ސައިޓޭޝަން ކޮޕީ ކުރުމަށް
2026/HC-B12/17
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ވިސާމް، 2026/HC-B12/17
Prosecutor General v. Ibrahim Visaam 2026/HC-B12/17 (2026/HC-B12/17, High Court of the Maldives, 17 August 2026)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ވިސާމް
މައިގަނޑު ސުވާލު
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން އުފުލި ދަޢުވާތަކުގައި، އިންޓެލިޖެންސް ރިޕޯޓުތައް ތައްޔާރުކުރި ފަރާތްތަކުގެ ވަނަވަރު ސިއްރުކޮށް އަޑު ބަދަލުކޮށް ހެކިބަސް ނެގުމަށް (ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރު) ދައުލަތުން އެދުނުއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149، 149-1 އަދި 149-2 ވަނަ މާއްދާގެ މިންގަނޑު ފުރިހަމަނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުން ރަނގަޅުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާލިބޭ ފަރާތާ ދެކޮޅަށް ޙާޟިރުކުރާ ހެކިންނަކީ ކާކުކަން އެނގުމަކީ ދިފާޢު ތައްޔާރުކުރުމަށް ބޭނުންވާ ވަސީލަތެއް ކަމުން، ހެކިންނާ ސުވާލުކުރުމާއި ކްރޮސް-އެގްޒެމިންކުރުމުގެ ޙައްޤު ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއާއި ICCPR ގެ 14 ވަނަ މާއްދާގެ ދަށުން އިންސާފުވެރި ޝަރީޢަތެއްގެ ބައެކެވެ؛ މިއީ މުޠުލަޤު ޙައްޤެއް ނޫން ނަމަވެސް، ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަކީ ހުޅުވާލެވިފައިވާ މަޖިލީހެއްގައި ހެކިބަސް ނެގުމުގެ އަސާސީ ޙައްޤުގެ އިސްތިސްނާއެއް ކަމުން، އެއީ އާންމު އުޞޫލެއް ނުވަތަ ލުއި މިންގަނޑެއް ކަމުގައި ނުބެލޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19, 24, 51)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ މިންގަނޑަކީ، ހެކިބަސް ދިނުމުގެ ސަބަބުން ހެކިބަސްދޭ މީހާގެ (ނުވަތަ އޭނާގެ ޢާއިލާގެ މީހެއްގެ) ހަށިގަނޑަށް، ފުރާނައަށް ނުވަތަ މުދަލަށް ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު އޮތްކަން އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ ދައުލަތަށް ޤަބޫލުކުރެވުމެވެ (likelihood of reasonable risk)؛ އެއީ ހަމައެކަނި ޚިޔާލީ ކަމެއް ނޫން، ހިނގުމުގެ ހަޤީޤީ ނުވަތަ ބޮޑު ފުރުޞަތެއް އޮތުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21-22, 33-38, 47)
- 149 ވަނަ މާއްދާގެ ނުރައްކަލަކީ ހެކިބަސްދޭ މީހާއަށް (އަދި އޭނާގެ ޢާއިލާއަށް) ކުރިމަތިވާ ނުރައްކަލެވެ؛ ދައުލަތުން އެ ނިންމުމަށް ވާޞިލުވި ސަބަބުތައް ބަޔާންކުރުމާއި، 149-1 ވަނަ މާއްދާގެ (ށ) ގައިވާ ކަންކަން (ތަޙުޤީޤު އިދާރާގެ ހުށަހެޅުން، ޝަރީޢަތުގެ އިންސާފުވެރިކަމަށް އެހީވާ މިންވަރު، ހެކިބަހުގެ މުހިންމުކަން، އާންމު މަޞްލަޙަތަށް އަސަރުކުރާ މިންވަރު) ހުށަހެޅުމުގައި ސާފުކުރުން ލާޒިމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-23, 41-43)
- ހެކިވެރިޔާއަށް ވަކިވަކިން ކުރިމަތިވާ ނުރައްކަލެއް ބަޔާންނުކޮށް، ރިޕޯޓުތަކަކީ ސިއްރު އިންޓެލިޖެންސް ރިޕޯޓުތަކެއް ކަމާއި މައްސަލައަކީ ޓެރަރިޒަމާ ގުޅޭ ސީރިއަސް މައްސަލައެއް ކަމަށް ބުނުމަކީ 149 ވަނަ މާއްދާގެ މިންގަނޑު ފުރިހަމަވުމެއް ނޫނެވެ؛ ހެކިވެރިޔާ ތަޙުޤީޤުގައި އަދާކުރި ދައުރު (މިސާލަކަށް ސިއްރު ފުލުހެއްތޯ) ދައުލަތުން ހާމަކުރަން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 46-50, 53)
- [ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ އިތުރު ރައުޔު] އިންޓެލިޖެންސް އޮފިސަރުންގެ ވަޒީފާގެ ޒާތުން އުފެދޭ ނުރައްކާ (inherent occupational risk) 149 ވަނަ މާއްދާގެ (ނ) ގެ ނުރައްކަލުގެ ތެރޭގައި ހިމެނުނު ނަމަވެސް، ހަމައެކަނި އިންޓެލިޖެންސް އޮފިސަރެއް ނުވަތަ ރިޕޯޓު ތައްޔާރުކުރި މީހާކަމަށް ބުނުމަކީ އަމުރު ނެރުމަށް ޤާނޫނީ އަސާސެއް ނޫނެވެ؛ ވާޤިޢާތަކާއި ރިސްކް އެސެސްމަންޓް ހުށަހެޅުމުގެ ޒިންމާ (149(ރ)) ދައުލަތުގެ މައްޗަށް އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 57-61)
1މިއީ ކްރިމިނަލް ކޯޓުގެ ނަންބަރ 145-B5/SHN/496,497,498,499-2025/2026/03 )19 ޖުލައި 2026( "ޝަރީޢަތުގެ ކުރިން ހުށާހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" )މީގެ ފަހުން "ކްރިމިނަލް ކޯޓުގް ނިންމުން"( އަކިޝަރުޢީ އަދިޤާނޫނީ އުޞޫލުތަކާއި ޚިލާފަށްނިންމާފައިވާ ނިންމުމެއްކަމަށްބުނެ އެ ނިންމުނީއިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފސ )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް" ( ގ ފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީސ. މަރަދޫފޭދޫ، ފިނިފެންމާ، އިބްރާހީމް ވިސާމު)ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( އާއި، ގދ. ނަޑެއްލާ، […] ސައުސަން ރަޝީދު )ދިވެހި ރައްޔިތެއްކަން އަންގައިދޭ( އާއި،މާލެ، […] ޢަބްދިﷲ ހަވައިރުޘ ބިން މުޙައްމދަ )ދިވެހި ރައްޔިތެއްކަން އަންގައިދޭ( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތްތައް"( ގެ މައްޗަށެވެ.
3ދައުލަތުން ޤާނޫނު ނަންބަރު 2015/32 )ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު( )މީގެ ފަހުން "ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު"( ގެ ދަށުން، އިބްރާހީމު ވިސާމއާއި، ސައުސަން ރަޝީދުއާއި، ޢަބްދިﷲ ހުވައިރޘ ބިން މުޙައްމަދުގެ މައްޗަށް އަންނަނިވި ދަޢުވާތައް ކްރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ. މިގޮތުން،
3.1. އިބްރާހީމް ވިސާމްގެ މައްޗަށްއުފުލާފައިވާ ދަޢުވާއަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ )ހ( ގެ 1 ވަނަ ނަންބަރާއި )ނ( އާ ޙަވާލާދީ، އެ މާއްދާގެ )ލ( ގެ ދަށުން ހަނގުރާމައަށ ދާން އުޅުމުގެ ދަޢުވާއެވެ.
3.2. ސައުސަން ރަޝީދުގެ މައްޗަށް އުފުލާއިވާ ދަޢުވާތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ )ހ( ގެ 1 ވަނަ ނަންބަރާއި )ނ( އާ ޙަވާލާދީ، އެ މާއްދާގެ )ލ( ގެ ދަށުން ހަނގުރާމައަށ ދާން އުޅުމުގެ ދަޢުވާއާއި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 1-16 ވަނަ މާއދާގެ )ހ( ގ 5 ވަނަ ނަންބަރާ ޙަވަލާދީ، އެ މާއްދާގެ )ނ( ގެ ދަށުން ޓެރަރިޒަމް ޖަމާޢާތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދަޢުވާއެވެ.
3.3. ޢަބްދުﷲ ހުވައިރް ޘ ބިން މުޙައްމެދުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަކީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 1-16 ވަނަ މާއްދާގެ )ހ( ގެ 5 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން ޓެރަރިޒަމް ޖަމާޢާތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދަޢުވާއާއި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ )ހ( އާއި، 4 ވަނަ މާއްދާގެ )ހ( އާއި )ށ( ގ 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރާއި، އެ މާއްދާގެ )ނ( އާ ޙަވާލާދީ، 7 ވާނަ މާއްދާގަ )ށ( ގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ދަޢުވާއާއި، ޓެރަރިޒަމް މަނާކުރުމުގެ މަނކުރުމުގ 16 ވަނަ މާއްދާގެ )ށ( ގެ 2 ވަނަ ނަންބަރާއި، އެ މާއްދާގެ )ނ( އާ ޙަވާލާދީ، އެ މާއްދާގެ )ތ( ގެ ދަށުން ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތްކުރުމުގެ ދަޢުވާއެވެ.
4މ ދަޢުވާތައް ބަލަމުންދިޔައީ ކްރިމިނަލް ކޯޓުގެ ނަންބަރ 496/Cr-C2025 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރ 497/Cr-C/2025 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 498/Cr-C/2025 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު ނަންބަރު 499/Cr-C/2025 ޤަޟިއްޔާއިންނެވެ.
5މ ޤަޟިއްޔާ ގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކީގެ ގޮތުގައި އަންނަނިވި ރިޕޯޓުތައް ހިމެނެއެވެ.
5.1. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު -IASR-2025-062D1(b) "އިންޓެލިޖެންސް އެސެސްމަންޓް ރިޕޯޓް"
5.2. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު -CDR-2025-007D1(b) "ކޯލް ޑީޓެއިލް ރެކޯޑު އެނަލިސިސް ރިޕޯޓް"
5.3. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު -EDAR-2025-008D1(b) "އިލެކްޓްރޯނިކް
5.4. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު -FIAR-2025-007D1(b) "އިލެކްޓްރޯނިކް
5.5. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު -EDAR-2025-009D1(b) "އިލެކްޓްރޯނިކް
5.6. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު -GTARDH-2025-004D1(b) "އިލެކްޓްރޯނިކް
6މ ރިޕޯޓުތައް ސިއްރުކޮށްދިނުމަށް ދައުލަތުން އެދުނު ހިނދު، ހެކި ރައްކާތެރިކުރުމުގެ އަމުރެއް )އަމުރު ނަންބަރު 145-B/HRA/2025/08( ނެރެދީފައިވެއެވެ.
7ސޭބަބެއްގ ގޮތުގައެ ފާހަގަކޮށްފައިވަނީ،މި ރިޕޯޓުތަކަކީ ސިއްރު މަޢުލޫމާތު ހިމެނޭ ރިޕޯޓުތަކެއްކަމުގައިވާތީއާއި، އިންޓެލިޖެންސް އިދާރާގެ މަސައްކަތްތަކަކިޤްއުމުގަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޚާއްސަ ނިޒާމެއްގެ ދަށުން ސިއްރު ހިފެހެއްޓެނިވި ގޮތުގެމަތިން ބައްޓަންކުރެވިފައިވާ މަސައކަތްތަކަކަށްވާތީއާއި، މިފަދަ ރިޕޯޓްތައ އެކުލަވާލަން މަސައްކަތްކުރަމުންދާގޮތާއި، މަޢުލޫމާތު ހޯދާ ވަސީލަތްތަކާއި މަސްދަރުތައް އެނގި ހާމަވުމުގެ ފުރެޞތު އޮތަތީއާއި، މި ބާވަތުގެ އެހެނިހެން މައްސަލަތަކުގައި ޢަމަލުކުރާނިއުކުޅުތައް އެނގޭނެ މަޢުލޫމާތު ހިމެނޭތީއާއ އަދި މި ރުޕޯޓްތަކުގައ ހަރުކަށި ފިކުރަށް މަގުފަހިކޮށްދޭ ފޮޓިއާއި މަޢުލޫމާތު ހިމެނޭތީ މިފަދަ ތަކެތި ގެންގުޅުމާއުދިނުމަކ ޤާނޫނު ނަންބަރ 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( )މީގެ ފަހުން "ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު"( އެއެޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގުދަށުނ ކަނޑައަޅާފައިވް ކުށްތަކަށް މަގަފަހިކުރުވާ ކަމި ކިށްވާއިރު، މި ތަކެތި ކޮޕީ ނަގައި ދަޢުވާލިބޭ ފަރާތާ ޙާވާލުކުރުމަކީ ނިޒުމް އާއްމު އާ ފުށުއަރާކަމަކަށްވާތީއާއި، މި ސަބަބުތަކަށްޓަކައ ޤާނޫނު ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނ( )މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު"(ގ 131 ވަނަ މާއްދާގަ )ހ( އާއި އެ މާއްދާގެ )ނ( ގެ ދަށުން މި ތަކެތި ޝަރީޢަތުގެ މަޖިލީހުގައި ބަލާ ދިރާސާކުރުމުގެ ފުރުޞަތު ދިފިޢށް ލިބިދިނުމަށެވެ.
8ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )5( ވަނަ ނަންބަރާއި، 149 ވަނަ މާއްދާއާއި، 1-149 ގެ )ހ( އާއި، 2-149 ގެ )ށ( އާއި )ނ( ގެ )1( ވަނަ ނަންބްރުގެ ދަށުނ މ މައްސަލައިގައި ހުށަހަޅާފައިވި އިސްވާ ބަޔާނކޮށްފައިވެރިޕޯޓުތައް ތައްޔާރުކުރި ފަރާތްތަކަކީ، ކާކުކަން ހާމަނުވާގޮތަށް އަޑު ބަދަލުކުރުމަށްފަހު އޯޑިއޯ ނުވަތަ އަޑު ފޮރުވައިދޭ ވަސީލަތެއްގެ ޒަރިއްޔައިނ ސުވާލުކޮށް ހެކެބްސް ނެގުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދި ދައުލަތުގެ ފަރާތުނ 22 ފެބަރު ވރ 2026 ގައިޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެ ޅުމއް ހުށަހެޅިއެވެ.
9މި ހުށަހެޅުމުގައި ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ހެކިބަސް ދިނުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން އެ ހެކިން ރައްކާތެރިކުރުމަށާއި، އެ ހެކިންގެ ފުރިހަމަ ހެކިބަސް ޝަރީޢަތަށް ލިބުމަށް މަގުފަހިކުރުމަށާއި، އިންޓެލިޖެންސް އިދާރާތަކުގެ މަސައްކަތްތަކަކީ ޤައުމުގެ ސަލާމަތާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2025/2026/03-B5/SHN/496,497,498,499-145 )19 ޖުލައި 2026 ( "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގ 5 ވަނަ ނުކުތާ ރައްކާތެރިކަމަށްޓަކައި ޚާއްޞަ ނިޒާމެއްގެ ދަށުން ސިއްރު ހިފެހެއްޓެނިވި ގޮތުގެމަތިން ބައްޓަންކުރެވިފައިވާ މަސައްކަތަކަށްވާތީއާއި، މިފަދަ ރިޕޯޓުތައް އެކުލަވާލަން މަސައްކަތްތައް ކުރަމުންދާގޮތާއި، މަޢުލޫމާތު ހޯދާ ވަސީލަތްތަކާއި މަސްދަރުތައް އެނގި ހާމަވުމުގެ ފުރުޞަތު އޮތަތީ، އިންޓެލިޖެންސ ރިޕޯޓުތައް ތައްޔާރުކުރި މީހުންނަކީ ކާކުކަން ހާމަނުވާ ގޮތަށް މި ހެކިންގެ އަޑު ބަދަލުކުރުމަށްފަހު އޯޑިއޯ ނުވަތަ އަޑު ފޮރުވައިދޭ ވަސީލަތެއްގެ ޒަރއްޔާއިނ ސުވާލުކޮށް ހެކިބަސް ނެގުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ.
10މީގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީހެކިވެރިންނަށް ހިމާޔަތް ލިބިދޭންޖެހޭނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 1-149 ވަނަ މާއްދާއާއި 2-149 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަކަށް ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭނެކަން އެނގޭއިރު، އެ މީހުންނަކީ ކާކުކަން އޮޅުވާލައިގެން ކޯޓުގައި ހެކިބަސް ނަގަންޖެހޭފަދްސަބަބެއ ދައުލަތުން ބުނެދީފައިނުވާކަމަށާއި، މ މާއްދާތަކުގައި ބަޔާންކުރާ ކަންކަން ދައުލަތުން ފުރިހަމަކޮށްފައިނުވާތީ، ދައުލަތުން ސިއްރުކުރުމަށް އެދިފައިވާ ހެކިން އެއްޙާޟިރު ނޫންގޮތަށް އަޑުބަދަލުކޮށް ނެގޭނެ ހަމައެއްނެތްކަމުގައެވެ.
11މ ހުށަހެޅުމާއި ގުޅިގެން، ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިންނަށް ހިމާޔަތް ލިބިދިނުމަށް އަމުރުކުރަންޖެހޭފަދ ޤާނޫނަ މަރުކަޒެއް ދައުލަތަށް ބުނެދެވިފައިނުވާތީ، ދައުލަތުން ހުށަހެޅް މި ހުށަހެޅނ ބަލައި ނުގަތުމަށް ނިންމީކަމުގައެވެ.
12މި ނިންމުމަށް ވާސިލުވުމުގައި ކްރިމިނަލް ކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
12.1. ހެކިބަސް ސިއްރުކުރުމާއި ގުޅޭގޮތުން ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަމަށް ބަލާއިރު، ދައުލަތުން ހެކިބަސް ސިއްރުކުރުމަށް އެދުނު ކަންކަމުގެ ތަފްޞޮ ލަށް ބަލާއިރު ހެކިބަސްދޭ މީހާއަށް އެއް ޙާޟިރުގައި އެއީ ކާކުކަން އެނގޭނެގޮތަށ ހެކިބަސް ދީގެން ހެކިވެރިޔާއަށް ލިބިދާނެ ގެއްލުމަކީ ކބައިކަނ އެނގެން ނެތްކަން
12.2. އިންޓެލިޖެންސް އިދާރާތަކަކީޤިއުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޚާއްޞަ ނިޒާމެއްގެ ދަށުން ސިއްރު ހިފެހެއްޓެނިވާގޮތެއްގެ މަތިން ބައްޓަންކުރެވިފައިވާ މަސައްކަތެއްކަމާމެދ ދެބަސްވުމެއްނެތްނަމަވެސް، މި ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަރީޢަތަށް ޙާޟިރުވެ އެފަރާތ އެއް ޙާޟިރުގައި ސުވާލުކުރެވިގެން ދިޔުމަކެޤްއުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކުރާނެ ކަމެއްކަމަށަނުވަތަ އިންޓެލިޖެންސްގެ އިދާރާގެ ސިއްރުތައް ހާމަވާފަދަ ކަމެއްކަމަށް ބެލެވެންނެތްކާމިށަ އ، އެފަދަ ސުވާލެއް ހުށަހަޅާނަމަ އެކަން ހުއްޓުވުމުގެ ބާރު ދައުލަތަށް އަދ އެ އިޚްތިޔާރު ހެކިވެރިޔާއަށް ލިބިގެންވާކަމްށް އ، ތަޙްޤީޤު ހިންގި ފަރާތުން ހުށަހެޅި ކަންކަމަށް ބަލާއިރު އެފަދަ ކަމެއް މި މައްސަލައިގެ ތެރެއިން ފެންނަން ނެތްކަން
12.3. ހެކިބަސްދޭ މީހާއަށް ހިމާޔަތްދިނުމުން، އޭނާ ހެކިބަސްދޭ މައްސަލައިގެ ޝަރީޢަތް އިންސާފުވެރިކަމާއެކު ހިންގުމަށް ހުރަސްއެޅިދާނެފަދަ އެއްވެސް ކަމެއް ދައުލަތަށް ބުނެދެވިފައިނުވާކަމް ށއި، އަދި މައްސަލައިގެ ތެރެއިންވެސް އެފަދަ ކަމެއް ފެންނަންނެތްކަނ
12.4. މ ހެކިންނަކީ މި މައްސަލައަށް ހެކިބަސް ދިނުމަށް މުހިންމު ހެކިންކަމާމެދު ޝަރީޢަތުން ސުވާލު ނުއަފާއްދާކަމިށައި، ނަމަވެސް މިހެކިނ ކާކުކަން ހާމަވާގޮތަށް ހެކިބަސް އަދާކުރުމުން މ މައްސަލައިގެ ބާވަތުން އާންމު މ ޞަލެޙީތަށް އަސަރުކުރާނެކަމަށ ދައުލަތުން ބުނިނަމަވެސް، އ މިންވަރަކީ ކޮބައިކަން ދައުލަތަށް ބުނެދެވިފައިނުވާތީ، ދައުލަތުން ސިއްރުކުރަންޖެހޭފަދ ޤާނޫނަ މަރުކަޒެއް ދައުލަތަށް ބުނެދެވިފައިނުވާކަމަށ ދެކޭކަން
13ޕަރސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ބުނެވިދިޔ ނިންމުމެވެ.
14ކްރިމިނަލް ކޯޓުގެ ނިންމުންނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫންއުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފުކުރުމަށް އެދެޕްރޮސިކިއުޓަރ ޖެނެރަލގީއޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ 01 )އެކެއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތއަކާއެ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއާއި، 1-149 އާއި 2-149 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.
15އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުންޕްރޮސިކިއުޓަރ ޖެނެރަލގީއޮފީހުގެ ފަރާތުން އިސްތިއުނާފި ފޯމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
15.1. ކްރިމިނަލް ކޯޓުން މައްސަލަ ނިންމުމުގައި ބޭނުންކޮށްފައިވަނީނުބައި ޤާނޫނީ މިންގަނޑެއާކަމީށއި، އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149-1 އާއި 149-2 ވަނަ މާއްދާގެ ސާފު އިބާރާތުން ދޭހަވާ މިންގަނޑަށްވުރެ މާ ނުރައްކާތެރި/ބުރަ މިންގަނޑާއްކަމިށއީ،އަދި މިއީ ޓެރަރިޒަމާއި ޤައުމީ ސަލާމަތާ ގުޅޭ ދަޢުވާތަކުގައި ހެކިންގެ ރައްކާތެރިކަމާއި، ޤައުމީ ސަލާމަތާއި، ޢަދުލުވެރި ޝަރީޢަތެއް ލިބިދިނުމުގެ ޙައްޤު ތިލަފަތްކުރުމަށްޓަކައި ހަރުދަނާ އުޞޫލުތަކެއް އެކުލަވާލާފައިވާ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ޤާނޫނީ ނިޒމުތައ (common law jurisdictions) ބޭނުންކުރާ އުޞޫލުތަކާވެސ ޚިލާފް ނިންމުމެއްކަމުގައެވެ.
15.2. ޤައުމީ ސަލާމަތް ރައްކާތެރިކުރުމަށްޓަކައި އިންޓެލިޖެންސް އިދާރާތަކުން ޢަމަލުކުރަނީ ޚާއްޞަ ސިއްރު އުޞޫލުތަކެއްގެ ތެރެއިންކަމާމެދު މި މައްސަލަ ބެލި ދަށު ކޯޓުގެ ޤާޟީވެސް އިންކާރުނެ ކުރާކަމަށާއި، ހެކިންގެ ވަނަވަރު )އައިޑެންޓިޓީ( ހަމަވުމުން ލިބޭނެ ސީދާ ގެއްލުމެއް ޕްރޮސިކިއުޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމަށާއި، ދެޢިވާލިބޭ މީހުންގްޙާޟިރުގައްހެކިބަސ ނެގުމަކުނ މުޠުލަޤުކޮށް ޤައުމީ ސަލާމަތަށް ނުރައްކަލެއް ނުވާނެކަމަށް ނިންމިކަމަށާއި، މ ނިންމުމުގައި ކޯޓުން ބޭނުންކޮށްފައިވަނީ ޤާނޫނީ ގޮތުން ނުބައި މިންގަނޑާއްކަމެށއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ބަޔާންކުރަނީ، ހެކިބަސް ދިނުމުން ސަލާމަތަށް ނުރައްކާވުމުގެ އެކަށީގެންވާއިހުތިމާލެއ އޮތްނަމަ ހެކިވެރިޔާއަށް ރައްކާތެރިކަން ދޭންޖެހޭނެ ކަމަށކަމުގައިވާއިރް އެއީ ވަކި ފަރުދަކަށް ސީދާ ގެއްލުމެއް ލިބޭނެކަމުގެ ޔަޤީންކަމެއް އޮތުމެއް ނޫންކަމުގައެވެ.
15.3. މ އްސަލައިގެ ޙާލަތަށް ބަލައި، ނުރައްކަލުގެ އެކަށީގެންވާ އިހަ ތިމާލެއ އޮތުމުން ފުދޭންކަމަށާއި، އައިއެސ ފަދަ ނިރުބަވެރި ޖަމާޢަތެއްގެ ބަޔަކުކުރަން ރޭވި ނުވަތަ ކުރި ކުށްތަކަކާ ގުޅުންހުރި އިންޓެލިޖެންސް މަޢުލޫމާތު އެއްކުރި އޮފިސަރުންގެ ޙާލަތަށް ބަލާއިރު، ޤާނޫނުން އެދޭ އެކަށީގެންވާ ނުރައްކާ )risk easonabler( ފުރިހަމަވަކަމަށާއި،ދަށު ކޯޓުނު ފާހަގަކުރާ ފަދަ ވަކިވަކި އިންޒާރުތަކެއް ސާބިތުކޮށްދޭ އިތުރު ހެކިތަކެއް ހުރުން ލާޒިމެއް ނޫންކަމުގައެވެ.
15.4. ޤައުމީ ސަލާމަތަށްޓަކައި އިންޓެލިޖެންސް އިދާރާތަކުން ޚާއްޞަ ސިއްރު އުޞޫލުތަކެއްގެ ތެރެއިން ޢަމަލުކުރަންޖެހޭކަނ ދަށް ކޯޓުނު ޤަބޫލުކުރެއްވުމަށްފަހު، އިންޓެލިޖެންސް އޮފިސަރުންނަށް އޮތް ނުރައްކާ ޕްރޮސިކިއުޝަނަށް ބުނެދެވިފައިނުވާކަމަށ ނިންމި ނިންމުމަކީ އަމިއްލައަށް ތަޢާރުޟުވާ އަދި މަންޠިޤީ (logical) އަސާސެއް ނެތް ނިން މުމެއްކަމުގައެވެ.
15.5. މީހާރު ކުރިމަތިވެފައިވާ ޙާލަތަކި އިނގިރޭސިވިލާތުގެ Coroners and Justice Act 2009 ގެ Section 88(3)(b) ގެ ދަށުން، ވަކި ހެކިވެރިޔަކަށް ސީދާ ލިބޭ ފަރުދީ ނުރައްކަލުގެ އިތުރުން، 'ޢާންމު މަޞްލަޙަތަށް ނުވަތަ ޤައުމީ ސަލާމަތަށް ލިބިދާނެ ގެއްލުމަކުން interest) public the to harm (real ރައްކާތެރިކުރުމަށްޓަކައި ހެކިވެރިޔާގެ ވަނަވަރު/އައިޑެންޓިޓީ ސިއްރުކުރުމުގެ އަމުރު ނެރެދެވެޙޭ ލަތއްކަމުގައެވެ.
15.6. ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމުގެ ކުރިން، ވަކި އޮފިސަރަކަށް ސީދާ އަމާޒުވެފައިވާ ޚާއްޞަ ނުރައްކަލެއ އޮތްކަން ޕްރޮސިކިއުޝަނުން ސާބިތުކޮށްދޭންޖެހޭނެކަމަށް ކަނޑައެޅުމަކީ، އޮފިސަރަކަށް ސީދާ އިންޒާރެއް ނުވަތަ އަނިޔާއެއް ލިބުމުގެ ކުރިން ރައްކާތެރިކަން ނުލިބޭނެ ފަދަ އުޞޫލެއް ޤާއިމންކަމަށާއި، މިއީ ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 އިން 149-2 ވަނައިނ ހެކިވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އިޞްލާޙީ މަޤްޞަދާވެސ މުޅިން ޚިލާފް މާނަކުރުމއްކަމުގައެވެ.
15.7. އޭންތިޒާމުވެގެން ހިންގާ އަނިޔާވެރިކަމުގެ މައްސަލަތަކުގައި ޕްރޮސިކިއުޝަނުން ހުށަހަޅާ ހެކީގެ ތެރޭގައި އިންޓެލިޖެންސް މަސްދަރުތަކުނ ލިބް ހެކި ހިމެނެކަމަށާއި،ޖިނާއީ އިޖުރާއަތުގެ ޤނޫނުގ 149-1 ވަނަ މާއްދާ އާއި 149-2 ވަނަ މާއްދާ އެކުލަވާލެވިފައިވާ ގޮތަށް ބަލާއިރު، އެފަދަ ފަރާތްތަކުގެ ރައްކާތެރިކަމާއި އެ ހެކީގެ ބޭނުންތެރިކަން ބިނާވެގެންވަނީ ސިއްރު ހިފެހެއްޓުމުގެ މައްޗަށކަމަށާއި،އަދ ވަކި އޮފިސަރަކަށް އަމާޒުވެފައިވާ އިންޒާރެއް ޕްރޮސިކިއުޝަނުނ ދައްކައިގެން ނޫން ރައްކާތެރިކަން ނުލިބޭނެކަމަށް މާނަކުރުމަކީ، އެންމެ ބޭނުންޖެހޭ މައްސަލަތައްކަމަށްވާ ޓެރަރިޒަމްގެ ދެޢަވާތަކުގައި އެ މާއްދާތަކުގެ މަލީޢ ބޭނުންތެރިކަން ކަނޑުވާލާނކަމެއ ކަމުގައެވެ.
15.8. މި މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން ދަމަހައްޓައިފިނަމަ، ރިޕޯޓު 1 އިން 6 އަށް ތައްޔާރުކުރި އިންޓެލިޖެންސް އޮފިސަރުން، ގޮވާތަކެތި ބޭނުންކޮށްގެން ޖަލު ފަޅާލަން ރޭވިކަމުގ ތުހުމަތުކުރެވޭ އަދި މީހުންނަށް ގެއްލުންދިނުމުގެ ތާރީޚެއް އޮތް ޖަމާޢަތަކާ ގުޅުންހުރި މީހުންގެ ޙާޟިރު ގައި، ހުޅުވާލެވިފައިވާ ކޯޓެއްގައި ވަނަވަރު)އައިޑެންޓިޓީ( ހާމަކޮށް ހެކިބަސް ދޭންޖެހޭނކަމަށާއި، އެ ހާމަވުމަކީ ފަހުން އަނބުރާ އިއާދަކުރެވޭނެ ކަމެއް ނޫންކަމަށާއި،އޭގެ ސަބަބުން އޮފިސަރުންނާއި އެ މީހުންގްޢީއިލާތައ ނުރައްކަލަށް ހުށަހެޅި، ކުރިއަށްހުރި ތަޙޤީޤ އުޞޫލުތަކާއި މަޞްދަރުތައް ހާމަވެ، މުސްތަޤުބަލުގައި ޓެރަރިޒަމްގެ މައްސަލަތަކުގައި އިންޓެލިޖެންސް މަޢުލޫމާތު ހިއްސާކުރުމަށް ހުރަސްއެޅިގެންދާނެކަމުގައެވެ.
15.9. ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު ޒިހާން އިސްމޢް ލ، އިސްމާޢީލް ހައިޝަމް ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްޤަޟާއި ޔާގައި ބަޔާންކޮށްފައިވާ ފަދައިން،ޤނޫނުއަސާސީގ 51 ވަނަ މާއްދާގެ )ކ( ގެ ދަށުން ދޭޢަވާލިބޭ ފަރާތަށް ލިބިދްޙައްޤކީ އެހެންޙުއަޤަތަކާ ވަކިން މުތުލަޤުކޮށ އޮންން ޙައްޤއ ނޫންކަމަށާއި،ކޮންމެ ޙްއްޤެއވެސް ފެށޭ ހިސާބެއަ ވާފަދައިން ނިމޭ ހިސާބެއްވާނެކަން ފާހަގަކޮށް،އެޤީޟިއްޔާގައ ބަޔާންކޮށްފައިވަނުތުހުމަތުކުރެވޭ ފަރާތުގެ ޙައްޤގެ އިތުރުން ހެކިވެރިންގެޙައްޤއާ މުޖުތަމެޢަ ގްޙައްޤކީވެސަވުޖޫދުގައ އޮތި މުހިންމު ޙުއެޤަތަކެއްކަމަށާއި، ހަމައެކަނި ތުހުމަތުކުރެވޭ ފަރާތުގްޙުއިޤަ ތައް އޭގެ އެންމެ ފުޅާމިނުގައި ދިނުމަށްފަހު ހެކިވެރިޔާއާއި މުޖުތަމެޢަގްޙު އެޤ ތައް ތަޖާހުލުކޮށް ނުލެވޭނކަމަށާއި،މި ޤަޟިއްޔއިނާ އިތުރަށް ބަޔާންކޮށްފައިވަނީ، އެ މައްސަލައިގައި ސިއްރު ހެކިންގެ ހެކިބަސް ނަގައި، އެ ހެކިބަހަށް ޤާނޫނީ ބުރަދަން ދިނުމަކީ ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއްކަމށްވާއިރު، މި މައްސަލައިގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވެނ މާއްދާގަ )ރ( އާ ޚިލާފަށް ނިންމާފައިވާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއާއި، 149-1 ވަނަ މާއްދާއާއި 149-2 ވެނ މާއްދާގަ މަޤްޞަދާ ޚިލާފު ނިންމުމއްކަމުގައެވެ.
16ދައުލަތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-B5/SHN/496,497,498,499- 2025/2026/03"ޝަރީޢަތުގެ ކުރިން ހުށަހަޅާހުށަހެޅމާމެދު ނިންމި ނިންމުނީ" އަކް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއާއި 149-1 ވަނަ މާއްދާ އާއި 149-2 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/145-A/154, 2022/HC-2022/HC ޤަޟިއްޔާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ( ރ) އ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 1-149 ވަނަ މާއްދގާ )(ހ އާއި 2-149 ވަނަ މާއްދގ ށ)( އާއި )(ނ ގ ) (1 ވަނަ ނަންބަރގ ދަށުން ހެކިންނަށް ރައްކާތެރިކަން ދިނުމުގެ އަމުރެއް ނެރެދީ، އިންޓެލިޖެންސް ރިޕޯޓުތައް ތައްޔާރުކުރި ފަރާތްތަކުގެ ވަނަވަރު) އައިޑެންޓިޓި( ވަންހަނާކުރުމަށްޓަކައ ސިއްރުން ކާކުކަންނޭނގޭގޮތަށ އަޑު ބަދަލުކޮށްގެން އަޑު އެކަނި އިވޭގޮތަށް ހެކިބަސް ނެގުމުގެ ފުރުޞަތު ދިނުމަށް އަލުން އެބައި ކްރިމިނަލް ކޯޓަށްތހަ ވީލުކޮށްދިނުމަށެވެ.
17އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާފަރާތްތަކުންޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
17.1. ޢަބްދުﷲ ހްވައިރިޘ ބިން މުޙައްމަދީގެ ފަރާތުން ޢައްޔަންކޮށްފައިވާ ވަކީލްގެ ފަރާތުނ ބުނެފައިވަނީ އިންޓެލިޖެންސް އެއްކުރުމާއި އިންޓެލިޖެންސް ތަރުޖަމާކުރުމ މިއާ ދެކަމެއްކަމަށާއި،ޝަރީޢަތަށް އާންމުކޮށް ހެކިބަސް އަދާކުރަން އަންނަން އިންޓެލިޖެންސް މަޢުލޫމާތު ތަރުޖަމާކުރި ފަރާތާ )އެނަލިސްޓް( ކަމަށާއި، އިންޓެލިޖެންސް އެއްކުރުމުގައި އުޅެނީ ސީދާ ފީލްޑްއަށް ނިކުމެ މަސައްކަތްކުރާ ފަރާތްކަމުންއެ ފަރާތުން އެކުރަނަވަރަށް ހއްސާސ މަސައްކަތެއްކަމަށާއި،އިންޓެލިޖެންސް އެއްކުރާ ފަރާތުނުއިންޓެލިޖެންސް ޑޭޓާބޭސްގައި ލޮގްކުރުމަށްފަހ އެ ތަރުޖަމާކުރުމުގެ މަސައްކަތްކުރާ މީހަކީ އެނަލިސްޓްކަމަށާއި،އެނަލިސްޓް ކުރް މަސައްކަތަކާ އޭނާއަށް ލިބިފައިވާ ޢިލްމުނ ފެންނަން ހުރް މަޢުލޫމާތުގެ އަލީގައްއެއަށ މާނައެއް ދިނުމަށްފަހު ރިޕޯޓްއެއް އެކުލަވާލުންކަމަށްވާއިރު، އެ ރިޕޯޓާއި ގުޅިގެން ހެކިބަސް ދޭން އަންނަ ފަރާތަކީ ފިލްޑްއަށް ނިކުމެ މަޢުލޫމާތު އެއްކުރުމުގެ ހައްސާސީ މަސައްކަތެއް ކުރި ފަރާތަކަށް ނުވާއިރު އަދި އެކަން އެނގޭގޮތެއް މި ޝަރީޢަތަށްވެސް އަދި ދަށު ކޯޓަށްވެސް ނެތްއިރު، އަދި އެ ފަރާތަކީ ތަރުޖަމާކުރުން ފިޔަވައި ޙާއްސަ އުކުޅެއް ބޭނުންކޮށްގެން އެފަރާތުން ކުރާ މަސައްކަތި ކަށް ނުވާއިރު، ޙްމާޔަތްކުރުމުގ އަމުރެ ނެރެދިނުމަށް ދައުލަތުން އެދިފައި އޮތ ޝަރީޢަތށަ އައިސް ހެކިބަސްދޭން އުޅޭ އެނަލިސްޓްއެއްގެ އައިޑެންޓިޓީ ނޭނގޭނެގޮތަށ އެފަރާތަށް ޙިމާޔަތް ހޯދުމަށްކޭ މަށްވާއިރު، އެފަދަ ފަރާތަކީ ޙިމާޔަތް ލިބެންޖެހޭ ފަރާތެއްކަން ނުދެކތީ، މި މައްސަލަ އަލުން ދަށު ކޯޓަށް ތަޙުވީލުކުރަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމުގައެވެ.
17.2. އިބްރާހީމް ވިސާމްގެ ފަރާތުން ބުނެފައިވަނީ ދަށު ކޯޓުގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށާއި، ޢަބްދު ﷲހުވައިރިޘ ބިން މުޙައްމަދުގެ ފަރާތުން ޢައްޔަންކޮށްފައިވާ ވަކީލު ފާހަގަކުރި ކަންކަން އިތުރަށް ފާހަގަކުރާކަމުގައެވެ.
17.3. ސައުސަން ރަޝީދުގެ ފަރާތުން ބުނެފައިވަނީ ދަށު ކޯޓުގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމުގައެވެ.
18ޕްރިސިޑެންސް 1ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް އިންސާފުވެރި ޝަރީޢަތެއް ލިބިދިނުމުގެ ޙައްޤުގެ ތެރޭގައި ހިމެނި މުހިންމު އެއް ބަޔަކީއެ މީހަކު ބޭނުންވާ ހެކިން ޝަރީޢަތަށް ޙާޟރުކޮށްދިނުމަށިއެދުމާއި، ޝަރީޢަތަށްޙާޟރުކުރްހެކިންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށުޙާޟރކޮށްދިނުމަށް އެދުމާއި، އެ ހެކިންނާ ސުވާލުކުރުމުގެ ފުރުޞަތު ލިބުމެވެ. އެމީހަކާ ދެކޮޅަށް ދައުލަތުންޙާޟަރުކުރ ހެކިންންކީ ކޮބައިކަން އެނގުން ގުޅިގެންދަނީ، ކުށުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )ކ( ބަރާ ޢީ ވުމަށް މަސައްކަތްކުރުމއެވެ. ދަޢުވާލިބޭ ފަރާތުން އޭނާގެ ދިފާޢު ބިނާކުރުމުގައި އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބިދޭންޖެހޭއިރު، ދައުލަތުން ޙާޟިރުކުރާ ހެކިންނަކީ ކޮބައިކަން އެނގުމަކީ ދިފާޢު ތައްޔާރުކުރުމަށް ބޭނުންވާ "ވަސީލަތްތަކުގެ" ބައެއްގެ ގޮތުގައި ބެލެވެއެވެ.އެހެނީ، ކުށުން ބަރިޢްވުމަށް މަސައްކަތްކުރުމުގެ ތެރޭގައި ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ޙައްޤު ދަޢުވާލިބޭ ފަރާތަށް ލިބޭހިނދު، ކްރޮސް-އެގްޒެމިންކުރުމަށ ތައްޔާރުވުމަށް ބޭނުންވާ މަޢުލޫމާތު ލިބި، އެ މީހުންގެ އިތުބާރު ހުރި މިންވަރު (credibility) އެންމެ އެކަށީގެންވާ ގޮތެއްގައި ދެނެގަނެވޭނީހެކިބަސްދ މީހުންނަކެކޮން ބަޔެއްކަން އެނގި ހާމަވުމުންނެވެ. މިއީ އިންސާފުވެރި ޝަރީޢަތެއް ލިބިދިނުމުގައި ޤާނޫނުއަސާސީގެ 51 ވަނި މާއްދާގަ ތަސައްވުރެވް. އަދ މިކަން International Covenant on Civil and Political Rights (ICCPR)ގެ 14 ވަނަ މާއްދާއިންވެސް ދޭހަކުރެވެއެވެ.
19މިއީ މުޠުލަޤު ޙައްޤެއްނޫނެވެ. އެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުން އެނގެއެވެ.ހެކިބަސް ދ މީހާއަށް ޙިމާޔަތްދިނުމަށ އެދް ޙާލަތުގައި މެނުވީ، އެ ހެކިބަސް ދޭ މީހާ ނުވަތަ މީހުންގެ ތަފްޞީލު ދަޢުވާ ފޯމުގައި ހިމަނަންވާނކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަން މާއްދާގަ )ނ( އިން އެނގޭއިރު، ޝަރީޢަތް ފެށުމުގެ ކުރިނެޙ މާޔަތްކުރުމުގެ އަމުރަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )5( ގެ ދަށުން އެދެވެއެވެ.
20މެފަދައިނ ދައުލަތަށް އެދެވޭނެ ޙާލަތްތަކާއި، މިފަދަ އެދުމަކަށް ކޯޓުން ރިޢާޔަތްތެރިކަންދޭންޖެހޭ ކަންކަން ބަޔާންކުރަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއާއި، 1-149 ވަނަ މާއްދާގައެވެ.
21ޕްރިސިޑެންސް 2ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅޭނީ، އޭނާ ހެކިބަސްދޭ ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އާހތިމާލު އޮތްކަމުގައި އެކަށީގެންވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )ބ( ސަބަބުތަކުގެ މައްޗަށް ބުރަވެ ޤަބޫލުކުރެވޭނަމައެވެ. މިއީ މިކަމުގެ މައިގަނޑު އަސާސެވެ. އެއީ ހެކިބަސް ދިނުމުގެ ސަބަބުނުހެކިބަސްދޭ މީހާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އ ހތިމާލ އޮތްކަން އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވުމެވެ.
22ޕްރިސިޑެންސް 3ހެކިބަސްދޭ މީހާގެ ސަލާމަތަށް ނުރައްކަލެއްކުރިމަތިވުމުގެ އިހތިމާލެއް އޮތުމުގެ ތެރޭގައައޭނާގެ ހީށިގަނޑަށ ނުވަތް ފުރާނައަށް ނުވަތަ ނުވަތަ މުދަލަށް ނުވަތަ އޭނާގެ ޢާއިލާގްމހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް މުދަލަށް ގެއްލުމެއް ލިބިދާނެ ޙާލަތްތައް ހިމެނެއެވެ. ހެކިބަސްދޭ މީހކަ ޙިމާޔަތްދޭންޖެހޭ މީހެއްކަމަށް ދައުލަތުން ހުށަހަޅާއިރު، އެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރަންވާނެއެވެ.
23ދޭއުލަތުނ މިފަދައިން ހުށަހަޅް ހުށަހެޅުމެއް ބެލުމަށްފަހު،ހެކިބަސްދޭ މީހާއަކީ ޙިމާޔަތް ލިބިދޭންޖެހޭ މީހެއްކަމަށ ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އޭނާއަށް ޙިމާޔަތްދޭންޖެހޭ މިންވަރު ދަރަޖަކޮށް، އޭނާ ޙިމާޔަތްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށާއި ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި މިފަދަ ހުށަހެޅުމެއް ކޯޓުން ބެލުމުގައި ރިޢާޔަތްކުރަންޖެހ ކަންކަން ބަޔާންކުރަނީ މި ޤާނޫނުގެ 1-149 ވަން މާއްދާގަ )ށ( ގައެވެ. މިގޮތުން މި މާއްދާގައި އަންނަނިވި ކަންކަން ބަޔާންކުރެއެވެ.
1. ހެކިބަސްދޭ މީހާއަށް ޙިމާޔަތްދޭންޖެހޭ ސަބަބު ކަމަށް ދައުލަތުން ހުށަހަޅާ ސަބަބުތަކާއި އޭގެ ތަފްޞީލު؛
2. ދަޢުވާ ލިބޭ ފަރާތުން ކުރި ކުށުގެ ތަޙްޤީޤު ހިންގި ފަރާތުން ހުށަހަޅާ ކަންކަން؛
3. ހެކިބަސްދޭ މީހާއަށް ޙިމާޔަތްދިނުމުން، އޭނާ ހެކިބަސްދޭ މައްސަލައިގެ ޝަރީޢަތް އިންޞާފުވެރިކަމާއެކު ހިންގުމަށް އެހީތެރިވެދޭނެ މިންވަރު؛ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ )ނ( ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ )ރ(
4. ހެކިބަސްދޭ މީހާގެ ހެކިބަސް، އެ ހެކިބަސްދޭ މައްސަލައަކަށް މުހިންމުވާ މިންވަރު؛
5. ހެކިބަސްދޭ މީހާގެ ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ މައްސަލައިގެ ބާވަތުން ޢާންމު މަޞްލަޙަތަށް އަސަރުކުރާނެ މިންވަރު.
24ހެކިބަސްދޭ މީހާޙިމާޔަތްކުރުމުގެ އަމުރަކީ، ޖިނާއީ ކޮންމެ މައްސަލައެއްގައިވެސް ހެކީގެ ހެކިބަސް އާންމުކޮށް ހުޅުވާލެވިފައިވާ ޝަރީޢަތުގެ މަޖިލީހެއްގައި، ޝަރީޢަތުގެ މަޖަލުހަށް އެ މީހކްޙާޟީރުކޮށި އެ މީހެއްގެ ހެކިބަސް ނެގުމަށް އޮތް އިސްތިސްނާއެކެވެ. މި އިސްތިސްނާއަކީ އެހެން ޤާނޫނ ނިޒާމުތަކުގައިވެސް ބަލައިގަނެފައިވާ އިސްތިސްނާއެކެވެ.
25މި އިސްތިއުނާފުގައި ދައުލަތުން އިނގިރޭސިވިލާތުގައި ހެކިވެރިޔާގެ ސިއްރުކަން ހިފެއްހެއްޓުމުގައ ޢަމަލުކުރެވޭގޮތާގުޅޭ ގޮތުން ވާހަކަދައްކާފައިވެއެވެ. ދައުލަތުން ޙަވާލާދީފައިވާ Davis v R ޤަޟިއްޔާގައި ކަނޑައަޅާފައިވަނީދައުލަތުގެ ހެކިވެރިންޙްމާޔަތްކުރުމުގެ ގޮތުންއެ ފަރާތަކީ ކާކުކަން ނޭނގޭގޮތަށިސިއްރުވެރގޮތެއްގައްހެކިބަސް އަދާކުރުމުގެ އިޖުރާއަތެއްޤާނޫނެއްގައި ކަނޑައަޅާފައިނުވާހިނދު، ކޮމަންލޯގ ޤާނޫނެ ނިޒާމުގެ ތެރެއިން އެ ބާރު ކޯޓަށް ލިބިދީފައިނެތްކަމުގައެވެ.އ ޤަޟިއްޔާގެ ނިންމުމުގެ ނަތީޖާއަކަށްވެގެންދިޔައީ، ޤާނޫނު ހަދާ މަޖިލީހުން Criminal Evidence (Witness Anonymity) Act 2008 ފެސްކުރުމެވެ. މި ޤާނޫނުގެ 4 ވަނި މާއްދާގައި، ހެކިބަސްދޭ މީހާޙީ މާޔަތްކުރުމުގެ އަމުރެއް ކޯޓުނ ނެރެދޭނެ އަންނަނިވި ކަންކަން ފުރިހަމަވާކަން ކޯޓަށް ޤަބޫލުކުރެވޭނަމައެވެ. އެއީ، [2008] 3 All ER 461 Criminal Evidence (Witness Anonymity) Act 2008 (UK) 2008 Chapter 15 Criminal Evidence (Witness Anonymity) Act 2008 ގެ 4 ވަނަ މާއްދާގެ )3) (4) (5(
1. ހެކިބަސް ދޭ މީހާގެ ނުވަތަ އެހެން މީހަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް ނުވަތަ މުދަލަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް، ނުވަތަ އާންމު މަޞްލަޙަތަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް (harm to public interest)
2. މައްސަލައިގެ ޙާލަތަށް ރިޢާޔަތްކުރާއިރު، އެފަދަ އަމުރެއް ނެރުމަކީ ދަޢުވާލިބޭ މީހާއަށް އިންސާފުވެރި ޝަރީޢަތެއް ލިބުމާ ފްށއަރާކަމަކަށްނުވުނ
3. އަންނަނިވި ކަންކަން ކޯޓަށް ފެންނަން އޮތުމުގެ ސަބަބުން އިންސާފު ޤާއިމުކުރުމަށް އެފަދަ އަމުރު ނެރުމުގެ ޒަރޫރަތެއ އޮތުން
3.1 އެ ހެކިވެރިޔާގެ ހެކިބަސް މުހިންމުވުން
3.2 އެ އަމުރު ނުދީފިނަމަ، ހެކިވެރިޔާ ހެކިބަސް ނުދޭނެކަމަށް ފެނުން
26އަމުރު ނެރުމުގެ ބޭނުމުގައި، ހެކިވެރިޔާގެ އައިޑެންޓިޓީ ހާމަވެއްޖެނަމަ، އޭނާ ނުވަތަ އެހެން މީހަކު މަރުވެދާނެ ނުވަތަ އަނިޔާއެއް ލިބިދާނެ ކަމުގެ ބިރު އުފެދިފައިވޭތޯ ނުވަތަ މުދަލަކަށް ބޮޑު ގެއްލުމެއް ލިބިދާނެކަމުގެ ބިރު އުފެދިފައިވޭތޯ ކޯޓުން ބަލަންވާނކަމުގައ މި ޤާނޫނުގައި ބަޔާންކުރެއެވެ. އަމުރެއް ނެރުމުގައި އިތުރަށް ރިޢާޔަތްކުރަންޖެހޭކަންކަން ޤާނޫނުގައި ބަޔާންކުރެއެވެ.އެއީ،ޖިނާއީ މައްސަލަތަކުގައޭ ހކިބަސްދ މީހަކީ ކާކުކަން ދެނެގަތުމަށް ދޢަ ވާލިބޭ މީހާއަށް ލިބިގެންވާ އާންމު ޙައްޤާއި، ހެކިބަހަށް ބްރު ދަނީ ދޭއިރު އެ ހެކިވެރިޔާގެ އިތުބާރު ހުރި މިންވަރަކީ ކިހާ މުހިންމު ދައުރެއް އަދާކުރާނެ ކަމެއްތޯއާއި، ހެކިވެރިޔާ ދޭ ހެކިބަހަކީދަ ޢވާލިބ މީހާގެ މައްޗަށް ކުށް ސާބިތުކުރުމަށް އޮތް ހަމައެކަނިވަސީލަތްތޯ ނުވަތަ އެންމެ ބޮޑަށް ބަރޯސާވާ ހެކިތޯއާއި، ހެކިވެރިޔާގެ އައިޑެންޓިޓީ ހާމަނުކޮށް އޭނާގެ ހެކިބަސް އެކަށީގެންވާ ގޮތެއްގައި)އިތުބާރު ހުރިކަމާމެދު ނުވަތައެ ނޫންވެސް ގޮތަކުނު ( ޓެސްޓް ކުރެވިދާނެތޯއާއި، ހެކިވެރިޔާގެ ކިބައިގައި ދޮގު ހެދުމުގެ އާދައެއް ނުވަތަ Criminal Evidence (Witness Anonymity) Act 2008 4 ވަނަ މާއްދާގެ )6( Criminal Evidence (Witness Anonymity) Act 2008 4 ވަނަ މާއްދާގެ 5 )2( މައްސަލައިގެޙލަތަށާ ބަލާއިރު ދޮގު ހެދުމުގެ އެއްވެސްމަ ޤްސ ދެއްއޮތްކަމަށް ޤަބޫލުކުރާނެފަދަ ސަބަބެއް އޮތްތޯއާއި، އެފަދަ އަމުރެއް ނެރުން ފިޔަވައި އެހެނ އެއްވެސް ގޮތަކުން ހެކިވެރިޔާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަކީޢަ މަލީގޮތުނ ކުރެވިދާނެ ކަމެއްތޯއެވެ.
27Coroners and Justice Act 2009 ގެ 3 ވަނަ ބައިގައި ހިމެނޭ ދެވަނަ ބާބުން، 2008 ވަނަ އަހަރުގެ Criminal Evidence (Witness Anonymity) Act ގެއިހިމެނޭ ހެކިންގެ ސިއްރު ހިފެހެއްޓުމާ ގުޅްމާއްދާތއަ އުވާލައި، އެ އުޞޫލުތައް އަލުން އެކުލަވާލެވުނެވެ. 2009 ގެ ޤާނޫނުގައިވެސް މައިގަނޑު ގޮތެއްގައި ހިމެނެނީ ކުރީގެ ޤާނޫނުގައި އޮތް ތިނެއ 03 )ތިނެއް( ޝަރުޠުގެ މައްޗަށް އެކުލެވޭ އޮނިގަނޑެކ ވެ. މިހާރު މިކަން ބަޔާންކޮށްފައިވަނީ އެ ޤާނޫނުގެ 88 ވަނަ މާއްދާ އިނ 90 ވަނަ މާއްދާގައެވެ.
28މިފަދަ އަމުރަކަށް އެދުމުގައި ޕްރޮސިކިއުޝަނުން ޢަމަލުކުރަންވާނީ މައްސަލައިގެ ޝަރީޢަތްތައް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިޔުމަށް ހުރަސްނޅްފަދަ ގޮތެއްގެ މަތީންކަމަށާއި، ޕްރޮސިކިއުޝަނުނިއ އެދެ އެދުމުގައި ހެކިބަސްދޭ މީހޭޙެމާޔަތްކުރަންޖެހޭފަދަ އަމުރަކަށް އެދޭންޖެހ ޝަރުޠުތައް ފުރިހަމަވޭތޯ ބަލަންޖެއެވެ. ކޯޓް އޮފް އެޕީލްގ R v Donovan and Kafunda ޤަޟިއްޔާގައި، ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރު ނެރެދެވޭނީ އެނޫން އެހެން އެއްވެސް ގޮތެއް ނެތުމުންކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޮމަން ލޯ ނިޒާމުގައިޤޫއިމުވެފައިވާ އާޞީލުތަކ އެއްގޮތްވާ ގޮތުގެ މަތިން، އެފަދަ އަމުރެއްގެ ސަބަބުން ޝަރަޢަތުގެ އިންސާފުވެރިކަން ގެއްލޭނަމަ ނުވަތީއެކަމުގެ ސަބަބުނަޝަރީޢަތަކީ އިންސާފުވެރި ޝަރް ޢްތަކަށް ނުވާނަމަ، އެފަދަ އަމުރެއް ނެރުމަކީ ނުވަތަ ދެމެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫނކަމުގައވެސް ފާހަގަކޮށްފައިވެއެވެ. Coroners and Justice Act 2009 (UK) Chapter 25 [2012] EWCA Crim 2749
29މިފަދަ އަމުރަކަށް އެދުމުގައި ޕްރޮސިކިއުޝަންއިން ބަލަންޖެހޭ މައިގަނޑު ކަންކަން Mayers v R ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ. އެއީ،އިންސާފުވެރި ޝަރީޢަތެއް ކަށަވަރުކުރުމަކީ ޕްރޮސެކިއުޝަންގެމައްޗަށ އޮތް އިލްތިޒާމއްކަމަށާއި، ޤާނޫނުގެ 89 ވަނަ މާއްދާގައިވާ ކަންކަމަށް ވަކިވަކިން ރިޢާޔަތްކުރަންޖެހޭނެކަމަށާއި،ހެކިބަސްދޭ މީހާގެ އިތުބާރު ހުރި މިންވަރާ މެދާ ސުވާލު އުފެދްޙ ލަތްތަކުގައި އެކަމަށް ފުންކޮށް ނަޒަރުކޮށް،މައުޟޫޢެގޮތެއްގައި އެކަނި ކަށަވަރުކުރަން މަސައްކަތް ކުރަންވާނެކަމަށާއި، އައީޑންޓިޓްސިއްރުކުރެވިފައިވާ ކޮންމެ ހެކިވެރިއެއްގެ ފަސްފަހަތް ވަރަށް ތަފިޞިލީ ގޮތެއްގައަބަލަންވާނެކަމަށާއި، މިކަން ބެލުމުގައާ އެފަދަ ހެކިވެރިންނާއި އަނިޔާ ލިބުނު ފަރާތާއި،އަނިޔާ ލިބުނު ފަރާތުގެ ޢި އިލާ ނުވަތަ ގާތް މީހުނނާއ އަދ މައްސަލައިގައި ހިމެނި އެހެނިހެން ހެކިވެރިންނާ )ވަނަވަރު ސިއްރުކުރެވިފައިވާ ހެކިވެރިން ހިމެނޭހެން( ދެމެދު އޮތް ގުޅުންތައ ފުންކޮށް ދިރާސާކުރަންވާނކަމުގައެވެ. އަދި ހެކިވެރިންގެ މެދުގައި ނޭދެވޭ ގޮތުގައި މްޢލޫމާތު ބަދަލުކޮށް، ހެކިބަސަތަޣައްޔަރުކުރުމުގެ އެއްވެސް ފުރޯ ޞު ތެއް އޮތްތޯ ވަޒަންކުރަންވާނެކަމުގައެވެ.
30ހެކިބަސްދޭ މީހާޙި މާޔަތްކުރުމުގ އަމުރެ ނެރުމުގައި ބަލަންޖެހޭ މިންގަނޑުތަކާ ގުޅޭ ގޮތުނ އިނގިރޭސިވިލާތުގެ ޤާނޫނާ ވަރަށް އެއްގޮތް ކަންކަން ނިއުޒިލެންޑްގެ ހެއްކާބެހޭ ޤާނޫނުގައި ބަޔާންކުރެއެވެ. މިގޮތުން،ހެކިބަސްދޭ މީހއަކާ ކާކުކަން ހާމަވެއްޖެނަމަ، އެ މީހާގެ ނުވަތަ އެހެން މީހެއްގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވނަމޭ ނުވަތަ މުދަލަކަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ބެލެވަނަމަ، އަދަހެކިބަސްދޭ މީހާގެ މާޒީގައި ހުރި ކުށުގެ ރެކޯޑުތަކަށް ނުވަތަ ދިޢާވާލިބޭ މީހާއާއި އޭނާއާ ގުޅުންހުރި މީހުންނާ އޮތް ގުޅުމަށް ރީޢަޔަތްކުރާއިރު، އެ ހެކިވެރިޔަކު ދޮގު ހެކިބަސް ދިނުމުގެ މޤްސަދެއ ނުވަތަ އާދައެއ ހުރް މީހެއް ކަމަށްޤ ބޫލުކުރެވޭނެ އެއްވެސ [2008] EWCA Crim 2989 Evidence Act 2006, Act No: 69 ސަބަބެއް ނެތާނަމަ، ނުވަތްހެކިބަސްދޭ މީހއަކޮ ކާކުކަން ހާމަނުކޮށް، އެ މީހާ ދޭ ހެކިބަހުގެ ތެދުދޮގު އެކަށީގެންވާ ގޮތެއްގައި ކަށަވަރުކުރެވޭނެ މަގު އުތްނަމަ، ހެކިބަސްދޭ ފަރާތަކީ ކާކުކަން ސިއްރުކުރުމގ އަމުރެއް ނެރެވިދާނެކަމުގައެވެ. މިފަދަ އަމުރެއް ނެރުމުގައި،މިފަދަ އަމުރެއް ނެރުމުގެ ސަބަބުން، ދޢަ ވާލިބޭ މީހާއަށް ލިބިދޭންޖެހޭ އިންސާފުވެރި ޝަރެޢްތެއްގ ޙައްޤުން އޭނާ މަހްރޫމްނުވުމަކ މުހިންމީ ކަމެއު ކަން ޤާނޫނުގް މަސްދަރުތަކުން ހާމަވެއެވެ.މިކަންކަމުގެ އިތުރުން، މަފަދަ ހުށަހެޅުމަކާ މެދު ގޮތެއް ނިންމުމުގައި، ހެކިބަސްދޭ މީހުންނަކީ ކޮން ބައެއްކަން ދެނެގަތުމަށް ދޢަ ވާލިބޭ މީހާއަށް ލިބިގެންވާ އާންމު ޙައްޤާށާއި،ހެކިބަސްދޭ މީހއަކާކާކުކަން ސިއްރުކުރުމުގެ އަމުރަކީ ހަމައެކަނި އިސްތިސްނުޙޫލަތްތަކެއްގައި ނެރެވޭ އަމުރެއްކަމަށް ބަލާ އަޞލށާއި، ތުހުމަތުކުރެވޭ ކުށުގެ ކުޑަބޮޑުމިނަށާއި،މައްސަލަ ހުށަހަޅަ ފަރާތުން ސާބިތުކުރަން ބޭނުންވާ ކަންކަމުގައި އެ ހެކިވެރިޔާގެ ހެކިބަހުގެ މުހިންމުކެމުގެ މައްޗަށާއި،ސިއްރުކުރުމުގެ އަމުރެއް ނިރުމުގ ބަދަލުގައި އެހެން ގޮތަކުން އެ ހެކިވެރިޔާއަށް ރައްކާތެރިކަން ފޯރުކޮށްދެވިދާނެތެއާއި، ހެކިވެރިޔާގެ ހެކިބަހަށް ބާރުދޭ އިތުރު އެހެން ހެކި ހުރިތޯ ކޯޓުން ރިޢާޔަތްކުރެއެވެ.
31އަނގިރެސިވިލާތުގ އިސްވެ ބަޔާނވެދިޔްޤާނޫނާއި އެއްގޮތް ޤާނޫނެއް އޮސްޓްރޭލިއާގެ ނިޒާމުގައި ނެތްނަމަވެސް، ހިންގާ އޮޕަރޭޝަންއެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ނުވަތަ އޭގައި ޝާމިލުވާ މީހެއްގް)އޮޕަރޭޓިވްގެ( ސަލާމަތާއި ރައްކާތެރިކަމަށް protection identity ‘witness certificate’ އެއް ދެވި، މި ސެޓްފިކެޓަށ ކޯޓުން ޤާނޫން ބާރުދެވެއެވެ.އިންސާފަށް ހުރަސްއެޅުން ހުއްޓުވުމުގެ ގޮތުން ނުވަތަ ކޮމަންވެލްތް ދައުލަތުގެ މަޞްލަޙަތަށް ގެއްލުންވިޔަނުދިނުމަށ ނުވަތް Section 114 (4) (a) (b), Evidence Act 2006 Section 114 (4) (c), Evidence Act 2006 112 (5), Evidence Act 2006 Sections 15ME, 15 MK of Crimes Act 1914 (No: 12, 1914), Sections 11,13,14 of Crimes (Protection of Witness Identity) Act 2011 (No: 46, 2011) މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށްޓަކައި ނުވަތަ ޖިންސީ އަނިޔާގެ މައްސަލައެއްގައި ހެކިބަސްދޭ ފަރާތަށް ލިބިދާނެ ކަންބޮޑުވުމަކުން ސަލާމަތްކުރުމަށްޓަކައ ނުވަތި އިންސާފު ޤާއިމުކުރުމުގެ ބޭނުމަށްޓަކައި އެކަމުގެ ޚާއްޞަ ޒަރޫރަތެއްއޮތްނަމަ، Court Suppression and 2010 Act sOrder publication-Non މި ޤާނޫނުގެ ޒަރިއްޔާއިން ressionpsup order ނުވަތަ publication ordernon- ކޯޓުން ނެރެދެއެވެ.
32ބަޔާނވެދިޔް ނައްސުތަކުން އެނގިގެންދަނީ ކޮންމެ ނިޒާމެއްގައިވެސ ކޯޓުން އެފަދް އަމުރެއް ނެރެދެނީ ޚާއްޞަ ޙާލަތްތަކެއް މެދުވެރިވުމުން، ވަކި ޚާއްޞަ ކަންކަމަށް ރިޢާޔަތްކުރެވިގެންކަމެވެ.
33ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދިއަށް ބަލާއިރު، ހެކިބަސްދޭ މީހާޙު މާޔަތްކުރުމަށ ކަނޑައަޅާފައިވާ މިންގަނޑަކީ ހެކިބަސްދޭ މީހާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހުތިމާލު އޮތުމެވެ. މިއީ އެކަށީގެންވާ ނުރައްކަލެއް އޮތްކަމުގެ އިހުތިމާލު ނުވަތަ of likelihood reasonable risk އޮތުމެވެ.
34ސްއުތްއެ ފރިކާގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަލާއިރު، އެ ޤާނޫނުގެ 153 ވަނަ މާއްދާގެ )( 2 ވަނަ ނަންބަރެގައި، ޖިނާއީ މައްސަލައެއްގެ ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި، ހެކިބަސްދޭ ފަރާތަށް، އެ ހްކެބަސް ދިނުމުގެ ސަބަބުނުގެއްލުމެއ ނުވަތް ނުރައްކަލެއް ކްރިމަތިވެދާންކަމަށ ކޯޓަށް ޤަ ބޫލުކުރެވޭނަމަ،އެފަރާތުގެ ހެކިބަސް ނެގުން ސިއްރު މަޖިލީހެއްގައި ކުރިއަށް ގެންދިއުމަށާއި، އެ މައްސަލައާ ގުޅުންހުރި ޒަރޫރީ ބޭނުމެއްގައި ތިބެންޖެހޭ ފަރާތްތަކާއި ކޯޓުނ ހުއްދަދޭ ފަރާތްތައް ފިޔަވައި، އެހެން އެއްވެސް މީހަކު އެ ވަގުތު އެތަނުގައި ޙާޟިރުވެ ނުހުރުމަށާއި، އެ ފަރާތަކީ ކާކުކަން ހާމަނުކުރުމަށް، ނުވަތަ ކޯޓުން ކަނޑައަޅާ ވަކި މުއްދަތަކަށް އެ ފަރާތުގެ އައިޓެންޑިޑީ ސިއްރުކޮށްފައި ބޭއްވުމަށް ކޯޓަށް އަމުރުކުރެވިދާނެ ކަމުގައި ބަޔާންކުރެއެވެ. Sections 6,8 of Court Supression and Non-publication Orders Act 2010 (No: 106, 2010) Criminal Procedure Act 51 of 1977
35ސްއުތްއެފރިކާގް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ބަޔާނވެދިޔް މާއްދާއަށް ބަލާއިރު، ފެންނަން އޮތީ، risk reasonable of likelihood މި މިންގަނޑެވެ. މި މިންގަނޑު އެ ނިޒާމުގައި ތަފްޞީލުކޮށްފައިވ ގޮތަށާ ބަލާއިރު، މި އިބާރާތް މާނަކޮށްފައިވަނީ އެކަން އފަދައިނ ހިނގައިފާނެކަމުގެ އެކަށީގެންވާ ފުރުޞަތެއް އޮތުމުގެ މައްޗަށެވެ. އެއީ ހަމައެކަނި ޚިޔާލީ ކަމަކަށްވުމުގެ ބަދަލުގައި، ގެއްލުމެއްވެދާނެކަމުގެ ބޮޑު ނުވަތަ ހަޤީޤީ އިހުތިމާލެއް އޮތުމެވެ. މިކަމުގައި ބުރަވާނީ ކޮންމެ މައްސަލައެއްގެވެސް ވަށައިގެންވާ ޙާލަތަށާއި، ގެއްލަ މެއް ލިބިދާނެކަމުގެ މައްޗަށ ބިނާވާ ހެކީގެ އިތުރުން، އެފަދި އެއްގޮތި އެހެން މައްސަލައެއްގައި ކޯޓުނަ ކޮށްފައިވް ތަޖުރިބާއަށާއ ކުށުގެ ތަބީޢތަށެވެ. މައްސަލައިގެ ވާގިޢާތައް ކަށަވަރުވު މުން، ކޯޓުން އިޚްތިޔާރީ ބާރު ބޭނުންކުރުމުގައި، އާންމުކޮށް ހުޅުވާލައިގެން ޝަރީޢަތް ބޭއްވުމަށް ބާރުދޭ ކަންކަމަށާއި، ހެކިވެރިޔާއަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށް ބާރުދޭ ކަންކަން ވަޒަންކޮށް، އެކަންކަން މިނެކިރަންވާނެއެވެ.
36މި ޙޮލަތުގައި ޕްރޮސިކިއުޝަންއިން ސާބިތުކޮށްދޭންވާނީ އެފަދަ ނުރައްކަލެއް ނުވަތަ ގެއްލުމެއް ކުރިމަތިވުމުގެ އިހުތިމާލު ނުވަތަ ފުރުޞަތު އެތެކަމެވެ. ނިއުޒިލެންޑްގ ހެއްކާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (c)ގެ 4(a) ގައި ބޭނުންކޮށްފައިވާ “likely” މ ލަފްޒުގެ މާނައާއި ގުޅޭ ގޮތުން، އެ ކޯޓުގ R v Atkins ޤަޟިއްޔާގައިވަނީ، މި ލަފްޒުގެ އާންމު މާނައަކީ ހާދިސާއެއ ހިންގުމުގެ ހަޤީޤީ ނުރއްކަލެއ އޮތުންކަމަށާއި، އެއީ އެކަން ހިނގުމުގެ ފާހަގަކޮށްލެވޭފަދަ ނުވަތަ https://obiter.mandela.ac.za/article/view/12314/17287 The Judge may make a witness anonymity order if satisfied that: (a) The safety of the witness or of any other person is likely to be endangered, or there is likely to be serious damage to property, if the witness's identity is disclosed; [2000] 2 NZLR 46 (CA) ބޮޑު ފުރުޞަތެއް އޮތުންކަމުގައެވެ.މިކަމުގައި ރައްކާތެރިކުރެވިފައިވާ މަޞްލަޙަތަށް ސީރިއަސް ނުވަތަ ޙަޤީޤީ ނުރައްކަލެއް އޮތްކަމުގެ ނުވަތަ ހިނގުމުގެ ފުރުޞަތު ބޮޑުނަމަ، އެ މިންވަރު ފުދޭނެކަމުގައެވެ.
37މިކަންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއަށް ތަޠުބީޤުކުރާއިރު، ދައުލަތުން ހެކިބަސްދޭ މީހީޙްމާޔަތްކުރުމުގެ އަމުރަކަށް އެދި ހުށަހަޅާނިއޭނާ ހެކިބަސްދޭ ދިނުމުގެ ސަބަބުނ އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އެހތިމާލު އޮތްކަމުގެއެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ ދައުލަތަށް ޤަބޫލުކުރެވޭނަމައެވެ. އަދި މިފަދަ ހުށަހެޅުމެއް ހުށަހަޅާއިރު، އެ ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރަންވާނެކަމުގައ ޤާނޫނުގައި ބަޔާންކުރެއެވެ.
38ޤާނޫނުން ލާޒިމުކުރާ ޝަރުޠަކީ،ހެކިބަސްދޭ މީހާގެހަށިގަނޑަށ ނުވަތް ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ ޢާއިލާގެ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ޙާލަތުއް މެދުވެރިމުގެ އްހތިމާލު އޮތްކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ ދައުލަތުން ޤަބޫލުކުރުމެވެ.
39ދައުލަތުން ޤަބޫލުކުރާކުރުން ބިނާވާ ސަބަބުތަކަށް ވާސިލުވުމުގެ މިންގަނޑެއް ނެތެވެ. އިނގިރޭސިވިލާތުގެ ނިޒާމުގައި އެކަމަށްޓަކައި ގައިޑްލައިންއެއެފަރުމާކޮށްފައިވެއެވެ. މި ގައިޑްލައިންގައިވަނީ، ޤާނޫނުން އެފަދަ އަމުރެއް ނެރުމަށް ލާޒިމުކުރާ ޝަރުޠުތައް ފުރިހަމަވާކަމުގ ހެކ ނުވަތި މަޢުލާމާތު ޕްރޮސެކިއުޝަންއިނ ކޯޓަށް ފޯރުކޮށްދޭންޖެހޭކަމުގައެވެ. ހެކިބަސް ދިނުމުގެ ސަބަބުން އެ ފަރާތަށް ގެއްލުމެއް އޮތްކަމުގައި ހެކިވެރިޔަކު ބަޔީންކޮށްފައިވާނަމަ އެކަނ ޕްރޮސިކިއުޝަންއިން ފާހަގަކުރަންވާނެކަމަށާއި، އެކަން ގުޅެންވާންދަޢުވ ބިނާވާ ހާދިސާ ނުވަތާ އ ފަރާތް އުޅޭ މާހައުލެއްގެ މައްޗަށްކަމަށާއި، އަދި އެ ބިރުވެރިކަން އުފެދިފައިވާކަމަށް ބާރުދޭ ކަންކަން ތަޙުޤީޤު އިދާރާގައި ރިޕޯޓުކުރެވިފައިވާކަންވެސް ޕްރޮސިކިއުޝަންއިން ހާމަކުރަންވާނެއެވެ. https://www.cps.gov.uk/prosecution-guidance/witness-protection-and-anonymity
402009 Act Justice and Coroners ގެ 89 ވަނަ މާއްދާގައިވާ ކަންކަމަށް ރިޢާޔަތްކޮށްފައިވާކަނ ޕްރޮސިކިއުޝަނުން ދައްކުވައިދޭންވާނެއެވެ. މިގޮތުން، ހެކިބަހުގެ އިތުބާރުކަންހުރި މިންވަރަކީ މައްސަލައިގެ މުހިންމު ބަހުސއްތޯ، ހެކިވެރިޔާގެ އައިޑެންޓިޓީ ހާމަނުކޮށް، އޭނާގެ ހެކިބަސް އެކަށީގެންވާ ގޮތެއްގައި)އިތުބާރު ހުރިކަމާ މެދު ނުވަތަ އެ ނޫންވެސް ގޮތަކުނު( ޓެސްޓެކުރެވިދާނެތޯއާއި، ހެކިވެރިޔާގެ ކިބައިގައި ދޮގު ހެދުމުގެ އާދައެއް ނުވަތަ މައްސަލައިގްޙާލަތަށ ބަލާއިރު، ދޮގު ހެދުމުގެ އެއްވެސްމަޤސަދެއެއޮތްކަމަށް ޤަބޫލުކުރެވޭނަފަދ ސަބަބެއް އޮތްތޯ، މިކަންކަމުގެ މައްޗަށް ޕްރޮސިކިއުޝްންއިން ނަޒަރުކޮށް، މިކަން އެޑްރެސްކުރަންޖެހޭނެކަމުގައި ގައިޑްލައިންގައިވެއެވެ. މި ގައިޑްލައިންގައި ޕްރޮސިކިއުޝަންއިނ މިފަދަ ހުށަހެޅުމެއް ހުށަހަޅު އިރު، ތެޙިޤީޤު އިދާރާއިން އެކަމަށް ބާރުދޭ ލިޔުމަކާއި، ހެކިވެރިޔާގެ ފަރާތުން އެ ހުށަހެޅުމަށް ބާރުދޭ ބަޔާނަކާއި، ޤާނޫނުން ލާޒިމުކުރާ ޝަރުޠުތަކަށް ބާރުދޭ އެހެން ހިން ލިޔެކިޔުމާއި، އަދި ރިސްކް އެސެސްމަންޓެއް ހުށަހަޅަންޖެހޭނެކަން ގައިޑްލައނ ގައި ބަޔާންކުރެއެވެ.
41ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނީ މާއްދާގަ )ށ( އާއި )ރ( ގައި އޮތް މިންވަރުން، ދައުލަތުން ބަޔާންކޮށްދޭންޖެހޭނެ ހެކިބަސްދޭ ދިނުމުގެ ސަބަބުނ ހެކިބަސްދޭ ފަރާތުގިސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އުހތިމާލައޮތްކަމުގެ މައްޗަށް، އެހެނީއޭނާގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ނުވަތް އޭނާގެ ޢާއިލާގެ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ޙާލަތްތައް ހިމެނޭކަމަށް،އެކަށީގެންވާ ސަބަބުތަކުގެ މައްޗަށްދައުލަތުން ބުރަވެ ޤަބޫލުކުރުމަށ މެދުވެރިވިގޮތެވެ. އެއީ އެއަށް ވާސިލުވި ސަބަބުތަކެވެ.
42މި މާއްދާތަކަށް ބަލާއިރު، ހެކިބަސްދިނުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވާންޖެހޭނީ އެ ހެކިބަސްދޭ ފަރާތަށެވެ. އެއީ އޭނާގެ ހަށިގަނޑަށެނުވަތަ ފުރާނައަށް ނުވަތަ މުދަލަށވެ. އެކަމުގައި އެ ހެކިވެރިޔާގެ ޢާއިލާ މީހުންވެސް ޝާމިލުވެއެވެ. އެކަން މި މާއްދާގެ )ނ( ގައި ދީފައިވާ މާނައިން ސާފެވެ. އެހެންކަމުން، މިތަނުގައި މި ބަޔާންކުރަނީ ހެކިބަސްދޭ މީހާގެ ވާހަކައެވެ. މިނޫން ތަރުޖަމާއެއް މިއަށް ދެވޭނެ ކަމުގައި ނުދެކެމެވެ.
43މިކަމާ ގުޅުވައިގެންކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަންޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 1-149 ވަނަ މާއްދާގައިވާއިރު، އެ ނައްސުތަކުންވެސ ދައުލަތުން ހުށަހަޅަންޖެހޭ ކަންކަން ފާޅުވެއެވެ. އެއީ، ދަޢުވާލިބޭ ފަރާތުން ކުރި ކުށުގެ ތަޙުޤީޤު ހިންގި ފަރާތުން ހުށަހަޅާ ކަންކަމާއި، ހެކިބަސްދޭ މީހާއަށް ޙްމާޔަތްދިނުމުން އޭނާ ހެކިބަސްދޭ މައްސަލައިގެ ޝަރީޢަތް އިންސާފުވެރިކަމާއެކު ހިންގުމަށް އެހީތެރިވެދޭ މިންވަރާއި، އެ ހެކިބަސް އެ މައްސަލައަށް މުހިންމު މިންވަރާއި، އާންމު މަޞްލަޙަތަށް އަސަރުކުރާނެ މިންވަރެވެ. މިކަންކަން ދައުލަތުގެ ހުށަހެޅުމުގައި ސާފުވާންޖެހޭނީ،މިކަންކަމީ މި ބާވަތުގެ އަމުރެއް ނެރުމުގައި ޝަރީޢަތުން ރިޢާޔަތްކުރަންވާނެ ކަންކަން ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާހިނދު، މިކަންކަމުގެ މައްޗަށް ޝަރީޢަތަށް ގޮތެއް ކަނޑައެޅޭނީ މިކަންކަމ ގުޅިގެނާ އާ ހުށަހެޅުނެ ހުށަހަޅް ފަރާތުގާ ބަހެއް އޮވެމެ، އެކަމާ ގުޅޭގޮތުން ވާހަކަދެކެވިގެންކަމުގައިވތީއެވެ.
44މ މައްސަލައިގައި މިކަން ހިނގާފައިވާގޮތުގެ މައްޗަށް ބަލާއިރު،ދައުލަތުން އެދިފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ރިޕޯޓުތަކުގެ ތެރެއިން، މި ނިންމުމުގެ 5 ވަނަ ނުކުތާގައިވާ ރިޕޯޓުތައް ތައްޔާރުކުރި ފަރާތްތަކަކީ ކާކުކަން ހާމަނުވާގޮތަށް އަޑު ބަދަލުކުރުމަށްފަހު އޯޑިއޯ ނުވަތަ އަޑު ފޮރުވައިދ ވަސީލަތެއްގެ ޒަރއްޔާއިނަސުވާލުކޮށ ހެކިބަސް ނެގުމުގެ އިންތިޒާމް ހަމޖަ އްސައިދިނުމަށެވެ.
45މިފަދައިން އެދި އަންނަނިވި ސަބަބުތައް ދައުލަތުން ހުށަހަޅާކަން ދައުލަތުގެ ހުށަހެޅުމުން ފާހަގަވެއެވެ.
1. މާ މައްސަލައިގައި ހުށަހަޅާފައިވި ރިޕޯޓުތަކަކީ އިންޓެލިޖެންސް ރިޕޯޓުތަކެއްކަމުށައި، އެއީ ސިއްރު މަޢުލޫމާތާ ހިމެނު ރިޕޯޓުތަކެއްކަމެށާ އ، އެ ރިޕޯޓުތައް ތައްޔާރުކުރާ ފަރާތްތަކުގެ މަޢުލޫމާތު އ ރިޕޯޓުތަކުގައިވެސް ހިމެނިފައިނުވް ތކަނ
2. ހެކިބަސްދޭ މީހާއަށް ޙަމާޔަތްދިނ ނަމަވެސް އިންސާފުވެރިކަމާއެކު ޝަރީޢަތް ކުރިއަށް ގެންދިޔުމުގެ ހުރަހެއްނެތްކަމށިއި، ޙެމާޔަތްލިބިދެވޭ ގޮތަށް ހެކިބަސް ނެގިނަމަވެސް، ޤާނޫނުއަސާސީގެ 51 ވަން މާއްދާގަ )ކ( އިން ދަޢުވާލިބޭ ފަރާތަށް ކަށަވަރުކޮށްދީފައިވާ ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކިންނާ ސުވާލުކުރުމުގެ ޙައްޤު ލިބިދެވޭނެކަނ
3. މައްސަލައަކީ ޓެރަރިޒަމާއި ގުޅުންހުރި ސީރިއަސް މައްސަލައަކަށްވާތކަނީ
4. ހެކިބަސްދޭ މީހާގެ ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ މައްސަލައިގެ ބާވަތުން އާންމު މަޞްލަޙަތަށް މަތީ މިންވަރަށް އަސަރުކުރާނެތކަނ
5. ހެކިބަސް ދިނުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ހެކިން ރައްކާތެރިކުރުމަށކަން
6. އ ހެކިންގެ ފުރިހަމަ ހެކިބަހެއް ޝަރީޢަތަށް ލިބުމަށް މަގުފަހް ކުރުމަށި ކަން
7. އިންޓެލިޖެންސް އިދާރާތަކުގާ މަސައްކަތްތަކަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައ ޚާއްޞަ ނިޒާމެއްގެ ދަށުން ސިއްރު ހިފެހެއްޓެނިވި ގޮތުގެމަތިން ބައްޓަންކުރެވިފައިވ މަސައްކަތަކަށްވާތކަނ
8. މިފަދަ ރިޕޯޓުތައް އެކުލަވާލަން މަސައްކަތްކުރަމުންދާގޮތާއި، މަޢުލޫމާތު ހޯދާ ވަސީލަތްތަކާއި މަސްދަރުތައްއެނގި ހާމަވުމުގެ ފުރުޞަތު އޮތކަނ
46ޕްރިސިޑެންސް 4މި ހުށަހެޅުމުގައި، މި ނިންމުމުގެ 39 ވަނަ ނުކުތާއާއި، 40 ވަނަ ނުކުތާއާއި، 41 ވަނަ ނުކުތާގައިވާ ކަންކަން ޝާމިލުވޭތޯ ބަލާއިރު، ދައުލަތުގެ ފަރާތުން ހެކިބަސްދޭ މީހާގެހަށިގަނޑަށް ނުވަތަ ފުރާނައަށ ނުވަތް މުދަލަށް ނުވަތަ އޭނާގެ ޢާއިލާގެ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށ ގެއްލުމެއް ލިބުމުގެ އިހުތިމާލު އޮތްކަމެއް ބަޔާންކޮށްދީފައިވާކަމުގައި ނުދެކް މެވެ.އެ މީހާއަށް އޮތް ނުރައްކާއަކީ ކޮބައިކަން ކްރިމިނަލް ކޯޓުގައި ބަޔާންކުރެވުނުތޯ ދައުލަތާއި ސުވާލުކުރުމުން އެކަނ ބަޔާންކޮށްދީފައިނުވާކަމުގައ މި ކޯޓުގައި ދައުލަތާއި ކުރެވުނު ސުވާލުގެ ޖަވާބުގައި ދައުލަތުން ބުނެފައިވެއެވެ. ވަކިވަކި ހެކިވެރިންނާ ގުޅޭ ގޮތުން، އެ ފަރާތްތަކަށް ލިބޭނެ ވަކިވަކި ގެއްލުން ބަޔާންނުކުރިނަމަވެސް، އިންޓެލިޖެންސްއ ގުޅާ ގޮތުން ވަކި ކަންކަން ހުށަހަޅާފައިވާކަމުގައ ދައުލަތނެއިތުރަށް ބުނެފައިވެއެވެ. ދައުލަތުން މިފަދައިން ބުނިނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަން މާއްދާއަށް ބެލުމުން، ދައުލަތުން ބުނެދޭންވާނީ ހެކިބަސްދޭ މީހާއަށް އެ ހެކިބަސް ދިނުމުގެ ސަބަބުނުއޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އެހތިމާލު އޮތްކަމެވެ.
47ހެކިބަސްދޭ މީހާ ހެކިބަސް ދިނުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ހެކިން ރައްކާތެރިކުރުމަކީ އަމުރަށް އެދް އެއް ސަބަބުކަން ދައުލަތުގެ ހުށަހެޅުމުގައި ފާހަގަކޮށްފައިވީނަމަވެސް، އެ އުންސުރު ފުރިހަމަކުރުމަށް ދައްކުވައިދޭންޖެހޭނީ ހާދިސާއެއް ހިނގުމުގެ ހަޤީޤީ ނުރައކަލެއޮއޮތްކަމެވެ. އެއީ އެކަން ހިނގުމުގެ ފާހަގަކޮށްލެވޭފަދ ނުވަތަ ބޮޑު ފުރުޞަތެއް އތްކަމެވެ.މިކަމުގައި ރައްކާތެރިކުރެވިފައިވާ މަޞްލަޙަތަށް ސީރިއަސް ނުވަތަ ޙަޤީޤަނުރައެކަލެއް އޮތްކަމުގެ ނުވަތަ ހިނގުމުގެ ފުރުޞަތު ބޮޑުނަމަ، އެ މިންވަރު ފުދޭނެއެވެ. މި ނިންމުމުގެ 33 ވަނި ނުކުތގައާ ފާހަގަކޮށްފައިވާ ފަދައިން އެ ގެއްލުމަކީ ހަމައެކަނި ޚިޔާލީ ކަމެއްގެ މައްޗަށް ބިނާވާ ކަމަކަށްވުމުގ ބަދަލުގައި، ގެއްލުމެއްވެދާނެކަމުގެ ބޮޑު ނުވަތަ ހަޤީޤީ އިހުތިމާލެއް އޮންނަންވނެއެވެ.މިސާލަކަށް، މައްސަލައެއްގައި ހިމެނެނުތަޙުޤީޤުކަ ރުމް ގެ ޚާއްޞަ އުކުޅެއްގ ގޮތުނެ ތަޙުޤީޤުކުރި ފަރާތަކީ ކާކުކނ ވަނުހަނާކޮށްފައިވް ސިއްރުފުލުހުންނަމަ، އެ ފަރީތާ ގެ އައިޑެންޓިޓް ހާމަވުމުގެ ސަބަބުން އެ ފަރާތަށް ގެއްލުނުވުމުގެ އހތިމާލު އޮތްނަމަ، އެކަން ބަޔާންކުރަންވާނެއެވެ.
48އިންޓެލިޖެންސް ޑިޕާރޓްމަންޓްގައ އެކި ފެންވަރުގެ އެކި މަސައްކަތްތައްކުރާ މުވައްޒަފުން ތިބޭއިރު، މި މައްސަލައިގައި އަމުރި ނެރުމަށް އެދެނީ ރިޕޯޓް ޓައިޕްކުރި މުވައްޒަފަޙުމާޔަތްކުރުމަށްތޯ ނުވަތަ ހަމަ ޙަޤީޤަތުގައިވެސް މަޢުލޫމާތު އެއްކުރުމަށް ހަރަކާތްތެރިވި މުވައްޒަފިޙްމާޔަތްކުރުމަށްތޯ ދައުލަތާއި ސުވާލުކުރުމުން، އެ މަޢުލޫމާތު ތަޙުޤީޤު އިދާރާއިން ހިއްސާކޮށްފައިނުވާކަމުގައި ދައުލަތުން ޖަވާބުދީފައިވެއެވެ. މި މަޢުލޫމާތަކީ ތަޙުޤީޤު އިދާރާގެ ކިބައިން ދައުލަތުން ހޯދުމަށް އެދުނު މަޢުލޫމާތެއްކަންވެސް އެނގޭކަށްނެތެވެ. ހެކެޙްމާޔަތްކުރުމަށ އެދް ފަރާތުން މައްސަލައިގެ ތަޙުޤީޤުގައި އަދާކުރި ދައުރު މި މައްސަލައިގެ ޙަޤީޤަތްތަކުން އެނގޭކަށްނެތެވެ. މިކަން އެނގުން މުހިންމުވަނީ، އެ މީހަކީ ސިއްރު ފުލުހެއްގެ ދައުރު އަދާކޮށްފައިވާ މީހެއްނަމަ، އެ ފަރާތެއް ޙމާޔަތްކުރުން މުހިންމުވެދާނެތީއެވެ.
49ހެކިބަސްދޭ މީހާއަށްޙްމާޔަތްދިނ ނަމަވެސް އިންސާފުވެރިކަމާއެކު ޝަރީޢަތް ކުރިއަށް ގެންދިޔމަށ ހުރަހެއްނެތްކަމިއި،ށެޙމާޔަތްލިބިދެވޭ ގޮތަށް ހެކިބަސް ނެގިނަމަވެސް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގަ )ކ( އިން ދަޢުވާލިބޭ ފަރާތަށް ކަށަވަރުކޮށްދީފައިވާ ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރ ހެކިންނާ ސުވާލުކުރުމުގެ ޙައްޤު ލިބިދެވޭނެކަމަށް ހުށަހެޅުމުގައި ދައުލަތުން ބުނެފައިވެއެވެ.އެހެނަސް،ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 1-149 ވަނަ މާއްދާގެ ދަށުން ކޯޓުން ރިޢާޔަތްތެރިކަން ދިނުމަށްޓަކައި ދައުލަތުން ހުށަހަޅަންޖެހޭ ކަންކަމަށް ބަލާއިރު،ދަޢުވާލިބޭ ފަރާތުން ކުރި ކުށުގުތަޙުޤީޤްހިންގި ފަރާތނ ހުށަހަޅާ ކަންކަމާއި، އެ ހެކިބަސް މައްސަލައަށް މުހިންމުވާ މިންވަރާއި،މިކަމުގެ ސަބަބުންމައްސަލައިގެ ޝަރީޢަތް އިންޞާފުވެރިކަމާއެކު ހިންގުމަށް އެހީތެރިވެދޭނެ މިން ވަރާއި، އެ ހެކިބަސް ސިއްރުކުރުމުގެ ސަބަބުން އިންސާފުވެރި ޝަރީޢަތެއް ހިންގުމުގެ ހުރަހެއްނެތްކަމުގެ މައްޗަށް ބަހެއް ބުނެފައިވާތަނެއް ނުފެނެއެވެ.
50ހެކިބަސް އަދާކުރާ ފަރާތަކީ ކާކުކަން ހާމަވާގޮތަށް ހެކިބަސް އަދާކުރުމުން މި މައްސަލައިގެ ބާވަތުން އާންމު މަޞްލަޙަތަށް އަސަރުކުރާނެކަމަށް ދައުލަތުގެ ހުށަހެޅުމުގައި ދައުލަތުން ބަޔާންކުރިނަމަވެސް، ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވާ ފަދައިން އެ މިންވަރަކީ ކޮބައކަނި ދައުލަތުން ބުނެދީފައެއްނުވެއެވެ.
51ހެކިބަސްދޭ މީހާއަށްޙްމާޔަތްދޭންޖެހޭ ފަދަ ޒަރޫރަތްތެރި ޙާލަތްތަކެއް ފެންމަތިވެދާނެއެވެ. އަދ ހެކިބަސްދޭ ފަރާތްތަކަށެޙ މާޔަތާއި ރައްކާތެރިކަން ލިބިދިނުމަށް ބައެއް ޙާލަތްތަކުގައި ޤާނޫނީ ނިޒާމުގެ ތެރެއިން ލާޒިމުވެސްވެދާނެއެވެ. އެހެނަސް، މިކަމީ އާންމު އުޞޫލުކަމުގައި ބަލައިގެންނުވާނެއެވެ. މިކަމީ އާންމު އުޞޫލކަމުގައެޤާނޫނު ތަރުޖަމާކޮށްގެންވެސްނުވާނެއެވެ. އަދި މި ހުށަހެޅުން ހުށަހެޅުމުގައ މިއި ލުއި މިންގަނޑެއް އޮންނަ ކަމެއްގެ ގޮތުގައި ދެކިގެންވެސްނުވާނެއެވެ. އޭގެ ސަބަބަކީ، މިއީ ކުށެއްގެ ތުހުމަތުކުރެވިފައިވާ ފަރާތަށް ލިބިދެވޭ އަސާސީ ޙައްޤުތަކަށް ޤާނޫނީ ގޮތުނ ހަނިކުރެވިފައިވ ނުވަތާ ހިފެހެއްޓިފައިވާ ކަމެއްގެ މައްޗަށް ބިނާވާ ކަމަކަށްވާތީއެވެ. މިއީ އެއްވެސ އޮޅުމެއްނެތި އަސާސީ ޙައްޤެއްގެ އިސްތިސްނާއެވެ. އެކަން ދެކެންޖެހޭނީ އަދ ބަލައިގަންނަންޖެހޭނީވެސް އިސްތިސްނާއެއްގެ ގޮތުގައެވެ.
52ދައުލަތުން ހުށަހެޅިހުށަހެޅުމުގެ އަލީގައި، ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަކީވެސްދައުލަތުނ ސިއްރުކުރުމަށ އެދުން ހެކިން ސިއްރުކުރަންޖެހޭފަދ ޤާނޫނަ މަރުކަޒެއް ދައުލަތަށް ބުނެދެވިފައިވާކަމަށް ނުދެކޭކަމުގައެވެ. އަހުރެން މި ނިންމުމާ އެއްބަހެވެ.
53ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، އޭނާއާ ދެކޮޅަށް ހުށަހަޅާ ހެކިންނަކީ ކޮބައިކަން އެނގި، އެ ފަރާތާ ސުވާލުކުރުމަށް އޮތް ޙައްޤަށް، ޤާނޫނީ އިމުގެ ތެރެއިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއާއި، 1-149 ވަނަ މާއްދާއާއި، 2-149ވަނަ މާއްދާގަ ދަށުން އިސްތިސްނާތކެއްދެވިފައިވާއިރު، އެ މާއްދތަކުނާ ދައުލަތުން ހުށަހެޅުމެއް ހުށަހެޅުމުގައި ދައުލަތނުޢަމަލުކުރުމަށް ލާޒިމުވާ ނުވަތަ ބާރުއަޅާ މިންގަނޑުތަކެއް ބަޔާންކުރާއިރު، އެކަން އެބީދައިނ ކޮށްފައިވް ތަނެއް މި މައްސަލައިގައި ފެންނަން އޮތްކަމަކަށް އަހުރެންވެސް ނުދެކެމެވެ.
54ބަޔާނވެދިޔް ކަންކަނަ އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
55ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއީދުކުރުމާއެކު އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
56ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 149 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރަނީ، ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅޭނީ، އޭނާހެކިބަސްދދިނުމުގ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއްކުރިމަތިވުމުގ އިޙްތިމާލު "އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބުރަވެ" އޮތްކަމަށް ޤަބޫލުކުރެވޭނަމައެވެ. އަދި އެ މާއްދާގެ)ނ( ގައިވާ ގޮތުން، ނުރައްކަލުގެ އިޙްތިމާލު އޮތްކަމަށް ބަލާ ޙާލަތްތަކުގެ ތެރޭގައި ހެކިވެރިޔާގެ ނުވަތަ އޭނާގެ ޢާއިލާގެ މީހެއްގެ ހަށިގަނޑަށް، ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ޙާލަތްތައް ހިމެނެއެވެ.
57ޕްރިސިޑެންސް 5އިންޓެލިޖެންސް އޮފިސަރުން އަދާކުރާ ވާޖިބުތަކުގެ އަމަލީ ތަބީޢަތަށް ބަލާއިރު، އެ މީހުން ކުރާ މަސައްކަތުގެ ސިއްރުކަމާއި، ވަނަވަރު އާންމުވުމުން އެ މީހުންގެ ސަލާމަތާއި ފުރާނައަށް ސީދާ އަދި ދާއިމީ ނުރައްކަލެއް ކުރިމަތިވުމުގެ ފުރުޞަތަކީ ވަޒީފާގެ ޒާތުން އުފެދޭ) inherent( ނުރައްކަލެކެވެ. އެހެންކަމުން، ޤާނޫނު މާނަކުރުމުގެ ހަމަތަކުގެ ތެރެއިން މަޤްސަދަށް ބެލުމުގެ ރޫހުންޖިނާއ އިޖުރާއަތުގެ ޤާނޫނު ގެ 149 ވަނަ މާއްދާގެ )ނ( ގައިވާ "ނުރައްކާ" މާނަކުރަންވާނީ ހަމައެކަނި ސީދާ ކުރިމަތިވާ ވަގުތީ އިންޒާރަކަށް ބެލުމުގެ ބަދަލުގައި، ވަޒީފާގެ އިލްތިޒާމްތަކުގެ ސަބަބުން އުފެދޭ މިފަދަ ސާބިތު ނުރައްކާތައްވެސް )Risk Occupational Inherent( ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި ކަމުގައި ދެކެމެވެ.
58އިންޓެލިޖެންސްއޮފިސަރުންގ ވަޒީފާގެ ތަބީޢަތުން އުފެދޭ ނުރައްކާމި މާއްދާގެ ދާއިރާއަށް ފެތުނު ކަމުގައިވީ ނަމަވެސް، މީހާއަކީ އިންޓެލިޖެންސްއޮފސަރެއްކަމަށި ހަމައެކަނި ބުނާ ބުނުމަކީ، ނުވަތަ އޭނާއަކީ އިންޓެލިޖެންސް ރިޕޯޓު ތައްޔާރުކުރި މީހާ ކަމަށް ދައުލަތުން ފާހަގަކުރާ ކުރުމަކީ، ހެކިވެރިޔާ ޙިމާޔަތްކުރުމުގެ އަމުރެއް ނެރެދިނުމަށް އެކަށީގެންވާ ޤާނޫނީ އަސާސެއް ނޫނެވެ. އެހެނީ؛
58.1. ސަބަބުތައް ހާމަކުރުމުގެ އިޖުރާއީ ޒިންމާ) މާއްދާ 149)ރ(( : ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަކަށް އެދޭއިރު،އޮފސަރުގި މަސައްކަތުގެ ތަބީޢަތުގެ ސަބަބުން ފުރާނައަށް ނުވަތަ ސަލާމަތަށް ނުރައްކާ އުފެދޭ ގޮތުގެ ވާޤިޢާތަކާއި )އެންމެ މަދުވްގެ ނ އޭނާ މައްސަލައިގައި ޝާމިލުވި މިންވަރު( އަދި އެކަމާ ގުޅޭ ރިސްކް އެސެސްމަންޓް ކޯޓަށް ސަރީޙަކޮށް ބަޔާންކޮށްދިނުމުގެ އިޖުރާއީ މަސްއޫލިއްޔަތު ޤާނޫނުން ދައުލަތުގެ މައްޗަށް ލާޒިމުކުރެއެވެ.
58.2. ކޯޓުން ވަޒަންކުރަންޖެހޭ މިންގަނޑުތައް) މާއްދާ 1-149)ށ(( : ހެކިވެރިޔާ ޙިމާޔަތްކުރުމުގެ އަމުރެއް ނެރުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ޚާއްޞަ ކަންތައްތަކެއް ޤާނޫނުގެ 1-149 ވަނަމެއާ ދާގެ ) ށ( ގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުރިމަތިވެދާނެ ނުރައްކަލުގެ ކުޑަބޮޑުމިނާއި، ހެކިވެރިޔާގެ ހުށަހެޅުމުގެ މުހިންމުކަމާއި، ދިފާޢީ ޙައްޤުތަކަށް އަންނާނެ އުނިކަން ވަޒަންކުރުން ހިމެނެއެވެ.
59ވަޒީފާގެ ތަބީޢަތުގެ ސަބަބުން ސަލާމަތާއި ފުރާނައަށް ނުރައްކާވާ ގޮތުގެ ތަފްޞީލީ ވާޤިއާތައް ދައުލަތުން ކޯޓަށް ހުށަހަޅައިދީފައި ނުވާނަމަ، މާއްދާ 1-149 )ށ( ގެ ދަށުން ކޯޓުން ވަޒަންކުރަންޖެހޭ ކަންކަން ވަޒަންކުރާނެ ޤާނޫނީ އަދި ވާޤިޢީ އަސާސެއް ކޯޓުގެ ކުރިމަތީގައިނއެއު އޮންނާނެއެވެ.
60މި މައްސަލައަށް ބަލާއިރު، ދައުލަތުން ހިމާޔަތްކުރަން އެދޭ ހެކިވެރިންނަކީ އިންޓެލިޖެންސް ރިޕޯޓު ތައްޔާރުކުރި އޮފސަރުނި ކަމަށް ބުނާ ބުނުން ފިޔަވައި، އޭނާގެ ފުރާނައަށް ނުވަތަ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ އޮޕަރޭޝަނަލް ޙާލަތެއް ނުވަތަ ތަފްސީލީ ސަބަބެއް ދަށު ކޯޓަށްވެސް އަދި އިސްތިއުނާފީ މަރުޙަލާގައިވެސް ހުށަހަޅައިދެވިފައެއް ނުވެއެވެ.
61އިންޓެލިޖެންސްއޮފިސަރަކަށ ވީތީ އެކަނި، ސަބަބުތައް ހާމަކުރުމަކާ ނުލައި ޙިމާޔަތް ދިނުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 149 ވަނަ މާއްދާގެ )ށ( އާއި )ރ( ގައި ދައުލަތުގެ މައްޗަށް ލާޒިމުކުރާ މަސްއޫލިއްޔަތު ފުރިހަމަވީ ކަމަށް ބެލެވޭނެ ކަމެއް ނޫނެވެ. ދައުލަތުން އެ މާއްދާތަކުގައިވާ މިންގަނޑަށް އެކަށީގެންވާ ސަބަބުތައް ކޯޓަށް ބަޔާންކޮށްދީފައި ނުވާތީ، ޤާނޫނުގެ 149 ވަނަ މާއްދާގެ ދަށނު ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރެއް ނެރެދެވޭނެ ޤާނޫނީ އަސާސެއް ދައުލަތަށް ބުނެދެވިފައިވާ ނުވާކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ދެކެމެވެ.
62ފަނޑިޔާރު ޙުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާގެ (ނ)، 119 ވަނަ މާއްދާގެ (ހ)(5)، 131 (ހ)(ނ)، 149 (ށ)(ނ)(ރ)، 149-1 (ހ)(ށ)، 149-2 (ށ)(ނ)(1) ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އަދި (ކ)
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) - ދައުލަތުން ހަވާލާދީފައި
- ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) - ދަޢުވާތައް
- International Covenant on Civil and Political Rights (ICCPR) ގެ 14 ވަނަ މާއްދާ
- Criminal Evidence (Witness Anonymity) Act 2008 (UK) s.4
- Coroners and Justice Act 2009 (UK) ss.88-90
- Evidence Act 2006 (New Zealand) ss.112(5), 114(4)
- Crimes Act 1914 (Australia) ss.15ME, 15MK; Crimes (Protection of Witness Identity) Act 2011 ss.11, 13, 14; Court Suppression and Non-publication Orders Act 2010 ss.6, 8
- Criminal Procedure Act 51 of 1977 (South Africa) s.153(2)
- R v Davis [2008] 3 All ER 461
- R v Donovan and Kafunda [2012] EWCA Crim 2749
- Mayers v R [2008] EWCA Crim 2989
- R v Atkins [2000] 2 NZLR 46 (CA)
- ހައިކޯޓުގެ 2022/HC-A/145 އަދި 2022/HC-A/154 (އަޙްމަދު ޒިހާން އިސްމާޢީލް، އިސްމާޢީލް ހައިޝަމް ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް) - ދައުލަތުން ހަވާލާދީފައި
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޙަމްޒާ ލަޠިފް، މަރްޔަމް ނާޒްލީނު
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ފާޠިމަތު ފަރްހީޒާ، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ޢަބްދުލްމާނިޢު ޙުސައިން