ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/83
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަޞްރުﷲ މުޞްޠަފާ، 2023/HC-A/83
Prosecutor General's Office v. Nasruﷲ Mustafaa 2023/HC-A/83 (2023/HC-A/83, High Court of the Maldives, 21 October 2025)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަޞްރުﷲ މުޞްޠަފާ
މައިގަނޑު ސުވާލު
ކްރިމިނަލް ކޯޓުގެ ނަންބަރު 934/Cr-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2023/HC-A/83
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 މާރޗް 2023 – ބާޠިލުކުރި ތާރީޚް: 21 އޮކްޓޯބަރ 2025
4އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
5އިސްތިއުނާފު ރައްދުވި ފަރާތް:
ފުރިހަމަ ނަން: ނަޞްރުﷲ މުޞްޠަފާ
6ހުށަހެޅިފައިވާ މައްސަލަ:
ކްރިމިނަލް ކޯޓުގެ ނަންބަރު 934/Cr-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
ކްރިމިނަލް ކޯޓުގެ ނަންބަރު 934/Cr-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/83 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/83 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅިފަހުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 934/Cr- C/2017 ޤަޟިއްޔާ މުރާޖަޢާކޮށް ބެލިއިރު، މި މައްސަލައިގެ ހާދިސާ ހިނގައިދިޔަފަހުން 9 (ނުވައެއް) އަހަރު ފާއިތު ވެފައިވާތީއާއި، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީގައި ޙައްލެއް ބޭނުންވާ ޚާއްޞަ ޤާނޫނީ ބަހުސެއް ނެތަތީއާއި، މައްސަލަ ކުރިއަށްގެންދަން ބޭނުންނުވާކަމަށް އަނިޔާ ލިބުނު މީހާގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މަޢުލޫމާތު ދީފައިވާތީ، މި މައްސަލަ ކުރިއަށް ނުގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ނ)ގެ ދަށުން މި މައްސަލަ ބާޠިލު ކޮށްދިނުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2025/247 (05 އޮގަސްޓު 2025) ސިޓީއިން އެދިފައިވެއެވެ.
މި މައްސަލައިގައި ދައުލަތުން އެދިފައިވާގޮތަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/83 ޤަޟިއްޔާއިން ބަލަމުން ގެންދިޔަ އިސްތިއުނާފުގެ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ނ)
- ބެންޗު
- މުޙައްމަދު ނިޔާޒް، ދީބާނާޒް ފަހުމީ (ރިޔާސަތު)، ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 5 މާރިޗު 2023 · ނިމުނީ 21 އޮކްޓޫބަރު 2025 (31.6 މަސް)