ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/216
ޢަބްދުﷲ އަނީސް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، 2019/HC-A/216
Abdhuﷲ Anees v. Maldives Inland Revenue Authority 2019/HC-A/216 (2019/HC-A/216, High Court of the Maldives, 14 December 2021)
ޢަބްދުﷲ އަނީސް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ޙުކުމްކުރީ ޖީއެސްޓީ އާއި ޖޫރިމަނާގެ ގޮތުގައި 659,305 ރުފިޔާ އާއި އަރަމުންދާ ޖޫރިމަނާ 5 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާޞްކުރުމަށެވެ.
އިސްތިއުނާފުކުރި ފަރާތް 2011 ގައި ޖީއެސްޓީއަށް ރަޖިސްޓްރީވެ، ވިޔަފާރީގެ މިލްކުވެރިކަން ބަދަލުކުރުމުން ރަޖިސްޓްރީން ނަން އުނިކުރުމަށް އެދުނެވެ. މީރާއިން 2011-2014 ގެ މުއްދަތަށް ކުރި އޮޑިޓުން އިތުރަށް 436,244 ރުފިޔާ ދައްކަންޖެހޭކަމަށް އެންގުމުން އިޢުތިރާޒުކުރި ނަމަވެސް އެ އިޢުތިރާޒް 10 މާރިޗް 2016 ގައި އަނބުރާ ގެންދިޔައެވެ. ފައިސާ ނުދެއްކުމުން މީރާއިން ޓެކްސް އާއި ޖޫރިމަނާ ހޯދުމަށް ސިވިލް ކޯޓަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ރަޖިސްޓްރީ ބާޠިލުކުރީ ދައްކަންޖެހޭ ޓެކުހެއް ނެތުމުން ކަމަށާއި، ވިޔަފާރި ހުއްޓާލުމަށްފަހު ކުރި އޮޑިޓެއްގެ މައްޗަށް ފައިސާ ހޯދުމަކީ ޤާނޫނާ ޚިލާފު ކަމަށާއި، ދިފާޢުގެ ޝަފަހީ ހެކިން ނުނަގައި ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމަށެވެ. މީރާއިން ބުނީ އިޢުތިރާޒް އަނބުރާ ގެންދިޔުމުން ނިންމުން ނިހާއީވެފައިވާ ކަމަށާއި ތަންފީޒީ މަރުޙަލާގައި އިތުރު ޝަރީޢަތެއް ބޭނުން ނުވާ ކަމަށާއި ހެކިން ހާޒިރުކުރުމަކީ ފަނޑިޔާރުގެ ތަޤްދީރީ ބާރެއް ކަމަށެވެ.
މައިގަނޑު ސުވާލު
ޓެކްސް އެސެސްމަންޓަށް ކުރި އިޢުތިރާޒް އަނބުރާ ގެންދިއުމަށްފަހު، ޓެކްސް ދައްކާ ފަރާތުގެ ރަޖިސްޓްރީ ބާޠިލުކުރުމަށް ފަހުވެސް، ވިޔަފާރި ހިންގި މުއްދަތަށް ޖީއެސްޓީ އާއި ޖޫރިމަނާ ހޯދުމަށް މީރާއިން ކުރާ ދަޢުވާގައި އެ ޢަދަދާމެދު މައުޟޫޢީ ގޮތުން އިޢުތިރާޒުކުރެވޭތޯ؛ އަދި ދިފާޢުގެ ޝަފަހީ ހެކިން ހާޒިރުނުކޮށް މައްސަލަ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ސިވިލް ކޯޓުގެ ޙުކުމް ޤާއިމް
އޮޑިޓް ކުރެވުނީ ވިޔަފާރި ހިންގި މުއްދަތަށް ކަމަށްވެފައި، އިޢުތިރާޒް އަނބުރާ ގެންދިއުމުން ޢަދަދު ޤަބޫލުކުރީ ކަމަށް ބެލެވޭތީއާއި، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 49 ވަނަ މާއްދާގެ ދަށުން މި ދަޢުވާއަކީ ތަންފީޒީ މައްސަލައެއް ކަމުން ޢަދަދު މައުޟޫޢީ ގޮތުން އަލުން ނުބެލޭތީ، ޝަފަހީ ހެކިން ހާޒިރުނުކުރުމަކީ ޢަދުލުވެރި ޝަރީޢަތުގެ ޙައްޤާ ޚިލާފު ކަމެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީން ފަރާތެއްގެ ނަން އުނިކުރެވުނު ނަމަވެސް، އެ ފަރާތުން ވިޔަފާރި ހިންގި މުއްދަތުގައި ދައްކަންޖެހޭ ޓެކުހެއް ނުދައްކައި އޮތްނަމަ، އެ ފައިސާ ހޯދުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައްކަންޖެހޭ ޢަދަދުގެ ތަފްޞީލު ހިމެނޭ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމަކީ ދައްކަންޖެހޭ ޢަދަދު ޘާބިތުކުރުމަށް ފުދޭ ހެއްކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އިސްތިއުނާފުކުރުމުގެ ޙައްޤު އުފެދެނީ އޮޑިޓް ނޯޓިހަކާ ގުޅިގެން މީރާއިން ޢަދަދެއް ކަނޑައަޅައި އަންގާ ނިންމުމަށް ޤާނޫނާއި ގަވާއިދުގެ އިޖުރާއަތުތަކާ އެއްގޮތަށް އިޢުތިރާޒުކުރުމަށްފަހު ނިންމާ ނިންމުމާ ގުޅިގެންނެވެ؛ ޓެކްސް އެސެސްމަންޓަށް ކުރި އިޢުތިރާޒް އަނބުރާ ގެންދިއުމަކީ އެ ޢަދަދު ޤަބޫލުކުރުމާއި 42 ވަނަ މާއްދާގެ ދަށުން ލިބޭ އިޢުތިރާޒުކުރުމުގެ ޙައްޤު ދޫކޮށްލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-18)
- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާ (3 ވަނަ އިޞްލާޙާއެކު) ގެ ދަށުން، ނުދައްކާ އޮތް ޓެކުހެއް ނުވަތަ ޖޫރިމަނާއެއް ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި ހޯދުމަށް މީރާއިން ހުށަހަޅާ މައްސަލައަކީ ތަންފީޒީ މައްސަލައެއް ކަމުން، އެ މަރުޙަލާގައި ދައްކަންޖެހޭ ޢަދަދުގެ މައްސަލަ މައުޟޫޢީ ގޮތުން އަލުން ހުޅުވައި ނުބެލޭނެއެވެ؛ ޢަދަދާމެދު މައުޟޫޢީ ގޮތުން ބެލޭނީ 44 ވަނަ މާއްދާގެ އިޖުރާއަތު މެދުވެރިކޮށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ހެކިން ބަލައިގަތުމާއި ހާޒިރުކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ބާރެއް ކަމުން، ސާބިތުކުރަންޖެހޭ ކަމަކާ ގުޅުމެއް ނެތް ނުވަތަ ހާޒިރުކުރުމުން އިތުރު ނަތީޖާއެއް ނުކުންނާނެ ހެކިން ހާޒިރުނުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ؛ މައުޟޫޢީ ގޮތުން ބަލައިގެން ނުވާ ޢަދަދާމެދު ދިފާޢުގެ ޝަފަހީ ހެކިން ހާޒިރުނުކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
ޢަލީ ސަމީރު ތާއީދުކުރެއެވެ.
1މިއީ، ސިވިލް ކޯޓުގެ ނަންބަރ 173/Cv-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށު ކަމަށް ބުނެ […] ޢަބްދުﷲ އަނީސްގެ ފަރާތުން (މީގެފަހުން " އަނީސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތް) ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވު ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެފަހުން "މީރާ" ނުވަތަ "އިސްތިއުނާފުރައްދުވާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.
2[…] ޢަބްދުﷲ އަނީސް ޓެކްސް ދައްކާ ފަރާތެއްގެ ގޮތުގައި މީރާގައި ރަޖިސްޓްރީކޮށްފައިވަނީ 02 އޮކްޓބަރޫ 2011 ގައެވެ. ޢބްދަ ﷲ އަނީސް ކުރަމުންދިޔަ ވިޔަފާރީގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކޮށްފައިވާތީ، އެފަރާތުގެ ނަން ޓެކްސް ދައްކާ މީހުންގެ ރަޖިސްޓްރީން އުނިކޮށްދިނުމަށް އެދި 01 ނޮވެންބަރު 2015 ގައި ޢަބްދުﷲ އަނީސްގެ ފަރާތުން މީރާއަށް ފޯމު (MIRA106) ހުށަހެޅިއެވެ.
3ޓެކްސް ދައްކާ މީހުންގެ ރަޖިސްޓްރީން ޢަބްދުﷲ އަނީސްގެ ނަނީ އުނިކޮށްދިނުމަށް އެދި ހުށަހެޅުމާ ގުޅިގެން 2014 ވަނަ އަހަރު އެފަރާތުން ޖީއެސްޓީ ބަޔާން ހުށަހަޅާފައިނުވާތީ ޤަވާޢިދާއެއްގޮތަށް ޓެކްސް ދައްކާފައިވޭތޯ ބެލުމަށްޓަކައި އެވިޔަފާރީގެ އޮޑިޓެއް ކުރުމަށް މީރާއިން ނިންމިއެވެ. އއޮޑިޓް ނިމުމުނެ އެފަރާތުން ޓެކްހެއް ދައްކަން ނުޖެހޭނަމަ، އަދި ދައްކަންޖެހޭ ޓެކްހެއް އޮތްނަމަ އެޓެކްސް ދެއްކުމަށްފަހު، ޓެކްސް ދައްކާފަރާތްތަކުގެ ރަޖިސްޓްރީން އެފަރާތުގެ ނަން އުނިކުރުމަށް ހުށަހެޅުމަށް މީރއިނާ ޢަބްދުﷲ އަނީސްއަށް އެންގިއެވެ.
4ބުނެވިދިޔަ ނިންމުމުގައިވާ ގޮތުގެމަތިން 02 އޮކްޓޫބަރު 2011 އިން 1 ޑިސެންބަރު 2014 އަށް މީރާއިން ޢަބްދުﷲ އަނީސް ހިންގި ވިޔަފާރީގެ ހަރަކާތްތައް އޮޑިޓްކޮށްފައިވެއެވެ. އެއޮޑިޓުން ޓެކުހުގެ ގޮތުގައި އިތުރަށް -/436،244ރ (ހަތަރުލައްކަ ތިރީސްހަހާސް ދުއިސައްތަ ސާޅީސްހަތަރު ރުފިޔާ) ދައްކަންޖެހޭކަން ފާހަގަ ކުރެވިފައިވާތީ އެފައިސާ ދެއްކުމަށް މީރާއިން ޢަބްދުﷲ އަނީސްއަށް 04 ފެބުރުވަރީ 2016 ގައި އެންގިއެވެ.
5މީރާގެ އިސްވެ ބުނެވުނު އެންގުމުގައިވާ ފައިސާއަކީ ޢަބްދު ﷲ އަނީސް ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނެ ޤާނޫނުގެ ނަންބަރު 2011/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނ) ގެ 42 ވަނަ މާއްދާގެ ދަށުން މީރާގެ ނިންމުމަށް އިޢުތިރާޒުކޮށް އެނިންމުން ބާޠިލްކޮށްދިނުމަށް 07 މާރިޗް 2016 ގައި ޢަބްދުﷲ އަނީސްގެ ފަރާތުން މީރާގައި އެދިފައިވެއެވެ.
6ޓެކްސް ދައްކާމީހުންގެ ރަޖިސްޓްރީ ޢަބްދު ﷲ އަނީސްގެ ނަން އުނިކޮށްފައިވާކަމަށް މީރާއިން ޢަބްދުﷲ އަނީސށަ 08 މާރިޗް 2016 ގައި އަންގާފައިވެއެވެ. އާ އެންގުމުގައެ ބަޔާންކޮށްފައިވަނީ، "ތ ޔަފަރާތުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ޓެކްސް ނެގޭ ހަރަކާތް އަމީރާ (އެކްޓިވިޓީ ނަންބަރު 03) ގެ ވެރިފަރާތް ބަދަލުކުރައްވާފައިވާތީ އަދި އެވިޔަފާރި ހުއްޓަވާލައްވާފައިވާތީ 31 ޑިސެންބަރު 2014 އިން ފެށިގެން އެ ހަރަކާތް ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީން އުނިކުރެވިފައިވާ ކަމުގައި ދެންނެވީމެވެ. އަދި މި ހަރަކާތަކީ ތިޔަ ފަރާތުގެ ޖީއެސްޓީ އިން 1001449GST501ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ހަމައެކަނި ހަރަކާތްކަމުގައިވާތީ، 31 ޑިސެންބަރު 2014 އިން ފެށިގެން ތިޔަފަރާތުގެ ޓިން 1001449GST501 ޖީއެސްޓީ ރަޖިސްޓްރީން އުނިކުރެވިފައިވާ ކަމުގައި ދަންނަވަމެވެ. ވީމާ، ތިޔަފަރާތުގެ ޖީއެސްޓީ ސެޓްފިކެޓްގެ އަސްލު 15 ދުވަހުގެ ތެރޭގައި މި އޮތޯރިޓީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ".
7މަތީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޓެކްސް ދައްކާމީހުންގެ ރަޖިސްޓްރީން ޢަބްދުﷲ އަނީސްގެ ނަން އުނިކުރުމަށް ނިންމި ނިންމުމުގެ މައްޗަށް ބިނާކޮށް ޢަބްދު ﷲ އަނީސްގެ ފަރާތުން ބުނެފައިވަނީ، ޓެކްސް ދައްކާފަރާތްތަކުން ޓެކްސްގެ ރަޖިސްޓްރީ ބާޠިލްކުރުމަށް ހުށަހެޅޭނީ އެހާތަނަށް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާއެއްވާނަމަ، އެފައިސާއެއް ދައްކައި ޚަލާޞްކުރުމުން ކަމަށް ޓެކްސް ރަޖިސްޓްރީ ބާޠިލްކުރުމަށް އެދި މީރާއަށް ހުށަހަޅަންޖެހޭ ފޯމުގައި ބަޔާންކޮށްފައި އޮތުމުން، މީރާއަށް ޓެކްހެއް ދައްކަންޖެހިފއިވާ މަހަކު އީ ޓެކްސް ދެއްކުމުގެ ކުރިން، ޓެކްސް ދއްކަ މީހުންގެ ރަޖިސްޓްރީން އެފަރާތުގެ ނަން އުނިކޮށްނުދޭނެކަން އެނގޭ ކަމަށާއި ޢަބްދުﷲ އަނީސްގެ ނަން ޓެކްސް ދައްކާ މީހުންގެ ރަޖިސްޓްރީން އުނިކޮށްދީފައިވަނީ މީރާއަށް އޭނާ ދައްކަންޖެހޭ ޓެކްހެއް ނެތުމުން ކަމަށެވެ.
8މީރާއިން ކުރި އޮޑިޓުން އިތުރަށް ޢަބްދު ﷲ އަނީސް ޓެކްސް ދައްކަންޖެހޭކަމަށް ނިންމާފައިވާ ނިންމުމަށް އިޢުތިރާޒުކޮށް ހުށަހެޅި ހުށަހެޅުން 10 މާރިޗް 2016 ގައި އަނބުރާ ގެންދިޔަކަމަށް ބަޔާންކޮށް ޢަބްދުﷲ އަނީސްގެ ފަރާތުން މީރާއަށް ސިޓީއެއް ފޮނުވާފައިވެއެވެ. މީރާގެ ނިންމުމަށް އިޢުތިރާޒުކޮށް ޢަބްދުﷲ އަނީސްގެ ފަރާތުން ހުށަހެޅި ހުށަހެޅުން އަނބުރާ ގެންދިއުމާގުޅިގެން ޓެކްސް އޮޑިޓުން ފާހަގަ ކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުން ނިހާއީ ވެފައިވާ ކަމަށާއި އެނިންމުމުގައިވާ ގޮތުގެމަތިން ޓެކްސް ފައިސާ ދެއްކުމަށް މީރާއިން ޢަބްދުﷲ އަނީސަށް އަންގާފައިވެއެވެ. އެއެންގުމުގައިވާ ގޮތުގެމަތިން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމާ ހަމައަށް މީރާއަށް ޢަބްދުﷲ އަނީސް ފައިސާ ދައްކާފައިނުވެއެވެ. ނަމަވެސް، މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުންދަނިކޮށް 1201 ވަނަ އަހަރުގެ 4 ވަނަ ކްއާޓަރސްއން ފެށިގެނި 2012 ވަނަ އަހަރުގެ 4 ވަނަ ކްއާޓަރސްއަށް ދައްކަންޖެހޭ ފައިސާއާއި އަދި 2013 ވަނަ އަހަރުގެ ފުރަތަމަ ކްއާޓަރސްއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ބައެއް ދައްކާފައިވާކަން އެނގެއެވެ. އެފައިސާ ޢަބްދުﷲ އަނީސްގެ ފަރާތުން މީރާއަށް ދައްކާފައިވަނީ 08 ފެބްރުވަރީ 2018 އަދި 05 މާރިޗް 2018 ގައެވެ. - ޢަބްދު ﷲ އަނީސް މީރާއަށް ދައްކަންޖެހޭ ފައިސާއާގުޅޭ ލިޔުން.
9މި މައްސަލައިގައި ސިވިލް ކޯޓަށް މީރާއިން ހުށަހެޅި ދަޢުވާއަކީ ޢަބްދު ﷲ އަނީސް މީރާއަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީއާއި އަދި އެފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާއަށްވާ ފައިސާ ޢަބްދުﷲ އަނީސްގެ އަތުން ހޯދުމަށް އެދި ހުށަހޅެ ދަޢުވާއެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެކޯޓުގެ ނަންބަރު 173/Cv-C/2018 ޤަޟިއްޔާގައެވެ.
10ޤާ ނޫނު ނަންބަރު 2011/10 (މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން […] ޢަބްދުﷲ އަނީސް، މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަންޖެހޭ، ޖުމްލަ -/436،244ރ (ހަތަރުލައްކަ ތިރީސްހަހާސް ދުއިސައްތަ ސާޅީސްހަތަރު ރުފިޔާ) އާއި، ކަނޑައެޅިފައިވާ ތާރީޚަށް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ޖީ.އެސް.ޓީ ދައްކާފައި ނުވާތީ، 04 ޖަނަވަރީ 2018 އާ ހަމައަށް އަރާފައިވާ ޖޫރިމަނާގެ ޖުމްލަ -/90648،3ރ (ތިންލައްކަ ސާޅީސްއަށްހާސް ނުވަސަތޭކަ ހަރުފިޔާ) އާއެކު، މުޅި ޖުމްލަ -/785،150ރ (ހަތްލައްކަ އައްޑިހަފަސްހާސް އެއްސަތޭކަ ފަންސާސް ރުފިޔާ) އާއި، މި ދަޢުވާގައި ބަޔާންކޮށްފައިވާ ޓެކްސް ނެގޭ މުއްދަތުތަކާ ގުޅިގެން ދައްކަންޖެހޭ ޓެކުހާއި، ޓެކުހުގެ ފައިސާ ދައްކާ ޚަލާޞްކުރުމާ ހަމައަށް، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 65 ވަނަ މާއްދާއާއި، 66 ވަނަ މާއްދާގެ ދަށުން އަރަމުންދާ ޖޫރިމަނާގެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް […] ޢަބްދު ﷲ އަނީސްގެ މައްޗަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދަޢުވާކުރިއެވެ. . ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/173 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ސިވިލް ކޯޓުން ނިންމިގޮތް
11ސިވިލް ކޯޓުގެ ނަންބަރު 173/Cv-C/2018 ޤަޟިއްޔާގައި އެމައްސަލަ ބަލައި ޙުކުމް ކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ދިޔަ ބަޔާންތަކާއި، ފާހަގަ ކުރެވުނު ނުކުތާތަކާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް ބަލާއިރު، ދަޢުވާލިބޭ […] ޢަބްދުﷲ އަނީސް އަކީ، ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ ދަށުން، ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތެއްގެ ގޮތުގައި 02 އޮކްޓބަރޯ 2011 ގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްކަމާއި، މިގޮތުން 06 ފެބްރުއަރީ 2019 ގެ ނިޔަލަށް ޖީ.އެސް.ޓީގެ ގޮތުގައި -/244256,ރ (ދެލައްކަ ފަންސާސްހަހާސް ދުއިސައްތަ ސާޅީސްހަތަރު ރުފިޔާ) އާއި، އަދި މި ފައިސާ ދައްކަންޖެހޭ ތާރީޚުގައި ދައްކާފައިނުވާތީ، 06 ފެބްރުއަރީ 2019 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ޖުމްލަ -/403،061ރ (ހަތަރުލައްކަ ތިންހާސް ފަސްދޮޅަސްއެއްރުފިޔާ) ދަޢުވާލިބޭ ޢަބްދުﷲ އަނީސް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހިފައި އޮންނަކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، 06 ފެބްރުއަރީ 2019 ގެ ނިޔަލަށް ޖީ.އެސް.ޓީ އާއި، ޖޫރިމަނާގެ ގޮތުގައި ދަޢުވާލިބޭ ޢަބްދުﷲ އަނީސް، ދައްކަންޖެހޭ ޖުމްލަ -/659،305ރ (ހަލައްކަ ފަންސާސްނުވަހާސް ތިންސަތޭކަ ފަސްރުފިޔާ) އާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގޭ މުއްދަތުތަކާ ގުޅިގެން، ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، ދަޢުވާލިބޭ ޢަބްދުﷲ އަނީސް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް، ދައްކާ ޚަލާޞް ކުރުމާއި ހަމައަށް އަރަމުންދާ ޖޫރިމަނާގެ ފައިސާއަކީ، ޢަބްދުﷲ އަނީސް، ދަޢުވާކުރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި، މި އެންމެހައި ފައިސާ ދަޢުވާކުރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިދިނުމުގެ ގޮތުން މިއަދު، 06 ފެބްރުއަރީ 2019 ފެށިގެން 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާ ޚަލާޞް ކުރުމަށް، ދަޢުވާ ލިބުނު […] ޢަބްދުﷲ އަނީސްއަށް އަންގައި، ޙުކުމް ކޮށްފީމެވެ." . ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/173 ޤަޟިއްޔާގެ ޙުކުމް
12މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުﷲ އަނީސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ. މިއީ އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލުމަށް ހަމަޖެހިފައިވާ ޤަޟިއްޔާއެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކާއި އިސްތިއުނާފުކުރި ފަރާތުން ދެއްކި ވާހަކަ އިސްތިއުނާފުކުރި ނުކުތާތައް
1.12. ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން މުދަލާޚިދުމަތުގެ އަގުން ޓެކްސްދެއްކުން ލާޒިމްކުރެވޭނީ އެޚިދުމަތެއް ނުވަތަ ވިޔަފާރިއެއް ކުރަމުންދާ ފަރާތެއް އެވިޔަފާރި ނުވަތަ ޚިދުމަތްދޭ މުއްދތުގަ މައްޗަށް ކަމުގައިވާއިރު، 21 ޑިސެންބަރު 2014 ގައި ޓިން ނަންބަރު 1001449GST501ގެ ދަށުން ކުރަމުންދިޔަ ވިޔަފާރި ހުއްޓާލައި ރަޖިސްޓްރީއާއި ޓިން ނަންބަރު ބާޠިލްކުރުމާ ހަމައަށް ޓެކްސްގެ ގޮތުން ދައްކަންޖެހޭ އެންމހައެ ފައިސާ ދައްކާފައިވަނިކޮށް 21 އޭޕްރީލް 2016 ގައި ކުރި އޮޑިޓެއްގެ މައްޗަށް ބިނާކޮށް، -/305659,ރ (ހަލައްކަ ފަންސާސްނުވަހާސް ތިންސަތޭކަ ފަސްރުފިޔާ) ދައްކަންޖެހޭ ކަމަށް ދަށު ކޯޓުގެ ޤަޟިއްޔާގައި ނިންމާފައިވަނީ ބަލަންޖެހޭ ކަންކަމުގެ މައްޗަށް ނުބަލައި އިސްތިއުނާފުކުރާ ފަރާތުން ޤާނޫނީ ގޮތުން ދައްކަންނުޖެހޭ ފައިސާއެއް ދެއްކުމަށް ކަމުގައިވާތީ، މި މައްސަލަ ބަލައި ނިންމާފައިވަނީ ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާ ޚިލާފަށް ކަމުގައިވާކަން ؛
2.12. ދަޢުވާއިން ބަރީޢަވުމަށް ނުވަތަ ޢަދުލުވެރިކަމާއެކު އިންސާފު ޤާއިމްކުރުމުގައި އެންމެ މުހިއްމު އެއް ވާޤިއާއަކީ ޝަފަހީ ހެކިކަމަށް ވެފައި، ކަމެއް ސާބިތުކުރުމަށް ނުވަތަ ދަޢުވާއަކުން ދިފާޢުވުމަށް ދަޢުވާގެ ދެ ޚަޞްމުންކުރެ ފަރާތަކުން ހުށަހަޅާ ހެއްކަކީ ޢަދުލުއިންޞާފުގެ އެންމެ މުޙިއްމު އެއް މަސްދަރު ކަމަށް ވާއިރު، ދަށު ކޯޓުގެ ޤަޟިއްޔާގެ ދަޢުވާއިން ދިފާޢުވުމަށް ހުށަހަޅާފައިވާ ހެކިން ހާޒިރުނުކޮށް މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމުގައިވާކަން؛ މިދެ ނުކުތާއެވެ.
13މި ނުކުތާތައް ހުށަހެޅުމަށްފަހު، ޢަބްދުﷲ އަނީސްގެ ފަރާތުން ބުނެފައިވަނީ، ޓެކްސް ދެއްކުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީން ބާޠިލް ކުރެވޭނީ އެހާތަނަށް އެފަރާތަކުން ދައްކަންޖެހޭ ޓްކެސަ ދައްކާފައިވާނަމކަމަށާއި ޢަބްދުﷲ އަނީސްގެ ޓިން ނަންބަރު ޓެކްސް ދެއްކުމުގެ ރަޖިސްޓްރީން 31 ޑިސންބަރެ 2014 ގައި ބާޠިލްކޮށދްފައިވާ ކަމަށާއި، ޓެކްސްގެ ގޮތުގައި އޭނާ މީރާއަށް ފައިސާއެއް ދައްކަންޖެހިފައިވނަމަ، ޓެކްސް ދައްކާފަރާތްތަކުގެ ރަޖިސްޓްރީން އޭނާގެ ނަން ބާޠިލްކޮށްނުދޭނެ ކަމަށާއި، އޭނާގެ ނަން ބާޠިލްކޮށްދީފައިވަނީ އޭނާ ދައްކަންޖެހޭ ފައިސާއެއް ނެތުމުން ކަމަށާއި، ޓެކްހުގެ ގޮތުގައި އޭނާ ދައްކަންޖެހޭ ކަމަށް މީރާއިން ބުނާ ފައިސާއަކީ ޞައްޙަ ގޮތުގައި އުފަންކޮށްފައިވާ ފައިސާއާ އެ ނޫން ކަމަށާއި، އެހެނީ އެއޮޑިޓްކޮށްފައިވަނީ އިސްތިއުނާ ފުކުރާ ފަރާތުން ވިޔަފާރި ހުއްޓާލިތާ 1 (އެކެއް) އަހަރާއި 3 (ތިނެއް) މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވަނިކޮށް، އަދި އެހެން ފަރާތަކުން އެވިޔަފާރި ހިންގަމުން ދަނިކޮށް ކަމަށާއި، ޓެކްސް ގޮތުގައި ފައިސާ ދައްކަންޖެހޭ ކަމަށް މީރާއިން ފޮނުވި ސިޓީއަށް ޝަކުވާކޮށްފއިވަ އިރު، އެޝަކުވާ ނުބަލައި، ޓެކްސް ފައިސާ ހޯދުމަށް ދަޢުވާކުރުމަކީ އިންޞާފުވެރި ގޮތެއް ނޫންކަމަށާއި އަދި މީނާގެ މައްޗަށް ކޮށްފައިވާ ދަޢުވާއިން ބަރީޢަވުމަށްޓަކައި ޝަފަހީ ހެކިން ހުށަހަޅާފައިވާއިރު، އެހެކިން ޝަރީޢަތަށް ހާޒިރުނުކޮށް އަދި ހެކިބަސް ނުނަގައި މި މައްސަލަ ނިންމާފައިވަނީ ޢަދުލުރެވި ގޮތުގައި ކަމަށް ޤަބޫލުނުކުރާ ކަމަށާއި، މި މައްސަލައިގައި ޢަބްދުﷲ އަނީސްގެ ފަރާތުންއެދެނީ ދަށު ކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށްދިނުމާއެކު، އޭނާގެ މައްޗަށް މީރާއިން ކޮށްފައިވާ ދަޢުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
14އިސްތިއުނާފުކުރާ ފަރާތުން ވިޔަފާރީގެ ހަރަކާތް ހުއްޓާލާފައިވާ ކަމަށް ބުނެ 09 ޖުލައި 2015 ގައި ޖީ. އެސް. ޓީ. ޑީ ރެޖި ސްޓްރޭޝަން ފޯމް ހުށަހަޅާފައިވާ ކަމާއި، އެހުށަހެޅުމާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުގެ ވިޔަފާރީގެ ކޮންޕްލަޔަންސް ރިވިއުއެއް ކުރުމަށް ހަމަޖެހިފައިވާތީ އެފަރާތ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީން އުނިކުރެވެން ނެތްކަމަށާއި އަދި އެކަން ނިމުމުން އެފަރާތުން ދައްކަންޖެހޭ ފައިސާއެއް ވާނަމަ އެފައިސާ ދެއްކުމަށްފަހު، ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީން އުނިކުރުމަށް ހުށަހެޅުމަށް މީރާއިން އެފަރާތަށް އަންގާފައިވާނެ ކަމަށާއި، އިސްތިއުނާފުކުރާ ފަރާތް ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީން އުނިކުރުމުގެ ކުރިން އެފަރާތުން ދައުލަތަށް ދައްކަންޖެހޭ ޞައްޙަ ޢަދަދު ކަށަވަރުކުރުމުގެ ގޮތުން 02 އޮކްޓޫބަރު 2011 އިން 01 ޑިސެންބަރު 2014 ގެ ނިޔަލަށް އިސްތިއުނާފުކުރާ ފަރާތުގެ ޓެކްސް އޮޑިޓެއް މީރާއިން ކުރިކަމަށާއި އެއޮޑިޓުގެ މައްޗަށް ބިނާކޮށް ޢަބްދުﷲ އަނީސްގެ ފަރާތުން ޓެކްހުގެ ގޮތުގައި އިތުރަށް ދައްކަންޖެހޭކަމަށް ފާހަގަ ކުރެވުނު ފައސި ދެއްކުމަށް، 04 ފެބުރުވަރީ 2016 ގައި އެފަރާތަށް އަންގާފައިވާނެ ކަމަށާއި އެނިންމުމާމެދު އިސްތިއުނާފުކުރާ ފަރާތުން ފުރަތަމަ އިޢުތިރާޒު ކުރުމަށްފަހު، އެއިޢުތިރާޒުކުރިކުރުން 10 މާރިޗް 2016 ގައި އަނބުރާ ގެންގޮސްފައިވާ ކަމަށާއި އެހެންކަމުން މީރާއިން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ ގޮތުން ޞައްޙަ އަދި ތަންފީޒުކުރުމުގެ ބާރު ލިބިފައިވާ ނިންމުމެއް ކަމަށާއި، މިރާއާއި ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނިންމުންތައް ޤާނޫނުގައިވާ ގޮތުގައިމަތި ން ތަންފީޒުކުރުމަށް ދަށު ކޯޓަށް ހުށަހެޅުމުން އެނިންމުން ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ފިޔަވައި، އެނިންމުމަކާ ގުޅިގެން އިތުރު ޝަރީޢަތުގެ މަޖިލިސްތައް ބޭއްވުމަކީ ޤާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫންކަމަށާއި، ޝަރީޢަތަށް ހުށަހެޅޭ ހެކިން ބަލައިގަތުމާމެދު ގޮތެއް ނިންމުމަކީ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއް ކަމަށާއި ޚުޞޫމަތު އުފެދިފައިވާ ކަންތައްތައް ކިތާބް ހެކިން ސާބިތުވާއިރު، ޝަފަހީ ހެކިން ޝަރީޢަތަށް ހާޒިރުނުކޮށް މައްސަލަ ނިންމުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާތީ، މި މައްސަލައިގައި ޝަފަހީ ހެކިން ހާޒިރުކޮށް ހެކިބަސް ނުނަގައި މި މައްސަލަ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލފުކަމެއާ ކަމަށް ނުދެކޭކަމަށާއި، އެހެންކަމުން، މި މައްސަލައިގައި މީރާގެ ފަރާތުން އެދެނީ އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއްނެތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
15ޕްރިސިޑެންސް 1މީރއިނާ ޢަބްދުﷲ އަނީސްއަށް 04 ފެބްރުވަރީ 2016 ގައި ފޮނުވި އޮޑިޓް ނޯޓިހަކީ، ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެމަތިން ޢަބްދުﷲ އަނީސްގެ ފަރާތުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނާއި ޓެކްސް ދައްކާފައިވޭތޯ ބެލުމަށޓަކައް ޢަބްދު ﷲ އަނީސގް ވިޔަފާރީގެ އޮޑިޓއެ ކުރުމަށް ނިންމައި، އެކަން ޢަބްދުﷲ އަނީސްއަށް އެންގުމަށްފަހު، އެ ނޯޓިހުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 02 އޮކްޓޫބަރު 2011 އިން 01 ޑިސެންބަރު 2014 އަށް ކުރެވެނު އޮޑިޓުން ޢަބްދުﷲ އަނީސްގެ ފަރާތުން ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ޓެކްސް ބަޔާން ހުށަހަޅާފައިނުވާ ކަމާއި އަދި ޓެކްސް ދައްކާފައިނުވާކަން ފާހަގަކުރެވި، ޢަބްދުﷲ އަނީސްގެ ފަރާތުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ޢަދަދު ކަނޑައަޅައި، އެފައިސާ ދެއްކުމަށް އަންގާފައިވާ އެންގުމެއް ކަމާއި، އެނޯޓިހުގެ ދަށުން ޖީ. އެސް. ޓީ. އޮޑިޓްކޮށްފައިވަނީ 21 އޭޕްރީލް 2016 ގައި ކަމާއި، އެއޮޑިޓްކުރެވުނުއިރު ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީން ޢަބްދުﷲ އަނީސްގެ ނަން އުނިކުރެވިފައިވީނަމަވެސް، އެއޮޑިޓްކޮށްފައިވަނީ ޢަބްދުﷲ އަނީސް ވިޔަފރާކުރަމުން ދިޔަ މުއްދަތުގެ ތެރޭގައި ކަމާއި، ޖީއެސްޓީ ދައްކާމީހުންގެ ރަޖިސްޓްރީން ޢަބްދުﷲ އަނީސްގެ ނަން އުނިކުރެވިފައިވީ ނަމަވެސް، އެވިޔަފާރި ހިންގި މުއްދަތގައު ޓެކްހުގެ ގޮތުގައި ދައްކަންޖެހޭ ފައިސއެއާ ނުދައްކައިއޮތްނަމަ އެފައިސާ ހޯދުމުގެ ބާރު މީރާއަށް ލިބިގެންވާއިރު، އެކަން މަނާކުރާ ޤާނޫނީ ނައްޞެއް ޢަބްދުﷲ އަނީސްގެ ފަރާތުން ދެއްކިފައިނުވާކަން އެނގެއެވެ. ޢަބްދުﷲ އަނީސްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ވިއްކާލައި، މިލްކްވެރިކަން އެހެންފަރާތަކަށް ބަދަލު ކޮށްފައިވަނިކޮށް ކަމަށް ޢަބްދުﷲ އަނީސްގެ ފަރާތުން ބުނިކަމުގައިވީ ނަމަވެސް، ވިޔަފާރި ވިއްކާލިކަމަށް ބުނާ ތާރީޚުގެ ފަހުންވެސް، ޢަބްދުﷲ އަނީސްގެ ފަރާތުން ޖީ. އެސް. ޓީގެ ގޮތުގައި ފައިސާ ދައްކަމުން ދިޔަކަމަށް މީރާގެ ފަރާތުން ބުނެފައިވާކަން އެނގެއެވެ. އަދި ޖީ. އެސް. ޓީ.ގެ - މީރާގެ ނަންބަރު DREG/RGS/2016/01-1001449/LTR ގެ ސިޓީ، ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީން ޢަބްދު ﷲ އަނީސްގެ ނަން 31 ޑިސެންބަރު 4201 އިން ފެށިގެން އުނިކުރެވިފައިވާކަމާއި އެގޮތަށް ނިންމާފައިވަނީ 08 މާރިޗް 2016 ގައެވެ. ގޮތުގައި މީރާއަށް ޢަބްދުﷲ އަނީސް އިތުރަށް ދައްކަންޖެހޭ ކަމަށް ޓެކްސް އޮޑިޓުން ފާހަގަކުރެވުނު ޓެކްސް ދެއްކުމަށް ޢަބްދުﷲ އަނީސްއަށް އަންގާފައިވާ އެންގުމުގައިވާ ގޮތުގެމަތިން މިމައްސަލަ ސިވިލް ކޯޓުގައި ހިނގަމުންދަނިކޮށް ޢަބްދުﷲ އަނީސްގެ ފަރާތުން މީރާއަށް ފައިސާ ދައްކާފައިވާކަން (މިރިޕޯޓުގެ 8 ވަނަ ނަންބަރު) އެނގެއެވެ.
16ޕްރިސިޑެންސް 2ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެ ވެ. "(ހ) އެއްވެސް ޓެކްސްއެއް، ޖޫރިމަނާއެއް ނުވަތަ އެހެންވެސް ޢަދަދެއް، ނުދައްކައި އޮވެއްޖެނެމަ ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާއެއް ހޯދޭނެއެވެ. މީރާ އިން މިފައިސާ ކޯޓުގައި ދަޢުވާކޮށްގެން ހޯދިދާނެއެވެ. ލިބެންވާ ފައިސާ ހޯދުމުގެ ޝަރީޢަތުގެ މަރުޙަލާތަކުގައި، ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތުގެ ނަމާއި އެޑްރެހާއި އަދި ދައްކަންޖެހޭ ޢަދަދުގެ ތަފްޞީލު ހިމެނޭ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމެއް، ދައްކަންޖެހޭ ޢަދަދު ޘާބިތުކުރުމަށް އޮތް ހެއްކެއްކަމުގަޔާއި އަދި ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއްކަމުގައި ފުދޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގެ ޝަރީޢަތުގެ މަރުޙަލާތަކުގައި ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދަކީ، ރަނގަޅު ޢަދަދެއް ނޫންކަމަށްވާނަމަ ނުވަތަ އެޢަދަދަކާމެދު އިއުތިރާޒު ކުރާކަމަށް ވަނީނަމަ ނުވަތަ އެ މައްސަލަ އަލުން ބަލައިދިނުމަށް އެދޭނަމަ އެމައްސަލައެއް ނިންމާތާ 90 ދުވަހުގެރޭގައި އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ." އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާގެ (ބ) ގައި ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައިވާ ޢިބާރާތް ބަޔާންކުރުމަށްފަހު، އެ މާއްދާގައި ބުނާފަދައިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުން މީރާއިން ހުށަހަޅާފައިވާ ކަމާއި، މި . މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު އޮތް ޤާނޫނު ނަންބަރު 2010/3 މައްސަލައިގައި ޢަބްދުﷲ އަނީސްގެ ފަރާތުން މީރާއަށް ފައިސާ ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައެޅުމުގައި އެލިޔުމަށ ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ.
17ޕްރިސިޑެންސް 3ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/277 ޤަޟިއްޔާގައި "ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިއުނާފުކުރުމުގެ ޙައްޤު އުފަންވާނީ މީރާއިން ފޮނުވި އޮޑިޓް ނޯޓިސްއަކާ ގުޅިގެން މީރާއިން ޢަދެއް ކަނޑައެޅުމަށްފަހު އެކަން ޓެކްސް ދައްކާ ފަރާތަށް އެންގުމުން އެކަމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި އެޤާނޫނުން ބާރުލިބިގެން ހަދާފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ޤަވާޢިދުގައިވާ އިޖުރާއަތުތަކާއި އެއްގޮތަށް އިޢުތިރާޒްކޮށް މީރާއަށް ހުށަހެޅުމުން އެހެށަހެޅުމާއި ގުޅިގެން މީރާއިން ނިންމި ނިންމުމާއި މެދު ޓެކްސް ދައްކާ ފަރާތުން ހިތްހަމަނުޖެހޭނަމަ އެނިންމުން ނިންމިތު 30 ދުވަހުގެ ތެރޭގައި ކަމަށާއި އަދި މިގޮތަށް ޓެކްސް ދައްކާ ފަރާތުން އިޢުތރާޒުކުރާއިރު މީރާއިން ފޮނުވި އ ޑިޓް ނޯޓިހޮށްވެސް އެމަރުޙަލާގައި އިޢުތިރާޒުކުރުމުގެ ޙައްޤު ލިބިގެންވާނެކަން އެނގެން އޮންނަކަމަށް" ބަޔާންކޮށްފައިވުމާއެކު ޓެކްސް އެސެސްމަންޓް ރިޕޯޓާމެދު ޢަބްދުﷲ އަނީސްގެ ފަރާތުން އިޢުތރާޟްކޮށި މީރާއަށް ހުށަހެޅި ހުށަހެޅުން 10 މާރިޗް 2016 ގައި އަނބުރާ ގެންގޮސްފައިވާތީ،ޖީއެސްޓީގެ ގޮތުގައި ޢަބްދުﷲ އަނީސް ދައްކަންޖެހޭކަމަށް މީރާއިން ކަނޑައަޅާފައިވާ ޢަދަދާމެދާ ޢަބްދުﷲ އަނީސްގެ ފަރާތުން ކުރިންކުރި އިޢުތިރާޒް އަނބުރާ ގެންގޮސް އެޢަދަދު ޤަބޫލުކުރީކަމުގައި ބަލަންޖެހެއެވެ.
18ޕްރިސިޑެންސް 4ދަށު ކޯޓުން މައްސަލަ ނިމުނު ފަހުން، 01 އޮކްޓޫބަރު 2020 ތާރީޚުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓނު ނިންމަވާފައިވާ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލައިގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ސާފު އިބާރާތުން، ދަރަނި ސާބިތުކުރުމަށް ޝަރުޢީ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ޓްރެވަލް ލޭންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލަ ( ނަންބަރު -2014/HC A/277 ޤަޟިއްޔާ) . ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2016/SC-A/23 ޤަޟިއްޔާ ކޯޓުތަކަށް މީރާއިން ހުށަހަޅާ މައްސަލަތަކުގައި، މީރާއިން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދުކަމަށް ބުނެ ހުށަހަޅާ ޢަދަދުތަކާ މެދު ބަހުސްކޮށް، އިއުތިރާޒުކުރުމުގެ އިތުރުން، މުޅި މައްސަލައިގައި ހިމެނޭ އެހެނިހެން ކަންކަމާ ގުޅޭގޮތުން ޓެކްސް ދައްކާ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުޞަތު ސީދާ ޤާނޫނނު ލިބިދޭކަމަށް ކަނޑައަޅާފައިވީ ނަމަވެސް އޭގެ ފަހުން 16 ޑިސެންބަރު 2020 ގައި ޢަމަލުކުރަން ފެށި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގނެވުނެ 3 ވަނަ އިޞްލާޙުގެ ދަށުން އެޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) އަދި
(ށ) އިޞްލާޙްކޮށް ފައިވާ ގޮތަށް ބަލާއިރު، ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެން އެފައިސާ ހޯދުމަށް ދަޢުވާކުރާ މައްސަލަތަކުގެ މައުޟޫޢު އަލުން ހުޅުވައިގެން ނުބެލޭނެ ކަމާއި އެފަދަ މައްސަލަތަކުގައި ބަލަންޖެހޭނީ ތަންފީޒީ މައްސަލައެއްގެ ގޮތުގައިކަން އެއަކުރުތަކަށް ބެލުމުން އެނގެއެވެ. އެމާއްދާގެ (ހ) އަދި (ށ) ގައިވަނީ، "(ހ) އެއްވެސް ޓެކުހެއް، ނުވަތަ އެ ޓެކުހާގުޅޭ ޖޫރިމަނާއެއް ނުވަތަ އެނޫންވެސް ޢަދަދެއް، ދައުލަތަށް ނުދައްކާ އޮވެއްޖެނަމަ، ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާއެއް ހޯދުމަށްޓަކައި، ޝަރީއަތަށް މައްސަލަ ހުށަހަޅައިގެން މީރާއަށް އެފައިސާ ހޯދިދާނެއެވެ"
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއްގެ ޝަރީޢަތުގެ މަރުޙަލާއަކީ، ނުދައްކާ އޮތް ޓެކުހެއް ހޯދުމުގެ ތަންފީޒީ މަރުޙަލާއެއް ކަމުގައިވާތީ، އެ މަރުޙަލާގައި، އެ މައްސަލަ ނިސްބަތްވާ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދުގެ މައްސަލަ މައުޟޫޢީގޮތުން ބަލާއިގެންނުވާނެއެވެ. ވަކި ފަރާތަކުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ޓެކުހުގެ ޢަދަދާމެދު ހުށަހަޅާ މައުޟޫޢީގޮތުން ބެލޭނީ، މި ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހެޅުމަށް އޮންނަ އިޖުރާއަތު މެދުވެރިކޮށެވެ." މިފަދައިންނެވެ . މި މައްސަލައިގައި ޢަބްދުﷲ އަނީސް މީރާއަށް ދައްކަންޖެހޭ ޓެކުހާއި، ޖޫރިމަނާގެ ޢަދަދު ބަޔާންކޮށް މީރާއިން ފޮނުވި ޓެކްސް އެސެސްމެންޓް ރިޕޯޓާމެދު، އިޢުތިރާޒެކޮށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓް އަށް ހުށަހެޅުމަށް . ޤާނޫނު ނަންބަރު 2010/3 ލިބިފައިވާ ފުރުޞަތުގެ ދަށުނު އެނިންމުމާމެދު ޢަބްދުﷲ އަނީސްގެ ފަރާތުން އިޢުތިރާޒު ކުރި ނަމަވެސް ފަހުން އެއިޢުތިރާޒް އަނބުރާ ގެންގޮސްފައިވާތީ ޓެކްސް ނެގުމާއިބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދއިނާ ޢަބްދުﷲ އަނީސަށް ލިބިފައިވާ އިޢުތިރާޒުކުރުމުގެ ޙައްޤުގެ ދޫކޮށްލީކަމުގައި ބަލަންޖެހޭ ކަމާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން އެއްވެސް ޓެކުހެއް، ނުވަތަ އެ ޓެކުހާގުޅޭ ޖުރުމާނާއެއް ނުވަތަ އެނޫންވެސް ޢަދަދެއް، ދައުލަތަށް ނުދައްކާ އޮވެއްޖެނަމަ، ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތގައު އެ ފައިސާ ހޯދުމަށް މީރާއިން ޝަރީޢަތަށް ހުށަހަޅާ މައްސަލައަކީ ތަންފީޒީ މައްސަލައެއް ކަމާއި، އެ މަރުޙަލާގައި ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދުގެ މައްސަލަ މައުޟޫޢީ ގޮތުން ބެލުމުގެ ފުރުޞަތު ނެތްކަން އެނގެއެވެ. އެހެންކަމުން މި ދަޢުވާގައިވާ ފައިސާއާއި، އޮޑިޓް ނޯޓިސްއާ މެދުގައި ޤާނޫނުގައިވާ ގޮތުނ، ދަޢުވާލިބޭ ފަރާތަށް އިންކާރކުރެވޭނު ތަނެއް އޮތްކަމަކަށް ނުފެނެއެވެ.
19ޕްރިސިޑެންސް 5މި މައްސަލައިގެ ދަޢުވާއިން ދިފާޢުވުމަށް ޢަބްދުﷲ އަނީސްގެ ފަރާތުން ހުށަހެޅި ޝަފަހީ ހެކިން ޝަރީޢަތަށް ހާޒިރުނުކޮށް އަދި އެހެކިންގެ ހެކިބަސް ނުނަގައި މި މައްސަލަ ނިންމާފައިވުމަކީ ޤާނޫނުއަސާސީންގު 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޢަދުލުވެރި ކަމާއެކު ޝަރީޢަތް ހިންގުމުގެ އުޞޫލާ ޚިލާފުކަމެއް ކަމަށް ޢަބްދުﷲ އަނީސްގެ ފަރާތުން ބުނެފައިވާއިރު، މައްސަލައެއްގައި ޝަރީޢަތަށް ހުށަހަޅާ ހެކިން ބަލައިގަތުމާއި އެހެކިނަ ހާޒިރު ކުރުމަކީ އެމައްސަލަ ބަލާ ފަނޑިޔާރަށް ލިބިދީފައިވާ ބާރެއް ކަމާއި، މައްސަލައެއްގައި ހުށަހަޅާ ހެކިންގެ ތެރެއިން އެ މައްސަލައެއްގައި ސާބިތުކޮށްދޭންޖެހޭ ކަމަކާ ގުޅުމެއް ނެތް އަދި އެހެކިން ހާޒިރު ކުރުމަކުން ނުކުންނާނެ އިތުރު ނަތީޖާއެއް ނެތް ހެކިން ހާޒިރު ނުކުރުމާއި އަދި މައްސަލައެއްގައި ހުށަހަޅާ ހެކިން ހާޒިރު ކުރުމުގެ ބޭނުމެއް އޮތްކަމަށް ނުފެންނަ ޙާލަތެއްގައި އެހެކިން ހާޒިރު ނުކުރުމުގެ އިޚްތިޔާރު އެމައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ކަމާއި މި މައްސަލައިގައި މީރާގެ ފަރާތުން ހުށަހެޅި ލިޔުންތަކުން ޢަބްދުﷲ އަނީސްގެ ފަރާތުން މީރާއަށް ދައްކަންޖެހޭ . ޤާނޫނު ނަންބަރު 2010/3 ޓެކްސްގެ ޢަދަދު ކަނޑައެޅިފައިވާ ކަމާއި، މީރާއިން ކަނޑައަޅާ ޢަދަދާމެދު އިޢުތިރާޒު ކުރުމަކީ ޓެކްސް ދައްކަންޖެހޭ ފަރާތަށް ލިބިދީފައިވާ ޙައްޤެއްކަމުގައި ވާއިރު، އެ ޙައްޤުގެ ބޭނުންނުކޮށް، މީރާއިން ދައްކަންޖެހޭ ފައިސާގެ ޢަދަދު ހޯދުމަށް ދަޢުވާ ކުރުމުން މީރާއިން ހޯދުމަށް ދަޢުވާކޮށްފައިވާ ޢަދަދާމެދު ސުވާލު އުފައްދައި މައުޟޫޢީ ގޮތުން އެ މައް ސަލަ އަލުން ހުޅުވައި ބަލައިގެން ނުވާނެކަން އެނގޭތީ، މި މައްސަލައިގައި ޢަބްދުﷲ އަނީސްގެ ފަރާތުން ހުށަހެޅިޝަފހީ ހެކިނަ ޝަރީޢަތަށް ހާޒިރުނުކޮށް ސިވިލް ކޯޓުން މި މައްސަލަ ނިންމުމަކީ ޤާނޫނއަސާސީގު 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަ ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގުމުގެ ޙައްޤާ ޚިލާފުކަމެއަ ކަމަކަށް ނުފެނެއެވެ.
20އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 173/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފކުރުމަށު […] ޢަބްދުﷲ އަނީސްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ނިންމާފއިވަ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔރުންނަށާ އިއްތިފާޤވު ވެފައވެއިވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 173/Cv-C/2018 ޤަޟިއްޔާ ގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 49 ވަނަ މާއްދާގެ (ހ) އަދި (ށ) (3 ވަނަ އިޞްލާޙުގެ ކުރިން އަދި ފަހުން)
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 65 އަދި 66 ވަނަ މާއްދާ
- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙު
- ޓެކްސް ނެގުމާބެހޭ އިދާރީ ޤަވާޢިދު
- ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- 2014/HC-A/277 (ޓްރެވަލް ލޭންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- 2016/SC-A/23 (މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަލީ ސަމީރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް