ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/73
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝަރީފް، 2025/HC-B12/73
Prosecutor General's Office v. Mohamed Shareef 2025/HC-B12/73 (2025/HC-B12/73, High Court of the Maldives, 6 November 2025)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝަރީފް
މައިގަނޑު ސުވާލު
ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު E12C/MA/2025/11 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2025/HC-B12/37
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމް
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 30 އޮކްޓޫބަރު 2025 – ބާޠިލުކުރި ތާރީޚް: 06 ނޮވެންބަރު 2025
4އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
5އިސްތިއުނާފު ރައްދުވި ފަރާތް:
ފުރިހަމަ ނަން: މުޙައްމަދު ޝަރީފް
6ހުށަހެޅިފައިވާ މައްސަލަ:
ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު E12C/MA/2025/11 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު E12C/MA/2025/11 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ މި ކޯޓުން ބަލަމުންދަނީ މި ކޯޓުގެ ނަންބަރު 2025/HC-B12/37 ޤަޟިއްޔާއިންނެވެ.
އިސްތިއުނާފުކޮށްފައިވާ މި މައްސަލަ މުރާޖަޢާކުރުމަށްފަހު، މި މައްސަލައިގެ އިސްތިއުނާފު އިތުރަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ނިންމައި، މި މައްސަލަ ބާޠިލުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި ކޯޓަށް ސިޓީ[1] ފޮނުވާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/37 ޤަޟިއްޔާގެ ދަޢުވާ ފޯމު، މި ޤަޟިއްޔާ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
[1]ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2025/325 (05 ނޮވެންބަރު 2025) ސިޓީ
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާ
- ބެންޗު
- ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 30 އޮކްޓޫބަރު 2025 · ނިމުނީ 6 ނޮވެމްބަރު 2025 (7 ދުވަސް)