ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/49
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ވިސާމް، 2020/HC-A/49
Prosecutor General's Office v. Ahmed Visaam 2020/HC-A/49 (2020/HC-A/49, High Court of the Maldives, 1 October 2025)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ވިސާމް
މައިގަނޑު ސުވާލު
ކްރިމިނަލް ކޯޓުގެ ނަންބަރު 159/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2020/HC-A/49
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: ކެނެބިސް ޓްރެފިކްކުރުން
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 ފެބްރުއަރީ 2020 – ބާޠިލުކުރި ތާރީޚް: 01 އޮކްޓޯބަރ 2025
4އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
5އިސްތިއުނާފު ރައްދުވި ފަރާތް:
ފުރިހަމަ ނަން: އަޙްމަދު ވިސާމް
6ހުށަހެޅިފައިވާ މައްސަލަ:
ކްރިމިނަލް ކޯޓުގެ ނަންބަރު 159/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
ކްރިމިނަލް ކޯޓުގެ ނަންބަރު 159/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްގެ ފަރާތުން ހުށަހެޅި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/49 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/49 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅިފަހުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، ކްރިމިނަލް ކޯޓުގެ ނަންބަރު 159/Cr-C/2018 ޤަޟިއްޔާ މުރާޖަޢާކޮށް ބެލިއިރު، މި މައްސަލައިގެ ހާދިސާ ހިނގިފަހުން 8 (އަށެއް) އަހަރު ފާއިތުވެފައިވާތީއާއި، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފަހުން 5 (ފަހެއް) އަހަރު ފާއިތުވެފައިވާއިރު މައްސަލަ ނިމިފައިނުވާތީއާއި، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޖަވާބެއް ބޭނުންވާ ޚާއްޞަ ޤާނޫނީ ނުކުތާއެއްނެތަތީއާއި، އަޙްމަދު ވިސާމްގެ މައްޗަށް 2020 ވަނަ އަހަރަށްފަހު އިތުރު މައްސަލައެއް ހުށަހެޅިފައިނުވާތީ، މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ނ)އަށް ރިޢާޔަތްކޮށް މި މައްސަލަ ބާޠިލު ކޮށްދިނުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2025/243 (05 އޮގަސްޓު 2025) ސިޓީއިން އެދިފައިވެއެވެ.
މި މައްސަލައިގައި ދައުލަތުން އެދިފައިވާގޮތަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/49 ޤަޟިއްޔާއިން ބަލަމުން ގެންދިޔަ އިސްތިއުނާފުގެ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)
ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ނ)
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ދީބާނާޒް ފަހުމީ (ރިޔާސަތު)، ޢަބްދުﷲ ޖަމީލް މޫސާ
- ރިޔާސަތު
- ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 12 ފެބުރުއަރީ 2020 · ނިމުނީ 1 އޮކްޓޫބަރު 2025 (67.6 މަސް)