ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/01
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް، 2024/HC-A/01
Prosecutor General's Office v. Not specified 2024/HC-A/01 (2024/HC-A/01, High Court of the Maldives, 26 January 2026)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް
މައިގަނޑު ސުވާލު
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/S4C/2021 ޤަޟިއްޔާގެ 'ކޯޓުގެ ޙުރުމަތް ކެނޑުމާމެދު ނިންމިގޮތް' އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ނިންމުން ދަށު ކޯޓުން ބާޠިލުކުރުމުން)
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-A/01
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 03 ޖަނަވަރީ 2024 – ބާޠިލުކުރި ތާރީޚް: 26 ޖަނަވަރީ 2026
6އިސްތިއުނާފް ކުރި ފަރާތް:
ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
7އިސްތިއުނާފް ރައްދުވި ފަރާތް:
ފުރިހަމަ ނަން: ނެތް
8ހުށަހެޅިފައިވާ މައްސަލަ:
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/S4C/2021 ޤަޟިއްޔާގެ 'ކޯޓުގެ ޙުރުމަތް ކެނޑުމާމެދު ނިންމިގޮތް' އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
9ހައިކޯޓުން ނިންމި ގޮތް:
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/S4C/2021 ޤަޟިއްޔާގެ 'ކޯޓުގެ ޙުރުމަތް ކެނޑުމާމެދު ނިންމިގޮތް' އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން ބެލުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/01 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގައި، އިސްތިއުނާފު ކޮށްފައިވާ ނިންމުން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން މުރާޖައާކޮށް އެ ނިންމުން ބާޠިލުކޮށްފައިވާތީ، އެ ނިންމުމާ ގުޅޭ އިސްތިއުނާފު ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތުމުން، މި މައްސަލައިގެ އިސްތިއުނާފު އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާތީ، އިސްތިއުނާފު ފޯމު ބާޠިލުކޮށްދިނުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފޮނުވި، އެ އޮފީހުގެ ނަންބަރު: 196-A/95/2026/7 (07 ޖަނަވަރީ 2026) ގެ ސިޓީއާ ގުޅިގެން، ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ނ)ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/01 ޤަޟިއްޔާގެ ދަޢުވާ ފޯމު، ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
10މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު އިބްރާހީމް މާހިރު
ފަނޑިޔާރު ޙަސަން ޝަފީޢު (ރިޔާސަތު)
ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
- ބެންޗު
- އިބްރާހީމް މާހިރު، ޙަސަން ޝަފީޢު (ރިޔާސަތު)، ޢަބްދުﷲ ޖަމީލް މޫސާ
- ރިޔާސަތު
- ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 3 ޖަނަވަރީ 2024 · ނިމުނީ 26 ޖަނަވަރީ 2026 (24.8 މަސް)