ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/228
އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ ވ. ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑް، 2025/HC-A/228
Oashan Eeeksel Menaa Efzedsee v. Deeesjee Shiping Inkoapareyted 2025/HC-A/228 (2025/HC-A/228, High Court of the Maldives, 19 November 2025)
އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ ވ. ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑް
މައިގަނޑު ސުވާލު
ސިވިލް ކޯޓުގެ ނަންބަރު 144-B16/VN/2721-2025/2025/02 ނިންމުން އިސްތިއުނާފުކުރުމަށް އެދި އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ ގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (ޚަޞްމުން އެއްބަސްވުމަކަށް އާދެވިގެން އަނބުރާ ގެންދިއުމަށް އެދުމުން)
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2025/HC-A/228
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: ވަގުތީ އަމުރާމެދު ނިންމިގޮތް
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 07 ސެޕްޓެންބަރު 2025 – ބާޠިލުކުރި ތާރީޚް: 19 ނޮވެންބަރު 2025
4އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ
5އިސްތިއުނާފު ރައްދުވި ފަރާތް:
ފުރިހަމަ ނަން: ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑް
6ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 144-B16/VN/2721-2025/2025/02 ނިންމުން އިސްތިއުނާފުކުރުމަށް އެދި އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ ގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
ސިވިލް ކޯޓުގެ ނަންބަރު 144-B16/VN/2721-2025/2025/02 ނިންމުން އިސްތިއުނާފުކުރުމަށް އެދި އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ މިކޯޓުން ބަލަމުންދަނީ މިކޯޓުގެ ނަންބަރު 2025/HC-A/228 ޤަޟިއްޔާއިންނެވެ.
އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ދެވަނަ ޕާޝަލް އެވޯޑުގައިވާ ފައިސާ ދެއްކުމާ ގުޅޭގޮތުން ޚަޞްމުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާތީ މި މައްސަލަ އަނބުރާ ގެނައުމަށް އެދި އިސްތިއުނާފު ހުށަހެޅިޭ ހައިކޯޓު ފަރާތުން އައްޔަންކޮށްފައިވާ ލޯ ފާމުގެ ފަރާތުން މި ކޯޓަށް ސިޓީ[1] ފޮނުވާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/228 ޤަޟިއްޔާގެ ދަޢުވާ ފޯމު، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު މުޙައްމަދު ފައިޞަލް
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
ފަނޑިޔާރު މުޙައްމަދު ނިޔާޒް
[1]މުއިޒް އެންޑް ކޯ އެލް.އެލް.ފީގެ ފަރާތުން 17 ނޮވެންބަރު 2025 ގައި މިކޯޓަށް ފޮނުވާފައިވާ ސިޓީ.
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާ
- ބެންޗު
- މުޙައްމަދު ފައިޞަލް، ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، މުޙައްމަދު ނިޔާޒް
- ރިޔާސަތު
- ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 7 ސެޕްޓެމްބަރު 2025 · ނިމުނީ 19 ނޮވެމްބަރު 2025 (2.4 މަސް)