ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/06
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނެތް، 2024/HC-A/06
Prosecutor General v. Not specified 2024/HC-A/06 (2024/HC-A/06, High Court of the Maldives, 11 August 2026)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނެތް
މައިގަނޑު ސުވާލު
ކްރިމިނަލް ކޯޓުގެ ނަންބަރު 238/Cr-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްގެ ފަރާތުން ހުށަހެޅުމުން މި ކޯޓުގައި ކުރިއަށް ގެންދިޔަ ނަންބަރު 2024/HC-A/06 އިސްތިއުނާފީ މައްސަލަ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-A/06
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 ޖެނުއަރީ 2024 – ބާޠިލުކުރި ތާރީޚް: 11 އޮގަސްޓް 2026
4އިސްތިއުނާފު ކުރި ފަރާތްތައް:
ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
5އިސްތިއުނާފު ރައްދުވާ ފަރާތް:
ފުރިހަމަ ނަން: ނެތް
6ހުށަހެޅިފައިވާ މައްސަލަ:
ކްރިމިނަލް ކޯޓުގެ ނަންބަރު 238/Cr-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްގެ ފަރާތުން ހުށަހެޅުމުން މި ކޯޓުގައި ކުރިއަށް ގެންދިޔަ ނަންބަރު 2024/HC-A/06 އިސްތިއުނާފީ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
ކްރިމިނަލް ކޯޓުގެ ނަންބަރު 238/Cr-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2024/HC-A/06 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މުރާޖަޢާކޮށް ބެލިއިރު، މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ހައިކޯޓަށް ހުށަހެޅި ފަހުން، ޤާނޫނަށް އައި އިސްލާޙާ ގުޅިގެން، އިސްތިއުނާފީ ނުކުތާތަކަށް ޤާނޫނީ ޙައްލެއް ލިބިފައިވާތީ، މިމައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ނިންމާފައިވާކަމަށްބުނެ، ހައިކޯޓުގެ ޤަވާއިދުގެ 35 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލައިގެ އިސްތިއުނާފީ ދައުވާ ފޯމް ބާޠިލްކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2026/181 (06 އޮގަސްޓް 2026) ސިޓީން މިކޯޓުގައި އެދިފައިވެއެވެ.
ވީމާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބުނެވިދިޔަ ސިޓީއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 35 ވަނަ މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/06 ޤަޟިއްޔާގެ ދައުވާ ފޯމް، މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ބެންޗު
- ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 11 އޮގަސްޓް 2026 · ނިމުނީ 11 އޮގަސްޓް 2026 (0 ދުވަސް)