ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/147
މަޓާޓޯ ވ. ޢަލީ ނިޝާން، 2020/HC-A/147
Mataatoa v. Ali Nishaan 2020/HC-A/147 (2020/HC-A/147, High Court of the Maldives, 24 August 2023)
މަޓާޓޯ ވ. ޢަލީ ނިޝާން
މައިގަނޑު ސުވާލު
ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާއަކުން ޖަރުމަނުގައި ބެހި މަޖައްލާއެއްގައި ދިވެހި މުޞައްނިފެއްގެ ފޮޓޯ ހުއްދަނެތި ޝާއިޢުކުރުމުގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ދިވެހި ކޯޓަށް ލިބޭތޯ އަދި ހިނގާނީ ދިވެހިރާއްޖޭގެ ކޮޕީރައިޓް ޤާނޫނުތޯ (territoriality)؛ ފުރަތަމަ ޝާއިޢުކުރިއިރު ހުއްދަ (license) ލިބިފައިވާކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ކާކުތޯ؛ އަދި ދިފާޢުގެ ޚަރަދު ނަގައިދޭންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (ތަޙުލީލުން ފެންނަގޮތުގައި؛ ޙުކުމުގެ ބައި ކިޔޭކަށް ނެތް)
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32-33) ކޮންމެ ޤައުމަކަށް ފުރިހަމަ ސިޔާދަތީ ބާރާއި އިޚްތިޞާޞް ލިބިގެންވަނީ އެ ޤައުމެއްގެ ސަރަޙައްދުގެ ތެރެއަށެވެ؛ ޤައުމެއްގެ ޤާނޫނު ބަދެވިގެންދަނީ އެ ސަރަޙައްދުގައިވާ މުދަލާއި އެ ސަރަޙައްދުގައި އުޅޭ މީހުންނާއި އެ ސަރަޙައްދުގައި ކުރާ ޢަމަލުތަކުގެ މައްޗަށެވެ (ސުޕްރީމް ކޯޓު 2021/SC-A/10: "ކޮންމެ ޤައުމެއްގައި އެކުލަވާލެވޭ ޤާނޫނަކީވެސް، އެ ޤައުމެއްގައި ޢަމަލުކުރުމަށް އެކުލަވާލެވޭ ޤާނޫނެވެ.").
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34) ނަމަވެސް ޤައުމެއްގެ ރައްޔިތުންގެ މައްޗަށް އެ ޤައުމެއްގެ ޤާނޫނުތައް އެހެން ކޮންމެ ތަނެއްގައި އުޅުނަސް ހިނގުމަކީ ދޫކޮށްނުލެވޭނެ އިސްތިސްނާއެއް ކަމުން، ޤާނޫނަކީ ސަރަޙައްދަށް އެކަނި ހިނގާ އެއްޗެއްކަމަށް މުޠްލަޤަށް ބުނެ ނިންމާލެވޭނެ ކަމެއް ނޫނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35) ދިވެހި ރައްޔިތަކު ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚްޞަކު ދިވެހިރާއްޖޭގެ ޤާނޫނަކާ ޚިލާފުވާ ޢަމަލެއް ދުނިޔޭގެ ކޮންމެ ތަނެއްގައި ހިންގިޔަސް، އެ މައްސަލަ ބެލުމުގެ ޝަޚްޞީ އިޚްތިޞާޞް (personal jurisdiction) ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް ލިބިގެންވެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39) ޢާންމު އުޞޫލެއްގެ ގޮތުން ކޮޕީރައިޓާ ގުޅޭ ޤާނޫނަކީ ސަރަޙައްދަށް ނިސްބަތްވާ ޤާނޫނެއް ކަމުން (territoriality)، ޤައުމެއްގެ ކޮޕީރައިޓް ޤާނޫނުން ދޭ ޙިމާޔަތް އެ ޤައުމެއްގެ ބޯޑަރާ ހަމައިން ނިމިގެންދެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41) ބޭރު ޤައުމަކަށް ނިސްބަތްވާ އުންސުރަކީ (foreign element) ކޮޕީރައިޓަށް އަރައިގަތް ޢަމަލު ހިނގި ތަން ކަމަށްވެ، ޢަމަލު ހިންގި ފަރާތަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ޤާނޫނީ ޝަޚްޞެއްނަމަ، ޢަމަލު ހިނގި ތަނުގެ ޤާނޫނުގެ (lex loci delicti commissi) ބަދަލުގައި ދަޢުވާ ރައްދުވާ ފަރާތް ދިރިއުޅޭ ތަނުގެ ޤާނޫނު (lex domicilii) ހިންގިދާނެއެވެ؛ އަދި ދެފަރާތަކީވެސް ދިވެހިރާއްޖެއަށް ނިސްބަތްވާ ފަރާތްތަކަށްވާތީ (forum conveniens) ދިވެހި ކޯޓެއްގައި ދިވެހި ޤާނޫނު (lex fori) ހިންގުމަށް ހުރަހެއް ނެތެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43-47) ދިވެހި މުޞައްނިފުންގެ ކޮޕީރައިޓަށް ރާއްޖެއިން ބޭރުގައި އަރައިގަތުމުގެ ފަރުވާ ޢާންމު އުޞޫލަކުން ލިބެނީ ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ތެރެއިންނެވެ؛ ކޮޕީރައިޓް ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެ މުޢާހަދާތަކުގެ ބާރު ހިނގާއިރު، ދިވެހިރާއްޖެއަކީ WTO ގެ މެންބަރަކަށްވާތީ ޓްރިޕްސް އެގްރީމެންޓާއި، އޭގެ ތެރެއިން ބަރން ކޮންވެންޝަނުގެ 1 އިން 21 އަށް މާއްދާތަކާއި ޕެރިސް ކޮންވެންޝަނުގެ 1 އިން 12 އަށް އަދި 19 ވަނަ މާއްދާއަށް ޢަމަލުކުރަންޖެހެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 48) ކޮޕީރައިޓާ ޚިލާފު ޢަމަލު ޖަރުމަނުގެ މަޖައްލާގެ އިތުރުން ދިވެހިރާއްޖޭގައިވެސް ބެލެވޭ އޮންލައިން ވަރޝަނެއްގައި ހިނގާފައިވާނަމަ، އެ ޢަމަލު ހިނގީ ހަމައެކަނި ބޭރުގައި ނޫން ކަމުން ދިވެހި ކޯޓެއްގައި ދިވެހިރާއްޖޭގެ ކޮޕީރައިޓް ޤާނޫނު ހިންގުމަށް ހުރަހެއް ނެތެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 54) ކޮޕީރައިޓް ދަޢުވާއެއްގައި ދަޢުވާކުރާ ފަރާތުން ސާބިތުކޮށްދޭންޖެހެނީ މައިގަނޑު ދެ އުންސުރެކެވެ: އުފެއްދުމަކީ އޭނާގެ އަމިއްލަ އުފެއްދުމެއްކަމާއި، ޤާނޫނުން ދޭ ކޮޕީރައިޓް ޙިމާޔަތަށް ދަޢުވާ ރައްދުވާ ފަރާތުން އަރައިގަތްކަމެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 55-56) މުޞައްނިފުގެ އަސްލީ އުފެއްދުމަކަށްވެ، ކޮންމެވެސް މާއްދީ ގޮތަކަށް އެކުލަވާލެވިފައިވާ އުފެއްދުމަކަށް ރަޖިސްޓްރީކުރުމަކާ ނުލައި އޮޓަމެޓިކުން ކޮޕީރައިޓް ޙިމާޔަތް ލިބެއެވެ؛ ރަޖިސްޓްރީކުރުމުގެ މަޤްޞަދަކީ ޝަރީޢަތުގައި ވެރިކަން ސާބިތުކުރުމަށް ފަސޭހަކުރުން ކަމުން، މާއްދީ ގޮތުން އެކުލަވާލެވިފައިވާ އުފެއްދުމަކީ ރަޖިސްޓްރީ ނުކުރިޔަސް ވެރިކަން ސާބިތުކުރުމުގެ ހެއްކެކެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 58، 60-62) ޤާނޫނުގައިވާ އިސްތިސްނާތައް ފިޔަވައި އުފެއްދުމެއް އެހެން ފަރާތަކުން އަލުން އުފައްދާނަމަ ނުވަތަ ޝާއިޢުކުރާނަމަ މުޞައްނިފުގެ ހުއްދަ ލިބެންޖެހެއެވެ؛ ހުއްދަ (ކްރިއޭޓިވް ކޮމަންސް ފަދަ ޢާންމު ލައިސަންސް ނުވަތަ ނޮން-އެކްސްކްލޫސިވް ލައިސަންސް) ލިބިގެން ބޭނުންކުރިކަމަކީ ދަޢުވާ ރައްދުވާ ފަރާތުން ނަގާ ދިފާޢެއް ކަމުން، ލައިސަންސް އޮތްކަމާއި އޭގެ ޝަރުޠުތަކާ އެއްގޮތަށް ބޭނުންކުރިކަން ސާބިތުކުރުމުގެ ޒިންމާ އޮންނަނީ އެފަރާތުގެ މައްޗަށެވެ، ދަޢުވާކުރާ ފަރާތުގެ މައްޗަކަށް ނޫނެވެ؛ ބުންޏޭ ބުނާ ހެކިބަހަކުން އެ ޒިންމާ އަދާނުވެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 65) އިސްތިއުނާފީ ނުކުތާއެއްގެ ތަފްޞީލު ބަޔާންކޮށްދީފައިނުވާނަމަ، އެ ނުކުތާގައި އިތުރަށް ބަލަންޖެހޭ ކަމެއް ނެތެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 68-69) ޓްރިޕްސް އެގްރީމެންޓްގެ 48 ވަނަ މާއްދާއިން ބަޔާންކުރަނީ ދަޢުވާ ރައްދުވާ ފަރާތުގެ ޚަރަދު ނަގައިދިނުމަށް އަމުރުކުރުމުގެ ބާރު ޤާޟީގެ ބާރުގެ ތެރޭގައި އޮންނަންޖެހޭ ވާހަކަ ކަމުން، ދަޢުވާއަކީ ޕްރޮސެސް އެބިއުޒެއްކަމަށް ކަނޑައަޅާފައިނުވާ ޙާލަތެއްގައި ދިފާޢުގެ ޚަރަދު ނަގައިދޭން އަމުރުކުރާނެ ތަނެއް ނެތެވެ.
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 8C/201-Cv/4710 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސ އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) (މީގެ ފަހުން "މަޓާޓޯ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ.މާލެ، […] / ޢަލީ ނިޝާން (މީގެ ފަހުން "ޢަލީ ނިޝާން" ނުވަތަ "އިސްތިއުނާފު ރައްދުވާފަރާތް") އެވެ. މައްސަލައިގެ ކަންހިނގާފައިވާގޮތް:
2ޢަލީ ނިޝާން އާއި ބްރައިޓް އައިޑިއާސް ޕްރައިވެޓް ލިމިޓެޑްގެ ބެލެނިވެރިކަމުގެ ދަށުގައި އޮންނަ "އަވަސް އޮންލައިން" ނޫހާއ ދެމެދި އަވަސް ވީކެންޑް އިންޓަވިއުގެ 50 ޕްރޮފައިލް ފޮޓޯ ނެގުމަށް 27 ފެބްރުވަރީ 2016 ގައި އެއްބަސްވުމެއް ވެވުނެވެ.
3މިއެއްބަސްވުމުގެ 3.04 ވަނަ މާއްދާގައި އެއްބަސްވުމުގެ ދަށުން ނަގާ ފޮޓޯތަކުގެ ފިކުރީ ޙައްޤުތައް ޢަލީ ނިޝާންއަށާއި ބްރައިޓް އައިޑިއާސްއަށް ލިބިގެންވަނީ އެއްވަރަކަށްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިއެއްބަސްވުމުގެ ދަށުން ނަގާ ކޮންމެ ފޮޓޯއެއް ބްރައިޓް އައިޑިއާސްއިން ބޭނުންކުރާ ކޮންމެ ފަހަރަކު ޢަލީ T/2005/62/30 ނިޝާންގެ ފޮޓޯއެއްކަން އެނގޭ ގޮތަށް ކްރެޑިޓް ދޭންވާނެކަމަށް އެއްބަސްވުމުގެ 3.05 ގައި ބަޔާންކޮށްފައިވެއެވެ.
4ބުނެވުނު އެއްބަސްވުމުގެ ދަށުން ޢަލީ ނިޝާން 2016 މާރިޗް މަހުގެ ތެރޭގައި "އަވަސް" މީޑިއާއަށް އެފަރާތުގެ "ވީކްއެންޑް އިންޓަރވިއު" ޕްރޮގްރާމަށް ތައްޔާރުކުރެވުނު އެޕިސޯޑަކަށް ލަވަކިޔުންތެރިޔާ "ބަތޫލް" ގެ ފޮޓޯއެއް ("ކޮޕީރައިޓް ފޮޓޯ") ނަގާ، އެ އުފެއްދުން ޝާއިޢުކޮށްފައިވެއެވެ.
5އިޝާރާތްކުރެވުނު އުފެއްދުން 2018 މާރިޗް މަހު ޖަރުމަނު ވިލާތުގެ ބާރލިންގައި ބޭއްވުނު "އައި.ޓީ.ބީ ބާރލިން" ފެއަރގައި ބެހުމަށް ތައްޔާރުކުރެވުނު "މޯލްޑިވްސް ފައިންޑަރ" ގެ 6 ވަނަ ޢަދަދުގައި ޢަލީ ނިޝާންގެ ހުއްދަ ނެތި މަޓާޓޯ އިން ޝާއއިކޮށްފައިވާކަމަށް ޢަލީ ނިޝާން ބުނެއެވެ. އަދި މިފޮޓޯ ޢަލީ ނިޝާންއަށް ނިސްބަތްވާ "އެޑިޓޯރިއަލް ރައިޓްސް" ހޯދުމަކާނުލާ، ކްރެޑިޓްސ ދިން ނަމަވެސް ޢަލީ ނިޝާންގެ ވަނަން އޮޅުވާލާ، މަޖައްލާގައިވާ ފޮޓޯތަކުގެ ތެރެއިން ޢަލީ ނިޝާންގެ އުފެއްދުމަކީ ކޮބައިކަން ސާފުނުވާ ގޮތަށް އެމަޖައްލާ ޝާއިޢުކޮށްފއިވަނަ ޤާނޫނީ ނަންބަރު: 2010/23 ( ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) (މީގެފަހުން "ކޮޕީރައިޓް ޤާނޫނު") ގެ 14 ވަނަ މާއްދާ ހުއްދަކުރާ ކުޑަ މިންވަރަކަށް ނޫންކަމަށް ޢަލީ ނިޝާންގެ ފަރާތުން ބުނެއެވެ. އަދި މިއުފެއްދުން އުފައްދާފައިވަނީ ޢަލީ ނިޝާންގެ ހުއްދައެއް ނެތި އެފަރާތަށް އެންގުމަކާ ނުލާކަމަށް ބުނެއެވެ.
6އެމަޢުލޫމާތު ޢަލީ ނިޝާންއަށް ލިބުނީ 2018 ވަނަ އަހަރު މެއި މަހުގެ ތެރޭގައިކަމަށާއި، އެނގުނު ހިސާބުން ޢަލީ ނިޝާންގެ ޙައްޤުވެރި ބަދަލު ހޯދުމަށް މަޓާޓޯއާއި ވާހަކަ ދެއްކިކަމަށް އިތުރަށް ބުނެފައިވެއެވެ. އަދި މަޓާޓޯގެ އެދުމަކަށް އެ އުފެއްދުން އަލުން އުފެއްދުމަށް ހުއްދަޔަށް (ex post facto) 2018 މެއި 30 ވަނަ ސިވިލް ކޯޓުގެ ދައުވާ ފޯމުގެ 8.1 ސިވިލް ކޯޓުގެ ދައުވާ ފޯމުގެ 8.3 ދުވަހު 10،000ރ. (ދިހަހާސް ރުފިޔާ) ދެއްކުމަށް މަޓާޓޯއަށް ކޯޓޭޝަންއެއް ފޮނުވައި މިކޯޓޭޝަން މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް މުނާޒްގެ އީމެއލުނ ޤަބޫލުކޮށްފައިވާކަން ޢަލީ ނިޝާންއަށް އެންގިއެވެ.
7އެހެންނަމަވެސް އޭގެ ދުވަސްކޮޅެއ ފަހުން ކޯޓޭޝަންގައިވ ފައިސާ ދިނުމަށާ މަޓާޓޯގެ ފަރާތުން އިންކާރުކޮށް، އެމަޖައްލާ ރީކޯލް ކުރާނޭކަމަށް ޢަލީ ނިޝާންއަށް އެންގިކަމަށާއި، ނަމަވެސް އެމަޖައްލާތައް ރީކޯލް ކުރެވޭނެކަމަށް ޢަލީ ނިޝާނގެ ފަރާތުން ނުދެކޭތީ ކޮޕީރައިޓް ޤާނޫނުގް ދަށުން ޢަލީ ނިޝާން ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ.
8ސިވިލް ކޯޓުގައި ޢަލީ ނިޝާން މަޓާޓޯގެ މައްޗަށް ދަޢުވާކޮށްފައިވަނީ ޢަލީ ނިޝާން އާމްދަނީ ހޯދުމަށް ކުރަމުން އަންނަ ފޮޓޯގްރަފީ މަސައްކަތުގެ ތެރެއިން "އަވަސް" މީޑިއާގެ "ވީކްއެންޑް އިންޓަރވިއު" ޕްރޮގްރާމަށް ޢަލީ ނިޝާން ތައްޔާރުކޮށް 2016 މާރިޗް 10 ވަނަ ދުވަހު ޝާއިޢުކުރި ކޮޕީރައިޓް ފޮޓޯ، 2018 މާރިޗް މަހު ޖަރުމަނު ވިލާތުގެ ބަރލިންގައި ބޭއްވުނު "އައު.ޓީ.ބީ ބަރލިން" ޓޫރިޒަމް ފެއަރ ފަދަ ފޯރަމްތަކުގައި ބެހުމަށް ތައްޔާރުކުރެވުނު "މޯލްޑިވްސް ފައިންޑަރ" ގެ 6 ވަނަ މަޖައްލާގައަ މަޓާޓޯއިން ޢަލީ ނޝާނި ގެ ހުއްދަ ނެތް އަލުން އުފައްދާފައި ނުވަތަ ނަކަލުކޮށްފައިވާތީ ކޮޕީރައިޓް ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްވެ ދެންނެވުނު ޤާނޫނާ ޚިލާފު ޢަމަލު ހުއްޓުވާ އެފަދަ ކަންކަން ތަކުރާރުވުން ހުއްޓުވުމުގެ އަމުރަކަށާއި ބަދަލު ނަގައިދިނުމުގެ އަމުރަކަށް އެދިއެވެ. ޢަލީ ނިޝާންގެ ފަރާތުން ކޮށްފައިވާ ދައުވާ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާއިންނެވެ.
9މިޤަޟިއްޔާގައި ޢަލީ ނިޝާންއާއި މަޓާޓޯއާއ ދެމެދި ދަޢުވާގައިބުނެފައިވާ މުޢާމަލާތާއި ގުޅިގެން ފަހުން އަގެއް ކަނޑައަޅައި، ދެފަރާތުގެ ދެމެދު އެއްބަސްވުމެއް ވެފައިވާކަން ޝަރީޢަތަށް ޘާބިތުވާން އޮންނާތީ، ޢަލީ ސިވިލް ކޯޓުގެ ދަޢުވާ ފޯމުގެ 8.6 ނިޝާންގެ ކޮޕީރައިޓް ޙައްޤު ގެއްލިފައިވާކަމަށް ކަނޑައަޅާނެތަނެއް ނެތްކަމާއި، އަލީ ނިޝާންގެ ފަރާތުން ދަޢުވާގައި ހޯދަން އެދިފައިވާ ގެއްލުމުގެ ބަދަލުގެ ތެރެއިން ޢަލީ ނިޝާން އާއި މަޓާޓޯ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަލީ ނިޝާންއަށ ދޭން އެއްބަސްވެފައިވާ -/10،000ރ. (ދިހަހާސް ރުފިޔާ) އަކީ މަޓާޓޯއިން ޢަލީ ނިޝާންއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިމައްސަލަ ނިންމާފައިވެއެވެ.
10އިސްވެ ދެންނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާ ޢަލީ ނިޝާންގެ ފަރާތުންނާއި މަޓާޓޯގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ. އަދި މިޤަޟިއްޔާތަކުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އެއްކޮށް އެއް ބެންޗަކުންނެވެ. މިޤަޟިއްޔާގައި ބެލިފއިވަނަ މަޓާޓޯގެ އިސްތިއުނާފެވެ. ޢަލީ ނިޝާންގެ އިސްތިއުނާފު ބެލިފައިވަނީ މިކޯޓުގެ ނަންބަރު 2020/HC-A/142 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
11ސިވިލް ކޯޓުގެ ނަންބަރު: 2018C/-Cv/4710 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، […] ޢަލީ ނިޝާން (ދިވެހި ރައްޔިތެއްކަން އަންގައިދޭ އާމްދަނީ ހޯދުމަށް ކުރަމުން އަންނަ ފޮޓޯގްރަފީގ މަސައްކަތުގެ ތެރެއިން "އަވަސް" މީޑިއާގެ "ވީކްއެންޑް އިންޓަވިއު" ފްރޮގްރާމަށް އެފަރާތުން ތައްޔާރުކޮށް 2016 މާރިޗް 10 ވަނަ ދުވަހު ޝާއިޢުކުރި ފޮޓޯއެއް، 2018 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ޖަރުމަނުވިލާތުގެ ބަރލިންގައ ބޭއްވި "އައި.ޓީ.ބީ ބަރލިން" ޓޫރިޒަމް ފެއަރ ފަދަ ފޯރަމްތަކުގައި ބެހުމަށް ތައްޔާރުކުރެވުނު "މޯލްޑިވްސް ފައިންޑަރ" ގެ 6 ވަނަ މަޖައްލާގައި ޢަލީ ނިޝާންގެ ހުއްދަނެތި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސ އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓޯޓާ) (ރަޖިސްޓްރީ ނަންބަރު T/2005/62/30) އިން ޝާއިޢުކޮށްފައިވާތީ، ޢަލީ ނިޝާން އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސ އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓޯޓާ) އާ ދެމެދު އެ މުޢާމަލާތާ ގުޅިގެން ފަހުން އަގެއް ކަނޑައަޅައި، ދެފަރާތުގެ ދެމެދު އެއްބަސްވުމެއްވެފައިވާކަން ޝަރީޢަތަށް ޘާބިތުވާން އޮންނާތީ، ޢަލީ ނިޝާންގެ ކޮޕީރައިޓް ޙައްޤު ގެއްލިފައިވާކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމާއި، ޢަލީ ނިޝާންގެ ފަރާތުން މި ދަޢުވާގައި ހޯދަން އެދިފައިވާ ގެއްލުމުގެ ބަދަލުގެ ތެރެއިން ޢަލީ ނިޝާން އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސ އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓޯޓާ) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަލީ ނިޝާންއަށ ދޭން އެއްބަސްވެފައިވާ -/10،000ރ. (ދިހަހާސް ރުފިޔާ) އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސ އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓޯޓާ) ގެ ފަރާތުން ޢަލީ ނިޝާންއަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި، ބުނެވިދިޔަ -/10،000ރ. (ދިހަހަސް ރުފިޔާ) ޢަލީ ނިޝާންއަށް ލިބިދިނުމުގެ ގޮތުން 16 ފެބްރުވަރީ 2020 މިދުވަހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސ އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓޯޓާ) އަށް އަންގައި ޙުކުމްކޮށްފީމެވެ". މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. ސިވިލް ކޯޓުގެ ނިންމުމަށް ވާސިލްވި ސަބަބުތައް:
12މަތީގައި ބަޔާން ކުރެވުނު ނިންމުން ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެކަމަށަ ބެލެވެން އޮވެއެވެ.
12.1- ދަޢުވާ އެމައްޗަށް ބިނާވެފައިވާ ފޮޓާއަކ ޢަލީ ނިޝާން ނަގާފައިވާ ފޮޓޯއެއްކަން. ފޮޓޯ ނަގާފައިވަނީ "އަވަސް އޮންލައިން" އަށްކަން. މިކަމަށް މަޓާޓޯއިން އިންކާރުކޮށްފައިނުވާކަން.
12.2- ޢަލީ ނިޝާން އާއި ބްރައިޓް އައިޑިއާސ ޕްރައިވެޓް ލިމިޓެޑާއި ދެމެދު، ދަޢުވާގައި ޙަވާލާދީފައިވާ ފޮޓޯއާ ގުޅޭ އެއްބަސްވުމެއްވެފައިވާކަން. އެއެއްބަސްވުމުގެ ދަށުން އެފޮޓޯގެ މުސައްނިފަކ ޢަލީ ނިޝާން އާއި ބްރައިޓް އައިޑިއާސް ޕްރައިވެޓް ލިމިޓެޑްކަން، އަދި އެ އުފެއްދުމުގެ ކޮޕީރައިޓަކީ މުޞައްނިފުންނަށް ލިބިގެންވާ ޙައްޤެއްކަން.
12.3- ދައުވާގައި ބުނެފައިވާ ފޮޓޯ މޯލްޑިވްސް ފައިންޑަރގައި ޝާއިއުކޮށްފައިވާކަމާމެދު މަޓާޓޯއިން އިންކާރުކޮށްފައިނުވާކަން.
12.4- މަޓާޓޯގެ މަޖައްލާގައ ދަޢުވާގައި ޙަވާލާދީފައިވާ ފޮޓޯ ފުރަތަމަ ފަހަރު ޝާއިޢުކުރިއިރު، އެފޮޓޯގެ މުޞައްނިފުންގެ ހުއްދަ ލިބިފައިނުވާކަން ޢަލީ ނިޝާންއާއި މަޓާޓޯގެ ބަހުންނާއި ޝަރީޢަތަށް ޙާޟިރުކުރި ހެކިންގެ ހެކިބަހުންނާއި ދެފަރާތުން ހުށަހަޅާފައިވާ މުސްތަނަދުތަކުނ އެނގެން އޮތުން. ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ނ) ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ރ) ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ޅ)
12.5- ދަޢުވާގައި ބުނެފައިވާ ފޮޓޯ މަޓާޓޯއިން ބޭނުންކުރުމަށްޓަކައި ޢަލީ ނިޝާންއާއި މަޓާޓޯ އާއި ދެމެދު އެއްބަސްވުމެއް ވުޖޫދުވެފައިވާކަން. އެއްބަސްވުމުގެ ދަށުން ޢަލީ ނިޝާން ފޮޓޯ ފޯރުކޮށްދިނުމާއެކު ފޮނުވާފައިވާ އިންވޮއިސްއަށް މަޓާޓޯގެ ފަރާތުން ފައިސާދެއްކުމަކީ އެފަރާތުން އަދާކުރަންޖެހޭ ޒިންމާއެއްކަން.
12.6- މަޓާޓޯ އާއި ޢަލީ ނިޝާންއ ދެމެދާ އެއްބަސްވުމެއް ވުޖޫދުވެފައިވާތީ، އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގެ ބައިވެރިއަކު އަދާކުރަންޖެހޭ ޒިންމާ އަދާކޮށްފައިނުވުމަކީ ކޮޕީރައިޓް އިންފްރިންޖްމަންޓްއެއ ނުވަތް ކޮޕީރައިޓް ޙައްޤަކަށް އަރައިގަތުންކަމުގައި ނުބެލެވޭނެކަން .
12.7- މަޓާޓޯ އާއި ޢަލީ ނިޝާންއ ދެމެދާ ވަކި ގޮތަކަށް ޢަމަލުކުރުމަށް އެއްބަސްވުމެއް ވެފައިވާތީ، ދައުވާގައި ހަވާލާދީފައިވާ ފޮޓޯ ހުއްދަނެތި ޝާއިޢުކުރުމ ގުޅިގެނާ އުފަންވާ ކޮޕީރައިޓުގެ ޙައްޤު އެ ހިނދުން ފެށިގެން ނެތިގޮސްފައިވާކަން.
12.8- މަޓާޓޯ އާއި ޢަލީ ނިޝންއ ދެމެދާ އެއްބަސްވުމެއް ވުޖޫދުވެފައިވާތީ، ދަޢުވާގައި ޢަލީ ނިޝާން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް ނެތުން. އިސްތިއުނާފީ ނުކުތާތައް:
13ސިވިލް ކޯޓުގެ ނަންބަރު: 2018C/-Cv/4710 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، މަޓާޓޯގެ ފަރާތުން ތިރީ ގައިވާ ނުކުތތަށާ ހުށަހަޅް އެނުކުތާތަކއާ ބެހޭގޮތުން ދިވެހިރާއްޖޭގާ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މި ގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.13 ފުރަތަމަ ނުކުތާއަކީ: Principle of Territoriality of Intellectual Property Rights (ޕްރިންސިޕަލް އޮފް ޓެރިޓޯރިއަލިޓީ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް) ގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރާ ފަރާތު ނ ޝަރީޢަތަށް ހުށަހެޅް އިޖުރާއީ ނުކުތާއާމެދު ގޮތެއް ނިންމިއިރު، ފާހަގަކުރި އިޖުރާއީ ނުކުތާއާ ގުޅުމެއް ނެތް ނިންމުމެއް ޝަރީޢަތުން ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.13 ދެވަނަ ނުކުތާއަކީ: Rights Principle of Territoriality of Intellectual Property (ޕްރިންސިޕަލް އޮފް ޓެރިޓޯރިއަލިޓީ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް) އާ ގުޅޭގޮތުން ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (އ) ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ވ) ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (މ) އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް އިޖުރާއީ ނުކުތާއާމެދު ގޮތެއް ނިންމުމުގައި އަދި މައުޟޫޢީ ގޮތުން މައްސަލަ ނިންމެވުމުގައި ރިޢާޔަތްކޮށްފައިނުވާކމަށްބުނެ ހުށަހެޅި ނުކުތާއެވެ.
3.13 ތިންވަނަ ނުކުތާއަކީ: ކްރިއޭޓިވް ކޮމޮންސް ލައިސަންސްގައިވާ ޝަރުޠުތަކަށް ރިޢާޔަތްކުރުމެއްނެތި އަދި ސިވިލް ކޯޓުން ބަލައިގަތް ވާޤިޢާތަކާ (finding of facts) ތަޢާރަޟުވާގޮތަށް އުފެއްދުން ފުރަތަމަ ޝާއިޢުކުރިއިރު ހުއްދަ (license) ލިބިފައިނުވާކަމަށް ކަނޑައަޅާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
4.13 ހަތަރުވަނަ ނުކުތާއަކީ: އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގައި އެދިފައިނުވާ އަދި އެފަރާތުގެ ދަޢުވާ ބިނާކޮށްފައިވާ އަސާސާ ގުޅުމެއް ނެތް ފަރުވާއެއް ޝަރީޢަތުން ދީފައިވާކަމަށްބުނެ ހުށަހެޅިނުކުތއެވެ.
5.13 ފަސްވަނަ ނުކުތާއަކީ: އިސްތިއުނާފަށް އެދި ހުށަހަޅާފައިވާ މައްސަލަ ނިންމުމުގައި "އެގްރީމަންޓް އޮން ދ ޓްރޭޑް-ރިލޭޓެޑް އެސްޕެކްޓްސ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް" ގެ 48 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދިފާޢުގެ ޚަރަދު ނަގައިދިނުމުގެ ޙައްޤާމެދ ގޮތެއު ނިންމާފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
14އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލްގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާގެ ވާހަކައެވެ. މިނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ އިޖުރާއީ ނުކުތާ ހުށަހަޅާފައިވަނީ Principle of Territoriality of Intellectual Property Rights ގެ މައްޗަށް މިނުކުތާ މަޓާޓޯގެ ފަރާތުންވަނީ 06 މާރިޗު 2022 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެފައެވެ. ބިނާކޮށް ކޮޕީރައިޓް ޤާނޫނުގެ ދަށުންކަމަށެވެ. މިގޮތުން ބައިނަލްއަޤްވާމީ ގޮތުން ކޮޕީރައިޓް ޤާނޫނުގެ ދަށުން ދައުވާކުރާއިރު ކުރަންޖެހެނީ ކޯޓަށް އިޙްތިޞާޞް ލިބިފައި އޮވެގެންކަމަށެވެ. މަޓާޓޯގެ ފަރާތުން ދައުވާގައި ބުނާ ފޮތް ލޯންޗްކުރީ ޖަރުމަނުގައިކަމަށާއި، އެހެންކަމުންޖަރުމަނުގއަ ހިނގި އިންފްރިންޖްމަންޓްއެއްގެ މައްޗަށް ދައުވާކުރާކަމުގައިވަނީނަމަ ތަޠުބީޤްކުރަންޖެހޭނެ ޤާނޫނަކީ ބައިނަލްއަޤްވާމީ ޤާނޫނު ބުނާގޮތުން އެ އިން ފްރިންޖްމަންޓްއެއ ކަމަށް ތުހުމަތުކުރެވޭ ޢަމަލު ހިނގި ޤައުމުގެ ޤާނޫނުކަމަށެވެ. ސިވިލް ކޯޓުން މިނުކުތާއއާ ގުޅިގެން ނިންމާފައިވަނީ ސިވިލް ކޯޓަށް މިއިޚްތިޞާޞް ލިބިގެންވާކަމަށެވެ. ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ ހުށަހެޅި ނުކުތާއަކަށް ނޫންކަމަށެވެ. އަދި މިކަންކަމުގެ ތަފްސީލް އިސްތިއުނާފު ފޯމުގައި ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވާނެކަމަށެވެ.
15އިސްތިއުނާފުކުރާ ފަރާތުން ދެވަނަ ނުކުތާގެ ތަފްސީލްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޮޕީރައިޓް ޤާނޫނުގެ 1 ވަނަ މާއްދާގައި ކޮޕީރައިޓް ޤާނޫނަކީ ދިވެހިރާއްޖޭގައި ކޮޕީރައިޓްއާއ އެއާއި ގުޅި އެހެނިހެން ހައްޤުތައް ހިމާޔަތްކޮށްދިނުމާއި އެފަދަ ޙައްޤަކަށް އުނިކަމެއް ލިބިއްޖެނަމަ އެޅޭނެ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅުމުގެ ޤާނޫނުކަމަށް ބަޔާންކޮށްފައިވާކަމަށެވެ. މިގޮތުން ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ފިކުރީ މުދަލުގެ ޤާނނުތަކަކޫ އެޤައުމެއްގެ ޓެރިޓަރީއަށ އެކަން ތަޠުބީޤްކުރާ ޤާނޫނުތަކެއްކަމަށެވެ. ދިވެހިރާއްޖޭގެ ކޮޕީރައިޓް ޤާނޫނުގެ 1 ވަނަ މާއްދާގައިވެސް އެފަދައިން ބަޔާންކޮށްފައިވަނީ އެސަބަބަށްޓަކައި ކަމަށެވެ. ޤާނޫނެއްގެ ދަށުން އެތަކެތި ހިމާޔަތްކޮށްދިނުމުގެ މާނައަކީ އެޤާނޫނެއްގެ ހިމާޔަތް މުޅި ދުނިޔެއަށް ލިބުމެއްނޫންކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ކޮޕީރައިޓް ޤާނޫނުގެ 37 ވަނަ މާއްދާގައި ބައިނަލްއަޤްވާމީ މުއާހަދާތަކަށް ރިޢާޔަތްކުރަން ލާޒިމްކުރާކަމަށެވެ. މިގޮތުން "ޓްރިޕްސް އެގްރީމެންޓް"ގެ 3 ވަނަ މާއްދާގއަބުނާ ގޮތުން ޕްރިންސްޕަލް އޮފް ނޭޝަނަލް ޓްރީޓްމަންޓްގެ ދަށުން އެޤައުމެއްގެ ކޮޕީރައިޓް ޤާނޫނެއްގެ ދަށުން އެޤައުމެއްގެ މުސައްނިފުންނަށްދޭ ޙައްޤުތައް އެއްވެސް ތަފާތު ކުރުމެއްނެތި ބިދޭސީ މުސައްނިފުންނަށް ދޭންޖެހޭކަމަށެވެ.
16އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްސީލްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ކްރިއޭޓިވް ކޮމޮންސް ލައިސެންސްގައިވާ ޝަރުތުތަކަށ ރިޢާޔަތް ކުރުމެއްނެތި ސިވިލް ކޯޓުގެ އަދި ސިވިލް ކޯޓުގެ ފައިންޑިނގ އޮފް ފެކްޓްސް އާއި ތަޢާރުޟްވާގޮތަށ ފުރަތަމް ޝއާ އިކުރިއިރު ހުއްދަ ލިބިފައިނުވާކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އެސަބަބުތައ ވަރަށް ތަފްސީލްކޮށް އިސްތިއުނާފީ ނުކުތާތަކުގައި ބަޔާންކޮށްފައިވާނެކަމަށެވެ. މާރިޗު މަހުގއަ ހިނގިކމަ ކަށް ތަޠުބީޤުކުރަންޖެހޭނީ ޖަރުމަނުގެ ޤާނޫނުކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކޮޕީރައިޓް ޤާނޫނު ޠަޠުބީޤުކުރާކަމަށް ބެލިކަމުގައި ވީނަމަވެސް، މީގައި ކްރިއޭޓިވް ކޮމންސް ލައިސެންސްއެއް އޮތްކަމަށެވެ. މިގޮތުނޮ ޢަލީ ނިޝާންގެ ފަރާތުން ހިލޭ ދޫކުރަމުންދިޔަ ކްރިއޭޓިވް ކޮމޮންސް ލ އިސެންސްއެއްވާކަމަށެވެ. އަދި މަޓާޓޯއިން އެލައިސެންސްގެ ދަށުން ޝއިއާކޮށްފައިވަނީ އެލައިސެންސްގެ ޝަރުތުތަކާ އެއްގޮތަށް ތޯ ނޫންތޯ ސާބިތުކޮށްދިނުމަށް ޢަލީ ނިޝާން ހުށަހަޅާފައިވަނީ އެމަޖައްލާގެ 2018 ޖޫންގެ ކޮޕީއެއްކަމަށެވެ. އެހެންނަމަވެސް މަޓާޓޯގެ ފަރާތުން ސިވިލް ކޯޓުގައި އެމަޖައްލާގި 2018 މާރިޗް މަހު ޕަބްލިޝްކުރި ކޮޕީތަކަކާއި 2018 ޖޫން މަހުގަ ޕަބްލިޝްކުރި ކޮޕީތަކުގައި ތަފާތުތަކެއް ހުރިކަމަށް ޝަފަހީ ހެކިން ހުށަހަޅާގެން ސާބިތުކޮށްދީފައިވާނެކަމަށެވެ. އަދި އެހެކި ތައުނު ކުރެވޭނެ އެއްވެސް އިތުރު ހެއްކެއް ޢަލީ ނިޝާނގެ ފަރާތުން ހުށަހަޅާފައިނުވާކަމަށެވެ.
17އިސްތިއުނާފީ ހަތަރުވަނަ ނުކުތާ ގެ ތަފްސީލްގައި ބުނެފައިވަނީ ސިވިލް ކޯޓުން ނަގާދީފައިވާ ފަރުވާއަކީ ދައުވާކުރާ ފަރާތުގެ ދަޢުވާ ބިނާކޮށްފައިވާ އަސާސްއާ ގުޅުމެއް ނެތް ފަރުވާއެއްކަމަށެވެ. މިގޮތުން ޢަލީ ނިޝާންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި -/10،000ރ (ދިހަހާސް ރުފިޔާ) ހޯދުމަށް އެދިފައިވަނީ ކޮޕީރައިޓް ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގެ ދަށުން އެދޭ މާލީ ބަދަލެއްގެ ގޮތުގައިކަމަށެވެ. އެހެންނަމަވެސް ޢަލީ ނިޝާންގެ ކޮޕީރައިޓް ހައްޤު ގެއްލިފައިވާކަމަށް ބެލެވެން ނެތްކަމަށް ނިންމާފައިވާއިރު އެޤާނޫނުގެ ދަށުން ދެވޭނެ ފަރުވާއެއް ނެތްކަމަށެވެ. އެހެންނަމަވެސް ސިވިލް ކޯޓުގެ ޙުކުމުގައި ވަނީ އެހެން ނޫންކަމަށެވެ. މިގޮތުން ޢަލީ ނިޝާން ސިވިލް ކޯޓުގައި ކުރި ދަޢުވާއަކީ އެއްބަސްވުމާ ޚިލާފުވިކަމަށްބުނެ އެލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާއެއް ނޫންކަމަށެވެ. އެހެންކަމުން އެއްބަސްވުމާއި ޚިލާފުވެ ބަދަލު ހޯދުމަށް އެދިފައިނެތީސް، އެފަދަ ބަދަލެއް ހޯދުމަށް އެދިފައިވާކަމަށްބުނެ ޙުކުމްކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
18އިސްތިއުނާފީ ފަސްވަނަ ނުކުތާގެ ތަފްސީލްގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުން މައްސަލަ ނިންމިއިރު، agreement on the trade related aspects of the intellectual property rights ގެ 48 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދިފާއުގެ ޚަރަދު ނަގާދިނުމުގެ ޙއްޤާއިމަދ ގޮތެއު ކަނޑައަޅާފައިނުވާކަމަށެވެ. މަޓާޓޯއިން އެދިފައިވަނީ އިޝާރާތްކުރެވުނު އެގްރީމެންޓްގެ 48 ވަނަ މާއްދާގެ ދަށުން ދިފާޢުގެ ޚަރަދު ނަގައިދިނުމަށްކަމަށެވެ. އެހެންނަމަވެސް އެކަމާއި ގުޅިގެން ސިވިލް ކޯޓުން މައްސަލަ ނިންމިއިރު އެއްވެސް ގޮތެއް ކަނޑައަޅާފައެއްނުވާކަމަށެވެ.
19އިސްތިއުނާފުކުރާ މަޓާޓޯގެ ފަރާތުން މިމައްސަލާގައި އެދިފައިވަނީ ޖަރުމަނުގައި ހިނގިކަމަށބުން ކޮޕީ ރައިޓް އިންފްރިންޖްމަންޓްގ ޢަމަލުގެ މައްޗަށް ޤާނޫނު ނަންބަރު 2010/23 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) ނުހިނގާނެކަމަށް ކަނޑައަޅާދެއްވުމަށާއި، އުފެއްދުން ޝާއިޢުކުރިއިރު ހުއްދަ ލިބިފައިނުވާކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ އިޝާރާތްކުރވުނެ ޤާނޫނުގެ 1 ވަނަ މާއްދާއާއި Principle of Territoriality of Intellectual Property Rights (ޕްރިންސިޕަލް އޮފް ޓެރިޓޯރިއަލިޓީ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް) އާ ޚިލާފަށްކަމަށާއި، އަދި އެފަދައިން ނިންމާފައިވަނީ ހުށަހަޅާފައިވާ ހެކިތަކާއި ކޯޓުން ބަލައިގަނެފައިވާ ވާޤިޢާތަކާ ތަޢާރުޟުވާގޮތަށްކަމަށް ކަނޑައަޅާދެއްވުމަށާއި، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއިން ދިފާޢުވުމުގެ ޚަރަދުތައް އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭނެކަމަށް ކަނޑައަޅާދެއްވައި، އެޚަރަދު ހޯދުމަށް ވަކިން ދަޢުވާކުރުމުގެ ޙައްޤު އިސްތިއުނާފުކުރާ ފަރާތަށް އޮތްކަމަށް ކަނޑައަޅާދެއްވުމަށެވެ. މީގެ އިތުރުން 06 މާރިޗު 2022 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުން އެދޭ ގތުގޮ 4010. ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށް އެދި ހުށަހަޅާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވަނީ ބްރީޗ އޮފް ކޮންޓްރެކްޓްގެ ފަރުވާ ނަންގަވާ ނުދެވޭނެކަމަށް ކަނޑައަޅުއްވާ ދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތު ން ދެއްކި ވާހަކަތައް.
20އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާގެ ރައްދުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މިހާދިޘާއަކީ 2016 ވަނަ އަހަރު ތައްޔާރުކުރި އުފެއްދުމެއް އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުއްދައަކާނުލައި އަލުން ރީކްރިއޭޓް ކޮށްގެން އުޅޭ މައްސަލައެއްކަމަށެވެ. ޕްރިންސިޕަލް އޮފް ޓެރިޓޯރިއަލިޓީގެ އުސޫލަކީ ރަނގަޅު އުސޫލެއްކަމަށާއި، އެއީ ފޮލޯކުރަނ އޮންން އުސޫލެއްކަމަށެވެ. މިގޮތުން ޕްރިންސިޕަލް އޮފް ޓެރިޓޯރިއަލިޓީގެ އުސޫލުގައި ބުނަނީ ޖަރުމަނުގައި އިންފްރިންޖްމަންޓް ހިނގާފައި އޮތްކަމަށް ވާނަމަ ދިވެހިރާއްޖޭގެ ޤާނޫނެއް ޖަރުމަނާހަމައަށް އެކްސްޓެންޑެއް ނުވާނެކަމަށެވެ. އެހެންނަމަވެސް، ސިވިލް ކޯޓަށް ހުށަހެޅި ހެކިންގެ ހެކިބަހުންވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ އުފެއްދުން ބޭނުންކޮށްފައިވަނީ ހަމައެކަނި ޖަރުމަނުގައި ބެހި print ކޮޕީތަކުގައެއް ނޫންކަމަށެވެ. އެމަޖައްލާގެ އޮންލައިން ވަރޝަންގައިވެސް އެއުފެއްދުން ހުއްދަނެތި ބޭނުންކޮށްފައިވާކަމަށެވެ. އެހެންކަމުން މިމަޖައްލާއަކީ ދިވެހިރާއްޖޭގެ ސަރަހައްދު ތެރޭގައިވެސް ބަލައި، އެއަށް އެކްސެސް ކުރެވޭނެ އެއްޗަކަށްވުމުން ހަމަ މިއުސޫލުން އެ އެއްޗަކީ މުޅި ދުނިޔެއަށް އާންމުކޮށް in rem ހުޅުވާލެވިފައިވާ އެއްޗަކަށްވުމުން، މުޅި ދުނިޔޭގެ ކޮންމެ ހިސާބެއްގ ކޮންމެ މީހެއްމެ ބަލއަ އެއަށް އެކްސެސް މިނުކުތާއާގުޅޭ ގޮތުން އަހުރެން ދެކޭގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/142 ޤަޟިއްޔާގައި ހާމަކޮށްފައިވާނެއެވެ. ކުރެވޭނެ އެއްޗަކަށްވުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތް އެއްޗަކަށް ވުމުން، މިމަޖައްލާ ބެހުނީ ހަމައެކަނި ޖަރުމަނުގައަކަމަށް ބުނުމަކީ ކަނޑައެޅިގެން ހެދޭ ދޮގެއ ނުވަތް އޮޅުވާލެވޭ އޮޅުވާލުމެއްކަމަށެވެ.
21އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ މަޓާޓޯއިން ނެރެފައިވާ މަޖައްލާގައި ކޮޕީރައިޓަށް އަރައިގަންނަ ޢަމަލެއް ހިންގާފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތުން ސާބިތުކޮށްދީފައިވާނެކަމަށެވެ. އެހެންކަމުން ތަފާތު އެކި މަޖައްލ އެކާ ތާރީޚުގައި ނެރުނުކަމަށާއި އެފަދައިން ނެރުނު އެކިއެކި ޗާޕުތަކުގައިވާ ތަކެތި ތަފާތުކަމުގައި ސާބިތުކޮށްދޭންޖެހޭނީ އެކިއެކި އަދަދު ނުވަތަ ޗާޕު ތައްޔާރުކުރެވުނުކަމަށްބުނާ ފރާތުންކަމަށެވެ.
22އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން މިނުކުތާގައި ދައްކަނީ ރަނގަޅު ވާހަކައެއްކަމަށެވެ. އަދި އެއީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އިސްތިއުނާފީ ނުކުތާގައިވެސް ހިމެނޭ ކަމެއްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނީ ކޮޕީރައިޓް މައްސަލައެއް ބަލާދިނުމަށްކަމަށާއި، ކަން ހިނގާދިޔަ ފަހުން އިންވޮއިސްއަކަށް އެއްބަސްވުމުން ކޮންޓްރެކްޓެއް ވުޖޫދަށް އަންނަ ވާހަކަ ދެއްކީ އިސްތިއުނާފުކުރާ ފަރާތުން ކަމަށެވެ. އެހެންކަމުން އެއީ އިސްތިއުނާފު ރައްދުވާ ފަރާތުންވެސް އެކަމާ ދެކޮޅު ނިންމެވުމެއްކަމަށެވެ.
23އިސްތިއުނާފީ ފަސްވަނަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތަށް އެފަރާތުގެ ވަކީލުން ކ އަގު -/100،000ރ. (އެއްލައްކަ ރުފިޔާ) ދައްކާ ޚަލާސްކުރި ގޮތެއް ނެތްކަމަށެވެ. އެހެންކަމުން އެއީ ހަމަ ހިނގި ޚަރަދު (actual cost) ގެ ގޮތުގައި މިދަޢުވާ ދެމެހެއްޓޭނެ ގޮތެއް ނެތްކަމަށެވެ. އަދި މިއަދާ ހަމައަށްވެސު މިމައްސަލައިގައި އިސްތިއުނާފު ރައްދުވި ފަރާތުގެ ވަކީލުންދަނީ ހިލޭ ސާބަހަށް މަސައްކަތްކޮށްދެމުންކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތަށް -/10،000ރ. (ދިހަހާސް ރުފިޔާ) ދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރު ކުރުމަށްފަހު، އިސްތިއުނާފުކުރާ ފަރާތުގެ ވަކީލުންނަށް 5000.00$ (ފަސްހާސް އެމެރިކާ ޑޮލަރު) ދީގެން މައްސަލައިގައި ދިފާޢުވާން މަޓާޓޯއިން މަސައްކަތްކުރަމުން އަންނަކަމަށެވެ. މިއީ imbalance އެއްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
24އިސްތިއުނާފު ރައްދުވާފަރާތުން އެދިފައިވަނީ އިސްތިއުނާފު ރައްދުވި ފަރާތުގެ cross appeal އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ، އެދޭގޮތް އެގޮތް ފަހިކޮށްދެއްވާ ސިވިލް ކޯޓުގެ ނަންބަރު 8C/201-Cv/4710 ޤަޟިއްޔާ ގެ ނިންމުމަށް ބަދަލު ގެނެސްދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
25މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު:8C/201-Cv/4710 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް މަޓާޓޯ ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އިސްތިއުނާފީ ފުރަތަމަ ދެނުކު ތ:
26މަޓާޓޯގެ ފަރާތުން ހުށަހެޅި ފުރަތަމަ ދެނުކުތާގައި ބަޔާންކުރާ މައިގަނޑު ވާހަކައަކީ، ޕްރިންސިޕަލް އޮފް ޓެރިޓޯރިއަލޓި territoriality) (principle of އާ ގުޅޭ ވާހަކަތަކެކެވެ. ކޮޕީރައިޓް މައްސަލަތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/142 ޤަޟިއްޔާ ބަލަންޖެހޭ އަސާސީ އެއް އުޞޫލކ އެއީ ކަމަށްބުނެ، މަޓާޓޯ އިން އިޖުރާއީ ނުކުތާއެއް ދަށު ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް މިއިޖުރާއީ ނުކުތާއަށް މިމައްސަލައިގެ މައުޟޫއު ނިންމިއިރުވެސް ދަށު ކޯޓުން ބަލާފައި ނެތްކަމަށް މަޓާޓޯ އިން ބުނެއެވެ.
27ދަށު ކޯޓުން މިނުކުތާ ނިންމުމުގައި ބަޔާންކޮށްފައިވަނީ؛ "...... ޤާނޫނު ނަންބަރު:2010/23 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ
(ހ) ގައި އެ ޤާނޫނު ހިންގޭނެ ދާއިރާ ބަޔާންކޮށްފައިވާ ކަމާއި، އެ ޤާނޫނުގެ ދަށުން ޙިމާޔަތްކޮށްދޭ އުފެއްދުންތަކުގެ ތެރޭގައި، ޤާނޫނަށް ޢަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގައި އުފައްދާ ހުރިހާ ތަކެއްޗާއި ދިވެހިރާއްޖޭ ގައި ތަޞްދީޤުކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއްގައި ބަޔާންކުރެވިފައި ވ ބަޔަކާ އުފައްދާ ތަކެތި ހިމެނޭކަމާއި، އަދި ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ދިވެހި މުޞައްނިފުނ ނުވަތް ދިވެހިރާއްޖޭގައި ދިރިއުޅޭ މުޞައްނިފުންގެ މަސައްކަތްތައް ހިމެނޭ ކަމާއި، ޤާނޫނުގެ އިސްވެ ބަޔާންކުރެވުނު ނައްޞުތައް މި މައްސަލައަށް ތަޠްބީޤުކުރާއިރު، ދަޢުވާގައި ބަޔާންކޮށްފައިވާ އުފެއްދުން ނުވަތަ ފޮޓޯ ނަގާފައިވަނީ ދިވެހިރާއްޖޭގައި ކަމާއި، އެ އުފެއްދުން އުފެއްދި ފަރާތާއި މި މައްސަލައިގައި ދަޢުވާލިބޭ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖންޓޭސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އަކީ ވެސް ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އަދި ދިވެހިރާއްޖޭގައި އޮޕަރޭޓްކުރަމުން އަންނަ ޖަމިއްޔާއެއްކަނ އެނގެން އޮންން ކަމާއި، އަދި މި ދަޢުވާ އެމައްޗަށް ބިނާވެފައިވާ އުފެއްދުން ޝާއިޢުކޮށްފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސ އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)ގ ފަރާތުން ނެރެމުން އަންނަ މަޖައްލާއެއް ކަމުގައިވާތީ، މި މައްސަލަ ދިވެހިރާއްޖޭގެ ކޯޓެއްގައި ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސ އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) ގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ އިޖުރާއީ ގޮތުން މިމައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދިއުން މަނާކުރާ ސަބަބެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ."
28މަޓާޓޯގެ ފަރާތުން ބުނަނީ ކޮޕީރައިޓް ޙައްޤަށް އަރައިގަތްކަމަށްބުނ ޢަމަލާ ހިންގާފައިވަނީ ޖަރުމަނުގެ ބާލިންގްގައި ކަމަށް ދަށު ކޯޓުގއަ ދަޢުވި ކުރިއިރަ ޢަލީ ނިޝާންގެ ފަރާތުންވެސް އިޢުތިރާފު ވާކަމަށެވެ. ވީމާ، ދިވެހިރާއްޖޭގެ ކޯޓެއްގައި މިމައްސަލަ ނުބެލޭނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކޮޕީރައިޓް ޤާނޫނު މިމައްސަލައިގެ މައްޗަށް ނުހިންގޭނެކަމަށެވެ. މިމައްސަލައިގައި ދަޢުވާ ކުރަންޖެހޭނީ ޖަރުމަނުގެ ކޯޓެއްގައި ޖަމަރުމަނުގެ ކޮޕީރައިޓް ޤާނޫނުގެ ދަށުން ކަމުގައެވެ. އަދި ދިވެހިރާއްޖޭގެ ކޯޓެއްގައި ދަޢުވާ ކުރިނަމަވެސް ހިންގަންޖެހޭނީ ޖަރުމަނުގެ ކޮޕީރައިޓް ޤާނޫނު ކަމަށެވެ.
29ޢަލީ ނިޝާންގެ ފަރާތުން މިކަން ޤަބޫލެއް ނުކުރެއެވެ. އެފަރާތުން ބަޔާންކުރަނީ، ކޮޕީރައިޓަށް އަރައިގަތް ޢަމަލު ހިންގީ ކޮންމެ ތަނެއް ގައި ކަމަށްވިޔަސް، ކޮޕީރައިޓަށް އަރައިގަތް ފަރާތަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާތީ، އެފަރާތުގެ މައްޗަށް ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުގެ އިޚްތިޞާޞް ހިނގާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކޮޕީރައިޓް ޤާނޫނުވެސް ހިންގޭނެ ކަމަށެވެ. މީގެ އިތުރުން، ކޮޕީރައިޓަށް އަރައިގަތީ ހަމައެކަނި ޖަރުމަނުގައި ނޫންކަމަށް ޢަލީ ނިޝާންގެ ފަރާތުން ބުނެއެވެ.
30އެހެންކަމުން، މި ދެނުކުތާގައި މިކޯޓުން ޖަވާބު ދޭންޖެހޭ ސުވާލަކީ، ރާއްޖޭގެ ކަމާބެހޭ ކޯޓަށް މިމައްސަލަ ބެލިދާނެތޯ (jurisdictional competence) އަދި ހުށަހަޅިފައިވ ކޮޕީރައިޓާ މައްސަލައިގް މައްޗަށް ހިނގާނީ (applicable law) ކޮން ޤާނޫނެއްތޯ ބަޔާންކުރުމެވެ. މި މައްސަލައިގެ މައުޟޫއަށް ބެލުމުގެ ކުރިން މިދެނުކުތާގެ ޖަވާބު ލިބުން މުހިންމެވެ. ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް މިދަޢުވާ ބަލައި ގޮތެއް ކަނޑައެޅިދާނެތޯ؟
31މަޓާޓޯގެ ފަރާތުން ފާހަގަކުރާ މައިގަނޑު އެއް ނުކުތާއަކީ ފިކުރީ މުދަލއާ ގުޅިފައިވާ ޙައްޤުތަކާ ގުޅޭ ގޮތުން ބަލަންޖެހޭ އަސާސީ އެއް އުޞޫލަކީ ޤާނޫނު ހިންގުން އެޤައުމެއްގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގެ ތެރެއަށް މަހްދޫދު ކުރެވެންޖެހޭ އުޞޫލު ނުވަތަ (principal of territoriality) ގެ މަބްދަޢުއަށް ދަށު ކޯޓުން ބަލާފައި ނުވުމެވެ. މިސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ތިރީގައިވާ ކަންކަމަށް ބަލަންޖެހޭކަމަށް ދެކެމެވެ. ޤާނޫނުގެ ބާރު ހިނގާ ދާއިރާ:
32ޕްރިސިޑެންސް 1ހަމަ ކޮންމެ ޤައުމަކީވެސް ފުރިހަމަ ސިޔާދަތީ ބާރާއި އިޚްތިޞާޞް އެޤައުމެއްގ ސަރަޙައްދުގެ ތެރެއަށް ލިބިގެންވާ ޤައުމެކެވެ. މީގެ ސީދާ ނަތީޖާއަކީ ކޮންމެ ޤައުމެއްގެވެސ ޤާނޫނުގް ބާރު އަދި އެޤާނޫނނު ބަދެވިގެންދާނީ، އެޤައުމެއްގ ސަރަޙައްދުގެ ތެރޭގައި ހުންނަ އެއީ އުފުލޭ މުދާ ކަމަށްވިޔަސް ނުވަތަ ނުއުފުލޭ މުދާކަމަށްވިޔަސް މުދަލުގެ މައްޗަށް ކަމަށްވުމާއި، އެއީދޭސީ އަކަށްވިޔަސ ނުވަތް ބިދޭސީންއަކަށްވިޔަސް ނޫނީ ޤާނޫނުން އުފައްދާ ޝަޚުޞެއްކަމަށްވިޔަސް އެޤައުމެއްގ ސަރަޙައްދުގެ ތެރޭގައި އުޅޭ މީހެއްގެ މައްޗަށް ކަމަށްވުމާއި އަދި މިނޫންވެސް ސަރަޙައްދުގެ ތެރޭގައި ކުރާ ނުވަތަ ނުކޮށްދޫކޮއްލާ ޢަމަލުތަކުގެ މައްޗަށް ކަމަށް ވުމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2021/SC-A/10 ޤަޟިއްޔާގައި މިއުޞޫލު ޚުލާޞާ ގޮތެއްގައި ބުނެދީފައިވަނީ "ކޮންމެ ޤައުމެއްގައި އެކުލަވާލެވޭ ޤާނޫނަކީވެސް، އެ ޤައުމެއްގައި ޢަމަލުކުރުމަށް އެކުލަވާލެވޭ ޤާނޫނެވެ." މިފަދައިންނެވެ.
33އެހެންކަމުން، އެއްވެސް ޤައުމަކަށް، އެޤައުމެއްގ ޤާނޫނުގެ ބާރު، އެޤައުމެއްގެ ސަރަޙައްދުން ބޭރުގައި ހުންނަ މުދަލެއްގެ މައްޗަށް ނޫނީ އެޤައުމެއްގެ ސަރަޙައްދުގައި ނޫޅޭ މީހެއްގެ މައްޗަށް، ސީދާ އަސަރު ކުރާނެހެން ނުވަތަ ބަދެވޭނެހެން ނުހެދޭ ނެކަމީ ކުރިން ބަޔާންވެދިޔަ އުޞޫލުގެ މަތިން ސާފުވާ ކަމެކެވެ. ވީމާ، ކޮންމެ ޤައުމަކަށްވެސް ބާރު ލިބެނީ އެޤައުމެއްގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގެ ތެރޭގައި އުޅޭ މީހުންނާއި ހުންނަ ތަކެތީގެ ކަންކަން ތަންޒީމު ކުރާނެ ގޮތުގެ ޤާނޫނު ހެދުމުގެ ބާރެވެ.
34ޕްރިސިޑެންސް 2ނަމަވެސް މަތީގައި ބަޔާންވެދިޔަ ޢާންމު އުޞޫލުގެ ތެރެއަށް އިތުރު ކުރެވިގެންވާ މުހިންމު އަދި ދޫކޮށް ނުލެވޭނެ އިސްތިނާއީ ޙާލަތެއް ވެއެވެ. އެއީ، އެޤައުމެއްގ ރައްޔިތުންގެ މައްޗަށް އެޤައުމެއްގެ ޤާނޫނުތައް އެހެން ކޮންމެ ތަނެއްގައި އުޅުނުނަމަވެސ ހިނގާނެކަމަށް އޮންން އިސްތިސްނާއެވެ. މީގެ މިސާލުތައް ދިވެހިރާއްޖޭގެ ޤާނޫނުތަކުންވެސް ފެންނާނެއެވެ. ވީމާ، ކޮންމެ ޤައުމެއްގެ ޤާނޫނަކީ އެޤައުމެއްގެ ސަރަޙައްދގު ތެރެއަށް ހިނގާނެ ޤާނޫނެއްކަމަށ މުޠްލަޤަށް ބުން އެހިސާބުން އެކަން ނިންމާލެވޭނެ ކަމަކަށް ނުދެކެމެވެ. ޚަދީޖާ އިބްރާހިމް ދީދީ ވ. ދަ މޮރިޝަނ ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް [2022] SC 46 ދިވެހިރާއްޖޭގައި ކުރިން ޢަމަލު ކުރަމުންދިޔަ ޤާނޫނު ނަންބަރު:81/1 ( ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) (ޕީނަލްކޯޑް) ގެ 3 ވަނަ މާއްދާގައި "ދިވެހި ޤާނޫނު ހިނގާ ކޮންމެ މީހަކު ޤާނޫނަކާ ޚިލާފުވާއިރ ހުރު ދިވެހިރާއްޖެއިން ބޭރުގައި ކަމަށްވިޔަސް ނުވަތަ އެއްވަނަ މާއްދާގައި ބުނެފައިވާ ސަރަޙައްދުން ބޭރުގައް ކަމަށްވިޔަސް މިޤާނޫނުގައިބުނާ ގޮތުގެ މަތިން އޭނާއަށް އަދަބު ލިބޭނީ ދިވެހިރާއްޖޭގައިހުރެ އެކުށް ކުޅައުޅެމޭ އެއްފަދައިންނެވެ. އަދި އޭނާގެ ޝަރީޢަތް ހިންގާނީ
35ޕްރިސިޑެންސް 3ދިވެހިރައްޔިތަކ ނުވަތު ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުޞަކުންވިޔަސް ދިވެހިރާއްޖޭގެ ޤާނޫނަކާއި ޚިލާފުވާހިނދު، ޤާނޫނާއި ޚިލާފު އެޢަމަލު ހިންގީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެ ކަމަށްވީނަމަވެސް، އޭނާގެ އެ މައްސަލަ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުގައި ބެލުމުގެ ޝަޚްޞީ އިޚްތިޞާޞް (personal jurisdiction) ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް ލިބިގެންވާނެވެ. ކޮންފުލިކްޓ އޮފް ލޯޒް (conflict of laws) ނުވަތަ ޕްރައިވެޓް އިންޓަނޭޝަނަލް ލޯ (Private international law) ގެ އުޞޫލުތައް ބަޔާންކުރާގޮތުން، އެޤައުމެއްގެ ރައްޔިތަކަށް ރައްދުވާ މައްސަލައެއް އެޤައުމެއްގައި ބެލުމުގެ ފުރިހަމަ ޤާނޫނީ ބާރު އެޤައުމެއްގެ ކޯޓަކަށް ލިބިގެން ވެއެވެ.
36ފިކުރީ މުދާ (intellectual property) ދޭހަކޮށްދެނީ، އެއީ އިންސާނާގެ ފިކުރާއި ވިސްނުމާއި ބުއްދިކުރުމުން އުފައްދާ ކަންތައްތަކެއް ސާބިތުކޮށް ރައްކާތެރިކޮށްދިނުމާގުޅޭ ހަމަތަކއެ ކަމެވެ. ފިކުރީ މުދަލާއި ގުޅިފައިވާ ތަފާތު ދާއިރާތަކެއްވެއެވެ. އޭގެތެރެއިން، ކޮޕީރައިޓްއަކީ ޤާނޫނުން ރައްކާތެރިކޮށްދޭ ފކުރީ މުދަލާއި ގުޅޭ އެއި ދާއިރާއެވެ. ފިކުރީމުދަލާއ ގުޅި އެހެން ދާއިރާތައް މިސާލަކަށް އައު އީޖާދަކާއ ގުޅިގެނި ދޫކުރާ ޕޭޓެންޓް ރައިޓް ނޫނީ ޓްރޭޑް މާރކް ފަދަ ދާއިރާތަކާއި ކޮޕީރައިޓްއ ގުޅާ ގޮތުން، ޢަމަލުކުރެވޭ ޤާނޫނީ އުޞޫލުތަކުގައި ތަފާތުތަކެއް ހުރެއެވެ. ދިވެހިރާއްޖޭގައެވެ." މިފަދައިން ބަޔާން ކޮށްފައިވެއެވެ. އަދި ހަމައެހެންމެ، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 13 ވަނަ މާއްދާގައި ރާއްޖޭގެ ސަރަޙައްދުން ބޭރަށް އެޤާނޫނު ހިނގާނެ ގޮތް ކިޔައިދީފައިވެއެވެ. ޤާނޫނީ ނަންބަރު:2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާ "....އޭގެ ތެރޭގައި ދިވެހިރާއްޖޭއިން ބޭރުގައި ކުރާ ކުށްތައްވެސް ހިމެނެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ކުށަކީ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށެއް ކަމުގައި މި ޤާނޫނުގެ ބޭނުމަށްޓަކައި ބެލޭނީ، އެ ޢަމަލަކީ، އެ ޢަމަލު ހިންގި ޤައުމުގެ ޤާނޫނުގެ ދަށުން ކުށެއް ކަމުގައި ބެލެވޭ ޢަމަލެއް ކަމުގައި ވުމުގެ އިތުރުން، އެއީ އެ ޢަމަލު ދިވެހިރާއްޖޭގައި ހިނގައިފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުންވެސް ކުށެއް ކަމުގައި ބެލެވޭ ޢަމަލެއް ކަމުގައިވާނަމައެވެ." ދިވެހިރާއްޖޭގެ ކޮޕީރައިޓް ޤާނޫނު:
37މަޓާޓޯގެ ފަރާތުން، ކޮޕީރައިޓް ޤާނޫނު ގެ 1 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ބުނަނީ، އެޤާނޫނަކީ "ދިވެހިރާއްޖޭގައި" ހިންގޭނެ ޤާނޫނެއް ކަމަށެވެ. އަދި ކޮޕީރައިޓް އާގުޅޭ ގޮތުން އެޤާނޫނަ ހިނގާނީ، ސަރަޙައްދީ އިމުގެ ތެރޭގައިކަން ބަޔާންކޮށްދިނުމުގެ ގޮތުން، ބައިނަލްއަޤްވާމީ ބައެއް ކޮންވެންޝަންތަކާއ އަދި ބޭރުގެ ޖޫރިސްޑިކްޝަންތަކުން ނިންމާފައިވާ ނިންމުންތައް މަޓާޓޯގެ ފަރާތުން ހުށަހަޅައިދީފައިވެއެވެ.
38ކޮޕީރައޓި ޤާނޫނު ގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ؛ ތަޢާރުފާއި ނަން 1. (ހ) މި ޤާނޫނަކީ، ދިވެހިރާއްޖޭގައި ކޮޕީރައިޓާއ އަދި އެއާގުޅޭ އެހެނިހެން ޙައްޤުތައް ޙިމާޔަތްކޮށްދިނުމާއި، އެފަދަ ޙައްޤަށް އުނިކަމެއް ލިބިއްޖެނަމަ އެޅޭނެ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅުމާބެހޭ ޤާނޫނެވެ. މިފަދައިންނެވެ. އެހެންވެ، މަޓާޓޯއިން ބަޔާންކުރަނީ، މިޤާނޫނުގެ ދަށުން، ކޮޕީރައިޓް ލިބިދީފައިވާ ޙައްޤަކަށް ދިވެހިރާއްޖެއިން ބޭރުގައި މީހަކު އަރައިގެންފިނަމަ، އެމައްސަލައެއް ބެލުމުގެ އިޚްތިޞާޞް ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް ނޯންނާނެކަމަށާއި އަދި އެޢަމަލުގެ މައްޗަށް މި ޤާނޫނު ނުހިނގާނެ ކަމަށެވެ. ސަބަބަކީ، ކޮޕީރައިޓަށް އަރައިގަތ ޢަމަލް ހިންގިކަމަށް ބުނަނީ ދިވެހިރާއްޖޭގެ ސަރަޙައްދުން ބޭރުގައި (ޖަރުމަނުވިލާތުގެ ބާލިންގ ގައި) ކަމަށްވުމާއި މި ޤާނޫނަކީ ދިވެހިރާއްޖޭގައި ކޮޕީރައިޓް ހިމާޔަތް ކޮށްދޭ ޤާނޫނަކަށް ވާތީއެވެ. ޤާނޫނު ނަންބަރު (2010/23) ކޮޕީރައިޓް ޤާނޫނާއި ސަރަޙައްދަށް ބެލުމުގެ އުޞޫލު:
39ޕްރިސިޑެންސް 4ކޮޕީރައިޓްއާއ ގުޅި ގޮތުން އެހެން ޖޫރިސްޑިކްޝަންތަކުން ނިންމާފައިވާ މައްސަލަތަކަށް ބަލާއިރު، ކޮންމެ ޤައުމަކަށްވެސް އެޤައުމެއްގެ ކޮޕީރައިޓްއާގުޅޭ ގޮތުން ޤާނޫނުން ލިބިދޭ ބާރު އެޤައުމެއްގެ ބޯޑަރާއި ހަމައިން ނިމިގެންދާކަމަށް ބަޔާންކުރާ ކުރުމަކީ ޤަބޫލު ކުރެވިފައިވާ އުޞޫލުކަނ ހުށަހެޅް ބޭރުގެ ޖޫރިސްޑިކްޝަންތަކުން ނިންމާފައިވާ ގިނަ މައްސަލަތަކަށް ބެލުމުން އެނގެއެވެ. އެހެންކަމުން، ކޮންމެ ޤައުމެއްގެވެސް ކޮޕީރައިޓްއާ ގުޅޭ ޤާނޫނުގެ ޢާންމު ޠަބީއ ސިފައަކީ ޤައުމުގެ ސަރަޙައްދަށް ނިސްބަތްކުރެވޭ ޤާނޫނެއްކަމުގައިވުން ކަމަށް ބަލަންޖެހެއެވެ. ޚާއްޞަކޮށް އެޤައުމެއްގެ ބޭރުގައި ކޮޕީރައިޓަށް އަރައިގަނެގެނ ހުށަހެޅް މައްސަލަތަކުގެ މައްޗަށް މިއުޞޫލު ހިންގާފައިވާތަން ފެނެއެވެ. އެހެންކަމުން، މަޓާޓޯގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ބަޔާންކުރާ ޓެރިޓޯރިއަލިޓީގެ އުޞޫލަކީ ޢާންމު އުޞޫލުން، ކޮޕީރައިޓް އަދި އެހެން ޤާނޫނުތައްވެސް ހިނގާނެ ގޮތްކަމަށް އަހުރެންނަށް އެއްބަސްވވެ އެވެ.
40ނަމަވެސް، ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް މިމައްސަލަ ބެލޭނެކަމަށްބުނެ، އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، މަޓާޓޯއަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ޤާނޫނީ ޝަޚްޞެއްކަން ފާހަގަކުރެވެއެވެ. އަދި ޢާންމުކޮށް އެތަނުގެ ޙަރަކާތްތައް ރާވައި ހިންގަނީ ދިވެހިރާއްޖޭގައިކަމަށް ބުނެއެވެ. މީގެ އިތުރުން، މިމައްސަލައިގައި ބަޔާންކުރާ ކޮޕީރައިޓަށް އަރައިގަތ ޢަމަލް ހިންގާފައިވަނީ ހަމައެކނަ ޖަރުމަނުވިލާތުގައި ނޫންކަމަށް ބުނެއެވެ.
41ޕްރިސިޑެންސް 5އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރި ކަންތައްތަކުގެ އަލީގައި، ބަލާއިރު، މިމައްސަލައިގައި ހިމެނޭ ބރޭ ޤައުމަކަށް ނިސްބަތްވާ އުންސުރަކީ (foreign element) ކޮޕީރައިޓްއަށް އަރައިގަތް ޓޯޓްގެ އެ ޢަމަލެވެ. ނަމަވެސް އެޢަމަލު ހިންގި ފަރާތަކީ މަޓާ ޓޯ އެވެ. ކުރިން ބަޔާންކުރި ފަދައިން މަޓާޓޯއަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ (incorporate) ޤާނޫނީ ޝަޚްޞއްކަމަށްވާތީ، މިމައްސަލައިގައި އެޢަމަލު ހިންގި ތަނުގެ ޤާނޫނު (lex loci delicti commissi) ނުވަތަ ޖަރުމަނުވިލާތުގެ ޤާނޫނުއަށް ބެލުމުގެ ބަދަލުގައި، ދަޢުވާ ރައްދުވާ ފަރާތް ދިރިއުޅޭ ތަނުގެ ޤާނޫނު (lex domicilii) މި މައްސަލައިގެ މައްޗަށް ހިންގިދާނެކަމަށް ދެކެމެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނެވެ. އަދި ފޯރަމ ކޮންވީނިއެންސް )(forum conveniensގެ ހަމައަށް ބަލާއިރުވެސް، މިމައްސަލައިގައި ހިމެނޭ ދަޢުވާކުރާ ފަރާތާއި ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހިރާއްޖެއަށް ނިސްބަތްވާ ދެފަރާތްކަމަށްވާތީ، ދިވެހިރާއްޖޭގެ ކޯޓެއްގައި މިމައްސަލަ ބަލައި ދިވެހިރާއްޖޭގެ ޤާނޫނު (lex fori) މިމައްސަލައިގެ މައްޗަށް ހިންގުމަށް އެއްވެސް ހުރަހެއް އޮތްކަމަކަށް އަހުރެންނަށް ބުރައެއް ނުވވެ އެވެ. ބައިނަލްއަޤްވާމީ މުޢާހަދާ:
42ކޮޕީރައިޓް އުފެއްދުމެއް ވުޖޫދުވުމާއިއެކު އެކޮޕީރައިޓް ޙައްޤަކީ ހުރިހާ ޤައުމެއ ނޫނަސް ދުނިޔޭގެ ގިނަ ޤައުމުތަކުގައި އެޙައްޤަށް އެޤައުމެއްގ ޤާނޫނުގެ ދަށުން ޙިމާޔަތްދެވޭ ޙައްޤެއް ކަމުގައި ވެއެވެ. ދިވެހިރާއްޖޭގެ ކޮޕީރައިޓްއ ގުޅާ ޤާނޫނުންވެސް މިކަން ކަށަވަރު ކުރެއެވެ. އެއީ ދޭދޭ ދޤައުމެ ތަކުގެމެދުގައ އޮތި ގުޅުވާލަދޭ އެއްބަސްވުމެއް ނޫނީ ކޮންވެންޝަނެއްފަދަ ވަޞީލަތެއް މެދުވެރިކޮށެވެ.
43ޕްރިސިޑެންސް 6ދިވެހި މުޞައްނިފުން އުފައްދާ ކޮޕީރައިޓް މަސައްކަތަށް ރާއްޖެއިން ބޭރުގައި އަރައިގަތްފިނަމަ، އެކަމުގެ ފަރުވާ ޢާންމު އުޞޫލަކުން ލިބިދެވޭނީ ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ތެރެއިންނެވެ. އޭގެ މަޓާޓޯއަކ ޤާނޫނީ ނަންބަރު: 2003/1 (ޖަމްޢިއްޔާތަކާބެގެ ޤާނޫނު) ދަށުން، ރަޖިސްޓްރީ ކޮށްފައިވާ ޖަމްޢިއްޔާއެކެވެ. އެޤާނޫނުގެ 13 ވަނަމާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތުން ރަޖިސްޓަރީވުމުން، އެ ޖަމުޢިއްޔާއަކީ މެންބަރުންނާއި ވަކިން އުފެދިފައިވާ ޤާނޫނީގޮތުން އަމިއްލަ ޝަޚްޞެކެވެ. ޤާނޫނު ނަންބަރު: 2022/3 (ޖަމްޢިއްޔާތަކުގެ ޤާނޫނު) ގެ ދަށުން ކުރީގެ ޤާނޫނު އުވި (81 ވަނަ މާއްދާ) ކުރީގެ ޖަމްޢިއްޔާތައ ވަން މިޤާނޫނުގެ ދަށުން ރަޖިސްޓްރީ ވެފައެވެ. (78 ވަނަ މާއްދާގެ (ނ)). މިޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތުން ޖަމްޢިއްޔާއަކ ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ. އެއްމިސާލަކީ، އެމެރިކާގެ ނިއުޔޯކްގެ އީސްޓާރން ޑިސްޓްރިކްގެ، ޑިސްޓްރިކްޓް ކޯޓުން ނިންމާފައިވާ އަލީ ސިމްހާޤް ވ. ކިޑް ކާރޓަރ ޓޯރިން، އިންކޯޕަރޭޓެޑް މައްސަލައެވެ.
44ކޮޕީރައިޓް ޤާނޫނު ގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛ ބައިނަލްއަޤްވާމީ 37. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކޮޕީރައިޓު އަދި ކޮޕީރައިޓާއިގުޅޭ އެހެނިހެން މުޢާހަދާތަކަށް ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތައް، މި ޤާނޫނުގައި ބަޔާންކުރެވިފައިވާ ޢަމަލުކުރުން ކަންކަމުގެ މައްޗަށް ބާރު ހިނގާނެއެވެ. އަދި މި ޤާނޫނުގައިވާ އެއްވެސް މާއްދާއެއް މިފަދަ ބައިނަލްއަޤްވާމީ މުޢާހަދާއެއްގެ އެއްވެސް މާއްދާއަކާ ތަޢާރުޟުވާނަމަ، މި ޤާނޫނުގެ މާއްދާގެ މައްޗަށް އެމުޢާހަދާއެއްގެ މާއްދާގެ ބާރު ހިނގާނެއެވެ. މިފަދައިންނެވެ.
45ދިވެހިރާއްޖެއަކީ ވޯލްޑް ޓްރޭޓް އޯގަނައިޒޭޝަންގެ މެންބަރު ޤައުމެއްކަމަށްވާތީ، އެ އޯގަނައިޒޭޝަންގެ ބައިވެރިންގެ މެދުގައި "ދ އެގްރީމެންޓް އޮން ޓްރޭޑް-ރިލޭޓެޑް އެސްޕެކްޓްސ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ރައިޓްސް" ("ޓްރިޕްސް" އެގްރީމެންޓް) އަށް ޢަމަލު ކުރަންޖެހެއެވެ.
46ޓްރިޕްސް އެގްރީމެންޓްގެ ދަށުން، ބަރނ ކޮންވެންޝަން ފޯ ދ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އާޓިސްޓކި ވޯރކްސް" (ބަރން ކޮންވެންޝަން) ގެ ފުރަތަމަ 21 މާއްދާ އަށް ޢަމަލު ކުރިން ރާއްޖެއަށްވެސް ޖެހެއެވެ. އަދި ހަމައެހެންމެ، ޕެރިސް ކޮންވެންޝަންގެ ފުރަތަމަ 12 ވަނަ މާއްދާ އާއި 19 ވަނަ މާއްދާއަށް ޢަމަލު ކުރަންޖެހެއެވެ. ބަރން ކޮންވެންޝަނަކީ މުޞައްނިފުންގެ ލިޓަރަރީ އަދި އާޓިސްޓިކް މަސައްކަތްތަކުގެ ޙައްޤު Simhaq v. Kid Carter Touring, Inc., 20-CV-2057 (RPK) (RER), (E.D.N.Y. Aug. 11, 2021) https://www.govinfo.gov/content/pkg/USCOURTS-nyed-1_20-cv-02057/pdf/USCOURTS-nyed-1_20-cv-02057-0.pdf ޤާނޫނު ނަންބަރު (2010/23) ދިވެހިރާއްޖޭއަކީ 31 މެއި 1995 އިން ފެށިގެން ވޯލްޑ ޓްރޭޑް އޯގަނައިޒޭޝަންގެ މެންބަރެއްކަން އެ އޯގަނައިޒޭޝަންގެ ވެބްސައިޓުން އެނގެއެވެ. pt 2, §1,art.9.1 of TRIPS agreement “Members shall comply with Articles 1 through 21 of the Berne Convention (1971) and the Appendix thereto….” pt 1, art.2.1 of TRIPS agreement “In respect of Parts II, III and IV of this Agreement, Members shall comply with Articles 1 through 12, and Article 19, of the Paris Convention (1967).” ރައްކާތެރި ކުރުމާއި ގުޅޭ ގޮތުން 1886 އިން ފެށިގެން ވުޖޫދުވެ އެކި ބަދަލުތަކާއެކު މިހާރުވެސް ޢަމަލުކުރާ ބައިނަލްއަޤްވާމީ ކޮންވެންޝަނެކެވެ. ޕެރިސް ކޮންވެންޝަނަކީ، ޕޭޓެންޓްސް، ޓްރޭޑްމާރކްސް، އިންޑަސްޓްރިއަލް ޑިޒައިންސ މިނޫންވެސް އިންޑަސްޓްރިއަލް ޕްރޮޕަޓީ އާގުޅޭ ފިކުރީ މަސައްކަތްތަކުގެ ޙައްޤު ރައްކާތެރި ކުރުމާގުޅޭ ބައިނަލްއަޤްވާމީ ކޮންވެންޝަނެކެވެ.
47ދިވެހިރާއްޖެއަކީ ބަރން ކޮންވެންޝަނުގެ ސީދާ ބައިވެރިއެއްކަމަށް ނުވިނަމަވެސް، ކުރިން ބަޔާންކުރިހެން، ޓްރިޕްސް އެގްރީމެންޓްގެ ދަށުން، ދިވެހިރާއްޖެއިންވެސް ބަރން ކޮންވެންޝަނުގެ ފުރަތަމަ 21 މާއްދާއަށް ޢަމަލު ކުރަންޖެހެއެވެ. ބަރން ކޮންވެންޝަނަކީ ދުނިޔޭގެ ގިނަ ޤައުމުތަކުން ބައިވެރިވެފައިވާ ކޮޕީރައިޓްއާގުޅޭ އެންމެ ދުވަސްވީ ކޮންވެންޝަނެވެ. މިކޮންވެންޝަންގެ ދަށުން، ދުނިޔޭގެ ކަންކޮޅުތަކުގައި އުޅޭ ކޮޕީރައިޓްގެ އުފެއްދުންތައް އުފައްދާ މުޞައްނިފުންނަށް އެންމެ ކުޑަމިނުން ޙިމާޔަތް ލިބިދެވޭންޖެހޭ މިންގަނޑު ބަޔާންކޮށްފައިވެއެވެ.
48ޕްރިސިޑެންސް 7މިމައްސަލައިގައި، ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ކޮޕީރައިޓްއަށ ފުރަތަމް އަރައިގަތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ޖަރުމަނުވިލާތުގައެވެ. އެއީ ކޮޕީރައިޓް ލިބިފައިވާ މަސައްކަތް ހިމަނައިގެން މޯލްޑިވިސް ފައިންޑަރގެ 6 ވަނަ ޢަދަދު ޖަރުމަނުގެ ބާލިންގައި މަޓާޓޯގެ ފަރާތުން ނެރުނު ނެރުންކަން އެނގެއެވެ. ނަމަވެސް، ޖަމަރުމަނުގެ ބާލިންގގައި އެމަޖައްލާ ނެރުމުގެ އިތުރުން، އޮންލައިން ވާރޝަންއެއް ޝާއިޢުކުރިކަމަށްބުނ އިސްތިއުނާފެ ރައްދުވު ފަރާތުން ހެކި ހުށަހަޅާފައިވެއެވެ. އެހެންކަމުން، ކޮޕީރައިޓާ ޚިލާފުވި ޢަމަލު ހިނގާފައިވަނީ ހަމައެކަނި ޖަރުމަނުވިލާތުގައ ކަމަށި ނުވެއެވެ. ދިވެހިރާއްޖޭގައިވެސް ކޮޕީރައިޓާ ޚިލާފުވި ޢަމަލު ހިނގާފައިވާކަން ހުށަހެޅުނު ހެކިތަކުން އެނގެއެވެ. ވީމާ، މި ދަޢުވާ ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުގައި ކަމަށްވާއިރު، ދިވެހިރާއްޖޭގެ ކޮޕީރައިޓް ޤާނޫނު މިމައްސަލައިގެ މައްޗަށް ހިންގުމަށް މިޙާލަތުގައިވެސް ހުރަހެއް ނެތެވެ. މީގެ އިތުރުން ބަރން ކޮންވެންޝަންގެ 5 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ؛ " …the extent of protection, as well as the means of redress afforded to the author to protect his rights, shall be governed exclusively by the laws of the country where protection is claimed ". މިނަންބަރުގައި މިއޮންނަ “where protection is claimed” އޭ ބުނާ ބުނުން ސާފު ނޫންކަމަށާއި އޭގެ މާނައިގެ ތެރޭގައި ކޮޕީރައިޓްއަށް އަރައިގަނެވުނު ޤައުމު (country of protection) ކަމުގައި ނޫނީ އެއީ އެޤައުމެއްގައ ދަޢުވި އުފުލާ ޤައުމު )(the country in which the action is brought ކަމުގައި މާނަ ކުރެވިދާނެކަމަށް ބަޔާންކުރެއެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ:
49އިސްތިއުނާފުކުރާ މަޓާޓޯގެ ފަރާތުން އިސްތިއުނާފީ ނުކުތާތަށް ހުށަހަޅާ، އެނު ކުތާތަކާއ ގުޅިގެނި ތަފްސީލްކޮށް ވާހަކަ ދައްކާ ނިމުނު ފަހުން، މި މައްސަލައާއި ގުޅިގެން 06 މާރިޗު 2022 ދުވަހު ބޭއްވުނު އަޑުއެހުމުގައި ޕްރިންސިޕަލް އޮފް ޓެރިޓޯރިއަލިޓީ އާއި ގުޅިގެން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ފޯކަސް ދިނުމުގެ ގޮތުން މަޓާޓޯގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ 3 ވަނަ ނުކުތާ (7.3) އިތުރަށް ޕާރސިއުކުރަން ބޭނުންނުވާކަމަށް ބުނެފައިވެއެވެ. މަޓާޓޯގެ ފަރާތުން މިނުކުތާ އިތުރަށް ޕާރސިއުކުރަން ބޭނުންނުވާކަމަށް ބުނެފައިވީނަމަވެސް، މިނުކުތާއާއި ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރެވފައިވި އެވެ. L., S. J. A. (1999). World Copyright Law. Sweet & Maxwell. 28 ނޮވެންބަރު 2021 ދުވަހު ބޭއްވުނު އަޑުއެހުން 06 މާރިޗު 2022 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި މަޓާޓޯގެ ވަކީލް ދީފައިވާ މަޙްޟަރު ބަޔާން
50އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން މައްސަލައިގެ ވާޤިއާ ތަކަށް ބަލާއިރު، މިމައްސަލައިގައި ވާހަކަދެކެވޭ ކޮޕީރައިޓް ފޮޓޯ، މަޓާޓޯގެ ފަރާތުން ދެ ތާރީޚެއްގައި ޝާއިޢުކުރިކަނ އެނގެން އޮވެއެވެ. ފުރަތަމަ ފަހަރަކީ 2018 މާރިޗް މަހުގެ ތެރޭގައި، ޖަރުމަނުވިލާތުގެ ބާރލިންގައ އޮތި އައި.ޓީ.ބީ ފެއަރގައި ނެރުނު މޯލްޑިވްސް ފައިންޑަރ 6 ވަނަ ޢަދަދުގައެވެ. ދެވަނައަށް އެ ކޮޕީރައިޓް ފޮޓޯ ޝާއިޢުކޮށްފައިވަނީ 2018 ޖޫން މަހު 05 ގައި، ނެރުނު މޯލްޑިވްސް ފައިންޑަރގެއޮންލައިން ޢަދަދުގައެވެ. މިއީ ޚިލާފެއް ނެތް ޙަޤީޤަތެކެވެ.
51ނަމަވެސަ މޯލްޑިވްސް ފައިންޑަރ 2018 ގައި ފޮޓޯ ޝާއިޢުކުރި ގޮތާއި މެދު ދެފަރާތުގެ ބަސް ތަފާތެވެ. މަޓާޓޯގެ ފަރާތުން ބަޔާންކުރަން 2018 މާރިޗް މަހުގެ ތެރޭގައި ޝާއިޢުކުރި ފޮޓޯއަކީ މުސައްނިފުގެ ޢާންމު ހުއްދައެއްގެ ދަށުން ބޭނުނކުރް ކުރުމެއ ކަމަށެވެ. އެއީ މުސައްނިފުގެ behance.net ގައި ދޫކޮށްފައިވާ ކްރިއޭޓިވް ކޮމންސްގޮ ND 4.0-NC-CC BY އިންޓަނޭޝަލް ލައިސަންގެ ދަށުން ބޭނުންކުރި ބޭނުން ކުރުމެއް ކަމަށެވެ.
52ކްރިއޭޓިވް ކޮމންގޮ ND 4.0-NC-CC BY އިންޓަނޭޝަނަލް ލައިސެންސްގެ ދަށުން ފޮޓޯ ބޭނުން ކުރެވޭނީ އެލައިސަންސްގައ ބަޔާންކުރި އަޙްކާމުތަކާއި ޝަރުޠުތަކުގެ މަތިންނެވެ. ޢަލީ ނިޝާންގެ ފަރާތުން ބަޔާންކުރަނީ، ބަޔާންވެދިޔަ ލައިސަންސްގެ ދަށުން އެފޮޓޯ ބޭނުން ކުރިނަމަވެސް އެކަން މަޓާޓޯގެ ފަރާތުން ކޮށްފައިވަނީ އެލައިސަނސް ބޭނުން ކުރުމުގެ އަޙްކާމްތަކާއ ޝަރުޠުތަކާއި އެއްގޮތަކަށް ނޫންކަމަށެވެ.
53ސުވާލަކީ، ބަޔާންވެދިޔަ އިންޓަނޭޝަނަލް ލައިސަންސްގައ ބަޔާނި ކުރް އަޙްކާމްތަކާއ ޝަރުޠުތަކާއި އެއްގޮތަށް ފޮޓޯ ބޭނުން ކުރިކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލާންޖެހެނީ ކނަ ފަރާތަކުން ހެއްޔެވެ؟ މަޓާޓޯގެ ފަރާތުން ބަޔާންކުރަނީ އެކަމަކީ ޢަލީ ނިޝާންގެ ޒިންމާއެއް ކަމަށެވެ. ޢަލީ ނިޝާންގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވަނީ 2018 މާރިޗް މަހުގެ ތެރޭގައި ބާރލިންގައި ނެރުނު މޯލްޑިވްސް ފައިންޑަރގެ 6 ވަނަ ޢަދަދުގެ ކޮޕީ ނޫންކަމަށްވާތީ އެކަން އޭނާއަށް އަދ ކުރެވިފައި ނެތްކަމަށެވެ. ޢަލީ ނިޝާންގެ ފަރާތުން ބަޔާންކުރަނީ މި ޒިންމާ އަދާކުރަންޖެހޭނީ މަޓާޓޯގެ ފަރާތުން ކަމަށެވެ. ސަބަބަކީ، މިމައްސަލައިގައި ވާހަކަދެކެވޭ ފޮޓޯ ހިމެނޭ ގޮތަށް ތަފާތު އެކި ވަރޝަންތައ ނެރުން ކަމަށް މަޓާޓޯގެ ފަރާތުން ބުނާތީ، ކޮޕީރައިޓް ފޮޓޯއަށް މަޓާޓޯއަށް އަރައިގަނެވިފައިވާކަން ސާބިތު ކޮށްދެވިފައިވާތކަމަށީ ވެ.
54ޕްރިސިޑެންސް 8މިސުވާލާއ ގުޅިގެނި ބަލާއިރު، ދަށު ކޯޓުގައި ދަޢުވާކުރި ޢަލީ ނިޝާނަށް ކޮޕީރައިޓްއ ގުޅިގެނާ ސާބިތު ކޮށްދޭންޖެހެނީ މައިގަނޑު ދެ އުންސުރެކެވެ. ފުރަތަމައީ، މިމައްސަލައިގައި ބަޔާންކުރާ ފޮޓޯއަކ ޢަލީ ނިޝާނގް އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދިނުމެވެ. ދެވަނައީ، ކޮޕީރައިޓް ފޓޯއަށޮ ކޮޕީރައިޓް ޤާނޫނުން ލިބިދީފައިވާ ކޮޕީރައިޓް ޙިމާޔަތަށް މަޓާޓޯއިން އަރައިގެންފައިވާ ކަމެވެ. ކޮޕީރައިޓް ފޮޓޯ އަކީ ޢަލީ ނިޝާންގެ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށް ދެވުނުހު؟
55ޕްރިސިޑެންސް 9ފޮޓޯގެ މަސައްކަތަކީ ދިވެހިރާއްޖޭގައި ކޮޕީރައިޓްގެ ހމާޔަތި ލިބިދޭ މަސައްކަތެކެވެ. ޤާނޫނުގެ މހި މާޔަތި ލިބިދެނީ އެ އުފެއްދުމަކީ ނުވަތަ މަސައްކަތަކީ މުސައްނިފުގެ އަސްލީ އުފެއްދުމެއް ނުވަތަ މަސައްކަތެއްކަމުގައި ވާނަމައެވެ. ހަމައެހެންމެ، ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތުފިޔަވައި، އެ އުފެއްދުމެއް ކޮންމެވެސް މާއްދީ ގޮތަކަށް އެކުލަވާލެވިފައިވާ ނަމައެވެ. މިދެންނެވި ޝަރުޠުތަކާއެކު، ޤާނޫނުގެ ދަށުން އެ އުފެއްދުމެއް ޙިމާޔަތް ކުރެވޭނީ އެ އުފެއްދުމެއް އުފެއްދީތީއެވެ. އެހެން ގޮތަކަށް ބުނާނަމަ، ރަޖިސްޓްރީ ކުރުމަކާއި ނުލައި އޮޓަމެޓިކް ކޮޕީރައިޓް ހިމާޔަތް ޤާނޫނުން ލިބިދެވޭނެއެވެ. ކޮޕީރައިޓް ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރު. ކޮޕީރައިޓް ޤާނޫނުގެ 5 ވަނަ މާއްދާ. ކޮޕީރައިޓް ޤާނޫނުގެ 8 ވަނަ މާއްދާ. ކޮޕީރައިޓް ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ).
56އުފެއްދުމެއް ނުވަތަ މަސައްކަތެއް ރަޖިސްޓްރީ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ޝަރީޢަތުގައި މުޞައްނިފަށް އެ އުއުފެއްދުމަކީ އޭނާގެ އަމިއްލަ އުފެއްދުމެއްކަނ ސާބިތުކޮށްދިނުމަށް މަގުފަހި ކުރުމެވެ. އަދި ރަޖިސްޓްރީކުރުން އިޚްތިޔާރު ނުކުރާ ފަރާތަކުން އެ އުފެއްދުމެއް ޝަރީޢަތުގެ މަޖިލީހުގައި ސާބިތުކުރުމުގެ ބޭނުމުގައި މާއްދީ ގޮތުން އެކުލަވާލާފައި އޮވެއްޖެނަމަ އެއީ އަމިއްލަ އުފެއްދުމެއްކަނ ސާބިތުކުރުމަށް ހެކި ކަމުގައި ބެލޭނެއެވެ.
57މިމައްސަލައިގައި، ވާހަކަދެވޭ ކޮޕީރައިޓް ފޮޓޯއަކީ، ޢަލީ ނިޝާންގެ އަމިއްލަ އުފެއްދުމެއްކަމާއިމެދު އެއްވެސް އިރަކު މަޓާޓޯގެ ފަރާތުން ސުވާލެއް ނުއުފައްދައެވެ. ހަމައެކަނި ދަށު ކޯޓުގައި އުފެއްދި ސުވާލަކީ، ކޮޕީރައިޓް ފޮޓޯއަކީ ދެމީހަކު ގުޅިގެން އުފައްދާފައިވާ އުފެއްދުމެއްކަމަށްބުނ ކުރެ ސުވާލެކެވެ. އެސުވާލަކީ އިސްތިއުނާފަށް ހުށަހެޅުނު ސުވާލެއް ނޫނެވެ. ވީމާ، ކޮޕީރައިޓް ފޮޓޯއަކ ޢަލީ ނިޝާންގެ އަމިއްލަ އުފެއްދުމެއްކަމާމެދު އިތުރަށް ދައްކަންޖެހޭ ވާހަކައެއް ނެތެވެ. އެކަން އެވަނީ ސާބިތުވެފައެވެ. ކޮޕީރައިޓް ފޮޓޯގެ ކޮޕީރައިޓް ޙިމާޔަތަށް އަރައިގަތްކަނ ސާބިތުކޮށް ދެވުނުހޭ؟
58ޕްރިސިޑެންސް 10ޢަލީ ނިޝާންގެ އަމިއްލަ އުފެއްދުމެއްކަމަށް ސާބިތުވާތީ، ކޮޕީރައިޓް ޤާނޫނުގައި ބަޔާންކުރާ އިސްތިސްނާއީ ޙާލަތްތައްފިޔަވައި، ދެން އެއުފެއްދުން އެހެން ފަރާތަކުން އަލުން އުފައްދާނަމަ، ނުވަތަ ޝާއިޢުކުރާނަމަ ކޮޕީރައިޓް ފޮޓޯގެ މުޞައްނިފު ޢަލީ ނިޝާންގެ ހުއްދަ ލިބެންޖެހެއެވެ. ކޮޕީރައިޓް ފޮޓޯ މަޓާޓޯގެ ފަރާތުން ދެ ފަހަރެއްގެ މަތިން ޝާއިޢުކޮށްފައިވާކަމާމެދު މަޓާޓޯގެ ފަރާތުން އިންކާރެއް ނުކުރެއެވެ. ޢަލީ ނިޝާން ބަޔާންކުރަނީ ކޮޕީރައިޓް ފޮޓޯ މަޓާޓޯއިން ޝާއިޢުކޮށްފައިވަނީ ކޮޕީރައިޓް ޙިމާޔަތަށް އަރައިގަނެގެން ކަމަށެވެ. ކޮޕީރައިޓް ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ). ކޮޕީރައިޓް ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ). ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަމީހުނ ގުޅިގެން އުފައްދާފައިވާ އުފެއްދުމެއްނަމަ، އެ އުފެއްދުމެއްގެ އިޤްތިޞާދީ ޙައްޤުތަކުގެ ފުރަތަމަ ވެރިފަރާތަކީ އެ އުފެއްދުމެއް އުފެއްދި ހުރިހާ މުޞައްނިފުންނެވެ. (ކޮޕީރައިޓް ޤާނޫނުގެ 21 ވަނަ މާއްދާ (ށ).) އެއީ ޢަލީ ނިޝާން ގެ ހުއްދަ ލިބުމަކާއ ނުލައި މަޓާޓއިނ ކޮޕީރައިޓް ފޮޓޯ މޯލްޑިވްސް ފައިންޑަރޯ 2018 ގެ 6 ވަނަ ޢަދަދުގައި ބޭނުންކުރި ކުރުމެވެ. މަޓާޓޯގެ ދިފާޢު:
59މަޓާޓޯގެ ފަރާތުން ބަޔާންކުރަނީ، ކޮޕީރައިޓް ފޮޓޯ، 2018 މާރިޗް މަހު ޖަރުމަނުގައި ބެހުމަށް ޕްރިންޓް ކުރި މޯލްޑިވްސް ފައިންޑަރ 2018 ގެ 6 ވަނަ ޢަދަދުގައި ޝާއިޢު ކުރިނަމަވެސް އެކަންކުރީ ޢަލީ ނިޝާން ދޫކުރާ ޢާންމު ހުއްދައެއްގެ ދަށުން ކަމަށެވެ. އަދި ބްރައިޓް އައިޑިޔާސ ޕްރައިވެޓް ލިމިޓެޑުން ދީފައިވާ ނޮން-އެކްސްކްލޫސިވް ލައިސެންސެއްގެ ދަށުން ކަމަށެވެ. އަދި 05 ޖޫން 2018 ގައި މި ފޮޓޯ އޮންލައިން ކޮޕީގައި ޝާއިޢުކުރި އަލީ ނިޝާންގެ އެކްސްކުލޫސިވް ލައިސަންސްއެއ ދިނުމަށް އެއްބަސްވެ 31 މެއި 2018 ގައި އެފޮޓޯ ޢަލީ ނިޝާން ފޯރުކޮށްދިނުމުން ކަމަށެވެ.
60އެހެންކަމުން، މިމައްސަލައިގައި، މިވާހަކަ ދެކެވެނީ މިފޮޓޯ ދެ ތާރީޚެއްގައި ޝާއިޢުކޮށްގެންކަން އެނގެއެވެ. އަދި އެއިން ކޮންމެ ފަހަރަކުވެސް މަޓާޓޯއިން އެކަންކުރ ޢަލީ ނިޝާންގެ ހުއްދައެއް އޮވެގެންކަމަށް ބުނެއެވެ. މިއީ، މަޓާޓޯގެ ފަރާތުން ނަގާ ދިފާޢުއެކެވެ. ވީމާ އެދިފާޢު ސާބިތު ކޮށްދިނުމަކީ މަޓާޓޯގެ ޒިންމާއެކެވެ.
61މިޒިންމާ އަދާކުރުމުގެ ގޮތުން ފުރަތަމަ މިފޮޓޯ ޝާއިޢުކުރި 2018 މާރިޗް މަހު، އެކަންކުރީ، މަޓާޓޯއިން ބުނާފަދައިން ޢާންމުކޮށް ދޫކޮށްފައިވާ ހުއްދައިގައި ބަޔާންކުރާ އަޙްކާމްތަކާއި ޝަރުޠުތަކާއެކުކަން ސާބިތުކޮށް ދިނުމަކީ މަޓާޓޯގެ ޒިންމާއެކެވެ. އަދި ބްރައިޓް އައިޑިޔާސ ޕްރައިވެޓް ލިމިޓެޑުން ދީފައިވާ ނޮން-އެކްސްކްލޫސިވް ލައިސެންސެއް މަޓާޓޯގެ ކިބައިގައި އޮތްކަން ސާބިތުކޮށްދިނުމަކީވެސް މަޓާޓޯގެ ޒިންމާއެކެވެ. މަޓާޓޯގެ ފަރާތުން އެކަންކަން ސާބިތުކުރުމަށް 2018 ވަނަ އަހަރު ޖަރުމަނުގެ ބާލިންގ ގައި ނެރުނު މޯލްޑިވްސް ފައިނޑަރް 2018 ގެ 6 ވަނަ ޢަދަދު ނުވަތަ އޭގެ ކޮޕީއެއްނަމަވެސް ކޯޓަށް ހުށަހަޅާފައި އޮތްކަން އެނގޭކަށް ނެތެވެ. އަދި ބްރައިޓް އައިޑިޔާސ ޕްރައިވެޓް ލިމިޓެޑުން ދޫކުރި ލައިސެންސެއް، އަނގަބަހުން ދިން ހުއްދައެއްނަމވެސަ އެހުއްދަ ދިން ފަރާތެއް ހެކީގެ ގޮތުގައި ހުށަހަޅާފައި އޮތްކަން އެނގޭކަށް ނެތެވެ.
62އިބްރާހިމް މުނާޒަކީ ބްރައިޓް އައިޑިޔާސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހެކިބަސް ދެވޭނެ މީހެއް ނޫންކަމަށްވާތީ އޭނާގެ ހެކިބަހަކީ މިނުކުތާއާ ގުޅޭ ހެކިބަހެއް ނޫނެވެ. ހަމައެހެންމެ، ޢާއިޝަތު ސަކީން އަކީވެސް ބްރައިޓް އައިޑިޔާސ ޕްރައިވެޓް ލިމިޓެޑުން މަޓާޓޯއަށް ހުއްދަދިންކަން ބަޔާންކޮށްދޭ ހެއްކެއް ނޫނެވެ. އޭނާގެ ވާހަކައަކީވެސް ބުންޏޭ ބުނާ ވާހަކައެކެވެ. ކޮޕީރައިޓް ފޮޓޯ ޝާއިޢުކުރީ އެ ޢާންމު ހުއްދައިގައި ބަޔާންކުރާ އަޙްކާމްތަކާއި ޝަރުޠުތަކާއެކު ނޫންކަން ސާބިތުކޮށްދިނުމަކީ ޢަލީ ނިޝާންއަށް އުފުލާންޖެހަ ޒިންމާއެއް ނޫނެވެ. ވީމާ، ކްރިއޭޓިވް ކޮމޮ ންސްގައ ބަޔާންކުރި ޢާންމު ހުއްދައިގެ ދަށުން އެހުއްދައިގައ ބަޔާންކުރި އަޙްކާމްތަކާއި ޝަރުޠުތަކާ އެއްގޮތަށް ކޮޕީރައިޓް ފޮޓޯ ބޭނުންކުރިކަން މަޓާޓޯއަކަށ ސާބިތެއް ނުކޮށް ދެވެއެވެ. އަދި ކޮޕީރައިޓް ފޮޓޯ ބޭނުން ކުރަން ބްރައިޓް އައިޑިޔާސ ޕްރައިވެޓް ލިމިޓެޑުން ނޮން-އެކްސްކުލޫސިވް ލައިސެންސެއް މަޓާޓޯއަށް ދިންކަންވެސ ސާބިތެއް ނުކޮށްދެވެއެވެ.
63ވީމާ، މަޓޯޓާގެ މަޖައްލާގައ ދަޢުވާގައި ޙަވާލާދީފައިވާ ފޮޓޯ ފުރަތަމަ ފަހަރު ޝާއިޢުކުރިއިރު، އެ ފޮޓޯގެ މުޞައްނިފުންގެ ހުއްދަ ލިބިފައި ނުވާކަން އެނގެން އޮންނަކަމަށް ދަށު ކޯޓުން ނިންމި ރަނގަޅަށެވެ. ހުށަހެޅި ލިޔުންތަކުން އެނގޭ ގޮތުގައި އިބްރާހިމް މުނާޒަކީ މަޓާޓޯގެ ސެކެރެޓަރީ ޖެނެރަލްއެވެ. ހުށަހެޅި ލިޔުންތަކުން އެނގޭގޮތުގައި ކޮޕީރައިޓް ފޮޓޯގައި ވާ ބަޠޫލުގެ މަންމަ. 2018 ޖޫން މަހުގެ ކޮޕީ އާއި ދެފަރާތުގެ ދެމެދުގައި އޮތްކަމަށް ބުނާ އައު އެއްބަސްވުން:
64މަޓާޓޯގެ ފަރާތުން ބަޔާންކުރާގޮތުން، މޯލްޑިވްސް ފައިންޑަރ 2018 އަކީ އަހަރަކު އެއްފަހަރު ނެރޭ މަޖައްލާއެކެވެ. 2018 ވަނަ އަހަރު އެމަޖައްލާ ދެ ފަހަރެއްގެ މަތިން ޗާޕ ކުރެވުނު ކަމަށު މަޓާޓޯއިން ބުނެއެވެ. ފުރަތަމަ ފަހަރަކީ 2018 މާރިޗް މަހު، ޖަރުމަނުގައި ބެހުމަށް ޗާޕުކުރި ކުރުމެވެ. އެޗާޕާއ ގުޅި ގޮތުން މީގެ ކުރީގެ ނުކުތާގައި ތަފްޞީލުކޮށް ވާހަކަ ދެކެވިއްޖެއެވެ.
65ޕްރިސިޑެންސް 11ނަމަވެސް މޯލްޑިވްސް ފައިންޑަރ 2018 ދެވަނަ ފަހަރަށް ޗާޕު ކުރެވުނީ 2018 ޖޫން މަހުގެ ތެރޭގައިކަމަށް ބުނުމާއެކު އެފަހަރު ޗާޕުކުރެވުނީ މަޓާޓޯ އާއި ޢަލީ ނިޝާންއ ދެމެދާ ވެވުނު އައު އެއްބަސްވުމެއްގެ ދަށުން އެކްސްކުލޫސިވް ލައިސެންސެއްގެ ދަށުންކަމަށް ބަޔާންކުރެއެވެ. އިސްތިއުނާފީ މިނުކުތާގެ ތަފްޞީލު ބަޔާންކޮށްދީފައި ނެތުމުން، އެނުކުތާގައި އިތުރަށް މި ޤަޟިއްޔާގައ ބަލަންޖެހޭކަމެއް އޮތްކަމަކަށް ނުދެކެމެވެ. އިސްތިއުނާފީ ހަތަރުވަނަ ނުކުތާ:
66ޢަލީ ނިޝާންގެ ފަރާތުންވެސް މިނުކުތާއާމެދު އެއްބަސްވެއެވެ. އެހެނީ، އެއްބަސްވުމާއި ޚިލާފުވެގެން ބަދަލު ހޯދުމުގެ ދަޢުވާއެއް ނުކުރާކަމަށާއި ޢަލީ ނިޝާން ދަޢުވާކުރީ ކޮޕީރައިޓް މައްސަލައެއް ބަލައިދިނުމަށްކަމަށް ބުނެފައިވެއެވެ. ޢަލީ ނިޝާންގެ ފަރާތުން ހުށަހަޅައިގެން ކުރިއަށް ގެންދާ މިކޯޓުގެ ނަންބަރު: 2020/HC-A/142 ޤަޟިއްޔާގައި މިނުކުތާއާއި ގުޅޭ ގޮތުން، އަހުރެންގެ ރަޢުޔު ބަޔާންކޮށްފައިވާނެއެވެ. އިސްތިއުނާފީ ފަސްވަނަ ނުކުތާ:
67މިނުކުތާގައި މަޓާޓޯގެ ފަރާތުން ބަޔާންކުރަނީ ދިފާޢުގެ ޚަރަދު ނަގައިދިނުމުގެ ޙައްޤާމެދ ގޮތެއު ނިންމާފައި ނެތްކަމަށެވެ. މަޓާޓޯގެ ފަރާތުން ޚަރަދު ނަގައިދިނުމަށް އެދިފައިވަނީ މިދަޢުވާއަކީ ޤާނޫނީ އެއްވެސް އަސާސެއްނެތި ކޮށްފައިވާ، މަޝްހޫރުކަން )publicity( ހޯދުމުގެ ދަޢުވާއެއްކަމުގައި ދެކެ ގެން، ޤާނޫނީ "ޕްރޮސެސް އެބިއުޒް" ކުރަނީ ކަމަށް ބަލައިގެން، ބަދަލު (damages) ލިބި ދިނުމަށެވެ. ނަމަވެސް ދަށު ކޯޓުގެ ނިންމުމަށް ބަލާއިރު، މިދަޢުވާއަކީ ޤާނޫނީ ޕްރޮސެސް އެބިއުޒް ކުރުމުގެ ދަޢުވާއެއްކަމަށް ކަނޑައަޅާފައެއް ނެތެވެ.
68ޕްރިސިޑެންސް 12މަޓޯޓާގެ ފަރާތުން ހަވާލާދޭ "އެގްރީމަންޓާ އޮން ދ ޓްރޭޑް -ރިލޭޓެޑް އެސްޕެކްޓްސ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރީ ރައިޓްސް"ގެ 48 ވަނަ މާއްދާގައި ބަޔާންކުރަނީ ދަޢުވާކުރާ ފަރާތުން ދަޢުވާ ރައްދުވާ ފަރާތުގެ ޚަރަދުތައް (ވަކީލު ފީ ހިމެނިދާނެހެން) ނަގައިދޭން ޖެހޭ ވާހަކައެއް ނޫނެވެ. އެމާއްދާގައި ބަޔާންކުރަނީ ދަޢުވާ ރައްދުވާ ފަރާތުގެ ޚަރަދުތައް ނަގައިދިނުމުގެ އަމުރުވެރިކަން ޤާޟީންގެ ބާރުގެ ތެރޭގައި އޮންނަންޖެހޭނެ ވާހަކައެވެ.
69ކުރިން ބަޔާންކުރިހެން މިދަޢުވާއަކީ ޕްރޮސެސް އެބިއުޒް ކުރުމުގެ މައްސަލައެއްކަމަށް ދަށު ކޯޓުން ކަނޑައަޅާފައި ނެތްޙާލަތެއްގައި، އޭގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދުނު ޚަރަދެއް ނަގައިދޭން އަމުރު ކުރާނެ ތަނެއް އޮތްކަމަކަށް ނުދެކެމެވެ.
70މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރަޢުޔަށް އަހުރެން ތާޢީދުކުރަމެވެ.
71މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރަޢުޔަށް އަހުރެން ތާޢީދުކުރަމެވެ.
72މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. • ޙުކުމް: ދެންފަހެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 8C/201-Cv/4710 ޤަޟިއްޔއާއާ ގުޅިގެނި އިސްތިއުނާފުކުރާ މަޓާޓޯގެ ފަރާތުން އެދިފައިވާ؛ ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެ ންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާ ނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ) ~No §s ~ ""'1"r-- M""'1" I I ot_;"~'' , ;~o,\\ ""\~ ",o C) \ \ \ "i\'\"\'~ "\~~'\" Cl\\ \~,,, ~~ ..,'''!--,l o,\'\ \ ~ \ ~ l \ -,, l '\::i_"' \ \\\ "l ' ~ \ II ::i_ ~, "I '\, \ \ ' \ \ ~8J '~~11:i.-0N c-ri~0 ....--<0 "\,11C) ,i I\ ::: \\:-, ~'o ''\""I "+-'"\ ""I"a.iot.,''\C) Cl\ C)~C)~, oa., \\h \\\"II -;;, ';; "\ ;- "\ i.t.. ~ ';; "\ \ " '\.) \ "\ \\ "~ , \ "~"\~~ "II\II' :::t.,~!"I "\"'\,,,\It-\ ' 0\'"\ " ''"I "\ ~~~"l~= " I\ \\":"IC)\,, C) "\ "\"';;ll'\""I''";;"';; l \ ~ "\; :i. \ ~\ "'1 "I :i_ t.. \\ ~ "\:::\~ 1-. ,~'''.'.'\\\'\,-;;,~ ,:i_ ot._"8J~ o\ C) \'\,:i.~ " \II\ \ ~\ "\ ":i_"';;· \\< \'\\O\\"~ ot.,"'.\o-;;"'.'.'\"';; !"I t.. -, \ :i. ~ l \ ~ \ \\::-, :\\+-\ \ -;;,\ \ l l ~ \ \ \ \ ,, ; ~'\'" \\'\"~ ""I '-._/"\:::t.,\\:-, " "~\ "!"IC) \ C) " ~\ ll'\ ~ ~\ ~a.,1-. \ II ~Nrri------N0 ....--<0 "\, O\,t., ~ '~ -' ~ "I 0 ~ , \ \ "\~ "I \ ", ';; \ "~:i_ 11 \ ' ·;::i.: .§'- \\~ ''.'.'\"\'"I ~II C) "~\ "\'\ ' " "'\ ~ ..0 ,:' ~'C) \I~\"1" \\:i_\ ''\\\''"·"'\ \\~°:-,\';;C)\,t_, \II ~ \l) \\ \\\ \ .. 0 I\\ \) \ \ , \\ ~ ;-, ' ~ \ \ '\~ \\ ~ \ ot., ':\~; ,, \\\'I\,:i_ Cl\':"\\\ \\ a ~..._. .;:::; .s:1- .';:::' ~·~~ :::;:: t ~ 0 ·;:: ...S::.t; \ "' '' \ ·\ \ \ \l) t '-';:::: ::::,.._ () \l) (:).) ;::: l ()':::-'-<~;I.,. b.Q O\\'\\ ~ ~><1-.~ "l "';;i~ \\:i_\\,,~ \\.. \\ , " \"I \ \ ot" ~:i. \\:i_\ "\ \\ \ \\'\\\'\"\ \~\''.'.'\\\'\O\ :i. ~ "I \ • -, ~\ '.'.'\ \ "'\ II \ \ :i.' ~ \\'.'.'\ "\~l \ \\ .' \ \ ... "\" C) "II\ ,l ":\"i~!"I "\ll'\"';; ,~ ,:i_ ~ \ \ II ,~ \ O\\'\":\~' ~~"\\\\· "'\"'I\C,."~\\ ot., \\" }\ "\\ " Cl\,a.,-.:i." C) o "\''\\ \\c..;"»C)\\\ "'\,,,"~\ ol \ "I \\ \ .. ~ '\\ ~ \ ~\ l \ ~ l '\, \ \ o-;;"II\ , \~"l.,,,:-, "\ll'\"';;\~ ,:i_ 0 1\ \ ~ 01·\ ~ ~\":i."',JI\\\ol "!"IC)\\ :""\":i.\\~"';;~\'I. ot_, \~ II l \ \ '\:i. "\~ '\ ~ ~ ~ ,, \; "I :i., "~"\"\ \\'\\ ~ "t.. "~"\":i.Cl\~ \II "~ol \ ,, C) \!"I -.:::t-c=::'. ------0U U~0 ....--<00 "\\IICl\,t.. "~" ~:i.C)~\ ot.,"'\\:i_ot.,"\"';; -;;, :i. ~ ~ . \ .. \ "I \ ~ , l >I ., .\ l ~ \ \ \ \ ""ICl\"\,, ';'\ " \\ C)\ \. \ " ~ ,, ""Ill'V~~1-. "c..; C) )(:i_" \\\ 0 \'\""Cl\ \\~''.'.'\\\'\O\ ot_;"\><"Ill'\""I ~ "\ \,II \ . :-,l I\ \ "I a.i :i. \\ \, \ ~ \ '.\ \ \ :\\l \\ \\ , \ \ \ \ ~ "~"'\ Cl\)(:i_ Cl'\":i.", ot.,"!"I\\~ o-;; ~~ \, \ .\'":i. ~ ", ,.._,, :\ '="'I I\ :i. '\\~\ ~ ·l I\ \ \ ~ r""1J,--..&:!["],__ \j\ f' C)" ,l \'\!)\'' ,,, \ ..!..:J "\\\ \ \\\) o · ''"' "\\f\ '''.'.'\ "\''\ ':"\ \~ \ '\ \ ~ "\i'"- \ ~', ;'\ ~~ ~\ ~,\ \ .J '....;/"\' \\ \\ l ~ n M:£ ~ ~. •l•~.; M~ $; N°' •_\ ~"..i ! \'"'I'\~ ~'\ o)•,~ : ~ '8.;•~~' \\~~ •," \\\-~ . , , ' ' ..c•-'@) •·" ,l ~~ .a c8 @)..c: ·t"'\ ~ ~ 8 ;::lt §b :>a ~ ,, ~ u 5 t §b :> E ''
- ޤާނޫނު ނަންބަރު 23/2010 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)، 2 ވަނަ މާއްދާގެ (ހ)، 3 ވަނަ މާއްދާގެ (ހ) ގެ (7) އާއި (ށ)، 5 ވަނަ މާއްދާ، 7 ވަނަ މާއްދާގެ (ށ)، 8 ވަނަ މާއްދާ އަދި (ނ)، 21 ވަނަ މާއްދާގެ (ށ)، 34 ވަނަ މާއްދާގެ (ހ)، 37 ވަނަ މާއްދާ
- ޓްރިޕްސް އެގްރީމެންޓް (Agreement on Trade-Related Aspects of Intellectual Property Rights) ގެ 2.1، 9.1 އަދި 48 ވަނަ މާއްދާ
- ބަރން ކޮންވެންޝަން (Berne Convention) ގެ 1 އިން 21 އަށް މާއްދާތައް، 5 ވަނަ މާއްދާގެ (2)
- ޕެރިސް ކޮންވެންޝަން (Paris Convention) ގެ 1 އިން 12 އަށް މާއްދާތަކާއި 19 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 3 ވަނަ މާއްދާ (މިސާލެއްގެ ގޮތުން)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 13 ވަނަ މާއްދާ (މިސާލެއްގެ ގޮތުން)
- ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާ (މިސާލެއްގެ ގޮތުން)
- ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 3/2022 (ޖަމްޢިއްޔާތަކުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ)، 78 ވަނަ މާއްދާގެ (ނ)، 81 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2021/SC-A/10 (ޚަދީޖާ އިބްރާހިމް ދީދީ ވ. ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް [2022] SC 46)
- Simhaq v. Kid Carter Touring, Inc., 20-CV-2057 (E.D.N.Y. Aug. 11, 2021)
- ބެންޗު
- މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރހީޒް، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފާޠިމަތު ފަރހީޒް، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް