ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/249
ޒަރީނާ މުޙައްމަދު ވ. މުޙައްމަދު މަނިކު، 2021/HC-A/249
Zareenaa Mohamed v. Mohamed Maniku 2021/HC-A/249 (2021/HC-A/249, High Court of the Maldives, 1 October 2025)
ޒަރީނާ މުޙައްމަދު ވ. މުޙައްމަދު މަނިކު
މައިގަނޑު ސުވާލު
ސިވިލް ކޯޓުގެ ނަންބަރު 144-B5-CR2/CA/2021/789 "ކޯޓު އަމުރު" އިސްތިއުނާފުކުރުމަށް ޒަރީނާ މުޙައްމަދު A038023 ހުށަހެޅުމުން މި ކޯޓުގައި ކުރިއަށް ގެންދިޔަ ނަންބަރު 2021/HC-A/249 އިސްތިއުނާފީ މައްސަލަ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (ޚަޞްމު ނިޔާވުމުން)
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2021/HC-A/249
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 އޮގަސްޓް 2021 – ބާޠިލުކުރި ތާރީޚް: 01 އޮކްޓޫބަރު 2025
4އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: ޒަރީނާ މުޙައްމަދު
5އިސްތިއުނާފު ރައްދުވި ފަރާތް:
ފުރިހަމަ ނަން: މުޙައްމަދު މަނިކު
6ތަދައްޚުލްވި ފަރާތްތައް:
ފުރިހަމަ ނަން: އަލީ ވަހީދު
ފުރިހަމަ ނަން: އަބްދުﷲ ވަހީދު
ފުރިހަމަ ނަން: އިބްރާހީމް ވަހީދު
ފުރިހަމަ ނަން: ޝާއިރާ ސަލީމް
7ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 144-B5-CR2/CA/2021/789 "ކޯޓު އަމުރު" އިސްތިއުނާފުކުރުމަށް ޒަރީނާ މުޙައްމަދު ހުށަހެޅުމުން މި ކޯޓުގައި ކުރިއަށް ގެންދިޔަ ނަންބަރު 2021/HC-A/249 އިސްތިއުނާފީ މައްސަލަ.
8ހައިކޯޓުން ނިންމި ގޮތް:
މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވި މުޙައްމަދު މަނިކު ނިޔާވެފައިވާކަމަށް ބަޔާންކޮށް މުޙައްމަދު މަނިކު ތަމްސީލުކުރި ވަކީލު ފަތުޙުﷲ އިސްމާޢީލް މި ކޯޓަށް 30 ސެޕްޓެމްބަރ 2025 ގައި ސިޓީ ފޮނުވިއެވެ.
މި ސިޓީއާއެކު ފޮނުވާފައިވާ "މަރު ސާބިތުކުރި ލިޔުން" އަށް ބަލާއިރު 24 މޭ 2023 ވަނަ ދުވަހު މުޙައްމަދު މަނިކު ނިޔާވެފައިވާކަން އެނގެއެވެ.
ގާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ގާނޫނު)ގެ 3 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ ގާނޫނު ހިނގާނީ، އެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ކޯޓަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ މައްޗަށް ކަމަށްވާއިރު، އެ ގާނޫނަށް އަމަލުކުރަން ފެށީ 16 ޖޫން 2022 ގައި ކަމަށް ވެފައި، މި އިސްތިއުނާފު މި ކޯޓުގައި ރަޖިސްޓަރީކޮށްފައި ވަނީ 16 އޮގަސްޓް 2021 ގައި ކަމަށް ވާތީ، މި މައްސަލައާމެދު ގޮތް ނިންމުމުގައި ރިއާޔަތްކުރަން ޖެހޭނީ ހައިކޯޓުގެ ގަވާއިދުގައި މި ހާލަތުގައި އަމަލުކުރަންވީ ގޮތް ކަމަށް ކަނޑައަޅާފައިވާ ގޮތް މަތިންކަމުގައި ފާހަގަވެއެވެ.
ހައިކޯޓުގެ ގަވާއިދުގެ 52 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައި ވަނީ، "ހައިކޯޓުން ބަލަމުންދާ މައްސަލައެއް ނުނިމެނީސް، މައްސަލަ ރައްދުވާ ހަމައެކަނި ފަރާތް ނުވަތަ މައްސަލަ ރައްދުވާ ފަރާތްތައް މަރުވެއްޖެނަމަ، އެދަޢުވާއެއް ބާޠިލުކުރެވޭނެއެވެ.
މިގޮތަށް ބާޠިލުކުރެވޭ މައްސަލައެއްގެ ދަޢުވާއަކީ މައުޟޫޢީގޮތުން ވާރިސުންނާ ދެކޮޅަށް ހުށަހެޅިދާނެ މައްސަލައެއްނަމަ އަލުން ހުށަހެޅުމުން އެމައްސަލައެއް ބަލައިގަތުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ." މި ފަދައިންނެވެ.
މިހެންވެ، އިސްތިއުނާފު ރައްދުވި މުޙައްމަދު މަނިކު ނިޔާވެފައި ވާތީ، ހައިކޯޓުގެ ގަވާއިދުގެ 52 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން، މި ކޯޓުގެ ނަންބަރު 2021/HC-A/249 ގަޒިއްޔާގައި އިސްތިއުނާފު ހުށަހެޅި ފޯމު، މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާތިލުކޮށްފީމެވެ.
9މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)
ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
- ހައިކޯޓުގެ ޤަވާޢިދުގެ 52 ވަނަ މާއްދާގެ (ބ)
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)، ޢަބްދުﷲ ޖަމީލް މޫސާ
- ރިޔާސަތު
- ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 16 އޮގަސްޓް 2021 · ނިމުނީ 1 އޮކްޓޫބަރު 2025 (49.5 މަސް)