ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-B12/27
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ވަޙީދު، 2021/HC-B12/27
Prosecutor General v. Ali Waheed 2021/HC-B12/27 (2021/HC-B12/27, High Court of the Maldives, 8 July 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ވަޙީދު
މައްސަލައިގެ ޚުލާޞާ
ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތް ނުހިންގޭނެކަމަށް ޤާނޫނުގައި ނެތުމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 163-1 އާއި ސުޕްރީމް ކޯޓުގެ ވީޑިއޯ ކޮންފަރެންސިންގ ގަވާއިދުގެ ދަށުން ކުރިއަށް ގެންދެވިދާނެކަމަށް ބުނެ، އިސްޤާޟީގެ ލަފައާއެކު ކްރިމިނަލް ކޯޓުން ނިންމިއެވެ.
ބޭރުގައި ހުރި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީޢަތް، އޭނާ އެދުމުން ރާއްޖޭގެ އެމްބަސީއަކުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ސިޓީއަކުން ދައުލަތަށް އެންގިއެވެ. އެ ނިންމުން ދައުލަތުން އިސްތިއުނާފުކުރިއެވެ.
ދައުލަތުން ބުނީ ނިންމުމަކީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާމެދު ނިންމި ނިންމުމެއް ނޫން އިޖުރާއީ ނިންމުމެއް ކަމަށާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 172 ވަނަ މާއްދާއިން 168 (ރ) ގެ ނިންމުންތައް އިސްތިސްނާކުރާތީ އިސްތިއުނާފުކުރެވޭނެ ކަމަށާއި، މި ޝަރީޢަތް އޮންލައިންކޮށް ނުވަތަ ޣައިރު ޙާޟިރުގައި ނުހިންގޭނެ ކަމަށެވެ.
މައިގަނޑު ސުވާލު
ބޭރުގައި ހުރި މުއްތަހަމަކު ރާއްޖޭގެ އެމްބަސީއަކުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިކޮށްގެން ޝަރީޢަތް ހިންގުމަށް ކްރިމިނަލް ކޯޓުން ނިންމި އިޖުރާއީ ނިންމުމެއް، މައްސަލަ މައުޟޫޢީ ގޮތުން ފައިސަލާކުރުމުގެ ކުރިން ދައުލަތަށް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެތޯ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު
168 (ރ) ކިޔަންވާނީ (ނ) އާއެކު ކަމުން، އިސްތިސްނާ ހިމެނެނީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ނިންމުންތަކެވެ. އެހެން އިޖުރާއީ ނިންމުންތައް އިސްތިއުނާފުކުރެވޭނީ މައުޟޫޢީ ޙުކުމަށްފަހުގައި ކަމުން، މި މައްސަލަ އިސްތިއުނާފެއްގެ ގޮތުގައި ކުރިއަށް ނުގެންދެވޭނެއެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާ އަދި 39 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ށ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 168 ވަނަ މާއްދާގެ (ނ) އަދި (ރ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 172 ވަނަ މާއްދާ
- ބެންޗު
- ޙަސަން ޝަފީޢު، ޙުސައިން މަޒީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ނެތް