ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/6
މުޙައްމަދު ނަޢީމް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ، 2022/HC-A/6
Mohamed Naeem v. State Bank of Indiaa 2022/HC-A/6 (2022/HC-A/6, High Court of the Maldives, 17 August 2026)
މުޙައްމަދު ނަޢީމް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ
މައިގަނޑު ސުވާލު
ސިވިލް ކޯޓުގެ ނަންބަރު 3075/CV-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާލެ، މުޙައްމަދު ނަޢީމުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2022/HC-A/6
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 03 ޖަނަވަރީ 2022 – ބާޠިލުކުރި ތާރީޚް: 17 އޮގަސްޓު 2026
4އިސްތިއުނާފް ކުރި ފަރާތް:
ފުރިހަމަ ނަން: މުޙައްމަދު ނަޢީމް
5އިސްތިއުނާފް ރައްދުވި ފަރާތް:
ފުރިހަމަ ނަން: ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް)
6ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 3075/CV-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާލެ، މުޙައްމަދު ނަޢީމުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
ހައިކޯޓުގެ ނަންބަރު 2022/HC-A/6 ޤަޟިއްޔާގައި ހުށަހަޅާފައިވާ މައުޟޫޢީ މައްސަލައިގެ ބަހުސްތައް، ދަށުކޯޓުގައި ކުރިއަށްދާ ތަންފީޒީ ޤަޟިއްޔާގެ ތެރެއިން ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ މަގު ފަހިވެފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 3075/CV-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާލެ، މުޙައްމަދު ނަޢީމުގެ ފަރާތުން ހުށަހަޅާފައިވާ ހައިކޯޓުގެ ނަންބަރު 2022/HC-A/6 ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދި މުޙައްމަދު ނަޢީމުގެ ވަކީލުގެ ފަރާތުން 17 އޮގަސްޓް 2026 ދުވަހު ސިޓީ ފޮނުވާފައިވާތީ، ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 75 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/6 ޤަޟިއްޔާގެ ދަޢުވާ ފޯމު، ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު އިބްރާހީމް މާހިރު
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)
ފަނޑިޔާރު ދީބާނާޒް ފަހުމީ
[1]މުޙައްމަދު ނަޢީމުގެ ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ޤާނޫނީ ވަކީލު އަލްއުސްތާޛު މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރުގެ ފަރާތުން 17 އޮގަސްޓް 2026 ގައި ފޮނުވި ސިޓީ
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ)
- ބެންޗު
- އިބްރާހީމް މާހިރު، މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ދީބާނާޒް ފަހުމީ
- ރިޔާސަތު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 3 ޖަނަވަރީ 2022 · ނިމުނީ 17 އޮގަސްޓް 2026 (55.4 މަސް)