ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/46
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ރިފްޝާން، 2023/HC-A/46
Prosecutor General v. Ahmed Rifshaan 2023/HC-A/46 (2023/HC-A/46, High Court of the Maldives, 6 October 2026)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ރިފްޝާން
މައިގަނޑު ސުވާލު
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 21/M8C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2023/HC-A/46
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 01 ފެބްރުއަރީ 2023 ބާޠިލްކުރި ތާރީޚް: 06 އޮކްޓޯބަރ 2026
4އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
5އިސްތިއުނާފު ރައްދުވާ ފަރާތް:
ފުރިހަމަ ނަން: އަޙްމަދު ރިފްޝާން
6ހުށަހެޅިފައިވާ މައްސަލަ:
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 21/M8C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިގޮތް:
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 21/M8C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/46 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/46 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅިފަހުން، އިސްތިއުނާފު ރައްދުވާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، އެ އޮފީހުގެ ފަރާތުން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 21/M8C/2020 ޤަޟިއްޔާ މުރާޖަޢާކޮށް ބެލިއިރު، މި މައްސަލައިގެ ހާދިސާ ހިނގައިދިޔަފަހުން 6 (ހައެއް) އަހަރު ފާއިތުވެފައިވާތީއާއި، މި މައްސަލައިގައި ދައުލަތަށް މާލީގެއްލުމެއް ލިބިފައިނުވާތީއާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ އިތުރު ކުށުގެ ރިކޯޑެއް ނެތަތީއާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރުމަށްއެދި ހުށަހެޅިފަހުން ގާތްގަނޑަކަށް 4 (ހަތަރެއް) އަހަރުވެފައިވުމާއި، އިސްތިއުނާފީ ނުކުތާތަކުގައިވާ ކަންކަމަށް މަތީމަރުޙަލާގެ ނިންމުންތަކުން ޙައްލު ލިބިފައިވާތީ، މި މައްސަލަ އިތުރަށް ކުރިއަށް ގެންދިޔުމުގެ މަސްލަޙަތެއްނެތަތީ، މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ނ)ގެ ދަށުން މި މައްސަލަ ބާޠިލު ކޮށްދިނުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2026/228 (04 އޮކްޓޯބަރ 2026) ސިޓީއިން އެދިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/46 ޤަޟިއްޔާ ހުށަހެޅުމަށްފަހު، 21 ޖޫން 2023 އިން ފެށިގެން 17 އޮގަސްޓު 2026 އާދެމެދު މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާއިރު، އޭގެތެރެއިން ގިނައަޑުއެހުންތަކެއް ކެންސަލްކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަކީލުގެ އެދުމުގެމަތިންކަން މި ކޯޓުގެ އިދާރީ ލިޔުންތަކުން ދައްކައެވެ.
މި މައްސަލައިގައި ދައުލަތުން އެދިފައިވާގޮތަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/46 ޤަޟިއްޔާއިން ބަލަމުން ގެންދިޔަ އިސްތިއުނާފުގެ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011ގެ 35 ވަނަ މާއްދާގެދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ނ)
- ބެންޗު
- ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ (ރިޔާސަތު)، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 1 ފެބުރުއަރީ 2023 · ނިމުނީ 6 އޮކްޓޫބަރު 2026 (44.1 މަސް)