ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/578
ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޔޫސުފް، 2019/HC-A/578
Skoobaa Spaa Private Limited v. Mohamed Yoosuf 2019/HC-A/578 (2019/HC-A/578, High Court of the Maldives, 10 April 2022)
ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޔޫސުފް
މައިގަނޑު ސުވާލު
ސަފާރީ ބިނާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ކުރި މަސައްކަތުގެ އަގު ހޯދުމުގެ ދަޢުވާގައި، ދަޢުވާއަށް ޖުމްލަކޮށް އިންކާރުކުރުމަކީ ހެކިތަކަށް އިންކާރުކުރުމެއްތޯ، ދައްކަންޖެހޭ ޢަދަދު ސިވިލް ކޯޓުން ކަނޑައެޅީ ރަނގަޅަށްތޯ، އަދި ޑިލޭ ޑެމޭޖަސް ނަގައިނުދިނުން ރަނގަޅުތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ދައްކަންޖެހޭ ޢަދަދު US$562,606.62 އިން US$390,313.03 އަށް)
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓަށް ހުށަހަޅާ ދަޢުވާއަކާމެދު ޖުމްލަގޮތެއްގައި އިންކާރުކުރާކަމަށް ބުނުމަކީ އެ ދަޢުވާ ސާބިތުކުރުމަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކިތަކަށް އިންކާރުކުރުމެއް ނޫނެވެ؛ އެ ހެކިތައް ނަފީކުރަންޖެހޭނީ ހެކިތަކުގެ ޞައްޙަކަމަށް ޠަޢުނުކޮށްގެން ނުވަތަ އެ ހެކިތައް މުގުރާލެވޭފަދަ އެހެން ހެކި ޤަރީނާތައް ހުށަހަޅައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ދަށުކޯޓުގައި ހެކިތަކަށް ޠަޢުނުކުރުމުގެ ފުރުޞަތު ލިބުނު ފަރާތަކަށް ހައިކޯޓުގެ މަރުޙަލާގައި ހެކި ޠަޢުނުކުރަން ފުރުޞަތު ދިނުމަކީ އިސްތިއުނާފުގެ ޠަބީޢަތުން ބޭރުވެ އަލުން ޝަރީޢަތެއް ކުރުން ކަމުގައި ވާނެތީ، އެ ފުރުޞަތު ނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައިވާ އުޞޫލަކީ ބެސްޓް އެވިޑެންސް ރޫލް، އެބަހީ ހެއްކެއްގެ ގޮތުގައި ލިޔުމުގެ އަޞްލު ހުށަހެޅުމެވެ؛ ހުށަހަޅާ ލިޔުމަކީ 'އަޞްލު' ކަން އެނގޭނެ ގޮތެއް ނެތްނަމަ އެ ލިޔުމެއް އަޞްލެއްގެ ގޮތުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު އުފައްދާފައިވާ، ފަރާތެއްގެ މެނޭޖިންގ ޑިރެކްޓަރު ސޮއިކޮށް އެ ފަރާތުގެ އެކައުންޓެންޓު ބަލައިގެންފައިވާ ލިޔުންތަކަކީ އެ ފަރާތުގެ މަޞްލަޙަތުގައި ހެއްކެއްގެ ގޮތުގައި ބުރަދަނެއް ދެވިދާނެ ލިޔުންތަކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- އެއްބަސްވުމަށް އެޑެންޑަމެއްގެ ގޮތުގައި ގެނެވޭ ބަދަލުތައް ހިނގަނީ އެ ބަދަލު ގެނެވުނު ތާރީޚުން ފެށިގެން ކަމުން، ކޮމިޝަނާއި ރިޓެންޝަން ހިސާބުކުރަންޖެހޭނީ ކޮންމެ މުއްދަތަކަށް ހިނގާ އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތަށެވެ؛ އެގޮތުން ހިސާބުކުރުމުން ސިވިލް ކޯޓުން ކަނޑައެޅި ޢަދަދު ރަނގަޅު ނޫންކަން އެނގޭތީ، ދައްކަންޖެހޭ ޢަދަދު ބަދަލުކުރެވިއްޖެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17–25)
- އެއްބަސްވުމުގެ 5.3 ވަނަ މާއްދާގެ ދަށުން ލިކުއިޑޭޓެޑް ޑެމޭޖަސް ނެގޭނީ ޢުޛުރެއް ނެތި ލަސްވާ ޑެލިވަރީއަށް ކަމުން، މަޢާފުކުރެވިދާނެ ލަސްވުންތަކަކީ ކޮބައިކަން ބަލަންޖެހެއެވެ؛ ޑިލޭ ޑެމޭޖަސް އަކީ ޝަރީޢަތް ހިންގައި ދެފަރާތުގެ ވާހަކަ އަޑުއަހައިގެން މެނުވީ ގޮތެއް ކަނޑައެޅޭނެ ކަމެއް ނޫނެވެ؛ ފައިސާ ހޯދުމުގެ ދަޢުވާއެއްގެ ތެރެއިން (އޭރު ޢަމަލުކުރި ގޮތުގައި) ކައުންޓަރ ކްލެއިމްގެ ޝަރީޢަތް ނުހިންގޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
ތާއީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:
1"ސަފާރީ ޔޮޓް ބިލްޑ އެންޑް ސަޕްލައި ކޮންޓްރެ ކްޓް" ގެ ނަމުގައި، އިސްތިއުނާފުކުރާ ސްކޫބު ސްޕާ ޕްރައިވެޓ ލިމިޓެޑް (މީގެ ފަހުން ސްކޫބާސްޕާ /އިސްތިއުނާފކުރު ފަރާތް) އާއި ރ.އަލިފުށި ގުލްރައުނާގެ މުޙައްމަދު ޔސޫ ފ (މީގެ ފަހުން މުޙައްމަދު ޔޫސުފް/އިސްތިއުނާފު ރައްދުވާ ފަރާތް) އާ ދެމެދު 11 ނޮވނެ ބަރް 2009 ގައި އެއްބަސްވުމެއްގައި ސޮއިކުރިއެވެ. "ސަފާރީ ޔޮޓް ބިލްޑ އެންޑް ސަޕްލައި ކޮންޓްރެކްޓް" އަށް 16 އޮކްޓބަރޫ 2010 ގައި "އެޑެންޑަމް" ގެ ގޮތުގައި އިޞްލާޙުތަކެއް ގެނެވުނެވެ.
2ބަޔާންވެދިޔަ އެގްރީމެންޓްގެ ދަށުން، މުޙައްމަދު ޔޫސުފް ކޮށްފައިވާ ބައެއް މަސައްކަތްތަކަށް ލިބެންޖެހޭ އަގު ނުލިބިގެން މުޙައްމަދު ޔޫސުފްގެ ފަރާތުން، މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި މައްސަލައެއް ހުށަހެޅިއެވެ. އެމައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު: C/2018-Cv/1173 ޤަޟިއްޔާއިންނެވެ.
3ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/1173 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނާ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ސްކޫބާސްޕާ ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އެމައްސަލަ ހައިކޯޓުގައި ބަލަން ހަމަޖެހިގެން ދިޔައީ، ހައިކޯޓުގެ ނަންބަރު:2019/HC-A/221 ޤަޟިއްޔާ އިންނެވެ. އެޤަޟިއްޔާގެ ޝަރީޢަތް ހިންގުމަށް 23 އޮކްޓޫބަރު 2019 ދުވަހުގެ 09:00 އަށް ޙާޟިރުވުމަށް ރަޖިސްޓްރޭޝަން ނަންބަރު :0919/2006-C އައި.ޑީ ކާރޑް ނަންބަރު: ފޮނުވުނު ނަންބަރު: 4677B2/CHT/2019/-95 (06 އޮކްޓޫބަރު 2019) އަމުރު 07 އޮކްޓޫބަރު 2019 ދުވަހު ސްކޫބާ ސްޕާއަށް ރައްދުވިއެވެ. ނަމަވެސް، އެއަމުރުގައިވާ ގޮތުގެމަތީން، ސްކޫބާސްޕާ ތަމްސީލުކުރާނެ އެއްވެސް ފަރާތެއް ހައިކޯޓުގެ ޝަރީޢަތށަ ގަޑިއަށް ޙޟިރުވެފައެއް ނުވެއެވެ. އެހެންވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢދުގި 48 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެޤަޟިއް ޔާގ ދަޢުވެ ފޯމު ބާޠިލްކުރެވުނެވެ.
4މިހާރު ކުރިއަށް މިގެންދަނީ، މިދެންނެވި ޤަޟިއްޔާ ބާޠިލު ކުރުމުން، އެ މައްސަލަ އަލުން ސްކޫބާސްޕގާ ފަރާތނ އިސްތިއުނާފަށް ހުށަހެޅުމުން ބަލު ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ރ.އަލިފުށި، […] / މުޙައްމަދު ޔޫސުފް އެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
5ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/1173 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، […]، ރ.އަލިފުށި / މުޙައްމަދު ޔޫސުފްގެ ފަރާތުން ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މިމައްސަލާގައި، "ސްކޫބާސްޕާ ޔިންގް" އެވެ ކިޔާ ސަފާރީއާ ގުޅިގެން ދަޢުވާކުރާ ފަރާތުން ކުރި މަސައްކަތުގެ އަގަށްވާ US$3,729,890.48 (ތިން މިލިއަން ހަތްލައްކަ ނަވާވީސްހާސް އަށްސަތޭކަ ނުވަދިހަ އެމެރިކާ ޑޮލަރު ސާޅީސް އަށެއް ސެންޓް) ގެ ތެރެއިން US$562,606.62 (ފ ސްލައްކަ ފަސްދޮޅަސް ދެހާސް ހަސަތޭކަ ހަޔެއް އެމެރިކާ ޑޮލަރު ފަސްދޮޅަސްދޭއް ސެންޓް) ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހި އަދާނުކޮށްވާކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، މިބުނެވުނު ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 27 ފެބްރުއަރީ 2019 އިން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކޮން މެމަހަކު އެމަހަކަށްޖެހޭ ފައިސާގެ ޢަދަދަށްވުރެ މަދުނޫން ފައިސާގެ ޢަދަދެއް ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާސްކުރުމަށް ދަޢުވާ ލިބުނު ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްއަށް އަންގައި، މިގޮތުގެ މަތީން ޙުކުމްކޮށްފީމެވެ". މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:
6ސިވިލް ކޯޓުގެ ނަންބަރު : C/2018-Cv/1173 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ސްކޫބސްޕާގެ ފަރާތުން ތިރިގައިވާ ނުކުތާ ތަށް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.6 ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފުކުރުމަށް ހުށަހަޅާފައިމިވާ މައްސަލާގައި ދަށު ކޯޓު މަރުހަލާގެ ނިންމެވުމުގެ 5 ވަނަ ޞަފްޙާގައި، މިމައްސަލައާއެކު ހުށަހަޅާފައިވާ ސްޓޭޓްމަންޓުގައި ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޮނުވިކަމަށްބުނާ އިންވޮއިސްތަކުގެ ނަންބަރުތަކާއި، އިންވޮއިސްތަކުގެ ތާރީޚާއި، ފައިސާގެ ޢަދަދާއި، ލިބުނު ފައިސާއާއި އުނިކުރެވުނު ފައިސާގެ ތަފްސީލް ހިމެނިގެންވާކަން އޮންނައިރު، އެއިން އެއްވެސް ކަމެއްގެ ޞައްޙަކަމާމެދު އިންކާރުކޮށް ސުވާލު އުފައްދާފައި ނުވާކަމަށް ފާހަގަކުރައްވާފައި އޮތްނަމަވެސް، ދަށު ކޯޓު މަރުހަލާގައި މުޙައްމަދު ޔޫސުފް ހުށަހަޅާފައިމިވާ ދަޢުވާއަށް ޖުމްލަ ގޮތެއްގައި ސްކޫބާސްޕާ ޕްރައިވެޓ ލިމިޓް ޑްއިން ވާނެ އިންކާރުކޮށްފައިކަމާއި އަދި މިއީ، ވަރަށް ގިނަ އަހަރުތަކެއްގ ކުރީގެ މުޢާމަލާތަކަށްވާތީވެ، މިމުޢާމަތާއ ގުޅި ފުރިހަމަ ލިޔުންތައް ނެތް ވާހަކަވެސް ދަށު ކޯޓުގައިވަނީ ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްއިން ފާހަގަކޮށްފައިކަމާއި ނަމަވެސް، ދަށު ކޯޓު މަރުހަލާގައި މިއިން އެއްވެސް ކަމަކަށް އެކަށީގެންވާގޮތއްގައި ރިޢާޔަތް ނުކުރައްވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.6 ދެވަނަ ނުކުތާއަކީ: އިސްތިއުނާފުކުރުމަށް ހުށަހަޅާފައިމިވާ މައްސަލާގައި ދަށު ކޯޓު މަރުހަލާގ ނިންމެވުމުގައި، ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްއިން އަދާކުރި ފައިސާގެ އަދަދަކީ US$3,150,127.70 ކަމުގައި ކަނޑައަޅުއްވާފައިވަނީ ހަމައެކަނި މުޙައްމަދު ޔޫސުފް ހުށަހެޅި ލިޔެކިޔުންތަކުގައި އޭނާއަށް ލިބުނުކަމަށް ބުނާ ފައިސާގެ މައްޗަށް އެކަނި ރިޢާޔަތްކުރައްވާފައިކަމާއި މިގޮތަށް ދަށު ކޯޓުން ނިންމެވުމުގައި، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑްއިން ދެއްކި ޖުމްލަ ފައިސާގެ އަދަދު ސާބިތުކޮށްދިނުމަށް ހުށަހެޅި ބޭންކް ސްޓޭޓްމަންޓަށާއި، މުޙައްމަދު ޔޫސުފްގެ ފަރާތުން 2014 ވަނަ އަހަރު ހުށަހެޅި ސްޓޭޓްމަންޓަށާއި، މުޙައްމަދު ޔޫސުފްގެ ފަރާތުން ކޯޓު މަރުހަލގައާ ލިބުނު އިންވޮއިސްތަކުގައި އޭނާ ހުށަހެޅި ކޮންމެ އިންވޮއިސްއެއްގައި ހިމެނޭ ފައިސާގެ އަދަދަކީ އެޑްވާންސްކޮށް ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްއިން އަދާކޮށްފައިވާ ފައިސާއެއްކަމަށް އެއިން ކޮންމެ އިންވޮއިސްއެއްގައި ލިޔެވިފައިއޮތް ވާހަކައަށާއ ގުޅުންހުރި ކުންފުންޏަކުން އެދުވަސްވަރު މުޙައްމަދު ޔޫސުފްއަށް ދައްކާފައިވާ ފައިސާއަށް، ދަށު ކޯޓު މަރުހަލާގެ ނިންމެވުމުގައި ރިޢާޔަތްނުކުރައްވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
3.6 ތިންވަނަ ނުކުތާއަކީ: އިސްތިއުނާފުކުރުމަށް ހުށަހަޅާފައިމިވާ މައްސަލާގައި ދަށު ކޯޓު މަރުހަލާގެ ނިންމެވމުގު 6 ވަނަ ޞަފްޙާގައި، މުޙައްމަދު ޔޫސުފްގެ ކިބައިން ނަގައިދިނުމަށް ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްއިން އެދިފައިވާ ޑިލޭމެޖަސ ނަގައިދެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވާ ސަބަބުތަކުގެ ތެރޭގައި މިހާތަނަށް މިކަމާގުޅޭ ދަޢުވާއެއް ކޮންފައިނުވުމާއި، މިހާރު ދަޢުވާކުރާ ސަބަބަކީ މުޙައްމަދު ޔޫސުފް ކުރި މަސައްކަތުގެ އުޖޫރައިން އެފަރާތަށް ލިބެންޖެހި ނުލިބިވާ ފައިސާ ހޯދުމަށް އެދުމުގެ އަދަބެއްގެ ގޮތުގައި ބުރަވެވޭކަމަށާއި، ސްކޫބސްޕާ ޕްރައިވެޓް ލިމިޓެޑްއިން ފައިސާ އަދާކުރުމުގައި ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، މިއީ ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްއިން ދޫކޮށްލާފައިއޮތް ޙައްޤެއްކަމުގައި ބެލެވެން އޮތްކަމަށް، ދަށުކޯޓުން ނިންމަވާފައިވީނަމަވެސް، މިގޮތަށް ދަށުކޯޓުން ނިންމަވާފައިވަނީ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގައި ހިމެނޭ ޙައްޤުތައް ދޫކޮށްލުމާ ބެހޭ މާއްދާއަށާއި މިމުޢާމަ ލާތާއ ގުޅި އެހެނިހެން ކަންކަމަށް ރިޢާޔަތްނުކުރައްވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
7މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/1173 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް ސްކޫބާސްޕގާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ:
8މިނުކުތާގައި ސްކޫބާސްޕާގެ ފަރާތުން ބުނެފައިވަނީ، މުޙައްމަދު ޔޫސުފްގެ ފަރާތުން ހުށަހެޅި ދަޢުވާއަށް ޖުމްލަ ގޮތެއްގައި އިޢުތިރާޟް ކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން، މިމައްސަލައާއެކު ހުށަހަޅާފައިވާ ސްޓޭޓްމަންޓުގައި ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޮނުވިކަމަށް ބުނާ އިންވޮއިސްތަކުގެ ނަންބަރުތަކާއި، އިންވޮއިސްތަކުގެ ތާރީޚާއި، ފައިސާގެ ޢަދަދާއި، ލިބުނު ފައިސާއާއި އުނިކުރެވުނު ފައިސާގެ ތަފްސީލް ހިމެނިގެންވާކަން އެނގެން އޮންނައިރު، އެއިން އެއްވެސް ކަމެއްގެ ޞައްޙަކމާމެދަ އިންކާރުކޮށް ސްކޫބސްޕާއިން ސުވާލު އުފައްދާފައި ނުވާކަމަށް ދަށު ކޯޓުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
9އިސްތިއުނާފު ރައްދުވާ ފަރާތުން މި ނުކުތާއާއި ގުޅިގެން ފާހަގކަ ރަނީ، މިއީ ދަށު ކޯޓުގައި ސްކޫބު ސްޕާއިން ނެގާ ނުކުތާއެއް ނޫންކަމަށެވެ. އެހެންކަމުން، މިނުކުތާއަކީ ހައިކޯޓުގައި ބަހުޘް ކުރެވޭނެ ނުކުތާއެއް ނޫންކަމަށެވެ. މިގޮތުން، މިމައްސަލައިގައި އިސްތިއުނާފކުރު ފަރާތަށް ޖަވާބު ދިނުމަށް އެކަށީގެންވާ ދިގު މުއްދަތެއް ލިބިގެން ދިޔައިރު، ހަމައެކަނި ދަޢުވާއަށް އިންކާރު ކުރާކަމަށް ބުނުމަކުން ނުފުދޭނެ ކަމަށެވެ.
10ޕްރިސިޑެންސް 1ޕްރިސިޑެންސް 2މިނުކުތާއަށް ބަލާއިރު، ދަށުކޯޓަށް ހުށަހަޅާ ދަޢުވާއަކާމެދު ޖުމްލަ ގޮތެއްގައި އިންކާރު ކުރާކަމަށް ބުނުމަކީ، އެދަޢުވާ ސާބިތު ކުރުމަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކިތަކަށްވެސް އިންކާރު ކުރުންކަމަށް ބުރައެއް ނުވވެ އެވެ. ދަޢުވާ ސާބިތުކުރުމަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކިތައް ނަފީ ކުރަންޖެހޭނީ، އެހެކިތަކުގެ ޞައްޙަކމުގަ މައްޗަށް ޠަޢުނުކޮށްގެނ ނުވަތް އެހެކިތައް މުގުރާލެވޭފަދަ އެހެން ހެކި ޤަރީނާތައް ހުށަހަޅައިގެންނެވެ. ދަށު ކޯޓުގައި ސްކޫބސްޕާއަށ އެކަމަށް ފުރާ ޞަތު ލިބުނެވެ. ނަމަވެސް ސްކޫބު ސްޕާގެ ފަރާތުން އެކަން އެހެން ނުކޮށް، ހައިކޯޓުގެ މަރުޙަލާގައި ހެކި ޠަޢުނު ކުރަން ފުރުޞަތު ދިނުމަކީ، އިސްތިއުނާފުގެ ތަބީޢަތުން ބޭރުވެ އަލުން ޝަރީޢަތެއް ކުރުންކަމަށް ވާނެތީ، މިފުރު ޞަތު ނުދެވޭނެއެވެ.
11ޕްރިސިޑެންސް 3ސްކޫބާ ސްޕާގެ ފަރާތުން، ހައިކޯޓަށް ހުށަހެޅި ބައެއް އިންވޮއިސްއަކީ، "އަޞްލު" އިންވޮއިސކަމަށް ބުނެފައް ވެއެވެ. އަދި މުޙައްމަދު ޔޫސުފް ގެ ފަރާތުން ހުށަހެޅި ބައެއް އިންވޮއިސްތަކަކީ "އަޞްލު" އިންވޮއިސް އާ ތަފާތު އިންވޮއިސްތަކެއްކަމަށް ބުނެ، މުޙައްމަދު ޔޫސުފްގެ ފަރާތުން ހުށަހެޅި އިންވޮއިސްތަކުގެ ޞައްޙަކަމާމެދު ހައިކޯޓުގެ މަރުޙަލާގައި ސުވާލު އުފައްދައެވެ. ޤާނޫނު ނަންބަރު: 76/24 (ހެއްކާބެހޭ ޤާނޫނު) ގ 5 ވަނަ މާއްދާގައި ބަޔާންކުރަނީ؛ "ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ. ނަމަވެސް އެ ލިޔުމެއް ނެތުނީ ގަބޫލުކުރެވޭ ފަދަ ޢުޛުރަކުންކަން ޝަރީޢަތުގެ މަޖިލީހަށް ސާބިތު ވާނަމަ އޭގެ ބަދަލުގައި އެހެން ހެކި ގަބޫލު ކުރެވޭނެއެވެ." ހެއްކާބެހޭ ޤނޫނުގާ 5 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލަކް ބެސްޓް އެވިޑެންސް ރޫލެއެވެ. އެއީ ހެއްކެއްގެ ގޮތުގައި ޑޮކިއުމެންޓްގެ އަޞްލު ހުށަހެޅުމެވެ. ނަމަވެސް ސްކޫބާސްޕާގެ ފަރާތުން "އަޞްލު" އިންވޮއިސްގެ ގޮތުގައި ހުށަހަޅާފައިވަނީ އިންވޮއިސްތަކުގެ "އަޞްލު"ކަން އެނގޭނެ ގޮތެއް ނެތެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ:
12ސްކޫބާސްޕާ އިން މިނުކުތާގައި ބުނަނީ، މިމައްސަލަ ދަށު ކޯޓު ން ނިންމިއިރު، ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްއިން އަދާކުރި ފައިސއަކާ US$3,150,127.70 (ތިންމިލިޔަން އެއްލައްކަ ފަންސާސްހާސް އެއްސަތޭ ހަތާވީސް ޑޮލަރު ހަތްދިހަ ސެންޓް) ކަމަށް ކަނޑައަޅާފއަ ވި ނ، ހަމައެކަނި މުޙައްމަދު ޔޫސުފް ހުށަހެޅި ލިޔެކިޔުންތަކަށް ބަލައި އޭނާއަށް ލިބުނުކަމަށް އޭނާ ބުނާ ފައިސާގެ މައްޗަށް އެކަނި ބުރަވެ ކަމަށެވެ. މިގޮތަށް ބުރަވިއިރު، ސްކޫބާސްޕާއިން ދެއްކި ޖުމްލަ ފައިސާގެ އަދަދު ސާބިތުކޮށްދިނުމަށް ސްކޫބސްޕާ އިނާ ހުށަހެޅި ބޭންކް ސްޓޭޓްމަންޓަށާއި، މުޙައްމަދު ޔޫސުފްގެ ފަރާތނު 2014 ވަނަ އަހަރު ހުށަހެޅި ސްޓޭޓްމަންޓަށާއި، މުޙައްމަދު ޔޫސުފްގެ ފަރާތުން ކޯޓު މަރުހަލާގައި ލިބުނު އިންވޮއިސްތަކުގައި އޭނާ ހުށަހެޅި ކޮންމެ އިންވޮއިސްއެއްގައި ހިމެނޭ ފައިސާގެ އަދަދަކީ "އެޑްވާންސްކޮށް" ސްކޫބާސްޕާއިން އަދާކޮށްފައިވާ ފައިސާއެއްކަމަށް އެއިން ކޮންމެ އިންވޮއިސްއެއްގައި ލިޔެވިފައިއޮތް އޮތުމަށާއި ގުޅުންހުރި ކުންފުންޏަކުން އެދުވަސްވަރު މުޙައްމަދު ޔޫސުފްއަށް ފައިސާ ދެއްކިކަން އެނގެން އޮއްވާ އެކަމަށް ރިޢާޔަތް ކުރުމެއް ނެތި ކަމަށެވެ.
13މިނުކުތާއަށް ބަލާއިރު، ސްކޫބާ ސްޕާގެ ފަރާތުން، ދަށު ކޯޓަށް ހުށަހެޅި ޑޮކިއުމެންޓް 7 ޖަހާފައިވާ "ސްކޫބަސްޕާ ޕވޓ ލޓޑ އިންވޮއިސް އެންޑް ޕޭމެންޓް ޑޭޓެއިލްސް" ގައި ބަޔާންކުރާ އިންވޮއިސްތަކާއި މުޙައްމަދު ޔޫސުފްގް ފަރާތނ ހުށަހެޅް "އެކްސްޕެންޑިޗަރ ޑީޓެއިލް/ޕޭމަންޓް ޑީޓެއިލް" ސްޓޭމްމަންޓްގައ ބަޔާންކުރި އިންވޮއިސްތަކުގެ ޢަދަދުތައް ދިމާވެއެވެ. ހަމައެކަނި ޚުޞޫމާތެއް އޮތީ، ކޮމިޝަންގެ ގޮތުގަ އ އިތުރުކުރި ޕަސެންޓާއި، ރިޓެންޝަންގ ގޮތުގައެ އުނިކުރަންޖެހޭ ޕަސެންޓާމެދ އޮތު ޚިލާފެ ކެވެ. އިންވޮއިސްތަކުގައި ބަޔާންކުރާ ސަބް ޓޯޓަލް އާމެދު ޚިލާފެއް ނެތެވެ.
14ޕްރިސިޑެންސް 4ސކްބާސްޕާގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހެޅި ސްކބޫ ސްޕާ 2 ޕްރައިވެޓް ލިމިޓެޑނު ފޮނުވާފައި ލިޔުމުގައި، ބަޔާންކޮށްފައި އޮންނަ؛ “We confirm that the US$640,659.03 (Six Hundred and Forty Thousand Six Hundred and Fifty Nine Dollars and Three Cents) (“Excess Funds”) paid in parts to the contractor, Mr Mohamed Yousuf (Maldivian National Identity Card Number ) during the construction of the safari vessel Scubaspa Yang from December 2010 to August 2014 was assigned at the time of payment, in full and for the sole benefit of Scubaspa Pvt.Ltd. for the construction of the safari vessel Scubaspa Ying. And, We understand that the Excess Funds have been utilized by Mr Mohamed Yousuf to this effect for the construction of Scubaspa Ying. We further confirm that we forgo any claims we may have aginst Mohamed Yousuf in connection with the Excess Funds as the same Excess Funds have been assigned to Scubaspa Pvt.Ltd.” މި ވާހަކަތަކާއި، އަދި ޒެނ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ލިޔުމުގައި ބަޔާންކުރާ؛ “We confirm that the US$144,218.63 (One Hundred and Forty-Four Thousand Two Hundred and Eighteen Dollar and Sixty Three Cents) (“The Funds”) initially paid to the contractor, Mr Mohamed Yousuf (Maldivian National Identity Card Number ) in connection with the construction of a dhoni in 2013 was assigned subsequently in full for sole benefit of Scubaspa Pvt.Ltd. for the construction of the safari vessel Scubaspa Ying. And, We understand that the Funds have been utilized by Mr Mohamed Yousuf to this effect for the construction of Scubaspa Ying. We further confirm that we forgo any claims we may have aginst Mohamed Yousuf in connection with the Funds as the same Funds have been assigned to Scubaspa Pvt.Ltd.” މިވާހަކތަކަށް ބަލާއިރު، މި ދެ ލިޔުމަކީ، މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަހުން އުފއްދެ ދެ ލިޔުނު ކަން މިދެ ލިޔުމުގެ ތާރީޚުން އެނގެއެވެ. ސިވިލް ކޯޓަށް މިމައްސަލ ހުށަހަޅާފައިވަނަ 12 މާރޗި 0182 ގައެވެ. މި ދލިޔުން އުފައްދާފައިވަނެ 01 ޖުލައި 2018 ގައެވެ. އަދި ހަމަ އެހެންމެ މި ދެ ލިޔުމުގައި ސޮއިކޮށްފައިވަނީ، ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރކަމަށްވާއިރު، މިދެލިޔުން ބަލައިގންފައިވަނީ ސްކޫބާސްޕެ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓެންޓްކަން އެނގެއެވެ. ވީމާ، ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްގެ މަސްލަޙަތުގައެ މި ދެ ލިޔުމަކީ ހެއްކެއްގެ ގޮތުގައި ބުރަދަނެއް ދެވިދާނެ ދ ލިޔުމެއް ނޫނެވެ.
15މަތީގައިވާ ލިޔުމާއި ޚިލާފަށް، 1420 ނޮވެނބަރް 30 ގައި މުޙައްމަދު ޔޫސުފް ސޮއިކޮށް، ހެކިންގެ ގޮތުގައި ދެމީހުން ސޮއިކޮށްފައިވާ ލިޔުމުގައި ބަޔާންކޮށްފައިވަނީ؛ “I hereby declare, that I received amounts of money specified in the attached document. Specified money was received from Mr. Arek Majerski, president of Scubaspa Pvt Ltd, from the accounts of Scubaspa Pvt Ltd, Scubaspa 2 Pvt Ltd, and ZEN Resort Pvt Ltd, and on his order. The money mentioned in the attachment, from all the mentioned sources, was spent on “Scubaspa Ying” shipbuilding project. Money was transferred to me by cheque and direct bank transfer to my account." މިފަދައިންނެވެ. މިލިޔުމުގައި ބަޔާނަ ކުރް "އެޓޭޗްޑް ޑޮކިއުމެންޓް" އަށް ބަލާއިރު، ކުރިން ބަޔާންކުރި ދެލިޔުމުގެ ތެރެއިން ފުރަތަމަ ލިޔުމުގައި އޮތް ފަދައިން، USD$640,659.03 (ހަލައްކަ ސާޅީސްހާސް ހަސަތޭކަ ނަވަވަންނަ ޑޮލަރު ތިނެއް ސެންޓް)، ސްކޫބާސްޕާ 2 ގެ "އެކްސެސް ފަންޑު" ގެ ގޮތުގައި ހުރިކަމަށް ނުދައްކައެވެ. ނަމަވެސް، ޒެނ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ "ފަންޑު" ކަމުގައި ބަޔާން ކުރާ ޢަދަދަށް ފައިސާ ލިބުނުކަން އެނގެއެވެ. ސްކޫބާސޕް 2 އާކާއި ޒެން ރިސޯޓްސް ގެ ފަރާތުން ޖުމްލަ ލިބިފައިވާކަން ފެންނާން އޮތީ، 755.38،354$USD (ތިންލައްކަ ސައުރަވަންނަ ހާސް ހަތްސޭކަ ފަންސަވަންނަ ޑޮލަރު އަށުތިރީސް ސެންޓް) އެވެ. މުޙައްމަދު ޔޫސުފް ސޮއިކޮށްފައިވާ ލިޔުމާއެކު އޭރު ތައްޔާރު ކުރި ލިޔުމުގައި ހުރި މޢުލޫމާތަ ތިރީގައި އެވަނީއެވެ. Scubaspa Receipts and Payments Date Details Ref No Receipts(USD) Payments(USD) Balance(USD) Total Cash Received From SS1 2,908,000.00 2,908,000.00 Total Expences End of the Project (including burn one) 3,402,477.10 (494,477.10) Total Commission for MY (Agreed 10%) 340,247.71 (834,724.81) After fire agreed reduced 3% commision 102,074.31 (732,650.50) Internet bills (Wataniya) 1,945.52 (734,596.02) Scubaspa 2 Receipts and Payments Date Details Ref No Receipts(USD) Payments(USD) Balance(USD) Total Cash Received from SS2 after check bank statement 2,304,678.07 2,304,678.07 Total Expenses End of year 2013 from MY 1,935,019.42 369,658.65 Total Commission for MY Agreed 7% 135,451.36 234,207.29 Shad Rent from December 2013 to Nov 2014 (Zen or SS2)? 13,618.67 220,588.62 Tools Rent From December 2013 to Oct 2014 (SS2) 9,338.52 211,250.10 Internet bills (Wataniya) End of july 2014 713.35 210,536.75 ZEN Receipts and Payments Dtate Details Ref No Receipts(USD) Payments(USD) Balance(USD) Total Cash Received From ZEN 230,000.00 230,000.00 Total Expanses End of the project (including burn one) 77983.06 152,016.94 Total Commission for MY (Agreed 10%) 7798.31 144,218.63 Amount which is being used to Scubaspa from Balance of Scubaspa 2 and ZEN 354,755.38 OVERALL BALANCE (379,840.64)
16ފައިސާ ދެއްކުމާ އ، ރިޓެންޝަން ފައިސާ ކެނޑުމާ ބެހޭ ގޮތުން ދެފަރާތުން ވެފައިވާ އެއްބަސްވުމާއި އެއެއްބަސްވުމަށް ގެނެވުނު އެމެންޑްމަންޓްގައ ބަޔާންކުރި ގޮތާ ތިރީގައި އެވަނީއެވެ.
8.CONSIDERATION & PAYMENTS
8.1 Consideration. The Consideration to be paid to the Contractor for the building of and supply of the Safari Yacht shall be percentage of based and shall be provided by the Owner to the Contractor as provided for in Clause 8.2 below.
8.2 Payment to the Contractor. The Owner shall make payments to the Contractor on the basis of invoices or bill submitted by the Contractor, the value of each invoiced amount plus 10% (ten percent) commission less the Retention and any advance payments made to the Contractor pursuant to Clause 8.4 below, within 30 (thirty) days from the date of receipt of invoice or bill. ….
8.3 Retention: The shall retain from each invoice/bill an amount equivalent to 3 (three) percent of the invoiced amount as retention.
8.2 Payment to the Contractor. The Owner shall make payments to the Contractor on the basis of invoices or bill submitted by the Contractor to the Owner for work done as per the Contract Program. th As of 19 September 2010, the Owner shall pay the Contractor, the Value of each invoiced amount plus 5% (five percent) commission less the Retention and any advance payments made to the Contractor pursuant to Clause 8.4. below, within 30 st (thirty) days from the date of receipt of invoice or bill. Between the dates of 1 th December 2010 and 15 September 2011, no commission will be payyable by the Owner….
8.3 Retention. The Owner shall retain from each invoice/bill an amount equivalent to 2 (two) percent of the invoiced amount as retention.
8.7 Retention Release:….
8.7.3 Any retention associated with invoices dated prior to the 15 th September 2010 are deemed to be non refundable.
17ޕްރިސިޑެންސް 5މަތީގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގެ މާއްދާތަކާއި އެމާއްދާތަކަށް ގެނެވުނު ބަދަލު ތަކަށް ބަލާއިރު، އެއްބަސްވުމަށް ބަދަލު ގެނެވިފައިވަނީ 16 އޮކްޓޫބަރު 2010 އިން ފެށިގެންނެވެ. މިތާރީޚުނ ފެށިގެން ބަލާއިރު، ތިރީގައިވާ ކަންކަން ހުރީ އެގޮތަކަށް ކަމަށް ބަލަންޖެހެއެވެ؛
1.17 އެއްބަސްވުމުގައ ސޮއިކުރި ތާރީޚު 11 ނޮވެނބަރް 2009 އިން ފެށިގެން، ކޮމިޝަނުގެ ގޮތުގައި އިންވޮއިސް/ބިލް ގެ ޢަދަދުގެ %10 ނނގޭނެކަން. ނަމަވެސެ 19 ސެޕްޓެނބަރް 2010 ފެށިގެން ހުށަހެޅުނު އިންވޮއިސްތަކަށް ކޮމިޝަންގެ ގޮތުގައި ނެގޭނެ %5 ކަން އެއްބަސްވުމަށް ގެނެވުނު ބަދަލުގައި ހިމަނާފައިވާކަން.
2.17 ވީމާ، 11 ނވެނޮ ބަރް 2009 އިން ފެށިގެން 16 އޮކްޓޫބަރު 2010 އާ ހަމައަށް ހުށަހެޅި އިންވޮއިސް/ބިލް ތަކުގައި ހިމަނާފައިވާ %10 ގެ ކޮމިޝަން ނަގައިދެވޭނެކަން. އަދި 16 އޮކްޓޫބަރު 2010 ގެ ފަހުން ހުށަހެޅި އިންވޮއިސްތަކުން އިތުރަށް ހިމަނާފައިވާ %5 ކޮމިޝަން އުނިކުރަންޖެހޭކަން.
3.17 އެއްބަސްވުމުގައ ސޮއިކުރި ތާރީޚު 11 ނޮވެންބަރު 2009 އިން ފެށިގެން، އިންވޮއިސް/ބިލް ގެ ޢަދަދުން %3 ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަންޖެހޭކަން. ނަމަވެސް، އެއްބަސްވުމަށް ބަދަލު ގެނވުނ ތާރީޚު ކަމުގައިވެ 16 އޮކްޓބަރޫ 2010 އިން ފެށިގެން، ރިޓެންޝަންގެ ގތުގައޮ އުނިކުރަންޖެހެނީ އިންވޮއިސް/ބިލް ގެ %2 ކަން.
4.17 އެހެންކަމުން، 11 ނޮވެނބް ރ 2009 އިން ފެށިގެން 16 އޮކްޓބަރޫ 2010 އާ ހަމައަށް ހުށަހެޅި އިންވޮއިސް/ބިލްގައި ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކޮށްފައިވާންޖެހޭނީ އެ އިންވޮއިސް/ބިލްގެ 3% ކަން. އަދި 15 ސެޕްޓެމްބަރު 2010 ގެ ކުރީގެ އިންވޮއިސް/ބެލި ތަކުން އުނިކޮށްފައިވާ 3% ރިޓެންޝަން ފައިސާ އަކީ، އަނބުރާ ލިބޭނެ ފައިސާނޫންކަން. 16 އޮކްޓޫބަރު 2010 އިން ފެށިގެން، ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަންޖެހޭނީ އިންވޮއިސް/ބިލް ގެ %2 ކަން.
18މަތީގައި ބަޔާން ކޮށްފައިވާ އުޞޫލަށް ބަލައި، މުޙައްމަދު ޔޫސުފްގެ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްތަކުގައި ބަޔާންކުރާ ސަބް ޓޯޓަލް )sub total( އާ މެދު ޚިލާފެއް އޮތް ކަމަށް ނުފެނެއެވެ. ނަމަވެސް ޚިލާފު އޮތީ، ކޮމިޝަން ގެ ގޮތުގައި އިތުރު ކުރެވުނު ޕަސެންޓާއި ރިޓެންޝަންގެ ގޮތުގައި އުނިކުރެވުނު ޕަސެންޓާއި މެދުގައެވެ. މިމުޢާމަލާތުތައް ހިސާބު ކުރެވިފައިވަނީ އެމެރިކާ ޑޮލަރުންނެވެ.
19އިންވޮއިސް ނަންބަރު:01/2009 އިން އިންވޮއިސް ނަންބަރު:07/2010 އަށް ހުރި އިންވޮއިސް ތައް މަތީގައިވާ އުޞޫލުން ހިސާބު ކުރުމުން ނިކުންނަ ނަތީޖާއަކީ؛ ތަފާތު ވާ އިންވޮއިސްގައި ކޮމިޝަނާއެކު އިންވޮއިސް މިންވަރު އޮތް ޖުމްލަ ޖުމްލަ ނަންބަރު 1 01/2009 19-01-2010 50,994.51 5,099.45 56,093.96 1,682.82 54,411.14 54,411.14 0.00 2 01/2010 19-01-2010 17,272.68 1,727.27 18,999.95 570.00 18,429.95 18,429.95 (0.00) 6 05/2010 1/6/2010 77,797.73 7,779.77 85,577.50 2,567.33 83,010.18 83,010.18 (0.00) 7 06/2010 1/7/2010 19,641.68 1,964.17 21,605.85 648.18 20,957.67 20,957.67 0.00 8 07/2010 1/8/2010 69,056.53 6,905.65 75,962.18 2,278.87 73,683.32 73,683.32 (0.00) 483,857.02 48,385.70 532,242.72 15,967.28 516,275.44 516,467.66 192.22
20އިންވޮއިސް ނަންބަރު:08/2010 އަށް މަތީގައިވާ އުޞޫލުން ފައިސާ ހިސާބު ކުރުމުން ނިކުންނަ ނަތީޖާއަކީ؛ ތަފާތު ވާ ޖުމްލަ 2%ރިޓެންޝަން 10%ކޮމިޝަން ސަބް - ޓޯޓަލް ތާރީޚް # މިންވަރު 9 08/2010 1/9/2010 41,850.93 4,185.09 46,036.02 920.72 45,115.30 44,654.94 460.36
21އިންވޮއިސް ނަންބަރު:09/2010 އިން 12/2010 އަށް މަތީގައިވާ އުޞޫލުން ފައިސާ ހިސާބު ކުރުމުން ނިކުންނަ ނަތީޖާއަކީ؛ ތަފާތު ވާ އިންވޮއިސްގައި ކޮމިޝަނާއެކު އިންވޮއިސް މިންވަރު އޮތް ޖުމްލަ ޖުމްލަ ނަންބަރު 241,402.74 12,070.14 253,472.88 5,069.46 248,403.42 257,576.73 9,173.31
22އިންވޮއިސް ނަންބަރު:1/2011 އިން އިންވޮއިސް ނަންބަރު 9/2011 އަށް މަތީގައިވާ އުޞޫލުން ހިސާބު ކުރުމުން ނިކުންނަ ނަތީޖާ: ތަފާތު ވާ މިންވަރު 586,133.26 586,133.26 11,722.67 574,410.59 625,404.18 50,993.59
23އިންވޮއިސް ނަންބަރު:10/2011 އިން އިންވޮއިސް ނަންބަރު:10/2013 އަށް މަތީގައިވާ އުޞޫލުން ހިސާބު ކުރުމުން ނިކުންނަ ނަތީޖާ: ތަފާތު ވާ މިންވަރު 47 10/2013 1/11/2013 937.21 46.86 984.07 19.68 964.39 1,000.00 (35.61) 2,037,565.57 101,878.28 2,139,443.85 42,788.88 2,096,654.97 2,174,082.46 77,427.49
24މަތީގައިވާ ހިސާބުތަކަށް ޖުމްލަކޮށް ބެލުމުން 47 އިންވޮއިސްގެ ނަތީޖާ: އެސްއެސ 1 އިން ރިޓެންޝަން ދެއްކި ކަން ކޮމިޝަނުގެ ދައްކަންޖެހޭ އިންވޮއިސްގައި ރިޓެންޝަން 2% ކޮމިޝަނާއެކު ސާބިތުވާ މިންވަރު ތަފާތު ވާ މިންވަރު ގޮތުގައި ލިބޭ ސަބް - ޓޯޓަލް # މިންވަރު އޮތް ޖުމްލަ އުނިކޮށް ޖުމްލަ (ނޮންރިފަންޑެބަލް ޖުމްލަ (އެސްއެސ 2 އަދި ޖުމްލަ އުނިކޮށް) ޒެން ގެ ފަންޑާއެކު) 390,313.03 3,150,127.70 137,326.24 3,618,185.97 3,480,859.73 59,581.00 3,557,328.73 166,519.21 3,390,809.52 ޖ47 އިންވޮއިސްގެ ޖުމްލަ
25އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/1173 ޤަޟިއްޔާގެ ޙުކުމުގައި، $562,606.62USD (ފަސްލައްކަ ބާހައްޓހާސި ހަސަތޭކަ ހައެއް ޑޮލަރު ބާހައްޓި ސެންޓް) ދެއްކުމަށް ޙުކުމް ކޮށްފައިވަނީ ރނަ ގަޅަށް ނޫންކަން އެނގެއެވެ. ދައްކަންޖެހޭ ރނަ ގަޅު ޖުމްލަ އަކީ 390،313.03$USD (ތިންލައްކަ ނަވައިހާސް ތިންސަތޭކަ ތޭރަ ޑޮލަރު ތިނެއް ސެންޓް) އެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ:
26ސްކޫބސްޕާއިނ ހުށަހެޅް ތިންވަނަ ނުކުތާގައި ބަޔާންކުރަން ޑިލޭޑެމޭޖަސް ނަގައި ނުދީ އޮތް ވާހަކައެވެ. މިނުކުތާއާއި ގުޅިގެން، މުޙައްމަދު ޔޫސުފގް ފަރާތުން ބުނެފައިވަނީ، ދަޢުވާގައި ބަޔާނކުރް "ސްކޫބާސްޕާ ޔިން ގ" ބަނދެނިމި ބޭނުންކުރަމުންދތާ އެތަކެއް ދުވަސްވެފައިވާއިރުވެސް ޑިލޭޑެމޭޖަސްގެ މައްޗަށް ދަޢުވާއެއް ކޮށްފައި ނެތްކަމަށާއި، އަދި ޑިލޭވެފައިވާނަމަ، އެކަން އެހެންވެފައިވަނީ، އެ އުޅަނދު އެކިއެކި މަސައްކަތްތައް އެކިއެކި ފަރާތްތަކާއި ޙަވާލކޮށްފައުވުމުގެ ސަބަބުން، އެފަރާތްތަކާއި ޙަވާލުކޮށްފައިވާ މަސައްކަތްތައް ލަސްވާ ލަސްވުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
27ޕްރިސިޑެންސް 6ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި މުއްދަތަށް މަސައްކަތް ނުނިމިއްޖެނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމާބެހޭ ގޮތުން އޮތީ، އެއްބަސްވުމުގެ 5 ވަނަ މާއްދާ ގައެވެ. އެއްބަސްވުމުގެ 5.3 ގައި ބަޔާންކުރާ ގޮތުން، ލިކުއިޑޭޓެޑް ޑެމޭޖަސް ނަގާނަމަ، ނެގޭނީ، …”ryfor unexcused late Delive“… އަށެވެ. އެހެންކަމުން ފުރަތަމަ ބަލަންޖެހެނީ، މަޢާ ފުކުރެވިދާނެ ލަސްވުންތަކަކީ ކޮބައި ކަމެވެ. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 5.3.3 ގެ ފަހަތަށް އޮތް ޕެރެގްރާފުގައި ބަޔާންކުރަނީ؛ “The Contractor will be relieved of liability for liquidated damages under this Contract to the extent that such delay in Delivery of the Safari Yacht arises from alteration or change orders under Clause 12.1 or from Owner Delays or Permissible Delays as outlined herein. “Owner Delays” are acts or failure to act by Owner, its employes, agents, subcontractors, suppliers and consultants. “Permissible Delays” are delays due to events of Force Majeure under Clause 17 of this Contract” މިފަދައިން ބަޔާން ކޮށްފައިވާއިރު، ދެފަރާތުގެ ދެމެދުގައި ވެފައިވާ މި އެއްބަސްވުމަށަ 16 އޮކްޓބަރޫ 2010 ގައި ގެނެވުނު އެޑެންޑަމްގެ 5.3 ގައިވެސް މަތީގައިވާ ޕެރެގްރާޕް ހިމަނާފައިވެއެވެ. އެހެންކަމުން، ޑިލޭޑެމޭޖަސް އަކީ، އެކަމުގެ މައްޗަށް ޝަރީޢަތް ހިންގައި ދެފަރާތުގެ ވާހަކަތައް އަޑުއަހައިގެން މނުވެ ގޮތެއް ކަނޑައެޅޭނެ ކަމެއކަމަކަށް ނުދެކމެ ވެ. ދަށުކޯޓުން ބެލި މައްސަލައަކީ، މުޙައްމަދު ޔޫސުފްއަށް ލިބެންޖެހޭ ފައިސާ ނުލިބިގެން މުޙައްމަދު ޔޫސުފް ހުށަހެޅި ދަޢުވާއެވެ. ޑިލޭޑެމޭޖެސްގެ މައްސަލައެއް ނޫނެއެވެ. އޭރު ޢަމަލު ކުރަމުން އަންނަ ގޮތަށް ބަލާއިރު، ދަޢުވާއެއްގެ ތެރެއިން ކައުންޓަރ ކަލެއިމްއެއް ކުރިނަމަވެސް ހުށަހެޅިފައިވާ ދަޢުވާގެ ތެރެއިން އެކައުންޓަރ ކްލެއިމްގެ ޝަރީޢަތް ހިންގާ ގޮތެއް ކަނޑައެއް ނާޅައެވެ. ވީމާ، ޑިލޭޑެމޭޖަސްއަށ ދަޢުވް ކުރުމަށް އެއްބަސްވުމުގެ ދަށުން، ސްކޫބާސްޕާއަށް ލިބިދީފއިވަ އިޚްތިޔާރުގެ ދަށުން ދަޢުވކޮށްފައެއް ނެތެވެ. މިއާ ޚިލާފަށް ޢަމަލު ކުރަމުންދިޔައާ މުޙައްމަދު ޔޫސުފް ހުށަހެޅި ބިލްތަކުގެ ތެރެއިން ގިނަ ބިލްތަކަށް ފައިސާ ދައްކަމުން ދިޔުމެވެ. މަސައްކަތް ޑިލޭވެގެން ޝަކުވާއެއް އޮތްހެން ހީވެސ ނުވް ބީދައަކުންނެވެ.
28މަތީގައިވާ ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގައި ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިންތިފާޤުވެވުނީ ސިވިލް ކޯޓުގެ ނަންބަރު:C/2018-Cv/1173 ޤަޟިއްޔާގެ ޙުކުމު ގެ އެއްބަޔަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) (ކުރީގެ 2019/HC-A/221 ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލުކުރުމާ ގުޅޭ)
- SAFARI YACHT BUILD AND SUPPLY CONTRACT ގެ 5.3، 8.2، 8.3، 8.7.3 ވަނަ މާއްދާތަކާއި ADDENDUM
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް