވަނީ، އުތުރުނ 75 ފ ޓް، ހުޅަނގުން 96 ފ ޓް، ދެކުނުން 62 ފޫޓް، އިރުން 83 ފޓެވެ. އަދި ގުރައިވިލާގ އެވެ ކިޔާ ގޯތީގެ ކުޑަބައިގެ މިންތަކުގެ ގޮތުގައި ބަޔާން ކޮށްފައިވަނީ، އުތުރުން 62 ފޫޓް، ހުޅަނގުން 12 ފ ޓް، ދެކުނުން 68 ފ ޓު އަދި އިރުން 12 ފޓެވެ. އަދި މިބަޔަށ ވަނުމަށް މުޅި ގޯތީގެ ހުޅަނގު ކޮޅުނ ގޯޅިއެއް ނަގާފައި އޮތްއިރު، އެގޯޅިގެ އުތުރުކޮޅުގެ ފުޅާމިނަކީ 8 ފޓ ކަމުގައް ބަޔާނި ކޮށްފައިވެއެވެ. އަދި ހުޅނަ ގ ބިތުގައި މުޅިގޯތީގެ ޖުމްލަ ދިގު 108 ފ ޓް ކަމަށް ބަޔާން ކޮށްފައިވެއެވެ. އެޗާޓގެ ނަކަލެއު ތިރީގައި ހިމަނާފައި އެވަނީއެވެ.
23މަތީގައިވާ ޗާޓުގައި ގުރައިވިލާ ދެ ބައިކޮށް ކޮންމެ ބައެއްގެ ވަށައިގެން ހުރި މިންތައް ވަކިވަކިން ޖަހާފައިވެއެވެ. އަދި ކޮންމެ ބައެއްގެ އަކަފޓ ވަކިން ބަޔާން ކޮށްފައިވެއެވެ. މިގޮތުން ގުރައިވިލާ ދެބައި ކުރިއިރު، ސ.ފޭދޫ ރަނައުރާގެ މުޙައްމަދު ފިރާޤްއަށ ލިބުން ބައި ނުވަތަ މުޙައްމަދު ފިރާޤުގެ އަތުން، ޢަބްދުﷲ ރަފީޤު ގަތް ބައިގެ ބޮޑުމިން ކަމުގައި ބަޔާން ކޮށްފައިވަނީ 7542.25 އަކަފ ޓު ކަމަށެވެ. އަދި ގުރައިވިލާގ ދެނެ އޮތް ބައިގެ ބޮޑުމިނަކީ 780 އަކަފ ޓްކަމަށ ބަޔާން ކޮށްފައިވެއެއެވެ.
24އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯ ޓުގެ ނަންބަރު:28/S4C/2012 ހިބައިން ދިނުމުގެ ޤަޟިއްޔާއާއި ގުޅިގެން، 09 އޮގަސްޓް 2012 ގައި، ސ.ފޭދޫ ގުރައިވިލާއިނ މުޙައްމަދް ފިރާޤްއަށ ހިބައިން ލިބުން ބަޔަށް "ޒމް" ގެ ނަމުގައި ރަޖިސްޓްރީ ހަދައި ދެވިފައިވާކަން ހުށަހެޅުނު ލިޔުންތަކުން އެނގެއެވެ. ނަމަވެސް، 09 އޮގަސްޓް 2012 ގެ ހައި ހެއްދި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅާ ފއެއްނެތެވެ. މުޙައްމަދު ފިރާޤްގެ ސާބިތު ދަރަނި ދެއްކުމަށް "ޒމް" ވިއްކާލުން:
25އެކިއެކި ފަރާތްތަކަށް މުޙައްމަދު ފިރާޤް ދައްކަންޖެހިފައިވާ ސާބިތު ދަރަނިތައް ދެއްކުމުގެ ގޮތުން، މުޙައްމަދު ފިރާޤްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ޒމް" އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތައް ވިއްކާލުމުގެ މަސައްކަތް ކޮށްފައިވަނީ، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:229/S4C/2016 ޤަޟިއްޔާ ގައެވެ. އިސްތިއުނާފުކުރާ ސ.ފޭދޫ ރަންކޮކާގެ ޢަބޮ ދ ﷲ ރަފީޤް، "ޒމް" އެވެ ކިޔާ ބަންޑާރަ ގޯތި ގަތްފައިވަނީ މިޤަޟިއްޔާގެ ތެރެއިންނެވެ. އެޤަޟިއްޔާގެ ޙުކުމުގައި މިނުކުތާއާ ގުޅޭ ގޮތުން އޮތީ؛ " ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި،ފާހަގަ ކުރަ ނުކުތާތަކަށް ރިޢާޔަތްކޮށް، އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 51/S4C/2016 ޤަޟިއްޔާއިން ސާބިތުވެގެން ސ.ފޭދޫ ސްޓަރލައިޓ ޙަސަން ޢަލީ (އައިޑީ އަށް، ސ.ހިތަދޫ ޒި މްޕުލަސ މުޙައްމަދް ފިރާޤް( އައިޑީ، ދައްކަންޖެހޭ ސާބިތު ދަރަނީގެ ފައިސާ ޙަސަން ޢަލީޢަށް ލިބިދިނުމުގެ ގޮތުން، މުޙައްމަދު ފިރާޤުގެ މުދާ ވިއްކައިގެން ދަރަނި އަދާކުރުމަށް، މުޙައްމަދު ފިރާޤުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ، ސ.ފޭދޫ "ޒި މ" (ރަޖިސްޓްރީ ނަންބަރު 824) އެވެ ކިޔާ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ވިއްކުމުގެ ހުއްދަ ޝަރީޢަތުން ދިނުމުން، އެބިން ގަތުމަށްޓަކައި ސ.ފޭދޫ ރަންކޮކާގެ ޢަބްދުﷲ ރަފީޤް (އައިޑީ، މުޙައްމަދު ފިރާޤު އަދާކުރަންޖެހޭ ސާބިތު ދަރަނީގެ ޖުމްލަ ޢަދަދުކަމުގައި -/1080994 (އެއްމިލިއަން އައްޑިހާސް ނުވަސަތޭކަ ނުވަދިހަ ހަތަރެއް) ރުފިޔާ، އެފަރާތުން ދައްކާފައިވާތީ، ސ.ފޭދޫ "ޒި މ" އެވެ ކިޔާ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ރުއްގަސް، ސ.ފޭދޫ ރަންކޮކާގެ ޢަބްދުﷲ ރަފީޤްއަށް މިލްކުވެގެންވާކަމާއި،....މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީމެއެވެ." މިފަދައިންނެވެ.
26ޕްރިސިޑެންސް 1އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:229/S4C/2016 ޤަޟިއްޔާގެ ޙުކުމުގެ އެއްވެސް ޢިބާރާތެއްގައި، ސ.ފޭދޫ "ޒމް" އެވެ ކިޔާ ގޯތީގެ ބިމުގެ ބޮޑުމިން އަކަފ ޓުން ބަޔާންކޮށް، އެމިންވަރު ޢަބްދުﷲ ރަފީޤްއަށް މިލްކުވެގެންވާ ކަމަށް ބަޔާނެއް ނުކުރެއެވެ. އެހެންކަމުން، ސ.ފޭދޫ "ޒި މ" އެވެ ކިޔާ ގޯތީގެ ބޮޑުމިން ހޯދުމަށް ރުޖޫޢަ ވާންޖެހެނީ އެގޯއްޗާއިބެހޭ ގޮތުން ކުރިން ނިންމި ޤަޟިއްޔާތަކަށާއ އެގޯއްޗާއި ގުޅި ގޮތުން ހެދިފައިވާ ރަޖިސްޓްރީތަކަށެވެ. ޢަބްދުﷲ ރަފީޤު ހުށަހަޅް ޝަކުވާ:
27ޢަބްދުﷲ ރަފީޤު ބަޔާން ކުރަނީ، ޢަބްދުﷲ ރަފީޤު ގަތް ސ.ފޭދޫ "ޒމް" އެވެ ކިޔާ "42.2557" އަކަފ ޓުގެ ގޯއްޗެވެ. އެކަން ސާބިތު ކުރުމަށް، ޢަބްދުﷲ ރަފީޤްގެ ފަރާތުން ހުށަހަޅަނީ، ސ.ފޭދޫ ޒި މ އެވެ ނަމަކަށް ކިޔާ ބަންޑާރަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތް ނީލަން ކިޔުމުގެ ގޮތުން، ނުވަތަ ސިޓީލާ ނީލަމުގައި ވިއްކާލުމުގެ ގޮތުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން "ދިވެހި ސަރުކާރުގެ ގެޒެޓް" ގައި ކޮށްފައިވާ އިޢުލާނެވެ. އޭގެ އިތުރުން، ސ.ފޭދޫ "ޒމް" އެވެ ކިޔާ ގޯއްޗަށް ކުރިން ހަދައިދީފައިވާ ރަޖިސްޓްރީ ތަކާއި އެގޯތި މުޙައްމަދު ފިރާޤްއަށ ހިބައިން ދިނުމަށް ހިންގި ޤަޟިއްޔާގައި ހިމަނާފައިވާ ޗާޓެވެ.
28ޢަބްދުﷲ ރަފީޤް ސ.ފޭދޫ "ޒމް" އެވެ ކިޔާ ގޯތި ގަތީ ނީލަމު ންނެއް ނޫނެވެ. އެހެންކަމުން، ނީލަން ކިޔުމާއި ގުޅޭ ގޮތުން ކޮށްފައިވާ އިޢުލާނާއި ގުޅޭ ގޮތުން ހުށަހަޅާ ލިޔެކިޔުންތަކަކީ، މިމައްސަލައާ ގުޅޭ ލިޔުންތަކެއް ނޫނެވެ. އެކަން އެނގެނީ، މުޙައްމަދު ފިރާޤުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ސ.ފޭދޫ ޒމ ކިޔް ގެއާއި އެގެ ހިމެނޭ ގޯތި ވިއްކާލުމަށް 2 ފަހަރެއްގެ މަތިން ކޯޓުން އިޢުލާންކުރުމުންވެސް، މުޙައްމަދު ފިރާޤުގެ ދަރަނި ޚަލާޞްކުރެވޭ މިންވަރަށް އަގުހުށަހެޅި ފައިނުވާކަނ އެނގެން އޮތްކަމަށް ބާޔާން ކޮށްފައިވާތީއެވެ. އަދި އެރިޕޯޓްގައި ނީލަންތައް ބާޠިލުކޮށްފައިވާކަނ ބަޔާން ކުރެއެވެ.
29ޢަބދް ﷲ ރަފީޤްއަކީ، ސ.ފޭދޫ "ޒި މ" ކިޔާ ގޯތި މުޙައްމަދު ފިރާޤް އަދާކުރަންޖެހޭ ޖުމްލަ ސާބިތު ދަރަނީގެ އަގަށް ގަންނާނެ ފަރާތެއް ހޯދުމަށް ދިން ފުރުޞަތުގައި މުޙައްމަދު ފިރާޤް ހުށަހެޅި ފަރާތެކެވެ. މިހުށަހެޅުމާއި ގުޅިގެން، ޢަބްދުﷲ ރަފީޤް ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށް ބަޔާން ނަގާފައިވެއެވެ. އެބަޔާނުގައި އޮތީ؛ "މުޙައްމަދު ފިރާޤުއަކީ އަޅުގަނޑާ ދެބެންގެ ދެދަރި މީހެކެވެ. އަޅުގަނޑު މިހުރީ މުޙައްމަދު ފިރާޤުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ސ.ފޭދޫ ޒި މ ނަކަމަށ ކިޔް ބަންޑާރަ ގޯތި ގަންނަ ގޮތަށެވެ. އެގެ ގަންނާނެ އަގަކީ، މުޙައްމަދު ފިރާޤު އަދާކުރަންޖެހިފައިވާ ސާބިތު ދަރަނީގެ ޖުމްލަ ޢަދަދަށެވެ." މިފަދައިންނެވެ.
30މުޙައްމަދު ފިރާޤުގެ ސާބިތު ދަރަނިތައް ދައްކައި ޚަލާޞްކުރެވޭ މިންވަރަށް ފައިސާދައްކައިގެން، ސ.ފޭދޫ ޒމް ނަމަކަށް ކިޔާ ގޯތި ގަތުމަށް މުޙައްމަދު ފިރާޤުގެ ފަރާތުން ހުށަހެޅި ސ.ފޭދޫ ރަންކޮކާގެ ޢަބްދުﷲ ރަފީޤް އެއްބަސްވެފައިވާކަން އެނގެން އޮންނަކަން ބަޔާންކޮށް އެކަން ފާހަގަ ކޮށްފައިވެއެވެ.
31ޕްރިސިޑެންސް 3ވީމާ، ސ.ފޭދޫ "ޒމް" އެވެކިޔާ ބަންޑާރަ ގޯތި ޢަބދް ﷲ ރަފީޤު ގަތުމަށް ހުށަހެޅި އަގަކީ އެގޯތީގެ އަކަފ ޓަށް ބަލައިގެން ހުށަހެޅި އަގެއް ނޫނެވެ. އެގޯތި ޢަބްދުﷲ ރަފީޤް ގަތީ، މުޙައްމަދު ފިރާޤް ދައްކަންޖެހޭ ޖުމްލަ ސާބިތު ދަރަނިކަމަށ އެނގެންއޮތް ޢަދަދު އެއީ ސ.ފޭދޫ "ޒމް" އެވެ ކިޔާ ގޯތީގެ އަގު ކަމަށް ބަލައިގެންނެވެ. ވީމާ، ޢަބްދުﷲ ރަފީޤު ސ.ފޭދޫ "ޒމް" އެވެ ކިޔާ ގޯތި ގަތުމަށް މުޙައްމަދު ފިރާޤުއަށް ދެއްކި އަގަކީ އެގޯތީގެ ޖުމްލަ އަކަފ ޓާއި ގުޅުވޭނެ އަގެއް ނޫނެވެ. 229/S4C/2016 ޤަޟިއްޔާގެ 56 ވަނަ ނުކުތާ. 20 މެއި 2021 ގައި ޢަބުދު ﷲ ރަފީޤް ދީފައިވާ ބަޔާން މަޙްޟަރު 31/3B 229/S4C/2016 ޤަޟިއްޔާގެ 57 ވަނަ ނުކުތާ . "ޒމް" އެވެ ކިޔާ ގޯތި ވިއްކާލުމުގެ ކުރިން އެ ގޯތި އަމިއްލަ ކުރުން:
32އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:229/S4C/2016 ޤަޟިއްޔާގެ ވިއްކުމުގެ މަސައްކަތާއި ގުޅިގެން ގަންނަ ފަރާތަށް އެ ގޯތީގެ ރަޖިސްޓްރީ ހަދައިދިނުމާއިބެހޭ ގޮތުން އައްޑޫ ސިޓީ ކައުންސިލް އިދާރާއިން މަޢުލ މާތު ސާފު ކުރިކުރުމުން، އެގޯތި ވިއްކަން ވާނީ އަމިއްލަ ކުރުމަށްފަހުގައި ކަމަށާއި، މި މައްސަލައިގައި ބިން އަމިއްލަ ކުރުމަށް ހިނގާ ފައިސާ ދައްކަންވާނީ ގަންނަ ފަރާތުންކަމަށް ދެކޭ ކަމަށް އައްޑޫ ސިޓީ ކައުންސިލް އިދާރައިން މަޢުލ މާތު ދިންކަން އެނގެއެވެ. އަދި ސ.ފޭދޫ "ޒމް" އެވެ ކިޔާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހޭ ފައިސާގެ ޢަދަދާއި ގުޅޭގޮތުން، ސ.ފޭދޫ އަވަށު އޮފީހުން އަންގާފައިވަނީ؛ "ފޭދޫ ޒި މ ނަމަކަށް ކިޔާ 7542.25 އަކަފ ޓް ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް އަކަފޓަކަށް 50 ރުފިޔާގެ ރޭޓުން 377112.50ރުފިޔާ ( ތިންލައްކަ ހަތްދިހަހަތްހާސް އެއްސަތޭކަ ބާރަ ރުފިޔާ ފަންސާސްލާރި) ކަމުގައި ދެންނެވީމެވެ." މިފަދައިންނެވެ.
33ވީމާ، "ޒި މ" އެވެ ކިޔާ ގޯތި އަމިއްލަ ކުރުމަށް ފައިސާ ދެއްކި ފަރާތަކުން، ފައިސާ ދައްކާފައިވަނީ، އެގޯއްޗަކީ، 7542.25 އަކަފ ޓު އެއީ އެގޯތީގެ ބޮޑުމިންކަމަށް ޤަބޫލު ކުރެވިގެން، ސ.ފޭދޫ އަށަވަރު އޮފީހުން އެންގި އެންގުމަކާއި ގުޅިގެންނެވެ. ސ.ފޭދޫ "ޒި މ" އެވެ ކިޔާ ބަންޑާރަ ގޯތީގައި 7542.25 އަކަފ ޓް ނެތްނަމަ، ބިން އަމިއްލަ ކުރުމަށް އިތުރަށް ނެގުނު ފައިސާއަކީ އެފައިސާއެއް ދެއްކި ފަރާތަށް އަބުރާ ރައްދު ކުރަންޖެހޭނެ ފައިސާއެކެވެ. ނަމަވެސް އެނުކުތާއަކީ މިޤަޟިއްޔާއާއި ގުޅޭ ނުކުތާއެއް ނޫނެވެ. 229/S4C/2016 ޤަޟިއްޔާގެ 63 ވަނަ ނުކުތާ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު B/2021/27-S4C (10 ޖުލައި 2021) ފެކްސް މެސެޖް އާއި ގުޅިގެން ފޭދޫ އަވަށު އޮފީހުން ފޮނުވި ނަންބަރު:-426 4A/S04C/2021/40 (12 ޖުލައި 2021) ސިޓީ. ވިއްކާ ފަރާތުގެ ރަޖިސްޓްރީގައި އޮތް އައިބެއް ގަތް ފަރާތުގެ ރަޖިސްޓްރީ އަށް ނަގުލުވުން:
34މިމައްސަލައިގައި ބަލަންޖެހޭ އަސާސީ ނުކުތާއަކީ، ސ.ފޭދޫ "ޒމް" އެވެ ކިޔާ ގޯތީގެ ވަށައިގެން ހުރި މިންތަކާއި އެމިންތައ އަކް ކުރުމުން ނުކުންނަ ޖުމްލަ އަކަފޓްއަކީ ކޮބާކަމެވެ. ސ.ފޭދޫ ގުރައިވިލާ ދެބައިކޮށް، އޭގެ ތެރެއިން މުޙައްމަދު ފިރާޤްއަށ ހިބައިން ލިބިދިން ބައިގެ ނުވަތަ ސ.ފޭދޫ ގުރައިވިލާ ގޯތީނ މުޙައްމަދް ފިރާޤަށް ލިބުނު ބައިގެ ވަށައިގެން ހުރި މިންތަކަކީ ކުރިން ބަޔާން ކުރިހެން، އުތުރުން 75 ފ ޓް، ހުޅނަ ގުން 96 ފ ޓް، ދެކުނުން 62 ފ ޓް، އިރުން 83 ފޓެވެ. މިމިންތަކަށް އަކަކުރުމުން، އަންނަ އަކަފ ޓް ކަމަށް ހިބައިގެ ޤަޟިއްޔާގައި ހިމަނާފައިވާ ޗާޓުގައި، އަދި މުޙައްމަދު ފިރާޤްއަށ ހަދައިދިން ރަޖިސްޓްރީގައިވެސް ބަޔާން ކުރަނީ، 7542.25 އަކަފ ޓް ކަމަށެވެ. ނަމަވެސް ސުވާލަކީ އެއީ އެމިންތައް އަކަކުރުމުން އަންނަ ޖުމްލަ އަކަފ ޓް ހެއްޔެވެ؟
35އައްޑޫ ސިޓީ ކައުންސިލް އިދާރާއިން، މިބިމގެ ވަށައިގެންވާ މިންތައް ބަލައި ސާވޭކޮށް، ބިމުގެ އުތުރުން 75 ފ ޓް، ހުޅނަ ގުން 96 ފޫޓް ދެކުނުން 62 ފ ޓް އަދި އިރުން 83 ފ ޓް ހުރިކަމަށް ބަޔާން ކުރެއެވެ. ނަމަވެސް އަކަފ ޓްގެ ބޮޑުމިނަކީ، 5945.70 އަކަފ ޓްކަމަށ ބަޔާން ކުރެއެވެ. ވަށައިގެން ހުރި އެއްމިންތަކެއ އަކް ކުރުމުން 1596.55 އަކަފ ޓުގެ ތަފާތެއް އެބަ އޮތެވެ.
36ޕްރިސިޑެންސް 5ޢަބްދުﷲ ރަފީޤް ބޭނުންވަނީ، މިދެންނެވި ތަފާތު ނުނިކުންނާނެ ގޮތަކަށް އުތުރުން 75 ފ ޓް، ހުޅަނގުން، 96 ފ ޓް ދެކުނުން 62 ފ ޓް އިރުން 83 ފ ޓް ހުރި ބިމަކުން، 7542.25 އަކަފ ޓް ނެރޭށެވެ. އަހުރެން ހިތުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އައްޑޫ ސިޓީ ކައުންސިލުން ބަޔާން ކުރަނީ، ކުރިން ހެއްދިފައިވާ ރަޖިސްޓްރީތަކުގައި އަދި ހިބައިގެ މައްސަލަ ހިންގުނުއިރު، ފޮނުވުނު ޗާޓުތަކުގައިވެސް އެބިމުގެ ވަށައިގެން ހުރިމިންތައް ރނަ ގަޅަށް ޖެހިފައި އޮތްއިރު، އަކަފ ޓް ނުބައިކޮށް ޖެހިފައި އެވަނީ ކުށަކުން ކަމަށެވެ. އަހުރެންވެސް ޤަބޫލު ކުރަނީ އެއީ ވަށައިގެންވާ މިންތައް އަކަކުރުމުގައި ޖެހިފައިވާ ނުބައި ހިސާބެއް ކަމަކަށެވެ.
37ޕްރިސިޑެންސް 4މުޙައްމަދު ފިރާޤްއަށް ހިބައިގެ ދަށުން ލިބުނީ، އުތުރުން 75 ފޫޓް، ހުޅަނގުން 96 ފ ޓް، ދެކުނުން 62 ފ ޓް، އިރުން 83 ފ ޓުގެ ގޯއްޗެއްކަމަށްވާތީ، މުޙައްމަދު ފިރާޤްއަށް ވިއްކާލެވޭނީވެސް ހަމަ އެމިންތަކުގެ ގޯއްޗެކެވެ. އެހެންކަމުން، މުޙައްމަދު ފިރާޤްއަށް މިލްކުވެފައިވާ މިނަށްވުރެ ބޮޑުކޮށް އޭނާއަށް އެހެން މީހަކަށް އެގޯއްޗެއް ނުވިއްކޭނެއެވެ. ކޮންމެ މީހަކަށްވެސ ބިމުން އަނެކާއަށް ވިއްކޭނީ ނުވަތަ ދެވޭނީ އެމީހާއަށް މިލްކުވާ މިންވަރަށްވުރެ އިތުރު ނުވާގޮތަށެވެ. ވީމާ، ބިމެއްގެ ރަޖިސްޓްރީއެއް ހެއްދިއިރު، އެރަޖިސްޓްރީގައި ކުށަކުން ކަމެއް ބޔާނަ ކުރެވިފައިވާނަމަ، އެބިމުގެ ރަޖިސްޓްރީ ނަގުލުވާ ފަރާތަށްވެސް އެރަޖިސްޓްރީ ނަގުލުވާނީ އެކުށް އިޞްލާޙު ނުކުރާހާ ހިނދު އެކށާއި އެކުގައެވެ.
38ރަޖިސްޓްރީގައި ކުށަކުން ބަޔާން ކުރެވިފައިވާ މިންވަރު ބިމުން ބޮޑު ކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ރަޖިސްޓްރީގައި އޮތީ ކުށެއްކަން ސާބިތުވާ ޙާލަތުގައި، ބަދަލުކޮށް އިޞްލާޙު ކުރަން ޖެހޭނީ ރަޖިސްޓްރީ އެވެ. ކުށުން ހެދިފައިވާ އޮތް ރަޖިސްޓްރީއާ އެއްގޮތަށް ބިމުން ބޮޑު ކޮށްދިނުމަކީ ކުރަންޖެހޭނެ އަދި ކުރެވޭނެ ކަމެއްވެސް ނޫނެވެ.
39ޕްރިސިޑެންސް 6ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ޢަބްދުﷲ ރަފީޤްގެ ފަރާތުން އިސްތިއުނާފުކޮށް ހުށަހަޅާފައިވާ ނުކުތާކަކަށް ބަލާއިރު؛
1.39 އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 229/S4C/2016 ޤަޟިއްޔާގައި، ސ.ފޭދޫ "ޒމް" އެވެ ކިޔާ ގޯތީގެ ބޮޑުމިނަކީ ކަނޑައެޅގެނި 7542.25 އަކަފ ޓްކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނެފައިވަނީ، އެޤަޟިއްޔާގެ އެއްވެސް ނުކުތާއެއްގައި އެގޮތަށް ބަޔާންކޮށްފައި ނުވަނީސްކަން އެނގެއެވެ. މިއީ ޢަބްދުﷲ ރަފީޤުގެ ފަރާތުން "ޒމް" އެ ކިޔާ ގޯއްޗާއި ގުޅިގެން ކުރިން ނިންމާފައިވާ ނިންމުތަކާއި އެގޯއްޗަށް ހަދައިދީފައިވާ ކުރީ ގެ ރަޖިސްޓްރީތަކަށް ބަލައިގެން ކުރާ އިފްތިރާޟެއްކަން އެނގެއެވެ. އެ އިފްތިރާޟްއަކ ރަނގަޅީ އިފްތިރާޟެއް ނންކަނ ކުރިން ބަޔާން ކުރެވިއްޖެއެވެ.
2.39 ސ.ފޭދޫ "ޒި މ"އަށް ކިޔާނެ ނަމަކާއ ގުޅި ގޮތުން ހުށަހެޅި ނުކުތާއަކީ މިޤަޟިއްޔާގެ ދަށު ކޯޓުގެ މަޢުޟއެއް ނޫނެވެ.
3.39 ޢަބދް ﷲ ރަފީޤު ޙުކުމް ތަންފީޛު ކުރަން ހުށަހެޅި މައްސަލައަކީ، ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:229/S4C/2016 ޤަޟިއްޔާގައި، "...މުޙައްމަދު ފިރާޤުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ، ސ.ފޭދޫ "ޒމް" (ރަޖިސްޓްރީ ނަންބަރު 824) އެވެ ކިޔާ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ވިއްކުމުގެ ހުއްދަ ޝަރީޢަތުން ދިނުމުން، އެބިން ގަތުމަށްޓަކައި ސ.ފޭދޫ ރަންކޮކާގެ ޢަބްދުﷲ ރަފީޤް (އައިޑީ، މުޙައްމަދު ފިރާޤު އަދާކުރަންޖެހޭ ސާބިތު ދަރަނީގެ ޖުމްލަ ޢަދަދުކަމުގައި -/1080994 (އެއްމިލިއަން އައްޑިހާސް ނުވަސަތޭކަ ނުވަދިހަ ހަތަރެއް) ރުފިޔާ، އެފަރާތުން ދައްކާފައިވާތީ، ސ.ފޭދޫ "ޒި މ" އެވެ ކިޔާ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ރުއްގަސް، ސ.ފޭދޫ ރަންކޮކާގެ ޢަބްދުﷲ ރަފީޤްއަށް މިލްކުވެގެންވާ..." ކަމަށް ކަނޑައަޅުއްވާފައިވާތީ، އެކަނޑައެޅުއްވުމާއި އެއްގޮތަށް ސ.ފޭދޫ "ޒި މ" ޢަބްދުﷲ ރަފީޤްގެ ނަމުގައި ރަޖިސްޓްރީކޮށް ނުދީގެން ހުށަހެޅި މައްސަލައެވެ. ސ.ފޭދޫ "ޒި މ" އެވެ ކިޔާ ގޯތީ ޢަބްދުﷲ ރަފީޤްގެ ނަމުގައި ރަޖިސްޓްރީ ކުރިއިރު، "ޒި މ" އެވެ ކިޔާ ގޯތީގެ ވަށައިގެން ހުރި މިންތަކާއި އއ މިންތަކެއްގައ އެގޯތި ޢަބްދުﷲ ރަފީޤްގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައިވާކަން އެނގެއެވެ. އަދި ރަޖިސްޓްރީގައި އެގޯތީގެ ވަށައިގެންވާ މިންތައް ކުރިން އަކަ ކުރުމުގައި އޮޅުމެއް އޮތްކަން ބަޔާންކޮށްފައިވެއެވެ. އެއޮޅުނ ސާފުކޮށް ދިނުމަށް ދަށް ކޯޓަށު ހުށަހެޅި ހުށަހެޅުމަކީ އަލުނަ މައުޟ އަށް ވާހަކަ ދެއްކުން ކަމަށް ބަލައެއް ނުގަނެވެއެވެ.
40ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:183/S4C/2021 ޤަޟިއްޔާ ނިންމާފައިވަނީ ރަގަޅަށް ކަމަށް އަހުރެންނަށް ބުރަވެއެވެ.
41މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދުކުރަމެވެ.
42މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދުކުރަމެވެ.
43މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 9/2022 (ޤާނޫނު ނަންބަރު 22/2010 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) - ހައިކޯޓުގެ ގޮފިތައް އުވާލުމާއި މައްސަލަތައް ހައިކޯޓަށް ބަދަލުވުން
- ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 28/S4C/2012 (ހިބައިގެ ޤަޟިއްޔާ)
- ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 229/S4C/2016 (ތަންފީޛުކުރަން އެދުނު ޙުކުމް)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ހ)، (ށ)، (ނ) - ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް