ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A-02/02
ޖޯން ޗާރލްސް ސެފާރޓް ވ. ޢަބްދުލްމުޖީބު މުޙައްމަދު، 2021/HC-A-02/02
Joan Chaarls Sefaart v. Abdhulmujeebu Mohamed 2021/HC-A-02/02 (2021/HC-A-02/02, High Court of the Maldives, 13 August 2023)
ޖޯން ޗާރލްސް ސެފާރޓް ވ. ޢަބްދުލްމުޖީބު މުޙައްމަދު
މައިގަނޑު ސުވާލު
ސުޕްރީމް ކޯޓުގެ 2017/SC-A/42 ޤަޟިއްޔާއިން ހައިކޯޓުގެ 2016/HC-A/565 ގެ ޙުކުމް ބާޠިލްކޮށް، މައުޟޫޢީ ގޮތުން އަލުން ބަލަންޖެހޭ ނުކުތާތައް ބެލުމަށް ތަޙުވީލުކުރި (ކުލީގެ ފައިސާ ހޯދުމާއި ކޮޓަރި ހުސްކުރުމުގެ) މައްސަލައިގައި ހައިކޯޓުން ޢަމަލުކުރަންވީ ގޮތް.
ނިންމި ގޮތް
އަލުން ބެލުމަށް ފޮނުވި (ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް)
ކަނޑައެޅުނު އުޞޫލުތައް
- އިސްތިއުނާފީ މަރުޙަލާގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ ކޯޓުގެ ކުރިމައްޗަށް ހުށަހެޅޭ އިސްތިއުނާފީ ނުކުތާތަކާމެދުގައެވެ (ސުޕްރީމް ކޯޓުގެ 2017/SC-A/42 ގައި ފާހަގަކޮށްފައިވާ ގޮތަށް) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7).
- އިސްތިއުނާފުކުރެވޭ މައްސަލައެއްގައި ކަން ހިނގާފައިވާ ގޮތް ދަށު ކޯޓުން ފުރިހަމައަށް ކަށަވަރުކޮށްފައިނުވާ ޙާލަތުގައި، އެ ކަންކަން ސާފުކުރުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަޙުވީލުކުރަންޖެހޭނެއެވެ؛ އަދި އެފަދަ މައްސަލައެއް ހައިކޯޓަށް ތަޙުވީލުކުރުމަކީ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އިން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރެކެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8).
- ދަށު ކޯޓުގެ މަރުޙަލާގައި އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަން، ދިފާޢުގެ ހެކިންނާމެދު ޢަމަލުކުރި ގޮތް، އަދި ދަޢުވާގައިވާ ކުލީގެ އަދަދާއި މުއްދަތާ ހެކި ލިޔުންތަކުގައިވާ އަދަދާ ދެމެދު ހުރި ތަފާތު ސާފުނުވާނަމަ، އިސްތިއުނާފީ ނުކުތާއާމެދު ގޮތެއް ކަނޑައެޅޭނީ އެ ކަންކަން ސާފުވުމުންނެވެ؛ އެހެންކަމުން މައްސަލަ ފުރަތަމަ މަރުޙަލާގެ ކޯޓަށް ތަޙުވީލުކުރަން ފެނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7، 9).
- ކޯޓުތަކުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ރ) ގެ ދަށުން 13 އޭޕްރިލް 2016 ގައި ސުޕްރީމް ކޯޓުން ހުޅުމާލޭގައި ސިވިލް ކޯޓުގެ ޑިވިޜަނެއް ޤާއިމްކުރުމާއެކު، ކުރިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބެލި މަދަނީ މައްސަލަ އަލުން ބެލުމުގެ އިޚްތިޞާޞް މިހާރު ލިބިގެންވަނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9، ފުޓްނޯޓު).
1މިއީ، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/42 ޤަޟިއްޔާގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 400/HMC/2014 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/565 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި، އެ ޙުކުމް ބާޠިލުކުރުމާއެކު، ޤާނޫނު ނަންބަރ 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު(ގ 18 ވަން މާއްދާގަ )ށ(އާ ޙަވާލާދީ، މި މައްސަލައިގައި މައުޟޫޢް ގޮތުން އަލުން ބަލަންޖެހޭކަމަށް ކަނޑައެޅި ނުކުތާތައް ބެލުމަށް، ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަޙުވީލުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި މައްސަލައާ ގުޅިގެން 13 އްގަސް ޓީ 2023 ގައިދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައް ޖޯން ޗާރލްސާސެ ފރޓ (John Charles Seyfart)ގެ ފަރާތުން ފާހަގަކުރާނެ އިތުރު ކަމެއް ނެތްކަމުގައި ބުނެފައިވެއެވެ. އަދ ޢަބްދުލްމުޖީބު މުޙައްމަދު ގެ ފަރާތުން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ޑިރެކްޝަންއަކީ މި މައްސަލަ ދަށު ކޯޓަށް ތަޙުވީލުކުރުން ކަމުގައިވާތީ އެގޮތުގެ މައްޗަށް ޢަމަލުކުރަން ފެންނަކަމަށެވެ.
3ހުޅުމާލެ ލޮޓް ނަންބަރު 10501 ޙައިރާތު އެވެ ކިޔު ގޭގެ ގްރައުންޑް ފްލޯއިން ވ.ފުލިދޫ ޑޭޒީމާގެ ޢަބްދުލްމުޖީބި މުޙައްމަދު )ދިވެހި ރައްޔިތެއްކަން އަންގައިދޭ( 15 )ފަނަރަ( އަހަރަށް ކުއްޔަށް ހިފާފައިވ 03 )ތިނެއް( ކޮޓަރީގެ ތެރެއިން 01 )އެކެއް( ކޮޓަރި ކުއްޔަށް ހިފައިގެން އުޅޭ ކަމަށް ބުނާ އެމެރިކާގެ ރައްޔިތެއްކަމުގައިވ ޖޯން ޗާރލްސާސެފރޓުކޮޓަރި ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަރަންޓާއި ފެނާއެކު މަހަކު 5,300/-ރ. )ފަސްހާސް ތިންސަތޭކަ ރުފިޔާ(ގެ ރޭޓުން 14 )ސާދަ( މަސް ދުވަހުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ 74,200/-ރ. )ހަތްދިހަ ހަތަރުހާސް ދުއިސައްތަ ރުފިޔާ( ހޯދުމަށާއި، ޖޯން ޗާރލްސާސެ ފރޓ ކުއްޔަށް ހިފާފައިވާ ކޮޓަރީގައި ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފަށް ވިޔަފާރި ރަޖިސްޓްރީ ކުރުމަކާ ނުލައި ޓުއަރ އޮޕަރޭޓަރ ވިޔަފާރްކުރަމުންދާތީ، އެކަން ހުއްޓުވާދީ، ތަން ހުސްކޮށް، އެ ތަން ޢަބްދުލްމުޖީބު މުޙައްމަދުއާ ޙަވާލުކުރުމަށާއެދިޖޯން ޗރލްސާސެ ފ ރޓްގެ މައްޗަށް ޢަބްދުލްމުޖީބު މުޙައްމަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައު ދަޢުވާކުރިއެވެ. އެ މައްސަލަ އެ ކޯޓުން ބަލައި، ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރ 4400/HMC/201 ޤަޟިއްޔާއިންނެވެ.
4ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 400/HMC/2014 ޤަޟިއްޔާއިން މައްސަލަ ނިންމާފައިވަނީ ޢަބްދުލްމުޖީބު މުޙައްމަދު ދަޢުވާގައީ ހޯދަންއެދިފައިވާ ކުލީގެ ފައިސާއަކީ ޖޯން ޗާރލްސާސެ ފރޓް ދައްކަންޖެހޭ ފައިސާއެއްކަމަށާއި، އެ ފައިސާ ޙުކުމްކުރި ތާރީޚުން ފެށިގެން 01 )އެކެއް( މަސް ދުވަހުގެ ތެރޭގައިޖޯނ ޗާރލްސާސެ ފްރޓ ގެ ފަރާތުންދެއްކުމަށާއި، އަދި އެ ކޮޓަރީގައި ޖޯން ޗާރލްސާސެ ފރޓ ޤާނޫން ޚިލާފަށް ވިޔަފާރި ރަޖިސްޓްރީ ކުރުމަކާ ނުލައި ޓުއަރ އޮޕަރޭޓަރ ވިޔަފާރި ކުރަމުން އަންނަކަމަށާއި، ޙުކުމްކުރި ތާރީޚުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 4400/HMC/201 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ "ދަޢުވާގެ ޚުލާޞާ" ފެށިގެން 10 )ދިހު އެއް( ދުވަހުގެ ތެރޭގައި އެ ކޮޓަރި ހުސްކޮށް ޢަބްދް ލްމުޖީބު މުޙައްމަދުއާ ޙަވާލުކުރުމަށްޖޯނ ޗާރލްސާސެ ފެރޓ ގެ މައްޗަށް އަމުރުކޮށްފައިވެއެވ.
5ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 400/HMC/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދ ޤާނޫނި ހަމަތަކާ ޚިލާފަށް ކަމަށް ބުނީ ޖޯން ޗާރލްސާސެ ފ ރޓ ގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
6ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލައި، ނިންމި މި ކޯޓުގެ ނަންބަރު 2016/HC-A/565 ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ ދަޢުވާއިން ދިފާޢުވުމަށް ޖޯން ޗާރލްސާސެފާ ރިޓް އަށް އެކަށީގެންވީ ވަގުތާއި ވަސީލަތްތައް ލިބިދަފައިނުވާކަމަށް ބެލެވޭނެ ހެއްކެއް އަދ ޤެ ރީނާއެއްވެސް ހުށަހެޅިފައިނެތްކަމަށެވެ. މައްސަލަ ހުޅުމާލެ މޖިސްޓްރޭޓެ ކޯޓަށް ހުށަހެޅިއިރު ދަޢުވާގައިވާ ފައިސާގު ޢް ދަދާއި، ދަޢުވާ ސާބިތުކުރުމުގެ ގޮތުން، ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުނ ހުށަހެޅި 'ރެންޓް ސެޓްލްމެންޓް ނޯޓިސް'ގައިވާ ޢަދަދާއި ދިމާނުވާކމުގައަ ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވ ޢަދަދަށް ފައިސާ ދައްކަންޖެހޭކަން ޝަރީޢަތަށް ސާބިތުކޮށްދެވޭ މިންވަރަށް ކ ފީ ހެކި ޢަބްދުލްމުޖީބު މުޙައްމަދގު ފަރާތުން ހުށަހަޅާފައިނުވާކަމަށާއި، ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން ކުއްޔަށް ހިފާފައިވާ ކޮޓަރިއެއްގައި ޖޯން ޗާރލްސާސެފރޓް ދިރިއުޅެފައިވަނީ އެ ތަން ކުއްޔަށް ހިފުމަށް ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުނަކަނ ސާބިތުވާން ހެކިތަކެއް އަދި ހަރުދަނި ޤު ރީނާތަކެއް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައި ނެތްކަން ފާހަގަކޮށްފައިވެއެވެ. މި ސަބަބުތަކަށްޓަކައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 400/HMC/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް މައްސަލަ ބެލި ފަނޑިޔާރުނގް އިއްތިފާޤުން ބާޠިލުކޮށްފައިވެއެވެ. ހ ޅުމާލު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 4400/HMC/201 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/565 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 3 ވަނަ ނުކުތާ
7ޕްރިސިޑެންސް 1ޕްރިސިޑެންސް 3ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/565 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށި އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދެހުށަހެޅިއެވެ. ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުން މި މައްސަލަ ބެލުމުގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފީ މަރުޙަލާގައި ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭނީ ކޯޓުގެ ކުރި މައްޗަށް ހުށަހެޅ އިސްތިއުނާފީ ނުކުތާތަކާއި މެދުގައިކަމށާއި، މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު؛
7.1 މި މައްސަލައިގެ ދަށު ކޯޓުގެ މަރުޙަލާގައި އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަމާއި، ޖޯން ޗާރލްސ ސ ފ ރޓ ގެ ޢަމަލުތަކުން އެއްބަސްވުމެއް އުފދޭކަނ ނުވަތް ނޫންކަމާއި،
7.2 ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ޖޯން ޗާރލްސާސެ ފަރޓު ގެ މައްޗަށް ހުށަހެޅުނު ދ ޢުވާއަށް އިންކާރު ކުރުމަށްފަހު، ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގައި އޭނާ ހުރެފައިވ ސަބަބާ ހާމަކޮށް، އެކަން ސާބިތުކުރުމަށް ހެކި ހުށަހެޅުނުކަން މައްސަލައިގައ ލިޔެކިޔުންތަކުން އެނގޭއިރު، އެ ހެކިން ހާޒިރުކށ ހެކިބަސް ނެގުމާމެދު ނުވަތަ އެ ހެކިންނާމެދު ޝަރީޢަތުން ޢަމަލުކޮށްފައިވާ ގޮތެއް ސާފުވެފައިނުވުމާއި،
7.3 މ މުޢާމަލާތާއި ގުޅިގެން ޖޯން ޗާރލްސާސެފެ ރޓގެ ފަރާތުން ފޮނުވުނު ލިޔެކިޔުންތަކާމެދު އ ފަރާތުން ބުނާ އެއްޗެއް ސާފުކޮށްފައި ނުވުމުގެ އިތުރަށް،
7.4 މި މައްސަލައިގައި މައްސަލަ ހުށަހެޅި ފޯމުގައި ޢަބްދުލްމުޖީބު މުޙައްމަދު ހޯދުމަށް އެދިފައިވާ ކުއްޔާއި، އެ ކުލީގެ މުއްދަތާއި، އެކަން ސާބިތުކޮށް ދިނުމަށް އެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ލިޔުންތަކުގައިވާ ކުއްޔާއި ކުލީގެ މުއްދަތާ ދެމެދު ހުރި ތަފާތުތަކާމެދ ޝަރީޢަތނު ޢަމަލުކޮށްފައިވާ ގޮތެއް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ސާފުނުވާކަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/42 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 30 ވަނަ ނުކުތާ
8ޕްރިސިޑެންސް 2އެހެންކަމުން، މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައެޅުމުގެ ތެރޭގައި އިސްވެ ބަޔާންކުރަނިވި ކަންތައްތައް ސާފުކުރުމަށްޓަކައ މި މައް ސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ހުޅުމާލެ މެޖިސްޓޭރޭޓ ކޯޓަށް ތަޙުވީލުކުރަންޖެހކަމަށް ފެންނަކަމާއި، އެހެނަސް، މިފަދައިން މި މައްސަލައިގައި ޢަމަލުކުރެވިފައިނުވާކަނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރު މ ކޯޓަށް އިސްތިއުނާފުކުރެވޭ މައްސަލައެއްގައި ކަން ހިނގާފައިވާ ގޮތް ދަށު ކޯޓުން ފުރިހަމައަށް ކަށަވަރް ކޮށްދީފައިނުވ ޙާލަތުގައި އެ މައްސަލައަކީ ހައިކޯޓަށް އަލުން ފޮނުވައި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމެ، އެ މައްސަލެ ހައިކޯޓަށް ތަޙުވީލު ކުރުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ )ށ(އިނ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރެއްކަމުގައި ބަޔާންކޮށްފައިވެއެވެ.
9ޕްރިސިޑެންސް 4އިސްވެ ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތްކުރުމުން، މި މައްސަލައިގެ އިސްތިއުނާފީ ނުކުތާއާމެދު ގޮތެއް ކަނޑައެޅޭނީ މި ނިންމުމުގެ 07 ވުނަނކުތާގައ ބަޔާންކުރާ ކަންކަނު ސާފުވެގެންކަމަށާއި، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2016/HC-A/565 ޤަޟިއްޔާއި ން ބެލިއިރު، އެކަންކަން ސާފުކުރުމަށްޓަކައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ތަޙުވީލުކުރަން ޖެހުނު ނަމަވެސް، މިފަދައިން މި މައްސަލައިގައ ޢަމަލުކޮށްފައިނުވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާތ އާއި، އިސްތިއުނާފުކުރެވޭ މައްސަލައެއްގައި ކަން ހިން ގާފައިވާގޮތ ދަށް ކޯޓުނު ފުރިހަމައަށް ކަށަވަރުކޮށްފައިނުވާ ޙާލަތުގައި، އ މައްސަލއިގަ ކަނެ ހިނގާފައިވާގޮތް އަލުން ބަލަންޖެހޭނެކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނ ފާހަގަކޮށްފައިވާހިނދު، މިކަންކަން ސާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތެ މަގަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ )ށ(ގެ ދަށުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލުކުރުންކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/42 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 31 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/42 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 32 ވަނަ ނުކުތާ ނަންބަރު 2017/SC-A/42 ޤަޟިއްޔާގެ 30 ވަނަ ނުކުތާގައިބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، މި މައްސަލަ ބަލައި އަލުންގޮތެއ ނިންމުމަށް މި މައްސަލަ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންއަށ ތަޙުވީލުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
10ފ ނޑިޔާރ ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
11ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު(ގެ 53 ވަނަ މާއްދާގެ )ރ( ގެ ދަށުން ހުޅުމާލޭގައި ސިވިލް ކޯޓުގެ ޑިވަޜަނެއ ޤާއިމުކޮށް އެ ޑިވިޜަނަށް ފަނޑިޔާރުން ހަމަޖައްސާނީ ސިވިލް ކޯޓަށް ޢައްޔަންކުރެވިފައިވާ ފަނޑިޔާރުންގެ ތެރެއިން ސިވިލް ކޯޓުގެ ލަފާގެ މަތިން ސުޕި ރީމ ކޯޓުގް ފަނޑިޔާރުންގެ މަޖިލީހުންކަމަށާއި، އަދި އެ ޑިވިޜަންގެ އާ ދާރީ ކަންތައްތައް ހަމަޖައްސާނި ހަމަޖެހިފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ސިވިލް ކޯޓުންކަމުގައ 13 އޭޕްރިލް 2016 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން އެ ކޯޓުގެ "ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު(ގެ 53 ވަނަ މާއް ދާގެ ދަށުން ސިވިލް ކޯޓުގެ ޑިވިޜަނެއް ހުޅުމާލޭގައި އުފެއްދުމާބެހޭ ޤަރާރު" އިން އެނގެން އޮންނާތީ މިހާރު މި މައްސަލަ ބެލުމުގެ އޙްތިޞާޞ ލިބިގެންވަނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށެވެ.
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ރ)
- ސުޕްރީމް ކޯޓުގެ "ޤާނޫނު ނަންބަރު 2010/22 ގެ 53 ވަނަ މާއްދާގެ ދަށުން ސިވިލް ކޯޓުގެ ޑިވިޜަނެއް ހުޅުމާލޭގައި އުފެއްދުމާބެހޭ ޤަރާރު" (13 އޭޕްރިލް 2016)
- ސުޕްރީމް ކޯޓުގެ 2017/SC-A/42 (30، 31، 32 ވަނަ ނުކުތާ)
- ހައިކޯޓުގެ 2016/HC-A/565
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙަސަން ޝަފީޢު، އަޙްމަދު ޝަކީލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، އަޙްމަދު ޝަކީލް
- ޚިލާފު ރައުޔު
- ނެތް