ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/316
ޢަބްދުالله ޢާރިފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2016/HC-A/316
Abdhuالله Arif v. Prosecutor General's Office 2016/HC-A/316 (2016/HC-A/316, High Court of the Maldives, 24 August 2016)
ޢަބްދުالله ޢާރިފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތުހުމަތުކުރެވޭ މީހާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ބަންދުގައި ބެހެއްޓޭނެ އެއްވެސް ޝަރުޠަކަށް ނުފެތޭ ކަމަށާއި، ކުށުގެ ޠަބީޢަތާއި ބޮޑުމިނާއި އަދަބު ވަޒަންކުރަންޖެހޭނެ ކަމަށް 2010/SC-A/19 ގައިވާ އުޞޫލަށް ރިޢާޔަތްނުކުރާ ކަމަށެވެ.
މައިގަނޑު ސުވާލު
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބެހެއްޓުމަށް ނެރުއްވި އަމުރު ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 2010/SC-A/19 އާ ޚިލާފުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ ބަންދުގެ އަމުރު ޤާއިމް
މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ބަންދުކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތެކެވެ. ފުލުހުންގެ ދައުރަށް ހުރަސްއެޅުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރި ކަމެއް ކަމަށް 2012/HC-A/213 ގައިވެސް ފާހަގަކޮށްފައިވެއެވެ. ތުހުމަތު އުފެދޭ މިންވަރުގެ ހެކި ހުށަހަޅާފައިވާތީ 2010/SC-A/19 ގެ ކަންކަމަށް ރިޢާޔަތްކޮށްފައިނުވާ ކަމަށް ނުބެލެވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުތަކުގެ ތެރެއިން ޙާލަތެއް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެ، އަމަން އަމާންކަން ގެއްލިދާފަދަ ކަމެއް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ތުހުމަތުކުރެވުނު ކުށުގެ މައްޗަށް ތުހުމަތެއް އުފެދޭ މިންވަރުގެ އެކަށީގެންވާ ހެކި ފުލުހުންގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާއިރު، ތުހުމަތުކުރެވުނު މައްސަލައިގެ ބާވަތަށާއި، ތަބީޢަތަށާއި ކުޑަބޮޑު މިނުގެ މައްޗަށް ބަލާއިރު، ބަންދުގެ އަމުރު ނެރުއްވުމުގައި ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2010/SC-A/19 ގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބެލެވެން ނެތް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2010/SC-A/19 (9 ވަނަ ނުކުތާ)
- ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2012/HC-A/213
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް