ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A-02/11
އިބްރާހީމް ނިޒާރު ވ. ޢަބްދުލްޙަންނާން ޙަލީމް އިބްރާހީމް، 2022/HC-A-02/11
Ibrahim Nizar v. Abdhulhannaan Haleem Ibrahim 2022/HC-A-02/11 (2022/HC-A-02/11, High Court of the Maldives, 30 January 2023)
އިބްރާހީމް ނިޒާރު ވ. ޢަބްދުލްޙަންނާން ޙަލީމް އިބްރާހީމް
މައިގަނޑު ސުވާލު
ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރުމަށްޓަކައި ސުޕްރީމް ކޯޓުން ހައިކޯޓަށް ތަޙްވީލުކުރި މައްސަލައެއްގައި، ސުޕްރީމް ކޯޓަށް ރިވިއު އާއި ޙުކުމް ތަންފީޛުކުރުން ފަސްކުރުމަށް އެދިފައިވާތީ ހައިކޯޓުގެ އިޖުރާއަތު މަޑުޖައްސަންޖެހޭތޯ ނުވަތަ މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރަންޖެހޭތޯ.
ނިންމި ގޮތް
ގެއްލުމުގެ ބަދަލު ކަނޑައެޅުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރި
ކަނޑައެޅުނު އުޞޫލުތައް
- ސިވިލް ކޯޓަށް ތަޙްވީލުކުރުމަށްޓަކައި ސުޕްރީމް ކޯޓުން ހައިކޯޓަށް ތަޙްވީލުކުރާ މައްސަލައަކީ ހައިކޯޓުން ވަކި ގޮތެއް ކަނޑައެޅުމަށް ތަޙްވީލުކުރާ މައްސަލައެއް ނޫނެވެ؛ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ގެއްލުމުގެ ބަދަލުގެ ބައިގައި ގޮތެއް ނިންމުމަށް ހައިކޯޓުން މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރަންވާނެއެވެ.
- ސުޕްރީމް ކޯޓުގެ ޙުކުމް ރިވިއުކުރުމަށް ނުވަތަ ތަންފީޛުކުރުން ފަސްކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައިވުމަކީ، ސުޕްރީމް ކޯޓުގެ ޙުކުމާ އެއްގޮތަށް މައްސަލަ ދަށުކޯޓަށް ތަޙްވީލުކުރުމަށް ޤާނޫނީ ހުރަހެއް ނޫނެވެ.
ފަރްހީޒާ ތާއީދު ކުރައވާފައި) މައްސަލައިގެ ތަޢާރަފު
3މިއީ، ސިވިލް ކޯޓުގެ ނަންބަރު 2107/Cv-C/2018 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/452 ޤަޟިއްޔާގައި މާލެ، […] އިބްރާހީމް ނިޒާރު (ދރއ ކާޑު ނަންބަރު: […]) ގެ ފަރާތުން އިސްތިއުނާފުކުރުމުން އެ ޤަޟިއްޔާ ހައިކޯޓުން ނިމުނުގޮތާމެދު ހިތްހަމަނުޖެހިގެން، އިބްރާހީމް ނިޒާރުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމުން އެކޯޓުގެ ނަންބަރު 27A/-/SC2202 ޤަޟިއްޔާއިން އެމައްސަލަ ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/452 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާ ޠިލްކޮށް، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލު ކުރުމުން ބެލި ނަންބަރު 1102/-A-2022/HC ޤަޟިއްޔާއެވެ. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލުކުރެވިފައިމިވަނީ ސިވިލް ކޯޓަށް މި މައްސަލަ ތަޙްވީލުކުރުމަށްޓަކައެވެ.
3. މި ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތަކީ މާލެ، […] އިބްރާހީމް ނިޒާރުއެވެ. އަދި އިސްތިއުނާފުރައްދުވާ ފަރާތަކީ މާލެ، […] ޢަބްދުލްޙަންނާން ޙަލީމް އިބްރާހީމް (ދރއ އެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/27 ޤަޟިއްޔާގެ ޙުކުމުގެ 2 ވަނަ ނަންބަރުގައި ބަޔާންކުރެވިފައި ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
2މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދެއްކުމަށް ދެވުނު ފުރުޞަތުގައި އިބްރާހީމް ނިޒާރުގެ ފަރާތުން ފާހަގަކުރާނެ އިތުރު ކަމެއް ނެތް ކަމަށާއި މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކޮށްދިނުނ އެދް ކަމުގައި ބުނެފައިވެއެވެ.
1. އަދި ޢަބްދުލްޙަންނާން ޙަލީމް އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 27A/-/SC2202 ޤަޟިއްޔާ އެ ކޯޓަށް ރިވިއުއަށ ހުށަހަޅާފައިވް ކަމަށާއި ރިވިއު ބަލައިގަތުމާމެދު އަދި ސުޕްރީމް ކޯޓުން ގޮތެއް ނުނިމޭކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ޙުކުމް ތަންފީޛް ކުރުން ފަސްކުރުމުގެ އަމުރަކަށްވެސް އެދިފައިވާނެކަމަށެވެ. އެހެންކަމުން އެ މައްސަލަ ރިވިއު އަށް ހުށަހެޅިފައިވާތީ ހައިކޯޓުގެ އިޖުރާއަތުތައް މަޑުޖައްސާލުމަށް އެދޭކަމަށެވެ. އަދި މައްސަލަ މައުޟޫޢީގޮތުން ބަލައިދެވެން އޮތްނަމަ މައްސަލަ މައުޟޫޢީގޮތުން ބަލައިދިނުން އެދޭކަމަށެވެ.
5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 27A/-/SC2202 ޤަޟިއްޔއިނާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/452 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރާ ޙުކުމުގައި އަންނަނިވި ފަދައިން ކަނޑައަޅާފައިވެއެވެ. "ޙުކުމް ދެންފަހެ މަތީގައި ބަޔާންކޮށްފައިވާ ސަބަބުތައް އެގޮތުގައި ހުރުމުން، ( ... 2 ) ޢަބްދުލްޙަންނާން ޙަލީމް އާއި އިބްރާހީމް ނިޒާރުއާ ދެމެދުގައި ކުރެވިފައިވާ ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުގެ ކުރިން ޢަބްދުލްޙަންނާން ޙަލީމް އެ ކޮންޓްރެކްޓާ ޚިލާފަށް، ކޮންޓްރެކްޓް ނިމުމަކަށް ގެނެސްފައިވާތީވެ، ޢަބްދުލްޙަންނާން ޙަލީމްއަށް ކ. ކުޑަހުރާ (ގާގަނޑު) ސަރުކާރުން ލިޔެދީފައ އޮތި އޮތުން ނިމުމަކަށް ގެނައި ތާރީޚުގެ ނިޔަލަށް، އިބްރާހީމް ނިޒާރުއަށް ގެއްލުމުގެ ބަދަލު ނަގައިދޭންވާނެ ކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ މިންވަރު މި ހުކުމުގެ 32 ވަނަ ޕެރެގްރާފުގައިވާ ގޮތަށް ކަނޑައެޅުމަށާއި، ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި އެރަށުގައި ހުރި އިބްރާހީމް ނިޒާރުގެ އުފުލޭ އަދި ނުއުފުލޭ މުދަލާމެދުގައިވެސ ގޮތެއް ކަނޑައެޅުމަށްޓަކައި، މި މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރުމަށް ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނުގި30 ވަނަ މާއްދާގެ (ށ) އާއާ 33 ވަނަ މާއްދެ ގެ (ނ) އާ ޙަވާލާދީ މިމައްސަލ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހްވީލ ކުރުމަށު މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ..."
6އިސްވެ ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތްކުރުމުން، މިމައްސަލައަކީ މިކޯޓުން ވަކިގޮތެއް ކަނޑައެޅުމަށް ތަޙްވީލްކުރި މައްސަލައެއް ނޫންކަމާއި، މިއީ ސިވިލް ކޯޓަށް ތަޙްވީލްކުރުމަށްޓަކައި މިކޯޓަށް ތަޙްވީލުކުރެވުނު މައްސަލައެއްކަން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 27A/-/SC2202 ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅފައިވ އުޞޫލުތަކާ އެއްގޮތަށް މިމައްސަލައިގައި ހިމެނާ ގެއްލުމުގެ ބަދަލުގެ ބައިގައި ގޮތެއް ނިންމުމަށް މިމައްސަލަ ސިވިލް ކޯޓަށް ތަޙްވީލްކޮށް މިމައްސަލަ ނިންމަން ފެނެއެވެ.
3މި މައްސަލަ ރިވިއުކުރުމަށް ނުވަތަ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދިފައި އޮތްކަމުގައިވީނަމަވެސް މި މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް ޤާނޫނީ ހުރަހެއް އޮތް ކަމުގައި ނުދެކެމެވެ.
0. ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/27 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ) އާއި 33 ވަނަ މާއްދާގެ (ނ) (ސުޕްރީމް ކޯޓުގެ ޙުކުމުގައި ޙަވާލާދީފައިވާ ގޮތަށް؛ ލިޔުމުގައިވާ ނަންބަރު)
- ބެންޗު
- ޙުސައިން މަޒީދު، ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް