ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/423
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ޢަބްދުﷲ ޝަރީފް، 2018/HC-A/423
Maldives Inland Revenue Authority v. Abdhuﷲ Shareef 2018/HC-A/423 (2018/HC-A/423, High Court of the Maldives, 14 December 2021)
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ޢަބްދުﷲ ޝަރީފް
މައްސަލައިގެ ޚުލާޞާ
ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމީ މީރާގެ އެންގުމާއި އިޢުތިރާޒް ރިވިއު ނިންމުން ރަނގަޅު ނޫންކަމަށާއި، ދައްކާފައިވާ 6,291 ރުފިޔާ 30 ދުވަހުގެ ތެރޭގައި އަނބުރާ ރައްދުކުރުމަށެވެ.
ތިންވަނަ ފަރާތަކުން (ނިޔާމަ މޯލްޑިވްސް) ފޮނުވި އިންވޮއިސް ނުވަތަ ކޯޓޭޝަނެއްގެ މައްޗަށް، އިސްތިއުނާފު ރައްދުވި ފަރާތް ޖީއެސްޓީގެ ގޮތުގައި 6,291 ރުފިޔާ އިތުރަށް ދައްކަންޖެހޭކަމަށް މީރާއިން ކަނޑައަޅައި އެންގިއެވެ. އޭނާ ކުރި އިޢުތިރާޒް މީރާއިން ރިވިއުކޮށް ނިންމުމަށް ބަދަލެއް ނުގެނައެވެ.
މީރާއިން ބުނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާއަކީ ޢަދަދު ކަނޑައެޅުމުގައި ރިޢާޔަތްކުރާ ކަންކަމާބެހޭ ޢާންމު މާއްދާއެއް ކަމަށާއި، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 32 ވަނަ މާއްދާގެ އެންގުން ފޮނުވަންޖެހެނީ ތިންވަނަ ފަރާތެއްގެ އަތުން މަޢުލޫމާތު ހޯދާ ހާލަތުގައި އެކަނި ކަމަށާއި، ތިންވަނަ ފަރާތަކުން މީރާއަށް ހުށަހަޅާފައިވާ މަޢުލޫމާތު ބޭނުންކުރާއިރު އެ މާއްދާ ތަޠްބީޤުކުރަން ނުޖެހޭ ކަމަށެވެ.
މައިގަނޑު ސުވާލު
ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން (އިންޓެލިޖެންސަށް ލިބޭ ނުވަތަ ތިންވަނަ ފަރާތަކުން ހުށަހަޅާ ލިޔުންތަކުން) ލިބޭ މަޢުލޫމާތުގެ މައްޗަށް ޓެކުހުގެ ޢަދަދެއް ކަނޑައަޅާއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން "ދައްކަންޖެހޭ ޓެކްސްގެ މިންވަރާމެދު މަޢުލޫމާތު ހޯދުމަށް އަންގާ އެންގުން" ފޮނުވުން މީރާއަށް ލާޒިމްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ގަވާއިދުގެ 23 ވަނަ މާއްދާއަކީ ޢަދަދު ކަނޑައެޅުމަށް އެހީތެރިވާ ކަންކަން ކަމުން، އެއިން ލިބޭ އައު މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް ޤާނޫނުގެ 32 ވަނަ މާއްދާގެ އުޞޫލުން ލިޔުން ރަސްމީކޮށް ހޯދައި، ޓެކްސް ދައްކާ ފަރާތަށް އެކަން އަންގަންޖެހޭތީ، ޓްރައިބިއުނަލުގެ ނިންމުން ރަނގަޅެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 32 ވަނަ މާއްދާގެ ބޭނުމަކީ ޓެކުހާ ގުޅޭ މަޢުލޫމާތު ޓެކްސް ދައްކާ ފަރާތުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ހޯދުމެވެ؛ އެ މަޢުލޫމާތު ހޯދުމުގައި ޢަމަލުކުރަންޖެހޭ ގޮތް އެ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 39 ވަނަ މާއްދާގެ ދަށުން ޢަދަދު ކަނޑައެޅިގެންދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގައި ލިސްޓުކޮށްފައިވާ ކަންތައްތަކަކީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ޢަދަދު ކަނޑައެޅުމުގައި ރިޢާޔަތްކުރެވިދާނެ، އެހީތެރިވެދޭ ކަންތައްތަކެއް ކަމުން، އެއިން ލިބޭ މަޢުލޫމާތުގެ މައްޗަށް ސީދާ ޢަދަދު ކަނޑައެޅޭނެ ކަންތައްތަކެއް ނޫނެވެ؛ 39 ވަނަ މާއްދާގެ ދަށުން ޢަދަދެއް ކަނޑައެޅޭނީ ހިސާބުތަކާއި ލިޔެކިޔުންތައް އޮޑިޓްކޮށް ތަޙްޤީޤެއް ހިންގުމަށްފަހުއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13، 15)
- ގަވާއިދުގެ 23 ވަނަ މާއްދާއާއި ޤާނޫނުގެ 32 އަދި 39 ވަނަ މާއްދާއަކީ އެއް މާއްދާ އަނެއް މާއްދާއާ ގުޅިފައިވާ، ޓެކުހުގެ ޢަދަދު ކަނޑައެޅުމާ ގުޅޭ މާއްދާތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ގަވާއިދުގެ 23 ވަނަ މާއްދާގައިވާ ކަންތައްތަކުގެ އަލީގައި (މިސާލަކަށް ތިންވަނަ ފަރާތެއްގެ އިންވޮއިސް ނުވަތަ ކޯޓޭޝަނަކުން) މީރާއަށް އައު މަޢުލޫމާތެއް ލިބިއްޖެނަމަ، އޭގެ ޞައްޙަކަން ކަށަވަރުކުރުމަކީ މީރާގެ ޒިންމާއެއް ކަމުން، އެ ލިޔުން ހޯދަންވާނީ ޤާނޫނުގެ 32 ވަނަ މާއްދާގެ އުޞޫލުގެ ދަށުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- މީރާއަށް ހުށަހެޅޭ ލިޔުމެއްގެ މައްޗަށް އެކަނި ބަރޯސާވެގެން ޓެކުހުގެ ޢަދަދު ކަނޑައަޅައިފިނަމަ އެ ޢަދަދުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭތީ، އެފަދަ ލިޔުންތައް މީރާއިން ރަސްމީކޮށް އެ ފަރާތްތަކުން ހޯދަންވާނެއެވެ؛ އަދި ތިންވަނަ ފަރާތަކުން ހުށަހަޅާ ލިޔުންތައް ޢަދަދު ކަނޑައެޅުމުގެ ތަޙްޤީޤަށް ބޭނުންކުރާނަމަ ޓެކްސް ދައްކާ ފަރާތަށް އެކަން އެނގެންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
2ޢަބްދުﷲ ޝަރީފު އިތުރަށް ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައަޅައި މީރާގެ ނަންބަރު GST/SMI/2017/04-1010407/NOTA (32 ނޮވެންބަރު 3233) އެންގުން އިން ޢަބްދު ﷲ ޝަރީފްއާ ޙަވާލުކުރެވުނެވެ. ނަމަވެސް މީރާގެ އެ ނިންމުމަށް ޢބްދަ ﷲ ޝަރީފު އިއުތިރާޒުކުރުމުން އެ މައްސަލަ މީރާއިން ރިވިއުކޮށް މީރާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް އަންގައި މީރާގެ ނަންބަރު 87/OA/2017-220 (32 ފެބުރުވަރީ 3232) އޮބްޖެކްޝަން ރިވިއު ރިޕޯޓު ދޫކޮށްފައިވެއެވެ .
1. މީރާގެ ނަންބަރު CN/GST/2017/245-IBD (32 ނޮވެންބަރު 3233) ޖީ.އެސް.ޓީ އޮޑިޓް ރިޕޯޓާއި، މީރާގެ ނަންބަރު GST/SMI/2017/04-1010407/NOTA (32 ނޮވެންބަރު 3233) ދައްކަންޖެހޭ ދ.ރ.ކ އަންގައިދޭމީރާގެ ނަންބަރު 87/OA/2017-220 އޮބްޖެކްޝަން ރިވިއު ރިޕޯޓު (32 ފެބުރުވަރީ 3232) ޓެކުހުގެ މިންވަރު އަންގާ އެންގުމާއި، މީރާގެ ނަންބަރު 87/OA/2017-220 (32 ފެބުރުވަރީ 2323) އޮބްޖެކްޝަން ރިވިއު ރިޕޯޓަށް ޙަވާލާދީ ޖީ.އެސް.ޓީގެ ގޮތުގައި 6,291.00ރ (ހަ ހާސް ދުއިސައްތަ ނުވަދިހަ އެއް ރުފިޔާ) ދެއްކުމަށް މީރާއިން ޢަބްދުﷲ ޝަރީފަށް އަންގާފައިވެއެވެ.
5ބުނެވުނު 6,291.00ރ (ހަ ހާސް ދުއިސައްތަ ނުވަދިހަ އެއް ރުފިޔާ) އަކީ އެ ފަރާތުން ތިންވަނަ ފަރާތކަށަ ފޯރުކޮށްދީފައިވާ ޖީ.އެސް.ޓީ މުޢާމަލާތަކާ ގުޅިގެން ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު)ގެ ދަށުން ޖީ.އެސް.ޓީ ދެއްކުން ލާޒިމްވާ މުޢާމަލާތެއްކަމަށް މީރާއިން ބުނެއެވެ .
6ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު G/2018/001-CA-TAT ގައި ބެލުނު މައްސަލައަކީ، މީރާގެ ނަންބަރު 87/OA/2017-220 އިއުތިރާޟްކުރި މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި މީރާއިން ނިންމާފައިވާ ނިންމުން ރަނގަޅުނޫންކަމަށް ބުނެ ޢަބްދުﷲ ޝަރީފްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލް އިން މައްސަލަ ނިންމިގޮތް:
3ޓެކްސް އޕީލެ ޓްރައިބިއުނަލްގެ ނަންބަރު G/2018/001-CA-TAT މައްސަލަ ނިންމާފައިވަނީ؛ " ދެންފަހެ، އިސްވެ ބުނެވުނު ނުކުތާތަކުގެ މައްޗަށާއި، ހުށަހަޅާފައިވާ އެހެނިހެން ލިޔެކިޔުންތަކުގެ މައްޗަށ ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރ GST/SMI/2017/04-1010407/NOTA އެންގުމުން ޓެކްސް ދެއްކުމަށް، ޢަބްދުﷲ ޝަރީފަށް އަންގާފައިވާ އެންގުމަކީ، ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާ ޚިލާފަށް އަންގާފައިވާ އެންގުމެއްކަމާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު G/2018/001-CA-TAT ނަންބަރު 87OA/2017/-220 އިއުތިރާޒުކުރި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ނިންމާފައިވާ ނިންމުން ރަނގަޅުނޫންކަމަށް، މި މައްސަލަ ބެލި ޓްރައިބިއުނަލްގެ 2 (ތިނެއް) މެމްބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ޓެކުހުގެ ގޮތުގައި ޢަބްދުﷲ ޝަރީފްގެ ފަރާތުން ދައްކާފައިވާ 6,291.00ރ (ހަ ހާސް ދުއިސައްތަ ނުވަދިހަ އެއް) ރުފިޔާ ޤާނޫނުގައި ބުނާ ގޮތުގެމަތިން، ޢަބްދު ﷲ ޝަރީފަށް މިއަދު (32 އޮކްޓޫބަރު 3232) އިން ފެށިގެން 22 (ތިރީސް) ދުވަހުގެ ތެރޭގއަ އަނބުރާ ރައްދުކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އަންގަމެވެ ." މިފަދައިންނެވެ. މީރާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް:
2. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު G/2018/001-CA-TAT މައްސަލަ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކުރުމަށް އެދި މީރާގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅއަ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
2.3- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު G/2018/001-CA-TAT މައްސަލައިގެ ނިންމުމުގައި މީރާއިން ކުރާ އޮޑިޓަކާ ގުޅިގެން ޢަދަދެއް ކަނޑައެޅުމުގައި ގަވާއިދު ނަންބަރު 45-2013/R (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު)ގެ 32 ވަނަ މާއްދާގެ ދަށުން މީރާގެ އިންޓެލިޖެންސަށް ލިބޭ މަޢުލޫމާތު އަދި އެހެން ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތަކުގައި ހިމެނޭ އޮޑިޓްކުރެވޭ ފަރާތާބެހޭ މަޢުލޫމާތު ހޯދުމަށްޓަކައި ޤާނޫނު ނަންބަރު /20103 (ޓެކް ސ ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ 23 ވަނަ މާއްދާގެ (ހ)ގެ ދަށުން، އެހެނިހެން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު G/2018/0001-CA-TAT ނިންމުން ފަރާތްތަކުން ލިޔެކިޔުން ހޯދުމަށްޚައްޞެ ކުރެވިފައިވާ މާއްދާގެ ދަށުން "ދައްކަންޖެހޭ ޓެކްސެގ މިންވަރާމެދު މަޢުލޫމާތު ހޯދުމަށް އަންގާ އެންގުން" ފޮނުވުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގް23 ވަނަ މާއްދާގެ ދަށުނ ޢަމަލުކުރުމަށް އޮންނަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ ނިންމާފައވި ކާމަށްބުނެ ހުށަހެޅ ނުކުތާ.
2.3- ޓްރައިބިއުނަލްގެ ނިންމުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން އެހެނިހެން ފަރާތްތަކުން ލިޔެކިޔުން ހޯދުމަށްޓަކައި ޚއާ ޞްކުރެވިފައިވާ މާއްދާ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ)ގެ ބޭނުމަށް މީރާގެ އިންޓެލިޖެންސަށް ލިބޭ މަޢުލޫމާތާއި އެހެން ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތަކުގައި ހިމެނޭ އޮޑިޓްކުރެވޭ ފަރާތާބެހޭ މަޢުލޫމާތާއި އެއްހަމަކޮށް ގަވާއިދު ނަންބަރު 45-2013/R (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު)ގެ 32 ވަނަ މާއްދާއަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 23 ވަނަ މާއްދާ ތަތުބީޤުކޮށްފައިވަނީ ޤާނޫނުއަސާސީ އާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދާއި އަދި ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) އާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ މަރުޙަލާގައި މީރާއާއި ޢބްދަ ﷲ ޝަރީފް އާއި ދެމެދު އޮތް ޚުޞޫމާތު
3. އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހޅެ ބެލިއިރު ދެފަރާތުގެ ދެމެދުގައި އޮތް ޚުސޫމާތަކީ އިންވޮއިސްއަކާއި ގުޅިގެން ދައްކަން ޖެހޭ ޓެކުހާއި ގުޅޭ ޚުޞޫމާތެކެވެ. ނަމަވެސް އިސްތިއުނާފީ މަރުޙަލާގައި ސުވާލު އފެދިފައިވަނު މީރާއިން ކުރާ އޮޑިޓަކާ ގުޅިގެން ޢަދަދެއް ކަނޑައެޅުމުގައި ގަވާއިދު ނަންބަރު 45-2013/R (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު)ގެ 32 ވަނަ މާއްދާގެ ދަށުން މީރާގެ އިންޓެލިޖެންސަށް ލިބޭ މަޢުލޫމާތު އަދި އެހެން ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތަކުގައި ހިމެނޭ އޮޑިޓްކުރެވޭ ފަރާތާބެހޭ މަޢުލޫމާތު ހޯދުމަށްޓަކައި ޤާނޫނު ނަންބަރ /20103 (ޓެކް ސ ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ 23 ވަނަ މާއްދާގެ (ހ)، "އެހެނިހެން ފަރާތްތަކުން ލިޔެކިޔުން ހޯދުމަށް ޙާއޞް ކުރެވިފައިވަ މާއްދާގެ ދަށުނ" ދައްކަންޖެހޭ ޓެކްސް މިންވަރާމެދު މަޢުލޫމާތު ހޯދުމަށް އަންގާ އެންގުން" ފޮނުވަންޖހޭތެ ނުވަތަ ނޫންތޯ މިކަމުގެ މައްޗަށެވެ.
32މި މައްސަލައިގައި މީރާއިން އެދެނީ؛ ޓެކްސް އެޕީލު ޓްރައިބިއުނަލްގެ ނަންބަރ 2018/001-G-CA-TAT މައްސަލައިގެ ނިންމުމުގައި މިރާއިން ކުރާ އޮޑިޓަކާ ގުޅިގެން ޢަދަދެއް ކަނޑައެޅުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން މީރާގެ އިންޓެލިޖެންސަށް ލިބޭ މަޢުލޫމާތު އަދި އެހެން ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތަކުގައި ހިމެނޭ އޮޑިޓް ކުރެވޭ ފަރާތާބެހޭ މަޢުލޫމާތު ހޯދުމަށް ޓަކައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެހެނިހެން ފަރާތްތަކުން ލިޔެކިޔުންތައް ހޯދުމަށް ޚާއްޞަކުރެވިފައިވާ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސްގެ މިންވަރާމެދު މަޢުލޫމާތު ހޯދުމަށް އަންގާ އެންގުން ފޮނުވަންޖެހޭނެ ކަމަށް ނިންމާފައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު އަދި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 32 ވަނަ މާއްދާއާއި އަދި ޤާނޫނު ނަންބަރު 3233/1 (މާނަކުރުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) އާއި ޚިލާފަށް ކަމާއި އަދި މީރާއިން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 23 ވަނަ މާއްދާ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއދުގި 32 ވަނަ މާއްދާއަށް ތަޠު ބީޤް ކޮށްފައިވަނީ ޤާނޫނުއަސާސީއަށާއި ޓެކްސް ނެގުމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމާއި އަދި މީރާއިން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރާ އޮޑިޓަކަށް ނުވަތަ ތަޙްޤީޤަކަށްޓެކްސް ނެގުމާބެހޭ އިދާރެ ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން ރިޢާޔަތްކުރާ ކަންތައްތަކާ ގުޅިގެނ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގް23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ލިޔުމެއް ފޮނުވަން ނުޖެހޭނެކަން ޤާނޫނު ނަންބަރ 3232/2 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަދި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއަދުގުންއްޞު ނެއެނގޭކަމަށް ކަނޑައަޅުއްވައި ދެއްވމވެ.
33އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ޚިލާފު އުފެދިގެން މިއުޅެނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާ ގެ 23 ވަނަ މާއްދާއާއި އެ ޤާނޫނުގެ 23 ވަނަ މާއްދާ އަދި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު ގެ 32 ވަނަ މާއްދާއެވެ. އެގޮތުން މި މާއްދާތަކަށް ވަކި ވަކިން ނަޒަރުކުރަމުން އަންނަވި ކަންކަން ފާހަގަކުރަމެވެ.
33.3- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 23 ވަނަ މާއްދާ އައިސްފައިވަނީ "އެހެނިހެން ފަރާތްތަކުން ލިޔެކިޔުންތައް ހޯދުމުގެ ބާރު" މި އަރިމަތީ ސުރުޚގީ ދަށުންނެވެ. އެގޮތުން އެ މާއްދާގެ އިބާރާތުގައިވަނީ؛
(ހ) މި މާއްދާގައިވާ ގޮތުގެމަތިން އެއްވެސް ފަރާތަކުން ދައްކަންޖެހޭ ޓެކްސްގެ މިންވަރާމެދު މަޢުލޫމާތު ހޯދުމަށް އަންގާ އެނގުން އެފަރާތަކަށް (ޓެކްސި ދައްކާ ފަރާތަށް) ފޮނުވާފައެ ވަން ކޮށް، މީރާއިން އެކަމާއިގުޅޭ މަޢުލޫމާތު ހޯދުމުގެ ބޭނުމުގައި އެންގުމަކުން އެމަޢުލޫމާތު އެހެން ފަރާތެއްގެ އަތުން ފޯރުކޮށްދިނުމަށް އެންގިދާނެއެވެ. ނުވަތަ އެއެންގުނ ފޮނުވުނު ފަރާތް އިއުތިރާޒު ކުރާނަމަ އެފަރާތުގެ އަތުގައި ހުރި ނުވަތަ އެފަރާތުގެ ބާރުގެ ދަށުގައިވާ ލިޔެކިޔުންތައް ބަލާފާސްކުރެވިދާނެއެވެ. އަދި (މީރާއަށް ފެންނަ ޙާލަތްތަކީ ގައި) އެފަދަ ލިޔެކިޔުންތަކުގައިވާ ނުވަތަ ވެދާނެ މަޢުލޫމާތަކީ މިހާރު ދައްކަންޖެހޭ ޓެކްސްގެ މިންވަރާއި ނުވަތަ މާކުރިން ދައްކަންޖެހިފައިވާ ނުވަތަ ދައްކަންޖެހޭ ޓެކްސް ފަދަ އެހެން ޢަދަދަކާއި ގުޅުންހުރި މަޢުލޫމާތުތަކެއް ކަމަށްވާނަމަ އެމަޢުލޫމާތުތައް މީރާއަށް ފޮނުވުމަށް އެންގިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ފޮނުވާ އެންގުމުގައި އެފަރާތަކުން ޓެކްސް ދައްކަންޖެހޭ މިންވަރާމެދު މީރާއިން ބަލަމުންގެންދާ ފަރާތުގެ ނަން ބަޔާންކުރަންވާނެއެވެ. އަދި ފޮނުވަންޖެހޭ (ނުވަތަ ފޮނުވާފައިވާ ނުވަތަ ލިބޭނެގޮތް ހަދާފައިވާ) ލިޔެކިޔުންތައް ނުވަތަ ހުށަހަޅަންވާ މަޢުލޫމާތުތައް، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތު (އެންގުމުގައިވާ ތާރީޚުގެ ފަހުން 22 ދުވަހަށް ވުރެ ކުރުނޫން) ތެރޭގައި މީރާއަށް ފޮނުވުމަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮޕީއެއް ނުވަތަ އެލިޔެ ކިޔުންތަކުން ބޭނުންވާ ބައިތައް މީރާއަށް ނެގިދާނެއެވެ.
(ރ) މި މާއްދާގެ ދަށުން ފޮނުވާ އެންގުމެއްގައި، އެ އެންގުން ފޮނުވަންޖެހުނު ސަބަބުތަކުގެ ޚުލާސާއެއް ހިމަނަންވާނެއެވެ. އަދި ފޮނުވާ އެންގުމުގެ ކޮޕީ އަކާއެކު އެ ސަބަބުތައް ޓެކްސް ދައްކާ ފަރާތަށްވެސް ފޮނުވަންވާނެއެވެ. މިފަދައިންނެވެ.
33.3- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 23 ވަނަ މާއްދާ އަކީ "މީރާއިން ޓެކްސްގެ ޢަދަދު ކަނޑައެޅުން" މި ކަމާ ގުޅޭ މާއްދާއެވެ. މި މާއްދާގެ ތަފްސީލުގައި އަންނަނިވި ފަދައިން އައިސްފައިވެއެވެ.
(ހ) މީރާއިން ޓެކްސް ދައްކާ ފަރާތެއްގެ ހިސާބުތަކާއި ލިޔެކިޔުންތައް އޮޑިޓް ކުރުމަށްފަހު، ނުވަތަ ތަޙްޤީޤައ ހިންގުމަށްފަހު، އެކަމުގައި ފާހަގާކުރެވުނު ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެފަރާތުން އެ މުއްދަތުގައި ދައްކަންޖެހޭ ޓެކްސްގެ ޢަދަދު މީރާއަށް ކަނޑައެޅިދާނެއެވެ. އެގޮތުން ކަނޑައަޅާ ކަނޑައެޅުމަށް މި ޤާނޫނުގައި ޙަވާލާދޭނީ "މީރާއިން ކަނޑައަޅާ ޢަދަދު"ގެ ގޮތުގައެވެ.
(ށ) މީރާއިން ކަނޑައަޅާ ޢަދަދު މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައިފިނަމަ އެކަން، ކަނޑައެޅުން ނިސްބަތްވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އެ އެންގުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ. (3) ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެހާއި ޓިން، (3) އެ ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތު، (2) އެފަރާތަކުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭކަމަށް މީރާއިން ކަނޑައަޅާ ޢަދަދު، (1) އެފަރާތަކުން ފައިސާ ދައްކަންޖެހޭ ތާރީޚް. ގަވާއިދު ނަންބަރު 45-2013/R (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 32 ވަނަ މާއްދާ
33.2- މިއީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ ހަތަރުވަނަ ބާބު: އޮޑިޓުކުރުމާއި ތަޙްޤީޤުކުރުނ، މި ބާބުގެ ދަށުން "މީރާއިން ޢަދަދު ކަނޑައެޅުން" މި އަރިމަތީ ސުރުޚީގެ ދަށުން އައިސްފައިވާ މާއްދާއެކެވެ. މި މާއްދާގެ ތަފްސީލް ތިރީގައި އެވަނީއެވެ.
(ހ) ޤާނޫނުގެ23 ވަނަ މާއްދާގެ (ހ)ގެ ދަށުން މީރާއިނެ ޢަދް ދެއް ކަނޑައެޅުމުގައި ރިޢާޔަތްކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ. ( 3) އެފަރާތުން ފޯރުވައިދޭ ނުވަތަ އެ ފަރާތުން ގަންނަ މުދަލާއި ޚިދުމަތާ އެއްފަދަ އެހެން މުދަލާއި ޚިދުމަތުގެ ބާޒާރުގެ އަގު؛ ( 3) އޮޑިޓްކުރާ މުއްދަތު ދިމާވާ، ފާއިތުވި އަހަރުތަކުގެ މުއްދަތުތުކުގައި އެ ފަރާތުން ފޯރުވައިދީފައިވާ ނުވަތަ އ ފަރާތުން ގަނެފައިވާ މުދަލާއި ޚިދުމަތާ އެއްފަދަ މުދަލާއި ޚިދުމަތުގެ އެވްރެޖް އަގު؛ ( 2) އެ ފަރާތުން ފޯރުވައިދޭ ނުވަތަ ގަންނަ މުދަލާއި ޚިދުމަތާ އެއްފަދަ އެހެން މުދަލާއި ޚިދުމަތުގެ އެހެން ޤައުމުތަކުގެ އެވްރެޖް އަގު؛ ( 1) ފާއިތުވި އަހަރުތަކުގައި އެފަރާތަކުން ދައްކައިފައިވާ ނުވަތަ ދައްކަންޖެހިފައިވާ ޓެކުހުގެ ޢަދަދު؛ (5) އެ ފަރް ތެން ކުރާ ވިޔަފާރި ނިސްބަތްވާ ސިނާޢަތެއްގައި ހިމެނޭ އެ ގިންތީގެ އެހެން ޓެކްސް ދައްކާ ފަރާތްތަކުނ އެ މުއްދަތުގައި ދައްކައިފައިވާ ނުވަތަ ދައްކަންޖެހޭ ޓެކުހުގެ އެވްރެޖް؛ (6) މީރާގެ އިންޓެލިޖެންސްއަށް ނުވަތަ ދައުލަތުގެ އެހެން އިދާރާތަކަށް ލިބޭ މަޢުލޫމާތު؛ ( 3) އެހެން ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކާ އެހެނިހެން ލިޔުންތަކުގައި ހިމެނޭ އޮޑިޓްކުރެވ ފަރާތާބެހޭ މަޢުލޫމާތު؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ޢަދަދު ކަނޑައެޅުމުގައި ސާމްޕްލިންގ ބޭނުންކުރެވިދާނެއެވެ.
(ނ) ޓެކްސް ދައްކާ ފަރާތުން އެއްވެސް މުއްދަތަކަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ހުށަނޭޅުމުގެ ސަބަބުން ޓެކުހަގެ ގޮތުގައި އެ ފަރާތުން ދައްކަނޖެހް ޢަދް ދ މީރާއިން ކަނޑައަޅައިފިނަމަ، އެ ފަރާތުނ ޓެކސް ބަޔާން ހުށަނޭޅުމުގެ ސަބަބުން އަރާ ޖޫރިމަނާ ހިނގާނީ އެ ގޮތުނި ޢަދާދު ކަނޑައެޅުނު ދުވަހާ ހަމައަށެވެ. އަދި މ ހާލަތުގައި ޓެކްސް ދައްކާ ފަރާތުން އެ މުއްދަތަށް ޓެކްސް ބަޔާން ހުށަހަޅައިގެން ނުވާނެއެވެ.
(ރ) ޓެކްސް ދައްކާ ފަރާތުން ޓެކްސް ބަޔާން ހުށަހަޅައިފައިވަނިކޮށް، އެ ބަޔާން ނިސްބަތްވާ މުއްދަތަށް މީރާއިން ޢަދދެއ ކަނޑައަޅައިފިނަމަ، އެ މުއްދަތަށް އެ ފަރާތުން ހުށަހަޅައިފައިވާ ބަޔާން އެ ފަރާތަކަށް އިސްލާހެއް ނުކުރެވޭނެއެވެ. ނަމަވެސް އެ ހާލަތުގައި ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން މީރާގެ ނިންމުމާމެދު އެ ފަރާތަކުން އިއުތިރާޒުކުރެވިދާނެއެވެ.
33. ބުނެވުނު މާއްދާތަކަށް ބަލާއިރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 23 ވަނަ މާއްދާއަކީ ޓެކުހުގެ މިންވަރާމެދު މަޢުލޫމާތު ހޯދުމަށް އެންގުން ފޮނވުމު ގުޅޭ މާއްދާއެވެ. އަދި އެ ޤާނޫނު ގެ 23 ވަނަ މާއްދާއަކީ ޓެކުހުގެ ޢަދަދު ކަނޑައެޅުމާ ބެހޭ މާއްދާއެވެ. އެގޮތުން މި ދެ މާއްދާއަކީ ވެސް އެ ޤާނޫނު ގެ 2 ވަނަ ބާބު "އޮޑިޓުކުރުމާއި ތަޙްޤީޤުކުރުމުގެ ބާރު" މި ބާބުގެ ދަށުން އައިސްފައިވާ މާއްދާ ތަކެއްވެ.
32. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 23 ވަނަ މާއްދާއަށް ވަކިން ނަޒަރުކުރާއިރު، މި މާއްދާގެ ބޭނުމަކީ ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުން ކަން މުޅި މާއްދާއަށް ބެލުމުން އެނގެންއޮވެއެވެ. އެ މަޢުލޫމާތު ޓެކްސް ދައްކާ ފަރާތުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށި ހޯދުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ. މިފަދައިން މަޢުލުމާތު ހޯދުމުގައި ޢަމަލުކުރަންޖެހޭ ގޮތްވެސް އެ މާއްދާގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވެއެވެ. އަދި މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 23 ވަނަ މާއްދާގެ ދަށުން ޢަދދުވެސް ކަނޑައެޅިގަ ންދެއެވެ. މިއާ ޚިލާފަށް ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު ގެ 32 ވަނަ މާއްދާގެ ދަށުން ލިސްޓު ކޮށްފައިވާ ކަންތައްތަކަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 23 ވަނަ މާއްދާގެ ދަށުން ޢަދަދު ކަނޑައެޅުމުގައި ރިޢާޔަތްކުރެވިދާނެ ކަންތައްތަކެވެ. އޭގެ މާނައަކީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު ގެ 32 ވަނަ މާއްދާގެ ދަށުން ލިސްޓު ކޮށްފައިވާ ކަންތައްތަކަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 23 ވަނަ މާއްދާގެ ދަށުން ޢަދަދު ކަނޑައެޅުމުގައި އެހީއެތެރިވެދޭ ކަންތައްތަކެއް ކަމެވެ.
31. އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި މީރާގެ މައިގަނޑު އިސްތިއުނާފަކީ މި މައްސަލައިގައި މީރާއަށް ތިން ވަނަ ފަރާތުން ފޯރުކޮށްދިން ލިޔުމަކީ ( މި ލިޔުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު ގެ 32 ވަނަ މާއްދާގެ 6 އަދި 3 ވަނަ ނަންބަރުގެ ދަށުން މީރާއަށް ލިބުނު މަޢުލޫމާތު ކަމަށް މީރާއިން ބުނެފައިވާ ލިޔުން) އެ ލިޔުމާއި ގުޅިގެން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 23 ވަނަ މާއްދާގައިވާ ގޮތަށް ޢަމަލުކުރނު ލާޒިމް ޙާލަތެއް ނޫންކަމަށް ކަނޑައަޅައިދިނުމެވެ.އަދ ޓެކްސީނެގުމާބެހުއިދާރ ޤާނޫނ ގެ 23 ވަނަ މާއްދާ ގައި ބަޔާންކުރާ އެހެނެ ފަރާތަކުން ހޯދާ މަޢުލޫމާތަކާ ޙާއްސަ ހާލަތާ ޚިލާފަށް އިޖުމާލީ ގޮތެއްގައި މީރާއިން ކުރާ އޮޑިޓަކާއި ނުވަތަ ތަޙުޤީޤަކާ ގުޅިގެން ޢދަދަ ކަނޑައެޅުމުގައި ރިޢާޔަތްކުރަންވީ ކަންތައްތަކާ ބެހޭ ޢާންމު މާއްދާއެއްކަމަށާއި، އެ މާއްދާގެ ބޭނުމަށް ތިންވަނަ ފަރާތަކުން ހޯދާ މަޢުލޫމާތަކާއި ގުޅިގެން ފޮނުވަންޖެހޭ އެންގުން ފޮނުވަންޖެހެނީ ހަމައެކަނި އެ މާއްދާގެ ބޭނުމަށް އެ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ވާފަދައިން މަޢުލޫމާތު ހޯދާ ހާލަތުގައި އެކަނި ކަމާއި، ޓެކްސް ނެގުމާބެހޭ އިދާރީ 22 21 ޤާނޫނު ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދާ ގެ 32 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ރިޢާޔަތްކުރާ ކަންކަމަކީ ތަފާތު ކަމެއްކަމަށެވެ. އަދި މިމާއްދާއަކީ މީރާއިން ކުރިއަށްގެންދާ އޮޑިޓެއްގައި ތިންވަނަ ފަރާތެއްގެ އަތުން މައުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ ކަންކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ މާއްދާއެއްކަމާއި، އެމާއްދާއަކީ ތިންވަނަ ފަރާތަކުން މީރާއަށް ހުށަހަޅައިފައިވާ ޓެކްސް ބަޔާނެއްގައި ނުވަތަ ލިޔުމެއްގައިވާ މޢަ ލޫމާތު މީރާއިން ކުރިއަށްގެންދާ އޮޑިޓެއްގައި ބޭނުންކުރާ ހާލަތުގައި ކަންކުރަންޖެހޭ އުސޫލު ބަޔާންކޮށްފައިވާ މާއްދާއެއްނޫންކަމެވެ. އެހެންކަމުން ތިންވަނަ ފަރާތެއްގެ އަތުން މޢަ ލޫމާތު ހޯދުމާ، ތިންވަނަ ފަރާތަކުން މީރާއަށް ހުށަހަޅައިފައިވާ މޢަ ލޫމާތެއް ބޭނުނު ކުރުން މިއީ ތަފާތު ދެކަމެއްކަން ސާފުކޮށް އެނގެންއޮންނަކަމުން ތިންވަނަ ފަރާތަކުން މީރާއަށް ހުށަހަޅައިފައިވާ މޢަ ލޫމާތެއު ބޭނުންކުރާ ހާލަތުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނޫ ގެ 23 ވަނަ މާއްދާ ތަޠުބީގުކުރަން ނުޖެހޭކަމާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 23 ވަނަ މާއްދާ އެމާއްދާ ތަޠުބީގު ކުރަންޖެހެނީ ތިންވަނަ ފަރާތަކުން މީރާއަށް ހުށަހަޅައިފައިނުވާ، އެފަރާތުގެ އަތުގައިވާ އެހެންފަރާތަކާގުޅޭ މަޢުލޫމާތު ހޯދަން މީރާއިން ބޭނުންވެއްޖެ ހާލަތެއްގައކަމަށް މީރާއިން ބުނެފައިވެއެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު ގެ 32 ވަނަ މާއްދާގެ ދަށުން ލިބޭ މަޢުލޫމާތާއި ގުޅިގެން ޓެކްސް ނެގުމާބެހް އިދާރީ ޤާނޫނޫ ގެ 23 ވަނަ މާއްދާއާ އެއްގޮތަށް ޢަމަލުކުރާ ން ލާޒިމްތޯ ނުވަތަ ނޫންތޯ ބެލުން
35ކުރިންވެސް ބުނި ފަދައިން ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު ގެ 32 ވަނަ މާއްދާގެ ދަށުން ލިސްޓު ކޮށްފައިވާ ކަންތައްތަތަކަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 23 ވަނަ މާއްދާގެ ދަށުން ޓެކުހުގެ ޢދަދަ ކަނޑައަޅުމުގައި ރިޢާޔަތްކުރެވިދާނެ ކަންތައްތަކެވެ. އެ ކަންތައްތަކަކީ އެއިން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސީދާ ޢަދަދު ކަނޑައެޅިދާނެ ކަންތައްތަކެއް ނޫންކަންވެސް އެ މާއްދާއަށް ބެލުމުން އެނގެންއޮވެއެވެ. އެހެނީ ބުނެވުނު ގަވާއިދުގެ ދަށުން މަޢުލޫމާތެއް ލބުމުނި އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޢަދަދެއް ކަނޑައެޅޭނީ އެ ކަމާއި ގުޅިގެން އެކަށީގެންވާ ތަޙްޤީޤެއް ކޮށްގެންނެވެ. ސަބަބަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 23 ވަނަ މާއްދާގެ ދަށުން ޢަދަދެއް ކަނޑައެޅޭނީ ދެފަރާތުގެ ހިސާބުތަކާއި ލިޔެކިޔުންތައް އޮޑިޓްކޮށް، ތަޙްޤީޤެއްވެސް ހިންގުމަށްފަހުކަން އެ މާއްދާއަށް ބެލުމުން އެނގޭތީއެވެ. އެހެންކަމުން ޓެކްސް 31 30 ނެގުމާ ބެހޭ އިދާރީ ގަވާއިދު ގެ 32 ވަނަ މާއްދާއާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 23 ވަނަ މާއްދާ އަދި23 ވަނަ މާއްދާއަކީ އެއް މާއްދާ އަނެއް މާއްދާއާއި ގުޅިފައިވާ މާއްދާތަކެކެވެ. މި ހުރިހާ މާއްދާއަކީވެސް ޓެކުހުގަޢަދދު ކަނޑައެޅުމާއި ގުޅޭ މާއްދާތަކެވެ.
36ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވާއިދު ގެ 32 ވަނަ މާއްދާއަކާ މީރާއިން ކުރާ ތ ޙޤީޤަށް އެހީ ފޯރުކޮށްދް މާއްދއެއްކަމުނާ މި މާއްދާގައި ލިސްޓުކޮށްފައިވާ ކަންތައްތަކުގެ އަލީގައި އައު ކަންތައްތަކެއް މީރާއަށް ފާހަގަކރެވިގެނު ދިއުމަކީ އެކަށީގެންވާކަމެކެވެ. މި މައްސަލައިގައި ނިޔާމަ މޯލްޑިވްސް އިން ފޮނުވި އިންވޮއިސް ނުވަތަ ކޯޓޭޝަންގެ އަލީގައި ޢަބްދު ﷲ ޝަރީފު ދައްކަންޖެހި ނުދެއްކިވާ ޓެކުހުގެ މިންވަރެއް އޮތްކަން ފާހަގަކުރެވުނު ފަދައިންނެވެ. މިޙާލަތުގައި މީރާއަށް މިލިބެނީ މުޅިންވެސް އައު މަޢުލޫމާތެކެވެ. މި މަޢުލޫމާތު ލިބުމުން މި މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަކީ މީރާގެ މައްޗަށް އޮތަ ޒިންމާއެކެވެ. އަދި އެކަން ކަށަވަރުކުރެވޭނީ، އެ ލިޔުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުގެ ދަށުން ހޯދައިގެންކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
33. މީރާއަށް ހުށަހެޅޭ ލިޔުމެއްގެ މައްޗަށް އެކަނި ބަރޯސާވގެނެ އެ ލިޔުމުގެ މައްޗަށް ޓެކުހުގެ ޢދަދަ ކަނޑައަޅާކަމުގައިވަނީނަމަ، އެ ޢަދދުގަ ޞައްޙަކަމާމެދު ސުވާލު އެފެދއެވެ. އޭގެ ބަދަލުގައި މީރާއަށް މިފަދައިން ލިބޭ ލިޔުންތަކުގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުން އެ ލިޔުންތައް ރަސްމީ ކޮށް މީރާއިން އ ފަރާތްތަކުނ ހޯދަންވާނެއެވެ. މިފަދައިން ލިޔުންތައް ހޯދުމުގެ ބޭނުމަކީ އެ ލިޔެކިޔުމާއި ގުޅޭ ހިސާބުތައް ބަލައި، ތަޙްޤީޤު ކުރު މެވެ. އެހެންކަމުން ޓެކްސް ދައްކާ ފަރާތުގެ ޓެކުހުގެ އަދަދު ކަނޑައެޅުމުގައި ތިންވަނަ ފަރާތަކުން މީރާއަށް ހުށަހެޅަ ލިޔުންކިޔުންތައް މީރާގެ ތަޙްޤީޤަށް ބޭނުންކުރާނަމަ، ޓެކްސް ދައްކާ ފަރާތަށް އެކަން އެނގެންޖެހޭނެކަމަށވެސް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
32. ވީމާ، އިސްވެ އިޝާރާތްކުރެވުނު ކަންކަމަށް ރިޢާޔަތްކުރާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު G/2018/001-CA-TAT މައްސަލައިގއަ މިރާއިން ކުރާ އޮޑިޓްތަކާ ގުޅިގެން ޢަދަދެއް ކަނޑައެޅުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގަވއާ ދ ގެ 32 ވަނަ މާއްދާގެ ދަށުން މީރާގެ އިންޓެލިޖެންސަށް ލިބޭ މަޢުލޫމާތު އަދި އެހެން ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތަކުގައި ހިމެނޭ އޮޑިޓް ކުރެވޭ ފަރާތާބެހޭ މަޢުލޫމާތު ހޯދުމަށް ޓަކައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން އެހެނިހެން ފަރާތްތަކުން ލިޔެކިޔުންތައް ހޯދުމަށް ޚާއްޞަކުރެވިފައިވާ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސްގެ މިންވަރާމެދު މަޢުލޫމާތު ހޯދުމަށް އަންގާ އެންގުން ފޮނުވަންޖެހޭނެ ކަމަށް ޓެކްސް އެޕީލް ޓްރްއިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް މި މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މީރާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު G/2018/001-CA-TAT މައްސަލައިގއަ މިރާއިން ކުރާ އޮޑިޓްތަކާ ގުޅިގެން ޢަދަދެއް ކަނޑައެޅމުގައު ގަވާއިދު ނަންބަރު 45-2013/R (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއދި ) ގެ 32 ވަނަ މާއްދާގެ ދަށުން މީރާ ގެ އިންޓެލިޖެންސަށް ލިބޭ މަޢުލޫމާތު އަދި އެހެން ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތަކުގައި ހިމެނޭ އޮޑިޓް ކުރެވޭ ފަރާތާބެހޭ މަޢުލޫމާތު ހޯދުމަށްޓަކައ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން އެހެނިހެން ފަރާތްތަކުން ލިޔެކިޔުންތައް ހޯދުމަށް ޚާއްޞަކުރެވިފައިވާ
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 32 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 39 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު)
- ބެންޗު
- މުޙައްމަދު ފައިޞަލް، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް