ސައިޓޭޝަން ކޮޕީ ކުރުމަށް
2026/HC-A/54
ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ޚަލީލް، 2026/HC-A/54
Petraa Gloab Distribiushan Private Limited v. Ibrahim Khaleel 2026/HC-A/54 (2026/HC-A/54, High Court of the Maldives, 21 October 2026)
ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ޚަލީލް
މައްސަލައިގެ ޚުލާޞާ
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރާމެދު ގޮތެއް ނިންމިއެވެ.
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025-K4C-CIV-49 ވަގުތީ އަމުރާމެދު ނިންމި ގޮތް އިސްތިއުނާފުކުރުމަށް ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑުން މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ފަހުން ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެ، މައްސަލަ ބާޠިލުކޮށްދިނުމަށް އެދި އިސްތިއުނާފުކުރި ފަރާތުގެ ޤާނޫނީ ވަކީލު 20 އޮކްޓޫބަރު 2026 ގައި ކޯޓަށް މެއިލް ކޮށްފައިވެއެވެ.
މައިގަނޑު ސުވާލު
މެޖިސްޓްރޭޓް ކޯޓުގެ ވަގުތީ އަމުރާމެދު ނިންމި ގޮތް އިސްތިއުނާފުކުރުމަށް ހުށަހެޅި ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް އިސްތިއުނާފުކުރި ފަރާތުން އަންގާފައިވާއިރު، އިސްތިއުނާފުގެ ދަޢުވާ ފޯމް ބާޠިލުކުރަންވީތޯ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާތީ)
އިސްތިއުނާފުކުރި ފަރާތުން ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް އަންގާފައިވާތީ ދަޢުވާ ފޯމް ބާޠިލުކުރެވުނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2026/HC-A/54
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
* ފޯމު ނަންބަރު: -
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 ފެބުރުވަރީ 2026
* ބާޠިލުކުރި ތާރީޚް: 21 އޮކްޓޫބަރު 2026
4އިސްތިއުނާފް ކުރި ފަރާތް:
* ފުރިހަމަ ނަން: ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު: C00652024
* އާއްމު ނަން: -
5އިސްތިއުނާފް ރައްދުވި ފަރާތް:
* ފުރިހަމަ ނަން: އިބްރާހީމް ޚަލީލް
* އާއްމު ނަން: ޚަލީލް
6ހުށަހެޅިފައިވާ މައްސަލަ:
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025-K4C-CIV-49 ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފު ކުރުމަށް އެދި ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025-K4C-CIV-49 ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފު ކުރުމަށް އެދި ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން މިކޯޓުގެ ނަންބަރު 2026/HC-A/54 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންނުވާކަމަށްބުނެ މައްސަލަ ބާޠިލްކޮށްދިނުމަށް އެދި އިސްތިއުނާފުކުރާ ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި މައްސަލައިގައި އައްޔަން ކޮށްފައިވާ ޤާނޫނީ ވަކީލު އަލްއުސްތާޛާ ދިޔާނާ މަޖީދު 20 އޮކްޓޫބަރު 2026 ވަނަ ދުވަހު މިކޯޓަށް މެއިލް ކޮށްފައިވާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-A/54 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
(ރިޔާސަތު)
ފަނޑިޔާރު ދީބާނާޒް ފަހުމީ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ)
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) އާއި (ނ)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ދިޔާނާ މަޖީދު
- ބެންޗު
- ޙަސަން ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)، ދީބާނާޒް ފަހުމީ
- ރިޔާސަތު
- ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 22 ފެބުރުއަރީ 2026 · ނިމުނީ 21 އޮކްޓޫބަރު 2026 (7.9 މަސް)