ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/32
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙުސައިން ޝަނިމު، 2025/HC-B12/32
Prosecutor General v. Hussain Shanimu 2025/HC-B12/32 (2025/HC-B12/32, High Court of the Maldives, 3 September 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙުސައިން ޝަނިމު
މައިގަނޑު ސުވާލު
މަސްތުވާތަކެތީގެ ތުހުމަތެއްގައި ކުރިން ބަންދުކުރުމަށް ނިންމި ސަބަބުތައް ބަދަލުވި ގޮތެއް ބަޔާންނުކޮށް ތުހުމަތުކުރެވޭ ފަރާތް ޝަރުޠާއެކު ބަންދުން ދޫކުރި އަމުރަކީ ޞައްޙަ އަމުރެއްތޯ، އަދި ދަށުކޯޓުގެ އިޚްތިޔާރީ ނިންމުމަކަށް އިސްތިއުނާފީ ކޯޓު ވަދެވޭނީ ކޮން ޙާލަތެއްގައިތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ 2 ދުވަހުގެ ތެރޭގައި ފުލުހުން ހުށަހަޅައިފިނަމަ ބަންދާމެދު އަލުން ނިންމުމަށް އެންގި
ކަނޑައެޅުނު އުޞޫލުތައް
- އިސްތިއުނާފު ބިނާވެފައިވަނީ ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރީ ނިންމުމެއްގެ މައްޗަށްނަމަ، އެ އިޚްތިޔާރު ބޭނުންކުރި ގޮތަށް އިސްތިއުނާފީ ކޯޓު ވަންނާނީ ސުޕްރީމް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގައި ކަނޑައަޅާފައިވާ މަދު ޙާލަތްތަކުގައެވެ؛ އެ ޙާލަތްތަކުން ކޮން ޙާލަތެއްކަން އިސްތިއުނާފު ފޯމުން އެނގޭގޮތަށް ބަޔާންކުރުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- އިސްތިއުނާފު ފޯމު އެންމެ ފުރިހަމަ ގޮތުގައި އެ ޝަރުޠު ފުރިހަމަނުކުރިނަމަވެސް، އިސްތިއުނާފު ފޯމާއި ޝަރީޢަތުގައި ދެކެވުނު ވާހަކަ ޖުމްލަކޮށް ބަލައި އިސްތިއުނާފާމެދު ގޮތެއް ނިންމިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ކުރިން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 3 އަދި 4 ވަނަ ނަންބަރު ފުރިހަމަވާކަމަށް ބަލައި ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އިތުރު ހެކިތަކާއެކު ބަންދަށް އެދުމުން ބަންދުން ދޫކުރާނަމަ، އެ ޙާލަތު ބަދަލުވީ ކިހިނެއްކަމާއި އެ ނަންބަރުތަކަށް ރިޢާޔަތްކުރި ގޮތް އަމުރުން ސާފުކޮށް އެނގެންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-18)
- ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބުތައް ހުރިކަމަށް ކުރިން ބެލިފައިވާއިރު، އެކަން ބަދަލުވި ގޮތް ބަންދުން ދޫކުރި އަމުރުން ނޭނގޭނަމަ، ބަންދުން ދޫކުރުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
1މިއީ، ކްރިމިނަލެ ކޯޓގު ނަންބަރު 145-J/MA/2025/1473 )23 ޖުލައި 2025( ކޯޓު އަމުރާކީ ޝަރުޢަ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވްއަމުރެއކަމަށުބުނެ އެ އަމުރެއިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން )މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް" ( ހުށަހެޅުމުން ބިލީފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައ އިސްތިއުނާފު ރައްދުވު ފަރާތަކާ ށ. ކޮމަންޑޫ، ސާތީ، ޙުސައިން ޝާނިމ )މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޙުސައިން ޝާނިމ"(އެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
2ޙުސައިން ޝާނިމ އާއު އިތުރު ބަޔަކު ބައިވެރިވެގެން މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 02 ޖުލައި 2025 ދުވަހު ޙުސައިން ޝާނިމު ހައްޔަރުކޮށްފައިވެއެވެ.
3އެއަށްފަހު، ދެފަހަރު މަތިން ޙުސައިން ޝާނިމުގ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. އެގޮތުން، އެންމެފަހުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ގަވާއިދު ނަންބަރ 2021-SC-REG-01 )ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު(ގެ 13 ވަނަ މާއްދާގެ )ނ(ގެ 3 ވަނަ ނަންބަރާއި، 4 ދރކ ނަންބަރު 268516A. ކްރިމިނަލް ކޯޓުގެ ނަންބަރު J/HA/2025/428-145 )02 ޖުލައި 2025( ކޯޓު އަމުރު. މީގެފަހުން "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ކަމަށް ބުނެފައި. ވަނަ ނަންބަރުގައިވާ ކަންކަން ފުރިހަމަވާކަމަށް ބެލެވޭތީ، މުޖުތަމަޢުގެ ސަލާމތަށ ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައެވެ.
4އެއަށްފަހު، މި ސަބަބުތަކަށް ހަވާލާދީ ޤާނޫނު ނަންބަރު 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 60 ވަނަ މާއްދާގެ )ކ(ގެ ދަށުން 30 ދުވަހަށް ބަންދުކުރުމަށް އެދި ފުލުހުންގެ ފަރާތުން ހުށަހެޅުމުން،ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/MA/2025/1473 )23 ޖުލައި 2025( ކޯޓު އަމުރުން ނިންމާފައިވަނީ ޙުސައިން ޝާނިމ ޝަރުޠުކުރުމަށްފަހު ބަންދުން ދޫކުރުމަށެވެ. އެ އަމުރުގައި ބަންދުން ދޫކުރުމަށް އަމުރުކުރި ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ، "ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާކަމަށް ދެކެން. މީނާ ބަންދެގައ ހޭދަކުރި މުއްދަތަށާއި މީނާގެ ކުށުގެ ރެކޯޑެއް ނެތަތީ އާއި މީނާއަކީ ކުށުގެ ވެށީގައި އުޅޭ މީހެއްކަމަށް ބެލެވޭނީ ހެއްކެއް ސަބަބެއް ހުށަހެޅިފައި ނެތަތީ އާއި މީނާއާއި ގަރާޖުނ ފެނުން ތަކެއްޗާ ގުޅުވާލެވޭ ނިސްބަތަށާއ އަދި މ މައްސަލާގައި ފެނުނު ތަކެތީގެ ބަރުދަނަށް ރިޢާޔަތްކުރާއިރު މީނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ." މިފަދައިންނެވެ.
5މ ޤަޟިއްޔާއިން ބަލާފައިވަނީ ބުނެވިދިޔ އަމުރުގެ އިސްތިއުނާފެވެ. އިސްތިއުނާފީ ނުކުތާ:
6ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/1473 )23 ޖުލައި 2025( ކޯޓު އަމުރުނެރެފައިވަނ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އ ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2025/1344-145 )08 ޖުލައި 2025( ކޯޓު އަމުރު. މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު" ކަމަށް ބުނެފައި. ދިވެހި ފުލުހުންގެ ޚިދުމަތުގެ ރިފަރެންސް ނަންބަރު MF/211394 )22 ޖުލައި 2025( ބަންދާމެދު ގޮތެއްނިންމުމަށް އެދި ހުށަހަޅާ ފޯމު. ނިންމުން އިސްތިއުނާފު ކުރުމަށް 01 )އެކާއެ( ނުކުތާ ހުށަހަޅައާއެނުކުތުއާމެދެދިވެހިރާއްޖޭގެހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅ؛
1.6.ނުކުތާއަކީ: އިސްތިއުނާފުކޮށްފައިވ އަމުރަކާ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވެނ މާއްދާގަ )ނ( އާއި، ޤާނޫނުއަސާސީގެ 143 ވަން މާއްދާގަ )ރ( އާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފކުރު ފަރާތުން އެދގޮތޭ :
7ދައުލަތުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/MA/2025/1473 )23 ޖުލައި 2025( ކޯޓު އަމުރަކީ ބާޠިލުއަމުރެއްކަމަށް ކަނޑައަޅައި، ޙުސައިން ޝާނިމުގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަށުކޯޓަށް ހުށަހަޅައިފިނަމަ، އެކަށީގެންވާ އަވަސް މުއްދަތެއްގައި ބަންދާމެދު ގޮތެއް ނިންމުމަށް އަމުރުކޮށްދިނުމށެވެ. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކައިގެ ޚުލާޞާ
8އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.8.ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ ނ) ( އަށް ބަލާއިރު، ތުހުމަތުކުރެވޭ މީހާ ކުށްކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ބެލެވޭނަމަ، އެ މީހަކީ ބަންދުކުރަންޖެހޭ މީހެއްކަމަށެވެ. މިއީ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައިވެސް ޝަރަހަކޮށްދީފައިވ ކަންކަނާ ކަމަށެވެ.
8.2.ދައުލަތުން ދެކޭގޮތުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައިވާ ކަންކަން މި މައްސަލައިގައި ފުރިހަމަވާކަމަށެވެ. މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެއްޗާ ޙުސައިން ޝާނިމުއާ ގުޅުވާލުވޭ ހެކި ހުށަހަޅާފައިވާނެކަމަށާއ އެގޮތުން މަސްތުވާތަކެތި ފެނިފައިވާ ތަންތަނަށް ވަދެފައިވަނީ ޙުސައިން ޝާނިމުގެ އަތުން ފެނުނު ތަޅުދަނޑިއަކުން ކަމަށެވެ. އަދި މަސްތުވާތަކެތި ފެނުނު ދެ ތަނުންވެސ ޙުސައިން ޝާނިމުގެ އަމިއްލަ ތަކެތި ފެނިފައިވާ ކަމަށެވެ.މި މައްސްލައިގައި މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ޢާންމުކޮށަ ކިރަން ބޭނުންކުރާ ޑިޖިޓަލް ކައްޓާއަކާއި، ރަބަރު ޕެކެޓުތަކާއި، ސީލް މެޝިނެއ ފުލުހުންނަށް ފެނިފައިވާކަމަށެވެ. އަދި އިންޓެލް ރިޕޯޓުގައި ޙުސައިން ޝާނިމު މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.ބަންދުން ދޫކުރުމަށް ނިންމް އަމުރުގައި ޙުސައިން ޝާނިމުއާ އެއްކޮޅަށް ހުރި ސަބަބުތައް ބަޔާންކޮށްފައިވީނަމަވެސް، އޭނާއާ ދެކޮޅަށް ހުރި ކަންކަން ޤާޟީ ބަލާފައިވާކަން ސާފު ނުވާކަމަށާއި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތްކަން ނަފީވާ ވަރުގެ ސަބަބެއް އިސްތިއުނާފުކޮށްފައިވ ނިންމުމުގައި ނެތްކަމަށެވެ.
9އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.9. ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފުގައި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގައި ބަޔާންކޮށްފައިވާފަދަ ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓަކުން ވަންނަންޖެހޭފަދ ޤާނޫނަ ސަބަބެއް ހުށަހަޅާފައިނުވާ ކަމަށެވެ.
2.9.ބަންދާމެދު ގޮތެއު ނިންމް މަޖިލީހަކީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގޮތެއް ނިންމާ މަޖިލީހަކަށް ވާތީ، ނިންމުމަށް ވާޞިލުވި ސަބަބު ތަފްޞީލުކޮށް ބަޔާންކުރުމަކީ އުނދަގޫ ކަމެއްކަމަށެވެ. އިސްތިއުނާފުކޮށްފައިވާ އަމުރުގައި ޖުމްލަކޮށް ސަބަބު ބަޔާންކޮށްފައިވާ ކަމަށެވެ.
3.9.މ މައްސަލައިގައި ދެތަނަކުން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، މަސްތުވާތަކެތި ޢާންމުކޮށް ކިރަން ބޭނުންކުރާ ޑިޖިޓަލް ކައްޓާއަކާއި، ރަބަރު ޕެކެޓުތަކާއި، ސީލް މެޝިން ފެނިފައިވަނީ ޙުސައިން ޝާނިމ މަސައްކަތްކުރާ ގަރާޖުން ކަމަށާއި، އެތަނަކީ އެހެން ފަރާތްތަކުނޭވެސް ވަދެ ނިކުމެ ހަދާތަނެއް ކަމަށެވެ. ނިންމުމުގައި ގަރާޖުނ ފެނުން ތަކެއްޗާ ގުޅުވާލެވޭ ނިސްބަތަށް ރިޢާޔަތްކޮށްފައިވާތީ ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގެ 3 ވަނަ ނަންބަރަށް ރިޢާޔަތްކޮށްފައިވާކަން އެނގޭކަމަށެވެ.
4.9.މައްސަލައިގައި ފެނުނު ތަކެތީގެ ބަރުދަނަށް ރިޢާޔަތްކޮށްފައިވާކަމަށް އިސްތިއުނާފުކޮށްފައިވާ އަމުރުގައި ބަޔާންކޮށްފައިވާތީ އެއީ، މައްސަލައިގައި ދެން މަސްތުވާތަކެތި ފެނުނު ޙުސައިން ޝާނިމު ދިރިއުޅޭ ކޮޓަރިނ ފެނުން މަސްތުވާތަކެއްޗަށް ރިޢާޔަތްކޮށް ކަމަށް ބެލެވޭކްމަށާއި، އެތަނުން ފެނުނު ތަކެތީގެ ބަރުދަން އާމްކޮށ ހުށަހެޅް މައްސަލަތަކުގައި ހުންނަ ބަރުދަނާއި މާބޮޑު ތަފާތެއް ނެތުމުން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގެ 4 ވަނަ ނަންބަރަށް ރިޢާޔަތްކޮށްފައިވާކަން އެނގޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުނު އެދޭގޮތް:
10އިސްތިއުނާފު ރައްދުވު ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/MA/2025/1473 ކޯޓު އަމުރަކީ، ޝަރުޢީ އަދި ޤާނޫނީ އުސޫލާ ޚިލާފަށް ނެރެފައިވާ އަމުރަކަށްނުވާތީ، އެ އަމުރު ބާޠިލްކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައަ : 11މ. މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، އިސްތިއުނާފުރައްދުވ ފަރާތުން މި މައްސިލއިގައ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގައި ބަޔާންކޮށްފައިވާފަދަ ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓަކުން ވަންނަންޖެހޭފަދަ ޙާލަތެއް ދައުލަތުން ބަޔާންކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ނަޒަރުކުރަން ގަސްތުކުރަމެވެ.
12މ ހުށަހެޅުމަށް ރައްދުދެމުން ދައުލަތުން ބުނެފައިވަނީ، ކޮންމެ މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ގަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަން ކަނޑައެޅިގެން ނުކުތާ ހުށަހަޅާއިރު ބަޔާންކުރަންނުޖެހޭނެކަމަށެވެ. އެހެންނަމަވެސް، އެ ޤަޟިއްޔާގައިވާ ކަންކަމަށް ބަލާއިރު ދަށުކޯޓުގެ ފަނޑިޔާރު ގޮތް ނިންމެވީ ރަނގަޅުނޫން އުޞޫލަކަށް ބިނާކޮށްގެން ކަމަށްވުމުގެ ތެރެއަށް ދައުލތުގ ނުކުތެ ފެތޭކަމަށް ބުނެފައިވެއެވެ.
13ޕްރިސިޑެންސް 1ޙަޤީޤަތަކީ،އިސްތިއުނާފު ބިނާކޮށްފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށްގެން އ މައްސަލައެއްގެ ވަށައިގެންވާ ޙާލަތުތަކާއި ކަންކަމަށް ރިޢާޔަތްކޮށްގެން ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަމެއްގެ މައްޗަށް ކަމަށްވާނަމަ، އެ އިޚްތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް ވަނުމަކީ މަދު ޙާލަތެއްގައި މެނުވީ އިސްތިއުނާފީ ކޯޓުން ކުރާނެ ކަމެއް ނޫންކަމެވެ. އަދި މި މަދު ޙާލަތްތައް، ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމަޤޟިއްޔާގައަ ޝަރަޙަކޮށްފައިވެއެވެ. މިފަދަ އިސްތިއުނާފެއް ހުށަހަޅާނަމަ، އެފަދަ ޙާލަތެއްވާކަން، އަދި މައްސަލައަކީ އިސްތިއުނާފީ އޮޅި ގިރާކުރާ މައްސަލައެއްކަން ކޯޓަށް ބަޔާންކޮށްދިނުމަކީ އިސްތިއުނާފު ހުށަހަޅާ ފަރާތުގެ ޒިއްމާއެކެވެ. އިސްތިއުނާފ ނުކުތާގައިވާ ހުށަހެޅުން ބިނާކުރާ އަސާސަކީ ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންކޮށްފައިވާގޮތް ނުރަނގަޅުވުން ކަމަށްވާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ކަނޑައަޅާފައިވާ 4 )ހަތަރެއް( ޙާލަތުގެ ތެރެއިން އެ މައްސަލަ ފެތެނީ ފަނޑިޔާރުގެ އިޚްތިޔާރު ނުރަނގަޅުވާ ކޮންޙާލަތަކަށްކަން އިސްތިއުނާފު ފޯމުން އެކަށީގެންވާ ގޮތެއްގައި އެނގެންވާނެކަމަށް މި ކޯޓުގ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތެއް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.ވީމާ، މިއީ، މިފަދަ އިސްތިއުނާފެއް ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭ ގޮތްކަމަށް އިސްތިގރާރުވެފައިވާ އުޞޫލެވެ.
14ޕްރިސިޑެންސް 2ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފު ފޯމަށް ބަލާއިރު، އެންމެ އެދެވޭ ގޮތެއްގައި، އެންމެ ފުރިހަމައަށް، ބުނެވިދިޔ ކަންކަނަ ފުރިހަމަވާކަމަށް އަހުރެން ނުދެކެމެވެ. ނަމަވެސް، ޖުމްލަގޮތެއްގައި އިސްތިއުނާފު ފޯމާއި، ޝަރީޢަތުގައި ދެކެވުނު ވާހަކައާއި، ޝަރީޢަތުން ކޮށްފައިވާ ސުވާލުތަކާ ގުޅިގެން ދެކެވުނު ވާހަކަތަކަށް ނަޒަރުކޮށް، ހުށަހަޅާފައިވާ އިސްތިއުނާފ މެދާ ގޮތެއު ކަނޑައަޅަންޖެހޭކަމަށް އަހުރެން ދެކެމެވެ.
15ދައުލަތުގެ މައިގަނޑު ބަހުސަކީ، ޙުސައިން ޝާނިމު ބަންދުކުރުމަށް އެދި ފުލުހުން ހުށަހެޅި ފޯމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ބަހުސެކެވެ. ވަކިން ޚާއްސަކޮށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައިވާ ކަންކަން މި މައްސަލައިގާ ފުރިހަމަވާކަމަށް ދެކި ފުލުހުންގެ ފަރާތުން ހުށަހެޅުމުން އެކަންކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.
16އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ޙުސައިން ޝާނިމު ބަންދުން ދޫކޮށްލަން އަމުރުކުރި ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ހައިކޯޓުގެ ނަންބަރު 2023/HC-B12/14,16 ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފް. "ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާކަމަށް ދެކެން. މީނާ ބަންދުގައި ހޭދަކުރި މުއްދަތަށާއި މީނާގ ކުށުގެ ރެކޯޑެއް ނެތަތީ އާއި މީނާއަކީ ކުށުގެ ވެށީގައި އުޅޭ މީހެއްކަމަށް ބެލެވޭނެ ހެއްކެއް ސަބަބެއް ހުށަހެޅިފައި ނެތަތީ އާއި މީނާއާއި ގަރާޖުނ ފެނުން ތ ކެއްޗާ ގުޅުވާލެވޭ ނިސްބަތަށާއ އަދި މި މައްސަލާގައި ފެނުނު ތަކެތީގެ ބަރުދަނަށް ރިޢާޔަތްކުރާއިރު މީނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ."
17ޕްރިސިޑެންސް 3މ މައްސަލައިގައި މީގެކުރިން ޙުސައިން ޝާނިމު ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ޙުސައިން ޝާނިމު ބަންދުކުރުމަށް ކޮށްފައިވާ އަމުރުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގެ 3 ވަނަ ނަންބަރާ ހަވާލާދީ މީނާއަށް ފުރިހަމައަށް އެކްސެސްއޮތ ތަނެއްގައި ގިނަ އަދަދަކަށް މަސްތުވާތަކެތި ހުރެފައި ތުހުމަތުކުރެވޭ އިސްފަރާތަކީވެސ މީން ކަމަށާ ބަޔާންކޮށްފައިވެއެވެ. އަދި އެ މާއްދާގެ 4 ވަނަ ނަންބަރާ ހަވާލާދީ ގިނަ އަދަދެއްގެ މަސްތުވާތަކެތި )އެކި ބާވަތް( ފެނުމާއި، ޖިނއާ ބޮޑީ މައްސަލައެއްގެ ކެޓަގަރީއަށް ފެތުނ ކަމަށް ބަޔާންކޮށްފައިވެއެވެ.އަދި ހަމަ އެ ދެ ނަންބަރުގައިވާ ކަންކަން ފުރިހަމަވާތީ، ޙުސައިން ޝާނިމ 15 )ފަނަރަ( ދުވަހަށް ބަންދުކުރުމަށް އިތުރު އަމުރެއް ކޮށްފައިވެއެވެ.
18ވީމާ، ހަމަ އެ މާއްދާތަކާ ޙަވާލާދީ، ކުރިން ހުށަހެޅި ހެކިތަކަށްވުރެން ގިނަ ހެއްކާއެކު ޙުސައިން ޝާނިމު ބަންދުކޮށްދިނުމަށ އެދް ހުށަހެޅުމުން، ޙުސައިން ޝާނިމ ގަރާޖުނ ފެނުނު ތަކެއްޗާ ގުޅުވާލެވޭ ނިސްބަތަށާއި އަދި މި މައްސަލާގައި ފެނުނު ތަކެތީގެ ބަރުދަނަށް ރިޢާޔަތްކުރާއިރު އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ނިންމާފައިވާ ސަބަބު ސާފެއް ނޫނެވެ. އަދި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައިވާ ކަންކަމަށް ރިޢާޔަތްކޮށްފައިވަނީ ކިހިނެއްކަން އަމުރުން ސާފެއްނުވެއެވެ. ޙުސައިން ޝާނިމާ ގަރާޖުން ފެނުނު ތަކެއްޗާ ގުޅުވާލެވޭ ނިސްބަތް ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2025/1313-145 ކޯޓު އަމުރު. ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2025/1344-145 ކޯޓު އަމުރު. ކުޑަވީ ކިހިނެއްކަން އަމުރަނު އެނގެން ނެތެވެ. މިއްސަލިއގައ ފެނުނު ތަކެތީގެބަރުދަނަށ ބަދަލެއް އައިސްފައިވަންކިހިނެއަކަމެއްނުވތަ ކުރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ކަނޑައެޅި ކަނޑައެޅުން ބަދަލުވީ ކިހިނެއް ކަމެއް އިސްތިއުނާފުކޮށްފައިވާ އަމުރުން ސާފެއް ނުވެއެވެ.
19ޕްރިސިޑެންސް 4އެހެންކަމުން، މ މައްސަލައިގައި ހިމެނޭ ކަންތައްތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބުތައް ހުރްކަމަށްކުރިނ ބެލިފައިވާއިރު، އެކަން ބަދަލުވިގޮތް ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ އަމުރުން އެނގެން ނެތުމުން،ބަންދުން ދޫކުރުމަށ ނިންމި ނިންމުން ރަނގަޅުކަމުގައިނދެކެމެވ. މައްސަލަ ނިންމަން ފެންނަ ގޮތް:
20ބުނެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/1473 )23 ޖުލައި 2025( ކޯޓު އަމުރަކީ ބާޠިލުއަމުރެއްކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 2 )ދޭއް( ދުވަހުގެ ތެރޭގައިޙުސައިން ޝާނިމުގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށު އެދެދިވެހި ފުލުހުންގެ ޚިދުމަތްގ ފަރާތުންދަށުކޯޓަށް ހުށަހަޅައިފިނަމަ، އެކަށީގެންވާ އަވަސް މުއްދަތެއްގައި ބަންދާމެދު ގޮތެއް ނިންމުމަށް އަންގައި މައްސަލަ ނިންމަން ފެނެއެވެ.
21މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް ތާއިދުކުރަމެވެ. ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔް :
22އިސްތިއުނާފުކޮށްފައިވާ އަމުރަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއ އޮތްކަމަށް ފަނޑިޔާރަށް ނުފެނުން ސަބަބު، އެކަށީގެންވާ ތަފުސީލަކ އެކި ބަޔާންކޮށްފައިވެއެވެ.
23ދައުލަތުނ ހުށަހަޅާފައިވް އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށް ކަނޑައެޅުމުގައި ފަނޑިޔާރު ޚިލާފުވެފައި ވަނަ ކަނޑައެޅިގެން ކޮން ގާނޫނީ އުސޫލަކާކަން އެކަށީގެންވާ ގޮތެއްގައްބަޔާންކޮށްދެވިފައި ނުވެއެވެ. ދަށުކޯޓުން ހަދާފައިވާ ކަމަށް ފެންނަ ގޯހާ ގުޅޭގޮތުން ބުރަދަން ހުރި ގާނޫނީ ބަހުސެއް ދައުލަތަށް ހުށަހެޅިފައި އޮތް ތަނެއް ނުފެނެއެވެ. ދައުލަތުގެ އިސްތިއުނާފީ ނުކުތާ ބިނާކޮށްފައި ވަނަ،އިސްތިއުނާފ ރައްދުވު ފަރާތާ ބަންދުގައި ބްހައަ ޓަނީޖެހޭ ކަމަށް ދައުލަތަށް ފެންނައިރު، އެކަން ފަނޑިޔާރަށް ގަބޫލުކުރެވިފައި ނުވާތީ ކަމުގައި ފެނެއެވެ. ފަނޑިޔާރަށް ފެންނަ ގޮތް ދައުލަތަށް ނުފެންނަނީއެވެ.
24އުސޫލެއްގެ ގޮތުން، ދަށު ކޯޓުގެ ހުކުމެއް ނުވަތަނިންމުމެއް މި ކޯޓުގައި އިސްތިއުނާފު ކުރެވޭނީ، އިސްތިއުނާފށ ހުށަހަޅް ހުކުމް ނުވަތެނިންމުން ބިނެވާފައ ވަނި ގާނޫނީ ހިލާފަށްކަމަށް ގަބޫލުކުރެވޭނ ސަބަބުތަކެއް ހުރުމާއި، ގާނޫނު ތަތުބީގުކުރުމުގައ ނުވަތި ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ގަބޫލުކުރެވޭނެ ކަންކަން ހުރުމާއި، ކޯޓުގެ ނިންމުމުގެ ކުރިއަށް އައި އިޖުރާއތެއްގައ ހިމެނި ވަކި ބާވަތްތަކެއްގެއައިބއްގެ ސަބަބުން ކޯޓުގެ ހުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާތިލެ އިޖުރާތެއް ކަމުގައިވުމާއި، މި ހާލަތްތަކުންކުރެ ހާލަތެއްގައެވެ.
25ވީމާ، ބަންދާމެދު ދަށު ކޯޓުގެ ފަނޑިޔާރު ނިންމާ ނިންމުމެއް އިސްތިއުނާފަށް ހުށަހަޅަން ވާނީ، ބަންދާމެދު ގޮތެއް ނިންމުމުގައި، ގާނޫނީ ޚިލާފެއްވާކަމަށ ނުވަތް ގާނޫނު ތަތުބީގު ކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ކޯޓުގެ ނިންމުމަށްއަސަރުކުރުވަނިވި އިޖުރާއީ ގޯހެއް ހިނގާފައިވާކަމަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ހަމަ ހަގީގަތުގައި ވެސް ގަބޫލުކުރެވިގެންނެވެ. އެއްވެސ ހާލެއްގައި، އިސްތިއުނާފީ މަރުހަލާއަކީ ބަންދާމެދު ގޮތެއް ނިންމުމަށް ހޯދޭ ދެވަނަ ފުރުސަތެއް ކަމުގއ ދެކިގެނެއް ނޫނެވެ.
26އިސްތިއުނާފީ ނުކުތާ ބިނާކޮށްފައި ވަނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން އެ މައްސަލައެއްގެ ވަށައިގެންވާ ހާލަތުތަކާއި ކަންކަމަށް ރިއާޔަތްކޮށްގެނ ދަށް ކޯޓުގު ފަނޑިޔާރު އިހުތިޔާރުކޮށ ގޮތެއް ކަނޑައަޅަންޖެހޭ ކަމެއްގެ މައްޗަށް ކަމަށްވާނަމް، ދަށު ކޯޓުގެ ފަނޑިޔާރު އެ އިހުތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް ވަނުމަކީ މަދު ހާލަތެއްގައި މެނުވީ އިސްތިއުނާފީ ކޯޓުން ކުރާނޭ ކަމެއް ނޫން ކަމަށ ބަޔާންކޮށް، އެ ފަދަ އިހުތިޔާރެއްގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަންނަން ވާނެ ހާލަތްތައް ސުޕްރީމް ކޯޓުގެ ޕްރސިކިއުޓަރޮޖެނެރަލްގެ އޮފީސް ވ.އޚމުގަޒިއްޔާގައިކަނޑައަޅާފައިވާއިރު، އިސްތިއުނާފ ގާނޫނު ނަންބަރު 22/2010 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ގާނޫނު(ގެ 43 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރަނީ އަންނަނިވި ބާވަތްތަކެވެ. )1( އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން )2( ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސް އަޅާފަދ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން )3( ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން )4( ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން ގާނޫނު ނަންބަރު 22/2010 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ގާނޫނު(ގެ 43 ވަނަ މާއްދާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފް ރައްދުވާ ފަރާތގު ބަންދާމެދު ގޮތެއް ނިންމުމުގައި ދަށުކޯޓުގެ ފަނޑިޔާރު ހިޔާރުކުރި ގޮތުގެ ތެރެއަށް ވަންނަން ޖެހޭފަދަ، ހަވާލާދެވުނު ގަޒިއްޔާގައި ބަޔާންވެފައިވާފަދިހާލަތެއް އޮތްކަންމި އިސްތިއުނާފުގައިދައުލަތަށ ދެއްކިފައވ ކަމަށާ އަހުރެންނަށް އެއްބަހެއް ނުވެވެއެވެ.
27މިހެންވެ އަހުރެން ދެކެނީ އިސްތިއުނާފުކޮށްފައިވ އަމުރާ ބާތިލުކުރާނެ ތަނެއް ނެތް ކަމަށެވެ.
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ، 60 ވަނަ މާއްދާގެ (ށ) އަދި (ކ)
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ) ގެ 3 އަދި 4 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ (ޚިލާފު ރައުޔު)
- ސުޕްރީމް ކޯޓުގެ 2020/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ) ޤަޟިއްޔާ، 15 ވަނަ ޕެރެގްރާފް
- ސުޕްރީމް ކޯޓުގެ 2020/SC-A/93 ޤަޟިއްޔާ
- ހައިކޯޓުގެ 2023/HC-B12/14,16 (ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތެއް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާ
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢާއިޝަތު ރީޝާ، މުޙައްމަދު އަފްރާޙް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޠާހާ މުޙައްމަދު، މުޙައްމަދު ސަމާޙު
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން