ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/54
މިނިސްޓްރީ އޮފް އެޑިއުކޭޝަން ވ. މާލޭ ހައި ޕވޓ ލޓޑ، 2019/HC-A/54
Ministry of Education v. Male Hai Pvt Ltd 2019/HC-A/54 (2019/HC-A/54, High Court of the Maldives, 4 August 2021)
މިނިސްޓްރީ އޮފް އެޑިއުކޭޝަން ވ. މާލޭ ހައި ޕވޓ ލޓޑ
މައިގަނޑު ސުވާލު
އިސްތިއުނާފުކުރި ދައުލަތުން އިސްތިއުނާފު ކުރިއަށް ނުގެންދަން ބޭނުންވާކަމަށް ބުނުމުން މައްސަލަ ނިންމާނެ ގޮތާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު ފޯމުގައި 'ކައުންޓަރ އެޕީލް' ގެ ގޮތުގައި ހުށަހެޅި ނުކުތާއަކަށް ގޮތެއް ކަނޑައަޅަންޖެހޭތޯ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން މައްސަލަ އަނބުރާ ގެންދިއުމުން)
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2019/HC-A/54
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފ ކުރުމަށު އެދް ހުށަހަޅާ ފޯމް
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 ޖނަވަރަ 2019 * ބާޠިލުކުރި ތާރީޚް: 04 އޮގަސްޓް 2021
4އިސްތިއުނާފ ކުރް ފަރާތް: * ފުރިހަމަ ނަން: ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އެޑިއުކޭޝަން) * ޢާއްމު ނަން: - * ރަޖިސްޓްރީ ނަންބަރު: - * މިހާރުގެ އެޑްރެސް: […] * ދާއިމީ އެޑްރެސް: […]
5އިސްތިއުނާފ ރައްދުވް ފަރާތްތައް: * ފުރިހަމަ ނަން: މާލޭ ހައި ޕްރައިވެޓް ލިމިޓެޑް * ޢާއްމު ނަން: - * ރަޖިސްޓްރީ ނަންބަރު: 0122/2010-C * މިހާރުގެ އެޑްރެސް: […] * ދާއިމީ އެޑްރެސް: […]
6ހުށަހެޅިފައިވާ މައްސަލަ: ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/2898 ޤަޟިއްޔާ އިސްތިއުނާފކުރުމަށު އެދި ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އެޑިއުކޭޝަން) ގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
ތާއީދުކުރައްވައެވެ.
1. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގ އެދުމުގެ މަތީން މަންދު ކޮލެޖް ހިންގާ ޢިމާރާތަށް އަރަބިއްޔާ ސްކޫލް ބަދަލުކުރު މށްޓަކައަ 06 އެޕްރީލް 2010 ގައި އެއްބަސްވުމެއް ވެވުނެވެ. މި އެއްބަސްވުމުގެ މުއްދަތެއްގެ ގޮތުގައި އެއްބަސްވުމުގައިވަނީ 31 ޑިސެނބަރް 2011 ގެ ނިޔަލަށެވެ. 29 ޑިސެނބަރް 2011 ގައި މި އެއްބަސްވުމަށް އިސްލާޙުގެނެސްފައިވެއެވެ. އެ އިސްލާޙުގައި މަންދު ކ ލެޖް ހިންގަމުންދާ އިމާރާތުގެ ބައެއް ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ދިނުމާބެހޭ އެއްބަސްވުން. އެއްބަސްވުމުގެ 4 ގައި ބަޔާންކޮށްފައި. ދަޢުވާ ފޯމު ބާޠިލްކުރި ރިޕޯޓު ޞަފްހާ 2 އެއްބަސްވުން ދެމި އޮންނާނެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ 31 ޑިސެނބަރް 2012 ގެ ނިޔަލަށެވެ. އެއްބަސްވެވިފައިވާ މުއްދަތަށް އަރަބިއްޔާގ އެ ޢިމާރާތާ ނުނިމިދާނެކަމަށް ފެންނާތީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަމަލު ކުރާނެ ވަކި ގޮތެއް އަންގަވާދެއްވުމަށ އެދް އެކިފަހަރު މަތިން ސިޓީތައް މިނިސްޓްރީ އަށް ފޮނުވިފައިވެއެވެ. ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ލިޔެކިޔުންތަކުގައާއި ބައްދަލުވުންތަކުގައި، 31 ޖަނަވަރީ 2013 ގެ ނިޔަލަށް ތަން ހުސްކުރުމާ އެ ތާރީޚަ ށ ތަން ހުސްނުކުރެވޭނަމަ ކޮމްޕެންސޭޝަން ދައްކަނެޖެހުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
2. އެއްބަސްވުމުގެ މުއްދަތު ހަމަވެ އެއްބަސްވުން ނިމުމަކަށް އައިއިރު ވެސް އެއްބަސްވެފައިވާ ތާރީޚުތަކުގައި ޢަރަބިއްޔާ ހންގުމަށި ދީފައިވާ އިމާރާތް ހުސްކޮށް މަންދު ކޮލެޖާއި ހަވާލުކޮށްފައިނުވާތީ، މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ ބަދލުގަ ގޮތުގައި މަންދުކޮލެޖަށ ދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެއްބަސްވެފައިވާ -/02,400,00ރ. (ދެމިލިއަން ހަތަރުލައްކަ ރުފިޔާ) އާއި މި ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ގެ ގޮތުގައި ދައްކަންޖެހޭ -/19,944,000ރ. (ނަވާރަ މިލިއަން ނުވަ ލައްކަ ސާޅީސް ހަތަރުހާސް ރުފިޔާ) އާ އެކު ޖުމްލަ -/22,344,000ރ. (ބާވީސ މިލިއަން ތިންލައްކަ ސާޅީސް ހަތަރުހާސް ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށް އެދި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން (ދޭ ވެހި ދައުލަތް) ގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވެއެވެ. އެއީ އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރ C/2017-Cv/2898 ޤަޟިއްޔާއެވެ.
3. މި މައްސަލައާ ގުޅިގެން، 14 ޖުލައި 2021 ވަނަ ދުވަހު ބޭއްވުނު މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، މި މައްސަލައިގައި އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމުގެ ބަދަލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރ C/2017-Cv/8982 ޤަޟިއްޔާ އިސްތިއުނާފު ކުރާ މައްސަލައިގައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް ޙުކުމްކޮށްފައިވާ ފައިސާ އެފަރާތަށް ދިނުމާ މެދުގައި ސަރުކާރާ މާލެ ހައި ޕްރައިވެޓް ލިމިޓެޑާ ދެމެދު މަޝްވަރާކުރެވިފައިވާކަމަށާއި އެހެންނަމަވެސް މި ފައިސާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ރައްދުކުރެވިފައިވާކަން އެނގޭނެ ލިޔެކިޔުމެއް ލިބިފައިނުވާތީވެ އެ ފައިސާ ލިބިފައިވާ ކަމަށް މާލަ ހައި ޕްރައިވެޓް ލިމިޓެޑުން އެ ޔަޤީންކަން ދޭކަމުގައި ވަނީނަމަ މައްސަލަ މިހާރު ކުރިއަށް ގެންދިއުމަށް ބނުންނޭ ވާކަމަށެވެ.
4. އިސްތިއުނާފު ރައްދުވާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވަނީ، ދައުލަތުގެ ފަރާތުން ފާހަގަކުރި ފަދައިން ސިވިލް އބމ ބަޔާންކޮށްފައިވާ އެއްބަސްވުމުގެ ފުރަތަމަ އިޞްލާޙް. މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް ފޮނުވާފައިވާ ސިޓީތައް. މަންދު ކޮލެޖް ހިންގަ މުންގެންދާ އިމާރާތުގައި ހިންގަ މުންގެންދިޔަ އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޢަރަބިއްޔާ) މިހާރު ހަދަމުންގެންދާ އެ ސްކޫލުގެ އާ އިމާރާތް 10 ޖަނަވަރީ 2013 ދުވަހުގެ ކުރިން ބަދަލުކުރުމަށްޓަކައި ބޭއްވި ބައްދަލުވުމުގެ ކޮޕީ. (ސިވިލ ކޯޓުގް މައް ސަލަ ހުށަހަޅާ ފޯމުގެ ޑޮކިއުމެންޓް 9 ގޮތުގައި ހުށަހަޅާފައިވާ) ދަޢުވާ ފޯމު ބާޠިލްކުރި ރިޕޯޓު ޞަފްހާ 3 ކޯޓުގެ އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާގެ ޙުކުމްގައިވާ -/3,480,000ރ. (ތިން މިލިޔަން ހަތަރު ލައްކަ އަށްޑިހަ ހާސް ރުފިޔާ) ލިބިފައިވާކަމަށެވެ. އެހެންނަމަވެސް އިސްތިއުނާފު ފޯމުގެ ޖަވާބުގައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކުރަން ބޭނުންވާ ނުކުތާއެއް ވެސް ހިމަނާފައި ވާނެތީ އެ ނުކުތާއާ މެދު ގޮތެއް ކަނޑައަޅއިދިނުމަށ އެދް ކަމަށެވެ.
5. ދައުލަތުގެ ފަރާތުން ރައްދުގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ކުރވިފައިވެ ޙުކުމާ އެއްގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ފައިސާ ލިބިފައިވާކަމަށް އެފަރާތުން ބުނާތީ މައްސަލަ އަނބުރާ ގެންދަން ބޭނަ ންވާކު މަށެވެ. އަދި މި މައްސަލަ މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކޮށްފައިނުވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ނުކުތާއާ ގުޅިގެން މި މައްސަލައިގެ ތެރެއިން ގޮތެއް ކަނޑައެޅިދާނެކަމަށް ނުދެކޭ ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.
6. އިސްތިއު ނާފު ކުރާ މިނިސްޓްރީ އޮފް އެޑިއުކޭޝަން (ދިވެހި ދައުލަތް)ގެ ފަރާތުން މި މައްސަލަ އިތުރަށް ކުރިއށަ ގެންދަން ބޭނުންނުވާކަމަށް މި ކޯޓުގެ ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، މިމައްސަލައިގައި މިކޯޓުނ އިތުރަށް ގޮތެއް ކަނޑައަޅަން ޖެހޭނެ ސަބަބެއް ނެތް ކަމަށް ދެކެމެވެ.
7. އިސްތިއުނާފު ރައްދުވާ ފަރާތުން، ކައުންޓަރ އެޕީލްއެއްގ ގޮތުގައެ ހުށަހެޅިކަމަށް ފާހަގަކޮށްފައިވނީ، އެފަރާތުނ ހުށަހެޅް ޖަވާބު ފޯމުގައި "ސިވިލ ކޯޓުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑައަޅުއްވާފައިވ އަދަދާ މުރާޖަޢާކޮށްދެއްވައި، ކޮމްޕންޒެ ޝަން އާއިއެކު، އެ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ކަމުގައި ދަށު ކޯޓުގައި އެދިފައިވާ އަދަދު އިސްތިއުނާފު ރައްދުވާ ފަރާތަށް ޙައްޤުވާ ކަމުގައި ކަނޑައަޅައި ސިވިލް ކޯޓުގައި ކަނޑައަޅުއްވާފައިވ އަދަދާ ޙުކުމުން އެބައި މުރާޖަޢާކުރުމަށް އެދި" މި ނުކުތާކަ މުގައިވާއިރު، މިއީ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި މި ކޯޓށަ ހުށަހެޅިފައިވާ ނުކުތާއެއް ކަމުގައިނުވާތީ އާއި އިސްތިއުނާފު ރައްދުވާ ފަރާތުން މި މައްސަލައިގައި ހުށަހެޅި ޖަވާބު ގައިވެސް އެފަރާތުން އެދޭ ފަދައިން ސިވިލް ކޯޓުގެ ޙު ކުމް މުރާޖަޢާ ކުރަންޖެހޭ ޤާނޫނީ ސަބަބެއް އަދި އެކަމާ ގުޅިގެން އުފެދޭ ޤާނޫނާ ބަހުޘެއް ބަޔާންކޮށްފައިނުވާތީ އާއި އަދި އެކަން އަޑުއެހުމުގައި ވެސް ސާފުކޮށްދީފައިނުވާތީ އެ ނުކުތާއާ މެދު މިހިނދުގަ އ މި ކޯޓު ން ގޮތެއް ކަނޑައަޅަން ޖެހޭ ޤާނޫނީ ސަބަބެއް އޮތް ކަމުގައި ނުދެކެމެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/2898 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވާ މައްސަލަ އަނބުރާ ގެންދަން ބޭނުންވާކަމަށް އިސްތިއުނާފު ކުރާ މިނިސްޓްރީ އޮފް
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙުސައިން ޝަހީދު، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 4 އޮގަސްޓް 2021 · ނިމުނީ 4 އޮގަސްޓް 2021 (0 ދުވަސް)