ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/171
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ވ. ނެތް، 2024/HC-A/171
Maldives Penshan Edministreyshan Office v. Not specified 2024/HC-A/171 (2024/HC-A/171, High Court of the Maldives, 7 October 2024)
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ވ. ނެތް
މައިގަނޑު ސުވާލު
ސާބިތު ދަރަންޏެއްގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން، ދަރަނިވެރިޔާގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް) ޖަމާވެފައިވާ ޕެންޝަން ފައިސާއިން ދަރަނީގެ ފައިސާ ކޯޓަށް ޖަމާކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އަމުރުކުރުން ޕެންޝަނާބެހޭ ޤާނޫނާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 371 ވަނަ މާއްދާގެ (ހ) ގެ (5) އާ އެއްގޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ކޯޓު އަމުރު ބާޠިލު
ކަނޑައެޅުނު އުޞޫލުތައް
- ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރާ ފައިސާ އިންވެސްޓްކޮށް ލިބޭ ފައިދާ އާއި ގެއްލުން ބަހައި، ހިންގުމުގެ ޚަރަދު ކެނޑުމަށްފަހު ބާކީ ހުންނަ ފައިސާއަކީ ސްކީމުގެ ބައިވެރިޔާގެ ޤާނޫނީ މިލްކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް ގާއިމުކޮށް ހިންގަންވާނީ ޕެންޝަނާބެހޭ ޤާނޫނާ އެއްގޮތަށެވެ؛ އެ ސްކީމް ހިންގުމަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި އެހެން މަސްއޫލުވެރި ފަރާތްތަކުގެ މައްޗަށް އޮތް ފިޑިއުޝަރީ ޑިއުޓީއެއް ކަމަށްވާތީ، އެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތެއްގެ މަތިން މެނުވީ ސްކީމަށް ނިސްބަތްވާ އެއްވެސް ފައިސާއަކުން ތަޞައްރަފުކުރުން ހުއްދަ ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21)
- ސާބިތު ދަރަންޏެއް އަދާކުރުމަށް ޕެންޝަން ސްކީމުގެ ބޭނުން ހިފިދާނެ ކަމަށް ޕެންޝަނާބެހޭ ޤާނޫނުގައި ނުވަތަ އޭގެ ދަށުން ހެދި ގަވާއިދެއްގައި ބަޔާންކޮށްފައި ނުވާތީ، ޕެންޝަން ބެނިފިޓުގެ ގޮތުގައި އިނާޔަތް ލިބެން ފެށުމުގެ ކުރިން، ސާބިތު ދަރަނި އަދާކުރުން ފަދަ ބައިވެރިޔާގެ އަމިއްލަ މުޙްތާޖުކަންކަމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ބޭނުންހިފުމަކީ ޕެންޝަނާބެހޭ ޤާނޫނާއި އޭގެ މަޤްޞަދާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 22)
- އެހެންކަމުން، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުންނަ ފައިސާއަކީ ބައިވެރިޔާގެ ޤާނޫނީ މިލްކެއް ކަމުގައި ވީނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 371 ވަނަ މާއްދާގެ (ހ) ގެ (5) ގައިވާ "އެހެން ޤާނޫނަކުން ހިފެހެއްޓުން އިސްތިސްނާކުރެވިފައިވާ" މުދަލެއްގެ ގޮތުގައި ބަލައި، ޙުކުމް ތަންފީޛުކުރުމުގެ ބޭނުމަށް ކޯޓުން ހިފަހައްޓައިގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23، 25)
- ނަމަވެސް، ޕެންޝަނާބެހޭ ޤާނޫނާ އެއްގޮތަށް ޕެންޝަން ބެނިފިޓުގެ ގޮތުގައި ލިބޭ އިނާޔަތުގެ ފައިސާ، ނުވަތަ ބައިވެރިޔާ ނިޔާވުމުން ވާރިސުންނާ ޙަވާލުކުރާ ފައިސާއިން ދަރަނި އަދާކުރުމަށް ބޭނުންކުރުމާއި، މަދަނީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް އެ ފައިސާއަށް ތަންފީޛީ ފިޔަވަޅު އެޅުމަށް ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
- ފަނޑިޔާރުން ނިންމުންތައް ނިންމަންވާނީ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށެވެ؛ ޤާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ނިންމުމެއް ނިންމުމުގެ ބާރު އެއްވެސް ފަނޑިޔާރަކަށް ލިބިގެން ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
ތާއީދުކުރައްވާފައި( ތ އާރފ
1މިއީ،ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C16C/2024/32 "ކޯޓު އަމުރު"، މޯލްޑިވްސްޕެންޝަނ އެޑްމިނިސްޓްރޭޝަންއޮފހުނީ މި ކޯޓުގައްއިސްތިއުނާފު ކުރުމނ، މި ކޯޓގައު ހިންގި ނަންބަރު 2024/HC-A/171 ގަޒިއްޔާ ގ ސަރިޔަތް ނިންމި ގޮތުގެ ރިޕޯޓެވެ.
2މި އިސްތިއުނާފު ހުށަހާ ޅިއިރެ އިސްތިއުނާފި ރައްދުވްވަކ ފަރާތެއް ބަޔާންކޮށްފައި ނުވެއެވެ. މި އިސްތިއުނާފު ހުށަހަޅާފައިވާކަ މުގެ މައުލޫމާތު، އިސްތިއުނާފުކޮށްފައިވ އަމުރާ ނެރުނު ގަޒިއްޔާގާ އ ހިމެނި ޚަޞްމުންނާ ހިއްސާކޮށްފައި ވާނެއެވެ. ނަމަވެސް އެއްވެސް ފަރާތަކުން ތަދައްޚުލްވުމަށް އެދިހި ށަހަޅާފައ ނުވެއެވެ.
3މި ރިޕޯޓުގައި، ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު: • "އިސްތިއުނާފުކޮށްފައިވާ ކޯޓު އަމުރު" ކަމުގައި ބުނެފައި އެ ވަނީ، މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ C16C/2024/32 ކޯޓު އަމުރަ ށެވެ. • "އިސްތިއުނާފ ކުރު ފަރާތް" ކަމުގައި ބުނެފައި އެ ވަނީ،މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފހަށެވެ. • "ޕެންޝަނާބެހޭ ގާނޫނު" ކަމުގައި ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު: 2009/8 )ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު( އަށެވެ. • "މަދަނީ އިޖުރާއަތުގެ ގާނޫނު" ކަމުގައި ބުނެފައި އެ ވަނީ، ގާނޫނު ނަންބަރ 2021/32 )މަދަނީ އިޖުރާއަތުގެ ގާނޫނު( އަށެވެ.
4ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-C16C-CIV-1 ގަޒިއްޔާއިން މުޙައްމަދު ޝިފާއު މައްޗަށް ދަރަންޏެއް ސާބިތުވެފައި ވެއެވެ.މ ދަރަނި ލިބެން ޖެހެނީ ޢަޤުލީމ ޔޫސުފާ އަށެވެ.މި ދަރަނި ހުކުމާ އެއްގޮތަށް އަދާކޮށްފައި ނުވާތީ، ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-C16C-ENF-14 ގަޒިއްޔާއިން ދަނީއ ދަރަނީގެ ތަންފީޒީ މައްސަލަ ބަލަމުންނެވެ.މި ތަންފީޒީ ގަޒިއްޔގައ، އިސްތިއުނާފު ކުރު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ރައްދުވާ ގޮތަށް ކޯޓު އަމުރެއް ނެރުނެވެ. މި އަމުރުގައި ބަޔާންކޮށްފައި ވަނީ އަންނަނިވި ފަދައިންނެވެ. "ށ.މިލަންދޫ ތަރިވިދާގެ، މުޙައްމަދު ޝިފާއު )(ގެ މައްޗަށް މި ކޯޓަށް ހުށަހެޅި ބަލަމުންދާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން، މިކޯޓުގެ ނަންބަރ 2023-C16C-CIV-1 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށްޓަކއި މިކޯޓުގެ ނަންބަރު: 2023-C16C- CIV-1 ޤަޟިއްޔާއިން ދެއްކުމަށް ޙުކުމްކޮށްފައިވާ -/5225ރ )ފަސްހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ( މުޙައްމަދު ޝިފާއަގެ ނަމުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ޖަމާވެފައިހުރ ޕެންޝަން ފައިސާއިން އުނިކޮށް، މިއަދު )14 ޖުލައި 2024( އިން ފެށިގެން 07 )ހަތެއް( ދުވަހުގެ ތެރޭގައި ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 7724520594001 ބޭންކް އެކައުންޓަށް ޖަމާކޮށް، ޖަމާކުރިކަމުގެ ލިޔުން މިކޯޓަށް ފޮނުވުމަށް މޯލްޑިވްސ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އަންގާ އަމުރުކޮށްފީމެވެ."
5އިސްތިއުނާފުކޮށްފައި ވަނީ އިސްވެ ހަވާލާދެވުނު ކޯޓު އަމުރެވެ.
6އިސްތިއުނާފީ ކުރު ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފ ދެ ނުކުތާއެވެ.
7ފުރަތަމަ ނުކުތގައާ ފާހަގަކޮށްފައި ވަނީ، އިސްތިއުނާފުކޮށްފައިވ ކޯޓާ އަމުރު އެ ކޯޓުން ނެރެފައި ވަނީ ޕެންޝަނާބެހޭ ގާނޫނގ 19 ވަން މާއްދާގަ )ހ( އަދި )ދ( އާއި، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާދޫކުރުމާބެހޭ ގަވާއިދު ގެ 12 އަދި 13 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
6.1 މި ނުކުތާގެ ތަފުސާ ލުގައީ އިސްތިއުނާފި ކުރު ފަރާތުން ފާހަގަކޮށްފައި ވަނީ،އިސްތިއުނާފުކޮށްފައިވ އަމުރުގައި "ޕެންޝަން ފައިސާ" ކަމަށް ނިސްބަތްކޮށްފައ ވަނި ޕެންޝަނާބެހޭ ގާނޫނުގެ 12 ވަނަ މާއްދްގެ )ހ(ގެ ދަށުން ގާއިމުކޮށްފައިވާ މޯލްޑިވސެރިޓަޔަރމަންޓ ޕެންޝަން ސްކީމަށް ޖަމާ ކުރާ ވިފައިވާ ފައިސާއަށް ކަމަށާއި، މި ސްކީމަކީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން، ކަނޑައަޅާފައިވާ ވަކި އަދަދަކަށް ފައިސާ ދައްކައިގެން އެ ފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިސާއިން ހިންގޭ ސްކީމެއ ކަމަށާއި، މި ސްކީމްގެ މަގސަދަކީ ވަޒީފި އަދާކުރާ ފަރާތްތްކަށ ރިޓަޔަރމަންޓް އުމުރުގައި ދެމެހެއްޓެނިވަ ނިޒާމެއްގެ ތެރެއިން އާމްދަނީ ލިބޭނެ މަގުފަހިކޮށްދީ، މާލީ މިނިވަންކަން ކަށަވަރު ކޮށިދިނުންކަމަށާއި، މި ސްކީމްގެ ފައިސާ ޖަމާކުރަނީ އެ ސްކީމްގެ ބައިވެރިންގެ ނަމުގައްހުޅުވާފައިވާ ރިޓަޔަރމަންޓް ސޭވިނގްސ އެކައުންޓަށްކަމަށާއި،އެއީ އެކައުންޓް ނިސްބަތްވާ މެމްބަރެއްގެ ގާނޫނީ މިލްކެއް ކަމަށާއި، އެ އެކައުންޓްގެ އެންމެހައި މުއާމަލާތެއް ހިންގޭނީ ޕެންޝަނާބެހޭ ގާނޫނާއް،އ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.
6.2 އަދި އިސްތިއުނާފުކށްފައިވީކޯޓު އަމުރަކީ ސާބިތު ދަރަނގު މައްސަލައެއްގެ ހުކުމް ތަންފީޒުކުރުމުގެ ގޮތް ނ ނެރެފައިވާ އަމުރެއް ކަމަށްވާއިރު،ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށާޖަމާކުރެވޭ ފައިސާއަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު ހުއްދަކުރާ ކަމަކަށް ނުވަތަ ބޭނުމަކަށް މެނުވީ ދޫކުރެވޭނެ ފައިސާއެއް ނޫންކަމަށާއި،ދަރަނި ދެއްކުމަށް ޕެންޝަން ފައިސާ ބޭނުންކުރުމުގެ މަފްހޫމަކީ އެއްވެސް ގާނޫނެއ ގަވާއިދެއްގައި ހިމެނޭ ކަމެއް ނޫން ކަމަށްއި، ދޭދޭ މުއާމަލާތްތަކ ގުޅިގެނާ އުފެދޭ މަދަނީ އިލްތިޒާމުތަކަށް ޕެނީ ޝަން ސްކީމުން ފައިސާ ނެގޭ ގޮތަށް ޕެންޝަން ނިޒާމު ބައްޓަންވުމަކި ޕެންޝަން ނިޒާމު ތައާރަފުކުރި މަގުސަދު ގެއްލޭ، ޕެންޝަން ފަންޑު ދެމެހެއްޓެނިވ ގޮތެއްގައި ހިންގުމަށް ބޮޑެތި ގޮންޖެހުން ކުރިމަތި ވެދާނެ ކަމެއް ކަމަށެވެ.
8ދެ ވަނަ ނުކުތގައާ ފާހަގަކޮށްފައި ވަނީ، އިސްތިއުނާފުކޮށްފައިވ ކޯޓާ އަމުރު ނެރެފައި ވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 371 ވަނަ މާއްދާގެ )ހ(ގެ )5( ވަނަ ނަންބަރު އަދި 32 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
7.1 މި ނުކުތާގެ ތަފުސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައި ވަނީ، ކޯޓުން ބަލަމުންދާ ތަންފީޒީ ގަޒިއްޔާއ ގުޅިގެނާ ދައުވާ ރައްދުވާ ފަރާތުގެ ވަޒީފާގެ ރެކޯޑާއި، އެ ފަރާތުގެ ނޭމުގައި އެއްވެސް ބާވަތެއްގަ ޕެންޝަން ފައިސާއެއް ޖަމާވެފައިވް ތޯ ކޯޓުން ސާފުކުރުމަށް އެދުމުން އެ މައުލޫމާތު ސާފުކޮށްދީފައި ވާނީ ކަމަށާއި، ނަމަވެސް މަދަނީ އިޖުރާއާތުގެ ގާނޫނުގެ 371 ވަނަ މާއްދާގެ )ހ(ގެ )5( ވަނަ ނަންބަރަށް ބަލާއިރު، އެހެން ގާނޫނަކުން ހިފެހެއްޓުން އިސްތިސްނާ ކުރެވިފައިވާ ކޮންމެ މުދަލެއް ހުކުމް ތަންފީޒުކުރުމުގެ ބޭނުމަށްޓަކައި ކޯޓުން ހިފަހައްޓައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވީ ކަމަށާއި، ވީ މ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވާ ޕެންޝަން ފައިސާއަކްބޭނުން ވަގުތަކު ބޭނުން ގޮތަކަށް މުއާމަލާތކުރުމުގެ ބާރު ލިބިދީފައިވާ ފައިސާއަކަށް ނުވާތީ އާއި، އެ ސްކީމުން ފައިސާ ދޫކުރެވެނ ހަމައެކަނިޕެންޝަނާބެހޭ ގާނޫނުން ހުއްދަކުރާ ކަންކަމަށް ވާތީ އާއި، ދަރަނި ދެއްކުމަށް ފައިސާ ދޫކުރުމަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ އަސާސްތަކާއި މަގުސަދުތަކާ ހިލާފު ކަމަކަށް ވާތީ، އިސްތިއުނާފުކޮށްފައިވ ކޯޓާ އަމުރުގައި ބަޔާންކޮށްފައިވާ "ޕެންޝަން ފައިސާ"އަކީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 371 ވަނަ މާއްދާގެ )ހ(ގެ )5( ވަނަ ނަންބަރުގެ ދަށުން ހުކުމް ތަންފީޒުކުރުމުގެ ބޭނުމަށްޓަކައި ހިފެހެއްޓޭނެ ފައިސާއެއް ނޫން ކަމަށެވެ.
9އިސްތިއުނާފު ނިންމައިދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައި ވަނަ؛
8.1 އިސްތިއުނާފުކޮށްފައިވާކޯޓ އަމުރު ނެރެފައި ވަނީ، ޕެންޝަނާބެހޭ ގާނޫނުގެ 19 ވަނަ މާއްދާ އާއި، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 371 ވަނަ މާއްދާގެ )ހ(ގެ )5( ވަނަ ނަންބަރާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި،
8.2 މޯލްޑިވްސ ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސް ދީ ކުރުމުގޫ އ އަމަލުކުރަން ޖެހޭނެ ޕެންޝަނާބެހޭ ގާނޫނާއި، ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ކަނޑައެޅުމަށާއި،
8.3 އަދި އިސްތިއުނާފުކޮށްފައިވުކޯޓ އަމުރު ބާތިލުކުރމަށެވެ. ގަވާއިދު ނަންބަރު R/2014-21 ސަރިޔަތަށް ފާހަގަކުރެވުނކަނު ކަން
10އިސްތިއުނާފުކޮށްފައިވާ ކޯޓު އަމުރުގައި،ކޯޓަށް ޖަމާކުރުމަށް އަންގައި އަމުރުކޮށްފައަ ވަނީ"ދިވެހިރާއްޖޭގ ރިޓަޔަރމަންޓް ޕެންޝަން ސްކީމް"ގެ ދަށުން ރިޓަޔަރމަންޓްސޭވިންގްސް އެކައުންޓަކަށް ޖަމާވެފައި ހުރި "ޕެންޝަން ފައިސ"އެކެވެ.
11އިސްތިއުނާފުކުރާ ފަރާތުގެޖަދލަކ، ޕެންޝަނާބެހޭ ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން މެނުވީ ރިޓަޔަރމަންޓް ޕެންޝަންސްކީމނޫފައިސާ ދ ނުކުރެވޭނެ ކަމަށާއި، ދަރަނި އަދާކުރުމަށްރިޓަޔަރމަންޓ ޕެންޝަން ސކީމުނ ފައިސް ދޫކުރުމަކީ އެ ގާނޫނު ހުއްދަކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. މި މައްސަލާ ގައި ސަރިޔަތުނ ނިޔާކުރަން ޖެހޭ މައިގަނޑު ނުކުތާއަކީ މިއީއެވެ.
12"ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް"އަކީ ޕެންޝަނާބެހޭ ގާނޫނާ ން ތައާރަފުކޮށްފައިވ ސްކީމެކެވެ. އެ ސްކީމް ގާއިމުކޮށް ހިންގައި ބަލަހައްޓަންވީ ގޮތް އެ ގނޫނުގައާ ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ. މިގޮތުން،"ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް" ގާއިމުކުރެވޭ ގޮތާއި، ސްކީމަށ ފައިސް ދެއްކުމާއި، އެ ފައިސާ އިންވެސާ ޓި ކުރެވޭނެ އުސޫލުތަކާއި، ސްކީމް ހިންގުމުގައި ޝާމިލުވާ ފަރާތްތަކުގެ ޒިންމާ އަދ ވާޖިބުތަކާއި، ރިޓަޔަރމަންޓް ބެނިފިޓ ދޭން އެންމެހައި ހަމަތަކާއި، މިނޫންވެސ ކިތަންމެ ތަފުސީލެއް، އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
13ޕެންޝަނާބެހޭ ގާނޫނަށް ބަލާއިރު، "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް"އަކީ، "ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރޭތުން ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ފައިސާ ނަގައިގެން އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާއިން ހިންގާ" ޑިފައިންޑް ކޮންޓްރިބިއުޝަންޕެންޝަނ ސްކީމކެވެ. ގާނޫނު ނަންބަރު 2009/8 )ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު(ގެ 12 ވަނަ މާއްދާގެ )ހ(
14ޕްރިސިޑެންސް 1ޕެންޝަނާބެހޭ ގާނޫނުގެ 12 ވަން މާއްދާގަ )ށ( އަށް ބަލާއިރު، ވަޒީފާއަދާކުރާ މީހުނު،ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބައިވެރިކުރން ވަޒީފާ ދޭ ފަރާތށަ ލާޒިމކޮށްފައިވެއެވެ. މ 12 ވަނަ މާއްދާގެ )ރ( އަށް ބަލާއިރު،ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންގެ ނަމުގައި ދައްކާ ފައިސާ ޖަމާކުރަން ޖެހެނީ އެ ބައިވެރިންގެ ނަމުގައި ހުޅުވާ ރިޓަޔަރމަންޓް ސޭވިންގްސި އެކައުންޓަށެވެ. މި ފައިސާ އިންވެސްޓްކޮށްގެން ލިބޭ އެންމެހައި ފައިދާ އާއި ގެއްލުން ނިސްބަތުން ބަހައި، ހިންގުމުގެ ހަރަދ ކެނޑުމަށްފަހު އެކައުންޓްގައި ބާކީ ހުންނަ ފައިސާއަކީ އެ ބައިވެރިއެއްގެ ގާނޫނީ މިލްކެކެވެ.
15"ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ބިލު"ގެ ބަހުސްގެ މަރުހަލާގައި،އެ ބިލު ސަރުކާރުން ހުށަހަޅާ މަގުސަދާ ގުޅޭގޮތުން، މިނިސްޓރް އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސި ގ ވަޒީރާ ފާހަގަކޮށްފައވ ކަންކަމަށް ބަލާއިރު، ރިޓަޔަރމަންޓް ޕެންޝަން ސްކީމެއް ގާއިމުކުރުމުގެ މަގުސަދަކީ، "ވަޒީފާ އަދާކުރުމަށްފަހ ރިޓަޔަރކުރާ މީހުންނަށް އަސާސީ ރައްކައުތެރިކަމެއ މާލީގޮތުން ހޯދައިދިނާ "މާއި،"ވަޒީފާ އަދާކުރަމުންދާ މީހުންގައި ފަހަށް އާމްދަނީ ރައްކާކުރުމުގ އާދެ އަށަގެންނެވް "މާއި،"އަބުރުވެރި ދިރިއުޅުމެއ އުޅެވޭނެ ފެންވަރަށް އޭނާއަށް ފައިސާ ލިބޭނެގޮތް ހަދައިދިން"މެވެ. މި ގޮތުން، އެ ވަގުތު ކަން އޮތް ގޮތުންނަމަ، ޕެންޝަނަކީ "ސަރުކާރުގެ ޚިދުމަތުގައި އުޅޭ ކޮންމެ މީހަކަށްވެސް ވިހި އަހަރުން ވިހި އަހަރުން ދެވޭ ފައިސާ"އެއް ކަމަށާއި، "އެފައިސާއަކީވެސް އާމްދަނީގެގޮތުގައި ވަގުތުން ވަގުތަށް ބޭނުންކުރެވެމުންދ އެއްޗެއްކަމުގައި" ވެދި ކަމަށާއި، ނަމަވެސް މި ތައާރަފުކުރެވޭ ސްކީމްގައ "ފައިސާއަކީ އެކިގޮތްގޮތަށް އިންވެސްޓް ކުރެވޭނެ އަދި އޭގެން ފައިދާ ހޯދޭނެ އިންވެސްޓްމަންޓްތަކަކަށް ބަދަލުވެގެންދާނ" ކަމަށާއި، " ޕެންޝަން ލިބެން ފަށާ ހިސާބުން ފެށިގެން އޭނަގެ އެކައުންޓުގައި ވާގޮތަށް އޭނާއަށް އެލިބޭ އާމްދަނީއަކާއ 21 ނޮވެމްބަރ 2007 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހު ޖަލްސާގެ ޔައުމިއްޔާ، ޔައުމިއްޔާ ނަންބަރު 2007/54 / ސޮފުހާ 51-54 ފައިދާއަކާއ އެކުގައި ފައިސި ލިބާ އުޞޫލެއް" ގާއިމުކުރެވޭނީ ކަން، މި ފަދަ ސްކީމެއް ތައާރަފުކުރަން ޖެހެނީ ކޮންކަމެއް ފޫބައްދަކަނ ބަޔާންކުރުމުގެ ގޮތުން ފާހަގަކުރިއެވެ.
16މ ބަޔާންކު ރ މަގުސަދާއި، މި ބާވަތުގެ އޮކާ އުޕޭޝަނަލ ޕެންޝަން ސްކީމްތަކް ގެ އަސާސީ ސިފައ އެއްގޮތަށް، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގައިމެ ބަޔާންކޮށްފައި ވަނީ "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް"ގެ ބައިވެރިންނަށް ރިޓަޔަރމަންޓް ބެނިފިޓގ ގޮތުގައެ އިނާޔަތެ ލިބެން ފަށާނީ ވަކި އުމުރެއ ފުރުމުން ކަމަށެވެ. ޕެންޝަނާބެހޭ ގާނޫނުގެ 19 ވަނީ މާއްދާގަ )ހ( ގައި ކަނޑައަޅާފައި ވަނީ، ޕެންޝަން ލިބޭ އުމުރަކީ 65 އަހަރު ކަމަށެވެ. މި އުމުރު ފުރުމުން ލިބިދެވޭނެ އިނާޔަތްތަކުގެ ތަފުސީލު އެ ގާނޫނގ 19 ވަނަ މާއްދާގެ )ނ( ގައި ބަޔާންކޮށްފައިވެއެވެ.
17ޕެންޝަން ލިބް އުމުރު ފުރުމުގެ ކުރިން ޕެންޝަން އިނާޔަތް ހޯދޭނެ ހަމައެކަނި ގޮތޭކަށަ ޕެންޝަނާބެހޭ ގާނޫނުގައި ބަޔާންކޮށްފައި ވަނީ، އެ ގާނޫނުގެ 19 ވަނަ މާއްދާގެ )ދ( ގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، އުމުރުން 55 އަހަރު ފުރުމުން އަރލީ ޕެންޝަން ވިތުޑްރޯވަލްއަށް އެދުމެވެ.
18ޕެންޝަން ލިބް އުމުރު ފުރުމުގެ ކުރިން، ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބޭނުން ހިފިދާނ ދެ ގޮތެއް ޕެންޝަނާބެހޭ ގާނޫނަށ ފަހުން ތައާރަފުކޮށްފައިވެއެވެ. އެއީ، ޕެންޝަން ފަންޑްގައިވާ ފައިސާ މި މާއްދާގައި ބަޔާންކޮށްފައި ވަނީ "ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި، އެމީހެއްގެ އުމުރުން 55 އަހަރު ހަމަވާއިރު، ޖަމާވެފައިހުރި ފައިސާގެ ނިސްބަތުން، ޕެންޝަން އޮފީހުން ޕެންޝަން ދިނުމަށް ކަނޑައަޅާ ގަވާއިދާ އެއްގޮތަށް ބަހާލުމުނަ ކޮންމެ މަހަކަށް ލިބޭ ޕެންޝަންގެ ޢަދަދު އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގ ގޮތުގައެ ލިބި ޢަދަދުގެ ދެގުނައަށްވުރެ ބޮޑުވާނަމް، ސްކީމްގެ ދަށުނ ބެނިފިޓ ލިބުމަށް އެމީހަކަށް އެދެވިދާނެއެވެ. މިފަދަ ޙާލަތްތަކުގައި މުވައްޒަފެއްގެ ފަރާތުންނާއި ވަޒީފާދޭ ފަރާތުން ދޭންޖެހޭ ކޮނަޓްރިބިއުޝަނ ހުއްޓުމަކަށް އަންނަންޖެހޭނެއެވެ. މިގޮތުން އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ޢަދަދަށް އެންނަ ބަދަލަކާ ގުޅިގެން، މި މާއްދާގެ ދަށުން ބެނިފިޓް ހޯދަމުންދާ ފަރާތްތަކަށް، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ޙައްޤުވާ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ކަންތައްތައް ކުރާނެ ގޮތުގެ ގަވާއިދު ޕެންޝަން އޮފީހުން ކަނޑައަޅަންވާނެއެވ." މި ފަދައިންނެވެ. އެއީ؛ ގާނޫނު ނަންބަރު 2016/7 ]ގާނޫނު ނަންބަރު 2009/8 )ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު( އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު[ އާއި، ގާނޫނު ނަންބަރ 2019/1 ]ގާނޫނު ނަންބަރު 2009/8 )ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު( އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު[ އިންނެވެ. ކޮލެޓަރައިޒްކުރުމާއި، ހައްޖަށްދިއުމުގެ އަގު ދެއްކުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ނެގޭނެ ގޮތެވެ. މި ކަންކަމާ ބެހޭ ތަފުސީލު އެ ގާނޫނުގެ 25 ވަނަ މާއްދާއިން ފެށިގެން 32 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވެއެވެ.
19ޕްރިސިޑެންސް 3"ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް"ގެ މަންފާ، އެ ސްކީމްގެ ބައިވެރިންނަށް ލިބޭނެ ނުވަތަ ހޯދޭނެ ހާލަތްތައް ކަމަށް ޕެންޝަނާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތްތައް އިސްވެ މި ބަޔާންކުރީއެވެ. އެހެނީ، ސާބިތު ދަރަންޏެއް އަދާކުރުމަށް އެ ސްކީމްގެ ބޭނުނހިފިދާނެ ކަމަށް، ޕެންޝަނާބެހޭ ގާނޫނުގައި އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްގައި ވިޔަސް ބަޔާންކޮށްފައި ނުވެއެވެ.
20ޕްރިސިޑެންސް 2"ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް"އަކީ ޕެންޝަނާބެހޭ ގާނޫނާ އެއްގޮތަށް ގާއިމުކޮށް ހިންގައި ބަލަހައްޓަން ޖެހޭ ސްކީމަކަށްވެފިއި، ގާނޫނެއް ހެދުމުގެ އަސާސީ ބޭނުމަކީ އެ ގާނޫނަކުން ތަންޒީމްކުރ ކަންކަން އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކުރުން ލާޒިމްކުރުންކަމުގައ ވީހިނދު، "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓ ޕެންޝަން ސްކީމް"އ ގުޅި ކަންކަމުގައި އަމަލުކުރަން ޖެހޭނީ ޕެންޝަނާބެހޭ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތަށް ކަމާމެދު ސުވާލެއް ވެސް ނެތެވެ.
21އަދި، ޕެންޝަނާބެހޭ ގާނޫނާ ހިލާފުނުވާނެ ގޮތް އްގެ މަތިން "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް" ހްންގުމީ، ޕެންޝަނާބެހޭ ގާނޫނުނ އުފައްދާފައިވާ "މޯލްޑިވްސް ޕެންޝަންއެޑްމިނިސްޓްރޭޝަނ އޮފީސް" އާއް،އެހެންވެސް މަސްއޫލުވެރި ފަރާތްތަކުގެ މައްޗަށް އޮތް ފިޑިއުޝަރީ ޑިއުޓީއެއެ ކަމަށް ވާތީ، އެ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން މެނުވީ، އެ ސްކީމަށް ނިސްބަތްވާ އެއްވެސ ފައިސާއަކުން ތަޞައްރަފުކުރުން ހުއްދަ ނުވާނެއެވެ. ގާނޫނު ނަންބަރު 2009/8 )ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު(ގެ 13 ވަނަ މާއްދާ
22ވީމާ،ޕެންޝަން ބެނިފިޓގ ގޮތުގައެ އިނާޔަތް ލިބެން ފެށުމުގެކުރެ ން، ސާބިތު ދަރަނި އަދާކުރުން ފަދަ، ޕެންޝަން ސްކީމްގެ ބައިވެރިންގެ އަމިއްލަ މުހުތާދުތައް ފުއްދުމަށް، ޕެންޝަނާބެހޭ ގާނޫނުގެ ގިއުގަނޑުގ ބޭރުން، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓީ ގެ ބޭނުންހިފުމަކް އެ ގާނޫނާ ހިލާފުނުވ ކުރެވިދާނެ ކަމެއް ނޫނެވެ. އަދި އެއީ،ޕެންޝަނާބެހޭ ގާނޫނު ހެދުމުގެ މަގުސަދު ކމުގައަ،ކުރިން ބަޔާންވެދިޔާމަގުސަދާ ވެސް ފުށުއަރނ ކަމެކެވެ.
23ޕްރިސިޑެންސް 4ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުންނަ ފައިސާއަކީ ޕެންޝަން ސްކީމްގެ ބައިވެރިންގެ ގާނޫނީ މިލްކެއް ކަމުގައް ވިޔަސް،ޕެންޝަން ބެނިފިޓގ ގޮތުގައެ އިނާޔަތި ލިބެން ފެށުމުގެކުރިން، ސާބިތު ދަރަނި އަދާކުރި މަށް، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގެ ބޭނުންހާފުމަކިޕެންޝަނާބެހޭ ގާނޫނއަ،އެ ގާނޫނުގެ މަގުސަދާ ވެސް ހިލާފުކަމަ ކަށް ވާތީ، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުންންފައިސާއަކީ، ހުކުމުތަންފެޒީ ކުރުމުގެ ބޭނުމަށްޓަކައި ކޯޓުން ހިފަހައްޓައިގެން ނުވާނެކަމަށް، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 371 ވަނަ މާއްދާގެ )ހ(ގެ )5 ( ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "އެހެނ ޤާނޫނަކުން ހިފެހެއްޓުން އިސްތިސްނާކުރެވިފައިވ" މުދަލެއްގެ ގޮތުގައި ބަލަންޖެހޭނެއެވެ.
24ޕްރިސިޑެންސް 5ނަމަވެސް، ޕެންޝަނާބެހޭ ގާނޫނާ އެއްގޮތަށް ޕެންޝަން ބެނިފިޓްގ ގޮތުގައެ ލިބު އިނާޔަތުގެ ފައިސާއިން، ނުވަތަ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިއަކު ނިޔާވާ ހާލަތުގައި،ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހާރި، ވާރިސުންނާ ހަވާލުކުރްފައިސއިނާ، ދަރަނި އަދާކުރމަށު ވިޔަސް ބޭނުންކުރުމަކީ، ޝައްކެއް ވެސް ނެތް ގޮތުގައި، ހުރަހެއްއޮތ ކަމެއް ނޫނެވެ. އަދި މި ފަދަ ފައިސާއަކް ނ ސާބިތް ދަރަނު ޏެއ ގ ގާނޫނު ނަންބަރު 2009/8 )ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު(ގެ 19 ވަނަ މާއްދާގެ )ކ( ގައި ބަޔާންކޮށްފައި ވަނީ، ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިއަކު ޕެންޝަން ލިބޭ އުމުރު ހަމަވުމުގެ ކުރިން ނުވަތަ ގާނޫނުގެ ދަށުން އިނާޔަތް ލިބުމުގެ ކުރިން މަރުވެއްޖެނަމަ،ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުންނަ ފައިސާ، އެ މީހެއްގެ ވާރިސުންނާ ހަވާލުކުރަން ޖެހޭނެކަމަށެވެ. ހުކުމް ތަންފީޒުކުރުމަށްޓަކައި، މަދަނީ އިޖުރާއަތު ގާނނުގައ ކަނޑައަޅާފައިވި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، ތަންފީޒީ ފިޔަވަޅު އެޅުމަށް ވެސް ހުރަހެއް އޮތް ކަމަށް ނުފެނެއެވެ.
25އިސްތިއުނާފުކޮށްފައިވ ކޯޓާ އަމުރުގައި، ކޯޓަށި ޖަމާކުރުމަށް އަންގައި އަމުރުކޮށްފައި ވަނީ "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް"ގެ ދަށުން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަކަށް ޖަމާވެފައ ހުރި "ޕެންޝަނެފައިސެ "އކަ ވެ. ބަޔާންވެދިޔަ ފަދައިން، ޕެންޝަން ބެނިފިޓްގ ގޮތުގައެ އިނާޔަތް ލިބެން ފެށުމުގެކުރިން، ސާބިތު ދަރަނި އަދާކުރުމަށް، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގެ ބޭނުންހިފުމަކީ ޕެންޝަނާބެހޭ ގާނޫނާއި، އެ ގާނޫނުގެ މަގުސަދާ ވެސް ހިލާފުކަމަކަށް ވާތީ، އިސްތިއުނާފުކޮށްފައިވާ ކޯޓު އަމުރު ތަންފީޒުކުރުމަކީ ޕެންޝަނާބެހޭ ގާނޫނާ ހިލާފުނުވެ، "މޯލްޑިވްސ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް"އަށް ކރެވެނ އޮތް ކަމެއް ނޫނެވެ.
26ޕްރިސިޑެންސް 6ފ ނޑިޔާރުނ ނިންމުންތައް ނިންމުމުގައި އަމަލުކުރަން ޖެހޭނީ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ކަމުގައި ވީހިނދު، ގާނޫނުގައި ކަނޑައަޅާފައިވާ ގެތަކާ ހިލާފަށް އެއްވެސް ނިންމުމެއް ނިންމުމުގެ ބާރޮ ފަނޑިޔާރަކަށް ވިޔަސް ލިބިގެން ނުވެއެވެ. ފަނޑިޔާރުންގެ ނިންމުންތައް ވެސް ބައްޓަންކުރަން ޖެހޭނީ ގާނޫނާ އެއްގޮތަށެވެ.
27މި ބަޔާންކރު ކަންކަމަށް ބަލާއިރު، އިސްތިއުނާފުކޮށްފައިވާކޯޓީ އަމުރު ކ ޕެންޝަނާބެހޭ ގާނޫނާ ހިލާފު އަމުރަކަށް ވާތީ އެ އަމުރަކީ ބާތިލުއަމުރެއްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 142 ވަނަ މާއްދާ އާއި ގާނޫނު ނަންބަރ 2010/13 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ގާނޫނު(ގެ 5 ވަނަ މާއްދާގެ )ހ( ގައި މި ފަދައިން ކަނޑައަޅާފައިވާ
28މި މައްސަލައިގައިފަނޑިޔާރ ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.
29މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ގ ރައުޔަށް ތާއިދުކުރަމެވެ.
30މި ގަޒިއްޔާ މ ނިންމުމުން، މި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހައްގމު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ މި ކޯޓުން މި ގަޒިއްޔްނިންމާ ތާރހުނީ ފެށިގެން 30 )ތިރީސް( ދުވަހެވެ. އަދި އެ މުއްދިތުގެ ތެރޭގއަ މާނިންމުން ނިމުނުގޮތުގެ ރިޕޯޓު ޚަޞްމުނންހަ ވާލުކޮށްފައިނުވާނަމީ،އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރާ ހަކީ ނިންމުން ނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނީހެވާލުކުރާ ތާރހވެ. އެހެންނަމަވެސް ނިންމުން ނިމުނުގޮތުގްހުލާސއަށ ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ގާނޫނު ނަންބަރާ 2021/32 ) މަދަނީ އިޖުރާއަތުގެގ ނޫން(ގެ 284 ވަނަ މާއްދާގެ )ހ( (ށ( )ނ)
- ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)، (ށ)، (ރ)
- ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ)، (ނ)، (ދ)، (ކ)
- ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާއިން 32 ވަނަ މާއްދާއާ ހަމައަށް
- ޤާނޫނު ނަންބަރު 7/2016 (ޕެންޝަނާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު) އަދި ޤާނޫނު ނަންބަރު 1/2019 (ޕެންޝަނާބެހޭ ޤާނޫނަށް 4 ވަނަ އިޞްލާޙު)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 371 ވަނަ މާއްދާގެ (ހ) ގެ (5)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުގެ އިޖުރާއަތު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)
- ރައްޔިތުންގެ މަޖިލީހުގެ 21 ނޮވެމްބަރު 2007 ގެ ޖަލްސާގެ ޔައުމިއްޔާ 2007/54 (ޕެންޝަނާބެހޭ ބިލުގެ މަޤްޞަދު)
- ބެންޗު
- ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން · ތާއީދުކުރެއްވީ: ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް