ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/484
އާއިޝަތު ޒަޢީމާ ވ. ނެތް، 2022/HC-A/484
Aaishathu Zaeemaa v. Not specified 2022/HC-A/484 (2022/HC-A/484, High Court of the Maldives, 12 November 2023)
އާއިޝަތު ޒަޢީމާ ވ. ނެތް
މައިގަނޑު ސުވާލު
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ފަރާތެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތް (ޤާނޫނީ ބެލެނިވެރިޔާ) ޢައްޔަންކުރަންވާނީ މައްސަލަ ބަލަމުންދާ ކޯޓުންތޯ، ނުވަތަ ޤާނޫނީ ބެލެނިވެރިޔަކު އެނގޭނެ ލިޔުމެއް 60 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ސިވިލް ކޯޓުން އެންގުން ޞައްޙަތޯ؛ އަދި މައުޟޫޢުގައި ހިމެނޭ ފަރާތް ނިޔާވުމުން ވެސް މި ސުވާލަށް ޖަވާބު ދޭންޖެހޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އެންގުން ބާޠިލު
ކަނޑައެޅުނު އުޞޫލުތައް
- ސުޕްރީމް ކޯޓުގެ 2016/SC-A/25 ޤަޟިއްޔާގައިވާ ގޮތުން، މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ނުގެންދާނަމަ، މަޙައްލު ގެއްލިފައިވާކަމަށް ބެލެވޭ ޙާލަތްތަކުގައިވެސް ކޯޓަށް ހުށަހެޅިފައިވާ ޤާނޫނީ ނުކުތާއަށް ގޮތް ކަނޑައެޅުމަކީ ކޯޓުގެ ޒިންމާއެކެވެ؛ މާއްދާއެއްގެ މާނަކުރުމުގައި ޚިލާފުތައް އުފެދިފައިވާއިރު އެކަން ސާފުކޮށްދޭންޖެހޭތީ، މައުޟޫޢުގައި ހިމެނޭ ފަރާތް ނިޔާވެފައިވީނަމަވެސް ޤާނޫނީ ސުވާލަށް ޖަވާބުދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12-13)
- ޢާންމު އުޞޫލަކީ ޚަޞްމުން ފަރުދީ ހައިސިއްޔަތުން ނުވަތަ ޤާނޫނީ ވަކީލުން މެދުވެރިކޮށް ކޯޓުގައި ތަމްސީލުވުމެވެ؛ ނަމަވެސް ޚަޞްމަކީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތެއްނަމަ، އެ ފަރާތް ތަމްސީލުކުރުމަށް މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތެއް (litigation friend/representative) ކަނޑައަޅަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-17)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 429 ވަނަ މާއްދާގެ (ސ) ގައި 'ޤާނޫނީ ބެލެނިވެރިޔާ' މާނަކޮށްފައިވަނީ ލަފްޒީ ގޮތުން ކުޑަކުދިންނަށް ނިސްބަތްވާ ގޮތަށް ނަމަވެސް، 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭ ފަރާތަކީވެސް އެ ފަރާތުގެ ޤާނޫނީ ބެލެނިވެރިޔާކަމުގައި ބަލަންޖެހޭތީ، މި ލަފްޒު ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކަށްވެސް ނިސްބަތްވާ ގޮތަށް މާނަކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- މަދަނީ އިޖުރާއަތުގެ ޤާނޫނު ޚާއްޞަވެފައިވަނީ ޢާއިލީ މައްސަލަތަކުގެ ގޮތުގައި ނުބެލޭ މަދަނީ މައްސަލަތަކަށެވެ؛ 'ބަލަދުވެރިޔާ' އާއި 'ބެލެނިވެރިޔާ' ފަދަ ލަފްޒުތައް ތަފާތު ޤާނޫނުތަކުގައި ތަފާތުކޮށް މާނަކޮށްފައިވާތީ، އެ ލަފްޒުތައް މާނަކުރަންވާނީ ހުށަހެޅޭ މައްސަލައިގެ ބާވަތާއި ތަޠުބީޤުކުރަންޖެހޭ ޤާނޫނުގެ ތަރަހައިގެ ތެރެއިންނެވެ؛ އެހެންކަމުން 87 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރުމުގެ ހަމަ ކަނޑައެޅެނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތެރެއިންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 24-25)
- 87 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް މަޞްލަޙަތު ޙިމާޔަތްކޮށްދޭ ފަރާތެއް ޢައްޔަންކުރުމަކީ ކޯޓުތަކުގެ ޤާނޫނުގައި ވަކި ކޯޓެއްގެ އިޚްތިޞާޞްގައި ހިމެނޭ ކަމެއްގެ ގޮތުގައި ލިސްޓުކުރެވިފައިވާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- ޢައްޔަންކުރުމަކީ ވަކި މަސްއޫލިއްޔަތެއް އަދާކުރުމަށް، އެ ބާރު ލިބިގެންވާ ފަރާތަކުން ވަކި މީހަކު ކަނޑައެޅުމެވެ؛ ޢައްޔަންކުރުމުގެ ބާރު ލިބިގެންވާ ފަރާތަށް އެ ފަރާތް ވަކިކުރުމާއި ވާޖިބުތައް ހިފެހެއްޓުމާއި ވަގުތީ ގޮތުން އެހެން މީހަކާ ޙަވާލުކުރުމުގެ ބާރުވެސް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
- މަޞްލަޙަތު ޙިމާޔަތްކޮށްދޭ ފަރާތެއްގެ ގޮތުގައި ކޯޓުން ޢައްޔަންކުރާ ފަރާތަކީ އެ މައްސަލައިގައި މަޞްލަޙަތު އޮތް ފަރާތަކަށް ނުވަތަ މަޞްލަޙަތުގެ ފުށުއެރުމެއް އޮތް ފަރާތަކަށް ވެގެންނުވާނެއެވެ؛ އެކަމާއި، އެ ފަރާތަކީ ރައްކާތެރިކަން ލިބިގެންވާ ފަރާތަށް އެންމެ ފައިދާވާގޮތަށް އިންސާފުވެރިކޮށް ތަމްސީލުކުރެވޭނެ ފަރާތެއްތޯ ބެލޭނީ މައްސަލަ ބަލަމުންދާ ފަނޑިޔާރަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32، 37)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ފަރާތެއް ހިމެނޭ މައްސަލައެއް ކޯޓުގައި ހިންގަންވާނީ، އެ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތެއް އެ މައްސަލައިގެ ތެރެއިން އެ ކޯޓުން ޢައްޔަންކުރުމަށްފަހުގައެވެ؛ އެހެންކަމުން ޤާނޫނީ ބެލެނިވެރިޔަކު އެނގޭނެ ލިޔުމެއް 60 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް މައްސަލަ ހުށަހެޅި ފަރާތަށް އެންގުމަކީ ބާޠިލު އެންގުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35-39)
1މިއީ ސިވިލް ކޯޓުގ ނަންބަރ 2778/Cv-C/2022 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓުން 31 ޖުލައި 2022 ގައީ އަންގާފައިވާ އެންގުމަކީ ޝަރުޢއަދ ޤާނޫނީ ހަމަތަކާއި ޚިލާފަށްއަންގާފައިވާ އެންގުމެއްކަމަށ ބުން އެ އެންގުން އިސްތިއުނާފުކުރުމަށް އެދި މާލެ، ދަފްތަރު. ނަންބަރު ދރ 1490 ޢާއިޝަތު ޒަޢީމާ )ދިވެހި ރައްޔިތެއްކަން އަންގައިދޭ( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޢާއިޝަތު ޒަޢީމާ" ( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މާލެ، […] މަރްޔަމް ޒަޢީމާ )ދިވެހި ރައްޔިތެއްކަން އަންގައިދޭ( އަކީ އަމިއްލަ ނިންމުންތައް ނިންމުމުގެ އަހުލިއްޔަތު ނެތް ފަރާތެއްކަމުގައި ކަނޑައަޅައިދިނުމަށާއި،މަރްޔަމް ޒަޢީމއަކް އޭނާގެ މުދަލުން ތަސައްރުފުނުކުރެވޭ ޙާލަތަށްގޮސްފައިވާ ފަރާތެއްކަމަށް ކަނޑައަޅައިދިނުމަށާއި، އޭނާ ހަޖުރުކޮށް އޭނާގެ މުދަލުގެ ހަވާލުދާރީއަކީ އޭނާގެ އެއްބަނޑު އަންހެން ކޮއްކޮ ޢާއިޝަތް ޒަޢީމާކަމަށް ކަނޑައަޅައިދިނުމަށާއި،އޭނާގެ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައ އަދާކޮށް، އޭނާގެ ޙައްޤުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށު ޤާނޫނީ ބެލެނިވެރިޔަކީ ޢައްޔަންކޮށް، އ ޤާނޫނު ބެލެނިވެރިޔާއަކި ޢާއިޝަތު ޒަޢީމާކަމަށ ކަނޑައަޅައިދިނުމަށް އެދެޢާއިޝަތ ޒަޢީމާގ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލަމުންދަނީ ސިވިލް ކޯޓުގެ ނަންބަރު 2778/Cv-C/2022 ޤަޟިއްޔާއިންނެވެ. ޢާއިޝަތު ޒަޢީމާގެ ފަރާތުން 04 ޖުލައި 2022 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ "އިޚްތިލާފެއ ނެތް ބާވަތުގެ ޢާންމު މައްސަލަތައް ހުށަހަޅާ ފޯމު"ގެ 1 ވަނަ ނަންބަރު.
3ޢާއިޝަތު ޒަޢީމި ގެ ފަރާތުނެ ހުށަހެޅު މި މައްސަލައަކީ ރައްކާތެރިކަން ލިބިގެންވާ ފަރާތެއްގެ މަޞްލަޙަތު ހިމެނޭ މައްސަލައެއްކަމުގައިވާތީ ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( )މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު"( ގެ 87 ވަނަ މާއްދާގެ )ހ( އަދި )ށ( ގެ ދަށުން މަރްޔަމް ޒަޢީމާގ ޤާނޫނެ ބެލެނިވެރިޔަކު އެނގޭނެ ލިޔުމެއް 60 )ފަސްދޮޅަސް( ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ޢާއިޝަތު ޒަޢީމާއަށ ސިވިލް ކޯޓުން 31 ޖުލައި 2022 ގައި އެންގުމެއް އެންގިއެވެ.
4އެ އެންގުން ޢާއިޝަތު ޒަޢީމާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2014/01/SC ސަރކިއުލަރއާ ޙަވާލާދީ އެ އެންގުން ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެވެނ ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވެއެވެ. ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ޢާއިޝަތު ޒަޢީމާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އަޢުލަބިއްޔަތުން ނިންމާފައިވެއެވެ. ޢާއިޝަތު ޒަޢީމާގެ ފަރާތުން އެ ނިންމުނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުނ އެ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ނުވާތީ، މި މައްސަލައަކީ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވެއެވެ. އެހެންކަމުން، މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުއްދައާއެކު ޢާއިޝަތު ޒަޢީމާގެ ފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. އެގްޒިބިޓް 4 ގެ ގޮތުގައި ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ނަންބަރު C/2022-v2778/C ޤަޟިއްޔާއާ ގުޅިގެން 31 ޖުލައި 2022 ގެ އެންގުން. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު CR/INDIV/2022/288-95 )01 ސެޕްޓެންބަރު 2022( "ރަޖިސްޓްރާރގެ ނިންމުން". ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 69/RM/2022-HC )04 އޮކްޓޫބަރު 2022( "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް". ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-HCL/46 )28 ނޮވެންބަރު 2022( "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
5ސިވިލް ކޯޓުގެ ނަންބަރު 2778/Cv-C/2022 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓުން ޢާއިޝަތު ޒަޢީމާއަށ އަންގާފައިވާ އެންގުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އ އެންގުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ ނުކުތާއެވެ.
5.1. ސިވިލް ކޯޓުގެ ނަންބަރު 2778/Cv-C/2022 ޤަޟިއްޔާއާ ގުޅިގެން 31 ޖުލައި 2022 ގައި އަންގާފައިވާ އެންގުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ )ށ( އަށާއި، 429 ވަނަ މާއްދާގެ )ސ( އަށް ރިޢާޔަތްކުރުމެއް ނެތި، ޤާނޫނުގެ މަޤްސަދަށް ބެލުމެއް ނެތި، އ ޤާނޫނުގެ 87 ވަނަ މާއްދާގެ ނައްސުން ދޭހަވާ މާނަ އެކަހެރިކޮށް އަންގާފައިވާ އެންގުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6މި ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުނ އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
6.1 މަދަނީ އިޖުރާއަތުގެ ޤާނޫނު ތައާރަފުކުރިއިރު، އެ ޤާނޫނުގެ 87 ވަނަ މާއްދާގެ )ހ( ގެ ދަށުން ރައްކާތެރިކަން ހިމެނޭ ފަރާތެއްގެ މައްސަލަ ކޯޓުގައި ހިންގުމުގެ ކުރިން، އެ މައްސަލައެއްގައި ރައްކާތެރިކަން ލިބިގެންވާ ފަރާތުގެމަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތެއް ކޯޓުނ ޢައްޔަންކުރަންޖެހުމުގ އިޖުރާއަތް ތައާރަފުކުރެވުނުކަމަށާއި، އެ މާއްދާގެ ދަށުން ދެ ބާވަތެއްގެ ފަރާތެއްގެ މައްސަލަ ކުރިއަށް ގެންދަންވާނީ އެ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކުރާނެ ފަރާތެއް ޢައްޔަންކުރުމަށްފަހުގައިކަނ އެނގޭކަމަށާއި، އެއީ )1( ކުޑަކުދިންނާއި )2 ( ރައްކާތެރިކަން ލިބިގެންވާ ފަރާތްކަމަށާއި، މިއީ ޤާނޫނުގެ ބޭނުމަށް ދެ ބާވަތެއްގެ ފަރާތެއްކަން އެ ޤާނޫނުގެ 429 ވަން މާއްދާގަ )ދ( ގައި "ކުޑަކުއްޖެއެ" މާނަކޮށްދީފައި އޮތް އޮތުމާއި، އަދި ކުޑަކުދިން ނުހިމަނައި އެ މާއްދާގެ )ޔު( ގައި "ރައްކާތެރިކަން ލިބިގެންވާ ފަރާތް" މާނަކޮށްދީފައި އޮތް އޮތުމުން އެނގޭ ކަމުގައެވެ.
6.2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި އޮތީ ކޯޓުން ކުރަންޖެހޭ ކަމެއްގެ ވާހަކަކަމަށާއި، އެއީ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތެއް )ޤާނޫނީ ބެލެނިވެރިއެއް( ޢައްޔަންކުރުންކަމަށާއ، އެކަން ލާޒިމުވެގެންވަނ މައްސަލީ ބަލަ ކޯޓަށް ކަމަށާއި، މިއަށ އިތުރަށް އ ޤާނޫނުގެ 79 ވަނަ މާއްދާގެ )ނ( އިން ބާރުދޭ ކަމުގައެވެ.
6.3 ގަވާއިދު ނަންބަރު 2022/R-105 )ސިވިލް ކޯޓުގު މަދަނީ އިޖުއާތުގެ ގަވާއިދު( )މީގެ ފަހުން "ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު"( ގައި ޤާނޫނީ ބެލެނިވެރިޔަކު ޢައްޔަންކުރާނ ޚާއްޞަ އިޖުރާއަތެއް ކަނޑައެޅިފައި ނެތްކަމަށާއި، އެހެނަސް އެ ގަވާއިދުގެ 22 ވަނަ މާއްދާގެ ނައްސުން މަޞްލަޙަތެ ޙިމާޔަތްކޮށދޭނ ފަރާތެއް )ޤާނޫނީ ބެލެނިވެރިއެއް( ޢައްޔަންކުރަންޖެހޭނީ، މައްސަލަ ހުށަހެޅުމުން އެ ކޯޓުންކަން ދޭހަވާކަމުގައެވެ.
6.4 މަދަނީ އިޖުރާއަތުގެ ޤާނޫނާއި އިނގިރޭސިވިލާތުގެ ސިވިލް ޕްރޮސީޖަރ ރޫލްސް 1998 (Civil Procedure Rules 1998) އެ ދާދި އެއްގޮތް ކަންތައްތަކެއް ހުރުމުން، އެ ޤާނޫނުގެ ދަށުން އެކަން އޮތް ގޮތަށް ބަލާއިރު، ކޯޓު އަމުރެއް މެދުވެރިކޮށް މަޞްލަޙަތު ޙިމާޔަތްކޮށްދޭ ފަރާތެއްގ ގޮތުގައެ ޢައްޔަންވުމަށިކޯޓުގައި އެދެވިދާނެކަމަށާއ، އެފަދަ އަމުރަކަށް އެދެންޖެހޭނީ މައުޟޫޢު މައްސަލަ ހުށަހެޅިފައިވާ ކޯޓަށްކަން އެ ޤާނޫނުން އެނގޭކަމުގައެވެ.
6.5 ސިވިލް ކޯޓުގެ އެންގުމުގައި ޤާނޫނީ ބެލެނިވެރިޔާ ޢައްޔަންކުރަންވެ ގޮތުގެ އިރުޝާދެއްނެތ ނަމަވެސް، އެކަމާ ގުޅިގެން ބޭއްވުނު ޝަރީޢަތްތަކުގައި ދެކެވުނު ވާހަކަތަކުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 429 ވަނަ މާއްދާގެ )ސ( ގ ދަށުން އެކަން ކުރަންޖެހެނީ ފެމިލީ ކޯޓުން ކަމުގައި ޤާޟީ ދެކެވަޑައިގަންނަވާކަން ދޭހަވިކަމުގއެވެ. އެހެނަސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 429 ވަނަ މާއްދާގެ )ސ( ގައި މާނަކޮށްފައިވަނީ ހަމައެކަނި ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިޔާކަމަށާއި، Rule 21.6 (2) of Civil Procedure Rules 1998 Rule 23.1 (1) of Civil Procedure Rules 1998 އެ މާއްދާގައި ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކުގެ ޤާނޫނީ ބެލެނިވެރިޔާ މާނަކޮށްދީފައިވާކަމުގައި ނުދެކޭކަމަށާއި، މި މައްސަލައިގެ ހިމެނެނީ ކުޑަކުއްޖެއްނޫންކަމުން، މި މައްސަލައަށް މި މާއްދާ ތަޠުބީޤުކުރަންނުޖެހޭކަމުގައެވެ.
7އިސްތިއުނާފުގެ މައްސަލަ މިކޯޓަށް ހުށަހެޅިއިރު އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ:
7.1 ސިވިލް ކޯޓުން 31 ޖުލައި 2022 ގައި ޢާއިޝަތު ޒަޢީމާއަށް އަންގާފައިވާ އެންގުމަކީ ބާޠިލު އެންގުމެއްކަމުގައި ކަނޑައަޅައިދިނުމަށާއި،
7.2 ހުށަހެޅިފައިވާ މައްސާލައިގަ ތެރެއިން މަރްޔަމް ޒަޢީމގ ޤާނޫނެ ބެލެނިވެރިޔާ ސިވިލް ކޯޓުން ކަނޑައެޅުމަށް އެ ކޯޓަށް އަމުރުކޮށްދިނުމަށެވެ.
8އެހެނަސް، މި މައްސަލައާ ގުޅިގެން 16 އޮގަސްޓް 2023 ގައި ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފުކުރ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ހުށަހެޅި ފަހުން މަރްޔަމް ޒަޢީމާ ނިޔާވެފައިވާތީ،އިސްތިއުނާފުކުރ ފަރާތުން އެދޭ ގޮތުގެ ތެރެއިން މަރްޔަމް ޒަޢީމިގ ޤާނޫނެ ބެލެނިވެރިޔާ ސިވިލް ކޯޓުން ކަނޑައެޅުމަށާ އެ ކޯޓުން އަމުރުކޮށްދިނުމުގެ ބައި ކުރިއަށް ގެންދަން ބޭނުންނުވާކަމަށާއި، އެ ފަރާތުން އެދެނީ ސިވިލް ކޯޓުނ 31 ޖުލައި 2022 ގައި ޢާއިޝަތު ޒަޢީމާއަ ށ އަންގާފައިވާ އެންގުމަކީ ބާޠިލު އެންގުމެއްކަމުގައ ކަނޑައަޅައިދިނުމަށް އެދޭ އެދުމުގެ ބައި ކުރިއަށް ގެންދިޔުމަށްކަމަށެވެ.އެހެނީ، އެއީ މައުޟޫޢީ މައްސަލައިގެ ތެރެއިން އިޖުރާއަތާއި ގުޅޭ ނިންމުމަކަށްވާތެ އާއި، ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގ ނަންބަރ 2016/SC-A/25 ބަނީ ހޯލްޑިންގްސް )ބީ.ވީ.އައި( ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި މައްސަލާ ހުށަހެޅަ ފަރާތުން މައްސަލަ އަނބުރާ ނުގެންދާނަމަ، މިފަދަ )މަޙައްލު ގެއްލިފައިވާކަމަށް ބެލެވޭ( ޙާލަތްތަކުގައިވެސް، ކޯޓަށް ހުށަހެޅިފައިވް ޤާނޫނީ ނުކުތާއަށް ގޮތް ޢާއިޝަތު ޒަޢީމާގެ ފަރާތުން ހުށަހަޅާފައިވާ "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާ ފ ކުރުމަށު އެދް ހުށަހަޅި ފޯމު" ގ 9 ވަނަ ނ ންބަރ. މި ރިޕޯޓުގެ 7.2 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ބައި. މި ރިޕޯޓުގެ 7.1 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ބައި. ކަނޑއެޅުމަކަ ކޯޓުގެ ޒިންމާއެއްކަމަށި ބަޔާންކޮށްފައިވާއިރު، މި ކޯޓުގެ ކުރިމަތީގައި އޮތް ޤާނޫނީ ސުވާލުގެ މަޙައްލެއް އޮތްކަމަށާއި، މިއީ ސާފުވެފައި އޮންނަންޖެހޭ ޤާނޫނީ ނުކުތާއެއް ކަމުގައި ދެކޭތީކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނެފައިވެއެވެ. ޝަ ރީޢަތަށ ފާހަގަކުރެވޭ ކަންތައްތައް މި މައްސަލައިގައި އޮތް ޤާނޫނީ ސުވާލު
9މ މައްސަލއަކަ މަރްޔަމް ޒަޢީމާ )ދިވެހި ރައްޔިތެއްކަން އަންގައިދޭ( އަކީ އަމިއްލަ ނިންމުންތައް ނިންމުމުގެ އަހުލިއްޔަތު ނެތް ފަރާތެއްކަމުގައި ކަނޑައަޅައިދިނުމަށާއި، މަރްޔަމް ޒަޢީމާ އޭނާގެ މުދަލުން ތަސައްރުފުނުކުރެވޭ ޙާލަތަށްގޮސްފައިވާ ފަރާތެއްކަމަށް ކަނޑައަޅައިދިނުމަށާއި، އޭނާ ހަޖުރުކޮށް އޭނާގެ މުދަލުގެ ހަވާލުދާރީއަކީ އޭނު ގެ އެއްބަނޑު އަންހެން ކޮއްކް ޢާއިޝަތް ޒަޢީމާކަމަށ ކަނޑައަޅައިދިނުމަށާއި، އޭނާގެ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކޮށް، އޭނާގެ ޙައްޤުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ޤާނޫނީ ބެލެނިވެރިޔަކު ޢައްޔަންކޮށް، އެ ޤާނޫނީ ބެލެނިވެރިޔާއަކ ޢާއިޝަތު ޒަޢީމާކަމަށ ކަނޑައަޅައިދިނުމަށް އެދި ޢާއިޝަތު ޒަޢީމާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަމުގައިވާއިރު، މި ކޯޓުގި ކުރިމަތީގައި އޮތް ސުވާލަކުމި މައްސަލައިގެ މައުޟޫޢުގައި ހިމެން މަރްޔަމް ޒަޢީމާ މިހާރު ނިޔާވެފައިވާއިރު، މި މައްސަލައިގައި ނެރެފައިވާ އެންގމާއ ގުޅި ގޮތުނ މި މަރުޙަލާގައި ގޮތެއް ކަނޑައެޅިދާނެތޯއެވެ.
10މި މައްސަލައިގައި އިސްތިއުނާފުކުރެވިފައިވަނީ މަރްޔަމް ޒަޢީމާގ ޤާނޫނެ ބެލެނިވެރިޔަކު އެނގޭނެ ލިޔުމެއް 60 )ފަސްދޮޅަސް( ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ޢާއިޝަތު ޒަޢީމާއަށ ސިވިލް ކޯޓުން 31 ޖުލައި 2022 ގައު އެންގި އެންގުމެވެ. އިސްތިއުނާފުކުރެވުނު ނުކުތާއަށް ބަލާއިރު، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކުގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތެއް ޢައްޔަންކުރާނު އިޖުރާއަތަށް ނިސްބަތްވާ ނުކުތާއެކެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން މިހާރަ އެދޭ އެދުމަކީ ސިވިލް ކޯޓުން 31 ޖުލައި 2022 ގައި ޢާއިޝަތު ޒަޢީމާއަށް އަންގާފައިވާ އެންގުމަކީ ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައިދިނުމަށެވެ.
11މިކަންކަމަށް ބަލާއިރު، މިއީ މައްސަލައިގެ މައުޟޫޢަށްވުރެ، އެ އެންގުމުގެ އިޖުރާއަތާއި ގުޅޭ ނުކުތާއެއްކަން އެނގެއެވެ. އެހެނެ މި އިސްތިއުނާފުގައި ހިމެނޭ ޤާނޫނީ ސުވާލަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނި މާއްދާގައި އޮންނަ އިޖުރާއަތު ހިންގުމަކީ އެ މަދަނީ މައް ސަލައެއ ހުށަހެޅް ހިނގަމުންދާ ކޯޓަކުން ކުރަންޖެހޭ ކަމެއްތޯއ މެދާ އުފެދިފައިވާ ސުވާލު ކަމުގައިވާތީއެވެ.
12ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ބަނީ ހޯލްޑިންގްސް )ބީ.ވީ.އައި( ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާއަށް ބ ލާއިރު، މައްސަލް ހުށަހެޅަ ފަރާތުނ މައްސަލް އަނބުރާ ނުގެންދާނަމަ، މަޙައްލު ގެއްލިފައިވާކަމަށް ބެލެވޭ ޙާލަތްތަކުގައިވެސް ކޯޓަށް ހުށަހެޅިފައިވ ޤާނޫނާ ނުކުތާއަށް ގޮތް ކަނޑައެޅުމަކީ ކޯޓުގެ ޒިންމާއެއްކަމަށާއި، އެހެނީ، ކޯޓުތަކުން ޤާނޫނީ ތަޠުބީޤުކޮށް މާނަކުރަންޖެހޭނީ ހާދިސާ ހިނގިއިރު ކަން އޮތްގޮތުގެ މައްޗަށް ކަމުގައިވާތީ އާއި، އެކަމުގެ މައްޗަށް ނުވަތަ އެކަމާއި ގުޅިގެން ފަހުން ހިނގާ ކަންތައްތަކަކީ، އެ ކަންކަމާމެދު ގޮތެއް ކަނޑައަޅައިދިނުން އެދި ދަޢުވާގެ ތެރެއިން ކުރިއަށް ގެންދިއުމަށް ކޯޓަށް ހުށަހަޅައި އެކަން ކޯޓުނ ބަލައިގެންފައި ނުވާނަމަ، އެކަންކަމުގެ މައްޗަށް ކޯޓުން ނަޒަރުކުރަންޖެހޭ، އަދި އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް އަސަރުކޮށްގެންދާނެ ކަންކަން ކަމުގައި ބަލަންޖެހޭ ޤާނޫނީ ހުއްޖަތެއް އޮތްކަމުގައި ނުދެކޭކަމަށ މި ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. 16 އޮގަސްޓް 2023 ގައި ޢާއިޝަތު ޒަޢީމާގެ ފަރާތުން ބުނެފައިވަނީ މިހާރު އެ ފަރާތުން އެދޭގޮތަކީ އިސްތިއުނާފު ފޯމުގެ 9.1 ވަނި ނަންބް ރުގައަ ބަޔާންކޮށްފައިވާ ފަދައިން ސިވިލް ކޯޓުނ 31 ޖުލައި 2022 ގައި ޢާއިޝަތު ޒަޢީމާއަށް އަންގާފައިވާ އެންގުމަކީ ބާޠިލު އެންގުމެއްކަމަށް ކަނޑއަޅައިދިނުމަށްކަމަށެވެ. އަދި އިސްތިއުނާފު ފޯމުގެ 9.2 ގައި ހޯދައިދިނުމަށް އެދިފައިވާ ފަރުވާ ދޫކޮށްލާފައިވާކަމަށެވެ. ޢާއިޝަތު ޒަޢީމާގެ ފަރާތުން ހުށަހަޅާފައިވާ "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފެ ކުރުމަށު އެދް ހުށަހަޅާ ފޯމު"ގ 7.1.26 ވަނަ ނަންބަރު.
13އެހެންކަމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގު 87 ވަނަ މާއްދާ މާނަކުރުމާއި، އެ މާއްދާއަށް ތަރުޖަމާއެއް ދިނުމުގައި އުފެދިފައިވާ ޚިލާފުތަކަށ ޙައްލެއް ލިބިދޭންޖެހޭތީއަދ މި މައްސަލައިގައި އުފައްދާފައިވާ ޤާނޫނި ބަހުސްގެ ތެރެއިން މި މާއްދާ ތަޠުބީޤުވެގެންދާގޮތް ސާފުކޮށްދޭނެ ޖެހޭކަމުގައި ދެކޭތީ، މ މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ފަރާތް ނިޔާވެފައިވީނަމަވެސް، މި އިސްތިއުނާފުގެ ތެރެއިން އިސްވެ ބަޔާންކުރަނިވ 11 ވަނަ ނުކުތާގައި ހިމެނޭ ސުވާލަށް ޖަވާބުދޭންޖެހޭކަމުގައި ދެކެމެވެ.
14މަދަނީ އިޖުރާއަތުގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢތުގަ ކުރީގެ އިޖުރާއަތާއި، ޝަރީޢަތުގެ މަރުޙަލާ ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކަށް ހިނގާނީ ހެކީގެ އުޞޫލުތަކާއި، އެފަދަ މައްސަލތަކާމެދ ގޮތެއު ނިންމުމުގައާއް ޝަރީޢަ ތ ނިމި ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތާއި، އަދި މިނޫންވެސް ޝަރުޢީ ކޯޓުތަކަށް ހުށަހެޅ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހ ޢާންމު އުޞޫލު ތަރުތީބުކޮށްފައިވާ ޤާނޫނެވެ. ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލައަކީ ރައްކާތެރިކަން ލިބިގެނވް ފަރާތެއް person) (protected ހިމެނޭ މައްސަލައެއްނަމަ، އެކަމުގައި ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލު މި ޤާނޫނުގައި ބަޔާންކުރެއެވެ.
15މި ޤާނޫނުގައި "ރައްކާތެރިކަން ލިބިގެންވާ ފަރާތް" ކަމުގައި ބުނެފައިވަނީ އެ މީހެއްގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ އެހެނ ފަރާތެއް މެދުވެރިކޮށް މެނުވީ، މަދަނީ މައްސަލައެއްގެ ޝަރީޢަތުގެ މަރުޙަލާތައް ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން ނެތް ކޮންމެ ފރތަކަށެވެ. ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު(ގ 1 ވަނަ މާއްދާގެ )ހ( ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު(ގެ 429 ވަނަ މާއްދާގެ )ޔު(
16ޕްރިސިޑެންސް 2އާންމު އުޞޫލަކީ މައްސަލައިގެ ދަޢުވާކުރާ ނުވަތަ ދަޢުވާލިބޭ ފަރާތް ކޯޓަށީ ޙާޟިރުވެ، ފަރުދީ 17 16 ހައިސިއްޔަތުން ތަމްސީލުވުމެވެ. ނުވަތަ ކޯޓުގައި ޤާނޫނީ ވަކީލުން ޚަޞްމުން ތަމްސީލުކުރުމެވެ. އެހެންނަމަވެސް، މައްސަލައެއްގެ ޚަޞްމެއްގެ ގޮތުގައި ހިމެނޭ ފަރާ ތަކީ ކުޑަކުއްޖެއް ކަމުގައިވާ ޙާލަތުގައި، ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތެއް ކަމުގައިވާ ޙާލަތުގައި، ކުރިއަށް ދާނެ އިޖުރާއަތަކީ އެ ފަރާތެއް ތަމްސީލުކުރުމަށް އެ ފަރާތެއްގެ މަޞްލަޙަތު ހިމާޔަތްކޮށްދޭނެ ފަރާތެއް ve)(litigation friend/litigation representati ކަނޑައެޅުމެވެ.
17މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރަނީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިގެންވާ އެހެނ ފަރާތެއް ހިމެން މައްސަލައެއް ކޯޓުގައި ހިންގަންވާނީ، އެ ފަރާތެއްގެ މަޞްލަޙަތް ޙިމޔަތްކޮށްދޭނާ ފަރާތެއް ޢައްޔަންކުރުމަށްފަހުކަމަށެވެ. އަދި މި މާއްދާގެ )ހ( ގެ ބޭނުމަށްޓަކައި މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތެއް ކަމުގައި ބުނެފައި އެވަނީ،ކުޑަކުއްޖާގެ ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ ޤާނޫނީ ބެލެނިވެރިޔއަށްކަމަށ މި މާއްދާގެ )ށ( ގައި ބުނެއެވެ. މި ޤާނޫނގ 429 ވަނަ މާއްދާގެ ) ސ( ގައި "ޤާނޫނީ ބެލެނިވެރިޔާ" މ ނަކޮށްފައިވަނީ ކުއްޖާގެ މައިންބަފައިންނާއި، މައިންބަފައިން ނެތް ޙާލަތެއްގައި ކުއްޖާގެ ޝަރުޢީ ބަލަދުވެރިޔާއާއި، ކުއްޖާގެ ބެލެނިވެރިކަމާ ޤާނޫނީގޮތުން ޙަވާލުވެފައިވާ ފަރާތް ކަމުގައެވެ.
18ޕްރިސިޑެންސް 3މަދަނީ އިޖުރާއަތުގެ ޤާނޫނުގައި "ޤާނޫނީ ބެލެނިވެރިޔާ" މި ލަފްޒު މާނަކޮށްފައިވާއިރު، އޭގެ އިބާރާތްތައް މަހުދޫދުކޮށްފައިވަނީ ކުޑަކުދިންނަށް އެކަނި ނިސްބަތްވެ ގޮތަށެވެ. މިއީ މި މާއްދާ އަކުރުން އަކުރަށް ކިޔާއިރު، އެއަށް ދެވޭ ދޭހައެވެ. އެހެނަސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ )ށ( ގައިވާ ގޮތުން ކުޑަކުދިންގެ އިތުރުން ރައްކާތެރިކަން ލިބިގެންވާ ފަރާތުގެމަޞްލަޙަތު ޙިމާޔަތްކޮށްދޭ ފަރާތަކީ އެ ފަރާތެއްގެ ޤާނޫނީ ބެލެނިވެރިޔާ ކަމުގައި ބަލަންޖެހެއެވެ.އެހެންކަމުން، ޤާނޫނީ ބެލެނިވެރިޔާ ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު(ގެ 80 ވަނަ މާއްދާގެ )ހ( އާއި 85 ވަނަ މާއްދާގެ )ހ( ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު(ގ 79 ވަނަ މާއްދާގެ )ހ( ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު(ގެ 79 ވަނަ މާއްދާގެ )ނ( މި ލަފްޒު މާނަކޮށް ތަޠުބީޤުކުރާއިރު، އެމީހެއްގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމަކުނ އެހެން ފަރާތެއް މެދުވެރިކޮށްގެން މެނުވީ ޝަރީޢަތުގެ މަރުޙަލާތައްކުރިއަށް ގެންދިޔުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން "ރައްކާތެރިކަން ލިބިގެންދާ ފަރާތްތަކަށު "ވެސް މި ލަފްޒީ ނިސްބަތްވާގޮތށް މ ލަފްޒު މާނަކުރަންޖެހޭކަމުގައި ދެކެމެވެ.
19ރައްކާތެރިކަން ލިބިގެންވާ ފަރާތެއް ހިމެނޭ މައްސަލައެއް ކޯޓުގައި ހިންގަންވާނީ، އެ ފަރާތެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތެއް ޢައްޔަންކުރުމަށްފަހު ކަމަށްވާއިރު، ދެން އުފެދޭ ސުވާލަކީ މިކަން ކުރުމުގެ އިޖުރާއތާއ އަދި މިކަން ކުރާނީ ކޮށް ކޯޓަކުން ކަމާ މެދުއެވެ.
20ޕްރިސިޑެންސް 4މަދަނީ އިޖުރާއަތުގެ ޤާނޫނަކީ މަދަނީ މައްސަލަތައް ހިންގުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ޤާނޫނުކަން އިސްވެ ބަޔާންކުރެވިއްޖެއެވެ. ޤާނޫނު ނަންބަރ 2000/4 ) ޢާއިލާއާބެހޭ ޤާނޫނާ( )މީގެ ފަހުން "ޢާއިލާއާބެހޭ ޤާނޫނު"( ގެ ދަށުން ޢާއިލީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ބަލާ މައްސަލަތައް ބެލުމުގައި، އެ ކޯޓުން ޢަމަލުކުރާނީ، އެ ޤާނޫނުގައި ބަޔާންކުރާ ޚާއްޞަ އިޖުރާއަތާއި އެއްގޮތަށްކަމުގައ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ޢާއިލާއާބެހޭ ގަވާއިދުގެ 75 ވަނަ މާއްދާގެ ދަށުން ޢާއިލީ މައްސަލަތައް ބެލުމުގައި ފެމިލީ ކޯޓުން ޢަމަލުކުރާނެގޮތުގެ އިޖުރާއަތު ބަޔާންކުރާނެ ގަވާއިދެއްވެއެވެ. އެއީ ގަވާއިދު ނަންބަރ 2022/R-102 )ފ މިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދު( އެވެ. މި އުޞޫލުން، ޢާއިލާއާބެހޭ ގަވާއިދުގެ 75 ވަނަ މާއްދާގެ )ށ( ގެ ދަށުން ޢާއިލީ މައްސަލަތައް ބެލުމުގައި މެޖިސްޓްރޭޓަ ކޯޓުތަކުން ޢަމަލުކުރާނެގޮތުގެ އިޖުރާއަތު ބަޔާންކުރާ އުޞޫލެއްވެސް އެބައޮތެވެ. އެއީ އުސޫލު ނަންބަރ 2022/G-26 )މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުސޫލު(އެވެ. އެހެންކަމުން، ޢާއިލީ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ޙާއްޞަ އިޖުރާއަތު މި ދެ މަސްދަރުގައި ބަޔާންކުރެފައިވާތީ، މަދަނު އިޖުރާއަތުގެ ޤާނޫނު ޚާއްޞަވެފައިވަނީ ޢާއެ ލީ މައްސަލަތަކުގެ ގޮތީ ގައި ނުބެލެވޭ މަދަނީ މައްސަލަތަކަށްކަން އެނގެއެވެ.
21"ޤާނޫނީ ބެލޯ ނ ވެރިޔާ" ކަނޑައެޅުމުގެ އިޚްތިޞާޞް ވަކި ކޯޓަކަށް ޚާއްޞަކުރެވިފައިވޭތ ބަލާނަމެވެ. މިގޮތުން، ފެމިލީ ކޯޓުގެ އިޚްތިޞާޞްއަށް ބަލާއިރު، ބަލަދުވެރިކަން ސާބިތުކުރުމަކީ ފެމިލީ ކޯޓުގ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްކަމަށާއި، އަދި މެޖިސްޓްރޭޓް ކޯޓުތަކަށްވެސި އެ ކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހާ ޢާއިލީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބު ގެންވާކަނ ޤާނޫން ނަންބަރ 2010/22 )ދިވެހިރާއްޖޭގު ކޯޓުތަކުގެ ޤާނޫނ( )މީގެ ފަހުން "ކޯޓުތަކުގެ ޤާނޫނު"( ގެ ޖަދުވަލުން އެނގެއެވެ.
22ޢާއިލީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބަލަދުވެރިޔާގެ ތައުރީފަށް ބަލާއިރު، ޢާންމުއުޞޫލެއްގެ ގޮތުން ބަލަދުވެރިޔެ ނިސްބަތްވަނީ ކުޑކުދިންގަ ބަލަދުވެރިންނަށެވެ. މިފަދައިން ފާހަގަވަނީ ޢާއިލާއާބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގައި، ކުއްޖާގެ ބަލަދުވެރިންގ ތައުރީފު ދީފައިވާތީއާއި، މި މާއްދާގައި ކުއްޖާގެ ބަލަދުވެރިންނަކްއެންމެ އިސް ޝަރުޢީ ބަލަދުވެރިޔާއާއި، ޝަރުޢީ ބަލަދުވެރިނނާއި،ޤާނޫނީ ބަލަދުވެރިންގ މައްޗަށް ކަމުގައި ބަޔާންކޮށްފައިވާތީއެވެ. ކުއްޖާގެ އެންމެ އިސް ޝަރުޢީ ބަލަދުވެރިޔާއަކީ ކުއްޖާގެ ބައްޕައެވެ. ޝަރުޢީ ބަލަދުވެރިންނަކީ، ނަސަބުގެ ގޮތުން ކުއްޖާއާހުރި ގުޅުމުގެ ސަބަބުން ޝަރުޢީ ހަމަތަކުން ކުއްޖގާ ބަލަދުވެރިކަން ނަޤުލް ވ ފަރެ ތްތަކެވެ. ޤާނޫނީ ބަލަދުވެރިންނަކީ، އެންމެ އިސް ޝަރުޢީ ބަލަދުވެރިޔާއާއި، ޝަރުޢީ ބަލަދުވެރިންގެ ތެރެއިން މީހަކު ނެތުމުން، ކުއްޖާގެ ބަލަދުވެރިޔާކަމުގައި ކޯޓުން ޢައްޔަންކުރާ ބަލަދުވެރިންނެވެ. ޤާނޫނު ނަންބަރު 2000/4 )ޢާއިލާއާބެހޭ ޤާނޫނު(ގެ 47 ވަނަ މާއްދާގައި މިކަން ބަޔާންކުރެއެވެ. ޢުމުރުން 18 އަހަރީ ނުފުރޭ ކުއްޖެއްގެ ޝްރުޢަ ބަލަދުވެރިކަން ނަޤުލުވާގޮތް، ޢާއިލާއާބެހޭ ގަވާއިދުގެ 70 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިގޮތުން، އެއީ )ހ( ބައްޕަ )ޝަރުޢީ އެންމެ އިސް ބަލަދުވެރިޔާ(، )ށ( ކާފަ )ބައްޕަގެ ބައްޕަ ކިތަންމެ ދުރަކަށް ދިޔަސް(، )ނ( އެއްބަނޑުއެއްބަފާ އަޚު، )ރ( އެއްބަފާ އަޚު، )ބ( އެއްބަނޑުއެއްބަފާ އަޚުގެ ފިރިހެންދަރި، )ޅ( އެއްބަފާ އަޚުގެ ފިރިހެންދަރި، )ކ( ބައްޕަޔާ އެއްބަނޑުއެއްބަފާ ބޮޑުބޭބެ، )އ( ބައްޕަޔ އެއްބަފާ ބޮޑުބޭބެ، )ވ( ބައްޕަޔާ އެއްބަނޑު އެއްބަފާ ބޮޑުބޭބެގ ފިރިހެންދަރި، )މ( ބައްޕަޔ އެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރި، )ފ( ކާފަޔާ އެއްބަނޑުއެއްބަފާ ބޮޑުބޭބެ )ބައްޕިފަރާތުގެ(، )ދ( ކާފަޔ އެއްބަފާ ބޮޑުބޭބެ )ބައްޕަ ފަރާތުގެ(، )ތ( ކާފަޔާ އެއްބަނޑުއެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރި )ބައްޕަ ފަރާތުގެ(، )ލ( ކާފަޔ އެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރި )ބައްޕަ ފަރާތުގެ(، މުނިކާފަޔާ އެއްބަނޑު އެއްބަފާ ބޮޑުބޭބެ )ބައްޕަ ފަރާތުގެ(
23"ބެލެނިވެރިޔާ" މި ލަފްޒު، އެ ޤާނޫނަށް ޚާއްޞަވާގޮތަށ ޤާނޫން ނަންބަރު 2019/19 )ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގ ޤާނޫނު ( ގައި މާނަކޮށްފައިވެއެވެ. އަދި ހަމަ މިފަދައިން، އެ ޤާނޫނަށް ޚާއްޞަވާގޮތަށް "ބެލެނިވެރިޔާ" މި ލަފްޒު ޤާނޫނު ނަންބަރ 2012/3 )ގެވެ ށ އަނިޔާ ހުއްޓުވުމުގެ ޤާނޫނު( ގައިވެސް މާނަކޮށްފައިވެއެވެ. "ބެލެނިވެރިޔާ" މި ލަފްޒު މާނަކޮށްފައިވާ ޤާނޫނުތަކުގައި، އެ ލަފްޒު އެ ޤާނޫނަށް ޚާއްޞާކޮށްފައިވާކަން އެނގެއެވެ. އަދި އެކި ޤާނޫނުތަކުގައި މި ލަފްޒު މާނަކުރުމުގައި ތަފާތުކޮށްފައިވާކަން އެނގެއެވެ.
24ޢއިލާއާބެހާ ޤާނޫނުގައިވާ "ބަލަދުވެރިޔާ" އާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ "ބެލެނިވެރިޔާ" ގެ މައިގަނޑު ފަރަގަކ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބެލެނިވެރިޔާ މާނަކުރުމުގައި ކުއްޖާގެ މަންމައާއި ބައްޕަ ހިމެނޭގޮތަށް ކުއްޖާގެ މައިންބަފައިންނަށ އިސްކަންދީފައިވާކަމެވެ.ބަލަދުވެރިޔާއަކީ، ކުއްޖާގެ އިސް ޝަރުޢީ ބަލަދުވެރިޔާ އާއި ޤާނޫނީ ބަލަދުވެރިޔާއެވެ. އަދި މިކަން ނަގލުވަނީ ކުއްޖާގެ ބައްޕަގު ފުށުންނެވެ. ކުއްޖާގެ މަންމަ، ކުއްޖާގެ ޤާނޫނީ ބަލަދުވެރިއެއްގެ ގޮތުގައި ޢައްޔަންކުރުމުގެއިޚްތިޔާރު ކޯޓަށެ ލިބިގެންވަނީ ކުއްޖާގެ ޝަރުޢީ ބަލަދުވެރިއަކު ނެތުމުންކަން ޢާއިލާއާބެހޭ ގަވާއިދުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މި ދެ ލަފްޒީ މާނަކުރުމުގައި ތަފާތުތަކެއް ހުރުމުންނާއ އަދި ބޭނުންކުރާ ޙާލަތު ތަފާތުވުމުން، މި ލަފްޒު މާނަކުރަންވާނީ ހުށަހެޅޭ މައްސަލައެއްގެ ބާވަތުން އަދި އެއަށް ތަޠުބީޤުކުރަންޖެހޭ ޤާނޫނުގެ ތަރަހައިގެ ތެރެއިންނެވެ.
25މ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާއަކު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކުގެ މަޞްލަޙަތް ޙިމާޔަތްކޮށްދޭނެ ފަރާތެއ ޢައްޔަންކުރުމުގެ އިޖުރާއަތަށް ނިސްބަތްވާ ނުކުތާއެކެވެ. އެހެންކަމުން، ހުށަހަޅާފައިވާ ދަޢުވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 133 ވަނަ މާއްދާގެ )ނ( ގައި "ބެލެނިވެރިޔާ" ކަމަށް ބުނެފައިވަނީ މައިންބަފައިންނާއި، ޝަރުޢީ ބަލަދުވެރިންނާއި، ޙަޟާނަތު ލިބިފައިވާ ފަރާތއާ ޤާނޫނި ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެވަގުތަކު ޙަވާލުވެ ތިބޭ މީހުންނަށެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 67 ވަނަ މާއްދާގަ )ޅ( ގައި "ބެލެނިވެރިޔާ" ކަމަށް ބުނެފައިވަނީ، ދަރިއަކު، ނުވަތަ މީހަކު ނުވަތަ ކުއްޖަކު ބެލެހެއްޓުމުގެ ޒިންމާ ޝރުޢީގޮތުނ ނުވަތް ޤާނޫނީގޮތުން ޙަވާލުވެފައިވާ މީހާއަށެވެ. ބިނާކުރާ އަސާސްގެ ތެރެއިން މިކަން ކުރާނެ ސާފު ހަމައެއް ކަނޑައެޅިގެންދާނީ މަދަނީ އިޖުރާއަތުގެ ޤނޫނުގ ތަރަހައިގެ ތެރެއިން ކަމުގައި ދެކެމެވެ.
26ޕްރިސިޑެންސް 5އިސްވެ ބަޔާންކުރަނިވި ކަންކަމަށް ބަލައި، މި މައްސަލައިގެ ޙަޤީޤެ ތްތަކުގެ މައްޗަށް ރިޢާޔަތްކޮށް، މަދަނަ މައްސަލައެއް ހިންގުމުގެ ގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވނ މާއްދާގަ )ހ( ގެ ބޭނުމަށް، ރައްކާތެރިކަން ލިބިގެންވާ ފރާތެއްގަ ނުވަތެ ކުޑަކުއްޖެއްގޭ މަޞްލަޙަތު ޙިމާޔަތްކޮށްދީ ފަރާތެއް ޢައްޔަންކުރުމަކީ ވަކި ކޯޓެއްގެ އިޚްތިޞާޞްގައި ހިމެނޭ ކަމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ލިސްޓުކުރެވިފައިވާކަމެއ ނޫންކަން އެނގެއެވެ.
27މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދަގައިވަނ ކުޑަކުއްޖަކީ ނުވެ ތ ރައްކާތެރިކަން ލިބިގެންވާ އެހެން ފަރާތެއް ހިމެނޭ މައްސަލައެއް ކޯޓުގައި ހިންގަންވާނީ، އެ ފަރާތެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭންފަރާތެއް ޢައްޔަންކުރުމަށފަހުގައ ކަމުގައި ބަޔާންކުރެއެވެ.
28"ޢައްޔަންކުރުން" މިއީ އިނގިރޭސި ބަހުންނަމަ “appoint” ކުރުމެވެ. Black law’s dictionary ގައި Appointment މާނަކޮށްފައިވަނީ އަންނަނިވި ބީދައިންނެވެ. “the designation of a person, by a person or persons having authority therefore, to discharge the duties of some office or trust”
29އަންނަނިވި ކަންކަމަކީ ޢައްޔަންކުރުން ކަމުގައި ބެލެވެއެވެ. )1( މަޤާމެއް ދިނުން ނުވަތަ ވަޒީފާއެއް ހަވާލުކުރުން )2 ( މަސްއޫލިއްޔަތެއް މަތިކުރުނ )3( ވަކިއެއްޗެއ ނުވަތް ކަމެއް ނުވަތަ ވަގުތެއް ކަނޑައަޅައި ފާހަގަކޮށް ބަޔާންކުރުން ޙުސްނުއްސުޢޫދު، ޤާނޫނީ ރަދީފް )2018(، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް
30ޕްރިސިޑެންސް 6އެހެންކަމުން، މި ޙާލަތުގައި ޢައްޔަންކުރުމަކީ،ވަކި މަސްއޫލިއްޔަތެއުއަދާކުރުމަށްޓަކައި، އެކަމުގެ މަސްއޫލިއްޔަތެ ޙަވާލުކޮށްފައިވާ ފަރާތަކުން ވަކި މީހަކު ކަނޑައެޅުމެވެ. މި މައްސަލައިގައި އުފެދޭ ސުވާލަކީ ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭ ފަރާތް ޢައްޔަންކުރާނ ފަރާތަކާމެދުގައެވެ. އެހެނެ ޢައްޔަންކުރުމުގެ ބާރަ ލިބިދެވޭ ފަރާތކަށް، ޢައްޔަންކުރެވޭ ފަރާތް ވަކިކުރުމުގެ ބާރާއި، ވާޖިބުތައް އަދާކުރުން ހިފެހެއްޓުމުގެ ބާރާއި، ވަގުތީ ގޮތުން އެހެން މީހަކާ އެ ވާޖިބު ޙަވާލުކުރުމުގެ ބާރުވެސް ލިބިދޭތީއެވެ.
31ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެފަރާތެއ ޢައްޔަންކުރުމުގެ ބާރާއި ވާޖިބު އެހެނެ ޤައުމުތަކުގެ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ތަރުތީބުވެފައިވާގޮތަށް ބަލާއިރު، އިނގިރޭސިވިލާތުގެ The Civil Procedure Rules 1998 ގައި ބަޔާންކުރަނީ ރައްކާތެރިކަން ލިބިގެންވާ ފަރާތެއްގް މައްސަލައެއް ކުރިއަށް ގެންދަންވާނީ ރައްކާތެރިކަން ލިބިގެންވާ ފަރާތެއް ތަމްޞީލުކުރާނެ ފަރާތެއް މެދުވެރިކޮށްކަމަށާއި،މ ފަރާތި ކޯޓް އަމުރަކުންވެސް އަދި ކޯޓު އަމުރަކާ ނުލައިވެސް 26 25 ޢައްޔަންކުރެވޭކަމަށާއ، އަދި މި ފަރާތުގެ ބާރު ނިމުމަކަށް އަންނަ ޙާލަތްތަކުގައި ވަކިކުރުމުގެ ބާރާއި، އ ފަރާތެ ބަދަލުކުރުމުގެ ބާރުވެސް ކޯޓަށް ލިބިގެންވކަމުގާ އެވެ.މިކަން ކުރުމުގެ ބާރު ލިބިދެނީ އެ މައްސަލައެއް ހށަހެޅިފައިވް ކޯޓަށްކަމަށާއި،އަދ ކޯޓި އަމުރެއް މެދުވެރިކޮށްޢައްޔންވުމަށްއެދޭ ޙާލަތުގައި، އެކަމަށް އެދި ހުށަހަޅަންޖެހެނީ އެ މައްސަލައެއް ހުށަހެޅިފައިވާ ކޯޓަކަށް ކަމުގައި މި އިޖުރާއަތުގައި ބަޔާންކުރެއެވެ. ޤާނޫނު ނަންބަރު 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު(ގެ 24 ވަނަ މާއްދާ Rule 21.5 and Rule 21.6 of Civil Procedure Rules Rule 23.2 (1) of Civil Procedure Rules
32ޕްރިސިޑެންސް 7ރައްކާތެރިކަން ލިބިގެންވޭ ފަރާތުގެ ނުވަތަ ކުޑަކުއްޖެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭ ފަރާތެއް ކޯޓުނ ޢައްޔަންކުރާއިރު، މަޞްލަޙަތު ޙިމާޔަތްކޮށްދާ ފަރާތެއްގެ ގޮތުގައެ ޢައްޔަންކޮށްފައިވް ފަރާތަކީ އ މައްސަލައިގެ މަޞްލަޙަތު އޮތް ފަރާތަކަށް ވެގެންނުވާނެއެވެ. ނުވަތަ އެއްވެސް ގޮތަކުންވިޔަސ މަޞްލަޙަތުގެ ފުށުއެރުމެއް އޮތް ފަރާތަކަށްވެގެންނުވާނެއެވެ.
33ސިންގަޕޫރުގެ Rules of Court ގެ Order 76 ގައް ބަޔާންކުރަނީވެސ ރައްކާތެރިކަން ލިބިގެންވާ ފަރާތެއް (a person under disability) ގ ފަރާތުން މައްސަލައެއް، ނުވަތަ ދިފާޢެއް، ނުވަތަ ރައްދު ދަޢުވާއެއު ހުށަހަޅަންވާނީ އެ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭ ފަރާތެއް (litigation representative) މިދުވެރިކޮށްކަމަށާއި، މިކަން ކޯޓު އަމުރެއް މެދުވެރިކޮށް، އަދ ކޯޓު އަމުރަކާނުލައި ކުރެވޭ ޙާލަތްތައް ބަޔާންކުރާކަން އެނގޭހިނދު،މިކަން ކޯޓަށް ހުށަހަޅައިގެން ކުރަންޖެހޭ ޙާލަތުގައި، އެކަން އެފިޑަވިޓެއ މެދުވެރިކޮށް ކުރުމަށިމި ޤާނނުގައ ބަޔާންކުރެއެވެ. މި އުޞޫލުން މެލޭޝިޔާގ Rules of Court 2012 ގެ Order 76 ގައިވެސް ބަޔާންކުރެއެވެ.
34އިންޑިޔާގެ Procedure Civil Code of The ގެ IIXXX Order ގައް މައްސަލައިގައި ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތެއް mind) unsound of (persons ހިމެނޭނަމަ، އެ ފަރާތެއގްމަޞްލަޙަތު ޙިމާޔަތްކުރާނ ފަރާތެއް (proper person to be a guardian) ކޯޓުން ޢައްޔަންކުރާނެކަމަށާއި، އަދި ހަމަ މި އުޞޫލުން އެ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކުރާނިފަރާތެއް ޢައްޔަންކުރުމަށްޓަކައ ހުށަހެޅުމެއް (application) ކޯޓަށް ހުށަހެޅިދާނެކަމަށާއި،މިފަދަ ހުށަހުމެއްގައި މަޞްލަޙަތު ޙިމާޔަތްކުރުމަށް އެދޭ ފަރާތަކީ އެ މައްސަލައިގެ އެއްވެސް މަޞްލަޙަތެއް އޮތް ފަރާތެއްނޫންކަން އަންގައިދޭ އެފިޑެވިޓެއް Nottingham County Counvil v Bottomley [2010] Med LR 407 Order 76 (3) of Rules of Court 2012 ހުށަހަޅަންވާނެކަމުގައި ބަޔާންކުރެއެވެ. މީގެ އިތުރުން، އެ ފަރާތެއްއެކަމުނި ވަކިވާ ޙާލަތްތަކާއި، އަދ ކޯޓުން އެ ފަރާތެއް ވަކިކުރެވޭ ޙާލަތްތައް މި އިޖުރާއަތުގައި ބަޔާންކުރެއެވެ.
35ޕްރިސިޑެންސް 8އިސްވެ ބަޔާންކުރަނިވި ޤާނޫނުތަކުގައިވެސް ޙަވާލާދެނީ އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭ ފ ރާތަކާއަ ގުޅި އިޖުރާއަތުތަކަށެވެ. މިފަދައިނ ކޯޓަށް ހުށަހެޅް މައްސަލަތަކުގައި، ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭ ފަރާތް އެ ކޯޓުން ޢައްޔަންކުރެއެވެ. އަދި ވަކިކުރަންޖެހޭ ޙާލަތެއް ވުޖޫދުގައިވާނަމަ، އ ފަރާތެއް ވަކިކުރުމަކީވެސް އެ މައްސަލައެއް ބަލަމުންދާ ކޯޓަކަށް ލިބިދޭ ބާރެއްކަންވެސް އެނގެއެވެ.
36ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދްފަރާތެއް އެ މައްސަލައިގެ ތެރޭގައި ކޯޓުނ ޢައްޔަނކުރުނި މުހިންމުވެގެންދާ ސަބަބުތަކެއްވެއެވެ. އެއް ސަބަބަކީ އެކަމުގެ ވަގުތު ސަލާމަތްކުރުމެވެ. ވަކި އައު މައްސަލައެއްގެ ގޮތުގައި ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭ ފަރާތެއް ޢައްޔަންވެގެންދާނަމަ، ވަކި މައްސަލައެއްގެ )ނުވަތަ mfresh clai އެއްގެ( އިޖު ރާއަތުތައ އެ މައްސަލައަށް ހިނގާނެއެވެ. މިކަމުގައި ދުވަސްތައް ފާއިތުވެގެންދާނެކަމީ ޙަޤީޤަތެކެވެ.
37ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭ ފަރާތެއް ކޯޓުން ޢައްޔަންކުރުމުގައި، ކޯޓުން ޢައްޔަންކުރެ ފަރާތަކީ އެ މައްސަލައި ގައި ފުށުއަރާނު މަޞްލަޙަތެއް އޮތް ފަރާތެއްތޯ، ނުވަތަ އ ޙާލަތަށް ބިނާކޮށް، މަޞްލަޙަތު ޙިމާޔަތްކުރުމަށް ޢައްޔަންކުރެވޭ ފަރާތަކީ ރައްކާތެރިކަން ލިބިގެންވާ ފަރާތަށް އެންމެ ފައިދާވާގޮތަށް އަދި އިންސާފުގެ ހަމަތަކުގެ މަތިން އެ ފަރާތް ތަމްސީލުކުރެވޭނެ ފަރާތެއްތޯ ބެލެވޭނީ، އެ މައްސަލައިގެ ތެރެއިން އެ ފަރާތެއް ޢައްޔަންކުރުމުގެ ބާރު ކޯޓަށް ލިބިދެވިގެންނެވެ. ހުށަހެޅިފައިވާ މައްސަލައާއި، ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ ޙާލަތާއި، އެ ފަރާތް ތަމްސީލުކުރުމަށް އެދޭ ފަރާތަކީ ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ ޤާނޫނ ބެލެނިވެރިޔާތޯއާއި، އަދި އެ ފަރާތަކީ Order XXXII (3) and (15) of The Code of Civil Procedure, 1908 Order XXXII (11) of The Code of Civil Procedure, 1908 މައަ ސަލައިގެ ޚުޞޫމަތާއި ގުޅުން ހުރި ފަރާތެއްތޯ، ނުވަތަ މައްސަލައިގެ ވާޤިޢާތަކުގެ މައްޗަށް ބިނާކޮށް މަޞްލަޙަތުގެ ފުށުއެރުމެއް އޮތްތޯ، ނުވަތަ ޢައްޔަންކުރެވޭ ފަރާތަށް އެއްވެސް ނުރަނގަޅް ނިޔަތެއްނެތ ރައްކާތެރިކަން ލިބިގެނވ ފަރާތާ ތަމްސީލުކުރެވޭނެތޯ،މިކަންކަމުގެ މައްޗަށް ބިނާކޮށް ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކުރާނެ ފަރާތެއް ޢައްޔަންކުރެވޭނ އާ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަން ލިޔެކިޔުމުގެ ޒަރިއްޔާއިން ސާފުކޮށް ހާމަވެފައިވ ފަރާތަކަށެވެ. އެއީ އެ މައްސަލައެއް ބަލަމުންދާ ފަނޑިޔާރެވެ.
38އެހެންކަމުން، އިސްވެ ބަޔާންކުރަނިވި ޙަޤީޤަތްތަކުގެ އަލީގައި، އަހުރެނ ދެކެނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ފަރާތެއް ހިމެނޭ މައްސަލައެއް ކޯޓުގައި ހިންގަންވާނީ، އެ ފަރާތެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދެފަރާތެއް އެ މައްސަލައިގެ ތެރެއިން އެ ކޯޓުން ޢައްޔަންކުރުމަށްފަހުގައި ކަމަށެވެ.
39އިސްވެ ބަޔާންކުރަނިވި ކަންކަން އެގޮތުގެ މަތިން ހުރުމުން، ޢާއިޝަތު ޒަޢީމާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ރައްކާތެރިކަން ލިބިގެންވާ ފަރާތެއްގެ މަޞްލަޙަތު ހިމެނޭ މައްސަލައަކަށްވާތީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަން މާއްދާގަ )ހ( އަދި )ށ( ގެ ދަށުން މަރްޔަމް ޒަޢީމާގެ ޤާނޫނީ ބެލެނިވެރިޔަކު އެނގޭނެ ލިޔުމެއް 60 )ފަސްދޮޅަސް( ދުވަހުގެ ތރޭގައެ ސިވިލް ކޯޓަށް ހުށަހެޅުމަށް ޢާއިޝަތު ޒަޢީމާއަށ ސިވިލް ކޯޓުން 31 ޖުލައި 2022 ގައި އަންގާފައިވާ އެންގުމަކީ ބާޠިލު އެންގުމެއްކަމުގައ އަހުރެނ ދެކެމެވެ.
40ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދީ ކުރަމެވެ.
41ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
42މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތު ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސިތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައ މަދަނު އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއް ދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 79 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 80 ވަނަ މާއްދާގެ (ހ) އާއި 85 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 429 ވަނަ މާއްދާގެ (ސ) އަދި (ޔ)
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 47 ވަނަ މާއްދާ
- ޢާއިލާއާބެހޭ ގަވާއިދުގެ 69، 70 އަދި 75 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2022/R-102 (ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދު)
- އުޞޫލު ނަންބަރު 2022/G-26 (މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުޞޫލު)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 133 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 67 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 (ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ޤަޟިއްޔާގެ ޕެރެގްރާފް 23
- Civil Procedure Rules 1998 (England & Wales), Rules 21.2, 21.5, 21.6, 21.7, 21.9, 23.2(1)
- Rules of Court (Singapore), Order 76
- Rules of Court 2012 (Malaysia), Order 76 (3)
- The Code of Civil Procedure, 1908 (India), Order XXXII (3), (11), (15)
- Nottingham County Council v Bottomley [2010] Med LR 407
- Black's Law Dictionary ('Appointment')
- ޙުސްނުއްސުޢޫދު، ޤާނޫނީ ރަދީފް (2018)
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙުސައިން ޝަހީދު، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް